“ސޭ ޔެސް.. ސޭ ޔެސް” މާހައުލުގައި އަނެއްކާ ވެސް އަޑު ބައްދާލިއެވެ. ހުރެވުނީ އަނގަހުޅުވާލެވޭނެ ވަރުވެސް ނެތިފައެވެ. އެންމެ ފަހުން ރުއާނާ ލަސްލަހުން ބޯ ޖަހައިލިއެވެ. އެއާއި އެކު ލިއަމް ކޮޅަށް ތެދުވިއެވެ. ރުއާނާގެ ކަށި އިނގިލީގައި އަނގޮއްޓި އަޅުވާލެވުނު ހިނދު ލިއަމްގެ ދެލޯވެސް ތެމިއްޖެއެވެ. ކަރުނަތައް ހިންދާލަމުން ރުއާނާގެ ޒަހަމްވެފައިވާ އަތައް ތަދުނުވާނެހެން ގަޔާލާ ބޮނޑީކޮށްލިއެވެ. މާހައުލުގައި ވަނީ ކޮޅުނެތްކޮޅަށް އުފާވެރިކަމެވެ. އެންމެންގެ ހަޅޭކާއި އުފާވެރި ހުނުންތަކުން މެދުނުކެނޑި އިވެމުންދިޔައެވެ.
****
“މަރްހަބާ ދަރިފުޅުމެން” އެހެން އެންމެންނަށް ވުރެން ޒީވާއަށް ލިބިގެން ދިޔަ އުފާވެރިކަން ދެގުނަހެން ހީވެއެވެ. އުފަލުން ފޮޅިފައި ހުރެމެ ރުއާނާގެ ގައިގާ ބައްދާލިއެވެ. އޭނަ ދުރުވެލުމުން ހޫރައިން އައިސް ރުއާނާ ގާޓައް ހުއްޓުނެވެ. އޭރުން ދެލޮލުން ފައިބަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ހޫރައިން ބައްދާލި އިރު ރުއާނާގެ ހިތައް ލިބިފައި ހިތްހަމަ ޖެހުމާއި އެކު ރުއާނާއަށް ވެސް ރޮވުނެވެ. ދެން ހޫރައިން ބައްދާލީ ލިއަމްގެ ގައިގައެވެ. ރާބިއު އާއި އިޒާން އާއި އިޒްވާއަށް ބައްދަލްކުރީ އުފަލުން ފޮޅިފައިވާ މޫނަކާއި އެކުގައެވެ.
ފަހަރަކު މީހަކު ލިއަމްއާއި ރުއާނާއަށް މަރްހަބާ ކިޔަމުން ދިޔައިރު ހުރިހާ ބޮޑެތި މީހުން ދިއުމުން ދެން އޮތީ ހުރިހާ ޒުވާނުން ވެގެން ކީވާންއާއި އާލިއާއާއި ދިމާ ކުރުމެވެ. ލިއަމްއާއި ރުއާނާއަކަށް ވެސް އެ ސަކަރާތަކުން މިންޖުވެވޭގޮތެއް ނުވިއެވެ. އެތައް އިރެއް ވީ ފަހުން އެމީހުން މާހައުލު ދޫކޮށް ގެއަށް ދާން ނުކުތީ، ހަފްތާއެއް ފަހުން ކުރުމަށް ހަމަޖެހިފައިވާ އަދްރެކްއާއި ޔީލާގެ ކައިވެނީގެ ހަބަރު އަދްރެކް ދިނުމުން އެކަމާއި ވެސް އުފާ ފާޅު ކުރުމަށްފަހުއެވެ. ހުރިހާ މީހުންގެ ތެރޭގައި ވެސް ހީލައިގެން އިން ނީރާގެ ހަމަހިމޭން ކަން އެންމެންނަށް ވެސް ފާހަގަވިއެވެ.
“ނީ އެކަނިތަ ދަނީ؟” ނީރާ އެކަނި ދާން ނުކުތުމުން ޔީލާ ގޮވާލިއެވެ. ނީރާ ހުއްޓިފައި ދައްކާލީ ދުރުގައި އޮތް ކާރެވެ. އެއީ ޒީހާން އާއި ޔިރާ އައި ކާރެވެ. އެދެމަފިރިން ވެސް ރާއްޖޭގައި އުޅުމަށްފަހު އައީ ކީވާންގެ ކައިވެންޏަށެވެ. ނީރާގެ ހާލަތު އެނގުމުން އެމީހުން މިހާރު ނިންމަފައިވަނީ ދުވަސްކޮޅަކު މަޑުކޮށްލުމަށެވެ. ނީރާ ކާރަށް އެރުމުން ލޯގަނޑު ތިރިކޮށްލާފައި ޒީހާންއާއި ޔިރާ އެހެން މީހުންނަށް އަތުން ހަނާ އަޅާލިއެވެ.
“ބާއީ ބާއި” ޔެނާ އަތް ހޫރުވާލަމުން ގޮވާލިއެވެ. “ނީ ފެނުނީމަ ދެރަވަނީ، ހާދަ މަޖާކޮށްފަ އުޅުނު ކުއްޖެކޭއެއީ.. ބަލާބަލަ އިންނަލެއް މަޑުމޮޅިކަން މިހާރު” ޔެނާ ދެރަވެލާފައި ބުނެލިއެވެ. އެކަމާއި ރުއާނާއަށް ވެސް ވިސްނާލެވުނެވެ. ރުއާނާގެ ހިތައް ވަނީ އިއްޔެ ޖެފްރީން އައިސް ދެއްކި ވާހަކައެވެ. އެހުރިހާ ކަމެއް ކުރިއިރު ވެސް ނީރާ ދެކެ ޖެފްރީން ވީ ތެދުވެރި ލޯބީގެ ވާހަކަ ޖެފްރީން ކިޔައިދިނީ އަސަރާއި އެކުގައެވެ. އެކަމާއި ހިތައް އުނދަގޫ ވަމުން ދިޔައެވެ. ނީރާގެ މޫނުން ކިތަންމެ އުފާވެރިކަން ދެއްކި ނަމަވެސް ދެލޮލުގައި ފޮރުވާލެވިފައިވާ ހިތާމައިގެ އަސަރުތައް ކިތަންމެ ރީތިކޮން ވެސް ފެނެއެވެ. އެންމެންނަށް އެމީހުންގެ ލޯބި ކާމިޔާބު ވީ އިރު އެ ލޯބި ކާމިޔާބު ނުވީ ނީރާއަށެވެ. ކުރެވުނު ކަންތައް ޖެފްރީންއަށް އިޙްސާސް ވެގެން މާފަށް ވެސް ވަނީ އެދިފައެވެ. އޭނާގެ މޫނުމަތިން އެކަންކަމާއި ގަނެފައިވާ ލަދު ފެނެއެވެ. އެތަކެއް ފަހަރު މާފަށް އެދުނީ ކަރުނައާއިއެކުއެވެ.
“ނީގެ ކައިރިއަށް ޖެފްރީން ދިޔަ މާފަށް އެދެން.. އަލުން ނުގުޅުނަސް އޭނައަށް މާފްކޮށްދިނުމަށް އެދި.. ދުވަހަކުވެސް މީހަކާއި ނިދެ ނީގެ ހަނދާނުގަ ހުންނާނަމޭ ވެސް ބުނީ.އެކަމަކު ޕީސްފުލް ކޮން ހުރެވޭނީގެ ނީގެ މާފް ލިބުނީމައޯ..ޖެފްއަށް އެނގޭ ވިއްޔަ ނީގެ ބައްޕަ ގަބޫލެއް ނުވާނެ ކަން ދެނެއް” ދެރަވެލާފައި އިޒްވާބުނެލިއެވެ.
“ހިނގާބަ ގޮތެއް ހަދަން، މިކަންތައް ވޭތޯ” ޔެނާ ދެރަވެގެން ތުންފިއްތާލިއެވެ.
“ނުޥާނެ އެންނު..ނީގެ ބައްޕަ ވެސް މަންމަ ވެސް ބުނި ރުއާއަށް އެހެން ހަދާފަ ނީއަށް ވަކި ރަނގަޅެއް ނުވާނެއޯ.. ނީ ފެނުނީ ވެސް މާ ފަހުންނޯ.. އެކަމަކު ރުއާ އެހާ ކުރިން ގާތްކޮށްލައިގެން އުޅެފަ ވެސް އެހެރީއޯ ޖެފްރީން ހެދިގޮތް..” ޔެނާގެ އަތުގައިހިފާލަމުން ލޫތުވެސް ބުނެލިއެވެ.
“އެކަމަކު އެހުރިޙާ ވަގުތެއްގަ އެހާ ނުބައިކޮން އުޅުނު އިރުވެސް ޖެފްރީން ލޯބިވި އޭ ނީ ދެކެ.. ރުއާއާއި ކައިވެނި ވެސް ޖެފްރީން ބޭނުންނަމަ ކުރެވުނީސް.. މިބުނީ ހައްޔަރުގަ އެތާގަ ހުއްޓަ ގަދަކަމުން.. އެކަމަކު އޭނާއެކަން އެގޮތައް ވާން ބޭނުން ނުޥާތީ ވެ ފިލީ އެންޑް ޓު ބީ އޮނެސްޓް ނީ ދެކެ ވާ ލޯބިން.. އެންމެ މުހިއްމުކަމަކަށް އޭނާގެ ސަބަބުން މިތިބީ ކާމިޔާބު ލިބިފަ ވެސް.. ކޮންމެމީހަކަށް ވެސް ކުށެއް ކުރެވިދާނެ އެކަމަކު ތައުބާވެގެން އައީމަ ގިނަނުކޮށްލާ ހިތް ސާފުކޮށް އޭނާ ބަލައިގަންނަން ވާނެ… ދޯ ރުއާ؟” ރުއާނާގެ މޫނަށް ބަލާލަފައިވެސް ލިއަމް ބުނެލިއެވެ. ލިއަމްގެ ވާހަކަތައް ހުރީ ނުސީދާކޮން ނަމަވެސް ރުއާނާއަށް ވިސްނައިދޭ ފަދައަކުންނެވެ. އެއިން ކޮންމެ ޖުމްލައަކަށް ވިސްނުން ހިންގާލަމުން ރުއާނާ ލަސްލަހުން ބޯޖަހައިލިއެވެ. އެހިނދު ހިފައިގެން ހުރި ރުއާނާގެ އަތައް ލިއަމް ބާރުކޮށްލިއެވެ. އަދި ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“ލެޓްސް ޑޫ ސަމްތިންގް” ރުއާނާ ބުނެލިއެވެ. އެހިނދު އެމީހުންގެ މޫނުތަކުން ފެނުނީ ޝައުގުވެރިކަމެވެ. ރުއާނާ ކިޔައިދިނީ އޭނާއަށް ވިސްނުނު އެންމެ ރަނގަޅުގޮތެވެ. އެކަމާއި އެންމެން އެއްބަސްވިއެވެ.
“ސޯ، ފުރަތަމަ ކުރަން ވީ ކަންތައް އެނގިއްޖެ ދޯ، ޔެން ދައްތިގެ މަސައްކަތް އިނީ އެނގޭ.. އެކަމުގައި ރުއާ އެބުނިހެން ގިނަދުވަސް ވެދާނެ، އެހެންވިއަސް އަހަރެމެން މިތިބީ ހިތްވަރުދޭން..” އިޒްވާ ބުނެލިއެވެ. އެހިނދު ޔެނާ ބޯޖަހައިލުމުން އެންމެންގެ މޫނުތައް އަލިވިއެވެ.
***
ހަފްތާއެއް ފަހެވެ. އަދްރެކްއާއި ޔީލާގެ ކައިވެނިވެސް ކުރެވިއްޖެއެވެ. ވަލީމާ އޮތީ ޔަޒަކްއާއި މިލާންގެ ގޭގައި، ހަމައެކަނި ދެ އާއިލާއާއި ރައްޓެހިންގެ މަދުބަޔަށެވެ. އެއީ އަދްރެކްއާއި ޔީލާ ބޭނުންވިގޮތެވެ. އެމީހުންގެ ނިންމުމަކަށް ވީ ކައިވެންޏަށް ފަހު ދުވަސްކޮޅަކު މަޑުކޮށްލާފައި ‘ހަނީމޫން’އަށް ރާއްޖެ ދިއުމަށެވެ. އެ ނިންމުމާއި ދެއާއިލާއަކުން ދެކޮޅެއް ނުހެދިއެވެ. ޔީލާގެ ދައުވަތަކަށް މައުވާ ވެސް އައެވެ. ދުވަސްވީ އެކުވެރިއާ އެތައް ދުވަހެއް ފެނުމުން ޔީލާ އުފަލުން ރޮވުނެވެ.
“މީޓް މައި ފެމެލީ” މައުވާގެ ހަތަރުމަހުގެ ބަނޑާއި އެކު ވެސް ފެންނަނީ ނުހަނު ފުރިހަމަކޮންނެވެ. ދެކޯ ފުށްވެފައި ވިދުމެއް ހުއްޓެވެ. ގާތުގައި ހިނިއައިސް ހުރީ އަދަންއެވެ.
“ކޮބާ އަދަން މަންމަ ނުގެނައީ ކީއްވެ” މިސްވާގެ މަތިން ހަނދާން އާކޮށްލަމުން ރާބިއު ބުނެލިއެވެ.
“މަންމަ ބަލިކޮން އުޅޭތީ މަޑުކޮށްލައިގެން ހުރީހަމަ” އަދަން ބުނެލިއެވެ.
ޔީލާއާއި އެކު މައުވާ ދިޔައީ ރުއާނާގެ ގާތަށެވެ. ރުއާނާއަށް މައުވާ ފެނުމުން ނުހަނު އުފާވެފައި ހުރެ މަރްހަބާ ކިއެވެ.
“އަޅޭ އޭރުވެސް ޕްރެގް ތަ.. ކޮންގުރެޓްސް މައުވާ”
“ޔާހް އޭރުވެސް ޕްރެގްވާނެ..އެކަމަކު ނޭނގޭ.. އޭގެފަހުން އެނގުނީ.. ރުއާއަށް އެނގުނު ދޯ އަދަން އާއި އަހަހަރެން-”
“އާން ނޭނގޭނެތަ، އާއިދު ހުއްޓާ މީނަގެ ކަޅި އިންނަނީ އަދަންއަށް ވިއްޔަ.. ހަހަހަ.. ކޮން އިރަކު މެރީ ކުރީ؟ މިކޮޅަށް އައުމުގެ ވިސްނުމެއް ނެތްތަ؟” ރުއާނާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
“ހެހެހެ، އަހަރެއް ކުރިން ކައިވެނި ކުރީ.. މިހާރު ހޮސްޕިޓަލަށް ދަން.. މިކޮޅަށް ޗޭންޖުވީއޭ.. ރުއާ ނުދާތީ ނޭނގުނީ ދޯ.. ޔީލްއަކަށް ވެސް ނޭނގޭނެ، އޭނަ މިދުވަސްކޮޅު ޗުއްޓީގަ އުޅޭތީވެ” މައުވާ ދިން ހަބަރުން ރުއާނާ ވަރަށް އުފާވިއެވެ. ޔީލާވެސް އުފަލުން ހަޅޭއްލަވައިގަތެވެ.
އެތައް އިރެއް ވަންދެން ވާހަކަ ދެއްކުމަށް ތިބުމަށްފަހު، ރުއާނާ ގެއަށް ދިއުމަށް ނުކުތީ އިރުއޮއްސި އަނދިރިވުމުންނެވެ. އޭނާ ދާނީ ތަންކޮޅެއް ފަހުން ކަމުގައި ބުނުމުން ކެއުމުގެ ކަންތައް ނިންމާލުމަށްފަހު ރާބިއު އާއި ހޫރައިން ވަނީ އޭރު ގެއަށް ގޮސްފައެވެ.
އެގެއިން ނުކުތް ހިނދު އިންތިޒާރުގައި ލިއަމް ހުއްޓެވެ. ހަށަމްބަނދެ، ކާރުގައި ލެނގިލައިގެން ހުރި ގޮތުން ހީވީ ފެޝަން މެގަޒިންގް އެއްގެ ބޭރުގަނޑުގައި ފެނިގެން ދާފަދަ މޮޑެލްއެއްހެންނެވެ. އެހާ ވެސް ފުރިހަމައެވެ. ފިރިހެންވަންތައެވެ. ދުވަހާއި ގުޅޭނެހެން ގަދަ ޗޮކްލެޓްކުލައިގެ ގަމީސް ހުރީކަޅުކުލައިގެ ޓްރައުޒާގެ ދަށައް ޖަހާފައެވެ. ހެދުން އެޅުމުގައި ހުރި ފަރުވާތެރިކަން ހާމަވެއެވެ. ރުއާނާ ފެނުމާއެކު ލިއަމްގެ ހިތް ލޯބި ބަންޑުންވެގެން ދިޔައެވެ. ދުރަކު ނުހުރެވުނެވެ. މަޑުމަޑުން ގާތަށް ޖެހިލައި، އޭނާގެ ދެއަތުގެ ތެރޭގައި ރުއާނާ ހައްޔަރުކޮށްލުމަށްފަހު، ނުހަނު ލޯބިން އެ އޮމާން ކޯތާފަތުގައި ބޮސްދިނެވެ. އެއާއެކު ލަދުން އިސްޖަހާލެވުނު ރުއާނާ، ރަކިވީވަރުން ލިއަމްގެ ތަނަވަސް މޭގެ ތެރޭގައި ބޮނޑިވެލިއެވެ.
“މިރޭ ހިނގާ އަހަރެންގެ ގެއަށް ސްލީޕް އޯވާރ އަކަށް.. ނޫނެކޭ ނުބުނައްޗޭ، އައި ހޭވް ޕްރިޕެއަރޑް ސަމްތިންގްސް ފޯރ އަސް” ލިއަމް ނުހަނު އުއްމީދާއިއެކު ބުނެލިއެވެ.
ލިއަމްގެ މޭގައި ބޯއަޅާލައިގެން އޮތް ރުއާނާ، އިސްއުފުލައި ލިއަމްގެ ލޮލަށް ބަލައިލިއެވެ. އަދި ވަގުތުން ދެކޮޅު ހެދިއެވެ. ކައިވެނީގެ ކުރިން އެފަދަ ގޮތަކަށް ވަގުތު ހޭދަކުރަން އޭނާ ބޭނުންނުވާކަން ހާމަކުރިއެވެ.
“ޕިސް! ތިހީކުރާ ކަހަލަ ކަމެއް ކުރާކަށް ނޫޅެމޭ. ރުއާ ނިދާނީ ކުރިންވެސް ނިދި ކޮޓަރީގައި، އަހަރެން ނިދާނީ ހަމަ އަހަރެންގެ އަމިއްލަ ކޮޓަރީގައި. ހިނގާބަ ޕްލީޒް…” ލިއަމް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އެންމެފަހުން ލިއަމްގެ އާދޭސްތަކުގައި ކޮޅުންފައިން ޖަހަން ނުކެރިގެން އެކަމާއި އެއްބަސްވިއެވެ. ނަމަވެސް އޭނާ އެދުނީ ފުރަތަމަ އަމިއްލަ ގެއަށް ގޮސްލުމަށެވެ. ލައިގެން ހުރި ބަރު ހެދުމުގެ ސަބަބުން އުނދަގޫވަމުން ދިއުމާއެކު، ވީ އެންމެ އަވަހަކަށް ހެދުން ބަދަލުކޮށްލަން ހުރީ ބޭނުންވެފައެވެ.
ލިއަމް ހިތްހަމަޖެހިފައި ހުރެ ފުރަތަމަ ދިޔައީ ރުއާނާގެ ގެއަށެވެ. ދިހަ މިނެޓް ތެރޭގައި އެހިސާބަށް ފޯރިއެވެ. ވަރަށް އަވަސްކޮށްލާނެ ކަމަށް ބުނެ ރުއާނާ މައްޗަށް އަރައިގެން ދިޔައެވެ. ލިއަމް މަޑުކުރީ ތިރީގައެވެ. ހެދުން ބަދަލްކޮށްގެން އެނބުރި އައި އިރު އޭނާ ހުރީ ޖީންސަކާއި ހުދުކުލައިގެ ސްވެޓާރއެއްގައެވެ. ފަން އިސްތަށިކޮޅުގައި ހުޅިއެއް ޖަހާފައި އޮތްއިރު ރަތް ތުންފަތުގައި ވީ ފުރިހަމަ ރީތި ހިނިތުންވުމެކެވެ.
“ބޭބީ، މުޅި ވީކްއަށްތަ؟”
ރުއާނާގެ ކޮނޑުގައި އޮތް ދަބަސް ފެނިގެން ލިއަމް ދިމާކޮށްލުމުން، ހިނިގަނޑެއް ޖަހާލާފައި ދެފަރާތައް ބޯހޫރުޥާލިއެވެ.
“ވީ ގާލްސް، ހުންނާނެ ގެންދާނެ ވަރަށް ބައިވަރު އެއްޗިހި، އެވަރިހަމަ އެންމެ ދުވަހަކަށް ވިއަސް”
“ހަހަހަ،ބަޓް މޭކަޕްވެސް ކުރާ މީހެއް ނޫނެއްނު ތިއީ” ކާރު ދުއްވާލަމުން ރުއާނާއާއި ދިމާކޮށްލުމުގެ ގޮތުން ލިއަމް ބުނެލިއެވެ.
“ކަމޯން، މޭކަޕް ނުކުރިއަސް، ވީ ޑޫ ހޭވް ވަރަށް ގިނަ އެއްޗިސް.. ދެން ހުރޭ މެރީ ކުރެވެންދެން .. އޭރުން އެނގޭނެ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ރުއާނާ ބުނެލިއެވެ. ލިއަމް ދެފަރާތައް ބޯހޫރުވާލަމުން ހިނިތުންވުން ފުޅާކޮށްލިއެވެ.
ގެއާ ހަމައަށް ދެވެންދެން ހޭދަވި ކޮންމެ ސިކުންތެއްގައި، ރުއާނާ އޮތީ ލިއަމްގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. ކާރުގެ ތެރޭގައި މަޑުމަޑުން ގުގުމަމުންދިޔަ ‘ބުލެވަރޑް’ ލަވައިގެ ޖާދުވީ ރާގުތަކުގެ ތެރެއަށް ގެއްލިފައިވާލެއް ބޮޑުކަމުން، މަންޒިލަށް އާދެވުނުކަންވެސް އެނގުނީ ލިއަމް މަޑުމަޑުން ގޮވާލުމުންނެވެ. ކަންނެތްގޮތަކަށް ބޯހިއްލާލަމުން، ފުސްވެފައިވާ ދެލޮލުން ލިއަމްއަށް ބަލައިލިއެވެ.
“ހާދަ ވަރަކަށް ގެއްލިފަ؟” ރުއާނާއަށް ބަލައިލަމުން ލިއަމް ބުމަ އަރުވާލިއެވެ.
“މި ލަވަ… އަހަރެމެން ދެމީހުންގެ ބައްދަލުވުންތަކުގެ ހިޔަނި ފަދައިން މި ލަވަ އަބަދުވެސް އަހަރެމެންނާއެކުވޭ. ނޫންތަ؟ ހޮސްޕިޓަލުން ވިޔަސް، ކާރުގެ ތެރެއިން ވިޔަސް، ނޫނީ މިގޭގެ ހިމޭންކަމުގެ ތެރެއިން ވިޔަސް… އެންޑް އައި ނޯ ލިއަމްގެ އެންމެ ފޭވްރިޓް ލަވަ ކަން، އެހެންވެ ވަރަށް ވަރަށް ހާއްސަ ލަވައަކަށް ވެއްޖެ” ރުއާނާގެ އަޑުގައިވަނީ އާދަޔާޚިލާފު ލޯތްބެކެވެ. ލިއަމް ބޯޖަހާލީ އެ ޝުޢޫރުތަކަށް އިޙްތިރާމްކުރާ ފަދަ ގޮތަކަށެވެ. ފޯނު ނަގައި، އޭނާގެ ‘ޕްލޭލިސްޓް’ ދައްކާލިއެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އިނީ އެ ލަވައެވެ.
“މިހާރު އަހަރެންގެ ވެސް ފޭވްރިޓް” ފޯނު ދައްކާލަމުން، މުތީތަކެއް ފަދަ ދަތްތައް ފެންނާނެހެން ރީތި ހިނިތުންވުމަކާއެކު ރުއާނާ ބުންޏެވެ. ލިއަމްގެ ހިތް އުފަލުން ފުރުނެވެ. އޭނާ ލޯތްބާއެކު ރުއާނާގެ ގައިގައި ބައްދާލިއެވެ. އެ ލޯބިވެތި ވަގުތުކޮޅަށްފަހު، ދެ ޒުވާނުން ކާރުން ފޭބިއެވެ.
ގަޑީން އެގާރަ ޖެހުމާއި ވަނީ ގާތްވެފައެވެ. ފަޒާގައި ހިފާލާފާވަނީ ތެތްފިނިކަމެވެ. ގޯތިތެރޭގައިވާ ގާޑެން ލައިޓްގެ އޮރެންޖު އަލިތައް، އަނދިރިކަމުގެ ތެރެއިން ފޫދުއްވާލާފައިވަނީ މުޅި މާޙައުލަށް ދިރުންގެނުވާ ފަދަ ފުރިހަމަ ގޮތަކަށެވެ. ގަސްގަހުގައި ހަރުލާފައިވާ ފެންތިކިތައް، އެއަލީގެ ތެރެއިން ނުހަނު ފުރިހަމައެވެ. ދެޒުވާނުން އަތުގުޅުވާލައިގެން އެގޭތެރެއަށް ވަނެވެ. އާދައިގެ މަތިން ބައްދަލުކުރީ ކަނު އަނދިރިކަމެވެ. ބޭރުގައިވީ އަނދިރިކަމަށް ވުރެން ގޭތެރޭގައިވަނީ މާ ފުން އަނދިރިކަމެއްހެން ހީވެއެވެ. ނަމަވެސް ކުރީން ރުއާނާ ބިރުގަންނަހެން އަނދިރިކަން ދެކެ ބިރެއް ނުގަނެއެވެ. ބޮކި ދިއްލުމަށް ލިއަމް އުޅުމުން އެކަން މަނާވެސް ކުރީ ރުއާނާއެވެ. އަދި އެ އަނދިރިކަމުގެ ތެރެއަށް ލޯ ހާނުވާލަމުން، ސިޑީގެ ހަރުފަތްތައް ގިރާކުރަން ފެށީ އެއްވެސް ޖެހިލުމެއްނެތި ފަރިތަކަމާއެކުގައެވެ.
“ޕްރައުޑް އޮފް ޔޫ ބޭބް” ރުއާނާއަށް ލިއަމް އިއްވާލިއެވެ. ފަސް އެނބުރި ބަލައިލުމަށްފަހު ރުއާނާ ހީލިއެވެ.
އެގޭގައި ކުރީން ރުއާނާ އުޅުނު ކޮޓަރިތެރެއަށް ވަނެވެ. ހުރިހާ އެއްޗެއް ހުރީ އެހުރިގޮތަށެވެ. އިޒްވާއާއާއި އީތަންގެ ކައިވެނީގެ ހަފްލާއަށް ދިއުމަށްޓަކައި އޭނާ ތައްޔާރު ވާން ގެންގުގުޅުނު ސާމާނުތައް ވެސް އެހުރި ގޮތައް ރީތިވާ މޭޒުމަތީގައި ހުއްޓެވެ. ހަމައެކަނި އެކޮޓަރިއަށް އައިސްފައިވާ ބަދަލަކީ ތަނުގެ ސާފްކަމެވެ. ހިރަފުހުގެ އަސަރު އެއްވެސް ތާކުން ފެންނަން ނެތުމުންނެވެ. އެނދުމަތީގައި ދަބަސްތައް ބަހައްޓާލަމުން، ކޮޓަރީގެ ތެރޭގައި ރުއާނާ އެނބުރިލިއެވެ. ކޮޓަރީގެ ކުޑަ ބެލްކޮނީއަށް ނުކުންނަން ދަނިކޮން އަތުގައި ލިއަމް ހިފެހެއްޓުމުން ރުއާނާ މަޑުޖެހިލިއެވެ.
“ފަހުން ދޯ، ހިނގާބަލަ އަހަރެން ރޫމްގެ ބެލްކޮންޏަށް.. ބުނީމެންނު ކަމެއް ރެޑީކޮށްފަ އިން ވާހަކަ”ލިއަމްގެ އަޑުގައިވަނީ އުންމީދީ އުފާވެރިކަމެކެވެ. ރުއާނާ މަޑުމަޑުން ބޯޖަހާލުމާއެކު، އޭނާގެ އަތުގައި ހިފާލައިގެން ގޮސް އަމިއްލަ ކޮޓަރިއަށް ލިއަމް ވަނެވެ. އޭރު ބެލްކަންޏާ ދިމާލުން މަޑުމަޑު މިއުޒިކެއްގެ އަޑު އަންނަމުން ދިޔައެވެ. ބެލްކަނީގެ ދޮރާ ހަމައިން ރުއާނާގެ އަތުން ދޫކޮށްލިއެވެ.
އެތެރެއިން ފެނުނު މަންޒަރުން އަނގަމަތީގައި އަތް އަޅުވާލެވުނެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ލަސްލަހުން އެތެރެއަށް ވަދެވުނު އިރު އަދިވެސް ހުރެވުނީ ގަބޫލް ކުރަން އުނދަގޫވެފައެވެ. ބިން ފޮރުވާލެވިފައިވަނީ ރަތްކުލައިގެ ފިނިފެންމާ ފިޔައިންނެވެ. ގާތްގާތުގައި އެތައް ބައިވަރު ރަތްކުލައިގެ ފިނިފެންމާ ގުލްދަސްތާ ތައް އަތުރާލާފައިވީ އިރު ދޭތެރެ ތަކުގައި އުއްބައްތި ބަހައްޓާފައި ހުއްޓެވެ. މުޅި ޓެރެހުގެ މަތި ފުރާލާފައިވަނީ އެއްކޮޅުން އަނެއްކޮޅަށް ގާތްގާތުގައި ދަމާފައިވާ އޮރެންޖުކުލައިގެ ބޮކިފަތިންނެވެ. ރުއާނާއަށް ސިހުން ލިބުނީ، މަލުގެ ގުލްދަސްތާތައް ހުރި ފަރާތް ނޫން އަނެއް ފަރާތުގައި، އުއްބައްތީން ‘ވިލް ޔޫ މެރީ މީ’ ޖަހާފައި އިން މަންޒަރު ފެނިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ލޮލަށް ޖަމާވި ކަރުނައެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ.
“ލި..ލިއަމް.. ދެންމެ އެންނު ޕްރޮޕޯސް-” ރުއާނާއަށް ބުނެވެން އުޅުނު ޖުމްލަ ލިއަމް ހުއްޓުވާލީ ބޮލުންނެވެ.
“ނޫނޭ.. އައި ސެއިޑް، ނޯ ލެންގްއޭޖް ފީލްސް ސްޓުރޯންގް އިނަފް ޓު އެކްސްޕްލެއިން ހައު މަޗް އައި ލަވް ޔޫ.. ރުއާ، ޔޫ ހޭވް ބީން މައި ފޭވްރިޓް އޮބްސެޝަން ފޯރ ސޯ ލޯންގް ދެޓް އައި ކޭންޓް ރިމެމްބަރ ހޫ އައި ވޯޒް ބިފޯރ ޔޫ.. ވިލް ޔޫ ލެޓް މީ ސްޕެންޑް ދި ރެސްޓް އޮފް މައި ލައިފް ބިއިންގް އޮބްސެސްޑް ވިތް ޔޫ.. މިހެންނެއްނު ބުނީދޯ؟.. މެރީ ކުރަން ނާހަމެންނު؟ ދޯ ބޭބީ؟” ލިއަމް ލާނެތް ހިނިތުންވުމަކާއެކު އަހާލިއެވެ. ރުއާނާ ރޮމުން، މީގެ ތިން ގަޑިއިރު ކުރިން ލިއަމް އޭނާގެ އިނގިލީގައި އެޅުވި ހުދު ރަނުގެ ޖަވާހިރު އަނގޮއްޓި ދައްކާލިއެވެ. ލިއަމް ހީލުމަށްފަހު، ޖީބުން މަހުމާ ފޮއްޓެއް ނަގައި ރުއާނާގެ ކުރިމަތީގައި ހުއްޓިލިއެވެ. އަދި ލޯތްބާއެކު ރުއާނާގެ ދެއަތުގައި ހިފަހައްޓާލަމުން، އެ ފުން ދެލޮލަށް ބަލައިލިއެވެ.
“ބޭބީ، އަބަދުވެސް މިގޮތުގަ ހުންނާނަން.. ނޭނގޭ ރުއާ ނުފެނި އެއް މިނެޓު ހޭދަވިއަސް އެވާގޮތެއް.. ހީވަނީ ނޭވާ ހާސްވާހެން، އަހަންނަށް ހަމަ ނޭވާ ލެވެނީ މި ލޯބި ލޯބި މޫނު ފެނުނީމަ” ރުއާނާގެ މޫނުގެ ދެފަރާތުން ލިއަމް އަތްއަޅުވާލިއެވެ.
“އެންމެ ފުރަތަމަ ބަހުގެ ތެރެއިން ފެނުން ވަގުތު ވެސް ހިތް ބުނި މިއޭ އެކުއްޖަކީ.. އޭގެ ފަހުން ހޮސްޕިޓަލުން ބައްދަލުވި ކޮންމެ ފަހަރަކު މިނޫން ކުއްޖަކަށް ނުބެލޭ.. ހިނިވެސް އައި އެކަމަކު ރުއާ ނުލިބިދާނެކަމުގެ ބިރު ހިތުގަ އުފެދުނު ދުވަހެއް ވެސް ދިޔަ.. މިބުނީ މިގެއަށް އައި ފަސްޓް ޑޭ.. މަ ނިދާފަ އޮތް ކަމަށް ހަދާފަ ބުނީމެންނު އަންކަލް ބާވެއޭ ކިޔަންވީ؟ ހާދަ ހިންޏެއް އައޭ” ލިއަމް ބުނެލި ވާހަކައަކުން ރޮވެމުން ދިޔައިރުވެސް ރުއާނާއަށް ހެވޭ ގޮތްވިއެވެ. ލަދުވެސް ގަތްވަރުން ދެނޭ ކިޔާ އޭނާގެ މޭގައި ދެއަތުން ތަޅައިގަތެވެ.
“ކީއްވެ ނުލިބޭނެއޭ ހީވީ؟”
“ހީވާނެ ދޯ، އަންކަލްއޭ ވިއްޔަ ބުނީ.. އެންމެ ފަސް އަހަރުގެ ގެޕެއް ވިއްޔަ މި އިނީ ދެމީހުންގެ. އެވަރުން ވެސް ރުއާ އަށް އެނގުނީ މަށާއި ދިމާލަށް އަންކަލް ކިޔަން.. ޕިސް، މަ ދެކެން އޭޖް ގެޕް ފަނަރައިގަ އުޅޭ މީހުން ވެސް.. މިސާލަކަށް އަހަރެންގެ ޕޭރެންޓްސް ވެސް އިންނާނެ އެގާރަ އަހަރުގެ ތަފާތެއް.. ރުއާ އެދުވަހު އަހަރެން މުޅިން ނަފްސާނީ ކޮށްލި.. ހީވި މިކުއްޖާ ދެން ނުލިބޭނެ ކަންނޭގެ..” ލިއަމް ވާހަކަ ދެއްކިގޮތުން ހިނި އައި ވަރުން ނުހިފެހެއްޓެން ރުއާނާ ހީގަތެވެ.
“ހަހަހަ، ދެން ލިއަމްއަށް އެނގޭތަ ބިރުގަންނަން ވެސް؟ އަދި އަހަރެންނަށް އެހެން ބުނެވިގެން ގޮސް އެޑީ ކައިރީގަ ވެސް ކިޔައިފިއޭ.. އަދި މިއުޅެނީ އޭގެ ރިވެންޖް ވެސް ނުނަގާ..”ރުއާނާ ލޯ އަޅާލިއެވެ. ހިނިގަނޑެއް ޖަހާލަމުން ރުއާނާގެ ކޯތާފަތުގައި ލިއަމް ނުހަނު ލޯބިން ބޮސްދިނެވެ.
“ދެން ބުނެބަލަ އަހަންނާއި އިންނާނަން ތަ؟ ސޭ ޔެސް”
“ޔެސް ޔެސް ޔެސް، ” ކުޑަގޮތަކަށް ކޮރާލުމަށްފަހު ލިއަމްގެ ކޮލުގައި ބޮސްދީފައި ރުއާނާ ޖަވާބު އިއްވާލިއެވެ. ލިބުނު ހިތްހަމަޖެހުމުގައި އަތުގައި އިން ކުޑަފޮށި ހުޅުވާލާފައި އެތެރޭގައި އިން ހިމަ އަނގޮޓި ނެގިއެވެ. އޭގެ ވަށައިގެން ކުދި ކުދި އަލިމަސް ހުރުމުން ނުހަނު ފުރިހަމައެވެ. ރުއާނާގެ އަތުގައި ހިފާލަމުން އަނގޮއްޓި އަޅުވާލީ ކުރިން އަޅުވާފައިވާ އަނގޮއްޓީގެ މަތީގައެވެ. އެހިނދު އިހުނަށްވުރެން ވުރެން ފުރިހަމަވިއެވެ. ރުއާނާގެ ގައިގާ ބައްދާލައިގެން ހުރުމަށްފަހު ލިއަމް ދުރުވެލިއެވެ.
”އަނަދަރ ސަޕްރާއިޒް” ލިއަމް ބުނެލިއެވެ. ހީލައިގެން ރުއާނާ ނިތައް އަރުވާލުމުން، ދެކޮނޑުގައި ހިފާ ލިއަމް އަނބުރާލީ ފަހަތަށެވެ. އެހިނދު ބެލްކޮނީގެ، އެމީހުން ތިބި ފަރާތް ނޫން އަނެއް ފަރާތް ފެނި އަނެއްކާވެސް ރުއާނާގެ ދެލޯ ބޮޑުވިއެވެ. ބެލްކަނީގެ އަނެއް ފަރާތުން ފެނުނު މަންޒަރާއެކު ރުއާނާގެ ދެލޯ އަނެއްކާވެސް ބޮޑުވެގެން ދިޔައެވެ. ފުޅާ ސޯފާގެ މަތީގައި ހުދުކުލައިގެ މަޑު ކުއިލްޓެއް އަޅާފައިވާއިރު، އެތައް ބައިވަރު ކުޝަންތަކަކުން ސޯފާ ވަނީ ފަޅުފިލުވާލާފައެވެ. ސޯފާގެ މެދުގައި ހުރި ކުޑަ މޭޒުމަތީގައި، ތަފާތު ބާވަތްތަކުގެ މީރު ކާތަކެތި ތަރުތީބުކޮށްލެވިފައިވެއެވެ. އެ ކާތަކެތީގެ ވަސް ވެސް އިޙްސާސްވި ދެނެވެ. ތާޒާ ބެރީތަކާއި، ނަޓްސްއާއި، ޗޮކްލެޓުގެ އިތުރުން ހޫނު ޕިއްޒާގެ މީރުވަސް މުޅި ފަޒާގެ ތެރޭގައި ހިފާލާފައިވެއެވެ. ރުއާނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ، ސޯފާގެ ކުރިމަތީގައިވާ ފާރަށް އަމާޒުކޮށްފައިވާ ޕްރޮޖެކްޓަރު ފެނުމުންނެވެ. އޭނާއަށް އުފަލުން ފޮޅިފައި ހުރެ ދުވެލާފައި އެ ދިމާލަށް ދެވުނެވެ.
“ލިއަމްމް.. ވަ..ވަޓް އިޒް ދި-” އޭނާއަށް ހުރެވުނީ އަނގަމަތީގައި އަތްއަޅާލައިގެން، ފެންނަމުންދިޔަ ހުވަފެނީ މަންޒަރަށް ގެއްލިފައެވެ. މިއަދު ލިއަމްގެ ފަރާތުން އޭނާއަށް ލިބެމުންދަނީ ނިމުމެއްނެތް އުފާވެރި ސަޕްރައިޒްތަކެވެ.
ލިއަމް ލޯބިން ފުރިގެންވާ ފަދައަކުން ބުންޏެވެ. އޭނާ ސޯފާގައި އިށީނދެލަމުން، ރުއާނާ ގެނެސް އުނގުމަތީގައި ބޭންދިއެވެ. ރުއާނާ އަދިވެސް އިނީ އެ ހިތްގައިމު މާޙައުލަށް ލޯ ހުއްޓާލައިގެން، ބަސްހުއްޓިފައެވެ. ލިއަމް، އޭނާގެ ހިނިތުންވުން އިތުރަށް ފުޅާކޮށްލަމުން، މޭޒު ގާތްކޮށްލުމަށްފަހު އެމީހުން ބަލަން ތައްޔާރުކޮށްފައިވާ ފިލްމު އަޅުވާލިއެވެ.
****
ބިލާލް ހޯދުމަށް ކުރަމުންދިޔަ ބުރަ މަސައްކަތަށް ހަމަސް ދުވަހުގެ ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް، އުންމީދުގެ ކުޑަވެސް ކޮޅެއް ފެންނާކަށް ނެތެވެ. އޭނާ ވަނީ ދުނިޔޭގެ ލޮލަށް ސިއްރުވެ، އޭނާގެ ވަސްވެސް ނުފޯރާހާ ދުރަށް ގޮސް ފިލާފައެވެ. ބިލާލް އޭނާގެ ފިޔަވަޅުތަކުގެ ނިޝާންތައް ފޮރުވާލާފައިވަނީ ނުހަނު ކުޅަދާނަކަމާއެކުގައެވެ. އޭނާ ހޯދުމަށްޓަކައި ނުބަލާ އެންމެ ތަނެއް، ނުފުރޮޅާ އެންމެ ގައުކޮޅެއްވެސް ނެތެވެ. ފިލައިގެން ދިއުން އެކަށީގެންވާ ކޮންމެ ހަނި ގޯޅިއަކާއި ކޮންމެ ހިޔާވަހިކަމެއް ވަނީ އެތައް ފަހަރަކު ބަލައި ފާސްކޮށްފައެވެ. ނުވިތާކަށް، މިޙާރު ދިރުމެއް ނެތް ބިމަކަށްވީ ނަމަވެސް ނިއަލްގެ ގަނޑުވަރު ހުރި މައިދާން ފެންނާނެހެން، ދުރުގައި ސިއްރިއްޔާތުގައި ތިބެގެން ޒާހީއާއި މިރެއިލްގެ އައްޒާމްއާއި ޔާސިރްގެ ތޫނުފިލި ފާރަވެރިން ގެންދަނީ ބިލާލްގެ ކުޑަވެސް އިޝާރާތަކަށް ފާރަލަމުންނެވެ. ނަމަވެސް، އެ ހުރިހާ މަސައްކަތެއް ވަނީ ފޫނެތް ފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ.
އާދުވަހަކަށް މަރްހަބާ ކީ އިރު އިޒާންއާއި އަލާނިއަލް އަދި ޔަޒަކް ތިބީ ޒާހީގެ ގަނޑުވަރުގައެވެ. ޒާހީގެ ދައުވަތައް ޔާސިރްއާއި އައްޒާމްގެ އިތުރުން މިރެއިލް އައިސް ތިއްބެވެ. ހުރިހާ ބޮޑެތި މީހުންގެ ގާތުގައި ލޫކް އާއި އަޒްލާން ތިބިއިރު ދިޔައީ، އެމީހުން ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑުއަހަމުންނެވެ.
“މުޅި ޒިއުރިކް ބަލައި ފާސްކޮށްފިން. އޭނާގެ ހިލަމެއް، ފެންނާކަށް ނެތް. މި ސިޓީން ނުފެނުނަސް، ގައުމުގެ އެހެން ކަންކޮޅަކުން ނަމަވެސް އޭނާ ފެނިދާނެ ކަމުގެ އުންމީދުގައި އަހަރެމެންގެ އެތައް ފާރަވެރިންނެއް ރޭދުވާ ހަތަރުދަމު އެބަ ހަރަކާތްތެރިވޭ. މި ހާސްކަމެއްގައި ހަމަސް ދުވަސް ފާއިތުވެގެން މިދިޔައީ،” އިޒާންގެ އަޑުގައިވަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. އެންމެންގެ ހިތުގައިވެސް އޮތީ އެއް ސުވާލެކެވެ. ބިލާލް ފިލައިގެން އެއުޅެނީ ކޮންތާކު ބާވައެވެ؟
“އެދުވަހު ހަނގުރާމައަށްފަހު އަހަރެން ހެދީމެންނު ވަގުތީ ސީލްއެއް.. އަދިވެސް އޭގެ ބާރު ނުކެނޑި ވަރުގަދައަށް މަސައްކަތް ކުރޭ.. އޭގެ ބާރުން، ހަމަ ގައިމުވެސް އޭނާ މިތާގަ ހުރިއްޔާ މިތަނުން ބޭރެއް ނުވެވޭނެ.. އަދި ސްވިޓްޒަރލޭންޑުގަ ހުރި ނަމަ އެތަނުން ބޭރެއް ވެސް ނުވެވޭނެ.. އޭނާ އެހުރިތާކު ހުންނަން ޖެހޭނީ” މިރެއިލް ވާހަކަ ދެއްކިއެވެ. އޭނާގެ ޥާހަކަތަކައް އިޒާން ބޯޖަހައިލިއެވެ.
“އެބައޮތް ހިޔާލެއް..” އަލާނިއަލްގެ ސިކުނޑިއަށް އައި ހިޔާލަކުން ބުނެލިއެވެ. އެހެން މީހުން ކޮން ހިޔާލެއްތޯ ސުވާލު ކުރަންފެށުމުން އަލާނިއަލް ޥާހަކަ ދެއްކިއެވެ.
“ކޮންމެވެސް އެއްތާކުން ބިލާލްގެ ކުޑަ ނަމަވެސް އިޝާރާތެއް ވަންދެން ސީލް އިތުރަށް ވަރުގަދަ ކުރަން ކިހިނެތް ވާނީ؟.. މިހާރު އެއޮތީ ވަގުތީ ގޮތުން ކޮށްފަ އޮތް ކަމެއް.. ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަން ހޯދަން މިހާރު އޮތް ހަމައެކަނި ގޮތަކީ އެއީ.. އެއްވެސް ތާކުން ބިލާލްގެ ހިލަމެއް ނުވި.. އޭނާގެ ގެ އަޅުންގެ ތެރެއިން ހަނގުރާމަ ދޫކޮށްލާފަ ފިލައިގެން ދިޔަ މަދުމީހުންކޮޅުގެ ހިލަން ވެސް ނުވި.. ސީލް ވަރުގަދަ ކޮށްގެން ހަމަ ތިބޭނީ މިކަމަށް ފާރަވެރިވެގެން.. އޭރުން އޭނާގެ ހަބަރެއް ވީމަ އެނގޭނެ” އަލާނިއަލްގެ ވާޙަކަ ނިންމާލުމަށްފަހު ފަހަރަކު މީހަކު މޫނަށް ބަލައިލިއެވެ. އެވާހަކައިން އެތަނުގައި ތިބި އެންމެން ހިމޭންކަން އިޙްތިޔާރުކުރިއެވެ. ހީވީ އެއީ ރަނގަޅު ހިޔާލަކަށް ވެދާނެ ކަމާއި މެދު ވިސްނަމުން ދިޔަހެންނެވެ. އެކިމީހުންގެ މޫނުން ފެނިގެންދަނީ އެކިކުލައެވެ.
“މްމްމް، އަހަންނަށް ވެސް ހީވަނީ ތިއީ ކަންނޭގެ މިވަގުތައް ފެންނަ އެންމެ ރަނގަޅު ހައްލަކީ.. އޭރުން އަލާނިއަލް އެބުނިހެން ކޮންމެ ތާކުން ވެސް ބިލާލްގެ ހަބަރެއް ވެއްޖެނަމަ އެނގޭނެ.. އަހަރެމެންގެ އިތުރު މީހުން ފާރައަށް ބަހައްޓާނީ މިތާގަ ވެސް އަދި ސްވިޓްޒާރލޭންޑްގަ ވެސް.. އެ ސީލް ވަރުގަދަ ކުރެވޭނީ މާއިސްއަށް ނޫނީ މިރެއިލްއަށް.. “އަލާނިއަލްގެ ވާހަކައަށް ތާއީދުކުރަމުން ޔަޒަކް ބުނެލިއެވެ. ބާކީ ތިބި އެންމެންނަށް ވެސް އެހިޔާލަށް ތާއީދުކޮށް އެކަމުގައި އެމީހުންގެ ހިޔާލްތައް ހުރިގޮތްވެސް ހުށައެޅިއެވެ. އަދި އެކަން ވީހާވެސް އަވަހަކަށް ކުރަން ނިންމިއެވެ.
****
ދިމާވީ ހާދިސާއަށްފަހު އެނބުރި ހޮސްޕިޓަލަށް މަސައްކަތައް އެ ނުކުމެވެނީ ބަރާބަރު ހަމަސް ފާއިތުވެގެން ދިޔަފަހުންނެވެ. ލިބިފައިވާ އަނިޔާތައް ވަނީ ފަސޭހަވެފައެވެ. ބިނދުނު އަތުން ހަރަކާތްކޮށް ހަދާކަށް މިހާރު އެއްވެސް އުނދަގުލެއް ނޫނެވެ. ކަޅުކުލައިގެ ގަމީސްކޮޅާއި އަޅިކުލައިގެ ހައިވެއިސްޓުގައި ރުއާނާ ނުހަނު ފުރިހަމައެވެ. ފެންނަނީ ނުހަނު ޝަޚުޞިއްޔަތު ވަރުގަދަ، ހިތްގައިމު ގޮތަކަށެވެ. ފަން އިސްތަށިގަނޑުގައި އޮތީ ދޫ ހުޅިއެއް ޖަހާލާފައެވެ. ކުދިކުދި އިސްތަށިކޮޅުތައް ކޯތާފަތުގައި ބީހެމުންދިޔައެވެ. ރަތް ތުންފަތުގައި ވަނީ ލިޕްގުލޮސް އަކުން ފަވާލާފައިއެވެ. ކޮޓަރިން ނުކުތްއިރު ފުރަތަމަ ވެސް ބައްދަލްވީ ހޫރައިންއާއިއެވެ.
“އާއްޗާ މަންމަގެ ދަރިފުޅު ހާދަ ލޯބިއޭ.. މާޝާﷲ…” ކާކޮޓަރީގެ ދޮރުގައި ލެނގިލަމުން ހޫރައިން އިއްވާލިއެވެ. ހޫރައިން ހީލައިގެން ހުރިގޮތުން ރުއާނާއަށް ވެސް ހެވުނެވެ.
“ދެން މަންމަ ވެސް ދޯ.. ”
“އަހަހަ، ދަރިފުޅާ ސައިބޮއިގެން ދާންވާނީ.. މިއަދު މަންމަ ޓޯސްޓު ހެދީ.. ބައްޕަވެސް އެބައިން ސައިބޯން” ހޫރައިން ބުންޏެވެ. ކާކޮޓަރީގެ ތެރެއިން ރާބިއު ގޮވާލި އަޑުވެސް އިވުނީ އެވަގުތެވެ.
“މަންމާ ވަރަށް ބޮޑަށް ސޮރީ އެނގޭ.. މިއަދު ފްރެންޑްސް ބުނެފަ އޮތީ ބްރޭކްފާސްޓްއަކަށް ދާން..ރުއާ އެހާ ދުވަސް ފަހުން އަލުން ވޯކްއަށް ނުކުތީމަ ” އަތުކުރީގައި އަޅާލާފައި އޮތް ގަޑިއަށް ރުއާނާ ބުނެލިއެވެ. އެހިނދު ހޫރައިން ހީލާފައި ބޯޖަހައިލިއެވެ.
“މައްސަލައެއް ނެތް… ރަނގަޅައް ކާންވާނެ އެނގޭ.. ބައްޕަ އެބައޮތް ކާރު ދޮވެ ރެޑީ ކޮށްފަ، އެކަމަކު ލޫކް ބަލާ އަންނަ ވާހަކަ ބުނީމަ އަލުން އެއައީ ގަރާޖަށް ލާފަ.. ބަލައިގެން އުޅެއްޗޭ” ރުއާނާގެ ގައިގާ ހޫރައިން ބައްދާލިއެވެ. އޭނާ ހިނިތުންވުމުގައި ހުރެބޯޖަހާލާފައި ގެއިން ނުކުތެވެ. ލިފްޓުން ފައިބައިގެން ނުކުތްއިރު ލޫކްގެ ކާރު ދޮރުމަތީގައި އޮތެވެ. އޭނާ ފެނުމުން ލޫކް ބަރުގޮނު އަޅާލިއެވެ.
” އަދިވެސް ނިދާފަތަ ތިއިނީ؟” ކަންނެތް ފާޑަކަށް ހުންގާނުގައި ލޫކް އޮތީ ބޯއަޅަލައިގެންނެވެ. އެ މަންޒަރު ފެނި ރުއާނާ ދިމާކޮށްލަމުން އަތްދަބަހުން ޖެހުމުން އޭނާ ހިނިގަނޑެއް ޖަހާލުމަށްފަހު ދެފަރާތައް ބޯހޫރުވާލިއެވެ. ލޫކްގެ ހޭޥިފައިފާ އިސްތަށިގަނޑާއި ހިސާބަކަށް ރަތްވެފައިވާ ދެލޯ ފެނިގެން ރުއާނާއަށް ދެލޯ ހަނިކޮށްލެވުނެވެ.
“ކަމެއް ވެފަތަ؟” ރުއާނާއަށް އެހުނެވެ. ބަހެއް ނުބުނެ އޭނާ ބުމަ އަރުވާލީ ކިހިނެތްވީހޭ އަހާފަދަ ގޮތަކަށެވެ.
“މެސީ ހެއަރ.. ރެޑް އައީޒް.. ވަޓްސް ރޯންގް ލޫކީ؟ ކަމެއް ވެފަތަ؟ ކަމެއް ހިނގީތަ؟ މީހަކު އެއްޗެއް ބުނީތަ؟ އަންހެން ކުއްޖެއްގެ ކަމެއްތަ؟” އެތައް ސުވާލެއް އެއްފަހަރާ ކޮށްފައި ރުއާނާ ނިތްއަރުވާލިއެވެ.
“ސެވެން މަންތްސް ވަނީ ރުއާ މަށާއި ތިކަހަލަ ވިއަރޑް ސުވާލު ކުރާތާ؟ ކުޑޫ އެއްޗެއް ކިޔައިގެން ދޯ ތިއުޅެނީ؟” މިފަހަރު ދެލޯ ހަނިކޮށްލީ ލޫކްއެވެ. ރުއާނާ ޖަހައިލީ ހިނިގަނޑެކެވެ.
“ހަހަހަ.. އާންން، ދެން ބަސްޓު ވީމަ ނޫޅެން ނުބުނާކަށް.. ޔީލް ބުނީމަ އެންނޫން ވަކި، މަށެއް އެބަފެނޭ ދާނިޔާ އައި ފަހުން ލޫކްއަށް އައި ޗޭންޖެސްތައް.. އޭނާ އައި ދުވަހުން ސުރެން މިއޮތް ސަކަރާތް ޖަހާ ލޫކް ޓާންޑް މަންމަނަކަށް.. މީ ދޮގެއްތަ ލޫކީ؟ ކޮބާތަ ނާނީ؟ މިހާރު ވީކް އެއް ވެއްޖެ ނުފެންނަނީ” ރުއާނާ ވާހަކަ ދެއްކިއެވެ.
” ޝީ ލެފްޓް..”
“ކޮންތާކަށް؟”
“ކެނެޑާއަށް” ލޫކްގެ ކޮންމެ ޖަވާބެއް ވެސް އެހާ ކުރެވެ. ނަމަވެސް އޭނާގެ ލޮލުން ހީވަނީ އެތައް އަސަރެއް މައްސުނިވެގެން ކަރުނައިގެ ސިފައިގާ ފައިބަން ތައްޔާރު ވެފައިވާހެންނެވެ. ލޫކް އެހާ ބޮޑަށް މާޔޫސް ވެފައިވާ މަންޒަރު މިއިން ދުވަހަކުވެސް ރުއާނާ ނުދެކެވެ. ރުއާނާގެ މަޖާ މޫޑު ވަގުތުން ބަދަލުވެގެން ދިޔައެވެ. ލޫކްގެ އުނަގަނޑުގައި ޖަހާލަމުން ރަނގަޅުތޯ ސުވާލު ކޮށްލެވުނެވެ. އަނގައިން ބަހެއް ނުބުނެ، ޖަވާބު ދިނުމުގެ ގޮތުން ބޯޖަހައިލިއެވެ. އެ ކަރުނަތައް ދިރުވާލުމުގެ ނިޔަތުގައި، ހިންދިރުވާލީވެސް އެތައް ހާސް ވޭނެއް ދިރުވާލަމުން ކަހަލައެވެ. ކާރު ދުއްވާލަމުން އެ މޫނުމަތިން ދައްކާލި މަސްނޫއީ ހިނިތުންވުން ނަގައިގަންނަން ރުއާނާއަކަށް މާ އުނދަގުލެއް ނުވިއެވެ.
“ލޫކް، ޑޯންޓް ސްމައިލް! ޖަސްޓް ޑޯންޓު! ކެން ޔޫ ޓޯކް ޓު މީ.. ޕްލީޒް؟” ރުއާނާ ޥާހަކަ ދެއްކިއެވެ. ލޫކްގެ ތުންފަތުގައި އަނެއްކާ ވެސް ދުވެލީ ހިތިހިނިތުންވުމެކެވެ. އޭނާގެ އަތުގައި ރުއާނާ ވިކައިގަތެވެ.
“އައުޗް ރުއާ!”
“ކޮން ތަދެއް ވާކަށްތަ! އަޅެ ޝެއަރ ކޮށްބަލަ ހެއޮނުވާނެ! އަހަރެމެން ވެސް ކަމެއް ވާއިރަށް އައިސް މިކިޔަނީ ލޫކް ކައިރީގަ، އެކަމަކު ލޫކް ތިއުޅެނީ ހުރިހާ ކަމެއް ފޮރުވައިގެން! ދެން އަހަރެމެން އެހާ ބޭކާރުވީތަ؟ އީތަން ވެސް ކަންބޮޑުވެގެން ދައްކައިފި އެވާހަކަ.” ރުއާނާގެ އަޑުގައިވެސް ހުރީ ކަންބޮޑުވުމެވެ. މަޖުބޫރުކޮށްގެން ވެސް، ލޫކް އެ ސިއްރުކުރާ ކަމެއް ހޯދަން ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.
“ދެން ނޫން ރުއާ، ބޭކާރެއް ނުވާނެއްނު.. މިދުވަސްކޮލު މޫޑީ ވެފަ ހުންނާތީ އެހެން އެހީވަނީ”
“މޫޑީ ވާން ޖެހުނު ސަބަބެއް ވެސް އޮންނާނެއޭ ލޫކް! އެންޑް މޫޑް ދާން މެދުވެރިވީ ނާނީ އައިފަހުން ކަން އަހަންނަށް އެނގޭ، އެހެންވީމަ ޕްލީޒް ލެޓް މީ ހެލްޕް ޔޫ.. އަހަރެންގެ އެއްވެސް ބެސްޓް ފްރެންޑެއް ސިންގަލް ކޮން ހުންނާކަށް ބޭނުމެއް ނޫން.. ބަލާ މައި އިޒީ އެންޑް މައި އީތަން.. މާޝާﷲ.. ދެން ލޫކް އެކަންޏޭ ބާކީ ހުރީ” ރުއާނާ ވާހަކަ ދެއްކިއެވެ. އޭނާ ކިޔަމުން ދިޔަ އެއްޗިހިނުން ލޫކް ހުރީ ހިނިއަންނަގޮތްވެފައެވެ. ދެފަރާތައް ބޯހޫރުވާލެވުނީ ރުއާނާ ބޭނުންވާ ޖަވާބުތައް ނުލިބެނީސް ނުހުއްޓާނެކަން ލޫކްއަށް ޔަގީންވީމައެވެ.
“މަށައް އެނގޭ ރުއާ ނުހުއްޓާނެކަން.. މްމްމް، ދާނިޔާ އަކީ އަހަރެންގެ ކުލާސް މޭޓެއް.. ކުރީގެ އެނގޭ، މިހާރަކު ނޫން… އޭލެވެލް އަހަރެން ހެދީ ކެނެޑާއިން .. އެތަނުން މަށާއި އޭނާ ކްލޯޒް ވީ.. ވީ ބިކޭމް ބެސްޓީސް.. އޭލެވެލްގެ ލާސްޓު އިޔަރ ފެށުނުތަނާއި އޭނާ ރައްޓެހިވި ބޯއީއަކާ.. އެއީ އޭލެވެލް ފެށި ފުރަތަމަ ދުވަހުން ފެށިގެން އޭނަ ފަހަތުން އަޅައިގަނެގެން އުޅުނު މީހެއް.. ބެސްޓްފްރެންޑެއް ވީމަ އަހަރެން ބުނިން ދުރުވާން އެކަމުން.. ސަބަބަކީ މަށައް އެނގޭ އެއީ ކިހިނެތް އުޅޭ ކާކުކަން.. ރުއާއަށް ނޭނގިދާނެ އެކަމަކު ދޮންބެއާއި އިޒީ ދެން ނީ އަށް އެނގޭނެ އޭނަ.. އިޒީ ބައްޕައާއި އަހަރެންގެ ބައްޕަމެންގެ ފްރެންޑްއެއް އުޅޭނެ ރާހިލް ކިޔާ.. އޭނަގެ ފިރިހެން ދަރި އެއީ.. ޒެހެން ކިޔާނީ… ހަމަ ފައްކާ ޕްލޭ ބޯއީއެއް އެއީ.. އެހެންވެ ބުނީ ދުރުވާން.. އެކަމަކު އެކަމެއް ނުވި.. ހައްތަހާ ކުލޯޒް ވީ.. އަނެއްކޮޅުން އަހަންނާއި އޮތް ގުޅުން ހަމަ ވަރަށް ބޮޑަށް ހީނަރުވި.. އެހެން އުޅެނިކޮން ދާނިޔާއަށް އެނގުނު ޒެހެން އާއި އަންހެންކުދިންގެ އެއޮންނަ ރިލޭޝަން.. އެކަމަކު ވާ ލޯބިން ދުރެއް ނުވެވުނު ދާނިޔާއަކަށް.. ދެން ދެރަވާ ކޮންމެ ފަހަރަކު މަ ކައިރިއަށް އަންނަނީ.. އެހާ ރޯންވެސް ރޯނެ.. ދެން ވަރަށް ބައިވަރު ކަންކަންވި، އެންމެ ފަހުން އޭނަ އަހަންނާއި ދުރަށް ދިޔައީ.. ކުރުކޮން ފޮނިކޮން ބުނަންޏާ ގުޅުން ކަނޑާލީ” ލޫކް ކިޔައިދިނެވެ. ކިތަންމެ ހަމަޖެހިލާފައި ލޫކް ވާހަކަ ދެއްކި ނަމަވެސް އެއީ ދައްކަން ކިޙާ އުނދަގޫ ވާހަކަތަކެއްކަން އަޑުން ވެސް އެނގެއެވެ.
“ވަޓް؟” ރުއާނާއަށް ބޭއިޙްތިޔާރުގައި ބުނެވުނެވެ. ލޫކް ބޯޖަހައިލިއެވެ. ރުއާނާ އިތުރަށް އެނގެން ބޭނުންވެގެން އެހިއެވެ. ނަމަވެސް ލޫކް ދެފަރާތައް ބޯހުރުވާލީ ‘މިވަރުވެސް ފުދޭ ނޫން’ހޭ ބުނަމުންނެވެ. އެންމެ ފަހުން ބޯޖަހައިލިއެވެ. ލޫކް އަޑުވީއްލާ ނުރޮއުނު ނަމަވެސް ދެރަވެފައިވާކަން އޭނާއަށް އިޙްސާސްވެއެވެ. އެކަމާއި ވިސްނާލެވުނެވެ.
“ލޫކް، ދޮގު ނުހަދާ ތެދައް ބުނޭ، ނާނީދެކެ ލޯބިވޭ ދޯ؟”ރުއާނާގެ އެ ކުއްލި ސުވާލުން ސިހުނުވަރުން ލޫކްއަށް ކާރުގެ ބުރޭކި ޖައްސާލެވުނެވެ. ނަސީބަކުން ކާރު ހުއްޓުނީ މަގުގެ އެއްފަރާތަކަށެވެ. ދެލޯ ބޮޑުކޮށްގެން އިނދެ ރުއާނާގެ މޫނަށް އޭނާ ބަލައިލީ ބިރެއް ފެނިގެން ބަލާ ހެންނެވެ. ރުއާނާ ހެވިފައި އިނދެ ނިތް އަރުވާލިއެވެ.
“އޯކޭ މިވަގުތު އަނގަބަހުން ޖަވާބު ނުދިނަސް، ތި ދެލޮލަށް ބަލާލީމަ އެކަނިވެސް ޖަވާބު ލިބިއްޖެ.. މޫނާއި ލޮލާއި ބޯ ރީތިކޮށްލައިގެން އާދޭ އިނގޭ، ނޫނީ އެމީހުން ސުވާލު ކުރާނެ..”
“ރުއާ، ވެއިޓް..އޭ-” ލޫކްއަށް ވާހަކަ ދައްކަން އުޅުމުން ފުރުސަތެއް ނުދީ ރުއާނާ ކާރުން ފައިބައިފިއެވެ.
ދޮރު ލައްޕާލި އިރުވެސް ލޫކް ބަލަހައްޓައިގެން އިންގޮތުން ހީ ނުގަނެވުނީ ކިރިއާއެވެ. ނަސީބު ރަނގަޅުކަމުން ކާރު ހުއްޓިފައި އޮތީ ހޮސްޕިޓަލާއި ނުހަނު ކައިރިއަށެވެ. އިމާރާތުގެ ތެރެއަށް ވަދެ ލިފްޓަށް އެރި އިރުވެސް، ލޫކުގެ މޫނުމަތި ސިފަވެގެންދާ ކޮންމެ ސިކުންތަކު ރުއާނާއަށް ހެވެއެވެ. ނަމަވެސް ލޫކުގެ ހާލަތު އެނގުމުން އިންތިހާއަށް ދެރަވެސްވިއެވެ. އީތަންއާއި އިޒްވާ ފެނުމުން އެވާހަކަ ހިއްސާކުރަން ހުރެވުނީ ކެތްމަދުވެފައެވެ. ނުވިސްނާ ހުރެ ލިފްޓުގެ ތެރެއަށް ވަދެގެން ދިޔަ ހިނދު ރުއާނާއަށް ހުއްޓެވުނީ ކޮންމެވެސް މީހެއްގެ ގައިގާ ލައިގަނެގެންނެވެ. ދުރުވެލާފައި ބަލައިލި އިރު އެއްމިޔަކަނުން ހީލައިގެން އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރީ ލިއަމްއެވެ. މޫނަށް ފެނިލީ ލަދުރަކިކަމެވެ. އެހާ ހެނދުނާއިވެސް އެ މޫނުމަތީގައި ހުރީ ތާޒާކަމެވެ. ކަޅުކުލައިގެ ގަމީސް، ކަޅުކުލައިގެ ފަޓުލޫނުގެ ދަށަށް ޖަހާފައި ހުރިއިރު ހިމަ ދިގު ޓައީއެއް ކަރުގައި އޮތެވެ. އަތުގެ މުލައްދަނޑިއާއި ގަމީހުގެ އަތުކުރި އޮޅާލާފައި އޮތް އިރު މުލައްދަނޑީގެ ވަރުގަދަކަން ފެނެއެވެ. ލިއަމްގެ މޫނަށް ރުއާނާއަށް ބަލަން ހުރެވުނީއެވެ.
“އެހެމް އެހެމް، އަހަރެމެން އެބަ ތިބި” އެމޫނުން ރުއާނާ ނަޒަރު ވަކިކޮށްލީ ކީވާންގެ އަޑަށެވެ. ބަލައިލި އިރު އަދްރެކް އާއި އީތަން އާއި އިޒްވާ ވެސް ހުއްޓެވެ. އެމީހުންގެ މޫނުމަތިން ފެނިގެންދަނީ ލާނެތްކަމެވެ. ރުއާނާހިތައް އެރީ މާޒީގެ ދުވަހެކެވެ. އޭނާއާއި ލިއަމް ދިމާވި ދުވަސްކޮޅެވެ. އެއްދުވަހު މިގޮތައް ހަމަ ލިފްޓު ތެރޭގައި ތިބެވުނު ހަނދާންވެގެން ހިނިއައެވެ.
“ރުއާ، އައި މީން ފަހަރި.. އީތަން، އަހަރެން ކީކޭ ކިއްޔާތަ ރީތިވާނީ؟ ބެސްޓީއޭ ކިޔާފަ މިހާރު ގޮވިއްޔާ އެހާ އެއްނޫން ދޯ؟” އިޒްވާ ވާހަކަ ދެއްކިއެވެ. އެއާއި އެކު އެހެން މީހުންގެ ހުނުމުގެ އަޑު އިވުނެވެ. ނުވަމަހުގެ ބަނޑާއި އެކު އިޒްވާ ފެންނަނީ ނުހަނު ލޯބިކޮންނެވެ. ކުރިއަށް ވުރެން ފަލަވެފައި ދެކޯވެސް އިންނަނީ ނުހަނު ފުށްކޮންނެވެ. ނުވަމަސް ނަމަވެސް ގޭގައި މަޑުކުރާކަށް އިޒްވާ ބޭނުމެއް ނުވެއެވެ. އޭނާގެ ބަހަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރާއިރު ވިހަން ކައިރިވީމަ ޗުއްޓީ ނެގުމަކީ މޮޔަކަމެކެވެ. އިޒްވާ މަސައްކަތްކުރަން ނުގަބޫލްވެ، އީތަން އެވާހަކަ ފެށުމުން ބަނޑުގައި ރިއްސައިގަތީމާ ވިހަން ވަންނަން ޖެހޭނީ ވެސް ހޮސްޕިޓަލަށްތާއޭ ބުނެ ނިންމާލަނީއެވެ. މިދުވަސްކޮޅު އިޒްވާ ހަމައެކަނި ބަލިމީހުން ބަލަނީއެވެ. ސާޖަރީތައް ނަހަދައެވެ. އީތަންވެސް އެހާ ވަރަކުން އިޒްވާ މަސައްކަތައް ނުކުތުން ނުހުއްޓުވީ އެހެންވެއެވެ. އޭނާވެސް ގިނަވަގުތު ހޭދަކުރަނީ އިޒްވާގެ ގާތުގައެވެ.
“ދޮންބެދައްތަ” އިޒްވާއަށް ޖަވާބު ދިނީ އަދްރެކް އެވެ. އެއާއި އެކު އަނެއްކާ ވެސް ޖަހައިލީ ހިނިގަނޑެކެވެ.
“ކިހިނެތް ވާނީ، ސާޓިފައިޑް ބްރަދަރ ކިޑްނެޕަރ” ލިއަމްގެ ޖަވާބު އަހާފައި ރުއާނާ އަނގަހުޅުވުނެވެ. އޭރު އެހެން މީހުން ތިބީ ހެމުން ގޮސް ބަނޑުގައި ރިއްސައިގަނެފައެވެ.
“އަހަންނެއް ނޫން އިނގޭ ކިޑްނެޕް ކޮށްގެން އަނދިރި ބިންގަރަހާކަށް ގެންދިޔައީއެއް..ޔޫ ކޭމް ޓު މީ ފަސްޓް” ރުއާނާ ހުރީ ލޯ އަޅާލައިގެންނެވެ.
“އޮހް ރިއަލީ، އެކަމަކު ހާދަ ހީނުވެއޭ.. އޭ ލިއަމްއޭ ، އަހަރެން ތިގެއަށް ގެންދާށޭ.. އެހެންނެއް ނޫންތަ ބުނީ؟”ރުއާނާއަށް އެއްލޯ މަރާލަމުން ލިއަމް އަނެއްކާ ވެސް ބުނެލީ ސަކަގޮތަކަށެވެ.
“ބަލާ އަނެއް ކަންތައް އަހަރެންގެ ބޮލުގަ އެޅުވީއޭ.. މިހާރު ކިތައް ކަންތައް އެވީ.. އަދިވެސް މަމިއުޅެނީ ރިވެންޖު ނުނަގާ..ހުރެބަލަ ނިކަން، ތިމީހުންނަށް އެނގޭތަ ލިއަމްގެ ވަރަށް ހޮޓް ޕިކް އެއް އެބައިން އަހަރެންގެ އަތުގަ.. ” ރުއާނާ ލޯ އަލާލައިގެން ހުރެ ލިއަމްއާއި ދިމާލަށް ދޫ ނެރެލިއެވެ. އެއީ ކޮންފޮޓޯއެއްގެ ވާހަކަ ކަން އެނގުމުން ލިއަމް ދެފަޜާތައް ބޯހޫރުވަމުން ދިޔައީ ނުދައްކާށޭ ބުނެފައެވެ. ނަމަވެސް އޭނާ އެހެން ބުނި ހިސާބުން އަދްރެކްއާއި ޝާއިން އަދި ކީވަން ނުހުއްޓާ އަހަމުން ދިޔައީ އެއީ ކޮންފޮޓޯއެއްތޯއެވެ.
“ތި މީހުން ދިޔައީ މެންނު ކޮމްބޯ ސެޓް ގަންނަން ބޭސް ފިހާރައަށް.. އެއްބަޔަކު ބޭރުގަ ތިބެފަ ލިއަމްއޭނު ވަނީ އެތެރެއަށް، ހަނދާން ވޭތަ؟” ރުއާނާ ބުނެލި އެއްޗަކުން އިޒްވާ ނޫން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ވެއިޓް، ކޯއްޗެއް؟ ތިމީހުން ތި ދައްކަނީ ކޮންވާހަކައެއް؟ އަޅެ އަހަންނަށް ކިޔައިދީބަލަ” އިޒްވާ އުޅެނީ އެމީހުން ހޭ ވަރުން ވާނުވާ ނޭނގިގެންނެވެ. ލިއަމްއަށް ވެފައި ހުރިގޮތުން ރުއާނާ ވެސް ހެނީއެވެ. ލިފްޓު ހުއްޓުމާއި އެކު އެންމެން ފޭބިއެވެ.
“ދައްކާ ދައްކާ!” ކީވާން އާއި އަދްރެކް އުޅެނީ ރުއާނާގެ ފޯނު ބެލުމައިގެންނެވެ.
“މައްސަލަ އެއް ނެތޭ.. އަހަންނަށް ވެސް ދުވަހެއް އަންނާނެ އެންނު”
“ކިތައް ދުވަސް އައިސްފި ލިއަމްއަށް، މިއަދު މިއީ އަހަރެންގެ ދުވަސް”ލިއަމް ހީހީފައި ބުނެލި ރާގުގައި ރުއާނާ ވެސް ބުންޏެވެ. އޭރު ލޫކް ވެސް އަންނަ ތަން ފެނުނެވެ. ކުރިއަށް ވުރެން އޭނާ ހަމަޖެހިފައި ހުއްޓާ ފެނުމުން ރުއާނާ ހިތްހަމަޖެހުނެވެ.
“ކުކުޅު ކޮއްޓަށް ދަނޑި ބާނައިގަތީ ކާކު؟” ކީވާންއާއި އަދްރެކް އުޅެމުން ދިޔަ ގޮތުން ލޫކްއަށް ވެސް ހެވުނެވެ.
ދެމީހުންގެ ބާރު ހިނިގަނޑުގެ އަޑު މުޅި އެ ފަންގިފިލާގައި ގުގުމާލީ ރުއާނާ ފޯނުން ދެއްކި ފޮޓޯއާއި ހިސާބުންނެވެ. ހެމުން ހެމުން ގޮސް ހުރީ ލޮލުން ފެން އައިހެވެ. އެފޮޓޯގައިވަނީ ކައުންޓަރު މަތީގައި ހުރި ފޮށިތަކާއި އެކު ލަދުން ވިރޭވަރުވެފައި ހުރި ލިއަމްއެވެ. ފޮޓޯ ބެލުމަށްޓަކައި ދެންތިބި މީހުންވެސް ކައިރިވިއެވެ.
“މި ފޮޓޯ މަ ބޭނުން.. ދެން އަހަރެން އަބަދު ބަލާނީ މިއަށް.. ފޯނުގެ ވޯލްޕޭޕަރ ވެސް ބަދަލުކުރާނަން” ކީވާން ހުނުން ހުއްޓާކަށް ނޫޅުނެވެ. އޭނާގެ ފޯނަށް ފޮޓޯ ފޮނުވާލަން އުޅެންފެށުމުން ލިއަމް ކައިރިވެފައި ފޯނު ޖަހައިގަތެވެ.
އެންމެން އެ ސަކަރާތުގައި އުޅެމުން ދިޔައިރު އިޒްވާއަށް އައި ބަދަލު ފާހަގަ ވާ ގޮތެއް ނުވެއެވެ. ކޮންމެވެސް ވަރެއްގެ އުނދަގޫ ތަކެއް ވަމުން ގޮސް، ބަނޑުގައި ރިއްސައިގަތީ ކުއްލިއަކަށެވެ. ކެތްކޮށްލެވޭތޯ އުޅުނު ނަމަވެސް ރިހުން ބާރުވާން ފެށުމުން އިޒްވާއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ސަކަރާތުގައި ތިބި އެންމެން ހޭވެރިކަން ވެއްޖެއެވެ.
“އިޒީ، ބަނޑުގަ ރިއްސަނީތަ؟” އެންމެންގެ ތެރެއިން އީތަން އައީ ދުވެލާފައެވެ. އޭރު ރުއާނާއާއި ލިއަމްވެސް އިޒްވާގެ ގާތައް އައިސްފިއެވެ. ދެލޮލަށް ޖަމާވެގެން އައި ކަރުނަތަކާއި އެކު އިޒްވާ ބޯޖަހައިލިއެވެ. އީތަން ބަލާކަށް ނުހުރެ އަތްދަނޑިމައްޗަށް ލައިގެން އަލުން ލިފްޓަށް އެރިއެވެ. ފަހަތުން އެހެން މީހުންވެސް އައިސްފިއެވެ. ފަހަރަކަށް ވުރެން ފަހަރަށް ވޭން ގަދަވަމުން ދިޔައިރު ވާތަދަށް ކެތް ނުވެގެން އިޒްވާ އަށް ރޮވެން ފެށުނެވެ. ލިފްޓުން ފޭބުމާއި އެކު ވިއްސާ ބައިގެ އަވަސް ފަރުވާދޭ ކޮޓަރިއަކަށް އިޒްވާ ގޮވައިގެން އީތަން ވަނެވެ. އޭރު ނޭވާއަށް ވެސް އުނދަގޫވަމުން ދިޔައިރު، އެނދުގައި ބޭއްވުމާއި އެކު ތެމޭ ކަހަލަ އިޙުސާސްއެއް ކުރެވުނެވެ.
“ވޯޓަރ ބްރޯކް، ބޭބީ ޔޫ ކޭން ޑޫ ދިޒް” އިޒްވާގެ ބޮލުގައި ފިރުމާލަމުން އީތަން ވާހަކަ ދައްކަމުން ދިޔައެވެ. ޑޮކްޓަރުން ކައިރިވެ އެމީހުންގެ މަސައްކަތް ފެށިއެވެ.
އެތެރޭގައި ހަރަކާތްތެރިވެ އުޅުމަށްފަހު ބޭރަށް ނުކުތީ އާލިއާއެވެ. ވިއްސާ ކޮޓަރިއަށް އިޒްވާ ބަދަލުކުރެވުނު ހަބަރު ދީފައި އަލުން އޭނާ އެތެރެއަށް ވަނެވެ. ލިއަމްގެ އަތުގައި ހިފާލައިގެން ރުއާނާ ވެސް މިސްރާބު ޖެހީ ވިއްސާ ކޮޓަރިއަށެވެ. އެމީހުންގެ ފަހަތުން ކީވާންމެން ވެސް އައެވެ. ބޭރުގައި ބަހައްޓާފައިވާ ގޮނޑިތަކުގައި ދެމީހުން އިށީންދެލިއެވެ.
“އަންނާނަން އެނގޭ ބާސްކެޓް ހިފައިގެން، އިޒީގެ ރޫމްގަ ވެއްޖެ.. އެމީހުން ބުނެފާނެ ކޮންމެ ވަގުތަކުވެސް އެ ދޭން” ރުއާނާ ބުނެލިއެވެ. ލިއަމް ބޯޖަހައިލަމުން އަވަސްވެގަތީ ޒީވާއަށް ގުޅާށެވެ. ޒީވާ ފޯނު ނެގުމުން އިޒްވާގެ ހާލަތު ކިޔައިދިނުމަށްފަހު އަވަހަށް އައުމަށް ބުނެފައި ފޯނުކަނޑަލިއެވެ. ވާނުވާ އަންގާލުމަށް ބުނެފައި ބަލިމީހުން ބެލުމަށް އިންނަ ވަގުތު ޖެހުމުން ޝާއިން އާއި އަދްރެކް ދިޔައެވެ. ކީވާން ނުގޮސް މަޑު ޖައްސާލިއެވެ. މާގިނައިރުތަކެއް ނުވެ ފަހަރަކު މީހަކު ޖަމާވަމުން ގޮސް އާއިލާގެ އެންމެންހެން ޖަމާވެއްޖެއެވެ.
އެންމެންނަށް ވުރެން އިޒާންގެ ހާލަތު ގޯހެވެ. ވިއްސާ ކޮޓަރީގެ ދޮރުމަތީގައި ވިއްސަކަށް ބުރުޖަހައިފިއެވެ. އީތަން ފޯނު ނުނަގާނެކަން އެނގިހުރެ ވެސް އޭނާގެ ފޯނަށް މިހާރު ގުޅި އަދަދެއް ނޭނގެއެވެ.
“އަޅެ މިތާގަ އިށީންނަށް އާދެބަލަ.. އީތަން ކިހިނެތް ފޯނުނަގާނީ މިއޮތްފަދަ ވަގުތު!” އިޒާން އުޅެމުން ދިޔަ ގޮތުން ޒީވާއަށް މަޑަކުން ނީނދެވުނެވެ. އޭނާ ނައުމުން ޒީވާއަށް އެންމެފަހުން ޖެހުނީ ތެދުވެގޮސް އއަތުގައި ހިފައިގެން ގެންނާށެވެ.
”އަލަށް ކާފަ ކިޔާތީވެ ޥާގޮތް ދޮންތާ، ކީއްދޯ ކުރާނީ!”ޔީލާއަށް ވެސް މަޖާވެގެން ބުނެވުނެވެ. އެއާއި އެކު އެންމެންގެ ހުނުމުގެ އަޑުއިވުނެވެ. އެހެން ތިބޭތާ ގަޑިއެއްގެ އިރު ފަހުން އަނެއްކާ ވެސް އާލިއާ ނުކުތެވެ. އޭރު އީތަންގެ އާއިލާވެސް އައިސްފިއެވެ.
“ވިހައިފި، ގާލްއެއް..އަލްހަމްދުލިއްލާހް ދެކުދިން ވެސް ރަނގަޅު..”އާލިއާގެ ޖަޥާބުން އިޒާން ހީވީ އެހުރިހާއިރު ނުލާ ހުރި ނޭވާ ބޭރުކޮށްލިހެންނެވެ.
“އަލްހަމްދުލިއްލާހް، އަލްހަމްދުލިއްލާހް..” ޒީވާގެ ދެލޯ ވިދައިގަތް އިރު، އިޒްވާއާއި ކުޑަ ދަރިފުޅު ދެކިލަން ކެތްތެރިކަމެއް ނެތް މިންވަރު ހާމަވެއެވެ.
“އަޅެ ކޮންއިރަކުންތަ ދެކުދިން ނެރޭނީ؟”ޝެރީންއާއި މިރެއިލް އަދި ޝިއާގެ މޫނުމަތިން ވެސް އުފާވެރިކަން ނުފިލައެވެ. އަދި އިރުކޮޅެއް ވާނެކަމަށް އާލިއާ ބުނުމަށްފަހު އަލުން އެތެރެއަށް ވަނެވެ.
ކުޑަ ދަރިފުޅު ގޮވައިގެން އީތަންއަށް ނުކުމެވުނީ އިތުރު ގަޑިއެއްގެ އިރު ފާއިތުވީ ފަހުންނެވެ. މަޑު ފިޔާތޮށި ކުލައިގެ ފޮތިގަނޑުގެ ތެރޭގައި އޮތް ތުއްތު ދަރިފުޅު އެންމެ ފުރަތަމަ އުރާލީ ޒީވާއެވެ. އެއަށްފަހު ޝެރީންއެވެ. މިރެއިލްއާއި އިޒާންއަށް ލިބުނީ އުރާލަން ބޭނުންވެފައި ތިބޭތާ އިރުކޮޅެއް ފަހުންނެވެ.
“މާޝާﷲ، މި ހަމަ އީތަން ކުޑަކޮށްލާފަ.. ހަމަ އެކަހަލަ ދެކޯކޮޅު.. ލޯވެސް ހަމަ ތަފާތެއް ނެތް” ތުއްތު ދަރިފުޅު އުރާލައިގެން އިނދެ މިރެއިލް ބުނެލިއެވެ. އޭނާގެ ބަހަށް އެހެން މީހުން ވެސް ތާއީދުކުރިއެވެ. އިޒްވާގެ އެއްވެސް ވައްތަރުކަމެއް ނެތެވެ. އެހާ ކުޑައިރުވެސް ހީވީ ބައްޕަގެ ހުރިޙާ ސިފައެއް ވެރިކޮށްލައިގެން އޮތްހެންނެވެ. އަލުން ދަރިފުޅު އެތެރެއަށް ވައްދަން ދޭން ބުނުމުން ހަވާލުކުރި ވެސް ހިތާއި ދެކޮޅަށެވެ.
ދެދުވަސް ވަންދެން ހޮސްޕިޓަލުގައި ބޭއްވުމަށްފަހު އިޒްވާއާއި ކުޑަދަރިފުޅު ގެއަށްދޫކޮށްލިއެވެ. އިޒްވާއާއި އީތަން ދިރިއުޅޭ ގެއަށް ދެއާއިލާ އެއްކޮން ޖަމާވެފައިވިއިރު، ގެއަށް ހީވަނީ އީދެއް އައިސްފައިވާހެންނެވެ. ނުހަނު ހަލަބޮއްޔެވެ. އެހަފްތާގައި ކުރެވެން ތައްޔާރު ވަމުން ދިޔަ ރުއާނާއާއި ލިއަމްގެ ކައިވެނި ދެހަފްތާއަށް ލަސްކޮށްލަން ދެމީހުން ނިންމިއެވެ. އެހަބަރާއި އެކު އިޒްވާ ދެރަވެގެން އުޅުނެވެ. ނަމަވެސް ހަމަޖެހިގެން އިޒްވާއަށް ބައިވެރިވެނީ އޭރުން ކަމުގައި ލިއަމް ބުނެ އިޒްވާ ހިތްހަމަ ޖައްސާލަން އުޅުނެވެ. އެވަރުން ވެސް ދެރަވެގެން ވާހަކަ ދައްކަން ފެށުމުން އެންމެފަހުން ރުއާނާ ވެސް އިޒްވާ ހިތްހަމަޖައްސާލަދޭން ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. ނަމަވެސް އެ ހަފްތާގައި އީތަންއާއި އިޒްވާގެ ދަރިފުޅު ‘އަޒާލިއާ އީތަން’ އަށް ނަންކިއުމުގެ ހަފްލާ ނުހަނު ކުލަގަދަކޮން ބޭއްވިއެވެ.
މުޅީ ދުވަހު އާއިލާ އުޅެފައި އިރުއޮއްސުމުން އެންމެން ގެއިން ނުކުތެވެ. ޒީވާއާއި އިޒާން ވެސް މުޅި ދުވަހު އުޅެފައި ދިޔައީ ނުހަނު ލަސްވެފައި ވަނިކޮންނެވެ. އިޒްވާ ވިހައިގެން އުޅޭތީ އީތަންގެ މައިންބަފައިންނާއި ޝިއާ ވަނީ ދުވަސްކޮޅަކަށް އެގޭގައި މަޑުކޮށްލަން އައިހެވެ. އެކަމުން ދެމީހުންގެ ތިބީ އިންތިޙާއަށް އުފާވެފައެވެ.
އީތަންއާއި އެކު އިޒްވާ ޓެރެހަށް ނުކުތީ އަޒާލިއާ ނިދުމުން، އޭނާގެ ގާތުގައި ޝެރީން އޮށޯވެލުމުންނެވެ. ގަދައަށް ސްނޯވެހިފައި މިހާރު އޮތީ ހުއްޓާލާފައެވެ. ޓެރެހުގައިވާ ބީޗްޗެއަރގައި ދެމަފިރިން ގާތްގާތުގައި އޮށޯވެލައިގެން ތިބިއިރު ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. ބޮޑަށް ދެކެވެމުން ދިޔައީ ރުއާނާއަށް ބިލާލް ހެދި ގޮތާއި ހޫރައިން އާއިބެހޭގޮތުންނެވެ. އަދި އިޒްވާގެ މައިންބަފައިން ނިޔަލްގެ ހައްޔަރުގައި ގެންގުޅުނުގޮތެވެ. އެވާހަކައިގެ ތެރެއިން އިތުރު ވާހަކަތައް ވެސް ދެކެވެމުން ދިޔައެވެ.
“އީތަން ގާތު ވާހަކައެއް އަހާލަންތަ؟” އީތަންގެ އަތްމަތިގައި ރަނގަޅަށް ބޯހަރުލައްވާލަމުން އީތަންގެ ބަނޑުގައި އަތްއަޅުވާލާފައި އެ މޫނަށް އިޒްވާ ބަލައިލިއެވެ. އިޒްވާއަށް ލޯބިން ފުރިގެންވީ ނަޒަރެއް ދެމުން އީތަން ބޯޖަހައިލިއެވެ.
“ރުއާގެ މަންމަމެން ހައްޔަރު ކުރި ކަންތަކުގަ އެއްނު ދޯ ބައްޕައާއި، އީތަން ރުޅި ހަދާލި.. އެހާ ކުޑައިރު ކިހިނެތް އެކަނި އުޅުނީ؟” އިޒްވާ ކޮށްލި ސުވާލުން އީތަންއަށް ހީލެވުނެވެ.
“ސަމްހައު އައި ސަވައިވްޑް.. ތެދަށް ބުނަންޏާ، އޭރު އުޅުނު ގެއަކީ މަންމަމެން ގަނެފަ ހުންނަ ގެއަށް.. އެތާގަ އަހަރެން އުޅުނީ.. ކުރީކޮޅުގަ ސިސްއާއި މަންމައަދި ބައްޕަ ވެސް އައި މީޓު ކުރަން.. އެކަމަކު އެމީހުންނަށް ބަވާލަމުން އަހަރެން ބުނީ ދެން ފެންނަ ހިސާބަށް އައިސްފިއްޔާ އަމިއްލައަށް މަރުވާނެކަމަށް..އެމީހުން ބިރުގަންނުވާލަން އެހެން ބުނީ ، އެކަން ކުރާކަށްނޫން.. ދެން އޭގެފަހުން އެއްވެސް މީހަކަށް މީޓުކުރަން އަންނަން ނުކެރިފަ ތިބީ.. އެކަމަކު ދުރުން އެމީހުން، އަހަންނަށް ބަލާކަން އަބަދުވެސް އިޙްސާސްވޭ.. ބައްޕަގެ އަޅުންގެ ފަރާތުން އެހީވެސް ލިބޭ.. އަހަރެން އުޅުނު ގޭ އެމީހުން ގާޑު ކުރާކަން ވެސް އެނގުނު.. އެގޭގަ އުޅެ ބޮޑުވީ.. ކިޔަވަން ފެށީ ދެން.. ” އީތަން ކިޔައިދިނެވެ. އިޒްވާ ބުނާނެ އެއްޗެއް ނޭނގިފައި އިނދެ އަނެއް ސުވާލު ވެސް ކޮށްލިއެވެ.
“ކީއްވެ ޒެންޓްރެސް ޗޫޒްކުރީ؟”
“އެއީ މެޑިސިންއަށް އޮތް ލޯބި.. އަދި އެއީ އިޒީގެ އާއިލާއާއި ކަނެކްޓުވެވޭނެ ހަމައެކަނި ރާސްތާ.. އެދުވަހުގެ ހާދިސާ އަހަރެންގެ ބައްޕައަށް ކިޔައިދިނީމަ ވީގޮތް އެނގެއެންނު.. ދެން އެހެންވެ އަހަރެން ބެލީ ތިގޭގެ ކޮންމެވެސް އިތުބާރު ކުރެވޭ މީހަކާއި ގުޅުން ރަނގަޅުކޮށް އެވާހަކަތައް ހިއްސާކުރެވޭނެ ގޮތެއް ވޭތޯ.. އޭރުން އެމީހުން ސަލާމަތް ކުރަން ހެދޭނެ ގޮތެއް ވެސް އެނގޭނެއެންނު.. ޒެންޓްރެސްއަށް ޖޮއިން ވުމުގެ ކުރިން ޔީލާއާއި ރައްޓެހިވީ.. އޭނާއާއި ވެސް ރަހުމަތްތެރިވީ މި ފެމެލީކަން އެނގުނު ހިސާބުން.. ދެން އެގުޅުން ރަނގަލުވެ އޭނާއަށް ފޯލްވީ.. އެކަމަކު އޭރު ޔީލާގެ އުޅުން ހުރިގޮތުން އަހަރެންގެ ހިތެއް ނުބުނޭ އެކަންކަމުގެ ވާހަކަ ދައްކާށޭކޭ..އެހެންވެ މަޑުކޮށްލައިގެން ހުރީ.. ދެން ޔީލާ ހެދިގޮތް އެނގޭނު..އެކަމާއި ޑައުންވެފަ ހުރި ދުވަސްކޮޅު ދެން އެހެންކަމަކާއު ނޫޅެވޭ..ދެން ހޮސްޕިޓަލަށް އައީ.. ދެން އިޒީއާއި ޥާހަކަ ދެއްކުނީ.. ފުރަތަމަ ދުވަހުވެސް އިޙްސާސްވި ގެއްލުނު އެންމެން ފެންނަން ކައިރިވެއްޖެއޭ.. އެންޑް ފައިނަލީ މިކުއްޖާދެކެ ލޯބިވެވި ކައިވެނިކުރެވި އަދި ބޭބީއެއް ލިބިއްޖެ..އަދި ގެއްލުނު ހުރިހާ ކުދިން ފެނިއްޖެ… އަލްހަމްދުލިއްލާހް” އިޒްވާގެ އުނަގަނޑުގައި އަތްއަޅުވާލާ ގާތައް ދަމާލަމުން އީތަން ބުންޏެވެ. އެވާހަކަތަކުން ހިތައް ލިބުނު ހިތްހަމަ ޖެހުމާއި އެކު އިޒްވާއަށް އީތަންގެ މޭގެ ތެރޭގައި ބޮނޑިވެވުނެވެ.
“އައި ލަވް ޔޫ ސޯ މަޗް ބޭބް”
“ލަވް ޔޫ މޯރ މައި އޭންޖަލް” އިޒްވާގެ ކޯތާފަތުގައި ބޮސް ދެމުން އީތަން ބަލައިލީ އިޒްވާގެ މޫނަށެވެ.
“މިސާލަކަށް އަހަރެން ފަހުން އަނެއްކާ ނޫހްއާއި ގުޅުނީއޯ، ދެން އީތަން ކިހިނެތް ހަދާނީ؟”
“އޭނާ މަރާލާނަން، ސިމްޕަލް” އިޒްވާގެ ކުޑަ ނޭފަތުގައި އީތަން ހިފާލިއެވެ. އިޒްވާ ދެލޯ ބޮޑުކޮށްލިއެވެ. ދެނޭ ބުނެ އީތަންގެ އުނަގަނޑުގައި ޖަހާލިއެވެ.
”ސްޕީކިންގް އޮފް ހިމް، ކޮބާތަ އޭނަ؟” ނޫހްގެ މަތިން ހަނދާންވެގެން އީތަން އެހިއެވެ. އިޒްވާ ދޫކޮށްލީ ފިނި ނޭވައެކެވެ.
“ރާއްޖޭގަ.. އޭނާ އެއްކޮން ޜާއްޖެއަށް ބަދަލުވީއޯ.. އިޒީއަށް އޭނާ ހެދިގޮތް ޔެން ދައްތައަށް އެނގިގެން ތިއްތިބެ ކައިރީގަބުނީ.. އެހިސާބުން ވަރަށް ގޯސްވެފަ އޮތީ.. ތިއްތިބެ ދިޔަ ބާރުމިނުގައި ގޮސް ނޫހްގެ ގައިގާ ވަރަށް ތެޅިކަމަށް ވަނީ.. އެދުވަހު ބުންޏޯ ކުރެވުނު ކަންތައް މިހާރު އިޙްސާސް ވެއްޖެއޭ، ތިމަންނަ އިޒީ ދެކެ ހަމަ އަސްލަށް ވެސް ލޯބިވިއޭ.. އީތަންއާއި އެކު ފެންނަން ފެށީމަ ހަޖަމް ނުވެގެންނޯ މާ ވަރު އްރުވާލެވުނީ.. އޭނާ އަމިއްލައަށް ބޭނުންވެގެން ބުނީމަ، އެކޮޅުގަ ހުންނަ އަންކަލްގެ ގޭ އޭނާއަށް ދިނީ… މިހާރު ދޭ ކޮންމެވެސް އެއަރލައިން އެއްގެ ޖޮބަކަށް.” އިޒްވާ ކިޔައިދިނެވެ. އީތަން އެހެންހޭ ބުނެ ބޯޖަހައިލިއެވެ. އެޙާ ނުބައި އުޅުމެއް ގެންގުޅެފައިވެސް ނޫހް އިސްލާހުވި ހަބަރު އިޒްވާ ދިނުމުން ހިތައް ހަމަޖެހުން ލިބުނެވެ. ނަމަވެސް އޭނާގެ ކައިރިން އިޒްވާ ސަލާމަތް ކުރެވުމުން އެކަމާއި ކޮންމެ ދުވަހަކު ވެސް އުފާކުރެވެއެވެ.
****
“ޑޭ ހަންޑްރެޑް.. މިއަދު ކީއްވާނީ އެ ބޯހަރު ޒީހާން ދޮންބެއަށް ވިސްނެން.. މެދު ނުކެނޑި ނީއަށް ޖެފް ހޯދާދޭން އަހަރެން ދާތާ މިވީ ބަރާބަރު ސަތޭކަ ދުވަސް.. އަޅެ ހިތްވަރު ގަދައެންނު” ޔެނާ ދޫކޮށްލީ އުދާސީ ނޭވާއެކެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ އާލިއާއާއި ރުއާނާއާއިއެވެ. ރުއާނާގެ ފޯނުން އޮތީ އިޒްވާއާއި ޔީލާއަށް ގުޅުމަށްފަހު ފޯނު ސްޕީކަރަށް ލާފައެވެ. އެމީހުންގެ ވާހަކަ އިވޭ ހިސާބުގައި ޕިއްޒާ ފޮއްޗެއް ކާލަކާލާ ލޫތުވެސް އިނެވެ.
“އައިޑީއާއެއް ދެންތަ؟” އަނގަ ފުރެންދެން ކާއެއްޗިހި އަޅާއިގެން އިނދެ ލޫތު އަހައިލިއެވެ. ޔެނާ ވަގުތުން ބޯޖަހައިލިއެވެ.
“ޖެފްރީން ވެސް ގެންދަންވީނު މިއަދު.. ޒީހާން ދޮންބެ އަކީ ޒާތެއްގެ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ އިންސާނެއް.. ޖެފްރީން ގެންގޮސް ޒީހާން ދޮންބެގެ ކުރިމަތީގައި ބަހައްޓުވާފަ ނީ ދެކެ ލޯބިވާ ވަރާއި ނީ ބޭނުންވާވަރު ބުނުވާ.. ފަހަރުގަ ވެދާނެ ޒީހާން ދޮންބެ ކުރިމައްޗަށް އިސްވެ އޭނާ ނުގޮސް ހުންނާތީވެ އެކަމާއި ދެކޮޅުވަނީ ކަމުގަ.. އެހާ ބޮޑު ދެރައެއް ނީއަށް ލިބުނީމަ ބައްޕަގެ ހައިސިއްޔަތުން ހުންނާނެ އެންނު ދައްކާނެ ވާހަކަ.. ބައްޕަމެން އެކަހަލަ އެއްޗެކޭ ބުނާ އަޑު އެހިން.. އެހެންވެ މިބުނީ” ލޫތު ބުންޏެވެ. އެއާއި އެކު ޔެނާ ބަލައިލީ ރުއާނާއާއި އާލިއާގެ މޫނަށެވެ. ދެއަންހެން ކުދީން ބޮޑުވާ އިނގިލި ދިއްކޮށްލަމުން ‘އޯލް ދި ބެސްޓް’އޭ ބުނެލި ގޮތުން ޔެނާ ބޯޖަހައިލުމަށްފަހު ލޫތު ނަގައިގެން ގެއިން ނުކުންނަން ދިޔައެވެ.
ދަމުން އަންގާލާފައި ދިއުމުން، ޔެނާއާއި ލޫތު ދާންވާއިރަށް ޒީހާން އާއި ޔިރާގެ ގޭގެ ދޮރުމަތީގައި ޖެފްރީން މަޑުކޮށްލައިގެން ހުއްޓެވެ. އެމީހުން ފެނުމުން ޖެފްރީން ހަދިޔާކޮށްލީ ހިތި ހިނިތުންވުމެކެވެ. މޫނުން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ދެއަތްދެއަތާއި މޮޑެލިގޮތުން ޒީހާންއާއި ބައްދަލުކުރުމަށް އޭނާ ޖެހިލުން ވެފައި ހުރި މިންވަރު އަންދާޒާ ކޮށްލެވުނެވެ. އޭނާގެ ގާތައް ކައިރިވެލަމުން ކޮނޑުގައި ލޫތު ޖަހައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.
“އެހާ ބޮޑަށް ހާސް ވާނެ ކަމެއް ނެތް.. އަހަރެމެން ތިބޭނަން އަޑު އިވޭހާ ގާތުގަ.. ހިތުގަވާ ގޮތައް ވާހަކަ ދައްކާނީ.. ތެދުވެރިކަމާއި އެކު..” ގޭޓުން އެތެރެއަށް ވަންނަމުން ޔެނާ ވާހަކަ ދެއްކިއެވެ. ޖެފްރީން ހަމައެކަނި ބޯޖަހައިލުމަކުން ނިންމާލީއެވެ. ވާހަކަ ދެއްކޭވަރަށް ވުރެން އޭނާގެ ސަމާލުކަން ހުރީ އެހެންކަމަކަށެވެ. ވަށައިގެން ހޯދަމުން ދިޔަގޮތުން ނީރާގެ ސޫރަ ދެކެން ބޭޤަރާރް ވެފައިވާ މިންވަރު އަންދާޒާކޮށްލެވެއެވެ.
ގޭތެރެއިން އެމީހުންނަށް މަރްހަބާކީ ޔިރާއެވެ. ޔެނާއާއި ލޫތްއަށް އޭނާ މަރްހަބާކީ އުފަލާއި އެކުގައެވެ. އެމީހުން އެގެއަށް އައީ ކޮން ބޭނުމެއްގައި ކަން ޔިރާގެ ގާތުގައި ބުނަން ޖެހޭ ވަރެއް ނޫނެވެ. ޔެނާ އެގެޔަށް ކޮންމެ ދުވަހަކު އެކަމާއިގެން އަންނައިރު އެބޭނުން އޮޅޭނެހެއްޔެވެ.
ޔިރާއަށް ޖެފްރީން ފެނުމުން ބަހެއް ނުބުނެވި ހުރެވުނެވެ. ނަމަވެސް ޖެފްރީން ނުތަނަވަސްވެފައި ހުރެ ހީލުމުން ޔިރާވެސް ހީލިއެވެ. ޖެފްރީން ވަނީ ޔިރާއާއި ބައްދަލުކޮށް މާފަށް އެދިފައެވެ. ނީރާ އުޅެމުން ދިޔަ އެކަނިވެރި ކަމުން ހިތައް އުނދަގޫ ވެގެން ޔިރާ ވަނީ ޖެފްރީންއަށް މާފުކޮށްފައެވެ. ހިތްސާފުކޮށްފައެވެ. ޖެފްރީން ވިޔާނުދާ އުޅުމެއް މާޒީގައި އުޅެފައި ހުރި ނަމަވެސް، އޭރުވެސް އަދި މިހާރުވެސް ނީރާދެކެ އޭނާ ވީ ތެދުވެރި ލޯބިކަން ޔިރާއަށް ވެސް އިޙްސާސްވެއެވެ. ނޫންނަމަ ރުއާނާއާއި އޭނާ ކައިވެނި ކުރީސްތާއެވެ. އެހާ ރީތި އަދި ރަނގަޅު އަންހެންކުއްޖަކާއި ކައިވެނިކުރަން ފުރުސަތު ލިބުނުއިރު އެކަން ނުކޮށް ޖެފްރީން ފިލީ ގައިމުވެސް ނީރާދެކެ ވަރަށް ބޮޑަށް ލޯބިވާތީއެވެ. ސިއްރުންވެސް ޖެފްރީންއަށް ކައިވެނި ކުރެވެން އޮތެވެ.
”ޔެން މިގަޑީގަ އަންނާނެކަން އެނގޭތީ ކަންނޭގެ އެބައިން ސްޓަޑީ ރޫމްގަ ފޮތެއް ހިފައިގެން.. ގޮތް ދައްކަން އުޅުނަސް އޭނާވެސް އެކަމާއި ވިސްނައޭ ނިކަން.. ދެތިން ފަހަރު ނޫންކަމަށް ހެދިގެން އިނދެ ގަޑިވެސް ބެލި… ގޮތްދޫނުކުރަންވެގެން ހަމަ ޒީހާން” ޔިރާ ދެފަރާތައް ބޯހޫރުވާލަމުން ވާހަކަ ދެއްކިއެވެ. ޔެނާއާއި ލޫތް ގާތައް އެވާހަކަތަކުން ހިނިއަންނަގޮތްވިއެވެ.
ތިންމީހުންގޮސް އެކޮޓަރިތެރެއަށް ވަނެވެ. ޒީހާން އިނީ ދޮރާއި ފުރަގަސްވާހެން ކަމުން، ބަޔަކު ވަތްކަން އެނގުނު ނަމަވެސް، ވަނީ ކޮންބައެއްކަމެއް ނޭނގެއެވެ. ޔެނާ ވިސްނާލާފައި ޖެފްރީނު ގާތު ގޮސް ވާހަކަ ދެއްކުމަށް ބުނެފައި ލޫތުގެ އަތުގައި ހިފައިގެން އެތަނުން ނުކުމެއްޖެއެވެ.
”ޔެން ދޯ، ދޮންބެ ބުނެފީމެންނު ޖަޥާބު.. ހަމަ ކޮންމެ ދުވަހަކު ޓައިމް-” ވާހަކަ ދައްކަމުން ޒީހާން ގޮނޑިންތެދުވިއެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ، ޔެނާގެ ބަދަލުގައި ކުރިމަތީގައި ހުރި ޖެފްރީން ފެނިފައެވެ. ޒީހާންގެ މޫނުމައްޗަށް ރުޅިވެރި ޝުއޫރުތައް ވެރިވާން ގިނައިރެއް ނުނެގިއެވެ.
“ކަލޭ! ކުރިމައްޗަށް އަންނަން ކެރުނު ކަން!” ޒީހާންގެ ބާރުވަމުން ދިޔަ އަޑާއިއެކު ޖެފްރީންއާއި ދިމާލަށް އައީ ހަލުވި ސްޕީޑުގައެވެ. ބަލަބަލާހުއްޓާ އެރުޅިވެރިކަމުގައި ހުރެ ޖެފްރީންގެ މޫނުމައްޗަށް ގޮށްމުށުގެ ހަމަލާތައް އަރުވާލިއެވެ. ތުންފަތް ކައިރި ފެޅި ލޭ އަންނަމުން ދިޔަ ނަމަވެސް ގުޑުމެއް ވެސް އަރުވާ ނުލާ ޖެފްރީން މަޑުކޮށްލައިގެން ހުއްޓޭވެ. ތަދުވެގެން ވެސް އަޑެއް ލައްވާ ނުލިއެވެ. އޭނާދެކުނު ގޮތުގައި އެއީ އޭނާއަށް ހައްގު ޝަޒާއެވެ. ޒީހާންގެ އަޑަށް ބޭރުގައި ތިބެފައި ޔިރާއާއި ޔެނާ އަދި ލޫތު އެތެރެއަށް ވަނެވެ. ފެނުނު މަންޒަރުން ތިންމީހުންގެ ލޯތައް ދިޔައީ ބޮޑުވެގެންނެވެ. ލޫތުގެ ނުހަނު ބުރަ މަސައްކަތުން ޒީހާން ދުރުކޮށްލެވުނު އިރުވެސް އޭނާ ދިޔައީ ތުރުތުރު އަޅަމުންނެވެ.
“ހަމަޖެހޭ ޒީހާން، ހަމަޖެހޭ” ޒީހާންގެ މޭގައި ޔިރާ އަތުން ޖަހާލަމުން، ޓިޝޫކޮޅެއް ހިފައިގެން އައިސް ޖެފްރީނުގެ އަނގަކައިރި ސާފްކޮށްލަދެމުން ދިޔައެވެ.
“އަޅެ ތީ ކުޑަ ކުއްޖެއްތަ؟.. މާމަ ކާފަ ކީމަ އަހަރެމެން ވީ އެހެން މީހުންނަށް ނަމޫނާ ދައްކާށޭ!.. ކިހިނެތްތަ ތިހެދީ މިކުއްޖާ ފަކީރަށް!..”
”ހަމަ ހަދަންވީ ގޮތައް މިހެދީ.. ޔިރާއަކަށް ނޭނގޭތަ މީނަ ހެދިގޮތެއް؟ ނީއަށް އެހާލު ޖެހި ޑިޕްރެޝަނަށް ގޮސް ތެރަޕީ ނަގަން ޖެހި ބޭސްކާން ޖެހުނީ މީނަގެ ސަބަބުންނޭ، އެވަރު ނުވިސްނޭތަ ޔިރާއަކަށް؟ ތީތަ ޔިރާ ދަރިން ދެކެ ވާ ލޯބި؟” ޔިރާގެ ޥާހަކައިން ޒީހާންގެ ރުޅިން ދެގުނަވެއްޖެއެވެ.
“ދެން މާޒީގަ، މިނީ ކުރިމަތީގަ ޒީހާންއާއި މަށާ ކުރީ ވަރަށް ރަނގަޅު ކަމެއްތަ؟ މިނީ އަހަރެމެން ދެމީހުންނަށް މާފުކޮށް ގުޅުން ރަނގަޅު ކުރުން އެއީ އަހަރެމެންނަށް ލެއްވި ރަހްމަތެއް.. މާޒީ ހަނދާންކޮށް މިދެއްކި ވާހަކަ މިއީ އަހަރެން އެއްވެސް ހާލެއްގަ ދައްކަން ބޭނުންވި ވާޙަކަ ތަކެއް ނޫން..އެކަމަކު ޒީހާން މަށައް މަޖުބޫރުކޮށްފި! އެހެންނު! ޒީހާން ހީކުރީތަ ނީއާއި މިނީއާއި ދޭތެރޭގަ ހަމައެކަނި ވިސްނަނީ ޒީހާންއޭ! ބަލައެއީ އަހަރެންގެ ވެސް ދަރިންނޭ، އެކުދިންނަށް ހެޔޮގޮތް ހޯދާދިނުން އެއީ އަހަރެންގެ ވެސް އުފަލޭ! އަހަންނާއި ޒީހާންގެ ހަގީގަތައް ފަހު، އޭގެފަހުން ޒައުލް ދުނިޔޭގަ ހުރިނަމަ އޭނާގެ ގާތައް މާފަށް އެދެން އަހަރެމެން ދެމީހުން ދިޔަނަމަ އޭނައަށް ވެސް ދެއްކޭނީ ދެންމެ ޖެފްރީން ފެނިގެން ޒީހާން ތިދެއްކި ކުލަ.. އޭރުން ކަންނޭގެ މިހާރު ޖެފްރީންއަށް އިޙްސާސްވާގޮތް ޒީހާންއަށް އިޙްސާސްވާނީ!.. އަހަރެމެން ކުރި ކަންތަކާއި މިކަމާއި ތަފާތަސް ކަންވާނީ އެހެން.. ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ.. އެކި މީހުންނަށް ކުރެވޭނީ ވެސް އެކިކަހަލަ ކުށް.. ކުށް ކުރެވުނު މީހާއަށް ވިސްނިގެން އައީމަބާކީ ކޮށްލާކަށް ނުވާނެ.. ޖެފްރީން ކުރި ކަންކަން ރަނގަޅު ކުރަނީއެއްނޫން، އެކަމަކު ވިސްނިގެން އައީމަ ދުރުކޮށްލުން ވަރަށް ގޯސް! އެދުވަހު އަހަރެމެންނަށް ގޯސް ހެދުނީމަ އަހަރެމެން މާފަށް އެދުނިން ދެއާއިލާ ކުރެން.. އެކަމަކު އެމީހުން، އަހަރެމެންނަށް މާފް ކުރި.. ޒީހާން ނިކަން ބަލާލަބަލަ އެދެލޮލަށް، ތި ގަމާރު އިންސާނާއަށް ނުފެނުނަސް މަށައް އެބަ ފެނޭ ނީ ދެކެ ވާ ލޯބި!” ޔިރާގެ އަޑުގައި ހަރުކަށިވީ ނަމަވެސް، އެއިން ކޮންމެ ޖުމްލައަކުން ޒީހާން ރުޅިގަނޑު ފަޑުވަމުން ދިޔައެވެ. އެވާހަކަ ތަކާއި މެދު ފިނި ހިތަކުން ވިސްނުން ހިންގާލެވުނެވެ. ޔިރާ އެބުނީ ތެދެކެވެ. އޭނާއާއި ޔިރާއަށް ކުރެވުނީ އެއަށްވުރެން ބޮޑު ކުށެކެވެ. އެކަންތައްގަނޑާއި އެކު ޒައުލްގެ ފުރާނަވެސް ގެއްލިދިޔައީ އެމީހުންގެ އަތުންނެވެ. ނަމަވެސް ހިތްހަމަ ނުޖެހުން އިންތިހާއަށް ފާޅު ކޮށްފައިވެސް ދެ އާއިލާއާއި ނީކިޔާގެ ރުހުން ލިބުނެވެ. ވީ އިރު ނީރާގެ ލޯތްބަށް އެދިގެން އައި ނީރާ އެންމެ ލޯބިވާ ޒުވާނާ ބާކީ ކޮށްލުމަކީ ބޭއިންސާފެކެވެ. ޔިރާ ބުނާހެން އެންމެ ނުބައި ކޮން އުޅުން ދުވަސްވަރުވެސް ޖެފްރީން، ނީރާ ދެކެ ލޯބިވިއެވެ.
“ބައްޕާ އަހަންނަށް ވާހަކަ ދައްކަން ފުރުސަތެއް ދީފާނަންތަ؟” ޒީހާން ތަންކޮޅެއް ރުޅިމަޑުވެއްޖެހެން ހީވުމުން ޖެފްރީން އަހައިލިއެވެ. ނަމަވެސް އޭނާގެ ފަރާތުން ބަހެއް ނީވުނެވެ. ބަލަހައްޓާއިގެން ހުރީއެވެ. ޖެފްރީން ދެކުނީ އެއީ ޒީހާން ދިން ފުރުސަތެއް ކަމުގައެވެ.
“އަހަންނަށް ވަރަށް ގޯސް ހެދިއްޖެ.. އެކަން ގަބޫލް ކުރަން.. އެކަމާއި ދެރަވެ ލަދު ގަނޭ.. އަހަރެންގެ ފުށުން އުނދަގޫ ޖެހުނު ފަރާތުގެ ކިބައިން މާފަށްއެދެފިން. އަލްހަމްދުލިއްލާހް ، މާފްވެސް ލިބިއްޖެ.. ނީއަށް ވަރަށް ގުޅިން މާފަށް އެދެން.. އެކަމަކު ފޯނު ނުނަގާތީ އެކަން ނުވީ.. މެސެޖުކުރިން، ކުރެވުނު ކަންތައް ކިޔައިދީފަ މާފަށް އެދުނިން… މެސެޖް ބަލާފަ ނީ ރެސްޕޯންސް ނުކުރީމަ މިގޭ ދޮށަށް ވެސް އައިން.. ނީއާއި ބައްދަލުވި އެކަމަކު ކާމިޔާބެއް ނުލިބުނު.. ދެން އުއްމީދު ކަނޑާލައިގެން މިހުރީ.. އެކަމަކުވެސް ނީ ދެކެ ލޯބިވާ ވަރުން ދުރަކު ނުހުރެވުނު.. ފެނޭތޯ މިގޭ ކުރިމަތީގަ ހުރެވެނީ. ހަމަ ލޯބިވާތީ.. ބުނަން މިއުޅެނީ އެ ޗެޕްޓާރ ކްލޯޒްކޮށްފަ އާ ފެށުމަކުން ފަށަން ބޭނުންވާ ވާހަކަ.. އެކަމަކު ބައްޕައާއި މަންމަގެ ރުހުން ލިބުނީމަ ނޫނީ ކިތަންމެ ބޭނުންވިއަސް ނީގެ ކުރިމައްޗަކަށް ނުދާނަން.. ގަދަ ބާރުން ކަމެއް ހާސިލް ކޮށްގެން ކޮން ހިތްހަމަ ޖެހުމެއް އޮތީ؟ ބައްޕާ، އަހަންނަށް މާފު ކުރާނަންތަ؟ އަހަންނަށް ވަރަށް އުނދަގޫ ނީ އާއި ވަކިން އުޅޭން، ގުޅެން ހުއްދަ ދޭނަންތަ؟ އަހަރެން ނީ ދެކެ ވަރަށް ބޮޑަށް ލޯބިވޭ” އަސަރާއި އެކު ޖެފްރީން ވާޙަކަދެއްކިއެވެ. ޔިރާއަށް ވެސް ތުންފިއްތާލެވުނެވެ. ޒީހާން ބަހަކުން ބަހެއް ނުބުނެ ހުންނަން ފެށުމުން އެއަތުގައި ހިފާ ތަޅުވާލައިފިއެވެ. އެގޮތުގައި އިރުގަނޑެއް ވީ ފަހުން ޒީހާން ބޯޖަހައިލިއެވެ. ލިބުނި ހިތްހަމަ ޖެހުމުގައި ޖެފްރީންއަށް ދޫކޮށްލެވުނީ ފިނިނޭވާއެކެވެ. ޔިރާއާއި ޔެނާއަދި ލޫތުގެ މޫނަށް ވެސް ދިރުން ލިބުނެވެ.
“އެކަމަކު ހަނދާން ކުރާތި! ނީގެ ދެލޮލުން އެންމެ ކަރުނަތިއްކެއް ވެއްޓުނު ކަން އެނގުނަސް އެހިސާބުން ދެން ޖެފްރީންއަށް ޖެހޭނީ އޭނަގެ މަތިން ހަނދާން ނައްތާލަން!” ޖެފްރީންގެ ގައިގާ ޔިރާ ބައްދާލިތަން ފެނި ޒިހާން ޝަހާދަތް އިނގިލި ހިއްލާލީ އިންޒާރަކާއި އެކުގައެވެ.
ޖެފްރީން ބޯޖަހައިލަމުން އެތަނުން ނުކުންނަން ދިޔައީ ނީރާ ހޯދުމަށެވެ. ނަމަވެސް ސިހުން ލިބުނީ ދޮރުމަތީގައި ހުރި ނީރާ ފެނިފައެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނި އެތަނުގައި ދެކެވުނު ވާޙަކަތައް އޭނައަށް އިވިއްޖެކަން ޔަގީންވިއެވެ. މިއަދު އެދެލޮލުގައިވަނީ އުފާވެރިކަމުގެ ކަރުނައެވެ. ޖެފްރީން ކުރިމަތީގައި ހުއްޓުމުން ކަރުނައިގެ ތެރެއިން ވެސް ނީރާ ހީލިއެވެ. ނަމަވެސް ހީލައިގެން ހުރެވުނީ އިރުކޮޅަކަށެވެ. އަނެއްކާ ވެސް ރޮވުނީއެވެ. އަނގަމަތީގައި އަތް އަޅުވާލަމުން ނީރާ ރޮމުން ދިޔަގޮތުން، އެ މަންޒަރު ބަލަން ކެތްނުވެގެން އޭނާގެ އަތައް ދަމާލުމަށްފަހު ނުހަނު ބާރަށް ޖެފްރީން ބައްދާލިއެވެ. އޭރު އެމީހުންނަށް ފުރުސަތު ދީފައި އެހެން މީހުން ތަން ދޫކޮށްފައި ގޮސްފިއެވެ. ރުއިމުގެ ތެރެއިން ހިތުގައި ބޮނޑިކޮށްފައިވާ ޝަކުވާތައް ނީރާ ބޭރުކުރަމުން ދިޔައިރު، ނީރާގެ ގައިން ހިނދުކޮޅަކަށް ވެސް ޖެފްރީން ދޫކޮށްލައެވެ.
****
ދެއަތް ފުރަގަހަށް ލައިގެން ރުއާނާ އައިސް މަޑުކޮށްލީ ނާސިންގް ސްޓޭޝަނުގައެވެ. އެވަގުތު ތިބީ ސެރާއާއި ޖޯނާއާއި އިތުރު ދެ އެކުވެރި ޑޮކްޓަރުންނެވެ. ރުއާނާ ފެނުމުން އެމީހުންގެ ސަމާލުކަން އޭނާއަށް ދިނެވެ. ކައުންޓަރުމަތީގައި އެއަތް އަޅުވާލަމުން ފަހަތައް ލައިގެން ހުރި އަތް ނަގާފައި އެމީހުންނަށް ދައްކާލީ ރީތި ހިނިތުންވުމަކާއިއެކުގައެވެ. ފަހަރަކު މީހެއް އަތައް ކާޑެއް ދެމުން ހުޅުވާލުމަށް ބުނެލިއެވެ. އެމީހުން ކެތްތެރިކަމެއް ނެތި ހުޅުވަން އުޅެންފެށިއެވެ.
“ވެއިޓް، އޯއެމްޖީ!” ކާޑަށް ބަލަން އިނދެ ޖޯނާ ބުނެލި އިރު އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ސެރާއާއި ދެން ތިބި ދެއަންހެން ކުދިން ވެސް އުފަލުން ހަޅޭއްވައިގަތެވެ. އެމީހުންގެ ހަޅޭކުގެ އަޑަށް ޖެހިގެން ހުރި ވޯޑުގައި ހަރަކާތްތެރިވަމުން ދިޔަ ބައެއް އެކުވެރިން ވެސް އައިސްފިއެވެ. އޭރު އެމީހުންނަށް ވަނީ ރުއާނާއާއި ލިއަމްގެ ކައިވެނީގެ ދައުވަތުކާޑު ލިއަމްގެ ފަރާތުން ލިބިފައެވެ. ހިނިއައިސްތިބެ އަލުން މަސައްކަތައް އެމީހުން ދިޔައީ ރުއާނާއާއި ދިމާކޮށްލާފައެވެ.
“އަޅޭ ހާދަ އުއްމީދު ކުރި ދުވަހެކޭ މިއީ… ޖޯ، ހިނގާބަ މިއަދު ޝޮޕިންގްއަށް ދާން.. އަހަރެންގެ ބީއެފް މިދެދުވަހު ވަރަށް ބުރަކޮން އުޅެނީ .. އެކަމަކު ވެސް ބުނާނަން ވެޑިންގް އޮންނަ ދުވަހަށް ފްރީކޮށްލަން.. ” ސެރާގެ ދެފައި އެއްތާކު ހަރުލާ ގޮތެއް ނުވެއެވެ.
“އެނީވޭޒް، ރުއާ ދެން އަހަރެމެންނަށް ޕްރޮމޯޝަން ދިނުމާއިމެދު ވަރަށް ވިސްނައްޗޭ” ރުއާނާގެ އެކކުވެރިއަކު ފެށިއެވެ. އެ ޖުމްލައިގެ ހުރި ސަމާސާ ރުއާނާއަށް ނަގައިގަނެވުނެވެ. އޭނާގެ ގާތައް އައީ ހިންޏެވެ.
“ދެން މިކުއްޖާ ނުވެސް ފެންނާނެ، އަބަދު ރޫމްގަ ކަންނޭގެ… މިސްޓަރ ހޮޓީ އާއި ވިއްޔަ މެރީ ކުރަނީ” ދެން އިން އެކުވެރިއާ ބުނެލިއެވެ. އެހިނދު އޭނާއާއި އަނެއް ކުދިން ހޭންފެށި ގޮތައް ހުއްޓާ ނުލިއެވެ. ރުއާނާވެސް ހެމުން ދިޔައިރު އެ މޫނަށް ވަނީ ހިސާބަކަށް ރަތްކަން ވެރިވެފައެވެ. އެކުވެރިން ދިމާކުރުންތައް ހުއްޓާލީ އޭނާ ރަނގަޅަށް ވެސް ލަދުގަތުމުންނެވެ.
އެހެން ހުއްޓާ ޒީވާ ގުޅަން ފެށުމުން ރުއާނާ ފޯނަށް ޖަވާބު ދިނެވެ. ޒީވާ ކާރުގައި ބަލާއައިސް ހުރި ޥާހަކަ ބުނުމުން ރުއާނާ ނުކުންނަން ދިޔައެވެ. ދުވަހަކީ ކައިވެނީގެ ކުރިން ޑިއުޓީއަށް ނުކުންނާނެ ފަހު ދުވަހެވެ.ގެއަށް ދިއުމުގެ ކުރިން ޒީވާއާއި އެކު ބާޒާރުކުރުމަށް ވަނީ ވަރަށް ކުރިން ރާވާފައެވެ. ރުއާނާ އަތް ދަބަސް ހިފައިގެން ބޭރަށް ނުކުތެވެ. ޒީވާގެ ކާރު ފެނުމުން ހިނިތުންވުމެއްގައި ހުރެ އެދިމާލަށް ދިޔައެވެ.
***
ޖެހެމުންދިޔަ ރޯޅިތަކުގެ ބާރުމިން އިތުރުވެ، ކުދި ކުދި ރޯޅިތައް އުފެދެމުން ދިޔައެވެ. މުޅި ފަޒާގެ ތެރެއަށް ވެރިވަމުންދިޔަ ކަޅުކަންގަދަ ބޯދުންތަކުން މާހައުލު ފޫއަޅުވަމުން ދިޔަ ނަމަވެސް، ފަނޑު އަލިކަމެއްގެ ތެރެއިން ތަންދޮރު ވަކިވާވަރުވެއެވެ. ބިންމަތީގައިވާ ހިކިފަތްތައް، އެނބުރެމުންދިޔަ ގަދަ ވައިރޯޅީގެ ތެރެއަށް ޣަރަޤުވެ، ނުފެންނަ އަތަކުން އުދުއްސާލި ފަތްތަކެއް ފަދައިން ފަޒާގެ ތެރޭގައި ނަށަމުންދިޔައެވެ. މި ނާމާން މާހައުލުގެ މެދުގައި، މިރެއިލްއާއި މާއިސް ތިބީ ގާތްގާތުގައެވެ. އެ މީހުންގެ ދޫތަކުން ބޭރުވަމުންދިޔައީ އާދައިގެ އިންސާނަކަށް ފަހުމް ނުވާނޭފަދަ ބީރައްޓެހި ބަހުރުވަޔަކުން ކިޔަމުންދިޔަ ސިއްރުވެރި ޖުމްލަތަކެކެވެ. ވަގުތު ފާއިތުވަމުންދިޔަ ވަރަކަށް، އެމީހުންގެ އަޑު ބާރުވެގެންދިޔައެވެ. އަދި ފެތުރެމުންދިޔަ ކަޅު ދުންގަނޑު މުޅި މާހައުލު ބަންދުކޮށްލައިފިއެވެ.
ކުރިން އުފެދުނު ކުދި ރޯޅިތަކުގެ ބާރުގަދަވެ ނަގޫރޯޅިއަށް ބަދަލު ވަމުންދިޔައެވެ. އެ ގަދަ ވައިގެ ތެރޭގައި ހަށިގަނޑު ސީދާކޮށްލައިގެން ހުރުމަކީ ކެތްކުރަން ދަތި ވޭނަކަށް ވެއްޖެއެވެ. ބިންމަތީގައި ފައި ސާބިތުކޮށްލައިގެން ހުރުމަށް ކުރާ ކޮންމެ މަސައްކަތަކީ ވަރުގަދަ ހަނގުރާމައެކެވެ. މިރެއިލްއާއި މާއިސްވެސް ތިބީ ވައިގެ ބާރުގައި ހަށިގަނޑު އެއްއަރިއަކަށް ލެނބި، ނުހަނު އުނދަގޫ ހާލަތެއްގައެވެ. އެމީހުންގެ ފަހަތުގައި ތިބި އެހެން މީހުންގެ މޫނުމަތިން ފެންނަމުންދިޔައީވެސް ހަމަ އެފަދަ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ. އެންމެންގެ ހަށިގަނޑުވެސް ވަނީ މި ބާރުގަދަ ތޫފާނީ ރޯޅިތަކުގެ ކުރިމަތީގައި ނިކަމެތިވެފައެވެ.
މާއިސް ނުހުއްޓާ ކިޔަމުން ދިޔަ އެއްޗެއް ކިޔެވިއިރު މިރެއިލް މަސައްކަތް ހުއްޓާލިއެވެ. ދެއަތް މައްޗަށް ހިއްލާލަމުން ދެލޯ މަރާލިއެވެ. އެ ހިނދު، އޭނާގެ އިނގިލިތަކުގެ ކުރިން ފޫދުނު ލޭފަދަ ގަދަ ރަތްކުލައިގެ ގަދަ އަލިތައް، މުޅި ސަރަހައްދު ވަށާލާފައިވާ ކަޅުކުލައިގެ ބޯ ދުންގަނޑު ފޫއަޅުވާލައި، މުޅި މާހައުލު އުޖާލާކޮށްލިއެވެ. ގަދަފަދަ ވަޔާއި، ބިރުވެރި ‘ވޫސް’ އަޑު ކެނޑި، މާހައުލަށް މަރުފަދަ ހިމޭންކަމެއް ވެރިވުމުން މިރެއިލް މަޑުމަޑުން އޭނާގެ ދެލޯ ހުޅުވާލިއެވެ. އޭރު އޭނާގެ ފެހިކުލައިގެ ދެކަޅިއަށް ވެރިވެފައިވަނީ ‘ކްރިމްސަން’ ކުލައެވެ. އެ ދެލޮލުން ފެންނަނީ ބުނެދޭން ނޭނގޭ ފަދަ ބާރަކާއި ހައިބަތެކެވެ. އޭނާގެ އަތުން ބޭރުވި ރަތްކުލައިގެ ވިދުންތައް މަޑުމަޑުން ފަނޑުވެ، ކަނިވަމުން ގޮސް، ޖައްވުގެ ތެރެއަށް ވިރިގެން ހިނގައްޖެއެވެ. މާހައުލުގައި ހިފާލާފައިވަނީ އާދަޔާއި ހިލާފް ހަމަހިމޭންކަމެކެވެ. މާއިސްވެސް އޭރު ކިޔަމުން ދިޔަ އެއްޗިހި ހުއްޓާލާފައިއެވެ.
“އަލްހަމްދުލިއްލާހް” މާއިސްގެ އަޑުން އެހެން މީހުންގެ މޫނުތައްވެސްއަލިވެގެން ދިޔައެވެ.
***
“ބައްޕާ ކާމިޔާބު ދޯ؟” ގެއަށް ވަދެގެން އައި އިޒާން ފެނި އިޒްވާ އަހައިލިއެވެ. އިޒާންގެ ފަހަތުން ލިއަމްވެސް އައިސް ގެއަށް ވަނެވެ. ކެތްތެރިކަމާއިއެކު އެމީހުންގެ އިންތިޒާރުގައި އިން ޒީވާވެސް އިޒާންގާތު ހުއްޓިލިއެވެ. އިޒާން ހަދިޔާ ކޮށްލީ ފުރިހަމަ ހިނިތުންވުމެކެވެ.
“އަލްހަމްދުލިއްލާހް، ސީލް ވަރުގަދަ ކޮށްފި.. ދެން ޖެހޭނީ ބިލާލްގެ ހިލަމެއް ވޭތޯ ބަލަން.. އެމީހުންއެކޮޅުން ބަލާނެ، އަހަރެމެން މިކޮން ބަލާނީ.. މިހާރުވެސް އަހަރެމެންގެ މީހުން ތަންތަނަށް ބެހި ފާރަވެރިވާން ފަށައިފި.. ކިތައްމެ އަހަރެއް ފާއިތުވިއަސް އެމީހުން ތިބޭނެ އެގޮތުގަ ..” އިޒާން ޖަވާބުދިނެވެ. ޒީވާއަށް ވެސް ‘އަލްހަމްދުލިއްލާހް’އޭ ބުނެވުނެވެ. ލިބުނު ހިތްހަމަ ޖެހުމުގައި އިޒްވާއަށް ވެސް ހީލެވުނެވެ. އިޒްވާގެ އަތުގެ ތެރޭގައި ލޯބިކޮން އަޒާލިއާ ނިދާލާފައި އޮތެވެ. ހުދުކުލައިގެ ހެދުން ކޮޅާއި ބޮލުގައި އަޅުވާލެވިފައިވާ ބީނީގައި ފެންނަނީ ނުހަނު ލޯބިކޮންނެވެ.
”ކުޑަ ފުއްދޫނި ނިދާލާފަތަ މިއޮތީ” އަޒާލިއާ އުރާލައިގެން އިޒާން އިށީންދެލިއެވެ. ނިދިފައި އޮތްނަމަވެސް ކާފަގެ އިޙްސާސްވީ ކަންނޭގެއެވެ. އިޒާންގެ އަތުން ކޮލުގައި ފިރުމާލުމުން ހީލިއެވެ. ތެޅިލާފައި އަނެއްކާވެސް ނިދީއެވެ. އިޒާންގެ ހިތް ލޯބިން ފުރި ބަންޑުންވިއެވެ. ޒީވާ ވެސް ގާތްވެލާފައި އަޒާލިއާގެ ކޮލުގައި ނުހަނު ލޯބިން ބޮސްދިނެވެ.
“ދަރިފުޅާ ކިހާ ހިސާބަކަށް މިހާރު ވެޑިން ޕްރިޕަރޭޝަން ގޮސްފި؟” އިޒާން ވާހަކަ ދެއްކީ ލިއަމްއާއިއެވެ. މާދަމާ ކުރެވެން އޮތް ލިއަމް އާއި ރުއާނާގެ ކައިވެނީގެ އެންމެފަހުގެ ތައްޔާރީތައް މިވަގުތު ދަނީ ކުރެވެމުންނެވެ. ދެއާއިލާއިން އެކަމަށް ނުހަނު ބޮޑެތި ތައްޔާރީތަކެއް ދިޔައީ ވަމުންނެވެ. ކައިވެނީގެ ހަފްލާ ބޭއްވެނީ ނުހަނު ކުލަގަދަ ކޮންނެވެ. ގިނަ ވަގުތު ދެއާއިލާ އުޅެމުން ދިޔައީ ވެސް އެކުގައެވެ.
“މަންމަ އާއި ރުއާ ދިޔައިން އިއްޔެ ހެދުން ނަގަން .. މިހާރު އޯކޭ.. އެކުއްޖާ ހުންނަލެއް ލޫޅާފަތިކަމުން ހަތަރުވަނަ ފަހަރު މިހާރު ހެދުން ޖަހަނީ މި، ހަހަހަ” އިއްޔެގެ ވާހަކަ ޒީވާ ބުނެލުމުން ލިއަމް ހީލިއެވެ.
“ބައްޕަ ބުނި ، މަންމަ ވެސް ކުރިން ހުންނަނީ އެހާ ހިކިކޮންނޯ.. މަންމަ އެންމެ ޔަންގުއިރު.. ގައިމު ކިހާ ވަރަކަށް ބަލާތީ އެ އެނގުނީ” ލިބުނު ފުރުސަތުގައި ލިއަމް ދިމާކޮށްލިއެވެ. އިޒްވާއާއި އިޒާން ހޭންފެށިއިރު ޒީވާ ލަދުން އިނދެވެސް ހިނިގަނޑެއް ޖަހާލާފައި ލިއަމްގެ ގައިގާ ކުޝަންއަކުން ޖަހާލިއެވެ.
“ހާދަ ލާނެތް ކުއްޖެކޭ، ބައްޕަގެ ކައިރިން ދަސްކޮށްފި” ޒީވާ ދެފަރާތައް ބޯހޫރުވާލިއެވެ.
“ދަސްވާނެ އެއްނު، ބައްޕަގެ ދަރިއެއް ވީމަ.. ހަހަހަ.. ކުރީ ދުވަހު އަންކަލް ކިޔާދިނޭ މަންމަ ހޯދަން ބައްޕަ އުޅުނުގޮތް” އަނެއްކާ ވެސް ލިއަމް ބުނެފިއެވެ.
“އެއީ ތެދެއް، ހަމަ މަންމަމެންގެ ސްޓޯރީއަށް އިންސްޕަޔަރ ވެގެން ފިލްމެއް ހަދާކަހަލަ ” އިޒްވާ ވެސް ލިއަމްއާއި ބައިވެރިވެލިއެވެ. ޒީވާގެ މޫނުން ހިސާބަކަށް ރަތްކުލަ ފެނެއެވެ. އިޒާންއަށް ކަޅިއެއް ދިން އިރު ބަލަހައްޓައިގެން އިންގޮތުން ވަކިން ލަދުގަންނަގޮތްވިއެވެ. އަވަހަކަށް އިސްޖަހާލިއެވެ. ފަހުން އީތަން އާއި ލޫކް އައުމުން އެވާހަކަ ހުއްޓުނެވެ. އީތަން އައީ އަތައް އަނިޔާއެއް ހޯދައިގެންނެވެ. އުޅަބޯށި ކައިރިން ޒަހަމްވެގެން ބޭސްއަޅާފައި ހުއްޓެވެ.
“މިހާރު މީނަ ކީއްކުރީ” އިޒްވާ ދުވެލާފައި އައިސް އީތަންގެ އަތުގައި ހިފާލިއެވެ. އީތަން ކަމެއް ނުވެއޭ ބުނެ އިޒްވާ ކޮލުގައި ހިފާލިއެވެ.
“ކަމެއް ނުވެޔޯ؟ އެއީ ވެޑިންގް ހޯލްގެ މަސައްކަތްތައް ބަލާލަން ގޮސް އެތާއިން ބިއްލޫރިގަނޑެއްގަ އަތް އަޅުވާލާފަ.. ބޭސް އަޅައިގެން މިއައީ” ލޫކް ބުންޏެވެ. އެހިނދު އީތަންއަށް ބަލައިލަމުން އިޒްވާ ލޯއަޅާލިއެވެ.
“އެ އޯކޭ ވާނެ.. މިހާރު ވެސް އެހުންނާނީ ނައްޓާލަންވެފަ، އެތާގަ ހުސް ނޯމަލް މީހުން ވިއްޔަ އުޅުނީ.. ދެން ޖެހޭނެ ދޯ ބޭސް އަޅަން ” އިޒްވާ ރުޅި އައިސް ހުރުމުން އީތަން އަނެއްކާވެސް ކޮލުގައި ހިފާލިއެވެ.
“ދަރިފުޅާ ޔަގީންތަ އޯކޭކަން؟” ޒީވާ ވެސް ކަންބޮޑުވެފައި އެހިއެވެ. އީތަން ބޯ ޖަހައިލަމުން ހީލިއެވެ.
*****
ދުވަހަކީ ލިއަމްއާއި ރުއާނާގެ ކައިވެނި ކުރެވޭ ދުވަހެވެ. ކައިވެނީގެ ހެދުމުގައި ރުއާނާ އިން އިރު، އޭނާ ތައްޔާރު ކުރުމުގައި އުޅެމުން ދިޔަ އަންހެން ކުދިންތައް ވަށައިގެން ހަރަކާތްތެރި ވަމުން ދިޔައެވެ. އެއްބަޔަކު އިސްތަށިގަނޑާއި އުޅެމުން ދިޔައިރު އަނެއް ބަޔަކު އުޅެމުން ދިޔައީ މޭކަޕް ކޮށްދިނުމުގައި ނުހަނު އަވަދިނެތިއެވެ. ފަންފަން އިސްތަށިކޮޅުގައި ރީތި ހުޅިއަށް ޖަހާލުމަށްފަހު ވެއިލް އަޅުވާލިއެވެ. އެންމެ ފަހުކަމަކަށް ރަތްކުލައިގެ ފިނިފެންމަލުގެ ގުލްދާސްތާއެއް ރުއާނާއި ހަވާލުކުރިއެވެ. މޭކަޕް ކޮށްދީ ނިމުމުން އެކުދިން ދުރުވިއެވެ.
“ވޯހް… ވާއު.. ޔޫ އާރ ގޯޖަސް..”
”ޔޭސް.. އޯ އެމް ޖީ” ރުއާނާއަށް ބަލަމުން އެކުދިންތައް ތައުރީފުކުރަން ފެށިއެވެ. އޭރު ރުއާނާއަށް އަށް އަދި އަމިއްލަ ސޫރަ ނުފެނެއެވެ. އިށީންދެގެން އިން ގޮނޑިން ތެދުވެ އޭނާ ގޮސް ހުއްޓިލީ ލޯގަނޑު ކުރިމަތީގައެވެ. އެހިނދު އަމިއްލަ ސޫރަ ވެސް އޭނާއަށް އޮޅުނެވެ. ކަޅުކުލައިގެ ވިދާ ފޮއްޗަކުން ހުރި ބޮޑު ކައިވެނީގެ ހެދުމުގައި ސިފަވަނީ ހޫރެއް ފަދައިންނެވެ. ދެއަތާއި އުނަގަނޑަށް ހިމަކޮން ހުރުމުން ލޫޅާފަތިކަން ހާމަވެއެވެ. ކޮށްފައިވަނީ އަނދިރި މޭކަޕެކެވެ. ކަޅު އަނދިރި ރަތް ކުލައިގެ ލިފްސްޓިކަކުން ތުންފަތް ފަވާލާފައިވީ އިރު ލޯކައިރީގައިވެސް ވަނީ އަނދިރި އައިޝެޑޯއެއް ބޭނުން ކޮށްފައެވެ. ވެއިލްއިން ބައެއް މޫނަށް ވައްޓާލި އިރު މާ ނުހަނު ސިއްރުވެރި ގޮތެއް ހުއްޓެވެ.
އެހެން ހުއްޓާ ހޫރައިންއާއި ރާބިއު ވަނެވެ. މަންމައާއި ބައްޕަ ފެނުމުން ރުއާނާއަށް ހީލެވުނެވެ. ދެމީހުންވެސް ތިބީ ދުވަހާއި ގުޅޭހެންތައްޔާރުވެގެންނެވެ. “ޗާކޯލް ގްރޭ” ކޯޓުފަޓުލޫނުގައި ރާބިއު ހުރިއިރު ހޫރައިން ހުރީ ރަތްކުލައިގެ ވިދާ ދޫ ހެދުމަކާއި ސްކާފެއްގައެވެ.
“ދަރިފުޅާ، ވޯހް.. ބުނާނެ ބަހެއް ނުވެސް އައި ދުލަކަށް” ރުއާނާގެ އެސިފަފެނުމުން ހޫރައިން ހުރީ އަންތަރީސް ވެފައެވެ. ރާބިއުއަށް ވެސް ޥާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އެހާ ބޮޑަށް ރުއާނާގެ ގައިގާ ބައްދާލަފައި އެދަރިފުޅުގެ ނިތުގައި ބޮސްދޭހިތްވިއެވެ. އެހެނަސް ރުއާނާ ލައިގެން ހުރި ހެނދުމުގެ ފުއްޕާފައިވާ ފަސްބައިގެ ސަބަބުން އެކަމަށް އުނދަގޫ ވިއެވެ. އެކަމަކު ރުއާނާ ދެއަތް ފުޅާކޮށްލުމުން ހޫރައިން ވެސް ރާބިއުވެސް ކުޑަގޮތަކަށް ބައްދާލަމުން ނުހަނު ލޯބިން ރުއާނާގެ ކޯތާފަތުގައި ބޮސްދިނެވެ. ކައިވެނި ކުރެވުމުގެ ކުރީން ހެދުން ހަޑިވެދާނެތީވެސް ފަސްޖެހޭ ގޮތްވެ، އެހެން މާ ގިނައިރު ތިބެން ނުހަދާ ދެމީހުންވެސް ދުރުވެލިއެވެ.
“މިހާރު ހުރިހާ އެންމެން ހަމަވެއްޖެ.. ރުއާގެ ހުރިހާ ފްރެންޑްސް ވެސް އެބަ ތިބި ރެޑީ ވެގެން އައިސް.. ކައިވެނީގެ މޭޒަށް އަންނަން އެނގީމަ މަންމަމެން މިއައީ” ހޫރައިން ބުންނެވެ. ރުއާނާ ބޯޖަހައިލަމުން ރާބިއު އާއި ހޫރައިންގެ އަތުގައި ހިފައިގެން ނުކުންނަން އުޅެނިކޮން އިޒްވާއާއި ޔީލާއަދި ނީރާ އައިސްފިއެވެ. އެކުދިންނަށް ރުއާނާ ފެނުމުން ބަސްހުއްޓިފައި އިރުކޮޅަކު ތިބެވުނީއެވެ. ތައުރީފް ކުރަން ފެށިގޮތައް ހުއްޓުނީ ރުއާނާ ލަދުގަތުމުންނެވެ.
ކައިވެނި ކުރެވެން ހަމަޖެހިފައި އޮތީ ޖަންގަލި ހިސާބެއްގައި އެކަހެރިކޮން ހުރި ރީތި ފުރިހަމަ އަދި ބޮޑު ހޮޓެލްއެއްގައެވެ. އެއީ އާސާރީ ގޮތެއް ހުންނަ ތަނެކެވެ. ކައިވެންޏަށްފަހު އޮންނަ ހަފްލާ އޮތީ ހޮޓެލާއި އިންވެގެން ހުންނަ ޖަންގަލީގެ އައްސޭރިފަށުގައެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ކޮޓަރީގެ ތެރެއަށް ރުއާނާ ގޮވައިގެން ވަތް އިރު އިންތިޒާރުގައި ލިއަމް ހުއްޓެވެ. މުޅި އެކޮޓަރިވެސް ވަނީ ނުހަނު ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ރަންކުލައިގެ ޗާންދަލިއާތަކާއި ކަޅާއި ރަތް ފިނިފެންމާތައް ވަނީ މަތީގައި އެލުވާފައެވެ. އެދެކުލައިގެ ތައްޔާރީތަކުން ކައިވެނިކުރުމަށް ބެހެއްޓިފައިވާ މޭޒުވެސް ވަނީ ނުހަނު ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި ލިއަމް ހުރިއިރު ޖީބާއި ދިމާލުގައި ރަތްކުލައިގެ ކުދި ފިނިފެންމަލުން ހެދިފައިވާ މާކޯންޏެއް އިނެވެ. ރީތި ސްޓައިލަކަށް އިސްތަށިގަނޑު ހަދާލާފައިވީ އިރު އެހެން ދުވަސްދުވަހަށް ވުރެން އެތައް ގުނައެއް ފިރިހެންވަންތައެވެ.
ރުއާނާ ފެނުމާއި އެކު ލިއަމްއަށް ކަޅި ދުރުކޮށްލަން ވެސް ނޭނގުނެވެ. މުޅި މާހައުލު ފުސްވެ ހީވީ ހަމައެކަނި އޭނާއާއި ރުއާނާ އެކަނިވެފައިވީހެންނެވެ. ކަޅި ޖަހައިނުލާ އެރީތިކަމަށް ބެލެމުންދިޔައެވެ. ހާދަ ފުރިހަމައެވެ. ހާދަ ރީއްޗެވެ. އެ ފުރިހަމަކަމަށް ތައުރީފުގެ ބަހެއް ލިއަމްގެ ދުލަކަށް ނައެވެ. އެރީތިކަން ފަހުމްކޮށްދޭނެ ގޮތެއް ކުޅަދާނަ މޮޅު ޝާއިރަކަށް ވެސް ފަސޭހަކަމަކަށް ނުވާނެކަން ގައިމެވެ. ރުއާނާގެ މޫނުން ފެނުނީ ލަދުރަކި ހިނިތުންވުމެކެވެ.
ދޮރާއި ހިސާބުން ރުއާނާ ގެންދިޔައީ ރާބިއުއެވެ. ރާބިއު މަޑުކޮށްލީ ސީދާ ލިއަމްގެ ކުރިމަތީގައެވެ. އޭނާގެ އަތުގެ ތެރެއިން ރުއާނާގެ އަތްތިލަ ނެގުމަށްފަހު ލިއަމްގެ އަތުގެ ތެރެއަށް ލައްވާލަ ދެމުން ރާބިއު ބަލައިލީ ލިއަމްގެ މޫނަށެވެ.
“ވަރަށް ލޯބިން ބަލާ ދޭނެކަމަށް އުއްމީދުކުރަން، ޝީ އިޒް މައި އެވްރިތިންގް” ކުރެހިފައިވާ އަޑަކުން ރާބިއު ވާހަކަ ދެއްކިއެވެ. ރާބިއުގެ އަތުގައި ހިފާލަމުން ލިއަމް ބޯޖަހައިލާފައި ޔަގީންކަން ދިނެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވި މޭޒު ދޮށުގައި ރުއާނާ ބައިންދާލަމުން ލިއަމްވެސް ގާތުގައި އިށީނެވެ. އެ އަތުގައި ހިފާ ލިއަމް ބާރުކޮށްލިއެވެ. ޒީވާއާއި އިޒާން އާއި ރާބިއުއާއި ހޫރައިން މޭޒުގެ އަނެއް ފަޜާތުގައި އިށީނުމުން ކައިވެނި ކޮށްދޭން ފެށުނެވެ. ހުތުބާލައިދެމުން ގޮސް އެންމެފަހު ވަގުތުކޮޅާއި ހަމައަށް އާދެވުނެވެ. ގާޒީ އިޝާރާތްކޮށްލުމުން ލިއަމްއަށް ބަލައިލެވުނި ސީދާ ރުއާނާގެ ދެލޮލަށެވެ.
“އަނބި ގަބޫލްކޮށްފިން” ރުއާނާގެ އަތައް ބާރުކޮށްލަމުން ލިއަމް ސާބިތުކަމާއިއެކު ބުނެލި ބަސްތަކުން ރުއާނާގެ ދެލޮލަށް ޖަމާވެގެންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ދެލޯ ފުރިގެން ކޯތާފަތްމަތިން ފައިބަމުން ދިޔައިރު ލިއަމްގެ ދެލޮލުގައިވެސް ވެސް އުފާވެރިކަމުގެ ތެތްކަމެވެ. އެއީ އެތައް ދުވަހެއްގެ އިންތިޒާރެވެ. ލިއަމްގެ ދެއަތުން ރުއާނާގެ ދެލޯ ފުހެލަދިނެވެ. ހޫރައިން އާއި ޒީވާ އައިސް ރުއާނާގެ ގައިގާ ބައްދާލިގޮތެއް ދުލެއް ނުކޮށްލިއެވެ.
“މަރްހަބާ ދަރިފުޅާ” ލިއަމްގެ ގައިގާ އިޒާން ބައްދާލިއެވެ. އޭނާ އުފާވެފައި ހުރިވަރު ކިތަންމެހާވެސް ބޮޑަކަށް ހާމަވެއެވެ.
ކައިވެނިވެވުމުން ހޮޓަލާއި އިންވެގެން އޮންނަ ޖަންގަލީގެ އައްސޭރިފަށައް ނުކުތެވެ. އެއީ އެމީހުން ތިބުމަށް ހަމަޖެހިފައިވާ ތަނާއި ކެއުމުގެ ކަންކަން ކުރިއަށް ގެންދަން ހަމަޖެހުނު ތަނެވެ. ރަތްކުލައިގެ ފިނިފެންމާ ފިޔަތަކުގެ ދޫލައަކުން މާހައުލަށް ނުކުމެވުނު ހިނދު އެންމެން ތިބީ އަންތަރީސްވެފައެވެ. ފުރަތަމަވެސް ފެންނަން އިނީ ލޯގަނޑެކެވެ. ކައިރީގައި ބިޔަ ފާނޫޒެއް އިންއިރު ރުއާނާއާއި ލިއަމްގެ ނަން ލޯގަނޑުގައި ޖަހާފައި އިނެވެ.
މުއްސަނދި، ސިހުރުވެރި، އަދި ހިތްގައިމު މާހައުލެކެވެ. އެންމެ ބަލާލުމަކުން ވެސް އާޝޯހު ކުރުވިއެވެ. ‘ޑާކް ފެންޓަސީ’ ނުވަތަ ‘ގޮތިކް’ ކައިވެންޏެކެވެ. ވަރަށް ވެސް ތަފާތެވެ. ކުދި ޕައިން ގަސްތަކުގެ ތެރޭގައި ވާ ހުސް މާލަމުގައި، ކަޅުކުލައިގެ މޭޒުތައް ދުރު ދުރުގައި ޖަހާފައި ހުއްޓެވެ. އޭގެ ގާތުގައި ވަނީ ކަޅުކުލައިގެ ގޮނޑިއެވެ. ކޮންމެ މޭޒެއްގެ މަތީގައި އުއްބައްތި ސްޓޭންޑެއް އިން އިރު ކަޅުކުލައިގެ ޓްރޭއެއް ބެހެއްޓިފައި ހުއްޓެވެ. އޭގެ ތެރޭގައިވަނީ ކަޅު އަދި ރަތްކުލައިގެ ދެ ފިނިފެންމަލުގެ އިތުރުން، ހަފްލާގައި ބައިވެރިވީތި ޝުކުރު އަދާކޮށްފައިވާ ނޯޓު ކޮޅެކެކެވެ.
ޕައިން ގަސްތަކުގެ ގޮފިތަކުގެ ތެރޭގައި، އެތައް ހާސް ކުދި ބޮކިތަކެއް ވަނީ އަމުނާލެވިފައެވެ. އަދި ގަސްތަކުގެ ގޮފިތަކުގެ ތެރެއިން އެކި އުސްމިންތަކުގައި ފާނޫޒުތަކާއި ރަތްކުލައިގެ ބައްތިތައް އެލުވާފައި ހުއްޓެވެ. މި ފާނޫޒުތަކުން ފޮނުވައިދޭ ރަންކުލައިގެ އަލިކަމުގެ ސަބަބުން، މުޅި ސަރަޙައްދަށް ސިއްރުވެރި ރީތިކަމެއް ގެނެސްދެއެވެ. ބޮކިފަތިތަކުގެ ތެރެއިން ކަޅު ފިނިފެންމާތައް އެލުވާފައިވަނީ ތިރިއަށް އޮހޭ ފަދަ ގޮތަކަށެވެ. ބިން ފޮރުވާފައިވަނީ ރަތްކުލައިގެ ފިނިފެންމާ ފިޔައިންނެވެ.
ރުއާނާގެ އަތުގައި ހިފާލައިގެން ލިއަމް މަޑުޖައްސާލީ ދެމީހުން ތިބުމަށް ހަމަޖެހިފައިވި މަގާމުގައެވެ. އެއީ މުޅި މާލަމުގެ ބިއްދޮށުގައި، ގަދަ ރަތްކުލައިގެ ފަރުދާތަކަކުން ފަހަތް ނިވާކުރެވިފައިވާ ޝާހީ ތަނެކެވެ. ވަށައިގެން އެކި އުސްމިނަށް ހުރި ބޮޑެތި އުއްބައްތިތައް ބެހެއްޓިފައި ހުއްޓެވެ. އެއިން ފޮނުވައިދޭ ރަން އަލި، ރުއާނާގެ ކަޅުކުލައިގެ ފުރިހަމަ ހެދުމަށާއި ލިއަމްގެ ކަޅު ސޫޓަށް އެޅިފައިވާއިރު، ހީވަނީ ކުރެހުމެއްގެ ތެރެއިން ފެންނަ ރީތި މަންޒަރެއް ހެންނެވެ. އެ ދެމަފިރިންގެ ބޯމަތިން އެލުވާފައިވާ ކްރިސްޓަލް ޗާންދަލިއާގެ ވިދުމާއި، ގަސްތަކުގެ ތެރެއިން ފޭދިގެން އަންނަ ފުސް އަލިކަމުގެ ތެރޭގައި، އެ ސަރަޙައްދު ބަލާފޫހިނުވާފަދަ ގޮތަކަށެވެ. ދާދި ގާތުގައި ރުއާނާގެ އިސްކޮޅު ހުރި ކަޅުކުލައިގެ ކޭކެއް އިނެވެ. އޭގެ ވަށައިގެން ރަތްކުލައިގެ ފިނިފެންމާ ހުރިއިރު އިރު ބަލާލަން ނުހަނު ފުރިހަމައެވެ. ދެމީހުން އެކަކު އަނެކަކުގެ ލޮލަށް ބަލާލައި، ހީލި އިރު މޫނުތަކުގައި ވެސް ވިދަމުން ދިޔައީ އުއްބައްތީގެ ރަން އައްޔެވެ.
ކައިވެނި ކުރެވުނު ޖޯޑުގެ ފޮޓޯ ނެގުމުގައި މެދުކެނޑުމެއްނެތި ޕޮޓޯގުރާފަރުން ހަރަކާތްތެރިވަމުން ދިޔައެވެ. މެހެމާނުން ސަލާމްކޮށް ހަދިޔާ ދިނުމަށްފަހު ފޮޓޯނަގައި ކެއުމަށް އިންސާފް ކުރަމުން ދިޔައެވެ. މެހެމާނުންގެ ހިދުމަތުގައި ގިނަ އަދަދެއްގެ ވޭޓަރުން ހަރަކާތްތެރިވަމުން ދިޔައެވެ.
ހުރިހާ ޒުވާނުން ކެއުން ނިންމާލުމަށް ފަހު ތިބީ އެއްމޭޒެއްގައެވެ. ސަކަރާތައި މަޖަލުގައި ތިބިއިރު އެމީހުންގެ ދޫތަކުގައިވެސް ވަނީ ތަނުގެ ރީތިކަމުގެ ވާހަކައެވެ. “އައި ކާންޓް ބިލީވް ދިސް، ހާދަ ރީއްޗޭ.. ދޮންބެ އާއި ރުއާގެ ޓޭސްޓް ވަރަށް މެޗް” އިޒްވާ ވާހަކަ ދެއްކިއެވެ.
“ފޯރ ރިއަލް.. އަހަރެމެން ވެސް ހިނގާބަ މިހެން ބާއްވަން” ޒައްޔާންއަށް ނަޒަރެއް ދެމުން ޝިއާ ވެސް ބުނެލިއެވެ. އޭނާ ޖަހައިލީ ހިނިގަނޑެކެވެ.
“ހަހަހަ، މައްސަލަ އެއްނެތް.. ކިހިނެތް ވާނީ މިއަށް ވުރެން ވެސް ޑާކް ކޮށްލިއްޔާ.. އައި މީން ފުލް ބްލެކް” ޒައްޔާން ބުނެލީ ހުވަފެނީ ގޮތަކަށެވެ. ޝިއާ ވަކި އެއްޗެއް ނުބުނެ ހީލީއެވެ. އެގޮތްވެސް އޭނާއަށް ކަމުދާކަން އެމޫނުން ހާމަވެއެވެ.
“ބަލާ ހުރިޙާ ކުދިން ނިންމާލީ.. ލޫކް އެކަނި އެނގޭ ބާކީ ހުރީ” ޔީލާ ބުންޏެވެ.
“މީހަކާ އިންނާކަށް އަދި ނުވެއެންނު.. ޕްލީޒް ލެޓް މީ ބީ ސިންގަލް” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ލޫކް ޖަވާބުދިނެވެ. އޭނާ ދެން ދައްކާލީ އަތުގުޅުވާލައިގެން އެދިމާލަށް އަންނަމުން ދިޔަ ޖެފްރީންއާއި ނީރާއެވެ. ޖެފްރީންއާއި އަލުން ގުޅުނު ހިސާބުން ނީރާގެ ސަކަ މިޒާޖު ވަނީ އެނބުރި އައިހެވެ. އެ މޫނުމަތިން ހިނދުކޮޅަކަށް ވެސް ހިނިތުންވުން ނުގެއްލެއެވެ. އެ މަންޒަރު ފެނުމުން އެންމެންގެ ހިތައް ހިތްހަމަޖެހުން ލިބިގެންދިޔައެވެ.
“މަ އިންނާނަން އަޒްލާން އާއި އެއްކޮން.. އެއްދުވަހެއްގަ.. އޭނައަށްކުއްޖަކު ފެނުނީމަ އަހަރެން ވެސް ކުއްޖަކު ހޯދަން އުޅޭނަން” ރަޒަލް އާއި ޒާހީގެ ގާތުގައި ހުރި މޫނު ނިވާކޮށްގެން ހުރި އަޒްލާން ދައްކާލަމުން ލޫކް ބުނެލިއެވެ.
އެހެން ހުރިހާ ފިރިހެންވެރީން ‘ޗަރކޯލް ގްރޭ’ ކޯޓުފަޓުލޫނުގައި ހުރިއިރު އާދައިގެމަތިން އޭނާ ހުރި ކަޅުކުލައިގެން އަންނައުނުގައެވެ. އެމަންޒަރު ފެނި ޒައްޔާންއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ. “މިހިރަ ގޮތްދޫނުކުރާ މީހާއަށް ކަލަރކޯޑު ދިނީމަވެސްތަ” އަޒްލާން ބަލައިލުމުން ޒައްޔާން ވައްތަރެއް ޖައްސާލިއެވެ. އޭނާގެ ދެލޮލަށް ވެރިވި އިޝާރާތުން ހީލިކަން ޔަގީންވިއެވެ. އެހާ ދުރުން ވެސް ޒައްޔާންގެ ވާހަކަ އޭނާއަށް އިވުނީއެވެ. ޒައްޔާންގެ ޖުމްލައިން ގާތުގައި ތިބި މީހުންވެސް ހެމުން ދިޔައެވެ.
“އޯހް ޕްލީޒް ލޫކް، އަޒްލާން ދޯ.. އޭނާގެ ނެތް ތިކަހަލަ އެއްވެސް ވިސްނުމެއް ވެސް.. ކިޔެވުމުގަ އުޅޭ ކުއްޖެއް އެއީ މިހާރު..” އީތަން ބުންޏެވެ. ” މަށައް ޔަގީން މީނަ އަވަހަކަށް ނީންނާނެ މީހަކާއެއް” އީތަންގެ ޖުމްލަތައް އިތުރުކޮށްލިއެވެ.
“ޕިސް ޕިސް، ވަގުތު ޖެހުނީމަ އަހަރެން ވެސް އިންނާނެ އޭ.. އަދި އެހާ ރަނގަޅު ކުއްޖެއް ނުލިބިގެން މިއުޅެނީ” ލޫކް އަތުގައި އިން ޖޫސްތަށި ބޯލަމުން ޖަވާބުދިނެވެ. އެހެން ބުނެލި އިރުވެސް އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ އެންމެ އަންހެން ކުއްޖެއްގެ ހިޔާލެވެ. ނަމަވެސް އެ ނަންވެސް އަދި އޭނާއާއި ބެހޭ އެއްވެސް ވާހަކައެއް ދުލުން ބޭރުނުކުރަން ހީވީ ހުވާކޮށްގެން އިންހެންނެވެ.
“ބަލާ އެޑީ ބަލަހައްޓާއިގެން އިން ގޮތް، ބުރޯ އާއި އޭނަގެ ކޮއްކޮގެ ތިންގީއެއް އިންކަމަށް އަދިވެސް އެމީހުން ހީކުރަނީ” އީތަން ބުނެލީ ލޫކުގެ ކަންފަތާއި ގާތްވެލަމުން އެހެންމީހުންނަށް ނީވޭހާ މަޑުންނެވެ. އޭނާއާއި ދާނިޔާގެ ވާހަކަ އީތަންއާއި އިޒްވާއަށް ރުއާނާ ކިޔައިދީފައިވާތީ އެއީ އީތަންއަށް އެނގޭކަމެކެވެ. ލޫކު ނޫންކަމަށް ހެދިފައި ބަލައިލިއިރު އަދްރެކްއާއި ޔީލާ ބަލަހައްޓާއިގެން ތިބެ މަޑުމަޑުން ކޮންމެވެސް އެއްޗެއް ކިޔަމުން ދިޔައެވެ. ލޫކް އަޅާނުޅާ އިނެވެ.
ކައިވެނީގެ ހަފްލާ ނިމުމަކާއި ގާތްވިއެވެ. މެހެމާނުންތައް މަދުވަމުން ގޮސް ހަމައެކަނި އާއިލާ އެކަނިވިއެވެ. އާއިލީ ފޮޓޯތަކާއި ދެމީހުންގެ ފޮޓޯ ވަކިން ނަގާނިމިގެން، ރުއާނާއާއި ލިއަމްއަށް ސްޓޭޖު ދޫކޮށް ގޮނޑިއެއްގައި އިށީންދެލާނެ ފުރުސަތު ލިބުނެވެ. އެހިސާބުން އަދި ނިމުނީއެއް ނޫނެވެ. ދެން އޮތީ އާއިލާގެ ފަހަރަކު މީހަކު އެމީހުންނަށް މަރްހަބާ ކިއުމަށް ސްޓޭޖަށް އެރުމެވެ. އެމީހުންގެ ވާހަކަތައް އަޑުއަހަން ތިބިއިރު ދެޒުވާނުން ވެސް ދިޔައީ ކެއުމަށް އިންސާފުކުރަމުންނެވެ.
އިޒާންއާއި ޒީވާ ވާހަކަ ދައްކަން އެރުމަށްފަހު އެމީހުންގެ ފަރާތުން ލިއަމްއާއި ރުއާނާއަށް ވީ ހަދިޔާ ހަވާލުކުރިއެވެ. އެއީ ރާއްޖެއިން އެމީހުން ބޭނުން ރިސޯޓަކުން ހަނީމޫންއަށް ދިއުމުގެ ފުރުސަތެވެ. އެއަށްފަހު ރާބިއު އާއި ހޫރައިން އެރިއެވެ. އެމީހުންގެ ފަރާތުން ހަދިޔާ ކުރީ ޖެނީވާއިން ‘ޕްރައިވެޓް ވިލާ’ އެކެވެ. ރުއާނާ ދެލޯ ބޮޑުކޮށްލައިގެން އިނދެ ދެފަރާތައް ބޯހޫރުވާލެވުނީ އެހަދިޔާގެ އަގުބޮޑުކަމުންނެވެ. ނަމަވެސް ރާބިއު އައިސް އޭނާގެ އަތުގެ ތެރެއަށް ތަޅުދަނޑި ލައްވާލަދިނެވެ.
އެތައް އިރެއްވީފަހުން އެންމެފަހުން ހަފްލާ ނިމިއްޖެއެވެ. ދެމީހުން އެކުގައި މާލަމުން ނުކުތެވެ. އެމީހުންނަށް ހާއްސަކުރެވިފައިވާ ހާއްސަ ކާރެއް އިންތިޒާރުގައި ބޭރުގައި މަޑުކޮށްގެން އޮތެވެ. ދެމީހުން އެރުމާއި އެކު ކާރު ދުއްވާލިއެވެ. ގެއާއި ހަމައަށް ދެވެންދެންވެސް ރުއާނާ އިނީ އިސްއުފުލާލަން ނުކެރިފައެވެ. އެހެންޏާ ކިތަންމެ ވާހަކަ ދައްކަ ދައްކާފައި އުޅުނުނަމަވެސް މިރޭ ތަފާތެވެ. މިހާރު އެއީ ލިއަމްގެ އަނބިމީހާއެވެ. އެހެން ހިތައް އެރުމުން ވެސް ހަށިގަނޑުން ހީބިހި ހަލުވާލިއެވެ. އޭނާގެ ވައަތް ލިއަމްގެ ދެއަތްތިލައިގެ ތެރޭގައި އޮތްއިރު، ހަށިގަނޑުގައި ހިފާލާފައިވާ މަޑު ތުރުތުރު ލިއަމްއަށް އިޙްސާސް ނުވެ ނުހުންނާނެއޭ ހީވިއެވެ.
ގެއާއި ހަމައަށް އާދެވުނުއިރު ރުއާނާގެ އަތުގައި ހިފައިގެން ލިއަމް ކާރުން ފޭބިއެވެ. ހިނދުކޮޅަކަށް ވެސް އޭނާގެ ނަޒަރު ރުއާނާގެ މޫނާއި ވަކި ނުވެއެވެ. ދޮރުހުޅުވާލާފައި ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު ވެސް ދެމީހުން ސިހުނެވެ. ގޭތެރޭގައި ފަނޑުއަލިކަމެއް ހުރިއިރު ދޮރުން ފެށިގެން ސިޑިއާއި ހަމައަށް ހިމަ ވޯކްވޭއެއްހެން ދެފަރާތުގައި އުއްބައްތި ޖަހާފައި ހުރިއިރު ސިޑީގެ ހަރުފަތްތަކުގެ ދެފަރާތުގައިވަނީ އުއްބައްތި ބަހައްޓާފައެވެ. ލިއަމްގެ އަތުން ރުއާނާއަށް ދޫކޮށްލެވުނެވެ. ބޮޑުހެދުމުގެ ފަސްބައިގާ ހިފަހައްޓާލައިގެން ރުއާނާ ސިޑިއަށް އަރަމުން ދިޔައެވެ. ފުރަތަމަ ހަރުފަތުގައި ކުޑަކޮން އިށިންދެލަމުން އެންމެ ފުރަތަމައަށް އިން އުއްބައްތިއަށް ފުމެލިއެވެ. އެއާއި އެކު އެބަރި ހުރިގޮތައް ނިވުނެވެ. ރުއާނާގެ ރަތް ތުންފަތުގައި ދުވެލި އާޝޯޙްކުރުވަނިވި ހިނިތުންވުމެކެވެ. އެ މަންޒަރު ބަލަން ފަހަތުގައި ލިއަމް ހުރިއިރު ސިފަވެގެން ދިޔައީ ފިލްމެއްގެ މަންޒަރެއް ފަދައިންނެވެ. ރުއާނާ މަޑުޖެހިލީ ލިއަމްގެ ކޮޓަރިއާއި ހިސާބުންނެވެ.
“މިރޭވެސް ނިދަނީ ރުއާގެ އަމިއްލަ ކޮޓަރީގަތަ؟” ރުއާނާއާއި ޖެހޭނުޖެހޭހާ ގާތުގައި ހުއްޓިލަމުން ލިއަމް ސުވާލުކޮށްލީ ސަމާސާ ރާގެއްގައެވެ.
“ކެން އައި ޑޫ ދެޓް” ރުއާނާ އެނބުރި ލިއަމްގެ މޫނަށް ބަލައިލިއެވެ.
“ނޯ ވޭ!” ރުއާނާނަގައި އަތްދަނޑި މައްޗަށް ލަމުން ލިއަމް ބުނެލީ އޭނާގެ ކަންފަތްދޮށުގައެވެ. އެ މޫނު އިހުނަށްވުރެން ރަތްވިއެވެ. ކޮޓަރިއަށް ވަދެވުނުއިރު، ރަތްކުލައިގެ ފިނިފެންމަލާއި އުއްބައްތި ބޭނުންކޮށްގެން މުޅި ކޮޓަރި ވެސް ވަނީ ރެއަށްޓަކައި ނުހަނު ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. ލިއަމް، ރުއާނާ ތިރީގައި ބެހެއްޓިއެވެ. މުޅި ކޮޓަރީގެ ތެރޭގައި ހިފާލާފައިވަނީ ފިނިފެންމަލުގެ މީރުވަހެވެ. އެންމެ ހާއްސަކަމަކަށް ފާހަގަވީ ކޮޓަރީގައި ވަކިހިއްޕާލާފާވާ ‘ބްލެވަރޑް’ ލަވައިގެ ހިމޭން މިއުޒެކެވެ. ރުއާނާ މުޅި ކޮޓަރިތެރޭގައި އެނބުރިލިއެވެ.
ލިއަމްގެ ތުންފަތުގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. އުފަލުން ފޮޅިފައިވާ ރުއާނާގެ މޫނަށް ބަލަމުން ދިޔައިރު، ލިއަމްއަށް ސިފަވެގެންދިޔައީ ދެމީހުން ފުރަތަމަ ބައްދަލުވެގެން ދިޔަ ގޮތެވެ. އެއަށްފަހު ދެމީހުން ބައްދަލުވެދިޔަ ހުރިޙާ ދުވަހެއްގެ މަންޒަރުތައް ވަކި ވަކިން ހަނދާންވިއެވެ. ދެމީހުންގެ ކޮންމެ އަރާރުމެއް ވަކިން ހަނދާންވުމުން ލިއަމްއަށް ހެވުނެވެ. އެއަރާރުންތަކާއި އެކު ގުޅުން ރަނގަޅުވި ގޮތާއި އެއަށްފަހު އެގުޅުން ލޯތްބަށް ބަދަލުވެގެން ދިޔައީ ލިއަމްއަށް ވެސް އެނގުމަކާއި ނުލައެވެ. އެއަންހެންކުއްޖާއާއި ނުލާ ނޭވާ ލުމަކީވެސް މިހާރު އޭނާއަށް ދަތިކަމަކަށް ވަނީ ވެފައެވެ. ރުއާނާގެ އަތައް ދަމާލަމުން ގަޔާލާ ބޮނޑިކޮށްލިއެވެ.
“ހާދަހާ ލޯބިވެއޭ، ދުވަހަކުވެސް މިއަތުން ދުލެއް ނުކޮށްލާނަން” ރުއާނާގެ ކަންފަތް ދޮށުގައި ލިއަމް އިއްވާލިއެވެ. ރުއާނާގެ އަތުގާ ހިފާ ލިއަމް ބާރުކޮށްލި ހިނދު، އެ ލޯ ފުރިގެން އައީ އުފާވެރިކަމުގެ ކަރުނުންނެވެ.
“ރުއާވެސް ވަރަށް ބޮޑަށް ލޯބިވޭ” ރުއާނާގެ އަޑު ކުރެހުނެވެ. ލިއަމް ނުހަނު ލޯބިން ކޯތާފަތް ފުހެލަ ދެމުން ނިތާއި ނިތް ޖައްސާލިއެވެ. ރުއާނާގެ ދެލޯ ލަސްލަހުން މެރިގެން ދިޔައިރު ލިއަމްގެ ތުންފަތް އިހުސާސްވިއެވެ. އަތުގައި އޮތް ގުލްދަސްތާ ޓައިލްސް މައްޗަށް ދޫވިއެވެ. ރުއާނާގެ އުނަގަނޑުގައި އަތްއަޅުވާލަމުން އުނގުގައި ލިއަމް ބެއިންދިއެވެ. އުއްބައްތީގެ އަލީގައި ދެޒުވާނުން ފެނިގެންދަނީ އެއް ހިޔަނިހެންނެވެ. އެކަކު އަނެކަކުގެ އަތު ތެރޭގައި ވީ އިރު ލޯބިވާވަރު އެތައް ފަހަރަކު އެތައް ގޮތަކުން އިއްވާލަ ދެމުންދިޔައެވެ. ލިއަމްގެ ކޯޓާއި ގަމީސް އަދި ރުއާނާގެ ބޮލުގައި އެލުވިފައިވާ ތުނި ވެއިލްއާއި ހެދުން ފައިދޮށުވިއެވެ.
އެތައް ދުވަހެއްގެ ދިގު އިންތިޒާރެއްގެ ނިމުމެވެ. ދިރިއުޅުމުގެ އޮއިވަރު ހުރިގޮތުން، އެތައް ކޮޅިގަނޑަކާއި ހިތްދަތި އުދާސްތަކެއް ތަޙައްމަލު ކުރަން ޖެހުނެވެ. އެ ހިތްދަތިކަމުގެ ހިތި ކަރުބުޑުގައި ފޭދި، ތަޤުދީރުގެ ރަޙުމެއްނެތް ސަމާސާތަކުން މުޅި ނަފުސު ކުދިކުދިވެ، މާޔޫސްކަމުގެ ފުން ކަނޑަކަށް ގެނބިގެންދިޔަ ހިނދުތައްވެސް މަދެއް ނޫނެވެ. ނަމަވެސް އެހުރިޙާ ހިތާމައާއި ހިތްތަދިކަމާ، ލިއަމް ކުރިމަތިލީ ކެތްތެރިކަމާއި އެކުގައެވެ. އަދު ރުއާނާ ހާސިލް ވެއްޖެއެވެ. ލިއަމްގެ މިލްކަކަށް ވެއްޖެއެވެ. މުޅި އުމުރަށެވެ.
****
(ނިމުނީ)
މިހާ ހިސާބުން ހިރާސް ސީޒަން 2 ނިމުނީ. އަޅުގަނޑާއި އެކު މިދަތުރުގައި ބައިވެރިވި އެންމެހާ ކިޔުންތެރިންނަށް ޝުކުރުއަދާކުރަން. މެދު ކެނޑުމެއްނެތި އަދި ފޫހިކަމެއް ނެތި ވާހަކަ ކިޔާ ހެދި ހުރިހާ ކިއުންތެރިންނަށް ވެސް މި ފުރުސަތުގައި ވަރަށް ބޮޑަށް ޝުކުރުވެރިވަން. މިވާހަކައަށް ތި ދިން ތަރްހީބު ބަލައިގަންނަން، އަޅުގަނޑު އުއްމީދު ކުރަނީ ތިޔަ ދިން ތަރްހީބު އަޅުގަނޑުގެ ކުރިއަށްދެން ހުރި ވާހަކަތަކަށް ވެސް ލިބިގެންދާނެކަމަށް.
-ޝުކުރިއްޔާ-
-އަން-
Alhey season 3 eh neihtha 😩😩😩
Before i wasnt fan of fictional vaahaka
But this story made me think different and this is masterpiece
Can’t believe it’s over already.❤️❤️❤️ 😭
Liam aai Ruage wedding dhww
Dhen mi iny bunaame ehcheh neygifa
Your sifa kurunthah eii HAMA ANOTHER LEVEL❤️❤️❤️
Nimuneema hithah dhathi vejje 😭 The story was so captivating. Definitely one of my favorite reads this year.
Vvv reeethi hurihaa ep eh vess
My favvvv is izva and ethan
Omgshh💗💗
And the THE WEDDING OF Liam AND RUA
OH MY GOD
MY DREAM
THE DARK ROM OMSHGHHHHH💖💖💖💖💖
Varah varah reethi
The whole story is something else
Fictional vaahaka ves kiyan but this is my favorite 😍
Soooo goood
Ma sha allah
I finished reading Hiraas S2 last night, and I have to say it was absolutely beautiful. The dark academia atmosphere, dark romance, fantasy elements, and fictional world blended together so perfectly.😍 The story kept me hooked from beginning to end, and the emotions and character development were amazing.🥳🥳❤️🩹❤️🩹 Overall, it was a wonderful read, and I truly enjoyed every chapter❤️🔥❤️🔥❤️🔥🔥 MA SHA ALLAH.
Author ah varah bodah thanks for this journey.
Dhuvahaku ves hadhaan nunetheyne kahala vahaka series eh miee
And the wedding mathin amudhun hadhaan nunetheyne🖤❤️
As someone who loves fantasy romance, Hiraas S2 was such a treat. The characters, the emotions, and the world-building were all amazing.🤩🤩❤️❤️
Varah reethi❤️
Can’t blv it’s over already
One of the few stories that kept me hooked from beginning to end. Every chapter felt like stepping into another world. The romance, the tension, and the mystery were perfectly balanced. Varah salhi koh liyefa vaa story eh. This story deserves so much more recognition. I’m still thinking about some of the scenes—they were written so beautifully.❤️❤️❤️
oh my god this is so cute i can’t stop smiling
Wowww
Ma shaallah
Mi story nimuneekuga gabooleh ves nukureve
V reethi😍❤️
My fav
Azlan
Hiy bunaa kahala azlan is coming back ey
😩😩
Plx do happen that😭💗
He face balaalan ves beynunnnnn💀