ތެމި ވާރޭގާ ވީމޭ 01 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 01

ވިދާލާ ވިދުވަރުތަކާއި ޖަހަމުންދިޔަ ބާރު ގުގުރިތަކުން ބިރުންފިއްކަނޑާއިގެން ދާ ވަރު ވެއެވެ. ރުޅިވެރިކަމާއެކު ހެލެމުންދިޔަ ގަސްތައް ހީވަނީ  ދެންމެ ދެންމެ ބިމުން ލުހިދާނެހެންނެވެ. އުނޑުމަތި ބައްދާލައިފައި ވާ ކަޅު ބޯ ވިލާތަކުން  ބޯކޮން ވެހެމުންދިޔަ ވާރޭ މިއިން އިރަކު ހުއްޓާލާނެހެން ހީނުވެއެވެ.

މި ފިނި ވިއްސާރަ ތެރޭގައި ހުޅުމާލޭ ކުޑަކުދިންގެ ހިޔާ އިމާރާތުގެ މެދެއްހާ ހިސާބުގައި ހުރި ބެންޗުތަކުން ބެންޗެއްގައި އުމުރުން ސާދަ ވަރަކަށް އަހަރުގެ އަންހެން ކުއްޖެއް އިނެވެ. ހުދުދޮންކަމެއެއް ހުރި އޮމާން މޫނެކެވެ. ބިއްލޫރި ކޮޅެއްހާ ސާފް ދެލޮލެވެ. ހިމަހިމަ ތުންފަތެއް ހުރި އެ ރީތި  އަންހެން ކުއްޖާގެ ކަޅުކަން ގަދަ އިސްތަށިގަނޑު ލައިގެން ހުރި  ހުދު ޓީސާޓާއެކު ވަނީ ތައްލަވާފައެވެ.

އެއްދިމާލަކަށް އޭނާގެ ނަޒަރު ހުއްޓިފައިވާ  ފުން ވިސްނުމަކަށް ގެއްލިފައިވާ ކަހަލައެވެ. ވާރޭގެތެރޭން ވެސް އެދެލޮލުން ފައިބަން ފެށި ކަރުނަ ތައް ފާޅުވެއެވެ. ބޮޑު ކަމެއް ތަހައްމަލްކުރަމުން ދާ ކަހަލައެވެ. އަތުގެ ނުފުށުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން ފަހަތް ބަލައިލީ މީހެއްގެ ހިލަން ވިހެން ހީވެގެންނެވެ.

ފަހަތުން ހިތްހެޔޮކަމާއި އެކު ހިނިތުންވެފައި ހުރި އަންހެނެއް ހުއްޓެވެ. އޭނާ އަޅާއިގެން ހުރި ކުޑަވެސް ވިއްސާރައިގެ ގަދަފަދަ ހަމަލާތަކަށް ކެތް ނުވެގެން ކޮޅުކޮޅަށް ހޫރެންފެށިއެވެ.

“އާނާ….” އެ އަންހެން މީހާ ގޮވާލުމުންވެސް އާނާ އަޅާނުލާ އިނެވެ. އޭނާ ދައްކަން އައީ ކޮން ވާހަކަ އެއްކަން އާނާ އަށް އިނގޭތީ އާނާ އަށް ބަލައިލެވުނީ ދުރެވެ.

“އާނާ…ވާރެ ވެހޭ ކޮންމެ ދުވަހެއްގަ ދައްތަ އަށް ފެންނަނީ އާނާ ތެމިފޯވެގެން ހުންނަތަން .. ވާރޭ  މިއީ އާނާ އެހެންވީމަ ވަރަށް ގަޔާވާ އެއްޗެއް ދޯ.. ” ކުޑަ ވިއްސާއިގެން ދިޔުމުން ނޫރާ ވެސް ގަސްތުކުރީތެމިގެން ވިޔަސް އާނާ އާއި ވާހަކަ ދެއްކުމަށް މަޑުކުރާށެވެ.   ނޫރާ ދެއްކިވާހަކަ އަށް އާނާއެކައްޗެއް ވެސް ނުބުނެ ދުރު ބަލައިލިއެވެ. އެއަމަލުން ނޫރާއަށް ހީލެވުނެވެ. އެއީ އާދައެވެ. ކޮންމެދުވަހަކުވެސް ދުވަސް ނިމިގެންދަނީ އެކަހަލަ ގޮތަކަށެވެ.

ނޫޜާ އަކީ  އެ މަރުކަޒުގެ ސައިކޮލޮޖިސްޓެކެވެ. ނޫރާ އެތާގައި މަސައްކަތް ކުރާތާ ވިހަ އަހަރު ވާން ކައިރިވެފައި ވީ އިރު އެތަނުން އާނާ ހާ ތަފާތު ކުއްޖެއް އޭނާ ނުދެކެއެވެ. އާނާ އެތަނަށް ގެނައިތާ މިވީ މަހެއްހާ ދުވަސް ތެރޭގައި އާނާގެ އުމުރުގެ އެހެން ކުދިންނާ ތަފާތުކަން އެންމެ ފުރަތަމަ ދުވަހުވެސް ނޫރާ އަށް ނަގައިގަނެވުނެވެ. އެހެން ކުދިންނާ އެކަހެރިވެގެން އޭނާ އަބަދުވެސް އިންނާނީ ވަކިންނެވެ. އާނާގެ މޫނުމަތިން ބޮޑުކަމަކާ ވިސްނާކަން އަބަދުވެސް ނޫރާއަށް ހީވެއެވެ. އުމުރުން ސާދަ އަހަރުވީމާ އެތަނަށް އާނާ ދޫކޮށް އާނާގެ އާއިލާ ދިޔުމުން ނޫރާ ނުހަނު ހައިރާން ވިއެވެ. ނަމަވެސް ނޫރާއަށް ކުރެވޭނެ ކަމެއް އެކަމުގައި ނެތެވެ.

އެދުވަހުން ފެށިގެން އާނާއާ ވާހަކަ ދައްކަން ނޫރާ މަސައްކަތް ކުރެއެވެ. ކޮންމެ ދުވަހަކު ވެސް އާނާ އެއްވެސް ޖަވާބެއް ނުދެއެވެ.

“އާނާ.. މާދާން މިއީ ދައްތަ މިތާގަ ވޯކް ކުރާނެ ލާސްޓް ޑޭ.. އެހެންތާކަށް ވޯކް ކުރަންވެގެން ޗޭންގް ވަނީ.. ދައްތަ އެހެން ބުނެލަން މިއައީ .. އާނާ ވަރަށް މިސްވާނެ ދޯ ދައްތަ މިހާ ވަރަށް ކޮންމެ ދުހުކު އުނދަގުކޮށް ކޮށްފަ ދިޔައީމަ.. އަހަހަހާ..” ނޫރާ ވާހަކަ ދައްކަމުން ގޮސް ހީލިއެވެ. ނޫރާގެ ވާހަކަ އަޑުއަހަން މަޑުންއިން އާނާ ސިހިފައި އޭނާއަށް ބަލައިލީ ނޫރާ ދާ ވާހަކަ ބުނުމުންނެވެ.

“ދައްތަ ބުނެލަން މިއައީ އާނާ އަށްއަދިވެސް އެބައޮތޭ ދައްތަޔާ އެއްކޮން ދިޔުމުގެ ޗާންސް..މިއަދު ދާން ބުންޏަސް އާނާ ގެންދާނަން މިއަދުވެސް..ދައްތަގެ ފްރެންޑެއް މިތާގެ މެނޭޖާރ.. ދައްތަ މެންގޭގަ ދައްތަޔާ ދައްތަގެއަންހެން ދަރިފުޅާ ދޮށީ ފިރިހެން ދަރިފުޅާއި އޭނާގެ އަންހެނުން އުޅޭނީ ހަގު ފިރިހެން ދަރިފުޅު ވެއްޖެ ބޭރުގަ ކިޔަވަން… ވަރަށް ހެޕީ ކޮން އުޅެވޭނެ..  މިހާރު ދައްތަ އަށް ފެނޭ އާނާ ކަމަކާ ހިތާމަ ކުރާތަން .. އާނާ ދުވަހަކު ވެސް ދައްތަ އަކާ ވާހަކަ އެއް ނުދައްކާ .. ދައްތަ ހަމަ މިހެން އަހާ އިރު ވެސް  އާނާ ހަމަ އަޅާވެސް ނުލާ..” ނޫޜާ މަޑުމަޑުން އާނާގެ ބޮލުގައި ފިރުމާލިއެވެ.

ނަމަވެސް އާނާ އަނގަޔަކުން އެއްވެސް ބަހެއް ނީއްވައެވެ. އެންމެ ފަހުން ނޫރާ އުންމީދު ކަނޑާލައިފާ ނުކުމެގެން ދާން ހިނގައިގަތެވެ.

“އަ..އަހަރެން..ގެ..ގެ..ގެންދޭ..” މަޑުމަޑު ތުރުތުރެއް އެކުލެވިފާ ވާއަޑަކުން އާނާ ޖަވާބު ދިނެވެ. އޭރު ނޫރާ ހައިރާންވެގެން ގޮސް އަނގަހުޅުވިފައިހުއްޓެވެ. “އޯހް..ފައިނަލީ” ނޫޜާ ހީލަމުން އަންނާށޭ ބުނެ އާނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

 

**

ކޮޓަރިޔަށް ވަދެގެން އައި އަލާނާ ހުދުކުލައިގެ ކާޓޭން ކަހާލުމާއެކު ކުއީން ސައިޒުގެ އެނދުގައި ނިދިފައިފައި އޮތް އަންހެން ކުއްޖާ ލަސް ލަހުން ދެލޯ ހުޅުވާލިއެވެ. އޭނާގެ ދިގު އިސްފިޔަތަކަށް އިރުގެ ރަންދޯދިތައް އެޅިފައިވާ ގޮތް ނުހަނު ރީއްޗެވެ. ގައިމަތިން ސޮހިފައި އޮތް ކުއިލްޓް ނަގާ މޫނާއެއްކޮން ފޮރުވާލިއެވެ.

“ނަވާ..އޭތް ނަވާ ދެން ތެދުވޭ .. އިނގޭތަ ގަޑިން ވީވަރު.. ތިއޮންނަނީ ފަތިސް ނަމާދުވެސް ނުކޮށޭ ދޫންޏާ..ބާރަ ޖަހަނީ” އަލާނާ އައި ގޮތައް އައިސް ނަވާރްގެ މޫނުމަތިން ކުއިލްޓް ނެގިއެވެ.  ދޮންމޫނު ކުނިކޮށްލަމުން ތެދުވެ އެނދުގައި އިށީންއިރު އޭނާގެ ދެއަތުން ދެލޯ އުނގުޅަމުން ދިޔައެވެ. “ދޭން ދޮންބެ ދައްތާ…އަހަރެން ނިދާލަން ބޭނުމޭ..” ނަވާރް  އަނެއްކާ ވެސް ދިމާ ކޮށްލީ އޮށޯވަންނާށެވެ.

” ނަވާ އަށް އިނގޭތަ ..އެއްކަލަ ގާލް އާދެޔޯ މަންމަ ޔާ އެއްކޮން.. މަންމަ އަބަދު ކިޔައެންނު ގާލް އެއްގެ ވާހަކަ.. ނަވާ އަބަދު ނަވާގެ އޭޖް ގާލް އެއް  މިގެޔަށް ނުގެނެސް ގެނެއްނު އުޅެނީ  .. ..” އަލާނާ ވަރަށް އުފަލުން ހުރެ ބުނެލީ ނަވާރް އެކަމާ ވާނެ އުފާ ހިތައް އެރިމައެވެ. ނަވާރް އަބަދުވެސް ނަވާރް އާއި އެއް އުމުރެއްގެ ކުއްޖަކު އެގޭގައި ބަހައްޓަން ގެންނާށޭ ނޫރާ ގާތު ކިޔައެވެ.

“އާޅޭ..އަސްލުތަ … އަހަރެން ވަރަށް ހެޕީ ވެއްޖެ.. މަންމާ އިޒް ދަ ބެސްޓް .. އާޅޭ އާޅޭ.. ސްޓިލް ކާންޓް ބްލީވް”ދެލޯ ބޮޑުކޮށްލައިގެން ހުރެ ނަވާރު ކުޑަކުއްޖެއްފަދައިން ފުމެންފެށިއެވެ. އަލާނާ ހިނިއައިސްފައި ހުރެ ނަވާރްގެ ކޮޓަރިޔަށް ވަން ޒަހުރާން ގާތު އެވާހަކަ ބުނެލިއެވެ. އޭނާ ގާތަށް  ވެސް ނަވާރް އުޅެމުން ދިޔަގޮތުން ހިނިއައެވެ.

އެދުވަހުގެ ބާކީ އޮތް ބައި ނަވާރު ހޭދަ ކޮށްލީ ކުއްޖަކު އަންނަ ވާހަކަ ބުނުމުން އޭނާގެ ކޮޓަރިން

ޖާގަ ހެދުމުގައެވެ. ސާފް ކޮށް ނިންމާލާފައި ގަޑި ބަލާލި އިރު އިރުއޮއްސި ހައެއް ޖަހަނީ އެވެ. ހަތެއް ޖަހާއިރު ނޫރާ އަންނަކަން އިނގުމުން ބަންގިވެސް ނުގޮވާއްޗާއި އެކު ނަވާރް ނުކުމެލީ ބެލްކޮންޏަށެވެ.

އެވަގުތު ވިއްސާރަ ހުއްޓާފައި ވީ ނަމަވެސް އޮތީ ބަނަކޮށްލާފައިއެވެ. ވާރޭ ދެކެ ނަވާރް ވަނީ އާދަޔާއި ހިލާފް ލޯތްބެކެވެ. ކިތަންމެ ކުޑަކޮން ވެހިލިޔަސް ނަވާރް ތެމެން ބޭނުން ވެއެވެ.

ނޫރާ އާއި ނޫރާގެ ފިރިމީހާ ޒަކީން އަށް ތިން ކުދިން ލިބިފައިވާއިރު އެންމެ ހަގީ ނަވާރް އެވެ. ދޮށީ ބާވީސް  އަހަރުގެ ޒަހުރާން އެވެ. ޒަހްރާން އާއި އޭނާގެ އަންހެނުންގެ އަލާނާ އާއ ދެމީހުން ކައިވެންޏަށްފަހު މެދަށް ހުންނަ ސަތާރަ އަހަރުގެ ޒަޔާން ދާދިފަހުން ވަނީ ލޯޔަރުކަން ކިޔެވުމަށް  މެލޭޝިޔާއަށް ގޮސްފައެވެ.

 

ނަވާރް ހެދިބޮޑުވެގެން އައި އިރު ފިރިހެނަކު ހިތްކިޔާނެ ހުރިހާ ސިފަތަކެއް  ނަވާރްއަށް ވަނީ ލިބިފައެވެ. އުމުރުން ސާދަ އަހަރު ގައިވެސް ނަވާރްއަށް ލިބިފައިވަނީ ބައްޓަން ރީތި ހަށިގަނޑާއި ހަންއަލި އޮމާން ހަންގަނޑުގެ އިތުރުން ކަލުކުލައިގެ ދިހުން ކުލަ އަރާ ފަންފަން އިސްތަށިގަނޑެކެވެ. ދިގުދިގު އެސްފިޔަތަކަކާއި އޭނާގެ “ބޮއު ޝޭޕް” ތުންފަތުގެ ޖާދޫގައި ނުހަނު ފަސޭހައިން ފިރިހެނުން ޖެހެއެވެ. ކުލާސް ފިރިހެން ކުދިންތައް ވެސް މަށައް މަށައް ކިޔާލަ ކިޔާލަ ތިބެއެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކާއި ނަވާރް އެއްވެސް ވަރަކަށް ފަރުވާލެއް ނުބަހައްޓައެވެ. ނޫރާގެ ތަރުބިއްޔަތުގައި ހިފައިގެން ނަވާރު ބަލަނީ އޭނާއަށް ކުރިޔައް ދެވޭތޮ އެވެ. އޭނާގެ ހިތްހެޔޮ ކަމާ އޯގާތެރިކަން އަދި ސަކަ މިޒާޖުން  މީހުންނާ ގުޅުން ބަދަހި ވާލެއް ނުހަނު އަވަހެވެ.

ޒަކީން ވަނީ  ނަވާރު ވަރަށް ކުޑައިރު އެމީހުންނާއި ވަކިވެފައެވެ. ނަވާރުއަށް މަހެއް ވެސް ނުވަނީ ޒަކީން އޭނާ ވަޒީފާ އަދާކުރާ އޮފީހުގައި ހުއްޓާ ކުއްލިގޮތަކަށް ނިޔާވީއެވެ. ބައްޕަގެ އެއްވެސް ހަނދާނެއް ނަވާރުގެ ނުވެއެވެ. އޭނާ އަށް ފެނުނީ ހަމައެކަނި ފޮޓޯތަކުންނެވެ.

ޒަކީން ވަކިވުމުން ތިން ކުދިން ބެލުމުގައި އޭނާ އަށް އެހީވެދިނީ އޭނާ އެއްބަނޑު އެއްބަފާ ދެ ދައްތަ ކަމުގައިވާ ނަމްރާ އާއި މުރުޝިދާ  އާއި  އަދި ބޭބެ މުނާޒެވެ.އެ ހަތަރު ބެއިންގެ އެކުވެރިކަމާއި އެކަކު އަނެއްކަކުގެ މައްޗަށް އޮތް ލޯތްބަކީ ލާމަސީލް މިސާލެކެވެ. އެމީހުންގެ ދަރިން ވެސް އެފަދައެވެ.

 

ދިހަވަނަ ބުރީގެ ބެލްކޮނީގައި ހުރެފައި ނަވާރް އެތެރެއަށް ވަނީ އަލާނާ ގޮވަން ފެށުމުންނެވެ. އޭރު އަނެއްކާ ވެސް ވައި ބާރު ކޮށްލައިފިއެވެ.

****

ހެންވޭރު ‘ބްލޫލައިލަކް’ ގޭގެތެރޭގައިވަނީ ހިމޭންކަމެވެ. ފަސް ފަންގިފިލާ ހިމެނޭ  މި މުއްސަނދި ގޭގައި އެއްވެސް ދިރުމެއް ނުވާފަދައެވެ.ގޭގައި ގެންގުޅޭ މީހުން އެކި ދިމަ ދިމާލުން ފެނިލައެވެ.

ސޯފާގައި އިން މިލީނާ ދެއަތް ދެއަތާ ޖޯޑުކޮށްލައިގެން މޫނު ފޮރުވާލައިގެން އިން އިރު އިނގިލި ތަކު ދޭތެރެއިން ކަރުނަތިކިތައް ޖަހާލައެވެ. ބޭރުންވަދެގެން މީހަކު އައިސް އޭނާގެ ކައިރިގައި އިށީން އިރުވެސް ޜޭކާނުލައެވެ. އެމީހަކު އޭނާގެ އުނަގަނޑުގައި އަތް ލުމުން މިލީނާ ތެދުވީ “ޢާނާ “އޭ ގޮޥާލަމުން ނެވެ. “މިލީ.. މީ މަށޭ.. އަކްރަމް..” އަކްރަމް މިލީނާގެ ގައިގާ ހިފާ ތަޅުވާލިއެވެ.

“އަކްރަމް …ނާނާގެ އެއްވެސް ހަބަރެއް ނުވޭތަ ހަމަ …”ހިފެހެއްޓުމެއް ނެތި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން މިލީނާ ކައިރީގައި އިން އަކްރަމް ގެ މޭގައި ބޯ އަޅާލިއެވެ. އަކްރަމް ފުންނޭވާ އެއް ލާފައި ދުރުބަލައިލީ އެ ސުވާލަށް ޖަވާބެއް ދޭން ބޭނުން ނުވާފަދައަކުންނެވެ.

“އާންން މިލީ އަހަރެން ވަރަށް މަސައްކަތް ކޮށްފިން . އަދިވެސް ނާނާ ފެންނަ ވަރެއް ނުވޭ.. މިހާރު މަންތް އެއް ވީ .. ޕޮލިހުން ވެސް  އުއްމީދު ކަނޑާލައިފި… ” އަކްރަމް އިސްދޮށައް ޖަހައިލަމުން މިލީނާގެ ބޮލުގައި ފިރުމާލިއެވެ. “އަޅެ އަހަރެން ކިހާ ގޯސް ..ހާދަ ނުބައި މަންމަ އެކޭ އަހަންނަކީ… އަހަރެންނަށް އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅަށް ފުރިހަމަ އަޅާލުމެއް ނުދެވުން .. އެއްވެސް ލޯތްބެއް ވެސް ނުދެވުން .”އަނެއްކާ ވެސް އިވިލީ މިލީނާގެ ރުއިމުގެ އަޑެވެ.

“މިލީ ..އަހަރެން ކިތައްފަހަރުތަ ބުނާނީ ތިހެން ނުކިޔާށޭ.. މިލީ ތީ ދަރިންތަކަކަށް ލިބޭނެ އެންމެ ބެސްޓް މަމް… އެދުވަހު އާނާ ގެއިން ނުކުމެގެން ދިޔައީ ރޫމްގަ ނޯޓް އެއް ބާއްވާފަ އެންނު.. އޭގަ އޮތެއްނު އާނާ ހޯދުމަށް އެއްވެސް މީހަކު  މަސައްކަތް ނުކުރުމަށް.. އާނާ ކޮންމެތާކު ހުއްޓަސް ވެސް ހުންނާނީ ހެޔޮހާލުގަ ކަން.. އާނާ ބޭނުންވީމާ އަންނާނެކަން..  އާނާ ބޭނުންވަނީ އެކަނި އުޅެން ކަން…  އަހަރެން ވެސް ޕޮލިހުން ވެސް ވަރަށް މަސައްކަތް ކޮށްފި އާނާ ހޯދުމަށް … ދެން އެކަމާ ނުވިސްނަމާ.. ” އަކްރަމް ގެ ވާހަކަ އިވި މިލީނާ އަށް ކޮޅަށް ތެދެވެވުނެވެ.

“ކީކޭ.. އަކްރަމޫ… އަހަރެން  އަހަރެންގެ ލޯބި ދަރިފުޅާ ނުލާ ހުންނަން ވީ އޭތަ ތިބުނީ… ސާބަސް.. އަހަރެން ކިހިނެތް ހުންނާނީ އެއީ އެކަނި އުޅެވޭނެ ކުއްޖެއް ނޫން އަދި.. އެންމެ ސާދަ އަހަރުގެ އަންހެން ކުއްޖެއް އެއީ.. ތިހެން ބުނަން ވެސް ކެރިއްޖެ އެންނު..” މިލީނާ އިހުނަށް ވުރެން ބާރަށް ރޯން ފެށިއެވެ.

“މިލީ އަހަރެން ތި މާނަ އަކު ނޫނޭ މިބުނީ.. އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު އަހަރެން އާނާ ހޯދުމެއް ނުހުއްޓާނަން .. އާނާ ފެންނަން ވާއިރަށް މިލީ ތިހެން ވިސްނާ ވިސްނާ ގޮސް ބަލި ވީ މަ ކިހިނެތް ވާނީ .. ވިސްނާލަބަލަ..އަހަރެމެންނަށްވެސް ކުރެވޭނީ މަސައްކަތް.. އިހަށް ރުއިން ހުއްޓާލަ … ފަހުން ވާހަކަ ދައްކާނީ ދޯ..” އަކްރަމް މިލީނާ ގެ ގައިގާ ދެއަތުން ވަށައިލަމުން އެ ނިއްކުރީގައި  ބޮސްދިނެވެ.

“ކޮބާ ޒޭން…..”ރުއިން ހުއްޓާލަމުން މިލީނާ އަހައިލުމުން އަކްރަމް މައްޗަށް އިޝާރާތް ކޮށްލިއެވެ.

***

މުޅި ކޮޓަރި ތެރޭގައި ވަނީ ކަނު އަނދިރި ކަމެވެ. މަރުފަދަ ހިމޭން ކަމެކެވެ. މީހަކު އެ ކޮޓަރި ތެރޭގައި ވާހެން ވެސް ހީނުވެއެވެ. އެނދުގައި އުއްޑުން އޮތް ޔަޒަން އޮތީ ދާހިއްލާ ފޯވެފައެވެ.

“ނާނާ.. ނާނާ ..ދޮންބެ ކާރިޔަށް އާދޭ..” ހުވަފެނެއްގެ ތެރޭގައި އޮތް މީހެއްހެން ޔަޒަން ދެފަރާތައް ތެޅެމުންދިޔައެވެ. ކުއްލިޔަކަށް އޭނާ އަށް ހަމަހޭ ވެރިކަން ލިބުނީ ކޮންމެވެސް މީހަކު އޭނާގެ ނަމުން ހައެއްކަ ފަހަރު ގޮވާލުމުންނެވެ. މިލީނާ ޔަޒަންގެ  ބޮލުގައި މަޑުމަޑުން ފިރުމާލަމުން ރަނގަޅުހޭ އަހައިލިއެވެ.

“ޒޭން .. އޯކޭތަ.. ހުވަފެނެއް ފެނުނީ ދޯ.. ” ސައިޑް ޓޭބަލް މަތީގައި ހުރި ފެންޖަގުން ފެން ތައްޓަކަށް އަޅާއިގެން މިލީނާ، ޔަޒަން އަށް ދިއްކޮށްލިއެވެ. ޔަޒަން މަޑުމަޑުން ބޯ ޖަހައިލަމުން ފެންފޮދެއް ބޯލިއެވެ.

“ފެންވަރާއިގެން ނަމާދުކޮށްލަ ދަރިފުޅާ….  ބޭބެ ވެސް ގޮސްފި ނަމާދަށް .. އިޝާއަށް ގޮވަން ވަރަށް ކާރި ވެއްޖެ..  ވަރަށް އަވަސްކުރިއްޔާ މަގްރިބް ކޮށްލެވޭނީވެސް..” ޔަޒަން، މިލީނާ އަށް ބޯ ޖަހައިލުމުން މިލީނާ ދާން ހިނގައިގަތެވެ.

މިލީނާ ދިޔުމުން ޔަޒަން އެނދުގެ ހެޑްބޯޑުގައި ލައްގަނެލިއެވެ. އޭނާގެ ދެލޮލުން ކަރުނަތައް  އޮހޮރިގެން ފައިބާކަށް މާގިނަ އިރެއް ނުނެގިއެވެ. ޔަޒަންގެ ފިރިހެންވަންތަ މޫނުމަތިން އެތައް އިރަކު ރޮވެފައި ވާ ކަން ހާމަވެއެވެ.

“ނާނާ.. ކީއްވެ ދޮންބެއަށް އެއްވެސް ކަމެއް ސެއާރ ނުކުރީ.. އަނެއްކާ ދޮންބެ އަށް ނާނާ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީތަ… އަޅެ އެންމެ ފަހަރަކު ވެސް ދިޔައީ ކޮންތާކަށް ތޯ ބުނެލިނަމަ.. ” ޔަޒަންގެ ފޯނުގެ “ވޯލްޕޭޕަރ” ގައި އިން އޭނާ އާއި “ނާނާ”ގެ ފޮޓޯގައި ބޮސްދިން އިރު  އޭނާގެ އަނގައިން އަޑު ބޭރު ވާން ފެށިއެވެ.

އެތައް އިރަކު ރުއިމަށް ފަހު ޔަޒަން ދެލޯ ފުހެލައިގެން  ތެދުވިއެވެ.

މިލީނާ އާއި އޭނާގެ ކުރީގެ ފިރިމީހާ ޔާމީން ގެ ކައިވެންޏަށް އަހަރެއް ވީތަނާ ޔަޒަން ލިބުނެވެ. އޭގެ އަހަރެއް ފަހުން މިލީނާ އަނެއްކާ ވެސް ބަނޑުބޮޑުވިއެވެ.  ދުވަސް ފުރާ ވިހެއީ  ލޯބި އަންހެން ކުއްޖެކެވެ. އެ ކުއްޖާ އަށް އާނާ ކީ ޔާމީން އަށް  ރީތި ވެގެންނެވެ. ޔަޒަން އާއި އާނާގެ މެދުގައި އޮންނަނީ ހަމައެކަނި އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމެއް ނޫނެވެ. އެއީ ” ބެސްޓް ފްރެންޑްސް” އެވެ. އެކަކު އަނެކަކުގެ ކުދިބޮޑު ހުރިހާ ސިއްރެއް އެކަކު އަނެކަކަށް އިނގެއެވެ. އެހާވެސް ގާތެވެ.

ޔާމީން އެމީހުންނާ ވަކިވީ ޔަޒަން ގެ އުމުރުން ފަސް އަހަރުގައި އެވެ. އާނާގެ އުމުރުން ތިން އަހަރެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ޔާމީންގެ އެންމެ ގާތް އެކުވެރިޔާ އަކްރަމް މިލީނާ އާއި ކައިވެނި ކުރީ ޔާމީންގެ ކުޑަ ދެކުދިން ބެލުމަށާ ޔާމީންގެ ވިޔަފާރި ހިންގުމަށްޓާކައެވެ. އަކްރަމަކާ ޔަޒަން އަދި އާނާ ވެސް އެހާ ގަޔާ އެއް ނުވެއެވެ. ހާއްސަކޮން ޔަޒަން އަކްރަމް ދެކެ ހިތްހަމަ ނުޖެހެއެވެ.

ޔާމީން ވަކިވުމުގެ ހިތާމަތައް އަކްރަމް އާއި އެކު އުޅުމުން ކޮންމެވެސް ވަރަކަށް މިލީނާގެ ހިތުން ފިލިއެވެ. އަކްރަމް އާއި ގަޔާވެސް ވާން ފެށުނެވެ. އެކީގައި ގިނަދުވަހު އެކުގައިއުޅުމުންކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އޭނާގެ ޔާމީންއާއި މެދު އޮތް ލޯބި އެއްވެސް ވަރަކަށް ފަނޑެއް ނުވިއެވެ.

 

ޔަޒަން ނަމާދުކޮށްލައިގެން ބެލްކޮންޏަށް ނުކުމެލީ ސާފް ވައިން ވެސް ހިތައް ހަމަޖެހުމެއް ލިބޭތޯ އެވެ. ނަމަވެސް ހިތައް އެއްވެސް ހަމަޖެހުމަށް ނުލިބުނެވެ.

އުމުރުން ސަތާރަ އަހަރު ވީއިރު ދުވަހަކު ވެސް މިހާ ބޮޑު އެކަނިވެރިކަމެއް އިހްސާސް ކުރާކަށް ޔަޒަން އަކަށް ނުޖެހެއެވެ. ދެލޯ މަރައިލެވުނީ އޭނާގެ ހިތައް އާނާގެ ހަނދާންތައް ސިފަވުމުންނެވެ.

ކަޅުކުލައިގެ ޖިންސާއި އަތްދިގު ކަޅު ގަމީހެއްގައި ހުރި އިރު ގަމީހުގެ ގޮތްތައް ނާޅުވައި ހުރުމުން ޖެހިލި ވައިރޯޅިއަކާއި އެކު އޭނާ ސިކްސް ޕެކްސް “އެބްސް” ހާމަވިއެވެ.

އަންހެން ކުދިން މޮޔަވާފަދަ ރީތި ކަމެއް ޔަޒަން އަށް ވަނީ ލިބިފައެވެ. ދިގު އިސްކޮޅެއް ލިބިފައިވާ އިރު ބައިމަތި ފުޅާ ވެފައި  އޭނާ ހަމުން މާ ދޮން ނުވިޔަސް ކަޅެއްވެސް ނޫނެވެ. އެ ތޫނު ދެލޮލުން މީހަކު ގަނޑުވާހާވެއެވެ. އެއީ އަންހެންކުދިން ދީވާނާ ކޮށްލާ ހަތިޔާރެވެ. ކޮނޑާހަމަޔަށް އޮތް އިސްތަށިގަނޑާއި ތުނިކޮން ފަޅާފައިވާ ތުނބުޅިން އިތުރު ފިރިހެން ވަންތަކަމެއް ލިބިފައި ވެއެވެ. “ސެކްސީ” ގޮތެއް ހުއްޓެވެ. ނަމަވެސް ޔަޒަންގެ އެ ހުންނަ ހަރުކަށިކަމާއި ބީރައްޓެހި މިޒާޖްގެ ސަބަބުން އަންހެން ކުދިން އޭނާ އާއި ވާހަކަ ދެއްކުމަށް ޖެހިލުން ވެއެވެ.

 

ކުއްލިޔަކަށް އޭނާ ސިހުނީ އަޑުއަހަން ބޭނުން ނުވާ ފަރާތެއްގެ އަޑު އިވުމުންނެވެ.  ރެއިލިންގް ގެ ދަގަނޑުގައި އަތް އަޅުވާލާ ބާރުކޮށްލިލެއް ބާރުކަމުން އަތުގެ ނާރުތަށް ވެސް ފުފިލިއެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު