މީހުންތަކަށް އޭނާ ފެނިފައި މިވާ ގޮތްގޮތުން ހިނިއައިނަމަވެސް އެކަން ނުދައްކާ އޭނާ ހޯދައިލީ އެންމެ މީހެކެވެ. ކުރިމަތީގައި އޭނާއަށް ބަލައްޓައިގެން އަންހެނަކު ހުއްޓެވެ. ބަލާލާ ބެލުމަށް ޒުވާން ކަމަށް ދެއްކިނަމަވެސް ރަނގަޅަށް ބަލައިލާފިނަމަ އެމޫނުމަތީގައިވާ ކުދި ރުލުން ދުވަސް ވެފައިވާކަން އިނގެއެވެ. ފްލޯރަލް ޓޮޕެއްލާފައި ފިޓްކޮން ހުރި ޖިންސެއްގައިހުރި އެ އަންހެންމީހާ ދިޔަގޮތަށްގޮސް އެ އެޒުވާނާގައިގާ ބައްދާލިއެވެ. “ދަރިފުޅާ.. އައި މިސް ޔޫ ސޯ މަޗް..އާފްޓާރ ޓްވެލް އިޔާރސް މަންމައަށް މަންމަގެ ދަރިފުޅު މިފެނުނީ.. ” ކެމީލާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ.
“މޯމް ދެން ނުރޮއެ.. އަހަރެން މިއައީއެންނު.. މީގެ ބާރަ އަހަރު ކުރިންވެސް އަހަރެން ބުނީމެއްނު ބާރަ އަހަރުފަހުން އަންނާނަމޭ” އޭނާ ވާޙަކަ ދެއްކިއިރު މޫނުމަތީގައިވާ ވިހަ ހިނިތުންވުމުން އެމޫނުގައިވާ ނުރައްކާތެރި ނަޒަރު ކެމީލާގެ މޫނުމަތިނަ ވެސް ފެނިލިއެވެ.
” ޔެއާރ ދޫނީ .. ލެޓްސް ގޯ އަލާނިއަލް” ވިހަ ހިނިތުންވުމަކާއި ކެމީލާ، އަލާނިޔަލްގެ އަތުގައި ހިފާލިއެވެ.
***
“މޯމް..ހައުޞް ލިވީ.. ” ކެމީލާގެ މޫނަށް ބަލާލަމުން އަލާނިޔަލް ބުނެލިއެވެ. “ޝީޒް ފައިން.. ދަރިފުޅާ ،މި ވީކްތެރޭގަ އަންނާނެ ބައްދަލުކޮށްލަން މީހެއް.. އޭގެ ކުރިން މިދޭ ނަސޭހަތް ކަނުލާ އަހާތި.. މިތަނަކީ ހުސް އިންސާނުން ދިރިއުޅޭ ތަންތަން..ސުވިޒަލޭންޑް ވެސް ރާއްޖެ ވެސް..ކުޑަ ދުވަސްކޮޅަކަށް ރާއްޖެއައި ނަމަވެސް މީގެފަހުން ތިޔަކީ ލިވީގެ ހިޔަނި.. ސިކުޑީގަ އަބަދުވެސް ހަރުލައްވަން ވާނީ ބީ ނޯރމަލް މިލަފްޒް..މަންމަ މި މީން ކުރި އެތި އިތުރަށް ތިލަ ނުކޮށްދިނަސް އިނގޭ އެލަން އަށް އިނގޭނެކަން.. މިއަދަށްފަހު ޔޫއާރ ނޮޓް އަލާނިޔަލް ބަޓް އެލަން…އެމީހުން ކައިރިގައިވެސް މަންމަ ބުނެފައިވާނީ މަންމަގެ ދަރިފުޅަށް ކިޔަނީ އެލަން ކަމަށް..ދަރިފުޅުގެ ސިފަ ކިތަންމެ ބަދަލް ކުރަން މަސައްކަތް ކުރި ނަމަވެސް ވަރަށް އެއްގޮތް ގިނަ ކަންކަން އެބަހުރި.. ޑޯންޓް ފޮގެޓް އެބައުޓް އިޒާން” ވިހަ ގޮތަކަށް އެލަން އަށް ބަލާލަމުން ކެމީލާ އޭނާގެ ބަސްތައް އިއްވާލަމުން އޭނާ ދިރިއުޅޭ ތިންކޮޓަރީގެ ބޮޑު އެޕާޓްމަންޓަށް ވަނެވެ. އޭނާގެ ފަހަތުން އެލަން ވެސް ވަނެވެ.
***
” ދޮންބޭ..ދޮންބޭ..” ޒައުލް ދިރިއުޅޭ ފްލޯގެ ކޯޑް ޖަހާލަމުން އެތެރެއަށް ވަން ކައިވަންގެ މޫނުމަތީގައިވާ ހާސްކަން ސޯފާގައި މުސްހަފް ހިފައިގެން އިން ތުއްތު ނީކިޔާ އަށް ސިއްރެއް ނުވިއެވެ. ކިތަންމެ ހާސްވެފައި ހުރިނަމަވެސް ނީކިޔާ ފެނުމުން އެމޫނުމަތީގެ ކުލަވަރު ބަދަލް ވިއެވެ. ލޯބިން ހިތްފުރިގެން ބަންޑުންވިއެވެ.
” ކުޑަބޭ.. ބައްޕި ޓޮއިލޭޓް ގަ… ކޮއްކޮ ކިޔަވާ ނިމުނީ ..ގޭމް ކުލޭނީ ދެން” ނީކިޔާ އަޅާފައިވާ ހުދުކުލައިގެ ކުޑަ ވަށްބުރުގާ ބާލަމުން މުސްހަފް ހިފައިގެން ގެން ގޮސް ބިއްލޫރި މޭޒުމަތީގައި ބޭއްވިއެވެ. “އޯވް.. މިނީ ހާދަ ބަސް އަހައޭ ދޯ…ކުޑަބެގެ ދޫނީ.. ބައްޕި ވަރަށް ގިނައިރު ވެއްޖެތަ ވަންފަހުން” ކައިވަން ، ނީކިޔާ އުރަށްލަމުން ބުނެލިއެވެ..
ޒައުލް ފެންވަރައިގެން ނުކުން އިރު ކައިވަން އާއި ނީކިޔާ ސަކަރާތް ޖަހަމުން ދިޔައެވެ. އެމަންޒަރު ފެނި ޒައުލްގެ ހިތައް ބަޔާން ކުރަން ދަތި ހިތް ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.. މީގެ އަހަރުތަކެއް ކުރިން އެއީ ކިހާ ސަކަ މިޒާޖެއްގެ ކުއްޖެއް ހެއްޔެވެ. ނަމަވެސް އެ ކަޅު މާޒީ އެކުއްޖާގެ އުފާތައްވެސް ވަނީ ފޭރިގެންފައިއެވެ. އެތައް ދުވަހަކަށްފަހު ކައިވަން އެގޮތަށް ސަކަރާތް ޖަހަމުން ދާތަން ފެނި ޒައުލްގެ ދެލޯ އުފާވެރިކަމުގެ ކަރުނުން ފުރިގެން އައެވެ.
ޒައުލް އަށް ސިހުމެއް ލިބުނީ ފޯނުގެ ރިންގުގެ އަޑުންނެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އަރާފައިވާ ޒީވާގެ ނަންފެނިއެވެ.
“ދޮންބޭ .. ހާދަ ބޯކޮންނޭ އެ ވާރޭ ވެހެނީ ..މިހާރު މިތާގައި ހުރެގެން ގުޅާތާ މިވަނީ ވިއްސަކަށް މިނެޓް .. ބެލް އެޅީމަވެސް ދޮރެއް ނުހުޅުވާ ..ހާދަވަރަކަށްށޭ ދޮރުގައި ވެސް ތެޅުނީ މިހާރު” ފޯނު ނެނގިތަނުން އެއްފައްޗަކަށް އަމުނާލި ބަސްތަކުން ޒައުލަށް ހެވުނެވެ. ޒީވާ ހުރީ ރުޅިއައިސްފަކަން އެނގުމުން ހެމުންހެމުން އޭނާއަށް ފޯނު ނުނެގުން ސަބަބު ބުނެދީފައި ދޮރު ހުޅުވަން ދިޔައެވެ.
އޭރު ކުޑަކޮންތެމިގެން ހުރެ ޒީވާ މޫނު ކުނިކޮށްލައިގެން ހުރެ ހުޅުވުމުން ޒައުލަށް ދެލޯއަޅައިލިއެވެ. ޒައިލް ހޭންފެށިއިރު ކައިވަންގެ ގާތަށް ވެސް ހިނިއައި ނަމަވެސް އަނެއްފަރާތައް އެނބުރުނެވެ. ” ސާބަހޭ ޒިވީ.. ލިފްޓުން އަރާއިގެން އައިނަމަ އެންމެ ތަންކޮޅެއްވެސް ނުތެމުނީހެންނު.. ” ޒައުލް ހެމުން ހެމުން ޒީވާގެ އަތުގައިވާ ކޮތަޅުތަކުގައި ހިފިއެވެ.
“ދޮންބެ ކީކޭ ބުނީ ..އެދޮރު ސަކަރާތް ވެފައޭ ލިފްޓްވެސް ވެސް ސަކަރާތް ވެފައޭ .. އެހެންވެ އަނެއްދޮރުންނޭ ވަންނަންވާނީ..ދެން ސްޓެއާރސް ދޯ ހުންނާނީ .. ގޭތެރޭގަ ހުންނަ ސްޓެއާރސް އަށް ނޭރީ އެތާގަ ބޯއިސް ގްރޫޕެއް .. ދެން އޮތް ހަމަ އެކަނި ގޮތް ދޯ މިއީ” އެއްނޭވާއިން ޒީވާ ބުނެލި ވަހަކަ އަހާފައި ޒައުލަށް ބޯކަހާލެވުނެވެ. ނީކިޔާ ހޭން ފެށިއިރު އިރު ކައިވަން ވެސް ފާޑަކަށް ހެވުނެވެ.
” އޯކޭ އޯކޭ ދޮންބެ ކުށްވެރި .. އެހެންވީމާ ދޮންބެ މިރޭ ކައްކާނީ”ޒައުލް އެހެން ބުނުމުން ޒީވާ އާއި ނީކިޔާ އެކަކު އަނެއްކަކަށް އެއްލޯމަރާލިއެވެ.
” ދޮންތިގެ ކުޑަ ކުޑަ ފުއްގަނޑު ހާދަ ނޯޓީއޭ މިހާރު” ނީކިޔާގެ ކޯތާފަތުގައި ބޮސްދިނުމަށްފަހު ކުޑަކޮން ދަތްއަޅައިލިއެވެ.
ޒީވާމެން ސޯފާގައި ހަމަޖެހިލުމުން ޒައުލް ބަދިގެޔަށް މިސްރާބްޖެހީ ކައިވަން އަށް އައުމަށް އިޝާރާތް ކޮށްލަމުންނެވެ. “ދޮންބޭ..ވަރަށް ސަކަރާތް ވެއްޖެ’” ވާހަކަ ދައްކަމުން ދިޔައިރު އިހުހުރި ހާސްކަން ކައިވަންގެ މޫނުމަތިންފެނެއެވެ. އެ ބުނި އެއްޗެއް ފަޙުމް ނުވިކަން އަންގާލަމުން ޒައުލް ބަލާލީ ސުވާލްގެ ނަޒަރަކުންނެވެ. ” އަލާނިޔަލް .. ހީޒް ބެކް” ކައިވަން ބުނެލި ޖުމްލައިން ހީވީ ޒައުލްގެ ބޮލުން ތަރި ބުރައިގެން ދިޔަހެންނެވެ.
” ދޮންބޭ އަލުން ހިނގަ ސްވިޒަލޭންޑަށް ބަދަލުވާން .. މިފަހަރު އޭނާގެ ފަރާތުން ޒީވާއަށް ލިބޭނީ ކޮންފަދަ އަނިޔާއެއްކަމެއް ނީނގޭ “ކައިވަން ބުނެލި ޖުމްލައިން ޝޮކްޖެހިފައި އެތައް އިރަކު ޒައުލް ހުއްޓެވެ. “ކި..ކި..ކިހިނެއް އެނގުނީ .. ހީވި ގޮތެއް ކަންނޭގެ ތިއީ ..ހަމަ އޭނައަށް ނުވެދާނެ އެއްނު” ޒައުލް ހާސްވެފައިވާ ކައިވަން އަށް ބަލާލަމުން ބުނެލިއެވެ. ” އަހަރެން ދިޔައީ ސުވިސްގަ އުޅޭ ރާއްޖެ ފްރެންޑެއް އަންނާތީ އެއާޕޯޓަށް.. އޭނާ ފެނުނީ ކުއްލިޔަކަށް ހަމަ.. ވަރަށް ތަފާތު ވެފަ ހުރީ.. އެކަމަކު ފުރަތަމަ ފެނުން އިރު ވެސް ވަރަށް ވައްތަރުވި.. އެހެންވެ ސައްކުވެފަ ހުއްޓަ ގާތުގައި ފުރަގަސްދީގެން ހުރި އަންހެނަކު އަލާނިޔަލް އޭ ކިޔާ ވާހަކަ ދެއްކީ..ބާރަ އަހަރުފަހުންނޯ ތިއައީ ..ދެން ޔަގީން ވާނެއްނު އެހެން ބުނީމަ.. އެކަމު އޭނާގެ ގާތުގައި ހުރި މީހާގެ މޫނު ފެނޭތޯ ބެލިން އެކަމު ފުރަގަސްދީގެން ހުރީ ދެން އަހަރެންގެ ފްރެންޑް ވިޝާން ފެނުނީމަ އަހަރެން ވެސް އޭނާގެ ގާތަށް ދިޔައީ ” ކައިވަން އޭނާއަށް ފެނުނު ކަންތައް ތަފްސީލްކޮން ކިޔާދިން އިރު ޒައުލް އަށް ކައިރީގައި ހުރި ގޮނޑިއަކަށް ވެއްޓިގަނެވުނެވެ.
” އިޒާން” ކިރިޔާ އަމިއްލަ ނަފަސަށް އިވޭވަރަށް ބުނުމަށް ފަހު އަވަސް އަވަހަށް ފޯނު ނެގުމަށްފަހު ނަންބަރަކަށް ޑައިލް ކޮށްލަންވެގެން ތައްޔާރު ވިތަނާ ފޯނައް ކޯލެއް އައެވެ. ޔޫމީންގެ ނަން ފެނުމުން ހިތްހަމަ ޖެހުމެއް ލިބުނެވެ. “ހެލޯ.. ވީ ނީޑް ޓް ޓޯކް” ޒައުލް ފޯނު ނަގަ ނަގާހުއްޓައި ހުށިޔާރުކަމާއެކު ކައިވަން ފޯނު އަތުލީ ޒީވާ ގޮވަމުން އަންނަ އަޑު އިވިގެންނެވެ.
****
ޔޫމީން ފޯނު ނިންމާލި އިރު އެ ދޮން މޫނުމަތީގައި ދާ ތިކިތައް ބަބުޅާލިއެވެ. ހާސްކަމުގެ މުތީތަކެވެ. އެނދަން އެރުމަށްފަހުގައިވެސް ނިދަން ވެގެން އުޅެއުޅެ ނިދޭގޮތެއް ނުވިއެވެ. އެތަން އިރަކު އެހެން އޮތުމަށްފަހު އޭނާއަށް ނިދުނީ ފަތިސް ނަމާދަށް ގޮވަން ނުހަނު ގާތްވެފަހުއްޓައެވެ.
**
ޔަޒަކު ހޭލުމަށްފަހު ދިޔައީ ޔަމްހާ ގޮވަން ފެށުމުން ގޭގެ ސިޓިންރޫމުގައިވާ ބޮޑު ހީޓަރ މަސައްކަތް ނުކުރާތީ އެ ހެދުމަށެވެ. މިއަދު އަދި ޔޫމީންގެ ހަބަރެއް ޔަޒަކުއަކަށް ނުވެއެވެ. މިއަދަކީ އޭނާ ގޮވައިގެން ޔޫމީން އެބުނާ ތާކަށް ދާން ނިންމި ދުވަހެވެ. ޔޫމީން ހަނދާން ނެތުނީބާއޭ ވެސް ހިތައް އެރިއެވެ. ނަމަވެސް ދެފަރާތަސް ބޯހޫރުވާލެވުނީ އިޒާންއާއި ގުޅިފައިވާ ކަމެއް ޔޫމީން ހަނދާންނައްތާނުލާނެކަން އިނގުމުނުންނެވެ..
އެ މަސައްކަތް ނިންމާލުމަށްފަހު އޭނާ މިސްރާބު ޖެހީ ޔޫމީން ހޯދުމަށް އެ ކޮޓަރިޔަށެވެ. މިއަދު ހެނދުނު ފާއިތުވެގެން ގޮސް މިހާރު މެންދުރުފަސް ވެސް ފާއިތުވަނީ އެވެ. ޔަމްހާ ބުނިގޮތުން ވިއްޔާ ޔޫމީން އަދި ވެސް ނުހޭލަނީއެވެ. އޭނާ ހައިރާން ވެގެން ހުރީ ކުޑަކޮން އަނގަހުޅުވިފައެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ. އެހެންޔާ މިހާ އިރުވާއިރު ހޭލައިގެން އޭނާއަށް އުނދަގު ކުރާ މީހާ ވިއްޔާއެވެ. ޔޫމީނަށް ގޮވުމަށް ޔަމްހާ ދާންއުޅުމުން ޔަޒަކު ހުއްޓުވީ އޭނާ ގޮވަންދިއުމަށެވެ. އެނާ ވަންއިރު ޔޫމީން ބޭރަށް ދާން ތައްޔާރުވަނީ އެވެ. ޔަޒަކު ގޮސް އެނދުގައި ޖައްސާލުމަށްފަހު ޔޫމީން ތައްޔާރުވެ ނިމެންދެން މަޑުކޮށްލިއެވެ. ހުސް ކަޅުގެ ހޫޑީއަކާ ޑެނިމް ޖިންސެއްގައި ހުރި ޔޫމީން އެންމެފަހު ކަމަކަށް ސެންޓް ޖަހާލިއެވެ. ޔަޒަކު އެތާގައި ހުންނަތާ ބައިގަޑިއިރު ވީއިރުވެސް ޔޫމީންގެ ފަރާތުން އެއްވެސް ބަހެއް ނީވުނެވެ. ޔަޒަކުގެ ގާތަށް ނުހަނު ރުޅިއައިސްގެން ގޮވާލި އިރު އަޑުގައިވި ހިތްހަމަ ނުޖެހުން ޔޫމީން އަށް ނަގައިގަނެވުނެވެ. ނަމަވެސް އަނގައިން ބުނުމެއްނެތި ދޮރާއި ހަމައަށް ދިޔުމަށްފަހު ހުއްޓުނެވެ. ” ކާރު ނެރޭ..އައިލް ޑްރައިވް..ނޯ މޯރ ކުއެޝަންސް… އެނބުރި ގެޔަށް އައިސް ކިޔާދޭނަން ހުރިހަ ވާހަކައެއްވެސް..” ހައިރާން ވި ނަމަވެސް ޔޫމީންގެ މޫނުމަތީގައިވާ ނުތަނަވަސް ކަން ފެނި ޔަޒަކު، ޔޫމީން ބޭނުން ވިގޮތަށް އަމަލް ކުރިއެވެ.
****
ކުޑަކޮޓަރިއެކެވެ. ހުދުކުލައިގެ ހަތަރު ފާރުތަކުގެ މެދުގައިވާ ހުދު ކުލައިގެ އެނދެއްގައި މެދު އުމުރުގެ މީހެއް ވަނީ ބާއްވައިފައެވެ. އެނދުގެ ވަށައިގެން އެތަކެއް މެޝިންތަކެއް ވާއިރު ތަނުގެ ހިމޭންކަން ނަގާލައިފާވަނީ މެޝިންތަކުން އިވި އިވި ހުރި ބީފް އަޑާއި އެނދުގެ ކުރިމަތީގައި އިށީންދެލައިގެން އިން އިޒާންގެ މަޑު ގިސްލުމުގެ އަޑެވެ.
އިސްޖަހާލައިގެން އިނދެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ހިތްވަރުކޮށްފައި ފުހެލި ނަމަވެސް ކުރިމަތީގައިވާ އެނދުގައި އެއްވެސް ހަރަކާތެއް ނެތި މެޝިންތަކުގެ އެހީގައިވާ އަންހެން މީހާއަށް އިޒާން ބަލާލެވުމުން އަނެއްކާ ވެސް ތާޒާ ކަރުނަތައް އެރީތި ދެލޮލުން އޮހޮރިގަތެވެ. އިސާހިތަކު އެ ކުޑަ ކޮޓަރިގަނޑުގައި ހިފައިލީ މަޑު ގިސްލުމުގެ އަޑެވެ. ވޭނުން ފުރުފައިވާ ރުއިމެކެވެ. އެ ވޭންދިނިވިއަޑު އިވޭ ކޮންމެ މީހެއްގެ ހިތައްވެސް ތަދުވާނެކަން ގައިމެވެ. އަތުގައިވާ ފޯނުން ފެންނަމުން ދިޔަ ފޮޓޯތަކަށް ނަޒަރު ހުއްޓުވައިގެން އިނދެ ކުރިމަތީގައި އެއްވެސް ހަރަކާތެއްނެތި ވާ މީހާއަށް ފޮޓޯތައް ދައްކަމުން އެކި ވާހަކަތައް ކިޔައި ހަދަމުންދިޔައިރު ފެންނަ މީހަކު ހިތްފަޅައިގެންދާވަރު ވާނެއެވެ.
އެވަގުތު ކޮޓަރި ދޮރު ހުޅުވުމަށްފަހު ހިމަތޮޅިކޮން ހުރި އަންހެން ކުއްޖެއް ވަނެވެ. ބްލޮންޑް އިސްތަށިގަނޑެއް ހުރި އެކުއްޖާގެ ގައިގާވަނީ ހުދު ދޮނެކެވެ. މޫނުމަތީގައިވި ހިތްހެޔޮކަން އެންމެ ބަލާލުމަކުން ވެސް ފެންނަމީހަކަށް ނަގައިގަނެވޭނެއެވެ.
“ޒާންބޭ..ދެން ހުއްޓާލާ.. އިންސާﷲ ކޮންމެވެސް ދުވަހަކުން ތިހިތާމަތަކަށް ލުޔެއް ލިބޭނެ.. ލިވީ އަންނާނެ..ވަރަށް އަވަހަށް އަންނާނެ..ބިލީވް މީ..ޒާންބެ އަށް ހީވޭތަ ލިވީއަށް ކަންކަން ރިމެމްބަރ ވަންޏާ ނައިސް ހުންނާނެ ހެން..އޭނާއަށް އިޙްސާސްވާނެ ޒާންބެ އޭނާދެކެ ވާ ލޯބި.. އެ ހާދިސާއަށްފަހު އެކުއްޖަ ހަނދާން ތައް ނެތިގެން ދިޔައީ .. ..ހީ ރޭޕްޑް ހާރ އެން ހީ ސްޓޯލްޑް ހާރ އެވްރީތިންގް… ނައު ހީޒް ޓްރައިންޓް ކިލް ހާރ..ހަހް.. ބަޓް އިޓްސް ނޮޓް ގޮނަ ހެޕެން .. ބިކޯޒް ވީ އޯލް އަރ ވިތް ޔޫ..ބަލާބަ ދައްތަ އެއޮތް ހާލަތު ..އެވެސް ހަމަ އެ ފިރިހެނާއާއި އޭނަގެ މަންމަގެ ސަބަބުން…މި ނޫނަސް ކިތައް އަނިޔާ އޭނަގެ ފަރާތުން ލިވީ އަށް ލިބުންތަ … އަޅުގަނޑު ވަރަށް ދޮގު ހަދައިފިން މިހަރު ބޭބެ ނެތޭ ކިޔާފަ..ނިޔަލް ވަރަށް ގިނައިން އައި.. ހުރިހާ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަކަށް… މައި ހޭންޑްސަމް ޑޮކްޓާރ ބޭބެ ދެން ތެދުވޭ” މިލާންގެ ހިތްވަރު ދިނުމުގެ ބަސްތަކުން އިޒާން އަށް ކުޑަނަމަވެސް ލުޔެއް ލިބިގެންދިޔައެވެ.
***
ފަރިތަކަމާއެކު ޔޫމީން ދުއްވަމުން ދިޔަ ކާރު ހުއްޓާލީއެގެޔާއި ސަތޭކައެއްހާ މޭލު ދުރުގައިވާ ޒިއުރިކް އަވަށް ނިމޭ ހިސާބުގައިވާ ބޮޑު ޖަންގަލީގެ އެކަހެރި ކޮން ހުރިބޮޑު ގެޔެއްގެ ކުރިމަތީގައިއެވެ. ޔަޒަކުގެ ނިތައް ރޫއަރައިގެން ދިޔައީ އެއީ އިޒާންގެ އަމިއްލަ ގެޔަށް ވާތީއެވެ. ސުވާލްގެ ނަޒަރުން ބަލާލި ޔަޒަކު، އިޒާން ހޯދުމަށް އައިވާހަކަ ޔޫމީންއަށް ހަނދާން ކޮށްދިނެވެ. ނަމަވެސް ވާހަކަ ނުދައްކާ އޭނާގެ ފަހަތުން އައުމަށް ޔޫމީން އެންގުމުން ސުވާލް އުފެދިފައިވާ ހާލު ޔަޒަކު ވެސް ހިނގައިގަތެވެ.
ޔޫމީން ދިޔަގޮތަށް ގޮސް ކޯޑު ޖަހާލުމަށްފަހު ގޭގެ އެގާރަ ވަނަ ފަންގިފިލާ އަށް ލިފްޓުން އެރީ ނުހަނު އަވަހަށްށެވެ. “ޔޫމީއަށް ކިހިނެއް ކޯޑު އިނގުނީ ..” ހައިރާން ވެފައި ޔަޒަކު އަހާލިއެވެ.
” މިއީ އުޅެ ބޮޑުވި ގެއޭ! ..އަހަންނަށް ތަނެއް ހެކް ކޮއްލުމަކީ ފެންފޮދެއް ދިރުވާލުންހާ ފަސޭހަ ކަމެއްކަން ދޮންބެއަށް އިނގެ އެންނު..އަލަކަށް ނޫނޭ މިއައީ މިގެޔަށް … އިހައް ސުވާލު ނުކުރޭ މިތަނުން ގެޔައް ދެވެންދެން އަނގަމަޑުން ލައިގެން ހުންނައްޗޭ ..މިތަނުން ގެޔަށް ދާއިރު އަދި ދޮންބެގެ ސުވާލް މާ ގިނަވާނެ ” ލިފްޓުގެ ތެޜޭގައި ހުރެ އެއްފައްޗަކަށް އޭނާގެ ބަސްތައް އަމުނާލަމުން ނުހަނު ބާރަށް އެ ފްލޯ ތެރެއަށް ވަދެގެން ޔޫމީން ދިޔައެވެ.
އުޅެ ބޮޑުވި ގޭ ނަމަވެސް، މާޒީގައި ހިނގާފައިވި ހާދިސާއަށް ފަހު، އިޒާން އުޅޭ ފްލޯ ނޫން އިތުރު ފްލޯއަކަށް އޭނާ ނުވަދެއެވެ. އެހެންކަމުން އެތަންތަން ބަލާލުމުގެ ސައުގު ހިތުގައި އުފެދިގެން ދިޔައެވެ.
ޔޫމީންގެ ފަހަތުން ޔަޒަކުވެސް ކަޅުކުލައިގެ އެ ބޮޑު އެޕާރޓްމެންޓް ތެރޭގައި ފުރަތަމަ ވަންއިރަށް އެއްފަރާތަކުން ފެންނަނީ އިޒާންގެ “ޖިމް” އެވެ. އެތެރޭގައި ކަސްރަތު ކުރުމަށް ނެތް ވަސީލަތެއް އެވެ.. ޖިމް ހުރި ދިމާނޫން އަނެއްފަރާތުގައި ވަނީ ކަޅުކުލައިގެ ވެލްވެޓް ސޯފާސެޓް ބަހައްޓާލައިފައިއެވެ. ކުރިމަތީގައިވާ ބިއްލޫރި މޭޒުގައި ހައެއްކަ މެގަޒިން އޮތްއިރު އިތުރު ދެތިން ފައިލާއި ސްޓެޕްލް ކޮށްފައިވާ ގަނޑުތަކެއްގެ އިތުރުން ލެޕްޓޮޕެއްވެއެވެ. ސޯފާގެ ބިއްދޮށުން ޓީވީ ފޮށިގަނޑެއްފެނެއެވެ. އެތާގައި ހަރުކުރަން ގެނެސްފަ އިން ޓީވީއަކަށް ވެދާނެއޭ ޔޫމީން ބުނެލިއެވެ. ކުރިމަތީގައި ހަނިމަގުން ދެފަރާތުން ފެނިގެންދަނީ ގެސްޓުރޫމްތަކެވެ. ހަ ރޫމްވެއެވެ. އެ ރޫމްތަކާއި އެކަހެރިކޮން ވަކިން ހުރި ރޫމެއް ވެސް ހުއްޓެވެ. ނަމަވެސް އެއީ ކޮންތަނެއްތޯ ނުބަލާ އެމީހުން ކުރަން އައިކަންތަކަށް މިސްރާބް ބެހެއްޓިއެވެ.
އެހުރިހާތަނެއް ފަސްދީ ޔޫމީން ގޮސްވަނީ ބޮޑު ކޮޓަރިއަކަށެވެ. ވަންނަ ދޮރުގެ އެއްފަރާތުގައިވާ އުނދޯލިފެނި ދެމީހުންނަށް ވެސް ހުއްޓެވުނެވެ. ބާރަ އަހަރަށްފަހު ޔަޒަކުއަށް އެއުނދޯލި ފެނުމުން ޔަޒަކްއަށް ހުރެވުނީ ފާޑަކަށް ނެނގިމަޑުވެފައެވެ. ޔޫމީން އެންމެނާއި ސިއްރުން އެތަނައް އޭނާއައިސް އަބަދު އެފެނިފެނި ވިޔަސް އޭނާއަށް ވެސް ހަނދާންކުރަން ބޭނުންނުވާ މާޒީމަތިން ހަނދާންވަނީއެވެ. އެދުވަސްތައް އޭނާގެ ކުރިމަތީގައި ދެންމެ ވީކަމެއްހެން ސިފަވެގެންދަނީއެވެ. ޔޫމީން ހިޔާލުތަކުން ބޭރުވެ ޔަޒަކުގެއަތުގައި ހިފާލަމުން ކޮޓަރީގެ ކަނެއްގައިވާ ފަނަރަ ވަރަކަށްފޫޓު ބޮޑު އަލަމާރި ހުޅުވާލިއެވެ. އަލަމާރީގެ އެއްފަރާތުން އިތުރު ދޮރެއް ފެނުމުން ޔަޒަކު ސުވާލްގެ ނަޒަރަކުން ޔޫމީން އަށް ބަލާލިއެވެ.
ބަލަބަލާހުއްޓައި ޔޫމީން އެ ދޮރައް އޮބާލުމުން އެކެހިގެން ގޮސް ފާޅުވި ލިފްޓައްއެރިއެވެ. ޔަޒަކު ވެސް ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ޔޫމީންގެ އަތުގައި ހިފާލައިގެން ގޮސް އެރިއެވެ. ލިފްޓް ތިރިޔަށް ދާން ފެށުމުން ބިރުގަން ނަމަވެސް ލިފްޓް ހުއްޓުމުން ފެނިލި މަންޒަރުން ހީވީ ޔަޒަކުގެ ފެނުމުގެ ހިއްސު ކެނޑިގެން ދިޔަ ހެންނެވެ.
****
(ނުނިމޭ)