ޔަޒަން ކޮފީ އެއްހިފައިގެން ބެލްކޮނީގައި ހުއްޓެވެ. ދުރުދުރަށްދާން ދެން ފެންނަން ހުރި އިމާރާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ ފިރިހެންވަންތަ މޫނުމަތީގައި އެއްވެސް ހިތްހަމަ ޖެހުމެއް ނުވާފަދައެވެ.
“ޒޭން…”އަކުރަމް ގޮވާލިއަޑަށް ސިހިފައި ޔަޒަން ބަލައިލިއެވެ.
“ވާހަކަ އެއް ދައްކާލަން މިއައީ… ސައިބޮއިފިންތަ..” އަކުރަމް ސޯފަގައި ހަމަޖެހިލިއެވެ. ޔަޒަން ބޯޖަހައިލަމުން އެނދުގައި އިށިންދެލިއެވެ.
“ބޭބެ..މިވިސްނަނީ މަންމައަށް ބޭސްކުރަން ރާއްޖެއިން ބޭރަށް ދާން .. ޒޭން ވެސް ދެން ނުހުރެ ކޯހުގެ ބާކީ ބައި ފުރިހަމަ ކޮށް މާސްޓާސް ވެސް ހަދާލެވޭނެ ތާ ދޯ މަންމަ ދައްކަން މަޑުކުރާއިރު…ކިހިނެތް ފެންނަނީ..” އަކްރަމް ޖެހިލުންވެފައި ހުރެއަހައިލިއެވެ.
“ތިއީ އަހަރެންވެސް ބޭނުންވާ ގޮތް މަންމަ ގޮވައިގެން ފަރުވާއަށް ދިޔުން .. އޭރުން ކާކު ބިޒްނަސް އާއި ހަވާލް ވާނީ.. އެކަންތައް ދޫ ކޮށްލާފައި ދިޔާމަ ކިހިނެތް ވާނީ..” ޔަޒަންގެ އަތުގައި އިން ކޮފީ ތަށި ތުމުގައި ޖަހައިލިއެވެ. ހަގީގަތުގައި ޔަޒަން ބޭނުންވީ އަކުރަމް އެކަމުގައި އަކުރަމް ބުނާ އެއްޗެއް ބަލައިލާށެވެ. އާވި އަރަމުން ދިޔަ ކޮފީގެ ވަސް މުޅި ކޮޓަރީގައި ހިފާލާއިފައިވެއެވެ.
“ރޭގަ އަހަރެން ޔާމީން އާ ބައްދަލް ކުރަން ދިޔައީ އެކަމާ.. ޔާމީންގާތު އަހަރެން ބުނިން ހާރިޒްގެ ވާހަކަ .. އެއީ އަހަރެންގެ ބޭބެ.. އޭނާ އާއި ހަވާލް ކުރުމަށް ކިހިނެތް ވާނެހޭ ބުނީ..ޔާމީން ވެސް އެކަމާ ވަރަށް ރުހުނު” އަކުރަމް ބުނެލިއެވެ. އޭރު ޔަޒަން ސުވާލްގެ ނަޒަރަކުން ބަލަން އިނުމުން އަކުރަމް އިތުރަށް ކިއައިދޭން ފެށިއެވެ.
“އޭނާ އެމެރިކާ މީހަކާ އިނދެގެން ދަރިއަކު ލިބިފަ މާގިނަ ދުވަހެއް ނުވެ މިކޮޅަށް އައީ އެކްސިޑެންޓެއްގައި އަންހެނުން ނިޔާވީމަ.. އޭނާ މިކޮޅުން ވަޒީފާ ހޯދާ ވާހަކަ ބުނީމަ އަހަރެން ބުނިން ޔާމީން ކައިރީގަ ބުނެލާނެ ވާހަކަ..ދެން މަންމަ ގޮވައިގެން ބޭރަށް ދިޔުމަށް ވިސްނާފަ އޮތީމަ އަހަރެން ޔާމީން ގާތަށް ގޮސް އަހަރެމެން އަންނަންދެން ހާރިޒްބޭބެ އާއި ހަވާލް ކުރުމަށް ކިހިނެތް ވާނެ ހޭ އެހީ.. ޔާމީން ވެސް އެކަމަށް ވަރަށް ތާއީދު .. ހަގީގަތުގައި ކޮމްޕެނީ ހިންގަން އަހަންނަށް ލިބިފައި އޮތަސް އަބަދުވެސް ޔާމީންގެ ލަފާ ހޯދަން.. ދެން އަނެއްކާ ހާރިޒްބޭބެ އެއީ ބިޒްނެސް ދާއިރާ އިން ޕީއެޗްޑީ ނަގާފަ ހުރި މީހެއް.. އެމެރިކާގެ ވެސް ބޮޑު ކޮމްޕެނީއެއްގަ ވޯކް ކޮށްފަ އައީ.. އޭނާ އަކީ ވަރަށް ރަނގަޅު މީހެއް.. އަހަރެން އޭނާއަށް އިތުބާރު ކުރަން.. ޒޭން އަށް ކިހިނެތް ފެންނަނީ..ރަނގަޅު ކަމެއްތަ” އަކުރަމް ވާހަކަ ނިންމާލުމަށްފަހު ޔަޒަން ގެ މޫނަށް ބަލައިލިއެވެ. ޔަޒަން ވިސްނާލާފައި އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އިރުކޮޅަކު އަކުރަމް ވާހަކަ ދައްކަން އިނދެފައި ދިއައީ ފުރުމުގެ ކަންތައް ހަމަޖައްސާނެ ވާހަކަ ބުނެފައެވެ.
ޔަޒަން ވެސް ވީހާ ވެސް އަވަހަކަށް ބޭނުން ވަނީ ރާއްޖެއިން ބޭރަށް ދިޔުމަށެވެ. އާނާގެ ހަނދާންތައް ހިތައްދަތުކުރަނީ ވެސް އިންތިހާއަށެވެ. ސިކުނޑިއަށް ލުޔެއް ދޭން ބޭނުންވެއެވެ.
ޔަޒަން އެވަގުތު ނަވާރްގެ މަތިން ހަނދާން ވިއެވެ. އާނާގެ މަރާއި ބެހޭގޮތުން ނަވާރް އާއި ޔަޒަން ކުރަން ބޭނުންވާ ސުވާލް އެބަހުއްޓެވެ. ނަމަވެސް ޒަޔާންގެ ފަރާތުން އެނގިފައިވާ ގޮތުން އާނާ ނިޔާވުމަށް ފަހު ނަވާރް ވަރަށް ބަދަލްވިއެވެ. އެކަކާއި ވާހަކަ ނުދައްކާ ސަކަރާތް ވީއެވެ. އޭގެ ފަހުން ޔަޒަން ނަވާރް އަށް އެތައް މެސެޖެއް ކުރިނަމަވެސް ޖަވާބެއް ވެސް ނައެވެ. ޔަޒަން ފޯނު ނަގާ ޒަޔާންއަށް ގުޅާލީ ބޭރުން ދިމާވެލުމަށެވެ.
***
“މި ނުކުންނަނީ.. ކޮބާ ތަ…” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އަތުގައި އޮތް ގަނޑިއަށް ބަލައިލަމުން ޕޮލިސް ޔުނީފޯމްގައި ހުރި ޒެހެކް މަގުމައްޗަށް ނުކުތެވެ. މާގިނައިރެއް ނުވެ އޭނާ އިންތިޒާރު ކުރަމުން ދިޔަ ބައިވެރިޔާ އަންނަ ތަން ފެނުނެވެ.
“ގުޑް މޯރނިންގް ބެސްޓީ..ކުޑަކޮން ލަސްވެއްޖެ ދޯ” އެތަނައް ސައިކަލުގައި މަޑުކޮށްލީ ރިހާމް އެވެ.ރިހާމް ފެނުމުން ޒެހެކް ގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ.
“ނޫނޭ އެހާ ލަހެއް ނުވޭ.. ގަޑި ޖެހެން ފަސް މިނެޓް..”ޒެހެކް ރިހާމް އަށް ލޯއަޅާލަމުން ސައިކަލްފަހަތައް އެރުމަށްފަހު ބާރަށް ދުއްވުމަށް ބުނެލިއެވެ. ރިހާމްވެސް ސޮރީ އޭބުނެ ހޭންފަށަމުން ސައިކަލް ދުއްވާލީ ނުހަނު ބާރަށެވެ.
“އެބަ އަންނަން ސައިން އިން ވެލާފައި ..ވެއިޓް.”ޒެހެކް ދުވަމުން ގޮސް އޮފިސް އިމާރާތައް ވަނެވެ. އޭނާ ދިޔަތަން ބަލަން ހިނިތުންވެފައި އިން ރިހާމްގެ ދެލޮލުގައިވަނީ ލޯތްބެވެ. އެންމެ ގާތް އެކުވެރިޔާގެގޮތުގައި އުޅުނަސް ރިހާމްއަށް ޒެހެކް އާއި މެދު އެހެންގޮތަކަށް ވިސްނެން ފެށީއެވެ. އޭނާ ހިތާދެކޮޅަށް އެ އިޙްސާސްތައްފޮރުވަމުން ދިޔައީ ދެމީހުންގެ ދެމެދުގައި އޮތް ރަހުމަތްތެރިކަން ފަނޑުވެދާނެތީވެއެވެ.
މާގިނައިރެއް ނުވެ ޒެހެކް އައުމުން ރިހާމް ދުއްވައިލީ އެމީހުން އެންމެގިނައިން ބައްދަލް ކުރާ ތަން ކަމަށްވާ ރެޑްބީން ރެސްޓޯރެންޓަށެވެ. ޒެހެކްގެ އޮފީހާވެސް މާދުރު ނޫން ހިސާބެއްގައި ހުރި ތަނެކެވެ. ތިރީގައި ސައިކަލް ޕާކް ކޮށްލުމަށްފަހު ދެމީހުންވެސް އެރީ ރޫފްޓޮފަށެވެ.
” ހަތަރު ގޮޑީގެ މޭޒް ދޯ މިހުރީ ހުސްކޮން …މި އެންމެ ފޫހިވާ ކަންތައް ..ޒެހޫ..މިއަދު އިރު އޮއްސޭއިރަށް ފުރުން ޗޭންޖް ވެއްޖެ.. އަދި ވީކް އެއް އެބައިން ނުފެށި ވެސް.. އެކަމް ބައްޕަ ވެސް ޑޮކްޓަރަށް ދައްކަން ދޭ މަށާ އެއްކޮން އެހެންވެ އަވަސް ވީ..” ރިހާމް މޭޒު ކައިރިގައި އިށިންދަލަމުން ބުނެލިއެވެ.
” ވަޓް…އަޅޭ.. ހާދަ އަވަހަކަށޭ ދޯ..ނުވެސް ބުނެލާ އަވަސްވި ވާހަކައެއް… އައި ވިލް މިސް ޔޫ…” ރިހާމް ބުނެލި ވާހަކައިން ޒެހެކްގެ ހިތައް ތަދުވިއެވެ. މާ އަވަހޭ ބުނެ ޝަކުވާ ކުރަން ވެސް ބޭނުން ވިއެވެ. އެކަމަކު އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ.
“މިސްވާނެ ވަރަށް ..ރޭގަ ނިމުނީ މިގޮތައް ދެނ ދިމާވެފަ ބުނަން ހުރީ .. ސޮރީ .. މިއަދު އިން ފްލައިޓް އިން ޖާގަ ލިބުނީމަ އެގޮތައް ބައްޕަ ހެދީ.. އަހަރެން ނެތަސް ބަލާގެން އުޅެއްޗޭ ޒެހޫ… އަބަދު ކެއާރލެސް ކަމުން ވެއްޓިފަ ހުންނާނީ.. އަންނާނަން ހަމަ ބަންދުވާ އިރަށް… “ރިހާމް ތުންހަދާލަމުން ޒެހެކްގެ ކޮލުގައި ހިފާލިއެވެ. އެއަމަލުން ޒެހެކްގެ ހިތް ބަންޑުންވިއެވެ. ރިހާމް އާއި ދިމާ ބަލައިލި އިރު އޭނާގެ ނަޒަރް ވެސް ސީދާ ޒެހެކް ގެ މޫނަށް އަމާޒް ވެފައި ހުރުމުން ލަދުގަންނަ ގޮތްވިއެވެ. ވަގުތުން އިސްޖެހުނީ ވެސް އެހެންވެއެވެ.
ޒެހެކްގެ އަމަލުން ރިހާމް ގާތައް ހިނިއައެވެ. އޭރު ކާއެއްޗިސް ގެނެސްފައި ހުރުމުން ދެމީހުން ކާންފެށިއެވެ. ޒެހެކް ކިއާދޭންފެށީ ސަބީނާގެ ކެންސަރުބަލީގެ ހާލަތު ގޯސްވަރެވެ.
“އަސްލު މާމަ ސިއްރު ކުރީއޭ.. ބައްޕައަކަށް ވެސް ނޭނގޭ.. މާމަ އެކަނި ކީމޯއަށްވެސް ދިއައީ ..ބައްޕަ ޗުއްޓި ނަގާ ދުވަސްވަރާ ދިމާކޮށް، ތިންފަހަރު ވެސް ރައްޓެއްސަކު ކައިރިޔަށް ރާއްޖެތެރެ ރަށަކަށް ށޭ ކިޔާފަ ގޮސް އެކަމުގަ އުޅުނީ..މާ ފަހުން އެކަން ވެސް މި އެނގުނީ.. ކުރިން އެނގުނު ނަމަ ރާއްޖެއިން ބޭރަށް ވެސް ދެވުނީސް.. އަހަރެން ކައިރީގައި މީހަކު ނުހުންނާ ނެތީ މާމަ އެވާހަކަ ނުބުނީހެން ހީވަނީ..އެކަމް މިހާރު މާ ލަސްވެއްޖެ ރާއްޖެއިން ބޭރަށް ދާން..ބަލިކަމުން މާމައަށް ނުވެސްތެދުވެވޭ… ބައްޕަ ޗުއްޓި ނަގާގެން ގޭގަހުރީ މިހާރު.. އަދި މިހާރު މިކޮޅުން ހޯޕެއްނެތް.. ޑޮކް ބުނީ ބޭރަށް ދިޔަސް އެ ޖަވާބު ކަމަށް ދޭނީ” ޒެހެކް ނުހަނު ދެރަވެފައި އިނދެ އެވާހަކަ ތައް ކިޔަދެމުން ދިޔައިރު އިނީ ފެންކަޅިވެފައެވެ.
“މާމަ ނެތިއްޔާ ކިހާ އެކަނި ވާނެ.. ބައްޕަ އިރު އަރާފިއްޔާ އިރުއޮއްސޭފަހުން ލޮލަށް ފެންނާނީ.. ދެން އަނެއްކާ ވެސް އެކަހަލަ ގޮތަކަށް ރޭގަނޑުވެސް.. ބައްޕަ ގިނަ ވަގުތު ގެއިން ބޭރުގަ.. އަމް އޯލް އެލޯން.. މެރީ ކުރަން ވީ ކަންނޭނގެ އެންމެ އަވަހަށް އެހި މީހަކާ” އިސްޖަހައިގެން އިރު ޒެހެކް ގެ އަޑު ނީވުނަސް ރޮނީކަން ރިހާމްއަށް އެނގުނެވެ.
ޒެހެކްއަށް ރޮވިފައި އިނުމުން ރިހާމްގެ ހިތައް ތޫނު ތަދެއް އިހުސާސްވިއެވެ. މޭޒުމަތީގައި އޮތް ޒެހެކްގެ ދެއަތުގައި ހިފަ ފިއްތާލީ އޭނާ މިހުރީ ޒެހެކް އާއެކު އޭ ބުނާފަދައަކުންނެވެ.
“ޑޯންޓް ވޮރީ.. އަމް ހިޔާ.. އަބަދުވެސް ހުންނާނަން ހަމަ މިހެން … މާމަ ޒެހޫ ދެކެ ލޯބިވާތި ނުބުނީ.. މިހާރު ރާއްޖޭން ބޭރު ނޫނަސް ރާއްޖޭގަ ވެސް ކެންސަރަށް ވަރަށް ރަނގަޅު ފަރުވާ ދެވޭ.. އެންމެ މަސްހޫރު ތަންތާ ދޭ ފަރުވާ ހަމަ އެދެނީ.. މާމަ އެކަނި ވިއަސް ގޮސްފަ ދައްކާފަ އެހުރީ އެކަމުގަ ރާއްޖޭގަ އެންމެ މޮޅު ހޮސްޕިޓަލަށް.. ރާއްޖޭން ބޭރު މީހުން ވެސް ހިދުމަތް ރަނގަޅުވީމަ މިކޮޅަށް އެއަންނަނީ މިހާރު.. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ އިންޝާﷲ.. ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް އަބަދު ވެސް އަހަރެން ހަމަ ހުންނާނެކަން ހަނދާން ކުރާތި.. ޒެހޫ އެނގެއެންނު ބައްޕަ އަބަދުވެސް އެގޮތައް އެއުޅެނީ ބައްޕަ އުޅޭ ޖޮބްގެ ގޮތުން ކަން.. ސެކިއުރިޓީ އަކަށް އުޅުމަކީ ވެސް ވަކި ކުޑަކަމެއް ނޫން.. ދެން ބައްޕަގެ ފްރެންޑްސް އިންނާވެސް ދިމާކޮށްލަން ދާން ވާނެއެންނު ..ބައްޕަ ވެސް ލޯބި ޥާނެ އޭ.. އަދި ހުރިހަމަ ދަރިފުޅު.. އެހާ ލޯބި ކުއްޖޭ..ކާކު ލޯބި ނުވާނީ..” ވާހަކަ ދައްކަމުން ގޮސް ރިހާމް އެންމެ ފަހުން ނުސީދާކޮން ބުނެލީ އޭނާގެ ހިތުގެ އަޑެވެ. ނަމަވެސް ޒެހެކް ދެރަވެފައި އިނުމުން އެއިން ކަމެއް ރޭކާ ލީހެން ހިޔެއްނުވެއެވެ.
“އެކަމް ކޮންމެވެސް ވަރެއްގެ ވަގުތުކޮޅެއް ހުސްކޮށްލާނަމަ..ކުރިން ޑިޓެކްޓިވްއަކަށް އުޅުން އިރުވެސް މިހާރު ސެކިއުރިޓީއަކަށް އުޅުނަސް އެއްތާކު ޖެހެނީ.. މާމަ ނޫނީ ނޫޅޭ ޒެހެކް އާ ދެތެރޭ ވިސްނާނެ މީހެއް ..މާމަ ނެތް ދުނިޔެއްގަ އުޅޭނެ ގޮތެއް ބުނެބަލަ ” ޒެހެކް އިސްޖަހައިގެން އިނގޮތައް ކަރުނަތައް ފުހެލިއެވެ.
ޒެހްކް ކުރިމައްޗައް ވާހެން އިން ރިހާމް ޖެހިލީ ޒެހްކް އާއި ޖެހިގެން އިން ގޮނޑިއަށެވެ. ރިހާމް ޒެހެކް ގެނެސް އޭނާގެ މޭގައި ލައްކޮށްލިއެވެ.
އިސްޖެހިފައިން ޒެހެކް ސިހުނީ ރިހާމް ގެ އެ ބައްދާލުމުންނެވެ. ދެމީހުން ރައްޓެހިކަމަށް އެތައް އަހަރެއް ވެފައި ވާއިރު އެކަހަލަ ކަމެއް އެފެނުނީ އަލަށެވެ. ހަރަކާތެއް ވެސް ގެންނަން ނޭނގިފައި ޒެހެކް އިސްޖަހައިލީ ރިހާމް ދުރުވެލުމުންނެވެ.
“އަހަހަހަ… ސަމްވަން އިސް ބްލަޝިންގް.. ހެހެހެ.. ޒެހޫ..އަހަރެން ނެތް ތިނޫން އެހެން ކުއްޖެއް މި ގޮތައް ކެއާ ކުރާ .. ކޮންމެ ދުވަހަކު ވެސް ގުޅާނަން ލައިކް ބިފޯރ..ސްޕެޝަލީ ވީޑިއޯ ކޯލް…އައި ޕްރޮމިސް.. އެންޑް ވީ އާރ ސަޕޯސް ޓް ބީ ނޮޓް ޓް ހައިޑް އެނީތިންތް ޓު އެނީވަން… ރައިޓް… ލެޓްސް ގޯ..” ޒެހެކް ބޯ ޖަހައިލިއެވެ. އޭރު ކައިނިމިފައި ވާތީ އަދި ޒެހެކް އަށް ފޯނުކޯލްތައް އަންނަން ފެށުމުން ދެމީހުން އަވަސްވެގަތީ ދިޔުމަށެވެ.
“ވިލް މިސް ޔޫ ބޭޑްލީ..”ރިހާމް ޒެހެކް އޮފީސް ދޮރުމައްޗަށް ބާލުވަމުން ސަލާމް ކޮށްލީ ނުހަނު ބާރަށެވެ. ޒެހެކް އަތަށް ތަދުވެގެން އަނެއް އަތުން ޒިހާމް ގެ ގައިގާ ވިކާލިއެވެ.
‘ދެން ތިހާ ވަރަށް ނުވިއަސް އެނގެއޭ މިސްވާނެކަން. މިސް ވާނެ ބާއީ…ބާއީ..” ޒެހކް ފެންކަޅިވަމުން ދިޔަނަމަވެސް ހިނިތުންވެލީ ރޮވިދާނެތިއެވެ.
ރިހާމް ވެސް ދަނީ އޭ ބުނެ ދުއްވާލަމުން އެނބުރި ޒެހެކް އަށް ގޮވާލިއެވެ. “ޒެހެކް .. ސްޓޭ ސިންގަލް..ޑޯންޓް އީވެން ތިންކް އެބައުޓް ގެޓިން އަ ބީއެފް.. ޖަސްޓް ވެއިޓް .. ” ޒެހެކް ގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ގުޅަނެ ކަމަށް ބުނެފައި ރިހާމް ދިޔައީ ހިނިތުންވެ ހުރެއެވެ. ޒެހެކްގެ ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެއް ރިހާމްގެ އެ އަމުރުން ލިބުނެވެ. އެވަރަށް ހިނިވެސް އައެވެ.
**
“ދަރިފުޅާ .. ދެން އެކަމާ އަބަދު ނުވިސްނާ އެހެން ކަމަކާ އުޅެން ވީނު..އާނާ ވެސް ބޭނުމެއް ނުވާނެ ދަރިފުޅު ތި ގޮތަށް އުޅޭކަށް ” ނޫރާ ވާހަކަ ދައްކަމުން ދިއައީ ކޮޓަރިގެ ބެލްކޮނީގައި އިން ނަވާރް އާއިއެވެ. ނަވާރްއާއި ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް އަނގައިންބުނެލާނީ ހާލަކުން ފަހަރަކުއެވެ. އާނާ މަރުވިފަހުން ނަވާރްގެ ސަކަ މިޒާޖު އެއްކޮން ބަދަލް ވިއެވެ. މީހުންނާ ވާހަކަ ދެއްކުން މަދުވެފައި އަބަދުހެން ވިސްނުމެއްގައިއެވެ. ކޮޓަރިން ބޭރަކަށް އެއްގޮތަކަށް ވެސް ނުނިކުމެއެވެ. އަބަދުވެސް އިންނަނީ ބެލްކޮނީގައެވެ. ނަވާރް އާއި އާނާ އެންމެ ގިނައިން ވަގުތު ހޭދަކޮށްފައިވާ ތަނަކީ ވެސްއެއީއެވެ. ނަވާރް ކިރިޔާ ވެސް އަނގަ ހުޅުވާލަނީ މީޝަމް އާއި މިހުރާން އައިސް ވާހަކަ ދައްކަން ފެށުމުންނެވެ.
ނޫރާ އިނދެ އިނދެފައި ދިޔުމުން ނަވާރް އަށް ދެލޯ މަރައިލެވުނެވެ. އަތުގައި އޮތް ފޯނު ނަގާ އާނާ އެކު ނަގާފައި އެތައް ބައިވަރު ފޮޓޯކަށް އެތައް އިރަކު ބަލަން އޮވެ އެތައް އިރަކު ކަރުނަ އޮއްސިއެވެ. “އަހަންނަށް އެނގޭ ނާނާ މަރާލީ އެމީޙުން ނޫން ކަން .. އާނާ މަރުވި ދުވަހަށްފަހު އަހަންނަށް އިންޒާރުދޭމީހުންގެ ހިލަމެއްވެސް ނުވޭ… އާހް ކާކު އަހަންނަށް އެހީވާނީ…ކޮންމެ ގޮތެއް ވިޔަސް އަހަރެން ހުއްޓާލާނީ އާނާއަށް އިންސާފް ހޯދައިދީފަ.. ޖަސްޓް ވެއިޓް..” އާނާ ގެ ފޮޓޯތަކަށް ބަލަން ނަވާރް ގެ ލޮލުގައި ވަނީ ތަފާތު ވިދުވަރެކެވެ. ޖެހިލުންކުޑަކަމެވެ. ހަގީގަތް ހޯދާފައި ނޫނީ ނުހުއްޓާލާނަމޭ ބުނެދޭ ފަދަ ސުއޫރުތަކެކެވެ.
***
(7 އަހަރު ފަސް)
***
(ނުނިމޭ..)