ހިރާސް 1 (12) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (12)

ޒީވާގެ ބޮލަށް ގޮތެއްވާންފެށިއެވެ. ފުސްފުސްކޮން މަންޒަރެއް އޭނާއަށްފެންނަން ފެށިއެވެ.
**
“ޑިފީ..ތިހެން ނަހަދާ ..ޕްލީޒް ..އަހަރެން ޒާން ދެކެ ލޯބިވަނީ..ޕްލީޒް ތިހެން ނަހަދާ.ތަދުވެޔޭ… ދޫކުރޭ..އާދޭސްކޮށްފަ މިބުނީ ދޫކޮށްލާ…މަންމާ…” ގިސްލައިރޮމުން އެގާރަވަރަކަށް އަހަރުގެ އަންހެންކުއްޖަކު ދިޔައީ ،އޭނާގެ ގައިމައްޗަށް ސަވާރުވެގެން އޮތް، ޒުވާން ފިރިހެން ކުއްޖާގެ ގާތުން ސަލާމަތް ވުމަށެވެ. އެފިރިހެނާދިޔައީ އެކުއްޖާގެ އިތްފަތްތެރިކަން ފޭރިގަންނަން މަސައްކަތްކުރަމުންނެވެ. އެ ފިރިހެނާ ދިޔައީ ރޮއި ހަޅޭއްލަވަމުން، އަންހެންކުއްޖާ ކުރަމުންގެންދިޔަ އާދޭސްތަކަށް ބީރުކަންފަތެއް ދެމުންނެވެ.
**
ފުސްފުސްކޮން މަންޒަރުތައް ފެނިގެންދިޔައިރު ޒީވާގެ ހަރަކާތް މަޑުމަޑުން ހުއްޓި ހޭވެރިކަން ފިލާދާންފެށިއެވެ. އެހިނދު ކޮންމެވެސް ބަޔަކު ކާރުގެ ބިއްލޫރިތައް ތަޅައިލިކަން އިނގުނެވެ. ދެންވީގޮތެއް ޒީވާއަކަށް ނޭނގުނެވެ.
****
ޔޫމީން ހިނގައިގަންނަން އުޅެނިކޮން ފައި އެޅުނު ގޮތަކުން ފުރޮޅުނެވެ. ވީތަދުން އޭނާގެ ލޮލުން ފެން އައެވެ. އެހެންކަމުން އިޒާން ،އަވަސްވެގަތީ ޔޫމީންގެ ފައި ރަނގަޅުކުރުމަށެވެ. ދެތިން ފަހަރަކު ފައި ދެފަރާތަކަށް އަނބުރާލިތަނާހެން ޔޫމީންއަށް ހިނގޭވަރުވުމުން ޔޫމީން އޭނާގެ ބޮޑުވައި އިނގިލި އުފުލާލަމުން ސުކުރު އަދާކުރިއެވެ. އިޒާން އެއްލޯ މަރައިލަމުން ހިނގައިގަތީ ބޭރަށެވެ.
**
އިޒާން ނުކުން އިރު ޒީވާ ފެންނަން ނެތުމުން ދެލޯމަރައިލިއެވެ.. އިރުކޮޅެއްފަހުން ދެލޯ ހުޅުވާލިއިރު އެމޫނުމަތީގައިވަނީ ސިހުމެވެ. އެހެންކަމުން ބިރެއްފެނުނު ހެން ތެޅިގަނެވުނެވެ. ވަށައިގެން މީހަކު ނެތްކަން ޔަގީން ކުރުމަށްފަހު، މިނެޓެއްތެރޭގައި އިޒާން އޭނާގެ ހަލުވިމިނުގައި ގޮސްހުއްޓުނީ ރަސްފަންނަށެވެ. އޭނާއައީ މީހުންނެތް ކަން ޔަގީންވާ މަގުތަކުންނެވެ. އޭނާ ދެލޯމަރާލުމަށްފަހު ހުޅުވާލިހިނދު އޭނާގެ އަޅިކުލައިގެ ދެލޮލުގެ ކުލަޔަށް ވަނީ ކްރިމްސަން ކުލަވެރިވެފައެވެ. އޭރު އޭނާ ހުރީ ރުޅިއައިސްގެން ގޮސްރޫރޫ އަޅައަޅައެވެ.
އެދިޔަ ބާރުމިނުގައި ގޮސް ޕާކްކޮށްފައި ހުރި ކާރުތަކުން ތިންވަނަޔަށްވީ ކާރުގެ ޑިކީ މަތީގައި އޭނާ ޖަހާލީ އެއްފަހަރުއެވެ. އެހިނދު މުޅި ސަރަހައްދަށް ލޮޅުންއެރިކަން ގައިމެވެ. ކާރުގެ ބިއްލޫރިގަނޑު ކުދިކުދިވެގެން ފޭބީ އުކާލި ކަށިވެލި ތަކެއްފަދައިންނެވެ. ކާރުގެ ދޮރުފަތް ވެސް ތިރިއަށް އުރިގެންދިޔައި ކުދިކޮން ކަފާލައިފައިވާ ކަރުދާސްތަކެއް ފަދައިންނެވެ. ޖަހާލިލެތް ބާރުކަމުން ކާރުގެ ފަހތުން ބޮޑު ތަންގަނޑެއް ވަނީ ވަރަށްބޮޑަށް ބަނޑިވެފައެވެ.
ހުޅުވިފައިވި ދޮރުން އެތެރެ ބަލައިލިއިރު އެތިންމީހުންނަށްވަނީ ނުހަނު ބޮޑަށް ހާނިއްކަވެފައެވެ. އެތަނުން އެކަކު ޒީވާއާއި ދިމާލަޢް އަރިވެފައިވާގޮތުން ޒީވާއަށް އެކަމުން އަނިޔާއެއްނުވާކަން އިނގެއެވެ. އެމީހާ ނަނގާ ކާރުތެރެޔަށް ގުޅަޔަކަށް ޖަހާލިއެވެ. އެއަށްފަހު ޒީވާ ނަގާ އަތް ދަނޑިމައްޗަށް ލަމުން ކާރުގައި ފައިން ޖަހާލީ ކުރިޔަށްވުރެން ބާރަށެވެ. އެހިނދު ކާރު ވައިގެ ތެރޭގައި އެނބުރެމުން ދިޔަގޮތަށްގޮސް ވެއްޓުނީ ކުރިމަތީގައިވާ މޫދަށެވެ. އޭގެ ތެރޭގައި ތިބި މީހުން އެކިތަންތަނުގައި ހިފައިގެން ތިބެ ރޮއި ހޭރެމުން ދިޔައީ ސަލާމަތް ވުމަށެވެ. ނަމަވެސް ކާރު ޖެހުނު ގޮތަށް ލޮނުގަނޑުގެ ތެރެޔަށް ވަދެގެންދިޔައީ ބަސްބުނާހާ އަވަހަށެވެ.
**
އިޒާން އޭނާގެ ހޫޑީ ތިރިކޮށްލަމުން ތަންކޮޅަކަށް އައިތަނާ ކައިވަން ،އޭނާގެ ކާރުގައި އައިސްހުއްޓުނެވެ.
އޭނާ ،އިޒާންޢާއި ދިމާލައް ބަލައިލީ ފާޑަކަށެވެ. އެކަން އިޒާން އަށް އިޙްސާސްވިއެއްކަމަކު އެކަން ނުދައްކާ ހިނިތުންވެލިއެވެ. އިޒާން ޒީވާގޮވާގެން ކާރުގެ ފަހަތު ސީޓަށް އެރީ ކައިވަން އައިސް ދޮރު ހުޅުވާލަދިނުމުންނެވެ.
“ކޮބާ އެމީހުން”ކާރު ސްޓާޓް ކޮށްލަމުން ކައިވަން އަހައިލި އިރު އެމޫނު މަތީގައިވަނީ ރުންކުރުކަމެވެ. ކުއްލިގޮތަކަށް ޒައުލް ވަކިވެދިޔުމުން ކައިވަންއަށް އައި ބަދަލެއްކަމަށް އިޒާންބެލިއެވެ. އިޒާން ނުހަނު ހަމަޖެހިފައި ކިޔައިދިނެވެ. ކަންފަތައް އިވުނުއަޑު ގަބޫލްނުކުރެވިގެން ކައިވަންއަށް ކާރުގެ ބްރެކިވެސް ޖައްސާލެވިއްޖެއެވެ.
“ވަޓް.ވަޓް…ވާޓް..ޔޫ…ޔޫ..ތްރޯ..ދެމް ..އަވޭ……އިން ޓް ދި ސީ” ސިހުނު ވަރުން ކައިވަންއަށް ރަނގަޅަށް ވާހަކަ ނުދެއްކުނެވެ. އިޒާން ވަރަށް ހަމަޖެހިލާފައި  ބޯޖަހާލަ ޖަޙާލައިނެވެ..

“ވަޓް..އާ.ޔޫ..އިންސޭން..” ކައިވަން ބިރެއް ފެނުނު ހެން ދެލޯބޮޑުކޮށްލެވުނީ އިޒާން ފޯނު ހާވައިލާފައި ދައްކާލި އެއްޗަކުންނެވެ. ބްރޭކިން ނިއުސް އެކެވެ. ދާދި ދެންމެ އަކު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރެއް މަގުބައްތިއެއްގައި ޖެހި މޫދައް ވެއްޓުނުވާހަކައެވެ. އޭގައި ތިބި ތިން މީހުން ސަލާމަތުން ތިބި ނަމަވެސް ހާލުދެރައެވެ. ކައިވަންއަށް ހިންދިރިވާލެވުނެވެ. ކައިވަންއަށް ވީގޮތް ފެނި އިޒާންއަށް ހެވުނެވެ.
“ކޮބާ ފެމެލީ..”އިޒާން އަހައިލިއެވެ. “ބައްޕަ އާ އެއްކޮން ގޭގަ” ކައިވަން ދުރުބަލައިލަމުން ކާރުދުއްވަން ފެށިއެވެ. ކައިވަން އަނެއްކާވެސް ޒައުލްމަތިން ހަނދާންވެ ފެންކަޅިވިއެވެ. އެ މަންޒަރުފެނި އިޒާން ތުންފަތުގައި ދަތްއަޅައިލިއެވެ. އޭނާގެ ހިތް ހަމްދަރްދީން ފުރުނެވެ.

“ކައިވަން..ކައިވަން ،ޒައުލްގެ މަރަށް ރިވެންޖް ނަގަން ބޭނުންވަންޏާ އައިލް ހެލްޕް ޔޫ ..ބިކޯޒް އަހަރެންވެސް ބޭނުން ކުށެއްނެތި ޒައުލް މަރައިލެވުނު އިރު އޭގެ ބަދަލް ހިފަން..ކައިވަންއަށް އިނގޭނެ ޒައުލްއާއި އަހަރެން ކިހާ ގާތްކަން … ސޯ ..ލެޓްމީ ހެލްޕް” އިޒާން ބަލައިލީ އުއްމީދާއި އެކުގައި އެވެ. ކައިވަން ކާރު ހުއްޓާލަމުން އިޒާން އާއިދިމާއަށް ބަލައިލި އިރު އެމޫނުމަތީގައިވަނީ ތަރުޖަމާ ކުރަން ދަތި ކުލަވަރެކެވެ. އޭރު ގެޔާއި ހަމަޔަށްވެސްވަނީ އާދެވިފައެވެ.
“އަހަންނަށް އެކަނިވެސްވާނެ..އެހީވާން ބޭނުމިއްޔާ ނުއެއް ހުއްޓުވާނަން..” ކައިވަންގެ ޖަވާބު އިވިފައި އިޒާންއަށް ހިނިތުންވެވުނެވެ. އޭނާއަށް މާކުރިންވެސް ކައިވަންގެ ޖަވާބު އަންނާނީ އެކަހަލަގޮތަކަށް ކަން އިނގެއެވެ..
“އަހަންނަށް އިނގެނީ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެގެ މަރުގެ ބަދަލް އަހަރެން ހިފާނެކަން .. ޒީހާން މަރާލަން ވެސް އަހަރެން ފަހެތް ނުޖެހޭނަން..” ކައިވަން ސީޓްބެލްޓް ނައްޓާލަމުން ބުނެލިއެވެ.

“ވެއިޓް .. ނީކިޔާ ބަލަން ހުރި މީހަކީ މިއަދު ތިއީ.. މީހަކު މެރިކަމުގެ ކުށުގައި ޖަލުގައި އޮންނަން ހިތައްވެސް ނާރުވާ.. އެކުއްޖާއަށް ބައްޕައެއްގެ ލޯބި ނުދެވުނަސް ފުރިހަމަ ބޭބެއެއްގެ ލޯބި ދޭން ހުރި މީހަކީ ތިއީ ..ޕްލީޒް ޓްރައި ޓް އަންޑަސްޓޭންޑް..” އިޒާން ބެލީ ކައިވަންއަށް ވިސްނައިދެވޭތޯއެވެ.

ޔޫމީން އާއިއެކު އަންނަ ދުވަމުން އައި ޒުހޫރުފެނީ ކައިވަން އިޒާންއަށް ބަލައިލިއެވެ. އޭރު އޭނާ ނުހަނު ހަމަޖެހިގެން އިނެވެ. ޒުހޫރުއަށް އިޒާން ފެނިދާނެތީ ކައިވަން ބިރުގަތެވެ. އެހެންކަމުން އިޒާންގާތު މަޑުކުރުމަށް ބުނެ ޒީވާ އަތްދަނޑި މައްޗަށް ލުމަށްފަހު ކައިވަންގޮސް ޒީޥާ ގެޔަށްލުމަށްފަހު އެނބުރިއައެވެ.” ޑޮކްޓަރުން އެބަތިބި ގެޔަށް އައިސް .މިހާރު ބަލަނީ ” ކައިވަން ބުނެލިއެވެ. ” އައި ނޯ ” ދޫނެރެލަމުން އިޒާން ބުނެލިއެވެ. އިޒާންއަށް ނީގެނީ ކޯއްޗެއްހޭ ކައިވަންގެ ހިތައްއެރިއެވެ. އަނގަޔަށް ވައްތަރެއްވެސް އޭނާއަށް ޖައްސާލެވުނެވެ.
“ކައި.. ” އިޒާންގެ މޫނުމަތިން ސީރިއަސްކަންފެނިލިއެވެ.

“ޑޯންޓް ކޯލް މީ ކައި..އައެމް ނޮޓް” ކައިވަން އަށް އަނގަހަދައިލެވުނެވެ. ކައިވަންއަށް ރައްދުނުދީ އިޒާން ،ކައިވަންގެ އަތައް ލައްވައިލަދިނީ ޕެންޑްރައިވްއެކެވެ. ކައިވަން ހައިރާންކަމާއިއެކު ބަލައިލެވުނީ އިޒާންގެ މޫނަށެވެ. އެއީ ކޯއްޗެއްހޭ އަހާފަދަ ނަޒަރަކުން އޭނާ ބަލައިލިއެވެ. “ތިއީ ޒީހާން އައި ޔިރާގެ ބަރުބާދީ.. ޔޫ ކޭން ކޯލް ޕޮލިސް ރައިޓްއަވޭ” އިޒާން މޫނުމަތިން ފެނިލި ސިއްރުވެރި ހިނިތުންވުމުން އެއީ ތެދެއްކަން ކައިވަންއަށް ވިސްނުނެވެ. އޭނާ ފުރަތަމަ ވެސް އޭނާގެ ލެޕްއަށް އެޕެންޑްރައިވް ގައިވާ ތަކެތި އަޅާފައި ބަލައިލެވުނެވެ. ކައިވަންގެ ދެލޯ ދިއްލުނެވެ. އޭގައި އޭނާ ބޭނުންވާފަދަ އެތައްމައުލޫމާތަކާއި އޯޑިއޯ އަދި ވީޑިއޯ ރިކޯޑީންތައް ވެއެވެ. ކައިވަން ،އިޒާން އަށް ބަލައިލީ ސުކުރުން ފުރިފައިވާ ހާލުއެވެ.

“ތި އެއްޗިހިން ހޯދިގޮތް ނާހާތި.. އެންޑް ..މިނީ ގޮވާގެން މޫވް ވާންވީއެއްނު ސުވިސްއަށް” އިޒާން ބުނެލިއެވެ.

“ދޮންބެގެ އަމިއްލަ ފައިސާއިން އެބަހުރި އެކޮޅުގަ ގެޔެއްގަނެފަ. މިނީގެ ނަންމައްޗައް .. ސޯ ވީ ހޭވްޓް..މަންމަމެން ހަމަޖެހިލީމަ އެ މަސައްކަތް އޮތީ .. އަހަރެން ބޭނުމެއްނޫން މިފަސްގަނޑުގަ ވެސް ހުންނާކަށް ..މިނީ އަށްވެސް އެންމެ ބެސްޓް ވާނީ އެގޮއި..” ކައިވާން ހުންގާނުގައި އަތުންތަޅައިލަމުން ބުނެލިއެވެ.

“ޔާ .އައި ގެސް.. ކަމެއް ބޭނުންވަންޏާ އަހަންނާށް ގުޅާލަ ..ޔަޒަކު ހިގައްޖެ .. އަހަރެންވެސް ދަނީ ..ސަލާމް” އިޒާން ބުނެލަމުން ހިނިތުންވެލިއެވެ.
” އަހަންނަށް އިނގޭ ކޮންމެރެޔަކު އިޒާން ހުންނަކަން ޒީވާ ނީދީމާ އެނާއަށް ބަލަން..” ކައިވަން ބުނެލިއެވެ.

“ހައު” އިޒާން އަހައިލަމުން ހޭންފެށިއެވެ.

“ދޮންބެ އަށް އިނގެއެންނު … ދޮންބެއާއި ދެމީހުން ވާހަކަދައްކަނިކޮން ކިތައްމެ ރެޔަކު އަހަންނަށް ފެނޭ ..” ކައިވަން ބުނެލިއެވެ. “ޑޯންޓް ސޭ އައި ނޯ.. އެހެން ނުބުންޏަސް އަހަންނަށް އިނގޭ އިޒާންއަށް ނީނގޭ އެއްޗެއް ނުހުންނާނޭ ކަން.. ހާހް” ކައިވަން އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. އިޒާން ނުލަފާ ވައްތަރަކަށް ހިނިތުންވެލަމުން އެއްލޯމަރައިލިއެވެ. އަދި ކާރުން ފައިބާގެން އޭނާދިޔައެވެ. ހަމަ އެސިކުންތު ކައިވަން ބޭރުބަލައިލަމުން ދެފަރާތައް ހޫރުވައިލީ އިޒާން ޖެހިގެން ހުރިގޭގެ އެގާރަވަނަ ބުރީގެ ޓެރެސްގައި ހުރެ އޭނާއަށް އަތުން ހަނައަޅާ ތަންފެނިއެވެ.
***
މިލާން ދެކޮޅައް ދެކޮޅައް ހިނގާލަ ހިނގާލަ ހުރިއިރު އޭނާ ހުރީ ނުހަނު ހާސްވެފައެވެ. ޔަޒަކުގެ މަންމަ މިއަދު އާދަޔާއި ހިލާފައް ނޭވާލަމުންދިޔުމުން މިލާން ހުންނަނީ ސިހިސިހިއެވެ. ޔަޒަކް އާއި އިޒާންގެ ފޯނަށް ގުޅާގުޅާ ވަރުބަލިވި އިރުވެސް ފޯނު ނުނެގިއެވެ. މިލާން ހުރީ އެކަމާ ރުޅިގަދަވެފައެވެ. އެހެން ހުއްޓާ މެޝިންތަކުގެ ބީފްއަޑު ގަދަވެގެންދިޔައެވެ.

“ވަޓް ..އަ ޝޮކް” ޔަޒަކުގެ މަންމަ ނޭވާލާން ދަތިވެގެން ތެޅޭންފެށީ އެވަގުތުއެވެ. އޭނާގެ މޫނު ހުދުވާންފެށިއެވެ. މިލާން ހަޅޭއްލަވައިގަނެފައި އަވަސްވެގަތީ ޑިފިބްރިލޭޓާ ޗެކް ކުރުމަށްފަހު ކަރަންޓް ޝޮކް ދިނުމަށެވެ. އޭރު ނޭވާލާން އުދަނގުވޭ ޔަޒަކުގެ މަންމަ ދެލޯ ބޮޑުވާން ފަށައިފިއެވެ. މި ބިރުވެރި ވަގުތު މިލާން، ﷲ އަށް ވަކީލްކޮށްލާގެން ހިތްވަރާއިއެކު މަސައްކަތް ފެށިއެވެ. ޖެލް ކޮޅެއް ހާކައިލުމަށްފަހު ދެފަހަރަށް ސޮކްދެވުންއިރު ވެސް ކާމިޔާބުވާގޮތެއް ނުވިއެވެ.
އޭރު މެސީންތަކުން ދައްކާ ރޮނގުތައް ލަސްލަހުން އެއްރޮނގަކަށް ތެދުވާންފަށައިފިއެވެ. މިލާންއަށް ކުރިޔަށް ވުރެން ބާރަށް ހަޅޭއްލަވައިގަނެވުނެވެ. މިލާން ރޮއިގަންނަމުން ދެއަތް މަހާލަމުން ޔަޒަކްގެ މަންމަގެ ހިތާއި ދިމާލުގައި ޕަންޕު ކުރަންފެށިއެވެ.
***
އިޒާންއާ ޔަޒަކު އެކުއެކީގަހެން ގެޔަށްވަނޭވެ. ދެމީޙޫން ނުހަނު ހަލުވިކޮން ގޮސް މިލާންމެން ތިބި ރޫމަށް ވަނެވެ. އެހިނދު ފެނުނު މަންޒަރުން ދެމީހުންގެ ފަޔަށް ވެސް ލިބުނީ އާދަޔާއި ހިލާފް ބާރެކެވެ.
މިލާން އެކަނި ހާލެއްގައި ތެޅެފިޔޭ ހިތައް އެރުމުން ދެމީހުންނަށް ކުށްވެރިކަން އިޙްސާސްކުރެވުނެވެ.

މިލާން އުއްމީދު ގެއްލެން ފެށިނަމަވެސް ހިތްވަރު ކުރިއެވެ. އިޒާން އެހީ ވާން އުޅުމުން މިލާން އެކަން މަނާކުރިއެވެ. އެދޮލުގައިވާ ރުޅިވެރިކަން ފެނި ފަހަތައް ޖެހިލެވުނީއެވެ. ޔަޒަކު ހުރީ ހިނގައިގަންނަން ވެސް ނީނގިފައެވެ.
އެހެން އުޅޭތާ އިރުކޮޅެއްފަހުން ބަލިއެނދުގައިވާމީހާ ހަޔަކަށް އެޅެންފެށިއެވެ. އޭނާ ހަމަޔަކަށް އެޅި ދެލޯމެރިގެން ދިޔައިރު އެމޫނު މަތީގައިވި ހުދުކަން ކެނޑި ފިޔާތޮށިކުލަވެރިވިއެވެ. އައިވި ފުޅި ރަނގަޅުކޮށްލަމުން މިލާންއަށް ދެއުރުގައި އަތް ވިއްދައިލެވުނީ ވަރުބަލިވެފައި ހުރުމުގެ ސަބަބުންނެވެ.
“މިންމީ” އިޒާން އަށް މަޑުމަޑުންގޮވައިލެވުނެވެ. އަނގައިން ބަހެއް ބުނުމެތްނެތި މިލާން ދިޔައެވެ. މިލާން ގޮސް އޭނާ ހުރުމަށްޓަކައި ހަމަޖައްސާފައިވާ ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލިއިރުވެސް އޭނާގެ ހިތްވަނީ ބިރުގަނެފައެވެ. ކޮޓަރީގެ ކަނެއްގައިވާ މިނީ ބާ އިން ފިނިފެންފުޅިއެއް ހުރިގޮތައް ދަމާލެވުނެވެ.
**
ޔަޒަކު ، އިޒާން ގާތު އެބަ އަންނަން ކަމުގައި ބުނެފައި ،މިލާންގެ ފަހަތުން ދިޔައެވެ. ޔަޒަކު އެރޫމަށްވަންއިރު މިލާން ހުރީ ބެލްކޮނިން ބޭރު ބަލާށެވެ. އޭނާ ކުޑަކޮން ހިނިތުންވެފައި ހުރެ މިލާން ފުރަގަހުގައި ހުއްޓިލިއެވެ. މިލާން އައިސްފައި ހުރި ރުޅި އަދިވެސް ފިނި ނުވެއެވެ. ޔަޒަކު އެހުރިގޮތަށް ހުރެ މިލާންގެ ހިމަ އުނަގަނޑުގައި ފަހަތުން ބައްދާލިއެވެ .

” މިންމި .. އައެމް ސޮރީ ..ޒާންއަށް ކުޑަ ކަމެއް ކުރަން ޖެހުނީ އެހެންވެ ލަސްވީ.. އެގޮތައް އައީމަ ފޯނު ނުނެގުނީ .. ދެން ނުވާނެ އެހެންނެތް .. ސޮރީ.. ވަރަށް ބޮޑައް ސޮރީ ..” ޔަޒަކް ވަރަށް ލޯބިން މިލާންއާއި ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ރީތި ދިގު ބްލޯންޑުކުލައިގެ އިސްތަށިގަނޑާއި ޔަޒަކް ދިޔައީ ކުޅެމުންނެވެ.
ޔަޒަކުގެ އެންމެ ބީހިލުމަކުން މިލާންގެ ރުޅި އެއްކޮން ފިނިވި ނަމަވެސް  ހުރީ ގޮތުގައިއެވެ. ތުންދަމައިގެން ހުރި އިރު މޫނުވެސް ހުރީ ކުނިކޮށްލައިގެންނެވެ.

” ލަވް ..އަދިވެސް ރުޅި އައިސްފަތަ.. ތިހެންނެތް ނުހުރެވޭނެ އަހަންނާއި ވާހަކަ ނުދައްކައެއް ..” ޔަޒަކު ، މިލާންގެ ކަންފަތާއި އަނގަ ކާރިކޮށްލައި ބުނެލަމުން އެ އޮމާން ކަނދުރާގައި ބޮސްދިނެވެ. މިލާން އަށް ދެލޯ ބޮޑުކޮށްލެވުނެވެ. ގައިގާ ވާހާ އިސްތައްޓެއް ހީވީ ކޮޅައްޖެހުން ހެނެވެ. އެ އޮމާން ދޮން މޫނަށް ޖަންބުކުލަ ފާއްދައިލިއެވެ.
ނަމަވެސް ނަފްސްހަމަޔަކަށް އަޅުވާލަމުން މިލާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް ވާހަކައެއް ނުދެއްކިއެވެ. ވާހަކަ ނުދައްކަން ހުވާކޮށްގެން ހުރިފަދައެވެ. މިލާން، ޔަޒަކުގެ މޫނަށް ކަޅިއަޅައިލިއެވެ. ޔަޒަކްއަށް ހީނުގަނެވުނީ ކިރިޔާއެވެ. ނަމަވެސް ހޭންފަށައިފިއްޔާ މިލާން ރޯންފަށައިފާނެތީ ކޮންޓްރޯލްކޮށްލިއެވެ.
“މިފަހަރު ނުހުރެވޭނެ ރުޅިއަކުންނެތް ދޫންޏާ” ޔަޒަކު މިލާންގެ މޫނާއިދިމާލަށް ގުދުވެލާއިފާ ދުރުވެލިއިރު މިލާން ތުންފަތް ހީވަނީ ލޭކޮޅެއްހެންހެންނެވެ. އޭނާގެ ގައިގާ ހުރިހާ ލެޔެތް މޫނާއި ތުންފަތައް ޖަމާވެފައިވާފަދައެވެ. ޔަޒަކު އޭނާގެ ތުންފަތުގައި އަތް ހިންގާލަމުން އެއްލޯމަރައިލިއެވެ.

” ގެޓް ލޮސްޓް” މިލާން ވާހަކަދެއްކިއަޑު އަހައިފާ ޔަޒަކު ހީލިއެވެ.

“ފައިނަލީ ހެހެހެ”
“އަހަރެން ފޮގިވް ކުރިކަމަކަށް ނުވާނެ އަދި ވާހަކަ ދެއްކިޔަސް .. އައި ހޭޓް ޔޫ” މިލާން ހަށަންބަދެލަމުން ބުނެލިއެވެ.

“އިހައް މިހާރު ބޭނުމީ މިންމި ޓޯކް ކޮށްލާ އަޑު އަހާށޭ.. ” ޔަޒަކު މިލާންގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. މިފަހަރު މިލާން ވެސް ޔަޒަކުގެ ގައިގާ ދެއަތުން ވަށައިލިއެވެ.
***
ދޫކޮށްލި ރެއިން ސަވަރުގެ ފެންތައް ފައިބާގަތީ ބޮޑުތިކި ވާރޭފަދައިނެވެ. ޝަވަރުގެ ދަށުގައި ކައިވަން ހުއްޓި ހުރި އިރު އެފިރިހެންވަންތަ މޫނުމަތިން އެތައްހާސް ސުއޫރު ފާޅުވަމުންދިޔައެވެ. އެހެން ހުރެ ހުރެފައި ހަޅޭއްލަވައިގަތެވެ. ވިސްނާ ވިސްނާ އޭނާގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. ހަމަޖެހިގެން އުޅެވޭނެ އެންމެ ދުވަހެއްވެސް ނާންނާނެބާއޭ އޭނާގެ ހިތައް އެރިއެވެ. ތަނަވަސް ބާތްރޫމްގެ ފެންވަރާތަން ވަކި ކުރަން ޖަހާފައިވާ ބިއްލޫރި ބިތުގައި ދެއަތުން ހިފަހައްޓައިލައިގެން ހުރެ ހުރެފައި ނީކިޔާ މަތިން ހަނދާންވެގެން އަވަސްކޮށްލައިގެން އުނަގަނޑާއި ހިސާބުގައި ތުވާލި އޮޅާލައިގެން ހުރެ  ނުކުތެވެ. އަލަމާރި ކައިރިޔަށް ކައިވަން ގާތްވެލީ ލާނެ އެއްޗެއް ހޯދުމަށެވެ.
އެހިނދު ކޮންމެވެސް މީހަކު ވަރަށް ބާރަށް އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކައިވަން ދިޔައީ ސިއްސައިގެންނެވެ. “އޭއި .މިނީ ރޮނީ..އާދެވޭނ…” ދޮރުން ވަން ޔޫމީން ވާހަކަ ދައްކަ ދައްކާ ހުއްޓާ ސިއްސައިގެންގޮސް ހުއްޓިލެވުނީ ކުރިމަތީގައި ބިރެއްފެނިގެން ބަލަހައްޓައިގެން ހުންނަހެން އޭނާއަށް ބަލަހައްޓާއިގެން ހުރި ކައިވަން ފެނިފައެވެ. ޔޫމީން އަށް ކުޑަކޮން ހަޅެއްވެސް ލަވައިގަނެވުނެވެ. އުނަގަނޑާއި ހަމަޔަށް ތުވާލިއޮޅައިލާފައި ހުރި ނަމަވެސް އެ ކަސްރަތީ ހަށިގަނޑު ވަނީ ހާމަޔަށެވެ. ނޭނގިނަމަވެސް ކައިވަންގެ ސިކްސް ޕެކް އެބްސްއަށް ޔޫމީންއަށް ތައުރީފްކޮށްލެވުނެވެ.
ޔޫމީން ހަމަހޭވެރިކަންވެގެން އަވަސް އަވަހަށް ފުރަގަސްދެމުން ނުކުތެވެ. އެއަށްފަހު ދޮރުބޭރުގައިހުރެ އައުމަށް އެދި ގޮވަލަމުން ޔޫމީން ދިޔައެވެ. ޝޮކްޖެހިފައިހުރި ކައިވަން ވެސް ދެފަރާތައް ބޯ ހޫރުވާލަމުން ޑެނިމް ސޯޓަކާއި ކަޅުކުލައި އަތްދިގު ޓީޝާޓެއްލުމަށްފަހު ލޯގަނޑު ދޮށުގައިހުއްޓުނެވެ. ތުނިކޮން ކޮށާލެވިފައިވާ ތުނބުޅިގައި އަތްހިންގާލަމުން އޭނާގެ ފަން އިސްތަށިގަނޑު ބުރަޝްކޮށްލަމުން ނުކުތެވެ.
***
ޒައުލް ވަޅުލުމަށްފަހު އައިފަހުން ކުލްސޫމާ އަދި ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ. ޒުހޫރުވެސް ނީކިޔާ ގޮވައިގެން އުޅުމަށްފަހު އޭނާ ނިދުމުން ކުލްސޫމާ މަސަލަސް ކުރަން ކޮޓަރިޔައްވަނެވެ.
ޒީވާއަށް ނިދާ އިންޖެކްޝަންއަށް ޖަހާފައިވާތީ އޮތީ ނިދީގެ ފުންކަނޑަށް ގެނބިފައެވެ. ޒީވާގެ ކޮޓަރީގެ އެއް އަރިމައްޗަށް ވާހެން އިން ކަޅުކުލައިގެ ބޮޑު ވެލްވެޓް ސޯފާގައި ޔޫމީން އިށިންދެލައިގެން އިނީ ޒީވާ ހޭލަންދެންނެވެ. ޒީވާގެ އަތައްގުޅާފައިވާ އައިވީ ލަސްކޮށްލަމުން ޔޫމީން އަނެއްކާވެސް އިށީންދެލި އެވެ. އޭނާ ވިސްނަމުންދިޔައީ ދެންމެ ހިނގި ހާދިސާއާއިމެދުގައެވެ. ލަދުން އިސްޖެހުނެވެ. އޭނާ ގާތައް ހިނިއައީ ކައިވަން އަށް ވީގޮތް ފެނިފައެވެ. އެތައް އަހަރަކަށް ފަހު އަލުން އެ ސޫރަ ފެނުނު އިރު ކައިވަންގެ ރީތިކަމާއިމެދު ހިތާއި ހިތުން  އޭނާއަށް އެއްބަސްވެވުނެވެ.

” އޯހް..މައި..އަހަރެން އެފޮނި މީހާޔާއިމެދު މިވިސްނަނީ ކީއްކުރަން.. ފޮނިކަމުން އަނގައިން ނުބުނޭ މިހާރު.. ސުވިސްގަ އުޅުން އިރު އަހަރެން ފަހަތުން އަބަދު އުޅޭނީ.. މިހާރު ކީއްވެތަ މާފޮނިވެގެން އެއުޅެނީ..” ޔޫމީން އެކަނި އިނދެ ވާހަކަ ދައްކަމުން ދިޔައެވެ.
ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުމުން އޭނާ ސިހުނެވެ. އޭނާ ހީކުރީ ކައިވަންކަމަށެވެ. ނަމަވެސް އެތެރެއަށް ވަން ޒުހޫރު ފެނިފައި ހަމަޖެހިލެވުނެވެ.

“އަހަން ކޮއްކޮ އެބައިންތަ..ބޭބެއަށް އަދި މިއުޅެނީ ކޮއްކޮއާއި އަނގައިން ބުނާނެ ވަގުތު ނުވެގެނެ… ކޮއްކޮގެޔައްދާން ވޭތަ” ޒުހޫރު އައިގޮތަށް އައިސް ޔޫމީންގާތު އިށީނދެލިއެވެ. ޔޫމީން ހީލާފައި ދެފަރާތައް ބޯހޫރުވާލީ އަދި މަޑުކުރާނެ ކަމުގައި ބުނެފައެވެ.
” ކޮއްކޯ ..އަންނަން ވަނެ ކޮންމެ ދުވަހަކު ވެސް.. ވަރަށް އުފާ ވެއްޖެ އައީމަ.. ހާއްސަ ގޮތެއްގައި މިފަދަ ވަގުތެއްގަ ތި ދޭ އެހީ އަހަރެން ބަލައިގަންނަން ..ނޭނގޭ ސުކުރު އަދާކުރާނެ ގޮތެއް ވެސް” ޒުހޫރު، ޔޫމީންގެ އަތުގައި ހިފާލަމުން ބަލައިލީ ސުކުރުވެރިކަމާއެކުއެވެ. ޔޫމީން ވެސް އެއީ ކަމެއް ނޫންކަމަށް ބުނެލީ ހިނިތުން ވަމުންނެވެ.
ޒުހޫރުއާއި ޔޫމީން ވާހަކައިގާ ތިއްބާ ޒީވާ ބޮލުގައި އަތްލަމުން މަޑުމަޑުން ތެދުވިއެވެ. އިރުކޮޅަކު އެދުގައި އިށީންދެލުމަށްފަހު މީގެ އިރުގަނޑެއް ކުރީގެ ކަންތައްގަނޑު އޭނާގެ ހަނދާނައް އަންނަން ފެށިއެވެ.

“ނޫން ނޫން،….”މޫނުމަތީގައި އަތްއަޅައިލަމުން އޭނާއަށް ރޮއިގަނެވުނީ އެހާދިސާ ހަނދާންވުމުންނެވެ. ނަމަވެސް އޭނާ ސަލާމަތްވިގޮތް ޢޭނާގެ ހަނދާނަކަށް ނައެވެ. ކައިވަން ވަން އިރުވެސް ޒުހޫރުގައިގާ ބައްދާލައިގެން އިނދެ ޒިވާ ރޮމުންދިޔައެވެ.
“ދަރިފުޅާ..ނުރޮއި ހުއްޓާލާ …އެމީހުންނަކަށް ނުކުރެވޭ ކޮނޑުކައިޜިގަ އިން ޒަހަމްކޮޅު ފިޔަވައި އިތުރު މާބޮޑުކަމެއް …ހެދުމުން ތަންކޮޅެއް ވީދިފަ ދެން އިނީ…ހާސްވާންވީ އިތުރު ކަމެއްނެތް ..ޑޮކްޓަރު ބުނީ ދަރިފުޅު އަނބުރައިގަތީ މާބޮޑައް ބިރުގަނެ ހާސްވީމަކަމައް.. ދަރިފުޅު ސަލާމަތް ކުރިކުއްޖާ އަށްދެވިއްޖެ އެމީހުން ދަރިފުޅު ގޮވައިގެން ކާރަށް އެރިތާ ފަސްމިނެޓް ވެސް ނުވަނީސް..” ޑޮކްޓަރު ދެއްކި ވާހަކަތައް ޒުހޫރު ކިއައިދިނެވެ.

“ބައްޕާ ..ދެން . ކާކު ކިހިނެތް އަހަރެން ސަލާމަތް” ރޮވިފައި ހުރެ ޒީވާ އަހައިލިއެވެ.

“ކައިވަންގެ ފްރެންޑެއް އެއީ .. އޭނާ އެކުވެރިންނާއެކު ވާރެޔާ ތެމެން ގޮސް އުޅެނިކޮން ، އެމީހުންނާ ތަންކޮޅެއް ދުރުގަ ތިބި ފިރިހެނުންތަކެއް އެކަނިހުރި އަންހެންކުއްޖަކު ގަދަކަމުން ގެންދާތީ އައީ ސައްކުވެގެން ބަލަންވެގެން.. ދެން ހަމަ އޭނައަށް ފެނުންތަނާ ކައިވަން ފެމެލީ ކުއްޖެއްކަން އިނގިގެން ގުޅީޔޯ ..އެހެންވެ ކައި ދިޔައީ ޒީއްކޮ ބަލާ..” ކައިވަން ކިއަދީފައިވާ ގޮތައް ޒުހޫރު ކިއައިދިނެވެ.
ކައިވަން، އިޒާން ގެ ނަންބުނުމުން ޔޫމީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޔޫމީންއަށް ސުކުރުގެ ނަޒަރަކުން ކައިވަންއަށް ބަލައިލެވުނެވެ.
” ބައްޕާ ..އަހަރެން މިދަނި ޕޮލިސް ސްޓޭޝަނަށް” ކައިވަން އިއްވާލިއެވެ. ޒުހޫރު ކައިވަންގެ މޫނަށް ބަލައިލަމުން ކޮޅައްތެދުވެލިއެވެ.

“ދަރިފުޅާ..ކައި އަތުގަ އެބަހުރިތަ އެމީހުން ހައްޔަރު ކުރޭވަރަށް ހެކި” ޒުހޫރު އޭނާގެ ހިތުގައި އުފެދުނު ސުވާލް ކައިވަން އާއި ކޮށްލިއެވެ. “އާނ ބައްޕާ .. ދޮންބެ އެކްސިޑެންޓްކޮށްލި ތަން ފެނުނު އެތަކެއް ލޯތަކެއް އެބަވޭ..އެމަގުގައި ހަރުކޮށްފަ ހުރި ސީސީޓީވީގެ ފޫޓޭޖްތައް އަހަރެންގެ އަތުގައި އެބަހުރި …ޕިކަޕް ދުއްވަން އިނީ ޒީހާން ..ޔިރާ އިން ކައިރީގަ.. ކެމެރާއަށް އަރާފަ އެބަހުރި ހުރިހަ މަންޒަރެއް …ފުލުހުންއައި ޖަނާޒާގެ ކަންކަން ކުރިޔައް ދިޔަވަގުތު…އެކަމަކު އަހަރެން އެމީހުން ފޮނުވާލީ ޖަވާބުދެވޭ ހާލަތެއްގަ އެކަކުވެސްނެތީމަ” ކައިވަން ބުނެލިއެވެ. އޭނާ ދަނީކަމަށް ބުނެ ހިނގައިގަތެވެ.
“ކައި..ބައްޕަ ބޭނުންވަނީ މަރަށްމަރު .. ބައްޕަގެ ހުރިހާ ސަޕޯޓެއް ދަރިފުޅަށް ލިބޭނެ… އަހަރެން ނުހުންނާނެ ޒީހާން ކިޔާ ދަރިޔެއް..އަހަންނަށްހެޔޮ އޭނާއަށް ކޮންމެފަދަ ހުކުމެތް އަޔަސް.. ނުކުރާ ކުށެއްގައި ބައްދާ މަގޭ ދަރި މަށާއި މުޅި އުމުރައް އެވަކި ކޮށްލީ…އެއީ ޒީހާންގެ އެއްމާބަނޑު ބޭބެކަމަކަށްވެސް އޭނާ ނުވިސްނުނު..މިނީ އަށް ވެސް ކިހާ ބޮޑު ހިތްދަތިކަމެތް.. ކުށެތްނެތި މަގޭދަރި” ޒުހޫރުއަށް ރޮވުމުން އިތުރަށް ވާހަކަ ނުދެއްކުނެވެ. ޒީވާއަށް ވެސް ރޮވުނެވެ. އޭނާ އެނދުން ތެދުވެފައި ޒުހޫރުގެ ގައިބައްދާލިއެވެ.
“ކައިވަން އަހަރެން ވެސް ދާނަން.. “ޒީވާ އެދުނެވެ. ޒުހޫރުއާއި ކައިވަން އެކުއެކީގައި މަނާކުރިއެވެ.

” ނޫން ..އަހަރެން މިހާރު އޯކޭ.. އަހަރެން ބޭނުން ދާން.. ޕްލީޒް ބައްޕާ ..ކައިވަން ޕްލީޒް” ޒުހޫރު ގެ އަތުގައި ހިފާލަމުންކައިވަން އާއި ދިމާލަލައް ބަލާލި ނުހަނު އުއްމީދާއިއެކުއެވެ.
“އޯކޭ.. އާދޭ އަވަހަށް ..އަހަރެން ހުންނާނަން ކާރުގަ” ޒީވާގެ މައުސޫމް މޫނުފެނި ކައިވަންއަށް މަނާކުރަންވީ އުނދަގު ކަމަކަށެވެ.
ޔޫމީންގެ ގައިގާ ކުޑަކޮން ބައްދާލުމަށްފަހު ޒީވާ ތައްޔާރުވެލައިގެން އަންނަން ދިޔައެވެ. އޭނާ ވިސްނަމުންދިޔައީ އަބުރައިގަތް ގަޑީގައި ފުސްކޮން ފެނުނު މަންޒަރަކުންނެވެ. އެ އަންހެންކުއްޖާއަކީ އޭނާއޭ ހިތުގެ ކަނަކުން ގޮވައިލަނީ ކީއްވެހެއްޔެވެ. ނުވެސް ދަންނަ ދެމީހެއްގެ ނަމުން ވެސް އޭނާއަށް އެގަޑީގައި ގޮވާލެވުނެވެ. އެކޮންބަޔެއްބާއޭ އޭނާގެ ހިތައް އަރަމުންނެވެ. “ޒާން..ޑިފީ..ހާދަ ފެމިލިއާރ އޭ އެ ނޭމްސްތައް…އެކަމު ކިހިނެތްތަ އެހެންވާނީ ..އަޅެ އަހަންނަށް ކިހިނެތްތަ މިވަނީ…އޯ ގޯޑް ޕްލީޒް ހެލްޕް މީ” ޒީވާއަށް މިހާރު ވަމުން މިދާ ގޮތުން ބޯހާސްވާން ފަށައިފިއެވެ. “…ޒާން ..ޑިފީ.. ޒާން ޑިފީ” އަމިއްލަ ނަފްސަށް އިވޭވަރަށް ޒީވާ ކިޔާލިއެވެ.
**
ވިސްނުމުގެތެރޭގައި ހުރެ ،ޒީވާ ނުކުންއިރު ކައިވަން ،އޭނާގެ ކާރުގެ ކައިރި މަޑުކޮށްލައިގެން ހުއްޓެވެ.
” އާ ޔޫ ސީރިޔަސް .. ޒީހާންމެން ޔިރާގެ ގޭގެ އެޕާޓްމެންޓެއްގައި އެތައްބައިވަރު ޑްރަގަކާއި އެއްކޮން އޮއްވާ ހައްޔަރުކުރީޔޭ ..ނޮޓް ބޭޑް … ތޭންކްސް..ތޭންކްސް ..ތޭންކްސް ބަޑީ..” ކައިވަންއަށް ހުރި އާދަޔާއި ހިލާފް ފޯރިއެއް އައިސްފައެވެ. ކައިވަން އޭނާގެ ރަޙުމަތްތެރި ޕޮލިސް އޮފިސަރަށް ސުކުރު އަދާކުރިއެވެ. އަދި އޭނާ އެބަދަން ކަމުގައި ބުނެ ފޯނު ކަނޑާލިއެވެ.
ކައިވަން ވާހަކަ ދެއްކިއަޑު ޒީވާއަށް ވެސް އިވުނެވެ. އެ ވާހަކަތަކުން ޒީވާއަށް ހަމަޖެހުމެތް ލިބުނެވެ. އެމީހުންގެ މަސައްކަތް އިތުރަށް ފަސޭހަވީއެވެ. ހުދުކުލައިގެ ގަމީހަކާއި އައިސްބްލޫ ޖިންސެއްގައި ހުރި ޒީވާ ފެނި ކައިވަންގެ ހިތްއަވަސްވާގޮތްވިއެވެ. އެފަރިކަން ފެނި އާޝޯޙްވެފައެވެ. ކައިވަން ބަލަން ފެށުމުން ޒީވާ ލަދުގަތެވެ. އިސާހިތަކު އޭނާގެ ހިތް ނުތަނަވަސްވާ ފެށީ އެއީ އަމިއްލަ ބޭބެ ކަން އިޙްސާސް ވުމުންނެވެ.
**
ދެފަރާތައް ބޯހޫރުވާލުމަށްފަހު ކާރުގެ ކުރީ ސީޓް ހުޅުވާލިއެވެ. ޒީވާ އިށީންދެ ހަމަޖެހިލުމުން ކައިވަން ސްޓާރޓް ކޮށްލިކަމެއް ނޭގި ޒީޥާ ހަޅޭއްލަވައިގަތެވެ. ކައިވަންވެސް ސިހިފައި ކާރު ހުއްޓާލިއެވެ. ސީޓް ބެލްޓް ނައްޓާލަމުން ޒީޥާ ހަޅޭއްލަވަމުން އެރީ ކައިވަންގެ އުނގަށެވެ. އޭނާގެ އަތުގެ އިޝާރާތުން ދެއްކީ އޭނާއިން ފަޅީގައި އޮތް ކުޑަ ހޯނަކަށެވެ. ކައިވަންއަށް ހެވުނެވެ. ނަމަވެސް އޭނާއަށް ޒީޥާގެ މޫނުމިހާކައިރިން ފެނުމުންކަޅި ޖަހާނުލާ ބަލަން އިނދެވުނެވެ. ކައިވަންގެ ފުންކަނޑެއްފަދަ ދެލޮލަށް ޒީވާއަށް ވެސް ހިނދުކޮޅަށް ބަލަން އިނދެވުނެވެ. ނަމަވެސް ސިކުނޑިއާއި މެޔަށް އަރައިގެން ދިޔައީ ތޫނު ތަދެކެވެ.  ހިތް އަނގަްމުން ދިޔައީ ކައިވަންއާއި ދުރުވުމަށެވެ. އެވަގުތު ސިކުނޑީގައި ގުގުމާލީ “ޒާން”ގެ ނަމެވެ. ބޮލުގައި އަތް އަޅައިގެން އިނދެ ޒީވާ އިސްޖެހިއެވެ.

ޒީވާއަށް ހޭވެރިކަންވެގެން ކައިވަންގެ އުނގުން ފައިބަން މަސައްކަތް ކުރިއެވެ. ނަމަވެސް ކައިވަން އިނީ މާބާރަށް ހިފަހައްޓައިގެންނެވެ. “ކައި..ކައިވަން” ކައިވަންގެ ތޫނު ނަޒަރުން އުނދަގުވުމުން އިސްޖަހާލަން ޒީވާއަށް މަޖުބޫރުވިއެވެ. “ހޫމް..ކިހިނެތް ވީ” ކައިވަން ވަރަށް ހަމަޖެހިލާފައި ޒީވާގެ މޫނަށްބަލާލަމުން ބުނެލިއެވެ.
“އަހަ ..އަހަރެން ފައިބަން” ޒީވާ އެދުނެވެ. ” ނުބާލުވާފިއްޔާ..” ކައިގެން ފިރިހެންވަންތަ އަޑުން ހީލިއެވެ.
. ކައިވަން މިއަދު ކިހިނެތްވެފަ އިންދުވަހެއް ބާއޭ ޒީވާގެ ހިތައް އެރިއެވެ. ޒީވާ ކުޑަކޮން ހިތްހަމަ ނުޖެހުނެވެ. އެވަގިުތު އަނެއްކާ ވެސް ސިކުނޑީގައި “ޒާންގެ”ގެ ނަން ގުގުމާލިއެވެ. އެގޮތައް ކަިވަންއާއި ގާތްވުމަކީ ގޯހެކޭ، ކެނޑީ ނޭޅި ހިތް އަނގަމުން ދިޔައެވެ.

” މީހަކަށް ފެނިދާނެ..”މަޑުމަޑުން ބުނެލިއެވެ. ނަމަވެސް އެއަޑުގައި ވި ހިތްހަމަނުޖެހުން ސިއްރެއްނުވިއެވެ. “އަހަރެމެންނަކަށް މިހެންނެތް ނޫޅެވޭނެތަ…ވީ އާރ ނޮޓް ސިބިލިންގްސް” ޒީޥާގެ ގައިގާ ހިފަހައްޓާލައިގެން ހުރެ ކައިވަން ސީރިޔަސްކަމާއެކު ބުނެލި އެތިން ޒީޥާއަށް ހީވީ މުޅި ތަންގަނޑު އެނބުރިގެން ދިޔަ ހެންނެވެ.
***
(ނުނިމޭ)

 

 

ކިޔުންތެރިންގެ ހިޔާލު