“ކަމް އިންސައިޑް.. ޔޫ ހޭވް ޓް ފޭސް އިޓް.” އަކްރަމް މިހުރާންގެ އަތުގައި ހިފައިލަމުން އެތެރެއަށް ވަންނަން ބުނެލިއެވެ. ނަމަވެސް ގޮތްނޭނގޭ ސަބަބު ތަކަކާއި މިހުރާން ދިޔައީ ފިނި ވަމުންނެވެ. ފާޑެއްގެ ތުރުތުރެއް ވެސް އަޅަމުން ދިޔައެވެ. އޭނާއަށް އަންނަމުންދިޔަ ބަދަލް ތަކާއި ހުރެ ހައިރާން ވެފައިވާ ހާލު މިހުރާން އެތެރެއަށް ވަނެވެ. އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ފެނިގެން ދިޔަ މަންޒަރަކުން މިހުރާންއަށް ހީވީ ފައިދަށުން ބިންގަނޑު ގަނބައިގެން ދިޔަހެންނެވެ. މޫނުމައްޗަށް އަނދިވެ ހުރި ތަނަށް ވެއްޓެން ދިޔައިރު އަކުރަމް މާ ކުރިން ސުރެން އެކަމަށް ތައްޔާރުވެގެން ހުރުމުން ހިފެހެއްޓިއެވެ.
***
“ލާރާ…ދެން ކިހިނެތް ހަދަން ތި ވިސްނަނީ..”ޝިއުރާއާއި ލާރާ ތިބީ ޝިއުރާގެ އެޕާޓްމަންޓްގައި ހުރި ބެލްކޮނީ ކޮޅުގައިއެވެ. ޝިއުރާ ސޯފާގައި ދެފައި ދަމަލައިގެން އޮތްއިރު އަތުގައި އޮތް ސިގިރޭޓު ތުނބުގައި ޖަހާލައެވެ. އޭނާ އޮތް ސޯފާއާއި ތަންކޮޅެއް ދުރުގައިވާ އިތުރު ސޯފާއެއްގައި ލާރާ ހަމަޖެހިލައިގެން އޮތްއިރު ކުރިމަތީގައި ހުރި ކުޑަ ކޮފީ މޭޒުމަތީގައިން ބަނގުރާ ފުޅި ނަގާ އިރުކޮޅަކާހެން ބޯލައެވެ.
“އައި ކޭންޓް ލީވް ޔަޒަން.. އައި ލަވް ހިމް… ނަވާރް ޖެހޭނީ ދުރަށް ދާން..އަހަރެން ހުއްޓާލާނީ ޒޭން ހޯދާފަ…ނަވާރް މަރާލާނަން” ލާރާ އެއްލެމުން ކަހަލަ ގޮތަކަށް ގޮސް ރެއިލިންގްގައި އަތް އަލުވާލިއެވެ.
ލާރާގެ ކައިރިޔަށް ހުއްޓުނު ޝިއުރާއަށް މޫނު ކުނި ކޮށްލެވުނީ ލާރާގެ ގައިން ދުވަންފެށި ނުބައި ވަހަކުންނެވެ. “ރިއަލީ.. ޔޫ ތިންކް ޔޫ ޑިޒާވް ހިމް..މިހާރު ވެސް ލާރާއަށް ކުރެވުން ކަންތައް މަދީތަ..އަނެއްކާ އަނެއް މީހާ މަރާ ވާހަކަ ތި ދައްކަނީ.. ލުކް މަށަކީ މާ މޮޅު މީހެއް ނޫން.. އަހަންނަކީ ކަމުނުދާ ސިފަ ތަކެއް ހުރި މީހެއް.. އެހެން ވިއަސް ޒަޔާން ނުލިބިގެން މީޝަމްއާ ހަނގުރާމަ ހަދާއިރުވެސް ތިކަހަލަ ގޮތަކަށް މަ ނުވިސްނަން..އަހަރެން ޒަޔާން ފަހަތުން އުޅުނަސް މީހަކު އެއްޗެއް ނުބުނެ ދާނެ.. ބަޓް ލާރާ ތިހެން ޔަޒަންގެ ފަހަތުން އުޅެންޔާ މަށައް ވެސް ޖޯކް” ޝިއުރާ ފުރަތަމަ ފަހަރަށް ލާރާއާއި ދެކޮޅުވުމުން ލާރާއަށްބަލަހައްޓައި ގެން ހުރީ ގަބޫލް ނުކުރެވޭ ފަދައަކުންނެވެ.
“ޝިއޫ..ހަމަ ކަލޭ ތަ ތިހެން ތިބުނަނީ..އެނގެއެއް ނޫންތަ މަށައް އޭރު ދިމާވި ގޮތް..އާރް ޔޫ މައި އެނިމީ އޯރް ބެސްޓް ފްރެންޑް” ލާރާގެ މޫނުން ފެނިގެންދަނީ ރުޅިވެރިކަމެވެ.
“ކިތަންމެ ބޮޑު މަޖުބޫރީއެއް އޮވެނަމަވެސް އެހެން ހެދީމަ ޔަޒަން ނާންނާނެ…އައި ހާޑް ނަވާރް ދެކެ ޔަޒަން ވަރަށް ލޯބިވާ ކަމަށް..އިފް ދެޓް ރައިޓް ޕްލީޒް ސްޓޭ އަވޭ ފްރޮމް ދެމް… މަ ވެސް ވިސްނަން އެބަ ތަންކޮޅެއް ދުރުން އުޅެން ޒަޔާން އާއި މީޝަމް އާ…އެންޑު ތި ރާ ފުޅި ތަކާއި ދުރަށް ދާން ވީނު.. މަ ވެސް މި ސިގަރޭޓް ބޮނީ އޭޒް އަ ލާސްޓް ޑޭ..” ހުލިވެފައި އޮތް ސިގިރޭޓް ފިލްޓަރ ނަގައި ޑަސްޓް ބިނަށް ޝިއުރާ ލިއެވެ.
“ވަޓްސް ރޯންގް ވިތް ޔޫ..މަށައް ހީވިއޭ މަ އޭރު ގޮސް މިފަހަރު އައި އިރުވެސް ސިއުރާ ބަދަލްވެފަ ހުރިހެން..ޝިއުރާ ތިހާ އެހެން މީހުންނަށް ހެޔޮ އެދެން ފެށީ ކޮންދުވަހަކު” ލާރާ ރުޅީ ގަދަވެގެން އޭރު ދެލޮލަށް ވެސް ހުރީ ރުޅީގެ ރަތްކަން ވެރިވެފައެވެ.
“ކާމްޑާއުން..އަހަރެން ލާރާ އާއި މީޓްކުރަން ބުނީ ވެސް އެވާހަކަ ދައްކަން..ޒަޔާން އާއި ދޭތެރޭގަ ވިސްނަނިކޮން އަހަންނަށް ފީލް ވީ ޒަޔާން އަހަރެން ދެކެ ލޯބި ނުވާއިރު އޭނާގެ ފަހަތުން އަހަރެން ދުވުމުގެ މާނައެއް ނެތްކަން.. މަށައް ހެޔޮ ޔަޒަންގެ ފަހަތުން ލާރާ އުޅުނަސް ..އެކަމަކު އަހަރެންގެ ރައްޓެއްސެއްގެ ގޮތުގައި ހުރެ މީހަކު މެރުމުގެ ވިސްނުން ނުގެންގުޅޭތި..މިހާރު ވެސް ލާރާ ކޮށްފަ ހުރީ މާ ރަނގަޅުކަންކަމެއް ނޫން..އިތުރަކަށް އަހަރެން ނުވެދޭނަން އެއްވެސް އެހީއެއް..ލާރާ ގައިމު މިފަހަރު އައިއިރު ޗޭންޖް ވެފަ ހުރިގޮތުން އަހަރެން ހީކުރީ ދެން ލާރާ ވެސް ރަނގަޅުވިއްޔޭ.. އެކަމަކު މިހާރު އެނގިއްޖެ ތީ އަދިވެސް ކުރީގެ ލާރާކަން” ލާރަ މާ ރުޅިގަދަވާން ފެށުމުން ޝިއުޜާ ނުތަނަވަސްވެފައިވާ ހުރެ ބުނެލިއެވެ.
“ހަހް..ސީރިއަސްލީ…ޝިއުރާ އެހީވެގެން މަ ކުރި ކަމެއް ކިޔާބަލަ.. ބިޗް ޔޫ އާރ ބްރެއިން ވޮޝްޑް.. އާން މިފަހަރު އައި އިރު އެންމެ ފުރަތަމަ އަހަރެންވެސް ކަލޭ ތިހުރިހެން ކިރިޔާ ބްރެއިން ވޮޝްނުވީ..އެކަމަކު ފަހުން ވިސްނުން ޒޭން އަކީ ހަމައެކަނި އަހަރެންގެ މީހެއްކަން.. ހީ އިޒް މައިން..ސޯ އައިލް މޭކް ހިމް މައިން..އެންޑް ޔޫ ބިޗް..ގޮނަ ކަޓް އޮފް ދިޒް ފްރެންޑްޝިޕް” ޝިއުރާ ދައްކަން ފެށި ވާހަކައަކުން ރުޅިގަދަ ވެފައި ހުރީ އަތުގައި އޮތް ބަނގުރާ ފުޅި ދުރައް އެއްލައިލިއެވެ. މުޅި ތަނުގައި ހިފައިލީ އެފުޅީގެ ބިއްލޫރިތައް ކުދިކުދިވެގެން ބުރައިގެން ދިޔަ ބާރުއަޑެވެ. ލާރާ އެގެއިން ނުކުމެގެން ދިޔަތަން ބަލަން ރެއިލިންގްގައި އަތް އަޅުވާލި ޝިއުރާގެ މޫނަށް ވެރިވީ ފޫހިކަމެވެ.
“އަހަރެންގެ ލައިފް އެންމެ ފުރަތަމަ ވެސް ސްޕޮއިލް ކޮށްލީ ލާރާ..އެކަމަކު އަދިވެސް މަންޒަރު ބަލަން މިހުންނަނީ އަހަރެން..” ޝިއުރާ އެހުރިގޮތައް ހުރެފައި ދޫކޮށްލީ ފުންނޭވާއެކެވެ. ދުރުދުރަށް ދާންދެން ފެންނަން ހުރި އޮއްސޭ މަންޒަރަށް ގެއްލިފައި ހުރި ޝިއުރާގެ މޫނުމަތިން ފެންނަނީ ތަރުޖާމާ ކުރަން ދަތި ކުރަވަރުތަކެކެވެ.
****
ރިހާމް ދެކޮޅު ބަލައިލަމުން ގޮސް ހޮސްޕިޓަލްގެ އޮފީސް އިމާރާތައް ވަނެވެ. އެއިމާރާތް ހުންނަނީ ހޮސްޕިޓަލާއި ވަކިން ހޮސްޕިޓަލް އިމާރާތާއި ފުރަގަސްވާހެންނެވެ. ސިޑިން އަރައިގެން ދިޔައިރު ސެކިއުރިޓީ އޮފިސަރުން ވެސް އެމީހުންގެ ޑިއުޓީގައި ތިއްބެވެ. ރިހާމްއަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރެއްކަން އެނގޭތީ އެމީހުންވެސް އަޅައެއް ނުލައެވެ.
ވަންނަން ބޭނުންވާ ކޮޓަރީގައި ޓަކި ޖަހާލުމަށް ފަހު އޭނާ މަޑުކޮށްލީ އެތެރެއިން ހުއްދަ ލިބެން ދެނެވެ. ލަސްތަކެއް ނުވެ ވަންނާށޭ ބުނުމުން ރިހާމް ވަނެވެ. ރިހާމް ވަދެފައި ރިޒާ އޭ ބުނެލި ހިނދު މޭޒު ދަށުގައި އިން މީހާ ތެދުވިއެވެ. “މިއަދުވެސް ތަ.. މަ އިއްޔެ ވެސް ބުނީމެންނު އެކަން ވާކަށް ނެތޭ…ކޮންމެވެސް ސަބަބަކާއި ހުރެ އެ އަހަރުގެ ފައިލްތައް އަހަރުމެންނަށް ލޮކްވެފަ އިންނަނީ..އެހެންވީމަ ނެތް ދެވޭކަށް..މީ ހަމަ އިއްޔެ އާއި އޭގެ ކުރީ ދުވަހު ވެސް ރިހާމްއަށް އަހަރެން ދިން ޖަވާބު..” ރިޒާގެ މޫނުމަތިން ހިތްހަމަނުޖެހުމާއި އެއްވަރަށް ހާސްކަންވެސް ފެންނަމުންދިޔައެވެ.
“އެނގެއޭ ރިޒާ ދެދުވަހު ވެސް ދިނީ ތި ޖަވާބުކަން..އެހެންވެއޭ މަ ތިންވަނަ ދުވަހުވެސް މިއައީ.. ލުކް ރިޒާ..އައި ނޯ ޔޫ އާ ސަފަރިންގް ފްރޮމް ސަމްވަންސް ޕަވާ..އަހަރެން މި ދެ ދުވަހު ބެލި ބެލުމުން އެނގޭ ރިޒާ އާއި އައްޔޫބުއަށް އެކަނިކަން އެ މައުލޫމާތުތައް ދެވޭނީ..އައްޔޫބު ޗުއްޓީގަ ހުރީމަ ނެތް އިތުރުގޮތެއް…ކާންޓް ޔޫ ގިވް މީ ދެޓް ފައިލް” ރިހާމް ހިތްހަމަނުޖެހޭ ގޮތްވިއެވެ.
“ރިހާމް..އަހަންނަށް ހީވަނީ އަހަރެންގެ އެކުވެރިކަން ވެސް ނިމުމަކަށް ގެންނަން ރިހާމް ބޭނުންވާ ހެން..ކީއްވެތް އަޑު ނީވެނީ ދެވެން ނެތޭ ބުނީމަ.. ރިހާމް ތިހެން ކޮންމެ ދުވަހަކު އުނދަގު ކުރަން ވެއްޖެޔާ ސަލާމަތެއް ނެތް ..ދެންޖެހޭނީ ސެކިއުރިޓީންގެ އެހީ ހޯދަން..”ރިޒާ ރުޅިވެރިކަމާއި އެކު ބުނެލި ހިނދު ރިހާމް ޖަހައިލީ ހިނިގަނޑެކެވެ.
“އަހަންނަށް އޯކޭ ރިޒާއަށް އެކުވެރިކަން މުހިންމު ނުވެގެން ގުޅުން ކަނޑާލިއަސް…އެކަމަކު އަހަންނަށް އެ ފައިލް ދީބަލަ..އަހަންނަށް އެނގޭ މި ހޮސޕިޓަލްގަ ހުންނަކަން މިތަނަށް އުފަންވާ އެންމެންގެ މައުލޫމާތު.. އަދި އެންމެންގެ ބާތް ސެޓްފިކެޓްގެ ޑީޓެއިލްސް ވެސް މިތަނުގަ ހުންނަކަން.. އަދިވެސް ހަމަ ނުދޭން ދޯ ތިއުޅެނީ…” ރިހާމްގެ އަޑުބާރުވާން ފެށިއެވެ.
“ރިހާމް މަ އެބަ ތިބި ދެދަރިންނާއި އަންބަކު..ވަޒީފާ ގެއްލިއްޖެޔާ އަހަންނަކަށް ނެތް އިތުރު ގޮތެއް.” ، ” އޯހް ތިބުނާ ލޮބުވެތި އާއިލާ ހުރީމަ ގަންނަގަނޑުތަ މީ.”ރިހާމްއެންމެ ފަހުން ދައްކައިލީ އޭނާގެ އަތުގައިވާ ހަތިޔާރެވެ. ހޮސްޕިޓަލްގެ ނަރުހަކާއި ރިޒާގެ މާ ވަރުގަދަ މަންޒަރެކެވެ. އެފެނުނު ހިނދު ރިޒާގެ މޫނު ރަތްވިއެވެ. ހަޅޭއްލަވައި ގަނެފައި ދިމާކޮށްލީ ރިހާމްގެ ފޯނު އަތުލާށެވެ. ނަމަވެސް ރިހާމް ހުށިޔާރު ކަމާއެކު ފޯނު ދަމައިގަތެވެ.
“އޭ ކަލޭ ހަމަ މިހާރު ތި ވީޑިއޯ ޑިލީޓް ކޮށްލާ”، “ރިޒާ މަ ބުނި ކަންތައް ކޮށްދިނީމަ މަ ވަގުތުން ޑިލީޓް ކޮށްލާނަން..މި ވީޑިއޯ ނީންނާނެ އެހެން މީހެއްގެ އަތުގައެއް.އަހަންނަށް ފެނުން މަންޒަރެއް މީ..” ރިހާމްގެ ޖުމްލަތައް އަޑުއަހާފައި ރިޒާ ކޮމްޕިއުޓަރު ސިސްޓަމް ދޮށުގައި އިށީންދެލީ މަޖުބޫރުވެފައި ވާ މީހަކުފަދައިން އިންނެވެ. ރިހާމް ކާމިޔާބީގެ ހިނިތުންވުމެއް ވެރިކޮށްލައިގެން ހުއްޓެވެ. މާގިނައިރެއް ނުވެ ޕްރިންޓްކޮށްފައި ހުރިހާ ފައިލް އެއް ރިހާމްއަތައް ރިޒާ ދިއްކޮށްލިއެވެ.
“މީ އެވަރުގެ ކަމެއް ވެސް ނޫން ދޯ..އަހަރެމެންގެ ގުޅުން ކަނޑާލާ ހިސާބަށް ރިޒާ ތި ދިޔައީ.. ހާސް ނުވޭ އަހަރެންގެ ފަރާތުން މި ފައިލް ދިން ކަމެއް ވެސް މި ވީޑިއޯގެ ހަބަރެއް ވެސް މީހެއްގެ ކަންފަތާއި ހިސާބަކަށް ނުދާނެ..އެކަމަކު އަންބަކާއި ލޯބި ލޯބި ދެކުދިން ތިއްބަ މިކަހަލަ ހަޑި ގަނޑުތައް ގަތުމަކީ ވަރަށް ވެސް ހުތުރު ކަމެއް..” ރިހާމް ވާހަކަ ދައްކަމުން ދިޔައިރު ރިޒާ މޫނު ހަދައިގެން ހުރި ރިހާމްގާތައް ހުރީ ހިނިއަންނަ ގޮތްވެފައެވެ. ރިހާމް ބޭނުންވާ ހުރިހާ އެއްޗެއް ހުރުމުން ސުކުރު އަދާކުރިއެވެ.
“އަސްލު ނޭނގޭ ކީއްވެ ކަމެއް..އަހަރެމެންނަށް މަނާ ކޮށްފަ އޮންނަނީ އެއަހަރުގެ އެއްޗިސް ނުދޭން..މައްސަލައެއް އުޅެނީ ކަމަށް ބުނި…އެކަމަކު މީހުންގެ ފަރާތުން އިވުން ގޮތުގައި އެއަހަރު މިތަނުން ވަކި ކުރި ނަރުހެއް ކަންތައް ގަނޑެއް ހިންގާލިއްޔޯ..އޭނާ އަތުން ކުއްޖަކު މަރުވީކަމަށް ވަނީ…” ރިޒާ ކިޔައިދިނެވެ. ރިހާމްގެ ނިތައް ރޫ އަރައިގެން ދިޔައެވެ. ރިހާމް އެދުމުން ރިޒާ އެނަރުހުގެ ވަނަވަރާއި އޭނާގެ މައުލޫމާތު ހުރި ފައިލް އެއްވެސް ހޯދައި ދިނެވެ. ރިހާމް އެތަނުން ނުކުމެގެން ދިޔައީ ރިޒާގެ ވީޑިއޯ ވެސް އޭނާގެ ކުރިމަތިގައި ފުހެލައިފައެވެ.
ފައިލްތައް ހިފައިގެން އޭނާގެ ޑޮކްޓަރު ކޮޓަރިއަށް އައިސް ފަހަރަކު ފައިލެއް ބަލަމުން ދިޔައިރު ރިހާމްއަށް ލިބެމުންދިޔައީ ވަރުގަދަ ޝޮކްތަކެކެވެ. އެންމެ ފަހަތައް އޮތް ފައިލް ބަލައިލި އިރު ރިހާމްގެ ދެލޯ ބޮޑުވިއެވެ.”ވަޓް ދަ ހެކް… ފަ*”މީހާ ތުރުތުރު ލާންފެށުމުން ގޮނޑީގެ ތެރެއަށް ވެއްޓިގަތެވެ. އޭނާ އެންމެ ފުރަތަމަ އެ ހަބަރު ދޭން ބޭނުންވީ ޔަޒަންއަށެވެ. ފޯނުނަގައި ގުޅާލާނެ ހިތްވަރު ނެތިގެން މެސެޖް ކޮށްލިއެވެ.
****
ޑިއުޓީއަށް ދާން ތައްޔާރުވާން ހުރި ނަވާރްގެ މޫނުމަތިން ފެންނަނީ ލުއި ހިނިތުންވުމެކެވެ. ތައްޔާރުވެ ނިމުމުން ހިތްފުރެންދެން ސެންޓު ޖަހައިލައިގެން ގޮސް ފާހާނާގެ ދޮރުގައި ދެތިން ފަހަރަކު ޖަހައިލިއެވެ.
“މިއަދު ޑިއުޓީއަށް ނުދަނީތަ..ގަޑި ޖެހެން ފަނަރަ މިނެޓް އިނީ” ޔަޒަން ފާހާނާއަށް ވަންގޮތައް ނުނިކުމެގެން ނަވާރް ފާޙާނައިގެ ދޮރުގައި ތަޅައިގަތެވެ. އިރުކޮޅެއްފަހުން ޔަޒަން އައި އިރު އަދި ހުރީ ފެން ވެސް ނުވަރައެވެ. ގަޑިއަށް ބަލައިލާފައި ނަވާރްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
“ޔަޒަން..މިއަދު ނުދަނީތަ.” ނަވާރަ އެހުރިގޮތައް ހުރެފައި ގަޑި ޔަޒަންއަށް ދައްކައިލީ ގަޑިއެވެ. ޔަޒަންގެ މޫނުމަތީގައި ހިސާބެއްގެ ހާސްކަމެއް ފެންނަން ހުރުމުން ނަވާރްއަށް ނިތްއަރުވާލެވުނެވެ.
“ވަރަށް ސަކަރާތް ވެއްޖެ.. ޒެހޭގެ ބައްޕަ ނުފެނިގެން..އިޓްސް ބީން އަ ތްރީ ޑޭސް…އެހެންވެ އޭނާ ވަރަށް ސަކަރާތް ވެފަ ހުރީ.. މަންމަ އެގުޅީ..އަދި އެހެން ކަމެއް ވެއްޖެ.. ” ޔަޒަން ޖީންސަކާއި ގަމީހެއް ލައިގެން އަލުން ފާހަނައަށް ވަންނަން ދިޔައެވެ. އޭނާގެ ފަހަތުން ނަވާރް ވަދެފައި ކިހިނެތް ވީހޭ އަހަމުންދިޔައެވެ.
“ސީދާ ދާ ގޮތައް ސީން އަކަށް ދާން ޖެހޭނީ.. ނަވާ މިހާރު ފޯނު ނުބާލާތީ އެއްވެސް ކަމެއް ނޭނގެނީ..ގްރޫޕަށް އަންނަ މެސެޖްއެއްވެސް ބަލަނީ އެއްނޫން.. ތިފޯނަށް ލިއަމް ނުގުޅާތަ.. ޑިއުޓިއަށް ދާން ތައްޔާރުވާން ވީމަ ގަޑި ބަލަން އެކަންޏެއް ނޫން ޖެހޭނީ ފޯނު ބަލަން.. މިހާ ބޮޑު ރެސްޕޯންސިބިލިޓީ އެއް އިންނަ ޖޮބް އެއްގަ އުޅޭއިރު، ޖޮބްގެ ގޮތުން ވެސް ވިސްނަން ވާނެނު ގުޅާނެ އެތައް ބަޔަކު ތިބޭނެކަން..މަންމަ ވެސް ބުނި ވަރަށް ގުޅައިފީމޭ” ޔަޒަން ފާހަނައިން ނުކުންނަމުން ކުދިކިޔަން ފެށުމުން ނަވާރް އަވަސް އަވަހަށް ފޯނަށް ބަލައިލިއެވެ. ތެދެކެވެ. ލިއަމްގެ ސަތޭކައެއް ހާ މިސްކޯލް އޮތްއިރު ނޫރާއާއި ރިހާމްއާއި ޒަޔާންގެ ކޯލްތައް ފުނިޖެހިފައި އޮތެވެ. ގަޑި ބެލި އިރުވެސް އެ ނުފެނުމުން ނަވާރްއަށް އަމިއްލަ ބޮލުގައި ޖަހާލެވުނެވެ. ނަވާރް މާފަށްއެދެމުން އެންމެ ފުރަތަމަވެސް ގުޅީ ނޫރާއަށެވެ.އެފޯނު ކުރުކޮށްލާފައި ދެންގުޅީ ލިއަމްއަށެވެ.
“އިޓްސް އޯކޭ..އެކަމަކު މީގެ ފަހުން ފޯނަށް ބަލަން ވާނެ…ހިނގާ ދަމާ.. މަންމަ ބުނީ ޒެހޭގެ ވާހަކަ ދޯ..” ޔަޒަން ކާރުގެ ތަޅުދަނޑި ހިފައިގެން ނަވާރްގެ ފަހަތުން ނުކުތެވެ.
“ސޮރީ އެކަމަކު ވެސް.. ދެން ބަލާނަން ފޯނު ގެންގުޅެވޭތޯ…ޔާ އެ ވާހަކަ ބުނީ.. ޝީ އިޒް ކްރައިން އޭ ބުނީ.. ރިހާމްބެ ކައިރީ ކޫ ބުނެބަ މެރީ ކުރާށޭ އަވަހަށް..މިކަހަލަ ހުރިހާ ވަގުތެއްގަ އަހަރެމެން ތިއްބަސް ފީލް ވާނެ އެއްވެސް މީހަކު ނެތޭ.. ޝީ ނީޑް ސަމްވަން ހޫ ކުޑް ޓޭކް ކެއާރ އޮފް ހާ..މިސާލަކަށް ހަޒްބެންޑް..އަހަރެން ވެސް ކައިވެނި ކުރީމަ އެބައި އިހްސާސްވޭ” ޒެހެކްއާއި މެދު އިންތިހާއަށް ހަމްދަރުދީ އުފެދުނުއިރު، ނަވާރް ބޭނުންވީ ޒެހެކްގެ ގާތައް ދާށެވެ. ނަމަވެސް ސީން އަކަށް ދާން ޖެހިފައި ވާތީ އެކަމަށް ވެސް މިވަނީ ހުރަސް އެޅިފައެވެ. ކާރާއި ހިސާބަށް އާދެވުނު އިރު ވެސް ނަވާރްއަށް ހުރެވުނީ ޒެހެކް އާއި މެދު ވިސްނާށެވެ.
“ޔާ..ތިހެން އަހަންނަށް ވެސް ވިސްނެނީ.. ރިހާމް ވެއްޖެ ޒެހޭ އާ މެރީ ކުރަން މިހާރް.. މަށައް އަދި ކަމުނުދިޔައީ ޒެހޭ އެހާ ސަކަރާތްކޮން އުޅުނު އިރުވެސް ރިހާމް މިއަދު ޑިއުޓީއަށް ދިޔައީ މަ..އެކަމެއް ވެގެން އުޅުނު އިރު އެދިޔައީވެސް..އޮންކޯލްގަ ހުންނަ ގޮތައް ހަދާފަ މިއަދު ދެން މަޑުކޮށްލިނަމަ ގޭގަ” ޔަޒަންގެ މޫނުން ހިސާބެއްގެ ނުރުހުންތެރިކަމެއް ފާޅުވާން އޭރު ހުއްޓެވެ.
“ވަޓް..ރިހާމްބެ ޑިއުޓީއަށް ދިޔައީތަ..ވެއިޓް .. އައި ތިންކް އެއްކަލަ ކަންތަކާއި އެ.. ބަލާ ހީ ސެންޑް އަ މެސެޖް..” ނަވާރް ދައްކައިލީ ރިހާމް ކޮށްފައިން މެސެޖެކެވެ.
“ވީ ނީޑް ޓް މީޓް އޭޒް ސޫން އޭޒް ޕޮސިބަލް…އިޓްސް އެބައުޓް ހޮސްޕިޓަލް ޓާސްކް..” ރިހާމްގެ މެސެޖް ކިޔާލި އިރު ޔަޒަން އަށް ވެސް ނިތް އަރުވާލެވުނެވެ.
“ވައި އެވްރީތިންގް އެޓް ދި ސޭމް މޯމެންޓް..އާހް”ނަވާރް ބޯ ހާސްވެފައި ހުރެ ކާރަށް އެރިއެވެ. އޭނާއެދުނީ ރިހާމްއަށް ގުޅުމަށެވެ.އޭރު ރިހާމްއަށް ގުޅައިލައިގެން ހުރެ ޔަޒަންވެސް ކާރަށްއެރިއެވެ.
“ބިޒީ ކަންނޭގެ.. ފޯނު ނުނަގާ މިހާރް..ޑޯންޓް ވޮރީ ލަވް..ހޯޕް އެވްރީތިންގް ވިލްބީ އޯލްރައިޓް އޭ އިންޝާﷲ..ސީން ނިންމާފަ ދޭތެރެ އަކުން ގޮތެއް ހަދައިލާގެން ދާނީދޯ…މައި ސްވީޓް ޕަމްޕްކިން.. ސޮރީ އެގަޑީގަ ބާރަށް ވާހަކަ ދެއްކުނީމަ” ނަވާރްގެ ގައިގާ ބައްދާލަމުން ވަރަށް ލޯބިން ނިތުގައި ޔަޒަން ބޮސްދިނެވެ. ނަވާރް ކަމެއް ނޫނޭ ބުނެ ހީލިއެވެ.
ޔަޒަން ކާރު ނައްޓާލި ހިނދު އެދިމާލަށް ނަޒަރު ހުއްޓާލައިގެން ގޭގެ ދެވަނަ ފަންގިފިލާގެ ބެލްކަނީގައި ނައުފަލް ހުއްޓެވެ. ކަންފަތައް ހެޑްސެޓް ހެއޮވަރު ކޮށްލައިގެން ހުރެ ނަވާރްގެ ފޯނަށް އަންނަމުންދާ ކޮންމެ މެސެޖެއް އޭނާ ބަލަމުން ދިޔައިރު އޭނާގެ މޫނުމަތިން ފެންނަނީ އެ މަކަރުވެރިކަމެވެ. “ހޮސްޕިޓަލް ޓާސްކް” ނުރައްކާތެރި ކަމުން ފުރިގެންވާ ކުޑަ ދެލޯ ހަނި ކޮށްލައިގެން ހުއްޓެވެ.
***
ޔަޒަން އާއި ނަވާރްއަށް ކާރުގައި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް ދެވުނު އިރު އެއާޕޯޓްގެ ޗެކިންގް ކައުންޓަރު ކައިރީގައިވާ ފާހަނަ ބަރި އެއްކޮން ވަނީ ޕޮލިސް ޓޭޕްއިން ބަންދުކުރެވިފައެވެ.
“އަހުމަދު ޝައުން..ނަވާވީސް އަހަރު..އަންހެން ބޭފުޅަކީ ޝައުންގެ އަންހެނުން މަރިއަމް ޔުމްނާ.. ފަންސަވީސް އަހަރު.. ދެބޭފުޅުން ވެސް ފެނިފައި މިވަނީފިރިހެނުންގެ ފާހަނަބަރިން..ފިރިހެން ބޭފުޅާގެ ވިންދު ހުރިކަމެއް ބެލެވޭތީ ހުޅުމާލެ ހޮސްޕިޓަލްއަށް ގެންގޮސްފައިވަނީ…ނަމަވެސް އަންހެން ބޭފުޅާ ފެނުނު އިރުވެސް ވަނީ ނިޔާވެފަ…ތޫނު އެއްޗަކުން ޒަހަމް ކޮށްލާފަ ވަނީ.. ޝައުންގެ ގައިގަ ވެސް ހަތަނަކަށް ހުރި ތޫނު އެއްޗެއްގެ ހަމަލާތައް އަރާފަ… އާއިލާގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި މިދެ ފަޜާތުންވެސް އުފަން ރަށް ކަމުގައިވާ ސީނު ހިތަދޫއަށް ދިޔުމަށް މިއަދު އެއާޕޯޓަށް އައިސްފައި މިވަނީ… ދެމީހުންގެ ކުޑަ ދެދަރިން ވެސް އައިކަމަށް ވަނީ..އެކަމަކު ފެނުން އިރު އެއްވެސް ކުއްޖެއްގެ ހިލަމެއް ވެސް ނުވޭ” ޔަޒަން އާއި ޔޫޝައު، ޕޮލިސް ޓޭޕްއިން ބަންދުކޮށްފައިވާ ހިސާބުން އެތެރެއަށް ވައިން ހިނދު އެމީހުންގެ ގާތައް ކައިރިވެ ޕޮލިސް އޮފިސަރަކު މައުލޫމާތު ދިނެވެ.
ލިއަމްއާއި އަމާޔާ އާއިއެކު ނަވާރް ވެސް ޔަޒަން މެންގެ ފަހަތުގައި މަޑުކޮށްލައިގެން ހުއްޓޭވެ. އަހަން ނާހަން ހުރެފައި ނަވާރް އަހައިލީ ލާރާ ކޮބައިތޯއެވެ. ލާރާ ޑިއުޓީއަށް ނާންނަތާ ހައެއްކަ ދުވަސް ވީ އިރު ގޭތެރެއިން ވެސް ލާރާ ނުފެނެއެވެ. އެކަމާ ނަވާރު ހުންނަނީ އަޖައިބުވެފައެވެ.
“މިއަދު ވެސް ނާދޭ ދޯ..ނޭނގޭ އެ އަންހެނާ އުޅޭ ގޮތެއް..ބައްޕާފުޅު އުޅޭތީ މާ މޮޅުކޮން އުޅޭ އަންހެނެއްނު..ވަރަށް ފޫހިވޭ..ޒިންމާ ބޮޑެތި ވަޒީފާތަކަށް އެކަހަލަ މީހުން އަދިވެސް ވައްދާނީ..” ފޫހިވެފައި ހުރެ އަނގަޔަށް ވައްތަރެއް ޖައްސައިގެން އަމާޔާ ހުއްޓެވެ. ލިއަމްއާއި ނަވާރް ހެވިގެން އަނގަމަތީގައި އަތް އަޅާލިއެވެ.
“މަ ހީކުރީ އައްމި ތީ އޭނާގެ ބެސްޓްފްރެންޑް ކަމަށް”، “އައްޗީ މަ..ޕިސް..މަމީ އިސްލާމެއް..މަ އެބޯޅެންތަ އޭނާ ކަހަލަ ޑްރަންކް އެޑިކްޓެއް ގާތް ކޮށްލައިގެން..އެއްތާކު އުޅެންޔާ އަނގައިން ބުނެގެން ދޯ އުޅެވޭނީ..”ލިއަމް ދިމާކޮށްލުމުން އަމާޔާ މޫނު ކުނިކޮށްލައި ގެން ހުރެ ބުނެލި އެއްޗަކުން ނަޥާރްއަށާއި ލިއަމްއަށް އެއްފަހަރާ ކީކޭހޭ އަހައިލެވުނެވެ.
“ޔާހް ނޭނގޭތަ..އޭނަ ރާ ބޮއޭ..އޭނާ ފާހަނައިން ނުކުންނަ ކޮންމެ ފަހަރަކު ވަސް ދުވައިގެން އެތައް ބަޔަކު އެވާހަކަ ދައްކާ..އޭނާގެ ގައިން ސާމްޕަލް ނެގީމަ އެނގޭނީ އެ ގަންނަ ގަނޑެއް.. ތިމީހުން ކޮންތާކު ތިއުޅެނީ..” އަމާޔާ އިތުރަށް ކިއައިދިން އިރު ލިއަމްއާއި ނަޥާރްގެ ދެލޯ ވަނީ ބޮޑުވެފައިއެވެ. ތިންމީހުން އެވާހަކައިގާ ތިއްބާ ޔަޒަން ގޮވާލިއަޑަށް ދިޔައެވެ.
“މިހާރު އަންހެން ބޭފުޅާ ކޮބާތޯ..” ، “ތިބޭފުޅުން އެންގެވިގޮތައް ސްޕޮޓްގަ ބާއްވާފަ އޮންނެވީ..” ނަވާރްގެ ސުވާލަށް ޖަޥާބު ދިނީ އެމީހުންގެ ގާތައް ކައިރިވި އަންހެން އޮފިސަރެކެވެ. އަތައް ހުދު ކުލައިގެ ރަބަރު އަންގި ލައްވަމުން އެ އޮފިސަރަކާއި އެކު ނަވާރް އެތެރެއަށް ވަނެވެ.
“ޔޫޝައު.. އެއާޕޯޓްއަށް ވަދެނުކުމެވެން ހުރި ހުރިހާ ދޮރެއް ހަމަ މިހާރު ހުރިގޮތައް އަދި ދެގަޑި އިރަށް ބަންދުކޮށްފަ ބަހައްޓާން ބުނޭ..ފްލައިޓްތައް ޑިލޭވާތީ އާންމުން ޝަކުވާ ކުރަންޏާ މިތަނުގެ ސްޓާފުން އަންނާނެ.. ސޯ އެހެން ވެއްޖެނަމަ ރިޕޯޓް އިޝޫ އަންގާތި ފަވާދްސާރ އާއި ސުޖާއު ސާރ އަށް…ހިލްމީ މިކޮޅުގަ ނެތް.. އަމާޔާ އެކޮޅަށް ގޮސް ސީސީޓީވީގެ ހުރިހާ ފޫޓޭޖްތަކެއް ރެޑީ ކޮށްލަން ބުނޭ.. އަހަރެމެން ހިނގާ އެތެރެއަށް..” ލިއަމް އާއި އެކު ޔަޒަން ފާހަނަ ބަރިތަކާއި ދިމާލަށް ދިއައެވެ. ޒެހެކްއަށް އާދެވޭ ގޮތް ނުވުމުން މިއަދު ހުރިހާ ކަމެއް ހެން ޔަޒަންއަށް ވަނީ ހަވާލުވެފައެވެ.
“ކިހިނެތް ވަނީ.” ފާހަނަ ބޭރުގައި ހުރިހާ ފިރިހެން ޕޮލިސް އޮފިސަރުންގެ ގާތުގައި ހުރެ ޔަޒަން އަހައިލިއެވެ. އޭރު ނަވާރް އެތެރެއިން ނުކުންނަނީއެވެ. ޔަޒަން އެތެރެއަށް ވަންނަން އެހިއެވެ.
“ޝީ އިޒް އަ ހިޖާބީ..ޔޫ ނޯ ލޯ ރައިޓް..ދެއާސް އަ ނޭމް އޮން ހާ ސްޓޮމަކް..އެހެންވީމަ މި ވެސް ނޭމްކޯޑް މާޑާ އެއް.. އޮފިސާ މައުނާ ޓެލް ދެމް ޑީޓެއިލްސް..” އަތުގައި ލައްވާފައި ހުރި އަންގި ބާލަމުން ނަވާރް ބުނެލިއެވެ. އެވަގުތު އެ އޮފިސަރު ބޭރު ފުށުން ފެނުން އަނިޔާތައް ހުރި މިންވަރު ކިއައިދެމުން ހަމައެކަނި ބަނޑުގައި ހުރި ނިޝާންތައް ފޮޓޯއަކުން ދައްކާލިއެވެ.
“އޯކޭ އެހެންވީމަ..ބޮޑީ އެކޮޅަށް ގެންދޭ..މައުނާ ވާނެ ދެން ހުރި ކަންތައް މަށައް އިންފޯމް ކުރަން..އަދި ފެމިލީއަށް އަންގާފަ ބޮޑީ ލެބް އަށް ގެންދާނީ” ޔަޒަންގެ ބަސްތަކަށް ބޯޖަހައިލަމުން އެމީހުންދިޔައެވެ. އޭރު ޔޫޝައުއާއި އެކު އެކީގައި ހެން އައި އަމާޔާ އައިސް ފޫޓޭޖްތައް ރެޑީކަމަށް ބުނުމުން ޔަޒަން އާއި ނަވާރް އަދި ލިއަމްވެސް އެމީހުންނާއި އެކު ދިޔައެވެ.
ކެމެރާއިން ފެންނަމުން ދިޔައީ ފާހާނާ ބޭރުގައި ޔުމްނާ އަދި ދެ ކުދިން މަޑުކޮށްލައިގެން ތިބި ތަނެވެ. އޭރު ޝައުން ފެންނާކަށް ނެތެވެ. ކުއްލިއަކަށް އެތަނައް އައި ކަޅު ހޫޑީއަކުން މޫނު ނިވާކޮށްގެން ހުރި ފިރިހެނެކެވެ. އޭނާއައި ސީދާ ޔުމްނާގެ ގަޔާއި ދިމާލަށެވެ. އަތުގައި ވަޅިއެއް އޮތް އިރު ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޔުމްނާގެ ގަޔަށް އެ ހަރާލި މަންޒަރު ފެނިގެންދިޔައެވެ. ފުރަތަމަ ހަމަލާއިން ޔުމްނާ ތިރިވިއިރު އަޑު ނާރާ ހުރި ނަމަވެސް ޔުމްނާގެ ހަޅޭއްލަވައިގަތުމާއި ގަނެފައި ހުރި ބިރު ހާމައަށް ފާހަގަވާން ހުއްޓޭވެ. ދެވަނަ ހަމަލާ އެރީ އޭނާގެ ޝޮކް ޖެހިފައި ތިބި ދެކުދިންނަށް އެތަނުން ދިޔުމަށް އެދި އަތުން ހަނާއަޅާލި ވަގުތެވެ. އޭރުވެސް އެކުދިންގެ އެގޮތުގައި ގުޑުވާލަން ވެސް ނޭނގިފައި ތިއްބެވެ. ޔުމްނާގެ ފުރާނަ ދިޔުމުން އެމީހަކު ދެން ދިމާކޮށްލީ ކުޑަ ދެކުދިންނާއެވެ. ނަމަވެސް ފާހަނައިގެ ތެރެއިން އެވަގުތު ޝައުން ނިކުން ތައް ފެނި އެއްފަރާތެއްގައި ހުރި އަލިފާން ނިއްވާ ފުޅި އަތައް ހެއޮވަރު ކޮށްލާފައި އެމީހަކު ޝައުންގެ ބޮލަށް ދެތިން ހަމަލާ އަރުވާލިއެވެ. ޝައުން ވެއްޓުން ތަންފެނި ދެމީހުންގެ ހަށިގަނޑު ދަމާފައި ގެންގޮސް ފާހަނަ ތެރެއަށް ލާފައި އޭނާ ދުވެފައި ނުކުތެވެ. ބޫޓަށް ފެން ޖަހައިގެން ދިޔުމުން އޭނާ ހިނގާފައި ދިޔައިރު ވެސް ތަނަށް ލޭގެ އަސަރު ވެސް ހުރީ ނުކޮށެވެ. ބޭރުން ފެންނަން ހުރި ކެމެރާތައް ބެލި އިރު އެމީޙާ ހަމައެކަނި ފެންނަނީ ފަހަތުންނެވެ. އޭނާ ބޭރަށް ނުކުމެފައި ބޮލުގައި ތޮފި އަޅާލައިގެން ހުރެ ޓެކްސީ ތަކާއި ދިމާލަށް ގޮސް އެތަނުން ޓޭކްސީއަކަށް އަރައިގެން ދިޔައެވެ. ބޭރުން ފެންނަން ހުރި އެއްވެސް ކެމެރާއަކަށް ޝައުންގެ ދެދަރިން އަރާފައެއް ނުވެއެވެ.
އެތައް އިރަކު އެތައް ގޮތަކަށް ބެލި އިރު ވެސް ދެކުދިންގެ ހިލަމެއް ވެސް ކުށްވެރިޔާގެ މޫނުފެންނަ ގޮތެއްވެސް ނުވުމުން ހުރިހާ އެންމެންގެ މޫނުތަކުން ފެންނަމުންދިޔައީ މާޔޫސްކަމެވެ.
“ހަތްގަޑިއިރު ވީ މިހާރު މި ފޫޓޭޖްތައް ބަލާތާ.. އަދި ވެސް ދެކުދިން ހޯދަމުން ދާ ޓާސްކް ފޯސްތަކާއި ކުށްވެރިޔާ ހޯދަމުން ދާ ޓާސްކް ފޯސްތައް ވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރޭ..ފްލައިޓް ތައް ނައްޓާލަން ފަށައިފިތަ” ފަވާދު އާއި އެކު ސުޖާއު ވަންނަމުން ބުނެލިއެވެ.
“ލައްބަ.. ވަން އަޥާ ކުރިން ހުއްދަ ދީފިން…މިހާރު ސްޓޭޝާންއަށް ދާންވީ ދެން މިކޮޅުން ތަހުގީގަށް ބޭނުންވާ ސާމާނުތައް ހަމަ ކުރެވުނީމަ.. އެކަމަށް އަދި ނަގާނެ ގަޑިއިރެއް..”ޔަޒަން ޖަވާބުދިން އިރުވެސް މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ.
“ޔަޒަން ސާރ..އޭނާ ދިޔަ ޓޭކްސީ ގެ މައުލޫމާތު ދެނެގަނެވިފަ އިނީ.. އެ ޑްރައިވަރާއި ވެސް ގުޅިއްޖެ..” ލިއަމް ފޯނެއްގައި ހުރެފައި ބުނެލިއެވެ. އޭނާއަށް ވެސް ފަވާދުމެން ފެނުމުން އައެވެ.
“އެހެންވީމަ މިކޮޅުގައި ލިއަމް އާއި އެކު އިތުރު ކުއްޖެއް މަޑުކޮށްފަ ދެން ތިބި ކުދިން ދޭ މާލޭ ކޮޅަށް..” ފަވާދުގެ ބަހަށް އެންމެން ތާއީދުކޮށްފައި ލިއަމް ގާތުގައި އަމާޔާ ބަހައްޓާފައި ޔަޒަންއާއި ނަޥާރްއަދި ޔޫޝައު ކާރުގައި މިސްރާބު ޖެހީ މާލެ ދިޔުމަށެވެ.
ތިންމީހުންނަށް ދެވުނު އިރު ޓެކްސީ ޑްރައިވަރު ވެސް އިނީ ސްޓޭޝަނަށް ގެނެސްފައެވެ. ޔަޒަންގެ ފަހަތުން ނަވާރް އާއި ޔޫޝައު ވެސް އޭނާ ބައިންދާފައި އިން ކޮޓަރިއަށް ވަނެވެ.
“ޑްރައިވާރ ނާޒިމް ދެއްތޯ..އެނގޭ ދޯ މިތަނަށް ހާޒިރްކުރެވުނު ސަބަބު..އޭނާ ކާރަށް އެރި ހިސާބުން ވީ ގޮތް މިކޮޅަށް ކިޔާލަ ދީ..”ޔަޒަން ސުވާލް ކޮށްލުމުން ނާޒިމް ކިއައި ދޭންފެށިއެވެ.
“އަޅުގަނޑު އެހެންޏާ ވެސް އެއާޕޯޓަށް ޓެކްސީ ކުރުމަށް ދާއުސޫލުން މިއަދުވެސް ދިޔައީ..އޭނާ ކާރަށް އެރި އިރު ވެސް އަޅުގަނޑަށް ލޭވަސް ދުވި..ހުސް ކަޅު އެއްޗިހީގަ ހުރީމަ ބޭރަށް ފެންނަން ނެތަސް ވަސްދުވާނެތާ ދޯ…ޝައްކެއް ވެގެން ކާރުން ފައިބަން ބުނަން އުޅުނު ވަގުތު އޭނާގެ އަތުގައި އޮތް ވަޅިއެއް..ސީދާ މަށާ ދިމާލަށް ނުބައިގޮތަކަށް ބަލަހައްޓައިގެން އިނީ ..ލޯ ފިޔަވައި އެއްވެސް ތަނެއް ނުފެނޭ..ބިރުން ތުރުތުރު އެޅި ނަމަވެސް އޭނާ ބުނި މިސްރާބަށް ދިޔައިން..ގެޔަށް އައިސް އަންހެނުންގެ ކައިރީގައި އެވާހަކަ ބުނީމަ އަންހެނުން ކިޔައިފި ހަބަރުގަ ދެންމެ ކިޔޭ އެއާޕޯޓު ތެރެއިން މީހަކު މަރައިލާގެން އުޅޭ ވާހަކަ..ދެން އެހެންވެ ފުހުލަށް ގުޅީ..” ނާޒިމް ކިއައިދޭންފެށިއެވެ.
“އެމީހާގެ މޫނު އެއްވެސް ވަރަކަށް ފެނުނުތަ..ތިބުނީނު މޫނުގަ މާސްކެއް އިނޭ.. ހުޅުލެއިން މާލެއަށް އަންނަންވެސް ފުދޭވަރަކަށް ވަގުތު ނަގާނެތާ ދޯ..އެވަގުތުގެ ތެރޭގަ މާސްކު ނެގިތަ” ޔޫޝައު އަހައިލިއެވެ. ވަގުތުން ނާޒިމް ނޫނެކޭ ބުނެލިއެވެ.
“އެއްވެސް ހާލެއްގަ އޭނާ މާސްކެއް ނުނަގާ..އެކަމަކު ދެންމެ މިކޮޅަށް ކާރުގައި އަންނަނިކޮން ފާހަގަ ވި އޭނާ ފަހަތުގަ އިން ސީޓުގަ ލޭ ހުރިކަން.. އޭނާ ލައިގެން ދުއްވި ފަހުން އިތުރު މީހަކު ނާރުވަން އަދި ކާރަކަށް..ބިރުން ގެއިން ވެސް ނުނިކުންނަން..އަން މިޕެންޑްރައިވް ގަ ހުންނާނެ ކާރުގެ ބްލެކް ބޮކްސްގެ ވީޑިއޯ..”ނާޒިމް ދިއްކޮށްލީ ޕެންޑްރައިވް އެކެވެ. އޭގައި ހިފަމުން ޔަޒަންގެ ދެލޯ ދިއްލުނެވެ. ނާޒިމްއަށް ޝުކުރު އަދާކޮށްފައި ޔޫޝައު ގާތު ނާޒިމްގެ ކާރުގައި ހުރި ލޭ ގެ ސާމްޕަލް ނަގަން ބުނެލިއެވެ.
ތަހުގީގަށް ބޭނުންވާ އިތުރު އިތުރު ސުވާލްތައް ނާޒިމް އާއި ކުރުމަށްފަހު ޔަޒަން އާއި ނަވާރްއަށް ހިންދެމިލެވުނީ ގަޑިއިރެއް ފަހުންނެވެ. ނާޒިމްގެ ގާތު އިދާރާއިން ގުޅައިފިނަމަ ހާޒިރްވުމަށް ބުނެ އޭނާ ފޮނުވާލާފައި ދެމީހުން ވެސް ދިޔައީ އެމީހުން ތިބޭ ކެބިންއަށެވެ. އޭރު އަމާޔާ އާއި ލިއަމްވެސް އައިސްވަންނަނީއެވެ. ޔަޒަން ދިޔަގޮތައް ގޮސް ސޯފާއަށް ޖެހިގަތެވެ.
“އެންމެ ހާޑްވޯކިންގް ހަސްބެންޑް..” ޔަޒަންގެ ގާތައް ޖެހިލަމުން އޭނާގެ ކަނދުރާ، ނަވާރްގެ ހިމައިނގިލި ތަކުން މަސާޖު ކޮށްލަ ދިނެވެ. ވަރުބަލިވެގެން ގައިން ވަރު ދޫވާ ވަރުވެފައި ހުރި ޔަޒަންއަށް އަރާމް ވިވަރުން ލޯ މަރައިލެވުނެވެ.
“ނޫ ޔޫ ޑިޑް މޯސްޓް އޮފް ދި ވޯކް..ފަހުން މަ ބިޒީ ވެގެން ޒެހޭ ގެ ވޯކް ވެސް ފަހުން ނަވާ ކޮށްދިނީ..ޔޫ މަސްޓް ބީ ރިއަލީ ޓަޔާޑް..މައި ޕްއާ ބޭބީ…ކަމް ސިޓް..ވަރުބަލިވެދާނެ” ނަވާރްގެ އަތުގައި ހިފައި ގެނެސް ޔަޒަން ގާތުގައި ބައިންދާލިއެވެ. ނިކަން ލޯބިން ނަވާރްގެ ގައިގާ ބައްދާލައިގެން އިންއިރު ލިއަމް އާއި އަމާޔާއަށް އެ މަންޒަރު ފެނި އަނގަނަގައިގެން ހިނިއައިސް ތިއްބެވެ. ޔަޒަން އަބަދުހެން ސީރިއަސް ވެފައި މަސައްކަތް ބުރަކޮށްލައިގެން އޮފީސްތެރޭގައި އުޅޭ އިރު ހީވަނީ ޔަޒަން ވަރު ސީރިއަސް މީހެއް ދުނިޔޭގަ ވެސް ނެތްހެންނެވެ. ޔަޒަންގެ ފަރާތުން އެފަދަ މަންޒަރް ތައް ކައިވެނި ކުރިފަހުން ފެންނަވަރުން އެންމެން ތިބެނީ މަޖާވެފައެވެ.
“އެހެމެ އެހެމް….އިނދެ އުޅުނަސް ބޮޑުވަރު…ކެމެރާތައް އެހެރީ މަތީގަ..ހަހަހާ” އެތެރެއަށް ވަދެގެން އައި ޔޫޝައު އަށް ޔަޒަން އާއި ނަވާރްއާއި ދިމާ ބަލަން ތިބި ލިއަމް އާއި އަމާޔާ ތިބިގޮތް ފެނި ހިނިއައެވެ. ޔޫޝައު ދިމާކޮށްލުމުން ނަޥާރް ތެޅިގަނެފައި ދުރަށްޖެހިލި ގޮތުން އެންމެން ހޭންފެށިއެވެ. އޭރު ނަވާރް ލަދުން ގޮސް ޔަޒަން އަށް ލޯއަޅާއިލިއެވެ. ޔަޒަން ވެސް ހެވިފައި އިނދެ ދޫ ހަދައިލިއެވެ. ޔަޒަން، ޔޫޝައު އާއި ދިމާލަށް ނިތް އަރުވާލިއެވެ.
“އަދިވެސް ހަމަ އެދެކުދިން ހޯދަނީ..ޝައުން ވެސް ސްޓޭބަލް ކަމަށް ވަނީ..އެކަމަކު ވެއްޓިލޭޓާރު ގަ އަދިވެސް ބާއްވާފަ އޮތީ..ދެން ނާޒިމްގެ ކާރުން ފެނުނު ލޭގެ ސާމްޕަލްގެ ނަތީޖާ ލިބޭނީ ހެނދުނު ކަމަށް ވަނީ..” ޔޫޝައު އެންމެ ފަހުގެ މައުލޫމާތު އެންމެނާއި ހިއްސާކޮށްލިއެވެ.
“އޯކޭ…ނޭމްކޯޑް މާޑާ ކޭސްއަކީ އަހަރެމެންގެ ޔުނިޓްގެ ކޭސްއަކަށް ވެފަ މި ކޭސް ވެސް އަހަރެމެންގެ ކޭސްއަކަށް ވީމާ އަހަރެމެން އެންމެ ވެސް އޮންކޯލްގަ ތިބެން ޖެހޭނީ އެނގޭ..ފަވާދު ސާރ ބުނެފަ އޮތީ މިރޭ އެންމެން ރެސްޓް ކުރަން އަދި އިތުރު ކަމެއް ދިމާ ނުވަންޏާ ހެނދުނު އަންނަން..ގެޔަށް ދިޔަސް ހަނދާން ބަހައްޓާތި މިތިބެނީ އޮންކޯލްގަ ކަން” ޔަޒަން ދައްކަމުން ދިޔަ ކޮންމެ ވާހަކައަކަށް އެންމެން އެއްބަސް ވުމުގެ ގޮތުން ބޯޖަހައިލިއެވެ. ގެޔަށް ގޮސް އަރާމް ކޮށްލަން ބޭނުންވެފައި ތިބިވަރުން އެންމެންވެސް ގެޔަށް ދިޔުމަށް ނުކުތެވެ. އެންމެންގެ ފަހަތުން ނަވާރްގެ އަތުގައި ހިފައިލައިގެން ހުރެ ޔަޒަން ވެސް ނުކުންނަން އައެވެ.
“ހަމަ ދާ ގޮތައް ނިދަން ބޭނުންވަނީ..” ނަވާރް ކާރަށް އެރި ގޮތައް ސީޓުގައި އޮއްތާލިއެވެ.
“ބަޓް ލަވް..ރިހާމް ވަރަށް މެސެޖް ވެސް ކުރޭ އެބަ..ވަރަށް މުހިންމެ ވާހަކައެއް ދައްކަން ވެފައޭ ބުނީ.. ހިނގާބަލަދާން..ހޮސްޕިޓަލްއިން ކަމެއް އެނގުނީބަ..” ޔަޒަން ފޯނައް ބަލަން އިނދެ ބުނެލި ވާހަކައަކުން ނަވާރް ވެފައި ހުރި ވަރުބަލި ވެސް ފިލިފަދައެވެ. އަވަހަށް ދާން ހިނގާށޭ ބުނެލިގޮތުން ޔަޒަންގެ ގާތައް ހިނިއައެވެ.
****
ރިހާމް އާއި ޒަޔާން ތިބީ ރިހާމްގެ ކޮޓަރީގައެވެ. ރިހާމް ހޮސްޕިޓަލްއިން ގެނައި ފައިލްތަކަށް ބަލަން އިން ޒަޔާން އިނީ ވަރުގަދަ ޝޮކެއްޖެހިފައެވެ. ބުނާނެއިތުރު އެއްޗެއް ދެމީހުން ކުރެ އެކަކަށް ވެސް ނޭނގުނެވެ. ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ރިހާމްގެ މޫނުމަތިން ވެސް އުދާސީ ކުލަވަރުތައް ހުރަހެއް ނެތި ފެންނަމުންދިޔައެވެ. ދެމީހުން އެހެން ތިއްބާ ޔަޒަން އައިސް އެކޮޓާރިއަށް ވަނެވެ.
“ކަލޭމެން ދެމީހުންނަށް ކިހިނެތް ވެފަ ތިތިބެނީ..ހީވަނީ މަތިމަރުވެފަ ތިބި ދެ ފިޔޮއްހެން” ޔަޒަންގެ ފަހަތުން ނަވާރް ވަންއިރު އެމީހުންތިބި ގޮތް ފެނި ހިނިއައެވެ.
“ގާއީޒް..އާދެވިއްޖެ ދޯ.. ބަލާ މިއެއް..” ނަވާރްގެ ޖުމްލައަށް ރައްދު ނުދީ ޒަޔާން ދިއްކޮށްލީ އެފައިލްތަކެވެ. ޒަޔާން އާއި ރިހާމް ތިބިގޮތުން ޔަޒަން ހައިރާންވެފައި ހުރެ އެފައިލް ހުޅުވާލިއެވެ. ޔަޒަން އެބަލަން ފެށުމުން ނަޥާރް ވެސް ކައިރިވެލާފައި ބޯދިއްކޮށްލިއެވެ.
އެންމެ ފުރަތަމަ އޮތް ޟަފްހާ ފެނުނު ހިނދު ޔަޒަންއަށް ހީވީ މުޅި ދުނިޔެ އެނބުރުނުހެންނެވެ. ދެފައިން ވާގި ދޫވާން އުޅުނުހެން ހީވި ފަހަރެއްވެސް ދިޔައެވެ. އެކޮޓަރީގެ ހުރި އެނދުމަތީގައި އިއްތުނީ ވެސް މުޅިހަށިގަނދުން ވަރުދޫވާން އުޅޭހެން ހީވެގެންނެވެ. ހިތްވަރުކޮށްލާފައި އަތް ތުރުތުރު އަޅަމުންދިޔަ ހާލުގައި އެހެން ގަނޑުތައް ވެސް ޔަޒަން އުކަމުންދިޔައެވެ.
ޔަޒަން ފެންކަޅިވަމުން ދިޔަތަން ފެނި ނަވާރްގެ ފައި ލަސްލަހުން ހަރަކާތް ކުރިއެވެ. ލިބިފައިވި ވަރުގަދަ ޝޮކުން ޔަޒަންގެ ކައިރީގައި އިށީންދެލި އިރުވެސް ނަވާރްއަށް އަނގަހުޅުވާ ވެސް ނުލެވުނެވެ.
”މިހުރާންގެ ކައިރިގަ އާނާ ހޮސްޕިޓަލްއިން އެދުވަހު ވީ ގޮތް އޮޅުން ފިލުވަން ބުނީ މިހެންވެތާ ދޯ..ކޫ..ތީގަ ސޮއިކޮށްފަ ތިހުރީ ޝަހުރޫޒް ކާފަ..އޭނަ ކައިރީގަ ނާހަ ފުރަތަމަ އަކުރަމްބެ ކައިރީގަ އަހަން މަށައް ފެންނަނީ..މިބުނީ ޔާމީންބެގެ ފަރާތުން މިކަމާ ގުޅުން ހުރި ކަމެއް އަކްރަމްބެ އަށް ސާފް ވެފަ އޮތަސް މި ފައިލް ހިފައިގެން ގޮސްފިއްޔާ މިހާރު ނުހުންނާނެ އަކްރަމްބެ ނުކިޔާ ދީއެއް.. ނުކިޔައި ދީފިއްޔާ އެންމެފަހަތައް ތިއޮތް ފައިލް ދައްކައިގެން މަޖުބޫރު ކުރަން މަށައް ފެންނަނީ” އެކަމުގައި ވެސް ޝަހުރޫޒްގެ އަތެއް ވާކަން ޔަގީންވި ނަމަވެސް ޒަޔާން ބެލީ އެވާހަކަ ނުބުނެ ވޭތޯއެވެ. ޔަޒަންގެ ގާތުގައި ޝަހުރޫޒްގެ ނުބައިކަމުގެ ވާހަކަ ދައްކާނެ ހިތްވަރެއް އޭނާގެ ނެތެވެ. ރިހާމް އާއި ނަވާރް ވެސް ތިބީ އެފަދަ ހާލެއްގައެވެ.
“ތެދެއް..ބައްޕަ ކެނެޑާއިން އައީމަ އަހަން ވީނު..ބައްޕަ ކައިރީގަ ނާހާ ވަކި ކޮޅަކަށް ބުރަވާކަށް އަދި ނުފެނޭ..” ޔަޒަންގެ ބުރަކާށީގައި ނަވާރް ފިރުމާލަމުން ބުނެލިއެވެ. ޔަޒަންގެ މޫނުމަތިން ފެންނަމުންދާ އަސަރުތަކުން ނަޥާރް އިނީ ހިތުގައިޖެހޭ ގޮތްވެފައެވެ. ޝަހުރޫޒްގެ ހަގީގަތް ބުނެދީފާނަމޭ އެތައް ފަހަރަކު ނަޥާރްގެ ހިތައް އަރަމުން ދިޔައެވެ.
ޔަޒަން އެހެން އިނދެފައި ތެދުވިއެވެ. ފައިލްތައް ހިފައިގެން ޔަޒަން ނުކުމެގެން ދާން ފެށުމުން ރިހާމްއަށް ކޮންތާކަށްހޭ އަހައިލެވުނެވެ.
“ފުލް އޮފް ބިޓްރޭޔަލްސް.. އެހެންނު.. ހީވަނީ މިހުރިހާ ކަމެއް އެއްކަމާއި އަނެއްކަންތައް ގުޅިފައި ހުރިހެން… މިކަމާއި އުޅެން މިދަނީ.. ކަމެއް ނުކޮށް ހުއްޓާ ދެން އެހުރި ކުއްޖާގެ ދުވަސް ވެސް ނޭނގޭ ދުއްވައި ނުލާނެކަމެއް..މިފަހަރު މަށަކީ ވެސް މީހެއް ކަން އަންގާލާނަން..ނޯ ވަން ކޭން ސްޓޮޕް މީ ނައު..” ޔަޒަން ބުނަން ބޭނުންވި ޖުމްލަތައް ބުނެފައި ނުކުމުގެން ދިޔައިރު ނަވާރްއަށް ޔަޒަންގެ ފަހަތުން ދުއްވައިގަނެވުނެވެ. ޒަޔާންއާއި ރިހާމް ވެސް ވަކި ހިސާބަކަށް އައި ނަމަވެސް ނަޥާރް އަތުން މަޑުކުރުމަށް އިޝާރާތް ކޮށްލުމުން ތިބިގޮތައް ތިއްބެވެ. ޔަޒަންގެ މޫނުމަތިގައި އެހުރި ކުލަވަރުން މިވަގުތު ކޮންމެ ފަދަ ކަމެއް ކުރަންވެސް އޭނާ ފަސްނުޖޭހޭނެ ކަން ނަވާރްއަށް އެނގެއެވެ.
****
މަޑުމަޑުން ދެލޯ ހުޅުވާލެވުނު އިރު މިހުރާން އަށް މަޑު އަތްތިލައެއްގެ ފިނިކަން އިހްސާސްވިއެވެ. ފުރަތަމަ އޭނާ ހީކުރީ ހުވަފެނެއް ކަމަށެވެ. އެހެންވެ ދެލޯ ނުހުޅުވާ އޭނާ އިރުކޮޅަކު އޮތެވެ. ނަމަވެސް އަނެއްކާ ވެސް އެއިހްސާސް ކުރެވިގެން ދެލޯ ހުޅުވާލިއެވެ. އެހެން އޮވެފައި ލޯ ހުޅުވާލި ހިނދު ކައިރީގައި އިން އަންހެންކުއްޖާ ފެނި އޭނާއަށް ސިހިފައި ތެދުވެވުން ގޮތްވެސް ނޭނގެއެވެ. އެވަގުތު އަތައް އަރައިގެން ދިޔަ ތަދުން މިހުރާންއަށް ހަޅޭއްލަވައި ގަނެވުނެވެ. އޭނާ ތެދުވަން ބާރުމިނުގައި އަތުގައި އިން އައިވީ ކެނިއުލާ ނައްޓައިގެން އައީއެވެ. އޭރު އެތަނުން ލޭތައް އޮހޮރިގެން އައެވެ.
“ކީޢް ތިކުރީ..” މިހުރާން އުޅެމުންދިޔަ ގޮތް ބަލަން ދުރުގައި ހުރި ސަދުވާ އައިސް މިހުރާންގެ އަތުގައި ހިފައިގެން ލޭ މަނާ ކުރަން އުޅުނެވެ.
“މިހިރަ ދަރިއެއް…ޖިންނި އެއްތަ އެ ފެންނަނީ.. ” މިހުރާން އުޅޭ ގޮތުން ނުހީ ނުހުރެވިގެން ސޯފާގައި އިން އަކުރަމްވެސް ހިނިގަނޑެއް ޖަހައިލައިފިއެވެ.
“ކެން ސަމްވަން އެކްސްޕްލެއިން ދިސް..” މިހުރާން ސީދާ ބަލައިލީ ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށެވެ. މިހުރާންގެ ލޯ ފެންކަޅިވަމުން ދިޔައިރު އަކްރަމްއަށް އެ މަންޒަރު ފެނި ހިންދިރުވާލެވުނެވެ. އޭނާ ސަދުވާއަށް އިޝާރާތް ކޮށްލުމުން މިހުރާންގެ އަތުގައި އިން މަލަންކޮޅެއް ޖަހާލުމަށްފަހު އޭނާ ނުކުމަތެވެ.
“ދަރިފުޅާ..ދަރިފުޅުގެ ރެން މިހުރީ ގެނެސްދީފަ..ދެން ކިއައިދީ ހުރިހާ ވާހަކައެއް” އެ އަންހެން ކުއްޖާގެ ބުރަކަށީގައި ޖަހައިލަމުން އަކުރަމްވެސް ނުކުތީއެވެ. އޭރު އޭނާއަށް ވެސް ހުރީރޮވިފައެވެ.
“ރެން..އޭޒް ޔޫ ކޭން ސީ..އަމް އާނާ އިބްރާހިމް ޔާމީން..” އާނާގެ އެ ޖުމްލައިން ފުރަގަސް ދެވުނު މިހުރާންއަށް އެހާ ހިފަހައްޓައިގެން ހުއްޓާ ވެސް ރޮވިއްޖެއެވެ. ގިސްލެވެން ފެށުނު އިރު އޭނާއަށް ކޮޅައް ހުންނަން ދަތިވެގެން ހުރި ދިމާލަށް ތިރިވެވުނެވެ. ހިތްކުދިކުދި ވެފައި ވީ ފަދައަކުން މިހުރާން ރޮމުންދިޔައިރު އާނާގެ ހާލަކީތޯއެވެ. އޭރު އާނާގެ ލޮލުން ހޯސްލާފައި ފެންތައް ފައިބަމުން ދިޔައިރު ދެތުންފަތް ލައްޕާލައިގެން ރުއިމުގެ އަޑު ބޭރު ނުވޭތޯ ކުރަމުން މަސައްކަތް ކުރަމުންދިޔައެވެ.
“ރެން އާ ޔޫ މެރީޑް..” މިހުރާންގެ ގާތައް ކައިރިވަމުން އެންމެ ފުރަތަމަ ވެސް އާނާއަށް އަހައިލެވުނީ އެހެންނެވެ. ރުއިމުގެ ތެރެއިން މިހުރާން ދެފަރާތައް ބޯ ހޫރާލިއެވެ.
“ހައު ޑެއާ ޔޫ އާސްކްޑް” އާނާގެ އަތައް ދަމާލާފައި ބައްދާލި ހިނދު މިހުރާންގެ ރުއިމުގެ އަޑު ކުރިއަށް ވުރެން ގަދަވިއެވެ. އޭނާ އެހާ ވަރަށް ރޮމުން ދާތީ އާނާއަށް ވެސް ހިފަހައްޓައިގެން ހުއްޓައި ވެސް އަޑުބޭރުވިއެވެ.
“ރެން ނުރޮއެބަ..ޕްލީޒް..ޕްލީޒް..އާނާ ދާން ވީތަ ދުރަށް..އާނާ އައީމަ ރެން މާ ދެރަވޭ” ރުއިމުގެ ތެރެއިން އާނާ ބުނެލި ހިނދު މިހުރާން ނޫނެކޭ ބުނެ ހަޅޭއްލަވައިގަތެވެ. ކުރިއަށް ވުރެން ބާރަށް ބައްދާލި ހިނދު އާނާއަށް އަނގައިން އަޑެއް ލައްވައިލެވުނެވެ.
”ސޮރީ..ސޮރީ..ތަދުވިތަ” އާނާގެ ގައިން ދޫކޮށްލަމުން މިހުރާން އަހައިލި އިރު އަޑުގައިވަނީ ކަންބޮޑުވުގެ އަސަރެވެ. ރުއިން ހުއްޓިފައިވީ ނަމަވެސް މިހުރާންގެ އަޑު އަންނަނީ ކުރެހިގެންނެވެ.
“ނޫނޭ…އަމް ޓަޔާޑް ކޮޅަށް މިހެން ހުރީމަ..އަދިވެސް ފިޓްއެއް ނޫން..” އެވީ ވަގުތު ކޮޅު ތެރޭގައިވެސް އާނާ ހުރީ މާނޭވާ ލެވިލެވިއެވެ. މިހުރާން އަނެއްކާ ވެސް މާފަށް އެދުނެވެ. އާނާ އުފުލާލައިފާ ގެންގޮސް ސޯފާގައި ބައިންދާލި އިރު އާނާގެ މޫނަށް މަޑު ފިޔާތޮށިކުލަ ފާއްދާލިއެވެ.
“ޖީއެފް ވެސް ނުހުރޭތަ..އިޓްސް ބީން އަ ނައިން ޔެއާސް..” އާނާ އަހައިލިއެވެ. އާނާއާއި ޖެހި ފިތިގެން ކަހަލަ ގޮތަކަށް މިހުރާން އިއްތާލުމުން އާނާއަށް އިސްޖަހައިލެވުނެވެ.
“ހޭވް ޓޫ ވައިވްސް އެންޑް ފޯ ކިޑްސް..” ސަމާސާ ކޮށްލުމުގެ ގޮތުގައި މިހުރާން ބުނެލި ނަމަވެސް އެ ޖުމްލަތަކުން އާނާގެ ދެލޯ ފެންކަޅިވިއެވެ.
“ކަމޯން..ގަބޫލް ކުރީތަ..ކިހިނެތް ތި ނޫން ކުއްޖަކާ މެރީ ކުރާނީ..އެއްވެސް އަންހެނަކަށް ނުލިބޭނެ އެ ޗާންސްއެއް..މުޅި ލައިފް ވޭސްޓް ވިއަސް ހެޔޮ ކަމަށް ހުއްޓަ ފައިނަލީ..ފައިނަލީ އައި މެޓް ޔޫ..ޑޯންޓް ޔޫ ހޭވް އެނީ ތިންގް ޓް އެކްސްޕްލެއިން..”އާނާގެ މޫނުގެ ދެފަރާތުގައި ހިފައިލަމުން މިހުރާން އަހައިލިއެވެ. މިހުރާންގެ ދެލޯ އެހާ ގާތުން ފެނުމުން އާނާގެ ހިތައް އެނގުންވެލިއެވެ. މިހުރާންގެ ވާހަކަތައް އިވި ހިތައް ފުން އަސަރު ތަކެއް ކޮށްގެން އާނާ ތުންފިއްތާލައިގެން ހުރެ އޭނާގެ ގައިގާ ބައްދާލިއެވެ.
“އިރުކޮޅަކުން ގެއަށް ފޮނުވާލާނެ..ވިލް ޓެލް ޔޫ އެވްރީތިންގް ގެއަށްދެވުނީމަ.. އާނާއަކަށް ވެސް ނޭނގޭ އަނިޔާވުމަށްފަހު ދެން ވީ ގޮތެއް ..އެރޭ ވަރަށް ބައިވަރު ކަންތައް ހިނގި” އާނާ އިސްޖަހައިލި ނަމަވެސް އެދެލޮލަށް ބޮނޑި ވަމުންއައި ކަރުނަތައް ހުރަހެއް ނެތި މިހުރާންއަށް ފެނުނެވެ.
“ހުއްޓާލަ..ތިދެލޮލުން އެންމެ ޓިޔާސް އެއް ވެއްޓޭތަން ބަލަން އަހަންނަކަށް ކުޅަދާނައެއް ނޫން..ގެޔަށް ގޮސްފައެވާހަކަ ދައްކާނި ދޯ” އެތައް ސުވާލެއް ކުރަން ހުރި ނަމަވެސް އާނާ ބޭނުންވި ގޮތައް މިހުރާން ވަގުތު ދޭން ނިންމިއެވެ.
***
(ނުނިމޭ)