“އަހަންނަށް އަލާރާއާއި ބައްދަލް ކޮށްލެވިދާނެ ގޮތެއް ހަދާދީބަލަ..”އިސްދަށައް ޖަހައިގެން އިނދެ ކަޔާން ބުނެލިއިރު ހިސާބަކަށް ކުށްވެރިކަމުގެ އަސަރު އެމޫނުން ފެނެއެވެ.
“ވަޓް..އަލާ އޭ..ކިހިނެތްވީ…”
“ސުވާލްތައް އަންނާނެ ކަން އެނގޭ…އެންމެ ފުރަތަމަ ވެސް ޒެވް އަލާގެ ވާހަކަ ބުނި ދުވަހު ވެސް އަލާ އަހަރެން ދަންނަން..އަޒީޒްގެ ދަރިއަކަށް ވީމަ އެއް ނޫން އަހަރެން އަލާ ދަންނަނީ..ވާ ގޮތަކީ ސޯފިއާ އާއި އަލާ އަކީ ގާތް އެކުވެރިން…އޭރު އަލާ ރާއްޖެ އައިސް އުޅޭ ފަހަރުތަކުގައި ވަރަށް ގިނައިން ދާނެ ސޯފިޔާ މެން ގެޔަށް..ސޯފިއާއަކީ އަހަރެންގެ ކަޒިން އެއް… އޭރު އެގެޔަށް އަހަރެންވެސް ވަރަށް ގިނައިން ދަން..އެހެންވެ ފުދޭވަރަކަށް އެކުވެރި ވެވުނު..އަލާއަށް އެނގޭނެ އަހަރެން… ދެން އޭގެ ފަހުން އަލާ ކިޔަވަން ގޮސް އައިސް މާގިނަ ދުވަހެއް ނުވެ އެކްސިޑެންޓް ހިނގައިގެން ދިޔައީ.. އަލާއަށް އެ ހާލަތް މެދުވެރިވުމުން އަހަރެމެން ދެމީހުން ދިމާވާނެ ގޮތެއް ވެސް ނީންނާނެތާ ދޯ.. ދެން ސޯފިއާގެ ކަންތައް ގަނޑު..އަހަރެން އެ ވަރު ރުޅި އަންނަ އަންހެންކުއްޖަކު މި އުޑު ދަށުގައި ނުހުންނާނެ.. އަހަންނާއި ސޯފިއާގެ ކަންތައް ބާއްވަމާ..ކޮންމެއަކަސް ސޯފިއާއަކީ ކަމުދާ އަންހެނެއް ނޫން..ބައެއް ވާހަކަ ތައް ވަގުތު ޖެހުނީމަ އަހަރެން ބުނެދޭނަން.. ދެން އޭނަ އާއި އަލާއާއި އެހާ ގާތް ކޮން އުޅެފަ ދުރުވީ ކީއްވެކަމާއި ..މި ފޮޓޯގެ ހަގީގަތް އެނގޭތޯ އަލާއާއި ބައްދަލް ކުރަން ބޭނުން ވަނީ..ނުފެނުނަސް އަހަރެން ކުރާ ސުވާލްތަކަށް އަލާއަށް ޖަވާބު ދެވޭނެ ތާ ދޯ” ކަޔާންގެ ވާހަކަ ނިންމާލިއިރު ޒެވިއަލް އިނީ ބަސްހުއްޓިފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަޔާންގެ ފަރާތުން މުޅިން ވެސް އިވިގެން މިދަނީ ހިތައް ވެސް ގެނެވިފައި ނުވާ ފަދަ ވާހަކަ ތަކެކެވެ. އެންމެ ފުރަތަމަ ދުވަހު ވެސް އަލާރާގެ ވާހަކަ އެހާ ތަފްސީލާއެކު ކަޔާން ކިޔައިދިނީ މިހެންވެތާއެވެ.
“ބްރޯ…އެކަމަކު ..ކިހިނެތް އަލާއާއި.. ކީއްވެ ކުރިން ނުބުނީ.. ތިބުނަނީ..ޔާން އާއި އެ ސޯފިއާ އާއި ދެމީހުންގެ ދެމެދުގަ އިތުރު ކަންތައްގަނޑެއް ވެސް ހިނގީއޭތަ..ތި ރީތި ކޮން ކިއައިދީބަލަ”ޒެވިއަލްގެ ހިތުގައި ސުވާލްތަކުން ފުނިވެފައިވީ ނަމަވެސް އެވަގުތުވީ އޭނާއަށް ފޯނެއްއައި ވަގުތުކަމުން އެކަމަށް އިސްކަން ދޭން ޖެހުނެވެ.
“އާން އެބަ ދަން..”
” ލިއާ އެ ގުޅީ އޭނާ ކޮންމެ ވެސް ތާކަށް ގެންގޮސްދޭން އައިސްބަލާށޭ ކިޔާފަ.. މިރޭ ނަމަވެސް އަންގާލާނަން ވަކި އެއްޗެއް..އަހަރެން ވަރަށް ބައިވަރު ސުވާލް” އިންތަނުން ތެދުވެ ޒެވިއަލް ބުނެލިއެވެ. ކަޔާން ވެސް ބޯޖަހަލައިއެވެ.
“ބްރޯ ވަރަށް ބޮޑަށް ސޮރީ…ކުރިން ނުބުނެވުނީމަ..”
“ނޫނޭ އޯކޭ ހަމަ ..ކޮންމެ ވެސް ސަބަބެއް އޮތީމަ ކަން އެނގޭ ޔާން ނުބުނީ..އެހެންނޫނަސް މަ ވެސް ފޫހިވޭ ސޯފިއާގެ މިޒާޖު ހުންނަގޮތުން..ދެން ޔާން ކިހިނެތް ވެގެންތަ ނުދަނީ އަލާ އަށް ގޮވާލަން.. ހުރިހާ ރައްޓެހިން ގެއްލިއްޖެއޭ ބުނީ… އެކަމާ އޭނާ ވިސްނަމުން ގޮސް ވަރަށް ސަކަރާތް ވި މިދޭތެރޭން ” ޒެވިއަލް ބުނެލިއެވެ.
“ޒެވް ވާނެ ސޯފިއާ އާއި ދުރުން އުޅެން..އޭނަ ވަރަށް ކަޅި އުކާހެން ހީވޭ ޒެވްއަށް..އޭނާގެ މަޅީގަ ޖެހޭ ކޮންމެ މީހަކަށް ވެސް އިންތިހާ ގެއްލުން.. އިނގޭ ޒެވް ..ސޯފިއާ ނުދާކަން އެނގުނީމަ އަހަންނަށް ވެސް އެކަމާއި އުޅެން ނުކެރުނީ.. ސޯފިއާއާއި އެއްކޮން އައިސް އައިސް އަހަންނާއި ވެސް ވާހަކަ ދެކެވުނީ.. އަހަރެން ގޮސްފިނަމަ ޔަގީން ޝަކުވާ ކުރާނެކަން.. އަހަންނަކަށް ނުކެރޭނެ އަލާގެ ގާތަކު ސޯފިއާ އުޅޭގޮތް ކިޔާކަށް..އިތުރަށް އެކަމާ ވިސްނާ ދެރަކޮށްލާކަށް ނުވާނެއެންނު އެފަދަ ހާލެއްގަ ވަނިކޮން.. އެހެންވެ ބްރޯކައިރީގަ ވެސް ނުބުނީ.. އެއްވެސް ގޮތަކުން އަލާއަށް ސޯފިއާގެ ވައްތަރު އަންގަން ބޭނުން ނޫން ވީމަ” ކަޔާން ކިޔައިދެމުން ދިޔަ ޥާހަކަ ތައް ޒެވިއަލްއަށް ވެސް ގަބޫލް ކުރެވުނެވެ. ހުދު ޒެވިއަލްވެސް ކަޔާން އެހުރި މަގާމުގަ ހުރި ނަމަ ކަންތައް ކުރާނީ އެފަދައިންނެވެ. ކަޔާންގެ މޫނުމަތިން ފެނުން މޮޅިވެރިކަމުން ޒެވިއަލްއަށް ވެސް އުނދަގުވިއެވެ.
****
ކްލާސް ހުންނަ އިމާރާތައް އެރުނު އިރު ލިއާނާ ހުރީ މާނޭވާ ލެވިފައެވެ. ރައިހާ ބޮލުގައި ރިއްސާކަމަށް ބުނެ މިއަދު ކުލާހަށް ނައުމުން ލިއާނާ ހުރީ ވެސް ނުހަނު ފޫހިވާ ގޮތްވެފައެވެ. މިރޭ އޮތީވެސް އަރްކާންގެ ގަޑިކަމުން އޭނާގެ މެޔަށް ވެސް ހުރީ ޒާތަކަށް ފިނިވެފައެވެ. އެއާރޕޯޓު ތެރޭން ހިނގި ހާދިސާއަށް ފަހު އަދި ލިއާނާއަކަށް އަރްކާން އެއް ނުފެނެއެވެ. އަރްކާން އޮފީހަށް ނުކުންނަން ފެށި ދުވަހުގެ ފަހުން ލިއާނާ އޮފީހަކަށް ނުދެއެވެ. ސަލާމުގެ މުއްދަތު އިތުރު ކުރަމުންގޮސް މިހާރު އެގޮތުގައި ވެސް ހަފްތާއެއް ހިނގައިފިއެވެ. ލިއާނާ ނިންމައިގެން ހުރީ އަދި އިތުރު ހަފްތާ އެއް އެގޮތުގައި މަޑުކުރުމަށެވެ. ކުލާސްތައް މާ ބުރައީ ކަމަށް ބުނެ ބަހަނާއެއް ދައްކާލުމުން އަޒީޒް ވެސް ސުވާލެއް ނުކޮށް ލިއާނާ އެދުނު ގޮތައް ދުވަސްދިނެވެ.
އަތް ދަބަހާއި ފޮތްތައް ކިހިއްޔަށް ޖަހައިގެން ދިޔައިރު ލިއާނާ އެކި ފަރާތް ފަރާތައް ނަޒަރު ހިންގާލީ އަރްކާންގެ ހިލަމެއް ވޭތޯއެވެ. ކްލާހަށް ވައިން އިރު ލެކްޗަރާރ މޭޒު ދޮށުގައި އިން އަރްކާން ފެނި މެޔަށް ވެރިވެފައިވި ފިނިކަން ދެގުނަ ވި ފަދައެވެ. އަރްކާން ބަލައިލަން ވާއިރަށް އަވަސް ހިނގުމެއްގައި ގޮސް އޭނާ އިންނަ ގޮނޑީގައި އިށީންދެލިއެވެ.
ލިއާނާއަށް ނޭނގުނީ އޭނާގެ ކޮންމެ ހަރަކާތަކަށް އަރްކާން ފާރަވެރިވެގެން އިންކަމެވެ. ކްލާހަށް ވަނީން ސުރެންވެސް އޭނާގެ ފުރިހަމަ ސަމާލްކަން ހުއްޓިފައިވަނީ ލިއާނާއަށެވެ. ކަޅުކުލައިގެ ގަމީހާއި ކަޅު ޖިންސުގައި އަރްކާން ނުހަނު ފުރިހަމައެވެ. ނަމްބަރު އައިނެއް އަޅާފައި ހުރުމުން ތަފާތުގޮތެއް ހުރިނަމަވެސް އެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. ކިޔަވައިދެމުން ދިޔައިރު ވެސް ހުރިހާ އަންހެންކުދިންގެ ނަޒަރުތައް ހުއްޓިފައި ހުރުމުން އަރްކާންހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެހުރިހާ ކުދިންގެ ތެރެއިންވެސް އަރްކާން އަށް ފާހަގަ ވީ ލިއާނާއެވެ. އެންމެ ފަހަރަކުވެސް އޭނާއާއި ދިމާ ބަލައިލާ ތަން ނުފެނުމުން އަރްކާންގެ ހިތައް ވަރަށް އުނދަގޫވިއެވެ. ލިއާނާ ހުރިހާ ވަގުތަކުހެން އިނީ ކުޑަދޮރާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
“ކުރީ ދުވަހުގެ ސިނޭރިއޯ ނުނިންމަނީ ކޮން ކުދިންނަށް..ސާރ ބުނެފަ އޮންނާނީ އެދުވަހު ނުނިންމާ ކުދިން މިއަދު ކުލާސް ނިމުނީމަ ނިންމާފަ ސާރ އާއި ހަވާލް ކޮށްފަ އޭ ދެވޭނީ..” އަތުކުރީގައި އަޅާލާފައިވާ ސްމާރޓް ވޮޗްއަށް ނަޒަރެއް ހިންގާލަމުން އަރްކާން އަހައިލިއެވެ. ހުރިހާ އެންމެން ކަހަލަ ގޮތަކަށް އަތް މައްޗަށް ހިއްލާލި އިރުވެސް ލިއާނާ އަތް ނުނެގުމުން އަރްކާން ބަލައިލެވުނެވެ. ލިއާނާ ދެލޯ ބޮޑުކޮށްގެން އިންގޮތުން އޭނާ ނުނިންމާކަން އެނގި އަރްކާންގެ ގާތައް އައީ ހިންޏެވެ.
“ދެމީހުންގެ ސިޓުއޭޝަން ރަނގަޅުނަމަ އޭނައަށް ހޭ އަރުވާލަން ސަޅި ރެއެއް” ހިތާހިތުން ކިޔާލިއިރު ނުފިލާ ހިނިތުންވުމެއް އަރްކާންގެ މޫނުމަތީގައިވިއެވެ. ލިއާނާއާއި ދިމާ ބަލަމުން އަރްކާން ދިޔައިރު އެންމެ ފަހަރަކު ވެސް ލިއާނާ އިސް އުފުލާ ނުލުމުން އަރްކާން ހައްތަހާ ވެސް ހިތައް އުނދަގުވީއެވެ.
“އެހެންވީމަ ލިއާނާ އެކަނި ދޯ ނުނިމެނީ..ސާރ މެން މަޑުކޮށްލާނަން ..އެހެންކުދިން މައްސަލައެއް ނެތް ދިޔަސް…ލިއާނާ ޔޫ ކެން ސްޓާރޓް ޔޯ ވޯކް ނައު” އަރްކާން ގޮނޑީގައި އިށީންދެލަމުން ބުނެލިއެވެ.
ކްލާހުން ނުކުމެގެން ހުރިހާ ކުދިންތައް ދިޔުމުން ލިއާނާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނާ އެކަނިވިއެވެ. އަރްކާންގެ ކުރިމަތިގައި އޭނާ އެކަނިން ހުންނާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. ދަބަހުން ފޮތް ނެގުމަށްފަހު އެ މަސައްކަތް ކުރަން ފެށިއެވެ. ވަށްކަޅިން ބަލައިލިއިރު އަރްކާން ސީދާ އޭނާއަށް ބަލަހައްޓައިގެން އިންތަން ފެނުމުން ލިއާނާގެ ހިތްތެޅިގެން ދިޔައެވެ. މަސައްކަތް ނިމެމުން ދިޔައިރު އެންމެ ފަހު ސުވާލް ހަދަން އުޅެއުޅެ ލިއާނާއަކަށް ނޭނގުނެވެ. ފަތިސް ވިއަސް އެ ނުނިންމާ ގެއަށް ނުދެވޭނެ ކަން އެނގޭތީ ކޮންމެހެން ވެސް އެ އަވަހަށް ނިންމަން އެބަޖެހެއެވެ. އަރްކާންއަށް ގޮވަން ދެތިންފަހަރު ހުޅުވާލި އަނގަ ވެސް އެ ހިތްވަރު ނެތިގެން ލައްޕާލިއެވެ.
“މްމްމް..ސް..ސާރ..މި ކްއެޝަން ގެޓް އެއް ނުވި” ތުންފިއްތާލައިގެން އިނދެ ލިއާނާ ބުނެލިއިރު އަރްކާން އެދިމާލަން އަންނަން ފެށިއެވެ. ލިއާނާގެ ހިތުގެ ތެޅުން ދެގުނަވެ ހަށިގަނޑުގައި މަޑު ތުރުތުރެއް ވެސް ލަމުންދިޔައެވެ. އަރްކާންއައިސް ކައިރީގައި ހުއްޓިލުމުން ދުވަންފެށި ހިތްގައިމު ސެންޓްގެ ވަސް ނޭފަތުގައި ޖެހުމުން ލިއާނާގެ ސިކުނޑިއަށް އެނގުންވެލިއެވެ.
“ކޮން ސުވާލެއް” ހަށަން ބަދެލައިގެން ހުރި އަރްކާން ލިއާނާގެ މޭޒާއި ދިމާލަށް ގުދުވެފައި އަހަލިއެވެ. ލިއާނާއަށް ވަމުން ދިޔަ ގޮތް ފެނި އަރްކާންގެ ގާތައް ހައްތަހާ ހިނި އަންނަ ގޮތް ވިއެވެ.
ތުރުތުރު އަޅަމުންދިޔަ އަތް ހިއްލާލަމުން ލިއާނާ އެ ސުޥާލް ދައްކާލުމުން އެހެން މޭޒެއްގެ ކައިރީގައި އިން ގޮނޑިއެއް ދަމާލުމަށްފަހު ލިއާނާއާއި ގާތުގައި އިށީނދެ ކިޔައިދޭންފެށިއެވެ. މޭޒުގެ އަނެއް ފަރާތައް ނުގޮސް އެހާކައިރީގައި އިށީނުމުން ލިއާނާގެ ހިތުގައި ސުވާލް އުފެދުނެވެ. އެ ފިރިހެންވަންތަ އަޑު އެހާގާތުން އިވެމުން ދިޔުމުން ލިއާނާގެ އިހްސާސްތައް ހައްތަހާވެސް ހަލަބޮލި ވަމުންދިޔައެވެ.
”ގެޓް ވެއްޖެ..” އަރްކާން ކިއައިދީފައި ވެސް އެތަނުން ދާން ނޫޅުމުން ލިއާނާ ކަންބޮޑުވިއެވެ. ލިއާނާ ދެތިން ފަހަރަކު ބަލައިލި އިރު އަރްކާން އިނީ ފޯނަށް ނަޒަރު ހިންގާލައިގެންނެވެ. ޔަގީނުން ވެސް އެތާގައި މާގިނައިރު އަރްކާން އިންނަން ވެއްޖެޔާ އޭނައަށް ވަމުން ދާ ގޮތް މާގިނައިރެއް ނުވެ އަރްކާންއަށް ފަޅާއަރާފާނެއެވެ. ވަރަށް ހާލުން ލިއާނާ މަސައްކަތް ނިންމާލިއެވެ.
“ޔޫ ކޭން ގޯ..”އަރްކާންގެ އަޑު ޖެހުނު ހިނދު ލިއާނާ ލަސްކުރުމެއް ނެތި އަވަހަކަށް ނުކުންނަން ދިޔައެވެ. ނަމަވެސް މަޖުބޫރުވީ އަރްކާންގެ އޭނާގެ އަތުގައި ބީހިލިކަމުގެ އިޙްސާސް ކުރެވުމުންނެވެ. ފަހަތް ބަލައިލިއިރު އަރްކާން ހުރީ އޭނާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ލިއާނާ ކުއްލިއެއް ޖަހައިލާފައި އަތް ފޮޅުވާލުމުން އަރްކާން މާފަށް އެދުނެވެ. “ވެއިޓް..އަހަންނާ އެއްކޮން ދާން..މާލޭގައި އެބޯޅެ އަންހެން ކުއްޖަކު ރޭޕް ކޮށްގެން..ޒެވިއަލް އަންނަން އުޅެނިކޮން ބައްޕަ ބުނިއްޔޯ މަޑުކޮށްލަން..މިކޮޅަށް އަންނަނިކޮން ބައްޕަ ގުޅާފަ އެހެން ބުނީ” އަރްކާންގެ ޖުމްލަ އިވި ލިއާނާއަށް ދެލޯ ފިއްތާ ބާރުކޮށްލެވުނެވެ.
އިތުރަށް ބުނާނީ ވެސް ވަކި ކީކޭ ހެއްޔެވެ. އަރްކާންގެ ފަހަތުން ނުކުމެގެން ގޮސް ކާރާއި ހަމައަށް ދެވުނު އިރުވެސް އިތުރު ބަހެއް ނުބުނެއެވެ. ލިއާނާ ގޮސް ހުޅުވާލީ ފަހަތު ސީޓެވެ. އެހިނދު ސިހުނީ އޭގައިވާ ރަތްކުލައިގެ ބޮޑު ފިނިފެންމާ ބޮނޑިއާއި އެތެރެ ނުފެންނަ ކަރުދާސް ކޮތަޅެއް ފެންނަން އިނުމުންނެވެ. ހިތައް ތަދުވިއެވެ. ޔަގީނުން ވެސް އެއީ އަރްކާންގެ ލޯބިވެރިއާއަށް ދޭން ތައްޔާރުކޮށްފައިވާ ސާމާނެވެ. ލޯބިވެރިއަކު ހުއްޓައި އެފަދަ އެމަލެއް އޭނާއާއި އެކު ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ލިއާނާގެ މުޅި ތަބީއަތް ހަރާބުވިއެވެ. ނަމަވެސް ގެޔަށް ދާން ބޭނުން ނަމަ މިނޫން ގޮތެއް ވެސް ނެތެވެ. އެތަކެތި އެއްފަރާތަކަށް ޖައްސާލުމަށްފަހު އޭނާ އިށީނެވެ.
ގެއާއި ހިސާބަށް ކާރު ހުއްޓުމާއި އެކު ލިއާނާ ދިމާކޮށްލީ ދޮރު ހުޅުވާލުމަށްފަހު ނުކުމަންނާށެވެ. ނަމަވެސް އަރްކާންގެ ޖުމްލަ އިވި ހުއްޓުނެވެ
“ދޯސް އާރ ފޯރ ޔޫ..ސޮރީ..އެބައުޓް ދެޓް” ކޮންމެ ބަހެއް ދޭތެރޭގައި ދުރު ކަމެއް ބަހައްޓައިގެން އިނދެ އަރްކާން ބުނެލިއެވެ. އޭރު ގަނޑުވެފައި ލިއާނާ އިނެވެ. ކަމެއް ހިނގާފައި އޮތްނަމަވެސް އަރްކާން އޭނާގެ ގާތައް މާފަށް އެދެން މިހާ ވަރު ކޮށްލާނެ ކަމަކަށް އުއްމީދެއް ވެސް ނުކުރެއެވެ. އަރްކާން އެ މާ ބޮނޑިއާއި ކޮތަޅު ދިއްކޮށްގެން ހުރުމުން ލިއާނާއަށް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާ ލަސްވެގެން ޒެވިއަލް ގުޅަން ފެށީ އެވަގުތުއެވެ. އިތުރަށް މަޑުނުކޮށް ލިއާނާ ހިނގައިގަތީ އެ ސާމާނުތައް ހިފައިގެން އަރްކާންއަށް ރައްދެއް ވެސް ނުދީއެވެ.
“މޭބީ އައި ޝުޑް ޓްރައި ހާޑާރ” ލިއާނާގެ އެއަމަލުން އަރްކާންއަށް ހެވުނެވެ. ލިއާނާގެ ފަރާތުން ޖަވާބެއް ހޯދަން އަރްކާން އަޒުމްކަނޑައެޅިއެވެ. އޭނާއަށް ކުރެވުނީ ފަސޭހައިން މާފް ލިބޭފަދަ ކަމެއް ނޫން ކަން އޭނާ ވެސްދަނެއެވެ. ނަމަވެސް އޭނާ ދިން ސާމާނުތައް ބޮލާލާ ނުޖަހާ ހިފައިގެން ދިޔުމުން ވެސް އޭނާގެ ހިތައް މިވަގުތައް ފުދެއެވެ.
****
އެރި އިރާއެކު ސޯފިއާ ހުރީ އަލާރާގެ ކޮޓަރީގެ ދޮރު ކައިރީގައެވެ. މޫނުމައްޗަށް ފޫހި ވައްތަރެއް ޖައްސާލައިގެން ހުރިއިރު ހީވަނީ ވަންނަން ބޭނުން ނުވެފައި ހުރިހެންނެވެ. ދިނާޔާގެ އަޑު ދުރުން އިވުމުން އަވަހަށް ދޮރު ހުޅުވާލާފައި އޭނާ ވަނެވެ. އެހެންނޫނީ ދިނާޔާގެ ސުވާލެއް ވެސް އަމާޒުވެދާނެއެވެ.
ސޯފިއާއަށް ފުރަތަމަ ވެސް ފެނުނީ ބެލްކޮނީގެ ތެރޭގައި ތިބ އަލާރާ އާއި ޒެވިއަލް އެވެ. ދެމީހުން އެކަކު އަނެކަކާއި ވާހަކަ ދައްކަން ތިބިއިރު އަލާރާގެ މޫނުމަތީގައި ވަނީ އަޖައިބެއްފަދަ އުފާވެރިކަމެކެވެ. އަލާރާގެ މޫނަށް ޒެވިއަލް ވެސް ބަލައިލަނީ ލޯބިން ފުރިގެންވާ ފަދައަކުންނެވެ. ދީވާނާވެފައިވާ އާޝިގެއްފަދައެވެ. އެ މަންޒަރު ފެނި ސޯފިއާގެ މޫނުމަތީގައި ހީވީ މީހަކު ވަރުހުރި އެތިފަހަރެއް ޖަހައިލިހެންނެވެ. މުޅި މޫނާއި ހަށިގަނޑުން ދުންއަރާހެން ވެސް ހީވިއެވެ. އައި ރުޅިން އެތާގައި ހުންނަން ވެސް ބޭނުން ނުވިއެވެ. “އަހަންނަށް ލިބެންޖެހޭ ހުރިހާ އެއްޗެއް ވެސް މީނައަށް ތަ ލިބެން ޖެހޭނީ..މަށައް ފުރަތަމަ ޒެވް ފެނުނީ..މަށައް ލިބެން ޖެހޭނީ..ކަލޭ ވާނީ ކަލޭ ކަހަލަ އަނދިރި މީހެއް ހޯދަން..ކަނު އިރު ވެސް އެއިންނަނީ ތުއިވެގެން ޒެވްއަށް ތިއްތި ދެއްކެން..” އޭނާއަށް ލިބެން ޖެހޭ ހުރިހާ އެއްޗެއް އަލާރާއަށް ލިބިގެން ނުވާނެއެވެ. އެކުވެރިކަމުގެ ދަޅަ ދައްކައިގެން އުޅުނު ނަމަވެސް އަލާރާއާއި މެދު ސޯފިއާގެ ހިތުގައި ދުވަހަކުވެސް ހެވެއް ނުވެއެވެ. ވަނީ އިންތިހާ ދަރަޖައިގެ ހަސަދަވެރިކަމެކެވެ. ސޯފިއާ ހުއްޓާ އަލާރާއަށް އެއްވެސް އުފަލެއް ލިބޭކަށް ނޭދެވެއެވެ. ތަފާތު ސައިތާނީ ވަސްވާސްތަކުން ސޯފިއާގެ ހިތާއި ސިކުނޑި ފުރާލިއެވެ.
“އެހެމް..އެހެމް..”ސޯފިއާ ގަދަ ކަމުން ކަރުކެހިލަމުން ތުންފަތް ފުޅާކޮށްލިއެވެ. އޭނާގެ އަޑު ޖެހުމުން ޒެވިއަލް ފަސް އެނބުރި ބަލައިލިއިރު އަލާރާ އެއިންގޮތައް އިނެވެ. އަލާރާގެ އަޅާލުން ކުޑަކަމުން ސޯފިއާއަށް ހައިރާންކަމެއް ލިބުނެވެ. ދެކޮނޑުއަރުވާލާފައި އޭނާއައިސް އިށީނީ ޒެވިއަލްއާއި ނުހަނު ކައިރީގައެވެ.
ޒެވިއަލްގެ ހިތައް ވެރިވެގައިން ފޫހިކަން މޫނުންވެސް ފާޅުވިއެވެ. އިންތަނުން ތެދުވެގެން ގޮސް މަޑުކޮށްލީ އެމީހުންގެ ވާހަކަ އިވޭ ހިސާބު ތަންކޮޅެއް ދުރުގައެވެ.
“އަލާ ހައުސް ޔޫ މައި ގާލް ..” އަލާރާގެ ގައިގާ ކުޑަގޮތަކަށް ބައްދާލި އިރުވެސް ސޯފިއާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. ޒެވިއަލް ހެދިގޮތުން އޭނާ އިނީ ވަކިން ރުޅިގަދަ ވެފައެވެ. ހައްތަހާ ވެސް މި ސުންޕާ އަލާރާގެ ކަންތަކެވެ. ހިތާހިތުން އަޑުލަމުން އޭނާ އަލާރާއާއި ވާހަކަ ދައްކަން ފެށިއެވެ.
ސޯފިއާ އަނގަ ވާޅުވާ ވަރަށް ވާހަކަ ދެއްކި ނަމަވެސް އަލާރާގެ ފުށުން އެއްވެސް ޝައުގެއް އެއިން ވާހަކައަކަށް ނުހުއްޓެވެ. ހައްތަހާ ވެސް ދައްކަނީ އޭނާއާއި އެހެން ރައްޓެހިން ރިޒޯޓްތަކަށް ގޮސް ކޮށްފައި ވާ މަޖާ ކަންތައްތަކުގެ ވާހަކައެވެ. އެކުވެރިންގެ ހެޔޮކަމާއި ދޭ އަގުބޮޑެތި ހަދިޔާތަކުގެ ވާހަކައެވެ. އެހެން އެކުވެރިންގެ ވާހަކަތައް ކިޔައިނުމަކުން މައްސަލައެއް ނެތްތާއެވެ. ނަމަވެސް ސޯފިއާ ހީވަނީ އަލާރާގެ ބަދުނަސީބުކަން ހާމަކޮށްދޭން އުޅޭހެންނެވެ.”އަލާ ބްލައިންޑް ނޫންނަމަ އަލާ ވެސް ގޮވައިގެން ދާނީ..” އެއްފަހަރު ސޯފިއާ ބުނެލިއެވެ. ޒެވިއަލްގެ ލޭ ކެކިގެން ދިޔައިރު ހީލުން ފިޔަވައި އިތުރު އިޝާރާތެއް އަލާރާ ނުގެނެއެވެ. އަލާރާއާއި ދިމާ ބަލަހައްޓައިގެން ހުރި އިރު ޒެވިއަލްއަށް ފާހަގަ ވެގެން ދިޔައީ އެތަނުން ސޯފިއާ ފޮނުވާލަން ބޭނުން ވެފައި ހުރި ވަރެވެ. ސޯފިއާ އުޅުނު ވައްތަރުން ކަޔާންގެ ވާހަކަ ތަކައް ކުރިއަށް ވުރެން ބޮޑަށް ޒެވިއަލް އަށް ބުރަވެވުނެވެ.
“ޝަވަން ނާދޭތަ” ސޯފިއާ އެ ސުވާލު އެ ކުރީ ވެސް ގާތް ގަނޑަކަށް ހަތަރުވަނަ ފަހަރުއެވެ. ޒެވިއަލްގެ ހިތުގައިވާ ޝައުކުތައް އިތުރުވިއެވެ. އޭނާ ބެލީ ސޯފިއާ އެތަނުން ފޮނުވާލެވޭނެ ގޮތެކެވެ. އަލާރާގެ ދެލޮލަށް ބޮނޑިވެފައިވި ކަރުނަތައް ޒެވިއަލްގެ ހިތުގައި ކޫރުމެއް އަޅާލި ފަދަ އިހްސާސެއް ކުރެވުނެވެ.
“މްމް… ޑޮކްޓަރަށް ދައްކަން އެބަ ޖެހޭ ދާން..އަލާ ރެޑީ ވާން ވީ އެންނު..ލިއާ އެބަ އުޅޭ..ލިއާއަށް ގުޅަންވީ ދޯ” ޒެވިއަލް ފޯނު ނަގާފައި ލިއާނާއަށް ގުޅާލާފައި އެތަނަށް އައުމަށް އެދުނެވެ.
“ޒެވް ވެސް ދޯ..އަހަރެން ހުއްޓަ ވިއްޔަ އެހެން މިހަކަށް ތިގުޅި…ހޫމް ވަޓްއެވާރ…އަލާ އަހަރެން ދަނީ އެނގޭ.. މާދަމާ އެބަ ޖެހޭ އަދި ޝާނާ މެންނާއި އެއްކޮން ރިޒޯޓް އަކަށް ދާން.. ބާއީ ގާލް” ސޯފިއާ އެތަނުން ދަމުން ޒެވިއަލްއަށް ކަޅިއެއް އެއްލިއެވެ. ޒެވިއަލް އަޅާވެސް ނުލާ ހުރިގޮތައް ހުއްޓެވެ.
އަލާރާ ރޯހެން ހީވެގެން ޒެވިއަލް ދިޔައިރު އެދެލޮލުން ހޯސްލާފައި އަންނަމުންދިޔަ ކަރުނުތައް ފެނުނެވެ. ޒެވިއަލްއަށް ތުންފަތުގައި ދައިގަނެވުނެވެ.
“ލުކް..އަހަރެން ހުއްޓަ ދެން ސޯފިއާއަކަށް ނުކެރޭނެ އެއްޗެއް ބުނާކަށް..އަދި ނުދެކެން އޭނަ އަލާ އާއި މީޓް ކުރާތަނެއް.. އެހެންވެ މިހުރީ އޭނަގެ ގޮތްވެސް ބަލާލަން އެއްޗެއް ނުބުނެ.. ސޮރީ ވަރަށް ބޮޑަށް..” އަލާރާގެ އެ ކަރުނުތަކުން ޒެވިއަލްގެ ހިތައް ވާ ތަދު އަލާރާއަށް އެނގޭނެނަމައެވެ. އެދެލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްތެން ވެސް ޒެވިއަލްގެ ހިތް ނޭދެއެވެ. ސޯފިއާއަށް ވާހަކަ ދައްކަން ފުރުސަތު ދީގެން ހުރެވުން ޒެވިއަލްގެ އަމިއްލަ ނަފްސަށް އަޑުލައިގަނެވުނެވެ.
“އަހަރެން ހިކުރީ އޭނަ އަލާއަށް ރަނގަޅުކަމަށް.. އަޒީޒްބޭބެ ސޯފިއާއެއްގެ ވާހަކަ މާވަރަކަށް ކިޔާތީ އެހެންވެ އެއްދުވަހު އެހީ..”
“ނޫން..ޒެވް ތި ހެދީ ރަނގަޅަށް..އަހަރެން ބޭނުންވި ޒެވް އޭނަގެ ވާހަކަ އެހި ދުވަހު އެންމެ ފުރަތަމަ ވެސް ސޯފިއާގެ މިޒާޖަކީ މިއޭ ބުނަން..އެކަމަކު އައި ކުޑުންޓް..މިއަދު ޒެވްއަށް ފެނިއްޖެ އެންނު…އެހެންވެ އަހަރެން އެއްޗެއް ނުބުނެ މި އިނީ..”ކަރުނައިގެ ތެރެއިން ވެސް އަލާރާ ހީލިގޮތުން ޒެވިއަލްގެ ހިތައް އުނދަގޫވިއެވެ. ދެއަތް ހިއްލާލައިފާ އަލާރާގެ ދެލޮލުން އަންމުންދިޔަ ކަރުނަތައް ފުހެލަ ދިނެވެ.
“ތެންކިއު ސޯ މަޗް ޒެވް.. ހިތައް އަރާ ޒެވް ތިއުޅެދޭހެން ޝަވަންވެސް އުޅުނު ނަމައޭ..” އަލާރާގެ ޖުމްލަ އިވި ޒެވިއަލްއަށް ހުއްޓުން އެރިއެވެ. ތުންފިއްތާލެވުނީ ޝަވަންގެ ހިޔާލްތަކުން އަލާރާގެ ހިތް ފުރިފައިވާކަން ހަނދާން ވުމުންނެވެ. ބޭއިހްތިޔާރުގައި އޭނާގެ އަތް އަލާރާގެ މޫނުން ދުރުކޮށްލެވުނެވެ.
ޒެވިއަލްއައި ކުއްލި ބަދަލް ނަގައި ނުގަނެވިފައި އަލާރާއަށް ހުރެވުނެވެ. ތަނެއް ނުފެނުނު ކަމުގައިވިއަސް ޒެވިއަލްގެ ޠަބީއަތް އޭނާއަކަށް ނޯޅުނެވެ. އަލާރާއަށް އެއްޗެއް ބުނެވުމުގެ ކުރިން ލިއާނާ އައިސް ވާހަކަ ދައްކަން ފެށިއަޑަށް މަޑު ޖައްސާލިއެވެ.
****
ޝަވަންގެ ކުރިމަތީގައި ހުރީ ސޯފިއާ ފޯނުން ދައްކަމުން ދިޔަ ފޮޓާ ފެނި އޭނާގެ ލޭ ކެކޭ ގޮތްވިއެވެ. ހިތައް ވެރިވެގެން ދިޔަ ގަދަފަދަ ރުޅިން ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި ޖެހިއެވެ.
“ޝަވަން އަދިވެސް ހީކުރީ އަލާރާ އަކީ ރަނގަޅު މީހެއް ކަމަށްތަ..މަ އާދޭސް ކުރަނިކޮން ގޮސް ރަންޑި އަކާއި އެންނު ހިތާވީ” ޝަވަން އައިސްފައި ހުރި އަލިފާން ފަދަ ގަދަ ރުޅީގެ މައްޗަށް ސޯފިއާ ދިޔައީ ދަރު އަޅާ އެއްކުރަމުންނެވެ. ސޯފިއާ ދެއްކީ އަލާރާގެ ކޮޓަރީގެ ތެރެއަށް އޭނާ ވައިން ހިނދު ޒެވިއަލް އާއި އަލާރާ ބެލްކޮނީގެ ސޯފާގައި ތިއްބާ އޭނާ ސިއްރުން ނެގި ފޮޓޯއެކެވެ. އަލާރާ ލޯބިގޮތަކަށް ހޭންފަށާފައި އިންއިރު ޒެވިއަލް އިނީ އަލާރާގެ މޫނަށް ނުހަނު މައުނަވީ ގޮތަކަށް ރީތި ހިނިތުންވުމެއް ގައި ބަލަހައްޓާއިގެންނެވެ.
“މްމްމް..އަހަނަކަށް ނޭނގޭ ޝަވަންގެ ތި މިޒާޖުން ނަގަންވީ މާނައެއް..އަހަރެން ރައްޓެހިވާން އާދޭސް ކުރަނިކޮން އަލާރާއާއި ރައްޓެހިވީ..އޭގެ ނަތީޖާ ތި..އިނގޭތަ…މްމްމް…. އަހަންނަށް އަދި އެނގޭ އަލާރާ ނޫން އިތުރު މީހަކާއި ވެސް ޝަވަންގެ ގުޅުމެއް އޮންނަކަން..ދެން ޝަވަން ކިހިނެތް ވެގެންތަ ތިހާ ރުޅި އެއް ތި އަންނަނީ.. ކަމަކުން ރަނގަޅު ބަދަލެއް ހިފާލަނީ ދޯ ” ޝަވަންގެ މޫނަށް ބަލަހައްޓައިގެން ހުރި ސޯފިޔާގެ މޫނުމަތީގައިވަނީ ނުލަފާ ހިނިތުންވުމެކެވެ. އެ ވާހަކަ ތަކުން ޝަވަންއަށް ލިބިގެންދިޔަ ސިހުމުގައި ތެޅިގައިން ގޮތުން ނުހިފެހެއްޓިގެން ސޯފިއާ ހީގަތެވެ.
“އެންޑް ވަން މޯރ ތިންގް..ލުކް އެޓް ދިސް” ސޯފިޔާ ދެން ދައްކައިލީ ވާރޭގެ ތެރޭގައި ޒެވިއަލް އާއި އަލާރާ ބައްދާލައިގެން ހުއްޓާ ނަގާފައިވާ ފޮޓޯއެކެވެ. ޝަވަންގެ ދެލޯ އިހުނައް ވުރެން ބޮޑުވެގެން ދިޔައެވެ.
“ތި..ތި.. ކިހިނެތް..ތި ކިހިނެތް ވާ ކަމެއް ..ކިހިނެތް ފޮޓޯ ލިބުނީ..އަލާރާއަށް އެޓޭކް އައި ފަހުން އެގޭގެ ސެކިއުރިޓީ ވަރަށް ހައި..ކިހިނެތް ތި ލިބުނީ..” ޝަވަން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން ހުރެ ބާރުކޮށްލީ ބޯ ހާސްވީ ވަރުންނެވެ. އޭނާއަށް ވާހަކަ ދެއްކުން ވެސް ވީ ދަތިކަމަކަށެވެ.
“އަނދިރި ހަވޭއްޔަކުން އަލި މަގަކަށް އާދެވުން ކަހަލަ އިޙްސާސް އެއް ކުރެވެނީ..އެހެންނު.. މަށައް މި ލިބުނު ގޮތެއް ބަލާނެ ކަމެއް ނެތް..މިއޮތީ މިވެސް ހޯދާފަ.. ޑޯންޓް ޔޫ ތިންކް ދެޓް މީ ހޭވް ޓް ޑޫ ދިސް ޓްގެދާރ” ޝަވަން ބަލައިލިއިރު ސޯފިއާގެ ތުންފަތް ފަވާލެވިފައިވަނީ އެ ވިހަ ހިނިތުންވުމުންނެވެ.
****
(ނުނިމޭ)