ތެމި ވާރޭގާ ވީމޭ 30 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 30

“ބައްޕަ އާއި އެއް ދުވަހެއްގަ ބައްޕަގެ ކޮއްކޮ ވެސް މަރުވީ” ޒަޔާން ބުނެލި ވާހަކައިން ސިހުނީ ހަމައެކަނި ޔަޒަން އާއި ނަޥާރްއެއް ނޫނެވެ. ރިހާމްއަށް ވެސް ކީކޭހޭ އަހައިލެވިއްޖެއެވެ.

“ކަލޭ ތިއަށް ވުރެން އަވަހަށް ތި ވާހަކަ ބުނާކަށް ނޭނގެ… ތިހަމަ ރަނގަޅު ވާހަކައެއްތަ..ހާދަ ބޮޑު ޓްރުތް އެކޭ ތިއީ” ޔަޒަން އަށް ހުރީ އާދަޔާއި ހިލާފް ފޯރިއެއް އަރާފައެވެ.

“އޭރު ދެން އެވާހަކަ ދައްކަން ބޭނުންވީ..ތެދަށް ބުނާނަމަ ނުވެސް އުޅެވޭ އެކަމަކާއެއް…ބައްޕަގެ މަރާއި ބެހޭގޮތުން އެވަރަށް  އެނގުމާއި އެކުހެން އަހަރެންގެ ހަމައެކަނި ފޯކަސްއަކަށް ވީ ބައްޕަގެ މަރަށް ވި ގޮތް ބެލުން ..އެންމެ ގާތް އެކުވެރިޔާގެ ބައްޕައަށް ވެސް އިންސާފް ލިބޭނެ  ގޮތަކީ ވެސް އެއީ.. ވެއިޓް ކިހިނެތް ވީތަ..” ޔަޒަން އުޅެންފެށި ގޮތަކުން ޒަޔާންއަށް ވާނުވާ ނޭނގިގެން އަހައިލިއެވެ.

“ބުނީމެންނު ޒެހެކް ދައްތަ  ކައިރީގަ ބުނީމޭ އަހުމަދުބެ އާއި މީޓް ކުރެވޭނެ ގޮތް ހަދަން.. އެދުވަހު ޝީ ސެއިޑް ތިހެން ” ނަވާރް ކިއައދިނީ ޒެހެކް އެދުވަހު ބުނި ވާހަކަ ތަކެވެ.

“ހޭން…މަޑުކޮށްބަލަ އަހަރުމެންގެ ބައްޕަގެ ކޮއްކޮއަށް ވެދާނެތަ ޒެހޭގެ މަންމަ…” ޒަޔާންއަށް   ލިބިފައިވާ ޝޮކުން އޭނާއަށް ޖެހިގަނެވުނީ އެތާގައިވާ ސޯފާއަށެވެ.

”ތިހެން މަށައް މިހާރް ހީވަނީ…. ވީ ޝުޑް ބްރިންގް ޒެހެކް … ހެޔޮނުވާނެ މި ޒަޔާނުގެ ބޮލަށް ފިތާލަން ވީ.. އޭރުވެސް މީނަ ނުކިޔައޭ.. ޒެހެކް މަށައް ކިއައިދިން އިރު މަށައް ވެސް އެއްޗެއް ބުނާކަށް ނޭނގޭނެއެންނު މި ސޮރު އެހެން ކިޔާފަ ނެތިއްޔާ…” ރިހާމް އަތުގެ ހަމަލާއެއް އެރީ ޒަޔާންގެ ބުރަކައްޓަށެވެ. ވަގުތުން އައްދޯޔާ ވެއޭ ކިޔާ ހަޅޭއްލަވައިގަތެވެ.

“އެހެންމަ މާދަން ޒެހޭ ގެންނާނީ..  މިހާރް އެއޮތް އެކެއް ޖަހަނީ.. ސޯ އެންމެން އިން ދޯ މިއަށް..” މިހްރާންގެ ސުވާލުން އެންމެން އެއް ފަހަރާހެން ބޯ ޖަހައިލިއެވެ.

”އެހެންވީމަ އާނާ ގެއިން ނުކުތީ ކަންތައް ގަނޑެއް އެނގިގެން.. އެތާގަ ތިބި މީހުންނަށް އާނާ ފެނިގެން ބަސްޓް ވެގެން އާނާގެ ފަހައިގަތީ..  ސޯ ބޭރަށް ނުކުންތަނާ މިފެނުނީ އަކްރަމް ..އަކްރަމްބެ ގެންދިޔަޢި އާނާ ހިޔާއަށް ..އެތަނުން ނަވާ މަންމައަށް އާނާ ފެނިގެން ގެނައީ.. ދެން އާނާ މަރާލި ރޭގެ އެއްދުވަސް ކުރިން މިހްރާން އަށާއި ކޫ އަށް މެސެޖް ކުރި.. ދެން ޒެހޭ ގެ ބައްޕަ އާއި ޒައްޔު ބައްޕައާ މަރާލީ އެއް ދުވަހަކު އެއްވަގުތެއްގަ އެއް އޮފީހެއްގަ.. މިކަމާއި އާނާގެ މަރާއި ވަރަށް ގުޅުން އެބަހުރިހެން ހީވަނީ…” ރިހާމް، ނަވާރް ދިއްކޮށްލި ފޮތެއްގައި ލިޔަމުން ދިޔަ އެއްޗިހި ކިޔާލިއެވެ.

“މާދަމާ ހުކުރު ދުވަސް ވީމަ އެންމެންގެ ވެސް އޮފް ޑޭ އަށް ވާނީ..އިހަށް ނާނާ ބުނިހެން ރިހާމް މާދަމާ ނޫން އަނެއް ދުވަހު ޑިއުޓިއަށް ގޮސް ބަލާ ނާނާ ވިހޭ ދުވަހުގެ އެއްވެސް ފައިލް އެއްޗެއް ނަމަވެސް ވެސް ފެނޭތޯ ..ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ލިބިދާނެ .. މާދަމާ މަ ވާހަކަ ދައްކާނަން މަންމައާއި… ޒަޔާން ވެސް ބަލާ މަންމަ ވާހަކަ ދެއްކޭތޯ..އޭގެ ކުރިން މާދަމާ އެންމެން ގޮތެއް ހަދަން ޖެހޭ އެބަ ޒެހެކް ގެނެސް…” ޔަޒަންގެ ވާހަކަތަކަށް އެންމެން ބޯ ޖަހަމުން ދިޔައެވެ.

“ހެނދުނު މީޓް ކުރެވޭ ގޮތް ހަދައްޗޭ.. އަނެއް ދުވަހަކީ ދޮންބެ ވެޑިން އޮންނަ ދުވަހަށް ވީމަ ބިޒީ ވެސް ވާނެ.. އަހަރެން ސަޓަޑޭގަ އޮފް  ނަގައިގެން މިއުޅެނީ އެހެންވެ..” ހޮނިހިރު ދުވަހަކި ޒަހުރާންގެ ކައިވެނި އޮންނަ ދުވަސްކަން އެމީހުންނަށް ހަނދާންވި ނަވާރް ބުނީމައެވެ.

“މާދަމާ ފްރައިޑޭ އޭ ދަރިއާ.. ހެނދުނު ޒެހެކްއާއި މީޓް ކުރެވޭނެ ގޮތް ހަނދާނަން އިންޝާﷲ..” ރިހާމް ދިނީ ޔަގީންކަމެވެ.އެންމެން ގެޔަށް ދިޔައީ ހެނދުނު އެގެޔަށް އައުމަށް އެއްބަސްވެފައެވެ.

ނަވާރް އެރޭ ކާރުގައި ދަމުން އާނާގެ ނުކިޔާ ދޭ ހުރިހާ ވާހަކައެއް ޔަޒަންއަށް ކިޔައިދިނެވެ. ޔަޒަންގެ މޫނުމަތިން ހިތްހަމަނުޖެހުން ފެނުނު ކަމުގައި ވީ ނަމަވެސް ނަވާރް އެތައް ފަހަރަކު މާފަށް އެދުމުން ދެން އެއްވެސްކަމެއް ނުފޮރުވަން ބުނެލިއިރު ހުރީ ހަމަޖެހިފައެވެ. ނަވާރް އަވަސްއަވަހަށް ބޯ ޖަހައިލި އިރު ގެއަށް ދެވެންދެން އިނީ ޔަޒަންގެ ގައިގާ ބައްދާލައިގެންނެވެ.

****

ހަފްތާއެއް ވަންދެން ހުން އައިސްގެން ބަލިކޮން އުޅެފައި ރަނގަޅުވުމުން އަހްމަދު ނުކުތީ ޑިއުޓީއަށް ދިޔުމަށެވެ.  އޭނާގެ ވަޒީފާގެ ގޮތުން ހުކުރު އަދި ހޮނިހިރު ދުވަހަކީ ވެސް ޑިއުޓީއަށް ނުކުންނަން ޖެހޭ ދުވަސްތަކެކެވެ. ލާފައި ހުރި ކަޅުކުލައިގެ ސެކިއުރިޓީ ޔުނީފޯމް ރަނގަޅު ކޮށްލަމުން އޭނާ ބެލީ ގަޑި ނުޖެހި މަންޒިލަށް ދެވޭތޯއެވެ. މަގު ކުރުކޮށްލުމުގެ ނިޔަތުގައި އޭނާ އެޅީ ހަނި ގޯޅިއަކުންނެވެ. މަގުތައް ފެންނަނީ އާދަޔާއި ހިލާފަށް ފަޅުކޮންނެވެ. ހުކުރު ދުވަސްކަމުން ހޭލާ އުޅޭނީވެސް މަދު މީހެކެވެ. އޭނާ ދިޔަ ގޯޅިން ވެސް މީހެއްގެ ހިލަން ވެސް ނުވެއެވެ. ގޯޅީގެ ދެފަރާތުގައި ހުޅުވާފައި ހުރި ދެފިހާރަ ހުރީ ހުޅުވާފައެވެ. ވަކި ހިސާބަކަށް ދެވުނު ހިނދު  މީހަކު ފަހަތުން އަންނަ ފަދަ އިޙްސާސްއެއް ކުރެވިގެން އަހްމަދުގެ ފަހަތް ބަލައިލިއެވެ. ނަމަވެސް މީހެއްގެ ހިލަން އެހިސާބުން ވެސް ވާން ނެތެވެ. ދެކޮންދު އަރުވާލައިފައި އަނެއްކާ ވެސް ހިނގައިގަތެވެ. ނަމަވެސް ކުރީފަހަރުހެން މިފަހަރުވެސް މީހެއްގެ ހިލަން ވިހެން ހީވެގެން ބަލައިލިއިރު ނެތެވެ. އެހިސާބުން އޭނަގެ ހިތުގައި ޝައްކެއް ހިނގާލިއެވެ. އަވަހަށް ދާން އުޅުނުވަގުތު ބާރުގަދައަތަކުން މީހަކު އޭނާގެ އަތުގައި ހިފައި ދަމާލަމުން އަނގަމަތީ ގައި އަތްއެޅިއެވެ. އޭނާފަދަ ދުވަސްވި މީހަކަށް ބާރުގަދަ ފިރިހެނެއް ކައިރިން ފަސޭހައަކުން ސަލާމަތެއް ނުވެވޭނެތާއެވެ. ގަދަހެދި ނަމަވެސް އެމީހަކު ހުރީ މާ ބާރަށް ހިފަހައްޓާފައެވެ. އެމީހަކު އޭނާ ދަމަމުން ކަހަލަ ގޮތަކަށް ވެއްދި އެ މަގުގައި ހުރި ހަދަންފަށާފައިވާ އިމާރާތެއްގެ ތެރެއަށެވެ.

“ދޫ ކުރޭ ކާކު ތީ…އޭން..އަޑެއް ނީވޭތަ.. ކާކުހޭ ތީ..ހަމަ މީހަކު މަގެއް މަތިން ހިނގާފަ ދާ އިރަށް ޖެހޭތަ ތިފާޑަށް ގެނެސް އަނިޔާ ކުރަން..”އެ މީހަކު އޭނާ ގެނެސް އެގޭތެރެއަށް ގުޅަޔަށް ޖަހައިލުމުން ވީ ތަދުން އަހުމަދަށް ހަޅޭއްލަވައިގަތެވެ. އޭނާގެ ކުރިމަތީގައި ހުރި މީޙާއަށް އަހުމަދަށް ބަލައިލެވުނީ އެވަގުތުއެވެ. ބޮލާއި އެކު މޫނު ފޮރުވައިގެން ހުރިއިރު  އޭނާގެ ދެލޯ ފިޔަވައި އެއްވެސް ތަނެއް ނުފެނެއެވެ. މަކަރުވެރި ކުޑަ ދެލޮލެވެ.

“ނޭނގުނުތަ މީ ކާކު ކަމެއް…” އޭނާ ޖަހައިލީ ހިނގަނޑެކެވެ. ނުރައްކާތެރި ގޮތަކަށް އަހުމަދާއި ދިމާ ބަލަހައްޓައިގެން ހުރި ގޮތުން އަހުމަދުގެ ހިތް ރޫރޫ އަޅާއިގަތެވެ. އޭނާގެ މޫނު ނުފެނުނަސް އަޑުން އެއީ ކާކުކަން އަހުމަދަށް ވަގުތުން އެނގުނެވެ.

“އަހަރުން ބެހެންވާ މީހުން އެނގޭނީ އަހަރުންނަށް..ކަލޭ ކޮން މޮޔައެއް ވެގެންތަ ދަރި މަންޖެ އެގެއަށް ފޮނުވަނި ތި … ފުރަތަމަ ދުވަހު ވެސް ބުނިން އެމީހުންގެ ގުޅުން ހުއްޓުވާށޭ..މިހާރު ކީއްވެތަ އެއްޗެއް ނުބުނެ ތި އިންނަނީ…އޭން އަނގައިން ނުބުނެ އިންނާނެކަމެއް ނެތް” އެމީހާ ހަޅޭއްލަވައިގަންއިރު މުޅި ތަނުގައި ވަނީ އެކޯވެގެން އެއަޑު ހަރުލާފައެވެ. އޭނާގެ އަތުގެ ހަމަލާއެއްވެސް އެވަގުތު އަހުމަދުގެ މޫނައް އެރިއެވެ. ވީ ތަދުން ހީވީ ދެންމެދެންމެ އަނބުރައި ގަނެފާނެ ހެންނެވެ.

“އަހަރެންގެ ހުރީ އެންމެ ދަރި އެއް.. ކަލޭމެން ބުނިހެން އަދި އަދަށް ދާންދެން ވެސް އަހަރެން މިހުންނަނީ އަހަރެންގެ އަމިއްލަ އަނބިމީހާއާއި އޭނާގެ ބޭބެ މަރުގެ ވާހަކަ ސިއްރުކޮށްގެން.. އެކަމަކާއި އެކުއްޖާއާ ހުރި ކޮން ގުޅުމެއް…” އަހުމަދު އިށީންދެ އިން އިރު އެމޫނުމަތިން ފެންނަނަނީ އިންތިހާ ހިތްދަތިކަމެވެ. ދެލޮލުގެ މިޔަނުން ކަރުނަ ތިއްކެއް ފަނޑުކޮން ފޭދުނު ހިނދު އަހުމަދު ފުހެލިއެވެ. ދެންވެސް އިވިލީ އޭނާގެ މަކަރުވެރި ހުނުމުގެ އަޑެވެ.

“ކަލޭ ހީކުރީ އެ މަންޖެ ޕޮލިހަށް ވަދެގެން އެކުރަން އުޅޭ ކަންތައް އަހަރުންނަށް ނޭނގޭނެ ކަމަށްތަ.. ބަލަ އަހަރުމެން ވެސް މީ ބޮލު ތެރޭގަ މިއޮތް ސިކުނޑިއެކޭ ކިޔާއެތީގެ ތެތްކަން ކަލޭގެހެން ކެނޑިފަ ތިބި ބައެއް ނޫނޭ…ކަލޭ ބުންޏަސް އޭނާ އެތަނަށް ވަދެ ރަނގަޅު ކަމެއް ނުކުރާނެ ކަން މީދުވާލް ފަދައިން މަށައް އެނގޭތި އޭ އައިސް މިހުރީ.. މި ދިނީ އެންމެ ފަހުގެ އިންޒާރު .. އެމީހުންގެ ކައިވެނި ހުއްޓުވާ ” އޭނާގެ ފައިން އަހުމަދުގެ ބަނޑުގައި ނުހަނު ބާރަށް ޖަހައިލިއެވެ.  ތަދުވެގެން މީހާ ހާންތިވިނަމަ ވެސް އަނގައިން އަޑެއް ލައްވާ ނުލާ އަހުމަދު ކެތް ކުރިއެވެ. އޭރު އޭނާގެ އަނގަކައިރިން ފެޅިފައިވީ ތަންކޮޅަކުން ލޭ ވެސް ހުރީ އައިސްފައެވެ.

”އޭނާއަކަށް ވެސް އެއްވެސް  ކަމެއް ނޭނގޭނެ..ހެޔޮނުވާނެ އެކުއްޖާގެ އުފާތައް ތިހެން ފޭރި ގަންނަން މަސައްކަތް ނުކުރޭ.. ކަލޭމެން ދޭނެހާ އަނިޔާއެއް މަށައް ދީ.. ޒެހެކް އަށް ކަމެއް އެނގިފައެއް ނޯންނާނެ މަ ކިޔައިދީގެންނެއް.. އެކުއްޖާ ޕޮލިހަށްވަނީ ކަމެއް އެނގިގެން ބަލާކަށް ނޫން..އެއީ އޭނާ ކުޑައިރުން ފެށިގެން ވާން ބޭނުންވީ ކެރެކްޓާ… ކަލޭއަށް އެނގިފަ ތިހުރީ މާ ބޮޑަށް ވެސް…އޭނާ ރިޙާމް އާއެކު އިނދެގެން އުޅުނަ ދީ.. ހެޔޮނުވާނެ ކަލޭމެން މަށައް ކުރާކަމެއް ކުރޭ…” ގައިގަ އަޅާމުންދިޔަ ވޭނަކަށް ބެލުމެއް ނެތި އަހުމަދު އުނޑަފައިން އިށީންދެ އޭނާގެ ފައިބުޑުގައި އާދޭސްކުރިއެވެ. އެކަމަކު ހަރުހިލަ ހިތަކަށް އަސަރެއް ނުކުރާނެތާއެވެ. އެމީހާ ޖަހައިލީ ނުބައި ހިނިގަނޑެކެވެ.

“އެންމެ ރަނގަޅު..ކަލޭ ތައްޔާރު ޥޭ މަ ބުނާ ކަމެއް ކުރަން..އޭރުން ކަލޭގެ ތި ރަންދަރިފުޅު ސަލާމަތުން ހުންނާނެ.. ތި ރިހާމްއަކާ ވެސް އިނދެގެން އުޅެވޭނެ..މަ ގުޅީމަ ފޯނު ނަގާތި..ފަހުން ގުޅާނަން..ދެން ދޭ ޑިއުޓީއަށް” އަހުމަދުގެ ޔުނީފޯމްގެ ގިރުވާނުގައި ހިފާ ދޮރާއި ދިމާލަށް ހޫރާލަމުން އެމީޙާ އެތަނުން ނުކުތެވެ.

އޭނާ ނުކުމުގެން އައިސް ޖެހިގެން އޮތްމާވެޔޮމަގަށް އަޅާލިއެވެ. އެމަގުގެ ދެކަފިވާ ހިސާބުގައި އެކަހެރިކޮން އޮތް ކަޅުކުލައިގެ ޕްރައިވެޓް ކާރެއް އިންތިޒާރުގައި އޮތެވެ. ކާރަށް އަރާފައި ޑްރައިވަރު ސީޓްގައިވެސް އިނީ މޫނު ފޮރުވައިގެން އިން މީހެކެވެ. ކާރަށް އަރާފައި ބޮލާއިއެކު މޫނުފޮރުވޭހެން އަޅާފައި އޮތް މާސްކް ނެގިއިރު ނައުފަލްގެ މޫނުމަތީގައި ވަނީ މަކަރުވެރިކަމުގެ އިންތިހާއެވެ. އޭނާ ފޯނު ނަގައި ޝަހުރޫޒަށް ގުޅާލަމުން ޖަހައިލ ހިނިގަނޑެކެވެ.

***

“ދެން ހޭލަބާ.. އިނގޭތަ ގަނޑިން ވީ އިރެއް.. މިހާރް އެއިޓް ވަނީ…” ޔަޒަން ނުހޭލައިގެން ނަވަރް ދިޔައީ ގޮވަމުންނެވެ. އެހެން އޮވެފައި މިތެދުވަނި އޭ ޔަޒަން ގޮވާލިއެވެ.

“ދެން ކޫ… އެކަނިން ދާނީ.. ބާއްވާފަ.. ރޭގަ ކަމެއް ކުރަން ނިންމާފަ އެނގޭ ތި އޮންނަނީ..” ނަވާރް ހުއްޓާނުލާ ގޮވަނިކޮން ޔަޒަން، ނަވާރްގެ އަތައް ދަމާލައިފާ ގެނެސް އެނދުމައްޗަށް ވައްޓާލިއެވެ. ނަވާރްގެ ގައިމަތިގައި ޔަޒަން އޮތުމުން ނަވާރްއަށް އޮތީ ނުތެދުވެވިފައެވެ.

”  މަންމަ ރޭގަ އައިތަނާ ބުނި ނަވާ މަންމައާއި އެންމެން އެގޭގަ ކައްކާށޯ މިއުޅެނީ.. އަހަރުމެން ދެކުދިން ނިދާލާށޭ އޮފްޑޭގަ.. މެންދުރު ކާން އަންނައްޗޯ… ނަވް.. ނުބަލަން ތަ ޒަޔާންމެން މެސެންޖާގަ ހަދާފައިން ގްރޫޕެއް..އޭގަ އިން ކާން އަންނަ ގަޑިގަ ޔޯ ޒެހޭ ގެންނާނީ ..އެންމެން ނިދާށޯ މިގަޑީގަ ކިޔާފަ… ޔޫ އާ ޑިސްޓާބިންގް މީ ބޭބީ..” ޔަޒަން އެއޮތްގޮތައް އޮވެ ނަވާރްގެ ކޮލުގައި ހިފައިލިއެވެ. ނަވާރް ނޭނގެއޭ ބުނެ ބާލީސް ދޮށުގައި އޮތް ފޯނު ނަގާ ބަލައިލި  މެސެންޖާގައި ހުރި މެސެޖްތައް ކިޔާލިއެވެ. ނޫރާވެސް ގުޅާފައި އޮތެވެ.

“އެހެންނޭ ވާނީ މީހުން ނިދީމަ މެސެޖް ކުރަންޏާ… ވެއިޓް މަންމައަށް ގުޅާލަން އެބަ” ޔަޒަން އާއި ދިމާ ބަލައިލަމުން ނަވާރް އަނގަހަދައިލަމުން ނޫރާއަށް ގުޅާލިއެވެ. އޭރު  ޔަޒަން އަދި ކުރިއަށްވުރެންވެސް ނަޥާރްއާއި ގާތްވެލިއެވެ. ނަވާރް އޮތީ ލަދުގަންނަ ގޮތްވެފައެވެ.

”ހަލޯ..ކީކޭ މަންމާ..” ނޫރާ ފޯނު ނެގުމުން ނަވާރް ވާހަކަ ދައްކަންފެށިއެވެ. ނަވާރް ފޯނުގައި އޮވެގެން ވާހަކަ ދައްކަމުން ދިޔައިރު ޔަޒަން ދިޔައީ ކުދިކުދި ގޯނާތައް ކުރަމުންނެވެ. އެއްފަހަރު ކޮލުގައި ވިކާލަފަނެއެވެ. ނޫނި ތުންފަތުގައި ބޮސްދިފާނެއެވެ. އެހެން އޮވެފައި ކަންފަތުގައި ދަތް ވެސް އަޅާލިއެވެ. ނަވާރްއަށް ތަދުވެގެން ޔަޒަންގެ ބޮލު އިސްތަށިގަނޑަށް ދަމާލިއެވެ. ނަވާރް ދެލޯ އަޅާލައިގެން އޮވެ ފޯނު ބޭއްވުމުން ޔަޒަން ހީގަނެފައި ނަވާރްގެ ގައިގާ ބައްދާލާފައި އަދި ނިދާލަން ބޭނުން ކަމަށް ބުނެލިއެވެ.

“އޯކޭ..ނިދާލާ .. ހުކުރަށްދާ ސާމާނު ހުންނާނެ ރެޑީ ކޮށްފަ މިދަނީ މަންމަމެންނަށް ހެލްޕް އެއް ވެލަން ގެއަށް ..” ނަޥާރް އެނދުން ތެދުވަމުން އިސްތަށިގަނޑުގައި ވޫލްކޮޅެއް އައްސާލިއެވެ.

“ޔެސް .. މެސެޖް މީ ގެއަށް ދެވުން ހާ އަވަހަކަށް .. ޝާކިރްއާއި އެއްކޮން ދާތި އިނގޭ..” ނަވާރް ތައްޔާރްވާން ފެށުމުން ޔަޒަން އެއޮތްގޮތައް އޮވެ ގޮވައިލިއެވެ.

***

“ދެން މިހާރް ކިހިނެތް ހަނދަން ތި ވިސްނަނީ” ހާރިޒް ވާހަކަ ދެއްކީ ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަކްރަމް އާއިއެވެ.  އޭރު ފަވާދު ވެސް ސޯފާގައި އިނެވެ. ތިން މީހުން ތިބީ ހާރިޒް އާއި ނޫރާގެ ކޮޓަރީގައެވެ.

“ތިމީހުންނަށް ވެސް ފެނިއްޖެއެންނު އެކުއްޖާ އޮތް ހާލު … ހޭ އަރާފަ މިހާރް  ސްޓޭބަލް ކޮން އޮތަސް އަނގަޔަކުން ނުބުނޭ .. ކުރީގެ ހަނދާންތައް ހުރި ކަމެއް ވެސް އަދި އެނގޭ ވަރެއް ނުވޭ…މީހާ ވެސް ހިކިކަމުން ހީވަނީ ހޯލިކޮޅެއްހެން..ރަނގަޅަކަށް ނުވެސް ކައޭ އެމަންޖެ..ވަރަށް ބޮޑަށް ނަފްސާނީވެފަ އޭ ސަޖޫ ވެސް ބުނީ..ސައިކޭޓްރިސްޓެއްގެ އެހީ އެކުއްޖާއަށް ބޭނުންވޭ އެބަ..” ފަވާދްގެ ޖުމްލަތަކުން އަކްރަމްއަށް ނިތްކުރީގައި ފިރުމާލެވުނެވެ.

“ރުހާން އަކީ ސައިކޮލޮޖިސްޓެކެއް ނޫންތަ.. ކޮންމެ ގޮތެއް ހަދާފަ ވެސް އެ ކުއްޖާ އަނގައިން ބުނީމަ އެނގޭނީ ވާ ނުވާއެއް ވެސް..” އަކްރަމް ހިނގަ ހިނގާފައި އެންމެ ފަހުން ހާރިޒްކައިރީގައި ހުސްތަންކޮޅުގައި ޖައްސާލިއެވެ.

“ރުހާންއަށް ވުރެން ރަނގަޅުވަނީ އެ ކުއްޖާއާއި ގާތް މީހެއް މިކޮޅުން އެކޮޅަށް ގެންދިޔުން..” ހާރިޒް އިނދެފައި ބުނެލި ޖުމްލައިން ސިހުންލިބި ފަވާދުއާއި އަކުރަމް ވަގުތުން ނޫނެކޭ ބުނިއެވެ.

“ވެއިޓް..ނޫރާގެ ފަރާތުން އެހިން ވާހަކައެއް.. އޭނާ ހިތާވެގެން އުޅުނު ކުއްޖެއް..އެކުއްޖަ ގެންދަންވީނު..އެއާއިލާއާއި ދުރު ކުއްޖެއް ވީމަ އެހެން މީހުންނަކަށް ނޭނގޭނެ ތާދޯ …ޝައްކެއް ވެސް ނުވާނެ…” ހާރިޒްގެ ޖުމްލައިން އަކްރަމް މޫނުމަތިން ދިޔައީ ތަފާތު ވިދުވަރެއް ފެންނަމުންނެވެ. އެއީ ރަނގަޅު ހިޔާލެއް ކަމަށް މިހާރުވެސް އޭނާގެ ހިތް ބުނަން ފަށައިފިއެވެ.

**

ގެއަށް އައިގޮތައް އަހުމަދަށް ސޮފާގެ ތެރެއަށް ވެއްޓިގަނެވުނެވެ. ނެތް ހިތްވަރު ދައްކައިގެން އެހިސާބަށް އާދެވޭނެ ކަމާއި މެދުވެސް އޭނާ ހުރީ ޝައްކުގައެވެ. ލިބުނު އަނިޔާތަކަށްފަހު އެތައް އިރެއްވާންދެން ގުޑުވާ ނުލެވިފައި އަހުމަދު އިނެވެ. ހަށިގަނޑުގައި ވޭން ނާޅާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. އިތުރަށް މިއަދު ޑިއުޓީ ކުރަން ދަނެ ހިތްވަރު ނެތުމުން އޮފިހަށް ގުޅައިގެން ސަލާމްބުނެލިއެވެ.

“މިހެން ހުރެގެން އިތުރަށް ޒެހެކްއަށް ގެއްލުން ވެދާނެ..މަށައް ކުޑަވެސް ޔަގީން ކަމެއް ނެތް އެމީހުން އަހަރެން މާދަން ވާންދެންވެސް ސަލާމަތުން ބަހައްޓާނެ ކަމެއް..އެއީ ނުބައި އަނިޔާވެރި ބައެއް.. އެމީހުންގެ އަތްދަށުން ސަލާމަތްވުމަކީ ނާދިރްކަމެއް.. ކޮންމެ ގޮތަކަށް ބަސްތަކެއް ބުނެފަ ދިޔަޔަސް ރިހާމް އާއި ޒެހެކް ކައިވެނިކޮށްފިއްޔާ، އެމީހުންގެ ތެރެއިން އެކަކުވެސް އަހަރެން ދުލެއް ނުކުރާނެ..ހޫމްމް ހިތްވަރުކޮށްފަ ދޮންބެގެ އަންހެނުންނާއި ބައްދަލްކުރަން ދާންވީ..ފުރާނައިން އަތްދޮވެލައިގެން ވެސް އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ހިމާޔަތް ކުރާނަން” އަހްމަދު އަމިއްލަ ނަފްސަށް އިވޭވަރަށް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން ފެންނަނީ ގޮތް ހުސްވެފައި ވީވަރެވެ. މިހުރިހާ ދުވަހު ފޮރުވިގެން އުޅުނަސް ދެން ފޮރުވިގެން އުޅެވޭނެކަމާއި މެދު ޝައްކެވެ. އަހުމަދު ފޯނުނަގައި ނަމްބަރަކަށެވެ.

***

ކޮޓަރީގަ ތިބި ހާރިޒްމެންނަށް ކޮފީ ގެނެސްފައި އެކޮޓަރިން ނުކުން ނޫރާއަށް ހުއްޓެވުނީ ލާފައި ހުރި ކުރުތާގެ އެއްއަރިމަތީގައި އިން ޖީބުގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. ފޯނު ނަގައި ބަލައިލި އިރު ނުދަންނަ ނަމްބަރެކެވެ.

“ހަލޯ..” ، “ނޫރާ ތަ..” ނޫރާ ހަލޯ އޭ ބުނެލި ހިނދު އިވުނު އަޑާކުން އޭނާއަށް ހުއްޓުން އެރިއެވެ. ކިތަންމެ ޒަމާނެއް ވިއަސްއެއަޑެއް ނޫރާއަކަށް ނޯޅޭނެއެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު