ތެމި ވާރޭގާ ވީމޭ 16 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 16

ނަވާރް އަށް ހުއްޓުން އެރީ ޒެހެކް އާއި ވާހަކަ ދައްކަން ވަންނަ ދޮރު ކައިރީގައި ހުރީ މީހަކު ފެނިފައެވެ. ބޮލަށް ބާރުކުރަން ފެށީ ނުހަނު ބޮޑަށެވެ. މެދު އުމުރުގެ މީހެކެވެ. އަޅާފައި ވާ ތޮފި ރަނގަޅުކޮށްލާގޮތުން މީހަކަށް އެމޫނު ފެނިދާނެތީ އުޅޭހެން ވެސް ހީވެއެވެ. ޒެހެކް ހީލައިގެން ވާހަކަ ދައްކަން ހުރި ގޮތުން އެއީ ޒެހެކް އާއި ނުހަނު ގާތް މީހެއް ކަން ނަވާރް އަށް އެންމެ ބަލައިލުމަކުން ވެސް ފާހަގަ ވިއެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ނަވާރް އާއި ޔަޒަން ބައްދަލް ވި ދުވަހު އެމީހުންނާ ދިމާ ބަލަން އެހުރީ އެމީޙާއެވެ.

ނަވާރްއަށް ވަމުން ދިޔަ ގޮތުން ޔަޒަން ހައިރާން ވިއެވެ. ދެތިންފަހަރަކު ރަނގަޅު ހޭ ވެސް އެހިއެވެ.

“އައި ވޮނަ ޓޯކްޓް ޔޫ…ޕްލީޒް ކޭން ވީ ގޯ ސެޕަރޭޓްލީ..”ނަޥާރްގެ މޫނުމަތީގައި ވީ އާދޭހެވެ. ބިރާއި ހާސްކަން އެކުލެވިފައިވާ މޫނަމަތީ ފެން ތިކިތައް ވިދަމުންދިޔައެވެ. ޒެހެކް މެންނަށް ފުރަގަސް ވާހެން އެނބުރުނީ އެމީހުންނަށް ފެނުމުގެ ކުރިން އެތަނުން ދިޔުމުގެ ބޭނުމުގައެވެ.

ޔަޒަންއަށް ވާނުވާ ނޭނގުނަސް ޔަޒަން ބެލީ ނަވާރް ހަމަޖައްސާލެވޭތޯއެވެ. ނަވާރްގެ މޫނުމަތީގައި ވީ ޔަޒަން އަށް ނުހަނު އުނދަގުކުރުވި އަސަރުތަކެކެވެ. “ގާލް ކާމްޑައުން.. އިޓްސް އިމްޕޮސިބަލް މިގަޑީގަ ސެޕަރޭޓް ކޮން ދާން..އަންޑަސްޓޭންޑް ދޯ.. ޖިޕް ނެރެގެން އެއަންނަނީ ޔޫޝައު.. ވީ ހޭވް ޓް ގޯ ޓްގެދާރ ރައިޓް ނައު..އާފްޓާ ދިސް އައި ޕްރޮމިސް ޔޫ ވީ ވިލް ޓޯކް .. އޯކޭ..” ނަވާރްގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ޔަޒަން ބުނެލިއިރު އަޑުމަޑު ވެފައި އެ އަޑުގައި ވި އަޅާލުން ނަވާރްއަށް އިހްސާސް ވިއެވެ. ކުރިއަށް ވުރެން ހަމަޖެހިފައި ނަވާރް ފުންނޭވާ އެއް ދޫކޮށްލިއެވެ. ޔަޒަން ނަވާރްގެ ދަބަހުގައި އޮތް ކަޅުކުލައިގެ ތޮފި ނަގާ އަޅާލަދިނެވެ.

ލިއަމް ގޮވާލުމުން ނަވާރް ގޮވައިގެން ޔަޒަން ހިނގައިގަތް އިރު ޒެހެކް ވެސް އޭނާ އާއި ވާހަކަ ދައްކަން ހުރި މީހާ ގާތު ދަނީއޭ ބުނެ އަންނަތައް ނަވާރް އަށް ފެނުނެވެ. އެމީހާ އާއި ޒެހެކްގެ އޮތީ ކޮން ގުޅުމެއް ބާ އޭ ނަވާރް ހިތައް އަރަމުން ދިޔައިރު ފާޑުފާޑުގެ ވަހުމްތަކުން ނަވާރްގެ ހިތައް ދިޔައީ ބިރުވެރިކަން ވަންނަމުންނެވެ.

“ޒެހޭ މެޑަމް.. ކާކުތަ ދެންމެ އެހުރީ ގާތުގަ..” ޔަޒަން ކުރަން އުޅުނު ސުވާލް ކޮށްލީ ޖިޕް ދުއްވަން އިން ޔޫޝައު އެވެ.

“އެއީ އަޅުގަނޑުގެ ބައްޕަ” ޒެހެކް ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.

ފެންފޮދެއް ބޯ އިން ނަވާރް އަށް އެއަޑު އިވިފައި ދިޔައީ ކޮށިއަރައިގެންނެވެ. ނަވާރްގެ ކުރިމަތީގައި ޔަޒަން އަވަސްއަވަހަށް ތެދުވެ ނަވާރްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލިއެވެ.

“ޔޫ އޯކޭ…ޔޫ އޯލް ރައިޓް”ކޮށި އެރިއެރީނުން ނަވާރްގެ ލޮލުން ފެން ވެސް އައިސްފައި ހުއްޓެވެ. އޭނާ ބޮލުން އާއެކޭ ބުނުމުން ޔަޒަން ކުރިން އިންތާ އިނދެވުނީ އެހެން މީހުން ވެސް އޭގައި ތިބި ކަން ހަނދާން ވެފައެވެ. އެހެން މީހުން ހައިރާން ވެފައި ބަލަން ތިބިގޮތުން ޔަޒަން ނިތް އަރުވާލިއެވެ. ޑްރައިވަރު ސީޓުގައި އިން ޔޫޝައު ފަހަތައް އެނބުރިލައިގެން ބަލަން އިންއިރު އިނީ ހައިރާންވެގެން ގޮސް އަނގަ ހުޅުވިފައެވެ.

އެންމެންގެ ނަޒަރު އަމާޒުވާން ފެށުމުން ނަވާރް އިނީ ލަދުން ހަލާކުވާ ވަރުވެފައެވެ.

ހައިރާން ނުވެ ނުހުންނާނެ ތާއެވެ. މިވީހާތަނަށް އަންހެނަކު ފެންނައިރު ޔަޒަން ދައްކަމުން އައީ ރުޅިވެރިކަމެވެ. ބީރައްޓެހިކަމާއި ފޫހިކަމެވެ. ކިރިޔާ ވެސް އަނގައިން ބުނެލަނީ ޒެހެކް އާއެވެ. އެވެސް ގާތް އެކުވެރިއެއްގެ ގާތް ފަރާތަކަށް ވީމައެވެ. އަދި ހާއްސަކޮން ނަވާރް އައިސް މިވީ ދުވަސްކޮޅު ތެރޭގައި ނަވާރް އާއި ވަކިން ބީރައްޓެއްސެވެ.

“އޭމް އައި ޑްރީމިން.. ވެން ތިހާ ކްލޯޒް ވީ..” ޔޫޝައު ކާރު އަލުން ދުއްވާލަމުން ބުނެލައިފިއެވެ. ޒެހެކް އާއި ލިޔަމްގެ ހުނުމުގެ އަޑު ވެސް އިވިގެންދިޔައެވެ. ޔަޒަން ވެސް މިދެން އެވަރު ކަމެއްހޭ ބުނެ ސީޓުގައި ލެނގިލައިގެން އިންއިރު އިނީ ޒާތަކަށް ހެވިފައެވެ.

“ކޭސް ރިޕޯޓް ކޮށްފައިވަނީ ދެގަޑި ސާޅީސް ފަހެއްގަ.. މީނާގެ ނަމަކީ ޔައުގޫބް އާލަމުﷲ …ބަންގްލަދޭޝްގެ ރައްޔިތެއް .. ގަލޮޅު ފުޓުބޯޅަ ދަނޑުގެ ތެރޭގައި އޮއްވާ ފެނީ.” ފައިލް އެއް ހިފައިގެން އިނދެ ލިއަމް ކިޔައިދެމުން ދިޔައެވެ.

“ފަވާދް ސާރ ފޮނުއްވެވި ޓީމްގެ މީހުންވެސް އެއޭރިޔާގައި ތިބީ ” ޔޫޝައު ފަވާދު ގުޅާފައި ބުނެލި ވާހަކަ ބުނެލިއެވެ. ޒެހެކް ބޯ ޖަހައިލާގެން އިނދެ އިތުރުން ސުވާލްތައް ކުރަމުން ދަނިކޮން ނަވާރް ގެ އަތުގައި އިން އަނގޮޓި ލޮލުގައި އަޅައިގަތެވެ.

“ވެއިޓް ނަވާ.. ރިންގް.. ޔޫ އެންގޭޖްޑް” ދެލޯ ބޮޑުކޮށްލަމުން ޒެހެކް އަހައިލިއެވެ. ހައިރާން ވެގެން އަނގަމަތީގައި އަތް އަޅާއިގެން އިނދެ ނަވާރްގެ މޫނަށް ބަލަމުން ދިޔައެވެ.

ނަވާރް އޭރު ގަދަކަމުން ހީލައިގެން އިނެވެ. ނަޥާރް އިނީ ޒެހެކް އާއި ވާހަކަ ދައްކަން އުނދަގުވެފައެވެ. އެއީ ޒެހެކް ބައްޕަ އަށް ވިޔަސް ޒެހެކްގެ ކުށެއް އެކަމުގައި ނޯންނާނެކަން ވިސްނުނަސް އޮޅުބޮޅުން ގަނޑެއްގައި ހުރުމުން އެކަމުން ނަވާރް އަށް އުނދަގު ވަމުން ދިޔައެވެ.

“ގެޓިން މެރީޑް..ސޫން އިންޝާﷲ” ނަޥާރް އަނގޮއްޓި އިން އަތް ނަގާ ދައްކާލަމުން ބުނެލިއެވެ.

“އެންޑް އަމް ދަ ހަޒްބަންޑް” ޔަޒަން ނަވާރް އާއި ދިމާ ބަލައިލަމުން ބުނެލިއެވެ. އެ ބަލައިލުމުން ނަވާރް ލަދުން އިސްޖަހައިލިއެވެ.

“އޭއި އޭއި..” އެންމެންގެ ހަޅޭކްގެ އަޑުން ޔަޒަން އާއި ނަވާރް ކަންފަތުގައި އަޅާއިގެން ތިއްބެވެ. އެއިން މީހަކަށް ދުވަހަކުވެސް އެއަށް ވުރެން ހައިރާން ކުރުވަނިވި ހަބަރެއް ނުލިބޭފަދައެވެ. ތިން މީހުން ދެލޯ ބޮޑު ކޮށްލައިގެން ބަލަން ތިބި ގޮތުން ނަވާރް އަށް ހެވުނެވެ.

އެކަކުވެސް އެއީ ތެދެއް ކަމަށް ގަބޫލް ކުރަން ދަތިވެގެން އެތައް ސުވާލެއް ކުރަމުންދިޔައެވެ.  އެކަމަކް ޔަޒަން ސަމާސާއަކަށް ވެސް ދޮގެއް ނުހަދާތީ ގަބޫލް ކުރަންޖެހުނެވެ. ޔަޒަން އާއި ނަވާރް އަށް މަރުހަބާ ކިޔަމުން އެ ވާހަކައިގައި ތިއްބާ ސީން އަށް ދެވުނެވެ. އެމީހުން ގާތު ކެއުން ދޭން ޖެހޭނެ ކަމަށް ބުނެ އެންމެން އެކުއެކީގައި ހިނގައިގަތެވެ.

މުޅި ހިސާބުގަޑު ބަންދުކުރެވިފައި ވާ އިރު ނޫސްވެރިންގެ އިތުރުން ފުދޭވަރަކަށް އާންމުން ވެސް ތިއްބެވެ.

ޔަޒަން އޭނާގެ އައިޑީ އެހިސާބުގައި މަޑުކޮށްލައިގެން ހުރި ގާޑު އޮފިސަރަށް ދައްކާލަމުން ޓޭޕް ދަށުން އެތެރެވިއެވެ. އޭނާގެ ފަހަތުން ނަވާރް އާއި ލިއަމް އަދި ޔޫޝައު ދިޔައެވެ. ޒެހެކް އޭރު އެތާގައި ހަރަކާތްތެރި ވަމުން ދިޔަ އިތުރު އޮފިސަރުންނާއި ވާހަކަ ދެއްކުމަށް ހުއްޓެވެ.

އެއްފަރާތަކަށް އަރިއަކަށް އޮތް މީހާގެ ގައިމަތީގައި ހުދު ފޮތިގަޑެއް އަޅާފައި އޮތް އިރު ދެ އޮފިސަރުން ހަރާކްތެރި ވަމުން ދިޔައެވެ. “ސާރ އަޅުގަނޑުމެން ބޭރުން ބެލި ބެލުމުގައި އެއްވެސް ތަނަކަށް ޒަހަމް ކޮށްފައެއް ނެތް .. އެކަމަކު ކަރުގެ ވަށާއެބައިން ވަރަށް ބޮޑަށް ނޫފައި ގަނެފަ..ދެން ތިކޮޅުން ބުނިހެން ގައިގަ އަތްލާފަ އެއްވެސް ޗެކް އެއްވެސް ވަރަކަށް ޗެކް އެއް ނުކުރަން” ޔަޒަން ކައިރިވުމުން އެތަނުން އެކަކު ވާހަކަ ކިއަދިނެވެ.  ޔަޒަން ބޯޖަހައިލާފައި އިތުރު ސުވާލް ކުރިއެވެ.

ޔަޒަން ކައިރި ވެލުމުން އޮފިސަރެއް ދިއްކޮށްލި ހުދު ކުލައިގެ ރަބަރު އަންގި އަތައް މަޙާލައިގެން އެމީހާގެ ގާތައް ތިރިވެލައި އެމީހާގެ ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑު ނެގިއެވެ. އެމީހާގެ ހަށިގަނޑު ފާސް ކުރަން ފެށިތަނުން ނަވާރް އައިސް ހުއްޓިލިއެވެ.

ނަވާރް އަށް އެމީހާގެ މޫނުމަތި ފެނުމުން ލިބުނީ ޝޮކެކެވެ. ބަންގްލަދޭޝްގެ ރައްޔިތެއް ނަމަވެސް އެއީ އޭނާއަށް ހަނދާން ނެތޭނެ ފަދަ މޫނެއް ނޫނެވެ. މީގެ އަހަރު ތަކެއް ކުރިން އެންމެ ފަހަރަކު ފެނުނު މީހެއް ނަމަވެސް އެ މޫނެއް ނޯޅުނެވެ. ދުވަސް ވެފައި ހުރި ނަމަވެސް އެއީ ހަމަ އެމީހާއެވެ. ނަވާރްގެ ކޮޓަރީގެ އޭސީ ހަލާކުވެގެން ހަނދަން އައި މީހާއެވެ. ބިރުވެރި ފާޑަކަށް ބަލަން ހުރީ މި ބަންގްލަޑޭޝް މީހާއެވެ. މިއަދު މިދިމާ ވަނީ ހުސް އެއްވަރު ކަންތަކާ އޭ ހިތައެރިއެވެ.

ނަވާރް އަށް ޔަޒަންގެ ކޮނޑުގައި ހިފާ ބާރުކޮށްލެވުނެވެ. ކޮންމެ ވެސް ގޯހެއް އެބަ އުޅެއެވެ. އަވަސް ވީ ގޮތަކުން މި ކާކުކަން ހޯދަން ވީއެވެ.

ނަވާރް، ޔަޒަންގެ ކޮޑުގައި ހިފުމުން ސިހިފައި ބަލައިލިއެވެ. ނަވާރްގެ ހުދުވެފައި މޫނު ފެނުމުން ޔަޒަން އަށް ކޮޅަށް ތެދުވެވުނެވެ. ޔަޒަން ޒެހެކް އަށް ގޮވާލުމަށް ފަހު ނަވާރް ގޮވައިގެން އެއްފަރާތައް ޖެހިލިއެވެ.

“ނަވާރް މިއަދު އޯކޭތަ..” ޔަޒަން އަހައިލިއެވެ. ޔަޒަން ހީކުރީ މަރުވެފައިވާ މީހަކު ފެނުމުން ބިރުގަތީ ކަމަށެވެ.

ނަވާރް ވަގުތުން ބޯ ހޫރައިލީ ރަނގަޅެއް ނޫނޭ ބުނާފަދައަކުންނެވެ.

“ޔަޒަން އަމް ސްކެއާޑް.. އައި ނޯ ދިސް ޕާސަން”ނަވާރްގެ އަޑުގައި ވި މަޑު ތުރުތުރު ޔަޒަންއަށް ފާހަގަ ވިއެވެ. ޔަޒަން ހައިރާންވެފައި ހުރެ ކީކޭ ހޭ އަހައިލިއެވެ. އިތުރު އޮފިސަރެއް ގޮވާލީ ވެސް އެވަގުތުއެވެ.

” ލެޓްސް ޓޯކް ލޭޓާރ .. އަމް ސޮރީ އެގެއިން .. ލެޓްސް ގޯ..” ނަވާރް ވެސް ގޮވައިގެން ޔަޒަން އެދިމާލަށް ދިޔައެވެ. އޭރުވެސް ނަވާރް ހުރީ ނެގިމަޑުވެފައެވެ.

“ޔަޒަން.. ނަވާރް  ބަލާ ދިސް އިޒް ހޮރިބަލް ..” ޔަޒަން އާއި ނަވާރް ކައިރިވުމުން މަރުވެފައި އޮތް މީހާގެ ކައިރީގައި އިން ޒެހެކް އެމީހާ ލައިގެން ހުރި ޓީޝާޓް ހިއްލާލައިފާ ދެއްކި އެއްޗަކުން އެންމެންނަށް ވެސް ލިބުނީ ބޮޑު ސިހުމެކެވެ. ޔައުގޫބް ގެ ނަން އިނގިރޭސި އަކުރުން  ވަޅިން އަޅާފައި ހުރީ ޔައުގޫބުގެ ބަނޑުގައެވެ. އެހިސާބުގައި ހުރި ލޭތައް ހިކި ގިނައިރުވުމުން ލޭގެ އަސަރްވެސް ވަނީ ކެނޑިފައެވެ. އޭނާ އޮތީ ލޭހުސްވެފައިވާ މީހަކު ފަދައިން ހުދުވެފައެވެ. ދެލޯ ކައިރި ކަޅު ވެފައި ކަރު ވަށާ ބޮޑު ތަންގަނޑެއް ނޫފައި ގަނެވެފައިވެއެވެ. ޔައުގޫބު ފެނިފައި ޖެހިލުން ނުވާ އެކަކު ވެސް އެތާކު ނެތެވެ.

“އަންބިލީވަބަލް..” ލިއަމް، ޔޫޝައު އާއި ދިމާ ބަލައިލަމުން ބުނެލި އިރު އަޑުގައި ވަނީ ޖެހިލުން ވުމެވެ. މިފަދަ ކޭސް އެއް އޭނާއަށް ވެސް މިފެނުނީ އަދި އަލަށެވެ.

ސީން ނިމުނު އިރު ހުރީ އިރުއޮއްސިފައެވެ. ވަރުބަލި ކަންމަތީގައި އެންމެން އޮފީހަށް ގޮސް އަނެއްކާ ވެސް ވަނީ އެގަޑީގައި އޮތް މީޓީންއަކަށް މީޓިން ރޫމަށެވެ.

ނަވާރް އާއި ޒެހެކް ދަމުން އެ ކޭސް އާއި ބެހޭ ބައެއް ކަހަލަ ދައްކަމުން ދިޔައެވެ. “އައި ނެވާ ސީ އެނީ ކޭސް ލައިކް ދިސް .. ހާދަ ސްކޭރީ ކޮންނޭ އެއިނީ ބަނޑުގައި ނަންވެސް ޖަހާލާފަ” ނަވާރް ބުނެލިއިރު އަދިވެސް މުޅިއަކުން ހަމަ އެއްނުޖެއެވެ.

“ސޭމް މި ވީ ނައިން ޔެއާސްގަ ފަސްޓް ޓާއިމް އެވާރ މިކަހަލަ ކޭސް އެއް ފެނުން..”ޒެހެކް އަތުގައި އޮތް ފައިލްއިން ޒެހެކް ދައްކާލީ މިއަދު ތަހްގީގް ގެ ތެރެއިން ނަގާފައި އިން ފޮޓޯއެވެ.

ފަވާދު އާއި އެއްކޮން ބައްދަލް ވުން ކުރިއަށް ގެންދިޔައިރު ވަކި ހިސާބަކުން އެ ކޮޓަރިއަށް އިތުރު މީހަކު ވެސް ވަދެ ބައިވެރިވިއެވެ. އެމީހަކު ފެނުމުން ޔަޒަންގެ މުޅި މޫޑް ހަރާބް ވިއެވެ. ވި ފޫހިން އަނެއް ފަރާތައް ބަލައިލި ހިނދު އޭނާ އާއި ދިމާ ބަލަހައްޓާއިގެން އިން ޒެހެކް ފެނުނެވެ. ޒެހެކް ވެސް ލޮލުގެ އިޝާރާތުން އެމީޙަ ދައްކާލި އިރު އޭނާގެ މޫނުގައި ވެސް ވީ ހިތްހަމަ ނުޖެހުމެވެ.

“މާދަމާ އިން ފެށިގެން ތިކުދިންގެ ސެކްޝަންގެ ހެޑް އަކީ ހިލްމީ ސާރ.. އެކަމް އަޅުގަނޑުވެސް އުޅޭނެ ހަމަ .. މި ކޭސް އާއި އެކު ތިކުދިންނާއި އެއްކޮން ކުރިއަށް ދާނީ ހިލްމީ ސާރ…” ފަޥާދްގެ ކައިރީގައި އިން ގޮނޑީގައި އިން ހިލްމީ ތައާރަފް ކޮށްދިން ވަގުތު ފަވާދްގެ މޫނުން ވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް ފެންނަން ހުރިކަން ފާހަގަ ވީ ޔަޒަން އަށެވެ. އެހެން މީހުން އެ ކޭސްގެ ވާހަކަ ފޯރީގައި ދައްކަމުން ދިޔައިރު ފަވާދް ހިލްމީ އާއި ބެހެއްޓި ދުރުކަން ވެސް ޔަޒަން އަށް ފާހަގަ ވިއެވެ.

ކުޑަ ދެލޮލެވެ.  ހިނިތުންވެލި އިރު ވެސް ހީވީ  ރުޅި އައިސްފައި ހުރި މީހަކު ގަދަކަމުން ހީލިހެންނެވެ. ބޮޑާ ކިބުރުވެރި ގޮތަކަށް ހުރި އިރު އޭނާގެ މޫނުމަތިން ފެންނަނީ ބީރައްޓެހި ކަމެވެ.

“ސަލާމް އަޅުގަނޑަކީ ހުޅުމާލޭ އޮފީހުން މިކޮޅަށް މިއަދު ޓްރާންސްފާ ވި ތިކުދިންގެ ނިއު ހެޑް.. އުއްމީދަކީ މި ޓީމާއި އެކު ގުޅިގެން މަސައްކަތް ކުރުން .. އަޅުގަނޑުގެ ނަމަކީ އަލީ ހިލްމީ…”ހިލްމީގެ ވާހަކައިން ހިނިއައިސްފައި ތިބީ ޔޫޝައު އާއި ލިއަމް އެވެ.

“އެހެން ވީ މަ މި ކޭސް ނިމެންދެން ޔައުގޫބް ގެ ބޮޑީ ފްރީޒިން ރޫމްގައި ބޭއްވިގެން ދާނެ.. ސޯ ގުޑް ލަކް..” ޒެހެކް ވާޙަކަ އަށް ފަހު މީޓީން ނިމިގެން ސައިން އައުޓް ވެފައި ޔަޒަން އާއި ނަވާރް ވެސް ނުކުތީ ގެއަށް ދިޔުމަށެވެ.

**

ފަވާދު ބާރު ހިނގުމުގައި އައިސް އޭނާ އިންނަ ކޮޓަރިއަށް ވަން އިރު ރުޅިގަދަ ވެގެން ކަތުރު ކަށިގަނޑު ތެޅެއެވެ. އޭނާ މޭޒުގައި ދެއަތް އަޅުވާލައިގެން ކޯޑްލެސް ފޯނު ނަގާ ނަމްބަރަކަށް ގުޅާލިއެވެ.

” ސީޕީ އަށް ވެސް ނޭނގުނުތޯ އެ ނޫން މީހަކު މިކޮޅަށް ޗޭންޖް ކުރަން ” އެކޮޅުން ދިނީ ފަވާދު މާރުހޭ ޖަވާބެއް ނޫނެވެ. ސީޕީގެ މާ އަރިސް މީހަކީއެވެ. ގައުމުގެ ނައިބް ރައީސްގެ އާއިލާގެ ބޭފުޅަކީއެވެ. ދެން ބޭނުން މަގާމަކަށް ދާން ހަމަ ބުނެލުމާ އެކު ދެވޭނެ ނޫން ހެއްޔެވެ. ފަވާދް ކަހަލަ އާދައިގެ މީހަކު ސާޅިސް އަހަރު ހިދުމަތުގައި ހުރިނަމަވެސް ބަލައިގަންނާނީ ކާކުހެއްޔެވެ. އެކަނި ހުރެ ކުދި ކިޔަމުން ފަވާދު ފޯނު ނަގާ ގުޅާއިލީ އޭނާގެ ދުވަސް ވީ އެކުވެރިޔާ އަކްރަމް އަށެވެ.

**

ޔަޒަން، ކާރުގައި ނަވާރް ގެޔަށް ލާން ދިޔައެވެ. ޔަޒަން ނިންމައިގެން ހުރީ މިރޭ ނޫރާ އާއި ބައްދަލް ކުރުމަށެވެ. ދިޔަ މަގުމަތީގައި އިތުރު ވާހަކައެއް ދެއްކޭ ވަރު ނުވީ ސަހުރޫޒް ގުޅުމުންނެވެ. އޭނާ ހުޅުމާލޭގައި ހުރެފައި މިހުރީ ގޭގައި ކަމަށް ބުނެ ވާހަކަ އަޅުވާލި ގޮތައް ފޯނު ކަނޑާލަން ނޫޅުނެވެ. ދެދުވަސް ވެގެން ދިޔައިރު ޔަޒަން ފެންނަވަރު ނުވާތީ އެކަމާ ސަހުރޫޒް ނުހަނު ޝަކުވާ ކުރިއެވެ. ނަވާރް އަށް ވާހަކަ ދައްކަން އިތުރު ޗާންސް އެއް ނުލިބިގެން އިނީ ދެރަވާ ގޮތް ވެފައެވެ. މިއަދު އެއްކޮން މިދަނީ އެކަހަލަ ގޮތަކަށެވެ.

ޔަޒަން އަށް އިރުކޮޅަކާއި ނަވާރްގެ މޫނަށް ބަލައިލެވެއެވެ. ނަވާރް ބިއްލޫރިގަނޑުން ބޭރު ބަލަން އިންގޮތުން ޔަޒަންގެ ހިތައް އުނދަގުވިއެވެ. އެކަމަކް ޝަހުރޫޒް ދައްކަން ފެށި ވާހަކަ ހުއްޓާކަށް ނޫޅުނެވެ. ގެއާއި ހިސާބަށް އާދެވުމުން އަނގައިން ބަހެއް ނުބުނެ ނަވާރް ފައިބައިގެން ދިޔުމުން ޔަޒަން ބިޒީ ވެއްޖެ އޭ ބުނެ ފޯނު ކަނޑާލަމުން ކާރު ޕާކު ކޮށްފައި ނަވާރް ގެ ފަހަތުން އައެވެ.

“ސޮރީ ..” ނަވާރް އާއި އެއްހަމައެއްގައި ހިނގަމުން ޔަޒަން މަޑުމަޑުން ބުނެލިއެވެ. ނަވާރް އިސްޖަހައިލާގެން ހުރެ މަޑުމަޑުން ބޯ ޖަހައިލިއެވެ.

ނަވާރް އެހާ މަޑުން ހުރުމުން ޔަޒަން އުނދަގުވިއެވެ. އޭނާ އަށް ތުންފަތުގައި ދަތްއަޅައިލެވުނީ ދެން ހަނދާނެ ގޮތެއް ނޭނގުމުންނެވެ.

ލިފްޓަށް އެރި އިރު ވެސް ޔަޒަން، ނަވާރް އާއި ހުރީ ދެ ފޫޓެއްހާ ދުރުގައެވެ. ދެމީހުން ކުރެ އެކަކުވެސް އަނގަޔަކުން ބަހެއް ނުބުނެއެވެ. އެހަހިމޭން ކަމުން ޔަޒަން އަށް އުނދަގުވެގެން ނަވާރްއަށް ގޮވައިލިއެވެ.

”ނަވާ..” ނަވާރް އާއި ކުރިޔަށް ވުރެން ކައިރިޔަށް ޖެހިލިއެވެ.

ނަވާރް އެ ހުރިހާ އިރު އިސްޖަހައިގެން ހުރެ އިސް އުފުލާލީ ހައިރާންވެގެންނެވެ. އެންމެން “ނަވާ” ކިޔާފައި ގޮވި ނަމަވެސް ޔަޒަން މުޅިންވެސް ގޮވަނީ ނަވާރްގެ ފުރިހަމަ ނަމުންނެވެ. ހިނިވެސް އައެވެ. ހޫން އަޅުވާލަމުން އިސްޖަހައިލި އިރު ނަވާރް އަށް ބާރަށް ހެވިއްޖެއެވެ.

“ވަޓްސް ރޯންގް”ޔަޒަން އަށް ވާނުވާ އެނގުނު ނަމަވެސް ހޭންފެށިއެވެ.

އެވަގުތު ކުއްލިއަކަށް ކަރަންޓް ކެނޑި ލިފްޓް ހުއްޓުމަކަށް އައި ގޮތުން ނަވާރް އަށް ހަޅޭއްލަވައި ގަނެވުނެވެ. ލިފްޓް ތެޅިގަނެފައި  ތިރިއަށް އަންނަމުން ދިޔަ ގޮތުން ނަވާރް ޔަޒަންގެ ގައިގާ  އޮޅުލައިގެން ގޮތަށް ކުރިއަށް ވުރެން ބާރަށް ތޫލި އަޑަކުން ހަޅޭއްލަވަމުން ދިޔައެވެ. އޭނާގެ ދެފައި ވެސް ބިމުގައި ހަރު ނުލައެވެ. ޔަޒަންގެ ގައިގާ ހިފައިގެން ގޮތުން އޭނާގެ އަތުގައި ވަކިވެސް އަޅުވާލައިފިއެވެ.

ޔަޒަން އެތް އަތުން ލިފްޓުގެ އަތްގަނޑުގައި ހިފައިލަމުން އަނެއް އަތުން ނަވާރްގެ އުނަގަނޑުގައި ހިފާ ގަޔާލާ ފިއްތާލައިގެން ހުރި އިރުވެސް ނަވާރް އުޅެމުން ދިޔަ ގޮތުން ޔަޒަން އަށް ހެވޭވަރުން އަޑުބޭރު ނުވެ ހުރީ ކިރިޔާއެވެ. ނަވާރްގެ އަޑު މަޑުވީ ލިފްޓް ތަނެއްގައި ޖެހި ހުއްޓުމަކަށް އައުމުންނެވެ. އޭރު ލިފްޓްގައި ހުރީ އެމަޖެންސީ ލައިޓް ދިއްލި ފަނޑު އަލިކަމެއް ވެސް ވެރިވެފައެވެ.

ނަވާރް ހޭވެރިކަންވީ އެ ލައިޓްގެ ފަނޑު އަލި ލިބުމުންނެވެ. މިހުރެވުނީ ޔަޒަން އާއި ކިހާ ގާތެއްގަ ކަން އިޙްސާސް ވީ ވެސް އެވަގުތުއެވެ. އޭނާގެ މޫނަށް ހުއްޓިފައިވި ޔަޒަންގެ ތޫނު ނަޒަރު ވެސް އެވަގުތު ލޮލުގައި އަޅައިގަތެވެ. ނަވާރް އަވަހަށް ދުރުވާން ހަދައިގެން ފަހަތަށް އަޅަން އުޅުނު ފިޔަވަޅު ވެސް މަގުން ކައްސާލައިގެން އެޅުނީ ކުރިއަށެވެ.  ނަވާރްއަށް ބަލައިލެވުނީ ޔަޒަން މޫނަށެވެ. ނުހަނު ކައިރީގައި ދެމީހުންގެ މޫނު ވީ އިރު ޔަޒަންގެ ފިރިހެންވަންތަ މޫނު އެހާ ކައިރިން ފެނުމުން ނަވާރްގެ ހިއްސުތަކަށް ވާންވެލިއެވެ.

ދެމީހުން ނަޒަރު ބައްދަލް ވެފައިވީ އިރު ދުނިޔެ މަތީގެ އެއްވެސް ކަމެއްގެ ހިލަމެއް ވާހެން ހީނުވެއެވެ. އަމިއްލަ ދުނިޔަކަށް ގެއްލިފައި ތިބެ ދެމީހުން ނޭވާ އެޅޭހާ ކައިރިޔަށް ދެވުނު ކަމެއް ވެސް ނޭނގުނެވެ. އެ މަޑު ތުންފަތުގެ އަރާމް އެއްފަހަރު ހާސިލް ކުރެވިފައި ވީ ހިނދު ޔަޒަންގެ ހިތް އެކަމަށް އެދެން ފެށިއެވެ. އެކަމަށް ހިތާއި ސިކުނޑި އިއްތިފާގުން، އިންތިހާއަށް ބާރު ފޯރުފޯރުވަމުން ދިޔައެވެ. ނަވާރްއަށް ދެލޯ މަރައިލެވުނު ހިނދު ޔަޒަން ދެކުނީ އެއީ ދައުވަތެއް ކަމުގައެވެ.

ދެމީހުން އެކަކު އަނެކަކުގެ އަތު ތެރޭގައި ތިބެ އެކަމަށް އިޖާބަ ދިނެވެ. އިރޮކޮޅެއްފަހުން ޔަޒަން އަށް ހަމަހޭވެރިކަން ވެ އަވަސްއަވަހަށް ދުރަށް ޖެހުނެވެ. އޭނާ ނަވާރްއާއި ދިމާ ބަލައިލި އިރު އެ ތުންފަތް ރަތްކަމުން ހީވަނީ ލޭކޮޅެއްހެންނެވެ. ޔަޒަން ހީކުރީ ކުރީފަހަރު ވީހެން ނަވާރް އަންނާނީ ރުޅިކަމަށެވެ. ނަމަވެސް އެމޫނުމަތީން ނުހަނު ބޮޑަށް ލަދުގަނެފައި ވާކަން ހާމަ ވާން ހުއްޓެވެ. ޔަޒަން އަށް އެކަމުން ލިބުނީ ހިތްހަމަޖެހުމެވެ . ދެމީހުން ކުރެ އެކަކު ވެސް އަނގައިން ބަހެއް ނުބުނެ ތިބިއިރު ލިފްޓު ރަނގަޅުވޭތޯ ދުޢާ ވެސް ކުރެވުނެވެ.

މާގިނައިރެއް ނުވެ ލިފްޓް ރަނގަޅުވުމުން ދެމީހުން ގެޔަށް ވަނެވެ. ނަވާރް ލަދުގަނެފައި ހުރި ވަރުން ބޭނުންވީ ޔަޒަންގެ ކުރިމަތިން އަވަހަށް ދާށެވެ. ޔަޒަން އަށް ވުރެން ހަލުވިކޮން ހިނގީވެސް އެހެންވެއެވެ.

އަންނަ ވާހަކަ ބުނެފައި އޮތުމުން ޒަޔާން އާއި ޒަހުރާން އަދި ރިހާމް ވެސް އުޅެއެވެ. ކޮޓަރިން ނުކުގެން އައި މިލީނާއާއި ހާރިޒްވެސް ޔަޒަން ފެނި ނިކަން ހިނިއައިސްފައި ތިއްބެވެ.

“ނަވާ… އެބަހުރި ސަޕްރައިޒް އެއް ވެއިޓް ކޮށްގެން ކާގޭގަ..” ޒަޔާން ނިކަން ހިނިއައިސްފައި ބުނެލިއެވެ. އޭނާ އަށް ޔަޒަން އައީ ކީއްވެކަން ނޭނގުނަސް ކޮންމެވެސް މުހިއްމު ވާހަކައެއް ދައްކަން ކަން އެނގެއެވެ.

ނަވާރް ގޮސް ކާގެއަށް ވަނުމުން ޔަޒަން ދައްކަން އައި ވާހަކަ ފެށިއެވެ. ހިސާބަކަށް ލަދުގަނެފައި ހުރި ނަމަވެސް ރިހާމް ހުރުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނަވާރް އާއި އިންނަން ބޭނުންވާ ވާހަކަ ބުނުމަށް ފަހު ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނުމުން އެތާގައި ހީވީ ކުޑަ ވަރެއްގެ ބޮމެއް ގޮވިހެންނެވެ.

“ހާއި ބޭބީ..”ކާގެއަށް ވަން އިރު ޔޫލީ އާއި ވިއާން ގޮވައިގެން ބަތް ކާން އެހުރީ މިހުރާން ނޫން ދެވަނަ މީހެއް ނޫނެވެ. ދެލޯ ބޮޑުކޮށްލައިގެން ނަވާރް އައިގޮތުން މިހުރާން ހޭންފެށިއެވެ.

ނަވާރްއަށް އަނގަހުޅުވިފައި ހުރެ ތޫލިއަޑަކުން ހަޅެއްލަވައިގަނެވުނެވެ. ދެވަނަ ސިކުންތުގައި ނަވާރް ގޮސް މިހުރާންގެ ގައިގާ އޮޅުލައިގަތެވެ.

ތުނިކޮން ކޮށާލައިފާ ވާ އިސްތަށިގަނޑާއި އެކު ފުދޭވަރަކަށް ދިގުކޮށްފައި ހުރި ތުނބުޅީގައި ހުރި އިރު މިހްރާން ނުހަނު ރީއްޗެވެ. ގައިގެ މަސްތައް އެތުރިލާފައިވާ ގޮތުން ގަވާއިދުން ކަސްރަތު ކުރާކަން އެނގެއެވެ. ހަށިގަނޑުން ވަރުގަދަ ވެފައި ވާއިރު އޭނާގެ ޓޭން ވެފައިވާ ހަންގަނޑުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

“އަޅޭ .. ކޮންއިރަކު ތަ އައީ ކިހިނެތްތަ ޓްރެއިނިންގް ދިޔައީ..” ނަވާރް ނިކަން ހިނިއައިސްފައި ހުރެ ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ.

“ހަވީރް އައިސްފިން.. މިގެޔަށް އައިތަނާ ހުރިހާ އެންމެން ޑިއުޓީގަ… ގޭގަ އުޅޭ ގްރޫޕް ވެސް ޑިއުޓިގަ. ދެން އަޒާންބެ އާ އެއްކޮން އުޅެ އުޅެފަ މިއައީ ..ހަމަ ބަރާބަރު.. ފަހުންނޭނު ވާހަކަ ދެއްކޭނީ ..ހިނގާބަލަ އެއިވެނީ ކުޑާ ގޮވާ އަޑު” ނޫރާ ގޮވާއަޑު އިވުމުން،، އޭރު ކައި ނިމިފައި ވާތީ އަތް ދޮވެލައިގެން މިހުރާން އާއި ނަވާރް ސިޓިންގްރޫމަށް ދިޔައެވެ.

ހުރިހާ އެންމެން ހައިރާން ވެފައިވާ މޫނުތައް ފެނުމުން ނަވާރް ގާތައް ހިނިވެސް އައެވެ. އެންމެ ބޮޑަށް ހިނިއައީ ޒަޔާން އަށް ވެފަ އިންވަރުންނެވެ. ރިހާމް ހެމުން ދިޔައިރު ފޯނުން ދިއައީ ފޮޓޯ ނަގަމުންނެވެ. ހައިރާންވެގެން އަނގަ ހުޅުވިފައި އިންގޮތައް ޒަޔާން ނަވާރް އަށް ގޮވާލިއެވެ.

ޔަޒަން އެމީހުންގާތު އިންނަ ވާހަކަ ބުނީކަން ނަވާރް އަށް އެނގުނެވެ. ނަވާރް ޔަޒަން އާއި ދިމާ ބަލައިލިއިރު އޭނާ ވެސް ބަލަހައްޓައިގެން ހުރެ ހީލިއެވެ.

“ކިހިނެތް ވީތަ .. ހުރިހާ އެންމެ ދެމިޔަ ކަނުން ސޮނިފައިބާފަ ތި ތިބީ..” މިހުރާންވެސް ވީ ގޮތެއް ނޭނގުނަސް ޒަޔާން އިންގޮތުން ދިޔައީ ހެމުންނެވެ.

“ނަވާ ..ކިހިނެތް.. ކޮން އިރަކު ރައްޓެހިވީ.. ޔަޒަން ބުނީ މެރީ ކުރަން ބޭނުން ވާ ވާޙަކަ.. ޔަޒަން އެކިޔަނީ ތެދެއް ތަ… ” ޒަހްރާން ވެސް އުޅެނީ ގަބޫލް ނުކުރެވިގެން ނެވެ.

ނަވާރް ހިނިއައިސްފައި ހުރެ ބޯ ޖަހައިލުމުން ދެލޯ ބޮޑުކޮށްލައިގެން ހުރި ނޫރާ އައިސް ބައްދާލިއެވެ.

” ދަރިފުޅާ މަންމަ ވަރަށް އުފާ ވެއްޖެ.. ތީ ކިހިނެތް ކޮންއިރަކު ވީ ކަމެއް” ނަވާރް އާއިދިމާލަށް ބަލައިލި އިރު އޭނާގެ ދެލޮލުގައި ވިދަނީ އުފާވެރިކަމުގެ ކަރުނައެވެ.

“އޭ މަޑުކޮށްބަލަ .. ކޫ . މަ އަދި ކަލެއަށް ވަރަށް ޕްރޮޕާ ރިވެންޖް އެއް ނަގާނަން .. ހަނދާން ބަހައްޓާތި.. ސިއްރަކުން އުޅެފި އޭނުން.. ހަންޑިދައިތާ ކުޑަކުދިން މީހުންނާ އިނދޭތަ..” ޒަޔާން އުޅެމުން ދިޔަ ގޮތުން ހިނިއައިސްފަ އިން ޔަޒަން އަށް އިންޒާރު ދިނުމަށް ފަހު ނަވާރް އާއި ދިމާލަށް އަނގަހަދައިލަމުން ޒަޔާން ބުނެލިއެވެ. ދެން އިވިލީ އެންމެންގެ ހުނުމުގެ އަޑެވެ.

ނަވާރް ސޯފާގައި އޮތް ކުޝަން އެއް ނަގާ ޒަޔާން އާއި ދިމާލަށް އެއްލައިލީ ލޯ އަޅާލައިގެން ހުރެއެވެ. ހުރިހާ އެންމެން ޔަޒަން އާއި ނަވާރް އަށް މަރުހަބާ ކިޔަމުން ދިޔައެވެ. އެންމެންގެ މޫނުމަތިން ފެންނަމުންދިޔަ ހިތްހަމަޖެހުމާ އުފާވެރިކަމެވެ.

ރިހާމް ހިނިއައިސްފައި ހުރި އިރު އެދެމީހުންގެ ކައިވެނީގެ ހަގީގަތް އެނގެނީ ހަމައެކަނި އޭނާއަށެވެ. މަސްލަހަތައް ބަލާފައި ޒަޔާން ގާތު ނުބުނަން ޔަޒަން އަށް އިރުޝާދު ދިނީވެސް ރިހާމް އެވެ.

ފަހުމް ޒަޔާން އާއި ޔަޒަން އަދި ރިހާމް ކޮފީ ބޯން ދިޔައެވެ. މިހުރާންވެސް އެމީހުންނާ އެއްކޮން ގެންދިޔައެވެ. ޒަޔާންގެ ފަރާތުން ޔަޒަން އަށް އެތައް ލެކްޗަރެއް އަޑުއަހަން ޖެހުނެވެ. ހީލަ ހީލަ އިން އިރު އޭނާގެ ކޮންމެ ވާހަކަ އަކަށް ޔަޒަން ބޯޖަހަމުން ދިޔައެވެ.

***

ޖެހިގެން އައި ދުވަހު ގޭގެ ބާކީ ތިބި މީހުންނަށް ނަވާރް އާއި ޔަޒަން ގެ ކައިވެނީގެ ހަބަރު ލިބުނެވެ. މައިޝާ އާ މީޝަމް ހީވީ ނަވާރް ރޮލާ ކާލަން އުޅުން ހެންނެވެ. ހާއްސަކޮން މީޝާމް ހުރީ މުޅި ދުވަހު ރުޅި މޫނު ހަދައިގެންނެވެ. ނަވާރް އަށް އެދުވަހު ޑިއުޓީ އަށް ނުގޮސް މީޝަމް ރުއްސަން ޖެހުނެވެ.

ދެމީހުން ޓެރެހުގައި އައިސްކޮފީ އެއް ހިފައިގެން ތިއްބެވެ. ނަވާރް ގާތު މީޝަމް އެތައް ޝަކުވާ އެއް ކުރަމުން ދިޔައެވެ. “ނަވާ .. ހަމަ ރަނގަޅަށް މިބުނީ ދުވަހަކު ވެސް އެއްވެސް ކަމެއް ޝެއާރ ނުކުރާނަން .. ” މީޝަމް ތުން ދަމައިގެން އިނެވެ. އެހެން އިނދެފައި ރޯން ފެށިއެވެ.

“ދެން ސޮރީ އޭ ލަވް..ދެން އެހެނެއް ނުހަދާނަން.. އައި ހޭވް އަ ލޮޓް ޓް ޓޯކް ..” ނަވާރް އެންމެ ފަހުން ގަސްދުކުރީ މީޝަމް އަށް ހުރިހާ ވާޙަކަ އެއް ކިޔައިދިނުމަށެވެ.

ނަވާރް ފުރަތަމަ ފަހަރަށް މީހަކަށް،  އާނާ މަރުވިދުވަހުން ފެށިގެން މިއަދާ ހަމައަށް ހިނގި ހުރިހާ ކަމެއް ފޮރުވުމެއްނެތް ކިޔައިދިނީ މިއަދުއެވެ. އިންޒާރް ދިން ވާހަކަ އާއި މެސްޖްތަކާއި ކޯލްތައް އަދި އާނާ އެގެޔަށް އައި ސަބަބާއި ޔަޒަން އާއި މިލީނާގެ ގާތައް ނުދިޔަ ސަބަބު ވެސް ބުނެދިނެވެ. އާނާ އެގޭގައި ހުރިކަން ޔަޒަން އަށް ފަޅާ އެރިދުވަހު ވީގޮތާއި އެދުވަހު އެމީހުންނަށް ބަލަހައްޓައިގެން ހުރި މީހަކީ ޒެހެކް ބައްޕަ ކަންވެސްބުނެދިނެވެ. އަދި ބަގްސް އާއި ކެމެރާ ތައް ހަރުކޮށްގެން ފާރަ ލީ ވާހަކައާއި ޔައުގޫބްގެ ވާހަކަވެސް ނަވާރް ކިޔައިދިނެވެ.  އެއްވެސް ކަމެއް ސިއްރު ނުކޮށް ކިޔައިދެވުން އިރު ހީވީ ބޮލުން ބޮޑު ބުރައެއް ނެގުނުހެންނެވެ. ޔަޒަން އަށް ނުކިޔައިދޭ ހުރިހާ ކަމެއް ވެސް މީޝަމް ގާތު ނަވާރް ކިޔެވެ.

މީޝަމް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަވާރްގެ އެ ހިތްވަރު ގަދަކަމަށް މީޝަމް ހިތުގެ އަޑިން ސާބަސް ދިނެވެ. އާނާ އާއި ނަވާރް ކިހާ ގާތްކަން މީޝަމް އަށް ވެސް އެނގެއެވެ. އާނާ އައި ފަހުން ނަވާރް ގިނަވަގުތު އާނާ އާއި އެއްކޮން އުޅުން ކަން ވެސް މީޝަމް އަށް އެނގެއެވެ. އާނާ މަރަށް ފަހު ނަވާރްގެ ގައިގާ ކުރިން ހުންނަ ސިޔާސަ ކަން އެއްކޮން ކެނޑި މިޒާޖަށް މަޑުމައިތިކަމާއި ސީރިއަސް ކަން ވެރިވިއެވެ. އަދި ނަފްސާނީ ގޮތުން ވެސް ނަވާރް އެދުވަސް ކޮޅު ނުހަނު ބޮޑަށް ސަކަރާތް ވިއެވެ.

“އަހަރެން ބޭނުން މީޝް ގެ ހެލްޕް ވެސް..ޔަޒަން އަށް ވެސް ބައެއް ވާހލަ ތައް ކިއައިދިނިން ..އެކަމަކު މިވަރަށް ވެސް މިވާހަކަތައް ކިޔައިދިނީއަދި މީޝް އަށް.. އަހަރެން އެކޮޅަށް ނުދަނީސް ކުޑަބެ އާއި ދޮންބެ ދެއްކި ވާހަކަ އެއް އަޑު އިވުން ..  އައި ހާޑް ތި ލޯ ފާމްގަ އޭ އުޅުނީ އެދުވަހު އާނާގެ ޝަރީއެއް ކުރި މީހާ.. އެންޑް އަހަރެންގެ ބައްޕަ ގެ ކޭސްގަ ވެސް އުޅުނު ކަމަށް ބުނާ މީހާ ހަމަ ތި ލޯ ފާމް ގަ އުޅޭ ވާހކަ އިވުން..އެއީ ކުޑަބެ އެތަނަށް ޖޮއިން ވި ރީޒަން.. މީޝް  ކޮށްދޭން ވީ ކަމަކީ އެ ކޮންބައެއްތޯ ބަލައިދީ.. އައި ކޭންޓް އާސްކް  އެއްވެސް ހެލްޕަކަށް ކުޑަބެ ކައިރީގަ.. ރީޒަން އިނގެއެންނު މިހާރު ދޯ..ޔޫ އާދަ އޮން ލީ ވަން އައި ކެން ކައުންޓް އޮން ދިސް” ނަވާރް ކޮފީ ތަށީގައި ތުންޖަހައިލި އެވެ. އެމޫނުމަތީގައި ވަނީ ކަމެއް ދެނެގަންނަން ބޭގަރާރްވެފައިވާ ފަދަ އަސަރްތަކެކެވެ.

ނަވާރް ދެއްކި ހުރިހާ ވާހަކައެއް ކަނުލާ އަޑުއަހަން އިނދެފައި ފުންނޭވާއެއް ދޫކޮށްލިއެވެ. “އަހަރެން ތިކަން ބަލައިދޭނަން އިންޝާﷲ .. މިއަދު އޮފްގަ މިހުރީ.. މާދަމާ ނުކުމެފަ ތިކަންތަކަށް މަސައްކަތް ކުރާނަން .. ތިކަމުގައި ނަވާ އާއި އެކު ގިރާކުރަން ޖެހުނު ކޮންމެ އޮޅިގަނޑެއް ގިރާކުރާނަން .. ކިތަންމެ ކުޑަ ކަމެއް ވިޔަސް ބުނާނެ ކަމަށް ޕްރޮމިސް ކުރޭ .. ވީ އާ ބެސްޓީސް.. ނޮޓް އޮންލީ ކަޒިންސް.” މީޝަމްގެ އަޑުގައިވަނީ ޔަގީން ކަމެވެ. ނަޥާރްގެ ގައިގާ ބައްދާލަމުން ހިތްވަރު ދީ އޭނާ މިހުރީ އޭ ބުނެލިއެވެ.

“ތޭންކިޔު.. އައި ނޯ ޔޫ ވިލް ހެލްޕް މީ .. ޔެސް މައި ބެސްޓީ .. އައި ޕްރޮމިސް.. ” ނަޥާރް ފޯނު ނަގާފައި މިފަހަރު އިހަށް ދުވަހު ފޮނުވަން ފެށި މެސެޖްތައް ވެސް ދައްކާލަން އުޅުނު ވަގުތު އެންމެ ފަހުން އެމީހުން ކޮށްފައި އިން މެސެޖް އޭނާގެ ލޮލުގައި އަޅާއިގަތެވެ. ބިރުގަނެފައި އިނދެ  ނަވާރް އެ ދައްކާލި މީޝާމްއަށެވެ.

“ގަލޮޅު ދަނޑުގައި އޮންނާނެ ނަވާރް އަށް ވީ ހަދިޔާ އެއް.. ސީ ޔޫ ސޫން ..ހަހަހަހާ” ނަވާރް އެމެސެޖް ކިޔާލިއިރު ނަވާރްގެ ނިތުން ދާ ހިއްލައިލިއެވެ. ޔަގުގޫބުގެ ފޮޓޯ އެއް ވެސް ފޮނުޥާފައި އޮތެވެ. ހަނދާނަށް އައީ އިއްޔެ އޮފީހުގައި އިންދާ އައި  މެސެޖް އަޅާނުލާ އޭނާ އަށް ބެހެއްޓުނު ކަމެވެ.

“ދީސް އާ ކްރޭޒީ …އާގް.. ވަރަށް ޕްރޯ މީހަކު ނޫނި ބަޔަކު ހިންގާ ޖަރީމާއެއް  މީ..  ” މީޝާމް ހުރީ ހައިރާން ވެފައެވެ.

“ޔާހް .. ޔަޒަން ކައިރީގަ އެވަރަށް ވާހަކަ ދައްކަން ބޭނުން ވާ ވާހަކަ ބުނީ ވެސް އެހެންވެ .. އައި ނޯ  އިއްޔެ އޭނާ ބިޒީކަން އެންޑް  ރޭގަ ވެސް.. އަދި މިއަދު ޑިއުޓީ އަށް ނުދިޔައީމަ ވެސް ހަބަރެއް ނުވި.. މިޙާރު މިއޮތް ހަވީރު ވީ.. މަށައް އިނގޭ އަހަރެމެން މީ ލޯބިވެގެން އިންނަ ބައެއް ނޫން ކަން ..އެކަމް ހިތުހުރި ގޮތަކަށް އުޅެފަ ހަނދާން ވެސް ނައްތާލާފަ މަށާ ވާހަކަ ވެސް ނުދައްކާ.. ” ނަވާރް ދެރަވެފައި އިނދެ ވާހަކަ ދައްކަމުން ގޮސް އަނގަމަތީގައި އަތް އަޅައިލެވުނީ ބުނަން ނުވާ އެއްޗެއް ބުނެވުން ހެން ހީވެގެންނެވެ.

ކިތަންމެ ސީރިޔަސް ވެފައި ހުއްޓެއް ކަމަކު މީޝަމް އަށް ހެވުނެވެ.

“ވެއިޓް ކިހާ ހިސާބަކަށް ގޮސް ތިއުޅެނީ… އަހަންނަށް ބައެއްފަހަރު ހީވޭ އެ ސޮރު ނަވާ އަށް ބަލަން ހުންނަ ގޮތުން ލޯބި ވާހެން.. މީޝާމް ދަތްދޮޅީގައި އަތް ވިދެލައިގެން ލާނެތްގޮތަކަށް ހީލައިގެން އިނެވެ. ވަގުތުން ނަވާރް ތިބުނި އެއް ނުވިސސްނުނޭ ބުނެ ކޮފީ ފޮދެއް ބޯލައިފިއެވެ.

“އާން..އަދި މި ނަވާ މީ ހުރިހާ ކަމެއްއޮޅިފަ ހުންނަ މީހެއް ނު .. ނުވިސްނޭނެ ހަހަހަ..ދޮގު ހަދާނެ ކަމެއް ނެތް އެނގޭ …ދެން ބުނެބަލަ ކީއްކޮށްގެން ތިއުޅެނީ..” މީޝާމް، ނަވާރްގެ އަތުގައި ވިކާލިއެވެ.

“އަނެއްހެން މާ ބޮޑު ކަމެއް ނުވޭއޭ “ނަވާރް އަށް ނުވެސް އެނގިހުއްޓާ މޫނަށް ޖަންބު ކުލަ ވެރިވެއްޖެއެވެ. އެކަމާ ދިމާ ކޮށް ކޮށްފާ މީޝާމް ވަގުތުން އެހެން ނުވާނޭއޭ ކިޔާ އަޑުގަދަކޮށްލިއެވެ.

“އޯކޭ އޯކޭ.. މި އުޅޭނީ ބުނަން…އާގް… ހީ ކިސްޑް މީ.. ދެފަހަރު..” ނުހަނު އުނދަގުލުން ނަޥާރް ބުނެލިއެވެ. މީޝަމް އާއި ދިމާ ބަލައިލި އިރު  ހައިރާންވެފައި ދެލޯ ބޮޑުކޮށްލައިގެން އިންގޮތުން ނަވާރް ގާތައް ހިނިއައެވެ.

***

“ފަވާދު.. ޝައްކު ނުވޭތަ އެއްވެސް ކަމެއް .. އަހަރެން މިހާރު ބިރުގަންނަން ފަށާއިފި .. ” އަކުރަމް އާއި ފަވާދު ތިބީ އަކުރަމްގެ އޮފީހުގައެވެ.

“އަހަންނަށް މިވަގުތު އެންމެ މުހިއްމީ ޔާމީންގެ ބައްޕަ އާއި ޔަޒަން  އާއި ޒަކީންގެ ދަރިން ހިމާޔަތް ކުރުން .. އައްޔަ އެއައީ ކޮންފަދަ ކަމަކައިގެން ކަމެއް ނޭނގެ..އެކަމަކު އަހަރެން ވިސްނައިގެން މިހުރީ.. އަކުރަމް އާއި ޔާމީން އާ އަހަންނަކީ އެންމެ ކުޑައިރުން ސުރެން ވެސް އެކުގަ އުޅުނު ރަހުމަތްތެރިން ..ދެންހުރީ ޔާމީންގެ އެންމެ ވަފާތެރި އެސިސްޓެންޓް ޒަކީން … އެއީ އަހަރެމެން ތިން މީހުންގެ އެކުވެރިން ގެ ގުރޫޕަށް އައި އިތުރު އެކުވެރިއެއް.. އެހާ ހެޔޮ އެހާ ރަނގަޅު.. އަހަރެމެން ދެމީހުން ގާތް ދެ މިތުރުން އަނިޔާވެރިންގެ އަތްދޮށުވެ މަރުވެ ދިޔައީ އެއްވެސް ކުށެއް ނެތި.. އެކަމަކު ވެސް މިޖެހެނީ މިއޮތް ހުރިހާ އަހަރެއް ވީ އިރު ވެސް ކުޅި ބަލަން ތިބެން .. ޔާމީންގެ އަންހެން ދަރިފުޅު ވެސް އަހަރެމެންނަކަށް ހިމާޔަތެއް ނުކުރެވުން “ފަވާދުގެ އަޑުގައިވަނީ މާޔޫސްކަމެވެ.ހިތްވަރު ގެއްލިފައިވާ މުސާފިރެއް ފަދައެވެ.

“ކީއްކުރާނީ .. އިންސާނުންނަށް އޮތީ މަސައްކަތް ކުރުން.. ޒޭން ވެސް ހީކޮށްގެން ހުރީ އަހަރެންގެ ސަބަބުން ކަމަށް ޔާމީން ޖަލުގައި ހުންނަން ޖެހުނީ ..” ދެއަތް ދެއަތާ ޖޯޑުކޮށްލިއިރު އޭނާގެ މޫނުމަތީގައި ވެސް ވަނީ އެފަދަ ޝުއޫރުތަކެކެވެ.

“އަކްރަމް އަހަރެމެންނަށް އޮތީ ދުއާ ކުރުން ހެއްދެވިފަރާތައް.. ކިހިނެތް ނޫރާ އާއި ދިމާ ވީ..” ފަވާދް އަހައިލިއެވެ.

“.. ޒަކީންގެ އަންހެނުން ހިޔާގައި މަސައްކަތް ކުރާކަން އެނގުނީ  އާނާ ގެންދިޔަތާ ދެދުވަސްފަހުން… މިއުޅޭ ޝާކިރްގެ ފަރާތުން..ނޭނގެ އޭނާއަށް އެނގުނު ގޮތެއް..އަހަރެން އޮންނާނީ ބުނެފަ އޭނާ ކައިރީގަ އެކަން ބަލަން… އަހަންނަށް އެދުވަހު ހަމަ ޖެހުމުގެ ނޭވާ އެއް ލިބުނީ.. ނޫރާއަކަށް ވެސް ނުއެއް ގުޅަން އެކަމް ފަވާދު ގެ ފަރާތުން އޭރު އެނގުނު އާނާ ރަނގަޅުކަން … ފަވާދު ބުނީމެންނު އާނާ ގެންގޮސްފިޔޭ ނޫރާ.. އެދުވަހު މަ ސާކިރް ކައިރީގަ ބުނިން ޔަޒަން ގާތު ބުނެލަ ދޭން އާނާ މީހަކާއި އެއްކޮން ދިޔަ ވާހަކަ..އަހަންނަށް ނުލިބުނު ހިތްވަރެއް..މިލީނާގެ މޫނު ފެނުނީމަ ދެރަވަނީ ހަމަ.. ދެން ސާކިރު ކިޔާފި ހަމަ އެހެން ބުނީމަ ކިހިނެތް ހޭ ވާނީ ..އެމީހުން އަކްރަމްދެކެ ރުޅި އަންނަ ކަން އެގޭ ނޫން ހޭ… ތި މަންނަ ތިކަމާ ހަވާލް ވާނަމޭ.. އެހެންކިޔާފަ ސްޓޯރީ އެއް އެރޭ ޔަޒަން ގާތު ޖައްސާލީ.. ” އަކްރަމް ފުންނޭވާ އެއް ދޫކޮށްލަމުން ދުރުބަލައިލީ އާނާގެ މަތިން ހަނދާން ވުމުންނެވެ. ފަވާދު ވެސް އަކުރަމް އާއި ދިމާ ބަލައިލަމުން ބޯ ޖަހައިލިއެވެ.

“ހިތައް އަރާ އެކުއްޖާ އަށް އެ ހަގީގަތް ބުނެދީފާނަމޭ..” އަކުރަން ސޯފާގައި ލެނގޭ ބައިގާ ބޯ އަޅާއިލިއެވެ.

“ކޮން ހަގީގަތެއް..” ފަވާދް އާއި އަކުރަމް ސިހުނީ ކުއްލިއަކަށް އެތަނަށް ވަން ޔަޒަން ފެނިފައެވެ. ދެމީހުން ހީވީ ބިރެއް ފެނިގެން ތެޅިގެންހެންނެވެ.

**

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު