ނަވާރް ދެލޯ ބޮޑުކޮށްލައިގެން ހުރެ ބޯ ހޫޜާލެވުނީ ޝާކިރް އެދިމާލަށް އަންނަންފެށުމުންނެވެ. އޭނާގެ ދެއަތުގެ ތެރޭގައި އޭރު ދިޔައީ ކުޑަވަރެއްގެ ފިއޮއްސެއް އަނބުރަމުންނެވެ. ބިރުން ކަޅި އަރާވަރުވެފައި ހުރި ނަވާރްގެ ގާތައް ހުއްޓި ޝާކިރު ހީލީ ނުބައި ފާޑާކަށެވެ. އެހެން ހުރެފައި އޭނާ ސުޖާއުއަށް ކޮށްލި އިޝާރާތަކާއި އެކު ސުޖާއު ޖީބުން ނެގި ލުމާލެއް، ނަވާރްގެ އަނގަޔާއި ނޭފަތައް ދިމާވާހެން އަޅާލިއެވެ. އެހިނދު އެރި ވަސްގަނޑަކާއިއެކު ނަވާރްގެ ހެޔަށް ގޮތްވެގެން ހުރިދިމާ ތިރިއަށް ދެމުނެވެ.
***
“ދައްތާ..ކޮއްކޮމެން މިދަނީ ކޮންތާކަށް..ދައްތާ ބިރު ތަ..ކޮއްކޮ ބޭނުން ދޮންބެ ދައްތަ ކައިރިއަށް ދާން” ކާރުގައި ތިބި އިރު ޔަހްޔާގެ އުރުގައި އިން ޒެލީންގެ ތުއްތު އަޑުން ދިޔައީ އެތަކެއް ސުވާލެއް ޔަހްޔާއާއި ކުރަމުންނެވެ. ޔަހްޔާ އޭރު އަތުގައި އޮތް ފޯނުން ޔަޒަންއާއި އާނާއަށް ގުޅަންކުރި މަސައްކަތް ބޭކާރުވާން ފެށުމުން ރޮވުނެވެ. އޭރުވެސް ޒެލީންގެ ސުޥާލްތައް ތައް ނުހުއްޓެއެވެ.
“ދައްތާ ކީއްވެ ރޮނީ..ކޮއްކޮ ބައްޕައަށް ގުޅާބަ” ކިތަންމެ ކުޑަ ނަމަވެސް ޔަހްޔާގެ ކަރުނުތަކުން ޒެލީންގެ ސިކުނޑިއަށް ކަމެއް ގޯސްވެއްޖެ ކަން ނަގައިގަނެވުނެވެ.
“ކޮއްކޮ މަޑުކުރަނީ..ސުވާލް ނުކުރަނީ..ބަސްއަހަނީ އިނގޭ..ކޮއްކޮގެ މީހެއް ފެނޭތޯ ދައްތަ ބަލަނީ އިނގޭ” ކާރު ރެޑްކްލިފް ހޮސްޕިޓަލް ދޮރުމައްޗަށް މަޑުކޮށްލުމުން ޒެލީން އުރާލައިގެން މިލީނާ އޮންނަ ކޮޓަރިއާއި ހަމައަށް ޔަހްޔާ ދިޔައެވެ.
ޔަހްޔާ، މިލީނާ ބާއްވާފައި އޮތް ކޮޓަރިއަށް ދިޔައިރު އެތަން ވަނީ ހުސްކޮންނެވެ.
“ޔާ ﷲ…ދެން ކިހިނެތް ތަ އަހަރެން ހަދާނީ..އަކްރަމް ބޭބޭ ވެސް ފޯނުނުނަގަނީ..” މަޑުމަޑުން ޔަހްޔާއަށް ކިޔާލެވުނު އިރު ރޮވެނީއެވެ.
ޑިއުޓީ ނިމިގެން ރިހާމް ނުކުން ހިނދު ފުރަތަމަ ވެސް އަޅާއިގަތީ ދޮރުމަތީގައި ހުރިޔަހްޔާއެވެ. އޭނާ ހައިރާންވީ މިލީނާ ދޫކޮށްލިކަން ޔަހްޔާއަށް ނޭނގެނީބާއޭ ހިތައް އަރާފައެވެ. އޭނާގެ ކިހިލީގައި ޒެލީން އިންއިރު ކޮންމެވެސް މީހަކަށް ނުގުޅިގެން އުޅޭފަދައެވެ. ޔަހްޔާ ރޮމުން ދާތަން ފެނި ރިހާމް ތަންކޮޅެއް ހަލުވިކޮން އެދިމާލަށް ދިޔައެވެ.
“ޔަހްޔާ ކިހިނެތް ވީ..” ރިހާމްގޮސް ގޮވާލި އަޑަށް ޒެލީން އަތް ދިއްކޮޅުމުން ރިހާމް ޒެލީން އުރާލިއެވެ.
ޔަހްޔާ ކުރުގޮތައް ވެގެން އުޅޭގޮތް ކިޔައިދިން ހިނދު ރިހާމްއަށް ހީވީ އޭނާގެ ބޮލުގައި މީހަކު އެއްޗަކުން ވަރުގަދައަށް ޖަހާލިހެންނެވެ. ޝާކިރްގެ ހަގީގަތް އެނގުމުން ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އޭނާގެ ކާރުގައި ޔަހްޔާ އާއި ޒެލީން ގޮވައިގެން ރިހާމް މިސްރާބްޖެހީ ޔަޒަންމެންގެ ގެޔަށެވެ.
ރިހާމް ކާރު ދުއްވަން އިނދެ ޔަޒަން އަށް ގުޅަން ކުރި މަސައްކަތް ދިޔައީ ބޭކާރު ވަމުންނެވެ. ޔަޒަން އާއި ދިމާ ވޭތޯ ޒެހެކް ފޯނަށް ގުޅުމުން އޭނާގެ ފޯނުވެސް އޮތީ ނިއްވާލާފައެވެ. މިހުރާންއާއި އާނާ އާއި އަކްރަމްގެ ފޯނަށް ވެސް ގުޅަމުން ދިޔައެވެ. އެކަކުވެސް ފޯނެއް ނުނަގައެވެ.އެންމެ ފަހުން ޒަޔާން މަތިން ހަނދާން ވެގެން ޒަޔާންއަށް ގުޅިއެވެ.
“ޒަޔާން ކަލެއަށް ނެގިއްޖެ ދޯ.. ވަރަށް ސަކަރާތް ވެއްޖެ..” ޒަޔާން ފޯނު ނެގުމުން ލަސްނުކޮށް އޭނާއަށް އެނގޭ މިންވަރަކަށް ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ޒަޔާންގެ ބަހަކަށް މަޑުނުކޮން ޔަޒަން މެންގެޔަށް އައުމަށް ބުނެ ފޯނު ކަނޑާލިއެވެ.
ރިހާމްއަށް ދެވުނު އިރު އާނާއާއި މިހުރާން މިލީނާގޮވައިގެން ގެޔަށް ވަންނަނީއެވެ.
”ކީއްވެތަ މިވަރުގެ ބޮޑު ކަމެއް ވެގެން އުޅޭއިރު އެކަކު ވެސް ފޯނު ނުނަގަނީ…މިހުރާން ކަލޭ ވެސް އާނާ ގޮވައިގެން އުޅެވިއްޖެޔާ ނިމުނީތަ..ދެން ހެޔޮ ދޯ ތި ފޯނަށް ކިތަންމެ ވަރަކަށް ގުޅިޔަސް..ރެއަކާއި ނުލާ.” މިހުރާން ފެނުމުން ރިހާމް ހަޅޭއްލަވައިގަތެވެ.
“ބްރޯ ކާމް ޑައުން..އަހަރެމެން މިއައީ ޕޮލިސް ސްޓޭޝަން އން..ކިހިނެތްތަ ވީ..” މިހްރާން ދެލޯ ބޮޑުވެފައި ހުރެ އަހައިލިއެވެ. އޭރު މިލީނާއާއި އާނާ ވެސް ތިބީ ހައިރާންވެފައެވެ. ރިހާމް އެއްޗެއް ބުނަން އަނގަ ހުޅުވާލި ހިނދު ޒަޔާން އާއި ޒަހުރާން ވަދެގެން އައިރު އެމީހުންގެ މޫނުމަތީގައި ވި ރުޅިވެރިކަން އެކަކަށް ވެސް ނޯޅެއެވެ.
“ކިހިނެތް މިވަނީ ކުދިންނޭ” މިލީނާއަށް އަހައިލެވުނެވެ. ރިހާމް ބަލައިލުމުން ޔަހްޔާ ރޮވިފައި ހުރެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މިލީނާއަށް ރޮވުނެވެ. އާނާއަށް ވެސް އަނގަމަތީގައި އަތް އަޅައިލި އިރު ބާރަށް ރޮވުނެވެ. ޔަގީނުން ވެސް ޝާކިރްގެ ހަގީގަތް އެނގުމުން އެންމެ ބޮޑު އަސަރެއް ކުރާނީ އާނާއަށެވެ.
ރިހާމް އިޝާރާތް ކޮށްލުމުން މިހުރާން ، އާނާ ގެންގޮސް ސޯފާގައި ބޭންދިއެވެ.
“އެކަކަށް ވެސް ކުރިއަކުން ޝައްކެއް ވެސް ނުވޭތަ ޝާކިރުއަކަށް” ޒަހުރާން ރުޅިގަދަވެފައި ހުރެ އަހައިލިއެވެ. އޭނާ ފޯނުން ޔަޒަންއަށް ގުޅަމުންދިޔައިރު ވެސް ވިސްނެމުން ދިޔައީ އެހަބަރު ލިބުމުން ނޫރާއަށް ވާނެ ގޮތަކާއި ދޭތެރޭގައެވެ. “މިބުނީ އޭނަ ނަވާގެ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް ހޭއަރުވާލާނަން” ޒަހްރާންގެ ރުޅި ފެނި ރިހާމްއަށް އޭނާގެ ބުރަކަށީގައި އަތް ޖައްސާލެވުނެވެ.
“ދޮންބެ ރުޅި މަޑުކޮށްފަ ހިނގާ ކަމެއް ވޭތޯ… ޔަޒަން އަށް ވެސް ގުޅިއްޖެ ..ޒެހެކް ފޯނު ނެގީ.. އެންމެން މީޓިންގް އެއްގަ ތިބީ ރިހާމް ގުޅިއިރު.. މިއަންނަނީ އޭ ބުނީ..”ޒަޔާން ބުނެލުމުން އެންމެން ތަންކޮޅެއް ހަމަ ޖެހުނެވެ.
މާގިނަ އިރެއް ނުވެ ޔަޒަން ދުވެފައި އައެވެ. އޭނާގެ ފަހަތުން ޒެހެކް އާއި ޔޫޝައުގެ އިތުރުން ލިއަމް އާއި އަމާޔާ ވެސް އައެވެ. އެންމެންގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމާއި ނުތަނަވަސްކަމެވެ.
ޔަޒަން ރުޅިގަދަ ވެފައި ހުރެ ފުރަތަމަ ވެސް އައީ ޔަހްޔާ އާއި ދިމާލަށެވެ.
“ކިޔާދީ..ކިހިނެތް އެމީހުން ނަވާ އަށް ހެދީ” ޔަޒަން އޭރު ތުރުތުރުއަޅައެވެ. ޔަހްޔާ އަނެއްކާ ވެސް ކިޔައިދިނެވެ.
“ކޮބާ ނަފީސާ ދެން” މިލީނާ އަހައިލިއެވެ. ނަފީސާގެ މަތިން ޔަހްޔާ ވެސް ހަނދާންވީ އެވަގުތެވެ. ޔަހްޔާއަށް ވީ ގޮތް ފަހްމްވެ އެންމެން އަވަސް ވީ ނަފީސާގެ ހިލަމެއް ގޭތެރެއިން ވޭތޯ ބެލުމެވެ. އެވަގުތަކީ އަކްރަމް ވެސް ތިރިއަށް އައިވަގުތެވެ. ހައިރާންވެފައި ހުރެ އަކްރަމް ފަހަރަކު މީހެއްގެ މޫނަށް ބެލި އިރު މިލީނާގެއިން ފެނިގެން ވަކިން ހައިރާންވިއެވެ. މިހްރާން ހިނގައިގެން އުޅޭ ހާދިސާއާއި މިލީނާގެ ހަބަރު އޮޅުން ފިލުވާދިނެވެ.
“ނަފީސާ ނުދޭ އަހަރެން ހޯދާކަށް…ފަތިހު ގެޔަށް އައިއިރު އަހަރެމެން ކޮޓަރީގެ އޭސީ މަސައްކަތް ނުކުރާތީ ވެ ތިންވަނަ ފްލޯގެ ގެސްޓްރޫމް އެއްގަ އަހަރެން ނިދީ…އެކަމަކު ޝާކިރް ހާދަ ގޮތް ކުޑައޭ..” ރުޅިގަދަވެގެން އަކްރަމް އަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ.
“މިހުރިހާ ކަމެއް ހިނގި އިރު ޔާސީން އާއި މުރާދު ކޮންތާކަށް ދިޔައީ” އަކްރަމް ބުނެލީ އެވަގުތު އެތަނަށް ހުއްޓުނު މުރާދު އާއި ޔާސީންއަށެވެ.
“ޔާސީން މާރްކޭޓަށް ދިއައީ..އަހަރެން ޝޮޕިންގްއަށް ދިޔައީ ގޭތެރެއަށް ބޭޏުންވާ އެއްޗިހިން ގަންނަން” މުރާދު ކިޔައިދިނެވެ.
މުޅިގޭތެރެބަލަމުން ދަނިކޮން ސިޑި ބިއްދޮށުގައި ހަބަރު ހުސްވެފައި އޮތް ނަފީސާ ފެނުނެވެ. އޭނާގެ ކައިރީގައި ދަގަނޑު ގަނޑެއް އޮވެފައި ނިއްކުރިން ތަންކޮޅެއް ފެޅިފައި އިނުމުން ވީ ގޮތް ފަހުމް ވިއެވެ.
ނަފީސާގެ މޫނުގައި ފެންފޮދެއް ހާކާލަނިކޮން ހޭއެރިއެވެ. ނަމަވެސް ލިބިފައި ވީ ވީ ޝޮކުން އޭނާއަށް ވާހަކަ ދެއްކުން ވެސް ވީ ބޮޑުވޭނަކަށެވެ. އަކުރަމްގެ އެދުމުގެ މަތިން މުރާދު އާއި ޔާސީން، ނަފީސާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ.
އޭރު ޔޫޝައު އާއި ލިއަމް އަދި ޒެހެކް އާއި އަމާޔާ ވެގެން ގޭގެ ހުރިހާ ސެކިއުރިޓީ ކެމެރާއެއް ޗެކް ކުރަމުންދިޔައެވެ.
“ސާރ ރެޑީ” ލިއަމް ގޮވާލުމުން ޔަޒަން އެދިމާލަށް ދިޔައީ ދުވެފައެވެ. ކެމެރާއިން ނަޥާރް އުޅެމުން ދިޔަ ހާލު ފެނުނު ހިނދު ޔަޒަންގެ ލޭ ދިޔައީ ކެކިގެންނެވެ. ސުޖާއު ނަވާރްގެ މޭމަތީގައި އަތްލަން އުޅުނު ހިނދު އަޑު ނީޥުނަސް ނަވާރް ހަޅޭއްލަވަމުން ދިޔަވަރާއި ކުރަމުންދިޔަ އާދޭސްތައް ނަވާރްގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހެކިދެއެވެ. ނަވާރް ގަދަ ހަދަމުން ދަނިކޮން ޝާކިރް އަންނަ ގޮތާއި ސުޖާއު ނަވާރްގެ މޫނުމަތީގައި ފޮތިގަނޑެއް އަޅާލި ހިނދު ނަވާރް ބިންމައްޗަށް ދެމިގެން ދިޔަ ގޮތް ފެނުނެވެ. ޔަޒަންއަށް ކެތްނުވެގެން މޭޒެމަތީގައި އަތުން ޖަހާލި އިރު ދެލޯ ރަތް ކަމުން އޭނާ ރުޅިގަދަވެފައި ވެފައިވީވަރު ހާމަވެއެވެ. ސުޖާއުގެ އަތްދަޑި މައްޗަށް ނަވާރް ލައިގެން އެމީހުން ނުކުމެ ދިޔައެވެ.
“ބޭރުގަ ހުރި ކެމެރާ ތަކަށް އަރާފަ އެބައިން އެ ކާރުގެ އަރާފަ…ލޮކޭޓް އިޓް އޭސަޕް..” ޒެހެކް ފޯނުގައި ހުރެ ބުނެލިއެވެ.
“އެމީހުން ނަވާ ކިޑްނެޕް ކުރި ކަމެއް ޝަހްރޫޒަކަށް ނޭނގެ..އެކޮޅުން އޭނާއާއި ސުވާލް ކުރުމުން އޭނާ އެއްވެސް ބަޔަކު ނުފޮނުވާކަމަށް ވަރަށް ރޮއިރޮއިފަ ބުނިކަމަށް ވަނީ..އެހެންވީމަ ޝަހުރޫޒްގެ ދަރިއަކީ ޝާކިރް…ޝާކިރް މިފަހަރު ޝަހުރޫޒްއަށް ވެސް ނާންގާ މި ގަނޑެއް ގަތީ…” ޒެހެކް އިތުރަށް ކިޔައިދިނެވެ. އޭރު އިތުރު ޕޮލިހުންތަކެއް އައިސް ވަނެވެ.
”އެކޮޅުން ލޮކޭޝަން ފޮނުވާފަ އިނީ އެކަމަކު މިކޮޅުން އަހަރެމެން ބަލާއިރު ޝާކިރް މެން ތަންކޮޅަކަށް ގޮސްފަ އެ ކާރުން ފައިބާގެން ދެން ދަތުރު ކުރަނީ ވޭން އެއްގަ..އޭގެ އިން ނަންބޯޑަކީ ރަޖިސްޓްރީ ކުރެވިފަ އިން ނަންބޯޑެއް ނޫން..ވެހިކަލް ދެނެގަނެވޭނެ ބަޓް ސާރ އޭޒް ޔޫ ނޯ އިޓް ވިލް ޓޭކް ސަމް ޓައިމްސް” ކުރިމަތީގައި އިން ލެޕްޓޮޕްއަށް ބަލަން އިނދެފައި ލިއަމް ބުނެލިއެވެ.
އެހަބަރު ވީ ޔަޒަން އިތުރަށް ބޯ ހާސްކުރުވި ހަބަރަކަށެވެ. ޒަޔާން ފަހަތުން ހިފަހައްޓާއިގެން ހުރިއިރު ވެސް އޭނާ ދިޔައީ ތުރުތުރު އަޅާމުންނެވެ. ލިއަމް އެމީހުންނަށް މޭޒަކާއި އިތުރު ލެޕްޓޮޕެއް ގެނެސެދިނުމަށް ބުނުމުން ހިތްވަރުކޮށްލާފައި އެތަކެތި ހަމަކޮށްލަދިނެވެ.
“ޒޭން ދަރިފުޅާ ހާސް ނުވޭ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ..ކަންބޮޑު ނުޥޭ ފަވާދުބެ މެން އެކޮޅުން އެބަލަނީ..މިތިބީ ދަރިފުޅުގެ ހުރިހާ އެކުވެރިން” އަކްރަމް އާއި މިލީނާ ކިތަންމެ ދެރަވެފައި ތިއްބަސް ވެސް ބެލީ ޔަޒަން ހިތްހަމަ ޖައްސާދިނުމަށެވެ.
އާނާ ވެސް ޔަޒަންގެ ގައިގާ ބައްދާލާފައި ހިތްވަރު ދިނެވެ. އެންމެ ގާތް އެކުވެރިޔާ އެފަދަ ހާލެއްގައި ވީތަން ފެނި އާނާގެ ހިތައް ދިޔައީ ކެތްނުކުރެވޭވަރަށް ތަދުވަމުންނެވެ.
“ކިހިނެތްތަ..އާނާ އަކަށް ނުފެނޭތަ ނަވާ ގެންދިޔަ ގޮތައް..ޝީ އިޒް ޕްރެގް” ފެންކަޅިވެފައި ހުރެ ޔަޒަން ބުނެލި ޖުމްލައިން އެންމެންނަށް ލިބިގެންދިޔައީ ވަރުގަދަ ޝޮކެކެވެ. ތަފާތުގޮތެއް އެންމެންނަށް ވެގެން ދިޔައިރު ނަވާރް އެ ގެންދިޔަ ގޮތް ފެނި އޭނާގެ ހާލަތު ހުންނާނެ ގޮތަކާއި ދޭތެރޭ އެއްޗެއް ބުނާކަށް އެކަކަށް ވެސް ނޭނގުނެވެ.
“އަމް ސްކެއާޑް..ނަވާއަށް ވާނެ ގޮތަކާއި ދޭތެރޭގަ” އާނާ މަޑުމަޑުން މިހުރާންގެ ގާތައް ޖެހިލާ އޭނާގެ އަތައް ފިތާލިއެވެ.
“ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ އިންޝާﷲ” މިހުރާން، އާނާގެ އަތައް ފިތާލީ ޔަގީން ކަން ދޭ ފަދައަކުންނެވެ. އާނާ ގާތު މިލީނާގެ ކައިރީގަ އިނުމަށް ބުނެ މިހުރާން ދިޔައީ ޔަޒަން މެން ތިބި ހިސާބަށެވެ.
***
“ޝިއުރާ..ޝިއުރާ..ކޮންތާކުތަ…”ޝިއުރާގެ އެޕާޓްމަންޓްގެ ކޯޑު ޖަހާލުމަށްފަހު މީޝަމް އެގެއަށް ވައިން އިރު ހުރީ ރޮވިފައެވެ.
މީޝަމްގެ އަޑަށް ޝާނާއާއި އާއި އިއާން އާއި އެއްކޮން ކޮޓަރީގައި އުޅުނު ޝިއުރާ ދުވެފައި ނުކުތެވެ. “މީޝް ކިހިނެތް ވީ” މީޝަމްގެ ކޮނޑުގައި އަތްލަމުން ޝިއުރާ ކަންބޮޑުވެފައިހުރެ އަހައިލިއެވެ.
“ސުޖާއު ނަވާ ކިޑްނެޕް ކުރީ..” މީޝަމްގެ ޖުމްލައިން ޝިއުރާ ލޭ ދިޔައީ ކެކިގެންނެވެ.
“އަހަރެމެން ޕްލޭން އަށްވޯކް ކުރަނިކޮން ކިހިނެތް މިވީ..ޑިއުޓީ ނިމިގެން ގެޔަށް ދަނިކޮން އެގުޅީ ޒަޔާން..ނަވާ އިޒް ޕްރެގް ..ޝިއުރާ މަޑުން ނުހުރެ އަހަންނަށް އެހީވޭ..” މީޝަމްއަށް ކުރިއަށް ވުރެން ބާރަށް ރޯން ފެށުނެވެ.
”މީޝަމް ހުއްޓާލާ..އަހަންނަށް ވީ ވަރެއް ކޮށްދޭނަން އިރާދުކުރެއްވިއްޔާ..އެދުވަހު އަހަރެން ބުނީމެންނު ލާރާގެ ބައްޕަ ހިލްމީގެ އިނދެއޭ ވެއާރހައުސްއެއް..އެތަން ބަލަން ދިޔުން އެއީ އަހަރެމެންގެ ޕްލޭންއަކަށް ވީ..އެކަމަކު އަހަންނަކަށް ނޭނގޭ އެއީ ކޮންތަނެއް ކަމެއް..އތަން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮން މިހެން މިވީ.. ނަވާ ޕްރެގްކަން ލާރާއަށް އެނގިއްޖެޔާ ނޭނގެ ހަނދާނެ ގޮތެއް ވެސް..މިހާރު ވެސް ނޭނގޭ އެ ފަކީރަށް ޖެއްސި ހާލެއް..އެއްކަލަ ދުވަހު ޕްލޭން ރޭވިފަހުން އަހަރެން ބަލަމުން މިދަނީ ލާރާއަށް ނުގުޅާ އެތަން ހޯދޭނެ ގޮތެއް.. އެކަމަކު ދެން ނެތް ގުޅުން ނޫން ގޮތެއް..އާރ ޔޫ ރެޑީ” ޝިއުރާ ދޫކޮށްލީ ފުންނޭވާ އެކެވެ.
ޝިއުރާ އޭނާގެ ލެޕްޓޮޕް ހިފައިގެން އިށީންނީ ސިޓިންގްރޫމުގައި ހުރި ކޮމްޕިއުޓާ ސިސްޓަމް ކައިރީގައިއެވެ. ދޭތި ކަނެކްޓް ކޮށްލުމަށްފަހު އޭނާ ދިޔައީ ކޮޓަރިއަށެވެ. ގޮސް އައި އިރު ޝިއުރާގެ އަތުގައި އިތުރު ދެފޯނު އޮތެވެ.
“ކީކުރާ ތިން ފޯނެއް ޝިއޫ” މީޝަމްއަށް އަހައިލެވުނެވެ.
“އަމް ޓްރައިންޓް ޔޫސް މައި ހެކިންގް ސްކިލް..” ޝިއުރާ ނުގޮތަކަށް ހީލިއެވެ. މީޝަމްއަށް ބުމަ އަރުވާލެވުނެވެ.
“މީޝަމް..ވަރަށް ބޮޑު ކަމެއް މީޝް ލައްވާ ކުރުވަން މިއުޅެނީ..މިއީ މިޙާރް އަހަރެމެންނަށް އޮތް ހަމައެކަނި ޗޮއިސް..އެ ގުދަނުގަ ހެން އަހަންނަށް އެންމެ ހީވަނީ…އަމް ޓްރައިން ޓް ކޮންފާމް އިޓް” ޝިއުރާ އަވަސް ހަރަކާތަކާއި އެކު ކޮމްޕިއުޓަރުގައި އިން އެޕްކޭޝަނެއްގައި އެއްޗިހިތަކެއް ޓައިޕް ކުރަމުން ދިޔައެވެ. ބަލާބެލުމަށް ވައްތަރީ ކޯޑްތަކަކާއިއެވެ.
“އެ ކޮންކަހަލަ ގުދަނެއް” ، “އެއީ އެމީހުންގެ ރަލުގެ ވިޔަފާރި ކުރުމަށް ގެންނަ ރަލުގެ ބާއްވަތްތައް ބަހައްޓާފަ ހުންނަ ގުދަން..އައި ނެވާރ ޔޫސް ..ބަޓް ސުޖާއުއާއި އެކު އުޅުނު އަހަރުތަކުގަ އައި ގެޓް ޓް ނޯ ދިސް..” ޝިއުރާ ކިޔައިދިނެވެ. އޭރުވެސް އޭނާ މަސްއޫލްވެގެން އިނީ އޭނަގެ މަސައްކަތުގައެވެ.
“ޔެސް..ލުކް މީޝް..މިހިރީ ސުޖާއު ގެންގުޅޭ ވަގު ނަންބަރުން އެންމެފަހުން ރޭންޖް ލިބިފައިން ހިސާބު..ސުޖާއުގެ އަސްލު ނަންބަރަށް ނުގުޅޭތާވެއްޖެ ވީކް އެއް..އެންޑް ދެން ބަލާ..މި އިނީ ލާރާގެ ފޯނުން އެންމެ ފަހުން ރޭންޖް ލިބިފަ އިން ހިސާބު..ހަމަ އެއް ހިސާބަކަށް އެންމެ ފަހުން ދެމީހުން ރޭންޖް ވެސް މިއިނީ ލިބިފަ..އަހަންނަށް މިހާރު ޔަގީން ވެއްޖެ..ދެން އޮތީ މުހިންމު ޕްރޮސެސް..އަހަރެން މިގުޅަނީ ލާރާއަށް…އަހަރެން އޭނާ އަށް ގުޅާފަ ވާހަކަ އެއް އަޅުވާލާނަން.. ދެން އޭނަގެ ލޮކޭޝާން ހޯދާނަން..މީޝަމް ޔޫ ހޭޥް ޓް ގޯ ދެއާރ އެލޯން.. ފަހަރެއްގަ ނަވާ ނުފެންނަނީސް އިތުރު މީހެއްގެ އެހީ ހޯދަން އުޅެފިއްޔާ އެމީހުންނަށް ޝައްކުވެ ނަޥާއަށް ގޮތެއް ހަދާފާނެ..އަދި އެހެންނޫނީ އަހަރެމެން، ޕޮލިހުންގެ އެހީ ހޯދައިގެން ގޮސްފިއްޔާ ޝައްކެއް ވެގެން އެމީހުން ފިލާ ވެސް ފާނެ..ޕޮލިހުންގެ ތެރޭގަ އުޅެދާނެ ހިލްމީއަށް ވާގިވެރިވާ ބަޔަކު…އެމީހުންގެ ގޮތް އަހަންނަށް އެނގޭ.. އެންމެ ރަނގަޅު ވާނީ މީޝް ގޮސްފަ އެތަނުގައި އެމީހުން އެކުޜާ ކަމެއް ބަލާފަ މީޝް އެތާގަ ހުރެފަ އެންގުން..ކެންޔޫ ޑޫ ދެޓް..” ޝިއުރާ ކިޔައިދެމުން ދިޔަ ވަރަކަށް މީޝަމް ދިޔައީ ހިތްބިރުގަނެ ފިނިވަމުންނެވެ. އެކަމަށްޓަކައި އޭނާގެ ސިކުނޑި ތައްޔާރް ކޮށްލުމަށް ފުންނޭވާއެއް ދޫކޮށްލިއެވެ. މީޝަމް ބޯ ޖަހައިލިއެވެ. ކިތަންމެ ހިތް ބިރުގަތަސް އެންމެ ގާތް އެކުވެރިޔާ ސަލާމަތް ކުރަން މީޝަމް ހުރީ އިންތިހާއަށް ބޭނުން ވެފައެވެ. އިތުރު މީހެއްގެ އެހީ ހޯދަން އުޅެފިނަމަ ޝިއުޜާ އެބުނި ހެން ނަވާރްއަށް އެމީހުން ގޮތެއް ވެސް ހަދާފާނެއެވެ.
“އަހަރެން މި ދޭ އައިނު އަދި ސްޕައި އިއާރ ޕީސް އަޅާލަ ފުރަތަމަ..މީޝް އެތަނަށް ދިޔައީމަ ދެން ހަދަންވާ ގޮތް އަހަރެން ބުނާނަން..ހަނދާން ބަހައްޓާތި އަހަރެންގެ ފޯނު ކަނޑާ ނުލާތި.. .މީޝް މި އައިނު އެޅީމަ މަށައް ފެންނާނެ މީޝްގެ ކުރިމަތީގެ ހުރިހާ މަންޒަރެއް ..ދެން އޮތްބައި އަހަރެން ނިންމާނަން.. މީޝް ހަމައެކަނި އަހަރެން ބުނާ ގޮތައް ހަދާނީ..” ޝިއުރާގެ ވާހަކަ ނިމުމުން ބޯ ޖަހާލާފައި މީޝަމް ގެއިން ނުކުމަތެވެ. ދިޔުމުގެ ކުރިން ޝިއުރާ މީޝަމްގެ ގައިގާ ބައްދާލަމުން ހިތްވަރު އާކޮށްދިނެވެ.
***
“ޒެހޭ..ހަމަ ޔަގީންތަ ޝަހުރޫޒްގެ އަތެއް ނުވާނެ ކަން.. އައި ކޭންޓް ޓްރަސް އެނީވަން “ޔަޒަން މަޑުކޮށްލީ ކޮމްޕިއުޓަރު ސިސްޓަމްގެ ކައިރީގައި އިން ޕޮލިސް އޮފިސަރުގާތުގައެވެ. ކައިރީގައި ޒެހެކް ވެސް ހުއްޓެވެ. އޭރު އެހެން އެންމެން ދުރުގައި ހުރި ސޯފާތަކުގައި ތިއްބެވެ.
“އެކޮޅަށް ލިއަމް މެން ގޮސް ބެލި އެންނު .. ޝަހުރޫޒްއަށް އިންޒާރު ދިނުމުންވެސް ބުނީ ނޭނގޭކަމަށް..އަހަންނަކަށް ނޭނގޭ އަހަރެން ބައްޕަ ވެސް ހުރީ ކޮންފަދަ ހާލެއްގަ ކަމެއް” ޒެހެކް ބުނެލި އިރު ހުރީ ރޮވިފައެވެ.
“ޑޯންޓް ވޮރީ..މިހެން ބުންޏަސް އަހަންނަށް އިހުސާސް ވޭ ޒެހޭ އަށް ވާނެ ގޮތް.. ނަވާ ޕްރެގް އިރު ނޭނގޭ އެފަކީރަށް އެމީހުން ޖެއްސި ހާލެއް ވެސް..ހަމަ ހުވާ މިބުނީ ލާރާ މަގޭ އަތުގަ ޖެހިއްޖެޔާ މަރުވާނެ”ކިތަންމެ ހަރުކަށިކަމާއި އެކު ބުނެލި ނަމަވެސް އެއަޑުގައިވި ރިހުން ޒެހެކް އަކަށް ނޯޅެއެވެ.
“ސާރ ދެނެގަނެވިއްޖެ އެމީހުން ދިޔަ ވޭންގެ ވެރިފަރާތުގެ މައުލޫމާތު..މުހައްމަދު ފައިރޫޒް ޝާކިރް ކިޔާ ބޭފުޅެއް ..މިވެދާނެތޯ ޝާކިރްގެ ދަރިފުޅަށް..އެކޮޅުން އެބައިން ފޮޓޯއެއް ވެސް ފޮނުވާފަ” ކޮންޕިއުޓާ ކައިރީގައި އިން އޮފިސަރު ބުނެލުމާއި އެކު ހެން ޔަޒަން އާއި ޒެހެކް އެކުއެކީގައި ކައިރިވެލިއެވެ. އެހިނދު ދެމީހުންގެ ލޯ ބޮޑުވިއެވެ.
“ކޫ..މީނަ ހަނދާން ވޭތަ..މީ އަހަރުންގެ ޓީޗަރ އެއް..އަހަރުންނަށް ސަބް އެއް ކިޔަވާދޭން ދިޔަ..” ޒެހެކް ބަލައިލިއިރު ޔަޒަން ގަނޑުވެފައި އެހުރިގޮތައް ހުއްޓެވެ.
އޭރު ޔަޒަންގެ މޫނުން ފެންނަން ހުރި ރުޅިގަނޑު ވަނީ ދެގުނަވެފައެވެ. މޭޒުގައި ގޮށް މުށުން ހައެއްކަ ބޮޑި އަޅާލެވުނު އިރުވެސް މީހާގެ ރުޅިގަނޑު މަޑެއް ނުވެއެވެ. އެ ފައިރޫޒް އޮޅޭނީ ކިހިނެތް ހެއްޔެވެ. އެންމެ ފުރަތަމަ ލާރާ އާއި އޭނަ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު ލާރާއާއި ބައިވެރިވެގެން އޭނާގެ ދިރިއުޅުމަށް ޒަހަރު ލީ މި ފައިރޫޒެވެ. އޭރު ޔަޒަންއަށް ވެގެން ދިޔަ ގޮތުން ޒަޔާން އައިސް ޔަޒަންގާތައް ހުއްޓުނެވެ.
“ހައު ކޭން އައި ފޮގެޓް އެބައުޓް ދިސް ބަސްޓާޑް..ލާރާ އާއި މީނަ ވެގެން މަށައް ދޯކާ ދިނީ.. މިއީ މަ އެމީހެއް ދެކެ އެންމެ ފޫހިވާ މީހާ..މީނަ ސްކޫލުން ވަކިކުރީ ލާރާގެ އެފެއާރ އާއި ހެދި އޭރު” ޔަޒަން ބުނެލި ހިނދު ޒަޔާންއަށް ވެސް ކޮމްޕިއުޓަރާއި ގާތައް ޖެހިލެވުނެވެ. އެހިނދު އޭނާއަށް ވެސް ލިބިގެން ދިޔައީ ސިހުމެވެ.
“ވެއިޓް ވަޓް..މިއި އަހަރެމެންނާއި އެކު އުޅޭ ލޯޔާރ ފައިރޫޒް..ކޫ ތިކިޔަނީ ކީކޭތަ.. މީނަ އޭތަ ތިބުނީ ލާރާއާއި ބައިވެރިވެގެން ކޫ އަށް އެ ހާލު ޖެއްސީ..” ޒަޔާން ހައިރާންވެފައި ހުރެ އަހައިލިއެވެ.
“މި ފައިރޫޒް އުޅެނީ ޒަޔާންމެންގެ އޮފީހުގަތަ. އޭރު ތިމީހުން ނުނަގާ ސަބްޖެކްޓް އެއް އަހަރެމެން ދެމީހުން ނެގީމެންނު.. އެއަށް ދިޔަ ޓީޗަރަކީ މި ފައިރޫޒް” ޒެހެކް ބުނެލިއެވެ.
“އާން މިހާރު މި ވާނުވާ އެނގިއްޖެ..ޝަހުރޫޒްގެ ދަރިފުޅަކީ ޝާކިރް..ޝާކިރްގެ ދަރިފުޅަކީ ފައިރޫޒް..އޮފްކޯޒް ޝަހުރޫޒްގެ ކާފަ ދަރިފުޅަކީ ފައިރޫޒް” އެމީހުންގެ ވާހަކަ އަހަން ހުރެފައި ޔޫޝައު ބުނެލިއެވެ.
“އެދުވަސްކޮޅު ކިއޭ މީނަ ވަޒީފާއިން ވަކިކުރީމަ ރާއްޖެއިން ބޭރަށް ކިޔަވަން ދިޔަ ވާހަކަ..” ޔަޒަން އިތުރަށް ބުނެލިއެވެ.
“މަގުތަކުގައި ހުރި ބައެއް ކެމެރާތައް ހުރީ މައްސަލަ ޖެހިފަ..ލިއަމްމެން އެދިޔައީ އެ ވޭން އެންމެފަހުން ފެނުނު ހިސާބަށް..ދެން ނެތް އެއްވެސް ހިސާބަކަށް އަރާފަ އެއް” އިތުރު އޮފިސަރެއް ބުނެލިއެވެ. އެމީހުންގެ ވާހަކަތަކުން ރުޅިގަދަވެގެން ދިޔަހިނދު ޔަޒަންއަށް ސޯފާއަށް ޖެހިގަނެވުނެވެ.
ޔަޒަންގެ ގާތުގައި ޒަޔާން އިންދާ ފޯނު ރިންގް ވާން ފެށުމުން ބަލައިލި އިރު ނުދަންނަ ނަމްބަރެކެވެ. ފޯނު ރިންގް ވަމުން ގޮސް ކެޑެން ކުޑަތަންވެފައި ވަނިކޮން ޒަޔާން ނެގިއެވެ.
“ޒަޔާން..ފޯނު ކަނޑާ ނުލާތި ވަރަށް އިމްޕޯޓޭންޓް..މީ ޝިއުރާ.. ޔަޒަންއަށް ގުޅޭނެ ގޮތެއް ނެތް ތަ” ފޯނު ނެގި ގޮތައް ނަގާ ޝިއުރާ ބުނެލިއެވެ.
“ޔަޒަން އޭ..ކީއްކުރަން ޔަޒަން ހޯދަނީ ޝިއުރާ..ލާ” ، “ޝިއުރާ އޭ..ގިވްމީ..ޔެސް ކީކޭ.އާން ސްޕީކާ އޮން ކޮށްފިން ” ޒަޔާން ވާހަކަ ދައްކަ ދައްކާ ހުއްޓާ ޔަޒަން ފޯނު ޖަހައިގަތެވެ. ޔަޒަން ހެދިގޮތުން ޒަޔާން އާއި ޒެހެކް ފާޑަކަށް އަނގަ ނަގައިގެން ތިއްބެވެ. އޭރު އެމީހުންގެ ގާތައް މިހުރާން އާއި ރިހާމް އާއި އާނާ ވެސް ހުއްޓުނެވެ.
“ޔަޒަން..މީޝް އެކަނި އެއުޅެނީ ގޮސްފަ .. އެޑްރެސް ވެސް ބުނާނަން ..ވަރަށް ގޯސް އެކޮޅު” ޝިއުރާ ވާހަކަ ދެއްކި އިރު ރޮވޭކަން އަޑުންވެސް އެނގެއެވެ.
“ކިހިނެތް ވީ..ޝިއުރާ ޔޫ އާ މޭކިންގް މީ ނާވަސް..” ޔަޒަން ހާސްވެފައި ހުރެ ވެގެން އުޅޭ ގޮތް އަހައިލިއެވެ. ކުޑަގޮތަކަށް މީޝަމް ދިޔަ ޥާހަކަ ކިޔައިދިނިމުން ޔަޒަންއަށް ބޮލުގެ އިސްތަށިގަނޑަށް ވާން ކޮށްލެވުނެވެ.
“ވެއިޓް..މީއްކޮ ކޮންތާކަށް ދިޔައީ”މިހުރާން އަހައިލިއެވެ.
“މިގަޑީގަ ސުވާލް ނުކުރޭ..ލެޓް ޝިއުރާ ޓޯކް” ޔަޒަން ބުނެލިއެވެ.
“އަހަރެން މި ފޮނުވަނީ ލިންކް..އެއަށް ވަނީމަ ފެންނާނެ މީޝް އަޅާފަ ހުރި އައިނުން ފެންނަ މަންޒަރު ތިމީހުންނަށްވެސް..އަހަންނަށް ނުގުޅިދާނެ އަހަރެން މިދަނީ މީޝް ކައިރިއަށް.. އެޑްރެސް ފޮނުވީމަ ޔަޒަންމެން އާދޭ..ނަސީބު ހުރިއްޔާ އެތަނުން ދިމާވެސް ވެދާނެ..ބުނޭ ޒެހެކް ކައިރީގައި ހިތްވަރު ދެރަ ނުކުރަން..” ޔަޒަންއަށް އެއްޗެއް ބުނެވުމުގެ ކުރިން ޝިއުރާ ފޯނު ކަނޑާލިއެވެ. ޝިއުރާގެ ޥާޙަކަތައް އާދަޔާއި ހިލާފަށް ހުރުމުން އެންމެންގެ މޫނުމަތިން ވެސް ފެންނަނީ ހައިރާންކަމެވެ. ގުޅަން މަސައްކަތް ކުރުމުން ޝިއުރާގެ ފޯނު ނިއްވާލާފައި އޮންނަ ކަމަށް ބުނާތީ ގުޅޭގޮތެއް ނުވިއެވެ.
އިތުރަށް ލަސްނުކޮށް ޝިއުރާގެ މެއިލް އިން ފޮނުވާފައި އިން ލިންކަށް ވަނެވެ. އެވަގުތު ފެނުނު މަންޒަރުން ޒެހެކް ތުރުތުރު އަޅައިގަތެވެ. ފަހަތައް ޖެހެމުން ދިޔަ އިރު މާގިނައިރެއް ނުވެ އޭނާ އަރިއަޅާލައިފިއެވެ. ރިހާމްއަށް ޒެހެކްގެ ގައިގާ ހިފެހެއްޓުނީ ކިރިޔާއެވެ. އެވީޑިއޯއިން އަހުމަދު ފެންނަން ހުރި ހާލަތު ބަލާކަށް ޒެހެކްއަކަށް ކެތެއްނުވިއެވެ.
ޔަޒަން އެންމެ މިނެޓް އެއްވެސް ލަސް ނުކޮށް ޔޫޝައު އާއި މިހުރާން އަދި އިތުރު ޕޮލިހުންނާއި އެކު ޝިއުރާ ލިންކާއި އެކު ފޮނުޥާފައި އިން އެޑްރެސް އަށް ދިޔުމަށް ނުކުމެގެން ދިޔައެވެ.
***
ފުސްފުސްކޮން ފެންނަމުން ދިޔަ މަންޒަރުތައް ނަވާރްއަށް ސާފްވަމުން ދިޔައެވެ. ކިރިޔަކިރިޔަ ނަވާރްގެ ލޯ ހުޅުވޭކަމެވެ. ނަވާރް އެއްއަރިއަކަށް އޮތްއިރު ބަނޑުގައި ވާ ރިހުމެއް އޭނާއަށް އިޙްސާސްކުރެވެމުން ދިޔައިރު ކަނާއަތުން ބަނޑުގައި އަތް ޖައްސާލެވުނީ ހިނދެއް ހިނދަކަށް އެ ތަދު އިހްސާސް ވާލެއް ބޮޑުހެން ހީވާތީއެވެ. ބައެއްގެ ހުނުމުގެ އަޑު އިވިގެން ދިޔަ ހިނދު އޭނާ އޮތް މާހައުލަށް ނަޒަރެއް ދިއްކޮށްލެވުނެވެ. އޭނާއާއި ދިމާލަށްވާހެން ކުޑަތަންކޮޅެއް ދުރުގައި އެތިބީ ލާރާގެ އިތުރުން ޝާކިރްއާއި ސުޖާއު އަދި ނުދަންނަ ޒުވާނެކެވެ.
އޭނާއަށް އޮވެވުނީ ބޮޑު ގުދަނެއްގެ މެދުގައެވެ. ވަށައިގެން ހުސްކޮށް ހުރިއިރު ދުރުން އެއްފަރާތައް ފެންނަން ހުރީ އެކިވަރުވަރުގެ ބައިބަޔަށް އަޅާފައިވާ އެތައް ބައިވަރު ފޮށިތަކެވެ. އެހެން އޮވެފައި އޭނާ އޮތް ފަރާތް ނޫން އަނެއް ފަރާތައް ނުހަނު އުނދަގޫ ގޮތަކަށް އެނބުރިލި ހިނދު ފެނުނު މަންޒަރު ނަވާރްއަށް ދެލޯ ތަންމިނަށް ހުޅުވާލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ރޮއިގަނެވުނެވެ.
ސީލިންގްގެ ބަދަލުގައި މަތީގައި ހުރަހަށްފައިވާ ވަކަރުތަކުން ވަކަރުގަނޑެއް ގައި ތިރިއަށް އެލުވާފައި އިން ވައުގަނޑަކުން ކަރުގާ އައްސާ، ދަން ޖައްސުވާފައި އެއިނީ އަހުމަދުއެވެ. އޭނާ މަރުނުވާކަން އެނގުނީ ނޭވާ ނުލެވިގެން އޭރުވެސް ތެޅެމުން ދާތީއެވެ. ނަވާރް ބަނޑުގައި އަތްލައިގެން ހުރެ އަހުމަދު ސަލާމަތްކުރަން އެދިމާލަށް ދާން މިސްޜާބު ޖެހިއެވެ.
ނަމަވެސް އެވަގުތު ފަހަތުން އައި ލާރާ، އޭނާގެ އަތުގައި ހިފާ ބިމަށް ހޫރައިލި އެވެ. އެވަގުތު ނަވާރްގެ ބަނޑަށް އެރި ތަދުން އަޑުން އަޑުންނަގާ ރޮއެގަނެވުނެވެ.
“ކަލޭ ކޮން ހަޅޭއްކެއް ތަ ތިލަވަނީ..ކާކަށް އިއްވަންތަ.. އޭންންން..މިހިރަ ***” ނަވާރްގެ ގާތައް ގުދުވެ ލާރާ ހިފައިގަތީ ނަވާރްގެ އިސްތަށިގަނޑުގައެވެ.
“ލާރާ އަހަންނަށް ތިހެން ނަހަދާ..އަހަރެން ކީއްތަ ކުރީ..އެހަރަ ނިކަމެތި ބޭބެ އަށް ކަލޭމެން ކޮން ހައިސިއްޔަތަކުންތަ ތި އަނިޔާ ދެނީ” ރޮމުން ރޮމުން ނަޥާރް ވާހަކަ ދެއްކި އިރު ލާރާގެ ފަހަތުގައި ސުޖާއު އާއި ޝާކިރު މަލާމާތުގެ ފާޑަކަށް ހިނިއައިސްފައި ހުއްޓެވެ.
“ކަލެއަށް ކީއްހޭ ކުރެވުނީ..ލަދެއް ނުގަނޭތަ..ކަލޭގެ ސަބަބުންނޭ މަށައް ޔަޒަން ނުލިބުނީ..ލާހިކެއް ނޫން ކަލޭ ދުނިޔޭގަ ވެސް ހުންނާކަށް..އިނގޭތަ އޭނަ ކުރި ކަންތައް…އެ އަހުމަދު ފާ ނުވިނަމަ މިއަދު ހުރިހާ ކަމެއް ވެސް ކާމިޔާބު ވާނެ..އެ އަހުމަދަކާ ހެދިއޭ އަހަރުންނަށް މި ހާލު ޖެހުނީ..” ލާރާ މިފަހަރު ޖަހައިލީ ނަޥާރްގެ އުނަގަނޑުގައެވެ.
“ހެޔޮ..ހެޔޮ ނުވާނެ ލާރާ އަހަންނަށް އަނިޔާ…ނު..ނުކުރޭ..އަހަމަދު ބެ ދޫކޮށްލާ ..އާދޭސް ކުރަނީ” އުނަގަނޑާއި ބަނޑުގައި އަޅާމުން ދިޔަ ވޭން އިންތިހާއަށް ގަދަ ނަމަވެސް ނަޥާރް ދިޔައީ އަހުމަދުގެ ހާލަތު ފެނި ލާޜާގެ ފައިބުޑުގައި އާދޭސް ކުރަމުންނެވެ.
“ކައެ ތިހާ ހެޔޮ އެދެންޏާ ޔަޒަން ދޫ ކޮށް ފެއްސެން ދޭ..އޭ އޭނަ ތިރިކުރޭ..” އަހުމަދުގެ ހަރަކާތް ހުއްޓި ކަރަށް ބާރުވެފައި އިން ވައުގަނޑުގެ ބޭރަށް ބޯ އެލިއެލި އިނުމުން ސުޖާއު ގޮވައިލިއެވެ. އެހިނދު ޝާކިރްގެ ކައިރީގައި ހުރި ފައިރޫޒް ގޮސް އަހުމަދު ތިރިކުރިއެވެ.
…
“ޝިއުޜާ..އައި ކާންޓް..ދެން އިތުރަށް ނަވާއަށް އަނިޔާ ކުރާ މަންޒަރު ބަލާކަށް ނުހުރެވޭނެ..” މީޝަމް ހުރީ އެތަނަށް ވަންނަން އިން ދޮރުގެ ހުޅުވިފައިން ހިމަ ދާއިރާގައެވެ. އެތަނުގައި ހުންނައިރު އެތެރޭގެ މަންޒަރުތައް ވަރަށް ރީއްޗަށް ފެނެއެވެ.
“ނޫން މީޝް..އަހަންނަށް އެނގޭ މީޝްގެ ހިތައް މިވަގުތު ކުރާނެ އަސަރު..މިހާރު މިގުޅީ ޔަޒަން އަށް..އެމީހުން އެދަނީ ތިތަނައް އަހުމަދުބެ ވެސް އެމީހުންނަށް ފެންނާނެ..ނަވާއާއި މީޝްއަށް ދެރަގޮތެއް ވެދާނެ ތީ އަހަރެން މިބުނަނީ ” ޝިއުޜާ އެތައް ފަހަރަކު މީޝަމްގާތު ހަމަޖެހެން ބުނެލިއެވެ. ނަމަވެސް ނަވާރް އެއުޅެމުންދާ ހާލުން މީޝަމްއަށް ކެތްވަނީ ކިރިޔާއެވެ.
“މީޝް ކެތް ކޮށްލާ އަހަރެން މިދަނީ..ބިރު ނުގަންނާތި..ނަމަނަމަ ނުފެންނާތި..ފެނިއްޖެޔާ ނަވާއާއި ދޭތެރޭގަ ވާނެގޮތް ވިސްނާލާ” ޝިއުރާ ފޯނު ކަނޑާލުމުން މީޝަމް އަނެއްކާ ވެސް ނަވާރް އުޅޭމުންދިޔަ ހާލަށް ބަލައިލިއެވެ.
….
“ކަލެއަށް އޮތީ އެންމެ ގޮތެއް..ޔަޒަންއާއި ވަރިވާން އެއްބަސް ޥޭ.. އެހެން ނޫނީ މި ވަޅީގެ ތޫނު ކަން އަންގާލާނަން” ލާރަގެ އަތުގައި އޮތީ މިޔަތޫނު ވަޅިއެކެވެ.
“ނޫން ނޫން ލާރާ..އަހަންނަކަށް ޔަޒަން އާއި ނުލާ ނޫޅެވޭނެ” ، “ނޫޅެވޭނެ ތަ..އޭން..އޭން..” ނުބައި ފާޑަކަށް ހީލައިގެން ހުރިއިރު ލާރާ އެ ވަޅި ޖައްސާލީ ނަވާރްގެ ކަރުގައެވެ. ފަހަރަކަށް ވުރެން ފަހަރެއް ބާރަށް ވަޅިން ދިޔައީ ކަރަށް އޮބަމުންނެވެ. ނަވާރްގެ ކަރަށް ވާ ތަދުން ކެތްނުވެ ހަޅޭއްލަވަމުން ދިޔައެވެ.
“އަހަންނަށް އަނިޔާ ނުކުރޭ..ލާރާ އަހަރެން ބަނޑުބޮޑޭ..ތީއަންހެނަކަށް ވާއިރު އަންހެނެއްގެ އިހްސާސްތައް ދަނެބަލަ” ނަވާރްގެ އަނގައިން ނުކުން ޖުމްލައިން ލާރާއަށް ދިޔައީ ހުއްޓުމެއް އަރައިގެންނެވެ. ސިހުމެއް ލިބި އަތުން ވަޅި ދޫވި ހިނދު އޭނާ އަމިއްލަ އިސްތަށިގަނޑުގައި ބާރަށް ހިފައިގަތެވެ. ޒާތަކަށް ދެލޯ ބޮޑުކޮށްލައިގެން ބޮލުގައި ދެއަތުން ތަޅަމުން ދިޔައިރު ހީވީ މޮޔަވެފައި ހުރިހެންނެވެ.
“‘ނޫން ނޫން…ކަލޭ ބަނޑުބޮޑެއް ނުވާނެ..ހަހަހަ..ޔަޒަން އަހަންނާ އިންނާނެ..ހަހަހަ..ކަލޭ ބަނޑު ބޮޑަސް ދަރި މަރާލެވޭނެނު…”ނުބައިގޮތަކަށް ހެމުން ދިޔަ ލާރާ އައިސް ހުއްޓުނީ ނަވާރްއާއި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ބަލާކަށް ނުހުރެ ގައިގާ ހުރިބާރެއް ލާފައި ނަވާރްގެ ބަނޑުގައި އޭނާ ކޮޅުފައިން ޖަހައިލިއެވެ.
“މަންންންމާ” ނަވާރް ތިރިއަށް ވެއްޓެން ދިޔަ ވަގުތު އިވިލީ ވޭނީ ހަޅޭކެއްގެ އަޑެވެ. ނަވާރް ވެއްޓި ޖެހުނު ހިސާބު ލެއިން ކަޅިވާން މާގިނައިރެއް ނުނެގިއެވެ. އޭނާގެ އެއްވެސް ހަރަކާތެއް ނުވެއެވެ.
ދުރުގައި ހުރި މީޝަމް އިތުރަށް އެންމެ މިނެޓް އެއްވެސް ލަސްނުކޮށް ނަވާރްގެ ގާތައް ދުއްވައިގަތެވެ. “ނުވާނެ ނަވާ ގައިގަ އިނގިލި ކުރި ވެސް ޖައްސައިގެން މިހިރަ ފެންނަ މީހާ ގަނޑާ” ޝާކިރް، ނަވާރްގެ ގާތައް ކައިރިވާން ފެށުމުން މީޝަމް ދިޔަގޮތައް ގޮސް އޭނާގެ މޭގައި ފައިން ޖަހާ ދުރަށް ކޮއްޕާލިއެވެ. ޝާކިރް ނުވިސްނާ ހުރި ވަގުތެއް ކަމުން އޭނާ ދިޔައީ ފަހަތައް އެއްލިގެންނެވެ.
“އޭތް..ބަލަން ނުތިބެ ދެން ވެސް އޭނާ ހިފަހައްޓަބަލަ” ލާރާ އަމުރު ކޮށްލި ހިނދު ފައިރޫޒް ދިމާކޮށްލީ މީޝަމްއާއި އެވެ.
”ލަދުކުޑަ ފައިލް ހޯދަން ވައްކަން ކުރީ މިހެންވެ ދޯ…ހުރި ނުބައިކަން..” މީޝަމްގެ ޖުމްލައިން ފައިރޫޒް ޖަހައިލީ ނުބައި ހިނިގަނޑެކެވެ. އެވަގުތު ތިރިން ޕޮލިސް ކާރުތަކުގެ ސައިރެން އަޑު އިވި ހަތަރުމީހުންގެ ތެޅެން ފަށައިފިއެވެ. މީޝަމް ބަލާކަށް ނުހުރެ ދުވެފައި ގޮސް ވަދެވެން ހުންނަ ދޮރުގެ ކައިރިއަށް ގޮސް ދޮރު ބެއްދިއެވެ.
“ރީތިކޮން މިބުނީ…ދުރަށް ދޭ..”
“ކަލެއަށް ހޭ އަރުވާ ނުލަނީސް ފެއްސެންއުޅޭ”ސުޖާއު ދެވަނަ ފަހަރަށް ބުނުމުން ވެސް މީޗަމް ދުރަކަށް ނުދިޔައެވެ.އޭނާ ހިފައިގަތީ މީޝަމްގެ ކަރުގައެވެ. އެވަރުން ވެސް މީޝަމް ހުރީ ގޮތުގައެވެ.
“ލާހިކެއް ނޫން” ތުރުތުރު އަޅަމުންދިޔަ މީޝަމް ބުނެލި ހިނދު ސުޖާއު އެހުރިގޮތައް ހުރެފައި މީޝަމް ފާރާދިމާލަށް ހޫރާލިއެވެ. ދޮރު ހުޅުވުނަސް ދޮރު މަތީގައި ހުރި ޔަޒަން އާއި ޝިއުރާ އަދި ޕޮލިހުން ފެނި ސުޖާއު އާއި ލާރާ އަދި ޝާކިރްއާއި ފައިރޫޒް ހުއްޓުނެވެ.
“ޝާކިރް ހަނދާންކުރާތި..މި ނިމުނީ އެއް ނޫން” ޔަޒަން މަޑުނުކޮށް ދިޔަ ގޮތައް ދިޔައީ ނަވާރްގެ ގާތަށެވެ. އޭރު މިހުރާން ، މީޝަމް އަތްދަނޑި މައްޗަށް ލައިގެން ނުކުމެއެވެ.
“ޒަޔާން އެއްޗެކޭ ހީނުކޮށް އާދޭ ޝިއުރާ ގޮވައިގެން” ޔަޒަން ނުކުންނަން ދަމުން ގޮވާލުމުން ޔަޒަން ބޯ ޖަހައިލިއެވެ.
“އަމިއްލަ ލެޔަށް ހަޜާމް ކޯރު ވާ އިރު އެއްޗެކޭ ހިތައް އަރާތަ..ފައިސާއަށް ބޫތުކެޔަސް ތިދެން ފުކެއް ބޮޑުވަރު.. ޔާމީންބެގެ ހައްގަކަށް ސަހުރޫޒާއި ސާކިރު އަދި ފައިރޫޒަކަށް އަރައިގަތުމުގެ ހައްގެއް ނޯންނާނެ..ސުޖާއު..މިއަދު ތީ އަހަރެންގެ ބައްޕައޭ ބުނަން ވެސް ލަދުވެތި..ދުވަހަކު ވެސް މާފެއް ނުކުރާނަން..” ރޮވިފައި ހުރެ ޝިއުރާ އިނގިލި ދިއްކޮށްލީ ސުޖާއު އާއި ދިމާލަށެވެ. ސުޖާއު އިސް ޖަހައިގެން ހުރއިރު ހީވަނީ ޝިއުރާއާއި ހަތަރުކަޅި ހަމަކުރަން ފަސްޖެހިފައި ހުރިހެންނެވެ.
ހަތަރުމީހުންގެ އަތުގައި ބިޑިއަޅުވައިގެން ނެރުނެވެ. ފަހަރަކު މީހަކު ޕޮލިސް ޖިޕަށް އަރުވަމުން ދިޔަ ވަގުތު ލާރާ ހުރީ އެންމެފަހަށެވެ. އޭނާގެ މޫނުމަތިން އަދިވެސް ފެންނަނީ ނުރައްކާތެރިކަމެވެ. ހައްޔަރުކުރުމުން ވެސް ކަމަކާއި ކަންބޮޑުޥާހެނެއް ހިއެއް ނުވެއެވެ. ދެފަރާތުން ދެ ޕޮލިސް އޮފިސަރުން ހިފަހައްޓައިގެން ހުރިއިރު އެ ސިކުނޑީގައި ރޭވުމެއް ރާވަމުން ދާކަން ހާމަވަނީ ޒާތަކަށް ހީލި ގޮތުންނެވެ. އެހެން ހުރެފައި އެކަކު ވެސް ނުވިސްނާ ހުރިވަގުތެއް ބަލާފައި ކުއްލިއެއް ޖަހާލިއެވެ. ކައިރީގައި ދިބި ޕޮލިހުންގެ އަތުން ވީއްލުމުން އޭނާ ހައިވެފައިވާ ސިންގާ އެއްފަދައިން ދުއްވައިގަތީ އެމީހުންނާއި ތަންކޮޅެއްފަހަތުގައި ހުރި ޝިއުރާއާއި ދިމާލަށެވެ.
”ޝިއުރާ ކަލޭއަށް ހީވަނީތަ އަހަރެން ކަލޭ ދޫކޮށްލާނެހެން..ގޯޓް ޓް ހެލް” ، “މަންމާ..އާހް…އާއާ” ޝިއުރާގެ ވޭނީ ހަޅޭކްގެ އަޑުން މުޅިތަން ގުގުމާލިކަހަލައެވެ.
ލާރާ އެ ދިޔަބާރު މިނުގައި އޭނާ މިހުރިހާ އިރު ލާފައި ހުރި ހެދުމުގެ އަތްކުރި ތެރެއަށް ލައިގެން ގެންގުޅުނު ފިޔޮހި ނަގާ ހަރާލީ ޝިއުރާގެ މެޔަށެވެ. ދެވަނަ ފަހަރަށް ހަރައިލަން އަތް މަޅާލި ހިނދު އެންމެ ކައިރިޔަށް ހުރި ޒަޔާން، ލާރާ ހިފެހެއްޓިއެވެ.
“މޮޔަވީތަ..ކުރެވުނު ވަރު ކުޑައީތަ..” ޖިޕް އަށް ލާރާ ދަމާފައި ވައްދަމުން ޕޮލިހަކު ބުނެލިއެވެ. އޭރު ޒަޔާން އެހެން ޕޮލިހުންގެ އެހީގައި ޝިއުރާ ހޮސްޕިޓަލަށް ގެންދިޔައެވެ.
“އަމް ސޮރީ ޝިއުރާ..ހޭންގިން ދެއާ..ވަރަށް ކައިރިވެއްޖެ ހޮސްޕިޓަލާ” ޒަޔާން ޝިއުރާގެ އަތުގައި ހިފައިގެން އިން އިރު ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައީ އެއްވެސް އިހްތިޔާރަކު ނޫނެވެ.
“ނޫން..ޒަޔާން..އަހަ..އަހަންނަކަށް ..މާގިނަ..ވަ..ވަގުތެއް ނެތް…އެން.. އެންމެން.މާފް..ކުރާތި.. ޒަޔާން.. އަދި..ވެސް ވަރަށް ލޯ..ލޯބި ވޭ..އަހަންނަށް މާފް..މާފް ކޮށްދޭތި… ޕްލީޒް..މީ..މީޝް ދޫކޮށް ނުލާތި.. އެ..އީ ޖަޥާހިރެއް…ބުނާތި..މީޝް ކައިރީގަ ..އަހަ..އަހަރެން ވަ..ވަރަށް ލޯބިވެއޭ..އެއީ އަހަރެން ކޮއްކޮ..ކޮއްކޮއެއް ފަދަ..ކުއް..ޖެއް..” ޝިއުރާއަށް މެޔަށް ކުރަމުން ދިޔަ ބާރުންވާހަކަ ވެސް ނުދެއްކެއެވެ.
“ޝިއުރާ..ޝަހާދަތް ކިޔާލަ..”ދެލޯ ބޮޑޫވެ ނޭވާ އުފުރިގެންދާ ފަދައަކުން ޝިއުރާ ނޭވާ ލަމުން ދާން ފެށުމުން އެއީ އޭނާގެ ފަހު ވަގުތުކަން އިހްސާސް ވެގެން އަންހެން ފުލުހަކު ޝަހާދަތް ލާދޭންފެށިއެވެ. ޝިއުރާގެ ހާލަތު އެންމެ ގޯވީ ހޮސްޕިޓަލާއި ނުހަނު ކައިރިވެފައި ވަނިކޮށެވެ. އެވަގުތު ޒަޔާންއަށް ހަޅޭއްލަވައި ގަނެވެއެވެ.
“ނޫން..ޝިއުރާ.. އަހަރެމެން އެންމެން ސަލާމަތް ކޮށްފަ ތިހެން ވަކި ނުވޭ.. މީޝް ހާދަ ދެރަވާނެއޭ..ޝިއުޜާ ހެޔޮނުވާނެ ” ޒަޔާން އަށް ގިސްލެވުނެވެ.
ހޮސްޕިޓަލަށް އާދެވުން އިރު ޝިއުރާގެ ދެލޯވަނީ މެރިފައެވެ. އެމަޖެންސީބަޔަށް ވެއްދުނު އިރު މީޝަމްއާއި މިހުރާންވެސް އައިސްފިއެވެ. އެމީހުންގެ ފަހަތުން ހެން ޔަޒަންވެސް ވަދެގެން އައެވެ.
“ޝިއުރާ ވަރަށް ސަކަރާތް .. ނޭވާ ވެސް ލީ އެހެން ގޮތަކަށް..ދޮޅި އުފުއްލާ ނޭވާ ލީ” ޒަޔާން މީޝަމްގެ ގައިގާ ބައްދާލައިގެން ހުރެ ބުނެލިއިރު މީޝަމްއަށް ރޮވިއްޖެއެވެ. ޔަޒަންއަށް ވެސް މޫނުމަތީގައި އަތްއެޅުނެވެ.
“އަހުމަދުބެޔާ ނަވާ ކިހިނެތް ވަނީ” ، “ބޭބީ އެބޯޓް ވެފަ.. މިހާރު ތީ އޭޓަރަށް ނަވާ ވައްދާފަ ވީ..އަހުމަދުބެ ނިޔާވެއްޖެ” ޔަޒަންގެ ބުނެލިއިރު އެއަޑުގައިވީ ވޭން ހާސް އަސަރުގަދައެވެ.
“ޒެހެކް ވަރަށް ސަކަރާތް..ރިހާމް އާއި އާނާ އާއި މަންމަމެން ވެސް އެބައުޅޭ ޒެހެކް ކައިރީ.. ނަވާގެ އޮޕަރޭޝަން ގަޑިއިރެއް ވާނެއޭ ބުނީ” ޔަޒަން އިތުރަށް ބުނެލިއެވެ.
އެމަޖެންސީރޫމްގެ ތެރެއިން ޑޮކްޓަރު މާޔޫސީ މޫނަކައިގެން ނުކުން ހިނދު އެންމެނަށް ވެސް ޖަވާބު ލިބިއްޖެއެވެ. “ޝީ އިޒް ނޯ މޯ..” ޑޮކްޓަރުގެ ޖުމްލައާއެކު އެހިނދު އެތަނުގައި ހިފައިލީ މީޝަމްގެ ރުއިމުގެ އަޑެވެ.
“ޝިއުރާ ނޫން…ނުދާނެ…އަހަރެން ދޫކޮށްފަ… އަހަރެން ގެންދޭ އެތަނަށް.. ޒަޔާން އަހަރެން ވައްދާ އެތެރެއަށް..” މީޝަމް ރޮމުން ރޮމުން އެތެރެއަށް ވަނުމަށް ގަދަހަދަމުން ދިޔައެވެ. ޒަޔާންއަށް ހިފަހައްޓައިލެވުނީ ކިރިޔާއެވެ.
“މީއްކޯ..ކެތްތެރިވެ..ދޮންބެއަށް ވެސް އިނގޭ ދެރަވާނެކަން.. އެކަމަކު މީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެއް..އެމީހެއްގެ ވަގުތު ޖެހުނީމަ އެންމެ ހީނުކުރާގޮތަކަށް ވެސް މަރުގެންދަވާނެ” މިހުރާން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެކިޔާ އެކައްޗެއް ވެސް އެނގޭ ވަރަށް ވުރެން މީޝަމްގެ ހާލު މާ ބޮޑެވެ.
ހަށިގަނޑުން ލޭ ބޭރުވެފައިވާލެއް ގިނަކަމުން ޑޮކްޓަރުން ލަފާ ދިނީ ވީ އެންމެ އަވަހަކަށް ޝިއުރާ ވަޅުލުމަށެވެ.
**
ހިނަވައިފާ އޮތް އަހުމަދުގެ މޫނު އެންމެފަހު ފަހަރަށް ޒެހެކް ބަލާލަން ހުއްޓުނު ހިނދު ނުރޯން ހިތްވަރުކުރަމުން ދިޔަނަމަވެސް ރޮވިއްޖެއެވެ. އޭރުވެސް ޒެހެކްގެ ދެލޯ ވަނީ ދުޅަވެގެން ރަތްވެފައިއެވެ.
“ބައްޕަ ވެސް މަންމައާއި މާމަ ފަދައިން އަހަރެން ދޫކޮށްދަނީ..މިދުނިޔޭގައި އަހަރެންގެ އެކަކުވެސް ނެތް..ބައްޕަ އަހަރެން ގެންގުޅުނީ ހާދަ ލޯބިންނޭ..ދިމާވާ ކޮންމެ ކަމެއްގަ ވެސް އަހަރެންގެ އެންމެ ގާތުގަ ހުރި..ބައްޕަ އަހަންނަށްޓަކައި ނޫފުލަނީ ކޮން ވޭނެއް..ބައްޕަ އަހަންނަށްޓަކައި ނުވަނީ ކޮން ގުރުބާނީއެއް..މިއަދު އެކަކުވެސް ނެތް..ބައްޕާ އެންމެ ފަހަރަކުވެސް ލޯ ހުޅުވާލާފަ އަހަންނަން ގޮވާލާނެނަމަ..ބައްޕަގެ ހިތުގައި ޖެއްސިފައި ވާނަމަ މާފް ކޮއްދޭތި..ވަރަށް ލޯބިވޭ ބައްޕާ..” ކަރުނަތައް ފައިބަމުންދާ ހާލު ވެސް ނުރޯން ޒެހެކް ކުރަމުންދިޔަ މަސައްކަތް ފެނި ރިހާމް އަށް ވެސް ދިޔައީ ރޮވެމުންނެވެ. މޫނުކަފަކޮޅު އެޅުމަށް އުޅެން ފެށުމުން އަހުމަދުގެ ނިތުގެ ބޮސްދިނުމަށްފަހު އެންމެ ފަހު ފަހަރަށް އެމޫނަށް ޒެހެކް ބަލާލި ހިނދު ކުޑައިރުން ފެށިގެން ބައްޕައާއި އެކު އުޅުނު އުފާވެރި ދުވަސްތައް ފިލްމެއް ފަދައިން ރޯލްވެލިއެވެ. އެކަމުން ޒެހެކްއަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ.
“ހިތްވަރުކުރޭ ކޮއްކޯ…އެކަންޏެއް ނުވާނެ އިންޝާﷲ ..ބޭބެމެން މިތިބީ” ޒެހެކްގެ ގައިގާ ބައްދާލަމުން ޒަހުރަން ބުނެލި ހިނދު ޒެހެކްގެ ކަރުނަތައް އިތުރަކަށް ނުހިފެހެއްޓުނެވެ. ޒަހުރާންގެ މޭގައި ބޯ އަޅާލައިގެން ގިސްލާ ރޮމުންދިޔައެވެ.
މަގްރިބް ނަމާދަށްފަހު ޝިއުރާއާއި އަހުމަދުގެ ޖަނާޒާގެ ކަންތައް ނިމިގެންދިޔައެވެ. އެންމެފަހު ވަގުތު މޫނު ދެއްކުމަށް ސުޖާއު ގެނެވުނު ހިނދު އޭނާވެސް ރުއެވެ. ޝިއުރާގެ މައުސޫމް މޫނަށް ބަލަހައްޓައިގެން ހުރެ ކަރުނައަޅަމުން ދިޔަ ހިނދު އޭނާއަށް ކުރެވުނު ކަންތައް އިހްސާސްވިއެވެ. އެންމެފަހު ޝިއުރާ ބުނެލިބަސްތައް ސުޖާއުގެ ހިތުގައި ކަނޑައި ނެގުނެވެ.
***
“ނަވާ އެއްޗެއް ކައިފިތަ..ޑޮކްޓަރު ކީކޭ ބުނީ” ނިދިފައި އޮތް ނަވާރްއަށް ބަލައިލަމުން ނަމްރާއާއި އެކު ވަދެގެން އައި މާޖިދު އަހައިލިއެވެ. އޭރު ނޫރާ އާއި މިލީނާ ނަވާރްގެ ގާތުގައި ތިއްބެވެ.
“ކާން ދޭން އަދި މަނާ ކޮށްފަ އޮތީ..މިހާރު ރަނގަޅު އިރާދުކުރެއްވިއްޔާ.. އޮޕަރޭޝަންއަށް ފަހު ހޭ އެރިވަގުތު ޝިއުރާ އާއި އަހުމަދު ނިއާވިކަން އެނގުނީ..ދެން މޫނުވެސް ބަލާލަން ނުދެވޭނެ އެންނު..އެހެންވެ އަނެއްކާ ސަކަރާތް ވީ.. ނިކަން ރޯން ހެދީމަ ޔަޒަން އެދުނީ ޑޮކްޓަރުން ކައިރީގަ ނިދާ ބޭސް ދޭން..އެހެންވެ ނިދިފަ އެއޮތީ..” ނަވާރްގެ ބޮލުގައި ފިރުމާލަ ފިރުމާލާ ނޫރާއިނެވެ.
“މައިޝާ ވެސް ވިހަން ވާއިރަށް މިކޮޅަށް އަންނަން ހުރީ..ހުއްޓަ ނަޥާގެ ވާހަކަ އިނގިގެން މިހާރު އެބައާދޭ..ޔަޒަން ކޮބާތަ” ނަމްރާއަހައިލިއެވެ.
“ހަމަ ދެންމެ ދިޔައީ ސްޓޭޝަނަށް..މައީ ބަނޑުބޮޑުތަ..” ، “މިލީއަކަށް ނޭނގޭތަ..އޭރު ނާއިފް އާއި އެއްކޮން މެލޭޝިއާއަށް ދިޔަ އިރު ވެސް ޕްރެގް..މިކޮޅަށް އަންނަން އޭރުވެސް އުޅުނު..ބްލީޑް ވެގެން ބެޑްރެސްޓްގަ އެހުރީ ހަތްމަސް ވަންދެން.. އެހެންވެ ނާއިފް މިކޮޅަށް އިހަށް ދުވަހު އައި އިރުވެސް ނުގެނައީ…ވިހަން ކައިރި ވީމަ މިކޮޅަށް އަންނަން ކިޔައިގެން ފަހުން ދެން ހުރީ” މިލީނާގެ ސުވާލަށް ޖަޥާބު ދެމުން ނަމްރާ ބުނެލިއެވެ.
ވާހަކައިގައި ތިއްބާ މިހުރާން އާއި އާނާ އާއި އެއްކޮން މީޝަމް އައެވެ. ކުރިއަށް ވުރެން ހަމަ ޖެހިފައި ހުރުމުން ޝިއުރާގެ ވާހަކަ ފެށިދާނެތީވެ ވާހަކައިގެ މިސްރާބް ނޫރާ ބަދަލްކޮށްލިއެވެ.
“ޒަޔާން ވީތަނެއް އެނގޭތަ..ދެންމެ ބުނި މި އަންނަނީ އޭ..” ނޫރާ އަހައިލިއެވެ.
“ހޮސްޕިޓަލަށް އައިސް އައިސް ޒެހޭ ކައިރިއަށް ގޮސްލާފަ އަންނަން އެދިޔައީ..” މިހުރާން ބުނެލުމުން ނޫރާ އެހެންހޭ އަހައިލިއެވެ.
***
ޝިއުރާއާއި އަހުމަދުގެ މަރަށް ދެހަފްތާ ވެގެން ދިޔައިރު މިއަދަކީ ޝަހުރޫޒްއާއި އޭނާގެ ބައިވެރިންގެ ޖަރީމާތަކަށް އަދަބް ކަނޑައެޅި ހުކުމް އިއްވޭ ދުވަހެވެ.ފާއިތުވި ދިޔަ ހަފްތާގެ ތެރޭގައި މައްސަލައިގެ އަޑުއެހުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޒަޔާން އާއި މީޝަމް ހެނދުނުން ސުރެން ތައްޔާރު ވަމުން ދިޔައީ މެންދުރު ދޭއް ޖަހާއިރު އޮންނަ ޝަރީއަތުގެ އަޑުއެހުމަށެވެ.
“ވީ ކޭން ޑޫ ދިސް” މީޝާމްގެ ގައިގާ ޒަޔާން ބައްދާލިއެވެ. ލުއި ހިނިތުންވުމެއް ރައްދު ކޮށްލާފައި މީޝާމް ވެސް ބޯޖަހައިލިއެވެ. ދޭއް ޖަހަން ފަނަރަ މިނެޓް ހުއްޓާ ދެމީހުން އެތެރެއަށް ވަންނަން ދިޔައެވެ.
ޝަރީއަތް އަޑު އެހުމަށްޓަކައި ޔަޒަން އާއި ނަވާރް އައިއިރު އެމީހުންނާއި އެކު ޔޫޝައު އާއި ލިއަމްގެ އިތުރުން އަމާޔާ ވެސް އައެވެ. ޒެހެކް ގޮވައިގެން ނޫރާއާއި ހާރިޒް އަދި ޒަހުރާން އައި އިރު މިލީނާއާއި އަކްރަމްވެސް އާނާ ގޮވައިގެން އައިސްތިއްބެވެ.
“އިއްޒެތްތެރި ގާޒީ..ޝަހުރޫޒްއާއި އޭނާގެ ބައިވެރިން ހިންގި ހުރިހާ ޖަރީމާއެއްގެ ލިޔެ ކިޔުންތައް އަދި މި ހަތް މީހުންގެ ބައިވެރިވުން ހިމެނޭ ހުރިހާކަމެއްގެ ހެކި އަދި ފުލުހުންގެ ބަޔާންވެސް އަޅުގަނޑު ކުރިން ވާނީ ހުށައަޅާފަ..މިއީ އެންމެ ފަހުން މި ފަރާތްތައް ބައިވެރިވެގެން ހިންގި ޖަރީމާ ފެނިގެންދާނެ ވީޑިއޯ ކްލިޕް” މައްސަލަ ބެލުމަށް އިން ފަނޑިޔާރުން ޕެނެލްގައި އިން އިސް ގާޒީގެ އިޒްނައާއި އެކު ޒަޔާން ވާހަކަ ދެއްކިއެވެ. ގާޒީ އިޝާރާތް ކޮށްލުމުން އޭނާގެ އަތުގައިގާ ވާ ޕެންޑްރައިވް ހަވާލް ކޮށްލިއެވެ. ފަނޑިޔާރުން ޕެނެލްއިން އެ ވީޑިއޯކޮޅު ބެލުމަށްފަހު ހުކުމް އިއްވުމުގެ ކުރިން ޝަހުރޫޒަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނެވެ.
“މި އެންމެ ފަހުން ހިނގި ކަންތައް ފިޔަވާ ކުރިހާ ކަމެއް އަހަރެން އިސްވެ ހުރެ ކުރީ..އަހަރެން ގަބޫލް ކުރަން އެދެމީހުން އެދުވަހު އަހަރެންގެ އަތުން މަރާ ނުލިޔަސް އެމީހުންނަށް އެހެން ދިމާވީ އަހަރެންގެ ސަބަބުން ކަން..މިތާގަ އަނިޔާ ލިބުނު ގިނަ ފަރާތްތަކެއް މިވަގުތު ތިބުމުން އަހަރެން ބޭނުން ވާހަކަ ދައްކަން…އެންމެ ފުރަތަމަ ވެސް ބުނެލަން އޮތީ ޔަޒީދުގެ މުދާތައް އަހަރެން ފޭރިގަތިން..މަސްތުވާ ތަކެތީގެ ވިޔަފާރި ކުރިން.. ޔާމީންއަށް ދެރަ ދޭން އޭނާގެ އަންހެންދަރިއެއް މަރާލީން..އަކްރަމްއަށް ދެރައެއް ދިނުމަށް އަކްރަމްގެ އަންހެން ދަރިއެއް އަހަންނަށް މަރާލެވުން.. އޭރު ނުވިސްނޭ އަމިއްލަ އެދުމާއިގެން މިކުޅެވެނީ އަމިއްލަ ދަރިފުޅު މިލީނާގެ ދިރިއުޅުމާއި ކަމެއް.. ވިސްނުނީ ވަގުތު ފާއިތުވީ ފަހުން…ޔާމީންގެ އެކުވެރިޔާ ޒަކީންވެސް މަރާލީ އަހަރެން.. ސަބަބަކީ އަހަރެން ކުރަން އުޅުނު ކަންތައް ޒަކީންއަށް އެނގި އެކަމުގެ ވާހަކަ ޔާމީންގެ ގާތު ބުނުމުން.. ދެން އަހުމަދު ޝަރަފް އާއި އަހަރެން އެންމެ ފުރަތަމަ ދިމާކޮށްލީ، ޒަކީން އާއި ޒަކީންގެ ކޮއްކޮ ޒައިރާ މަރާލި ދުވަހު އެތަނު އޭނާއަށް އަހަރެން ފެނުމުން…އަދި ނައުފަލް އާއި ފައިރޫޒް ފޮނުވައިގެން އާނާގެ ގަޔަށް ވަޅިޖެހީ ވެސް އަހަރެން ބުނެގެން..އެންމެ ފަހުން އަހުމަދު ޝަރަފް ފޮރުވައިގެން ގެންގުޅެން އަހަރެން ބުނިން ސުޖާއު އާއި އަލީ ހިލްމީ ކައިރީގަ… އަހަރެންގެ ދޮށީ ފިރިހެން ދަރިފުޅު ޝާކިރް ވެސް މިކަމަށް ވަނީ އަހަރެންގެ ނުފޫޒުން.. ނަތީޖާއަކަށް ވީ ފުލުހުން ނަން ދީފައިން ނޭމް ކޯޑް މާޑާސްގެ ހުރިހާ މަރެއްގެ ފަހަތުގައި ހުރީ ޝާކިރްކަން…އެ ކޭސް ގަ މަރުވި އެންމެންނަކީ އަހަރެމެންގެ ކަންތައް ގަނޑުގެ ހިލަން ވެގެން އެކަމާއި ދެކޮޅުވެ މައްސަލަ ޖައްސަން އުޅުމުން މަރާލި މީހުން..އަހަރެން ބުނެލަން އޮތީ އަހަންނަކީ އެކެއްގެ މާފް ވެސް ހައްގުވާވަރަށް ވުރޭ ނުބައި އަނިޔާވެރި މީހެއް.. މިއަދު އަހަންނަށް ވިސްނިއްޖެ.. އަހަރެން މާފަށް އެދެން އެންމެންގެ ކިބައިން..” ޝަހުރޫޒް ވާހަކަ ނިންމާލި އިރު އޭނާއަށް ވަނީ އިސްޖެހިފައެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އަތުގެ ނުފުށުން ފުހެލިއެވެ.
ޝަހުރޫޒްއާއި އޭނާގެ ބައިވެރިންނަށް އަދަބު ކަނޑާއެޅިގެން ދިޔައިރު ހަތް މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައެވެ. އަދި ޖަލުގައި ހުރިއިރު އަލީ ހިލްމީއަށް ފޯނު ދިނުމާއި މައުލޫމާތު ލީކުކުރުމުގެ މައްސަލައެއްގައި ދެ ފުލުސް އޮފިސަރެއް ވަޒީފާއިން ވަކި ކުރެވި ދިހަ އަހަރަށް ޖަލު ހުކުން އައެވެ.
*****
(ފަސް އަހަރު ފަސް)
“ސާރ.. މިހުރީ އިއްޔެ އަޅުގަނޑު ބުނި ޑޮކިއުމަންޓްސް” އެތެރެއަށް ވަދެގެން އައީ ޝައުންއެވެ. އެދިމާލަށް ނަޒަރެއް ދެމުން އިށީންދެ އިން އެގްޒެކިއުޓިވް ގޮނޑިން ޔަޒަން ތެދުވިއެވެ. ކަޅުކުލައިގެ ކޯޓް ފަޓުލޫނުގައި ހުރިއިރު އޭނާ ޝަހްސިއްޔަތު ވަރުގަދަކަމާއި ޒުވާން އަންހެނުންގެ ހިތްތައް ކަތިލާފަދަ ފިރިހެންވަންތަކަން ހާމަވެއެވެ. ތަނަވަސް ބޮޑު ކެބިންގައި ހުރި ސޯފާއަށް އިޝާރާތް ކޮށްލާފައި އިށީންނުމަށް އިށީނުމަށް ޔަޒަން ބުނެލިއެވެ.
” މަ މީ ކާޅެއް ތަ އަބަދު ސޮއް ސޮއް ގޮވަނީ.. ދެން އަޅެ ވަރަށް ވިއާޑް އަހަރުން ދެމީހުން އެކަނި ތިބޭ އިރުވެސް ސާރ ސާރ ކީމަ…އަނެއްކާ ޝައުންއަށް ވުރެން މަ ކުޑަ ދެ އަހަރުން..” ޔަޒަންގެ ވާހަކަ ހުރި ގޮތުން ޝައުން ގާތައް ހިނިއައެވެ.
“އެހެންވިޔަސް އަހަރެން މީ ކޫގެ ސެކްރެޓަރީއޭ..ވޯކްޕްލޭސްގަ ވާނެނު ރެސްޕެކްޓް ކުރަން” ޝައުން އެއްލޯ މަރާލިއެވެ. ޔަޒަން ޖަހައިލީ ހިނގަނޑެކެވެ.
“ހޫމް ދެން ހެވޭ..ކުދިންކޮޅު ކޮބާތަ.. ނޫހް ވަރަށް ބޮޑާޙާކާ މިހާރު ޝާނާއާއި އިއާން ގާތައް ނުދެވޭތީ..ޝައުންގެ ވައިފް ވެސް ނުފެނޭ މިހާރު” ، “ހުރޭ މާދަން ދާނަން..މަ ހަނދާން ނެތިފައޭ މިހުރީ ބުނަން..ލަމް ޕްރެގް ” ޔަޒަން އަށް ރައްދު ދެމުން ޝައުންބުނެލިއެވެ. ޔަޒަން އުފަލާއި އެކު މަރްހަބާ ކިއެވެ.
“އެހެންވެ ދޯ މި ނާދެވެނީ މީނައަށް އަހަރުންނާ އެކު ކޮފީއަކަށް ވެސް..މިރޭ އެބައޮތް ނަޒުމްގެ ގްރެޖްއޭޝަން ސެލެބްރޭޝަން..އަންނަން ވާނެ ކުދިންކޮޅާއި ލަމް ގޮވައިގެން އެއްޗެއް ކާލަން އިނގޭ” ޔަޒަން ބުނެލުމާއި އެކު ޝައުން ބޯޖަހައިލިއެވެ.
***
“މަންމީ…މަންމީ..ދެން ވަރަށް ފޫހި ބައްޕިއަށް ގުޅާ..”ނަވާރް ކޮޓަރީގައި އުޅެނިކޮން ނަވާރް އާއި ޔަޒަންގެ ހަތަރުއަހަރުގެ ދަރިފުޅު ނޫހް، ޒެލީން އާއި އެކު ވަނެވެ. ކޮނޑާއި ހަމަޔަށް އޮތް ފަން އިސްތަށިކޮޅާއި ދޮންކަން ފިޔަވައި ނަވާރްގެ ފަރާތުން ނޫހްއަށް އިތުރު ސިފައެއް ނުލިބެއެވެ. އެހާ ކުޑައިރު ވެސް ޔަޒަންގެ ހުރިހާ ސިފައެއް ނޫހް ވެރިކޮށްލާފައި ވާފަދައެވެ. ހުރިހާ ގޮތަކުން ބެލި ނަމަވެސް ނޫހްއެއީ ޔަޒަންގެ ތައްގަނޑެވެ.
އޭރު ޒެލީން ހިނިއައިސްފައި ހުއްޓެވެ. ދިހަ އަހަރުގެ ޒެލީން ހުންނަނީ ނުހަނު ރީތިކޮންނެވެ. ދިގު އިސްކޮޅެއް ލިބިފައި ވާއިރު ދޮންވެފައި އާނާ ފަދައިން ފަންފަން އިސްތަށިކޮޅެއް އޮވެއެވެ.
“ދޮންބެ ނޫހް ގޮވައިގެން މޫދަށް ދާނަމޭ ކިޔާފަ…އެހެން އެއުޅެނި..”ނޫހް އުރާލަމުން ނަވާރް ހޭންފެށިއެވެ. ޒެލީންވެސް ނަވާރްގެ ހުނުމުގައި ބައިވެރިވިއެވެ.
“ޔަގީނޭ މިހާރު އިންނާނެ ޔޫޝައުބެ މެން އެހެންނޫނީ ދޮންތިބެ މެންނާއި އެއްކޮން ކޮފީގަ..ދޮންބެ ދައްތަ މިއަދު ޑިއުޓީއަށް ނުދަނީތަ..” ، “ހަމަ ރަނގަޅަށް ތިބުނީ…ދެން އައިސް ބުނާނެ އެމީހުން ގުޅާވަރުން ދެވުނިއްޔޭ..ޔެސް މިއަދު ނަޒުމްބެ ގެ ގްރެޖްއޭޝަން ސެލެބްރޭޝަން އޮތީމަ އޮފް ހަދާލީ..ޒެލީ ރެޑީ ވައްޗޭ..ދޮންބެ އައީމަ ދާނީދޯ” ޒެލީންއަށް ރައްދު ދެމުން ނަވާރް ބުނެލިއެވެ.
ސަހުރޫޒްގެ މައްސަލަ ނިމުނު ހިސާބުން އަކްރަމްގެ އެދުމުގެ މަތިން ނަވާރްއާއި ޔަޒަން ޕޮލިހުންގެ ވަޒީފާއިން ވަކިވިއެވެ. އަކްރަމް، ޔާމީން މަރުވުމުގެ ކުރިން އެދުނުފަދައިން އަމާނާތްތެރި ކަމާއިއެކު “ކޭ.އެލް އިންވެސްޓްމެންޓް” ޔަޒަންއާއި ހަވާލުކުރިއެވެ.ދުވަސް ކޮޅެއްފަހުން ނަވާރްވެސް އެ އޮފީހަށް ވަޒީފާއަށް ނުކުންނަންފެށިއެވެ. ދެމީހުން ކިޔަވާފައިވެސް ހުރީ އެދާއިރާއިން ކަމަށް ވާތީ އިތުރު ތަކުލީފެއް ނުޖެއެވެ. ނަވާރް އޮފީހުގައި މަސައްކަތް ކުރާތާ މަހެއްހާ ދުވަސްފަހުން ބަނޑުބޮޑުކަން އެނގުނެވެ. އެކަން އެނގުނު ދުވަހުން ފެށިގެން ޔަޒަންގެ އެދުމުގެ މަތިން ނަވާރް އޮފީހަށް ނުގޮސް ގޭގައި މަޑުކުރިއެވެ. ނަވާރް އޮފީހަށް އަލުން ދާންފެށީ ނޫހްއަށް އަހަރެއް ވީ ފަހުންނެވެ.
“މިއޮތް އައީނު ކާފަ ދޫނި” ސިޓިންގްރޫމު ސޯފާގައި ހަވީރް ހަތަރެއްގެ ހަބަރު ބަލަން އިން އަކްރަމްއަށް ނޫހް ފެނިގެންއައެވެ. އެތަން ފެނި ނަވާރްގެ އުނގުން ފައިބައިގެން ހިނިގަނޑެއް ޖަހާލާފައި ނޫހް ދުއްވައިގެތެވެ.
އޭރު އޮފީހުން އައިސް ޔަޒަންވެސް ގެޔަށްވަންނަނީއެވެ. “ބައްޕީ..ބައްޕީ..މޫދަށް” ޔަޒަން ފެނުމުން އަކުރަމްގެ އުނގުން ފައިބައިގެން ނޫހްގޮސް ޔަޒަންގެ ފައިގާ ހިފައިގަތެވެ.
“ދާނަމޭ ދަރިފުޅޫ..އަދި ނެތެއްނު ނުދެވިފައެއް..”
“ބައްޕީ ދެވިފަ ނެތް..އަބަދު ދޮގު ބުނަނީ” ޔަޒަން ހަމަ ބުނެލުމާއެކު ނޫހް ތުންކޮޅު ހަދާލިއެވެ. ނޫހްގެ ޖަވާބުން އެންމެންނަށް ހޭންފެށިއެވެ.
“އެބުނާހެން ބައްޕި ދޮގުހަދަނީއޭ ދޯ..ހިނގާ ކާކަ އާއެއްކޮން ދާން” އަކްރަމް ހަމަ އެހެންބުނުމާއި ފެނުނުނީ ނޫހު ގެންގުޅޭ ސީބެޑް އެއް ހިފައިގެން އައިތަނެވެ.
“ދޮންބެ ތިޔައީ ކޮފީން ދޯ…” ، “އާން ޔޫޝައުބެ ގުޅިއްޔޭ މިއަދުވެސް” ބޯކަހާލާފައި ޔަޒަން ދިން ޖަވާބުން ޒެލީން އާއި ނަވަރްއަށް ހޭންފެށުމުން ޔަޒަން ކިހިނެތްވީހޭ އަހައިލިއެވެ.
“ކަމެއް ނުވޭ ކަމެއް ނުވޭ..އަވަހަށް ދޭ ޗޭންޖް ކޮށްގެން އަންނަން…”ޔަޒަންގެ ބުރަކަށީގައި އަތްއަޅާ ސިޑިއާއި ދިމާލަށް ކޮށްޕާލަމުން ނަވާރް ބުނެލިއެވެ. ޔަޒަން ދިޔަތަން ފެނި އަނެއްކާ ވެސް ދެމީހުން ހޭންފެށިއެވެ.
***
“ޒަޔާން ދެން އަވަސް ކޮށްބަލަ..ފާހާނައަށް ވަދެއްވިއްޖެޔާ މީނައަށް ނޭނގޭނެ ގަނޑި ދާ ގޮތް ވެސް..މައިރާ ހޭލަން ވާއިރަން މަ ބޭނުމޭ ފެންވަރަން” ނުވަމަހުގެ ބަނޑާއި އެކު މީޝަމް ގޮސް ފާހާނާގެ ދޮރުގައި މަޑުމަޑުން ޖަހައިލިއެވެ. ބާރަށް ދޮރުގައި ތަޅައިގަންނަން އުޅެފައި މައިރާ ހޭލަފާނެ ކަމުގެ ބިރަށް އެ ވިސްނުން ދޫކޮށްލިއެވެ.
“ހޫމް ނުކުމެވިއްޖެ ދޯ ޓޮއިލެޓް ޕްރިންސްއަށް ޓޮއިލެޓްއިން” ޒަޔާން ނުކުންތަން ފެނި މީޝާމް ލޯއަޅާލިއެވެ.
“ދެން މޭއި ހޭލައިފިއްޔާ އަހަރެން އުރާނަމޭ..” މީޝަމްގެ ކޮލުގައި ހިފާލަމުން ޒަޔަން ބުނެލިއެވެ.
“އެހެންވެ އެއްނޫނޭ ވަކި..ޒަޔާން މިއަދު ފާޑަކަށް އުނދަގު ވޭ އެބަ ބަނޑަށް…”މީޝަމް ކަންބޮޑުވެފައި ބުނެލިއެވެ.
“އެހެންވިއްޔަ ދައްކާލަން ނުގޮސްނުވާނެ..ހޮސްޕިޓަލަށް ދަމާ ” ، “ނޫން އަދި މަޑުކޮށްލާ..މި އަންނަ ވީކް އެންނު ދީފައިނީ” މީޝަމް، ޒަޔާންއަށް ބުނެލިއެވެ.
އަހުމަދު މަރުވިތާ މަހެއްފަހުން މީޝަމްއާއި ޒަޔާން އަދި ޒެހެކް އާއި ރިހާމް ކައިވެނި ކުރީ އެއްދުވަހަކާއި އެވެ. އެކަކުވެސް ކައިވެނީގެ ހަފްލާ ބޮޑުކޮން ބާއްވަން ބޭނުން ނުވުމުން ހަމައެކަނި ރައްޓެހިންނާއި އާއިލާއަށް ކެއުމެއް ދީފައި ނިންމާލިއެވެ. އެންމެ ފުރަތަމަ މާޖިދުއާއި ނަމްރާއަށް އެމީހުންގެ ގުޅުން އެނގުމުން ލިބުނީ ވަރުގަދަ ޝޮކެކެވެ. އެންމެންގެ ގަބޫލްގައި ކައިވެނި ކުރެވުމުން ދެމީހުންނަށް ވެސް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. ކައިވެނި ކުރިތާ އަހަރެއްހާއި ދުވަސްފަހުން މައިރާ ލިބުނެވެ. އޭގެ ދުވަސްކޮޅެއްފަހުން މިހުރާންއާއި އާނާގެ ކައިވެނި ވެސް ކުރެވިގެންދިޔައެވެ.
ދެމީހުން ތައްޔާރުވެގެން ފުރަތަމަ ވެސް ބަލައިލީ ކުރިމަތީގައި ޒަހުރާން އާއި ރިއުނާގެ އެޕާޓްމަންޓްގައި އެމީހުން އުޅޭތޯއެވެ.
“މަންމަމެން ބައިގަ ކަންނޭގެ ވާނީ..” ނޫރާ އާއި ހާރިޒްގެ އެޕާޓްމެންޓުން ވެސް އަޑެއް ބަޑެއް ނީވެތީ ނަމްރާމެންގެއަށް ދިޔައެވެ.
“މިއޮތް އުޅެނީނު އެންމެން” އެތެރެއަށް ވައިން އިރު ސޯފާތަކުގައި ކޮންމެ މީހަކު އަތައް ޖޫސްޕެޓިއެއްލައިގެން ތިއްބެވެ. އެވަގުތުވީ ޔަޒަން އާއި ނަވާރް އަދި ޒެލީން ވެސް ވައިން ވަގުތެވެ. ޒެލީން އަށް ވިއާން އާއި ޔޫލީ އަދި ރާޔާ ފެނުމުން އެދިމާލަށް ދިޔައެވެ.
“ކޮބާ ތަ އެއުޅޭ ނޫހް ގަނޑު..” ނޫހް ފެންނަން ނެތުމުން އާނާ އަހައިލިއެވެ.
“ބައްޕައާއި އެއްކޮން މޫދަށް ގޮސްފި ރޮއެރޮއެގެން..ވާރޭ ވެސް ވެހޭ އެބަ ނިކަން ބޯކޮން ” ޔަޒަން ރައްދުދިނެވެ.
އާނާ އާއި މިހުރާން އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވަމުން ދާއިރު ނުވަ މަހުގެ ބޮނޑު ބަނޑާއި އެކު އާނާ ފެންނަނީ ނުހަނު ބަރުހެލިކޮންނެވެ.
“މީޝް އާއި ނާނާ އާ ދެމީހުންގެ ތެރެއިން ކާކުބަ އަވަހަށް ވިހާނީ..ދެމީހުންނަށް ވެސް ނެކްސްޓް ވީކް ދޯ ދީފަ އިނީ..” ރިހާމް ބުނެލިއެވެ. އެވަގުތު އާނާ ބޯޖަހައިލިއެވެ.
“. ނަވާ ދެން އުޅޭ އަނެއްކާ ފަށަން..މިހާރް އެންމެން ހަމަވަނީ އެއޮތް ދެކުދިން.. މިހުރާން އަންގަނީ ފަށާނެ ކަމަށް އަނެއްކަ ވެސް ނާނާ ވިހެއީމަ” ޒެހެކް ހޭންފަށަމުން ބުނެލިއެވެ.
“އާންން އޭރުންނު އެއްޗަކަށް ވާނީ ދޯ..އެހެންމީހުންނާއި އެއްވަރުވާނީ ވެސް އޭރަކަށް ނު”އާނާ އާއި ދިމާލަށް އެއްލޯ މަރާލަމުން މިހްރާން ބުނެލިއެވެ. އެއާއެކު އެހެންމީހުންގެ ހެއުމުގެ އަޑު އިވުނެވެ. އާނާވެސް ހޭންފެށަމުން މިހުރާންގެ ގައިގާ ޖަހައިލިއެވެ.
“ކޮބާތަ އަވާރ ޓްވިން” މައިޝާ އާއި އިސްރާ އަދި ރިއުނާ އިށީނީ ޒެހެކް އިން ސޯފާގައެވެ.
“ދޮންބެ ގެންދިޔައީ ޒިވިން..މަންމަ އާއި އެއްކޮން ބަދިގޭގަ ވެއްޖެ ރުއާ..”ޒެހެކް ބުނެލިއެވެ. ޒެހެކް އާއި ރިހާމްގެ ހުންނަނީ އެއްމާބަނޑު ދެބެންނެވެ.
ރިޝާން ވެސް ރިހެބް އިން އެނބުރި އައިސް ކައިވެނިކޮށް ދިރިއުޅުމެއް ފެށީ ނުހަނު ފަހުންނެވެ. ރިޝާން ދިރިއުޅޭނީ އަންހެނުން ސަވާ އާއި އެކު ގޭގެ އެންމެ ތިރީ ފަންގިފިލާގެ އެޕާޓްމެންޓް އެއްގައެވެ.
ރޭގަނޑު އަށެއް ޖެހުމުން ނަޒުމްގެ ކާމިޔަބީ ފާހަގަ ކުރުމަށް ބޭއްވި ޕާޓީ ކަންތައް ފެށިގެން ދިޔައެވެ. ޔޫޝައުގެ އާއިލާ އާއި ޝައުން އާއި އަންހެނުން ލަމްޔާ އާއި ދެކުދިންވެސް ޕާޓިއަށް އައެވެ. ކެއުމުގެ ކަންތައް ނިމި ކޭކު ފަޅާ ފޮޓޯ ނެގުމަށްފަހު މެހެމާނުންތައް ދިޔުމުން ބޮޑެތި މީހުން ތައް ކައިރީގައި ކުދިންތައް ބޭތިއްބުމަށް ފަހު ހުރިހާ ޒުވާނުން އެރީ ޓެރެހަށެވެ.
ޓެރެހުގައި ހިޔާކޮށްފައި ވާ ހިސާބުގައި އެންމެން ތިބީ ބޯކޮން ވެހެމުން ދިޔަ ވާރެއަށް ހިތް ދޫކޮށްލައިގެންނެވެ. ހަތަރު ޖޯޑު ވަކިވަކިން ތިބިއިރު ކޮންމެ މީހެއްގެ އަތުގައި ކޮފީއެއް އިނެވެ. އާނާ އާއި މީޝަމް ތިބީ ޖޫސް ތައްޓެއް ހިފާލައިގެންނެވެ.
“ނާނާ..މިސްޑް އަވާ ޗައިލްޑްހުޑް” މާޒީގެ ހަނދާންތައް އާވެގެން ދިޔުމުން ނަވާރްއަށް ބުނެލެވުނެވެ.
“މީޓޫ.. ތެމިގެން ވާރޭގައި އުޅުނު ދުވަސްތައް..ދުވަހަކު ވެސް ހިތަކުން ނުފިލާނެ މެމޮރީސްތަކެއް ދޯ ބެސްޓީ..” އާނާ ލޯބިގޮތަކަށް ހީލައިގެން އިނދެ ވާރޭ މަންޒަރު ބަލަމުންދިޔައިއެވެ.
“ޒެހޭ ވާހަކައެއް އަހާލަންތަ..އޭރު އަހަން އުޅޭފަ ވެސް ހަނދާން ނެތިފަ މިހުރީ.. ބުނީމެންނު އަހުމަދުބެ ގެ އޯޑިއޯއެއްގެ ވާހަކަ..އޭގަ ކޮންވާހަކަ އެއް ކީ..” ކުއްލިޔަކަށް ހަނދާންވެގެން މިހުރާން އަހައިލިއެވެ.
“އޭގައި ފުރަތަމަ ބުނަނީ އައިނާ މަރުވި ރޭގަ ބައްޕަ އަށް ފެނުނު ކަންތައް.. އާނާ އާއި އައިނާ އޮޕަރޭޝަން ތީއޭޓަރަށް ވެއްދި ތަން ބައްޕަ އައިގަޑީގަ ފެނުނީ…ބައްޕައަށްއެރޭ ފުރަތަމަ ފަހަރަށް ޔާމީންބެ އާއި މިލީނާ ދައްތަގެ ޓްވިންއެއް ހުންނަކަން އެނގުން ވާހަކަ ބުނީ..ދެން ބައްޕަ ފަހުން ދެއްކީ ދޮންބެ އާއި މަންމަ މަރާލި ދުވަހުގެ ވާހަކަ..ބައްޕައަށް އަސްލު ޝަހުރޫޒްގެ މޫނު ފެނުން … އެހެންވެ އެހާ ވަރުން ޝަހުރޫޒް އޭރު ބައްޕައަށް އިންޒާރުތައް ދީ ހެދީ..ދެން ކީ މެންނު ބައްޕަ ފޮނުވިއޭ ކެމެރާ ގެ ވީޑިއޯ ރެކޯޑީންގްތައް ހަލާކުކުރުވަން.. ބަޓް ބައްޕަ އެދުވަހު އެ އެއްޗިހި ހުރިގޮތައް ބެހެއްޓީ…ކުޑާއަތަށް ބައްޕަ އޮތް ކުޑަ ބޮކްސްއެއް ދީފަ … ކުޑާ އޭތި ދިނީ ބައްޕަ މަރުވި ދުވަހު ޖަނާޒާ ނިންމާފަ ގެއަށް ދިޔަތަނާ…އޭގައި އޮތީ މިބުނީ ކެމެރާ ރެކޯޑިންގްސްތައް ހުރި ޕެންޑްރައިވް..ދެން ބައްޕަ ކިޔައިދިނީ ބައްޕަ އާއި ދޮންބެ ދެބަސްވެފަ އޮތް ކަމެއްގެ ވާހަކަ..އެހާ ރަނގަޅެއްނުވާނެ ކަންނޭގެ ބައްޕަގެ އަމިއްލަ ކަމެއް ވީމަ އެވާހަކަ ބުނާކަށް..އެއީ މިކަންތަކާއި ރިލޭޓެޑް ކަމެއް ނޫން” ޒެހެކް ހީލިއެވެ. ޒެހެކް ތަންކޮޅެއް ކުޑައިރު މަންމައާއި އިނދެހުރެ އެހެން މީހަކާއި ބައްޕަ އެއް އިރެއްގައި ގުޅުން ބޭއްވިކަން އެނގިގެން ދޮންބެ ރުޅިއައީ އޭ ބުނާކަށް ޒެހެކްއަށް ކެރޭނީ ކިހިނެތްހެއްޔެވެ. ފަހުން މަންމައަށް ވެސް އެވާހަކަ އެނގުނު ކަމަށް ވެއެވެ. ބައްޕަ މާފަށް އެދިފައި ފަހުން އުޅުން އިސްލާހުކޮށް މަންމައަށް ވަރަށް ރަނގަޅެވެ. އަބަދުވެސް މަންމަ އުފާކޮށްލަދެއެވެ. އަހުމަދު އޭގެ ފަހުން އެކަހަލަ ކަމަކަށް އަރައި ނުގަނައެވެ. މާޒީގައި އެފަދަކަމެއް ވެފަ އޮތަސް މަންމަ ދެކެ ބައްޕަ ލޯބިވާ ވަރު ޒެހެކްއަށް އެނގެއެވެ. ޒެހެކް ގަބޫލް ކުރާ ގޮތުގައި ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެއެވެ. އެ ކުށް ތަކުރާރް ނުކޮށް އުޅުން ރަނގަޅުކުރީމަ ނިމުނީއެވެ. އޭނާ ބައްޕަ ވެސް ކަންތައް ކުރީ އެފަދައިންނެވެ. ކުރެވުނީ ގޯސްކަމެއްކަން ވިސްނި އުޅުން އިސްލާހު ކޮށް މަންމަގެ އިތުބާރާއި ލޯބި އަލުން ހޯދިއެވެ.
ޒެހެކް ބަލައިލީ ނަވާރްއާއި ޒަޔާންއާއި ދިމާލަށެވެ. އެމީހުން ހީލިގޮތުން އެމީހުންނަށް އެ އެކަންތައް އެނގޭކަން ޒެހެކްއަށް އެނގުނެވެ. މިހުރާންވެސް އިތުރަށް ސުވާލްނުކޮށް އާންއެކޭ ބުނެ ބޯ ޖަހައިލިއެވެ.
އެންމެން ތަފާތު ވާހަކައިގައި ތިބެފައި ގެޔަށް ދިޔުމަށް ނުކުމަތީ ކުރިޔަށް އޮތް ހަފްތާ ބަންދުގައި ދަތުރެއް ދިޔުމަށް ރާވާފައެވެ. އެންމެން އެތަނުން ދިޔައިރު ވެސް ޔަޒަން އާއި ނަވާރް އެތިބި ގޮތައް ތިއްބެވެ.
އެކަކު އަނެއްކަކުގެ އަތުތެރޭގައި ތިބި އިރު ދެމީހުންގެ މޫނުމަތިންވެސް ފެނިގެންދަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.
“ހާދަ ދުވަހެއްގަ ގަނައަށް ފަހު އަހަރެމެންނަށް އުފާވެރި ދިރިއުޅުމަކަށް މި ވާސިލްވެވުނީ.. ޔަޒަން އަބަދުވެސް ތިގޮތުގައި ހުރެދޭނަންތަ..އަބަދުވެސް ހަމަ ތިވަރަށް ލޯބިދޭނަންނަ..”
“އަދިވެސް ޝައްކުވަނީތަ..ކިހިނެތް މި ކުއްޖާ ދޫކޮށްލާފަ ދާނީ..އަހަރެން ހާދަ ލޯބިވެޔޭ މިކުއްޖާ ގަނޑު ދެކެ..ނަވް އަނެއްކާ އަހަރެން ދެކެ ފޫހި ނުވައްޗޭ” ނަވާރްގެ ނިތުގައި ޔަޒަން ބޮސްދިނެވެ. ލިބުނު ހިތްހަމަ ޖެހުމާއި އެކު ނަވާރްއަށް ލޯ މަރައިލެވުނެވެ.
“އައިނޯ..އެކަމަކު ހަމަ ބުނެލީ..އަބަދުވެސް ތި ގޮތުގަ ހުރެދޭނެކަން އެނގެއޭ..ކިހިނެތްތަ ކޫ ދެކެ ފޫހިވާނީ..ޔޫ އެންޑް ނޫހް އާރ މައި ހޯލް ވޯލްޑް..” ނަޥާރް، ޔަޒަންގެ އަތުގައި ބޮސްދިނެވެ. އެވަގުތުވީ އިރުކޮޅެއްކުރިން ތުނިކޮށްލާފައި އޮތް ވާރޭ ވެސް ބޯކޮށްލި ވަގުތަށެވެ. ނަވާރް ކުޑަކުއްޖަކު ފަދައިން ދުވެލާފައި ނުކުތީ ވާރޭގެ ތެރެއަށެވެ. ނަވާރް ވާރޭގެ ތެރޭގައި އެނބުރި އެނބުރިފައި ކުޑަކުއްޖެއް ފަދައިން އުޅެމުންދިޔަ ލޯބިވެތިގޮތްތައް ފެނި ޔަޒަންގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. ނަވާރް ސިހުނީ ޔަޒަން އައިސް އޭނާގެ ގައިގާ ފަހަތުން ބައްދާލުމުންނެވެ.
“ވައި އާރ ޔޫ ސޯ ޕްރިޓީ..ނަވް..އައި ލަވް ޔޫ ސޯ މަޗް” އެހުރިގޮތައް ހުރެ ނަވާރްގެ ކަންފަތް ދޮށުގައި ޔަޒަން ވައިއަޑުން ބުނެލިއެވެ. ނަވާރްގެ މޫނުމަތީގައި ވާރޭގެ ތިކިތައް ބީހެމުން ދިޔަ މަންޒަރު ވެސް ވީ ޔަޒަން ބަލާ ފޫހިނުވާ މަންޒަރަކަށެވެ. ޝަހާދަތް އިނގިލިން އެމޫނުކޮޅުގައި ޔަޒަން ފިރުމާލި ހިނދު ނަޥާރްއަށް ލޯ މަރައިލެވުނެވެ.
“އައި ލަވް ޔޫ ޓޫ” ޔަޒަންއާއި ހަތަރުކަޅި ހަމަކޮށްލަމުން ނަޥާރް ބުނެލިއެވެ. އެހެން ތިއްބާ ޔަޒަންގެ ފޯނަށް މިލީނާ ގުޅިއެވެ.
“ނޫހް ބޮޑާވެގެން .. މަންމައެގުޅީ..ނުވެސް ހުއްޓާލިއޯ”ޔަޒަން ހީލާފައި ޖަވާބުދިނެވެ.
“މަންމި އާއި ބައްޕިގެ މޯމެންޓް ނޫހުކޮޅު އަތުލައިފި ލެޓްސް ގޯ..”މަޖާގޮތަކަށް ތުން ފިއްތާލަމުން ނަވާރް ބުނެލި ޖުމްލައިން ޔަޒަންގާތައް އައީ ހިންޏެވެ.
ދެމީހުން އަތުގުޅުވަލައިގެން ދިޔައިރު އެދެމެދުގައިވާ ލޯބި ހާމަވެއެވެ. އެތައް ބޮޑެތި އަޑި ގުޑަން ތަކެއް ހުރަސް ކުރުމަށްފަހު މިއަދު ދެމީހުންނަށް އެހިސާބަށް އާދެވުނީ އެކަކު އަނެކަކަށް ކުރި އިތުބާރާ ވީ މަތިވެރި ލޯބީގެ ސަބަބުންނެވެ. ދިރިއުޅުމެއް ބިނާ ކުރެވޭނީ ދެދުނިޔޭގެ ނަސީބު ހޯދުމަށް ރާވައިގެންނެވެ. ހަޔާތުގައި ތަހައްމަލް ކުރަންޖެހުނު ހިތްދަތިކަމާއި މާޔޫސްކަން އަދި ނާއުންމީދުތައް މިއަދު ޔަޒަން އާއި ނަވާރްއަށް ކަޑާއްތުކުރެވުނީ ދެމީހުން ކުރި ބުރަ މަސައްކަތުނެނެވެ. ޔަޒަން އާއި ނަވާރްގެ ލޯބީގެ ފަލްސަފާ ކާމިޔާބަށް ވާސިލްވެ ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލްވެއްޖެއެވެ. މިއަދު ދެމަފިރިންގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ ތުއްތު ނޫހް އާއިއެވެ. އެއީ ދެމަފިރިންގެ ފުރާނައެވެ.
***
(ނިމުނީ)