ތެމި ވާރޭގާ ވީމޭ 07 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 07

ރިހާމް އާއި ޒަޔާން، ޒަހުރާން އާއި އެއްކޮން ދިޔުމުން އޭނާ ވެސް ސާކިރް ބަލައި އައުމުން ގެޔަށް ދިއުމަށް މިސްރާބު ޖެހިއެވެ.

****

ސާކިރްއާއި އެކު ޔަޒަންގެއަށް ވަން ހިނދު މިލީނާ ފުރަތަމަވެސް އައި ގޮތަށް ޔަޒަންގެ ގައިގާ ބައްދާލިއެވެ. “މިސް ޔޫ ސޯ މަޗް ސަން” މިލީނާގެ ދެލޮލުން އުފާވެރިކަމުގެ އިންތިހާ ފެންނަން ހުއްޓެވެ. ވާނީ ވެސް އެހެންނޫން ހެއްޔެވެ. ޔަޒަން ކިޔަވަން ދިޔަ ގޮތައް މާލެ އެއައީ ގާތްގަޑަކަށް ތިން އަހަރު ވާން ގާތްވެފައި ވަނި ކޮންނެވެ. ލިބޭ ޗުއްޓީއަކަށް ވެސް މާލޭ ނާދޭ ވިއްޔާއެވެ. އެކޮޅުގައި އުޅޭއިރު ކޮންމެ ދުވަހަކު ވެސް ޔަޒަން ވީޑިއޯ ކޯލުން މަންމަ އާއި ޥާހަކަ ދައްކައެވެ. އެކަމަކު ލޮލުގެ ކޮއިފަދައިން ގެންގުޅޭ ދަރިން ހަމަ އެކަނި އެގޮތައް ފެނުނަކަސް މަންމަގެ ހިތައް މުޅިއަކުން ހަމަޖެހުމެއް ނުލިބޭނެތާއެވެ.

ޔަޒަން ވެސް ހިނިތުންވެފައި ހުރެ މިލީނާގެ ގައިގާ ބައްދާލިއެވެ.  އޭރު އަކުރަމް ވެސް އައިސް ހުއްޓެވެ. އަކުރަމް ފެނުމުން މޫނަށް ހިތްހަމަ ނުޖެހުމުގެ އަސަރު ވެރިވި ނަމަވެސް އެކަން އޮއްބާލައި އަކްރަމް އެތާގައި ހުރި މީހަކަށްވެސް ހަދައިނުލާ މިލީނާގެ އަތުގައި ހިފައިގެން ސޯފާގައި އިށިނެވެ. އަކުރަމްވެސް އެމީހުން ފަހަތުން ގޮސް އޭރު އިށިންދެއްޖެއެވެ.

“ނަފީސާ..ޔަޒަން އަށް ފިނިއެއްޗެއް ގެނެސްބަލަ.. ވަރުބަލި ވެފައެންނު ހުންނާނީ..”އަކުރަމް، ބަދިގެ ތެރެއިން ނުކުން ނަފީސާއަށް ގޮވައިލިއެވެ. ނަފީސާ ވެސް ލައްބައޭ ބުނެ ދިއައެވެ.

ޔަޒަން ވެސް، އަކުރަމް ބުނިކަމުގައި ވީނަމަވެސް ދެކޮޅު ހެދުމަށް ބަހެއް ނުބުނެ ސޯފާގައި ހަމަ ޖެހިލީ ވެފައި ހުރި ވަރުބައްޔެއްގެ ބޮޑުކަމުންނެވެ.

އަކްރަމް އަށް ވެސް ހީލެވުނީ އެހެންފަހަރު ތަކާއި ތަފާތުވުމުންނެވެ. އައި އިރު ޔަޒަންގެ މޫނުމަތިން ނުރުހުން ފެނުނުކަމުގައި ވީ ނަމަވެސް ކުރިޔާ ހިލާފަށް އެއްޗެއް ނުބުނެވެ. ކުރީގައި ނަމަ އަކުރަމް ކަމެއް ކޮށްދޭން އުޅުނަސް ދިމާލަށް އެއްޗެއް ބުނެ ޔަޒަން ދާނީ ދުރަށެވެ. އަކުރަމް ވެސް ބޭނުންވަނީ ޔަޒަން އާއި އާއި ގުޅިގެން އުޅުމަށެވެ. ނަމަވެސް ފެށުނީން ސުރެން އެމީހުންގެ ނުރުހުމުގެ އަމާޒް ފަތްގަނޑަކަށް އޭނާ ވެފައިވެއެވެ. އެކަމުގެ  ސަބަބު ވެސް އޭނާއަށް އެނގޭމެއެވެ. އޭނާއަށް މިލީނާއާއި ދިމާލަށް ބަލައިލެވުނީ ލިބުނު ހިތްހަމަ ޖެހުމަކުންނެވެ.

މިލީނާ ވެސް ބޯޖަހައިލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާފަދައަކުންނެވެ. މިލީނާ، އެންމެންގެ ގުޅުން ރަނގަޅު ކުރަން ވަރަށް މަސައްކަތް ކުރިއެވެ. މަންމަގެ ހައިސިއްޔަތުން އެތައް ނަސޭހަތެއްދިނެވެ. ނަމަވެސް ޔަޒަން އާއި އާނާ ވެސް އަކްރަމްއާ ގުޅުން ބަދަހި ކުރާކަށް ނޫޅެއެވެ.  ނަމަވެސް އަކުރަމް އެދުމުން މިލީނާ ފަހުން ޔަޒަން ގާތުގައި ވެސް އާނާ ހުރިއިރު އޭނަގެ ގާތުގައި ވެސް އެކަހަލަ ވާހަކައެއް ނުދައްކައެވެ.

“ދަރިފުޅާ މިހާރު ދެން އަހަރަކާ ކުޑަ ދުވަސްކޮޅެއް ދޯ މިއޮތީ..އިތުރަށް ކިޔަވަން ވިސްނަންތަ.. މިބުނީ މާސްޓާސް” މިލީނާ ޔަޒަންގެ މޫނަށް ބަލައިލީ ނުހަނު ލޯތްބާއެކުއެވެ.

“ލައްބަ..އެހިސާބަށް އޮންލައިން ކޮންވެސް ހެދެން ހުންނާނު.. ޑިގްރީ ނިންމާފަ އަންނާނީ މިކޮޅަށް.. ސޮރީ މަންމާ އަސްލު އެއްކޮން ނިންމާފަ އަންނަ ހުރީ .. މަންމަ ފެނުނީމަ ދާ ހިތް ނުވެގެން ހިޔާލް ބަދަލްވެދާނެތީ.. އެކަމް ރިހާމް އާއި ޒަޔާން ބޭނުންވީ އަންނަން މަންތް އެއް ލިބުނީމަ..” ނަފީސާ ގެނެސްދިން ޖޫސްތަށި ބޮމުން ޔަޒަން މިލީނާ އަށް ޖަވާބުދިނެވެ.

“އެކަމަކު ވާ ރަނގަޅު ދަރިއެއް ތީ..ހާދަ ހަނދާނެއް ވެޔޭ.. ބަންދު ވީމަ ވެސް ނާންނަން ވިއްޔަ ތިބެނީ.. ގައިމު އަންނަ ނަމަ މަންމަ ވެސް ކިހާ އެކަނި ފިލާނެ .. އެކޮޅަށް ގޮސް ވީޑިއޯ ކޯލް ކުރިޔަސް މަންމަ ހަނދާން ވާނެ ދޯ….ދެން އެހެން ނުހަދާ އަންނައްޗޭ .. އާނާ ވެސް ހުރިނަމަ މަންމަ އެކަނި ފިލާނެ ” މިލީނާ ދެރަވެފައި އިނދެ ސަކުވާ ކޮށްލިއެވެ. އަކުރަމް ވެސް ޔަޒަން ކިޔަވާ ނިމިގެން އައިސް ވެސް ހުންނާނީ މިކޮޅުގަ ނޫން ހޭ ބުނެ މިލީނާ ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރިއެވެ. އަކްރަމް އަށް ފޯނެއް އައިސްގެން ދުރަށް ޖެހިލީ އެވަގުތު އެވެ.

“މަންމާ ދެން ނުހަދާނަން.،އައި ޕްރޮމިސް .. އަސްލު އެއްމެން އެއްކޮން ނު މިއުޅެނީ.. އެމީހުން ވެސް ނާންނާތީއާ ވެސް އެކު ދެން އަންނަން ނޫޅެވެނީ ވެސް.. ދެން ބަލާނަން އާދެވެތޯ.. މަންމާ އާނާ ދުށިންތަ ފަހުން..”  ފޯނުން މީހަކާއި ވާހަކަ ދައްކަން ހުރި އަކުރަމް އަށް ބަލައިލަމުން މަޑުމަޑުން ޔަޒަން އަހައިލިއެވެ. ޔަޒަން މިލީނާގެ ކޮނޑުގައި އަތް އަޅުވާލިއެވެ.

ޔަޒަން ފުރަން އޮތް ދުވަހު އާނާ ސަލާމަތުން ހުރި ވާހަކަ މިލީނާ ގާތު ބުންޏެވެ. އަދި ނޫރާގެ ގޭގައި އާނާ ހުރި ވާހަކައާއި އާނާ އާއި ދިމާވުމުން ދެން ކަންތައް ވީ ގޮތް ވެސް ކިޔާދިނެވެ. މިލީނާއަށް ލިބުނީ ބޮޑު ޝޮކެކެވެ. މިލީނާ ކިތަންމެ ދެރަވިނަމަވެސް ކެތް ކުރިއެވެ. ކޮންމެ ދުވަހަކު ކަރުނަ އޮއްސެއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅާއި އެއްފަސްގަނޑެއްގައި މިޖެހެނީ ދުރުގައި ހުންނާށެވެ. އެ ކުރިން ކިހާ ލޯބިން އުޅުނު ކުއްޖެއް ހެއްޔެވެ. އާނާ ފާޅުގައި “އިގްނޯރ” ކުރާ ވާހަކަ ވެސް ޔަޒަން ބުންޏެވެ. އެގޭގައި އާނާ ހުންނަނީ ރައްކާތެރި ކަމާއެކުއެވެ. ކޮންމެވެސް ބޮޑު ކަންތައްގަނޑެއް އެބަ ހިނގާ ކަމަށާއި އާނަ ވާހަކަ ދެއްކުމަށް ތައްޔާރުވި އިރަކުން ދެއްކުމަށް މަޑުކުރުމަށް ޔަޒަން ބުނުމުން މިލީނާ ވެސް އެއްބަސްވެފައި ހުރީއެވެ. ނަމަވެސް އަކްރަމް އަށް އެއްވެސް ކަމެއް ނޭނގުމަށް މިލީނާ ގާތު ޔަޒަން ބުންޏެވެ. އެކަމާއި ވެސް މިލީނާ އެއްބަސްވީ އާނާ އަށް ވަގުތު ދީގެން ވީހާވެސް އަވަހަކަށް އާނާ އާއި ވާހަކަ ދައްކައިގެން ގެއަށް ގެނައުމުގެ އުއްމީދުގައެވެ. މިލީނާ ނޫރާގެ ނަމްބަރު ހޯދައިގެން އާނަ ގެ ވާހަކަ ކޮންމެ ދުވަހަކުވެސް އޮޅުން ފިލުވައެވެ. ނަމަވެސް ސިއްރުންނެވެ.

“ނޫރާއަށް ގުޅިން ދެންމެ..ބުނި މިޙާރު ސައިބޮއިގެން އެބައުޅެއޭ.. މަންމަކިތަންމެ ފަހަރަކު ބުނިން ބައްދަލުކޮށްދޭން.. ނޫރާ ވެސް އެދުނީ އާނާ އަމިއްލަ އަށް ފެނިގެން އެވާހަކަ ދައްކަން ދެން މަޑުކުރުމަށް .. އޭނާއަށް ވެސް އެނގޭ މަންމަ ދެރަވާނެކަން.. އިތުރު ޗޮއިސް އެއް ނީންނާނެ ނޫރާއަކަށް ވެސް ނާނާ އެހާ ބޮޑަށް އިގްނޯރ ކުރަންޏ. މަންމައަށް އަންޑަސްޓޭންޑް ވޭ ސިޓްއޭޝަން.. ނާނާ ގެއިން ނުކުމެގެން އެހެން ފިލައިގެން ނޫޅޭނެ ކުޑަކަމެއްގަ އެއް..ގޭގަ މިތިބި ގެންގުޅޭ މީހުންގާތު ވެސް އެތައް ސުވާލެއް ކުރިން.. މަންމަ ބުނިން މަންމައަށް އެނގުނު އެންމެ ފުރަތަމަ ދުވަހަކު ވެސް އާނާއަށް އެއްވެސް މީހަކު ކަމެއް ކޮށްފަ ހުރިތޯ ބަލާށޭ.. ނޫޜާ ބުނި ހިޔާއަށް ގެންދިޔަ ފުރަތަމަ ދުވަހު ބެލީމޭ އާނާގެ ހާލަތު.. ނޯމަލް އޭ ހުރިހާ ކަމެއް ވެސް.. އެތަކެއް ޓެސްޓެއް ހަދާ ރިޒަލްޓްސް ވެސް ބަރާބަރޭ ބުނީ.. ދެން ކަމެއް ދެނެގަނެވޭނީ ވެސް އާނާ ގެ ފަރާތުން އަޑު އިވުނީމަ ” މިލީނާގެ މޫނުމަތި،  ފެނިގެން ދަނީހިތާމައިގެ ތަސްވީރެއް ފަދައިންނެވެ.

މިލީނާ ދެރަވެފައި އިންވަރުން ޔަޒަން ތުންފަތުގައި ދަތްއަޅާއިލިއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ބުނެ މިލީނާގެ އަތުގައި ޔަޒަން ފިރުމާލިއެވެ.

 

“ދަރިފުޅާ …ސަޕްރާއީޒްޒް…” މިލީނާގެ އަތުގައި ހިފައިގެން އިން ޔަޒަން ދިޔައީ ސިއްސައިގެންނެވެ. ހިނިއައިސްފައި ހުރި ޝަހުރޫޒް ފެނި ޔަޒަން ހަމަ ރަނގަޅަށް ވެސް ސިހުނެވެ. ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތިން ފެނުނީ ހިނިތުންވުމެކެވެ.

“ކާފާ.. ކޮންދުވަހު އައިސް .. ކިހިނެތްތަ …”ޔަޒަންހީލައިގެން ހުރި ގޮތައް ޝަހުރޫޒްގެ ގައިގާ ބައްދާލިއެވެ. “ކާފަގެ ފޭވްރިޓް ދަރިފުޅު..ރަނގަޅޭ… ކާފަ ހައެއްކަ ދުވަސް ވަނީ.. މަންމަ ކައިރީގައި ބުނީން ނުބުނާށެ އެހެންވެ ނުބުނީ އެ.. ކިހިނެތްތަ ކިޔެވުން..ކިތައް ދުވަހަށްތިޔައީ ދަރިފުޅާ” ޝަހުރޫޒް ފަހަރަކު ސުވާލެއް ކުރަމުން ދިޔައެވެ. އޭނާގެ ކައިރިން ސަލާމަތް ވެގެން ކޮޓަރިއާ ހިސާބަށް ފޯރާވަރު ވީ ގަޑިއިރެއް ފަހުންނެވެ.

ކޮޓަރިއަށް ވަދެފައި ޔަޒަން ވަށައިގެން ނަޒަރެއް ދިނެވެ. މިވީ ދެއަހަރު ދުވަސްދުވަސް ތެރޭގައި އެ ކޮޓަރިއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ޔަޒަން އަށް ހީލެވުނެވެ. އޭނާގެ ހުރިހާ ސާމާނެއް އެހުރިގޮތަކަށް ހުއްޓެވެ. ހުރިހާ ތާކުން އޮފް ކަން ފެންނާތި މިލީނާ  ބަރާބަރަށް ސާފްކުރާކަން އެނގެއެވެ. ކުޑަގޮތަކަށް ތާޒާވެލައިގެން އައިސް ނަމާދުކޮށް ނިމުން އިރު ޔަޒަން ހުރީ ނިދިއަންނަ ގޮތް ވެފައެވެ.

****

“ޒެހޭ..އޭތެދުވޭ ދަރިފުޅާ”ސަބީނާ ޒެހެކް އަށް ގޮވަމުން ދިޔައެވެ. “ދަރިފުޅު ބަންގި ގޮވަން ތައްޔާރުވެއްޖެ..” ސަބީނާ އެހެން ބުނުމުން ޒެހެކް ފުންމައިގެން ތެދުވެ ދުވަފައި އެ ދިޔަގޮތައް ގޮސް ފާހާނާއަށް ވަނެވެ. ސަބީނާ ގާތައް ހިނިވެސް އައެވެ. ދަންވަރު ޑިއުޓީ ނިންމާފައި ހެނދުނު އައި ގޮތައް ޒެހެކް އޮތީ ނިދާފައިއެވެ. އަސުރު ނަމާދު ބަންގި ގޮވަން ފަނަރަ ވަރަކަށް މިނިޓަށް ވުމުން ސަބީނާ ޒެހެކް އަށް ގޮވީއެވެ.

ޒެހެކް ނަމާދުކޮށްގެން ނުކުން އިރު އަހުމަދު ފެންނާކަށް ނެތެވެ. ސަބީނާގެ އަޑު ބަދިގެ ތެރެއިން އިވޭތީ ޒެހެކް ވެސް އެދިމާލަށް އައެވެ.

“މާމާ ކާކާ ތި ވާހަކަ ދައްކަނީ..” ބަނޑުހައިވެގެން ބަނޑުން އަޑުކިޔަން ފެށުމުން ޒެހެކް ބަދިގެއަށް ވަނެވެ. އޭރު ސަބީނާ ފޯނެއްގައި ހުރެފައި ޒެހެކް ފެނުމުން ސިހިފައި ފޯނު ކަނޑައިލިއެވެ. ނަމަވެސް ސަބީނާ ”ޒެހެކް އަކަށް އެއްވެސް ކަމެއް ނޭނގޭނެ” އޭ ކިޔާ އެންމެ ފަހުން ބުނި ޖުމްލަ ޒެހެކް އަށް އިވުނެވެ. ހައިރާން ކަމާއެކު ޒެހެކް ބަލައިލީ ނުތަނަވަސް ވެފައި ހުރި ސަބީނާގެ މޫނަށެވެ.

“މާމާ ކޯޢްޗެއް ގެ ވާހަކަ ތަ ތިކިޔަނީ..ހާދަ ހާސްވެފަ..” ތައްޓައް ބަތް އަޅަމުން ސަބީނާގެ މޫނަށް ޒެހެކް ބަލައިލިއެވެ. އޭރު ސަބީނާ ވެސް އައިސް ޒެހެކްގެ ގާތުގައި އިށީންނެވެ. “މާމަ އެބައޮތް ދަރިފުޅު ގާތުގައި ބުނަން ވެފައިން ވަރަށް ބޮޑު ވާހަކަ އެއް.. ކޮން އިރަކުން ވަގުތު ދެވޭނީ.. “ޒެހެކް ކައިގެން އެބަދަން ކަމުގައި ބުނުމުން ވަގުތުން ސަބީނާ ވެސް ބޯ ޖަހައިލިއެވެ. ސަބީނާގެ މޮޅިވެރި މޫނަށް ބަލައިލަމުން ޒެހެކްއަށް ކެވުނީ ވެސް އެހެން ދުވަސްތަކާއި ހިލާފަށް ނުހަނު އަވަސްކޮނެވެ. ޒެހެކް އަތްދޮންނަން ފެށުމުން ސަބީނާ ވަނީ ކޮޓަރިޔަށެވެ.

ކައި ނިމިގެން ކޮޓަރިއަށް ވަން އިރު ސަބީނާ އެނދުގައި މަޑުމަޑުން އިންތަން ފެނުނެވެ. މާމާ މިއަދު މިއުޅޭ އާދަޔާއިހިލާފް ގޮތަކުން ޒެހެކް ހައިރާން ވާ ގޮތް ވިއެވެ.

“މާމާ ކިހިނެތް ވީ..”ސަބީނާ ގާތު އިށިންދެލަމުން ޒެހެކް އަށް އައިލެވުނެވެ.

ސަބީނާ ބަހަކުން ބަހެއް ނުބުނެ ސަބީނާގެ އަލަމާރީގައި އޭނާ އަބަދުވެސް ތަޅުލާފައި ހުންނަ ވަތް ގަނޑު ހުޅުވާލިއެވެ. އޭގެން ކުޑަ ދަބަހެއް ނަގައިގެން އައިސް އެ ދަބަސް ޒެހެކް އަތައް ދިނެވެ.

“މިއީ ކޯއްޗެއް”ހައިރާން ވެފައި ހުރެ ޒެހެކް އަހައިލިއެވެ.

“ތިއީ ހުޅުމާލޭގައި ހުރި މާމަގެ ގޭގެ ހުރިހާ ރަޖިސްޓްރީއަކާއި ލިޔެކިޔުންތައް.. މިގޭގެ ލިޔެކިޔުންތަކާއި މިގޭގެ ރަޖިސްޓްރީވެސް…ދެން.. ދަރިފުޅު މަންމަގެ މަރުގެ ސެޓްފިކެޓާއި ރިޕޯޓްތައް ދެން ހުޅުމާލޭގައި މަންމަގެ ރޫމްގައި ހުރި މަންމަގެ ލޮކަރުގެ ކީ…”ސަބީނާ ދުރުބަލައިލަމުން ބުނެލިއެވެ. އެ އަމަލުން ޒެހެކްގެ ހައިރާން ކަމަށް ބޮޅެއް އިތުރުވިއެވެ.

“މާމާ ތިހާ ސްޓްރޭންޖް ކޮން ނޫޅޭ.. އަހަންނަށް ކިޔާދީބަލަ ވެގެން މިއުޅޭ ގޮތެއް.. ޒެހެކް އެ ދަބަސް ދުރުގައި ބާއްވަމުން ސަބީނާގެ އަތުގައި ހިފާލަމުން އަހާލިއެވެ.

ސަބީނާ ޒެހެކް އާއި ހަތަރުކަޅި ހަމަ ކޮށްލަމުން ބުނެލި އެއްޗަކުން ޒެހެކް ދެލޯ ބޮޑުކޮށްލިއެވެ.

“ދަރިފުޅު މަންމަގެ ފެމެލީ އެއް އޮވޭ… އެމީހުން އަބަދުވެސް ދަރިފުޅުގެ ހާލު ބަލާ…އެމީހުންގެ ގާތައް ދާން ޖެހިދާނެކަމަށް ތައްޔާރުގައި ހުންނާތި.. މާމައަށް އަބަދު ނުހުރެވޭނެ ދަރިފުޅު ގާތަކު..”ސަބީނާ ރޮވިފައި ހުރެ ދައްކާލީ އިތުރު ރިޕޯޓެކެވެ. ޒެހެކްއަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ.  ސަބީނާ ދައްކައިލީ ކެންސަރު ބަލީގެ ރިޕޯޓެކެވެ. ލޭގެ ކެންސަރުގެ ހަތަރުވަނަ ސްޓޭޖް ގައި ހުރިއިރު މި ބައްޔާ، ޒެހެކް އާއި ސިއްރުން ހަނގުރާމަ ކުރާތާ މިއިފަސްވަނަ އަހަރު ކަމުގައި ބުނުމުން ޒެހެކް އަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ފަހަކަށް އައިސް ސަބީނާ އަބަދުހެން ބަލިކޮން އުޅޭކަން ޒެހެކް އަށް ވެސް އެނގެއެވެ. ނަމަވެސް ދުވަސްވެ ގައިބާރު ދެރަވާތި ވާގޮތެކޭ ހިތާ ޒެހެކް ހުރީއެވެ. ދެތެރެއަކުން ޑޮކްޓަޜަށް ދައްކާލަން ގެންދިޔަސް ސަބީނާ ވެސް ޑޮކްޓަރަށް ދައްކާއިރުވެސް މާ ބޮޑު ތަފްސީލެއް އެއްވެސް ފަހަރަކު ނުދެއެވެ. ރިޕޯޓްތައް ބަލަމުން ދިއައިރު ހުޅުމާލެގެ ހޮސްޕިޓަލަކުން އެތަކެއް ފަހަރު ކީމޯ ހަދާފައި ވާކަން ވެސް އެނގެން ހުއްޓެވެ.

ޒެހެކް އަށް އިތުރަށް ބުނާނެ އެއްޗެއް ކުރާނެ ސުވާލެއް ވެސް ނުވިސްނުނެވެ. ޒެހެކް ގެ މުޅި ދުނިޔެ ހީވީ އަނދިރިވި ހެންނެވެ. އުމުރުން ވިހި އަހަރުވީ އިރު ހަޔާތުގެ އެންމެ ކުޑަކަމުން ފެށިގެން އެންމެ ބޮޑުކަންތައް ވެސް ހިއްސާ ކުރާ ފަރާތަކީ ސަބީނާއެވެ. ޒެހެކް އަށް ތިން އަހަރުގައި މަންމަ ނިއާވުމުން އެދުހުން ފެށިގެން ހުރިހާޒިންމާއެއް އުފުލާ އެވަރުކުޜީ ސަބީނާއެވެ. އަހުމަދު ބައްޕަ ކަމުގައި ވީ ނަމަވެސް އަހުމަދު އަށް ވުރެން ހުރިހާ ގޮތަކުން ވެސް ސަބީނާ އާއި އޮންނަ ގުޅުން ވަރުގަދައެވެ.

ސަބީނާގައިގާ ބައްދާލައިގެން އިނދެ އެތައް އިރެއް ވަންދެން ޒެހެކް ރުޔެވެ. ޒެހެކް ރޯ ވަރުން ސަބީނާއަށް ވެސް ދިޔައީ ރޮވެމުންނެވެ.

***

“ދެން ކުޑަބޭ އައިތާ ދެދުވަސް ވި އިރު ވެސް ނަވާ އަށް ނުދޭ އެކައްޗެއް ވެސް”ޒަޔާންގެ ކޮޓަރީގެ އެނދު މައްޗަށް ބަންޑުން ވެއްޓިގަނެގެން އޮވެ ނަވާރް ސަކުވާ ކުރަމުން ދިޔައެވެ. އޭރު ރިހާމް އާއި ޒަޔާން ވެގެން ޕީއެސް ކުޅެން ރެޑިވަނީ އެވެ.

” ކުޑަކުޑަ ދަހި ކުންޑަ ތަ މިއުޅެނީ.. ކެތްކޮށްބަލަ ދޮން..” ޒަޔާންގެ ޖަވާބު އިވި ލޯ އަޅާލައިގެން ހުރެނަވާރް ޒަޔާން އާއި ދިމާލަށް އެނދުގައި އޮތް އެންމެ ހަރު ބާލީސް އެއްލިއެވެ. އެ ހަމަލާ އިން ރެކިގަނެ ޒަޔާން ދޫ ހަދައިލިއެވެ. ރިހާމް އަށް ދެމީހުން ގެ ކޯޅުން ފެނި ހޭންފެށިއެވެ.

“ހޫން ދަހި ކުންޑަ މި.. ދެން ހެޔޮ ނުދިނަސް..ކުރީ ބުރު ވެސް މަންމަ ފްރެންޑެއް ގެނެސްދިން ހަދިޔާތަކެއް ވެސް ހަމަ އެހެން ފޮރުވާގެން ހުރީ މީހުން ތަޅުވަން ވެގެން ..އެހެން ހުއްޓާ ހަނދާން ވެސް ނެތުނީ.. އެންމެފަހުން އެކްސްޕަޔާރ ވާން ދެދުވަހަށް ވެފަ ހުއްޓަ ނެރުނީ އެ ވެއްދި ހާއްޔަކުން..” ނަވާރް ތުންދަމާލައިން ހުރެ ފަހަރަކު ބާލީހެއް ޒަޔާންގެ ގަޔަށް އުކަން ފެށިއެވެ. އެންމެފަހުން ރީތިކޮން އޮތް ކޮޓަރި ރަނގަޅަށް ހާވައިލިއެވެ. ހިތްހަމަ ޖެހޭ ވަރު ވުމުން ގޮސް ސޯފާއަށް ވެއްޓިގަތެވެ. އޭރު ޒަޔާން ކޮޓަރިތެރެ އޮތްގޮތުން ކުދިކިޔާލަ ކިޔާލަ ހުއްޓެވެ.

“ނަވާ ރަނގަޅަށް ތިހެދީ ހަމަ ..ދެން ޒަޔާން ކަލޭ ސާފް ކޮށްލަ މިއަދު ދެން.. މީނާ ހަޑިކޮށްފަ އަބަދު ބާއްވާ ތަނެއްނު މި .. މިހާރު ކޮން ކުދި އެއް ކިޔާކަށް.. ކުޑާ ސާފުކޮށްލާއިރަށް މީނަ ހަމަ ތަރުތީބު ގެއްލުވާލާނެ.. “ރިހާމް އައިސ ނަވާރް އާއި އަތާއި އަތް ޖަހާލަ ފައި ނަޥާރްގެ ގާތުގައި ޖައްސައިލިއެވެ.

ދެމީހުން އެއްބައިވި ތަން ފެނި ޒަޔާން ލޯ އަޅައިލިއެވެ. އެ އަމަލުން ނަވާރް އާއި ރިހާމް ގާތައް އައީ ހިންޏެވެ.

” އަން މިއޮތީ .. ހުސް ނަވާގެ ސާމާނު އަހަރެމެން އައި ފްލައިޓުން އައީ … ” ކޮޓަރި ހަމަޔަކަށް އަޅުވާލާފަ އެއްފަރާތެއްގައި ހުރި ބޮޑު ބޮޑު ތިންފޮށިގަނޑު ޒަޔާން ނަވާރް އާއި ގާތައް ގެނެސްފިއެވެ.

” އާވްވް ސޯ ކިއުޓް ތެންކިއު ތެންކިއު..” ދެލޯ ބޮޑުކޮށްލައިގެން ހުރެ ނަވާރް އުފާވެރި އަޑެއް ލައްވާލަމުން ޒަޔާންގެ ކޮލުގައި ހިފައިގަތެވެ.

“އައުޗްޗް.. ތަދެއް ވެއްޖެ..ތިއެންނު ދެންމެ ގިފްޓްތައް ހެވޭ ބުނި މީހާ..” ކޮލުގައި ފިރުމާލި އިރު ތަދުވެގެން ޒަޔާން އަށް އަޑެއް ވެސް ލައްވާލެވުނެވެ. ނަވާރް ހީގަނެފައި އޭނާ އަށް ލިބުނު ސާމާނުތައް ބަލަން އިނެވެ.

“ނަވާ .. އަހަރެން އައި ދުވަހު އާނާ ފެނުން .. ދެދުވަސް ވީ އިރުވެސްއޭގެ ފަހުން ނުފެނޭ އާނާ އެއް..އެއްގޭ ތެރޭގައި އުޅޭއިރު ވެސް ..”ޒަޔާން އެމީހުންނާއި ކުރިމައްޗަށް ވާހެން އެނދުގެ މަގަތުގައި އިށީންދެލިއެވެ.

“އާނ ދޯ.. ނާނާ ވަރަށް ނުނިކުމޭ ފަހުން ފަހުން .. ކުޑަބެ އަންނަ ވާހަކަ ބުނިދުވަހުން ސުރެން ފާހަގަ ވޭ.. ޔަޒަން އާއި އެކު އުޅޭތީވެ އެ.. “ނަޥާރްގެ މޫނުމަތީގައި ވި  އުފާވެރިކަން ވަގުތުން ބަދަލް ވިއެވެ. މިހާރު އެމޫނުމަތިން މަތިން ފެނިގެންދަނީ ސިރިޔަސް ކުލަވަރެކެވެ. އެހެން އިންދާ ފޯނަށް މެސެޖް އެއް އައެވެ. މިފަހަރު ވެސް ނުދަންނަ ނަމްބަރަކުންނެވެ.”ނަވާރް .. ކަލޭގެ އަނގައިން ނުކުންނަ ކޮން ވާހަކަ އަކީ ކަލޭގެ ހަލާކު..” ނަވާރްގެ މޫނުން ފެނުނީ ސިހުމެވެ. މިގޭތެރޭގައި އާނާގެ ވާހަކަ އެއް ދައްކައިފިއްޔާ އެމީހަކަށް އެބަ އިނގެއެވެ. އެ ކާކު ހެއްޔެވެ. މިގެތޭރެގައި “ބަގްސް” ހުރީ ހެއްޔެވެ. ނޫނީ ގެއިން ބޭރު މީހަކު އައިސް ވަގަށް ކެމެރާ ހަރުކުޜި ހެއްޔެވެ. މިގެޔަށް  ވަދެވޭނީ ވެސް ގޭގެ ކޯޑު އެނގޭ މީހަކަށެވެ.

” ނަޥާ ކިހިނެތް ވީ..” ޒަޔާން އަށް ނަވާރްގެ ބަދަލް ވެފައި ޥާ މިޒާޖުން މާކަ ބޮޑު އެއްޗެއް ނުވިސްނުނެވެ. ފޯނަށް ގެއްލިފައި ހުރިވަރުން ޒަޔާން ގޮވާލުމުން ވެސް ނަވާރް ސިއްސައިގެން ދިޔައެވެ. ކަމެއް ނުވާ ކަމަށް ބުނުމަށްފަހު ނަވާރް ދާން ހިނގައިގަތުމުން ޒަޔާން ވެސް އޯކޭއޭ ބުނެލިއެވެ.

ނަޥާރްގެ ހުރިހާ ހަރަކާތަކަށް ބަލަން އިން ރިހާމް އަށް ގޯހެއް އުޅޭކަން އެނގުނެވެ. ނަވާރްގެ ފަހަތުން ރިހާމް ވެސް ޒަޔާންގާތު އެބަ އަންނަމޭ ބުނެނުކުތެވެ. ރިހާމް އަށް ނުކުމެވުން އިރު ނަޥާރް ޓެރެސްއަށް އަރަން ހުންނަ ސިޑިން އަރައިގެން މައްޗަށް ދަނީއެވެ.

“އަޅެ މި ކާކު ތަ.. ބޯ ގޮވާފިއޭ.. “ޓެރެސްގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރިއިރު ނަވާރް ރަނގަޅަށްވެސް ހުރީ ބޯ ހާސްވެފައެވެ.

ފުޅާ އެ ބޮޑު ޓެރެސް ހީވަނީ މާމެލާ މެލީގެ ބަގީޗާއެއް ހެންނެވެ. ހުދާއި ފިޔާތޮށި އަދި ރަތް ފިނިގެންމާގެ އިތުރުން ބޯގަންވިލާގެ ހުދު އަދި ފިޔާތޮށިއާއި ދަނބު ކުލައިގެ އެކި ސޭޑްސް ގަސްތައް ބޮޑެތި ޕޮޓުތަކުގައި ތަރުތިބުން އިންދާފައި ވާއި އެކި ކުލަކުލައިގެ ޒިންނިޔާތަކާއި ފެހިކަން ގަދަ ގާޑޭނިޔާގެ އިތުރުން އޯކިޑްޕޮޓުތަކާއި ބެގޯނިއާސްތައް ވެސް ޕޮޓުތަކުގައި އެލުވާފައި ހުއްޓެވެ. އޭގެ ކުރިމައްޗަށް އޮތީ ހިޔާ ކޮށްފައިވާ ބައެކެވެ. ހުދު ކުލައިގެ އެތަން ކޮޅުހާއްސަ ކޮށްފައި ވަނީ ކޮފީ ބުއިމަށެވެ. ކޮފީ ސްޓޭންޑޭއް ފަދައިންނެވެ. ނުހަނު ހިތްފަސޭހައެވެ.ހުދު ގޮނޑިއާއި ހުދު މޭޒު ޖެހިގެން ހުރި އިރު ބަލާލަން ރިއްޗެވެ.

ނަވާރް ގޮވަން ކައިރިވެފަ ހުރި ސިކުނޑިއަށް ފިނި ކަމެއް ލިބޭތޯ  އައިސްކޮފީ އެއް ހަދާލައިގެން  އައިސް ޖައްސައިލީ މޭޒު ކައިރީގައެވެ.

ނަވާރްގެ ހަރަކާތް ތަކަށް ބަލަން ހުރި ރިހާމް ވެސް އައިސް ނަވާރް އިން ގޮނޑިއާއި ޖެހިގެން އިން ގޮނޑި ދަމާލުމަށްފަހު އިށީނެވެ. އެއަމަލުން ނަވާރް ދިޔައީ ސިހިގެންނެވެ.

” ރިހާމްބޭ.. ތިކަހަލަ ކަންތައް ކުރާނީ އަބަދު ވެސް… ބިރޭ ގަތީ..” މޫނުމަތީގައި ހުރި ހާސްކަން ފޮރުވަށް ނަވާރް ހީލިއެވެ. އިތުރު މެސެޖެއް އެވަގުތު އައި އަޑު އިވިގެން ނަވާރް ފޯނަށް ނަޒަރު ހުއްޓާލިއެވެ. މިފަހަރު އައީ ޔަޒަންގެ ނަމްބަރުންނެވެ. އޭނާގެ ފޯނުގައި އެ ނަމްބަރުން ސޭވް ކޮށްގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ. އޭނާ ނުވެސް ބުނަނީސް މެލޭޝިޔާގައި ހުރެފައި ރިހާމް ޔަޒަންގެ ނަމްބަރު ފޮނުވިއެވެ. އެދުވަހު ސޭވް ކުރީ އާނާގެ ކަމެއްގައި ވެސް ގުޅަން ޖެހިދާނެ ކަމަށް ބަލާފައެވެ. “މިރޭ އާނާ ގޮވައިގެން އަހަރެން ފޮނުވާ ލޮކޭޝަން އަކަށް އާދެ… ” ނަވާރް މެސެޖު ކިޔާލި އިރު ވެސް ހިތައް ބިރުވެރިކަން ވަންނަމުން ދިޔައެވެ. އަނެއްކާ ޔަޒަން އާއި  ބައްދަލް ކުރަން ދާއިރު އެ ފާރަލާ މީހަކު ނުބަލާ ހުންނާނެ ބާއޭ ވެސް ހިތައް އެރިއެވެ. ޔަޒަން ދާންވި ތަނާ ގަޑި އާއެކު އަނެއްކާ ވެސް އިތުރު މެސެޖެއް ފޮނުވާލިއެވެ.  ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް ނަވާރް އާއެކޭ ބުނެ ޖަވާބު ފޮނުވާލިއެވެ.

“ނަވާ.. އިޒް އެވްރީތިންގް އޯކޭ..އައިމީން ޔޫ ލުކް ހޮރިބްލީ ސްކެއާޑް..  ވަރަށް ސަސްޕީސިއަސް…” ރިހާމް ސީދާ ނަވާރް ގެ މޫނަށް ބަލައިލިއެވެ. ނަވާރްގެ މޫނުމަތީގައި ވި ހާސްކަން އޭނާއަކަށް ސިއްރެއް ނުވިއެވެ.

“ޔާހް ..ޔާހް މްމް ފައިން ..މިހާ ހޫނުގަދަ ދުވަހެއް ވީމަ ވެސް ހީވެދާނެ .” ނަވާރް ހީލައިފާ ޖަވާބު ދިން އިރުވެސް އޭނާގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެމުން ދިޔައެވެ. މީހެއްގެ އެހީ އޭނާ ކިތަންމެ ބޭނުން ވިޔަސް  އާނާގެ ގާތައް ދާކަށް ބޭނުމެއް ނުވިއެވެ. އިތުރު ހާސް ކަމެއްގައި އެފަކީރު ބައްދާލާ ހިތް ނުވީއެވެ. ރިހާމް ގާތު ކިޔަން ވީ އޭ ވެސް ނަވާރްގެ ހިތައް އަރަމުން ދިޔައެވެ.  ނަމަވެސް ފަހަރުގައި އެއީ އިތުރު ގެއްލުމެއް އާނާ އަށް ލިބުމަށް ކޮށާލެވޭ މަގަކަށް ވެސް ވެދާނެއެވެ.

“ނަވާ .. އަބަދުވެސް ނަވާ އަށް އެނގޭނެ އަހަންނަކީ ހަމައެކަނި ބޭބެ ނޫން ކަން.. ގާތް ރައްޓެއްސެން ހެން މާ ބޮޑަށް ފީލް ވާނެ ކަމަށް އަހަރެން ބަލަނީ .. ބޭބެ އަކަށް ވުރެން .. އެހާ ކްލޯޒް ކޮން ވާހަކަ ދައްކާލެވޭ ދޯ  އަހަރެމެން.. ޒަޔާން ބޭބީ ކަމުން ދެންމެ ނަވާއަށް އައި ބަދަލް ފާހަގަ ނުވިޔަސް އަހަންނަށް އެއްޗެއް ހީވެގެން މިއައީ ނަވާ ގާތަށް ..ކަމެއް ސިއްރު ކުރަނީތަ .. ޔޫ ކެން ޓޯކް އެނީތިންގް ޓު މީ..” ރިހާމް ގެ މޫނުމަތިން ފެނުނީ ސީރިއަސް ކަމެވެ. ކަމެއް ދެނެގަންނަ އުޅޭފަދައެވެ.

“ނޫނޭ..ހަމަ ވަރަށް ބަރާބަރު ހުރިހާ ކަމެއް ވެސް އަލްހަމްދުލިއްﷲ.. .. އަސްލު މިއުޅެނީ ކުޑަކޮން ބޮލުގަ ރިއްސާތީ ވެ.. އެހެންވެ ހަދިޔާތައް ބަހައްޓައިލާފަ މިނުކުތީ ވައި ކޮޅެއް ހޯދައިލާން..” ނަވާރް އަށް އެވަގުތު ވިސްނުނީ ކޮންމެ ވެސް ބަހަނާ އެއް ދައްކާލައިފާ އެތަނުން ދިޔުމަށެވެ. އާނާ ފޯނުހިފައިގެން އުޅޭނެކަން އެނގޭތީ އޭނަ އަށް މެސެޖް ކޮށްލާފައި ނިކަން އަވަހަށް ގުޅަން ބުނެލިއެވެ. އޭގެ ސިކުންތެއް ފަހުން އާނާ ގުޅަން ފެށުމުން ރިހާމް އަށް ފޯނު ދައްކާލައިފާފަހުން  ދިމާވާނެ ކަމަށް ބުނެ ނަވާރް އަވަހަށް އެތަނުން ތިރިޔަށް ފޭބިއެވެ. އެޕާރޓްމަންޓަށް ވަދެވުމުން އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަވާރް އަވަސްވެގަތީ މުޅިގޭތެރެ ބަލާ ފާސްކުރުމަށެވެ.

***

އިރު އޮއްސެމުން ދިޔަ ވަގުތެވެ. ދުނިޔެމައްޗަށް ވެރިވެ ގަންނަން މަސައްކަތް ކުރަމުންދިޔަ އަނދިރިކަމުގެ މައްޗަށް، މަގުތަކުގެ އެކި ހިސާބުތަކުގައި ޖަހާފައިވާ ހޮޅިބުރިތަކުގެ ގަދަ އަލިތައް ކުރި ހޯދައިފިއެވެ. ކައިރި މިސްކިތްތަކުގައި މަޤްރިބްގެ ބަންގީގެ އަޑު ވެސް އިވެމުން ދިޔައެވެ.

ދުވަސްތަކަކަށް ފަހު ހުޅަނގު މޫސުމުގެ އަސަރު ވެސް ފެނިލައިފިއެވެ. ވައިރޯޅިތައް ބާރުވެ .. ފަޒާގައި ވެސް ތެތްފިނިކަން ހިފައިލާފިއެވެ.  ނަގާފައި އޮތް ބޯ ވިލާގަނޑުން ސަލާމަތް ވުމަށް މީސްތަކުން ހިޔާވަހިތަކަށް ވަނުމަށް އަވަދިނެތި އުޅެމުން ދިޔައެވެ. އެވަގުތު ވެސް މަގުތައް މަތީގައި މީހުންތައް އުޅޭލެއް ބައިބޯ ކަމުން ހީވަނީ ހިނިތަކެއް ހޮރަކުން ނުކުމެގެން އުޅޭހެންނެވެ.

މަޖީދީމަގާއި ގުޅޭހެން އިތް ހަނި ގޯޅިއެއްގެ ތެރެއެވެ. ފެންނަން ހުރި ދެތިން ގެއިން މީހަކު ނުކުމެލާތަން ވެސް ނުފެނެއެވެ. ހިސާބުގަނޑު ފެންނަނީ ނުހަނު ފަޅު ކޮންނެވެ. ކައިރީގައި އިން މަގުބައްތި އަނދާފައި ހުރުމުން އެ ހިސާބު ގަނޑު އޮތީ ފުދޭވަރަކަށް އަނދިރިކޮންނެވެ. މަގުގެ އެއްފަރާތުގައި ކަޅުކުލައިގެ ޕްރައިވެޓް ކާރެއް އޮތެވެ. ކާރުގެ ތެރޭގައި އިން  މީހަކު ލައިގެން ހުރި ކޯޓުފަޓުލޫނުގައި ހުރިއިރު އަޅިފުސް ކުލައިގެ ތޮއްޕަކުން މޫނު ފޮރުވާލައިގެން އިނެވެ.  ކާރުގެ ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. އޭނާ އަތުގައި އޮތް ރޮލެކްސް ގަޑިއަށް އިރުކޮޅަކާ ހެން ނަޒަރު ދިއްކޮށްލާ ގޮތުން މީހަކަށް އިންތިޒާރު ކުރާ ފަދައެވެ. މާގިނައިރެއް ނުވަނީސް  އިތުރު މީހަކު އައިސް ކާރުގެ ދޮރުފަތުގައި ތަޅައިގަތެވެ. ދޮރު ހުޅުވުމުގެ ކުރިން ވަތްގަނޑަކުން ނެގި ކަޅު ކުލައިގެ މާސްކެއް އަޅައިލީ އޭނާއަކީ ކާކުކަން އަންގަން ބޭނުން ނުވާފަދައަކުންނެވެ.

ކާރުގެ ދޮރު ހުޅުވާލުމުން އެތެރެއަށް ވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އަދަބުވެރިކަމާއެކު ސަލާމް ގޮވާލަމުން އެރިގޮތުން ހީވީ ކާރުގައި އެއިނީ ވަރަށް ވަރުގަދަ ސަހުސިއްޔަތެއް ހެންނެވެ.  “ބޮސް .. އަހަރެން އެނގެޔަށް ދިޔައިން ޔައުގޫބް އާ އެއްކޮން… އޭސީ ހަރުކޮށްފައި ބޮސް ބުނުއްވިހެން ބަގްސް އަދި ކެމެރާ ވެސް ހަރުކުރިން އެ ޔައުގޫބް ލައްވާ.. އެ ކޮޓަރީގަ ދެން އެ އުޅޭ މަންޖެ ނުކުން ވަގުތު ބަލާފަ ސާރ ބުނުއްވި އެޕް ވެސް އާނާގެ ފޯނަށް އެޅިން… މިހާރު ޢޭނާގެ ފޯނަށް ކޯލެއް އަޔަސް މެސެޖެއް އަޔަސް ސާރ އަށް ފެންނާނެ .. ޔައުގޫބް  ރާއްޖެއިން ފުރުވާލުމުގެ ކަންތައް ހަމަޖެހިފައި މިހާރު އިންނާނީ.. އެއްވެސް ކަމެއް ޝައްކެއް ވެސް ނުވާނެ..ދެން ވެސް މިހުރީ ބޮސް ބުނުއްވާފިއްޔާ ކޮންމެފަދަ ކަމެއް ވެސް ކުރަން ..” ބަންގްލަދޭޝްގެ ރައްޔިތެއް ނަމަވެސް ވާހަކަ ދެއްކުމުގަ އެއްވެސް ކޮށިކަމެއް ނެތެވެ. ދިވެއްސެއްހާ ފަރިތައެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައިރު މަކަރުވެރިކަމުން ފުރިގެންވާފަދައަކުން ހީލައިގެން އިނެވެ.

“އަހަންނަށް އެނގޭ ނައުފަލް އަހަންނަށް އެހީވާނެ ކަން.. އެހެންވެތާ އެންމެ ވަފާތެރި މީހެއްގެ ގޮތުގައި ވެސް ވިހި އަހަރު ވަންދެން މިގެން ގުޅުނީ.. އެހެންނު…. މިރޭ މީ އެރޭ .. އަހަރެމެންގެ ޕްލޭން  އެ ކުޑަ ދެ ސައިތާނުން ހަރާބު ނުކޮށްލަނީސް އެކެއްގެ ނިމުން ގެންނަން ވާނެ… މަ ނުބުންޔަސް ދެން ހަދަން ވީ ގޮތް ނައުފަލް އަށް އެނގޭނެ.. “ބަރު އަޑެކެވެ. ތޮފި ހިއްލާލައިފާ ނައުފަލް އާއި ދިމާ ބައިލި އިރު އެ ތޫނު ދެލޯ ނޫން ތަނެއް ނުފެނެއެވެ. ދެލޮލުން ފެންނާ މަކަރް ވެރިކަމާއި ނުރައްކާތެރި ކަމާއި އަނިޔާ ވެރިކަމެވެ. އޭނާ އާއި ޖެހިގެން ނައުފަލް ގެ މޫނުމަތިން ވެސް ފެނިގެންދަނީ ހިތްތަކަށް ސިހުން ގެނުވާފަދަ ނުރައްކާތެރިކަމެކެވެ.

***

“އާން މިލީނާ .. އަހަރެން ހުއްދަ ނުދޭން ވީ ކީއްވެ.. އާނާ އެއީ މިލީ ގެ ދަރިފުޅު.. މިގޭގައި އާނާ ހުރި ކަމުގައި ވީނަމަވެސް ހުރިހާ ހައްގެއް އޮންނާނީ މިލީ އަކަށް ނު.. ނަވާ ވެސް ދެންމެ ބު ނި އާނާ އާއި މީޓް ކުރަން ބުނި ވާހަކަ.. އެންމެ ރަނގަޅުވާނީ ވެސް އެގޮތް.. ދެ އަހަރު ދުވަހަށް ވުރެން ގިނަ ދުވަސް މި ވީ އެކަކަށް ވެސް ވާ ނުވާ ނޭނގި މިދިޔައީ ދޯ.. މިރޭ މިލީ ބަލާތި އާނާގެ ކައިރިން ކަމެއް އޮޅުން ފިލާތޯ..އަހަރެމެން އެންމެ ވެސް މިތިބީ ވާނުވާ ގަ” ސޯފާގައި އިނދެ މިލީނާއާއި ވާހަކަ ދައްކަމުން  ދިޔައިރު ނޫޜާގެ މޫނުމަތިން ހިސާބެއް ނުތަނަވަސްކަމެއް ފެންނަމުން ދިޔައެވެ. އިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށް ފަހުން ނޫރާ ފޯނު ބޭއްވީ މިލީނާ ބޭރަށް ދާން ތައްޔާރުވާން ދަނީ ކަމަށް ބުނުމުންނެވެ. މިލީނާ ފޯނު ބޭއްވުމުން ނޫރާއަށް ސޯފާގައި ހަމަޖެހިލެވުނެވެ. އޭނާ އަށް ވިސްނާ ލެވުނީ މީގެ ދެދުވަސްކުރިން ނަވާރް ކުރި ސުވާލާކާއި ދޭތެރޭގައި އެވެ. “މަންމާ .. ބައްޕަ އަށް ކިހިނެތް ވީ.. ކިހިނެތް ބައްޕަ މަރުވީ..” ނަވާރް އެދުވަހު ކުރި ސުވާލު ނޫރާގެ ސިކުޑީގައި ގުގުމާލަ ގުގުމާލަ ހުއްޓެވެ. އެދުވަހު އެ ސުވާލަށް ޖަވާބު ނުދެވެނީސް ޒަހްރާން އައުމުން ނަވާރް މައުލޫއު ބަދަލް ކޮށްލީއެވެ. އެދުވަހުގެ ފަހުން ނޫރާ އަށް ވިސްނެމުން ދިޔައި ނަވާރް އަށް އަށް އެ ސުވާލްގެ ޖަވާބު ދޭނެ ގޮތަކާއި ދޭތެރޭގައި އެވެ. އަބަދު ހަގީގަތައް ފަސްދީގެން ނުހުރެވޭނެކަން ނޫރާ ދަނެއެވެ. ބައްޕަ ކޮބައިތޯ ނަވާރް ތުއްތު އިރު އެހުމުން ބައްޕަ ނިޔާވީ އޭ ބުނެ ހަމަ ޖައްސައިގެން ހުއްޓަސް މިހާރު އެހެން ނުހުރެވޭނެކަން ދަނެއެވެ. އާނާ ގެ ފަރާތުން އެދުވަހު ޒަކީންގެ މަރުގެ ބައެއް އެނގުނު ފަހު ނަވާރް އެކަން ދެނެގަންނަން އުޅޭކަންނޫރާއަށް އެނގެއެވެ. ނޫރާ އަށް ފުންނޭވާއެއް ދޫކޮށްލެވުނީ ސިކުނޑިއަށް ބުރަބޮޑުވި ވަރުންނެވެ.

***

އެނދުގެ އިށިންދެ އިން  އާނާގެ އަތުގައި ހަތަރު ވަރަކަށް ކުދި “ބަގްސް” އޮތެވެ. އެއަތައް ލައިގެން އިރު އާނާ އިންތިޒާރު ކުރަމުން ދިޔައީ ފާހާނާގައި އުޅުނު ނަވާރް ނުކުންނާނެ އިރަކަށެވެ. މާ ގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ.

“ނަވާ.. މިއޮތީ އަހަރެން މި ރޫމް އިން ހޯދި ސާމާނު… ނަޥާ ބުނީމެންނު އޭސީ ހަދަން އައި މީހާ ފާޑަކަށް ބެލިއޭ ދޯ… އަހަންނަށް ޝައްކުވެގެން ބެލީ ތަންތަން.. އަހަރެންގެ ހިތް ބުނޭ އަދިވެސް ވާނެއޭ މީގެ އެއްޗިސް ގޭގެ އެކި ސަރަހައްދުގަ .. ދެގަޑި އިރު އެމީހަކު އައިސް ހޭދަވި ވާހަކަ ބުނީމެންނު..” އާނާގެ ފޯނަށް އެންމެފަހުން ކޮށްފަ ހުރި މެސެޖްތައް ސިއްރުކުރަމުން އާނާއަށް ފެނުން ސާމާނުތައް ނަވާރް އަށް ދައްކާލިއެވެ.

 

****

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު