ލަޔާލް އެހިސާބަށް އަރާ ހަމަވުމުން ޔޫޝަމް މެން ދައްކާލުމަށް ފަހު އެތަނުން ނުކުމެގެން ލިއާނާއާއި ރައިހާ މިސްރާބު ޖެހީ އެހެންތަނަކަށެވެ. ކުރެވުނު ކަންތައްކުން ހިތްހަމަޖެހުމުން ލިއާނާ އާއި ރައިޙާ ހެމުން ހެމުން ދިޔައިރު އަންނަން އުޅޭ ތޫފާނުގެ ހިލަމެއް ނުވާ ފަދައެވެ.
***
ޖެހިގެން އައި ދުވަހު ސްކޫލަށް ދިޔައިރު ޔޫޝަމް ސުކޫލަކަށް ނާދެއެވެ. ލަޔާލް ވެސް މެއެވެ. ވީ ގޮތެއް ނޭނގިފައި އިންދާ ހަބަރު ދިނީ ކްލާސްކުއްޖެކެވެ. ޔޫޝަމް އެހެން ކުއްޖަކާއި އެކު ހުއްޓާ ފެނިގެން އޭނާއާއި އޮތް ގުޅުން ލަޔާލް ކަނޑާލުމަށްފަހު ޔޫޝައު ފެންނަ ހިސާބުގައި ވެސް ހުންނަން ބޭނުން ނުވާތީ ސްކޫލުން ވެސް ވަކިވީއެވެ. އެކަމުގެ ހިތާމައިގާ ޔޫޝަމް ސުކޫލަށް ވެސް ނައީއެވެ. އެވާހަކަ އިވުމުން އެހެން ކުދިންނަށް ނުފެންނާނެހެން ރައިހާއާއި ލިއާނާ ހުނެވެ.
އެރޭ އޮތް އެކްސްޓްރާ ކްލާސް ނިންމާފައި ލިއާނާ ސްކޫލުން ނުކުމަތް އިރު ހިމަފޮދު ވާރޭވެހެއެވެ. ޖެހުނު ހުން ރޯގާއެއްގެ ސަބަބުން ރައިހާއަށް އެރޭ ލިއާނާއާއި އެކު ކްލާހަށް އައުމުގެ ނަސީބެއް ނުލިބުނެވެ. ކްލާސް ނިމުމުން ޝާފިއުއަށް ގުޅުމަށް ބުނި ހަނދާން ވެގެން ދަބަހަށް އަތް ކޮއްޕާލި ހިނދު ލިއާނާއަށް އެރޭ ފޯނު ނުގެނެވޭކަން ހަނދާންވިއެވެ. ބޮލުގައި އެއްއަތުން ޖަހާލަމުން އޭނާ ގެޔަށް ދިޔުމަށް ހިނގައިގަތީ ވީހާ ވެސް މީހުން ގިނަ މަގުތައް ބަލައިގެންނެވެ.
މަގުމަތީގައި ހުރި ފެންކޮޅުތަކުން ސަލާމަތް ވަމުން ދުވާރްމަތިން ހިނގާފައި ދިޔައިރު އޭނާއަށް ފާރަވެރިވެގެން މިހަކު އަންނަކަމެއް ލިއާނާއަކަށް ނޭނގެއެވެ. ގެ ހުންނަ މަގަށް އެޅި އިރު ސައިކަލެއް މަތީގައި ފޯނު ކަންފަތުގައި ޖަހައިގެން އިން ސާމިއު ފެނުމުން ލިއާނާގެ ގާތައް އައީ ރުޅިއެވެ. އެ ރުޅީގައި ހުރެ އެ މަގުން ދާން ބޭނުން ނުވެގެން ޖެހިގެން އޮތް ހަނި ގޯޅިން ލިއާނާ އެޅީ ސާމިއު ބަލަހައްޓައިގެން ހުއްޓައެވެ.
ވަކި ހިސާބަކަށް ހިނގުނު ހިނދު ލިއާނާގެ ހިތައް ބިރުވެރިކަން ވަންނަން ފެށީ އެ ގޯޅި އޮތްލެއް ހަމަހިމޭން ކަމުންނެވެ. އެހިސާބުގަނޑުގައި ހުރި ލައިޓް ވެސް އަނދާފައި ހުރުމުން ފެންނަނީ ވެސް ފުދޭވަރަކަށް އަނދިރިކޮންނެވެ. ލިއާނާގެ ފިޔަވަޅުތައް ހަލުވި ކޮށްލި ހިނދު އޭނާއަށް ހުއްޓެން މަޖުބޫރު ވީ މީހަކު އޭނާގެ ނަމުން ގޮވާލި އަޑު އިވުމުންނެވެ. އެ އަޑެއް އޭނާއަކަށް ދުވަހަކުވެސް ނޯޅޭނެއެވެ. އެއީ ޔޫޝަމްގެ އަޑެވެ. ލިއާނާ ފަސް އެނބުރުނު އިރު ޔޫޝަމް ހުރިގޮތުން އޭނާގެ މެޔަށް ފިނިވިއެވެ. އަތުގައި ފިޔޮއްސެއް ވެސް އޮތެވެ. ނުރައްކާތެރި ގޮތަކަށް ބަލަހައްޓައިގެން ހުރިއިރު އެ ނަޒަރުން ލިއާނާ ރޫރޫއަޅައިގަތެވެ. އެހީއަށް ގޮވާލި ނަމަވެސް އެހިސާބުގަނޑު އޮތްލެއް ފަޅުކަމުން މީހެއްގެ ހިލަމެއް ވާނެކަމާއި މެދުވެސް ޝައްކެވެ. ބިރުން ރޫރޫ އަޅަމުން ދިޔަ ލިއާނާ ތޫލި އަޑަކުން ހަޅޭއްލަވައިގަން ހިނދު ޔޫޝަމް މަލާމާތުގެ ރާގެއްގައި ހީގަތެވެ. ދެވަނަ ސިކުންތުގައި އޭނާ މޫނައް ވެރިކުރުވީ ނުބައި ހިނިތުންވުމެކެވެ. ލިއާނާ އަތުގައި އޮތް ދަބަސް ދޫކޮށްލާފައި ގައިގާ ހުރި ބާރެއްލާފައި ދުއްވައިގައިން ނަމަވެސް ދެވުނީ ތަންކޮޅަކަށެވެ. ޔޫޝަމްގެ ބާރުގަދަ އަތުން އޭނާގެ އަތައް ދަމާލާފައި ގެންގޮސް ވެއްދީ އެ ގޯޅިއާއި ގުޅިގެން ހުރި އިތުރު ހަނި ގޯޅި ގަނޑެއްގެ ތެރޭގައި ވާ ހަދަން ފަށާފައިވާ ގެއަކަށެވެ. އޭނާ އެ ނުލަފާ ހީލުމުގައި ހުރެފައި ޖެހިގަތީ ލިއާނާގެ ގައިމައްޗަށެވެ. ލިއާނާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގައިން ހިނދު ޔޫޝަމް ދަމައިގަތީ ލިއާނާގެ ހެދުމުގެ ކަރުވަޅަށެވެ. ޔޫޝަމްގެ ދިގު ނިޔަފަތިކުން ލިއާނާގެ މޭކަށިގަނޑު ގައި ކޫރުން އެޅުނު ހިނދު ވީ ތަދުން ލިއާނާއަށް ނުހަނު ބާރަށް ރޯންފެށުނެވެ.
…………..)
މާޒީގެ ހަނދާންތަކުގެ ތެރެއަށް ޣަރަގުވެފައި އިން ލިއާނާއަށް ހޭވެރިކަން ވީ ފާހާނާގެ ދޮރުގައި އަރްކާން ތަޅައިގެން އަޑުއިވުމުންނެވެ. ދެލޮލުން އައިސްފައި ހުރި ކަރުނަތައް ފުހެލި ހިނދު ލިއާނާއަށް އޭނާގެ މޭކަށިގަނޑާ ދިމާލު ތަންކޮޅެއް ތިރީގައި އިން ލަކުނުގައި އަތް ޖައްސާލެވުނެވެ. މަޑުމަޑުން “އަލްހަމްދްލިﷲ” އޭ ބުނެވުނު ހިނދު އަނެއްކާ ވެސް އޭނާގެ ދެލޮލަށް ވެރިވެގަތީ ތާޒާ ކަރުނައެވެ. އެވަގުތު އަނެއްކާ ވެސް އަރްކާން ދޮރުގައި ޓަކި ޖަހާލިއެވެ. ލިއާނާ އަވަސްއަވަހަށް ފެންވަރާލައިގެން ނުކުތީ ކުރިން ލައިގެން ހުރި ހެދުން ލައިގެންނެވެ. އިތުރު ހެދުމެއް ފާހާނައަށް ނުވެއްދުނީ ތީ އެކަމާއި ހެދި އަނގަޔަށް ވައްތަރެއް ވެސް ޖައްސާލެވުނެވެ. ބޮލުގައި ތުވާލި އޮޅާލައިގެން ހުރެ އައި އިރު އަރްކާން ސޯފާގައި އިންތައް ފެނުމުން ހުއްޓުން އެރިއެވެ.
“ޔޫ އޯކޭ” ލިއާނާ ފެނުނު ހިނދު ފުރަތަމަވެސް އަރްކާންއަށް އަހައިލެވުނެވެ. ލިއާނާގެ ރައްވެފައިވާ ދެލޯ އޭނާ ރޮއެފައި ހުރިކަން ހެކިދެއެވެ.
ލިއާނާ އެއްޗެއް ނުބުނެ ބޯ ޖަހައިލިއެވެ. އަރްކާން ބަލަހައްޓައިގެން ހުރި ގޮތުން އުނދަގުވެސް ވިއެވެ. ފުރަތަމަ ފަހަރަށް އަރްކާންގެ ދެލޮލުން އޭނާއަށް ޓަކައި ވި އަޅާލުން ނަގައިގަނެވުމުން ލިއާނާގެ ހިތުގައި ކުޅެލީ އުފާވެރި ރާގެކެވެ.
“ޗޭންޖް ކޮށްލައިގެން އާދޭ..ހުންނާނެ ކާ އެއްޗިސް ގެނެސްފަ” އަލަމާރިން ހެދުމެއް ނަގައިގެން ލިއާނާ ފާހާނައަށް ވައިންތަން ފެނި އަރްކާން ބުނެލިއެވެ. ލިއާނާ އިތުރު އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ.
****
އެނދުގައި އޮށުވެލައިގެން އޮތް އިރު އަލާރާގެ ދެލޯ ވަނީ ހުޅުވިފައެވެ. ދެލޮލަށް މަންޒަރެއް ސިފަ ނުވިނަމަވެސް ދެކޭ މީހަކަށް ހީވާނީ ބޭރުން ފެންނަ މަންޒަރަށް ކަޅި ހިންގާލަ ހިންގާލަ އޮތްހެންނެވެ. އެ މޫނުމަތީގައިވަނީ ބިރާއި ސިހުމެވެ. ހިތާމައެވެ. އެހެން އޮތް ވާ އަލާޜާގެ ފޯނު ރިންގް ވިއެވެ. ބޯ އަޅައިގެން އޮތް ބާލީސް ދޮށައް އަތް ކޮއްޕާލައި ފޯނު ހޯދަލަމުން އެ ފޯން ކޯލް ނެގިއެވެ. ފުރަތަމަވެސް ކަންފަތުގައި ހަރުލައިގެން ދިޔައީ މިހާރަކަށް އައިސް އޭނާއަށް އުނދަގޫކުރާ ފަރާތުގެ އަޑެވެ. އަލާރާއަށް ވަގުތުން ހުއްޓުން އެރިއެވެ. މޫނުމަތިން ފެންނަމުން ދިޔަ ބިރާއި ސިހުން ވީ އިތުރެވެ.
“ހައްހައް…އާހް އަލާ… ބައްޕާފުޅު ހާދަ ފޯރިއެއް އަރައިގެން އެއުޅެނީ..މުޅި ގޭގެ ސެކިއުރިޓީ ހިތުން ވަރުގަދަ ކޮށްގެން.. މަ އެދުވަހު ކަމެއް ކުރީއެއްވެސް ނުން..ހަމައެކަނި ވީޑިއޯކޮޅާކާއި ފޮޓޮއެއް ނަގާލީ…އެކަމަކު ހާދަ ވަރެކޭ ދޯ ތިގޭ މީހުންނަށް އެވީ…ހަހަހަހާ.. ބުނަންތަ ވާހަކަ އެއް..އެއްވެސް މީހަކަށް މި ކޯލްގެ ހަބަރު އެނގިއްޖެނަމަ ހަނދާން ކުރާތި އިއްޔެ ކަލޭ ފާހާނާގެ ތެރޭގަ ހުއްޓަ މަ ނެގި ވީޑިއޯ އާއި ފޮޓޯ މުޅި ދުނިޔެއަށް ދައްކާލާނަން..މި އަދި ފެށުން..ކަލޭގެ އާއިލާއަށް ކަމެއް ވާން ބޭނުން ނުވަންޏާ އަނގަ މަޑުންލައިގެން ހުންނާތި..އަދި.. މަށައް ވަރަށް ކަމުދޭ އަލާރާގެ ބޮޑީ…ހައްހައްހާ” ނުލަފާ ހިންޏެއްހެމުން އޭނާ ދެމުންދިޔަ އިންޒާރުތަކުން އަލާރާގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. އަލާޜާއަށް އެއްޗެއް ބުނެވުމުގެ ކުރިން މިފަހަރު ވެސް އެމީހަކު ފޯނު ކަނޑާލައިފިއެވެ.
“އަހަންނަށް ކީއްތަ ކުރެވުނީ” އަލާރާއަށް ގިސްލެވެމުން ދިޔައިރު އަމިއްލަ މީހާގެ ބަލިކަށިކަން އިޙްސާސްވެފައި އިތުރަށް ހިތްދަތި ވިއެވެ. ހިތުގައި އެތައް ޝަކުވާއެއް ވިއެވެ. އިއްޔެގެ ހާދިސާ ހާދިސާ ސިކުނޑީގައި އަލުން ރޯލް ވެގެން ދިޔައިރު އަލާރާއަށް ދެލޯ މަރައިލެވުނެވެ. އެއްކޮޅުން އެމީހާއެވެ. އަނެއް ކޮޅުން ޝަވަންއެވެ. ޝަވަން ދެކެ ކިތަންމެ ފޫހިވާން މަސައްކަތް ކުރި ނަމަވެސް އަލާރާއަށް އެކަން ވީ ހީކުރި ވަރަށް ވުރެން އުނދަގޫ ކަމަކަށެވެ. އެހެން އޮއްވާ ކޮޓަރިއަށް އީވާ ވަދެގެން އައި އަޑުއިވި އަވަސްއަވަސް ދެލޯ ފުހެލިއެވެ.
“ދޮންތީ…ޝަވަން އެބަހުރި ހޯދަން އައިސް..ކެން އައި ސޭ ނިދާފަ އޭ” އީވާ އައިގޮތައް އައިސް ބުނެލި އިރު ޝަވަންގެ ނަން ގައިން ހިނދު އެ އަޑުން ފޫހިވެފައިވާ ވާރު ހާމަވެއެވެ. އީވާގެ ހާލަތުވެސް ރަނގަޅުވަމުން އައިސް މިހާރު ބޭރު ތެރެއަށް ނުކުމެއެވެ. އީވާގެ ދެލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އަލާރާގެ ކަރުނަވީ ދެލޮލެވެ. އީވާ ގޮވާލި އަޑަށް ތެޅިގަނެފައި އަތުގައި އޮތް ފޯނު އަލާރާ ބާލީސްދޮށަށް ކޮއްޕާލިތަން ވެސް އީވާއަށް ފެނުނެވެ. “ދޮންތި އާރ ޔޫ އޯކޭ” ހައިރާންވެފައި ހުރެ އީވާ އައިސް އަލާރާގެ ކޮނޑުގައި އަތްލިއެވެ. އޭރުވެސް އަލާރާގެ ދެލޮލުގައި ފަނޑުގޮތަކަށް ކަރުނަ ހުއްޓެވެ.
“ޔެސް..އަމް ފައިން…ޝަވަން ގާތު ބުނޭ ވަންނަން” އަލާރާ ގަދަކަމުން ހީލި އިރު ވެސް މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. އީވާ ދެފިކުރެއްގައި ހުރެފައި އާއެކޭ ބުނެ ނުކުމަތީ ފަހުން އަލާރާ ގާތު އެހުމަށް ނިންމައިގެންނެވެ.
ޝަވަން އެތެރެއަށް ވައިން އިރު އަލާރާ އިނީ އެނދުގައި އިށީންދެގެންނެވެ. ޝަވަންގެ ފިޔަވަޅުތައް އޭނާއާއި ގާތައް ހުއްޓުނު އިރުވެސް އެގޮތުގައި އަލާރާ އިނެވެ. ޝަވަންގެ ދެފައި ބުޑަށް ވެއްޓި އޭނާގެ ހިތުގައިވާ ޝަކުވާތައް ބަންޑުން ކޮށްލަން އެވަގުތު ވެސް އަލާރާ ބޭނުންވިއެވެ. ނަމަވެސް އެއީ ފައިދާއެއް ނެތް ކަމެއްކަން މިހާރު އަލާޜާއަށް ޔަގީންވެއެވެ. އޭނާ ދެކެ ކުޑަކޮން ވެސް ލޯބިވާނަމަ ކޮންމެވެސް ވަރެއްގެ އަޅާލުމެއް ވެސް ދޭނެކަން ގައިމެވެ. އަލާރާ ތިންދުވަސް ވަންދެން ހޮސްޕިޓަލްގައި ބޭއްވުމަށްފަހު ގެޔަށް ދޫކޮށްލުމުން ވެސް ޝަވަންއަށް ގޮވާލަން އެއާދެވުނީ އެންމެ ފަހަރަކުއެވެ. ޝަވަން އައިސް އަލާރާގެ ގައިގާ ބައްދާލި އިރުވެސް ހަރަކާތެއް ވެސް ނުގެނެސް އަލާރާ އެގޮތުގައި އިނެވެ.
“އަލާ..ރުޅި އައިސްފަތަ..ވަރަށް ބޮޑަށް ސޮރީ..އޮފީސް މަސައްކަތުގަ ވަރަށް ބިޒީ ކޮން މިއުޅެން ޖެހެނީ..ގެޔަށް ވަންނާނެ ވަގުތެއް ވެސް ނުވޭ..އެހެންވެ ނާދެވިގެން” ޝަވަންގެ އެ ޖުމްލަ އިވިފައި ގައިގާ ބައްދާލަން ހިއްލާލި ދެއަތް އަލާރާއަށް ތިރިކޮށްލެވުނެވެ. ފެންކަޅިވެގެން ދިޔައިރު ހީވީ ދެންމެ ދެންމެ ރޮވިދާނެހެންނެވެ. ނުހަނު އުނދަގު ހިންދިރުވާލަމުން ކަރުނަތައް ހިފެހެއްޓުނު ނަމަވެސް ހިތުގައި ދިޔައި އިންތިހާއަށް ވޭންއަޅަމުންނެވެ. އެއީ ހަމަ ޝަވަންބާވެއޭ އަލާރާއަށް ހިތާހިތާ ސުވާލް ކޮށްލެވުނެވެ. ނަމަވެސް އޭނާ ދަންނަ ޝަވަންއަކީ ކިތަންމެ ބިޒީވި ނަމަވެސް އަލާރާ ބަލިކަން އެނގިއްޖެނަމަ ކައިރީގައި އައިސް ހުރެދޭ މީހެކެވެ. ނަމަވެސް މިއަދު ހާލަތު މިވަނީ ބަދަލްވެފައެވެ.
ޝަވަންގެ ބައްދާލައިގެން އިނދެ އަލާރާގެ ބޮލުގައި ފިރުމާލިއިރުވެސް އެއްވެސް ހަރަކާތެއް ކޮށްނުލާ ޖެހި ބުދެއްހެން އަލާރާއިނެވެ.
“ކަމަކާއި ހިތްހަމަ ނުޖެހިފަތަ” އަލާރާ އަނގައިން ނުބުނުމުން ޝަވަން އަހައިލިއެވެ. ޝަވަންގެ ޖުމްލަ ނިމުނުތަނާހެން އެ ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު އީވާ ވަނެއެވެ. އޭނާ އައީ ދިނާޔާ ބުނެގެން ޝަވަންއަށް ކޮފީ ހިފައިގެންނެވެ.
ޝަވަން އިންދާ އެތަނަށް އަންނަން ޖެހުމުން އީވާ ހުރީ މޫނަށް ފޫހިވެފައިވާ ވައްތަރެއް ޖައްސާލައިގެންނެވެ. އަލާރާގެ ގައިގާ ޝަވަން ބައްދާލައިގެން އިންތަން ފެނި އެހާ މޫޑީ ވެފައި ހުރި ވަގުތެއްގައިވެސް އީވާގެ ގާތައް ހިނިއައެވެ. ނަމަވެސް އަލާރާގެ މޫނުމަތިން ފެނުނު އަސަރުތަކުން އީވާގެ ހިތައް އުނދަގުލެއް ވިއެވެ. ފުރަތަމަ އެ ކޮޓަރިއަށް އައި ވަގުތުވެސް އަލާޜާއަށް ވެފައި އިނީ އެކަހަލަ ގޮތެކެވެ. ނަމަވެސް ޝަވަން އިނުމުން އެއްޗެއް އެހޭކަށް ވެސް ނެތެވެ.
“އީވް މެނާރސް ކޮބާ..ދޮރުގައި ޓަކި ޖަހާފަ ދޯ ވަންނަން ވާނީ…” ޝަވަން ހިތްހަމަ ނުޖެހިފައި އިން އިރު އޭނާގެ އަތް އަލާރާ ދުރުކޮށްލުމުން ކިހިނެތް ވީހޭ މަޑުމަޑުން އަހައިލިއެވެ. ޝަވަންއަށް ރައްދު ނުދިން ނަމަވެސް އީވާ ނުކުމެގެން ދާކަން އެނގުމުން މަޑުކުރަން އަލާރާ ބުނެލިއެވެ.
“މި ރޫމަށް މިގޭގަ އުޅޭ އެންމެނަށް ވެސް ވަދެވޭނެ..އަހަންނަށް ރަނގަޅީ އަހަރެންގެ ގައިގާ ތިގޮތައް އަތް ނުލިއްޔާ…ފިޒިކަލް ރިލޭޝަންޝިޕް އެއް އޮންނަން ވާ ވަރުގެ ކްލޯޒް ބައެއް ނޫން އަހަރެމެންނަކީ” ފުރަތަމަ ފަހަރަށް އަލާރާ، ޝަވަންއާއި ދެކޮޅަށް އަނގަހުޅުވާލިއެވެ.
“ސީރިއަސްލީ ..އީވް ހުއްޓަ” ފާޑަކަށް ހޭން ފަށަމުން ޝަވަން ބުނެލީ އަލާރާއަށް އިވޭހާ މަޑުންނެވެ.
“ޔާހް…އިޒް އިޓް ބޭޑް… ނޯ ރައިޓް…ވީ އާރ ނޮޓް ކްލޯޒް އެނީވޭ” ޝަވަން މަޑުން ބުނި ކަމުގައި ވިޔަސް އީވާއަށް އިވޭހާ ބާރަށް އަނެއްކާވެސް އަލާރާ ވާހަކަ ދެއްކީ ގަސްތުގައެވެ. ޝަވަން އިނދެފައި ވައި އަޑުން އަލާރާއަށް ގޮވާލި ނަމަވެސް އަލާރާ އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ. ދުރުގައި ހުރި އީވާ ކަރުކެހިލި އަޑު އަހާފައި އޭނާ ހެނީކަން އެނގި އެހާ ދެރަވެފައި ހުއްޓާވެސް އަލާރާ ގާތައް ވެސް ހިނިއަންނަ ގޮތްވިއެވެ. ނަމަވެސް ހިނިތުންވުން ފޮރުވާލަމުން އޭނާ ވެސް ކަރުކެހިލިއެވެ.
“އަހަރެން ފަހުން އަންނާނަން އެނގޭ..އޮފީހުން އެގުޅަނީ..”ރިންގްވަމުން ދިޔަ ފޯނު ނަގާ ކަންފަތުގައި ޖަހާލުމަށްފަހު ޝަވަން ދާން ވެގެން ތެދުވެފައި އޭނާ ގެނައި ކުޑަވަރެއްގެ ކޮތަޅު ނަގާފައި އަލާރާގެ އަތައް ލައްވާލަ ދިނެވެ. “ޓޭކް ކެއާރ..މިރޭ އެބައޮތް ކްލާހުގައި އެއްކޮން ކިޔެވި އަންހެންކުއްޖެއްގެ ބާތްޑޭ…މިރޭ ނާދެވުނަސް މާދަމާ އަންނާނަން ބިޒީ ނޫނިއްޔާ..” އަލާރާގެ އަތުގައި ހިފާލާފައި ޝަވަން ނުކުމެގެން ދިޔައެވެ. އޭރު ވެސް އަލާރާ އިންގޮތައް އިނެވެ.
ޝަވަންގެ ޖުމްލަ އަހާފައި އީވާގެ ލޭ ދިޔައީ ކެކިގެންނެވެ. އަލާރާއށް ބަލާފައި މަޑުން ހުރި ނަމަވެސް ޝަވަން ގެ މޫނުމަތީގައި އޭނާގެ ދިގު ނިޔަފަތިތަކުން ވަކި އަޅުވާލަން އެހާ ބޭނުންވި ވަގުތެއްއައި ހެނެއް ހިޔެއްނުވެއެވެ.
ޝަވަން ނުކުމެގެން ދިޔަކަން ޔަގީން ވުމުން އިތުރަށް ހިފަހައްޓަން ނޫޅެ ދެލޮލުން ފައިބަން ތައްޔާރުވެފައި ވާ ކަރުނަތަކަށް ފުރުސަތުދިނެވެ. ގިސްލެވުމުން ދިޔައިރު އަތުގައި އަތުގެ ތެރެއަށް ޝަވަން ލައިދިން ކޮތަޅު އަތުކޮޅަށް ހޫރާލިއެވެ. އަލާރާގެ ހާލަތު ފެނި ދުރުގައި ހުރި އީވާގެ ދެލޯ ވެސް ފެންކަޅިވިއެވެ.
“ދޮންތީ” ރޮވިފައި ހުރެ އީވާ އައިސް އަލާރާގެ ގައިގާ ބައްދާލިއެވެ. “ދޮންތީ ހުއްޓާލާ..އެކަހަލަ މީހަކަށް ޓަކައި ތި އަގުހުރި ކަރުނަތައް ބޭރު ނުކުރޭ…އެއީ ދޮންތި ހަލާކު…ތި ނިކަމެތި ހިތައް އަނިޔާ ނުދީ އަވަހަށް ދުރުވެވޭ ތޯ ބަލަން މަސައްކަތް ކުރަމާ” އަލާރާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އީވާއިނެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ ވާހަކަތަކަށް އިސްވެވޭ ވަރަށް ވުރެން އަލާރާގެ ހިތް ބަލިކައްޓެވެ.
“ބަލާ އީވް.. މި.. މިއަދު ވެސް އޭނަ އައިސް ހެދި ގޮތް…ވެޑިން ކެ..ކެންސަލް ކޮށްލަން ބައްޕަ ކައިރީގަ ބުނެފަ އަހަރެން ދެކެ ލޯބިވާ މީހަކަށް ފުރުސަތު ދޭންވީ..ކަން..ކަންނޭގެ” ގިސްލެވެމުން ދިޔައިރު އަލާރާއަށް ވާހަކަ ދެއްކުން ވެސް އުނދަގޫ ކަމަކަށެވެ.
“ފުރަތަމަ ރުއިން ހުއްޓާލަ..ތި ގޮތައް ހަދަން ދޮންތި އަށް ކެރިއްޖެޔާ ތިއީ އެންމެ ރަނގަޅު ނިންމުން..”
“އެކަ..އެކަމަކު އަދިވެސް ވަރަށް ލޯބިވޭ ޝަވަން ދެކެ…އެހެން ހަދާއިރުވެސް ދުރުވާން ބޭނުމެއް ނޫން.. އެކަމަކު އެހެން ހަދާހާ ހިނދަކު ބޭނުމެއް ނޫން މެރީ ކުރާކަށް ވެސް..އެހެން ނޫނީ ދެން ލިބޭނީ ކިހާ ވަރެއްގެ ހިތާމައެއް ކަމެއް ވެސް ނޭނގޭ” ބޯ ހިއްލާލަމުން އަލާރާ ދެލޮލުން އަންނަމުން ދިޔަ ކަރުނުތައް ޓިޝޫއަކުން ފުހެލިއެވެ.
“ދޮންތިއަށް ހީވޭތަ…ރަނގަޅު ލައިފް އެއް ޝަވަން ހޯދައިދޭނެ ހެން.. އަހަންނަށް މިއީ ދުވާލް ފަދައިން އެނގޭ އެއީ ނުވާނެ ކަމެއްކަން.. އޭނައަށް ވުރެން ދޮންތިއަށް މާ ރަނގަޅު މީހުން އިންޝާﷲ ލިބޭނެ…މިރޭ ނިދަން އޮއްތާލާފަ ވިސްނާލައްޗޭ..ނިދަން ބެޑްއަށް އަރާ ގަޑީގަ އެންމެ ރަނގަޅަށް ކަންކަމާއި ވިސްނާލެވޭނީ..ނައު ލެޓްސް ގޯ ބޭރަށް..މަޖާ ހަދައިގެން ކާލައިގެން ޕޫލްގެ ކައިރީގަ ޓޯކް ކޮށްލަން ތިބޭނީ ދޯ” އަލާރާގެ ދެ އަތުގައި ހިފައި ނަގަމުން ވީލްޗެއާރގައި އީވާ ބޭންދިއެވެ. އަލާރާ މޫނުމަތި ފުހެލައި ހަމަޖެހިލި ތަން ފެނުމުން އީވާއަށް ހީލެވުނެވެ.
“އާހް..ތެންކިއު އީވް ކޮޅު..ދޮންތިގެ ނޮންސެންސްތައް އަޑުއަހާލަން ހުރީތީވެ..”އަލާރާގެ އަތް ހަރަކާތް ކޮށްލާފައި ވީލްޗެއާރ އަތްގަނޑުގެ މަތީގައި އޮތް އީވާގެ އަތުގައި ހިފައިލިއެވެ. ލޯބިވާ ކޮއްކޮ އޭނައަށް އަޅާލާ ވަރު ފެނި އަލާރާއަށް ނުހަނު ބޮޑު ހިތްހަމަ ޖެހުނެއް ލިބުނެވެ. ވޭތުވެ ތިޔަ ތިން ދުވަހު އީވާގެ ވެސް ބަލި ހާލަތުހުރި ގޮތުން އަލާރާއާއި އަޅައި ނުލެވުނު ނަމަވެސް ކުރިއަށް ވުރެން ރަނގަޅުވުމުން އެހުރީ ހުރިހާ ވަގުތެއް އަލާޜާ އަށް ޓަކައި ހުސްކޮށްލައިގެންނެވެ. އީވާގެ އަތްތިލައަށް އަލާރާއަށް ބާރަށް ފިތާލެވުނެވެ.
“ކޮބާ މިއަދު ޒެވް” ޒެވިއަލްގެ މަތިން ހަނދާން ވެގެން އީވާ ކުރެން އަލާރާ އަހައިލިއެވެ. އެއީ އޭނާއަށް އެ ބަލިހާލަތައިގެން ލިބުނު ހަމައެކަނި އެކުވެރިޔާއެވެ. އީވާ ފަދައިން ޒެވިއަލް އާއި ވާހަކަ ދައްކާލުމުން އަލާރާގެ ހިތައް ނުހަނު ލުއިވެއެވެ. އަލާރާގެ ވާހަކަތައް އަޑުއަހަން ފޫހިކަމެއް ނެތި ޒެވިއަލް އިންނާނެއެވެ. ކޮއްކޮއަށް ވީތީ އީވާގެ ކައިރިގައި ދައްކަން ނުކެރޭ ވާހަކަތައް ވެސް ޒެވިއަލް ގާތު އަލާރާ އަށް ދެއްކެއެވެ. މިއަދު ޒެވިއަލް އޭނާގެ ކައިރިއަށް ނައުމުން މިހާރު ދެތިން ފަހަރަކު ދިނާޔާ ގާތުވެސް އަހައިލެވުނެވެ.
“އިންޝާﷲ އަހަރެން އަބަދުވެސް ދޮންތިގެ ހިދުމަތުގެ ހުންނާނީ..އަސްލު އޮފީހަށް ވެސް ނުނިކުމެ ހުރި ނަމަ ހުރިހާ ވަގުތެއް ވެސް އެކުގަ ސްޕެންޑް ކުރާނީ ލައިކް ބިފޯރ…އޫމްމް ޒެވް ބޭބެ މިއަދު ބައްޕަ ކަމެއް ހަވާލް ކޮށްގެން ބޭރުގަ ވީ.. ބޭބެ ވަރަށް ރަނގަޅު ދޯ” އީވާ އަހައިލިއެވެ. އަލާރާގެ މޫނަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ބޯ ޖަހައިލި އިރު އެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ.
“ޔެސް ހީ އިޒް ކައިންޑް…އަހަރެންގެ ހުރިހާ ނޮންސެންސް ތަކެއް އަޑުއަހަން އިންނާނެ..ލޮލަށް ނުފެނުނަސް އައި ފެލްޓް ހީ ސްމައިލްސް އަ ލޮޓް” ރީތި ހިނިތުންވުމެއްގައި އިނދެ އަލާރާ އިނެވެ.
“ޑޭމް ދޮންތީ..ވަޓް އަ ޖޯކް..ހަހްހަހްހާ” ނުހޭން އުޅުނު ނަމަވެސް އަލާރާގެ އެ ޖުމްލައިން އީވާއަށް ނުހީއެއް ނީނދެވުނެވެ. ލޮލުން ފެން އަންނަންދެން ހުނެވެ. އަލާރާ ކިހިނެތް ވީހޭ އަހާ ސުވާލް ކުރުމުން ވެސް އީވާއަށް ޖަވާބް ދެވޭ ވަރެއް ނުވިއެވެ. ހެވޭނެ ނޫން ހެއްޔެވެ. ޒެވިއަލް އަކީ އަރްކާންގެ އަނެއް މީހާއެވެ. އެދެމީހުންނަކީ ގާތް މީހަކު ފެނުނަސް ހިތައް އެރިއްޔާ ނޫނީ ހީލާ ބައެއް ނޫނެވެ. ހާއްސަކޮން އަންހެން ކުއްޖަކު ފެނުމުން ތިބޭނީ ފޫހިވެފައިއެވެ. ލިއާނާ ނަގާފައި އީވާއާއި އަލާރާ ފިޔަވައި އިތުރު އަންހެން ކުއްޖަކާއި ޒެވިއަލް ހިނިއައިސް އަނގައިން ބުނިތަނެއް އަދި އީވާއަކަށް ނުފެނެއެވެ. އީވާއާއި ވާހަކަ ދައްކަމުން އެހެން ހީލިއަސް ޒެވިއަލްގެ ހުންނަ ސިރިއަސް މިޒާޖުން އީވާއަކަށް ވެސް މާކަ ގިނައަކުން ޒެވިއަލްއާއި ވާހަކަ ދައްކާކަށް ނުކެރެއެވެ.
”ހީ..އެންޑް ސްމައިލްސް….އޫހްހް ނެވާރ..ޒެވް ބޭބެ އަކީ ސްމައިލް ވާން ހަނދާފަ ނެތިފަ ހުންނަ މީހެއް..އައި މީން ހީ އިޒް ކައިންޑް..ވެރީ ކައިންޑް..އެކަމަކު އޭނަ އެއީ އެހާ ޓޯކަޓިވް މީހެއް ނޫން…ޕްލަސް ދޮންބެގެ އަނެއް މީހާ އެއީ..ދޮންތިއަށް އެނގެއެއްނު ދޮންބެ އަންހެން ކުއްޖަކު ފެނިއްޖެއްޔާ އުޅޭ ގޮތް…އަނގައިން ނުބުނާތާ ހީލުން ވެސް އެއީ ހަމަ ވުމަށް ވުރެން ނުވުން ގާތް ކަމެއް…ދޮންބެގެ ދެން ވާ ހީވޭ އެންމެ އަންހެން ފްރެންޑެއް ވެސް ހުރެއޭ…އެކަމަކު ޒެވް ބޭބޭ ކުޑައިރުން ސުރެން ވެސް އަންހެންކުދިންނާއި ދުރު ކަމަށް ވަނީ” އީވާ ދައްކަމުން ދިޔަ ވާހަކަ ތައް އިވި އަލާރާ ހިސާބަކަށް ހައިރާން ވިއެވެ. އީވާގެ ފަރާތުން ޒެވިއަލްގެ މިޒާޖުން ބައެއް އެނގުމުން އަލާރާ ކަނުލާ އަޑުއަހަން އިނެވެ. ޒެވިއަލް އާއި މެދު އިތުރަށް އަލާރާ ޝައުގުވެރި ވެސް ވިއެވެ. އޭނާ އާއި ޒެވިއަލް ވާހަކަ ދައްކާ އިރު ވެސް ގިނައިން ވާހަކަ ދައްކަނީ އަލާރާއެވެ. ޒެވިއަލް ބަސްމަދުކަން އޭނައަށް ވެސް އެނގެއެވެ. ނަމަވެސް ލޮލަށް ނުފެނުނު ނަމަވެސް ޒެވިއަލް ވަރަށް ގިނައިން ހީލާހަދާކަން އިޙްސާސްވެއެވެ.
“ހަމަ އެއްވެސް އަންހެން ފްރެންޑެއް ވެސް ނުހުރޭތަ…އީވްއަށް ނޭނގުނަސް ހުންނާނެ ކަންނޭގެ” އަލާރާ އިތުރަށް ޔަގީންކުރަން ބޭނުންވާ ފަދައަކުން އަހައިލިއެވެ.
“މްމްމް..ލިއާ އާއި އީވް ފިޔަވައި ޒެވް ބޭބެ އެގޮތައް ކިރިޔާ ވެސް ހީލާފަ ވާހަކަ ދައްކަނީ ލިއާ ހުރިގޭ ކުއްޖާއާއި.. ލިއާ އެއްދުވަހު އެހެން ބުނި ..ދެން ދޮންތިއާއި އެއްކޮން މިހާރު އުޅެންޏާ ދޮންތިއާއި ވެސް ވާހަކަ ދައްކާނެ.. ހީ މޭ ސްމައިލް ދޯ ހަމަ.” އީވާ ބުނެލިއެވެ. އަލާރާ އެހެންހޭ ބުނެލި އިރު ޒެވިއަލް އާއި މެދު އިތުރަށް ވިސްނާލެވުނެވެ. ޒެވިއަލްއާއި އަލާރާ ގާތް އެކުވެރިންނަށް ވެފައި ވީ އިރު ވެސް އަދިވެސް ޒެވިއަލް އާއި ބެހޭ ގޮތުން މާ ގިނަ ކަންތައްތަކެއް ނޭނގެއެވެ. އަލާރާއަށް ޒެވިއަލްގެ އަމިއްލަ ކަންކަމާއި ގުޅޭ ސުވާލްތައް ވެސް ކުރެވޭލެއް މަދުކަން އަމިއްލައަށް އިޙްސާސްވިއެވެ.
****
ޒެވިއަލް މަޑުކޮށްލައިގެން އިނީ ވެލާނާ އިންޓާނޭޝަނަލް އެއާރޕޯޓްގެ ތެރޭގައި ހުންނަ ކޮފީ ޝޯޕްއެއްގައި ކޮފީ އެއް ބޯލުމަށެވެ. ލިއާނާއާއި އަރްކާން ދަތުރު ކުރަމުން ދިޔަ ފްލައިޓް ޖެއްސިތަން ފޯނުން ބަލަން އިނދެފައި ޒެވިއަލް އިންތަނުން ތެދުވިއެވެ. ތަންކޮޅަކަށް ހިނގައިގަން ހިނދު އެއާރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް އާއި ދިމާލުން އައި ޝަވަން، ޒެވިއަލްގެ ދެލޮލުގައި އަޅައިގަތެވެ. ޒެވިއަލް ހައިރާން ވީ ޝަވަންގެ ކައިރީގައި އިތުރު މީހަކު ވެސް ހުރިތަތަން ފެނުމުންނެވެ. މޫނު ފޮރުވޭހެން ކަޅު ކުލައިގެ ތޮއްޕެއް އަޅާފައި ވުމުން ކާކުކަން ނޭނގުނު ނަމަވެސް އެއީ ޔަގީނުން ވެސް އަންހެންކުއްޖެއްކަން އެނގެއެވެ. އަތް ގުޅުވާލައިގެން ތިބި އިރު އެދެމީހުންގެ ދެމެދުގައި އޮތީ އާދައިގެ ގުޅުމެއް ނޫންކަން އެނގޭހާވެއެވެ. އަލާރާއާއި މެދު ވިސްނިފައި ޒެވިއަލްގެ ގާތައް ރުޅި އަންނަގޮތްވިއެވެ.
“އައި ނިއު އިޓް…ހީ އިޒް ޗީޓިން އޮން ހާރ..ކާކުތަ އެއީ..ސޯފިއާއަށް ވެދާނެ ބާ” ޒެވިއަލްގެ ހިތައް ފުރަތަމަވެސް ވެރިވީ ސޯފިއާގެ ނަމެވެ. ނަމަވެސް މޫނު ނުފެންނާތީ އެއީ ސޯފިއާކަން އެނގޭނެ ގޮތެއް ވެސް ނެތެވެ. އެދެމީހުންގެ ފަހަތުން ދިޔުމަށް ހިނގައިގަން ނަމަވެސް ލިއާނާ އެވަގުތު ގުޅަން ފެށުމުން ދެވޭ ގޮތެއް ނުވިއެވެ.
ޒެވިއަލްއަށް ދެވުނު އިރު ލިއާނާ އިންޓާރނޭޝަނަލް ޓާމިނަލް އިން ނުކުންނަނީއެވެ. އޭރު އަރްކާން ފެންނާކަށް ނެތެވެ. ޒެވިއަލް ފެނުން ޙާއިރު ދުވެލާފައި ލިއާނާ އައިސް އޮޅުލައިގަތެވެ.
“އައްދޭ ދޮންބެ ނޭވާ ހާސްކޮށްލަން ތަ ތިއުޅެނީ” ލިއާނާ ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ޒެވިއަލް ގާތައް ހިނިއައެވެ.
“އޯވްވް ސޮރީ..މިސްވިއްޔޭ މާ ބޮޑަށް” މާފަށް އެދެމުން ދުރުވެލާފައި އަނެއްކާ ވެސް ޒެވިއަލްގެ އަތުގައި އޮޅިގަތެވެ. ލިއާނާ ހެދިގޮތުން ޒެވިއަލް ހީލަމުން ފޮށި ކޮބައިތޯ އެހިއެވެ. “ވެއިޓް ލިއާ އަޒީޒްބޭ އެގުޅަނީ” ޒެވިއަލް އަށް އަޒީޒް ގުޅަން ފެށުމުން ފޯނު ނަގާ ވާހަކަ ދައްކަން ފެށިއެވެ.
ލިއާނާ އަރްކާން މަތިން ހަނދާން ވީ އެހެން ބުނީމައެވެ. ބަލައިލި އިރު އަރްކާން ދެ ފޮށި ހިފައިގެން އަންނަތައް ފެނި ލިއާނާ އެދިމާލަށް މިސްރާބު ޖެހިއެވެ. އޭނާގެ ފޮށި އުފުލަން ޖެހުމުން އަރްކާން ހުންނާނީ ރުޅިއައިސްފައޭ ހީވެ ލިއާނާ ހުރީ ހިސާބަކަށް ނުތަނަވަސް ވެފައެވެ.
“އަމް ސޮރީ..”މާފަށް އެދެމުން ލިއާނާގެ ފޮށީގައި ހިފަން އުޅުނެވެ. ނަމަވެސް ހައިރާން ކޮށްލާފައި އަރްކާން އެ ފޮށި ލިއާނާއާއި ދުރުކޮށްލަމުން ހިފައިގެން އައެވެ. ލިއާނާ ދެލޯ ބޮޑުވިއެވެ. “ވަޓްސް ވިތް ހިމް..އެކޮޅަށް ދިޔަ ދުވަހު ހަޅޭއްލަވައިގަތީމަ ބިރުން މިހުރީ މިއަދު ފޮށި ނުދޭން..އެކަމަކު މިއަދު އެކޮޅު އެއާޕޯޓުގަ ވެސް ނުދޭން އުޅުނީމަ ވެސް އަހަރެންގެ ފޮށި އަތުލައިގެން އުޅުނީ..މިއަދު ރުޅިގަދަ ވާ ބޭހާ މޫޑީ ވާ ބޭސް ނުކައި ހުރި ދުވަހެއް ތޯއްޗެ..” އަނގަޔަށް ވައްތަރެއް ޖައްސައިގެން ހުރެ އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔަމުން ލިއާނާ ހިނގައިގަތެވެ. ނަމަވެސް މުޑިއެރީ އަރްކާން އާއެވެ. އަރްކާންގެ މޭގައި ލިއާނާގެ ނޭފަތް ޖެހި ވީ ތަދުން ލިއާނާއަށް ހަޅޭއް ލަވައިގަނެވުނެވެ.
“އައްދޯއި.. ބަލައިގެން އުޅެބަލަ” ނޭފަތުން ލޭ އަންނަމުން ދިޔައިރު ވީ ތަދުން ލިއާނާއަށް ރޮވޭ ގޮތްވިއެވެ. ތުންފިއްތާލައިގެން ހުރި އަންނަމުންދިޔަ ލޭތައް މަތަކުރުމަށް ނޭފަތް މަތީގައި އަތް އެޅިއެވެ. އޭރު އެތައް ބައެއްގެ ނަޒަރު އެދެމީހުންނަށް އަމާޒުވެފައި ހުރުމުން ލިއާނާގެ މޫނު ލަދުން ގޮސް ރަތްވިއެވެ. އަރްކާން އެއިން ކަމަކަށް އަޅައިލިހެން ހިޔެއްނުވެއެވެ.
“ޔޫ ޝުޑް ވޮޗް ވެން ޔޯ ވޯކިން” ލިއާނާގެ އަތް ދުރުކޮށްލުމަށް ފަހު ޖީބުން ނެގި ޓިޝޫ ބޮނޑިއަކުން ދެތިން ޓީޝޫ އެއްކޮށްލާފައި ލިއާނާގެ ނޭފަތް މަތީގައި އަރްކާން އަޅާލަދިނެވެ. އަނެއް އަތުން ލިއާނާގެ އަތުގައި ހިފައިގެން މިސްރާބު ޖެހީ ފާހާނާއާއި ދިމާލަށެވެ. އެންމެ ކައިރިއަށް ހުރި ފިރިހެނުންގެ ފާހާނާ ބަރިން ފާހަނައަކަށް ވަދެ ލިއާނާގެ މޫނުމަތީގައި ހުރި ލޭތައް އަރްކާން ސާފްކޮށްދޭންފެށިއެވެ. އޭރު އަރުކާންގެ ގަމީހުގައި ވެސް ލޭގެ އަސަރު ހުއްޓެވެ.
އަރްކާންގެ އެ ގާތް ކަމުން ލިއާނާއަށް ހުރީ ނަގަންވީ މާނައެއް ނޭނގިއެވެ. އަރްކާން ހުރީ ލިއާނާއާއި ޖެހޭ ނުޖެހޭ ހިސާބު ކައިރީގައެވެ. އޭނާގެ މޫނަށް ލިއާނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެހާ ގާތުން އެ މޫނު ފެނުމުން ލިއާނާއަށް އެހެން ދިމާލަކަށް ބަލާލަން ވެސް ހުރީ ނޭނގިފައެވެ. ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ. އަރްކާން ބޭނުންކޮށްފައިވާ ސެންޓްގެ މީރުވަސް ދުވި ހިނދު ލިއާނާއަށް ނޭފަތް ދަމައިލެވުނެވެ. އެ ރީތި ކަމަށް ލިއާނާގެ ހިތާއި ސިކުނޑި ދިޔައީ އިއްތިފާގުން އެއްބަސްވަމުންނެވެ. އެއް އަތުން ލިއާނާގެ ކޯތާފަތުގައި ހިފައިލާގެން އަނެއް އަތުން ސާފު ކުރަމުން ދިޔައިރު އެ އެ ދެއަތް ބީހިލާ ގޮތްވެސް ލިއާނާގެ ހިއްސުތަކާއި ކުޅެމުން ދިޔައެވެ.
“ޑަން..މާލެ ގޮސްފަ ހޮސްޕިޓަލަށް ދާނީ ދެން…އަމް ސޮރީ..އާ” އަރްކާންގެ މަސައްކަތް ނިންމާލުމަށް ފަހު ލިއާނާގެ ނޭފަތުގެ ހިނދުރިއަށް ދެ ޓިޝޫކޮޅު ހަރާލަދެމުން ބަލައިލި އިރު ލިއާނާ ބަލަހައްޓައިގެން ހުރިތަން ފެނި އެ މޫނަށް ބަލައިލެވުނެވެ. ދެމީހުންނަށް ތިބެވުނީ ނުރައްކާތެރި ހިސާބެއްގައި ކަން އިޙްސާސްވީ ދެނެވެ. ނަމަވެސް ލިއާނާގެ ރީތިކަން އެހާ ގާތުން ފެނުނު ހިނދު އަރްކާންއަށް އެ ކަޅުކަން ގަދަ ދެލޮލުގެ ތެރެއަށް ފީނައިގަނެވުނެވެ. ލިއާނާގެ މޫނާއި ކުރިއަށް ވުރެން ކައިރިއަށް ދެވުން އިރުވެސް ރެއަކާއި ނުލައެވެ. ލިއާނާގެ ދެލޯ މެރުނު ހިނދު އަރްކާންގެ ނަޒަރު ހުއްޓުނީ ފިޔާތޮށި ކުލައިގެ އޮމާން ތުނި ތުންފަތަށެވެ.
****
(ނުނިމޭ)