ހިރާސް 1 (25) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (25)

“ހައު ޑެއާ ޔޫ.. މަށާ ސިއްރުން …. ލެޓްސް ސީ ވަޓް ވިލް ހެޕެން ނެކްސްޓް ..ހަހާހާ” އަލާނިޔަލްގެ ފަހަތުން ފާރަލަމުން އައި ކެރާ ހުރީ ޖެހިގެން ހުރި އިމާރާތުގެ ކޮޅަށް އަރައެވެ. އޭރު އޭނާގެ އަތް މުށްކެވިފައި ވީ އިރު ރުޅިން ދިޔައީ ތުރުތުރު އަޅަމުންނެވެ.
***
“ހުޅުވާފަ ތިހުރީ ވަދޭ..” ޔަޒަކްގެ ކޮޓަރީގެ ދޮރުގައި ތަޅަމުން ދިޔަ އިޒާންއަށް އިވޭނެހެން އެތެރޭގައި ހުރެފައި ޔަޒަކް ގޮވައިލިއެވެ. ނަމަވެސް އިޒާން ހަމަ ތަޅަމުން ދިޔައީ އެވެ.. “އަޖާބެއްނު.. ތިހުރީ ހުޅުވާފައޭ.. ހަމަ އެނގޭނެ ކަލޭއަށް..” ހުޅުވާފަ ކަން އިނގިހުރެ އިޒާން މާވަރަކަށް ތަޅަންފެށުމުން ޔަޒަކް ރުންކުރުވާގޮތް ވިއެވެ.
“ކިހާ ބޮޑުކަމެއް ކަލޯ..” ޔަޒަކް ދޮރުހުޅުވާލި އިރު ހަމަ އެކަނި ކަޅު ޖިންސެއްގައި ހުސްގަޔާ އެއްއަތް ފުރަގަހަށް ލައިގެންހުރި އިޒާން ފެނުމުން ހައިރާން ވިއެވެ.
“ކިހިނެތް ވެފަ ތިހުރީ.. ލާނެ އެއްޗެއް ނެތީ ” ޔަޒަކް އަށް ބުނެލެވުނެވެ. ވަގުތުން ހުރިހާ ދަތެއް ފެންނަވަރަށް ހީލަމުން ފުރަގަހަށް ލާގެން ހުރި އަތް ދައްކާލިއެވެ. ބަލާލި އިރު ގަމީހެކެވެ. “މޮޔަ ވީ ތަ..ފާޑަކަށް ހިނިއައިސްފަ ތިހުރީ” އިޒާން ހުރިހާ ދަތެއް ފެންނަހެން ހީލައިގެން ހުރިގޮތުން ޔަޒަކް ބިރުވެސް ގަތެވެ.
” މި ގަމީސް އިސްތިރި ކޮށްދެގަ” އިޒާން އެ ގަމީސް ޔަޒަކްގެ ކޮނޑުގައި އަޅުވާލަމުން ޔަޒަކް އެއްޗެއް ބުނަން ވާއިރަށް ވައިރޯޅިއެއްހާ ހަލުވިކޮން ގޮސްފިއެވެ. ” އޭނނ.. އޭއީ!” ޔަޒަކް ހަޅޭއްލަވައިގަތެވެ. އެ އަޑު އިވި ޔަޒަކްގެ ކޮޓަރީގެ ފާރާއި ނިވާވެގެން ހުރި އިޒާންގެ ގާތައް ހިނި އައެވެ. ޔަޒަކްއަށް ފެނުމުގެ ކުރިން އަވަސް އަވަހަށް ގޮސް އޭނާގެ އެޕާޓްމަންޓަށް ވަނެވެ.
**
މެންދުރު ސުކޫލުން އައިސް ނިދިގޮތައް ލިވިޔާއަށް ހޭލެވުނީ މަގްރިބް ނަމާދު ވަގުތު ކާރިވުމުން ލަވާލް ގޮވުމުންނެވެ. އެހާ ގިނައިރު ނިދުމުން އޭނާ ހުރީ މޫޑް އޮފްވެފައެވެ. އެކަކުވެސް އެޔަށް ވުރެން އަވަހަށް ނުގޮވީތީ އިތުރަށް ހިތްހަމަ ނުޖެހުނެވެ. އަނެއްކޮޅުން މާދަން ސުކޫލަށް ދާން ވާއިރަށް އަދި އެއްވެސް ފިލާވަޅެއްވެސް ނުނިއްމެއެވެ. އެހެން ކަމުން ލިވިޔާ އަވަސްވެގަތީ ނަމާދުކޮށްލައިގެން ފިލާވަޅުތައް ނިންމުމަށެވެ.
ނަމާދުން އަވަދިވެގެން ލިވިޔާ ފިލާވަޅުތައް ހަދަން މޭޒު ދޮށައް ދިޔައިރު އޭނާ ގެންގުޅޭ ކުޑަ ބިއްރޫރި ބޯޅައެއްގެ ދަށައް ލާ ފައްޖަހާފައި އޮތް ކަރުދާސްކޮޅެއް ލޮލުގައި އަޅާއިގަތެވެ. ހައިރާންވެ ހުރެ ގަނޑުކޮޅު ނަނގާ ނިއުޅުވާލިއެވެ.
“މީޓް މީ އިން މައި ރޫމް އެޓް ފައިވް ޕީ އެމް .. އިޒާން” ކިޔާ ނިންމާލި އިރު ލިވިޔާގެ މޭ ވަނީ ފިނިވެފައެވެ . “އޯ މައި..” އަތުގައި އަޅާފައިވާ އަޅިކުލައިގެ ގަޑިޔަށް ބަލައިލިއިރު ހަގަޑި ބައިވަނީ އެވެ. އަވަސް އަވަހަށް ފިލާވަޅުތައް ނިންމާލި އެވެ. ހެދުނީ ރަނގަޅަށް ތޯ ވެސް ބަލައިނުލާ ލިވިޔާ ގޮސްވަނީ ޔޫމީންގެ ކޮޓަރިޔަށެވެ. އޭނާ ނަމާދުކުރަން ހުރުމުން ލިވިޔާ ގަސްދުކުރީ ނިމެންދެން މަޑުކުރާށެވެ. ނަމަވެސް އެއްތާކު ފޫ ޖައްސާލައިގެން ލިވިޔާއަށް އިނދެވޭވަރެއް ނުވިއެވެ. އަނގަޔަށް އިނގިލި ލައިގެން މުޅި ކޮޓަރި ތެރޭގައި ހިނގަންފެށީ މި ވީގޮތުން ދެން އިޒާންގެ ކުރިމައްޗައް އަރަން އަދި އަމްދުން ނުކެރޭނެއޭ ހިތައް އަރައެވެ. އިޒާން ބައްދަލް ކުރަން އެދުމުން ފުރަގަސްދިނީއޭ އޭނާ ހިތައް އަރާފާނެއޭ ހިތައް އަރަނީއެވެ. ލިވިޔާ ހާދަ ފޮންޏޭ ހިތައް އަރާނެއެވެ. ގަސްތުގާ ނައީ އޭ ވެސް ހިތައް އަރާނެއެވެ. ގަސްތުގައި ނައިސް ދެން އައީ ކީއްކުރަންބާއޭ ބުނާނެއެވެ. ތަފާތު އެއްޗިސް ހިތައް އަރަންފެށުމުން އެންމެފަހުން ގޮސް ޔޫމީންގެ އެނދަށް ޖެހިގަތެވެ.
“އޭއި ކިހިނެތް ވެގެން ތިއުޅެނީ” ނަމާދުން އަވަދިވެ މުސައްލަ އޮޅާލުމަށްފަހު އަލާމާރިއަށް ކޮއްޕާލަމުން ޔޫމީން އަހައިލިއެވެ. އެއަޑަށް އެނދަށް ވެއްޓިގަނެގެން އޮތް ލިވިޔާ ތެދުވަތެވެ. “ކިހިނެތް ނުވަނީ” އެނދުމަތީގައި ދެފައިވައްކޮށްލަމުން އިށީން ލިވިޔާ ބާލީހެއް ނަގާ މޫނު ފޮރުވާލިއެވެ. އެއަށްފަހު ކުރީ ރޭ އޭނާއާއި އިޒާން އާއި ދެމެދު ވީ ކަންތައް ތަފްސީލްކޮށް ކިޔައިދިނެވެ.

“އޭނނނ…. ޔު ޔުޔޫ ޔޫޓޫ ކިސްޑް” ޔޫމީންގެ އަނގަ ހުޅުވުނުގޮތައް އިނީ ލައްޕަން ވެސް ނީނގިފައެވެ.
“އާނނ.. މަ މިހާރު އޭނާއަށް ފިލާގެން އުޅޭތާ ވެސް ވެއްޖެ ތިން ހަފްތާ… އަނެއްކާ މިއަދު މެންދުރު ސުކޫލުން އައި ގޮތައް މަށައް ނިދުނީ.. ހޭލެވުނީ މަންމަ ގޮވަނިކޮން ..މަގްރިބް ނަމާދު ބަންގިގޮވަން ތައްޔާރު ވެފަ އޭރު.. ދެން..” އެ ކަރުދާސްކޮޅުގެ ވާހަކަ ކިޔާދިނުމުން ޔޫމީން ފެށީ ހޭށޭވެ.
“ދެން ނުހީބަ.. އަހަރެން ކިހިނެތް ހަދާނީ ” ލިވިޔާ އެނދުން ތެދުވެގެންގޮސް ޓީޥީ ހުޅުވާލުމަށްފަހު އިށީނީ ސޯފާގައެވެ.
‘ހޫމް ދެން ހެވޭނެ އެންނު އަބަދުވެސް ތިހާ ގަޓް ވެގެން އުޅޭ މީހަކު މިއަދު ކުއްލިޔަކަށް ލަދުގަނެފަ ހުންނަންޏާ .. ކޮން އިރަކުތަ ތިހާ ލަދުގަންނަން ފެށީ..އަނެއްކާ އިޒާންބެ ލިވީ ގެންގޮސް ލަދުގަންނަން ދަސްކޮށްދިނީތަ” ޔޫމީން ވެސް އައިސް އިށީންދެލީ ލިވިޔާ އާއި ޖެހިގެން އިންސޯފާގައެވެ. ލިވިޔާ ދެނޭ ކިޔާ ކުސްތަޅާލިއެވެ. އަތުގައި އޮތް ކުށާން ނަގާ ޔޫމީންގެ މޫނާއި ދިމާލަށް އެއްލި އިރު ޔޫމީން ހޭ އަޑު އިވެއެވެ. “ހޫމް ބުނެބަލަ… ޑޫ ޔޫ ލަވް ހިމް..” ޔޫމީން އަހައިލިއެވެ. ޔޫމީން އެހްނ ބުނުމުން ލިވިރާ އިރުކޮޅަކު ވިސްނާލިއެވެ.
“ޔެސް .. އައި ތިންކް އައި ލަވް ހިމް.. ބަޓް އޭޖް ގެޕް އާ ހުރެ އޭނާ ހިޔެއް ނުވޭ އަހަރެން ދެކެ ލޯބިވެދާނެހެނެއް.. އިންގްލިޝް މޫވީސް ގަ ވެސް ކަމެއް ނެތި ވެސް ކިސް ކުރެއެންނު.. އެދުވަހު ކިސްކުރީ އެގޮތައް ކަމަށް ވާނީ” ވާހަކަ ދައްކަމުން އަޑަށް މޮޅިވެރިކަން ވެރިވި ލިވިޔާ އަށް އިސްޖެހުނެވެ.
“ކަމޯން ..ތިހާ ނެގެޓިވް ކޮން ނުވިސްނާ.. އޭނަ ލައިކް ނުވެ ހިޔެއް ނުވެ އެގޮތައް ލިވީ އާއި ކައިރި ވެދާނެ ހެނެއް…އެއީ އެކަހަލަ މީހެއްނޫން.. އަހަރެންނަށް އިނގޭ އިޒާންބެ ގޮތް..ބަލާބަ… ލިވީ އާއި ދުރުން އުޅެފަ އަހަންނާ ކިހާ ކުލޯޒް.. އަހަރެން ކޮނޑަށް އަތް ލާގެން އަހަރެންގެ ކޮލުގައި ހިފާލައިގެން ހުރެ ވާހަކަ ދައްކާނީ ..އަހަންނަށް ކިޔާދޭނީ ވެސް ޒާން ބެ … ދުވަހަކު ވެސް މަށެކޭ ނުކިޔާނެ އަހަރެން ކައިރިޔަކު …ހަމަ ޒާން ބެ ކިޔާދޭނީ.. ކަމެއް ވީމަނު.. އަހަންނާ ދޭތެރޭގަ ޔަގީން ޒާންބެ ދެކެނީ ކޮއްކޮއެއްހެން ..ބަޓް ދުވަހަކު ވެސް އިޒާންބެ ވާހަކަ ދެއްކިތަ ލިވީއާއި އެހާ ކުލޯޒްކޮން.. އެގޮތައް ކޮލުގަ ހިފާލާފަ ޒާންބެ ކިޔާފަ ވާހަކަ ދެއްކިތަ.. ދެޓް މީންސް ޒާންބެ ނުދެކޭ ލިވީ ތީ ކޮއްކޮ އެއްހެނެއް.. ޒާންބެ ދެކެނީ އެހެންކަހަލަ ގޮތަކަށް ލިވީ އާއި ދޭތެރޭ.. ކަމޯން ގާލް .. ހީ ލަވްސް ޔޫ.. ނޮޓް ލައިކް އަ ސިސްޓާ ބަޓް އޭޒް އަ ގާލް .. އޭނާ ވަގުވަގަށް ލިވީއަށް ބަލަން ހުންނަތަން ވެސް ފެނޭ އަހަރުމެންނަށް ލިވީ އަށް ނުފެނުނަސް…… ދޮންބެމެން އަޅުވާ ވެސް ކިޔާނެ… އޭނާ ހުންނާނެ ހީލަ ހީލަ … އެކަމަކު އެންމެ ދުވަހަކު ޒައުލްބެ ޒާންބެގެ ކުލާސް ކޮންމެ ވެސް އަންހެންކުއްޖަކާ އަޅުވާ ކީ .. އެދުވަހު ރުޅި އައިސްގެން ކިރިޔާ ނުޖެހީ ޒައުލްބެ ގާއިގަ..އެހެންވެ މިބުނީ ހީ ލަވްސް ޔޫ އޭ”
ޔޫމީން ،ލިވިޔާގެ އަތައް ފިތާލަމުން ބުނެލިއެވެ. އޭރު ލިވިޔާ ލޯބިގޮތަކަށް ހެވިލާފައި އިނެވެ. ލިވިޔާ ހީލައިގެން އިންގޮތުން ޔޫމީން ގާތައް ހިނިވެސް އައެވެ.

****
“އޭއި ބިޒީތަ ދެމީހުން.. ކޮންމެ ވެސް އެކަކު މި އިސްތިރި ކޮށްދީބަލަ..” ޔަޒަކް ފުސްމޫނު ހަދާލައިގެން ގަމީސްހިފައިގެން ވަނީ ޔޫމީން ކޮޓަރިޔަށެވެ. އޭރު ޔޫމީން އާއި ލިވިޔާ އާއި ތިބީ ޓީވީ އަޅުވައިލާގެންނެވެ.
“ދޮންބެ ދެންމެ އެންނު ފެންވެރީ.. އަނެއްކާ ފެންވަރަން ވީ ؟” ލިވިޔާ އަހާލިއެވެ.
“ނޫނޭ .. މި މަށެއް ނޫން.. އިޒާން ..” އަޑަށް ބާރު ލާފައި ޔަޒަކް ބުނެލިގޮތުން އެދެމީހުންނަށް ހެވުނެވެ. “އެވަރު ކަމަކާތަ ތިހުރީ ރުޅި އައިސްފަ.. ގެނޭ ތިކޮށްލާނަން ” ޔޫމީން ހޭންފަށަމުން އެ ގަމީސް އަތުލާފައި އިސްތިރިކުރަންފެށިއެވެ. “ހޫމް މިނިމުނީ ” ޔޫމީން ގަމީސް ދިއްކޮށްލުމުން ޔަޒަކްއަށް ބަލައިލެވުނީ ލިވިޔާ އަށެވެ. އޭރު މީގެ އިރުކޮޅެއް ކުރިން ރުޅި އައިސްފައި ހުރި ޔަޒަކްގެ މޫނަށް ލާނެތްކަމުގެ ކުލަވަރު ވެރިވެއްޖެއެވެ.

“އަ..އާހް..އައުޗް .. ދޮންބެ ބަނޑަށް ތަދެއް އަރާފި ކުއްލިޔަކަށް..” ބަނޑުގައި އަތްލައިގެން ހުރެ ވައްކަޅިން ޔޫމީން އަށް ބަލައިލަމުން ލިވިޔާއަށް ނުފެންނާނެހެން ޔޫމީންއަށް އެއްލޯ މަރައިލިއެވެ. ޔޫމީންއަށް މަޑުމަޑުން އޯހް އޭ ބުނެވުނެވެ. “އަހަރެން އަންނާނަން ޓޮއިލެޓްއަށް ގޮސްފަ ” ޔޫމީން ފާހާނާ އާއި ދިމާލަށް މިސްރާބް ޖެހިއިރު އޭނާ ހުރީ ހެވިފައެވެ. އޭރު ޔަޒަކް ގޮސް އެނދުގައި އޮއްތާލައިފިއެވެ.
” ދެން ރީތިކޮން ބުނެބަލަ އަހަރެން ކާރީގަ މި ގެންގޮސްދޭށޭ..” ލިވިޔާ ހަށަން ބަދެލިއިރު ހުރީ ދެލޯ ވެސް އަޅައިލާގެންނެވެ. ޔަޒަކްއަށް ހެވިދާނެތީ އެނދުގައި ބަންޑުން އޮށޯވެލިއެވެ.
ދެފަރާތައް ބޯހޫރުވާލައިފަ ލިވިޔާ ގޮސް އެރީ އިޒާންގެ އެޕާޓްމަންޓަށޭވެ. އެތެރެއަށް ވަނުމަށް ބެލްއަޅަން އަތްހިއްލާލިތަނާ ފޯނަށް މެސެޖެއް އައި އަޑު އިވިގެން ޖީބުގައި އޮތް ބައްތި ފޯނު ނަގާ ބަލައިލި އިރު ޔަޒަކްގެ މެސެޖެވެ. ދޮރު ހުންނާނީ ހުޅުވާފަ ކަމަށް ބުނެ ބެލް ނާޅާ ވަނުމަށް ބުނެފައެވެ. “އަދި މެސެޖް ކޮށްފިއެންނު.. އަދި އަހަރެންތަ އަންނަން ޖެހެނީ… އަދި ކުރީ ދުވަހުގެ ފަހުން ދިމާ ވެސް ނުވެ އިޒާން އަކާ… އަނެއްކާ އެ ގަނޑުކޮޅު ވެސް.. ދެން ވާނެ ގޮތެއް ވެސް ނޭނގެ .. އަމް ސޯ ނާވަސް.. ހާހް” ލިވިޔާއަށް އަނގަ ހަދައިލެވުނެވެ.
ގޭގެ ދޮރު މަޑު މަޑުން ހުޅުވާލުމަށްފަހު އެތެރެއަށް ވަން އިރު ސިޓިންރޫމުގައި އައްޒާމް ހަބަރު ބަލަން އިނެވެ. “އަހަ ލިވީ .. ވަދޭ ވަދޭ..” ލިވިޔާ ފެނުމުން އައްޒާމް ހީލިއެވެ. ބަދަލްގައި ލިވިޔާ ވެސް ހީލިއެވެ. “ކޮބާ އިޒާން .. މި ގަމީސް ދޭން..” ލަދުގަނެފައި ހުރެ އޭނާ އަހައިލިއެވެ. އޭރު ލިވިޔާގެ މުޅި މޫނު ޖައްބެއްހާ ވަނީ ރަތްވެފައެވެ. ލިވިޔާ ހުރި ގޮތުން އައްޒާމް ގާތައް ހިނި އައި ނަމަވެސް ހިނިގަނޑު ކޮންޓްރޯލްކުރިއެވެ. “ދޭބަލަ މައްޗަށް .. ހީވަނީ ކޮޓަރީގަ ހެން..” ލިވިޔާ ބޯޖަހާލައިފާ ދިޔަ ދިމާލަށް ބަލަން އިން އައްޒާމް ބާރަށް ހޭންފެށުނެވެ. އެވަގުތު އެތެރެއަށް ވަން ޔާސިރް ގާތައް ވެސް ހިނިއައީ އައްޒާމް އެކަނި އިނދެ ހޭތީއެވެ. “އޭ ބަލަ މިއަދު އިރު އެރީ ކޮންކޮޅަކުން.. އެކަނި އިނދެ ތިޔަ ހެނީ މާވަރަކަށް..” ޔާސިރްވެސް އަހައިލީ ހިނިއައިސްފަ އިނދެއެވެ. “އަހަންނަށް ހީވަނީ އަހަރުމެންގެ ދަރިން އެކަކު އަނެކަކަށް ހިތްކީ ހެން.. ލިވީ އާއި ޒާން” އައްޒާމް ހީހީފައި ދެންމެ ވީ ގޮތް ކިޔަދިނެވެ. ލިވިޔާ ލަދުގަނެފައި ހުރި ވަރު ވެސްމެއެވެ. ދެން އިވުނީ އެދެމީހުން އެކުއެކީ ހޭންފެށިއަޑެވެ.
***
އިޒާންގެ ކޮޓަރި ދޮރާއި ހަމަޔަށް އެރިއިރު ލިވިޔާގެ މޭ ނެގިނެގިފައި ޖެހެއެވެ. މަޑުމަޑުން ހިތާ ދިމާ މޭގައި އަތްލަމުން ދޮރުގައި ޓަކި ދިންކަމެއް ނޭނގި ވަންނަން ބުންޏެވެ. ލިވިޔާ ވަން އިރު އިޒާން ފެންނާކަށް ނެތެވެ. “ތި ހިފައިގެން އާދޭ.. ” އިޒާން ގޮވާލިއެވެ. ވަށައިގެން ހޯދާލިއިރުވެސް އިޒާންގެ ހިލަމެއް ލިވިޔާއަކަށް ނުވިއެވެ. ” އަޅެ ހުރިތަނެއް އިނގުނީމަނު” އެންމެ ފަހުން ލިވިޔާއަށް ބުނެވުނެވެ. “އިޒާން ބޯދިއްކޮށްލީ ބެލްކޮނިންނެވެ.
“އާދޭ” އިޒާން އަނެއްކާ ވެސް ގޮވާލިއެވެ. ލިވިޔާ މަޑުމަޑުން ގޮސް ބެލްކޮންޏަށް ނުކުންއިރު އިޒާން ހުރީ ރެއިންގެ ދަގަނޑުގައި ބުރަކަށި ޖައްސާލައިގެން ސީދާ ލިވިޔާގެ މޫނަށް ބަލަހައްޓާގެންނެވެ.
ބެލްކޮނީގައި ދިއްލާފައިވާ ހަމަ އެކަނި ބޮކީގެ އޮރެންޖް އަލީގައި ލިވިޔާ ފެންނަލެއް ލޯބިކަމުންން އިޒާން ހިއްސުތަކަށް އެނގުން ވެލިއެވެ. ކަޅު ސްކިނީ އަކާއި ކަލުކުލައިގެ ޓީޝާޓްގައި ހުރި ލިވިޔާގެ އިސްތަށިގަނޑު ވަނީ އެއްފަރާތަކަށް ގެނެސްފައެވެ. އެއްވެސް މޭކަޕެއް ނެތި ވެސް އެ މޫނުގެ ޖާލުކަން އިންތިހާއެވެ. އެ ރަތް ތުންފަތުގެ ފޮނި މީރުކަން ހާސިލްކުރަން އިޒާންގެ ހިތް އެދެންފެށިއެވެ.
“ކީއްވެ މަށާ ފިލައިގެން އުޅެނީ” އިޒާންގެ ފިރިހެންވަންތަ އަޑު ލިވިޔާގެ ކަންފަތް ދޮށުގައި ގުގުމާލުމުން ލިވިޔާ ދިޔައި ސިއްސައިގެންނެވެ. މުޅިގައިން ހީބިހި ހަލުވާލިއެވެ. “ނު..ނު..ނުފިލަން “ލިވިޔާގެ މުޅިކޯތާފަތައް ވަނީ ޖަންބުކުލަ ފާއްދާލާފައެވެ. “ސޮރީ ފީލްވެފަތަ ތިހުންނަނީ މިއަދު މަ ކައިރިޔަށް ނާދެވުނީމަ..” ލާނެތް ކަމާއެކު އިޒާން ލިވިޔާގެ ކަންފަތް ދޮށުގައި ބުނެލުމަށްފަހު އެ ދޮން ކޯތާފަތައް ބޮސްދިނެވެ. ލިވިޔާގެ ދެލޯ ބޮޑުކޮށްލެވުނެވެ. ބޯޖަހައިލުމަށްފަހު އަވަސް އަވަހަށް ދުރަށް ޖެހިލުމަށްފަހު އަތުގައި އޮތް ގަމީސް ދިއްކޮށްލިއެވެ. ލިވިޔާ ލަދުގަންނަވަރު ފެނުމުން އިޒާންގާތައް އަންނަނީ ލާނެތް ހިންޏެވެ. “ހޫމް ލައްވައިދީ” އިޒާންގެ އަޑު އިވުމުން ލިވިޔާ ބަލައިލީ ގަބޫލް ނުކުރެވިފައި ހުރެއެވެ.
އިޒާންގެ ސިކްސް ޕެކްސް އެބްސް އެހާ ފާޅުކޮންއޭނާ އަށް ފެނުނީ އެވަގުތު އެވެ. ކަނދުރާއާއި ހަމަޔަށް އަރާ އެ ފަން އެހަނަސް މަޑު ރާޅުބާނީކަމެއް ހުރި އިސްތަށިގަޑާއި އެކު ގަދައަޅިކުލައިގެ ދެލޯ އެ އޮރެންގް އަލި އެޅިފައިވާ މާހައުލުގައި ފެންނަނީ ނުހަނު “ސެކްސީ” ކޮންނެވެ. އެ މަޑުރަތް ކުލައިގެ ތުންފަތުން ހީލައިގެން އެ ގަދައަޅިކުލައިގެ ލޮލުން ބަލަހައްޓާގެން ހުރި ގޮތުން ލިވިޔާއަށް ހިންދިރުވާލެވުނެވެ. އިޒާން މަޑުމަޑުން ލިވިޔާގެ އަތުގައި ހިފާލުމުން ލިވިޔާ އަވަސްވެގަތީ އެ ގަމީސް ލައްވާލަ ދިނުމަށެވެ. ” ނާހާނަންތަ އެގަޑީގަ އަންނަން ބުނީ ކީއްވެތޯ އެއް..” ލިވިޔާގެ ދެލޮލަލަށް ސީދާ ބަލަހައްޓާއިގެން އިޒާން ބުނެލިއެވެ. “ނޫން.. އަހަން މިއުޅެނީ..ކިހިނެތް ވީ ބުނީ.. އަންނަން..” ކިރިރިޔާ ފޫޅަށް އިވޭވަރަށް ލިވިޔާ ބުނެލިއެވެ. އިޒާންގެ ގާތަށް ހިނިއައެވެ.
ލިވިޔާގެ މަސައްކަތް ނިމުމުން އޭނާ ގެ އަތުގައި ހިފާލައިގެން އިޒާން ޖެހިލީ ރެއިލިންގް އާއި ގާތަށެވެ. ދިހަވަނަ ބުރީގެ ބެލްކޮނިން ދުރުދުރަށް ފެންނަން އޮތީ ބޯ ޖަންގައްޔެވެ. ޖަންގަލި މެދުން އޮންނަ މަގުން އެ ތިން ލައިޓްގެ އަލި ފެނެއެވެ. ތަންކޮޅެއް ދުރުން އަވަށު ތެރެފެންނަން އޮތެވެ. ޖަންގަލި ފެންނަން އޮތްގޮތުން ލިވިޔާ ހުރީ ޖެހިލުންވާ ގޮތް ވެފައެވެ.
“ހިނގާ އަހަންނާއި އެކު ބޭރަށް” އިޒާން މޫނަށް ސީރިޔަސްކަން ވެރިވެގެން ދިޔަ މޫނަށް ބަލަހައްޓާގެން ހުރި ލިވިޔާއަށް ކީކޭހޭ އަހައިލެވިއްޖެއެވެ. “އިޒާން.. އަހަންނަށް ބޭރަށް ދިޔުމަކީ މަނާ ކަމެއް … އެހެންމީހަކާއެއްކޮން ދިޔުން ވެސް އަހަރެންނަށް މަނާ..އެނގެއެންނު..” ލިވިޔާއަށް އިޒާންގެ މޫނާދިމާލަމުން ބުނެލެވުނެވެ. “އެކަން އިނގޭ .. އިނގިހުރެ މިބުނީ… ޓްރަސްޓް މީ ދޫނީ..” އިޒާން “ދޫނީ” އޭ ބުނުމުން ލިވިޔާގެ ކޮޓާފަތައް އަނެއްކާވެސް ފާއްދާލީ ޖަންބުކުލައެވެ. ‘އެކަމަކު އެކަކު ގާތު ވެސް ހުއްދަ ނުހޯ ދާ އަހަންނަކަށް ނުކެރޭނެ.. ޕްލީޒް .. އިޒާން އާއި އެއްކޮން ދާން ބޭނުން ..އެކަމަކު ވެސް” ލިވިޔާ އާދޭސް ކުރަން ފެށުމުން އެންމެފަހުން އިޒާން ގުޅީ ޔަޒަކްއަށެވެ. ޔަޒަކް ވެސް ވަރަށް ހުއްދަ ނުދޭން އުޅެފައި އެންމެފަހުން ފޮނުވީ އެންމެ ގާތް އެކުވެރިޔާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ.
“ހުއްދަ ވެސް ލިބުނީނު ދޯ … ” އިޒާން އެއްމިޔަކަނުން ހީލިއެވެ. ” ކޮންތާކަށް ދާން މިއުޅެނީ ” ލިވިޔާ އިސްއުފުލާލަމުން އަހައިލިއެވެ. އިޒާން ލިވިޔާގެ އަތައް ދަމާލުމަށްފަހު ކައިރިޔަށް ގެނައެވެ. “ޒާ..ޒާން..” އިޒާންގެ މޭގައި ލިވިޔާ ލައްވި ހިނދު އިޒާންގެ ހަށިގަނޑުގައިވާ ހޫނުކަން އިހްސާސްވެ ލިވިޔާގެ ހިތް އަވަސްވެލިއެވެ. ” ހަގް މީ ..އެން ކުލޯޒް ޔޯ އައިޒް” އިޒާންގެ ވާހކައިވި ބަސް އަހާ ކުޑަ ކުއްޖެއް ހެން ލިވިޔާ ލަދުން ހުރެފައިވެސް އިޒާނގް ފިރިހެންވަނަތަ ހަށިގަނޑުގައި ބައްދާލިއެވެ. ލިވިޔާގެ ހިތުގެ ތެޅުން އިޒާން އަށް އިހްސާސް ކުރެވުން ހިނދު އެ ފިރިހެންވަންތަ މޫނަށް އިތުރު ހިނިތުންވުމެއް އުޖާލާކުރުވިއެވެ.
“އޯކޭ .. ނައު އިޓްސް ޓައިމް ” ރެއިލިންގް ގެ ދަގަނޑުގެ ކޮޅަށް ފުންމާލަމުން އިޒާން ބުނެލިއިރު ލިވިޔާގެ ހިތް ހީވީ ގޫޑާއިގެން ދިޔަހެންނެވެ. ރެއިލިންގްގައި ހުރެފައި ބެލްކޮނީން ތިރިޔަށް ފުންމާލިއިރު އިޒާންގެ އުނަގަނޑުން މައްޗަށް ފާޅުވި ފަސް ފޫޓް ވަރު ހުންނަ ކަޅުކުލައިގެ ބޯ ކެހެރި ވަރަ ފެނި ލިވިޔާގެ މޫނު ހުދުވިއެވެ. އޭރު އިޒާން ގެ ދެލޯ ދިޔައީ ކްރިމްސަން ކުލައިން ވިދަމުންނެވެ.
****
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު