ހިރާސް 2 (29) – Vaahaka by Ann
ހިރާސް (ސީޒަން 2)

ހިރާސް 2 (29)

ކެނޑި ނޭޅީ ބިލާލް ހޯދަމުންދާތާ ހަފްތާއެއް ވެގެން ދިޔައިރު ވެސް ކާމިޔާބީގެ ކޮޅުމައްޗެއް ނުފެނެއެވެ. މިރެއިލްއާއި ޒާހީ އަދި އަލާނިއަލްއާއި ޔަޒަކް ގުޅިގެން ހުރިޙާ މީހުންގެ މީހުން ނެރެގެން ވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. ބިލާލް ފިލައިގެން ދިޔަ ހަބަރު އަޒްލާން ދިން ނަމަވެސް، ބިލާލް ދަމުން ދީފައި ދިޔަ އިންޒާރުގެ ވާހަކަ އަޒްލާން އެކަކު ގާތު ވެސް ނުބުނެއެވެ. އީތަން ހުއްޓާ ބިލާލް އެހެން ބުނުމުން އީތަން ގާތުގައި ވެސް އަޒްލާން އެކަން ސިއްރުކޮށްދިނުމަށް އެދުނެވެ. ނަމަވެސް އިޒާންއަށް އެ ހަބަރު ދިން ކަމަށް ދެންމެ އީތަން ވަނީ ބުނެފައެވެ. އޭނާ ކަންބޮޑުވުމުން އީތަން ވަނީ އެ ވާހަކަ އިޒާންގެ ފަރާތުން ބޭރުނުވާނެ ކަމުގެ ޔަގީންކަން ދީފައެވެ. އެކަމުން އޭނާއަށް ހަމަޖެހުމެއް ލިބުނެވެ.
އަޒްލާންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވަނީ އޭނާއަށް ކަމެއް ވެދާނެކަމަކަށް ނޫނެވެ. ނަމަވެސް އަނެއްކާ ވެސް ގޮސް ހޫރައިންއަށް ނުވަތަ ރުއާނާއަށް ކަމެއް ކޮށްފާނެ ކަމުގައި ހީވެފައެވެ. ނިއަލް މަރާލުމުން އޭގެ ބަދަލު ހިފަން ބިލާލް އަންނާނެކަން އަޒްލާންގެ ހިތް ބުނެއެވެ.
****
“ވަރަށް ބަލައިފިން.. އެކަމަކު އަދިވެސް ފެންނަ ގޮތެއް ނުވޭ.. އަދިވެސް މަސައްކަތް އެބަ ކުރޭ” އަޒްލާންގެ ޖަވާބު ކުރެވެ. ޒާހީގެ މޫނުން ފެނުނު ނުތަވަސްކަން އިތުރަށް ފުންވިއެވެ.
“ބައްޕައަށް ހިއެއް ނުވޭތަ މިކަމުގައި އެންމެންގެ މަޝްވަރާ ހޯދަން މިޙާރު ވެއްޖެ ހެންނެއް.. މިބުނީ މިހާރު ހަފްތާއެއް ފާއިތުވީ ބިލާލް ހޯދާތާ.. އެހެން މީހުންގެ ލަފާ މަތިން ކަމެއް ކުރަން ހިނގާބަލަ” ވާހަކަ ދެއްކީ އަޒްލާންއާއި އެކު މަޑުކޮށްލި ރަޒަލްއެވެ. ރަޒަލްގެ ވާހހަކައަށް ތާއީދުކުރުމުގެ ގޮތުން އަޒްލާން ވެސް ބޯޖަހައިލިއެވެ.
“އެންމެ ރަނގަޅު މިރެއިލްއާއި އަލާނިއަލް މެންނަށް އަންގާލަ.. ވީ އެންމެ އަވަހަކަށް ބައްދަލު ކުރަން އެދި..” ޒާހީ ބުނެލިއެވެ.

****
“ބައްޕާ އަހަރެމެންގެ ތެރެއިން އެކަކުވެސް ކުޑަކޮންވެސް އުއްމީދު ކުރި ކަމެއް ނޫންމިއީ.. ފުރަތަމަ ކަމަކަށް ބުނެދީފާނަންތަ، މިހާ ބޮޑު ޅައެއްޗެއް ބައްޕަމެންނަށް އަޅަން ޖެހުނު ސަބަބެއް!” އައްޒާމްއަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުން، ރުޅިވެރިކަން ނުދެއްކުމަށް އަލާނިއަލް ކެތްތެރިވަމުން ދިޔައީ ކެތްކުރެވޭނޭ އެންމެ މައްޗަށެވެ. އައްޒާމްއާއި ޔާސިރް ގާތް ގާތުގައި ތިބި އިރު ވަކިން ދުރުގައި މާއިސް ވެސް އިނެވެ. އީންއާއި މިލާން އަދި ޔޫމީންއާއި ކައިވަން ބަހަކުން ބަހެއް ނުބުނެ ތިބިއިރު ޔަޒަކް ގޮސް ހުއްޓުނީ ޔާސިރްއާއި ލަވާލްގެ ކުރިމަތީގައެވެ. ޔާސިރްއާއި އައްޒާމްގެ މޫނުމަތިން ކުށްވެރިކަމުގެ އިޙްސާސް ފެނުނު އިރު، އެހެން އެންމެންގެ މޫނުތަކުން ފެންނަނީ ހިތްހަމަ ނުޖެހުމުގެ އެންމެ ފުންމާނައެވެ.
”ބައްޕަމެން ޒިވީއާއި ޒާންއަށް ދައްކާނީ މިއަދު ކޮން މޫނެއް؟ އަހަންނަކަށް އަލާނިއަލް ދައްކާހާ މަޑުން ވާހަކައެއް ނުދެއްކޭނެ.. ބައްޕަމެންގެ ސަބަބުން، ސީދާ ބައްޕަމެންގެ މޮޔަކަމުން އަމިއްލަ ދަރިންތަކެއް އެތައް އަހަރަކު، އަނިޔާވެރިކަމުން ފުރިގެންވާ މާހައުލެއްގަ ހާދަ ގަނަ ތެޅިފައޭ އެއައީ!” ރުޅިގަދަވެގެން ޔަޒަކްއަށް ވާހަކަ ދެއްކުނީ ވެސް ނުހަނު ބާރަށެވެ. އޭނާގެ ވާހަކަ ނިންމާލަމުން ގޮސް ހުއްޓުނީ އިޒާންއާއި ޒީވާ ތިބި ސޯފާގެ ގާތުގައެވެ. ޔާސިރްގެ ސަބަބުން ޔަޒަކްގެ ދެލޮލުގައިވެސް ވަނީ ލަދާއި ދެރަ އެކުލެވޭ އަސަރުތަކެވެ.
“އަދިވެސް ދެމީހުން ބަހަކުން ބަހެއް ނުބުނާނަންތަ؟ ޔާސިރް ކުޑަމިނުން އަހަންނަށް ވެސް ހިއްސާ ނުކޮށްލި” ލަވާލްގެ ރޫޖެހިފައިވާ މޫނުމަތިން ފެނުނީ ދެރައެވެ. ޒީވާ ފެންނަ ކޮންމެ ފަހަރަކު ލޯތެމިގެން އާދެއެވެ. އަހަރުތަކެއް ކުރިން ނިޔަލްގެ ސަބަބުން ޒީވާއަށް ޖެހުނު ހާލު ހަނދާންވަނީއެވެ. އެރޭ އަލާނިއަލްގެ އަތުގެ ތެރޭގައި ޒީވާ އޮތީ ހާދަ ނިކަމެތި ހާލެއްގައެވެ. ލެއިން ކަޅިވެފައިވާ ކުއްޖާ ފުރާނަ ހުރީ ކިރިޔަކިރިއާއެވެ. އެ މަންޒަރު ސިފަވިއަސް ލަވާލްގެ މޭހީވަނީ ފިތޭހެންނެވެ.
“ބައްޕައަށް އެނގޭ ތިހުރިހާ ކުދިންގެ ކުރިމަތީގަ ބައްޕައަކީ ބޮޑު ކުށްވެރިއެއްކަން.. އެރޭ ނިއަލް ގެންދިޔަ އިރު މަރެއް ނުވޭ.. ފަހުން ހޭ އެރި.. އޭނާ މަރާލަން މާއިސް އުޅުނީމަ އަހަރެން ހުރަސް އެޅީ، ނިއަލް ކުރި އާދޭހަށް!…އިތުރު ފުރުސަތެއް ދީފި ނަމަ ދެން ދުވަހަކުވެސް އެހެން ނުހަދާނެ ކަމަށް ބުނި.. އެއީ މާއިސްގެ ވެސް ހުރި ހަމައެކަނި ދަރިއަށް ވެފަ، އެހާ ބޮޑު ކަމެއް ހިނގާ ދިޔައީމަ ދެވަނަ ފަހަރަށް އަންނަން ޖެހިލުންވާނެއޭ ހީކޮށް އަހަންނަށް ނިއަލް ދޫކޮށްލުމަށް ވިސްނެން ފެށުނީ.. އައްޒާމްބެއަށް ވެސް އެހިޔާލް ދިނީ އަހަރެން.. މާއިސްއަކީ ފެށުނީންސުރެން އަހަންނަށް ދެގޮތެއް ނުވެ ހުރިހާ ކަމެއްގަ ވެސް އެހީވެގެން ހުރެދިން އެކުވެރިޔާ” ޔާސިރް ބުނެލިއެވެ. ދެލޮލުން އައިސް އައިސް ހުރި ކަރުނަތަކާއި އެކުވެސް އިޒާންއާއި ޒީވާއަށް ބަލައިލެވުނެވެ. އިޒާން އައި ފަހުން، ޔާސިރް އަދި އައްޒާމްއާއި އަނގަޔަކުން ނުބުނެއެވެ. ޒީވާވެސް ވާހަކަ ދެއްކި ނަމަވެސް އެހަގީގަތް އެނގުމައްފަހު އެދެމީހުންނާއި ބަހައްޓަމުން ދިޔައީ ދުރުކަމެވެ. އެކަމާއި ވެފައިވާ ވާ ދެރަ ޔާސިރް ވެސް އަދި އައްޒާމްގެ މޫނުމަތިންވެސް ފެނެއެވެ.
“އެހެންވީމަ ބައްޕައަށް މުހިއްމުދޯ އުފަން ދަރިއަށް ވުރެން އެކުވެރިޔާގެ އެ ނުބައި ޖަނަވާރު ދަރި!” ޔޫމީންއަކަށް ވެސް މަޑަކުން ނުހުރެވުނެވެ. އެކަމާއިދެކޮޅުވެ ޔާސިރް ވަގުތުން ދެފަރާތައް ބޯހޫރުވާލިއެވެ.
މާއިސްވެސް އިނދެ އިނދެފައި ތެދުވިއެވެ.
“އަހަރެން ބުނިން އެދުވަހު ވެސް އަހަރެންގެ ދަރިއޭ ކިޔާފަ އޭނާ ދޫ ނުކޮށްލަން.. އެއީ މިދުވަސް އަންނާނެކަން ޔަގީނުން ވެސް އެނގޭތީވެ.. މިއަދު މިއޮތީ އެހަގީގަތްވެސް އަހަރެމެންނާއި އަރާހަމަކޮށްފަ..އަދި ނިއަލް ފެނި އަލްހަމްދުލިއްލާހް އޭނާ މަރާވެސް ލެވިއްޖެ އެކަމަކު އަދިވެސް އޭނާގެ ސުންޕާ ދަރި ނުފެނޭ..އަހަންނަށް ކާފަ ކިޔާ ދަރިއެއް ނަމަވެސް ހިތުގައި ނެތް ކުޑަވެސް ލޯތްބެއް…ދެން ދެމީހުން ވެސް އެތިބަ ދަރިން ކުރެން މާފަށް އެދިފަ ވެދިޔަ ތަން ހަނދާން ނައްތާލާފަ އާ ފެށުމަކުން ފަށާ.. މާތްﷲގެ އިރާދަފުޅުން ތިދެމީހުންނަށް ވެސް އެތިބީ ރަނގަޅު ދަރިންތަކެއް ލިބިފަ.. އަހަންނަށް ޔަގީން އެކުދިން މާފް ކުރާނެކަން.. އެކަމަކު ދެން މީގެ ފަހުން މިކަހަލަ ކަމެއް ނުކުރާތި… ފަހަރުގައި އޭރުން މިހިނގާދިޔަ ހާދިސާއަށް ވުރެން ބޮޑު ހާދިސާއެއް ވެސް ހިނގާފާނެ..” މާއިސްގެ ވާހަކައިން ދެމީހުންނަށް އިސްޖަހައިލެވުނީ އިޒާންއާއި ޒީވާގެ މާފް ނުލިބޭނެއޭ ހީވެފައެވެ. އެއީ ކިތަންމެ ހިތްތިރި ހެއޮލަފާ ދަރިންތަކަކަށް ވިޔަސް، އިޒާންއާއި ޒީވާއަށް، އިޒްވާއާއި ލިއަމްއާއި އެހާ ދުވަސްވަންދެން ދުރުވާން ޖެހުނު އިރު އެކަމުގެ ސަބަބަކަށް ނޭނގި ނަމަވެސް އޭނާއާއި އައްޒާމްއަށް އެވަނީވެވިފައެވެ. މާއިސް އެބުނިހެން މާއިސްގެ ބަސްއަހައިގެން، އެދުވަހު ނިއަލްގެ ފުރާނަ ދުއްވާލެވުނު ނަމަ މިއަދު މިކަން ނިމިގެންދާނީ މިހެންނެއްނޫނެވެ.
ކިތަންމެ ލަދުގަނެ ދެރަވެފައި ތިބި ނަމަވެސް ޔާސިރްއާއި އައްޒާމް ގޮސް މަޑުކޮށްލީ އިޒާންއާއި ޒީވާ އިން ގޮނޑީގެ ކުރިމަތީގައެވެ.
“ބައްޕައަކަށް ނޭނގޭ ދަރިފުޅުމެން މާފް ދުވަހަކަވެސް ލިބޭނެ ކަމެއް.. މިހާރު މި ހާމަވީ ހަގީގަތްވެސް.. ބައްޕައަށް މާފް ކުރޭ.. ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަން..އިތުބާރު ކުރެވުނީ އިތުބާރު ކުރަން ނުޖެހޭ މީހަކަށް.. މިހާރު އެކަން އިޙްސާސް ވެއްޖެ.. ” އައްޒާމް ދެލޯ ފުހެލަމުން އިޒާންގެ އަތްމަތީގައި އަތްބާއްވާލިއެވެ.
“ދަރިފުޅާ، ބައްޕައަށް އިނގޭ ދަރިފުޅާއި މެދު ނިއަލް ކަންތައް ކުރީ ކިހިނެތްކަން! އެދުވަހު އެހެދި ގޮތް ދުވަހަކު ވެސް ހަނދާނުން ނުނެތޭނެ.. ދެންމެ މިބުނިހެން މާއިސްގެ ރަނގަޅުކަމަށް ބަލާފަ ބައްޕަ އަށް ހަމަ މަރާލަން ނުކެރުނީ..އެކަމަކު، އެކަމުގެ ހިތި މި ފެނުނީ ވަރަށް އެހެން ކަހަލަ ގޮތަކަށް ބައްޕައަށް މާފްކުރާނަންތަ؟” ޔާސިރްގެ ދެލޮލުން އަންނަމުން ދިޔަ ފެންތައް ފުހެލަން ވެސް ނޫޅެ ޒީވާގެ ގައިގާ ނުހަނު ބާރަށް ބައްދާލިއެވެ. އެހިނދު ޒީވާ ބަހެއް ނުބުނަން އިންދާ ވެސް ރޮވިއްޖެއެވެ.
“މާފޭ؟ ޔާސިރް ލަދެއް ވެސް ނުގަނޭތަ ތިހެން މާފޭ ބުނަން؟” ދެމީހުންގެ ގާތައް ހުއްޓި ޔާސިރްގެ އުނަގަނޑުގައި ޖަހާލަމުން ލަވާލް ބުނެލިއެވެ. އޭނާގެ ރުޅިވެރި އަޑު ނުހަނު ބާރެވެ.
“އަހަރެން ބައްޕައަށް މާފްކޮށްފިން.. އެކަމަކު ތިފަދަ ކަމެއް ދެން މީގެ ފަހުން ނުކުރާނެ ކަމަށް އުއްމީދުކުރަން.. މާއިސްގެ ކާފަ ދަރިފުޅޭ ބުނެފަ ބިލާލް ފެނުނީމަ އޭނާ ވެސް ދޫކޮށްލަފާނެ ތީ މިހާރު އެބަ ކަންބޮޑުވޭ..” އައްޒާމްގެ މޮޅިވެރި މޫނަށް ބަލައިލަމުން އިޒާން ބުނެލިއެވެ. އެއަޑަށް އައްޒާމް ވަގުތުން ދެކޮޅު ހެދިއެވެ.
“ނޫނޭ އިޒާން.. ތިހުރިހާ ކުދިންނަކީ އަހަރެންގެ ދަރިއެއް ފަދަ ކުދި ބައެއް.. ދެން ހަމަ ގައިމުވެސް ބޭބެ ދުނިޔޭގަ ހުއްޓަ އެފަދަ ޅައެއްޗެއް ބަޔަކަށް އެޅުނަނުދޭނަން.. ހާއްސަކޮން މިދެމީހުންނަށް.. ހުދު އަހަރެންގެ ދެއަތުން ބިލާލް މަރާލަން ޖެހުނަސް ފަހެއް ނުޖެހޭނަން” އައްޒާމްއާއި ޔާސިރްއަށް އަތުން އިޝާރާތް ކޮށްލަމުން މާއިސް ބުނެލިއެވެ. މާއިސްގެ އަޑުގައި ޔަގީންކަން ވިއެވެ.
“ބޭބެއަށް މާފް ކުރޭ.. އެހާ ނުބައި ދަރިއަކު-”
“ނޫނޭ ބޭބެގެ ކުށެއް ނެތް.. އަހަރެންގެ ހިތްހެޔޮ” މާއިސްގެ މޫނަށް ބަލައިލަމުން އިޒާން ވާހަކަ ދެއްކިއެވެ. މާއިސް ހިތްހަމަޖެހުނުވަރުން، އައްޒާމްއާއި ޔާސިރްގެ ކޮނޑުގައި ޖަހާލުމަށްފަހު، އެއާއިލާއަށް އާއިލީ ވަގުތުކޮޅެއް ދިނުމުގެގޮތުން ނުކުމެގެން ދިޔައެވެ.
އައްޒާމް އަނެއްކާ ވެސް މާފަށް އެދެމުން ދިޔައެވެ. އިޒާން ބޯޖަހައިލިއެވެ. ލިބުނު ހިތްހަމަ ޖެހުމުގައި އިޒާންގެ ގައިގާ އައްޒާމްއަށް ބައްދާލެވުނެވެ. އައްޒާމް ދުރުވެލި ހިނދު އޭނާގެ ދެލޮލުން އައިސް އައިސް ހުރިކަރުނަތައް އިޒާން ފުހެލަ ދިނެވެ. އޭނާ ޔާސިރަށް ވެސް މާފުކުރިއެވެ. ވެދިޔަތަން ހަނދާން ނައްތާލުމަށްފަހު އަލުން ކުރިއަށް ދާން ހިނގާށޭ ބުނީ އިޒާން އަމިއްލައަށެވެ. އިޒާންގެ އެހިތްހެޔޮ ކަމުން ޖަޒުބާތީވީ ވަރުން އިޒާންގެ ގައިގާ ބައްދާލަމުން ލަވާލްއަށް ވެސް ރޯން ފެށުނެވެ. އޭރުވެސް ޒީވާ ހުރީއެވެ. ބަހަކުން ބަހެއް ނުބުނެ ހުރިއިރު އިރު އެއިން މީހަކާއި ދެކޮޅަށް ވެސް އެއްޗެއް ނުބުނެއެވެ. ޔާސިރްއާއި އައްޒާމް، އިޒާންގެ ގާތުން ދުރުވެލަމުން ޒީވާގެ ކުރިމަތީގައި ތިބެ އެތައް ގޮތަކަށް އެމީހުންނަށް ހެދުނު ކުށުގެ މަތިން ހަނދުމަކޮށް މާފަށް އެދެމުން ދިޔައެވެ.
“މާފްކޮށްފިން.. ބައްޕަމެން ތިހެން ނިކަމެތިވެފަ މާފަށް އެދުނީމަ ވަރަށް ލަދުގަނޭ” އެންމެފަހުން ޒީވާ ބުންޏެވެ. ޔާސިރްއަށް ޒީވާގެ ގައިގާ ބައްލެވުނެވެ. ފިނި ނޭވާއެއް ބޭރުކޮށްލެވުނު އިރު ހީވީ، ޒީވާގެ އެޖަވާބުން އޭނާގެ ބޯމަތީގައި އެތައް ދުވަހެއް ވަންދެން ހަރުޖަހާފައި އޮތް ހިލަގަނޑެއް ނެގުނުހެންނެވެ.
****
އެތައް ދުވަހެއް ފަހުން، އަމިއްލަ ގެއަށް ވަދެވުނު ހިނދު ރުއާނާގެ ތުންފަތް މަތިން ހިނިތުންވުން ނުފިލައެވެ. ދެހަފްތާ ފަހުން ހޮސްޕިޓަލުން ދޫކޮށްލެވުނު އިރު މިހާރު ހިނގާ ހަދާލެވެއެވެ. ނަމަވެސް ބަނޑަށް ލިބުނު ޒަހަމުތަކާއި ގުޅިގެން ކުރެވުނު އޮޕަރޭޝަނަށް ފަހު މާބޮޑަށް ހަރަކާތްތެރިވެ އުޅުން އޮތީ މަނާ ކުރެވިފައެވެ. އަތުގައި ވެސް އަދި އޮތީ ޕްލާސްޓާރ އަޅާފައެވެ. މަޑުމަޑުން ހިނގާލާފައި އަމިއްލަ ކޮޓަރީގެ ތެރެއަށް ވަދެވުނު ގޮތައް ރުއާ އިށީންދެލީ އެނދުގައެވެ.
“އާފްޓާރ ލޯންގް ޓާއިމް” އެ އެނދުގައި ވެސް އިށީންދެލުމުގެ ނަސީބު އަލުން އެލިބުނީ ހާދަ ދުވަހަކަށްފަހުއެވެ. ހިތައް ކުރުވީ ތަފާތު އަސަރެކެވެ. އުފާވިއެވެ. ނަމަވެސް ދެލޮލުގައި ތެތްކަމެއް އުފެދުނީ އެގޭގައި ކުރިން އޭނާ އުޅުނު ގޮތުގެ ހަނދާންއާވެފައެވެ. އަލުން އެނބުރި އާދެވުނީ، ބަރާބަރު ދެއަހަރު އަހަރު ވާން ގާތްވެފައި ވަނިކޮންނެވެ. އެހެން އިނދެ އިނދެފައި ދެލޯ ފުހެލަމުން ރުއާނާ ކޮޓަރިން ނުކުމެލީ ޓެރެހަށް ދިއުމުގެ ބޭނުމުގައެވެ. ގޭގައި އުޅުނު ދުވަސްވަރު އޭނާ ނުހަނު ލޯބިން ގެންގުޅުނު މެގްނޯލިއާ ގަސްތަކާއި އޯކިޑް ގަސްތަކުގެ މަތިން ހަނދާންވީއެވެ.
“މިހާރު ނޭނގެ ގަސްތަކަށް ވެފަ ހުރިގޮތްވެސް.. ބަލަހައްޓާނެ މީހަކު ނެތީމަ މަރުވާނެކަން ޔަގީން” އެހެން ހިތައް އެރުމާއިއެކުވެސް މާޔޫސް ވާގޮތްވިއެވެ. ތުންފިއްތާލަމުން ޓެރެހަށް ނުކުތެވެ. ހީކުރި ކުރިގޮތައް އެހުރިހާ ގަސްތަކެއްވަނީ ހިކި އަނަރޫފަވެފައެވެ. އެހާ ލޯބިން ގެންގުޅުނު ގަސްތަކަކަށް ވެފައި ހުރިގޮތުން ރޮވޭގޮތްވިއެވެ.
“މައި ބޭބީސް” ރުއާނާ ތުންފިއްތާލިއެވެ. ގަސްތުކުރީ އެ ގަސްތައް ސާފުކުރެވޭތޯ ގުދުވެލަން އުޅުނު ވަގުތު ކޮންމެވެސް މީހަކު އައިސް އޭނާގެ ސަލާމަތުން އޮތް އަތުގައި ހިފެހެއްޓިއެވެ. ފަސް އެނބުރިނުލި ބަލާނުލިޔަސް އެއަތުގެ އިޙްސާސްއިން އެއީ ކާކުކަން އެނގުންނެވެ.
“ހާއި” ފަސް އެނބުރުނު ހިނދު ބައްދަލުކުރީ ލިއަމްގެ ސޫރައެވެ. ކަރުނަތަކާއި އެކު ތުން ފިއްތާލެވުނެވެ.
“ވަޓް ހެޕެންޑް؟ ޑިޑް ސަމަވަން-”
“ނޯ ނޯ” ރުއާނާގެ ދެލޮލުން ފައިބަންފެށި ކަރުނަތައް ފެނި ލިއަމް ތެޅިގަތް ގޮތުން، ރުއާނާ ނޫނެކޭ ބުނެލިއެވެ. އޭނާ ދައްކާލީ ހިކިފައި ހުރި ގަސްތަކެވެ. ލިއަމްއަށް ހަމަޖެހުމުގެ ނޭވާއަށް ދޫކޮށްލެވުނެވެ.
“އަހާންން.. އަހަރެން ހީކުރީ މީހަކު ކަމެއް ކުރީ ކަމަށް… އިޓްސް އޯކޭ.. އިޓްސް އޯކޭ.. މިއަށް ވުރެން ބައިވަރު ގަސް ހޯދާދޭނަން” ރުއާނާ ގެނެސް މޭގައި ބޮނޑިކޮށްލާފައި ލިއަމް ވާހަކަ ދައްކަމުން ދިޔަ ގޮތުން ހީވީ ކުޑަކުއްޖަކު މަސަލަސް ކުރަމުންދިޔަހެންނެވެ. ނިތުގައި ނުހަނު ލޯބިން ބޮސްދިނެވެ. ” އަމް ސޯ ސޯ ސޮރީ، ދެން ނުރޮއެބަ.. އިޓް ހާޓްސް ، އާހްހް”
“ދެރަވާނެ އެންނު މީ ހާދަ ލޯބިން އަހަރެން ބަލަމުން ދިޔަ ގަސްތަކެކޭ.. މީ ހަމަ ބިލާލްގެ ސުންޕާކަން.. އެހެންނޫންނަމަ އަހަންނަށް މިތާގަ ހުރެވުނީސް ވިއްޔަ. އެހެން ހަނދަން ވާނެތަ.. އެޓްލީސްޓު ގަސްތަކައް ފެން ދިން ނަމަވެސް ރަނގަޅު.. ގަސް ހައްދާ ހިއްވާ މީހަކަށް މި ޕެއިން އިޙްސާސްވާނީ” ރުއާނާ ކުރިއަށް ވުރެން ބޮޑަށް ރޯންފެށިއެވެ. އެ ކަރުނަތަކުން ހިތައް އުނދަގޫވީ ނަމަވެސް، ދައްކަމުން ދިޔަ ވާހަކަތަކުން ލިއަމްއަށް ހެވޭގޮތްވިއެވެ. ރުއާނާގެ ގައިގާ ބައްދާލައިގެން ހުރެ އިސްތަށިގަނޑުގައި ލިއަމް ފިރުމާލިއެވެ.
“ދެން ހުއްޓާލާ ވަރަށް އަވަހަށް ގަސް ލިބޭނެ.. އައި ޕްރޮމިސް… ދެން ދެ ހަފްތާ ފަހުން އަހަރެމެން ދެމީހުންނަށް އަދި މި އަނގައިން ބުނެވޭ ވަރުވީ ވެސް” ރުއާނާގެ ގައިން ވަކިވެލަމުން ދެލޯ ފުހެލަދެމުން ލިއަމް ދިޔައެވެ.
ހޮސްޕިޓަލުގައި އޮތް ދުވަސްތަކުގައި އޭނާގެ ގާތުގައި ކޮންމެވެސް މީހަކު އަބަދުވެސް އުޅޭތީ ދެމީހުން ވަކި ބައްދަލު ކޮށްލެވޭނެ ގޮތެއް ނުވެއެވެ. ރުއާނާގެ އަތުގެ ހާލަތު ހުރިގޮތުން މެސެޖު ކުރެވޭނެ ގޮތެއް ވެސް ނެތެވެ. ކޮންމެ ދުވަހަކު ލިއަމްއަށް ޖެހެނީ ދުރުގައި ބަލަހައްޓާއިގެން ހުންނާށެވެ. އޭނާ ވާހަކަ ދައްކަން ބޭނުން ވާންކަން އެނގޭތީ ރުއާނާގެ ގާތައް ދެވިއްޖެއްޔާ ކީވާން އާއި އަދްރެކް އަދި ޝާއިން ހިނދުކޮޅަކަށް ވެސް ދުރަކަށް ނުދެއެވެ. އީތަން އާއި ލޫކް ވެސް އެމީހުންގެ ސަކަރާތުގައި ބައިވެރިވެ ދެމީހުން ވާހަކަ ދެއްކުނަ ނުދޭން ކޮންމެ ވެސް މޮޅުވާހަކައެއް ފަށާފާނެއެވެ. އައިސްފިއްޔާ ދާނީވެސް ކޮންމެވެސް ބޮޑުމީހެއް އައުމުންނެވެ.
ލިއަމް އެތައް ގޮތަކުން ވާހަކަ ދައްކައިގެން ރުއާނާ ހަމަޖެހިލިއެވެ. ދެ ޒުވާނުން އެނބުރި ވަނީ ރުއާނާގެ ކޮޓަރިއަށެވެ.
“މިގެއަށް ވަންނަން ޖެހިލުމެއް ވެސް ނުވޭތަ. މަންމައާއި ބައްޕަ އެބައުޅޭ ކާންވެގެން..” ރުއާނާއެނދުގައި އިށީންދެލުމުން ލިއަމް އައިސް މަގަތުގައި އިށީންދެލިއެވެ. ލިއަމްއަކަށް ހިނދުކޮޅަކަށްވެސް ދުރަކު ނުހުރެވުނެވެ. އޭނަގެ އުނަގަނޑުގައި އަތް އަޅުވާލިގޮތައް ގާތައް ދަމާލަމުން އަތުގައި ހިފާލިއެވެ. ހަމައެކަނި ލޯބިވާ ވާހަކަ ނުބުނާކަމެވެ. ލިއަމްގެ ކޮންމެ އަދާއެއްގައި ވަނީ އިންތިހާ ލޯތްބެވެ. އެ ބަލާލަ ގޮތާއި ބުނެލާ ލޯބިވެތި ބަސްތަކުން ރުއާނާގެ ހިތައް ތަސައްލީ ގެނެސްދެނީ އަޖައިބެއްފަދަ ގޮތަކަށެވެ. އެހެން އިނދެ އަތުގައި ދޭތެރެއަކުން ބޮސްދޭ ގޮތުން ރުއާނާގެ ދެކޮލަށް ވެރިވަނ ޖަންބުކުލައެވެ.
“މިގެއަށް ވަންނަން ވިއްޔާ އަދި ޖެހެނީ ބައްޕަ ކައިރިން ހުއްދަ ވެސް ހޯދަންތަ؟.. ހުއްދަ ހޯދަން ފަތްކޮޅު ހިފައިގެން އަންނަން ވީ ދޯ” ލިއަމްގެ ޖަވާބުން ރުއާނާއަށް ހެވޭ ގޮތްވިއެވެ. އަވަސް އަވަހަށް ދެފަރާތައް ބޯހޫރުވާލެވުނެވެ.
“ދެން ސާބަސް އިނގޭ.. ބައްޕައޭ؟ އަހަރެންގެ ބައްޕައަށް ލިއަމް ކޮން ހައިސިއްޔަތަކުން ތި ބައްޕަ ކިޔަންފެށީ؟” ރުއާނާ އިނީ މަޖާމޫޑެއްގައެވެ. ރުއާނާގެ ޖުމްލައިވި ލިއަމް ދެލޯ ހަނިކޮށްލައިގެން އިނދެ ރުއާނާ މޫނާއި މޫނު ގާތްކޮށްލިއެވެ.
“ހައިސިއްޔަތޭ؟ މްމްމް، އަނިޔާވެފަ ނެތް ނަމަ ހައިސިއްޔަތު އަންގާލާނަން”
“ލާހިކެއްނޫން” ލިއަމް ބަލަހައްޓާއިގެން ހުރިގޮތުން އެބަސްތަކުގެ މާނަ ރުއާނާއަށް އޮޅޭގޮތެއް ނުވިއެވެ. ލާނެތް ހިނިތުންވުމެއްގައި ހުރެފައި އަތް ދައްކާލަމުން، ލިއަމް ދުރުބަލައިލީ އިރު އޭނާގެ ތުންފަތުގައި ވެސް ވަނީ ރީތި ހިނިތުންވުމެކެވެ.
“ދެން ބަލަން ހުރޭ ތިހެން ބުނީތީވެސް ކައިވެނީގެ ރޭ ވާއެއްޗެއް ބަލަން”
“ކައިވެންޏޭ؟ ކާކު ކާކާއި އިންނަނީ؟ ގައިމުވެސް މަށެއް ނޫޅެން އިންނާކަށް، އަދި ނެތް ބީއެފް އެއްވެސް” ކައިވެންޏޭ ބުނުމުން ރުއާނާގެ މޫނަށް ލަދުރަކިކަން ފެނިލިއެވެ. ނަމަވެސް އެކުލަ ފޮރުވާލަމުން އަނެއްކާވެސް ރުއާނާޖަހައިލީ ހިނިގަނޑެކެވެ.
“ސީރިއަސްލީ ރުއާ؟”
“ހަހް ކިހިނެތްވީ ލިއަމް ސާރ؟”
“ސާރ؟”
“މްމް، މައި ލެކްޗަރާރް ލިއަމް ސަރ” ރުއާނާ ވަރަށް ހަމަޖެހިލާފައި ޖަވާބުދިނެވެ.
“ނޯވޭ، ރުއާނާ ރާބިއު .. އަނިޔާވި ސިކުނޑިއަށްތަ؟ ކޮންފަދަ ހަމަނުޖެހޭ ވާހަކައެއް ތި ދައްކަނީ އެކަމަކު-”
“ކޮން ކަމު ކަމުއެއް.. ދޮގެއްތަ؟ އެއްވެސް މީހަކު އަހަންނަކަށް ޕްރޮޕޯސް އެއް ނުކުރޭ އަދިއެއް.. ކުޑަމިނުން ކޮންފެސް ވެސް ކުރިއްޔެއްނޫން… އެންޑް ތިއީ އަހަރެން ލެކްޗަރާރ އެއްނޫންތަ؟ ލިއަމް ސަރ” ލިއަމްގެ ވާހަކަ މެދުކަނޑާލަމުން ރުއާނާ ބުނެލިއެވެ. ރުއާނާގެ މަގުސަދު ފަހުމް ވެގެން ލިއަމް ގާތައް މިފަހަރު އައީ ނުލާފާ ހިންޏެކެވެ.
“ރުއާ މިއުޅެނީ އަހަރެން ކޮންފެސް ނުކޮށްގެން ދޯ؟ އަހަހަ، ޝީ ހޭޒް ނޯ އައިޑިއާ، ވަޓްސް ގޮއިންގް ޓު ހެޕެން” ރުއާނާގެ މޫނަށް ބަލަހައްޓާއިގެން އިން އިރު ލިއަމްގެ ހިތައް އަރާފައިބަމުން ދިޔައެވެ. އޭނާއަށް ދިޔައީ އެތެރެއިން ހެވެމުންނެވެ.
“އެހެންވީމަ އެހެން ލެކްޗަރާރސް އިންނާއި އެހެން ސުޑޫޑެންޓްސް ވެސް ކިސްކޮށް ހަދާ ދޯ” ހޭން އިނދެފައި ލިއަމް ބުނެލި ޖުމްލަ އަހާފައި ހެމުން ދިޔަ ރުއާނާ މުޅިން ހުއްޓުނެވެ. ގަތް ލަދުން ލިއަމްގެ ކުރިމަތީގައި ހުންނަން ވެސް ރުއާނާއަކަށް ނުކެރުނެވެ. ދާން ވެގެން ތެދުވަތް ހިނދު ލިއަމް ހިފެހެއްޓީ އަތުގައެވެ. އުނަގަނޑުގައި އަތް އަޅުވާލަމުން ކުރިއަށް ވުރެން ބޮޑަށް ފިތާލިއެވެ. ލިއަމް ވާހަކަ ދައްކަން އުޅުނު ނަމަވެސް ދޮރުގައި ތަކި ޖަހާލުމުން ދެ ޒުޥާނުންނަށް މަޖުބޫރުވީ ދުރުވެލާށެވެ.
“ދަރިފުޅާ ބައްދަލުކޮށްލަން އެބަހުރި ކުއްޖަކު އައިސް..” ދޮރުން ބޯ ދިއްކޮށްލީ ހޫރައިންއެވެ. ލިއަމް ފެނުމުން ހޫރައިންގެ މޫނު ދިޔައީ އަލިވެގެންނެވެ.
“ނުދައްޗޭ އެހާ އަވަހަށް، ކައިގެން ވާނީ ދާން” ލިއަމްއަށް ބަލައިލަމުން ހޫރައިން ދައުވަތު ދިނެވެ. އުފަލާއި އެކު ހޫރައިންގެ ދައުވަތު ގަބޫލުކޮށް ލިއަމް ހީލިއެވެ. ލިއަމް ނުކުތީ ރުއާނާ ނުކުތުމުންނެވެ. ދެމީހުންނަށް ސިހުމެއް ލިބުނީ ރާބިއު ގާތު މަޑުކޮށްލައިގެން ހުރި ޖެފްރީން ފެނިފައެވެ.
ރުއާނާގެ މޫނުން ވަގުތުން ކުލަ އޮއްސުނެވެ. މޫނު ފެވުނީ ރުޅިވެރިކަމުންނެވެ. ނަމަވެސް ހޫރައިންއާއި ރާބިއު އަދި ލިއަމްގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރެއް ނުފެނެއެވެ. ހޫރައިންއާއި ރާބިއުގެ ފުށުން ކަންހިނގާފައިވާ ގޮތް އެނގުނު ނަމަވެސް ޖެފްރީންއާއި ކުރިން ބޭއްވި ގުޅުން އަލުން ބާއްވާކަށް ރުއާނާ ބޭނުމެއް ނުވިއެވެ.
“ރުއާ.. ވާހަކައެއް ދައްކާލަން” ރުއާނާގެ މޫނުން ފެނުނު ރުޅިވެރިކަމުން މާޔޫސްވާ ގޮތްވި ނަމަވެސް، ޖެފްރީން ހިތްވަރު ކޮށްފައި ވާހަކަ ދެއްކިއެވެ.
ޖެފްރީންގެ ވާޙަކަތައް ގަބޫލު ކުރަން ބޭނުންނުވީ ނަމަވެސް ، އޭނާގެ ވާހަކަ އަޑުއެހުމަށް ލިއަމް ކުރި އިޝާރާތުން ރުއާނާ އެންމެފަހުން ބޯޖަހައިލިއެވެ. ފަހަތުން އައުމަށް ޖެފްރީންއަށް އަންގާލުމަށްފަހު ރުއާނާ ނުކުތީ ޓެރެހަށެވެ.
“ރުއާ އެންމެ ފުރަތަމަ ވެސް އޮޅުވާލައިގެން އުޅެވުނީތީވެ ވަރަށް ބޮޑަށް މާފަށް އެދެން..” ޖެފްރީން ބުނެލިއެވެ.
“ހޫމް، ދެން؟” މާބޮޑު ޝައުގެއް ނެތި ރުއާނާ ބުންޏެވެ.
“އަސްލު ވެގެން ދިޔަ ގޮތަކީ އަހަރެންގެ ބައްޕައަކީ ނިއަލްގެ އެކުވެރިއެއް..އެމީހުން ރޭވި ރުއާއާއި އަހަރެންގެ ކައިވެނި ކުރުވަން..” ސަމާލުކަން ދޭން ބޭނުން ނުވީ ނަމަވެސް ޖެފްރީނުގެ އެ ޖުމްލައިން ރުއާނާއަށް ބަލައިލެވިއްޖެއެވެ.
“ވަޓް؟”
“ޔާހް..ފަހަރުގާ ރާބިއު ބުނެފަ އޮވެދާނެ… ބިލާލް އައިސް އެއްދުވަހު ރާބިއުއަށް އިންޒާރު ވެސް ދިން، ލިއަމްއާއި އެއްކޮން ރުއާ އުޅޭކަން އެނގިގެން.. ރުއާ ހަވާލު ކުރާށޭ އަދި ރުއާގެ ކައިވެނި ވަނީ މާ ކުރިން ހަމަޖެހިފައޭ ކިޔާފަ.. އެބުނާ ކައިވެންޏަކީ މަށާއި ރުއާގެ ކައިވެނި.. އެކަމަކު މަ އެންމެ ކުރިންވެސް ލޯބިވީ ނީ ދެކެ.. ރުއާ ކައިރީގަ ސްޕައި އެއްހެން އުޅުނު އިރުވެސް ވަރަށް ބޮޑަށް ނީ ދެކެ ލޯބިވޭ.. ބައްޕައާއި އެއްކޮން ނިއަލްއަށް އެހީވުން އެއީ އަހަރެން އެންމެ ކުރިން ވެސް ކޮށްއުޅުނު ކަންތައް.. މިބުނީ ނިއަލް ބުނެގެން ރުއާ އަށް ފާރަވެރިވެ އަޕްޑޭޓް ދިނުން.. އެކަމަކު ބައްޕަ މަރާލި ހިސާބުން އަހަންނަށް ވިސްނުނު މިވަނީ އަދި ރަނގަޅަކަށް ނޫން ކަން..އެހެންވެ އެތައް ގޮތަކަށް ވިސްނާފަ ނިއަލްމެންގެ ގާތުން ފިލީ” ޖެފްރީން ކިޔައިދިނެވެ. އެއިން ކޮންމެ ކަމަކަށް ޖެފްރީން ވަކިވަކީން މާފަށް އެދުނެވެ. އޭނާއަށް ކުރެވުނު ކަންތަކާއި މެދު ދެރަވެ ލަދުގަނެފައިވާ ވަރު ދެލޯ ހެކިދެއެވެ. ނަމަވެސް ރުއާނާ ހިމޭންކަން އިޙްތިޔާރުކޮށްގެން ހުރީއެވެ. އެތައް އިރަކު ޖެފްރީން ވާހަކަ ދެއްކި ނަމަވެސް ރުއާނާ ބަހެއް ނުބުންޏެވެ. އެންމެ ފަހުން މާޔޫސްވީ ވަރުން ހިތްވަރު އެލުވާލާފައި ޖެފްރީން ދިޔުމަށް ހިނގައިގަތެވެ.
އެންމެފަހުން އެކަމާއި ފިނިހިތަކުން ރުއާނާ ވިސްނާލިއެވެ. ސަލާމަތުން ހޫރައިންއާއި އިޒާންއަދި އޭނާއަށް އާދެވުނީ ވެސް ޖެފްރީންގެ ސަބަބުންނެވެ. އެކަން ހަނދާންކޮށްލަމުން ޥާހަކަ ދައްކަން ފެށިއެވެ.
“ހޫމް، މާފްކޮށްފިން.. ޖެފްރީންގެ ސަބަބުން މިކަންތައް ކާމިޔާބުވީ.. އެކަމައްޓަކައި ޝުކުރުވެރިވަން.. އެކަމަކު އިތުރަށް ދެން އެއްވެސް ގުޅުމެއް ބޭއްވުމަކީ އަހަރެން ކުރާނެކަމެއް ނޫން.. ދެން މިވަގުތު ދިޔަސް އެންމެ ރަނގަޅު” ރުއާނާ ބުނަން ބޭނުންވި ބަސްތައް ބުނުމަށްފަހު ޖެފްރީންއަށް ފަސްދިނެވެ. ދެރަވި ނަމަވެސް އެވަރުވެސް ފުދުމުން ޖެފްރީން ދިޔައެވެ.
“ކީކޭ ބުނީ؟” ޖެފްރީން ނުކުމެގެން ދިޔަހިނދު ލިއަމް ވަދެގެން އައިސް އެހިއެވެ. ފަސްއެނބުރުނު އިރު ވެސް ރުއާނާއަށް ހުރެވުނީ ސިހުމުގެ ތެރޭގައެވެ. ޖެފްރީންގެ ވާހަކަތައް ރުއާނާ ކިޔައިދިނެވެ. އެ ވާހަކަތަކުން ލިއަމްއަށް ސިހުމެއް ނުލިބުނެވެ.
“ކީއްވެ ތިހުންނަނީ ހައިރާންވެސް ނުވެ؟” ރުއާނާ ބުނެލިއެވެ.
“އެއީ ޖެފްރީން އެ ދެއްކި ވާހަކަ އެއީ ތެދެއްކަން އެނގޭތީ.. ބައްޕަގެ ކައިރީގަ ވެސް ބިލާލްއައިސް ބުނި ރުއާގެ ކައިވެންޏޭ ކިޔާފަ.. ހަމައެހެން ބިލާލް މަށާއި ދިމާލަށް ވެސް ބުނި… އެހެންވެ އެއީ ކިހިނެތްވެފަ އޮތް ކަމެއްތޯ ބަލަން ބޭނުންވެފަ މިހުރީ.. އިއްޔެ ޖެފްރީން އައިސް ބުނި އެވާހަކަތައް.. އޭނާ މާފަށް އެދެން ބޭނުން ވެގެން ބުނީމަ އަހަންނޭ ބުނީ އަންނަން ވެސް.. ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވެގެން ދިޔަ ނަމަވެސް ޖެފްރީންގެ ސަބަބުން އެހުރިޙާ ކަމެއް އީޒީ ވީ ވެސް” ލިއަމް ބުންޏެވެ. ރުއާނާގެ ހައިރާންކަން ފިލާ އެވާހަކަ ތަކައް ބޯޖަހައިލިއެވެ. އިރުކޮޅެއްވެގެން ދިޔަ ފަހުން ޖެފްރީން ފެނިގެން ރުއާނާގެ ހަރާބުވެފައިވާ ތަބީއަތައް ދިރުން ލިބުނީ ގެއަށް ވަދެގެން އައި އާލިއާއާއި ކީވާންގެ އަޑަށެވެ.
ޓެރެހުގައި ހުރެވެސް ނުހަނު ބާރަށްހިނގާލާފައި ރުއާނާ ބޭރަށް ނުކުތެވެ. އާލިއާއަކީ ކާކުކަން އެނގުނީ ހޭއެރި ދުވަހުއެވެ. ފުރަތަމަ ވެސް ރުއާނާއަށް ރޮވުނީއެވެ. ޒައްޔާންއާއި އާއިލާގެ އެންމެން ބައްދަލުކުރިއެވެ. އެންމެ ދެރަވީ އާލިއާ އާއި އެކު އެހާ ގާތްކޮން އެހާ ދުވަސްވަންދެން އުޅެވުނު އިރުވެސް އަމިއްލަ ލޭކަން އިޙްސާސްނުވީމައެވެ. ޒައްޔާން ވެސް ނުބުނުމުން ޒައްޔާންގާތު ވެސްޝަކުވާ ކުރެވުނެވެ. ނަމަވެސް އެކަން އެގޮތައް ކުރީވެސް ބިލާލްމެންގެ ފުށުން ރުއާނާއާއި ހޫރައިން އަދި އެއާއިލާއަށް ވެސް ލިބިދާނެ ގެއްލުމަކަށް ބަލާފައިކަން އޭނާއަށް އެނގެއެވެ.
“ކައިފިންތަ ހުރިހާ ކުދިން؟ ބޭބެ އެބައުޅޭ މިއަދު ބަދިގެއަށް ވަދެގެން.. ދައްތަ މިހުންނަނީ ނުވަންނަން ބުނީމަ ބޭރުގަ.. އެހަދާ އެއްޗެއްގެ ރަހަ ބަލާފަ ވާނީ ދާން.. އިނގޭ” އެމީހުން ފެނުމުން ހޫރައިން ބުނެލިއެވެ. އާލިއާ ފެނުމުން ހޫރައިން ނުހަނު ލޯބިން ބައްދާލިއެވެ.
“ލައްބަ މިހާރު ފިޓު ވެއްޖެ ދޯ” ހޫރައިން ބަލާލަމުން އާލިއާ ވާހަކަ ދެއްކިއެވެ. ހަށިގަނޑަށް ލިބިފައިވާ ޒަހަމްތައް ރަނގަޅުވެ މިހާރު ފެންނަން ހުރީ ހަމައެކަނި ލަކުނެވެ.ހަރަކާތްތެރިވެ އުޅޭއިރު ވެސް އުނދަގުލެއްގައި ވާތަން ނުފެނުމުން އާލިއާއަށް ލިބުނު ހިތްހަމަޖެހުމުގައި ތުންފަތައް ވެރިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ.
“މިހާރު ހަމަ ބަރާބަރު.. ހާދަ ބައިވަރު ކޮތަޅެއް ދަރިފުޅާ” ކީވާންގެ އަތުގައި ހުރި ކޮތަޅުތައް ފެނުމުން ހޫރައިންއަށް އަހާލެވުނެވެ.
“ކައިވެނީގެ ސާމާނު… ކީއްކުރާނީ ދޮންތާ ހާދަ ބައިވަރު ޕްރިޕަރޭޝަންއެކޭ ކައިވެންޏެއް ކުރިޔަސް” ކީވާން ހީލިއެވެ. ހޫރައިން ވެސް އެކަމާއި އެއްބަސް ވުމުގެ ގޮތުން ހީލިއެވެ.
އިރުކޮޅަކު ހޫރައިން އާއި ވާހަކަ ދައްކާލަން ތިބުމަށްފަހު ހަތަރު މީހުން ވަނީ ރުއާނާގެ ކޮޓަރިއަށެވެ. ސޯފާތަކުގައި ކީވާން އާއި ލިއަމް އިށީންދެ އިން އިރު އާލިއާ އިނީ ރުއާނާއާއި އެކު އެނދުމަތީގައެވެ. ކީވާންއާއި ލިއަމް ފޯރީގައި ދައްކަން ފެށީ އަދްރެކްގެ ވާހަކައެވެ.
“އަމް ސޯ ހެޕީ…ފައިނަލީ ޔޫ ގާއީޒް އަރ ގެޓިން މެރީޑް!…އޯ އެމް ޖީ އާލް” ރުއާނާ އުފަލުން ގޮސް ހަޅޭއްލަވައިގަތެވެ. އާލިއާގެ މޫނުމަތިން ވެސް ހިނދުކޮޅަކަށް ވެސް އުފާވެރިކަން ފަނޑުނުވެއެވެ. މާ ބާރަށް ބައްދާލަން ނުކެރޭނެތީ މަޑުމަޑުން ރުއާނާގެ ގައިގާ ބައްދާލިއެވެ. އެތައް ދުވަހެއް ވަންދެން އެދި އެދި ހުރިކަމެއް އެންމެ ފަހުން ވަމުންދާތީ އޭނާގެ ހިތް ވަނީ އުފަލުން ފޮޅިފައެވެ. ދެއާއިލާގެ ފުރިހަމަ ރުހުމާއި އެކު އާލިއާއާއި ކީވާންގެ ކައިވެނި ކުރެވެން ބާކީ އިނީ ދެދުވަސް ފަހުންނެވެ. ކީވާން ގެނައި ކޮތަޅު އެނދުމައްޗަށް ލާފައި އާލިއާ އެދުނީ އެމީހުން ދިއުމުން ރުއާނާ ކޮތަޅު ބެލުމަށެވެ. އޭގެ ކުރިން ނުބަލަން ބުނީމަ ވެސް ރުއާނާއަށް ކެތްތެރިވެލައިގެން އިންނަން އުނދަގޫވިއެވެ.
“ދެން ދަރިފުޅޫ ކެތްތެރިވެބަ.. ބްރައިޑްސް މެއިޑުންނަށް ހުންނާނެ ދޯ ސަޕރައިޒް ވެސް.. މިކުއްޖާ ވެސް” އާލިއާ އަޑުލައިގަތުމުން އެންމެ ފަހުން ރުއާނާ ތުން ނެރެލަމުން ބޯޖަހައިލިއެވެ.
“ހުވާ މިބުނީ ހާދަ ރުޅިއެއް އައިހޭ މިހުންނަނީ.. ތިން ރޭ މަށައް ދޯކާ ދީފި.. އެ މަންޖެ ގުޅާ ތަނުން މީނަ ނައްޓާލާ.. އަހަރެމެންނާއި އެކު މިހާރު ކޮފީއެއް ބޮވޭ ކަމަށް ނަހަދާ” ކީވާން އެއަތުގެ ތެރެއަށް އަނެއް އަތް މުށްކަވާލާފައި ޖަހާލި ގޮތުން ނުހަނު ހިތްހަމަ ނުޖެހި އިންކަން ޔަގީންވެއެވެ.
“ކަލޭ އެކަނިތަ.. މަށަކަށް ވެސް ނޭނގޭ ގުޅުނު އަދަދެއް.. ދެންމެ ކޮށްލި މެސެޖަށް އެބައިން ރިޕްލައި ދީފަ..” ލިއަމް ވެސް ބައިވެރިވިއެވެ.
“ޕިސް ޕިސް، ކީވާން ވެސް އަހަރެންނާއި އެކު ހުރިއްޔާ މިމީހުން ގުޅާ ކޮންމެ ފަހަރަކު ބިޒީއޭނު ކުރަނީ… ދެން އޭނައަށް ވެސް ވާނީ ކިހިނެތް…” އާލިއާ ރައްދު ދީފިއެވެ. އެހިނދު ކީވާންގެ މޫނުގައި ހުރި ރުޅިވެރިކަން ފިލާ ހިސާބަކަށް ހިނިއަންނަގޮތްވިއެވެ.
“ކޮބާ ..ކޮބާ، މިހިރަ ފަޅާ އަރަނީނު.. ދެން މީނަ އެބަ އަޑުގަދަ ކުރެއޭ..މަށަކަށްނު މިތާގަ އެއްޗެއް ކިޔެން ހުރީ” ލިއަމް ބުންޏެވެ. އެހިނދު ކީވާން ޖަހައިލީ ހިނިގަނޑެކެވެ.
“ބުރޯ ވެސް ދެން އުޅޭނީ އެހެންނޭ.. މިދިޔަ ދުވަސްކޮޅު ރުއާ ނެތީމަ ހުއްޓެއްނު މީހާ މައްޔިތެއްހެން.. ދެން ބަލާނެވެސް ކަމެއް ނެތް، ހަމަ މިހެން އުޅޭނީ.. ރުއާއަށް އެނގޭތަ މީނަ ނުވެސް ކައި.. ރޮއެ ރޮއެފަ .. ނުވެސް ނިދާ..ކިރިޔާ މަތަކުރަން ބުއްފުޅި ވެސް ނުޖެއްސުނީ..” ކީވާން ބުނެލި ވާހަކައަކުން އާލިއާއާއި ރުއާނާ ހޭންފެށިއެވެ. ހެމުން ހެމުން ވެސް އެވާހަކަތައް އިވުމުން ލިއަމްއަށް ނަޒަރެއް ދެވުނެވެ. އެއްމިޔަކަނުން ހީލައިގެން އިނދެފައިބޯ ކަހައިލިއެވެ.
“ކޮންތާކު މަށެއް ނޫން..ދެން މީނަ ދައްކަ ފާނެ ކޮންމެފަދަ ވާޙަކައެއްވެސް”
“އެތެދެއް، އޭނާ ކޮން ކަމަކާއި ދެރަވާނީ.. އަހަންނާއި ބުލީ ކުރާ ހިތުން އުޅޭ މީހެއް އެއީ” ރުއާނާ ތުންދަމާލިއެވެ. ލިއަމް އިންގޮތަކަށް އިނދެ ފައި ހިއްލާލާފައި ރުއާނާގެ ފައިގާ ޖަހާލިއެވެ.
“އާން ކަލެއެއް ނޫޅޭ އެހެންނެއް.. ދޮންތަގެ ފިރިހެން ދަރި އެހެން އުޅުނީ.. އޯކޭ ދޯ؟ އޭތް މަބުނީ އެޑީއަށް ގުޅާ ކަހަލައެއްނު؟” ކީވާންގެ ވާހަކައިން ހެމުން ހެމުން ލިއަމް ބޯޖަހައިލިއެވެ. އޭނާ އަދްރެކްގެ ފޯނަށް ގުޅޭތޯ އުޅުނެވެ.
“ވެއިޓް އެޑީ ކާކާއި ރައްޓެހިވެގެން އުޅެނީ؟” ރުއާނާއަށް ނާހާ ނީނދެވުނެވެ.
“ނޭނގޭތަ؟” ލިއަމްއާއި ކީވާންއަދި އާލިއާއަށް އެކުއެކީގައި އެ ސުވާލު ކޮށްލެވުނު އިރު ރުއާނާއަށް ލޯ ބޮޑުކޮށްލައިގެން ބޯ ޖަހައިލެވުނެވެ.
***
މަގުގެ އެއްފަރާތެއްގައި ކާރު ޕާކުކުރުމަށްފަހު އަދްރެކް ކާރުން ފޭބިއެވެ. ކާރުވަށައިގެން ހިނގާލުމަށްފަހު އަނެއް ފަރާތުގެ ކުރީ ސީޓުގެ ދޮރު ހުޅުވާލަދިނެވެ. ކަޅުކުލައިގެ ބޯ ކޯޓުތަކުގައި ތިބިއިރު ބޯކޮން ވެހެމުން ދިޔަ ސްނޯގެ ފިނިކަމުގެ އުނދަގުލެއް ދެޒުވާނުން ކުރެ އެކަކަށް ވެސް ނުވެއެވެ. އަދްރެކްއާއި ޔީލާ ގާތްގާތުގައި ތިބެ ހިނގަމުން ދިޔައިރު ދެޒުވާނުންގެ އަތްވަނީ ގުޅިފައެވެ. އަދްރެކްއަށް ގިނައިން ހުރެވެނީ ޔީލާގެ މޫނަށް ބަލަހައްޓައިގެންނެވެ. އަދްރެކްގެ ނަޒަރު އަމާޒުވާ ކޮންމެ ފަހަރަކު ޔީލާގެ މޫނުން ފެނިގެންދަނީ ލަދުރަކި ކަމެވެ. އެފަދަ ކޮންމެ ވަގުތެއްގައި އަދްރެކްއަށް ހީލެވެއެވެ. ޔީލާގެ ހިމަ އުނގަނޑުގައި ހިފާ ގަޔާއި ކޮށްލަމުން އިތުރަށް ލަދުގަންނުވާލައެވެ.
ދެޒުވާނުންނަށް ގެއަށް ވަދެވުނު އިރު ލޫކް އާއި މީރާ ތިބީ އެމީހުންގެ އިންތިޒާރުގައި ދޮރުމަތީގައެވެ. ދެމީހުން ފެނުމުން ލޫކްއާއި މީރާގެ މޫނުމަތިން ފެނުނު ލާނެތް ވިދުވަރު އިތުރަށް ގަދަވިއެވެ. ލޫކްގެ ކަންތައް ވަކިން ބޮޑެވެ. އަދްރެކް ބަލާލާފައި ހޭންފެށި ހިސާބުން ޒާތްޒާތައް ކަރުކެހެމުން ދިޔައެވެ.
“ހެލޯ ބްރަދަރ އިން ލޯ” އަދްރެކް ފެނުމުން ގޭތެރެއިން ނުކުތް ސަމަރް ސަލާމަތް އަތް ދިއްކޮށްލިއެވެ. ޔީލާގެ އަތުން ދޫކޮށްލުމަށްފަހު ސަމަރުގެ އަތުގައި ހިފާ ސަލާމް ކޮށްލިއެވެ.
“ބައްޕަ އެބަހުރި ނިކަން ހިނި އައިސް.. އެޑީއަށް ވެސް ސަޕްރައިޒްއެއް ވެއްޖެ އެތެރޭގަ.. އަހަރެމެން ކައި ނުލާތި” ލޫކު ލާނެތް ޒާތަކަށް ހީލައިގެން ހުރެ އަދްރެކްގެ ކޮނޑުގައި ހިފައިގަތެވެ.
“އަނެއްކާ ކޯއްޗެއް.. ލިއަމްއާއި ކީވާން ގެނައީތަ؟” އަދްރެކް އަހާލުމުން ލޫކްއާއި މީރާ ފެށީ ހޭށެވެ. ނޫނެކޭ ބުނެ އެތެރެއަށްވަނެވެ.
ލިވިންގްރޫމުގެ ސޯފާތަކުގައި ޔަޒަކްއާއި މިލާންއާއި އެކު ތިބި އަދްރެކްގެ މައިންބަފައިންނާއި އެއްމާބަނޑު ދެ ކޮއްކޮ، ދާނިޔާ އަދި ދީނާ ފެނި އޭނާއަށް ހުއްޓުން އެރިއެވެ. ދީނާއާއި އެކު އޭނާގެ ފިރިމީހާ، ކެނެޑާގެ މުސްލިމެއް ކަމުގައިވާ މައިކަލް ވެސް ހުއްޓެވެ. އަދްރެކްއަށް ބަލައިލެވުނީ ޔީލާގެ މޫނަށެވެ. ހައިރާން ކަމުގެ ކުލަވަރެއް އެ މޫނުމަތީގައި ނެތުމުން އެއީ ޔީލާގެ ކަމެއްކަން ދެނެގަނެވުނެވެ. ކެނެޑާގައި ތިބޭ އޭނާގެ މައިންބަފައިން އެހާ ކުއްލިއަކަށް ފެނުމުން ހުރެވުނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.
“ތޭންކިއު ބޭބީ، އެކަމަކު ކިހިނެތް؟” މައިންބަފައިންގެ ގާތައް ފިޔަވަޅެއް އަޅާލުމުގެ ކުރިން ޔީލާ ކުރެން އަހާލެވުނެވެ. އޭނާ ދިނީ ލޯބިވެތި ހިނިތުންވުމެކެވެ.
“ކަމޯން، މަންމަމެން މިކޮޅަށް އަންނަން ތިއްބަ އަހަންނަށް ގުޅުނީ… ދެން ކޮއްކޮމެން ކައިރީގައި އެޑީ މި ފެމެލީއާއި މީޓްކުރަން އަންނަވާހަކަ ބުނީމަ، އެމީހުން ދިން އައިޑިއާއެއް މިއީ.. ލޯބި ދޯ.. އެންޑް ޝޮކިން ނިއުސް އަކީ ލޫކްއަށް ސަމްހައު އިނގޭ ނާނީ” ދާނިޔާ ދައްކާލަމުން ޔީލާ ބުނެލިއެވެ. އަދްރެކް ބަލައިލީ ދުރުގައި ހުރި ލޫކްއަށެވެ. ދޭތެރެއަކުން ދާނިޔާއާއި ލޫކް، އެކަކު އަނެއްކަކަށް ބަލައިލައެވެ. ދެޒުވާނުންގެ ނަޒަރު ސީދާ ވެލާ އިރު ބައެއްފަހަރު ހީލާތަން ފެންނަމުން ދިޔައެވެ. އެމަންޒަރުން އަދްރެކްގެ ހިތައް ވަތް ހިޔާލަކުން ޔީލާގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ. ޔީލާގެ މޫނު އުޖާލާވެގެން ދިޔައިރު އޭނާއަށް ވެސް ލޫކްއަށް ކަޅިއެއް ދެވުނެވެ.
އަދްރެކް، މަންމައާއި ބައްޕަގެ ގައިގާ ބައްދާލިއެވެ. ދެ ކޮއްކޮގެ ގައިގާ ވެސް ނުހަނު ލޯބިން ބައްދާލިއެވެ. އާއިލާއާއި އެކު ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު އެގެއަށް އޭނާ މިއަދު އައި ބޭނުމައިގެން ކުރިއަށް ދިޔައެވެ.
“މަންމާ.. ބައްޕާ.. މީ މްމްމް، ރައްޓެހިވެ ގިނަ ދުވަސް ނުވާކަން ވެސް އެނގޭ.. އަހަރެން ދެކޭ ގޮތުގައި ރައްޓެހިވެގެން އެކަކު އަނެއްކަކު ދަސްކުރުމުގެ ނަމުގަ ދުވަސްތައް ބޭކާރު ކޮށްލުމަކީ ވަރަށް މޮޔަކަމެއް.. ދެމީހުން އެކުގައި މިއުޅުނު ދެމަސް ފުދޭ އެކަމަށް.. ވަރަށް ބޮޑަށް ޔީލް ދެކެ ލޯބިވޭ.. ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ޔީލްއާއި ކައިވެނި ކުރަން..މިކަމަށް ބައްޕައާއި މަންމަގެ ރުހުން އެންމެ ފުރިހަމައަށް ބޭނުން.. މިއީ ރުހޭ ކަމެއްތޯ؟” ވަކި ވަކީން ޔަޒަކް އާއި މިލާންގެ މޫނަށް ބަލަހައްޓައިގެން އިނދެ އަދްރެކް އިއްވާލިއެވެ. ޔަޒަކްގެ މޫނު އުފާވެރިކަމުން ވިދައިގެން އިރު މިލާން ވެސް އުފަލުން ފޮޅުނެވެ. އޭނާގެ މަގަތުގައި އިންޔީލާގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވީފަދަ ނަޒަރަކުންނެވެ. އަދްރެކްގެ މައިންބައިފައިން ވެސް ތިބީ ޖަވާބަކަށް އެދިއެދިއެވެ.
“ބައްޕަ ރުހި ގަބޫލް.. އެކަމަކު ދުވަހަކުވެސް ދެރައެއް ނުދޭނެ ކަމަށް އުއްމީދު ކުރަން.. މި ތިން ކުދިން މިއީ ބައްޕަގެ ފުރާނަ”އަދްރެކްގެ ކޮނޑުގައި ޖަހާލަމުން ޔަޒަކް ޖަވާބު އިއްވާލިއެވެ. އެއާއި އެކު އެންމެންގެ މޫނުތައް އިހުނަށް ވުރެން އުޖާލާވިއެވެ. ކުރިމަތީން ދިމާވުމުގެ ކުރިންވެސް ފޯނުން ގުޅާ އެތައް ފަހަރަކު ވާހަކަ ދެކެވިފައި ހުރުމުން މިލާން އާއި ޔަޒަކް އަދި އަދްރެކްގެ މައިންބަފައިންގެ ގުޅުން ނުހަނު ރަނގަޅެވެ.
ނޫހްގެ މަތިން ޔީލާއަށް ހަނދާން ނައްތާލާ އާފެށުމަކުން ދިރިއުޅުންފަށަން ޔީލާއަށް ހިތްވަރު ލިބިގެން ދިޔައީ އަދްރެކްގެ ސަބަބުންނެވެ. އިޒްޥާގެ ކައިވެނީގެ ހަފްލާގެ ތެރެއިން ފެށުނު ގާތްގުޅުން ކުރިލާ ހެދެމުން ދިޔައީ ހީވެސް ނުކުރާހާ ބާރުމިނެއްގައެވެ. ހޮސްޕިޓަލުގައި ގިނަވަގުތުތަކެއް ދެމީހުން އެކުގައި ހޭދަކުރެވި ވަކިންވެސް ބައްދަލު ކުރެވޭ ވަރު ގިނަވިއެވެ. ރުއާނާ ގެއްލުމުން ލިއަމްގެ ހާލަތު ދައްވެފައިވާ ވަރުން ޔީލާ ވެސް އެގޭގައި ހޭދަ ކުރާ ވަގުތު ނުހަނު ގިނައެވެ. އެއިން ކޮންމެ ފަހަރަކު ވެސް އަދްރެކްއާއި ބައްދަލުވެ އިހުނަށް ވުރެން ގުޅުން ރަނގަޅުވެގެން ދިޔައެވެ. އެކުވެރިކަން ބަދަހިވެ ދެމީހުންގެ ކަޅު ސިއްރުތައް އެކަކު އަނެއްކަކަށް ކިޔައިދެވުނެވެ. ނޫހުގެ ވާހަކަ ޔީލާ ކިޔައިދިނެވެ. އަދި އަދްރެކް، އޭނާގެ ކުރީގެ ލޯބިވެރިޔާގެ ވާހަކަ ވެސް ކިޔައިދިނެވެ. އެހުރިހާ ކަމެއްގެ ތެރެއިން ދެމީހުންގެ އިޙްސާސްތައް ލޯތްބަށް ބަދަލުވެ އެކަކު އަނެއްކަކާއި ގުޅުނު ތާ މިވީ ބަރާބަރު ދެމަހެވެ.
“އެޑީ ކައިރީގަ ހާދަ ކިޔަމޭ .. ނާނީގެ ކައިވެނީގެ ކުރިން ވާނެއޭ ކައިވެނިކުރަން.. ދީން ވެސް ކައިވެނި ކުރީ އެޑީ ހުއްޓަ.. ” އަދްރެކްގެ މަންމަ ދިއާނާ ނުހަނު ހިނިއައިސް އިނދެ ބުނެލިއެވެ.
“އަހަރެން ވެސް ހީކޮށްގެން މިހުންނަނީ ލޫކް ކައިވެން ކުރާއިރު ވެސް ޔީލް އެކަމާއި ނޫޅޭނެ ކަމަށް.. އެހެން ހުއްޓަ އެޑީއާއި އެކު ފެނުނީމަ ވަރަށް އުފާވި.. އެކަހަލަ ރަނގަޅު ކުއްޖެއް އަހަރެމެން ގެ ޔީލްއަށް ބޭނުންވަނީ .. މާޝާﷲ.. ކިހާ ގުޅޭ” އަދްރެކްއަށް ބަލައިލަމުން މިލާން ހީލިއެވެ.
އެމީހުންގެ ވާހަކަތައް އިވޭ ހިސާބުގައި ހުރެފައި ލޫކް ބަދިގެއާއި ވީ ފަރާތައް ޖެހިލީ ކަރުހިއްކައިގަނެގެންނެވެ. ކާމޭޒުމަތީގައި ނަންހުސްކޮން އަތުރާފާއިވާ ކާތަކެތިން ބަނޑުހައި ހޫނުކަމުގެ އަސަރުވެސް ކުރާގޮތްވިއެވެ. ހެނދުނުން ސުރެން ސާޖަރީތަކުގައި އުޅެންޖެހުމުން ހޮސްޕިޓަލުގައި ވެސް މިއަދު ކާނެ ވަގުތު ނުވިއެވެ. އެކަމަކު ކެތްތެރިވެލައިގެން ހުރީ އެހެންމީހުންނާއި އެކު ކާން ބޭނުންވާތީއެވެ. ފުރިޖުން ނެގި ފެންފުޅިން ފެންފޮދެއް އަނގަޔަށް އޮއްސާލި ހިނދު ކޮންމެވެސް މީހަކު އޭނާގެ އަތުން ފެންފުޅި ޖަހައިގަތެވެ. އެހިނދު އޮހިގެން އައި ފެންތައް އަނގަޔަށް އައުމުގެ ބަދަލުގައި އަމާޒުވީ އޭނާގެ މޫނަށެވެ. ސިހުނު ވަރުން، ތެޅިގަނެވުނު ގޮތުން މާ ބޮޑަށް ތެމޭގޮތްވިއެވެ.
“ފަކ*!” އައި ރުޅިން ލޫކް ފަހަތައް އެނބުރުނެވެ. “ވަޓް ދަ-” ދެވަނަ ފަހަރަށް ބުނަން އުޅުނު ޖުމްލަ މެދުކެނޑުނީ ފަހަތުގައި ހުރި ސޫރަ ފެނުމުންނެވެ. ފެންފުޅި ޖަހައިގަނެގެން ގޮސް، ކާކޮޓަރިއަށް ވަންނަން ހުރި ދޮރުގައި ލެނގިލީ ދާނިޔާއެވެ. ހަށަމް ބަނދެލައިގެން ހުރިއިރު ނަޒަރު ހުރީ ލޫކްގެ ދެލޮލަށެވެ. ތުންފަތައް ވެރިވާން އުޅުނު ހިނިތުންވުން ހިންދާލަމުން ލޫކް އިސްޖަހާލަމުން ފެނުގެ ސަބަބުން ގައިގާ ތަތްލަވާފައިވާ ޓީޝާޓުން ފެންފޮޅާލިއެވެ.
“ލޯންގް ޓައިމް، ޖަރކް!” ދާނިޔާގެ ލުއި ލުއި އަޑު އިވުމުން ލޫކް އިސްއުފުލާލިއެވެ.
“މްމް، ބިޗ* ހައު ހޭވް ޔޫ ބީން” ލޫކްގެ އަޑު މަޑެވެ. އެހެންމީހުންނާއި ވާހަކަ ދައްކާ އުޅޭ އިރު އެއަޑުގައި ހުންނަ ސަކަކަމެއް ނުވެއެވެ. އާދަޔާއި ހިލާފަށް އަޑުމަޑެވެ.
“ވިތްއައުޓް ޔޫ، ކިހިނެތް ވާނީ” ދާނިޔާ ވާހަކަ ދައްކަމުން އައިސް މަޑު ޖެހިލީ ލޫކްގެ ކުރިމަތީގައެވެ. އިސްކޮޅުން ކުރުކަމުން ލޫކްގެ ކުރިމަތީގައި ހުންނައިރު އޭނާ ސިފަވަނީ ކުޑަ ކުއްޖެއް ހެންނެވެ.
ލޫކްގެ އަނގަޔަކުން ބަހެއް ނުނިކުމެއެވެ. ނަމަވެސް ދާނިޔާގެ އެ ޖަވާބުން އޭނާގެ ތުންފަތުގައި ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ.
“ލޫކް ކިހިނެތް؟”
“އަހަރެން؟ އަލްހަމްދުލިއްﷲ.. ވަރަށް ބަރާބަރު.. އެންމެ ގާތް އެކުވެރިންނާއި އެކު ވަރަށް ހަމަޖެހިގެން މިއުޅެނީ” ވާހަކަ ދައްކަމުން ގޮސް އެންމެ ފަހު ޖުމްލަ ބުނެލީ ދާނިޔާއާއި ހަތަރުކަޅި ހަމަކޮށްލާފައެވެ. ހީވީ އެ ބަސްތަކުން ދާނިޔާއަށް ކަމެއް އަންގާލަދޭން މަސައްކަތް ކުރިހެންނެވެ.
ދާނިޔާއަށް ބަހެއް ނުބުނެވެ. ހިތްވަރު ކުރަމުން ދަނިކޮން ވެސް ދެލޮލަށް ކަރުނަ ޖަމާވިއެވެ. ނަމަވެސް ލޫކްގެ ކުރިމަތިގައި ހުރެ ރޯކަށް ބޭނުމެއް ނުވިއެވެ. އޭރުން ލޫކްގެ ހިތައް އަރާނެ އެއްޗެއް ނޭނގެއެވެ. މިހާރުވެސް ގޯސް ހެދިފަ އޮތީ އޭނާއަށެވެ. ދާނިޔާ އެހެން ހުއްޓާ ލޫކް ދާން ހިނގައިގަތެވެ. ނަމަވެސް ދޮރާއި ހިސާބުން ހުއްޓުނެވެ.
“ލެޓްސް ޕްރިޓެންޑް.. އެހެން މީހުންގެ ކުރިމަތީގައި އޯކްވަރޑް ވާކަށް ބޭނުމެއް ނޫން” ލޫކް ބުނެލިއެވެ. އިތުރަށް މަޑުކުރުމެއްނެތި ގޮސްފިއެވެ. ދެލޯ މަރާ ބާރުކޮށްލަމުން އެ ކަރުނަތައް ހިންދާލިއެވެ. ހިންދިރުވާލާފައި ފުންނޭވާއެއް ބޭރުކޮށްލަމުން ހަމަޖެހިލިއެވެ.
“ފައިނަލީ އައި މެޓް ޔޫ އެގެއިން” ދާނިޔާގެ ދެތުންފަތް ހަރަކާތްކޮށްލިއެވެ. ދެލޮލުގައި ބޮނޑިވި ކަރުނައިގެ ތެރެއިން ވެސް ހީލެވުނެވެ. ހަމަޖެހެލަމުން ބޭރަށް ނުކެމެލީ ބޭރުން އޭނާއަށް ގޮވާއަޑުއިވިފައެވެ. ބޭރަށް ނުކުތް އިރު އަދްރެކް ގާތު ކޮންމެވެސް ވާހަކައެއް ދައްކަ ދައްކާފައި ލޫކް ހޭ މަންޒަރު ފެނި ދާނިޔާގެ މޮޅިވެރި މޫނަށް ދިރުމެއް ލިބުނެވެ. އޭނާ ފެނުމުން ބަލާލާފައިވެސް ސަމާލުކަން ދިނީ އަދްރެކްއަށެވެ. ދާނިޔާ އިށީންދެލީ މިލާން އާއި ދިއާނާގެ މެދުގައެވެ.
“ޔީލް ބުނި ލޫކްއާއި ނާނި، އެކުއްޖަކަށް އަނެއްކުއްޖަކު އެނގެއޭ.. ލޫކް ނުވެސް ބުނެއޭ.. ކިހިނެތް ދެކުދިން ދިމާވީ؟ ” މިލާން ހިތްހެޔޮ ހިނިތުންވުމަކާއި އެކު ދާނިޔާ ކުރެން އެހިއެވެ.
“ވީ ޔޫސްޑް ޓު ބީ ބެސްޓުފް-”
“ވީ ޔޫސްޑް ޓުބީ ކްލާސްމޭޓްސް.. ކެނެޑާގަ އޭލެވެލް ކިޔަވަން ހުރި އިރު” ދާނިޔާ ބުނަން އުޅުނު ޖުމްލަ މެދުކަނޑާލާފައި ޖަވާބު ދިނީ ލޫކްއެވެ. ލޫކްއަށް ބަލައިލެވުނު އިރު ދާނިޔާ އިނީ ބަލަހައްޓައިގެންނެވެ. އެދެމީހުންނަށް ބަލަން ތިބި އަދްރެކްއާއި ޔީލާގެ ނަޒަރު ފާހަގަ ވެގެން ލޫކްއަށް މިފަހަރުވެސް މަޖުބޫރުވީ ދާނިޔާއަށް ހީލާށެވެ.
“ސީ.. އައި ޓޯލްޑް ޔޫ.. ކޮންމެ ވެސް ކަނެކްޝަނެއް އެބަ އިނޭ” ޔީލާ ވާހަކަ ދެއްކީ އެކަނި އަދްރެކްއަށް އިވޭ ވަރަށެވެ. އަދްރެކްގެ މޫނުމަތިންވެސް ފެނިގެންދަނީ ރީތި ހިނިތުންވުމެކެވެ.
“ލޫކް ބުނިތަ އެއްވެސް އެއްޗެއް ނާނީ އާއި ބެހޭގޮތުން؟”
“އަހަރެމެން ދެމީހުން ވީޑިއޯ ކޯލް ކޮށްގެން އުޅެނިކޮން އެއްރޭ ނާނި ފެނިގެން މީނަ ހުރި ދޮރު ކައިރީގަ ބަލަން.. ދެން ކޯލް ނިންމާފަ ގޮސް ސުވާލު ކުރީމަ ބުނި ދަންނަ ކުއްޖަކޯ. އޭނާ އިތުރަކަށް ނުކިޔާދޭ.. އަހަރެން އެކަމު އެހިން.. އޭނާ ނާހަނީސް ކިޔައިދިނިން ނާނީގެ ވަނަވަރު.. ދެން ލޫކް ކައިރީގަ އެހިން މިއީ ހޭ ލޫކް ދަންނަ ނާނީ އަކީ..އެއްޗެއް ނުބުނަން އިނދެފަ ހަމައެކަނި ބޯޖަހައިލީ.. ދެން ދިޔަ ފަހުން އަލުން ނާނީއަށް ގުޅާފަ އެދުވަހު އެހިން ލޫކް ދަންނަންހޭ.. މީނައަށް ލޫކްގެ ފޮޓޯ ފެނުނީމަ އިރުކޮޅަކު ހުއްޓިފަ އިނީ.. ދެން ބުނެފި އާއެކޯ ދަންނަމޯ..ދެން ނުބުނި އެއްޗެއް.. މިރޭ ފެނުނީން ސުރެން ދެމީހުން މާ ވަރެއް ދައްކާފަ ބަލަނީ މި”ޔީލާ ކިޔައިދިނެވެ. އަދްރެކްގެ މޫނު އިހުނަށް ވުރެން އަލިވިއެވެ.
***
“މަންމާ.. ބައްޕާ.. މިއޮތް އައީ އެމީހުން.. ” ގޭތެރެއަށް ވަދެގެން އައި އިޒްވާއާއި އީތަން ފެނިގެން ބަގީޗާގެ ތެރޭ ބެންޗެއްގަ އިން ޝިއާ އުފާވެރިގޮތަކަށް ހަޅޭއްލަވައިގަތެވެ. އިޒްވާގެ އަތުގައި ހިފައިގެން އީތަން މަޑުމަޑުން ގެއަށް ވެއްދިއެވެ. އެހިނދު އިޒްވާގެ ހިދުމަތައް ގޭތެރެއިން ދިހަ ވަރަކަށް ނޯކަރުން ޖަމާވިއެވެ. އެމީހުންނަށް ރީތި ހިނިތުންވުމެއް އިޒްވާ ހަދިޔާ ކޮށްލިއެވެ.
“ދަރިފުޅާ” ސިޑީން ފައިބައިގެން އައި ޝެރީންއަށް އިޒްވާ ފެނިގެން އައިސްފިއެވެ. ނުހަނު ލޯބިން ބައްދާލާފައި އިޒްވާގެ ނިތުގައި ބޮސްދިނެވެ. މިރެއިލް ފެންނަން ނެތުމުން އީތަން އަހާލިއެވެ.
“ބައްޕަ ވެއްޖެ ޒާހީމެންގެ މީހުން ބަލާ އައިސްގެން ގޮސްފަ.. ވަރަށް ހާއްސަ ބައްދަލު ވުމެއްގެ ވާހަކަ ބުނީ” ޝެރީން އޮޅުން ފިލުވައިދިނެވެ.
“ލައްބަ އިޒީ ބައްޕަމެން ވެސް ގޮސްފަ ދޯ ވީ” އީތަން ބުނެލުމުން އިޒްވާ ބޯޖަހައިލިއެވެ.
“މަންމަ ރަނގަޅުތަ؟” އިޒްވާ އަހާލިއެވެ. ޝެރީން ނުހަނު ބޮޑަށް ހިނިތުންވެލައިގެން އިނދެ ބޯޖަހައިލިއެވެ. އިޒްވާއާއި ޝެރީން ސިޑީން މައްޗައް އަރައިގެން ދިއުމުން ޝިއާ އާއި އީތަން ނުކެމެލީ ބަގީޗާއަށެވެ.
“އަހަރެން މިގެއަށް އަޔަސް ހުންނަނީ ފާޑާކަށް ބާކީވެފަ މިހާރު.. ބައްޕަ ވެސް މަންމަ ވެސް ސިސް ވެސް އިޒީ ވިއްޔަ ބޭނުން ވަނީ.. ދެން ނާންނާނަމޭ .. އިޒީ މިގެއަށް ލާފަ އަހަރެން ހުންނާނީ ގެއިން ބޭރުގަ” ހިނިއައިސް ހުރެ އީތަން ވާހަކަދެއްކިއެވެ. އެވާހަކަތަކުން ޝިއާ ވެސް ހިނިގަނޑެއް ޖަހާލަމުން އީތަންގެ މޭގައި އަތުން ޖަހާލިއެވެ.
“ބަލަ.. ތީ ދެން ކާކުތަ މިހާރު.. އަހަރެމެން މިއުޅެނީ ބޭބީ ނައިސްގެން މިހާރު ވެސް.. ”
“ހަހަހަ، ހޫމްމް އިނގެއޭ ދެން ނުބުންޏަސް.. ކޮބާ ޒައްޔާން މިއަދު؟.. ތިދެމީހުން ބަގީޗާއަށް ނުގޮސްގެން އެތާގަ އިންނަ އުނދޯލީ ވަރަށް ރޯވާހަކަ އަޒްލާން ބުނި” އީތަން ބުނެލިއެވެ. އެހިނދު ޝިއާގެ މުޅި މޫނު ރަތްވިއެވެ. އެހާ ހިނިވެސް އައެވެ.
” އަޒްލާންއޭ؟ ކިހިނެތް އޭނައަށް އެނގުނީ؟ އޭނާ މަޖާ ވެސް ކުރޭތަ؟ އައި މީން ސަކަރާތް ޖަހާ ވެސް އުޅޭތަ؟” ހައިރާންވީވަރުން ޝިއާއަށް އެހުނެވެ.
“އަހަހަ، އޭނާ ސަކަރާތް ޖަހާނީވެސް ހަމައެކަނި ޒައްޔާންގެ ކައިރީގަ.. އެކަމަކު މިހާރު މަށާއި ލޫކްއާއި ވަރަށް ކްލޯޒް.. އިއްޔެ ޒައްޔާންއާއި އަހަރެމެން ދެމީހުން މިތިބީ އަޒްލާންއާއި އިޒީގެ ދޮންބެ އަންނަން ދެން.. ދޮންބެ އައި އައި އިރުވެސް މީނަ ނާދޭ.. އޭނަ ލަސްވީމަ އެކަމާއި ދިމާކޮށްލަން އެއްޗެއް ޒައްޔާން ބުނެގެން ބުނެލި އެތި އެއީ.. އަހަރެމެން ގާތައް ވެސް ވަރަށް ހިނި އައި.. އަދި އަލަށް ކަންނޭގެ އެކަހަލަ އެއްޗެއް އެބުނީ” އީތަން ހީހީފައި ކިޔައިދިނެވެ. ޝިއާގެ ގާތައް ވެސް ހިނިއައެވެ.
“އެކަމަކު ކިހިނެތްބާ ދޯ އެނގުނީއެ؟”
“ސާބަހޭ ސިސް.. އަހަންނާއި އިޒީ މީ އިނދެގެން އުޅޭ ދެމީހުން.. އަހަރެމެންގެ ބޯކޮޅުބަލަން ލޫކްމެން އުޅޭއިރު، ތިމީހުން ނަމުގަ ބެސްޓީސް ވެގެން އުޅޭ މީހުންގެ ހަގީގަތް ބަލަން އެމީހުން އިންޓްރެސްޓް ވެގެން ނޫޅޭނެތަ؟.. މަށައް ހީވަނީ ދޮންބެ މެން ހެން ފާރަލީ ތިމީހުންނަށް.. ދޮންބެ ބުނީ ކަންނޭގެ އަޒްލާން ކައިރީގަ.. ހަހަހަ ދޮންބެ ވަރަށް ހެވުނޭ އެގަޑީގަ” އީތަން ބުންޏެވެ.
“ދެން އެކަމަކު ހާދަ ލަދުގަނެއްޖެއޭ..”
“އެއީ އެވަރުކަމެއް ނޫނޭ.. އަމް ސޯ ހެޕީ ފޯރ ޔޫ ސިސް.. އޭނަ ކަހަލަ މީހަކު ލިބުނީތީ ވަރަށް އުފާވެއްޖެ.. “ޝިއާގެ ގައިގާ އީތަން ބައްދާލިއެވެ. ޝިއާގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. ދެމީޙުން ވާހަކަ ދެއްކުމުގައި އެތައް އިރަކު ތިބި ފަހުން ޝެރީންއާއި އެކު އިޒްވާ ނުކުމެގެން އައިސްފިއެވެ. އެގެއިން ކައިގެން ދާން ޝެރީން އެދުމުން ވެސް އިރުއޮއްސުމުގެ ކުރިން ގެއަށްދާން ބޭނުންވެފައި ތިބީތީވެ އެހެން ފަހަރަކުން ކާނެކަމަށް ބުނެ އެގެއިން ނުކުތެވެ. މާދަމާއަކީ ކީވާންއާއި އާލިއާގެ ކައިވެނީގެ ހަފްލާ އޮންނަ ދުވަސް ކަމުން އެކަމަށް ވެސް ވާންޖެހޭ ތައްޔާރީތައް ހުރުމާއި އެކު ލަސްކުރާކަށް ބޭނުމެއް ނުވިއެވެ.
****
އާދުވަހަކަށް އެރި އިރާއި އެކު ޔޫމީންއާއި ކައިވަންގެ ގޯތިތެރެ ނުހަނު ހަލަބޮއްޔެވެ. ދުވަހަކީ ކީވާން އާއި އާލިއާގެ ކައިވެނި ކުރެވޭ ދުވަހެވެ. ދެއާއިލާ އެންމެން އެގެޔަށް ޖަމާވެފައިވީ އިރު ދުވަސް ފެށިގެން ދިޔައީ ވެސް އެންމެން އެއް ސުފުރާ މަތީގައި ތިބެގެން ކުރި ނާސްތާއިންނެވެ. ކައިވެނި ކުރަން ހަމަޖެހިފައިވަނީ އެގޭގައެވެ. ނަމަވެސް ކައިވެންޏާއި ގުޅިގެން ބޭއްވޭ ހަފްލާ އޮތީ ގެއިން ފެށިގެން ދެއިމާރާތް ދޫކޮށްފައި ދެން ހުންނަ ބޮޑު ހޮޓެލެއްގައެވެ. ކީވާންއާއި އާލިއާ ބޭނުންވީ ހަމައެކަނި އެކުވެރިންނަށް ދޭ ކެއުމަކުން ނިންމާލަން ނަމަވެސް ކައިވަންއާއި ޔޫމީން އަދި ޒައްޔާން ވެސް ބޭނުންވީ އެ ހަފްލާ އެއަށްވުރެން ކުލަގަދަ ކޮން ބޭއްވުމަށެވެ. އެގޮތުން ހޮސްޕިޓަލުގައި މަސައްކަތް ކުރާ ހުރިހާ މުއައްޒަފުންނަށް ވަނީ ދައުވަތު ދެވިފައެވެ. ރާއްޖޭގައި ދިރިއުޅޭ އެކުވެރިންނާއި އާއިލާވެސް ވަނީ އެ ކައިވެންޏަށް ޓަކައި އައިހެވެ.
ކައިވެނި ކުރާ ވަގުތުގެ ދިހަ މިނެޓު ކުރީން ކައިވެނި ކޮށްދޭ މީހުން ހާޒިރުވިއެވެ. މޭޒުމަގަތީގައި ދަނބުކުލައިގެ ވިދުމެއްހުރި ފޮއްޗެއް އަޅާފައި އޭގެ މަތިން ހުދު ލޭސްފޮތި ބޭނުންކޮށްފައިވާއިރު ބިއްރޫލީ ވާސްތަކުގައި ބެހެއްޓިފައިވަނީ ތާޒާ ހުދު ފިނިފެންމަލުގެ ގުލްދަސްތާތަކެވެ. މޭޒުގެ އެއްފަރާތުގައި ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ޒައްޔާން އިށީންދެލައިގެން އިން އިރު އަނެއް ފަރާތުގައި ކައިވަން އިނެވެ. އޭނާ ވެސް ވަނީ ކަޅުކުލައިގެ ކޯޓުފަޓުލޫނުގައެވެ. ޖީބުގައި ހަރުކުރެވިފައިވަނީ ދަނބާއި ހުދު ކުލައިގެ މާކޯންޏެކެވެ. އޭރު އަދި ކައިވެނި ކުރެވޭ ޖޯޑު ނާދެއެވެ.
“ދެން ހުއްޓާލާ ދަރިފުޅާ.. މަންމަ މިއަދު ދުނިޔޭގަ ހުރި ނަމަހާދަ ދެރަވީހޭ ތިހެން އާލް ރޯތަން ފެނުނީމަ” ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހުލޯބިވާ މަންމަ އާއި ބައްޕަ ނެތުމުން އާލިއާ މާބޮޑަށް ދެރަވީއެވެ. ހިތުގައި ޖެހުނީއެވެ. ކޮންމެ އަންހެންކުއްޖަކުވެސް ދުވަހުގެ ހާއްސަކަމާއި އެކުވެސް ލިބޭ ހާސްކަމުގެ ސަބަބުން އެންމެ ބޮޑަށް ބޭނުންވާނީ ލޯބިވާ މަންމަގެ އޯގާތެރި ބަސްތަކެވެ. އެ ނަސީބުން އޭނާ ވަނީ މަޙުރޫމުވެފައެވެ. ނަމަވެސް ހޫރައިން ދިޔައީ އޯގާތެރި ބަސްތަކުން އާލިއާގެ އެހިތާމައަށް ލުޔެއް ހޯދާދިނުމަށް މަސައްކަތް ކުރަމުންނެވެ. ނުހަނު އުނދަގުލުން ކަރުނަތައް ހުއްޓުވާލި އިރު އަލުން މޭކަޕް ވަނީ ކުރަންޖެހިފައެވެ. ކައިރީގައި ތިބި މޭކަޕް ކުރާ ކުދިން ނުހަނު އަވަހަށް އެކަން ނިންމާލިއެވެ.
“ދެރަވަނީ ހަމަ ދޮންތާ”
“އިރާދުކުރެއްވިއްޔާ ހުރިޙާ ކަމެއް ވެސް ރަނގަޅުވާނެ ދަރިފުޅާ.. ހާދަ ބޭނުންވެފައޭ މިހުންނަނީ ބައްދާލަން..އެކަމަކު އެކުދިން އެކުރި ހުރިޙާ މަސައްކަތެއް ވޭސްޓުވާނީ” ތުން ދަމާލަމުން ނުހަނު ލޯބިން އާލިއާގެ އުނަގަނޑުގައި ހޫރައިން ފިރުމާލިއެވެ. އެންމެ ފަހުން ނުހުރެވިގެން ބައްދާ ވެސް ލިއެވެ.
“ކޮބާ ހުރިހާ ކުދިން ހަމަވެއްޖެ” އެތެރެއަށް ވަނީ ރުއާނާއެވެ. ދަނބުކުލައިގެ ވިދާ ފޮއްޗަކާއި ލޭސްފޮތިން ފަހާފައިވާ ރީތި މެކްސީގައި ރުއާނާ ނުހަނު ފުރިހަމައެވެ. އެ ހެދުމުގެ އަތް އިނީ އަތައް ލައްވާފައިވާ ޕްލާސްޓާރ ގަނޑާއި އެކު އުޅެން ފަސޭހަވާނެހެން ދޫކޮންނެވެ. އެކަމުން ވެސް ނުހަނު ހިތްހަމަޖެހުނެވެ. ރުއާނާ ފެނުމުންވެސް އާލިއާ ރޮވޭ ގޮތްވިއެވެ. ނަމަވެސް ނަމަވެސް އާލިއާގެ އެކުވެރިންނާއި ރުއާނާއާއި ހޫރައިން އަދި ވަދެގެން އައި ޔޫމީން ވެސް ނުހަނު ހިތްވަރު ދިނެވެ. ޔޫމީން ނުހަނު ލޯބިން އާލިޔާގެ ދެލޮލުން ކަރުނަ ފުހެލަދިނެވެ.
“ދެން އަޅެ ހާދަ ލޯބިއޭ.. މާޝާﷲ” ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައި އާލިއާ ހުރިލެއް ފުރިހަމަ ކަމުން ޔެނާއަކަށް ވެސް ދުރަކު ނުހުރެވުނެވެ. އެހެދުން އާލިއާގެ އުނަގަނޑަށް ހިފާލާފައިވާ ގޮތުން ނުހަނު ފުރިހަމައެވެ. އުނަގަނޑާއި ހިސާބުން ދުރުދުރަށް ހެދުމުގެ ފަސްބައި ފެތުރިފައިއޮތެވެ. ރީތިގޮތަކަށް އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލާފައި ވާއިރު ކަރާއި ކަންފަތް ފަލުފިލުވާލާފައިވަނީ ހުދު ރަނުގެ ޖަވާހިރުންނެވެ. ކީވާން އެދިފައިވާގޮތައް ކޮށްފައިވަނީ ނުހަނު ލުއި ލުއި މޭކަޕެކެވެ. އެކަމުން އާލިއާގެ ރީތިކަން ދެގުނަހެން ހީވެއެވެ. ވަދެގެން އައި ގޮތައް ޔެނާ އުޅުނީ ބައްދާލާށެވެ. ނަމަވެސް އޭނާއާއި އެކު އައި ނީރާއާއި ޔީލާ ވެގެން ހުއްޓުވައިފިއެވެ.
“ދެން އިހަށް މަޑުކޮށްބަލަ ޔެންދައްތި، އެކުއްޖާގެ ގައިގާ ފުރަތަމަ ކީވާން ދޮންބެ ޖެހޭނީ ބައްދާލަން.. އޭގެ ފަހުން އެހެން މީހުން” އާލިއާ ރޮވިފައި ހުރުމުން ނީރާ އުޅުނީ އޭނާ ހެއްވާލާށޭވެ. ނީރާގެ ވާހަކައިން އެހެން މީހުން ހެމުން ދިޔައިރު، ޔޫމީން ހުއްޓާ އެހެން ބުނުމުން އާލިއާގެ މޫނަށް ހުރީ ލަދުގަތުމުން ޖަންބުކުލަ އަރާފައެވެ. ނަމަވެސް އޭނާއަށް ވެސް ހެވުނެވެ.
އާލިއާގެ އަތުގައި ހިފައިގެން ހޫރައިން ނުކުމަތް އިރު ދޮރުމަތިން ފުރަތަމަވެސް ބައްދަލުވީ ޒައްޔާންއާއެވެ. އެކޮޓަރީގެ ތެރެއިން އެމީހުންނަށް ވުރެން ކުރީން ނުކުމަތް އާލިއާގެ އެކުވެރިއެއްގެ ފުށުން އާލިއާގެ ހާލަތު އިވުމުން އޭނާއަށް މޭޒުދޮށުގައި ވެސް ނީނދެވުނީއެވެ. އެދެލޮލުގައި ފަނޑުރަތްކަމެއް ވީ އިރު ޒައްޔާން ފެނުމުން ހީލީ ވެސް ރޮއެލަން ބޭނުންވެފައި ހުރިކަހަލަ ގޮތަކަށެވެ. ޒައްޔާން ފެނުމުން ހޫރައިން ދުރަށް ޖެހިލިއެވެ.
“މަންމައާއި ބައްޕަ-” އާލިއާއަށް ތުންފިއްތާލެވުނެވެ.
“ޝުޝްޝް، ހުއްޓާލާ.. ދޮންބެ މިހުރީ އެންނު .. އެނގޭ ހަނދާންވާނެކަން.. އެކަމަކު މަންމަމެން ވެސް މިއަދު ފެންނަ ފަށުގައި ތިބިނަމަ ހާދަ ދެރަވާނެއޭ މިހާ އުފާވެރި ދުވަހެއްގަ ތިހެން ރޯތަން ފެނުނީމަ.. ބަލާ މިކުދިން މޭކަޕްވެސް އެކުރަނީ ތިންވަނަ ފަހަރަށް.. ދެން ކުރަން ޖެހިއްޖެއްޔާ އެކުދިން ރުޅިއައިސްގެން ގޮސްފާނެ” އާލިއާގެ ދެލޮލުން ތިކި ޖަހާލަން ތައްޔާރުވި ކަރުނަތިކި ހުށިޔާރުކަމާއި އެކު ޒައްޔާން ފުހެދިނެވެ. ޒައްޔާންގެ ވާހަކައިން ހިސާބަކަށް ހިތްހަމަ ޖެހުނު އިރު ކަރުނައިގެ ތެރެއިންވެސް އާލިއާއަށް ހުރީ ހެވޭގޮތްވެފައެވެ.
ޒައްޔާންއާއި އެކު އާލިއާ އައިސް ކީވާންއާއި ގާތުގައި އިން ގޮނޑީގައި އިށީންދެލިއެވެ. އެހިނދު ކީވާންގެ ނަޒަރު އާލިއާގެ މޫނަށް ހުއްޓުނުގޮތައް ހިނދުކޮޅަކަށް ވެސް ދުރުނުވެއެވެ. އާލިއާގެ މޫނަށް ވެރިވީ ޖަންބުކުލައެވެ. ކީވާންގެ އަތްތިލައިގެ ތެރެއަށް އާލިއާގެ އަތްތިލަ ލައްވާ ފިތާލަމުން ކަންފަތާއި ގާތްވެލިއެވެ.
“މާޝާﷲ.. ދުލަކަށް ނައި ބަހެއް ވެސް.. މައި ލަވް، ސޯ ގޯޖަސް” ކީވާން ބުނެލީ އެކަނި އާލިއާއަށް އިވޭހާ މަޑޫންނެވެ. އާލިއާއަށް ހީލެވުނު އިރު އިސްޖެހުނެވެ. “އައި ކާންޓް ވެއިޓް” އާލިއާގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމާލި އިރު ބަލަހައްޓައިގެން ހުރީ އާލިއާގެ ދެލޮލަށެވެ. އޭނާ ލަދުން ވިރެމުން ދިޔަގޮތް ފެނި ކީވާންއަށް ރީތި ހިނިތުންވުމެއް ރައްދުކޮށްލެވުނެވެ. ކުރިއަށް ވުރެން ބޮޑަށް އަތައް ފިތާލިއެވެ.
ޒައްޔާންގޮސް މޭޒުގެ އަނެއް ފަރާތުގައި އިށީންދެލުމުން، ކައިވަންގެ ގާތުގައި ޔޫމީންވެސް އައިސް އިށީންދެއްޖެއެވެ. އެއާއި އެކު ކައިވެނީގެ މަޖިލިސް ފެށިގެން ކުރިއަށް ދިޔައެވެ. އަމާންކަމާއި އެކު ކައިވެނި ވެސް ކުރެވުނެވެ.
“އަނބި ގަބޫލު ކޮށްފިން” ކީވާންގެ އަޑާއި އެކު އާލިއާއަށް އިސްއުފުލާލެވުނެވެ. މެހެފިލުގައި ހިފާލީ އާއިލާއާއި އެކުވެރިންގެ އުފާވެރި ހަޅޭކުގެ އަޑެވެ. ޔޫމީންއާއި ކައިވަންގެ ތުންފަތުން ހިނިތުންވުން ނުފިލައެވެ. ޒައްޔާންގެ މޫނުން ވެސް ފެންނަމުން ދިޔައީ އެފަދަ އަސަރުތަކެކެވެ. ހުރިހަމައެކަނި ކޮއްކޮއާއި މެދު އުފާވެފައި ހުރިވަރު ދޭހަވެއެވެ. ހޫރައިން އާއި ރުއާނާ ގާތްގާތުގައި ތިބި އިރު ލޯތައް ވިދަމުން ދިޔައީ އުފާވެރިކަމުގެ ކަރުނުންނެވެ. ހަނާ މިއަދު ހުރި ނަމައޭ އެތައް ފަހަރަކު ހޫރައިންގެ ހިތައް އެރިއެވެ. އެހެނަސް ކުރެވޭނެކަމެއް ނެތެވެ.
މެހެމާނުން ކެއުމާއިގެން މައްސޫލު ވަމުން ދިޔައިރު ކީވާންއާއި އާލިއާ ދިޔައީ ތިބުމަށް ހަމަޖެހިފައިވާ ސްޓޭޖު ކޮޅަށެވެ. ތަނަވަސް ބޮޑު ހޯލުން ފެނިގެންދަނީ ދުވަހަށް ޓަކައި ވެފައިވާ ފުރިހަމަ ތައްޔާރީތަކެވެ. ހުދާއި ދަނބުގެ ފޮއްޗާއި މަލާއި ބޮކިތައް އަދި ބިޔަ ޗާންދަލިއާތައް ބޭނުން ކޮށްގެން މުޅި މާހައުލު ވަނީ ލޯ ތަރަތަރަ ޖަހައިގެންދާފަދަ ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ބޮޑު މާލަމުން އާއިލާއާއި ރަހުމަތްތެރިންނާއި ހޮސްޕިޓަލުގެ ގިނަ ސްޓާފުން ވަނީ އައިސްފައެވެ. އެމީހުންގެ އާއިލާތައް ވެސް ގޮވައިގެން އައުމުން ނުހަނު ބައިގިނައެވެ. ނަމަވެސް އިންތިޒާމުތައް ފުރިހަމަ ކަމުން ކަމަކަށް ދައްޗެއް ނުވެއެވެ. ހިދުމަތުގައި އެތައް ބައިވަރު ނޯކަރުންނެއް ތިއްބެވެ.
އާއިލާއަށް ހާއްސަ ކުރެވިފައިވާ ބަޔަށް ރުއާނާ ވަނީ ޔީލާ އައިސް ގެންދަން ފެށުމުންނެވެ. ކުރިން އޮތް ނުތަނަވަސްކަން އެކުވެރިކަމަށް ބަދަލުކޮށްލީ ރުއާނާ އިސްނަގައިގެންނެވެ. ކުށްވެރިކަން އިޙްސާސްކުރެވިފައިވާ ވަރުން ވާހަކަ ދައްކަން ޔީލާއަށް ނުކެރިފައި ހުރުމުން ވާހަކަ ދެއްކީ ރުއާނާއެވެ. ޔީލާ ހުރީ ރުއާނާ އަނގައިން ނުބުނެގެންނެވެ. ޔީލާއަކީ ވެސް އެކުވެރި މިޒާޖެއްގެ ވެރިއެއްކަން ރުއާނާއަށް އެދުވަހު އެނގުނެވެ. ފުރަތަމަ ދުވަހު ވެސް ހީވީ ދުވަސްވީ އެކުވެރިއެއް ހެންނެވެ.
“ރުއާ ވަރަށް ބަލައިގެން އިނގޭ އުޅެން ވާނީ.” ޔީލާ ހިފަހައްޓައިގެން ހުރީ ސަލާމަތުން އޮތް އަތުގައެވެ. ރުއާނާ ބޯޖަހައިލިއެވެ. ޔީލާވެސް ފެންނަނީ ނުހަނު ފުރިހަމަ ކޮންނެވެ. ދަނބުކުލައިގެ މާމެއިޑު ހެދުމުގައި ހުރިއިރު ކޮށްލާފައިވަނީ ރީތި މޭކަޕެކެވެ.
“އިއްޔެ އަޑުއިވުނޭ ވާހަކައެއް.. ޔޫ އެންޑް އެޑީ؟” ލާނެތް ހިނިތުންވުމެއްގައި ހުރެ ރުއާނާ އެއްސެވެ. ވަގުތުން ޔީލާ ލަދުރަކި ގޮތަކަށް ހީލައިގެން ހުރެ ބޯޖަހައިލިއެވެ. އޭނާ ކިޔައިދިނީ އިއްޔެ އަދްރެކް އައިސް މިލާންއާއި ޔަޒަކްއާއި ބައްދަލް ކުރި ގޮތުގެ ވާހަކައެވެ. އެވާހަކަ ތަފްސީލުކޮން ކިޔައިދީފައި ނިންމާލީ ލޫކްއާއި ދާނިޔާގެ ވާހަކައިންނެވެ. ލޫކްގެ ވާހަކަ ބުނި ހިސާބުން ރުއާނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ހައިރާންވީ ވަރުން ޔީލާގެމޫނަށް ބަލައިލެވުނެވެ.
“ލޫކް؟ މައި ބޭބީ ލޫކް؟ ގާލް އަކާ އެއްކޮން؟” ސުވާލްތައް ކުރެވުނު އިރު ރުއާނާގެ އަނގަ ވަނީ ހުޅުވިފައެވެ. ޔީލާ ބޯޖަހައިލިއެވެ.
“ވާޓް!ކަމެއް ކޮށްފަ ނުވެސް ބުންޏެއްނު”
“ހިއެއްނުވޭ ރައްޓެހިވެގެން އުޅޭހެންނެއް.. ބަޓް ލޫކް ދަނޭ ނާނި.. ހީ ސެއިޑް ދަންނަ ކުއްޖެކޭ.. އެހާ ވަރަށް ދެމީހުން ދެމީހުންނަށް އިއްޔެވެސް ބެލި.. މަށާ އެޑީ ވަގަށް ބެލީމޭ އެމީހުން އުޅުނު ގޮތް.. ރުއާމެން ތީ ބެސްޓީސް އެއްނު، އަޅެ ކޮނެލަބަލަ” ރުއާނާގެ އަތުގައި ހިފާލަމުން ޔީލާ ބުންޏެވެ.
“އަހަރެންނަށް ހަމަ އެނގުނުތާގަ މިހުރީ، ހިނގާބަލަ އޭނަ ހޯދަން” ޔީލާގެ އަތުގައި ހިފައިގެން ރުއާނާ އެތެރެއަށް ވަނެވެ. އާއިލާއަށް ހާއްސަކުރެވިފައިވަނީ އެންމެން އެކުގައި ތިބެވޭނެހެން ހުރިބިޔަ މޭޒެކެވެ. ހުދު ފޮތުން ނުހަނު ނުހަނު ފުރިހަމަ ޑިޒައިންއެއް ޖައްސާ މޭޒުމަތި ވަނީ ރީތިކޮށްފައެވެ. ހުދުކުލައިގެ އުއްބައްތި ތަކާއި ހުދު ފިނިފެންމަލާއި ދަނބުކުލައިގެ ފިނިފެންމަލުގެ ގުލްދަސްތާއެއް މޭޒުގެ އެކިހިސާބުތަކުގައި ބަހައްޓާފައި ހުއްޓެވެ.
އެތެރެއަށް ވަތްއިރު ރުއާނާގެ އާއިލާ އަދި ލިއަމްގެ މުޅިއާއިލާ ވެސް އެތެރޭގައި ތިއްބެވެ. އިޒްވާއާއި އީތަންއާއި ގާތު ލޫކް ވެސް ހުއްޓެވެ. ރުއާނާއަށް ހައިރާން ކަމެއް ލިބުނީ އެމީހުންނާއި ތަންކޮޅެއް ދުރުގައި ވަކިން ހުރި ގޮނޑިތަކެއްގައި، ހޫރައިން އާއި ރާބިއު އަދި ޒީވާއާއި އިޒާންއާއި އެކު ލިއަމް ތިބިތަން ފެނުމުންނެވެ. އިޒާންއާއި ޒީވާ އަދި ރާބިއު އާއި ހޫރައިން ނިކަން ހިނިއައިސްފައި ތިބެ ދިޔައީ ބަލަމުންނެވެ. ހިސާބަކަށް ލަދުގަނެފައި ހުރެވެސް އެމީހުންނަށް ހިނިތުން ވުމެއް ރައްދުކޮށްލާފައި ރުއާނާ ބަލައިލީ ލިއަމްއަށެވެ. ލިއަމް ބަލަހައްޓައިގެން އިނީ ސީދާ ރުއާނާގެ ދެލޮލަށެވެ. އެހެން އިނދެ ހަދިޔާކޮށްލީ ފިރިހެންވަންތަ ހިނިތުންވުމެކެވެ.
“ރުއާ،” ރުއާނާގެ ކަޅި ދުރުކޮށްލަން މަޖުބޫރުވީ އީތަންއާއި އިޒްވާ ގޮވަން ފެށުމުންނެވެ.
“ކޮބާތަ ދާނިޔާ؟” ލޫކްއަށް ނަޒަރެއް ދެމުން ނިކަން ސިއްރުން ޔީލާ ކުރެން ރުއާނާ އަހައިލިއެވެ. ޔީލާ ފަރާތް ފަރާތް ބަލާލާފައި ދައްކާލީ ދުރުގައި އަދްރެކްއާއި އެކު މަޑުކޮށްލައިގެން ހުރި ދާނިޔާއެވެ. އަދްރެކް އާއި ޒައްޔާން ފޯރީގައި ވާހަކަ ދައްކަމުން ދިޔަ އިރު ދާނިޔާގެ ސަމާލުކަން ލޫކްއަށް ހުއްޓިފައިވި ތަނެއް އެމީހުންނަކަށް ނުފެނެއެވެ. ނަމަވެސް ރުއާނާއާއި ޔީލާއަށް އެ މަންޒަރު ފެނުނެވެ.
“އޯއެމްޖީ، ހާދަ ލޯބި ކުއްޖެކޭ.. ވޯޙް” ރުއާނައަށް ތައުރީފް ނުކޮށްލާ ނުހުރެވުނެވެ. ދަނބުކުލައިގެ ގަޔަށް ހިފާލާފައިވާ މެކްސީގައި ހުރި ދާނިޔާ ނުހަނު ފުރިހަމައެވެ. ކަޅުކުލައިގެ ފަންފަން އިސްތަށިކޮޅު މިނިވަންކަމާއިއެކު ވިހުރެން ދޫކޮށްލާފައިވީއިރު ލިޕްގްލޮސްއެއް ފިޔަވާ އިތުރު މޭކަޕެއް ނެތެވެ.
“އަސްލު ވެސް ލޯބި ދޯ.. އެބަ އަންނަން އެނގޭ ގޮވައިގެން .. އަންނަން ވާއިރަށް އީތަން ނަގާބަލަ ލޫކް ކައިރިން… މިދެމީހުން އެއްތަން ވެއްޖެއްޔާ ދައްކާނެ ވާހަކަ ވެސް ހުރެއޭ ހިތައް އަރާ” ޔީލާ ދަމުން ބުންޏެވެ. ރުއާނާއަށް ހެވޭ ގޮތްވިއެވެ.
“އީތަން ދޭބަ އިޒީގެ އެފަޅިއަށް”
“އުހޫން އަހަރެން ބައިންދާ މިތާގަ.. މިދެމީހުންނާއި ވާހަކައެއް ދައްކަނީއޭ މި” އިޒްވާއާއި ލޫކް ދައްކާލަމުން އީތަންއަށް ބުންޏެވެ. ރުއާނާއަށް ލޯ ހަނިކޮށްލެވުނެވެ.
”ދޭބަލަ ދެން އީތަން.. އަހަރެން އެބަޖެހެއޭ ލޫކްއާއި ވަރަށް މުހިއްމު ވާޙަކައެއް ދައްކަން” ރުއާނާ ސަލާމަތުން އޮތް އަތުން އީތަންގެ ގަމީހުގެ ގިރުވާނުގައި ހިފާ ނަގަންއުޅުނެވެ. އީތަން ނުދާންވެގެން ވަރު ދައްކާލާފައި އަދި ރަނގަޅަށް ހަމަޖެހިލީއެވެ. އެމަންޒަރު ފެނުމުން ދަތްތަކަށް ބާރުވާ ވަރަށް ރުއާނާއަށް ދަތްކުނޑި ވިކާލެވުނެވެ. އެއްޗެއް ނުބުނެވިފައި ހުއްޓާ ޔީލާ އައެވެ. އެކުގައި ދާނިޔާ ވެސް ހުއްޓެވެ.
އެތަނުގައި ތިބި އެންމެން ވެސް ދާނިޔާއަށް އަލަށް ފެނުމުން ހުރީ ނުހަނު މަޑުމަޑުންނެވެ. ލަދުރަކި ގޮތަކަށް ހީލަމުން ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އެންމެންގެ ފަރާތުން އެކުވެރިކަން ފެނުނު ނަމަވެސް ލޫކް އިސްޖަހާލައިގެން ފޯނާއި ކުޅެން އިންގޮތައް އިނީއެވެ. އެކަމުން ހިތައް ވެގެން ތިޔަ ތަދު ފޮރުވާލަން ކުރިއަށް ވުރެން ބޮޑަށް ދާނިޔާ ހީލިއެވެ.
“ހެލޯ” ރުއާނާ ނިކަން ހިނިއައިސްފައި ސަލާމަތް އަތްދިއްކޮށްލިއެވެ. ދާނިޔާވެސް ސަލާމް ކޮށްލަމުން ވާހަކަ ދެއްކިއެވެ. އެއަށްފަހު ފަހަރަކު މީހަކު އައިސް ވާހަކަ ދައްކަން ފެށިއެވެ.
“ކީއްވެތަ މަންމައާއި ދީން ނުގެނައީ.. މި އެޑީ ބުންޏޭ އެންމެން ގޮވައިގެންނޭ އަންނާނީ..ބައްޕަ ވެސް ނުދެކެން” ދާނިޔާ ކުރެން ލިއަމް އަހައިލިއެވެ.
“ދީން ޕްރެގްވީމަ އަދި ވަރަށް ވީކް ކޮން އުޅެނީ އެހެންވެ މަންމައަށް ވެސް ނާދެވުނީ.. މިއަދު އަދި ވަކިން ގޯސް..އެކަމަކު ބައްޕަ އެބައުޅޭ އެކޮޅުގަ” ދާނިޔާ ޖަވާބު ދިނެވެ. އެހެންހޭ ބުނެ ލިއަމް ވެސް މޭޒު ދޮށުގައި އިށިންދެލިއެވެ.
ލޫކް ކައިރިން އީތަން ދުރަށް ނުދިއުމުން އެންމެ ފަހުން ޔީލާއާއި ރުއާނާ އެކަކު އަނެއްކަކާއި ދިމާ ބަލައިލަމުން ތުން ދަމާލިއެވެ. އެންމެ ފަހުން ދާނިޔާ ބެއިންދީ ލޫކް ގެ ކުރިމައްޗަށް ވާހެން އިން ގޮނޑީގައި އެވެ. އޭނާ އާއި ޖެހިގެން ޔީލާ އިށީންދެލި ހިނދު ވޭޓަރުން ކާއެއްޗިހި ހިފައިގެން އައިސްފިއެވެ.
މަޖާ ވާހަކަ ޥާހަކަތަކުގައި ތިބެ އެންމެން ކަމުން ދިޔައިރު މޫނުތަކުގައިވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އެކަކު އަނެއްކަކާއި ދިމާ ކުރުމާއި ސަކަރާތުގައި ތިބިއިރު އެންމެންގެ މެދުގައި އޮތް ވަރުގަދަ ގުޅުން ހާމަވެއެވެ. އެންމެންވެސް ކައިގެން އެނބުރި ހޯލަށް ވަންނަން ދިޔައީ ފޮޓޯ ނެގުމަށްށެވެ. އޭރުވެސް އައިސްތިބި މެހެމާނުންގެ ފޮޓޯ ނެގުން ކުރިއަށް ދާތީ ހޯލުގައި މަޑުކޮށްލައިގެން ތިއްބެވެ.
“މިރޭ ކީވާންބެމެންނަށް ލަނޑެއް ދޭން މިމީހުން ވަރަށް ރޭވި.. ކޮން ކަމެއް ކުރީ ތިމީހުން؟” އިޒްވާ ފެށިއެވެ. އޭނާގެ ސުވާލާއި އެކު އީތަންއާއި ލޫތް އާއި ލޫކް ފެށީ ހޭށެވެ.
“ފިރިހެންކުދީން އުޅޭގޮތް ބަލާނެ ކަމެއް ނެތް އިނގޭ.. އަހަރެމެން ވެސް ނުބަލަމެންނު އަންހެން ވެރީން އުޅޭ ގޮތެއް.. ދޯ” ލޫތު ނިކަން ހިނި އައިސް އިނދެ ވާހަކަ ދައްކަމުން ލިއަމްއާއި އަދްރެކްއަށް ދޯ ލައިފިއެވެ. ދެމީހުން ވެސް އީތަންމެންނަށް ބަލައިލަމުން ހިނިގަނޑެއް ޖަހައިލިއެވެ.
“ޔަގީން ކޮންމެވެސް ނުބައި ކަމެއް ކޮށްފަ އައިސް މިތިބީ.. އަދި މީނަ ވެސް އެބަ ހެޔޭ.. ކޮއްކޮއޭ އެހެރީ” ޝިއާ ބަލައިލީ ހެމުން ދިޔަ ޒައްޔާންއާއި ދިމާލެވެ.
“ދެން ހިނިއަންނާނެ ދޯ.. މާދަމާ ކީވާން ފެނުނީމަ އަހާލަ” ޒައްޔާންގެ ޖަވާބަކީ އެއީއެވެ.
“މިހާރު ހާދަ ކިއުރިއަސް ވެއްޖެއޭ..” ލިއަމްއަށް ބަލައިލަމުން ރުއާނާ ބުނެލިއެވެ.
“އައްޗާ މިތާގަ އިން އެންމެ ސިންގަލް މީހާ ކިއުރިއަސް ވީ” އިޒްވާ ދިމާކޮށްލި ހިނދު ރުއާނާ ދެލޯ ބޮޑުކޮށްލިއެވެ.
“ސިންގަލްއޭ؟ ކާކު؟ ރުއާ؟ ލިއަމް އާއި އެއްނު؟ ދެން ކިހިނެތް ރުއާ ސިންގަލްއީ” އަދްރެކްއަށް އިޒްވާ ބުނި ބަހުގެ މާނަ ނުވިސްނިގެން އަހައިފިއެވެ.
”ކާކު ބުނި އެމީހުން ރައްޓެހިވެގެންނޭ.. އެދެމީހުން ވެސް ސިންގަލް.. ނޫންތަ ދޮންބޭ؟ ދޯ ރުއާ، ސިންގަލްއެއްނު؟” ރުއާނާއަށް އެއް ލޯ މަރާލަމުން އިޒްވާ ވާހަކަ ދެއްކިއެވެ. ލިއަމް ލޯބިވާ ވާހަކަ ނުބުނެގެން އިޒްވާ ގާތު އެޝަކުވާ ރުއާނާ ކުރީ ރޭގައެވެ. އިޒްވާ ނުސީދާކޮން ވެސް އެހެން ބުނެފާނެ ކަމަކަށް ރުއާނާ ހިއެއް ވެސް ނުކުރެއެވެ. އެހާ ދުރުގައި އިނދެ ވެސް އިޒްވާގެ ފައިގާ ފައިން ޖަހައިފިއެވެ. ބޮޑަށް ލަދުގަތީ ލިއަމް ޒާތަކަށް ބަލަހައްޓައިގެން އިނދެ ހީލުމުންނެވެ. ވަގުތުން އިސްޖަހައިލީ މޫނަށް ވެރިވި ލަދުރަކިކަން ފަރުދާކުރުމުގެ ނިޔަތުގައެވެ.
“ހޫމްމް ލެޓްސީ.. ކޮބާތަ އަޒްލާން؟ ދެލޮލަށް ދައްކާނުލި” އިޒްވާއަށް އެއްލޯ މަރާލަމުން ލިއަމް ފެށީ އެހެން ވާހަކައެކެވެ. އެހިސާބުން އެވާހަކަ ދޫވެ، އަޒްލާންގެ ވާހަކަ ފެށުމުން ރުއާނާއަށް ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ނަމަވެސް ރުއާނާ ބަލައިލުމުން އިޒްވާ ލާނެތް ގޮތަކަށް ހީލިތަން ފެނި ލޯއަޅާލިއެވެ.
“ދެއާ ހީ އިޒް” ޒާހީގެ ގާތުގައި މަޑުކޮށްލައިގެން ހުރި އަޒްލާން ފެނިގެން ޒައްޔާން ދައްކާލިއެވެ.
ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި ހުރިއިރުވެސް ހުރީ މާސްކު އަޅައިގެންނެވެ. އަދި އާދައިގެ މަތިން އެރީތި އިސްތަށިގަނޑު އޮތީ ހާވާލުމަށްފަހު ނިއްމައްޗަށް ވައްޓާލާފައެވެ. ޒުވާން އަންހެން ކުދީންތައް އޭނާގެ އެސޫރައަށް ބަލަމުން ދިޔައިރުވެސް ކަމެއް ވާހެން ވެސް އަޒްލާންއަށް ހީނުވާކަހަލައެވެ. އޭނާއަށް ޖެހުމުން ފޮޓޯ ނަގަން ސްޓޭޖް ކޮޅަށް އަރަން ދިޔައީ އޭނާގެ ހާއްސަ ކަންނެތް ހިނގުމުގައެވެ. އާލިއާގެ ގައިގާ ބައްދާލަމުން ތަހުނިޔާ ކިޔާފައި ފޮޓޯއަށް ހުއްޓިލި އިރުވެސް މާސްކެއް ނުނަގައެވެ. ދެމީހުންނާއި އެކު ފޮޓޯ ނެގުމަށްފަހު އާލިއާއާއި އެކުވަކިން ނަގާފައި، އަޒްލާން އަތުން ރުއާނާއާއި ޒައްޔާންއަށް ގޮވާލިއެވެ. ރުއާނާ ފުރަތަމަ ވެސް ގޮސް އަޒްލާންގެ ގައިގާ ބައްދާލީއެވެ. މޫނު ނުފެނުނު ނަމަވެސް، މާސްކު ނުނަގައިގެން ރުއާނާ ޝަކުވާ ކޮށްލި ގޮތުން އަޒްލާން ހީލިކަން އެދެލޮލަށް އައި ހަރަކާތުން އެނގުނެވެ.
“ދެން އަޅެ މާސްކު ނަގާބަލަ މިއޮތް ފަދަ ދުވަހުވެސް، މީނަ މީ ސީކްރެޓް އެޖެންޓްގަ އުޅޭމީހަކީތަ؟ ދެން ނޫޅޭން ދޫނި” ރުއާނާ ފޮޓޯއަށް ހުއްޓުނީ ތުން ދަމާލަމުންނެވެ.
“އެބުނާހެން، ދެން ނަގާބަ އަޅެ.. އަހަރެން ކިހާ ހެޕީ ވާނެ…” އާލިއާ ވެސް ރުއާނާއާއި އެއްބައިވެލިއެވެ.
“އަހަރެންގެ ކައިވެނި ކުރެވޭ ދުވަހަކުން އިންޝާﷲ” އަޒްލާންގެ ޖަވާބު ކުރެވެ.
“އެހެންވީމަ ތިއީ ވުމަށް ވުރެން ނުވުން ގާތް ކަމެއްނު.. ދުވަހަކު ވެސް ތި މާސްކެއް ނުނަގާނެ” ޒައްޔާން ވެސް މޫނަށް ވައްތަރެއް ޖައްސާލިއެވެ.
އެމީހުންގެ ފޮޓޯތައް ނެގުމަށްފަހު އެހެން މީޙުން ވެސް ފޮޓޯ ނަގަން އަރާ އެކަން ނިމުނުއިރު ކޭކު ފެޅުން އޮތެވެ. އެއަށްފަހު އޮތީ އެންމެފަހު އިވެންޓެވެ. އަދްރެކް އާއި ޝާއިން ސްޓޭޖްގެ އެއްފަރާތުގައި ތިބެ ވާހަކަ ދައްކަމުން ދިޔައެވެ. ކީވާން ވެސް އާލިޔާގެ ގާތުން ދުރަށް ޖެހިލާފައި ގޮސް މަޑުކޮށްލީ އެމީހުންގެ ގާތުގައެވެ.
“މެރީ ނުކޮށް ތިބި ހުރިހާ އަންހެން ކުދިން އާދޭ ސްޓޭޖް ކައިރިއަށް…އެހެން ކުދިން ފަހަތައް ޖެހިލާ..” އެންމެންނަށް އިވޭވަރަށް ޝާއިން ގޮވާލިއެވެ. އެހިނދު އާލިއާ ކުރަން އުޅޭ ކަންތައް ވިސްނިގެން އަޑުގަދަކޮށްލާފައި ހުރިހާ އަންހެންކުދީންތައް ޝާއިން ބުނިހެން އެތުރިއްޖެއެވެ. އާލިއާ މާބޮނޑީގައި ރަނގަޅަށް ހިފާލަމުން އެންމެންނާއި ފުރަގަސްދިނުމުން، ހުރިހާ އަންހެންކުދިން ތޫލި އަޑުތަކުން ހަޅޭއްލަވައިގަނެފައި އުޅެންފެށީ އެއްލަން ތައްޔާރުވަމުން ދިޔަ މާބޮނޑި ހިފޭތޯއެވެ. އެކަކަށް ވުރެން ބާރަށް އަނެއްމީހާ ދިޔައީ ފުމެމުންނެވެ.
“ދެން ދޭބަ ރުއާ؟”އަތައް ޖޫސްތައްޓެއް ލައިގެން ހުރެ ލަސްލަހުން ބޮމުން ދިޔަ ރުއާނާ މަޑުކޮށްލައިގެން ހުރީ ޔެނާއާއި އާއި އިޒްވާގެ ގާތުގައެވެ.
“ދެން ނުކެރޭނެ..އެއީ އަހަރެން ކޮށްއުޅޭ ކަހަލަ ކަންކަމެއް ނޫނޭ އިޒީ” ރުއާނާ ވަގުތުން ދެކޮޅު ހެދިއެވެ. އިޒްވާ ވަގުތުން ދެކޮޅަށް ބޯހޫރުވާލިއެވެ.
“ހިނގާދޯ ކައުންޓް ޑައުން ޖައްސަމާ..ޓެން.. ނައިން” އަދްރެކް ގޮވަންފެށިއެވެ.އޭނައާއި އެއްވަރަށް އެހެންމީހުންވެސް ނަމްބަރު ގޮވަމުންދިޔައިރު މާލަމުގައިވަނީ އަޑުބައްދާލާފައެވެ. “ތްރީ.. ޓޫ.. ވަން” ކުއްލިއްކަށް އަދްރެކް ގޮވާލިއެވެ. އެހިނދު އާލިއާ މާބޮނޑި މައްޗަށް ހިއްލާލިއެވެ. އެކަމަކު އެއްލާކަށްނޫޅުނެވެ. އާލިއާގާތު އަވަހަށް އެއްލުމަށް އަންހެންކުދީންތައް ގޮވަންފެށިއެވެ.
“ގާލް އެއްލަބާ.”
“އަޅޭ ދިސް އިޒް ކްރޭޒީ، އައި ކާންޓް ވެއިޓް”
“ގާލް ތުރޯ ހިއަރ”
އެކަކަށް ވުރެން ބާރަށް އަނެއްކަކުގޮވާލައެވެ. އެހެން ހުރެފައި ކުއްލިއަކަށް އާލިއާ އެންމެންނާއި ކުރިމަތި ލިއެވެ. އަރައިގެން ހުރި އުސްފައިވާނުން ފައިނަގާފައި އޭނާ ސްޓޭޖުމަތިން ހިނގާލާފައި ތިރިއަށްފޭބިއެވެ. ހުރިހާ ބޮޑެތި މީހުންވެސް ވަމުންދާ ގޮތް ބަލަން ޝައުގުވެރިވެފައި ތިބިއިރު ޒުވާނުންގެ އަޑު ބާރުވެ، ކުރިއަށް ވުރެން ފޯރިގަދައެވެ. އާލިއާ ހިނގާލާފައި އައިސް ހުއްޓިލީ ސީދާ ރުއާނާގެ ކުރިމަތީގައެވެ. ލަސްލަހުން ޖޫސްތަށި ބޯލަ ބޯލަ ހުރި ރުއާނާއަށް ވާނުވާއެއް ނޭނގުނެވެ. އާލިއާ މާބޮނޑި ދިއްކޮށްލުމުން ދެލޯ ބޮޑުކޮށްލައިގެން ހުރެ ބަލައިލެވުނެވެ. އެއްފަހަރު އާލިއާގެ މޫނަށެވެ. އަނެއް ފަހަރު އިޒްވާގެ މޫނަށެވެ. ދެމީހުންވެސް ދިޔައީ ހެމުންނެވެ. އެންމެފަހުން ރުއާނާގެ އަތުގެ ތެރެއަށް މާބޮނޑި ލައްވާލުމަށްފަހު އާލިއާ ދުރަށް ޖެހުނެވެ. އޭރު ހަޅޭއްލަވަމުން ދިޔަ އަޑތުތައް ބާރުވެގެން ދިޔަގޮތުން ހީވަނީ ކަންފަތް ބަށްވެގެން ގޮސްފާނެހެންނެވެ.
ކުއްލިއަކަށް މުޅި މާހައުލުގައިވާ އަލިތައް ފަނޑުވެ ރުއާނާގެ ބޯ މައްޗަށް ވާހެން އިން ހުދު ލައިޓެއް ދިއްލިގެން ދިޔައެވެ. އެއާއި އެކު މުޅިތަން ހިމޭންވެގެން ދިޔައެވެ. އޭނާ ބޯން ގެންގުޅުނު ޖޫސްތަށި އަތުލުމަށްފަހު އިޒްވާ ވެސް ދުރަށް ޖެހިލިކަން އެނގުނެވެ. އެހެން ހުއްޓާ ސިހިގެން ދިޔައީ އޭނާގެ ކޮނޑޫގައި މީހަކު އަތްޖައްސާލުމުންނެވެ. ސިހިފައި ފަސްއެނބުރުނު އިރު މަޑުކޮށްލައިގެން ހުރި ލިއަމް ފެނި ހާސްވެފައި ހުރި ރުއާނާއަށް ލިއަމްގެ ނަމުން ގޮވާލެވުނެވެ.
“ލިއަމް، ވަޓްސް ގޮއިންގް އޮން-”
“ޝުޝްޝް” ހާސްވެފައި ހުރެ ރުއާނާ އަހައިލިއެވެ. އެހިނދު ރުއާނާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ލިއަމް ހީލިއެވެ. އެ ފަނޑުއަލީގައިވެސް ލިއަމް ފެންނަލެއް ރީތިކަމުން އެނުތަނަވަސް ވަގުތުވެސް ރުއާނާގެ ހިތައް ތަސައްލީއެއް ލިބުނެވެ. ލިއަމް ކައިރިވެލިއެވެ. ރުއާނާގެ ކޯތާފަތައް ގޯނާ ކުރަމުންދިޔަ އިސްތަށިކޮޅު ލިއަމްގެ އިނގިލިތަކުން ކަންފަތްދޮށަށް ލައްވާލަދިނެވެ. އެ އިނގިލިތަކުގެ އިޙްސާސް ކުރެވުނު ހިނދު ވެސް ރުއާނާގެ މުޅި ހަށިގަނޑުގައި ހީވީ ފިނީގެ އޮއިވަރެއް ދަތުރުކޮށްލި ހެންނެވެ. އެހެން ހުރެފައި އަނެއްކާވެސް ރުއާނާގެ ގާތުން ކުޑަތަންކޮޅެއް ފަހަތައް ޖެހިލިއެވެ.
“ލިއަމް، ވަޓްސް ގޮއިން އޮން” ރުއާނާއަށް އެހުނެވެ.
ލިއަމް ޖަވާބެއް ނުދެއެވެ. ރުއާނާގެ ދެލޮލަށް ބަލަހައްޓާއިގެން ހުރީއެވެ. އެދެލޮލުގެ ތެރެއަށް ރުއާނާއަށް ފީނައިގަނެވުނެވެ. ވަށައިގެންވާ މީހުންގެ މަތިން ވެސް ހަނދާންނެއްފަދައެވެ. ލިއަމްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. ކުޑަކަކޫ މައްޗަށް ލިއަމް އިށީންދެލިއެވެ. ޖީބުން ނެގި ކަޅުކުލައިގެ ކުޑަ މަހުމާ ފޮށި ނަގާ ހުޅުވާލަމުން ރުއާނާއަށް ދައްކާލިއެވެ. އެހިނދު ފޮށީގައި އިން ހުދުރަނުގެ ޖަވާހިރު އަނގޮއްޓީގެ ވިދުން ރުއާނާގެ ލޮލަށް އެޅިގެން ދިޔައެވެ. އަނގަމަތީގައި ރުއާނާއަށް އަތްއަޅާލެވުނީ ވަމުންދާގޮތް ރެއަކާއި ލުމުންނެވެ. އިސާހިތަކު ލޮލަށް ޖަމާވެގެން ދިޔައީ ކަރުނައެވެ. އެހެނަސްއެއީ އުފާވެރިކަމުގެ ކަރުނައެވެ.
“ނޯ ލެންގްއޭޖް ފީލްސް ސްޓުރޯންގް އިނަފް ޓު އެކްސްޕްލެއިން ހައު މަޗް އައި ލަވް ޔޫ.. ރުއާ، ޔޫ ހޭވް ބީން މައި ފޭވްރިޓް އޮބްސެޝަން ފޯރ ސޯ ލޯންގް ދެޓް އައި ކޭންޓް ރިމެމްބަރ ހޫ އައި ވޯޒް ބިފޯރ ޔޫ.. ވިލް ޔޫ ލެޓް މީ ސްޕެންޑް ދި ރެސްޓް އޮފް މައި ލައިފް ބިއިންގް އޮބްސެސްޑް ވިތް ޔޫ؟” ލިއަމްގެ ދެލޯ ވަނީ ރުއާނާގެ ދެލޮލާއި ގުޅުވާލެވިފައެވެ. ހިތުގެ އަޑު އިއްވާލަދިން ހިނދު ރުއާނާގެ ދެލޮލުން އޮހިގަތީ ކަރުނައިގެ ސައިލާބެކެވެ. ކަރުނައިގެ ތެރެއިންވެސް އެ މޫނަށް ފެތުރިފައިވި ރަތްކަން ވެސް ސާފެކެވެ. ލިއަމްގެ ހިތުގެ ހާލަތު އެނގުނު ނަމަވެސް އެ ދުލުން އެބަސްތައް ބޭރުކޮށްލާނެ ދުވަހަކަށް ރުއާނާ ހާދަ ދިގު އިންތިޒާރެއް ކޮށްފިއެވެ. އަނގަމަތީގައި އަތްއެޅުނުއިރު ރަނގަޅަށް ވެސް ރޮވިއްޖެއެވެ.
“ސޭ ޔެސް.. ސޭ ޔެސް” މާހައުލުގައި އަނެއްކާ ވެސް އަޑު ބައްދާލިއެވެ. ހުރެވުނީ އަނގަހުޅުވާލެވޭނެ ވަރުވެސް ނެތިފައެވެ. އެންމެ ފަހުން ރުއާނާ ލަސްލަހުން ބޯ ޖަހައިލިއެވެ. އެއާއި އެކު ލިއަމް ކޮޅަށް ތެދުވިއެވެ. ރުއާނާގެ ކަށި އިނގިލީގައި އަނގޮއްޓި އަޅުވާލެވުނު ހިނދު ލިއަމްގެ ދެލޯވެސް ތެމިއްޖެއެވެ. ކަރުނަތައް ހިންދާލަމުން ރުއާނާގެ ޒަހަމްވެފައިވާ އަތައް ތަދުނުވާނެހެން ގަޔާލާ ބޮނޑީކޮށްލިއެވެ. މާހައުލުގައި ވަނީ ކޮޅުނެތްކޮޅަށް އުފާވެރިކަމެވެ. އެންމެންގެ ހަޅޭކާއި އުފާވެރި ހުނުންތަކުން މެދުނުކެނޑި އިވެމުންދިޔައެވެ.
****
(ނުނިމޭ)

3 ހިޔާލު

  1. Anonymous
    10:20 ⁧⁦6/6/2026⁩⁩

    Varah salhi varah salhi
    Omgggshssh
    This part kiyaafa heehee ves baduga rihsaifi
    And S3 nereyne kan yageen vehje

    My gut feeling sayS. AZLAN aai eyna ge mysterious gurl aaa ekkom luke and dhaniya ves ulheyne ey S3 ga

  2. 🌻ILLU's LOVER🌻
    18:45 ⁧⁦6/6/2026⁩⁩

    Maasha allah.
    Mi prt vs vrh reethi.
    Hama iraafa.👍👍👍
    Vrh vrh salhi👍👍👍👍👍
    I think mi story ah S3 eh innaane kanne.
    Mi prt kiyaafa heehee gos halaaku vejje😭😭.
    Anyways, when next ann????
    So curious for the next prt🌻🌻🌻🌻🌻🌻

  3. Favie
    15:40 ⁧⁦12/6/2026⁩⁩

    Omgg soo niceeeeeeee… curiously waiting for the next part.

ކިޔުންތެރިންގެ ހިޔާލު