ހިރާސް 1 (06) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (06)

“ލިވީ.. އައިލް ބީ ބެކް ސޫން..ޖަސްޓް ވެއިޓް ” ޔަޒަކު ގޮވަ ގޮވާއޮއްވައި  އިޒާން ދިޔަގޮތަށް ގޮސް އޭނާ ދިރިއުޅޭ ދިހަވަނަ ފަންގިފިލާއިން ބޭރަށް ފުންމަލިއެވެ.

***

ޔަޒަކު އޭނާގެ ހަލުވިމިނުގައި ގޮސް ރެއިލިންގް މަތިން ބޯ ނެރެގެން ބޭރު ބަލަން ފެށިއެވެ. އިޒާން ޖެހިތާ ލަކުނު ވެސް ނެތެވެ. އިޒާން ދެރަވާނެ ވަރާއި ހިތައް ރުޅިވެރިކަން ވެރިވާނެ ވަރު ކުރިން ވެސް އޭނާއަށް އަންދާޒާކުރެވެއެވެ. ހުދު އޭނާގެ ހާލަތަކީ ވެސް އެއީއެވެ. ނަމަވެސް އެހާ އަވަހަށްދާން އިޒާން ނިންމަފާނެކަމަކަށް ޔަޒަކްގެ ހިތަކަށްނާރަ އެވެ. އަތުކުރީގައި އަޅާލައިފައި އޮތް ގަޑި ބަލާލައިފައި އެ ރަތްކުލައިގެ ތުންފަތުގައި ދަތް އަޅައިލީ އޭނާ ހިންގާ ޓިއުޝަން ކުލާހުގެ ގަޑިޖެހެން ނުހަނު ކާރިވެފައި ވުމުގެ ސަބަބުންނެވެ. އޭނާ އިޒާންގެ ފަހަތުން ވެސް ދާން ބޭނުމެވެ. ނަމަވެސް ހާލަތު އެކަމަކަށް ތަނެއް ނުދެއެވެ. ޔަޒަކު އޭނާގެ ކާރުގައި ކުލާސް ހުންނަ އިމާރަތައް ދާން މިސްރާބު ޖެހިއެވެ.

**

އެތައް ދުވަހަކު ވިއްސާރަ ކުރުމަށްފަހު، އާދުވަހަކަށް ކުރިމަތިހި ހިނދު މަރްހަބާކީ އިރުގެ ރަން ދޯދިތަކުންނެވެ. ނުހަނު ކަނޑު ވެސް މަޑުވެފައި ވައިވެސް މަޑެވެ. އަންގާރަދުވަހެއް ނަމަވެސް ސަރުކާރު ބަންދު  ދުވަހެއްކަމުން މުޅި މާލެ ތެރޭ ނިކަން ހަލަބޮއްޔެވެ.

ނިދާ ހޭލައިގެން ޒޮންބީ ހިނގުމުގައި ކުޑަދޮރުކައިރީގައި ޒީވާ ހުއްޓި ހުރެ މޯޅިއަކަށް ދެމިލިއެވެ. އެއަށްފަހު ކައިރީގައިވާ އަތްދަބަހުން ކުޑަ ލޯގަނޑު ކޮޅެއް ނަނގާފައި ލެންސް ރަނގަޅުތޯ ބަލާލީ އިންނާނީ ރަނގަޅަށްކަން އިނގިހުރެއެވެ. ފަތިސް ނަމާދު ކޮށްލައިގެން އެނދުގައި ޖައްސާލިތާ މާގިނައިރެއް ނުވެ އޭނާ އަށް ނިދުނީއެވެ. އެއްވެސް މީހަކު އޭނާއަށް ނުގޮވީތީ ހައިރާން ވެސް ވިއެވެ. ރޭ އޭނާ ނިދިއިރު އެނދާއިގާތުގައިވާ ސޯފާގައި ޒުހޫރު ނިދާފައި އޮތެވެ. ހޭލިއިރު މީހަކު ނެތުމުން ނިކަން ހަމަޖެހިލުމަށްފަހު ހޮސްޕިޓަލް ގައުން މަތިން ކަޅު ކުލައިގެ ޖެކެޓެއް ލިއެވެ.  މާދަމާ ރޭ ދޫ ކޮށްލާނެ ކަމަށް ޑޮކްޓަރު ބުނުމުން އޭނާ ހުރީ މާދަން ވުން ލަސްވެފައެވެ. ކުޑަ ދޮރުންލާފައި ނުކުމެވޭހެން އިން ކުޑަ ބެލްކޮނީކޮޅަށް އޭނާ ނުކުމެލީ ސާފު ވައިކޮޅެއް ހޯދާލުމުގެ ނިޔަތުގައެވެ. ފަނަރަ ވަނަ ބުރީގެ ރެއިލިންގްގައި ބަނޑުއަޅައިގެން ކުރިމަތީގައި ފެންނަން އޮތް ނޯރތް ހާރބާ ގައި މީހުން ހަރަކާތްތެރި ވަމުންދާ މަންޒަރުތައް ފެންނަމުން ދެއެވެ. ފުރާމީހުންނާއި ލަފާ މީހުންނެވެ. މީހުން ފުރުވަން ގޮސްތިބި މީހުންނެވެ. މަގުމަތީގައި ހަމައެއް ލަމައެއް ނެތި ދުއްވަމުން ދިޔަ އުޅަނދު ފަހަރު ފެނި ޒީވާގެ އަނގައިން ފޫހި އަޑެއް ބޭރުވިއެވެ.

ބެލްކޮނީގައިވާ ލެވެންޑާ ކުލައިގެ ކުޑަ ރެއިލިން ކޮޅުގެ ތިރީގައި ދެ ޕޮޓްވާއިރު މަޑު ދަނބުކުލައިގެ ބެގޯނިއާރ މާތަކުން ބަރާވެފައިވެއެވެ. ބަލާލަން ނުހަނު ހިތްގައިމުގޮތެއް ހުއްޓެވެ.

އެތަނުން މަލެއް އުފުރާލަމުން ވަސްބަލާލި ހިނދު ޒީވާގެ ދެލޯ މަރާލެވުނީ ދުވި ހިތްގައިމު މީރު ވަހަކުންނެވެ. އެކަނި ހުރިނަމަވެސް މޫނުމައްޗަށް ވެރިވި ހިނިތުންވުމުން އެ މޫނަށް އާރޯކަން ގެނުވިއެވެ. ނިދާހޭލި ގޮތަށްހުރުމުން އިސްތަށިތައް ހޭވިފައިވާތީ ނުހަނު ލޯތްބެވެ. އަތުގައި އޮތް މާ ކަންފަތް ކައިރިޔަށް ޖަހާލަމުން ކުޑަކޮން ކަސްރަތުތައް ކޮށްލާނަމޭ ހިތާ ދެއަތްމައްޗަށް ހިއްލާލި ވަގުތު ޒީވާގެ ތުނިތުނި ބަނޑުން ބަޔެއް ހާމަވެގެން ދިޔައެވެ. އެމަންޒަރު ފެނި ބެލްކޮނީގައިވާ ގޮނޑިއެއްގަ ޖައްސާލައިގެން ފެންބޯން އިން ކައިވަން ކޮށިއަރައިގެން ދިޔައެވެ. އެ އަޑަށް ޒީވާ ދިޔައީ ސިހިގެންނެވެ. އިސާހިތަކު އެތާގައި ގުގުމާލީ އޭނާގެ ތޫލި ހަޅެކުގެ އަޑެވެ.

“ސާބަސް މަށޭމި.. މިއޮތް ހުރިހައިރު މިތާގައި ހުރެ ސަކަރާތްގަން އިރު ވެސް ނުފެންނަނީތަ” ކެއްސަމުން ކެއްސަމުން، ކައިވަން އޭނާގެ އިޙްސާސްތައް ކޮންޓްރޯލް ކުރަމުން އަޑަށް ރުޅިވެރިކަން ގެންނަމުން ބުނެލިއެވެ. ޒީވާގެ ކޯތާފަތް ރަތްވެގެން ދިޔުމުން އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ. “މަންމަ އަދި ނާދޭ . އެކަމް މިހާރު އެބާދެ .. ދެންވެސް ރެޑީވެގެން ހުރޭ އެއްޗެއް ނުބުނަނީސް” އެތަނުން ނުކުންނަން ދަމުން ކައިވަންގެ ބަސްތައް އިއްވާލިއެވެ. އެއަށްފަހު ޒީވާގެ ބަހަކަށް މަޑުކުރުމެއް ނެތި ކައިވަން އެތަނުން ނުކުމެގެން ދިޔައެވެ. ކުލްސޫމާ އަދި ނާންނަކަން އިނގުމުން ލިބުނު ހިތްހަމަޖެހުން ނެތިގެންދިޔައީ އޭނަ އަންނަ ހަބަރު ލިބުމުންނެވެ. ނަމަވެސް ކައިވަން އޭނާއާއި މެދު ކުޑަކޮން ނަމަވެސް ވިސްނާހެން ހީވުމުން އޭނާގެ ހިތަށް ބަޔާކުރަން ދަތި ހަމަޖެހުމެއް ލިބިގެން ދިޔަހެން ހީވިއެވެ.

ކައިވަން އާއި ޒީވާގެ ދެމެދުގައި އޮންނަނީ އާދަޔާއި ހިލާފް ގުޅުމެކެވެ. ޒައުލާއި ޒީހާނަށް ބޭބެ ކިޔާފައި ގޮވިނަމަވެސް ކައިވަން އަށް ބޭބެ ކިޔާފައި ގޮވުމަށް ޒީވާ ވަނީ ނުކުޅެދިފައެވެ. އެއީ ކީއްވެކަމެއް ހުދު ޒީވާ އަކަށް ވެސް ނީނގެއެވެ. އެދެމީހުންގެ ދެމެދުގައި އަހަރެއްގެ ތަފާތު ހުންނާތީކަމަށް ވެދާނެއޭ ޒީވާގެ ހިތައް ބައެއްފަހަރު އަރައެވެ. ޒީހާން އާއި ކުލްސޫމާ އޭނާދެކެ ރުޅި އަންނަ ސަބަބާއި ކައިވަން އޭނާއާއި ދުރުން  އުޅޭ ސަބަބު ތަފާތުހެން އޭނާ އަށް ހީވާ ފަހަރު ގިނައެވެ. ޒީހާން އާއި ކުލްސޫމާ ހެން ޒީވާ ދެރަކޮށް ރޮއްވުމުގެ ގަސްދުގައި ކައިވަން ޢޭނާއާއި ދިމާލަށް އެއްޗެކޭ ނުބުނެއެވެ. ނަމަވެސް އޭނާއާއި ކައިވަން އަގައިން ބުނަނީ ހިތައް އެރިއްޔާއެވެ. ޒީވާ ފެންނައިރަށް ރުޅިއައިސްފައި ހުންނަހެން ޒީވާއަށް އަބަދުވެސް ހީވެއެވެ.  މަގުމަތިން ނޫނީ އެހެންތާކުން ވެސް ދެމީހުން އެއްތަން ވެލިޔަސް ކައިވަން ހަދަނީ ޒީވާ ނުފެންނަކަމަށެވެ. އެހެން ކަންތައް ހުރުމުން އޭނާ އަށް ހީވެފައި އޮންނަނީ ކައިވަންވެސް އޭނާ ދެކެ ރުޅިއަންނަކަމަށެވެ.

ފުން ހިޔާލަކަށް ގެއްލިފައި ހުރި ޒީވާ ހަމަހޭވެރިކަން ވެރިވީ އިރުގަނޑެއް ފަހުންނެވެ. އޭނާ ވޮޝްރޫމަށްވަދެ ކުޑަގޮތަކަށް ތައްޔާރުވެލާއިގެން ނުކުމަންއިރު ރޫމްތެރޭގައިވަ ސޯފާގައި ހަމަޖެހިލައިގެން  މެގަޒިން އެއް ހިފައިގެން ކައިވަން އިނެވެ. އޭނާގެ ފޯނު ފާހަނަ ތެރޭގައި ބޭއްވުނު ހަދާން ވެގެން އަލުން އަނބުރައިވަނެވެ. އެ ހިނދު ކޮންމެވެސް މީހަކު ރޫމްގެ ދޮރު ހުޅުވާލައިފައި  އެތެރެއަށް ވަން އަޑުއިވުނެވެ. ވާހަކަ ދައްކަން ފެށިތަނާ އަޑުން އެއީ ކުލްސޫމާ ކަން ޒީވާއަށް އިނގުނެވެ.

” ކީއްކުރަން މިތާގައި ތި އިންނަނީ .. އޭނަ އަމިއްލައަށް ކަންކަން ނުކުރެވޭވަރު މީހެއްނޫނެއްނު އެއީ.. ފޭކް ޖައްސަނީ އެ ..ޒައްލް އާ ބައްޕަ، އޭނަ އާއި ހެދި އުޅޭހެން އަހަރުމެންވެސް އުޅޭނެޔޭ ހިތާ ..ބަލާނެ މީހުން އޮތް ކަމައް ތޯއްޗެ މިތާ ނޯވެވިގެން އެއުޅެނީ..އޮތެއްނު މާ މައުސޫމު މީހަކަށް ވެގެން.. ގޭގަ ކަމެއް ކުރަން ވެދާނެތީ އެއޮންނަނީ ..ހާދަ ފޫއްސެއް ވެޔޭ ” ކުލްސޫމާގެ ވިހަގަދަ ބަސްތަކުން ޒީވާއަށް ހީވީ އެއްފަހަރާ  އެތައްހާސް ތުޑު ތޫނު ތީރުތަކެއް އޭނާގެ މެޔަށް ހަރާލިހެންނެވެ. އިސާހިތަކު އެ ރީތި ދެލޯ ތެމިލިއެވެ. ނުރޯންވެގެން ދުންފަތުގައި ދަތްއަޅައިލިނަމަވެސް އަނގައިން އަޑު ބޭރުވާން ފެށުމުން އިސްކޫރު ބާރަށް ދޫކޮށްލިއެވެ.

ދިހަވަރަކަށް މިނެޓް ފާހާނާގައި ހޭދަ ކުރުމަށްފަހު ނުކުން އިރު ކައިވަން އިނީ ސީދާ ޒީވާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެތާގައި ކުލްސޫމާ ދެއްކި ވާހަކަ ޒީވާއަށް އިވިއްޖެ ކަން އިނގުމުން ކައިވަން އަށް ތުންފަތް ހަފާލެވުނެވެ.  ޒީވާއާއި ދިމާލަށް ކިޔާ ކޮންމެ އެއްޗެއް ވެސް ކުލްސޫމާއަށް ހަމައެކަނި ކިޔަން ކެރޭނީ ކައިވަން ޢާއި ޒީހާން ގާތުގައި ކަން ކައިވަން ދަނެއެވެ. އެވެސް ނަސީބެކޭ އޭނާގެ ހިތައްއެރިއެވެ. ނަމަވެސް ކައިވަން އަށް ވެސް ޒީހާން އަށް ވެސް ގޭގެ އެހެންމީހުންނަށް ފަދައިން ކުލްސޫމާ ޒީވާއަށް ކުރާ އަނިޔާތައް ވަނީ ސިއްރުވެފައިއެވެ.

ދެލޯ އަޅައިލައިގެން އިން ކުލްސޫމާ ފެނި ޒީވާ ގެ ހިތް ތެޅިލިއެވެ. ނަމަވެސް ކައިވަން އިނުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. ކުލްސޫމާގެނެސްފައި ހުރި ތަށިބަރި ފެނުމުން ޒީވާ ނުހަނު ހައިރާން ވިއެވެ. ކުޑަކޮން އުފާވެސް ވިއެވެ. އޭނާއަށްޓަކައި އެހާވަރަށް ކުލްސޫމާ ކާއެއްޗިސް ގެނެސްފާނޭ ކަމަކަށް ހިތަކަށް ނާރައެވެ. އެވަގުތު ފޯނެއް އައުމުން ކައިވަން ބެލްކަންޏައް ނުކުމަތެވެ. ފަހަރަކު ތައްޓެއް މަތި ހިއްލަމުން ދިޔައިރު ހައިރާން ކަމެއް ލިބުނެވެ. ފަސް ތަށީގެ ތަށިބަރީގެ މަތީ ހަތަރު ތަށި ބެލި އިރު އެއީ ހުސް ތަށި ތަކެވެ. ޒީވާއެންމެ ފަހައް އިން ތަށި މަތި ނެގިއިރު ވަނީ ހަދާފައިވަ ކުޅި މަސްކޮޅެއްގެ މަދު ތެޔޮ ފޮދަކާއި ކުޑަ ރޮށިފަޅިއެކެވެ. އެންމެ މަސްކޮޅެއް ވެސް ނެތެވެ.

“ހަހް .. ކަލޭ ހީކުރީ މަ މިއައީ ކަލޭ ބަނޑުފުރާ ވަރަށް ކާން ހިފާގެންކަމައްތަ ..ތި ކައި.. ކަލޭގެ ބަފާ އެބަ ވަޑައިގަންނަވާ. ކައިވަން މިތަނައް އައުމުގެ ކުރިން ތިހުސް ކުރޭ ” ކުލްސޫމާ، އޭނާގެ ވިހަ ބަސްތައް މަޑުމަޑުން ބުނެލި ނަމަވެސް އޭނާ އަށް  ނޭނގުނީ ކައިވަން އަށް އެއަޑު އިވުންކަމެވެ. ހިތުގައި ޖެހިފައި ވީ ނަމަވެސް ޒީވާ ބެލީ އޭނާގެ މަންމަގެ އަތުން ގެނެސްދިން ފުރަތަމަ ހަދިޔާ ގަބޫލް ކޮށް ކެވޭތޯއެވެ. ނުހަނު އުނދަލުން އަރުތެރެއިން އޭތިކޮޅު ދިރުވާލެވުނީ ލޮލުން ކަރުނަ ފައިބާ ހާލުގައެވެ.

***

“ދަރިފުޅާ..ޔޫމީ ..ކޮބާތަ ކޮއްކޮގެ ހަބަރަކީ؟ ..” ބޮޑު ފްރިޖެއް ހުޅުވާލައިގެން އޭގެތެރެއަށް ބޯދީގެން ހުރި އަންހެންކުއްޖާއަށް ނަޒަރެއް ދެމުން ، އަޅައިފައިވާ ގަދަ ނޫކުލައިގެ ވަށްބުރުގާ، ލާފައިވާ ވައިލެޓް ކުލައިގެ ކުރުތާގެ ތެރެއަށް މަޅާލަމުން ޔަމްހާ ބުނެލިއެވެ. އޭރު އުނދުންމަތީގައި އޭނާ ދޭފަތުން ހަލަމުން ކައްކަމުންދިޔަ ތަރުކާރި ބިރިޔާނީގެ ވަސް މުޅިކާގެޔާއި ސިޓިން ރޫމް ތެރޭގައި ވަނީ ހިއްޕާލައިފައެވެ.  “ޔޫމީ ..ޔޫމީ.. ޔޫމީން..ޔޫމީނޫ” ހައެއްކަ ފަހަރު ޔަމްހާއަށް ގޮވުން އިރުވެސް ކުރިމަތީގައި ހުރި ޔޫމީން އަށް އެއްޗެކޭ ކިޔާހެން ވެސް ހީނުވެއެވެ. އެތައް އިރަކު ފްރިޖް ހޭވުމަށްފަހު ވިޕް ކުރީމް ޕެކެޓެއް ނެނގުމަށްފަހު ސްޓޭންޑް މިކްސްޗާރ އަށް އަޅާ ވިޕް ކުރަންފެށިއެވެ. އޭނާ ހުރިގޮތް ފެނުމުން ޔަމްހާ ގާތައް އައީ ހިންޏެވެ.  އޭނާގެ ބޮޑު އެސްތެޓިކް ފެހި ދެލޯ އަޅައިލާގެން ހުރިއިރު އެރަތް ކުލައިގެ ތުންފަތް ދަމައިގެން ހުރިގޮތުން ހީވަނީ ބިމުގައި ޖައްސަން އުޅޭހެންނެވެ.  ބާސްކެޓް ކުޅެން ކަމަށް ބުނެ  ޔޫމީން ފިލައިގެން ޕިކްނިކް ދިޔަ ވާހަކަ އަވައްޓެރިޔަކު ބުނެގެން އޭނާގެ ބައްޕަގެ ލެކްޗަރ އަޑުއަހަންޖެހުމުން ޔޫމީން ހުރީ އަވައްޓެރިޔާ ދެކެ އައި ރުޅި އެންމެނައް ވެސް ބާލައިގެންނެވެ.

ޔޫމީން އޭނާގެ މަސައްކަތް ނިންމާލުމަށް ފަހު އޭގެ ތެރެއަށް ޑެއިރީ މިލްކް ސިލްކްގެ ދެތިން ޗޮކްލެޓް ވައްޓާލުމަށްފަހު ގޮސް ސިޓިންރޫމް ވެލްވެޓް ސޯފާގައި ދެފައިވަށް ކޮށްލައިގެން އިނދެ ކާންފެށިއެވެ. ޔޫމީން އުޅުން ހުރިގޮތުން ޔަމްހާ ބަނޑަށް އިވޭވަރަށް ކުދިކިޔަމުން ދިޔައީ ޔޫމީން އަށް އެއަޑު އިވިއްޖެޔާ އެގެވައްޓާލަން ވެސް ފަހަކަށް ނުޖެހޭނެކަން އިނގޭތީއެވެ. ” ހޫމް މަންމައަށް ވެސް އިނގޭނެ ދެން ހަދާނެ ގޮތް.. މަންމަވެސް ހުންނާނީ ޔޫމީ ނައިޓް ޓައިމްގަ ބައްޕައަށް ސިއްރުން ބާސްކެޓް ކުޅެންދާން ހުއްދަ ހޯދަން އަންނައިރު ހުއްދަ ނުދީ” ޔަމްހާ އޭނާގެ ހަމައެކަނި ހަތިޔާރުގެ ބޭނުން ކުރިއެވެ.

” ނޯ..ނޯ..ނޯ.. އަޅެ ދެން ދެން ..ނޫން” އޭނާ އަށް ވީގޮތުން ޔަމްހާއަށް ހެވުނެވެ.

“އޯކޭ..އޯކޭ.. މިއަދު ކޮއްކޮގެ ހާލެއް ނީވޭ .. ޒައުލް އަށް ގުޅާލަބަލަ އަޅެ .. ޒިއުރިކް މޫވް ވިފަހުން އަދި އެންމެ ފަހަރަކު މިގުޅުނީ.. ޖެނީވާގަ އުޅުނު އިރު މާގިނައިން ގުޅޭ.” ޔަމްހާ ބުނެލުމުން ޔޫމީންއަށް  ވިސްނާލެވުނީ އޭނާ ޔަމްހާއާއި ހިއްސާ ކޮށްލަން ބޭނުން ވެފައިވާ ކަމަކާއިއެވެ.

“ދެންމެ ގުޅިން.. މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފި..އިންޝާﷲ ޝީ ވިލް ބީ ފައިން..”  ހިނިތުން ވެލަމުން ވިސްނާލި ކަންތައް ޔަމްހާގެ ގާތު ބުނަން ފަހައް ޖައްސާލީ ލޯބިވާ ކޮއްކޮގެ މަތިން ހަނދާން ވެގެން ފެންކަޅިވުމުންނެވެ. އެމަންޒަރު ފެނި ޔަމްހާގެ ހިތުގައި ޖެހުން ނަމަވެސް މަޖާ އެއްޗެކޭ ބުނެ ޔޫމީން ހެއްވާލިއެވެ.

****

އާދުވަހަކަށް މަރްހަބާ ކީއިރު ވެސް  ސުވިޒާރލޭންޑަށް ދިޔައީ ނުހަނު ބޯކޮން ސްނޯ ވެހެމުންނެވެ. ފިނިމޫސުމްގެ ދުވަސްތައްކަމުން ފައިބަމުންދިޔަ ގަނޑުފެނުން ހީގަނެގެން ތުރުތުރު ލައެވެ. ތަފާތު ކުލަކުލައިގެ ބޯހެދުންތައް ގަޔަށް މަހާލައިގެން މި ބޯ ފިނީގައި ވެސް މީހުންތައް މަގުތައްމަތީގައި ހޭލަ މޭލަވަމުން ދިޔައެވެ.

އަށް ވަނަ ފަންގިފިލާގެ ބެލްކޮނީގައި ހުއްޓިހުރި އިރު ޔަޒަކުގެ ސިކުނޑި ވަނީ ސުމަކަށް ދާވަރު ވެފައެވެ. ހަފްތާއެއް ވެގެން ދިޔައިރު ވެސް އިޒާންގެ އެއްވެސް ހަބަރެއް އޭނާއަކަށް ނުވިއެވެ. އިޒާންގެ ފޯނައް ގުޅުމަކީ މޮޔަކަމެއްކަން އިނގޭއިރުވެސް ޔަޒަކަށް މިހާރު އެފޯނަށް ހާސް ފަހަރު ގުޅިއްޖެއެވެ. މުޅި ސުވިޓްޒާރލޭންޑްގައި އިޒާން ހޯދަން އޭނާ އަތްފުނަ ނާޅާ ތަނެއް މިހާރަކު ނުވާނެކަން ގައިމެވެ.

ރެއިލިންގައި އަތްއަޅުވާލައިގެން ހުރިހުރެފައި އޭނާ ލަޅޭއްލަވައިގަތެވެ. އެވަގުތު ވީ ޔޫމީން އެކޮޓަރިޔައް ވަން ވަގުތު ކަމަށް ވުމުން ސިހިގެންގޮސް އޭނާއަށް  ވެސް ހަޅޭއްލަވައިގަނެވުނެވެ. “ދެން ދޮންބޭ ..ބިރޭ ގަތީ” ޔޫމީން އޭނާގެ އަތުގައިހުރި ދެ ތަށި ހޮޓްޗޮކްލެޓުން އެއް ތަށި ދެމުން ޔަޒަކަށް ލޯ އަޅައިލިއެވެ.

“ޒާންބެ ގެ ހަބަރެއް ނުވޭ؟” ސުވާލެއް ކޮށްލަމުން އަތުގައިވާ ހޮޓް ޗޮކްލެޓް ތަށިން އެތިފޮދެއް ދަމާލަމުން ޔޫމީން ބުނެލިއިރު އޭނާ ހީކަރުވައި ގަނެގެން ދެއަތް ދެއަތާއި އުނގުޅާލިއެވެ.

” ޔާ..ޔޫމީ އަށް އެނގެއެންނު ޒާންބެ ދެރަވާނެ ވަރު.. އޫމް.. އެބަ އޮތް ގޮތެއް ” ވިސްނާލަން ހުރެފައި އޭނާގެ ހިތުގައި އޮތްއެތި ޔަޒަކު ބުނެލަން އުޅުން ވަގުތު ޔޫމީން ހުއްޓުވިއެވެ.

” ވެއިޓް ..އަހަރެން ވިސްނާފިން އެކޮޅަށް ދާން ..އަހަރެންނަށް އިނގޭ ޒާންބެ އެހާ އަވަހަށް ނުދާނެކަން އުއްމީދު ކަޑާލައިފަ އެއް..ބައްޕަގެ ފަރާތުން ދޮންބެއަށް ލިބިފައިވާ ޕަވާރސް އަހަންނަށް ލިބިފައި ނެތަސް އޭނާ ހުންނާނެތަން މަށައް އިނގޭ .. ލެޓްސް ވެއިޓް  ..ހަމަ އެންމެ ވީކެއް ވަންދެން އަހަރެމެން ތިބެމާ ވެއިޓް ކޮށްގެން.. އޭނާ ނުދާނެ ..މަށައް ހަންޑްރެޑް ޕަސެންޓް ޔަގީން.. އެންޑް ދޮންބެ.. ލައިފްޓައިމްގަ ވެސް ދޮންބެއަށް ދެވޭނެ އެންމެ ބޮޑު ޝޮކް ދެވެން މިއުޅެނީ ..ޑޯންޓް ބީ ޓޫ ރިލޭކްސް” ޔަޒަކު ހޮޓްޗޮކްލެޓް ތަށި ހުސްކޮށްލިތަން ފެނި ޔޫމީން އިންޒާރެއް ފަދައިން ބުނެލި ޖުމްލައިން އޭނާއަށް ސިހުމެއް ލިބިގެން ދިއައެވެ.

***

(ނުނިމޭ)

 

ކިޔުންތެރިންގެ ހިޔާލު