ތެމި ވާރޭގާ ވީމޭ 18 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 18

“ބޮޑޭ ބުނިހެން ކަންތައް ކުރޭ.. ފިނިޝް ހިމް..” އެކޮޅުން ވާހަކަ ދެއްކި މީހާ ޖަހައިލީ މަކަރުވެރި ހިނިގަނޑެކެވެ. ފޯނު ބޭއްވި އިރު ނައުފަލްގެ މޫނުމަތީގައި ވަނީ ނުރައްކާތެރިކަމެވެ.

***

ޒަޔާން އެނދުގައި ބަންޑުން ނިދާފަ އޮތް އިރު ހޭލެވުނީ މީހަކު އައިސް ދޮރުގަ ތަޅާ އަޑަށެވެ. ކަންނެތްކޮން ހިނގާލައިފާ ދިޔައިރު ހުރީ ނޫޜާ އެވެ.

“ސާބަސް ދަރިފުޅާ.. ނޭނގޭ ދޮރުގަ ތެޅުނު އަދަދެއް .. އިނގިލިތަކުން ހަންވެސް ގޮސްފި ތޯއްޗެ.. އެއޮތް ބާރަ ޖެހީ މިއަދު ނުތެދުވަންތަ ތިއޮތީ” ނޫރާ މޫނުމަތީގައި ހުރި ހިތްހަމަ ނުޖެހުން ފެނި ޒަޔާން ސޮރީ އޭ ބުނެލިއެވެ.

ޒަޔާންގެ ދެލޯ ރަތްކަމުން ނޫރާއަށް ސުވާލް ކޮށްނުލާ ނުހުރެވުނެވެ.

“ރޭގަ ނުއެއް ނިދުނު.. ފަތިން ނަމާދު ކޮށްގެން ޖައްސާލީ.. އެހެންވެ ކަންނޭގެ އެހުރީ.. ބަންޑުން އޮވެވުނީ ނިދަން ވެސް..” ޒަޔާން ހިތި ގޮތަކަށް ހީލިއެވެ.

ޒަޔާންގެ ޖަވާބުން ނޫރާގެ ތޫނިފިލި ސިކުނޑި ކަމެއް ދެނެގަތެވެ. އަންހެން ކުއްޖެއް ގެ ކަމެއް ހެން ހީވެގެން ނޫރާއަށް އިތުރަށް އަހަން ބޭނުން ވިއެވެ. މީޝަމް ފެންނައިރު ޒަޔާން އުޅޭ ގޮތުން ވެސް  އޭނާ އަށް ޝައްކު ވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ކޮޓަރި ދޮރު ބޮޑަށް ހުޅުވާލައިފާ ނޫރާ ގޮސް އިށީނީ ޒަޔާންގެ އެނދުގައެވެ.

“މާދާން ނޫން އަނެއް ދުވަސް އެއީ މައި ދޮންތަ މެރީ ކުރަން އޮންނަ ދުވަސްކަން ހަނދާން އެބަހުރި ދޯ.. ” ނޫރާ ބުނެލިއެވެ. ޒަޔާން ވެސް ބޯ ޖަހައިލަމުން ސޯފާއަށް ވެއްޓިގަތެވެ.

“މީޝް އަށް އަނިޔާ ވެގެން އިއްޔެ ހޮސްޕިޓަލް އަށް ގެންދިޔަ.. ދަރިފުޅު ނުދަން ތަ ގޮވާލާކަށް .. މިއަދު ހެނދުނު އެ ދޫކޮށްލީ” ނޫރާ ނުހަނު ޖާސޫސް ކުރާފަދައަކުން ޒަޔާންގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ސޯފާއަށް ވެއްޓިގެން އޮތް ޒަޔާން އޮތްގޮތައް އޮވެ އާއެކޭ ބުނެލިއެވެ.

“ދެމީހުން އެއްތާކު ނޫން ތަ އުޅޭނީ..” ނޫރާ ގާތައް ހިނިއައި ނަމަވެސް އެކަން ފޮރުވާލިއެވެ.

“ޔާ ބިޒީވެގެން ނުދެވުނީ..ދެން ފެންނާނެ އެންނު މިހެން އުޅޭއިރު..މިބުނީ އަނެއްހެން ނުދިޔަސް އޯކޭ ވާނު..މިހުރާން ބުނި މިހާރު އޯކޭ އޭ ” ނުހަނު ހަމަޖެހިލައިފާ ޒަޔާން ދިން ޖަވާބުން ނޫރާއަތައް ބާލީހެއް ހެޔޮވަރުކޮށްލައިފާ ޒަޔާންގެ ބޮލުގައި ޖަހައިލިއެވެ.

” ސާބަސް ..ކޮންކަހަލަ ދަރިއެއް މީ.. މަންމައާ އެއްކޮން ދާން ވާނެ އަދި..މަންމަ ވާހަކައެއް ދައްކާލަން މިއައީ.. ދަރިފުޅު މީހަކާ އިންނަނީ ކޮން އިރަކުން.. މަންމަ ނުބުނަން މިހުންނަނީ .. މަންމަ އަށް ފަސޭހަ ކޮށްދޭން ކުއްޖަކު ގެންނަން ވެއްޖެއެންނު.. އަށާވީސް އަހަރު ވާން ދެތިން މަސް މިއޮތީ… ރިހާމް އާއި މިހުރާން އާއި ދަރިފުޅު ކީއްވެތަ މީހަކާއި އިންނަން ނޫޅެ ތި ތިބެނީ.. ރިހާމް ވާ ހީވެ ކުއްޖަކާ ރައްޓެހި ވެގެންނޭ އުޅެނީ.. ދަރިފުޅު ނެތް އެކަހަލަ ވިސްނުމެއް.. ތިވަރު ކުދިން މިހަރު ލޯބި ލޯބި ދަރިންވެސްތިބޭ .. ބަލާ ނަވާ އާއި ކޫ.. ހީނުކުރަން ކޫ އެހާ މަޑުން ހުރެފައި އިންނަން އަދި އުޅޭފާނެއޭ.. ދަރިފުޅު ކޮއްކޮ އޭ އެއުޅެނީ ދެން އިންނަން .. ނަޥާ އަށް ވުރެން ކުރިން އަސްލު ދަރިފުޅެއްނު އިންނަން ވާނީ” ނޫރާ ނުހަނު ހަމަޖެހިލައިފާ އެވާހަކަ ފެށިއެވެ.

ނޫރާގެ ވާހަކައިން އޮށުވެ އޮތް ޒަޔާންއަށް ތެދުވެވުނެވެ. ނޫރާ އަދި އަލަށް އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ހައިރާން ވިއެވެ. ނޫރާގެ އެ ސުވާލަށް ދޭނެ ޖަވާބެއް ޒަޔާން އަކަށް ނުވިސްނުނެވެ. އެ ވަގުތު ވެސް ޒަޔާންގެ ހިޔާލީ ވާ ފަތް އެއްލައިލެވުނީ މީޝަމްގެ ލިޔާލްތަކަށެވެ. އެންމެ ފަހުން ފެނުން އިރު އެދެލޮލުގައި ވި ކަރުނަތަކުން ޒަޔާންގެ ހިތް ދަނީ ޒަހަމް ކުރުވަމުންނެވެ. މި ގުޅުމަށް ދޭނެ ނަމެއް ޒަޔާން އަކަށް ނުވިސްނެއެވެ. ޒަޔާން ސިހުނީ ނޫރާ އޭނާގެ ބޮލުގައި ޖަހާލުމުންނެވެ.

“ނޭނގޭ މަންމާ.. އަދި ކުއްޖަކު ނުފެނޭ ކަމުދާ ކަހަލަ… ކުއްޖަކު ދެކެ ލޯބި ވެވުނީމަނު އެކަން ވާނީ.. ޔަޒަން ނަވާ ދެކެ ލޯބިވަންޏާ ވެދާނެ އެންނު އެހެން ..” ޒަޔާން ހީލިއެވެ.

“ދެން މީއްކޮ އާއި ދަރިފުޅު ތި އޮންނަނީ ކޮންކަހަލަ ގުޅުމެއް..” ނޫރާ ހިނިއައިސްފައި އިނދެ އަހައިލިއެވެ. ޒަޔާން ތެޅިގަތް ގޮތުން ވަކިން ހިނިއައެވެ.

“ކަޒިންސް ރައިޓް..”ޒަޔާން ދުރު ބަލައިލަމުން ތުންފިއްތާލިއެވެ.

“ކަޒިންސް އޭ.. ދެން ކީއްވެ މީޝް އާ ވާހަކަ ނުދައްކަނީ..ކުރިން އަޅައިނުލަނީ ބޮޑެތި ވީމަ ރަނގަޅު ވާނެ ކަމަށް ބަލާފަ.. މިހާރު އަދި މާ ކަންތައް ފަލަ.. ކުރިން ދެމީހުން ހީލާތަން މަދުންވެސް ފެނޭ.. މިހާރު ހީވަނީ ދެ އެނިމީސް ހެން..ޒަޔާން އެހެން ކަޒިންސް އާ ވެސް އޮންނަނީ އެކަހަލަ ގުލުމެއް ނޫން ގައިމް” ނޫރާ ބުނެލިއެވެ.

ޒަޔާންއަށް ކުރިއަށް ވުރެން ބޮޑަށް ތުންފިއްތާލިއެވެ. “އެއީ ދެން ދެގޭގަ އުޅޭތީ ވާހަކަ ނުދެއްކެނީ” އޭ ބުނެ ޒަޔާން ހަމަ ޖައްސާލި ގޮތުން ނޫރާ ތެދެވީ ޒަޔާންގެ ގާތުން ކުރި ނުލިބޭނެކަން އެނގުމުންނެވެ. އެގެޔަށް ނާއިފް އަށް އެހީ ވާން ދިޔުމަށް ބުނެފައި ނޫރާ ވެސް ނުކުތެވެ.

ނޫރާ ދިޔުމުން ޒަޔާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މަންމަ މިއަދު ކިހިނެތް ވެފަ ހުރި ދުވަހެއް ބާއޭ އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލިއެވެ.

މީޝަމްގެ ހިޔާލްތަކުން ހިތައް އުނދަގު ކުރަމުން ދިޔައީ ވަކި ހެނެއް ބަލާފައެއް ނުނެވެ.

ކުއްލިޔަކަށް ހަނދާން ވީ އެދުވަހު މީޝަމް ނަވާރްއަށް ގުޅައިގެން ފޯނުގައި ހުރެ ދެއްކި ވާހަކައެވެ. ނަވާރް އާއި މީޝަމް ވެގެން އެ ކަންތައް ބަލަން އުޅެނީ ބާއެވެ. ޔަޒަންގެ ނަންވެސް މީޝަމް ބުނިކަން ޒަޔާން ހަނދާން ވިއެވެ.  ނަވާރް ގާތު އަދި އެއްވެސް ވާހަކައެއް ޒަޔާން އަހާކަށް ބޭނުމެއް ނުވިއެވެ. ލޯ މަރާ ބަހައްޓާ މީޝަމް ގާތުން އަހަން ނިންމިއެވެ. ޒަޔާން އަލަމާރި ހުޅުވާލައިފާ އެތެރޭގައި ތަޅުލާފައި އިން ޑްރޯވާ ހުޅުވާލައި އޭގެން ކަލުކުލައިގެ ދެ ފައިލް ނަގާފައި ޒަޔާން އެއަށް ބަލައިލި އިރު އޭނާގެ މޫނުމަތިން ފަނޑު ހިނިތުންވުމެއް ފެނިލިއެވެ.

***

ކައިވެނީގެ ދުވަސް ޖެހުނުއިރު ކިތަންމެ ކުޑަކޮން ބާއްވާ ޕާޓީއަކަށް ވީ ނަމަވެސް ނާއިފް އާއި މައިޝާގެ އާއިލާއިން ނުހަނު ފޯރީގައި ވަނީ ތައްޔާރްވެފައެވެ. ދެމީހުން ވެސް ބޭނުންވަނީ އާއިލާ އާއި ރަޙްމަތްތެރިންނަށް  ކެއުމެއް ދީފައި ނިންމާލާށެވެ. ނަމަވެސް ދެ އާއިލާއަށް ހީވަނީ ކުޑަވަރެއްގެ އީދެއް އައިސްފައި ވާހެންނެވެ. ކައިވެންޏަށް ޓަކައި މެލޭޝިއާގައި ދިރިއުޅޭ ނާއިފްގެ މަންމައާއި ބައްޕަ އަދި މުޅި އާއިލާ ވަނީއައިސްފައެވެ.

ފަތިސް ނަމާދު ބަންގި ނުގޮވަނީސް މީޝަމް ތެދުވެގެން ބަދިގެއަށް ދިޔައިރު ނޫރާ އާއި މުރުޝިދާ އަދި ރަހުމާގެ އެހީ އާއެކު ނަމްރާ އުޅެނީ ސައިހެދުމުގައެވެ. ޕާޓީ ބޭއްވެނީ އެގޭ ޓެރެހުގައި ކަމަށްވާތީ މިހުރާން އާއި އެކު ފިރިހެން ގްރޫޕް ވެސް މައްޗަށް ޓެރެސް ސާފްކުރުމަށް އަރާތަން ފެނުނެވެ.  މީޝަމްގެ ދެލޯ ހޯދަލީ ޒަޔާންގެ ހިލަމެއް ވޭތޯއެވެ. ކުރީ ދުވަހުގެ ހާދިސާއަށް ފަހު ޒަޔާން އަދިނުފެނެއެވެ. މީޝަމްގެ ކަނދުރާގައި އަދިވެސް ބޮޑު މަލަން ގަނޑެއް އަޅާފައި އިނެވެ. ޒަޔާން ދެކެ ރުޅި އަންނަން ބޭނުން ވިޔަސް މީޝަމްގެ ހިތް އެކަމާއި ދެކޮޅެވެ.  ކުޑަކޮން ބޯ އަރިކޮށްލައިގެން ގެޔަށް ވަންނަ ދޮރާ ދިމާ ބަލަހައްޓައިގެން މީޝަމް ހުއްޓެވެ.

“އެ ސޮރު ނުހޭލާ އަދި.. ނައިސްގެން އަޒާން ވެސް އެބަހުރި ރުޅިއައިސްފަ .. ދޭބަލަ ނިކަން ގޮވަން “މީޝަމް ހުރިގޮތުން ބަދިގެއަށް ވަންނަން އައި މައިޝާއަށް ނުހީއެއް ނުހުރެވުނެވެ. މީޝަމް ސިހިފައި ބަލައިލިގޮތުން އިތުރަށް ދިމާކޮށްލިއެވެ.

“ސާބަސް ދޮންތަ އަށް..އަހަރެން ނިދި ނުފިލައިގެން މިއުޅެނީ.. ޕްރޭ ކުރަން ވަދެފަ ފެންވެރީމަވެސް  ނިދި ނުފިލިއޭ..  ބިރެއް ވެސް ނުގަނޭތަ މެރީ ކުރެވެން އުޅޭއިރު ވެސް” މީޝަމް ދެލޯ އަޅާލަމުން ވާހަކަ އެއް ހަދާލިއެވެ.

“ހޫމް މަ ގަބޫލް ކުރާނެ ދޯ ތިހެން ބުނީމަ ދެން ..ހުއް… ބިރޭ..ނުވެސް ނިދާ މިއުޅެނީ ބިރުން..” މައިޝާ ސިޓިން ރޫމް ސޯފާއަށް ވެއްޓިގަތެވެ. އޭރު މީޝަމް ވެސް ހިނިއައިސްފައި ހުރެ މައިޝާގެ ފަހަތުން އައެވެ.

“ކާމްޑާއުން .. އަހަންނަކަށް އަދި ނާންނާނެތާ ދޯ ތި ފީލިންގްސް އެއް .. އެކަމް  އަހަރެން ވެސް މެރީ ކުރާ ހިތް ވެއްޖެ.. މައްސަލައަކީ ދޮންތަ މެން އެހާ ބޮޑަށް ބާއްވަން ބޭނުން ނުވާތީ .. އަދި ވެޑިންޑްރެސް  ވެސް ނުލާ ގޮތައް ވިއްޔަ..” މީޝަމް އޭނާގެ ސަކުވާތައް އިއްވާލިއެވެ.

“އެއީ ހަމަ ވޭސްޓެއް ކަނބުލޯ… ދޮންތަބޭ އަކީ ވަރަށް ދީނަށް ލޯބިކުރާ މީހެއް.. އެ މީހުން އަސްލު މާ ބޮޑަށް  ވެސް ރިޗް އެންނު އަހަރެމެންނަށް ވުރެން އެކަމް އިސްރާފް ކުރުމަކީ އޭނާ ވަރަށް ހޭޓް ކުރާ ކަމެއް .. ދެން މާދަމާ އޭނާ ނިންމާފަ އޮތީ ޕާރްސަލް ބަހަން ވީހާވެސް ގިނަ ބަޔަކަށް .. ޕާޓީ މިއޮތީ އެންމެ ގާތް އެކުވެރިން ދެން ފެމިލީ ކިހާ ސަޅި..ވީހާވެސް ސިމްޕަލް ކޮން….” މައިޝާ ނުހަނު އުފާ ވެފައި އިނދެ ކިއައިދިނެވެ. މީޝަމް ވެސް ހީލަމުން ބޯ ޖަހައިލިއެވެ.

އެހެން ތިއްބާ ޒަޔާން އަންނަތަން ފެނި މައިޝާ ގާތައް ލާނެތް ހިންޏެއް އައެވެ. މީޝަމް ދޮރާއި ފުރަގަސް ވާހެން އިނުމުން ޒަޔާން އައި ކަމެއް ނޭނގެއެވެ. ޒަޔާން އަންނަތަން ފެނުމުން ބަދިގެ އިން ނުކުން ރަހްމާ އޭނާ އަތައް ކޮފީއެއް ދިނެވެ.  އެހިފައިގެން ނުހަނު ފިރިހެންވަންތަ ހިނގުމެއްގައި އައީ ސީދާ ސޯފާތަކާއި ދިމާލަށެވެ.

“ކޮބާ ޕާޓްނާ އެއް މީއްކޮ ގެންނާތި މިރޭ ވެޑިންއަށް. އެއީ މީގެ މަންތް އެއް ކުރިން ކޮށްފަ އިން ޕްރޮމިސް އެއް ..”މައިޝާ ނުހަނު ހަމަޖެހިލާފައި ބުނެލިއެވެ.

މައިޝާގެ އަޑަށް ސިހިފައި ޒަޔާން އަށް ބަލައިލެވުން އިރު އޭނާގެ ލޮލުގައި މީޝާމް އަޅައިގަތެވެ. މީޝަމް ވެސް ދެލޯ ބޮޑުކޮށްލައިގެން ބަލަހައްޓައިގެން އިނެވެ. ޒަޔާން ކުޑަކޮން ކަރުކެހިލާފަ ގޮސް އިށީނީ މީޝަމްގެ ކުރިމައްޗަށް ވާހެން އިން ސޯފާގައެވެ.  ކަކުލުން މައްޗައް ހުރި ކަޅު ސޯޓަކާއި ކަޅުކުލައިގެ އަތްކުރު ޓީޝާޓުގައި ހުރިއިރު ނުހަނު ރީއްޗެވެ.

“ކޮބާ  ކީއްވެތަ އެއްޗެއް ނުބުނެ ތިހުރީ..” މައިޝާ އަތުގައި އޮތް ކުޝަން ނަގާ މީޝަމް އާއި ދިމާލަށް އެއްލިއެވެ.

“ގެންދާނަމޭ ކެތްތެރިވެބަ..” ޒަޔާން އިނުމުން ސަކަރާތް ޖަހައިފާ އުޅުން މީސަމްގެ އަޑުވެސް ނުކުތީ ނިކަން މަޑުންނެވެ.

” ޒައްޔު އިނގޭތަ.. ދެންމެ މީނަ ބުނެފިއޭ މީހަކާ އިންނަހިތް ވެއްޖެއޭ.. ކުރީ ދުވަހު މީޝް އުރާލައިގެން ހޮސްޕިޓަލް އަށް ގެންދިޔަ ކުއްޖާތަ އެ..” ލާނެތްކަން އިންތިހާއަށް ހުރި މައިސާ އިނީ ދެމީހުންގެ މޫނަށް ވެރިވަމުން ދިޔަ ކުލަވަރުން ދެކެން އެތެރެއިން ހީހީ ބަލިވެފައެވެ.

މައިޝާގެ ވާހަކައިން މީޝަމްގެ މޫނު ދިޔައީ ރަތްވެގެންނެވެ. އޭނައަށް ޒަޔާން އާއި ދިމާ ބަލައިލެވުނު އިރު އޭނާ އިނީ ސީދާ މީޝަމް އަށް ބަލަހައްޓައިގެންނެވެ. އެ ތޫނު ނަޒަރުން މީޝަމް ލަދުން ވިރުވާލި ފަދައެވެ.

މައިޝާގެ މޫނުމަތީގައި ޖަހަންވީއޭ ހިތާހިތުން ކިޔާލިއެވެ. މީޝަމް ރުޅި ގަދަވީ ޒަޔާން އިނދެފައި “އޯހް” ލައްވާލުމުންނެވެ. ދެވަނަ ސިކުންތުގައި މަޑުމަޑުން “ކޮންގްރެޓްސް”އޭ ބުނެލިއެވެ.

“ޔެއާ .. ވީ ވިލް ބީ އަ ޕާފެކްޓް މެޗް..ވައި ނޮޓް .. ހޭޑް ޓް ޑޫ ސަމްތިންގް..”  ޒަޔާންގެ އަމަލުން މީޝަމްގެ ރުޅި އިތުރަށް ހިލިލީއެވެ. ހުންނަން ބޭނުން ނުވެގެން އޭނާ އެތަނުން ނުކުތީ ދަމުން މައިޝާއަށް ވެސް ލޯ އަޅާލައިގެން ހުރެއެވެ.

މީޝަމް ދިޔަދިމާ ބަލަހައްޓައިގެން އިން ޒަޔާންގެ މުށްކެވިފައި އޮތް އަތްތިލަ ޖީބަށް ކޮށްޕާލިއެވެ.

***

މައިޝާގެ ކައިވެންޏަށް ވުމުން އޮފްޖަހަން އުޅެއުޅެ ނަވާރް އަށް އެދުވަހަކަށް އޮފްލިބޭގޮތެއް ނުވިއެވެ. ފޫހިވެފައި ހުރެ ޑިއުޓީއަށް ދިޔައީ ދޭއްޖަހާއިރު ނިމޭނެކަން ހަނދާން ވުމުންނެވެ. ނަސީބަކުން ޕާޓީއޮތީ ރޭގަނޑެވެ.

މޭޒު ދޮށުގައި ޒެހެކް ގެނައި ފައިލެއް ބަލަން އިން އިރު ނަވާރް ގެންގުޅުން ފަންސޫރު ކަންފަތް ދޮށައް ލައްވާލިއެވެ. އޭރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެން އިނދެ އިނދެފައި ނަވާރް ތެދުވެލީ ތަންތަން ހާވަލުމަށެވެ. އޭނާ މިތާ މިވީ ދުވަސްކޮޅު މިކަހަލަ ފުރުސަތެއް އަދި  ނުލިބެއެވެ. އޭނާ އެންމެ ޝައުގުވެރިވީ ޔަޒަންގެ ކެބިން އަށެވެ. އެތަނަށް ވަދެވުނީ އެންމެ ދުވަހަކުއެވެ. އެދުވަހުވެސް ތަނެއް ބަލައިލެވޭ ގޮތެއް ނުވެއެވެ.

ކުޑަވަރެއްގެ ވަގެއްހެން ދެފަރާތް ބަލަމުން ގޮސް އެ ކެބިން ހުޅުވާލިއެވެ. އެތެރެއަށް ވަދެފައި އެކި އެއްޗިސް  ހާވާ ބަލަމުން ދިޔައިރު ލޮކަރުތައް ތަޅުލާފައި ހުރުމުން އެތަންތަން ބެލޭގޮތެއް ނުވިއެވެ. މިނީބާ ހުޅުވާލި އިރު އޭގައި ދެފުޅި ފެން ފިޔަވައި އެކައްޗެއް ވެސް ނެތެވެ. ނިކަން ހަމަޖެހިލާފައި މޭޒުމަތީގައި އޮތް މުށައް ލެވޭ ވާރުގެކުޑަ ބެއާއެއް ފެނި އަތައް ލިއެވެ. ޒަމާންތަކެއް ވެފައި އޮތް އެޗެއްކަން އެންމެ ބަލައިލުމަކުން ވެސް އެނގޭހާވެއެވެ. ހުދުކުލައިގެ ބެއާގައި ރަތްކުލައިގެ ހިތެއް އިން އިރު އޭގައި ވަރަށް ކުޑަކޮން ޖަހާފައި އިން ނަމެއް ފެނުމުން ކައިރި ކޮށްލެވުން ގޮތް ވެސްނޭނގުނެވެ. “ކޫ އެންޑް ލާރާ” ނަވާރްގެ ނިތައް ރޫތަކެއް އަރަމުން ދިޔައިރު ހިތައް އުނދަގުވި އިހްސާސް އެއް ކުރެވުނެވެ. ލޮލުން ފެން ތިއްކެއް ވެއްޓުނު ހިނދު ނަވާރް އަވަސް އަވަހަށް ބޯ ހޫރުވާލިއެވެ.

“އާހް.. ކިހިނެތް މަށައް މިވަނީ. ޔަޒަން މަށާ އިންނަނީ  ހަމައެކަނި ހުރިހާ ޓްރުތް އެއް ހޯދަން..މީ ލޯބިން ކުރާ ކައިވެންޏެއް ނޫނޭ ކަމޯން.. “ނަޥާރްގެ ދެލޯ ފުހެލި ނަމަވެސް ތާޒާ ކަރުނަތައް އާވިއެވެ. ބޭރުން ބައެއްގެ ހިލަން ވިހެން ހީވުމުން ޔަޒަން ކަމަށްވެދާނެތީ ނަވާރް އަވަހަށް އެތަނުން ނުކުތެވެ. އޭނާއަށް ލޮކަރުތަކާއި ހިސާބަށްއެރުން ހިނދު ދޮރު ހުޅުވާލި އެވެ. ވަގުތުން ނަވާރް ލޮކަރާއި ވީ ފަޅިއަށް އެނބުރިލާފައި ޖީބުން ނެގި ޓިޝޫއަކުން މޫނު ފުހެލިއެވެ.

“ނަވާރް މީ ހޭވް ޓް ގޯ އަނޮދާރ ކްރައިމް ސީން..”ނަވާރްގެ ފުރަގަހުން އިވިލީ ޔަޒަންގެ އަޑެވެ. މިފަހަރު އެ އަޑު އިވުމުން ނަޥާރްގެ ހިތައްކުރީ ތަފާތު އަސަރެކެވެ. ހިންދިރުވާލަމުން އޭނާ ޔަޒަން އާއި ވީ ފަޅިއަށް އެނބުރިފައި ހީލަމުން ހިނގާށޭ ބުނެލިއެވެ.

ނަވާރްގެ މޫނުމަތިން ތަފާތު ކަމެއް ޔަޒަން އަށް ފުރަތަމަ ވެސް ފާހަގައެވެ.

“ހޭއި އެނީތިންގް ހެޕެންޑް..” ނަވާރް އާއި ނުހަނު ކައިރީގައި ހުރެފައި ޔަޒަން މަޑުމަޑުން އަހައިލިއެވެ. އަޅިކުލައިގެ ހެދުމާއި ނޫ ޖިންސްގައި ހުރި އިރު ނަވާރް ރީތިކަމުން ޔަޒަން އަށް ބަލަހައްޓައިގެން ހުރެވުނެވެ.

“ނު.. ނޫން.. ހިނގާ ދަމާ .. ކޮބާ އެހެން މީހުން..” ޔަޒަންއަށް ބަލައިލުމެއް ވެސް ނެތި ނަވާރް ހިނގައިގަތެވެ. އެއްވެސް ހިނިތުންވުމެއް ނެތް އިރު މޫނުމަތިން ކޮންމެވެސް ވަރެއްގެ މޮޅިވެރިކަމެއް ފެންނަން ހުއްޓެވެ.

“އެމީހުން ވެސް މިހާރު ތިރި އަށް ފައިބާފާނެ.. ޔޫ ޝުއާރ ހަމަ ކަމެއް ނުވޭތަ.. އެއްކަލަ މީހުންގެ މެސެޖެއް އައީތަ” ނަވާރްއަށް ވުރެން ކުޑަ ތަންކޮޅެއް ފަހަތުގައި ހުރެގެން ޔަޒަން ހިނގަމުންއައި އިރު ނަވާރް އަށް އައިސްފައި ހުރި ބަދަލުން ޔަޒަންއަށް އެކައްޗެއް ވެސް ނުވިސްނުނެވެ. ޔަޒަން ފަހުން ކުރި ސުވާލަށް ވެސް ނޫނެކޭ ބުނެ ނަވާރް ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ. ޔަޒަން ވެސް އިތުރު ސުވާލެއް ކުރަންވާ އިރަށް އެހެން މީހުން ތިބި ހިސާބަށް ދެވިއްޖެއެވެ.

“ނަވާ .. ވަރަށް ގުޅައި ފީމޭ.. ކޮންތާކުން ތިއައީ..” ޒެހެކް ފޯނު ދައްކާލަމުން އަހައިލިއެވެ.

“ފޯނު ނިވިފަ އޮތީ އެހެންވެ ގުޅިކަމެއް ނޭނގުނު.. މިހާރު އޯކޭ ވެއްޖެ..”ނަވާރް ގަދަކަމުން ހީލައިފާ ޒެހެކްއަށް ޖަވާބު ދިނެވެ. ޒެހެކް ވެސް ބޯ ޖަހައިލަމުން ޖިޕަށް އެރިއެވެ.

“މިހާރ މެޑް ޓީމް އެކޮޅުގައި ހަރަކާތްތެރިވަމުން ގެންދަނީ.. މީނާގެ ނަމަކީ މުފީދު އަހުމަދު .. އެކޮޅުން އަންގަނީ އޮތީ ތޫނު އެއްޗަކުން ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައިވާ ކަމަށް.. ނިޔާވެފަ ވަނީ ފެނުން އިރު… “ލިއަމް ޖަވާބުދިނީ ޔަޒަން ކުރި ސުވާލަކަށެވެ.

“އާހް ކުރީގެ ކޭސް އާއި މިކޭސް ހިނގީ މި ގާތް ގަނޑަކަށް ހަފްތާއެއްގެ ގެޕަކަށް ފަހު.. ވަރަށް ކައި ކައިރީގަ..  އެކޮޅުން އަޅުގަނޑަށް ގުޅި ބޭފުޅާގެ ވާހަކަ ތަކުން އައި ފީލް ލައިކް ސަމްތިންގް އިޒް އޮޑް.. ބަލައްޗޭ ޗެކް ކުރާ އިރު ކުރީގެ ކޭސްއިން ފެނުން ކަހަލަ އެއްވެސް ކަމެއް ފެނޭތޯ.” ޒެހެކް އަތުގައި އޮތް ފައިލް ޔަޒަން އަށް ދިއްކޮށްލަމުން އެންމެންގެ މޫނަށް ވަކި ވަކިން ބަލައިލިއެވެ.

އޭރު އެމީހުންނަށް މަންޒިލަށް ވަނީ އާދެވިފައެވެ. އެންމެން ކާރުން ނުކުމެ މިސްރާބުޖެހީ ރަސްފަންނުގައި ޕޮލިސްޓޭޕް އިން ބަންދުކުރެވިފައިވާ ހިސާބަށް ވަނުމަށެވެ. އޭރު އެހިސާބުގައި ދެތިން ޕޮލިސް ކާރާއި އެމްބިއުލޭންސް އޮތެވެ. އެހިސާބުގައި ޕޮލިހުން ހަރަކާތްތެރިވަމުން ދިޔައިރު އާންމުންގެ ގިނަ ބަޔަކު ވެސް ތިއްބެވެ. އެތަނުން ދެމީހަކު ރޯ އިރު އިތުރު ބަޔަކު އެމީހުން ހޭހަން ކުރަން ތިއްބެވެ.

“އަޅުގަނޑު އެކޮޅަށް އެބަ ގޮސްލަން.. އެމީހުންގެ ގާތުން ބަހެއް ލިބޭތޯ ” ނަވާރް މިސްރާބު ޖެހީ ރޯން ތިބި ދެމީހުންގެ ގާތަށެވެ. ޒެހެކް އާއި ޔަޒަން ބޯ ޖަހައިލުމަށް ފަހު މިސްރާބު ޖެހީ މަރުވެފައި އޮތް މީހާގެ ގާތަށެވެ. އޭނާގެ ގައިމަތީގައި ފޮތިގަނޑެއް އަޅާފައި އޮތެވެ.

“އައްސަލާމް އަލައިކުމް.. ،މީ ކޮން ބޭފުޅެއް ތޯ.. ” ނަވާރް އެތަނަށް ހުއްޓި އަހައިލިއެވެ.

“މުފީދުގެ އަނބިމީހާ މީ..އެކަމް އޭނާއަށް ވާހަކަ ދެއްކޭނެ ހެން  ހީނުވޭ.. އޭނާ އަށް މުފީދު ފެނުނީވެސް ” ރޯން ހުރި މީހާގެ ގާތުގައި ހުރި އިތުރު މީހަކު ބުނެލިއެވެ. ނަވާރް އެދެމީހުން ޓޭޕް އިން އެތެރެއަށް ވައްދާފައި ސުވާލް ކުރިއެވެ. މުފީދުގެ އަންހެނުންނަށް ވާހަކަ ދެއްކޭ ވަރުވީ އެތައް އިރެއްފަހުންނެވެ.

“އަހަރުމެން ދެމީހުން ފަތިސް ނަމާދުކޮށްގެން ކޮންމެ ދުވަހަކު ވެސް ދުވަން އަންނަން… މިއަދު ވެސް ދެމީހުން އައިސް އޭނާ ކޮފީއެއް ބޭނުން ވާހަކަ ބުނީމަ އަހަރެން ދިޔައީ އެހެރަ ކޮފީ ޝޮޕަށް ކޮފީއެއް ގަންނަން..އައި އިރު ހުރިހާ ކަމެއް ވެ ނިމިއްޖެ.. އަހަންނަކީ ޑޮކްޓަރެއް އަހަރެން އައިސް ބެލި އިރު ވެސް އޭނާ ނިޔާވެއްޖެ..” ރޮމުން ރޮމުން މުފީދުގެ އަންހެނުން ސަމީރާ ކިޔައިދިނެވެ.

“އާދެ. ކޮފީ ހިފައިގެން މިތަނަށް އައިއިރު އެއްވެސް މީހެއްގެ ހިލަމެއް މުފީދު އިން ހިސާބުން ފެނުން ތޯ.. މިއަދު އައި އިރު ނޫނީ ރޭގަ ވެސް ވަކި ތަފާތެއް ފެނުން ތަ މުފީދުގެ ފަރާތުން.. ދެން މުފީދު އާ ޖައްސާލައިގެން ނުވަތަ ދުޝްމަންވެގެން އެއްވެސް ބަޔަކު އުޅޭކަން އެނގިފަވޭތޯ” ނަވާރް، ސަމީރާގެ ގާތުގައި އަހައިލިއެވެ.

“ނޫން މީހަކު ނެތް މިހިސާބުގަވެސް .. މިބުނާ ކޮފީ ސޮޕް ވެސް އެހުރީ ދުރުގަ.. އޭނާ އެކަނި ބައިންދާފަ މަ ދިޔައީ.. އައި އިރު ވެސް އެކަކުވެސް ފެންނާކަށް ނެތް މި ފާރު ބުރި މިފަރާތައް ލެއިން ތަތްތެޅިފަ އޮތް މީހާ ވެއްޓިފަ އޮތީ.. އޭނާއަކީ ވަރަށް ރަނގަޅު މީހެއް.. މީހުންނާއި ގުޅޭ މީހެއް.. އެވަރު މީހެއް ހިޔެއް ނުވޭ އަޅުގަނޑަށް ނޭނގި ވެސް ދުޝްމަނަކު ހުރެފާނެ ހެން ..” ސަމީރާ އިތުރަށް ބުނެދިނެވެ.

ނަވާރް ބޯ ޖަހައިލާފައި އަތުގައި އޮތް ފޮތުގައި އެ ލިބުނު މައުލޫމާތު ލިޔެލިއެވެ. ސަމީރާގާތު އެތާގައި މަޑުކުރަން ބުނުމަށްފަހު ޒެހެކް ގޮވާލުމުން ހިނގައިގަތީ އެމީހުން ތިބި ދިމާލަށެވެ. އޭރު އެމީހުންގެ މޫނުމަތިން ވަރަށް ބޮޑަށް ހާސްވެފައިވާކަން ހާމަ ވާން ހުއްޓެވެ

“ސީ ނަވާ.. އަހަރެން ބުނީމެންނު .. މިހުރީ ކުރީގެ ކޭސްގަ ހަދާފަ ހުރިހެން ހަމަ ބަނޑުގަ މީނަގެ ނަން ޖަހާފަ … މިކޮޅުން ހެނދުނު ގުޅި ބޭފުޅާ ބުނުއްވި ބަނޑާއި ދިމާލުން ވަރަށް ލޭ ހުއްޓޭ އައިސްފަ. ދެން އަޅުގަނޑު ބުނިން ޝައްކުވެގެން އޭނާ ގައިގަ އަތްނުލާ ބާއްވަން .. މިހުރީ ހުރި ގޮތް..” ޒެހެކް ނަވާރްގެ އަތައް އަންގިއެއް ދިއްކޮށްލުމުމް ނަވާރް ދެއަތައް އަންގި މަހާލިއެވެ.

މުފީދުގެ ޓީޝާޓް ހިއްލާ ލުމަށްފަހު ނަވާރް ބަލައިލި އިރު ބަނޑުގައި މުފީދުގެ ނަން ތޫނު އެއްޗަކުން އަޅާ ކަނޑާ ނަގާފައި ވިއެވެ. މީޙާ ހުދުވެފައި އޮތް ގޮތުން ނަވާރް ހިތައް ނުބައި ގޮތެއް ވެސް ވެލިއެވެ.

“އާހް .. މި ކިހިނެތް ވާ ކަމެއް ބަ.. މި ދެ ކޭސް ގަ ވެސް ބަނޑުގައި އެމީހެއްގެ ނަން އަޅާ ކަނޑާފައި މިވަނީ.. ލަސްނުކޮށް ބޮޑީ ފޮނުވާލަމާ އެކޮޅަށް … ވަރަށް ބޮޑަށް ވީކް ވެފަ މިއޮތީ..” ނަވާރް ފުންނޭވާ އެއް ލިއެވެ.

“މިކޮޅުން މިހާރު މި ނިމުނީ ދަމާ ހިނގާ އެކޮޅަށް .. ލިއަމް.. މަޑުކުރޭ މިކޮޅުގަ ޓީމް ޓޫއޭ  އެބާދޭ މިކޮޅަށް ޔޫޝައު އާ އަހަރެމެން މިދަނީ މިހާރު އެކޮޅަށް.. އެމީހުން އައީމަ އެންމެ ތަންކޮޅެއް ވެސް ވައްޓާނުލާ ބަލާތި..” ޔަޒަން އެހެން ބުނެލި  އިރު ލިއަމް ބޯ ޖަހައިލިއެވެ.

ލިއަމް ބަހައްޓާފައި ހަތަރު މީހުން ސްޓޭޝަނަށް ދިއެވެ. އެވަގުތު ވީ ޔަޒަން އަށްފޯނެއް އައެވެ.

“ޔެސް ސާރ .. އާދެ ލިއަމް ވީ އެކޮޅުގަ.. އާދެ… ލައްބަ ސާރ” ފޯނު ނިމުން އިރު ޔަޒަން ގެ މޫނުމަތިން ފެނިގެންދަނީ ހިތްހަމަ ނުޖެހުމެވެ. ނިތައް ރޫ އަރައިގެން ދިޔައީ ބަސްބުނާހާ މަދު ސިކުންތު ކޮޅެއް ތެރޭގައިއެވެ. ޔަޒަން އާއި ދިމާ ބަލައިލި ނަވާރް ކިހިނެތް ވީ ހޭ އަހައިލިއެވެ.

“ފަވާދް އެ ގުޅީ.. އަލީ ހިލްމީ އާއި ޔުނިޓް ކޭނައިން ގެ ދެ އަންހެން ބައިވެރިން އެބަ ތިއްބޯ ޖޮއިން ވާން މިގަޑީގަ މި އޮންނަ މީޓިން ގަ…”ޔަޒަންގެ މޫޑް ހަރާބުވެފައި ވީ ވަރު އެ ޖުމްލައިން އެނގުނެވެ. ޔަޒަންގެ އެ ޖުމްލައިން ނަވާރްއަށް ކުރުވީ ނުބައި އަސަރެކެވެ. ޔޫޝައު އާއި ޒެހެކްގެ މޫނުމަތިން ވެސް ފެންނަނީ އިންތިހާ ރުޅިވެރިކަމެވެ. ހަތަރުމީހުން ގޮސް ވަނުމާއެކު ފަވާދު  އިށީނުމަށް އެދުނެވެ. މީޓިން ފެށިގެން ދިޔައިރު ގިނައިން ވާހަކަ ދެއްކީ ފަވާދުއެވެ.

ހިލްމީ އާއި އެކު ތިބި “ކޭނައިން”ގެ ދެ މީހުންގެ ތެރޭގައި އިން އެކަކީ ލާރާ އެވެ. އެތަނަށް ވަނީން ސުރެން ކަޅި ޖަހާނުލާ ލާރާ ބަލަމުން ދިޔައީ ޔަޒަންއަށެވެ.

ލާރާގެ ނަޒަރު ހުއްޓިފައިވާކަން އެނގި ވީ ފޫހިން އިސްޖަހާލި ގޮތައް އިސް އުފުލާލަން ބޭނުން ނުވެފައެވެ. އެހެން އިނދެފައި ނަވާރް އާއި ދިމާ ބަލައިލި އިރު ނަވާރް ވެސް އިނީ އިސްޖަހައިލައިގެންނެވެ.

ފަވާދު ގޮވައިލުމުން ނަވާރް ތެދުވެފައި މުފީދުގެ އަނބިމީހާ ދެއްކި ވާހަކަ ތައް ކިޔައިލަ ދިނެވެ.

“އެހެންވީމަ އަޅުގަނޑަށް ލަފާކުރެވޭ ގޮތުން މި ދެކޭސް އަށްވެސް ބަލާފަ ހީވަނީ މިކަން މިކުރީ އެއް ބައެއްހެން.. ހަމަ އެއްގޮތަކަށް އެއް ފޮންޓަކުން އަދި އެއް އޭރިޔާއެއްގަ މިވަނީ ކޮންމެ މީހެއްގެ ނަން ވެސް ޖަހާފަ.. އަޅުގަނޑު އެކޮޅަށް އަންގާލައިފާ އިންނާނީ އެ ފޮންޓް ދެނެގަންނަން ..” ހިލްމީގެ ވާހަކަ އަށް ފަވާދު ވެސް ބޯ ޖަހައިލިއެވެ.

“އަޅުގަނޑަށް ހީވަނީ މި ކޭސްގެ މައުލޫމާތު އަދި މީޑިއާއަށް ސިއްރު ކުރުން ކަންނޭގެ ބުއްދިވެރިވާނީ.. ސަބަބަކީ އާންމުންނަށް މިކަމުގެ ސަބަބުން ބިރުވެރިކަމެއް ލިބުމަކީ ވެސް އެކަށީގެންވާ ކަމެއް..” ޒެހެކް ބުނެލި ވާޙަކައަށް އެންމެން ވެސް އެއްބަސް ވިއެވެ.

“އިތުރު ކަމެއް ނެތް ދެއް ތޯ ފާހަގަ ކޮށްލަން އެއްވެސް ބޭފުޅެއް .. މި މީޓިން ނިމުމުން ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕޮލިސް ބޭނުން ފުޅުވޭ އެބަ އަޅުގަނޑުމެންނާއި ވާހަކަ ދައްކަން ..އެބަ ގުޅާލައްވަން އެބޭފުޅާއަށް..” ފަވާދު ފޯނުނަގާފައި ގުޅާލިތާ މާގިނަ އިރެއް ނުވެ އިތުރު މީހަކު އައިސް ވަނެވެ. އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއް ހުރި މެދު އުމުރުގެ ފިރިހެނެކެވެ. މޫނުމަތިން ފެނިގެން ދަނީ ހިނތުންވުމެކެވެ. ހީވާ ގޮތުން ހިތްހެޔޮ މީހެކެވެ. އޭނާގެ ފަހަތުންހެން ލިއަމް ވެސް އައިސް ވަނެވެ.

“އައްސަލާމް އަލައިކުމް އަޅުގަނޑު މީ އަލީ ސުޖާއު ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕޮލިސް ..  އަޅުގަނޑު މިއަދު މި ބައްދަލް ކޮށްލީ މިހާރު މި ރިޕޯޓް ކުރެވިގެންދިޔަ ދެ މާޑާ ކޭސް އާއި ގުޅޭގޮތުން ..ތި ބޭފުލުންނަށް ވެސް އޮޅިފަ އެއް ނީންނާނެ ދެއްތޯ މި ކޭސްތަކުގެ ހުރި ސީރިއަސް ކަމެއް. މި ދެ ކޭސްގެ އަދާހަމަތައް ތި އެންމެ ބޭފުޅުންނަށް ޔަގީން ވާގޮތުން އެނގޭނެ.. އެހެންވީމަ މިކަމަށް އަޅުގަނޑުމެން ހާއްސަ ފޯސް އެއް މިވަނީ އެކުލަވާލައިފަ.. އެއީ މިހާރު މިތާ މިތިއްބެވި ބޭފުޅުން .. ޒެހެކްގެ ދަށުން މިޙާރު މި ފޯސްގައި ބައިވެރި ކުރުމަށް އަޅުގަނޑުމެން އިތުރު ދެ ބައިވެރިން މި ޓީމަށް މިވަނީ ގެނެސްފަ.. އެއީ ކޭ ނައިން ދެ ސީނިއާރ ސާޖެންޓުން ކަމުގައިވާ ލާރާ އަދި އަމާޔާ… މިއަދުން ފެށިގެން ދެ ބޭފުޅުން މަސައްކަތް ކުރާނީ މި ޓީމާ އެކު .. މި ކޭސް އަށް ދީފަ އިން ހާއްސަ ނަމެއް ވެސް އެބައިން..އެއީ ނޭމްކޯޑް މާޑާސް.. ހުރިހާ ތަހުގީގެއްގެ ފުރިހަމަ އަދާހަމަތައް ފަވާދު އަދި ހިލްމީގެ ޒަރީއާއިން އަޅުގަނޑުމެންނާއި ހަމަޔަށް ފޯރުކޮށްދީ ކުށްވެރިން އަތުލައިގަތުމަކީ ޒިންމާ އެއްކަމުގައި ދެކި ރަނގަޅު ޓީމް ވޯކެއް ހުރިހާ ބޭފުޅުން ދައްކާތި.. މާދަމާއިން ފެށިގެން ސޭމް ރޫމްގަ ވޯކް ކުރާނީ.. އޯލް  ކްލީއާ..” ސުޖާއުގެ ވާހަކަ އިން ލާރާ އާއި އަމާޔާ އަދި ހިލްމީ ނޫން އެންމެންގެ މޫނުމަތި މިލައިފިއެވެ. ސުޖާއު ދިޔުމުން ފަވާދު މީޓިން ނިންމާލިއެވެ.

އެންމެންނަށް ވުރެން ކުރިން ޔަޒަން ނުކުމެފައި މަޑުކޮށްލީ ބޭރުގައެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ ނަވާރް އަށެވެ. ޒެހެކް އާއެކު ނަވާރް އެއްހަމަ އެއްގައި އަންނަތަން ފެނުނީ އިރުކޮޅެއް ފަހުންނެވެ. ޔަޒަން އަށް ނަވާރްގެ މިލާފައިވާ މޫނު ފެނުމުން ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ.

“ނަވާ އަށް ކިހިނެތް ބާ މި ވީ.. ވެދާނެ ލާރާ ފެނުމުން ކަމަށް ވެސް.. އަހަރެން ކުރީ ދުވަހު ބުނެދިނިން ގައިމް ލާރާ އެއީ މީގެ ދިހަ އަހަރު ކުރީގެ މާޒީއޭ.. ލާރާ އަހަންނަށް ޓްރީޓް ކުރިގޮތް ނުބުންޏަސް މިހާރު އެއްވެސް ރިލޭޝަން އެއް ނެތްކަމަށް ވަރަށް ރީތިކޮން ބުނިން.. ލާރާ ފެނުނީމަ އެހެން މޫޑް ދާން ނަވާރް އަހަރެން ދެކެ ލޯބި ވެސް ނުވޭނު .. ދެން ކިހިނެތް ބާ މިވަނީ..ވެދާނެ އެހެން ކަމެއް ދިމާވީ ކަމަށް ވެސް..އާޙް ހާދަ އުނދަގު ވެއޭ އެބަ ނަވާ އެހެން ހުރީމަ” އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ޔަޒަން އަށް އަޑެއް ލައްވާ ލެވުނީ ދެން ހަދަން ވީ ގޮތެއް ނުވިސްނުމުންނެވެ. ޔަޒަން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލި އިރު ހައެއް ޖަހަނީއެވެ.

“ލެޓްސް ގޯ.. ” ނަވާރްމެން އެހިސާބަށް އެރުމުން ޔަޒަން ބުނެލިއެވެ. ނަވާރް ޒެހެކް އަށް މިރޭ ދިމާ ވާނެ ކަމަށް ބުނެފައި ޔަޒަންގެ ފަހަތުން ކާރަށް އެރިއެވެ.

ކާރަށް އެރުމަށްފަހު ސީޓުގައި ލެނގިލައިގެން ނަވާރް ލޯ މަރައިލީ ގަސްދުގައެވެ. އޭނާ މިވަގުތު ބޭނުންވަނީ ސިކުނޑިއަށް ރެސްޓެއް ދިނުމަށެވެ.

ޔަޒަން އަށް ފުންނޭވާއެއް ދޫކޮށްލެވުނީ ނަވާރް ކަންތައް ކުރި ގޮތުންނެވެ. ޔަޒަން އެހާ ވާހަކަ ދައްކަން ބޭނުން ވެފައި އިންދާ ވެސް ނަވާރް އެ ކަންތައް ކުރި ގޮތުން ހިތްހަމަ ނުޖެހޭ ގޮތް ވިއެވެ. އެއީ ނަވާރް ގަސްދުގައި ހެދިގޮތެއް ހެން ޔަޒަންއަށް ހީވިއެވެ.

“ހޭއި ސީ ޔޫ ޓްނައިޓް .. ޓޭކް ކެއާރ..”ކާރު މަޑުކޮށްލުމުން ނަވާރް އަވަސް އަރުވައިލައިގެން ފައިބަން އުޅުނެވެ. ޔަޒަން ވާހަކަ ދެއްކި އަޑަށް ހަމައެކަނި ބޯ ޖަހައިލަމުން އޭނާ ދުވެފައި އެތެރެއަށް ވަނެވެ. ނަވާރް  ވަންތައް ބަލަން އިން ޔަޒަން އަށް ބޯހޫރާލެވުނެވެ.

**

“ކޮބާ މައްޗަށް ގެންދޭ ސާމާނު.. އަދިވެސް ކާޓޭންތައް ނުނިމި ހުރީ .. އަވަސްކުރޭ ކުދިންނޭ..” މާޖިދު ކައިރީގައި ހުރެ ވާހަކަ ދައްކަމުން ދިޔައީ ނުހަނު ބާރަށެވެ. ރިހާމް އާއި މިހުރާން އަދި ޒަޔާން ވެގެން ޓެރެސް ތައްޔާރް ކުރުމުގައި އުޅުނު ނާއިފްމެން ބުނި ސާމާނުތައް ގެންދިޔުމަށް އުޅެއެވެ.

“ބައްޕާ މިއަދު ހާދަ އަޑުވެސް ބާރޭ..މެއްސެއް އުޅޭހެން ތެޅިފޮޅެމުން ބައްޕަ ތިއުޅެނީ..ތަންކޮޅެއް މަޑުން އުޅެބަލަ” މާޖިދު މާ ހަލުވިކޮން އުޅޭތީ މިހުރާން ދިމާ ކޮށްލިއެވެ. އެއާއެކު ޒަޔާން އާއި ރިހާމްގެ ހެއުމުގެ އަޑު އިވުނެވެ.

“ދަރިފުޅާ ބައްޕަ ޒުވާން ދުވަސް ވަރު ވެސް އެހެން އުޅުނީ..”މިހުރާންގެ ވާހަކަ އިވިގެން ބަދިގެއިން ނުކުމަތް ނަމްރާ ބުނެލިއެވެ. މާޖިދުވެސް ޖަހާލީ ހިނިގަނޑެކެވެ.

“މަންމާ މީއްކޮ ބަލާ ދާން ޖެހޭ އެބަ .. ނަޒުމް ކައިރީގަ ބުނާތި އިރުކޮޅަކުން މައްޗައް އަރަން… ގުޅީމަ އަދި ފޯނު ވެސް ނެގިއްޔެއް ނޫން ” އެމީހުން ގެނައި ފޮށިތައް ހިފައިގެން ރިހާމް މައްޗައް އެރުމުން ޒަޔާން އާއި އެކު މިހުރާން ސޯފާގައި ޖައްސާލީ ވަރުބަލިވެގެންނެވެ.

“ނަވާ ގުޅާގެން ތިރިއަށް ނަޒުމް އެދިޔައީ .. ޒަޔާން ދާން ވީ އެންނު މީއްކޮ ބަލާ… “ނަމްރާ ބުނެލި އެއްޗަކުން ޒަޔާން އަށް ބަލައިލެވުނީ މިހްރާން އާއި ދިމާލަށެވެ. މިހުރާން އަށް ހެވިގެން އަވަހަށް އަނގަމަތީގައި އަތްއަޅާލިއެވެ. އޭރު އެތަނައް ހުއްޓުނު ޒަހްރާން އާއި މާނިއު ވެސް ތިބީ ލާނެތް ފާޑަކަށް ހީލައިގެންނެވެ.

“ބްރޯ މަ ގޮސްދާނަމޭ ތި ވަރަށް ނުހެވުނަސް .. ކިހާ އިރަކު ތަ ދާން ވީ… “ނޫނެކޭ ބުނަން ނުކެރިގެން ޒަޔާން އަވަސްއަވަހަށް ބުނެލިއެވެ.

“އޭނާ އާއި ހުރިހާ އަންހެން ކުދިން ދެންމެ އެދިޔައީ ސެލޫން އަށް ރެޑީވާން ވެގެން… ކައެ ތައްޔާރު ވެގެން ދޭ .. އޭރަށް އަދި ލަހެއް ނުވާނެ .. އަހަރެމެން ވެސް މިދަނީ ރެޑީ ވާން މިޙާރު އެއޮތް ހަތެއް ޖަހަނީ..” މިހުރާން ދާންވީތަން ބުނުމުން ޒަޔާން ނިކުމެގެން ދިޔައެވެ. އެއާއެކު އެތަނުގައި ހިފައިލީ ތިން މީހުންގެ ހިނިގަނޑުގެ އަޑެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު