ހިރާސް 1 (11) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (11)

އިސާހިތަކު މުޅިތަނައް ގުޑުން އަރައިގެންދިޔައީ ޒައުލްގެ ކާރުގައި ޖެހުނު،ގަވާއިދާއި ހިލާފައް ދުއްވަމުންއައި  ބޮޑު ޕިކަޕެއްގެ އަޑުންނެވެ. ޕިކަޕަށް ،ބިއްލޫރިގަނޑު ތަޅައިގެންދިޔުންނޫނީ އިތުރު ގެއްލުމެއް ނުވިއެވެ. ނަމަވެސް ޒައުލްތޯއެވެ.

ކާރުގެ ބިއްލޫރި ގަނޑު ތަޅައިގެން ގޮސް ،ދޮރުފަތް ވަކިވީއެވެ. ޒައުލް ދިޔައީ ވިއްސާގެންނެވެ. އެދިޔަ ބާރު މިނުގައި މަގުބައްތިޔަކައް ހުރި ދަގަނޑުހޮޅީގައި ޒައުލްގެ ބޯ ޖެހި ތިރީގައިވާ  ބަރި އަޅާފައިވާ އެޅި ގާފުންޏަކަށް ގުޅަޔަކަށް ޖެހުނެވެ. އިސާހިތަކު ހިސާބުގަނޑުގައި ލޭގެ ކޯރެއް އުފެދި ގެންދިޔައެވެ.

 

***

ޒައުލް ފޯނައް ގުޅަމުން ދިޔަ ޒީވާއަށް ސިހުމެއް ލިބުނީ އިވިގެންދިޔަ ބާރުގަދަ އަޑުފަށުންނެވެ. ލިބުނު ސިހުމުގައި އޭނާގެ އަތުން ފޯނު ވެސް ދޫވެގެން ދިޔައެވެ. އަވަސްއަވަހަށް ގުދުވެ ފޯނު ނަގައިގެން ތެދުވިއިރު އޭނާގެ ހިތައް ނޭނގޭފަދަ ބިރުވެރިކަމެއް ވަދެފިއެވެ. ޔޫމީންގެ އަތުގައި ހިފައިލައިގެން އޭނާ ކުރިޔަށް މިސްރާބް ޖެހިއިރު މީހުންތަކުގެ ހަޅޭކުގެ އަޑު އިވުނެވެ.

“ބޭބޭ ކިހިނެތް ވެގެން މިއުޅެނީ” ޔޫމީން ތަންކޮޅެއް ދުރުގައި އެއްވެފައިވާ މީހުންގަނޑަށް އިޝާރާތްކޮށްލަމުން ހޮސްޕިޓަލްގެ ސެކިއުރިޓީ މީހަކާއި ސުވާލްކުރިއެވެ.

” ކޮއްކޮމެންނޭ އެއުޅެނީ ބޮޑު އެކްސިޑެންޓެއް ހިނގައިގެން..އެކުއްޖާ ފަކީރަށް އެވަރުކޮށްލާފައި އޭގައިތިބި ދެމީހުންވެސް ފިލާފި .. ބޭބެގެ ދެލޮލުން ދެކުނީ އެމީހުން ދަނިކޮން .. އިންސާނުންނޭ ވެސް ނުކިޔޭނެ އެވަރުގެ މީހުންނަކަށް..އެހެން ހަދާފަ ވެސް ހެމުން ސަކަރާތް ގަންނަމުން އެދިޔައީ ..ހަމަ ލަދުގެ ކަންފުޅެއް ވެސް އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް..” އެބޭބެ ކިޔައިދިނުމުން ޒީވާމެންވެސް އެދިމާލައް މިސްރާބު ޖެހިއިރު އެތަނަށް ބްލޫއައި ހޮސްޕިޓަލްގެ ހައެއްކަ ހެލްތް ވޯކަރުން ސްޓްރެޗާރ އެއް ހިފައިގެން ނުހަނު ހަރަކާތް އަވަސްކަމާއެކު އެދިމާލައްދެއެވެ. ފަހަތުން ޑޮކްޓަރުންވެސް އިރުޝާދުދެމުން އާދެއެވެ.

ޒީވާގެ ހިތް އާދަޔާއި ހިލާފަށް ތެޅެމުންދިޔައީ ކީއްވެކަމެއް ޒީވާއަކަށް ނޭނގުނެވެ. މީހުންގަނޑު ކައިރިން ރެކެމުން ދިޔަ ޒީވާއަށް ކުރިމަތީގައި ލެއިން ކަޅިވެފައިވާ މީހާއަށް ބަލައިލެވުނު ހިނދު އޭނާއަށް ހީވި ދުނިޔެ ހުއްޓުނު ހެންނެވެ.

ގަބުވެފައި ހުރި ޒީވާއަށް ހޭވެރިކަން ވީ އިރުކޮޅެއްފަހުންނެވެ. އެއްވެފައި ތިބި މީހުންގެ ހިތްތަކަށް ގުޑުން އެރީ ޒީވާގެ ވޭނުން ފުރިގެންވީ ރުއިމުގެ އަޑުންނެވެ. އެއަޑަށް ޔޫމީންއަށް ވެސް ސިހުމެއް ލިބި ކުރިޔަށް ޖެހިލެވުން އިރު ފެނިގެންދިޔައީ ޒައުލް ހަރަކާތެއް ނެތް ހަށިގަނޑެވެ. އޭނާއަށް ވެސް ރޮވުނެވެ.

ރޮއިގަންނަމުން ޒީވާ ދުވެފައި ގޮސް ލެއިން ކަޅިވެފައިވާ ޒައުލްގެ ހަށިގަނޑުގައި ހިފާގަތޭވެ. އިސާހިތަކު ޒީވާގެ ޔުނީފޯމުގެ ހުދު  ކުލަޔަށް ލޭކުލަވެރިވެގަތެވެ.

“ދޮންބޭ ..ދޮންބެ .. ލޯ ހުޅުވާލަބަލަ.. ދޮންބެ …ނޫނީ އަހަރެންގެ އެކަކުވެސް ނެތޭ ދޮންބޭ ..އަޅެ ޕްލީޒް..ހުޅުވާ..ލޯ ހުޅުވާށޭ.ދޮންބޭ…” ރޮމުން ރޮމުންދިޔައިރު ޒީވާގެ އަޑު ދިޔައީ ބާރުވަމުންނެވެ. އޭރު ގިސްލެވި އޭނާ ހިނދެނީ އެވެ. ޔޫމީން ވަރަށް ހިތްވަރުކުރުމަށްފަހު ޒީވާގެ ގައިގާ ހިފައިތަޅުވާއިގަތެވެ. ޔޫމީންއަށް،  ޒައުލް ގެ ކައިރިން ޒީވާ ދުރުކޮށްލެވުނީ ދެތިން މީހެއްގެ އެހީއާއިއެކުއެވެ. އޭރުވެސް ޒީވާ ދިޔައީ ގަަދައްކަމުންނެވެ.

ޔޫމީންއަށް ކައިވަންގެ ނަމްބަރު އިނގޭތީ އަވަހަށް ގުޅައިލިއިރު އޭނާއަށް ރޮވެމުންދާތީ ވާހަކަދެއްކުނީ ވެސް ކިރިޔާއެވެ.

ޒައުލް ވެއްދުނީ އޮޕަރޭޝަން ތީއޭޓަރަށެވެ. ތީއޭޓަރު ކުރިމަތީގައިވާ ގޮނޑިބަރީގައި ޔޫމީން، ޒީވާ ބެއިންދިއިރުވެސް ގިސްލެވެއެވެ.

އިރުކޮޅެއްފަހުން ކައިވަން ދުވަމުންއައެވެ. އޭނާގެ ފަހަތުން ޒުހޫރުއާއި ކުލްސޫމާއާއި ރުސްދީ ވަނެވެ. އެހުރިހާ މީހުންގެ މޫނުމަތީގައިވަނީ ކަރުނައެވެ. އެންމެ ހިތްހަރު ކުލްސޫމާ ވެސް ހުރި ރޮވިފައެވެ. އޭނާގެ ހުރިހަ ކުދިންގެ ތެރެއިންވެސް ޒައުލްދެކެ ވަނީ އަމަށަކު ލޯތްބެއްނޫނެވެ. އެއީ އޭނާގެ އެންމެ ހާއްސަދަރިއެވެ.  ރުސްދީގެ އުރުގައި އިން ނީކިޔާ ފެނުމުން ޒީވާއަށްއިތުރަށް ރޮވުނީއެވެ.

ބައިގަޑިއިރު ފަހުން ޑޮކްޓަރުން ތީއޭޓަރުން ބޭރަށް ނުކުތެވެ. ޑޮކްޓަރުންގެ މޫނުމަތީގައިވި މާޔޫސްކަން ސިއްރެއްނުވިއެވެ. “އައެމް ސޮރީ .ހީޒް ނޯ މޯ.. ” އިސާހިތަކު މުޅި ސަރަހައްދުގައި ގުގުމާލީ ވޭނީ ރުއިމުގެ އަޑެވެ. ކުލްސޫމާގެ ހެޔަށް ގޮތްވިއެވެ.

***

“މި ނިމުނީ އާދޭ ..” މިލާން ތަބަކަކަށް ތިންތަށި ކޮފީ ލައިގެން އައިސް ކުރިމަތީގައި ހުރި މޭޒުގައި ބަހައްޓަމުން، މިލާންގެ ކާރުގެ ޓަޔަރު ބަދަލުކުރަން ތިބި އިޒާން އަށާއި ޔަޒަކަށް ގޮވާލިއެވެ.  ފަސްވަރަކަށް މިނެޓް ފަހުން އެމީހުން އައިސް، މިލާން އިށީންދެއިން މޭޒުގެގާތުގައިވާ ގޮނޑިތަކުގައި އިށީންނީ މިލާންކޮންމެވެސް ވާހަކަ އެއް އިޒަންގާތުގައި ދެއްކުމަށް އެބޮއިކަމަށް ބުނުމުންނެވެ. ޔަޒަކުވެސް ،މިލާންއަށް ބަލައިލަމުން ވާހަކައެއް އެބޮއި ކަމަށްބުނެ ބޯކަހާލިއެވެ.

ގިނަދުވަހު އެކުގައި އުޅުމުގެ ސަބަބުން އިޒާން އާއި މިލާންއާއި ދެމެދު އުފެދިފައިވަނީ ވަރަށް ގާތް ގުޅުމެކެވެ. ކޮއްކޮއާއި ބޭބެއަކާއި ދެމެދު އުފެދޭނެ ފަދަ މަތިވެރިގުޅުމެވެ. ޔަޒަކުއާއި މިލާންވެސް އެކުވެރިކަން އިޒާން އަށް ދެއްކިނަމަވެސް އެމީހުންގެ އެހެން ފަރާތެއް އޮންނަކަމެއް އިޒާންއަކަށް ނީނގެއެވެ.

” ޒެކް ވާހަކަ އެއް ބުނަންށޭނު އައީ.. މިންމި ވެސް.. ކޮބާ ކޮންމެއެކަކު ފަށާ ..އަޑުއަހަން މި އިނީ” އިޒާން ކޮފީ ޖޯޑު ތުމުގައި ޖައްސައިލަމުން ދެމީހުންގެ މޫނަށް ސައުގުވެރިކަމާއެކު ބަލަމުން އަހާލިއެވެ.

“ލޭޑީސް ފަސްޓް” ޔަޒަކު ބުނެލިއެވެ.

“އުހޫން ބުނޭ ފުރަތަމަ …އެނިމަލްސް ފަސްޓް” މިލާން ބުނެލިއެއްޗަކުން އިޒަންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ޔަޒަކު މިލާންގެ އިސްތަށިގަނޑަށް ދަމާލަމުން އަނގަހަދާލިއެވެ.

“އައްދޯއީ ތަދުވެޔޭ.” މިލާން ،ޔަޒަކުގެ އިސްތަށިގަނޑަށް ދަމާލަމުން ހަޅޭއްލެވީ ތަދުވެގެންނެވެ..

” މި ބޮޑު އެނިމަލް އާއި ތިއުޅެނީ ތި ކުޑަ އިންސި ހިތާވެގެން ..ޒެން މި އިންސި އާއި މިއެނިމަލް މިއުޅެނީ ރިލޭޝަންސިޕްއެއްގަ..” މިލާން ގެ މޫނަށް އެރި ޖަންބު ކުލަފެނިފައި ޔަޒަކު ހޭންފެށިއެވެ.

“އަހަންނަށް އިނގޭ ..ރޭގަ ވެސް ވަރަށް ހޮޓް ސީންއެއް މަށައް ފެނުން.. މަށައް ސިއްރުން ކަމެއް ކުރަނަމޭ ހިތާތަ ތިއުޅެނީ ..އޭނ..މަ އެއްޗެއް ނުބުނެ މިހުންނަނީ ދެމީޙުން މަގޭކައިރީގަ ބުނާނެ ދުވަސް ޖެހެންދެން…ފައިނަލީ ..ހަހް” އިޒާން ،މޭޒުގައި އަތުންޖަހާލަމުން ބުނެލިއެވެ. އޭރު އިޒާން ހުރީ މޫނު ހަދައިގެންނެވެ. ކުށްވެރި އިޙްސާސްކުރެވުމުން ދެމީހުން އެކަކު އަނެކަކަށް ބަލާލަމުން ކުދި ކިޔަންފެށިއެވެ.

“ކިހާ ދުވަހެއްވެއްޖެ ” އިޒާން ހަށަންބަދެގެން ހުރެ ސުވާލުކުރިއެވެ.

” އަސްލު ވީގޮތަކީ މިންމި އާއި ނިޔަލް އަކީ ރައްޓެހިން…ދެމީހުން އެއްކޮން ކޮލެޖަށްވެސްދަނީ ..ދެން.. ނާރސިން  ޖޮބްގަ އުޅެމުން މިންމިއަށް ޔުނިވާރސިޓިއަށް ދެވުނީ  ޒާންބެ ހޯދަދިން ޗާސްއަކުންނު ދޯ..ދެން ނިޔަލް މެޑިސިން ހަދަނީ ..ސޯ ލެސަންތައް ޑިފިކަލްޓްކަމުން އޭނާ ދާ ޓިއުސަން ކުލާސް މިންމި އަށް އިންޓްރޮ ކޮށްދިނީ..ސޯ އައި ވެންޓް ދެއާރ..ލެކްޗަރާ އަކަށް އުޅެނީ ޔަޒަކު..ފްރެންޑްޝިޕް އުފެދި  …އެންޑް ޔަޒަކު އާ..ރައްތެހި ވެވުނީ ..” މިލާންގެ މޫނައް ޖަންބުކުލަ ފާއްދައިލާފާ ވާއިރު އިސްޖަހާލީ މާބޮޑަށް ލަދުގަތުމުންނެވެ.

“ނުލަފާތިންމީހުން ..ހުރޭ ނިޔަލް ސްކޮޓްލޭންޑުން އަންނައިރު ވަރުގަދަ ލަނޑެއް ދޭނަން..އޭނަ ވެސް މީހަކާއި އިންނަ ހިސާބައް ދިޔައިރު ނުވެސް ބުނެއޭ ” އިޒާން ޔަޒަކު މެންނަށް ލޯ އަޅަމުން ވާހަކަ ދެއްކިއިރު އޭނާ ހުރީ އެތެރެއިން ހީލަހީލައެވެ.

“މަންމަ ހަބަރު ލިބުންދުވަހު ، މިންމި ފެނުނީމަ މަށައްވެސް އިނގުނީ  މިގޭގަކަން މިންމި ޖޮބްގަ އުޅެނީ” ޔަޒަކު ބުނެލިއެވެ.. އިޒާން އުފަލާއެކު ޔަޒަކުމެންނަށް މަރުހަބާ ކީއިރު އޭނާގެ ބަދުނަސީބު ކަމާއިމެދު ދެރަވިއެވެ.  އެކަން އިޙްސާސްވެގެން މިލާން އާއި ޔަޒަކު އިޒާންގެ އަތުގައި ހިފައިލީއެވެ. ދެރަނުވުމަށްބުނެފައެވެ.

“ޒާން ..ކޮބާ ޕްލޭނަކީ” ހުސްވެފައިވާ ކޮފީތަށިތައް ހިފައިގެން މިލާން ދިޔުމުން އިޒާން އަހައިލިއެވެ.

“ވީކް އެއްގެތެރޭގަ ޔޫމީ އަންނާނެ ވާހަކަ ބުންޏެއްނު ރޭގަ.. އެއްވެސް މީހަކަށް ނޯންނާނެ ލިވީ އަނދިރީގަ ބެހެއްޓުމުގެ ހައްގެއް ..އޭނާއަށް އޭނާގެ އަސްލު އިނގެން ޖެހޭނެ….ޒުހޫރު ކީކޭ ހިތައް އަރައިގެން ކަމެއް ނީނގެ ބޭސްތަކެއް ދީ ބާރަ އަހަރު ވަންދެން އެ ލެންސް ލައްވަން ޖައްސުވާއިގެން އެއުޅެނީއެއް..އަހަރެން ކޮންމެ ރެޔަކު ލިވީގާތަށް ދާ ކަން ޒެކް އަށް އިނގެއެއްނު..އެއްވެސް އިންސާނަކަށް ނީނގޭހާ ސިއްރުން އަހަރެން އައިސްދަނީ .ދުރުން ބަލައިލާގެން ހިތްހަމަޖައްސާލަން ޖެހެނީ..މިހާރު ކައިވަން އައި އޭނާގެ ގުޅުން ރަނގަޅު..ދެން ޕްލޭން ދޯ .. ޔޫމީ އައިހާ އަވަހަކަށް ފެށޭނެ ބިކޯޒް ޔޫމީން އަންނާނީ އޭނަ ގޮވައިގެން ..އެންޑް ދެން އޭރުން އައިލްބީ އަހަރެންގެ ބައްޕަގެ ޒެންޓްރެސް މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލްގެ މެޑިސިން ލެކްޗަރާރ މިސްޓާރ އިޒާން ” އިޒާންގެ ޖުމްލަތައް އިވުމުން ޔަޒަކު ބަލައިލީ ޝައުގުވެރިކަމާއެކު އެވެ. ޕްލޭންގެ ބާކީބައިވެސް ކިއައިދޭށޭ ބުނާފަދަ ގޮތަކަށެވެ. ނަމަވެސް ނަމަވެސް އިހައްމަޑުކުރުމަށް އިޒާން ބުނެލިއެވެ.

“އެއީ  ޒާންގެ އަމިއްލަތަނެކެއްނު މިހާރުވެސް… ތިއީ އެތާގެ ސީއީއޯ އެއްނު.. ސީއީއޯ ދަނީ ކިޔަވާދޭންވެސް..ނޮޓް ބޭޑް ..ހައްހައްހާ…ދެން ސާޖަރީސްތައް ނުހަދަނީތަ؟.” ހައިރާން ވެފައި ހުރެ ޔަޒަކު އަހައިލިއެވެ.

” ނޫން ..ހަދާނަން ..ބަލަ އިޓްސް އަ މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލް.. ހެހެ” އިޒާން ގެ ވާހަކަތައް ނަގައިގަނެވުމުން ޔަޒަކުގާތަށް ހިނިއައެވެ.

ޒެންޓްރެސް ޔުނިވާރސިޓީ ހޮސްޕިޓަލް އަކީ އިޒާންގެ ބައްޕަގެ ތަނެކެވެ. ނަމަވެސް އެތަނުގެ ވެރިޔަކީ މިހާރު އިޒާންއެވެ. އެތަނަކީ ދުނިޔޭގެ އެންމެ ބޮޑު އެންމެ މަސްހޫރު އެއް ޔުނިވާސިޓީ ހޮސްޕިޓަލެވެ. ހަތްދިހަ ފަސް ބުރީގެ އިމާރާތުގެ އެންމެ މަތީ ވިހި ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ ޔުނިވާސިޓީއަށްށެވެ. އެންމެ ތިރީ ފަންސާސްފަސް ފަންގިފިލާ އެއީ އެއިމާރާތުގެ ހޮސްޕިޓަލްބައެވެ. އެތަނަކީ ކިޔަވާކުދިންގެ ތެރޭގައިވެސް އަދި އާންމުންގެ މެދުގައިވެސް މަގުބޫލްތަނެކެވެ.

އެތާގެ ވެރިޔަކަށް ހުރެފައި އިޒާން ކިޔަވާދޭން ދާ ވާހަކަ ބުނުމުން ޔަޒަކަށް ހެވުނީއެވެ. މި މާސްޓާމައިންޑްގެ ވެރިޔާ  ސިކުނޑީގައި ރައްކާކޮށްފައިވަނީ  ކޮންކަހަލަ ފްލޭންތަކެއް ބާއޭ ޔަޒަކުގެ ހިތައް އެރިއެވެ.

 

ދެމީހުން އެތާގައި ތިއްބައި ޔަޒަކުގެ ފޯނައް ޔޫމީންގެކޯލެއް އައެވެ. ފުރަތަމަ ވެސް ޔަޒަކަށް އިވުނީ ޔޫމީންގެ ރުއިމުގެ އަޑެވެ. ޙާސްވެފައި ވީ ކިހިނެތްތޯ އެހުމުން އެދެމީހުންނަސް ލިބުނީ އިވޭނެ ކަމަށް ހީކޮށްގެން ތިބި ހަބަރެއް ނޫނެވެ. ޒައުލްގެ މަރުގެ ހަބަރެވެ. އެއީ އެއްއިރެއްގައި އެކުދިންގެ އެންމެ ގާތް މިތުރެވެ. ދެމީހުން ވެސް ފެންކަޅިވެފައިވާ ހާލު އަވަސްވެގަތީ އެކުވެރިޔާ އާއި ވަދާއުގެ ސަލާމް ކުރުމަށެވެ.

****

ގޭތެރޭގައި ހަރު އަޑުން ގުރުއާން ޖަހާފައިވިނަމަވެސް މުޅި ސިޓިންރޫމުގައި ގުގުމަލައިފައި ވަނީ ގަދަ ރުއިމުގެ އަޑެވެ. ސިޓިންރޫމުގެ މެދުގައިވާ މޭޒެއްމަތީގައި ހުދުފޮތީން ނިވާކޮށްފައިވާ ޒައުލްގެ ފުރާނަ ނެތްމަސްގަނޑު ވަނީ ބޭއްވިފައެވެ. އާއިލާ އާއި ހެޔޮއެދޭ ރަޙްމަތްތެރިންގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ޒައުލް އަކީ އެންމެނައި ގުޅޭ ހިތްހެޔޮ މިޒާޖެއް އޯގާތެރި ވަންތަ ވެރިއެކެވެ. އެފަދަ ކުއްލިގޮތަކަށް ޒައުލް ވަކިވެގެން ދިޔުމުން އެކަކަށް ވެސް ގަބޫލް ކުރަން ފަސޭހައެއްނުވިއެވެ.   ތުއްތު ނީކިޔާ ގޮވައިގެން ޔޫމީން ހުރިއިރު އެ ކުއްޖާ ބައްޕަ ކާރިޔަށް ދާން ކިޔަމުންދިޔައިރު ގިސްލެވެއެވެ. އެ ތުއްތު ފުރަނައަށް ވެސް ބައްޕަ ދެން އެނބުރި ނާންނާނެ ކަން ދެނެގަނެވުނީ އެވެ.

ހިތްވަރު ކޮށްލުމަށްފަހު ޔޫމީން ،ނީކިޔާ ގޮވައިގެން ބަދިގެޔަށް ވަނީ އެކުއްޖާ ބަނޑުހައިވެދާނެތީއެވެ.  ނަމަވެސް ޔޫމިންގެގައިގާ ބައްދާލައިގެން އިނދެ އެކުއްޖާއަށް ރޮވުނީއެވެ.

“ދައްތީ .. ކޮއްކި ކާރިޔަށް ކޮއްކި ބައްޕި ދެން ނާންނާނެ.. ދައްތީ ކޮއްކި ވެސް ދާނަން ބައްޕިޔާ އެއްކޮން ..”ރޮމުން ރޮމުން ނީކިޔާ ވާހަކަ ދެއްކިއިރު ފެނުން މީހަކު ހިތްފަޅައިގެން ދާނެއެވެ. އެ ކުއްޖާއަށް އަދިކިރިޔާ ގޮތްގޮތް އިނގި ކަންކަން ދަސްވާންފެށީއެވެ. ކުއްލިޔަކަށް  އެފަދަގޮތަކަށް ޒައުލްވަކިވެގެން  ދިއުމުން  ތަހައްމަލުކުރަން ދަތިވީއެވެ.

“ނޫން ކޯއްކީ .. ތިހެން ނުބުނޭ.. މަރުވާ ކުދިންނަށް ކޮއްކިމެން ސަލާމަތުން ތިބޭ ކުދިން ޖެހޭނެ ދުއާ ދުޢާކުރަން …މާތް ﷲ އަހަރެމެން ދުނިޔެއަށް ފޮނުއްވެވީ ކޮއްކިމެން އަދި ދައްތިމެން ހުރިހާކުދިން ނަމާދުކޮށް ގުރުއާން ކިޔަވާ ،ރަނގަޅަށް އުޅެން..ސޯ ކޮއްކި ހުއްޓާލާފާ ބައްޕި އަށް ހެޔޮދުއާކުރޭ …” ޔޫމީން ހިތުގަ ޖެހުންނަމަވެސް ވަރަށް ލޯބިން ވާހަކަދެއްކިއެވެ. އޭނާގެ ބަސްތަކުން ކުޑަކުޑަ ނީކިޔާ ހިތައްހަމަޖެހުން ލިބުންހެން ހީވިއެވެ. ނަމަވެސް އެ މައުސޫމް ތުއްތު ކުއްޖާގެ ހިތައް ކުރާނެ އަސަރު ޔޫމީންއަށް އަންދާޒާ ކުރެވުނެވެ.

ނީކިޔާ ނުކާނަމޭ ބުނުމުން ޔޫމީން ނުކުތީ އެކުއްޖާއަށް ޒައުލް ފެންނާނޭ އެންމެފަހު ވަގުތު ކޮޅުކަމުން އެކަމަށް ހުރަސް ނޭޅުމަށެވެ.

ޒައުލްގެ ބޮލާއި ދިމާލަށް ޒީވާއިންއިރު އޭނާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ޔޫމީން އައިގޮތަށް އައިސް ޒީވާ ގައިގާ ކުޑަކޮން ބައްދާލިއެވެ. ނީކިޔާ ޒީވާ ގާތަށްދާން އެދުމުން ޒީވާ އުރާލިއެވެ. އެ މައުސޫމު ކުއްޖާ އެކަނިވާނެ ވަރު އިޙްސާސްވުމުން ހިތްދަތިވީވަރުން  ޒީވާއަށް އަނެއްކާ ވެސް ރޮވުނެވެ.

ޒައުލް ގެ ހަށިގަނޑު ގާތައް ހުއްޓުނު ފިރިހެނުންތަކުގެ މެދުން ޒުހޫރު އައީ ކައިވަންގެ އަތުގައި ހިފައިގެން ހުރެއެވެ. ސައްދޯކަށް ލާންވެގެން ،އަންހެންވެރިން ނެރެން އުޅުމުން ވަކިން ރުއިމުގެ އަޑުގަދަވިއެވެ. ޒައުލް ފުރާނަނެތް މަސްގަނޑު ސަންދޮކަށް އެރުވިހިނދު ޒުހޫރު އަށް ރޮއިގަނެވުނީ ލޯބިވާދަރިފުޅު ދެން ނުފެންނާނޭކަން ހިތައް އެރުމުންމުންނެވެ. ކައިވަން ބައްޕައަށް ހިތްވަރުދިނުމަށް ދެތިން ބަހެއް ބުނެލިނަމަވެސް އޭނާގެ ހާލަތުވެސް ރަނގަޅެއްނޫނެވެ. އޭނާގެ ދޮންބެއަށް ކޮށްދެވޭނެ އެންމެ ފަހު ކަންތައްކުރުމަށް އަވަސްވެގަތީ ކަރުނަވީ ހާލުގައެވެ.

ކުލްސޫމާ މަގޭދަރިޔޭ ކިޔާ ރޮއިގަތެވެ. އެހިނދު އޭނާގެ ރަހްމަތްތެރި ކެމީލާ އޭނާ ދުރުކުރީ އިތުރު ހައެއްކަ އަންހެނުންގެ އެހީގައި ގަދަކަމުންނެވެ. ކެމީލާ ހުރީ އޭނާގެ ރަޙްމަތްތެރިޔަގެ ހިތާމައިގާ ބައިވެރިވާން އަތުކުރި އޮޅާލައިފައެވެ.

ހުރިހާ އަންހެންވެރިން ރޮމުން ނުކުންއިރު، ފިރިހެންވެރިން  އެމްބިއުލޭންސްގައި ސައްދޯއް އަރުވައިގެން އާސަހަރާއަށް މިސްރާބްޖެހިއެވެ.

އެތައް ދުވަހަކަށް ފަހުއަނެއްކާ މިއަދަކީ ވިއްސާރަދުވަހެކެވެ. އެ ވިއްސާރަވެސް މުޅި އެވާގްރީންގޭގެ އެންމެންގެ ހިތާމަތަކާއި ބައިވެރިވާކަހަލައެވެ. އެންމެންގެ ލޯތައް ދުޅަވެފައިވާއިރު އެހިތާމަ ތަކުގައި ނިމުމެއް ނުވާ ކަހަލައެވެ.

ޒައުލް ވަޅުލުމަށް ފަހު ،ބޯކޮން ވާރެ ވެހެމުންދާތީ އާއިލާއެއްމެން ކަހަލަގޮތަކަށް ތިބީ މިސްކިތުގައި މަޑުކޮށްލައިގެންނެވެ.

**

އެހެންމީހުންނާއި އެކަހެރިކޮން ހުރި ހިސާބެއްގައި އިޒާން އާއި ޔަޒަކު މަޑުކޮށްލައިގެން ތިބި އިރު ދެޒުވާނުންވެސް ތިބީ ކަޅުކުލައިގެ ހޫޑީން ނިވާވެގެންނެވެ.  އެތަނަށް އައީންސުރެން އިޒާންގެ ނަޒަރުން ޒީވާ ނުގެއްލެއެވެ. ކުއްލިޔަކަށް އޭނާ އަށްފެނުނީ ޒީވާ އެބޯ ވާރޭތެރޭގައި އެތަން ދޫކޮށްފައި ދާން މިސްރާބްޖެހިތަނެވެ.

ޒީވާ ދާންހެދުމުން އޭނާގެ، ފަހަތުން ޔޫމީން ނުކުތެވެ. ޔޫމީންގެ ލޮލުގައި ފުރަތަމަ އަޅައިގަތީ އިޒާން މެންނެވެ.ކިތަންމެ ފޮރުވިގެންތިއްބަސް ޔޫމީންއަށް އެމީހުން ނޯޅޭނެއެވެ. އެމީޙުންގެ ގާތަށް މިސްރާބު ޖެހިއެވެ. “ކޮންއިރަކު އައީ” ޔޫމީން އިޒާނަށް ބަލައިލަމުން އެހިއެވެ.

“ގުޅާފަ ފޯނު ބޭއްވިތާ ޓެން މިނެޓްސްފަހުން” އިޒާން ބުނެލިއެވެ.

“އޯކޭ އަހަރެން ދަނީ .. ސުވިސް އަށް ގޮސްފަ ގުޅާތި.. ބަޓް ނޯމަލް ކޮން އުޅެބަލަ މީހަކަށް ސައްކު ނުވަނީސް ..މިއީ ދުވާލޭ..” ޔޫމީން އެމީހުންނަށް ކަޅިއަޅައިލީ އިންޒާރުގެ ނަޒަރަކުންނެވެ. ޔޫމީން ކިތަންމެ ވަރަކަށް ނަސޭހަތްދީ އިންޒާރުތައް ދިން ނަމަވެސް  މިޒުވާނުންނަށް ލިބިފައިވާ ބާރުތައް ބައެއްފަހަރު ބޭނުންކުރަމުންދަނީ މީހަކަށް ފެނިދާނެކަމުގެ ބިރުވެރިކަންވެސް ނެތިއެވެ. އެފަދަ ވަގުތުތަކުގައި މީހަކަށް ނުފެންނާނެކަމުގެ ޔަގީންކަން އެމީހުންދެނީ އެމީހުންގެ ހަވަނަ ހިއްސު ސަލާމަތުން ހުރިކަމަށް ބުނެފައެވެ.

“މެޑަމް ..ޑޯންޓް ވޮރީ… އެހާ ފަސޭހައިން ބަސްޓް ނުވާނެކަން އިނގެއެއްނު..” ޔަޒަކު ހީލިއެވެ. އެނާ ލޮލުގެ އިޝާރާތުން އިޒާން އަށް، ބޯ ވާރޭތެރޭގައި މިސްރާބެއް ނެތި ގަބްވެފައި ހުރެ  ހިނގަމުންދިޔަ ޒީވާ ދައްކާލިއެވެ.

ޔޫމީންބަލައިލިއިރު އޭނާއަށް، ޒީވާ ކިރިޔާ ފެންނަނީއެވެ.

***

އިރު އޮއްސެމުން ދިޔުމާއި ގަދަ ވިއްސާރަ އެކުވުމުން ދުނިޔެ މަތި ވަނީ ކަޅުކަމުގެ ސާލެއް ލެވިފައެވެ.

ރަސްފަންނާއި ދިމާލަށް ދިޔަ ޒީވާ ހުރީ މުޅިން އެހެން ދުނިޔެއެއްގައެވެ. ގަބުވެފައިއެވެ. އޭނާއަށް ދުނިޔެމަތީގައި ހިނގަމުންދިޔަ ކަންކަން ފަހުމް ނުވެއެވެ.

އަބަދުހެން  މީހުންތަކުން ބައިބޯވެފައިއޮންނަ ރަސްފަންނުގައި ރަސްކަން ކުރަމުންދީ ހަމަހިމޭންކަމެވެ. ކެރިބޯވުމުގެ ސަބަބުން ހިޔާ ނެތްތާކަށް އަންނާނީ ކާކުހެއްޔެވެ. އެ ސަރަހައްދުގައިމީހެއްގެ ހިލަމެއް ނުވެއެވެ. ދުއްވާއެއްޗެއްގެ ހިލަންވެސް ވަނީ ހާލަކުން ފަހަރަކުއެވެ. ޒީވާ ހިނގަމުން ދިޔައިރު އޭނާގެ ފަހަތުން ފާރަލަމުންދިޔަ ބަޔަކު ވާކަމެއް އެޅަސިކުނޑިޔަކަށް ނޭނގެއެވެ.

ކުއްލިޔަކަށް އެތައްހިޔާލްތަކެއްގައި ގެނބެމުންދިޔަ ޒީވާއަށް ހަމަހޭވެރިކަން ލިބުނީ، އޭނާގެ ކުރިމައްޗަށް  ނުބައިގޮތަކަށް ހީލައިގެން ތިބި ތިންފިރިހެނުން އެރުމުންނެވެ. އަތާއި ފަޔާއި ކަރުވަނީ ރިހިކުލައިގެ ފައްތަކުން ފުރާލައިފައެވެ. އެއިންކޮންމެ މީހެއްގެ ވެސް އިސްތަށިގަނޑު ވަނީ އުނަގަނޑާއި ހަމަޔަށް ދިގުކޮށްފައެވެ. އެހެންކަމުން އެއީ ކިހާފެންވަރެއްގެ ބަޔެއްކަން ޒީވާއަށް ދެނެގަނެވުނެވެ. އިސާހިތަކު އެދޮން މޫނުމަތިން ހިލި ލި ހާސްކަމާއި ބިރުވެރިކަމުގެ މުތީތަކުން، އެމޫނައް ކޯރުލައިފައިބަމުންދިޔަ ވާރޭ ފެނުގެތެރެއިންވެސް ފާހަގަވެލިއެވެ.

“ދޮންކަމަނާ މަށައްކިޔަނީ ރިޒާމް ..ކޯލްމީ ޒާމް..ހަހާ..މިއޮތް ފަދަ ފިނީގަ ބޭރުގަ ތިހުރީ ..އަނެއްކާ ގެއިން ބޭރުކޮށްލީތަ……ހައްހައްހާ..އެހެންޏާމު.. އަންނަގަ  އަހަންނާއެކު.. ” އެތަނުން ދިގުކޮންހުރި ރިޒާމް ގާތްވެލައިފާ ބުނެލިއިރު އޭނާއެކޭ އެއްފަދައިން ކައިރީގައި ތިބި ސިހާބް އާއި އިމްރާން މޫނުމަތީގައި ވެސްވީ މަކަރުވެރިކަމެވެ. “ތިހާ ރީތި މަންޖެއަކު އެކަނި މިފަދަ ގަޑިއެއްގަ..އޭ ސިއްބެ  ..ކައެ ރޫމް މަށައްމިރޭ ދޭންވާނެ” ޒީވާގެ ފަހަތުން ކޮނޑުގައިހިފާލަމުން އިމްރާން ބުނެލިއިރު ޒީވާ ދިޔައީ ގަދަ ހަދަމުންނެވެ..

” ނޫން ނޫން..ދޫކުރޭ..އަހަރެންގެ ގައިންދޫކުރޭ..ހެޔޮނުވާނެ..އަހަރެން ކަލޭމެންނަކަށް ނުކުރަން އެއްވެސް އުނދަގުލެއް..” ރޮވިފައި ހުރެ ޒީވާ ދިޔައީ ގަދަ ހަދަމުންނެވެ. ކުރިންވެސް އޭނާއާއި ދުރުން ހުރި ސިހާބް ލަސްލަހުން ހިނގާލާފައިގޮސް، އެމީހުންއައި ކާރަށް އެރިއެވެ. ޒީވާގެ ގައިގާ ހިފަހައްޓައިގެން ހުރި ދެމީހުން  ގަދަކަމުން ކަހަލަ ގޮތަކަށް އޭނާ ގެންގޮސްކާރަކަށް އެރުވިއެވެ.  އޭރުވެސް ސަލާމަތް ވުމަށް ޒީވާދިޔައީ ތެޅިފޮޅެމުންނެވެ.

ޒީވާ އަޑުންއަޑުނަގާ ރޮމުން ،ދޫކޮށްލުމަށް އެދި އާދޭސް ކުރަމުންދިޔައެވެ. ނަމަވެސް ދިރޭ ފުރާނައެއް ނުވާއެހިސާބުގައި މިނުލަފާ ރަހުމްކުޑަ ތިން މީހުން ފިޔަވައި އެއަޑު އަހާނެމީހަކު ހުންނާނެހެއްޔެވެ.

ކާރުގެ ދޮރުޖެހިއަޑަށް ރޮއިރޮއިން އިން ޒީވާގެ ރުއިންހުއްޓުނެވެ. ބައިންދާފައިން އިން ބުދެއްހެން އިނެވެ. އެ ރީތި ދެލޮލުގައިވި ބިރުވެރިކަން އިންތިހާއަށްވަނީ ބޮޑުވެފައި އެވެ.

“ކައެ ފުރަތަމަ” ޒީވާގެ ކަނާތްފަރާތައް އިން ރިޒާމް އެހެން ހަމަ ބުނުމާއެކު ވައަތް ފަރާތުގައި އިން އިމްރާން  ޒީވާގެގާތަށް ޖެހެންފެށިއެވެ. އެހިނދު ޒީވާއަށް ހޭވެރިކަންވެގެން ހަޅޭއްލަވަންފެށުނެވެ. އިމްރާންގެ އަތްދަށުން ސަލާމަތް ވާން ޒީވާ ތެޅެންފެށިއެވެ. ޒީވާ ގަދަހަދަމުން ދިޔުމުން އެމީހުންގެ ގާތައް ރުޅިއައެވެ. އިމްރާން ،ޒީވާގެ ހެދުމުގެ ބަނޑައި ދިމަލައް ދަމާލުމުން ތަންކޮޅެއް ވިދުނެވެ. އެމީހުން ނުވިސްނާ ހުއްޓައި ޒީވާ ގައިހުރި ބާރެއްލާފައި އިމްރާންގެ އަނގަމައްޗަށް ގޮށްމުށުގެ ބާރުހަމަލާއެއް ދީފައި ކާރުގެ ދޮރު ހުޅުވަން މަސައްކަތް ކުރަންފެށިއެވެ. ނަމަވެސް ޖާނުން ވަރުގަދަ ފިރިހެނަކު ކައިރީގައި އިންދާ  އޭނާއަށް އެކަން ވާނެ ހެއްޔެވެ. އިމްރާންއަށް ތަދުވިވަރުން ޖީބުން ނެގި  ފިޔޮއްސަކުން ޒީވާގެ ކޮނޑުގައި އަޅައިލާ ޒަހަމްކޮށްލިއެވެ.  ތަދުވިލެއްބޮޑުކަމުން ޒީވާގެ އަނގައިން ނުކުތް ތޫލިހަޅޭކުގެ އަޑު ކާރުތެޜޭގައި ގުގުމާލިއެވެ. އަނެއްކާ ވެސް ސަލާމަތްވުމަށްޓަކައި ހިފަހައްޓައިގެން ހުރި ރިޒާމް އަތުގައި އޭނާ ދަތް އެޅިއެވެ. ނަމަވެސް ބާރެއް ނެތް އަންހެން ކުއްޖަކަށް ކުރެވޭނެކަމެއް އޮންނާނޭ ހެއްޔެވެ.

ރިޒާމް ޒީވާގެ ގައިމައްޗައް ޖެހިގަން ވަގުތު ކާރު ހީވީ  ސުންނާފަތިވެގެން ފޭބިހެންނެވެ. ކާރުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް ބިއްލުރިތައް އެމީހުންގެ ގަޔަށް ފައިބާގަތީ ތިންމީހުންބަލަބަލާ ތިއްބައެވެ.

 

ޒީވާ ތެޅިތެޅިހުއްޓައި އޭނާގެ ބޮލަށް ގޮތެއްވާންފެށިއެވެ. ފުސްފުސްކޮން މަންޒަރެއް އޭނާއަށްފެންނަން ފެށިއެވެ.

**

“ޑިފީ…ތިހެން ނަހަދާ ..ޕްލީޒް ..އަހަރެން ޒާން ދެކެ ލޯބިވަނީ..ޕްލީޒް ތިހެން ނަހަދާ.ތަދުވެޔޭ… ދޫކުރޭ..އާދޭސްކޮށްފަ މިބުނީ ދޫކޮށްލާ…މަންމާ…” ގިސްލައިރޮމުން ބާރަވަރަކަށް އަހަރުގެ އަންހެންކުއްޖަކު ދިޔައީ ،އޭނާގެ ގައިމައްޗަށް ސަވާރުވެގެން އޮތް، ޒުވާން ފިރިހެން ކުއްޖާގެ ގާތުން ސަލާމަތް ވުމަށެވެ. އެފިރިހެނާދިޔައީ އެކުއްޖާގެ އިތްފަތްތެރިކަން ފޭރިގަންނަން މަސައްކަތްކުރަމުންނެވެ. އެ ފިރިހެނާ ދިޔައީ، ރޮއި ހަޅޭއްލަވަމުން އަންހެންކުއްޖާ ކުރަމުންގެންދިޔަ އާދޭސްތަކަށް ބީރުކަންފަތެއް ދެމުންނެވެ.

**

ފުސްފުސްކޮން މަންޒަރުތައް ފެނިގެންދިޔައިރު ޒީވާގެ ހަރަކާތް މަޑުމަޑުން ހުއްޓި ހޭވެރިކަން ފިލާދާންފެށިއެވެ. “ޑިފީ..ޒާން..” ދެލޯމެރިގެން ދިޔަ ވަގުތު ޒީވާގެ އަނގައިން މަޑުމަޑުން ނުކުތެވެ. އެހިނދު ކޮންމެވެސް މީހަކު ކާރުގެ ބިއްލޫރިތައް ތަޅައިލިކަން އިނގުނެވެ.  ދެންވީގޮތެއް ޒީވާއަކަށް ނޭނގުނެވެ.

****

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު