ހިރާސް 1 (05) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (05)

“ޒީވާ…” ހުރިތަނަށް ގަނޑުވެފައި އިން ޒައުލަށާއި ގިސްލާ ރޯން އިން ޒީވާ އަށް ސިހުމެތް ލިބުނީ ރުޅިއައިސް ރަތްވެފައިވި ޒުހޫރުގެ ބާރު އަޑުންނެވެ. ޒުހޫރުގެ ފަހަތުގައި ހުރި ސޫރަ ފެނި ޒީވާ އަށް ލިބުނީ ބޮޑުޝޮކެކެވެ.

****

އޭނާ ބަލިވެގެން ވެސް ނޫނީ އެހެންގޮތަކުން ވެސް  އޭނާ އާއި ގުޅިފައިވާ ކަމަކަށް ޒީހާން އައިސްފާނެ ކަމަކަށް ޒީވާ ހުވަފެނުންވެސް ނުދެކެއެވެ. ޒީވާ އަށް އަނެއްކާ ވެސް ބަލާލެވުނީ ޒުހޫރުގެ މޫނަށެވެ. ހިނދުކޮޅަކަށް ވެސް އެމޫނުން ރުޅިވެރިކަން ފިލާ ނުދެއެވެ.

” ކީ..ކީކޭ ބައްޕާ” ހިންދިރުވާލާފައި މަޑުމަޑުން ޒީވާ އަހާލިއެވެ. އޭސީ ވިއްސައްލާފައިވީ އިރުވެސް އިސާހިތަކު އޭނާގެ މޫނު މަތިން އޮތްދާ ހިލުވާލިއެވެ.

“ދަރިފުޅުމެން އިހައްބޭރަށް ޖެހިލަންވީނު” ޒުހޫރު، ޒައުލާއި ޒީހާން ބޭރަށް ފޮނުވާލިއެވެ.

ޒައުލްގެ މޫނުމަތިން ފެނިގެންދަނީ ހައިރާން ކަމެވެ. ދާދި ދެންމެއާއި ޖެހެންދެން އޭނާގެ ބައްޕަ ހުރީ ނުހަނު ހަމަޖެހިލާފައެވެ. ނަމަވެސް މަދު މިނެޓްކޮޅެއްގެ ތެރޭގައި ބައްޕަގެ މޫޑް ބަދަލްވެއްޖެއެވެ. ކަމެއް ނުވެ މީހަކު އެހާރުޅި ނާންނާނޭކަން އޭނާ އަށް ވެސް އިނގެއެވެ. ޒައުލް ، ޒީވާގެ ފޯނައް މެސެޖްގެ ޒަރީޔާއިން އޭނާ ދާ ވާހަކަ  އެންގުމަށްފަހު ކަޅުކުލައިގެ ވޯލްވޯ ދުއްވާލީ ނީކިޔާ އަށް އެންމެ މީރު ބްލޫބެރީ ޗީޒްކޭކް ގަތުމަށެވެ. އޭރު ޒީހާން އޭނާގެ ކާރުގައި ޒައުލް އާއި އަނގައިން ބުނުމެއްނެތި ހައި ސްޕީޑުގައި ގޮސް އޮބާލައިފިއެވެ. ދެކޮނޑު އަރުވާލުމަށްފަހު ޒައުލް އަޅާނުލީ އެއީ އޭނާ އަށް އާ ކަމަކަށް ނުވާތީއެވެ.

**

ޒުހޫރު ބަލަހައްޓައިގެން އިންގޮތުން ޒީވާ ހާސްވިއެވެ. އަނގައިން ބަހެއް ނުބުނެ އެހެން އޭނާއަކީ ކުށްވެރިޔެއްކަން އިޙްސާސް ވާފަދަ ގޮތަށް ބަލަންއިނުމުން އިނީ ނުހަނު ބިރުގަނެފައެވެ. ” ބައްޕާ .. ކިހިނެތްތޯ ވީ .. ”

ބިރުގަނެފައި އިނުމުން ޒީވާ އަށް ވާހަކަ ދެއްކުނީވެސް ފާޑަކަށެވެ. ” ދަރިފުޅާ .. ބައްޕައަށް ދޮގު ނުހަދާތި.. އިތުބާރު ނުކުރާތީ އެއްނޫން  އެކަމު ވެސް މައިންބަފައިންނަށް އޮތް ހައްގެއް ދަރިން އުޅޭ ނޫޅޭގޮތް ބެލުން ..ދަރިން ކިތަންމެ އިސްކޮޅުން ބޮޑެއްޗަސް މައިންބަފައިންނަށް ދުވަހަކު ވެސް ދަރިން ބޮޑެއްޗެއް ނުވާނެ.. ދެންމެ ރުޅި އިސްކުރެވުނީތީ ވަރަށް ބޮޑަށް ސޮރީ ..ބައްޕައަށް މާ ބާރަށް ގޮވުނީ ދޯ” ޒުހޫރު ހުރީ އެގޮތައް ކަންތައްކުރެވުމުން ނުހަނު ދެރަވެފައެވެ. ޒުޙޫރު ބޭސްނަގަން ހުއްޓައި އެގޭގައި މަސައްކަތު ގެންގުޅޭ ބޭރު މީހާ ރުސްދީ ގުޅާފައި ދިން ހަބަރުން ހޭނުފިލީ ކިރިޔާ އެވެ. އޭނާއަށް އަދިވެސް އެއީ ޒީވާގެ އަމަލަކަށް ވެދާނެބާއޭ ހިތައްއަރައަރާ ހުއްޓެވެ. ރުސްދީގެ އެބަސްތައް ޒުހޫރުގެ ކަންފަތުގައި އަދިވެސް ގުގުމަ ގުގުމަ އެބަހުއްޓެވެ.

****

“ހަލޯ ބޭބޭ.. ޒީވާ ކޮއްކޮ ކޮޓަރި ބޭރުހުންނަ ޑަސްބިނުގައި ހުސް ރާ ފުޅި ބާވަރު ބާވަރު ހުންނަނީ ..ކޮން ވައްތަރު މެޑަމް ހުންނަނީ..”ރުސްދީ ފޯނު ކަޑާލިއިރު ޒުހޫރަށް ހުރެވުނީ ބޮޑު ޝޮކެއްގައެވެ. އެހެންދަރިޔަކު އެހެން އެހެން އުޅުނަސް ލޮލުގެ ކޮއެފަދައިން އޭނާ ގެންގުޅޭ ޒީވާ އެހެން އުޅެފާނެއެކޭ ހިތައް ނާރައެވެ.

****

ޒުޙޫރު ޒީވާ އަށް ދެންމެ ރުސްދީ ގުޅާފަ ދެއްކިވާހަކަ ކިޔާދިނެވެ. ޒީވާގެ ހިތައް ތަދު ވެލީ މީހަކު އަދި  އެހެން ބުނެލި އެއްޗަކުން ބައްޕަގެ ހިތުގައި އޭނާއާއިމެދު އޮތް އިތުބާރަށް ބުރޫއު އެރިހެން ހީވެގެންނެވެ.

“ދަރިފުޅާ ޝައްކު ކުރަނީއެއްނޫން ….އެކަމަކު އެކަހަލަ ކަމެއް ދިމާވުމުން ރުޅިއިސްކުރެވުނީ.. ބައްޕަގެ ހިތެއް ނުބުނޭ ދަރިފުޅު ޑްރަގް ޔޫސްކޮށްފާނެއެކޭ އެއް… ދަރިފުޅާ ތެދު ބުނެބަލަ ޔޫސް ކުރަންތަ.. ޒިވީ ބުނާ އެއްޗަކީ ތެދު ކަން ބައްޕައަށް އިނގޭ.. “ޒީވާގެ ދެއަތަށް ފިތާލަމުން ޒުހޫރު ނުހަނު އުންމީދާއެކު އެއްސެވެ.

“ބައްޕާ އަޅުގަނޑު ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރަން …އިންޝާﷲ ނުވެސް ކުރާނަން ..ޓުރަސްޓް މީ އަ ލިލް..އަޅުގަނޑަކަށް ނޭނގޭ ރޫމް ކައިރި ބޭރަށް ޑަސްޓްބިން ދިޔަގޮތެއް.. …ކުރިޔަކުން ވެސް އެތާގައި ޑަސްޓްބިން އެއް ނުހުރޭ” ފެންކަޅިވެފައިވާ ހާލު ޒީވާ ބުނެލިއިރު އޭނާގެ ހިތުގައި ޝައްކުގެ އޮއިވަރު ހިނގާލިއެވެ. ގޭތެރޭގައި ކޮންމެވެސް ކަންތައްގަނޑެއް ހިނގާކަން އޭނާގެ ހިތް އިންޒާރުގެ ސިގްނަލްތައް ދޭންފެށީ އިސާހިތަކުއެވެ.

ޖެހިގެން އައިދުވަހު ޒީވާގެ ހާލު އިހުނަށް ވުރެން ރަނގަޅެވެ. ނަމަވެސް ހަދަން ޖެހޭ ޓެސްޓް ތަކެއް ހެދުމަށްޓަކައި އިތުރު ދެދުވަހަށް މަޑުކުރަންޖޭ ވާހަކަ ޑޮކްޓަރު ބުނުމުން އޭނާ މަޑުކުރީ އިތުރު ގޮތެއްނެތުމުންނެވެ.

****

ސްވިޓްޒާރލޭންޑް ގެ ޒިއުރިކް ގެ ޖަންގަލިބޯ ސަރަހައްދެއްގައި އެކަހެރިކޮން ހުރި ބޮޑު ގެޔެކެވެ. ވަށައިގެން ވަނީކަނު އަދިރިކަމެވެ. ކުޑަނަމަވެސް އަލިކަމެއް ލިބެނީ އެގޭގެ ބިޔަ ކަޅުކުލައިގެ “އޮޓޯމެޓިކް އަޔަންގޭޓް”ގެ މަތީގައިވާ އޮރެންޖް ކުލައިގެ ލައިޓްއިން އަންނަ އެހާގަދަ ނޫން އަލިކަމުގެ ސަބަބުންނެވެ. ގޭޓްގެ ފުރަގަހުގައިވަނީ ކަޅުކުލައިގެ ބޮޑު ގެޔެކެވެ. ޓަވާރ ބައްޓަމަށްވާ އެގޭގައި ޖުމްލަ ބާރަފަންގިފިލާ ވާއިރު، ގޭގައިވާ ހަމައެކަނި ބެލްކޮނީ ދިހަވަނަ ފަންގިފިލާގެ އެއްކޮޅުން އަނެއްކޮޅައްވެއެވެ. އެނޫނީ އެއްވެސް ދިމާލަކުން ބެލްކޮނީ އެއް ނުވެއެވެ. ބެލްކޮނީގެ ރެއިލިންގް ގައި ފަސްފޫޓަށް ކަޅުކުލައިގެ ދަގަނޑު ޖަހާފައި ވެއެވެ. ގެޔަށް ވަންނަން ކަޅުކުލައިގެ ފޮތިގަލުން ފުޅާ ވޯކްވޭއެއް ވާއިރު ވޯކްވޭގެ ދެފަރާތުގައި ކަޅުކުލައިގެ ފިނިފެންމަލާއި ގަދައަޅިކުލައިގެ ލިލީ ގަސްތަކުގެ ބޮޑުބަގީޗާއެއްވެއެވެ. ގެޔަށްވަންނަ ކަޅުކުލައިގެ ދޮރުގެ ދެފަރާތުގައި ކަޅުކުލައިގެ ދެ ތަނބުވާއިރު ކަޅުކުލައިގެ ދޮރުގެ މަތީކަނުގައި “ބްލެކް ކޮޓެޖް” ޖަހާފައިވާ ނަންބޯޑެއްވެއެވެ. މުޅި އިމާރާތުގެ ބޭރު ކަޅުކުލައިގެ “ގްލާސް ޓިމްބާރ” ބޭނުންކޮށްފައިވުމުން ބޭރުން ބަލާލަން ނުހަނު ހިތްގައިމެވެ. ގޭގެ ވެރިޔާއަކީ ކަޅުކުލައަށް ލޯބިކުރާ ފަރާތެއް ކަންނޭގެއެވެ.

ބާރު ސްޕީޑްގައި ދުއްވާފައި އައި ކަޅު “ފެރާރީ” ގޭޓްގެ ކުރިމައްޗައް ހުއްޓާލުމަށްފަހު އިޒާން ބިއްލޫރިގަނޑު ތިރިޔަށްކަހާލިއެވެ. މަޑުމަޑުން ގޭޓް ހުޅުވިގެން ދިޔުމުން ވޯކްވޭމަތިން ދުއްވާލައިފަގޮސް ގޭގެ އެއްފަޅީގައިވާ ކުޑަ ގަރާޖުގެ ކުރިމަތީގައި ޕާކްކޮށްލިއެވެ. ކާރުގެ ކުރިމަތީގައިވާ ގަރާޖުގައި ސައިކަލެއް ހުރި އިރު އެތާގެ ތެރޭގައި އެކިކަހަލަ ތަކެތި މަރާމާތުކުރަން ގެންގުޅޭ “ޓޫލްސް”ތައް އަޅާފައިވާ ހައެއްކަ ފޮށިގަނޑު ހުއްޓެވެ. ކާރުންފައިބާގެން ގޮސް ޑިކީ ހުޅުވާލުމަށްފަހު އޭނާ ދެންމެ ގަނެގެން ގެނައި ސާމާނުތައް ދެއަތުން ހިފާގެން ދަމުން ކާރު ލޮކްކޮށްލިއެވެ. ބޯކޮން ވެހެމުން ދިޔަ ސްނޯތައް ފިނިފެންމާ އަދި ލިލީ ގަސްތަކުގައި ހަރުލާފައިވުމުން  ބަލާލަން ނުހަނު ރީއްޗެވެ. ލުއިކޮން ޖެހިލާ ވައިރޯޅިތަކާއި އެއްވަރަށް އެގަސްތައްވެސް ނަށަމުންދިޔައެވެ. އަޅާފައިވާ “އެޕަލް ވޮޗް” އިން ގަޑިބަލާލަމުން އަޅާފައިވާ ހުދުލޯކޮޅުލީ ބުލްގަރީ އައިނު ،ގަޔަށް މަހާލައިފާވާ ހުދުކުލައިގެ ހޫޑީ އިންފުހެލީ ސްނޯގެ އަސަރު އައިނައްކުރުމުންނެވެ.

ކޯޑު ޖަހާލައިފައި އޭނާދިރި އުޅޭ ދިހަވަނަ ފަންގިފިލާ އަށްވަނެވެ. އަނގައިން މަޑު ޜާގެއް އަޅުވާލައިގެން ގެޔަށް ވަން އިޒާންއަށް ވަހެއް ދުވާހެން ހީވެގެން ގުދު ވެލާފައި ނޭފަތް ދަމަން ފެށުނެވެ. މުޅިގޭގައި ހިފާލައިފައިވަނީ އެއްޗެއް ދުންގަނެގެން ދުވާވަހެއްވެ. މީގެ ދެގަޑިއިރެއް ކުރިން އޭނާ ފިހާރައަށް ދިޔައީ އަލުވި މަޑުކުރަން އުދާފަ ކަން ހަނދާންވީ ދެނެވެ. އަނގައިން އަޑެއް ލައްވާލުމަށްފަހު އޭނާ ކުސްތަޅާލިއެވެ. “ޝިޓް..ޝިޓް.. ރަނގަޅަށް ޕޮޓޭޓޯ ސޫޕް ކެވިފާނު މިހުރީ”  އެ ސިކުންތެވެ. އޭނާގެ އާދަޔާއި ހިލާފް ހަލުވިމިނުގައި ގޮސްހުރީ ގޭސް  އުނދުން ނިއްވާލުމަށްފަހު އުނދުންމަތީގައިވާ ތެއްޔަށް ބަލާލެވުނީ ދެނެވެ. މަޑު އަޅިކުލައިގެ ތެލިވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. މަޑުމަޑުން ދެންމެ އުނދުމަތީގައި ހުރި އެއްވެސް އުނދަގުލަކާއިނުލާ އިޒާން ދެއަތުން ނެގިއިރު އޭނާއަށް އެއްވެސް ހޫނުގެ އުނދަގުލެއް ނުވިއެވެ. ނެނގުން ކަމެއް ނޭނގެ ކަޅުކުލައިގެ މާބްލްސް ޓައިލްސް މައްޗަށް ވެއްޓުނީ ތެލީގެ ފުލެވެ.  ނުހޭން އުޅުނަސް އިޒާންގެ ގާތައް ހިނިއައެވެ.

އިޒާން އަނެއްކާވެސް މަސައްކަތް ފަށައިގަތީ އެއްޗެއް ކެއްކުމަށްޓަކައި އެވެ. ކޮންމެ ކޮންމެ ދުވަހަކު ބާޒާރައްދާން އުނދަގޫ ކަމަކަށް ވާތީ ހަފްތާއަކު އެއްދުވަހު އޭނާ މުޅި ހަފްތާއަށް ވާވަރަށް ބާޒާރުކޮށްލައެވެ.

ޗިކެން ފްރައިޑް ނޫޑްލްސް ހެދުމަށްޓަކައި ބިސްގަނޑު އެޅުމަށްފަހު ،ފިޔާގަނޑަށް ކޮށާންޖެހޭ ހުރިހާ ތަކެއްޗެއް ކޮށުމަށްފަހު  ފިޔާގަނޑު މީރުކުރަންފެށިއެވެ. އޭރު މުޅިބަދިގޭގައި ނުހަނު ވަސްގަނޑު ރަނގަޅެވެ. އުނދުން ކައިރީގައި ހުރެ ކޮށްލި އެންމެ އިޝާރަތަކުން ސިޓިން ރޫމުގައިވާ ސާޅީސް ދެ އިންޗީގެ ޓީވީއިން ލޯބީގެ މަޑުމައިތިރި ލަވައެއްގެ އަޑު އިވިގެންދިޔައެވެ. ކެއްކި އެއްޗިސް ތައްޓަކަށް އަޅަންހުރި އިޒާން ވައްކަޅިން ފަހަތް ބަލާލިއިރު އޭނާގެ މޫނުމަތިން ފެނިލީ ލާނެތް ހިނިތުންވުމެކެވެ. ކެއުމުގެ ކުރިން އޭނާ ބާޒާރުކޮށްގެން ގެނައިތަކެތީ ބަދިގޭގައިވާ ކަޅުކުލައިގެ ކައުންޓާރ މަތީގައި ހުރިތަން ފެނުމުން ފުރިޖަށް ލާންޖެހޭ ތަކެތި ލުމަށްފަހު  ފްރިޖް ލައްޕާލުމަށްފަހު ކާން އަވަސްވެގަތެވެ. މުޅި ބަދިގޭގައިވާ ހުރިހާ ފަރުނީޗަރެއް ވެސް ވަނީ ކަޅުކުލައިންނެވެ. މަޑުއަޅިކުލައިގެ ހަތަރުމީހުންގެ ޖާގައިގެ ކާމޭޒާއި ހަމައެކުލައިގެ ތެލިތަށި ފަދަ ތަކެތި ފިޔަވައެވެ. ހުރިހާތާކުވެސް ވަނީ އެންމެ އެންމެ އަނގުބޮޑު ތަކެއްޗެވެ.

ގޭގެ ކޮންމެ ހިސާބަކަށް ބެލިކަމު ގައިވީނަމަވެސް ފެނިގެންދަނީ މުއްސަނދިކަމެވެ. އިޒާން ދިރިއުޅެނީ ދިހަވަނަ ފަންގިފިލާގައި ނަމަވެސް އެކިކަންކަމުގައި އެންމެ މަތީ ދެބައި އޭނާ ބޭނުން ކުރެއެވެ. ބާކީ ހުންނަބައިތައް ހުންނަނީ ފަޅަށެވެ. ނަމަވެސް ކޮންމެ ދިމާލަކުން ވެސް ފެންނަނީ ސާފް ތާހިރުކަމެވެ. އެ ބޮޑުގޭގައި ދިރިއުޅެނީ އޭނާ އެކަނިމާއެކަނިއެވެ.

މަސައްކަތް ނިންމާލުމަށްފަހު ސިޓިންރޫމްގެ ހިތްގައިމު ބޮޑު ވެލްވެޓް ސޯފާގެ ކުޑަގޮތަކަށް ލެނގިލުމަށްފަހު ކުރިމަތީގައިވާ ބިއްލޫރި ކުޑަ މޭޒަށް ފައިނެގުމަށްފަހު ހަމަޖެހިލީ ޓީވީ ބަލަމުން އަތުގައިވާ ނޫޑުލްސް ތަށި ކެއުމުގެ ބޭނުމުގައެވެ.  އިޒާން ކައި ނިމިނިމި ހުއްޓައި ކޮންމެ ވެސް މީހަކު އޭނާގެ ކޮނޑުގައި ނުހަނު ބާރަށް ވިކާލިއިއެވެ. ނަމަވެސް އޭނާއަށް ތަދުގެ އިހްސާސް އެއް ނުވިތާގައި ކުއްލިޔަކަށް މީހަކު އައުމުން ލިބެންވާ ސިހުމުގެ ހިލަމެއް މޫނުމައްޗަކުން ނުފެނެއެވެ. “މަށައް އިނގޭ މިއޮތް ހުރިހާއިރު މިތާގައި ހުރިކަން…ބްރޯ.” ކުރިމަތީގައި ހުރި ނޫޑުލްސް ތަށިތެރެއަށް އޫ ހަރާގެން އޭގައިވާ އެންމެ ފަހު ސުވާ ނެނގުމަށް ތައްޔާރުވުމަށްފަހު ފަހަތުގައި ހުރި މީހާއަށް، އިޒާންގެ ހަވަނަ ހިއްސު ބަރާބަރަށް މަސައްކަތް ކުރާކަން  އަންގާލިއެވެ. އިޒާން ނެގި ސުވާ އަނގަޔަށް ލައިލައި ހުއްޓާއި ފެނުނީ އެމީހަކު އޭނާގެ ކުރިމަތީގައިވާ ސޯފާގައި ވައިރޯޅިއެއްހާ ހަލުވި ކޮން ހަމަޖެހިލި ތަނެވެ.

“ޔަޒަކް.. މައި ބްރަދަރ” އިޒާން ހިނިތުންވެލާފައި ކުރިމަތީގައި އިން ޒުވާނާއާއި ވާހަކަދެއްކި ނަމަވެސް އެޒުވާނާގެ މޫނުމަތިން ފެންނަނީ ހާސް ކަމެވެ. ސިކުންތު ކޮޅެއްފަހުން އޭނާގެ މޫނުމަތީގައިވާ ސީރިއަސް ކަން އިޒާން އަށް ދެނެގަނެވުނެވެ. ” ވަޓްސް ރޯންގު؟” އޭސީ ސޯޅައިގައި ހުރި އިރު ޔަޒަކުގެ ދޮންމޫނުމަތީގައި ބަބުޅަމުންދިޔަ ދާތިކި ތަކުން ކަމުގެ ސީރިޔަސްކަން އިޒާން އަށް އަންދާޒާ ކޮށްލެވުނެވެ.

“މޫވް ވި ފަހުން އަދި ނާދެވިގެން މިއުޅެނީ.. ހަމަޔަކަށް އެޅިލުމުން މިގެޔަށް އަންނަން މިހުރީ މާދަން ..އެކަމު..” ޔަޒަކު ދައްކަމުން ދިޔަ ވާހަކަ ހުއްޓުވީ އިޒާނެވެ.

” ޔަޒަކު ..ދުރުދުރުން ނޫޅޭ ސީދާ މައުލޫއު އަށް ދޭބަލަ..ބޮޑުބެ އާއި ޔޫމީއަށް ކަމެއް ވީތަ؟ ނޫނީ ޔަޒަކު އަށް ކަމެއް ދިމާވީތަ؟.. ހެލްޕެއް ބޭނުންވީތަ؟” ޔަޒަކު އިށީންދެ އިން ސޯފާގެ އަތްގަނޑުގައި އަތްއަޅުވާލަމުން އިޒާން އަހާލިއެވެ. “އަލާނިޔަލް ….އޮން ދި ވޭއި” ކޮންމެ ބަހެއް ދޭތެރޭގައި ދުރުމިން ބަހައްޓަމުން ޔަޒަކު ބުނެލި އިރު އެ މޫނުމަތިން އިހު ހުރި ހާސްކަން ފެންނަމުން ދިޔައެވެ. “ކޮންތާކަށް..” އިޒާން އަށް ތެޅިގަނެވުނެވެ. “ލި..ލި.ލިވީ ” ޔަޒަކު ބުނެލި ޖުމްލައިން އެތަން އިރަކު ގަނޑުވެފައިއިން އިޒާން އިނެވެ. އިސާހިތަކު އޭނާގެ މޫނަށް ރުޅިވެރިކަން ވަނެވެ. ކުއްލިޔަކަށް ހީވީ އެތަނަށް ބިންހެލުމެއް އައި ހެންނެވެ.

ދެން އިވިގެންދިޔައީ ޔަޒަކު ހިތައް ވެސް އިންތިހާ އަށް ބިރުވެރިކަންވަން އިޒާންގެ  ރުޅި އެކުލެވިގެންދިޔަ ބާރު ހަޅޭކުގެ އަޑެވެ. ތުރުތުރު އަޅަމުންދިޔައި އިރު އެ މޫނުމަތީގައިވި ތަސައްވުރުކުރަން ދަތި ވޭން ޔަޒަކުގެ ހިތައް ނުހަނު އަސަރުކުރުވިއެވެ.

“ލިވީ.. އައިލް ބީ ބެކް ސޫން..ޖަސްޓް ވެއިޓް ” ޔަޒަކު ގޮވަ ގޮވާއޮއްވައި ދިޔަގޮތަށް ގޮސް އޭނާ ދިރިއުޅޭ ދިހަވަނަ ފަންގިފިލާއިން ބޭރަށް ފުންމަލިއެވެ.

****

(ނުނިމޭ)

 

ކިޔުންތެރިންގެ ހިޔާލު