“އަލާ ނައު އިޓްސް އޯކޭ” ޒެވިއަލް އަށް ހުރެވުނީ ދުރުކޮށްލަން ވެސް ނުކެރިފައެވެ. ޒެވިއަލްގެ އަޑަށް އަލާރާގެ އަޑު ކެނޑުނު ނަމަވެސް ގައިން ދޫކޮށް ނުލާ އެހުރިގޮތައް އަލާރާ ހުއްޓެވެ. އެއަމަލުން ޒެވިއަލްގެ ހިތައް ކުރަމުން ދިޔަ ބާރު ވަކިން ބޮޑެވެ. ހިތްތެޅެމުން ދިޔަ އިރު އަރަބި އަހެއްފަދައެވެ. އޭނާގެ ހިތުގެ އަޑު އަލާރާއަށް ނީވި ހުންނާނެބާއޭ ހީވި އެތައް ވަގުތެއް ދިޔައެވެ.
“އަލާ..ލެޓްސް ގޯ ހައްތަހާ ބޯ ކުރަނީ ވިއްސާރަ” ޒެވިއަލްގެ ހިތުގައި ފުންވަމުން ދިޔަ ޖަޒުބާތުތައް އެތައް މަސައްކަތަކުން ކޮންޓްރޯލްވިއެވެ. އަލާރާވެސް ބަހެއް ނުބުނެ ޒެވިއަލްގެ ގައި ދޫކޮށްލަމުން އެއަތުގައި ހިފައިލއިގެން ހުރެ ހިނގައިގަތެވެ. ވެދިޔަ ކަންތަކަށް ފަހު އަލާރާގެ މޫނުން ލަދުގަނެފައި ހުރިކަން ހާމަވެއެވެ. ދެމީހުންގެ ދެމެދުގައި އުފެދުނު ތަނަވަސްކަން ފިލުވާލުމަށް ޒެވިއަލް ދިޔައީ ވިސްނަމުންނެވެ.
“މީ.. ޗޭންޖް ކޮށްލައިގެން ހުންނާތި.. ކޮފީ ހިފައިގެން އަންނާނަން..” އަލާރާ ކޮޓަރައާއި ހަމައަށް ލުމަށްފަހު ޒެވިއަލް އެތަނުން ދިޔައީ އީވާ އައުމުންނެވެ.
***
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ވިހިވަނަ ފަންގިފިލާގެ ޓެރެހުގައިވާ ދިގު ސޯފާއެއްގެ މަތީގައި ޝަވަން އޮތެވެ. އޭނާގެ މޭމަތީގައި ބޯ އަޅާލައިގެން އޮތީ ޒުވާން އަންހެންކުއްޖެކެވެ. އެކަކުގެ ގައިގާ ވެސް އަންނައުނެއް ނެތް އިރު ދެމީހުންގެ ހަށިގަނޑު މެޔާހަމައަށް ހަމައަށް ނިވާކޮށްފައި ވަނީ ގައިމަތީގައި އަޅާފައިވާ ބޮޑު ކްއިލްޓް އިންނެވެ.
އެހެން އޮވެފައި ސޯފާގެ އަރި މައްޗަކަށް ލައްގަނެލަމުން ސިނގިރޭޓެއް ރޯކޮށްލުމަށްފަހު ޝަވަން ތުމުގައި ޖަހައިލިއެވެ. ދުންގަނޑަކަށް ފަހު ދުންގަނޑެއް ބޭރު ކޮށްލުމަށް ފަހު ފިލްޓަރު ހުލިވުމުން އެއްލާލައެވެ. އޭރު އެމީހުން ތިބި ސޯފާގެ ވަށައިގެންހެން ވަނީ ސިނގިރޭޓް ފިލްޓަރުތަކުން ފުރިފައެވެ. އެތައް އިރެއްގެ މަސައްކަތެއްކަން ހާމަވެއެވެ.
“ބޭބް.. މިހާރު ދެން ތި އެއްލާލަން ވެއްޖެ އެންނު” ޝަވަންގެ އަތުގައި އޮތް ފިލްޓަރު ގަނޑު އަތުލުމަށްފަހު އެއްލާލަމުން އަލުން އެ އަންހެންކުއްޖާ ޝަވަންގެ މޭގައި ބޯ އަޅާލިއެއެވެ.
“އޯކޭ ސޮރީ..ލާސްޓް ވަން…އެނީ ވޭ..އެކަކަށް ވެސް މިކަންތައް ބަސްޓް ވާނެ ތަ…ވޫ” ޝަވަން އަހައިލިއެވެ. އެ އަންހެންކުއްޖާގެ މޫނުމައްޗަށް އިސްށިކޮޅެއް ވެއްޓިފައިވާތީ ޝަވަން ރަނގަޅުކޮށްލަން އުޅުނު ހިނދު އޭނާ ޝަވަންގެ އަތުގައި ހިފައި ހުއްޓުވިއެވެ. ކުރިއަށް ވުރެން ބޮޑަށް މޫނުމައްޗަށް އިސްތަށިކޮޅު ފަތުރާލި ގޮތުން ހީވީ މީހަކަށް ފެނިދާނެތީވެ މޫނު ފޮރުވާލިހެންނެވެ.
“ނޫން..ނޭނގޭނެ..އެހެންނޫނަސް މިއީ މައްސަލައެއް ކަމަށް އަހަންނެއް ނުދެކެން.. އެމީހުންގެ ފެންވަރު އެމީހުންނަށް އޮޅުނު އިރު ކީއްވެތަ މަ ވަކި ވިސްނަން ވީ… އަހަރެން ބޭނުމެއް ނޫން އުފާވެރިކަމުގެ ކުޑަމިންވަރެއް ވެސް އަޒީޒްގެ އާއިލާއަށް ހާސިލް ވާކަށް..ހާއްސަކޮން އަލާރާ” އޭނާގެ އަޑުން އަލާރާގެ ނަން ކިޔާލިގޮތުން އެކަނި ވެސް އެހިތުގައި އަލާރާއާއި މެދު ނަފްރަތެއް އުފެދިފައި ވާކަން ހާމަވެއެވެ.
“މިހާރު ވެސް ލަސް ވެއްޖެ މިކަން ކުރަން..ކޮން އިރަކުންތަ ތިބުނާ ޕްލޭނެއް ފަށަނީ..ޝަވަން މަ ބޭނުން ތިކަންތައް ކޮޅެއްގަ ޖައްސާފަ މަށާ ކައިވެނި ކުރަން” ޝަވަންގެ އަނގައިން އަލާރާގެ ނަން ބޭރުވުމުން ފޫހި އަޑެއް ލައްވާލަމުން އަންހެންކުއްޖާ ބުނެލިއެވެ. އޭނާ، އޮތްތަނުން ތެދުވެ ސޯފާގެ ތިރީގައި ވާ އަންނައުނު ތައް ނަގައިގެން ލާންފެށިއެވެ.
“ބޭބީ ރުޅި އައީތަ..އައިލް ޑޫ ވަޓް އައި ހޭވް ޓްޑޫ.. އައި ޖަސްޓް ނީޑް ޓައިމް” އޭނާގެ ގައިގާ ހިފަހައްޓާލަމުން ޝަވަން ބުނެލީ ނުހަނު ލޯބިންނެވެ. އިތުރަށް އެއްޗެއް ނުބުނެ އޭނާ ވެސް ބޯ ޖަހައިލަމުން ޝަވަންގެ ގައިގާ ބައްދާލިއެވެ.
****
ހެނދުނު ވެގެން އައިރު ރައިހާ ހުރީ އަޒީޒްމެން ގޭގެ ގޭޓް ދޮށުގައެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. އަލާރާ ކޮންމެވެސް ވަރަކަށް ފެނިދެނިވިފައި ވީ ނަމަވެސް ވާހަކަ ދެކެވިފައި ނުވާތީ ރައިހާ ހުރީ ހިސާބަކަށް ހިތްނުތަނަވަސް ވެއެވެ. އެގެއަކީ އޭނާގެ އެންމެ ބޮޑު ދުޝްމަނު މިވަގުތު އުޅެމުންދާ ގެއެވެ. އެހެން އެންމެނަށް ވަންހަނާވެފައި އެކަން ވާއިރު ކުރިއަށް އޮތްތާގައިވެސް އެކަން އިތުރު މީހަކަށް އެނގޭކަށް ރައިހާ ބޭނުމެއް ނޫނެވެ. ލިއާނާގެ ކުރިމަތީގައި ހެވިދިލިފައި ހުރިކަމުގައިވީ ނަމަވެސް އެމީހެއްގެ ނަން ބުނާކޮންމެ ފަހަރަކު ހިތުގައި ލޭ ކައްކުވާލައެވެ.
“ދަރިފުޅާ އެތެރެއަށް ވަންނާކަށް ނުވޭތަ”ރައިހާ ގޮވައިގެން ޝާފިއު އައީ އޭނާގެ ކާރުގައެވެއައިސްހުރީ ޝާފިއުއެވެ. ރައިހާ އެތެރެއަށް ވަނުމުން ނޫނީ ނުދާން ހުރި ނަމަވެސް އޭނާ ވަންނަން ނޫޅުމުން ޝާފިއު ގޮވާލިއެވެ.
“މިދަނީ އޭ.. ބައްޕަގެ ކަންތަކޭ މީ…ބައްޕަ ވާނެ އަހަރެން މިކަހަލަ ތަންތަނަށް ފޮނުވަން”ޝާފިއު ދެވަނަ ފަހަރަށް ގޮވާލުމުން ތުން އަނބުރާލާފައި ރައިހާ އެތެރެއަށް ވަންނަން ދިޔައެވެ. ޝާފިއު ވެސް ހެމުން ހެމުން ކާރަށް އަރައިގެން ދިޔައެވެ.
ރައިހާ އެތެރެއަށް ފިޔަވަޅެއް އަޅާލަން ވާއިރަށް ފުރަތަމަވެސް މީހެއްގެ ގައިގާ ލައިގަތެވެ. އެމީހަކު ހިފެހެއްޓުމުން ނުވެއްޓި ރައިހާ ސަލާމަތް ވިއެވެ. އިސް އުފުލާލަފައި ޝުކުރުއަދާކޮށްލަން ހުޅުވާލި އަނގަ ލައްޕާލަން ޖެހުނީ ކުރިމަތީގައި ހުރި މީހަކު ފެނިއެވެ.
“ކަޔާން..” ރައިހާ ފެނި ކަޔާން އަށް ވެސް ހުރެވުނީ ހަރަކާތެއް ވެސް ގެންނަން ނޭނގިފައެވެ. އެގެޔަށް ކަޔާން އައީ ޒެވިއަލްގެ ދައުވަތަކަށެވެ. ޒެވިއަލް ފޯނުނުނަގައިގެން އެތާގައި ހުއްޓައި މިދިމާވީ ފެންނާނެ ކަމަށް އުއްމީދު ކުރި ފަރާތެއް ނޫނެވެ.
“ރައީ..” ކަޔާން ވާހަކަ ދައްކަން ވެސް ހަނދާން ނެތިފައިވާ ކަހަލަ އެވެ. އޭނާއަށް ކުއްލި ސިހުމެއް ލިބުނީ ރައިހާ އަތްފޮޅުވާލުމުންނެވެ. ކަޔާން ބަލައިލި ހިނދު ރައިހާގެ ދެލޯ ފެންކަޅިވެފައިވީ މަންޒަރު ފެނި ހިތައް ތޫނު އުނދަގުލެއް ވިއެވެ. އިތުރަށް އެއްޗެއް ނުބުނެވެނީސް ރައިހާ އެތަނުން ދުރަށް ދިއުމަށް ދުއްވައިގަތެވެ.
“ޝިޓް.. ރައި ކީއްތަ އެކުރަނީ މިގޭގަ” އިސްތަށިގަނޑުގެ ތެރެއަށް އަތްމަހައިލާގެން ހުރިއިރު ކަޔާންގެ ދެލޮލުންވެސް ޒާތެއްގެ ވޭނެއް ފެންނަމުން ދިޔައެވެ. ކަޔާން މަޑުނުކޮށް އެތެރެއަށް ވަންނަން ހިނގައިގަތީ ޒެވިއަލް އެދިމާލަށް އަންނަން ފެށުމުންނެވެ.
“ބްރޯ.. ހަމަ ގުޅަނީ މި..ކޮބާތަ ތި ގެންގުޅޭ ފޯނު” ފޯނު ދައްކާލަމުން ޒެވިއަލް ޝަކުވާ ކޮށްލިއެވެ. ކަޔާން މާފަށް އެދެމުން ގުޅިކަމެއް ނޭނގެއޭ ބުނެލިއެވެ.
“ކޮން އަންހެން ކުއްޖެއް ތަ ވަދެގެން އެދިޔައީ.. ކީއްކުރާ ކުއްޖެއް އެއީ..މި ފެމެލީ ކުއްޖެއް ތަ އެއީ” ކަޔާންގެ ހިތުގައި އުފެދިފައިވާ ސުވާލްތައް ކުރަމުން ދިޔައެވެ. ރައިހާ ފެނުނީން ސުރެން ހިތައް އުނދަގު ވަމުން ދިޔައީ ވަކި ވަރަކަށް ނޫނެވެ.
“ބްރޯ އައްދޭ އަންހެން ކުއްޖެއްގެ ނަން ވެސް ނުގަންނަ މީހަކު ހާދަ ވަރެއް ތިވީ..ލައްކަ ވާހަކަ ދައްކަން އެބަހުއްޓޭ..ހިނގާބަލަ ބްރޭކްފާސްޓް އަކަށް.. ގޮސް ހަމަޖެހިގެންނެއްނު ވާހަކަ ދެއްކޭނީ..” ކަޔާންގެ ކޮނޑަށް އަތް ވައްޓަލަމުން ޒެވިއަލް ބުނެލި ހިނދު ކަޔާން ހިނިތުންވުމަކުން ރައްދު ދިނެވެ.
***
އަލާރާ ސޯފާގައި ބޯ އަޅައިގެން އޮތް އިރު އޮތީ ލޯ މަރާލައިގެންނެވެ. އެހެން އޮތްވާ މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ. އިރުކޮޅެއް ކުރިން ޝަވަން އެގެއަށް އައުމުން ވެފައި ވީ މޫޑީ ކަން އަދިވެސް މުޅިން ނުފިލަ ހުއްޓެވެ. އެވަގުތު އިތުރު މީހަކާއި ވާހަކަ ދައްކަން ބޭނުން ނުވާތީ އަޅައިވެސް ނުލާ އެއޮތްގޮތައް އަލާރާ އޮތެވެ.
އެ ކޮޓަރިއަށް އީވާގެ މޫނުމަތީގައި ނުރުހުންތެރިކަމެވެ. އޭނާގެ ފަހަތުން ވައިން ރައިހާ އިސްޖަހައިގެން ހުރިއިރު އިސްއުފުލާލަން ވެސް ބޭނުން ނުވާފަދައެވެ.
” ރައިހާ ތަ ދޮންތަ ކައިރިއަށް ބައްޕަ ގެނައީ” މޫނުމަތި ބަނަ ވެފައި ވީ އިރު އީވާ އަހައިލިއެވެ. އަނގައިން ނުބުނެ އެހުރިގޮތައް ހުރެފައި ރައިޙާ ބޯޖަހައިލިއެވެ.
“ހައު ޑެއާރ ޔޫ ޓް ކަމް ހިއާރ..” އީވާ ރުޅިގަދަވެފައި ހުރިއިރު ދޭތެރެއަކުން އަލާރާއަށް ބަލައިލައެވެ. އީވާ ހީކޮށްގެން ހުރީ އަލާރާ އޮތީ ނިދާފައިކަމަށެވެ. އަޑުމަޑު ކުރަން އުޅުނު ނަމަވެސް ނަފްރަތުކުރާ ފަރާތެއް ކުރިމަތިން ފެނުމުން އީވާގެ އަޑުވެސް ދިޔައީ ބާރުވަމުންނެވެ.
“ކަލޭ މާ އިނޮސެންޓް ވެގެން ހުންނާނެ ކަމެއް ނެތް..ރައިހާ އަނގައިން ބަހެއް ބޭރު ނުކުރިޔަސް އަހަރެންގެ ގައިން ތަންގަނޑެއް އުންޏެއް ނުވާނެ..މިގޭގަ އުޅެން ޖެހޭނީ މަބުނާ ގޮތައް…ރައިހާ ބޭނުންވާ ގޮތަކަށް ނޫޅެވޭނެ.. އަހަރެމެން ރިޗް ވީމަ އޭގެ ފައިދާ ނަގަން ދޯ ތިއައީ” އީވާގެ ބަސްމަގު ފުރަތަމަ ފަހަރަށް އެފަދަ ގޮތަކަށް އިވިގެން ދިޔުމުން އަލާރާއަށް އޮވެވުނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އެތާގައި އެހުރީ ކާކުކަމެއް ނޭނގުނު ނަމަވެސް އެމީހަކާއި މެދު އަލާރާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މަސްލަހަތައް ބަލާފައި އޭނާ އެއްޗެއް ނުބުނެ މަޑުން އޮތް ނަމަވެސް އީވާ އެކަނިވުމުން އެވާހަކަ ދައްކަން ނިންމިއެވެ..
“އީވާ ހީކުރީ އީވާގެ ކުރިމައްޗަށް މަވެސް އައިސް މިހުރީ ބޭނުންވެގެން ކަމަށް ތަ..އެންމެ ކުޑައިރުން ސުރެން ވެސް މިގެއަށް އަންނަ ކޮންމެ ފަހަރަކު ރިޗް ވީމަ އޭގެ ފައިދާ ނަގަނީ އޭ ތިކިޔަނީ ކީއްވެތަ..އަދި އަދަށް ދާންދެން ވެސް އީވާއާއި އީވާގެ މުއްސަނދި މައިންބަފައިންގެ ކުޑަވެސް އެހީއެއް އަހަރެން ވެސް އަހަރެންގެ އާއިލާއިން ވެސް ނުހޯދަ…ކިއާ އެއްޗެއް ކިޔާ އަހަންނާއި ދިމާލަށް..މަންމައާއި ބައްޕަގެ ނަން ތިހާ ދަށް ކޮށްލީމަ ކަމަކު ނުދޭ” ދެރަވެގެން ގޮސް ކިރިޔާ ނުރޮވި ހުރި ނަމަވެސް ރައިހާ ހިތްވަރު ކުރަމުންދިޔައީ ކަރުނަތައް އޮއްބާލުމަށެވެ.
“ކަލޭ ދެން ތިބުނަނީ ކަލޭގެ ބައްޕަ ރިޗް ވި އަމިއްލައަށޭތަ..ހަހަހަ ވަޓް އަ ޖޯކް…ބަލާލަ އައިސް ހުރިލެއް ކަޓްކަން.. އަހަރެންގެ ނަމަކީ އީވާ މުހައްމަދު އަޒީޒް..ރައިޙާ ކޮންމެހެން މަށަކަށް ނުޖެހޭނެ ގޮތް ކިޔާދޭކަށް.. ވަޓްއެވާރ… އަވަސްވީ ގޮތަކުން މިތަނުން ފެއްސެން ވީ އެނގޭ.. މާ މާތް މީހަކަށް ވާން އުޅޭނެ ކަމެއް ނެތް..ތި އަޑު އިވުނަސް އަހަރެން ފޫހިވޭ” ރައިހާގެ ގައިގާ ޖެހިގަނެފައި އީވާ އެތަނުން ނުކުމެގެން ދިޔައީ ރައިހާ ރަނގަޅަށްވެސް ރޮއްވާލާފައެވެ. މީހަކު އެފަދަ ގޮތަކަށް އެއްޗިހި ކިޔައިފިނަމަ އޭނާއަށް އަބަދުވެސް ރޮވެއެވެ. ދެރަވެއެވެ. ޝާފިއުއާއި އަޒީޒްގެ ރަހްމަތްތެރިކަމުގައި ޝާފިއު އެގެޔަށް އަންނައިރު ވަރަށް ގިނައިން ރައިހާ ގެނެއެވެ. ކުޑައިރުން ފެށިގެން އެގޭ މީހުންނަކީ ރައިހާއަށް އާބައެއް ނޫނެވެ. ނަމަވެސް ފެނުނު ފުރަތަމަ ދުވަހެކޭ އެއްފަދައިން މިއަދާ ހަމައަށް ވެސް އޭނާ ދެކެ އީވާއަންނަނީ އާދަޔާއި ހިލާފް ރުޅިއެކެވެ. ފެންނަ ކޮންމެ ފަހަރަކު ހިތްދަތިވާ ފަދަ ބަސްތަކެއް ބުނެއެވެ. ރައިޙާއަކީ މީހުންގެ ކުރިމަތީގައި ރޮއެ ހަދާ ކުއްޖަކަށް ނުވާތީ ކެތްކޮށްގެން ހުރިނަމަވެސް އީވާ ދިއުމުން ނުރޯ ފަހަރެއް ނުދެއެވެ. އޭނާއާއި މެދު އަރްކާން ވެސް ދެކެނީ ކޮއްކޮއެއް ފަދައިންނެވެ. އަލާރާ އާއި ދިމާވެފައި ނުވާތީ އަލާރާގެ ގޮތް ނޭނގުނު ނަމަވެސް އޭނާގެ މަންމަގެ ފުށުން އަހާފައިވާ ގޮތުންނަމަ އަލާރާއަކީ ވެސް ދިނާޔާއާއި އަޒީޒް ފަދައިން ހިތްހެޔޮ ފަރާތެކެވެ. ލިއާނާގެ ގާތުގައި އެވާހަކަ ބުނަން އެތައް ފަހަރަކު ރައިހާ ބޭނުންވިއެވެ. ލިއާނާގެ އަނގައިން އީވާ އާއި އަލާރާއަށް ކުރާ ތައުރީފުން އެކަމަށް ރައިހާ ވަނީ ނުކުޅެދިފައެވެ.
އެކޮޓަރީގައިވާ އެނދުގައި އިށީންދެ އިނދެ ގިސްލާ ރޮމުންދިޔަ ރައިޙާގެ ހިތައް ވަނީ ނުހަނު އަސަރު ކޮށްފައެވެ. މިއަދު މިވީ ވަރަށް ވެސް ސުންޕާ ދުވަހަކަށެވެ. އޭނާ އެންމެ ނަފްރަތުކުރާ ދެ މޫނު އޭނައަށް ބައްދަލްވީއެވެ. މިއީ އަދި ފުރަތަމަ ދުވަހުގެ ހާލަތެވެ. ކުރިއަށް ހުރި ދުވަސްތަކުގައި އުޅެންޖެހޭނެ ހާލެއް ވެސް ނޭނގެއެވެ. އަޑު ބޭރު ވެދާނެތީ އަނގަމަތީގައި ދެއަތް ވިއްދާލައިގެން ހުރެ ރައިހާ ރޮމުންދިޔައެވެ.
“ޝޫޝް..އިޓްސް އޯކޭ..” ރައިހާއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ އޭނާގެ ކައިރިން ވާހަކަ ދެއްކި އަޑު އިވުމުންނެވެ. ސޯފާއާއި އެނދާއި ހުރީ ފުދޭވަރަކަށް ކައިރީގައި ކަމުން އަލާރާ އައިސް ހުރީ ރައިހާގެ ކައިރީގައެވެ. އަތުގައި އޮތް ޓިޝޫ ފޮށި ރައިހާ އިންހެން ހީވާ ދިމާލަށް ދިއްކޮށްލުމުން ރައިހާ ހިފައިލިއެވެ.
“ކިހިނެތް ތި އައީ” އަލާރާ ފެނުމުން ވަގުތުން ރުއިން ހުއްޓުނު ނަމަވެސް އަދިވެސް ރައިހާގެ ދެލޮލުގައި ކަރުނައިގެ އަސަރު ވެއެވެ.
“މިހާރު ކުޑަކޮން އެކަނި ހިނގާ ހަދަން އެނގޭ.. މަޑުމަޑުން ފިޔަވަޅު އަޅަމުން އަތް ހަރަކާތް ކުރަމުން ބަލަން ތަނެއްގަ ލައިގަނޭތޯ..ރައިހާ ދޯ..ރައި އާރ ޔޫ އޯކޭ” އަލާރާ އަހައިލިއެވެ. އެނދުގެ ފަޑީގައި އަލާރާ އިއްތަން އުޅެން ހެދުމުން ރައިހާ އެހީވިއެވެ.
“ލައްބަ” އިސްޖަހައިލައިގެން އިނދެ ރައިހާ ބުނެލި އިރު ތާޒާ ކަރުނައިގެ ރޮނގެ ކޯތާފަތުން ތިރިއަށް ދެމިލިއެވެ.
“އެނގޭ ތިހެން ބުންޏަސް އޯކޭ ނުވާނެ ކަން..ދެންމެ ހިނގާ ދިޔަ ކަންތައް އެނގުނޭ.. ވަރަށް ހައިރާން ވެފަ މި އިނީ އީވްގެ ފަރާތުން އެފަދަ ކަމެއް ފެނުނީމަ..އީވް އަކީ ފުދޭވަކަށް ބަސް އަހާ އުޅުނު ކުއްޖެއް.. މަޖާކޮށްކޮށްފަ އެހެން އުޅުނީ..މަންމަ ވެސް ބުނާނެ އީވްގެ ނުހުންނާނެ އޭ އެނީމީސް އެއް ވެސް އެހާ މަޖާވީމަ.. އެކަމަކު ހިއާރ އިޓްސް ޑިފަރެންޓް..އީވް ވަރަށް ގޯސް ކަމެއް އެކުރީ.. އޭނަ އެހުރިހާ އެއްޗެއް ކިޔާފަ ދިޔައިރު ވެސް ރައި ތި ސްޓޭންޑް ނެގީވެސް ހާދަ ކުޑަ ގޮތަކަށޭ..” ރައިހާގެ އަތުގައި އަލާރާ ހިފައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަލާރާގެ އެ ގާތް ކަން ފެނި ރައިހާއަށް އިތުރަށް ރޮވުނީއެވެ.
“ރައި ބޭނުމެއް ނޫން ދެކޮޅަށް ވާހަކަ ދައްކާކަށް..މިއީ އަލަކަށް ހިނގި ކަމެއް ވެސް ނޫން..އެންމެ ފުރަތަމަ އަލަށް މިގެއަށް އައި ދުވަހުންފެށިގެން އެގޮތައް ހަމަ އެ ޓްރީޓް ކުރަނީ..ގަބޫލް ކުރަން އުނދަގޫ ވެދާނެ އަމިއްލަ ކޮއްކޮވީމަ.. އީވާގެ ވާހަކަ އަބަދުވެސް ހުންނާނީ އަހަންނާއި އަހަރެންގެ ބައްޕަ ވެގެން އަޒީޒްބެ ގެ މި ރިޗް ކަން ދަމައިގަންނަން އުޅެނީ އޭ ލޭބަލް ކޮށްފަ އެހެން.. ދެން އެހެންނޫނީ މި މުއްސަނދިކަމުގެ ފައިދާ ނާޖާއިޒް ގޮތަކަށް ހޯދާށޭ ކިޔާފަ.. ދިނާ ދައްތަ ބުނާނެ ނާންނަ ވާހަކަ ކިހިނެތް ދޯ އަންނަން ކެރޭނީ ވެސް.. އޯކޭ ކިތަންމެ ވަރަކަށް ރައި އާއި ދިމާލަށް އެއްޗިހި ކިއަސް..އެކަމަކު ރައި ވަރަށް ދެރަވެ ރައިގެ ޕޭރަންޓްސް އަށް އެހެން ކިޔާތީ..އީ..އީވާއަށް ނޭނގުނަސް…މަންމަ އާއި ބައްޕަގެ ހުރީ ރައި އެކަނި …ވަރަށް ވަރަށް ދެރަވޭ..ދެ” ރޮވެން ފެށުމުން އިތުރަށް ވާހަކަ ނުދެއްކިގެން ރައިހާ މެދުކަނޑާލިއެވެ. ރައިހާގެ ވާހަކަތައް އިވި އަލާރާގެ ދެލޯ ވެސް ތެމިލިއެވެ. މިއަދު މި ހިނގާ ދިޔަ ހާދިސާގެ ސަބަބުން ރައިހާ އެ ހަދަނީ ދޮގު ނޫންކަން އަލާރާއަށް ގަބޫލްކުރަން ޖެހުނެވެ. ކޮއްކޮގެ އަނދިރި ފަރާތް ކުރިން ނޭނގުމުން އަލާރާ ހިތާމަކުރިއެވެ. އީވާގެ އެ މިޒާޖު ރަނގަޅު މަގަކަށް ގެންދަން އަލާރާ ހިތާ ހިތުން އަޒުމުކަނޑައެޅިއެވެ.
“އިޓްސް އޯކޭ.. ރައި ދެން ހުއްޓާލާ..ތިހެން އީވާ ކަންތައް ކުރަންޖެހޭ ސަބަބު ހޯދާނަން..މުއްސަނދިކަމަކީ އާރެއް ބާރެއް ނެތް ވަގުތީ އުފަލެއް ކަން އީވާއަށް ނުވިސްނެނީ އަދި” އީވާ ދެކެ ހިތްހަމަ ނުޖެހިފައި ހުރިވަރުން އަލާރާގެ އަޑުވެސް ނުކުތީ ފުދޭވަރަކަށް ބާރަށެވެ.
*****
“ބްރޯ މިހާރަކަށް އައިސް ހާދަ މަޑަކުންނޭ ތިހުންނަނީ” ޒެވިއަލް ކޮފީތަށި ތުބުގައި ޖަހާލަމުން ކަޔާން އާއި ދިމާލަށް ބަލައިލިއެވެ. އޭރުވެސް އެތަނަށް އައި އިރެކޭ އެއްފަދައިން ނެގިމަޑުވެފައި ކަޔާން އިނެވެ. ޒެވިއަލްގެ އަޑު ޖެހުމުން ކަޔާން އިސްއުފުލާލަފައި ފުރަތަމަ ވެސް ދޫކޮށްލީ ފުންނޭވާ އެކެވެ.
“ބްރޯ އެ އަންހެން ކުއްޖަކީ ކާކު ތަ..އޭރު ގެޔަށް ވައިން” ކަޔާން އަނެއްކާ ވެސް އަހައިލިއެވެ. ކަޔާންގެ އެ ސުވާލުން ޒެވިއަލްއަށް ނިތް އަރުވާލެވުނެވެ.
“ކިހިނެތް ވީ.. ޔާން ހާދަ ވަރަކަށޭ ތި އަހަނީ އެ ކާކު ތޯ.. އެއީ ރައި .. ރައި އާއި ކަނެކްޝަނެއް އިނީތަ..ރައި ވެސް އެތެރެއަށް ވަދެގެން ދިޔައިރު ވަރަށް ފާޑަކަށް ހުރީ..” ކަޔާންއަށް ޒެވިއަލް ގޮޥާލުމުން ތެޅިގަނެފައި ރައިހާ ދިޔަގޮތް ޒެވިއަލް ހަނދާންވިއެވެ. އެވަގުތު އެކަމަކަށް ނުވިނަމަވެސް ކަޔާން ތިންވަނަ ފަހަރަށް އެ ސުވާލު ކުރުމުން އެކަމާއި ވިސްނާލަން ޒެވިއަލްއަށް މަޖުބޫރުވިއެވެ.
“އެއީ..އެއީ..އަހަރެންގެ އެކްސް..އެކްސް ގާލްފްރެންޑް” ކަޔާންގެ އިސްޖަހައިލަމުން ބުނެލިއިރު ޒެވިއަލްއަށް ކީކޭހޭ އަހައިލެވުނެވެ. ކަޔާން ދެވަނަ ފަހަރަށް ތަކުރާރް ކޮށްލުމުން އިށީންދެ އިންގޮނޑިއަށް ޒެވިއަލް ވަރު ދޫކޮށްލިގޮތުން އެކަމާއި ޝޮކް ޖެހުނު ވަރު ހާމަވެއެވެ.
ޒެވިއަލްއަށް ވެފަ އިން ގޮތުން އެހާ ސީރިއަސްވެފައި އިންދާވެސް ކަޔާންއަށް ހެވުނެވެ. ކުއްލިއަކަށް ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވުމުން ކަޔާން ނަގާފައި ބަލައިލިއެވެ. “ސޯފިއާ ރިޒޯޓްގައި..ކައިރީގައި އެބަހުރި ފިރިހެނެއް” މެސެޖް ކިޔާލިއިރު ކަޔާންގެ ނިތައް ރޫ އަރައިގެންދިޔައެވެ. ސިކުންތު ކޮޅެއްފަހުން ކަޔާންގެ ފޯނަށް އައީ ފޮޓޯ މެސެޖްއެކެވެ. ޒުވާން ފިރިހެނެކާއި ނުހަނު ގައިގޯޅިކަން މަތީގައި އެހުރީ ސޯފިއާއެވެ. ފުރަގަހުން ފެންނަން ހުރުމުން އެއީ ކޮން ފިރިހެނެއް ނޭނގުނު ނަމަވެސް ސޯފިޔާގެ މޫނު އެއްފަރާތުން ފެންނަން އިނުމުން އެއީ ސޯފިއާކަން އޮޅޭނެ އެއްވެސް ގޮތެއް ނެތެވެ. ކުރު ސޯޓު ބުރިއަކާއި އަތް ނެތް ޓޮޕްކޮޅެއްގައި ހުރިއިރު ސޯފިޔާގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ އިސްތިހާރުވެފައެވެ.
“ޒެވް މަ އެ ވާހަކަ ކިޔައިދޭކަށް ނޫން އަސްލު…އެ ވާހަކަ ކިޔައިދޭނަން ފަހުން..ފުރަތަމަ އަޑުއަހާ މި ވާހަކަ.. އަހަންނަށް ކަމެއް ކޮށްދީބަލަ” އެ ފޮޓޯ ފެނުމުން ކަޔާންގެ ގާތައް އަންނަމުން ދިޔައީ ގަދަފަދަ ރުޅިއެކެވެ. ސޯފިއާގެ މަންމައާއި ހިސާބަށް އެ ހަބަރު ގޮސްފިނަމަ އެ ފަކީރަށް ވާނެގޮތެއްވެސް ނޭނގެއެވެ. ސޯފިއާގެ މަންމަ ޔަމްނާއަކީ ހިތުގެ ބަލި ނުހަނު ބޮޑަށް ހުންނަ މީހެކެވެ. ސޯފިއާގެ އުޅުމާއިމެދު ވިސްނަމުން ދާން ފެށުމުން ޔަމްނާގެ ބަލިހާލަތު ކުރިއަށް ވުރެން މިހާރުވެސް ގޯހެވެ.
“ޔާން ހުރިހާ ކަމެއް ރަނގަޅުތަ..ކިޔާދީބަލަ” ކަޔާންގެ މޫނުމަތީގެ ކުލަވަރު ދެނެގަނެވިގެން ޒެވިއަލް އަހައިލިއެވެ.
“އަހަންނަށް އަލާރާއާއި ބައްދަލް ކޮށްލެވިދާނެ ގޮތެއް ހަދާދީބަލަ..”އިސްދަށައް ޖަހައިގެން އިނދެ ކަޔާން ބުނެލިއިރު ހިސާބަކަށް ކުށްވެރިކަމުގެ އަސަރު އެމޫނުން ފެނެއެވެ.
****
(

(ނުނިމޭ)