ތެމި ވާރޭގާ ވީމޭ 38 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 38

“މިހާރު މި ފޮނުވާ ލޮކޭޝަން އަށް އަވަހަށް މީހުން ފޮނުވާ..އަވަސް ކުރޭ..ތިކުދިންނަށް އެހީވާން އެހެން ޑިޕާޓްމެންޓްއަކުން ވެސް ކުދިން އެބާދޭ..މަޑުން ނުތިބެ އަވަސް ” ފަވާދުގެ އަޑުން ފައިލްތައް ފެނި ޝޮކް ޖެހިފައި ތިބި ތިންމީހުން އަވަހަށް މަސައްކަތް ފެށުމަށް އަވަސްވެގަތެވެ.

***

“ކޮންގްރެޗުލޭޝަންސް.. ނަވާރްގެ ބަނޑަށް ތިން ހަފްތާ..” އާ ހަބަރަކަށް ނުވިނަމަވެސް ޑޮކްޓަރުގެ ޖުމްލައިން ޔަޒަންގެ މޫނު އުޖާލާވިއެވެ. އިރުކޮޅަކާއި އޭނާގެ އަތުތެރޭގައި އޮތް ނަވާރްގެ އަތައް ފިތާލައެވެ.

“މި ސްކޭން ކޮށްލައިގެން އަންނައްޗޭ ދެން ފްލޯއަޕް ކޮށްލާ ދުވަހު..ނަވާރްގެ ލޭ މަދުކޮން މިއުޅެނީ..ހިމަގްލޮބިން އެއިޓްގަ މިއުޅެނީ ސޯ ބެޓާ ޓްއީ މޯރ އަޔަން ރިޗް ފުޑްސް..ތިންގްސް ލައިކް ލީފީ ގްރީން ވެޖްސް އެންޑް ޑޭޓްސް.. އިޓް ހޭޒް ޓް ބީ ޓެން..އެހެންވީމަ ވަރަށް ހިތްވަރު ކުރަން ޖެހޭ އެބަ..” ޑޮކްޓަރުގެ ކޮންމެ ޖުމްލައަކަށް ނަވާރް ދިޔައީ ބޯ ޖަހަމުންނެވެ.

ޑޮކްޓަރުގެ ކޮޓަރިން ނުކުމެ ޔަޒަން، ނަވާޜްގެ އަތުގައި ވިކައިގަތެވެ. ތަދުވެގެން ނަވާރް ވަގުތުން ލޯ އަޅައިލިއެވެ.

“ހަނދާން އެބަހުރިތަ  ދެންމެ ޑޮކްޓަރު ބުނި އެތި..” ނަވާރްގެ އުނަގަނޑުގައި އަތް އަޅުވާލަމުން ޔަޒަން އަހައިލިއެވެ.

“ހޫމް އެބަހުރި..ދެން އަންޗި ވަރަށް ފޫހިވޭ ގްރީން އެއްޗިސް ކާން”ތުން އޫކޮށްލަމުން ނަވާރް ބިމުގައި ދެފައި ތަޅާލިއެވެ.

” ބަޓް ބިގް ބޭބީ ހޭޒް ޓް އީޓް ފޯރް މިނީ ބޭބީ..”

“ދެން ވަޓްސް ދަ ރޯލް ފޯ  ޑެޑީ ބޭބީ”

“ޑެޑީ ބޭބީ ހުންނާނަން މަމީ ބޭބީ ކާ ގަޑީގަ ސަޕޯޓް ކުރަން.. މަމީ ބޭބީ ހޯޕް ހޯޕް ކިޔާކިޔާލަ ” ޔަޒަންގެ ޖުމްލައިން ނަވާރް ގާތައް އައީ ހިންޏެވެ.

“ސީރިއަސްލީ ޑޫޑް..އަހަންނާ އެއްކޮން ކޫ ވެސް ޖެހޭނެ ކާން…ހަމަ ރަނގަޅަށް މިބުނީ ހޮޑު ލެވޭނެ ހަމަ”

“ކާނަމޭ ..އެކަމް ބޮޑާ ނުހާކައްޗޭ.. މިދުވަސްކޮޅު މިނީ ބޭބީއަށް ދަސްވާނެ މަންމި އުޅޭ ހުރިހާ ގޮތެއް..ސޯ ބީ ކެއާރފުލް މައި ލަވް..” ޔަޒަން ދައްކަމުން ދިޔަ ވާހަކައިން ނަވާރްއަށް ދިޔައީ ހެވެމުންނެވެ.

ޔަޒަން އާއި ނަވާރްއަށް ޑޮކްޓަރަށް ދައްކާ ނިމިގެން ދެވުނުއިރު މެންދުރު އަނބުރާ އެކެއްޖަހަން އުޅެއެވެ. އޭރު މިލީނާ ޕްރައިވެޓް ރޫމަކަށް ބަދަލްކޮށްފިއެވެ. ދެމީހުން ވައިންއިރު މިލީނާ ބާއްވާފައި އޮތް އެނދާއި ދިމާލަށް ޥާހެން ހުރި ސޯފާސެޓުގައި އަކްރަމް އިނެވެ.

“ކޮބާ ދެއްކުނު ތަ..ކީކޭ ބުނީ..” އަކުރަމް ގާތު ސޯފާގައި ނަވާރް އިއްތާލުމުން އޭނާ އަހައިލިއެވެ. “ނަވާ ޕްރެގްނެންޓް” ޔަޒަން މިލީނާގެ ގާތުގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ބުނެލިއެވެ.

“އޭންން..ހަމަ ތެދެއްތަ..” އަކްރަމް ގަބޫލް ނުކުރެވިފައި އިދެ އަހައިލިއެވެ. ނަވާރް ލަދުގަންނަ ގޮތް ވެފައި އިނދެ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. ލަދުގަތުމުން މުޅި މޫނަށް ވަނީ ޖަންބުކުލަ ފޭދިފައެވެ. ނަވާރްއަށް ވަމުން ދިޔަ ގޮތުން ޔަޒަން ގާތައް ހިނިއައެވެ.

“ލައްބަ..ނަވާ ޕްރެގް..ވަރަށް ބަލައިގެން އުޅެންބުނީ..ލޭ ވެސް މަދުއެހާ” ޔަޒަން އިތުރު ކޮށްލިއެވެ.

“ހާދަ އުފާވެރި ހަބަރެކޭ ތިދިނީ.. މަންމައަށް އެނގިއްޖެޔާ އުފަލުން ގޮސް މީހާ މޮޔަ ނުވިއްޔާ ރަނގަޅު..ކާފަ ދަރިފުޅު ދެކިލާ ހިތުން ބައްޕައަށް މިހާރުވެސް ކެތް ނުކުރެވޭ” އަކްރަމް ނަވާރްގެ ކޮނޑުގައި ފިރުމާލިއިރު އުފާވެފައިން ވަރު ހާމަވެއެވެ.

“ނަވާ ކާލެއް މަދު ބައްޕައަށް ވެސް..ދަރިފުޅާ ދެން ވާނެ ކާން ދެމީހުންނަށް ވާވަރަށް..މިހާރު މި އަންގަނީ މުރާދުއަށް ގެޔަށް ހެލްތީ އެއްޗިހި ގެންދަން” އަކްރަމް ފޯނު ނަގައި ހަމަ އެވަގުތު މުރާދުއަށް ގުޅިއެވެ. އޭރު ނަވާރް ދެލޯ ބޮޑުކޮށްލައިގެން އިނދެ ބަލަހައިލި އިރު ޔަޒަން

ހެމުންދިޔައެވެ. ނަވާރް ލޯ އަޅާލުމުން ޔަޒަން ދޫ ނެރެލިއެވެ.

ދެމީހުން އެ ސަކަރާތެއްގައި ތިއްބާ ރިހާމް ވަނެވެ. ސްކްރަބްގެ މަތިން ޑޮކްޓަރު ކޯޓުލާފައިވާ އިރު ނުހަނު ރީއްޗެވެ. އޭނާގެ ކުޑަވެފައިވާ ލޮލުން ވަރުބަލިވެފައި ވާވަރު ޙާމަވެއެވެ. ރިހާމް އައިގޮތައް ޔަޒަންގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ.

“ކަލޭ ކީއްކުރަން ގެންގުޅޭ ފޯނެއް ތީ..”

“ނަވާ ވެސް އެނގޭ..އަދި ހެޔެއްނު އެބަ” ޔަޒަންއާއި ދިމާލަށް ރިހާމް ބުނެލި ގޮތުން ނަވާރް ޙޭންފެށުމުން ރިހާމް ނަވާރްއާއި ދިމާލަށް ލޯ އަޅާލިއެވެ.

“އަހަރެންވާ ހީވެ މިއަދު އެކަންޏޭ..ނަވާ އަށް އަސްލު ފޯނެއް ދީފަ ބާއްވާނެ ކަމެއް ވެސް ނެތް” ރިހާމް އާއި އެއްބައިވަމުން ޔަޒަން ވެސް ހޭންފެށިއެވެ.

“ދެމީހުން މަށަށް ބްލީ ކުރާނެ ކަމެއް އިނގޭ..” ނަވާރް އަތުގެ ހަމަލާއެއް ދެމީހުންގެ ގަޔަށް އަރުވަލަމުން ލޯ އަޅައިލިއެވެ. އެމީހުންގެ ސަކަރާތުން ހިނިއައިސްފައި ހުރި އަކްރަމް  މިލީނާގެ ހާލަތާއި ބެހޭގޮތުން ރިހާމްއާއި ސުވާލްކޮށްލިއެވެ.

“މިހާރު ހުރިހާ ކަމެއް ވެސް ރަނގަޅު އިންޝާﷲ..ފަހުން ހަދާލި ޓެސްޓްތައް ވެސް ނޯމަލް..ދެން ހޭ އެރުމުން އިތުރަށް އެގްޒާމިން ހަދާލާނެ..އޭގެ ފަހުގަ އިތުރު ބަދަލެއް އަޔަސް ފާހަގަ ވާނީ..” ރިހާމް ތަފްސީލާއި އެކު މިލީނާގެ ހާލަތު ކިއައިދެމުން ދިޔައެވެ.

“ކޮންއިރަކުން މަންމަ ހޭއަރާނެހެން ހީވަނީ” ،”މިހާރު ހާލަތައް ބަލާއިރު އިތުރު ގޯހެއް ފެންނާކަށް ނެތް..ލޭގެ ޕްރެޝަރުވެސް ހަމައަކަށް އެޅިފަ ހުރީ..ހަމަމިއަދުގެ ވަގުތެއްގައިވެސް ހޭއަރާފާނެ…” ނަވާރް އަހައިލުމުން ރިހާމް އިތުރަށް ބުނެދިނެވެ.

“ފަވާދުބެ އެގުޅަނީ … “ރިހާމްގެ ވާހަކަ ނިމުން ހިނދު އަކްރަމްއަށް ފޯނެއް އައިސްގެން ދުރަށް ޖެހިލިއެވެ.

“ކީކޭ..އޭން..އެހެންތަ..މަ އެބަ ހަބަރެއް ވަން” އަކްރަމް ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ނުފިލާ ހިނިތުންވުމެއް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ.

“ޒޭން..ޒަޔާން ކައިރީގަ ގުޅާފަ ބުނެފިން ދޯ ލޯ ސުއިޓްގެ ކަންތައް” ފޯނުކޯލު ނިންމާލަމުން އަކްރަމް ޔަޒަން ގާތައް ހުއްޓި އަހައިލިއެވެ.

“އާން ބުނިން..ޒަޔާން ދެންމެ ބުނި މިކޮޅަށް އަންނަމޭ އެބަ.” ޔަޒަން ރައްދު ދިނެވެ.

“މިހާރް ކިހިނެތް ވެފަ އޮތީ.” ، “ހަބަރެއް ނުބަލަންތަ” ރިހާމްކުރި ސުވާލަށް ޖަވާބުދެމުން ޔަޒަން އޭނާގެ ފޯނު ނަގާފައި ދައްކާލިއެވެ. އޭރު ފޯނަށް ބަލައިލި ރިހާމް އިނީ ދެލޯ ބޮޑުވާގޮތްވެފައެވެ.

“މަސްތުވާތަކެތީގެ ބޮޑެތި ތުހުމަތުތަކެއްގައި ކެލީކްލިކްސްގެ ސީއީއޯ ޝަހްރޫޒް އާދަމް އާއި ބަންގްލްލަދޭޝް ރައްޔިތެއްކަމަށް ވާ ނައުފަލް މުނީރް ހައްޔަރުކޮށްފި”ރިހާމް އަދިވެސް އިނީ ހައިރާން ވެފައެވެ.

“މިހާރު އެއޮތް އެކެއްޖެހީ..މީހަކު ކިޔާއަޑު ވެސް ނާހަންތަ ހެނދުނު މިވަރު ކަމެއް ހިނގިއިރު” ޔަޒަން ވެސް ހައިރާންވެފައި ހުރެ އަހައިލިއެވެ.

”މަސްތުވާތަކެއްޗޭ..ކީކޭ..ކިހިނެތް..” ،”ބްރޯ ތިހާ ހައިރާން ނުވެބަލަ ދެން..ކަމޯން އެދެމީހުން ނަން ހެޑްލައިންއަށް އަރާފަ އިނަސް އެމީހުން އެކަންޏެއް ނޫނޭ ހައްޔަރުކުރީއެއް…އަލީ ހިލްމީ ވެސް ހައްޔަރު ކުރި..” ރިހާމްގެ މޫނަށް ވަމުންދިޔަ ގޮތުން ނަވާރް އަށް އިނީ ހެވޭގޮތް ވެފައެވެ. އެވަގުތު ޒަޔާންއާއި މީޝަމް ވަދެގެން އައިސް އެމީހުން ވެސް ފެށީ ޝަހުރޫޒް މެން ހައްޔަރު ކުރި ވާހަކައެވެ.

“ރިހާމް ކަލެއަކަށް ނޭނގޭތަ.. ބޭބޭ ކިހިނެތް ތަ އެކަން އެހިނގައިދިޔައީ..ވަރަށް ކުއްލިގޮތަކަށް ދޯ އެވީ ހުރިހާ ކަމެއް ވެސް” ޒަޔާން ކޮށްލީ ރިހާމް ވެސް ހިތުގައި އުފެދިގެން ދިޔަ ސުވާލެވެ.

 

“އަސްލު ވީ ގޮތަކީ ހާރިޒްބެ މީޙުން ހަޔާރ ކޮށްގެން ވަރަށް ދުވަސް ވެއްޖެ ބަލާތާ ޝަހުރޫޒްމެން އުޅެމުންދިޔަ ގޮތް..އެގޮތުން އެމީހުންނަށް އެނގުނީ ޝަހުރޫޒް އާއި ނައުފަލް ދެން ހިލްމީ އާއި ސުޖާއުވެގެން ރަލުގެ ވިޔަފާރި ކުރަމުންދާ ކަން ..އެމީހުން އެކަމެއް ކުރީ ކެލީކްލިކްސް ގެ މައި އޮފީޙުގެ އެންމެ މަތީ ފްލޯގަ..ވަރަށް ފުޅާކޮން އެމިހުން ވިޔަފާރި ކުރަމުންދިޔައީ.. ކުރިންވެސް އެނގޭ ދޯ އެކަމެއް ކުރާކަން..ހެކި ނެތިގެން މައްސަލަ ޖެއްސޭގޮތް ވެސް ނުވީ…..ރޭގަ ޝަހުރޫޒްމެން ދިޔުމުން ވެސް ހީވި އެތަނަށޭ ދާނީ..އެހެންވެ ބޭބެ ހުރީ އަޅާނުލާ..އެހެންނަމަ ހީވޭތަ ދޫދޭނެހެން..ރޭގަ ޒޭން ރުޅިގަދަވެގެން އުޅުނީމަ އޭނަ ކައިރީގަ ކުޑަކޮށް ކިޔައިދީފަ ބުނިން ޝަހުރޫޒް ހޯދަން މަސައްކަތެއް ނުކޮށް އިހަށް މަޑުކޮށްލަން.. އެހެންވެ ޒޭން ވެސް ހުރީ ކަމެއް ނުކޮށް.. ކެމެރާއިން ޝަހުރޫޒްމެން ނުކުމެގެންދާތީ ފެނިގެން ހާރިޒްބޭބެ ގާތު ގުޅާފަ ބުނިން ކެލީކްލިކްސް ބަލަން ދާން ..އެމީހުން ބެލިލުމުން އެނގުނީ ހަމަ އެތާގަ ކަން ޝަހުރޫމެން ތިބީ..އަހަރެން ބުނިން ބޭބެ އާއި ފަވާދު ގާތު، ކޮންމެވެސް ގޮތަކުން އެމީހުން އެރެސްޓުކުރަން.. އެހެންވެ އެމީހުން ހަމަ އެ މަސައްކަތުގަ އުޅުނީ…ދެންހެނދުނު ހޮސްޕިޓަލަށް އަންނަމުން ޒޭން ގުޅާފަ ބުނެފި ޝައުން ހޭއެރި ވާހަކަ..އަހަންނަށް ނުދެވިގެން ހާރިޒްބޭބެ ޝައުންގާތައް ފޮނުވީ ޒޭން އާއެކު..ދެން ޒޭން އަށް ބޮޑަށް އެނގޭނީ ވީ ގޮތް…އެކަމާއި ހެދި ނަވާ ޑޮކްޓަރަށް ދައްކަން ދާން އުޅެފަ ވެސް ލަސް ވިއްޔޭ ދޯ..” ޔަޒަން އާއި ދިމާ ބަލައިލަމުން އަކްރަމް ބުނެލިއެވެ.

“އާން މިކޮޅަށް އަންނަނިކޮން ޝައުން ހޭއެރި ވާހަކަ އިވުނީ..ނަވާ އާއި އާނާ އާއި ދެމީހުން ހޮސްޕިޓަލަށް ލާފަ ދެން އެކޮޅަށް ހާރިޒްބެއާއި ދެމީހުން ދިޔައީ..ހުސް ޕޮލިހުން ތިބީ އެތެރޭގަ ވެސް ބޭރުގަ ވެސް..ހާރިޒްބެ އަކަށް ނުއެއް ވަދެވޭނެ އެންނު.. މަ ވަދެފަ ޝައުން އާއި ވަކިން ބައްދަލް ކޮށްފަ ކިޔައިދިނިން ޝަހުރޫޒްގެ ވާހަކަ..އޭނާ ބުނީ އެންމެ ފުރަތަމަ ވެސް އޭނާގެ އެޕާޓްމަންޓް ބަލަން..ސިޓީންގްރޫމުގެ ސޯފާ މަތީގަ ހުންނާނެއޭ ހުރިހާ އެއްޗެއް..ދެން ހާރިޒްބެ ފޮނުވާލީ އެތަނަށް..އެގެޔަށް ގޮސް ހާރިޒްބެ ބުނެފި ވަރަށް އަވަހަށް އާދެބަލާށޭ..  ގޮސް ބެލިއިރު ސޯފާ މަތީގަ ބައިވަރު ޑޮކިއުމަންޓްސް ތަކަކާއި ޕެންޑްރައިވް އެއް އޮތް..އެ ޑޮކިއުމެންޓްސް ތަކަކީ އެމީހުން ރަލުގެ ވިއަފާރި ކޮށްފަ ހުރި ހުރިހާ ރަސީދުތަކާއި ޕޭމަންޓް ޑީޓެއިލްސްތަކެއް..ދެން ޕެންޑްރައިވްގަ ހުރީ އެމީހުންގެ ބިޒްނެސް ކުރަމުންދާ ތަނުގެވީޑިއޯ..އެއަށް އަރާފަ ހުރި އެތާގެ ހުރި އެއްޗެއް ވިއްޔާ.. ހަރުތަކުގައި އަތުރާފަ ހުރި ރާ ފުޅި ތަކާ އި ކެބިންތަކުގައި އަތުރާފަ ހުރި ހަކުރު ޕެކެޓްތައް.. ވަގުތުން އަހަރެން ރިޕޯޓްކުރީ…އެތަނުން ސުޖާއު ނޫން އެންމެން ހޯދުނުއިރު ސުޖާއު ފިލައިފި.. އަދިވެސް އޭނާ ހޯދަނީ..ލާރާ އެއްވެސް ނުފެނުން އޭނާ ވެސް އޭގަ ހިމެނޭ…” ޔަޒަން ކިއައިދިނެވެ.

“ދަރިފުޅާ ޝައުން ބުނި ތަ އޭނާއަށް ހަމަލާދިން މީހާގެ އެއްވެސް ވާހަކަ އެއް”އަކްރަމް އަހައިލިއެވެ.

“އެހެން އަހާލިން..އެކަމަކު އެއްވެސް އެއްޗެކޭ ނުބުނެވޭ އޭނައަކަށް..ތުރުތުރު އަޅާން ފަށައިފި …ޑޮކްޓަރުވެސް ބުނި ފިޓްވާން ނަގާނެ އޭ ދުވަސްކޮޅެއް..އޭނާ ބަހައްޓާފަ ޝަހުރޫޒްގެ ދޮށީ ފިރިހެން ދަރި އެއްނު ހޯދަންވީ.. އައިނާގެ ކޭސް ވެސް މިހާރު އިންނާނީ އޯޕެންވެފަ” ޔަޒަން ދޫކޮށްލީ ފުންނޭވާއެކެވެ.

“ބައްޕަ ވެސް މިހިތައް އަރަނީ ކާކުބާއޭ އެއީ..ޝަހުރޫޒްގެ ބޭރުގައި ހުރި ދަރި އީމާންއަށް ވެސް ގުޅިން ހެނދުނު..އޭނާއަކަށްވެސް ނޭނގޭ އެކައްޗެއްވެސް..ބައްޕަ އޭނަ ކައިރިއަށް ނުދާތާ ވެސް ވެއްޖެއޯ އަހަރެއް..ވަރަށް  ރުޅިއައިސް ހުރީ ޝަހުރޫޒްގެ ވާހަކަ އެނގުނީމަ..ށަހުރޫޒްގެ އިތުރު ފިރިހެން ދަރިއެއް ހުންނަކަމެއްވެސް އޭނާއަކަށް ނޭނގޭ..މިލީނާގެ ހާލަތު ކިޔައިދިނީމަ ވަގުތުން ރާއްޖެ އަންނަން އުޅުނީ..އަހަރެން ކިޔައިފިން މި ދަނޑިވަޅުގަ އަންނާނެ ކަމެއް ނެތޭ..މީޑީޔާގެ ހުރިޙާ ސަމާލުކަމެއް ވެސް އަހަރެމެންގެ އާއިލާއަށް ހުއްޓިފަ އޮތް ދުވަސްކޮޅެއްގަ އައުން ސަކަރާތް ވާނެއޭ” އަކްރަމްގެ ވާހަކަތަކަށް ދެންތިބި މީހުން ބޯޖަހައިލިއެވެ.

“މަ ދާނަން އޮފީހަށް..މިއަދު ވަރަށް މުހިންމު ވާނެ..މަންމައަށް ހޭލެވުނީމަ ގުޅާތި..ދާކަށް ބޭނުމެއް ނޫން..އެކަމަކު ސުޖާއުގެ ކަންތަކާއި ޝައުންގެ ކަންތައް ބަލަން ޖެހޭ އެބަ.. އަހުމަދުބެގެ އެއްވެސް  ކަމެއް ވެސް އެނގޭނީ ދެވުނީމަ..ޝަހުރޫޒްއަށް އަހަރެން ފެނުނީމަ އަންނާނެ ރިއެކްޝަން ވެސް ބަލާލަން އެބަ ޖެހޭ އަދި” ޝަހުރޫޒްގެ ނަންބުނާ ކޮންމެ ވަގުތެއްގައި ޔަޒަންގެ މޫނުން ފެނިގެންދަނީ ނަފްރަތެވެ.

“މައްސަލައެއް ނެތް.. ބައްޕަ މަޑުކޮށްލާނަން..ޒަޔާން ދަމުން ނަވާ ލާދީ..ބައްޕަ އަކަށް ނުފެނޭ ނަވާ މިތާގަ ކުރުގަ އެޅިގެން އިންނާކަށް” އަކުރަމް ބުނެލިއެވެ.

“ނޫން އަހަރެން އޯކޭ..ޔަޒަންއާއި އެކު އޮފީހަށް ދާން ވި ކަން-” ނަވާރްގެ  ޖުމްލަ ނުނިމެނީ ޔަޒަން އާއި އަކްރަމް އެކުއއެކީގަހެން ނޫނެކޭ ބުނެލައިފިއެވެ.  އޭރު ރިހާމް އާއި ޒަޔާން އަދި މީޝަމްއަށް ވާނުވާ ނޭނގިގެން ނިތްއަރުވާލައިގެން ތިއްބެވެ.

“ނޯނޯ..ޔޫ ޝުޑް ގޯ ހޯމް ނަވާ..ޒަޔާން ނަވާ ގެންގޮސް ދެއްޗޭ..ވިލް ކޯލް ޔޫ ގޮސްފަ” ޔަޒަން އެންމެ ފަހުގެ ނިންމުން އިއްވާފައި ނުކުތުމުން ނަވާރްއަށް އިތުރަށް ބަހެއް ބުނާކަށް ނުކެރުނެވެ.

އަކްރަމްވެސް ހިނިއައިސްފައި ހުރެ އަވަހަށް ގެއަށް ދިޔުމަށް ބުނެލިއެވެ.

“ބައްޕާ ބުނެލާތި މަންމަ ހޭ އެރީމަ..” ނަވާރް ނުކުމަންނަމުން ބުނެލުމާއެކު އަކްރަމް ބޯޖަހައިލިއެވެ.

ހިނގާފައި ތަންކޮޅަކަށް އާދެވުނު އިރު ވެސް، ނަވާރްއާއި އެކު ނުކުން މީޝަމް އާއި ޒަޔާން އަދި ރިހާމްގެ އަޑެއް ބަޑެއް ނީވޭތީ ނަވާރް ފަހަތް ބަލައިލެވުނެވެ. އޭރު އެ ތިން މީހުން ނަވާޜްގެ ފަހަތުން ޒާތަކަށް ބަލަހައްޓާއިގެން ހުރެ އާދެއެވެ. ނަވާރްއަށް ނިތްއަރުވާލެވުނެވެ.

“ކިހިނެތް ވެފަ ތިތިބެނީ” ހައިރާންވެފައި ހުރެ ނަވާރްއަށް އަހައިލެވުނެވެ.

“އަހަރެމެންނެއް ނޫން ތަ ތިހެން އަހަން ވީ..ކޫ އެންޑް އަކްރަމްބެ ..ވައި ދޭއާރ ސޯ ވިއާޑް” މީޝަމް ހަށަމް ބަދެލަމުން ނަވާރްގެ މޫނަށް ބަލަން ފެށީ ކަމެއް  ދިރާސާ ކުރާ ފަދައަކުންނެވެ.

“އެ..އެ..ކަމެއް ނުވޭ..ހިނގާބަލަ ގެއަށް ދާން”ޒަޔާން ހުއްޓާ މީޝަމް އެހެން އެހުމުން ނަވާރްގަތީ ލަދެވެ. ނަވާރްގެ މޫނަށް ވެރިވި ޖަންބުކުލަ ފޮރުވަމުން މީޝަމްގެ އަތުގައި ހިފައިގެން ނުކުމަތެވެ.

“އަމް ޕްރެގް..ޑޯ-” ފަހަތައް އެނބުރިފައި ޒަޔާން ހުރީ ދުރުގައި ކަން ޔަގީންވުމުން މީޝަމްގެ ކަންފަތް ދޮށުގައި ނަވާރް ބުނެލައިފިއެވެ. ނަވާރްގެ ޖުމްލަ ނުނިމެނީސް ފެނުނީ ގައި ހުރި ބާރަކަށް މީޝަމް ހަޅޭއްލަވައި ގަނެފައި ހުރިދިމާލު ތިރީގައި އިށީންތަނެވެ. މީހާ ދެލޯ ބޮޑު ކޮށްލައިގެން އިންގޮތުން ނަވާރްއަށް ހެވުނެވެ.

“ވަޓްޓް..އާއާއީއީ” އިންތާ ނުތެދުވެ އިނދެ ތޫލި އަޑަކުން މީޝަމް ހަޅޭއްލަވަމުން ދިޔައިރު އޭރު ހޮސްޕިޓަލަށް ވަދެނުކުމެ ހަދަމުންދިޔަ އެތައްބައެއްގެ ނަޒަރުވެސް ވަނީ އެމީހުންނަށް ފަހަތުގައި ހުއްޓިފައެވެ. ނަވާރް ލަދުގަނެފައި ހުރިއިރު މީޝަމްގާތުގައި ތެދުވަންނާށޭ ބުނެލިއެވެ.  ފަހަތުގައި ހުރި ޒަޔާންވެސް ހަލުވިކޮން އައިސް  ކިހިނެތް ހޭ ވީއަހައިލިއެވެ.

“މީޝް ބަލާ އެންމެން އެޔޮއް ބަލަނީ..ލަދުން މަރޭ..” މީޝަމްގެ އަތުގައި ހިފައި ކޮޅަށް ނަގައި ޒަޔާން އަވަސް ވީ ގޮތަކުން ބެލީ ކާރަށް އެރޭތޯއެވެ.

“މީޝްއަށް ވާ ސާބަސް..އަހަރުން ލަދު ނުގަންނަވާލިޔަކަސް އެންމެ ރަނގަޅުތާދޯ..”މީޝަމްގެ ބޮލުގައި މަޑުމަޑުން ނަވާރް ޖަހައިލިއެވެ.

“އެއް އިންސާކަށް އަނެއް އިންސާކަނަކަށް ނޭނގޭ ތިވަރުގެ ބޮޑުޝޮކެއް ދެވޭނެ ކަމެއް..އަދިވެސް އާވާރާ ކަންމަތީގައި މީނީ” މީސަމް ވާހަކަ ދައްކަމުން ނަވާރް އާއި ދިމާ ބަލައިލި ހިނދު ނަވާރް ހޭންފެށިއެވެ. ވީގޮތެއް ނޭނގުނަސް ޒަޔާންވެސް މީޝަމްގެ ވާހަކަ ހުރިގޮތުން އިނީހިނިއައިހެވެ.

“ކިހިނެތްތަ ވީ..އަޅެ ކިޔައިދިނީމަ އެންނު އަޅެ މަށައް ވެސް ތިކަހަލަ މޮޅުގޮތަކަށް ރިއެކް ކުރެވޭނީ” ، “އަނެއް ހެން ކަމެއް ނުވެއޭ..އަހަރުން ދެމީހުންގެ އަމިއްލަ ކަމެއް މިއީ..ޔޫ ނޯ ބެސްޓީޒް ތިންގީ ރައިޓް” މީޝަމް އެއްޗެއް ބުނުމުގެ ނަވާރް ބުނެލިއެވެ.

***

ޔޫޝައު އާއި އެކު ޔަޒަން ގޮސް ވަނީ ޝައުން ބާއްވާފައި އޮތް ޕްރައިވެޓް ކޮޓަރިއަށެވެ. ކޮޓަރީގެ ބޭރުގައި ތިބި އޮފިސަރުންނަށް ދެމީހުން އައިޑީ ދައްކާފައި ހުއްދަލިބުމުން ދެމީހުން އެތެރެއަށް ވަނެވެ. އެމީހުން ފެނުމުން ޝައުންގެ އެނދު ކައިރީގަ ގާޑު ކޮށްގެން ތިބި ދެ އޮފިސަރުން ބޭރަށް ނުކުމަތެވެ.

” ނިދާފަބަ..” ދެލޯ މަރައިގެން އޮތް ޝައުންގެ ހިލަމެއްނުވާތީ ޔޫޝައު ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ.

“ޝައުން..”ޔަޒަން މަޑުމަޑުން ގޮޥާލިއެވެ. އެހިނދު އުނދަގޫ ގޮތަކަށް ޝައުން ލޯ ހުޅުވާލިއެވެ.

“ވާހަކަ ދައްކާލެވިދާނެތަ” ޔަޒަން އިޒްނައަށް އެދުނެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ހުރުމަށްފަހު  ޝައުން ބޯ ޖަހައިލިއެވެ.

“މިއަދުގެ ވަގުތެއްގައި އަންހެނުން ވަޅުލައިފި..ޕޯސްޓް މޯޓަމް ހެދުމަށް ފަހު މިހާރު ރިޕޯޓްސްތައް ވެސް ލިބިފަ ހުރީ…ޝައުން ރެޑީ ވީމަ އަހަރެމެން ކިޔައި ދޭނ-”

“އަހަރެންގެ ދެކުދިން ފެނިއްޖެތަ..” ޔޫޝައު ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑައިލުމަށްފަހު ޝައުން ކެތްތެރިކަން ކުޑަވެފައި ވާ ފަދައިކުން އަހައިލިއެވެ.

އެސުވާލުން ޔޫސައު އާއި ޔަޒަން އަށް އެކަކު އަނެއްކަކުގެ މޫނަށް ބަލައިލެވުނެވެ.

“ނޫން..އެކަމަކު މެދުކެނޑުމެއް ނެތި ދެކުދިން ހޯދަމުން ދަނީ..”ޔަޒަން ބުނެލިއެވެ. އޭރު ޝައުންގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގެން ދިޔަތައް ޔަޒަން އަށް ފެނި ހިތައްތަދުވިއެވެ.

”އެއްވެސް ވަރަކަށް ޝައްކުވޭތަ ޝައުންގެ އާއިލާއަށް މިހެންހެދި ބައެއް..” ޔަޒަން އަހައިލިއެވެ.

“އާން ޔަގީން..ޝަހުރޫޒްގެ އަތެއް ވާކަން…އަހަންނަކީ ދީނައް އުޅެވޭތޯ ބަލާ މީހެއް ..އަހަންނަށް ނޭނގި އޭނާ  އަހަރެން ލައްވާ ބަނގުރަލުގެ ވިޔަފާރި ކުރުވީ…އެހުރިހާ ކަމެއް ފަޅާއެރި ހިސާބުން އަހަރެން ވަކިވީ އެމީހުންނާ..އެހެންވެ ބުނެފަ އޮތީ ހޭ އަރުވާލާނެ ކަމަށް..އަހަރެންގެ އާއިލާއަށް ގެއްލުމެއް ދީފާނެތީ އަންހެނުންގެ ރަށައް ބަދަލް ވާން ވެގެން ފުރަން ދިޔަ ތަނާ މިކަންތައް ހިނގީ..” ޝައުން ކިޔައިދިނެވެ.

“ނޭނގިއޭ ތިބުނީ ކިހިނެތް..ޝައުން އަކަށް ނޭނގޭތަ އެއްވެސް ވަރަކަށް ޝައުން ލައްވާ އެ ވިޔަފާރި ކުރުވި އިރު.” ޔޫޝައު ހައިރާންވެފައި ހުރެ އަހައިލިއެވެ.

“އާންން  ނޭނގޭ..އޭނާ ދުވަހަކު ވެސް އަހަރެން އެމީހުންގެ ބިލްޑިންގްގެ މަތީ ފްލޯއަކަށް އެރިޔަ ނުދޭ..ލާރާ ކިޔާ އަންހެން މަންޖެއެއް ގެނެސެދެނީ ބިލްތައް .. ޕޭމަންޓް އެއްޗިސް ނިންމަން.. މިކޮޅަށް އަހަރެން ޗޭންޖްވި ފަހުން އަދި މިވީ ހަވަރަކަށް މަސް..ކުރިން ލަންޑަންގަ އާއ ޔޫ އެސް ގަ އޭނާގެ ވިޔަފާރީގަ އުޅުނު އިރުވެސް މިކަހަލަ އެއްވެސް ކަމަކާއި ނެތް ދިމާ ވެފަ..”ޝައުން އިތުރަށް ކިޔައިދިނެވެ.

“ލާރާ އޭ” ޔޫޝައު އަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޔޫޝައުއާއި ދިމާ ބަލާލަމުން ޔަޒަން ބޯ ޖަހައިލިއެވެ.

“އެދުވަހު ޝައުން މެނައް ހަމަލާ ދިނީ ސުޖާއުތަ..ލާރާއަށް ވާނެހެންނެއް ހިއެއްނުވޭ..ކެމެރާއިން ވެސް ފެންނަގޮތުން ބޮޑަށް ފިރިހެނަކާ ވައްތަރީ.. އަހަރެމެންނަށް މިތަނަށް އައުމުގެ ކުރިން ހަބަރު ލިބިފަ އޮތީ ނައުފަލް އާއި ޝަހުރޫޒް އަދި ހިލްމީގެ ބްލަޑް ސާމްޕަލް އަކާއި އެއާޕޯޓުން އޭނާ އެރި ކާރުގަ ހުރި ލެއަކާއި މެޗް ނުވާކަން އެހެންވީމަ އެމީހުންނެއް ވެސް ނޫން ޔުމްނާގެ ގާތިލަކީ” ޔަޒަން އަހައިލިއެވެ.

“އަހަންނަށް އެނގޭ އެމީހުންނެއް ނޫންކަން އަދި ސުޖާއު އެއް ވެސް ނޫން އެއީ..އަޑު އެހިން އީމާން ނުލާ އަދި އިތުރު ފިރިހެން ދަރިއެއް ހުންނަ ވާހަކަ..އަހަންނަށް ހީވަނީ ޝަހުރޫޒް ފޮނުވައިގެން އައި މީހެއް ނޫނިއްޔާ އެއީ މިބުނާ ދަރީގެ ކަމެއް ހެން..ބޮޑަށް ހީވަނީ ޝަހުރޫޒްގެ ދަރި ހެން” ޝައުން ބުނެލީ ނުހަނު ޔަގީންވާ ފަދައަކުންނެވެ.

“ވަޓްޓް…ކީއްވެ ތިހާ ޔަގީން ކަމާއި އެކު ތިބުނަނީ..”ޔަޒަންއަށް އަހައިލެވުނެވެ.

“އެއީ އަހަންނަށް އެމީހާގެ މޫނު ފެނުނީމަ..އެދުވަހު އަހަރެންގެ އަންހެނުން މަރާލި އިރު އޭނާގެ މާސްކް ތިރިއަށް ކެހުނު..އޭނާގެ މޫނުން ހަމަ ހީވީ އީމާންގެ ތައްގަނޑެއް ހެން..އެކަމަކު އީމާން ނޫން ކަން އެނގޭ.. މިލީނާ ދައްތައާއި ވެސް ވައްތަރު ހެން ހީވެ..ތިމީހުންނަށް އީމާން ފެނިފަ ނެތީމަ މިހެން ބުންޏަސް ނޭނގޭނެ” ޝައުން ވާހަކަ ތަކުން ޔަޒަންގެ ނިތައް ޖަމާވި ރޫތައް ފިލައިގެން ދިޔައެވެ.

އެންމެ ރަނގަޅު ކަމަށް ބުނެ ޔަޒަން އާއި ޔޫޝައު އެތަނުން ނުކުމެގެން ދާން ހިނގައިގަތެވެ. “އެ އީމާން އަކަށް ވެސް އިތުރު ދަރިއެއް ހުންނަ ކަމެއް ނޭނގޭ..މަންމައަކަށް ވެސް ނޭނގޭ.. މިހާރު ޔަގީންވޭތާ އެބަ ނޭމްކޯޑް މާޑާސްގެ ހުރިހާ ކޭސް އެއް ވެސް ގުޅިފަ ވަނީ އެމީހާ އާއި ކަން.. ޔުމްނާގެ ބަނޑުގަ ވެސް ހުއްޓެއްނު ނަން އެގޮތައް..އަނެއްކޮޅުން އަހުމަދުބެ..މަ ސިކުނޑި ހާސްވޭ އެބަ” ޔަޒަން ބޮލުގެ އިސްތަސިގަނޑުގެ ތެރެއަށް އަތް މޮހާލިގޮތުން ބޯ ހާސްވެފައިވީ ވަރު ހާމަވައެވެ.

“ކޫ ހާސް ނުވޭ..ޒެހޭ ވެސް ފެންނަނީ ވަރަށް ހަމަޖެހިފަ ހުންނަތަން.. ފަވާދު ސާރ ވެސް އިރުކޮޅަކާ އައިސް ޒެހޭ އުޅޭ ނޫޅޭގޮތް ބަލާ..ކޫ އުޅޭންވީ ނު ޝަހުރޫޒް އާ ވާހަކަ ދައްކާލަން..” ޔޫޝައު ލަފާދިނެވެ. ޝަހުރޫޒް ހައްޔަރު ކުރި ފަހުން ޔަޒަން އަދި އޭނަގެ ގާތަކަށް ނުދެއެވެ.

“މަށެއް ނޫޅެން އެ ** އަކާ ވާހަކަ ދައްކާކަށް..މަންމަ އެހާލުގަ އޮއްވާ މަ ބޭނުމެއް ނޫން އޭނާގެ ކުރިމައްޗަށް އަރާކަށް..” ޔަޒަންގެ އަނގައިން އޭނާ އަލަށް ބޭނުން ކުރި ބޭ އަދަބީ ލަފްޒު އަޑުއަޙާފައި ޔޫޝައު ގާތައް އައީ ހިންޏެވެ.

“ދެން އެކަމަކު އޭނައާއި  ދިމާކޮށްފަ ވާހަކަ ހުރިގޮތެއް އެނގުނީމަ އެނގޭނީ އަހުމަދުބެ ހޯދާނެ ރާސްތާއެއް ވެސް..ދޮގެއްތަ މީ..މިހާރު އައިނާގެ ކޭސްވެސް ހިނގަމުން އެދަނީ” ޔޫޝައު ބުނަމުން ދިޔަ ޖުމްލަތަކާއި މެދު ވިސްނާލާފައި ޔަޒަން އެއްބަސްވިއެވެ. އެނޫން އިތުރު ގޮތެއްވެސްނެތެވެ.

***

މަގުގެ ދެފަރާތް ބަލަމުން ސިއުރާ ގޮސްވަނީ އޭނާގެ ގެ ހުންނަ މަގުގެ އެއްފަރާތަކަށް ވާހެން ހުރި ކުޑަ ފިހާރައަކަށެވެ. އެއްކޮޅުން އަނެއްކޮޅަށް ބެލި އިރުވެސް ކަމުދާ އެއްޗެއް ނުފެނުމުން އޭނާ ގަސްތުކުރީ ކޭޝިއަރަކަށް އިން އަންހެންކުއްޖާ ގާތު އަހައިލުމަށެވެ. “ހޭއި އެއްޗެއް އަހާލަންތަ.. ކުޑަކުދިން އެންމެ ލައިކް ވާނީ ކޮންކަހަލަ އެއްޗިއްސަކަށް..އަހަރެން ވަރަށް ނިއު ވާނެ މިކަހަލަ ކަންކަމަށް” ޝިއުރާ ހީލާފައި އަހަލުމުން ހިތްހެޔޮ ހިނިތުންވުމެއްގައި ހުރެ ކައުންޓަރުގައި ހުރި އަންހެންކުއްޖާ އޭނާ ގޮވައިގެން ގޮސް ސާމާނުތަކެއް ދެއްކިއެވެ. ބޮޑު ދެ ކޮތަޅުގެ އެއްޗިސް ނަގާ ފައިސާ ދެއްކުމަށްފަހު ގެޔަށް ދާން ނުކުން އިރު ޝިއުރާގެ މޫނުމަތީގައި ފެންނަން ހުރީ ލުއި ހިނިތުންވުމެކެވެ.

ކުރިއާއި ބަލާފައި މިހާރު ޝިއުރާ ފެންނަ މީހަކަށް އެއީ ކާކުކަން ވެސް އޮޅޭހާ އޭނާ ވަނީ ތަފާތުވެފައެވެ. ކުލަޖައްސާ ވޭވީކޮށްފައިވާ އިސްތަށިގަނޑު ކަޅުކުލައަށް ބަދަލުކޮށްލާފައި ވާއިރު ސްޓައިލް ކުރުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު އޮތީ އޭގެ އަސްލުފަންކަމުގައެވެ. މޫނުމަތީގައި އެއްވެސް މޭކަޕެއް ނެތް އިރު ހަމައެކަނި އޭނާގެ ތުންފަތުގައި ލިޕް ގްލޮސް އެއް ހާކާލާފައި ވެއެވެ. އޭރު ލީ ކުރު ހެދުން ތަކުގެ ބަދަލުގައި މިހާރު މުޅިންވެސް ލަނީ ޖިންސްއާއި ކުރުތާ ފަދަ ގަޔަށް ދޫކޮށް ހުންނަ ހެދުން ހެދުމެވެ. ބަލާބެލުމަށް ނުހަނު ސާދާވެފައި ފުރިހަކަމަށް ދައްކައެވެ.

ޝިއުރާ ގެއަށް ވަދެފައި ފުރަތަމަވެސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

“މީޝަމް..ވަރަށް ބޮޑަށް ސޮރީ ލަސް ވީމަ” ޝިއުރާގެ އަޑަށް  ދޮރާއި ދިމާލަށް ފުރަގަސް ދީގެން ހުރި މީޝަމް ފަހަތައް އެނބުރި ހީލިއެވެ.  އޭރު އެނދުމަތީގައި ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހެވިފައި ތިބިއިރު އެނދުގެ ތިރީގައި އިށީންދެ އިނދެ މީޝަމް ދިޔައީ ކޮންމެވެސް ވާހަކައެއް އެކުދިންނަށް ކިޔައިދެމުންނެވެ.

“ނޫނޭ..ކަމެއް ނޫނޭ..ހާދަ މަޖާ ކަމެކޭ މީ ބޭބީސް މެންނާ އެއްކޮން އުޅުން…އަހަރެމެން ގޭގައި ބޭބީ އެއް ނޫޅޭތީ އަބަދު ގޮސް ޒަޔާން މެންގޭގަ އަހަރެން އުޅެނީ..އޭގޭގަ އުޅޭ ބޭބީސް-” ޖުމްލަ ނުނިމެނީސް މީޝަމްއަށް ދުލުކުރީގައި ދަތް އަޅާލެވުނީ ޒަޔާންގެ ނަން ބުނެވުމުންނެވެ. އޭނާގެ މުޅިމޫނު ރަތްވިއެވެ.ސިއުރާ އިންދާ ޒަޔާންގެ ނަންބުނާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ.

“ސީރިއަސްލީ ޔުއާރ ފޭސް..ކަމޯން..ޒަޔާންގެ ޗެޕްޓާރ އަހަރެންގެ ލައިފްއިން މިހާރު ފުހެލިތާ ދުވަސްގަނޑެއް ވެއްޖެ”  މީޝަމްގެ މޫނަށް ވެފައިން ގޮތުން ޝިއުރާއަށް ނުހިފެހެއްޓިގެން ހެވެނީއެވެ.

“ޔޫ ސީރިއަސްލީ ޒަޔާންގެ މަތިން ހަނދާން ނައްތާލީތަ..” މީޝަމް ގަބޫލް ކުރަން ދަތިވެފައި ހުރެ އަހައިލިއެވެ. ހިނިއައިސފައި އިނދެ ޝިއުރާ ބޯޖަހައިލިއެވެ.

“ޒަޔާން އަށް އެނގޭތަ އަހަރެމެން ދެމީހުން  ވާހަކަ ދައްކާކަން..އެންޑް މީޝް މިގެއަށް އަންނަކަން..އިޓްސް ބީން އަ މަންތް..” ޝިއުރާ ބުނެލީ މީޝަމްވެސް ބިރުގަންނަ ކަންތަކުގެ ވާހަކައެވެ. ޒަޔާންގެ ރުޅިގަނޑަކީ އާދަޔާހިލާފް ރުޅީއެކެވެ.

“ނޫން އަދި ނުބުނަން..އައި ޑޯންޓް ތިންކް ރުޅި އަންނާނެ ހެންނެއް..” ސިއުރާގެ ގާތުގައި އެފަދަ ޖަވާބެއް ދިންނަމަވެސް މީޝަމް ހުރީ ޒަޔާންގެ އަމަލު ހުންނާނެ ގޮތެއް ނޭނގޭތީ ފާޑަކަށް ހިތްބިރުގަނެފައެވެ.

“އައި ހޯޕް ޒަޔާން ރުޅިނާންނާނެ ކަމަށް.. ހަމަ އަސްލަށް ވެސް އަހަރެން ނުވިސްނަން ޒަޔާން ފަހަތުން ދުވާކަށް..ދެޓްސް ޓޫ ވިއާޑް..” ޝިއުރާ އަނގަޔަށް ޖައްސައިލީ ވައްތަރެކެވެ. މީޝަމް މެން ގޮވައިގެން ކާބަޔަށް ވަދެ މޭޒުގައި އިށީންނުމަށް ބުނެލިއެވެ. ކުޑަ ދެކުދިންނަށް ވަކިން ހުރި ކުޑަ މޭޒެއް ކައިރިކޮށްލަ ދިނުމަށްފަހު އޭނާ އޯޑަރު ކޮށްގެން ގެންނައި ކާއެއްޗިހި އެކުދިންނަށް އަޅައިދިނެވެ. “ޝާނާ..އިއާން..ރަނގަޅަށް ކައްޗޭ..ސެލެޑް ތަށި އަދި ވާނެ ހުސްކުރަން” އެކުދިންގާތު ކެއުމަށް ބުނެ އޭނާއާއި މީޝަމްއަށް ގެނައި ކާއެއްޗިސް މޭޒުމަތީގައި އަތުރާލާފައި މީޝަމް ކާން އެދުނެވެ.

“އަޅޭ ހާދަ ބައިވަރެކޭ..އަހަރެން ކައިގެން އައީ ވެސް” ، ” ނޫން ދެން ކޮންމެ ވެސް ވަރަކަށް ޓްރައިކޮށްލަބާ..ވަރަށް މީރުވާނެ”  މީޝަމްއަށް ރައްދު ދެމުން ޝިއުރާއާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“އަސްލު ބުނެބާ މި ބޭބީ މެންނާއި ދިމާވީ ކިހިނެތް..” މީޝަމް ކާންފަށަމުން އަހައިލިއެވެ.

“ވީ ގޮތަކީ މީޝަމްއަށް އެނގެއެންނު މިހާރު މީޝަމްގެ އިތުރުން ދެން އަހަރެންގެ ހުންނަނީ އެންމެ ފްރެންޑެއް ކަން..އޭނާ ކޯހަށް ބޭރަށް ފުރަން އުޅޭތީ ފުރުވަން އަހަރެންވެސް އެއާޕޯޓަށް ދިޔައީ އޭނަ ފުރުވާފަ ނުކުންނަނިކޮން ފޯނެއް އައިސްގެން ފާހާނާ ތަކާއި ދިމާލަށް އަހަރެން ދިޔައީ..އެހިސާބުގަ މީހުން މަދުވާނެނު އެހެންވެ…ކޯލް ނިމިގެން ހިނގައިގަންތަނާ ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ދުވެފައި އަންނާތީ ފެނިއްޖެ ..ވަރަށް ބިރުން ހުރީ..އެހެންހުއްޓަ ކަޅު އެއްޗިހިނުގައި މޫނު ފޮރުވައިގެން އެދިމާލަށް އަންނަ މީހަކު ވެސް ފެނިއްޖެ..އޭނާގެ އަތުގައި އޮތް ވަޅިއެއް.. ދެން އަހަރެން ކަމެއް ނުކޮށް ހުރެފިނަމަ އެދެކުދިންނަށް ކަމެއް ވެދާނެތީ އަހަރެން މިދެ ކުދިންގެ ފަހަތުން ފިލަފިލައިގެން ގޮސް ދެކުދިން ގޮވައިގެން ގެޔަށް އައީ.. އޭރު ދެކުދިންނަށް ވަނީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރު ކޮށްފަ..އަހަރެން ހިތަކަށް ވެސް ނާރާ މިކުދިން ސައިކޮލޮޖިސްޓަކަށް ނުދައްކާ ފަރުޖެހޭނެ ކަމަކަށް … ދެން އަހަރެންގެ ފްރެންޑް އެއްވެސް މިކޮޅުގަ ނުހުންނާނެ..ޒެހެކްގެ ފަރާތުން އެނގިފަ ކަންނޭގެ އޮންނާނީ އަހަރެންގެ ގޮތް..އެހެންވެ ސުކޫލް ދައުރުގައި ވެސް ރަނގަޅު ރައްޓެއްސެއް ނުލިބުނު..ލިބުނު ކުއްޖާ ކިޔަވަން ދިޔައީ..ދެން ހަމަ އަހަރެންގެ މައިންޑަށް މީޝަމް އައީ..މީޝަމް ގެނެސް މިކުދިންނާވާހަކަ ދައްކުވަން ފެށިފަހުން މިހާރު އެޓްލީސްޓް އެބަ ސްމައިލް ވެލާ އެބަ..ސާނާ އާއި އިއާން ގެ ނޭމް ވެސް އެނގުނީ އިހަކަށް ދުހު..ހުރިހާ ޝުކުރެއް މީޝްއަށް” ޝިއުރާ ވާހަކަ ނިންމާލަމުން ހީލިއެވެ.

“އަލްހަމްދުލިﷲ..އަހަރެން ފުރަތަމަ ސިއުރާ ގުޅި ދުވަހު ހީކުރީ އޮޅިގެން ކަމަށް…ފޯނު ނަގާފަ އަދި ބަވާ ނުލީމަ ދެލޯ ބޮޑުވެފަ ހުއްޓާ ބުނީ މި ފޮނުވާ އެޑްރެސް އަށް އާދެބަލާށޯ..” މީޝަމް ހޭންފަށާފައި ޝިއުރާ އޭނައަށް ގުޅި ދުވަސްމަތިން ހަނދާން ކޮށްލިއެވެ.

“ސާނާ އާއި އިއާންގެ ޕޭރެންޓްސް ހޯދަން ނޫޅެންތަ..މިދޭތެރޭގައި އުޅުން ދޯ ކުޑަ ދެކުއްޖަކު ގެއްލިގެން” ކާންތިބި ދެކުދިންނަށް  ބަލައިލަމުން މީޝަމް އަހައިލިއެވެ.

“އޭރު ގެއްލުނު ކުދިން ފެނުނޭ ކިއާފަ އިން ހަބަރެއް..ސޯ މިކުދިންނެއް ނޫން އެއީ…އޯހް ޔާހް އަހަންނަށް ނުކެރުނީ ބިކޯޒް އެދުވަހު މިކިޔާ ބިރުވެރި މީހާ މިކުދިން ފަހާ ދުވަނިކޮން އަހަރެން މިހުރީ ސަލާމަތް ކޮށްފަ..ގައިމް ޕޭރެންޓްސް ވެސް ތިބޭނެ އެންނު.. މިހާ ތުއްތު ދެކުދިން ދޫކޮށްލާފަ ދާން ވަކި ހެޔޮވާނެތަ.. އަމް އެފްރެއިޑް މިހާ ލޯބި ކުދިންކޮޅަށް ކަމެއްދާނެތީ.. ނޭނގޭ ވަރަށް ސްޕެޝިއަލް ހެން ހީވަނީ މިހާރު..އައި ލަވް ދެމް އަ ލޮޓް..”

ޝާނާއާއި އިއާން އަށް ޝިއުރާ ބަލައިލީ ލޯބިން ފުރިގެންވީ ފަދައަކުންނެވެ.އެ މަންޒަރު ބަލަން އިން މީޝަމް ގެ ތުންފަތް މަތީގައިވެސް ދުވެލީ އުފާވެރި  ހިނިތުންވުމެކެވެ.

“ލާރާ ކޮބާތަ..އަޑު އެހިންތަ ޔަޒަންގެ ކާފަ ހައްޔަރު ކުރި ވާހަކަ” އަހަން ނާހަން ހުރެފައި މީޝަމް އަހައިލިއެވެ.  މީޝަމްގެ ފަހު ޖުމްލައިން ޝިއުރާއަށް ކީކޭ ހޭ އަހައިލެވުނީ ފުދޭވަރަކަށް ބާރަށެވެ.

“ޔޫ ޑިޑިންޓް  ނޯ..” ، ” އަސްލު އެއްޗެއްތަ  ތިކިޔަނީ…ކިހިނެތް ކޮން އިރަކު ވީ ކަމެއް ..ލައިކް ހައޫ” ޝިއުރާ އަނގަމަތީގައި އަތް އަޅާލަމުން ބުނެލިއިރު އޭނާ ވަނީ ޝޮކްއެއްގައެވެ.

މީޝަމް ފެށިގެން ނިމެންދެނން ހުރިހާ ވާހަކައެއް ކިޔައިދިން އިރު ޝިއުރާ އިނީ އާގަމަވެފައެވެ. މީޙާ ޒާތަކަށް ހުއްޓުން އަޜާފައި އިންއިރު ބުނާނެ ބަހެއް ދުލުކުރިއަށް ނާންނަފަދައެވެ.

“ވަޓް ދަ..ތި ލާރާ އެންމެ ފަހުން މިގެއިން ދިޔަދުހުގެ ފަހުން މަށެއް ނުދެކެން އޭނާއެއް..ސުޖާއު އޭ..ޑިޑް ޔޫ ނޯ އެބައުޓް ހިމް..” ޝިއުރާ އަހައިލުމުން މީޝަމް ނޭނގޭ އޭ ބުނާފަދައަކުން ބޯ ޖަހައިލިއެވެ.

“ހީ އިޒް މައި ސޯ ކޯލްޑް ފާދާ..ދެޓް މީންސް އައިމް ޝިއުރާ އަލީ ސުޖާއު..” ،ވަޓް” މީޝަމް ދެލޯ ބޮޑުވެފައި ހުރެ އަހައިލިއެވެ.

“ޔާހް މަ އެހެންވެ އޭ ދެކެ ރުޅި އަންނަނީ..އަހަންނަށް ވެސް އެނގޭ އެމީހުން ބަނގުރަލުގެ ވިޔަފާރީ ހެސްކިޔާފަ ކުރާކަން އެކަމަކު ޔަޒަންގެ ފެމިލީއަށް ތިހާ ބޮޑު ދެރައެއް ދީފައިވާކަން މި އެނގުނީ.. ޒަޔާން އާއި ނަވާގެ ބައްޕަ ވެސް މަރާލީ އެމީހުން ދޯ އަދި ޒެހެކްގެ ބައްޕަ ފޮރުވައިގެން ވެސް އެއުޅެނީ އެމީހުން..އެހެންނު” ޝިއުރާ ގެ ޖުމްލަތަކަށް މީޝަމް އަވަސްއަވަހށް ބޯ ޖަހައިލިއެވެ.

“ސޯ މީޝަމް ވީ ހޭވް ޓް ޑޫ ސަމްތިންގް..  ބަޔަކަށް ބޮޑު ހިތާމައެއް ލިބިގެންދާ އިރު މިހެން ބަލަހައްޓައިގެން ހުރުމަކީ ވަރަށް ކަޑަ ކަމެއް.. އެވެސް މީޝަމްގެ އެހާ ގާތް ބައެއް.. މީޝް ކެން ޔޫ ޑޫ ސަމްތިންގް” ޝިއުރާ އެބުނަން އުޅެނީ ކޮންކަމެއްގެ ވާހަކަން ނޭނގުނަސް މީޝަމް ބޯ ޖަހައިލިއެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު