ހުރިހާ އެންމެން ވާހަކަ ދައްކަން ތިއްބާ ނޫރާއަށް ފޯނެއް އައެވެ. އިވުނު ހަބަރަކުން އޭނާގެ ފައިދަށުން ހީވީ ބިންގަނޑު ދެމިލި ހެންނެވެ.
***
ނަވާރްއަށް ހޭލެވުނީ ފަތިސް ނަމާދު ބަންގިއަށް ފޯނު އެލާމް ވެގެންނެވެ. އޭނާ ތެދުވެ ނަމާދުކޮށް ނިމިގެން ބަލައިލި އިރު ޔަޒަން ވެސް ތެދުވަންނަނީއެވެ.
“ގުޑް މޯނިންގް..” ޔަޒަން ނަވާރް ފެނުމުން ހީލިއެވެ. ނިދާ ހޭލި ވަގުތު ކަމުން މީހާގެ އަޑުވެސް ބަރުވެފައި ގައިން ހީބިހި ހަލުވާލާ ފަދަ ގޮތެއް ހުއްޓެވެ. އިސްތަށިގަނޑު ހޭވިފައި އޮތް އިރު ރީތިކަމުން އިރުކޮޅަކު ބަލަން ނަވާރް އަށް ހުރެވުނެވެ. ޔަޒަން އޭނާގެ މޫނުމައްޗަށް ވާހެން އަތް ހުރަސް ކޮށްލުމުން އޭނާއަށް ހޭވެރިކަން ވިއެވެ. ލަދުން ނަވާރް އަށް އިސްޖެހުނެވެ.
“ޔޫ އާ ބްލަޝިންގް..” ޔަޒަން، ނަވާރްގެ ކައިރިއަށް ހުއްޓިފައި ހޭންފެށިއެވެ.
“ދެން ދޭބަ އަވަހަށް ފްރެޝް ވާން … ދުވާ ވަސް” ގަން ލަދު ފޮރުވާލުމަށް މޫނު ހަދާލަމުން ޔަޒަންގެ މޭގައި އަޅާ ފާހަނައާއި ދިމާލަށް ކޮށްޕާލަން ނަވާރް އުޅުނެވެ. ނަމަވެސް ނަވާރް އަތުގައި ޔަޒަން ހިފުމުން ނަވާރް އައީ ޔަޒަން އާއި ދިމާލަށެވެ. ކުއްލިއަކަށް އެފަދަ ގޮތެއް ވުމުން ޔަޒަންއަށް ބެލެންސް ނުކުރެވުނު ހިނދު ދެމީހުން ވެއްޓިގެން ދިޔައީ އެނދު މައްޗަށެވެ.
ނަވާރްގެ ގައިމަތީގައި އޮތް ޔަޒަން އަށް ބަލައިލެވުނީ ނަވާރް މޫނާއި ދިމާލަށެވެ. ނަވާރްގެ ނަޒަރު ވެސް ވަނީ އޭނާގެ މޫނަށް ހުއްޓިފައެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައިވި ހިނދު ދުނިޔޭގައި ވާ އިތުރު އެއްވެސް ކަމެއް ދެމީހުންނަށް ވެސް އިޙްސާސް ނުވާ ކަހަލައެވެ. ދެމީހުންގެ ހިތުގައިވެސް ޖަހަމުން ދިޔައީ ތަފާތު ވިންދެކެވެ. ނަވާރްގެ މޫނުމައްޗަށް އުނދަގުކުރަމުން ދިޔަ އިސްތަށިކޮޅު ކަންފަތް ކައިރިޔަށް ޔަޒަން ލައްވާލަ ދިން ހިނދު ނަވާރްގެ ފޯނު ރިންގް ވާން ފެށިއެވެ. އެއުފާވެރި ވަގުތު ކޮޅު ނިމުމުން ޔަޒަންއަށް އަނގަހަދައިލެވުނެވެ.
“ފޮ.ފޯނު ނަ..ނަގަން..ތަ” ޔަޒަން އަދިވެސް އޭނާގެ ގައި މަތީގައި އޮވުމުން ނަވާރްއަށް ވާހަކަ ދެއްކުން ވެސް ވީ އުނދަގުކަމަކަށެވެ. ޔަޒަން އެހާ ކައިރީގައި އޮވެ ބަލަމުންދާތީ ނަވާރްގެ ތެޅެމުންދިޔަ ހިތުގެ އަޑު ޔަޒަންއަށް އިޙްސާސް ނުވެ ހުންނާނެ ބާއޭ ވެސް ނަވާރްގެ ހިތައް އެރިއެވެ.
“ސޮރީ… ” ކަންނެތް ގޮތަކަށް އެނދުން ތެދުވެ ދަމުން ވެސް ނަވާރް އާއި ދިމާ ބަލައިލީ އެހާ ސަޅިކޮންނެވެ. ޔަޒަން ޔަގީނުންވެސް ނަޥާރްގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ.
މޭގައި އަތް އަޅައިގެން ހުރެ ނަވާރް ރިންގް ވަމުންދިޔަ ފޯނުނެގިއެވެ. މުރުޝިދާގެ އަޑު ޖެހުމުން އިރުކޮޅަކު ވާހަކަ ދެއްކިއެވެ. އޭނާގެ ފޯނު ބޭއްވުމަށްފަހު ނަވާރް ނޫރާއާއި ވެސް ގުޅައިގެން ވާހަކަ ދެއްކިއެވެ.
އިރުކޮޅަކު ކޮޓަރީގައި ހުރެލާފައި މިލީނާ އާއި އެކު ހެނދުނު ނާސްތާ ތައްޔާރުކުރުމަށްޓަކައި ނަވާރް ބަދިގެއަށް އައެވެ. އޭރު ގޭގެ ގެންގުޅޭ މީހުންވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ފުރަތަމަ ދުވަސް ކަމުންނަވާރް ހުރީ ލަދުގަންނަ ގޮތްވެފައެވެ. އަކުރަމް ސޯފާގައި އިނދެފައި ނަވާރް ފެނިގެން ހީލަމުން ހެނދުނުގެ ސަލާމް ގޮވައިލިއެވެ. ނަވާރް ވެސް ލަދުގަނެފައި ހުރި ނަމަވެސް ލުއި ހިނިތުންވުމެއްގައި ހުރެ ރައްދު ދިނެވެ.
ނަވާރް ބަދިގެއަށް ވަންތަން ފެނި މިލީނާ ނިކަން ލޯބިން އައިސް ވާހަކަ ދެއްކިއެވެ. އަދި އެހާ ބުރަކޮން މަސައްކަތް ނުކުރަން ނިކަން ލޯބިން ބުނެލިއެވެ.
“އަސްލު ޝެފް ކައްކާނީ ދެން ނަފީސާ މެން އުޅޭނީ.. އެމީހުންނަށް އަތް ގާތް ކޮށްލަ ދިނީމަ އޯކޭ ވާނެ.. ދަރިފުޅު ބޭނުންވަންޏާ އަމިއްލަ އައިޓަމްސް ވެސް ހަމަ ހެދިދާނެ އިނގޭ..މަންމަ ވެސް ހަދާލަން ހަމަ އެގޮތައް ” މިލީނާގެ ވާހަކަ އަށް ނަވާރް ދިޔައީ ބޯ ޖަހަމުންނެވެ. ” ކޮބާ ޒައި މެން.. ނުހޭލަނީތަ..” ނަވާރް އަހާލީ ކުދިވެރިންގެ ހިލަމެއް އެއްވެސް ވަރަކަށް ނުވާތިއެވެ.
“ޒައި ވެސް ޒެލީ ވެސް ހޭލަނީ އެއިޓް ހާއިރް އާންމުކޮން.. ދެން މިއަދު އަދި ލަހުން ކަންނޭގެ ހޭލާނީ ރޭގަ އެހާ ލަހުން ނިދީމާ….” މިލީނާ ކޮފީ މޭކަރުން ތައްޔާރު ކުރި ކޮފީ ޖޯޑު ޖޯޑަށް އަޅަމުން ދިޔައެވެ. ނަވާރް އެތަނުން ޖޯޑެއް ނެގުމަށް ފަހު އެހިފައިގެން ޔަޒަން އަށް ދިނުމަށް ކޮޓަރިއަށް މިސްރާބު ޖެހިއެވެ. އޭނާ ހިނގައިގަން ހިނދު ޒައިލީ އާއި ޒެލީންގެ ކޮޓަރިއާއި ދިމާލުން ނިކަން ބާރު އަޑުފަށެއް އިވިއްޖެއެވެ. ނަވާރް ސިއްސައިގެން ދިޔަލެއް ބޮޑުކަމުން މޭގައި ވެސް އަތް ޖައްސާލެވުނެވެ. އެހިނދު ޒެލީންގެ ނިކަން ބާރު ރުއިމެއްގެ އަޑުވެސް އިވިލައިފިއެވެ. ނަވާރް ކޮފީ ތައްޓަކާއި ކޮފީތައްޓެއް ދޫކޮށްލުމަށްފަހު ދުވެފައި ގޮސް އެ ކޮޓަރިއަށް ވަން ހިނދު ފެނުނު މަންޒަރަކުން ހީވީ ފައި ދަށުން ބިންގަނޑު ދަމައިގަން ހެންނެވެ.
ކަޅު ހެދުމުގައި ފޮރުވިފައި ހުރި މީހަކު ކުޑަ ދޮރު ކައިރީގައި ހުރެފައި އޭނާ ފެނުމުން ތެޅިގަނެފައި ކުޑަ ދޮރުން ބޭރަށް ފުންމާލައިފިއެވެ. މާސްކަކުން މުޅި މޫނު ފޮރުވަލައިގެން ހުރި އިރު ދެލޯ ނޫން އިތުރު ތަނެއް ނުފެނުނެވެ. ނަވާރް ގައިގާ ހުރި ބާރެއްލާފައި ހަޅޭއްލަވައިގަތެވެ. ދެން އޭނާ އަށް ފެނުން މަންޒަރުން ހޭ ބުއްދި ފިލާ ދާ ވަރު ވިއެވެ. އެނދުމަތީގައި ދެމިފައި އެއޮތީ ޒައިލީ އެވެ. ލެއިން ކަޅިވެފައި ވީ ހިނދު އެ މަންޒަރުން ނަވާރް އަށް ހީވީ ކުރިމަތިން އާނާ މަރުވި ރޭގެ ސިފަވިހެންނެވެ. ޒައިލީގެ މޫނުން އެއްވެސް ދިރުމެއް ވާހެން ވެސް ހީނުވެއެވެ.
“ޒައި …ޒައީ… ޔަޒަން…މަންމާ …މަންމާ” ނަވާރްއަށް އަޑުގެ ނެތްތަނަށް ރޮއިގަނެވުނީ ޒައިލީގެ ގައިން އެއްވެސް ވަރަކަށް ވިންދު ނުޖަހާތީ އެވެ. އޭރު ޒެލީން ހުއްޓާ ނުލާ ރޮމުން ދިޔަ އިރު ތުރުތުރު އަޅަމުން ދިޔައެވެ. އަކުރަމް އާއި މިލީނާ އާއި ދުވަމުން ދުވަމުން އާދެވުނު އިރު އެމީހުންގެ ފަހަތުން ހެން ޔަޒަން ވެސް ދުވެފައި އައެވެ. ފެނުނު މަންޒަރުން ތިން މީހުން ގަނޑުވިކަހަލައެވެ. މިލީނާގެ ހޭ ބުއްދި ފިލާފައި ވާ ފަދައެވެ. އޭނާގެ ރުއިމުގެ އަޑު އެތާގައި ހިފާލައިކަށް މާގިނަ އިރެއް ނުނެގިއެވެ. އަކުރަމް މަގޭ ދަރިއޭ ކިޔާ ރޮއިގަން އިރު ޔަޒަން އައިގޮތައް ނަވާރްގެ އަތުގައި އޮތް ޒައިލީ އަތުލާފައި ލެއިން ކަޅިވެފައި އޮތް ޒައިލީގެ ކަރުގައި އިނގިލި ޖައްސާލިއެވެ. އެއްވެސް ދިރުމެއް ނެތްފަދައެވެ.
“އަވަހަށް ހޮސްޕިޓަލަށް ދާން ނުކުމޭ.. ގެއްލިގެން ދާ ކޮންމެ ވަގުތަކީ ވެސް ނުރައްކަލަށް ކޮށާލެވޭ މަގެއް” ސާކިރް އައީ ކާރު ނެރެފައެވެ.
“ނަވާރް އާއި ޒެލީން ގޮވައިގެން އައުމަށް ޝާކިރް ކައިރީގައި ބުނެފައި ޔަޒަންގެ ކާރުގައި މިލީނާ އާއި އަކްރަމް ޒައިލީ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ.
ނަވާރް މެންނަށް ދެވުން އިރު ޒައިލީ ނިޔާވި ހަބަރް ޑޮކްޓަރު ދެނީއެވެ. މިލީނާ ހިފަހައްޓާލަން ވީ ދަތިކަމަކަށެވެ. އަކުރަމްއަށް ވެފައި އިންގޮތުން އޭނާ އަށް ވެސް މިލީނާ އާއި އަޅައިލެވޭ ވަރެއް ނުވިއެވެ. އެއަށްވުރެން އަކުރަމް ބަލިކައްޓެވެ. ބިންމަތީގައި އިށީންދެ ރޮމުން ދިޔައިރު އޭނާގެ ހިތް ފަޅާއިގެން ގޮސްފައިވާ ފަދައެވެ. ޔަޒަންގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު މިލީނާ ހިފަހައްޓާ ލެވެނީ އޭނާއަށް ކިރިޔާއެވެ. މިލީނާގެ ރުއިމާ ހަޅޭކުގެ އަޑުން މާހައުލުގެ ހަމަހިމޭންކަން ވަނީ ފިލާ ގޮސްފައެވެ.
ޒައިލީ ކައިރިޔަށް ދާން ރޮއި ގަދަހަދަމުން ދިޔަ ޒެލީން ނަވާރް އަށް ވެސް ހިފަހައްޓުވާލަން ވީ އުނދަގު ކަމަކަށެވެ. ނަވާރް އަށް ވެސް ދިޔައީ ގިސްލެވެމުންނެވެ. އަނެއްކޮޅުން ޔަޒަން ހުރި ހާލު ފެނި އޭނާގެ ހިތް ފަޅާއިގެންދާ ވަރުވިއެވެ. ފޯނު ނަގައި ހާރިޒް އަށް ގުޅާލި އިރު އޭނާ ތުރުތުރު އަޅާވަރުން ވާހަކަ ވެސް ނުދެއްކުނެވެ.
***
“ކިހިނެތް ވީ .. މީހަކަށްކަމެއް ވީތަ..” ނޫރާއަށް ވީ ގޮތް ފެނި ނަމްރާއަށް އަހައިލެވުނެވެ. ނޫރާއަށް ރޮވެމުން ދިޔައިރު އަނގަޔަކުން ބަހެއް ނުބުނެއެވެ.
އެވަގުތު ވީ ކޮޓަރީގައި އުޅުން ހާރިޒް ވެސް ނުކުމެގެން އައިވަގުތެވެ. އޭނާ ތެޅެމުން ފޮޅެމުން ކަހަކަ ގޮތަކަށް އައި އިރު ދެލޮލުން ފެންތައް ފައިބައެވެ.
“ކިހިނެތް ތަ މިވަނީ..” ރަހުމާ ނޫރާގެ ބޮލުގައި ފިރުމަމުން އެތައް ފަހަރަކު އެހި ނަމަވެސް ޖަވާބެއް ނުދިނެވެ. ނޫރާ މާ ގަދަޔަށް ރޯން ފެށުމުން އެހެން މީހުން ހާސް ވެގެން އުޅެން ފެށިއެވެ.
“ޒައި ކަމެއް ޒެލީ ކަމެއް ނޭނގެ..އެތަނުން އެއް ކުއްޖެއް ނިޔާވި..”ނޫރާ ނަގަމުން ހާރިޒް ބުނި ވާހަކަ އަހާފައި ހީވީ އެތަނުގައި ވަރުގަދަ ބޮމެއް ގޮވިހެންނެވެ. އެންމެން ދެލޯ ބޮޑުވެފައި ތިބެ ބަލަމުންދިޔައީ ތިއައީ ތެދެއް ހޭ އަހާފަދަ ގޮތަކަށެވެ. ހާރިޒް އެންމެންގެ މޫނަށް ބަލައިލާފައި އެވާހަކަ އެއީ ތެދެއް ކަން ޔަގީން ކޮށްދޭފަދަ ގޮތަކަށް ބޯ ޖަހައިލިއެވެ. އޭނާ އަވަސް ވެގަތީ ނޫރާ ގޮވައިގެން ހޮސްޕިޓަލްއަށް ދިޔުމަށެވެ. އެމީހުންގެ ފަހަތުން އެހެން މީހުންވެސް ހޮސްޕިޓަލަށް ދިޔުމަށް ޓަކައި ނުކުންނަމުން ދިޔައެވެ.
***
ޕޮލިހުންނަށް ރިޕޯޓު ކުރުމުން ދާދި އަވަހަށް ތަހުގީގް ފެށުނެވެ. އެ ޓީމުގައި އެންމެ އިސްކޮން އުޅެނީ ޒެހެކް އާއި ޔޫޝައުގެ އިތުރުން ލިއަމްއެވެ. ޔަޒަންގެ ކޮއްކޮކަން އެނގިގެން ލާރާ ވެސް އައިސް ހުއްޓެވެ. ތުއްތު ޒައިލީގެ ހާލަތު އާއިލާ އާއި ޕޮލިހުންގެ ޓީމް އެއްތަން ކުރުވާފައި ޑޮކްޓަރުންގެ ޓީމުން ކިޔައިދިން އިރު ނުރޯ އެކަކު ވެސް އެތާގައި ނެތެވެ.
“ތޫނު އެއްޗެއް ބޭނުން ކޮށްގެން ކުއްޖާގެ މެޔަށާއި ބަނޑަށް ވަރަށް ބޮޑަށް ޒަހަމް ކޮށްލާފަ މިވަނީ.. ހަ ތަނަކަށް ވަޅިން ޒަހަމް ކޮށްލާފަ ވަނީ..ނިޔާވެފައި މިވަނީ ކުއްޖާގެ މުޅި ހަށިގަނޑުން ލޭ ހުސްވުމުގެ ސަބަބުން..މިކޮޅަށް ގެނައިރުވެސް ފުރާނަ ވަނީ ގޮސްފައި ” ޑޮކްޓަރުންގެ ބަސްތަކުން ޔަޒަންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އަންނަމުން ދިޔަ އިރު ނަވާރް ކައިރީގައި އިންދެ ނުރޮއުމަށް ބުނަމުން ދިޔައިރު އޭނައަށް ވެސް ދިޔައީ ރޮވެމުންނެވެ.
“ކިހިނެތް އަހަރެން ކެތް ކުރާނީ.. ފުރަތަމަ އާނާ..ދެން ޒައީ.. ޒެލީ އަށް ވަރަށް ބަލަން ޖެހޭނެ ..އެކުއްޖާގެ އަތުގައި އެމީހަކު ވަކި އަޅުވާފައި ހުރީ..” ޔަޒަން ކުރަކި ވެފައި ވާ އަޑުން ބުނެލި އިރު އެދެލޮލުގައި އޭރުވެސް އެތައް ހާސް ކަރުނަ ތިއްކެއް ޖަމާވެފައިވެއެވެ.
“އިނގެއޭ..އަހަރެން ވެސް ވަރަށް ދެރަވޭ.. ބަލާ މަންމަ އާ ބައްޕަ ވީކު ވެފައި ވާ ވަރު… މިއަދު ޔަޒަން ހުރީ އެމީހުންނަށް ހިތްވަރު ލާދޭން ވެސް.. ހިތާމައިގެ ވަގުތު ކެތްތެރި ވާ މީހުންނަކީ އެންމެ ކާމިޔާބު މީހުން.. ޔޫ ނޯ ދެޓް ރައިޓް.. ޕްލީޒް ތިހެން ރޮންޏާ ވަރަށް ދެރަވޭ..” ޔަޒަން ދެލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތައް ފުހެލަ ދިން އިރު ނަވާރް އަށް ވެސް ރޮވެނީއެވެ. ޔަޒަންގެ ދެލޯ ރަތް ވެފައި ވީ އިރު ހުއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތަކުން ނަވާރްގެ ހިތް ހީ ވީ ތޮރުފިގެން ދާހެންނެވެ.
“އަދިވަރަށް އާދަޔާއި ހިލާފް ކަމެއް އަޅުގަނޑުމެންނަށް ފާހަގަ ވި.. ކުއްޖާގެ ބަނޑުގައި އެކުއްޖާގެ ނަން އެބައިން ކަނޑާ ނަގާ އަޅާފައި .. އެކަމަގެ ސަބަބުންހެން ބޮޑަށް ލަފާ ކުރެވުނީ ލޭ ހުސް ވާ ދިމާ ވީ”ޑޮކްޓަރުގެ ވާހަކަ އިން އެތާގައި ހީވީ ބޮމެއް ގޮވާލި ހެންނެވެ.
ސިހިފައި ޔަޒަން އާއި ނަވާރްއަށް ތެދުވެވުން އިރު ޒެހެކް އާއި ލިއަމް އަދި ޔޫޝައު އެކަކު އަނެއްކަކަށް ބަލައިލެވުނެވެ. އަމާޔާ އަށް ހިފައިލެވުނީ ލާރާގެ އަތުގައެވެ. އަކްރަމްގެ ކައިރީގައި އޭނާ މަސަލަސް ކުރަން އިން ފަވާދުއަށް ކީކޭހޭ އަހައިލެވުނެވެ.
“ކީކޭ އަދި އެއްފަހަރު ބުނެބަލަ … ” ޔަޒަންގެ ހިތާމަތަކުގެ މައްޗަށް ރުޅިވެރިކަން އަތްގަދަކުރަމުން ދިޔައިރު ތުރުތުރު އަޅަމުންދިޔައެވެ. ނަވާރް އަށް ހިފަހައްޓައިލަން އުނދަވެގެން ޔޫޝައު އައިސް ޔަޒަން ހިފެހެއްޓީ ޑޮކްޓަރުގެ ގައިގާ ޖަހަންވެސް އުޅޭފާނެތީއެވެ. އޭގައި އެމީހުންނަށް ކުރެވޭނެ ކަމެއް ނެތްނަމަވެސް ހަމަ ބުއްދި އެއް މިވަގުތު ޔަޒަންގެ ނެތުމުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން ޔޫޝައު އަށް އެނގެއެވެ.
ޑޮކްޓަރުގެ ވާހަކަތައް ތަކުރާރް ކޮށްލަމުން ޒައިލީ ބާއްވާފައި އޮތް ކޮޓަރިއަށް ޕޮލިހުން ވަނުމުގެ ހުއްދަ ދިނުމުން އެންމެންނަށް ވުރެން ކުރިން ޔަޒަން އެތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ނަވާރް އާއި ޔޫޝައު އަދި ޒެހެކް ވަން އިރު އެތާގައި ތިބި ނަރުހުން އެމީހުންނަށް ޖާގަ ދިނުމަށްފަހު އެތަނުން ނުކުތެވެ.
ތުރުތުރު އަޅާ ހާލުގައި ޔަޒަން ޒައިލީގެ މޫނައް ބަލައިލިއެވެ. އެ ލޯބި ކުއްޖާގެ މޫނުމަތިގައި އެއްވެސް ދިރުމެއް ނެތެވެ. މޫނު ހުދުވެފައި ވާއިރު ގައިގާ އޮޅާފައިވާ ބެންޑޭޖް މަތިން ވެސް ލޭގެ އަސަރު ފެންނަން ހުއްޓެވެ. ޒައިލީގެ މޫނަށް ބަލައިލި ހިނދު ހީވީ ޔަޒަންގެ ހިތްފަޅައިގެން ދިޔަހެންނެވެ. ޒެލީންއަށް ވުރެން އާނާ އާއި ބޮޑަށް ވައްތަރު ވާން އުޅެނީވެސް ޒައިލީއެވެ. ޒައިލީ އެހެން އޮތް އިރު ސިފަ ވަނީ ހަމަ އާނާއެވެ. ގައިމަތީގައި އޮތް ރަޖާގަނޑު ހިއްލާލުމަށް ފަހު ޔަޒަން ބަލައިލި އިރު ތެދެކެވެ. ޑޮކްޓަރު ބުނިފަދައިން ބަނޑުގެ ތިރީގައި ޒައިލީގެ ނަން ތޫނު އެއްޗަކުން ކަނޑާ ނަގާފައި ހުއްޓެވެ. ޔަޒަން އަށް ހަޅޭއްލަވައިގަނެވެ. ޔަޒަންއަށް ހުރި ދިމާލަށް ތިރި ވެވުން އިރު ނަވާރްއަށް ޒަޔަން ގެ ގައިގާ ބާރަށް ބައްދާލެވުނެވެ.
“ލާރާ އާއި އަމާޔާ އިހައް ނުކުމޭ ބޭރަށް.. ފެމެލީ އަށް ގޮވާފަ ބުނޭ އެތެރެއަށް ވަންނަން..” ހިތްހަމަ ނުޖެހުނު ނަމަވެސް ޒެހެކް ބުނިގޮތައް ލާރާ ކަންތައް ކުރިއެވެ.
ހޮސްޕިޓަލުން ހުއްދަ ލިބުމުން ޕޮލިހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ޕޮލިހުން ވެސް ނެނގުމުން އާއިލާއިން ބޭނުންވީ ޒައިލީގެ ޖަނާޒާ ވީޙާވެސް އަވަހަކަށް ބޭއްވުމަށެވެ. އަކުރަމް އާއި މިލީނާ ފެންނަ ކޮންމެ މީހެއްގެ ހިތްފަޅާގެން ދާވަރުވިއެވެ. ނޫރާ އެންމެފަހަރަކު ވެސްއެކުވެރިޔާގެ އަތުން ދުލެއް ނުކުރިއެވެ. ހާރިޒް އާއި ފަވާދު އަކުރަމްގެ ކައިރިން އެންމެ ފަހަރަކު ވެސް ދުރަށް ނުދެއެވެ. ރޮމުން ދިޔަ މިލީނާ އާއި އަކްރަމް އަށް އެންމެންގެ ނަސޭހަތުން ރުއިން ހުއްޓިފައި ވިއެވެ. ފުރޮޅުލީ ގޮނޑީގައި އިން ޝަހުރޫޒްގެ މޫނަމަތިން ވެސް ފެންނަނީ ހިތާމައެވެ. އޭނާގެ ކައިރީގައި ހުރި ޝާކިރް އިރުކޮޅަކާ އޭނާއަށް ހިތްވަރު ދޭފަދައަކުން ކޮނޑުގައި އަތްބާއްވާލައެވެ. ގޭގައި ގެންގުޅޭ މީހުންގެ ލޯތަކުން ވެސް ކަރުނު ނުހިކެއެވެ.
ޝަހުރޫޒް ފެނުމުން އަކުރަމްގެ ހިތް ޝައްކުން ފުރިއްޖެއެވެ. އިންތިހާއަށް ރުޅި އައި ނަމަވެސް މިލީނާ އިންހާލުން އޭނާ ދިޔައީ ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތް ކުރަމުންނެވެ.
ޒައިލީގެ ޖަނާޒާ ނިމުމުން އެންމެންނަށް ގެޔަށް އާދެވުނު އިރު އިރުއޮއްސިއްޖެއެވެ. ވިއާން އާއި ޔޫލީ، ނަމްރާ އާއި ރަހުމާ އާއި ހަވާލުކުރުމަށް ފަހު މުރުޝިދާއާއެކު ނޫރާ މިލީނާ ކައިރީގައި މަޑުކުރަން އައެވެ. މިލީނާ ހުއްޓުން އަޜާފައި އިންނަ ގޮތުން ސިފަވެގެން ދިޔައީ އާނާ މަރުވި ދުވަހުގެ ހަނދާންތަކެވެ. އެދުވަސްތައް އަލުން އިއާދަވާކަށް އެކަކުވެސް ބޭނުމެއް ނޫނެވެ.
ހާރިޒް އާއި ފަވާދްގެ ހިތްވަރުން ކޮންމެވެސް ވަރަކަށް އަކުރަމް ހަމަޔަކަށް އެޅުމުން، އޭނާ މިލީނާގެ ގާތައް ދިޔައެވެ. އޭރުނޫރާ އާއި މިލީނާގެ ދެއެކުވެރިންނާއި މުރުޝިދާ ތިއްބެވެ. އަކްރަމް ވަނުމުން އެމީހުން ނުކުމަތެވެ.
އަކުރަމް މިލީނާގެ ގާތުގައި ހުރި ގޮނޑިއެއްގައި އިށީންދެ މިލީނާގެ އަތްތިލައަށް ބާރުކޮށްލިއެވެ. ނިދިފައިވާއިރު ވެސް ދޭ ތެރެއަކުން ގިސްލެވެއެވެ. މޫނުމަތިން ވެސް ގިނައިރު ރުއިމުގެ ސަބަބުން ހުރީ ދުޅަވެފައެވެ. މިލީނާގެ އެހާލަތުން އަކްރަމްގެ ހިތުގައި އަޅަމުންދިޔަ ވެން ދެގުނަ ވިއެވެ.
“އަހަންނަށް މާފް ކުރާތި މިލީ… މިއަދަށް ފަހު އަހަންނަކީ ވަރަށް އަނިޔާ ވެރި މީހަކަށް ފަހަރުގައި ވެދާނެ.. މިލީގެ އެންމެ ލޯބިވާ އެކަކަށް، މިލީއަށްޓަކައި މާބޮޑަށް ދޫދެވުނީމަ މިއަދު މިޖެހުނީ އަހަރެން ވެސް މިލީވެސް ރޯން.. އަހަރެމެންގެ ކުޑަ ދަރިފުޅުގެ ފުރާނަ އޭނާ ދުއްވާލައިފި…ކިތަންމެ މައުސޫމްވާން އުޅުނު ނަމަވެސް އަހަންނަށް އޭނާގެ ފަތިފުށް އެނގޭ … މިހުރިހާ ދުވަހު މިލީއާއި ޒޭން އަށް ބަލާފަ އަހަރެން މަޑުން މިހުރީ… މިލީ … އަހަރެން ވާނީ މިލީއަށް ވަރަށް ބޮޑުކަމެއް ސިއްރުކޮށްފަ… އަހަންނަށް ހުރިހާ ކޮޅަކުން މަޖުބޫރު މިއަދު އެކަންތައް ސިއްރުކުރަން ” ރޮވެމުން ދިޔަ އަކުރަމް އެގޮތުގައި އިނދެ އެތައް ވާހަކައެއް ދެއްކިއެވެ. އޭނާގެ ހިތައް ކޮށްފައި ވަނީ ދުވަހަކު ވެސް ފޫ ނުބެއްދެވަރުގެ އަސަރެކެވެ. މާ ބޮޑަށް ގިސްލެވެން ފެށުމުން މިލީނާއަށް ހޭލެވިދާނެ ކަމުގެ ބިރަށް އޭނާ ކޮޓަރިން ނުކުމަތެވެ.
އަކުރަމް ނުކުން ކަން ޔަގީންވެ ދެލޯ ހުޅުވާލި މިލީނާގެ މޫނުމަތީގައި ވަނީ ތަފާތު އަސަރުތަކެކެވެ. އަކުރަމް ރޮއެރޮއެފައި ދެންމެ ދެއްކި ވާހަކަ ތައް ކިތަންމެ ރަނގަޅަކަށް ވެސް އޭނާއަށް އަޑު އިވިއްޖެއެވެ. އަކްރަމް އެތަނަށް ވައިންއިރު ވެސް މިލީނާ އޮތީ ލޯ މަރައިގެން ކަމަށް ވިޔަސް ހޭލައިގެންނެވެ. އަކްރަމްގެ ވާހަކަތަކުން އޭނާގެ ހިތާ ސިކުނޑީގައި ވަރުގަދަ ހައިޖާނެއް އުފެދިއްޖެއެވެ.
***
ޒައިލީ ނިޔާވިފަހުން ހަފްތާއެއް ވެގެން ދިޔައިރު މިލީނާ އާއި އަކްރަމް ފެންނަނީ ފުދޭވަރަކަށް ހަމަޖެހިފައި ވަތަނެވެ. ނަވާރް ތާއަބަދު އެމީހުންގެ ހިދުމަތުގައި ހުރިއިރު އަކްރަމްއާއި މިލީނާގެ ހިތްތަކުގައި ކުރިއަށް ވުރެން ބޮޑު ލޯތްބެއް ނަވާރްއާއި މެދުވަނީ އުފެދިފައެވެ. މިވީ ހަފްތާތެރޭގައި ޒެލީންވެސް ގެންގުޅުނީ ނަވާރްއެވެ. ޒައިލީގެ ކުއްލި ވަކިވުމާއި ގުޅިގެން ޒެލީންއަށް ވެސް ވަނީ ނުހަނު ބޮޑުއަސަރެއް ކޮށްފައިވެއެވެ. ނެގިމަޑުވެފައި ވީ އިރު ނަފްސާނީ ގޮތުން ވެސް ޒެލީން ފެންނަނީ ނުހަނު ބަލިކަށިކޮންނެވެ. އަކްރަމްއާއި މިލީނާގެ އެދުމުގެ މަތިން ޕޮލިހުންގެ ތަހްގީގަށް މައުލޫމާތު ނަގަން އެގެޔަށް ޕޮލިހުން އައި ދުވަހު ވެސް ޒެލީން އަކާއި އެއްވެސް ސުވާލެއް ނުކުރެއެވެ. އެކުއްޖާގެ ހާލަތު ހުރި ގޮތުން އެމީހުންނަށް ވެސް އެއީ ކަން ރަނގަޅު ގޮތަކީ ވިސްނުނެވެ. ނަވާރްގެ ބަޔާން ނެގުނު ހިނދު، ނަވާރްއަށް ފެނުނު ކަޅު ތަކެތިން ފޮރުވިގެން ހުރިމީޙާގެ ވާހަކަ ޔަޒަން ގާތު ބުންޏެވެ. ނަމަވެސް އެމީހާގެ އެއްވެސް އިތުރު ސިފައެއް ކިޔައިދޭން ނޭނގުމުން އެކަމަށް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ.
“ޔަޒަން…ހޭއި ހޭއި..” ޒެލީން ގަޔާލާ ބޮނޑިކޮށްލައިގެން ނިދިފައި އޮތްޔަޒަންއަށް ހޭލެވުނީ ނަވާރް ގޮވާ އަޑަށެވެ. ކުޑަގޮތަށް ޔަޒަން ތެދުވައިން އިރު ސޯފާގައި އޮވެވުނު ގޮތަކުން އޭނާގެ ކަރަށް ނާރެއް އަރާފައިހުރުމުން އަޑެއް ލައްވާލެވުނެވެ.
“ބައްޕަ އެބަހުރި ޒެލީއަށް ނިދިފަ އޮތް ވާހަކަ ބުނީމަ ބަލާ އައިސް… ކިހިނެތް ވީ ތަނަކަށް ތަދު ވަނީ ތަ..” ޔަޒަން އިން ގޮތުން ނަވާރްއަށް އަހައިލެވުނެވެ. ޔަޒަން ކަނދުރާގައި އަތް ޖައްސާލައިގެން އިނދެ ކަރަށް ނާރެއް އެރީއޭ ބުނެލިއެވެ.
“ވެއިޓް އެބަ އަންނަން ޒެލީ ރޫމަށް ލާފަ…” ނިދިފައި އޮތް ޒެލީން އަތްދަނޑި މައްޗަށް ލައިގެން ނަވާރް ނުކުން އިރު ދޮރުމަތީގައި ހުރި އަކްރަމް ޒެލީން އުރާލިއެވެ.
“މަންމަ ކައިފި ތަ.. ދެންމެ ދިޔައިރު ނަމާދު ކުރަން ހުރީ” ނަވާރް އަކުރަމް ގާތު އަހައިލިއެވެ.
“ކާން އިނީ މި އައި އިރު.. މިހާރު ނިމިދާނެ…ބައްޕަ ވެސް ކޮފީއެއް ބޮއެގެން މިއައީ” އަކްރަމް ހިނިތުންވެލަމުން ޖަވާބުދިނެވެ.
ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ފުރަތަމަ ނަޥާރް ތިރިއަށް ދިޔައީ މިލީނާ އުޅޭ ނޫޅޭ ގޮތެއް ބަލައިލުމަށެވެ. ނަވާރްއަށް ދެވުނު އިރު މިލީނާ ކައި ނިމިގެން އަތްދޮންނަށް ހުއްޓެވެ.
“ދަރިފުޅާ އެއްޗެއް ކައިފިން.. ނިކަން ބޯ ކޮން ވާރޭ ވެސް ވެހޭ އެބަ.. ޒޭން ވީ ބޭރުގަ ދޯ..” މީލީނާ އަށް ނަވާރް ފެނުމުން ހީލިއެވެ.
“ވާރޭ ވެހޭ އަޑު ދޯ އެއިވެނީ.. ދެންމެ ކައިފިން..ޔަޒަން ދެންމެ ހޭލީ ހަވީރް ޒެލީ އާއެއްކޮން ނިދިގޮތައް.. ނިދަން އޮވެވުން ގޮތަކުން ކަރަށް ނާރެއް އަރައިގެން އެބައިން މިހާރު ގުޑުވާ ނުލެވިފަ” މިލީނާގެ ސުވާލަށް ނަވާރް ޖަވާބު ދިނެވެ.
“އެހެންތަ މަންމަ ހީކުރީ ޒަޔާން އައި އިރު ފަހުން ބޭރަށް ދިޔައީ ކަމަށް… އޭނަ ނިދަން އޮންނާނީ ބަނޑުން އަދި..އެހެން ނުވާވަރެއް ނޫނޭނު..” މިލީނާ ހިނިއައިސް ހުރެ ދިޔައީ ޔަޒަން ކޮބައިތޯއެވެ.
ބަދިގެތެރެއިން ނުކުމެވެން އިން ކުޑަ ބެލްކޮނިކޮޅަށް ނަވާރް ނުކުމެ ބަލައިލި ހިނދު ގަދަވަޔާއި އެކު ބޯ ކޮން ވާރޭ ވެހެމުން ދިޔަ މަންޒަރު ފެނި ނަވާރްގެ މޫނުން ފެނިގެންދިޔައީ އުޖާލާކަމެވެ.
“ކޮފީ އިން ދިސް ކޯޒީ ވެދާ ވިލް ބީ ސޯ ފައިން.. ވިތް ހިމް” ނަވާރްގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެކެވެ. ޔަޒަންގެ މަތިން ހަނދާންވެ އެހިނިތުންވުން ފުޅާވެގެން ދިޔައެވެ.
ތަބަކަކަށް ދެ ކޮފީ އާއި އެކި ކަހަލަ ކޭންޑީޒް އާއި ހަރިބޯ އާއި ކުކީޒް އިތުރު މާޝްމެލޯ ޕެކެޓަކާއި ލައިޓަރެއް ލިއެވެ. އަނެއް އަތުން ހޫނު ފެން އަޅާފައިވާ ތައްޓެއް ހިފާލައިގެން ހުރިއިރު، ބޭސްފުޅި އަކާ ބޮނޑިތާން ކުރުމަށް ބޭނުންވާ ސާމާނު އަޅާފައިވާ ކޮތަޅެއް އަތުގައި އަޅުވާލައިފާ އޮތެވެ. ނަވާރްއަށް ސިޑިން އަރައިގެން ކޮޓަރިއާއި ހިސާބަށް ދާން ވާއިރަށް ހުރީ އަތްވާޅުވެފައެވެ. އޭރު ކޮޓަރިތެރެއިން މިލީނާގެ އަޑު ވެސް ބޭރަށް އިވެއެވެ. ދޮރު ހުޅުވާފައި ހުރުމުން ނަވާރް އެތެރެއަށް ވަދެ އޭނާގެ އަތުގައިހުރި ސާމާނުތައް ސައިޑް ޓޭބަލް މަތީގައި ބެހެއްޓިއެވެ. އޭނާ އެމީހުންނާއި ފުރަގަސް ދީގެން ހުރެ ގެނައި ސާމާނުތައް ހަމައަކަށް އަޅުވާލަން ހުއްޓާ މިލީނާ ، ޔަޒަންއާއި ދިމާލަށް އަޑުލަމުން ދިޔައަޑު އަޙާފައި ނަވާރްގެ ގާތައް ހިނިއަންނަ ގޮތްވިއެވެ. އޭނާ ކުރަން ހުރި މަސައްކަތް ނިމުމުން ބަލައިލި ހިނދު ހުސްގަޔާ ހަމައެކަނި ސޯޓު ލައިގެން އިން ޔަޒަން ފެނި ނަވާރްގެ ހިތްތެޅިލިއެވެ. އަވަސް އަވަހަށް އިސްޖަހައިލަމުން ބޮނޑިތާން ކުރުމަށް ގެނައި ސާމާނު ހިފައިގެން ނުކެރި ހުރެފައި ޔަޒަންގެ ގާތައް އައެވެ. ކައިވެންޏަށް ހަފްތާއެއް ވެގެން ދިޔައިރުވެސް ޔަޒަން އެގޮތައް ހުއްޓާ ނަވާރައަށް އެފެނުނީ އަލަށެވެ.
“ދަރިފުޅު ކައިރީގައި ބުނާއަޑެއް ނާހާނެ… ބަނޑުން ނުނިދަން ބުނާ އިރު ވެސް ހަމައެހެން އޮންނާނީ.. ހީވަނި މަންމަ އެހެން ކިޔާތީ ހަމަ ގަސްތުގަ ކުރާ ކަމެއްހެން..” މިލީނާ ޔަޒަންގެ ކަނދުރާ މަސާޖުކުރަން ހުރެފައި ނަވާރް އައުމުން ހީލާފައި ތަންދެއްކިއެވެ.
“ދެން ގަސްތަކު ނޫނޭ.. ސްޓްރެއިޓް ކޮން ނިދިޔަސް ހޭލެވޭ އިރު އޮންނަނީ ބަނޑުން.. ނަވާ ގެ ކަމެއް ދޯ އަހަރެން ބަނޑުން ޖަހުވާފަ ދަނީ..”އޭނާ ހުސްގަޔާ އިނުމުން ނަވާރް އަށް ވަމުން ދިޔަގޮތުން ޔަޒަން އިނީ މަޖާވެފައެވެ. ލަދުގަތުމުން އެމޫނަށް ވެރިވެގެންދަނީ ވެސް އެހާ ފުރިހަމަ ކުލަތަކެކެވެ. ނަވާރްގެ އެ ސިފައިން ޔަޒަންގެ ހިތް ބަންޑުން ދާވަރުވެއެވެ.
ޔަޒަންގެ ޖަވާބުއަހާފައި ނަވާރް ލޯ ބޮޑުކޮށްލި އިރު މިލީނާ ޔަޒަންގެ ކަނދުރަޔަށް ބާރަށް ފިތާލައިފިއެވެ. ވަގުތުން ޔަޒަންއަށް އަޑެއް ލައްވާލެވުނީ ތަދުވިވަރުންނެވެ.
“ހޫން ޒެން ކުޑައިރުވެސް ނަވާ ދޯ ބަންޑުން ޖަހަން އަންނަނީ ކޮންމެ ފަހަރަކު.. އަނގަތަޅަ އޭ އެބަ އަދި.. ނަވާ މީނަގެ އަނގަޔަކުން ނާރާނެ ފަރަކު ދަށުން އެރިޔަސް.. މަންމަ ދަނީއެނގޭ..” މިލީނާގެ ވާހަކަ އިވި ނަވާރްއަށް ހެވުނެވެ. އުފާވެސް ވިއެވެ. ހަފްތާއެއް ފަހުން މިލީނާގެ މޫނުމަތިން އުޖާލާކަމެއް ވެސް މިރޭ ފެނިއްޖެއެވެ.
މިލިނާދިޔުމުން ނަވާރް ޔަޒަންގެ ކަނދުރާ މަސާޖު ކޮށްލަ ދޭން ފެށިއެވެ. އެހިމަ އިނގިލިތަކުން ޔަޒަންގެ ހަށިގަނޑުގައި ބީހެމުން ދިޔަ ކޮންމެ ފަހަރަކު ޔަޒަން އަށް ހީވީ އޭނާގެ ހިތް އޭގެ މަގާމުން ނެއްޓިގެން އަންނަން އުޅޭހެންނެވެ. މުޅި ހަށިގަނޑުގައި ވާ ހުރިހާ ހިއްސަކަށް އޭގެ އަސަރު ކުރަމުން ދިޔައެވެ. ކުރިމަތީގައިން ޑްރެސިންގް ޓޭބަލްގެ ލޯގަނޑުން ނަވާރްގެ ލޯބި މޫނުކޮޅު ފެނުމުން އޭނާއަށް ކަޅި ޖަހައި ނުލާ ބަލަހައްޓައިގެން އިނދެވުނީ އެ ދީވާނާ ކަންމަތީގައެވެ. ނަވާޜްގެ މަޑު ފިޔާތޮށި ކުލަ އަރާފައިވާ ތުންފަތް ފެނި ޔަޒަންގެ ނަޒަރް އެހެން ދިމާލަކަށް ނުހުއްޓެއެވެ. އެންމެ ފަހުން ޔަޒަން އިންތަނުން ތެދުވީ އަޅަން ނުވާ ފިޔަވަޅެއް އެޅިދާނެކަމުގެ ބިރަށެބެ.
ޔަޒަން އިންތަނުން ތެދުވުމުން ނަވާރް ވާނުވާ ނޭނގި ބަލަން ހުރުމުން ޔަޒަން އައިސް ނަވާރް ސައިޑްޓޭބަލް މަތީގައި ބެހެއްޓި ތަބައް ހިފައިގެން އޭނާގެ ފަހަތުން އައުމަށް އެދި ބެލްކޮނިއަށް އަށްނުކުތެވެ. އޭރުވެސް ބޯކޮން ވާރޭ ވެހެމުންދިޔައެވެ. މާހައުލަށް ވެރިވެފައިވަނީ ތެތް ފިނިކަމެވެ. ބެލްކޮނީގައި ހިޔާކޮށްފައިވާ ހިސާބުގައި ހުރި ދެމީހަކަށް އިނދެވޭވަރުގެ ސޯފާގެ ކުރިމައްޗަށް ވާހެން އިން ކޮފީ ޓެބަލް މަތީގައި ނަވާރް ގެނަ ސާމާނުތައް ބެހެއްޓިއެވެ.
ނަވާރް ހުރީ ސޯފާގައި އިއްތާލަން ނުކެރިފައެވެ. އޭގާއި ޔަޒަން އިންގޮތުން ނަވާރް އިއްތަން އިނީ ވަރަށް ކުޑަ ތަންކޮޅެކެވެ. ޔަޒަން ބަލަމުން ދިޔަ ގޮތުން ނަވާރްގެ މޫނަށް ރަތުގެ ކުލަތައް ފާއްދައިލަން މާގިނައިރެއް ނުވިއެވެ.
“އިށީންދެބަލަ… އައި ވޮނަ ޓޯކް ..ލަދުގަންނަނީތަ ޝާޓްލެސްކޮން ހުރީމަ..” ނަވާރްގެ އަތުގައި ހިފައިލަމުން ޔަޒަންގެ ގާތުގައި ސޯފައިގާ ބޭންދިއެވެ. ނަވާރް މާ ބޮޑަށް ލަދުގަނެފައި ހުރުމުން ޔަޒަން ތަންކޮޅެއް ބިއްދޮށައް ޖެހިލީ ދެމެދުގައި ހުސްތަންކޮޅެއް އޮންނަވަރަށެވެ. އެހެން ނަމަވެސް ދެމީހުންގެ ދެމެދުގައި ވީ ނުހަނު ކުޑަ ފަރަގެކެވެ.
“ކީއްވެތަ އިސްޖަހައިގެން ތި އިނީ .. ޔޫ އާ ބްލަޝިން ނަވާ..” ޔަޒަން ހީލިއަޑުއިވުމުން ނަވާރް އަށް ލޯ މަރައިލެވުނެވެ. އޭނާގެ މޫނު ރަތްވާކަމުގެ އިޙްސާސް އޭނާއަށް ވެސް ކުރުވިއެވެ. އެކަމާއި އަމިއްލަ ނަފްސަށް އިވޭވަރަށް ނަވާރް އަޑުލިއެވެ. ދެވަނަ ސިކުންތުގައި ކުރިމަތީގައި ކޮފީ ތަށި ހުރި ގޮތައް ނަގާ ބޯ ލައިފިއެވެ. ފުދޭވަރަކަށް ހޫނުކޮން ހުރުމުން ނަވާރްގެ ކަރުން ދިލަ ވެސް ނަގައިގަތެވެ. ވަގުތުން އަޑެއް ލައްވާލެވުމުން ޔަޒަން އޯކޭ ހެއްޔޭ ވެސް އަހައިލައިފިއެވެ.
“ޔާ އަމް ފައިން.. ބަޓް އާނާގެ މަތިން މިސްވަނީ..” ނަވާރް ބުނީ މުޅިއަކުން ދޮގެއް ނޫނެވެ. ވާރޭ ވެހޭ ނަމަ ދެމީހުން އެކު އުޅުނު ގޮތް ހަނދާން ވަނީ އިންތިހާއަށެވެ. މިރޭވެސް އާނާގެ ހަނދާންތައް ހިތައް ތަދުކުރަމުން ދިޔައެވެ.
“ސޭމް…” ހިތި ހިނިތުންވުމަކާއެކު ޔަޒަން ބުނެލި އިރު އޭނާގެ ދެލޮލުގައި ފެންތިކިތަކެއް ބަބުޅަން ފެށިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހިންދިރުވަލިއެވެ.
“ޑިޑް ޔޫ ނޯ ދެޓް.. މިހުރާންބެ އާއި އާނާ އުޅުނީ ރިލޭޝަންސިޕް އެއްގަ… ” ނަވާރް މާޝްމެލޯ އެއް އަނގަޔަށް ލަމުން ބުނެލިއިރު ޔަޒަން ސިހިފައި ކީކޭހޭ އަހައިލައިފިއެވެ.
“ކުޑަބެ ނުބުނޭ ދޯ… އޭނާއަށް ވެސް ބުނަން ނުކެރުނީ ކަންނޭގެ.. މިހުރާންބެ އެދުވަސްކޮޅު ސަކަރާތް ވެފަ ހުރީ ވަރަށް ބޮޑަށް ..އަހަރެންވެސް ސަކަރާތް ވެފަ ހުރި ވަރުން މީހަކާ އަޅައެއް ނުލެވުން.. ތެދަށް ބުނަންޠަ އަހަރެން ވަރަށް ކްލޯޒް ވާނެ އެހެން ބޭބެ މެންނަށް ވުރެން މިހުރާންބެ އާއި ރިހާމް ބެ އާ.. ބައެއްފަހަރު ކުޑަބެ އާއި ދޮންބެ ކައިރި ބުނަން ނުކެރޭ ވާހަކަ ތައް ވެސް އެދެމީހުން ކައިރިގަ ބުނަން..ހާއްސަ ކޮން މިހުރާންބެ.. އާނާ އާއި މިހުރާންބެ ކަންތައް ދޮންބެއަށް އެނގިގެން ދޮންބެ ބުނީ ކުޑަބެ ކައިރީގަ.. ކުޑަބެ އެގޮތް މިގޮތައް ވާހަކަ ދައްކައިގެން މިހުރާންބެ ބޭރު ފުށުން އެހެން ސްމައިލް ވެފަ ހުއްޓަސް އައިނޯ އިޓްސް ރިއަލީ ހާޑް ފޯރް ހިމް.. ” ނަވާރްގެ މޫނުމަތިންފެނިގެންދިޔަ ސީރިއަސް ކަމުން ޔަޒަން އިތުރަށް އެނގެން ބޭނުންވެގެން ސުވާލް ކުރިއެވެ.
“މިހުރާންބެ އާނާ ފެނުން ފުރަތަމަ ދުވަހުން ފެށިގެން ފެލް ވި ހަމަ.. ޔަޒަންއަށް ވެސް އެނގޭނެ ކަންނޭގެ ކުރިން އޭނާ އުޅުން ގޮތް.. އެއްވެސް ކަމަކާ ހިޔާލެއް ފިކުރެއް ނުހުންނާނެ.. ކުޑާ ހުންނާނީ ދެވަރުން އެއްވަރުވެފަ އޭނާއާއި ދިމާލަށް އަޑުގަދަ ކޮށްކޮށް.. އޯލެވެލް ނިންމާފަ ކިޔަވަން ހިތަކަށް ވެސް ނާރާ އެހެން ހުރީ.. ބަޓް ވެން ހީ މެޓް ހާ.. އެވްރީ ތިންގް ހޭޒް ޗޭންޖްޑް.. އޭނާގެ ދިގުކޮށްފަ އޮތް އިސްތަށިގަނޑު ފަސްއަހަރު ވަންދެން މައި ދޮންތަ އާ ކުޑާ އަދި ކުޑާބެ ހުއްޓުމެއް ނެތި ކޮށާށޭ ކިޔާ އާދޭސްކުރި..ނުކުރި..އެކަމަކު އާނާ ބުނީ އެންމެ ދުވަހަކު އެކަން ވެސް ކޮށްފި..އޭލެވެލް ހަދާފަ ކިޔަވައިގެން ޖޮބް އަށް ވަންނަން ބުނި އެންމެ ފަހަރަކު.. ބަލަ މިހާރު ބްރޯއެއް.. ކުޑާއަށް އެތައް އަހަރަކުން އޭނާ ލައްވާ ނުކުރެވުނު ހުރިހާ ކަމެއް އާނާ ކުރީ ދެތިން ދުވަހުން…އޭނަ އެގޮތައް ކެއާލެސް ވެގެން އުޅުނަސް އަންހެން ކުދިންނާ ކަނެކްޝަންއެއް ނުހުންނާނެ.. އޭނާ ފުރަތަމަ ވާހަކަ ދެއްކީ ވެސް އާނާ އާ.. އެންޑް ޔޫ ނޯ ވަޓް މިހުރާންބެ އާނާ ކައިރީގަ އާދޭސް ކުރާތާ އެތައް ދުވަހެއް ވީ ފަހުން އާނާ ޔެސް ބުނީ…އޭގެ އަނެއް ދުވަހު މިހުރާންބެއަށް ފެނުނީ ހިތާ ފުރާނައިން ލޯބި ކުއްޖާގެ ފުރާނަނެތް މަސްގަނޑު..އާނާ ވެސް ލޯބިވި…މިހުރާންބެ ވެސްލޯބިވި…އޭގެ ފަހުން ބްރޯ އެއްވެސް އަންހެން ކުއްޖަކާ ގުޅުމެއް ނުބާއްވާ…ހައު ޓަޗިންގް..” މިހުރާން އާއި އާނާގެ ލޯބީގެ ފަލްސަފާ ނަވާރް ޔަޒަން އަށް ކިޔައިދީ ނިމުއިރު ނަވާރްއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ.
ކުރިން ނޭނގޭ ކަމެއް އެނގިގެން ދިޔައިރު ހިތައް ކުރިއަސަރަކުން ޔަޒަންގެ ދެލޯ ވެސް ފެންކަޅިވިއެވެ. މިހުރާންއާއި މެދު ހިތުގައި ހަމްދަރުދީ އުފެދުނީ ނުހަނު ބޮޑަށެވެ. އާނާގެ ލޯބިވެރިޔާ ކަން އެނގުނު ހިނދު ޔަޒަންގެ ހިތުގައި މިހުރާންއާއި މެދު ހާއްސަ ކުލުނެތް އުފެދުނެވެ. ނަވާރް ރޯތަން ފެނި ނަވާރް ގެނެސް ގަޔާލާ ބޮނޑިކޮށްލައިގެން ޔަޒަން އިނެވެ. އިރުކޮޅެއްފަހުން ނަވާރް ހަމަޔަކަށް އެޅުމުން ދެމީހުންވެ ލަސްނުކޮށް އެތެރެއަށް ވަނީ ގުގުރާ ވިދަން ފެށުމުންނެވެ.
***
“މަންމާ ދޮންބެ ކޮބާ ތަ…ނަޒުމް ގުޅާފަ ބުނީ ބައްޕަ އޭނާ ބަލައެއް ނުދެޔޯ..އޭނާ ރުޅިއައިސްފަ ހުރީ..ބައްޕައަކަށް ނުގުޅާނަމޭ ބުނީ… ދޮންބެ ފޮނުވާލަގަ..” މީޝަމް ސިޓިންގްރޫމަށް ނުކުން އިރު ނަމްރާ އުޅެނީ ހެދުމެއް ފެހުމުގައެވެ.
“ޔަގީނޭ މިހާރު އިންނާނެ އެކުއްޖާ ބަލާދާން ޖެހޭކަން ހަނދާން ނައްތާލާފަ ޖަގަހައިގަ.. އެކުއްޖާ އަށް އަށާރަ އަހަރުވެގެން ސައިކަލެއް ގަނެދީފަ މީނަ މިއުޅެނީ އޭގަ.. ހިނގާފަ އޭ މިއަދުވެސް ނަޒުމް ކޮލެޖަށް އެދިޔައީ..” ނަމްރާ ފޯނު ނަގައި މާޖިދުއަށް ގުޅިތަން ފެނި މީޝަމްގާތައް ހިނިއައެވެ.
“ހޫމް މަށައް އެނގެޔޭ ޖަގަހައިގަ ކަން..ހަމަހިމާރު ނަޒުމް ބަލާ ދޭ.. އޭނާއަތައް ސައިކަލް ދީފަ މާޖިދު އާދޭ ހިނގާފަ.. އޭރުން މާޖިދުއަށް ވެސް އެނގޭނެ ހިނގާފަ އެހާ ދުރުން މިހިސާބަށް އައީމަ ޖެހޭ ތަކްލީފް.. ހިނގާފަ ނައިސްފިއްޔާ މިރޭ ޖެހޭނީ ސޯފާގަ ނިދަން..” މާޖިދުއަށް އެއްޗެއް ނުބުނެވެނީސް ނަމްރާ ފޯނު ކަނޑާލައިފިއެވެ. މީޝަމްއަށް ހެވިގެން އަނގަމަތިގައި އަތްއަޅާލައިގެން ހުރެ ދިޔައީ މިހްރާން ހޯދާށެވެ.
“މީޝަމް އެތެރެއަށް ވަން އިރު އެކޮޓަރީގެ ބެލްކޮނިން ބަޔަކު ވާހަކަ ދައްކާ އަޑު އިވެއެވެ. ސިއްރުން ފިޔަވަޅެއްގެ އަޑު ވެސް ނީއްވާ ގޮސް ބަލައިލިއިރު މިހުރާން އާއެކު ހުރި ޒަޔާން ފެނި އަވަހަށް ދާން އުޅެނިކޮން މިހުރާންއަށް އޭނާ ފެނިގެން ގޮވާލައިފިއެވެ. ދެލޯ މަރާ ތަގުޅިކޮށްލައިގެން ހުރެ ފުން ނޭވާއެއް ދޫކޮށްލަމުން ފަހަތައް އެނބުރިލާފައި މިހުރާން އަށް ހީލިއެވެ. ޒަޔާން ބަލަހައްޓާއިގެން ހުރިކަން އެނގުނު ނަމަވެސް މީޝަމް އޮޅިގެން ވެސް ޒަޔާންއާއި ދިމާ ބަލައިނުލައެވެ.
” މީއްކޮ ކިހިނެތް ވީ…ނަޒުމް ގުޅައިގެން ދޯ … ” މިހުރާން ޒަޔާން އާއި ދިމާ ބަލައިލަމުން ނުގޮތަކަށް ހީލިއެވެ.
“އާން.. އޭނާ ގުޅިތޯ.. މިހާރު މަންމަ ރުޅި އައީމަ ބައްޕަ އެދިޔައީ..” މީޝަމްގެ ޖަވާބުން މިހުރާން ހޭންފެށިއެވެ. އެވަގުތު މިހުރާން އަށް ފޯނެއް އައެވެ.
” ބައްޕަ އެ ގުޅީ… ލައިސެންސް ނެތި ދުއްވީމަ ހިފަހައްޓައިގެން އެއުޅެނީ.. ސައިކް ވެސް ޓޯ ކޮށްގެން އެބަހުރި ކަމެއް.. މަންމަ ކައިރީގަ ނުބުނާތި އިހަށް އިނގޭ..އަންނާނަން ދޮންބެ.. ޒަޔާން މަ ގުޅާނަން އައިސް” މިހުރާން ސައިކަލް ތަޅުދަނޑި ހިފައިގެން ނުކުގެން ދިޔުމުން މީޝަމް ވެސް ދިމާ ކޮށްލީ އެތަނުން ނުކުމަންނާށެވެ. ނަމަވެސް ދޮރާއި ހަމައަށް ނުދެވެނީސް ޒަޔާން ހުށިޔާރް ކަމާއެކު މީޝަމްގެ އަތުގައި ހިފައިލިއެވެ.
މީޝަމް ރުޅި ގަދަވިވަރުން އަތް ފޮޅުވާލަން އުޅުމުން ޒަޔާން މީޝަމްގެ ގައިގާ ފަހަތުން ބައްދާލިއެވެ. ޒަޔާންގެ އެއަމަލުން ހިނދުކޮޅަކަށް މީޝަމްއަށް ހުއްޓުން އެރިއެވެ. މީޝަމްގެ ހިތް އިންތިހާއަށް ތެޅެމުން ދިޔަނަމަވެސް މޫނުމައްޗަށް ރުޅިވެރިކަން ވެރިކުރުވިއެވެ. ޒަޔާން އާއި ދުރަށް ދާން އުޅުމުން އޭނާގެ ބާރު އިޙްސާސް ކުރެވުމުން ރޮވޭ ގޮތް ވިއެވެ.
“ދޫކުރޭ..ހަމަ މިހާރް ދޫކުރޭ..ޒަޔާންއަކަށް އެއްވެސް ހައްގެއް ނޯންނާނެ މަށަށް އުނދަގު ކުރާކަށް..” ދެލޮލުން ފެންތައް ފައިބަމުން ދިޔަނަމަވެސް މީޝަމް ކެތްކުރަމުން ދިޔައީ އަނގައިން އަޑުބޭރުނުވޭތޯއެވެ. އަބަދު ޒަޔާންގެ ކުރިމަތީގައި ނިކަމެތި ވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޒަޔާންއަށް ފެންނަން ވާއިރަށް އޭނާ ބެލީ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލެވޭތޯއެވެ.
“ކެން ޔޫ ގިވް މީ ޖަސްޓް ވަން މިނެޓް…ޕްލީޒް …އަމް ބެގިން ޔޫ.. ޑޯންޓް ޑޫ ދިސް…މިސްއަންޑަސްޓޭންޑިން އެއްގެ ތެރޭ ނުހުރެ އެޓްލީސްޓް މި ދައްކާ ވާހަކަ އަޑު އަހާލަބަލަ..ޕްލީޒް އަމް ސޯ އިން ލަވް ވިތް ޔޫ” ޒަޔާންގެ އަޑުގައި ހުރީ ހިތާމަވެރި އަސަރަކުން މީޝަމްގެ ހިތް ހީވީ ރޯލިހެންނެވެ. ހިތައް އަސަރް ކުރި ނަމަވެސް މީޝަމް ގޮތުގައި ހިފެހެއްޓިއެވެ. ފަހުން ވެދާނެ ގޮތަކާއި ދޭތެރޭގައި މީޝަމް ވިސްނާކަށް ވެސް އެވަގުތު ބޭނުމެއް ނުވިއެވެ.
“ޗާންސް އެކޭ ބުނަން ޒަޔާން ލަދެއް ނުގަނޭ ތަ… މަށައް އަމުރުތަކެއް ކޮށްފަ ބުނީ ލޯބިވެއޭ…އާފްޓާރ ދެޓް އަހަރެން ފަސްޓް ކިސް ފޭރިގަތީ..އެވަރު ނުވެގެން ދެން ޝިއުރާ ތިންގް..އެއީ އޭނަ ކަން ފޯނު ނެގިއިރު ނޭނގެންޏާ ކީއްވެގެންތަ އެންމެ ފުރަތަމަ ވެސް ހަމަ އަޑު އިވުނު ހިނދު އަވަސްއަވަހަށް ފޯނު ކަނޑާލީ… މަށައް ފޮރުވާކަށްނު.. އަހަރެންގެ އިނޮސެންޓް ކަމުގެ ފައިދާ ނަގާކަށްނު ޒަޔާން އުޅުނީ.. ޝިއުރާ މަށައް އަނިޔާ ކުރި ދުވަހު ވެސް ޒަޔާން ނެގީ އޭނަ ސައިޑް.. އެންމެ ކުޑަ މިނުން ފަހުން އަހަރެން ދެކިލަން ވެސް އައިންތަ.. އެފަހުން ވެސް އޭނަ މަށާއި ދިމާ ކޮށްލައިގެން ދެދުވަހު އުޅުނު ޒަޔާން ވެސް ހުއްޓަ…އެކަމަކު ޒަޔާން އަށް ބުނެވުންތަ އެއްވެސް އެއްޗެކޭ.. ކޮންމެ ފަހަރަކު ޝިއުރާގެ ކައިރިން އަހަރެން ސަލާމަތް ކޮށްދިނީ ސަދަފް.. އަދި ބުނަންތަ ވާހަކަ އެއް .. މަށާ ސަދަފް.. ވީ އާ ބެސްޓީސް.. ހީ އިޒް މޯ ލައިކް އަ ބްރަދާ ޓް މީ …އެކަމާ ހަޖަމް ނުވަންޔާ ދޭ ޝިއުރާ ގާތައް.. ކަމޯން ޒަޔާން ލޯބި ވަނީ މަ ދެކެ އެއްނޫނޭ.. ޝިއުރާ ދެކެ…” މީޝަމް ކިޔާނެ އެއްޗެއް ކިޔާފައި ދާން އުޅުމުން މިފަހަރު ވެސް ޒަޔާން ދޫ ނުކުރިއެވެ.
“މީޝަމް..ސްޓޮޕް މޮކިންގް މީ..އާހްހް”ޒަޔާން ވާހަކަ ދައްކަ ދައްކާ ހުއްޓާ މީޝަމް ރުޅިގަދަވެގެން ޒަޔާންގެ އަތުގައި ގައި ހުރި ބާރަކަށް ދަތްއަޅާލިއެވެ. ޒަޔާން އަށް ވީ ތަދުން މީޗަމްގެ ގައިން އަތްދޫ ކޮށްލެވުނެވެ. އެފުރުސަތުގެ ބޭނުން ހިފައި މީޝަމް ދުވެލައިފާ ނުކުންނަން ގޮސް ބަލައިލި އިރު ޒަޔާންގެ އަތުން ބޮޑު ތަންގަނޑެއް ކަފައިން ގޮސްލޭތައް އާދެއެވެ. އެތަން ފެނި ހިތް ރޯލި ނަމަވެސް އަޅާއިވެސް ނުލާ ނުކުމެގެން ދިޔައެވެ.
***
(ނުނިމޭ)