“ވަޓްސް ރޯންގް ބޭބީ.. ޔޫ ކޭންޓް ހައިޑް އެނީތިން ފްރޮމް މީ ..” އިޒާން ލިވިޔާގެ ދެލޮލާއި ހަތަރުކަޅި ހަމަކުރަމުން އަހާލިއިރު ލިވިޔާގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އިޒާންއަށް ސިއްރެއްނުވިއެވެ. ލިވިޔާ ކަމެއް ސިއްރު ކުރާކަން އިޒާންއަށް ޔަގީންވީދެނެވެ. “ވަޓް ހެޕެންޑް…ހޫ މޭކްސް ޔޫ ކްރައި” އިޒާން ރުޅިގަދަވަމުންދިޔައީ އޭނާ އެތައް ފަހަރަކު އެހުމުން ވެސް ލިވިޔާ ކަމެއް ނުވާ ކަމައް ބުނަމުންދިޔުމުންނެވެ. “އިޓްސް ނަތިން.. ހަމަ ރޮވުނީ” ގިސްލެވެމުން ދިޔައިރުވެސް ލިވިޔާ ބުނަމުންދިޔައީ އެހެންނެވެ. އަލާނިޔަލްގެ ވާހަކަ ލިވިޔާ ބުނާނީ ކިހިނަކުން ހެއްޔެވެ. އެހާ ވަރަށް އިޒާން ގާތު ނުބުނުވަން އަލާނިޔަލް އޭނާ ލައްވާ ވަނީ ހުވާކުރުވާފައެވެ. އަނެއްކޮޅުން އަލާނިޔަލްއާއި ވާހަކަ ދެއްކި ކަން އިނގުނަސް އިޒާން އޭނާއަށް މާފެއްނުކުރާނެއެވެ. ލިވިޔާއަށް ރޮވުމުން އަމިއްލަ ނަފްސަށް ހިތުގެ އަޑިން އަޑުލިއެވެ. ނަމަވެސް ރޮވުމަކީ ގަސްތުގައި ކުރިކަމެއްނޫންވިއްޔާއެވެ.
“ކަމެއްނުވެ ނުއެއް ރޯނެ.. ބުނޭ… ބުނާށޭ” ލިވިޔާ ނުބުނުމުން އިޒާން އެންމެފަހުން ހަޅޭއްލަވައިގަތެވެ.
****
“ޒާން” ލިވިޔާއަށް މަޑުމަޑުން ބުނެވުނެވެ. “އައި ސީ ޔޫ ގައިޒް ޓްގެދާރ.. އައި މީން ޑިފީ އާ އެއްކޮން ކޮރިޑޯ ފެށޭ ހިސާބުން ފެނުނު” އިޒާން ނުބުންޏަކަސް ރުޅިއައިސްފައި ހުރިވަރު އެމޫނުމަތިން ހާމަވެއެވެ. ލިވިޔާއަށް ހިންދިރުވާލެވުނީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ. “ވީ މެޓް ދެއާރ .. އިޓް ވޯޒް ޖަސްޓް އަ ކޯއިންސިޑެންސް… އަހަރެން ދެން އޭނާއާއި އޮންނާނީ ދައްކަން ކޮން ވާހަކައެއްތަ ޒާން ހުއްޓާ..” ދޮގު ހަދަން ބޭނުން ނުވިޔަސް ލިވިޔާއަށް ޖެހުނީ އެވަގުތު ދޮގުހަދާށެވެ. އިޒާން، ލިވިޔާގެ މޫނަށް ބަލާލީ ގަބޫލްނުކުރެވޭ ފަދައަކުންނެވެ. ” ރިއަލީ..؟ ދެން ކީއްވެ ރޮވުނީ ދެންމެ.. ލިވީ …އަހަންނަށް ތެދަށް ކިޔައިދީބަލަ…،ލުކް ..އަމް ޖަސްޓް ހިޔާރ ފޯރ ޔޫ ..އަހަންނަކަށް ކެތެއް ނުވާނޭ ލިވީ އެހެން ރޯތަން ބަލާކަށް.. ޓެލް މީ ބޭބީ..” ލިވިޔާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ އިޒާންގެ ދެލޮލުގައިވަނީ އާދޭހެވެ. ލިވިޔާއަށް އެދެލޮލަށް ބަލަހައްޓާގެން ހުރެވުނީއެވެ.
“ޒާން..އިޓް ވޯޒް ޖަސްޓް ބިކޯޒް އޮފް ޔޫ…ޒާން ކެއާރ ކުރާވަރު ފެނި އުފަލުން ވީ އެހެން.. “ލިވިޔާ ބުނީ މުޅިއަކުން ދޮގުވާހަކަ އެއް ވެސް ނޫނެވެ. އިޒާން އޭނާއާއި އަޅާލާވަރު ފެނިފައި ލިވިޔާ ހުރީ ވެސް އޭރު ޖަޒުބާތީވެފައެވެ. އިޒާންއަށް އެންމެފަހުން ގަބޫލުކުރީ ލިވިޔާ ދޮގުހަދާފާނެހެން ހީނުވާތީއެވެ.
“އޯކޭ ސްވީޓްހާޓް… އައި ބިލީވް ޔޫ… ކިތަންމެ ކުޑަ ކަމެއް ވިޔަސް ނުބުނެ ނުހުންނާތި.. އައި ނޯ ބުނާނެ ކަން ވެސް …. ސޮރީ އިނގޭ ދެންމެ ހަޅޭޢްލަވައިގަނެވުނީމަ..އަސްލު އެތަނުން ދެމީހުން އެއްކޮން ފެނުނީމަ އެހެންވީ “އިޒާން އޭނާއަށް އިތުބާރު ކުރާވަރު ފެނި ލިވިޔާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އެވާހަކަތައް ކިޔައިދެވުނު ނަމައޭ އޭނާގެ ހިތައް އެވަގުތު އެރިއެވެ.
“އޯކޭ ބޭބް.. މިހާރު އެމީހުން ތިބޭނެ ލަސްވެފަ… ބަލާގެން އުޅޭތި .. މެންދުރު ފަހު ދިމާވާނެ ޔުނީ އިން ނިމިގެން… އިރުކޮޅަކުން ކުލާހަށް ދާން ރެޑީވާނީ ދެން .. މެސެޖް ކުރާނަން އިނގޭ… ކޮންމެ ތާކަށް ދިޔަސް އެންޑް ކޮންމެ ކަމެއް ކުރިޔަސް ބުނެފަ އަހަރެން ދާނީ… ލިވީ ވެސް އިނގޭ..” ލިވިޔާ ހިނިތުންވެލާފައި ބޯ ޖަހާލުމުން އޭނާގެ ބޮލުގައި ފިރުމާލުމަށްފަހު އިޒާން ހިނގައިގަތީ ޒައުލްމެންގެ ގާތައް ގޮސްލާފައި ޔުނިވާސިޓީއަށް ދިޔުމަށެވެ. އިޒާން ދޮރާއި ހިސާބަށް ގޮސްފައި އެނބުރި އައިބާރުމިނުގައި އައިސް ލިވިޔާގެ ތުންފަތުގައި ބޮސްދިނެވެ. ލިވިޔާވެސް ދިޔައީ ސިއްސައިގެންނެވެ. ލިވިޔާ ދިޔައީ ކޮށިއަރައިގެންނެވެ. އިޒާން، ލިވިޔާގެ މޫނުން ދުރުވެލީ ލިވިޔާ ރަނގަޅަށްވެސް ކޮށިއެރުމުނެވެ. އޭރު ލިވިޔާ ދިޔައީ ގަދައަށް ކެއްސަމުންނެވެ. ޑްރެސިންގް ޓޭބަލްމަތީގައި ހުރި ކުޑަފެންފުޅިއެއް ނަގާ ދަމާލުމުނ ކިރިޔާ ވެސް ހަމަޔަކަށް އެޅުނެވެ. ދެން އިވިލީ ދެމީހުން އެއްފަހަރާ ހޭންފެށިއަޑެވެ.
****
އާދުވަކަށް މަރުހަބާ ކީ ހިނދު އިޒާން ދިޔައީ މިއަދު އޮންނަ ޕްރެޒެންޓޭޝަން އަކަށްޓަކައި އަވަހައް ޔުނިވާސިޓީއަށް ދާންޖެހޭތީ ތައްޔާރުވަމުންނެވެ. އަވަސްކޮށްލައިގެން ދިޔައިރު އެހެންކުދިން ވެސް އައިސް ވަންނަނީ އެވެ. ޔުނިވާސިޓީގެ ގޭޓުން ވަދެވަދެ ހުއްޓާ އިޒާން މަޑުޖެހިލީ ޔުނިވާސިޓީއާއި ކުރިމަތިވާހެން ހުންނަ ކޮފީ ޝޮޕްގައި ކަޅު ހޫޑީއަކުން ބޯނިވާކޮށްގެން އިން ޒުވާނަކު އޭނާއަށް ބަލަން އިނީމައެވެ. ކަޅު މާސްކެއް އަޅާފައިވާއިރު އޭނާގެ މޫނުން ހަމައެކަނި ފެންނަ ދެލޯ އިތުރު ދިމާއަކަށް ނުހުއްޓި ނަޒަރު ސީދާވެފައިވަނީ އިޒާންއަށެވެ. އެމީހަކު އޭނާ އަށް ބަލަން ހުންނަތާ ފުދޭވަރަކަށް އިރުވެއްޖެއެވެ. އިޒާން ހަމަ ބަލާލުމާއެކު އޭނާ އެތަނުން ނުކުމެގެން ގޮސް އެއްކައިރިގަ ޕާކްކޮށްފައި ހުރި ސައިކަލަކަށް އަރާ ނައްޓާލިއެވެ. އިޒާން ހައިރާންވެފައި ހުރެ އެތެރެއަށް ވަނީ އެ ކާކު ބާ އެއް ހިތައް އަޜާ ހުރެއެވެ.
ކުލާހުން ނުކުންއިރުވެސް އިޒާންގެ ސިކުންޑީގައި އެނބުރެނީ އެކަމެވެ.
“އޭ މޭން ..މަ ބިޒީކޮން މިއުޅެނީ…ސެމިނާއަކަށް ދާން މިދަނީ އައިސް ގުޅާނަން.. ” އިޒާން ކުލާހުން ނުކުމެފައި ޔަޒަކު ގުޅާފައި އޮތްތަން ފެނިގެން ގުޅާލިއެވެ. އިޒާން އޯކޭ އޭ ބުނެ ހިނގައިގަތީ ގެޔައް ދިޔުމަށެވެ.
“ހޭ ބްރޯ..” އިޒާން ކާރަށް އަރައަރާ ހުއްޓާ ސިހުނީ ފަހަތުން މީހަކު ގޮވާލި އަޑަށެވެ. ބަލާލިއިރު ނިއަލްއެވެ.. އެވަގުތު ނިއަލް އެތަނުން ފެނުމުން އިޒާން ހައިރާންވެފައި ހުރެ އޭނާގެ ގާތައް ދިޔައެވެ. “ޔޫ ހިއާ” އިޒާން ހިނިތުންވުމެއްގައި ނިއަލްއާއި ސަލާމް ކޮށްލަމުން އަހާލިއެވެ. “މިދެން މިހެންދަނިކޮން ފެނުނީމަ ގޮވާލީ.. ހިނގަގަ ތިގެޔަށް މަ ގޮވާގެން..،”ނިޔަލް، އޭނާގެ ދަތްތޮޅީގައި ޝަހާދަތް އިނގިލި ކާއްތާލަމުން ބުނެލިއެވެ.
މިލެވެނީ ލިވިޔާގެ ފުރާނަ ނުރައްކަލަކަށް ނޭނގިހުރެ ނިއަލް އަރުވާއިގެން އިޒާން ގެޔަށް މިސްރާބް ޖެހިއިރު ނިއަލްގެ މޫނުމަތީގައިވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. ނަމަވެސް އިޒާން އަށް އެކަން ރޭކާނުލައެވެ.
***
އިޒާން ނިއަލްގޮވާގެން އަންނަ ވާހަކަ މެސެޖެއްކޮށްފާ ބުނީންސުރެން ނޭނގޭ ބާރުމިނެއްގައި ލިވިޔާގެ ހިތްދިޔައީ ތެޅެމުންނެވެ. އިއްޔެ ނިޔަލް އޭނާއަށް ބަލަން ހުރިގޮތް ލިވިޔާއަށް ހަމަ ސިފަވަނީއެވެ. އެކަމާހުރެ ރޭގައި އޭނާއަށް ރަނގަޅަށް ނުވެސް ނިދުނެވެ. ފާޑުފާޑުގެ ބިރުވެރި ހުވަފެންތައް ފެންނަނީއެވެ. އޭގެން ކޮންމެ ހުވަފެނެއްގައިވެސް ނިއަލް އޭނާއަށް ފެނުނެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާހުރި އެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމާއި ބިރުވެރިކަމެވެ. އިޒާން އަންނަން ވާއިރަށް އޭނާ ބޭނުންވީ އަލާނިޔަލްއާއި ބައްދަލް ކޮށްލާށެވެ. ވަރަށް ވަގުވަގަށް ގޮސް އަލާނިޔަލްގެ ކޮޓަރީގައި ޖަހާލިއެވެ.
“ވަދޭ”އަލާނިޔަލްގެ އަޑު އިވުން ލިވިޔާ ލަސްނުކޮށް އުޅުނީ އައި ބޭނުމައިގެން ކުރިޔަށްދާށެވެ. އޭނާ އެތެރެއަށް ވަންއިރު އަލާނިޔަލް ލެޕްޓޮޕް ހިފައިގެން އެނދުގައި އިނެވެ. ލިވިޔާ ފެނުމުން ލެޕްޓޮޕް ދުރަށްލާފައި ކިހިނެތްވީ ތޯ އަހާލިއެވެ. “ނިއަލް ތަ އެއީ” ލިވިޔާ ސީދާ ޕޮއިންޓަށް ދިޔައެވެ. އަލާނިޔަލްއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. “ކިހިނެތް އިނގުނީ “އޭނާ އަށްއަހައިލެވުނެވެ.
އަލާނިޔަލްގެ ސުވާލު އިވުމުން އިއްޔެ ވީ ގޮތް ލިވިޔާ ކިޔައިދިނެވެ. އެވާހަކަ ކިޔައިދެމުން ދިޔައިރު ވެސް ނިއަލް ބަލަން އިންގޮތް ސިފަވުމުން އޭނާގެ ހަށިގަނޑުގައިވާހާ އިސްތައްޓެއް ކޮޅައްޖެހިލިއެވެ.
“ވަޓް.. އޭނާ އެހާ އަވަހަށް މޫވް ނެގީތަ.. ” އަލާނިއަލް އަށް އަހައިލެވުނެވެ. “އެއީ ހަމަ ނިއަލް ދޯ..” ލިވިޔާ އަނެއްކާވެސް އޭނާގެ ސުވާލް ތަކުރާރް ކޮށްލިއެވެ. އިތުރަށް ސިއްރުކުރާނެ އެއްޗެއް ނެތުމުން އަލާނިޔަލް ބޯ ޖަހާލިއެވެ. ލިވިޔާގެ ދެފައިގައި ވަގުތުން މަޑުތުރުތުރެ އުފެދުނެވެ. އަލާނިޔަލްއަށް އަށްވެސް އެކަން ފާހަގަވިއެވެ.” ލުކް ..ޑޯންޓް ވޮރީ .. މީ އެން ކައިވަން އެން އޯލްސޯ އީން އާ ވިތް ޔޫ..ލި ” އަލާނިޔަލް ވާހަކަދައްކަ ހުރެފައި ކުއްލިޔަކަށް ލޯމަރާލުމަށްފަހު ހުޅުވާލުމަށްފަހު ލިވިޔާ އާއި ދިމާ ބަލާލިއިރު އަލާނިޔަލްގެ މޫނުމަތީގައި ވަނީ ހާސްކަމެވެ.
“ޑިފީ ވަޓްސް ރޯންގް…” ލިވިޔާ އަށް އަހައިލެވުނެވެ.
“ޔޫ ހޭވް ޓް ގެޓް އައުޓް އޮފް ހިޔާރ ރައިޓް ނައު.. އިޒާން އިޒް ހިޔާރ”އަލާނިޔަލްގެ ވާހަކަ ރަނގަޅައް ނުނިމެނީސް ލިވިޔާ ދުވެލާފައި ގޮސް ނުކުތެވެ. އިޒާންއަށް ފެނިދާނެތީ ލިފްޓަށް ނާރަން ވެގެން ލިވިޔާ ހިޔާރްކުރީ ސިޑިއެވެ. ހަލުވިކަމާއެކު ހަރުފަތްތައް ގިރާކުރަމުން ގޮސް އޭނާ އުޅޭ ފްލޯއަށް އެރުނު މާނޭވާ ލެވުނެވެ. އިޒާންއަށް ނުފެނި ސަލާމަތް ވި ނަމަވެސް އަނެއްކާވެސް ހިތްބިރުގަންނަން ފެށީ އިޒާން ގުޅާފައި ތިރިޔަށް އަންނަން ބުނުމުންނެވެ.
****
އެނދުގައި އިށީންދެގެން އިން އަލާނިޔަލް އިނީ އޭނާގެ ދެއަތް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލައިގެންނެވެ. ދެލޯ މަރާލައިގެން އިން އެ މޫނުމަތީގައި ވަނީ ބަޔާންކުރަން ދަތި އިޙްސާސްއެކެވެ. އެހެން އިނދެފައި ކުއްލިޔަކަށްދެލޯ ހުޅުވާލިއެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އަލާނިޔަލް އެވަގުތު އޭނާ ނިންމީ އޭނާގެ ހިތް ބުނަމުންދިޔަ ކަންތައް ކުރުމަށެވެ. ކޮޓަރިން ނުކުމެގެން އޭނާ މިސްރާބްޖެހި ލިވިޔާމެންގެ ފްލޯއަށެވެ. އެ ފްލޯގެ ދޮރުކައިރިޔަށް ހުއްޓި ބެލް އަޅާލިއެވެ.
މިނެޓެއްހާ ފަހުން ޔޫމީން އައިސް ދޮރު ހުޅުވާލިއެވެ. އަލާނިޔަލްގެ މޫނުފެނުމުން ޔޫމީންގެ މޫނު ދިޔައީ ބަނަވެގެންނެވެ. ނަމަވެސް ހިނިތުންވުމެއް ގަދަކަމުންވެސް ވެރިކުރެވޭތޯ އޭނާ ބެލިއެވެ. “މަންމަ ކޮބާ” އަލާނިޔަލް މަޑުމައިތިރިގޮތަކަށް އަހައިލިއެވެ. “އެބޯޅެ ރޫމްގަ… ގޮވަން ވީތަ” ޔޫމީން، ލަވާލްގެ ކޮޓަރިޔާއި ދިމާލަށް އިޝާރާތް ކޮށްލަމުން އަހައިލިއެވެ. ” ނޫން ..އޯކޭ.. އަހަރެން ދާނަން އެތެރެއަށް ” ލަވާލްގެ ކޮޓަރީގެ ދޮރުގައި ޖަހާލުމާއެކު އޭނާ އެތެރެއިން ވަންނަން ގޮވާލިއެވެ.
ދޮވެގެން ގެނައި އަންނައުނުތައް ފައްޖެހުމުގައި އަވަދިނެތި އިން ލަވާލްއަށް ސިހުމެއް ލިބުނީ އެ ކޮޓަރިޔަށް އަލާނިޔަލް ވަނުމުންނެވެ. ހައިރާންކަމާއި އެކު ކުޑަބިރުވެރިކަމެއް ވެސް ލަވާލްގެ ހިތުގައި އުފެދުނީ އެހެންޏާ އެއްވެސް ވަރަކަށް ނުވަދެ މިއަދު ކުއްލިޔަކަށް އަލާނިޔަލް އެ ކޮޓަރިއަށް ވަނުމުންނެވެ.
“ޑިފީ… ކަމަކުތަ..” ލަވާލްއަށް އެހައިރާންކަން މަތީގައި އެހުނެވެ. ކުރަން ހުރި ކަންތައް ބެހެއްޓުމަށްފަހު ލަވާލްއައިސް އަލާނިޔަލްގެ ކުރިމަތީގައި ހުއްޓުނެވެ. އިސްޖަހައިގެން ހުރެފައި ކުއްލިޔަކަށް އަލާނިޔަލް ތިރިވީ ލަވާލްގެ ފައިދޮށަށެވެ. އޭރު އޭނާގެ ލޮލަށް ބޮނޑިވެފައިވި ކަރުނަތައް ލަވާލްއަށް ސިއްރެއް ނުވިއެވެ. އަލާނިޔަލްއަށް ލަވާލްގެ ފައިގާ ހިފާލެވުނެވެ. ލިބުނު ހައިރާންކަމުގައި ލަވާލްއަށް ވެސް ތިރިވެވުނެވެ. “ސޭވް ލިވީ..” އަލާނިޔަލް، ލަވާލް އިތުރު ހައިރާންކަމެއްގެ ތެރެއަށް ދޫކޮށްލިއެވެ.
“ވަޓްސް ރޯންގް..” ލަވާލްއަށް މަޑުމަޑުން އަހައިލެވުނެވެ. “ލެޓް މީ އެކްސްޕްލެއިން އޯލް އޮފް އިޓް.. އާންޓް” އަލާނިޔަލްއާއި ލަވާލްގެ ނަޒަރް ހުއްޓުނީ ފަހަތުން އައިސް އަލާނިޔަލްގެ ކޮންޑުގައި ހިފާލި އީން އަށެވެ.
***
“ކަލޭގެ ލިވީ ބޭބީ ކޮބާ.. އަހަރެންގެ ކައިރީގައި ނޭމް ބުނެފަ އަދި ދެމީހުން ދެމީހުންނަށް ކުރިމަތީގަ ބަހައްޓާގެން އިންޓްރޮޑިއުސް ވެސް ނުކޮށްދޭ” ނިއަލް ސޯފާ ގައި ޒައުލް އާއި ވާދަޔަށް ގޭމްއެއް ކުޅެން އިން އިޒާން އަށް ބުނެލިއެވެ. “ހޫމް އަދި ނެތެއްނު ނުވެފަ އެއް ..” ގޭމް މެދު ކަނޑާލަމުން އިޒާންއަށް ވުރެން ކުރިން ޒައުލް ބުނެލިއެވެ.
އިޒާންގެ ލޮލުގައި އަޅައިގަތީ ތިރިޔަށް ފޭބި ލިވިޔާ އެވެ. “ލިވީ…އާދެބަ..” އިޒާން މަޑުމަޑުން ގޮވާލިއެވެ.
“ރޭގަ ބުނީމެންނު ދޯ ނިއަލް.. މި ނިއަލް އަކީ… އެންޑް ޔޫ.. މަ އޮންނާނީ މަ ޖީއެފް އަށް ކިޔާ ނޭމް ބުނެފަ.. ސޯ އައި ޑޯންޓް ހޭވް ޓް ޓެލް ޔޫ އެގެއިން..” ނިޔަލްއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އިޒާން ބުނެލިގޮތުން ޒައުލް އާއި ލިވިޔާގާތައް ވެސް ހިނިއައެވެ. ނިޔަލް ވެސް ހިނިގަނޑެއް ޖަހާލިއެވެ. “އޯކޭ އޯކޭ ބޮސް… ލިވިޔާ ދޯ .. ނިޔަލް ” ނިޔަލް ، ލިވިޔާއަށް ސަލާމަތް އަތްދިއްލަމުން އެއްމިޔަކަނުން ހީލިއެވެ. ލިވިޔާ ގަދަކަމުން ހީލިއެވެ. ލިވިޔާ ހުރީ ނިޔަލް ސަލާމަތް އަތްދިއްކޮށްލުމުން ހަދާނެ ގޮތް ނީނގިފައެވެ. އިޒާން އާއި ޒައުލް ހެވިފައި ބަލަން ތިބުމުން މަޑު ތުރުތުރެއް އުފެދިފައިވީ ކަނާއަތް މަޑުމަޑުން ހިއްލާލާ ނިޔަލް އާއި ސަލާމް ކޮށްލިއެވެ. ނިޔަލް، ލިވިޔާގެ އަތައް ވަރަށް ބާރަށް ފިތާލިއެވެ. ލިވިޔާއަށް ތަދުވިނަމަވެސް އަނގައިން އަޑެއް ލައްވާ ނުލާ ހުއްޓެވެ. ނިޔަލް ، ލިވިޔާގެ އަތުން ދޫނުކޮށްލަން ނޫޅުމުން ލިވިޔާ އޭނާގެ އަތް ދަމައިގަންނަން އުޅުނެވެ. ނަމަވެސް ހިނިއައިސްފައި އޭނާ ލިވިޔާގެ މޫނަށް ބަލަން ހުރީއެވެ. “ކެން އައި ޓޭކް މައި ހޭންޑް އައުޓް ” ދަތްތައް ޖައްސާ ބާރުކޮށްގެންހުރެ މަޑުމަޑުން ބުނެލިނަމަވެސް ލިވިޔާގެ މޫނަށް ވެރިވި ރުޅިވެރިކަން އޭނާއަކަށް ސިއްރެއް ނުވިއެވެ.
ލިވިޔާ، އެހުރިގޮތައް ހުރެ އިޒާންމެންނާއި ފުރަގަސްދީ ނިއަލްގެއަތައް ކުއްލިއެއްޖަހާ ލިވިޔާގެ އަތް މިނިވަން ކުރިއެވެ. އެއަށްފަހު ރުޅިވެރިކަމާއެކު ނިޔަލްއަށް ބަލާލަމުން އޭނާ ކުރިޔަށް ހިނގައިގަތެވެ. ނިޔަލް ނުލަފާ ވައްތަރަކަށް ހެވިފައިހުރެ ލިވިޔާއަށް އެއްލޯ މަރައިލިއެވެ. ކަމަކަށް ނުހަދާ އެތަނުން ދާން މިސްރާބްޖެހިނަމަވެސް ނިޔަލްގެ އެއަމަލުން ލިވިޔާގެ ހިތްތެޅިގަތީ އާދަޔާއި ހިލާފް ބާރުމިނެއްގައެވެ.
ލިވިޔާ ފަހަތައް އެނބުރި ބަލާލިއިރު އިޒާންއާއި ޒައުލް ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. އެމީހުންނަށް އެމަންޒަރު ނުފެނުން ކަމަށްޓަކައި ލިވިޔާއަށް ހެއްދެވިފަރާތައް ޝުކުރު ކޮށްލެވުނެވެ.
ލިވިޔާ ޑައިނިންރޫމަށް ވަދެ ފްރިޖު ހުޅުވާލައިފާ ގަނޑުވާންފަށާފައި ހުރި ފެންފުޅިއެއް ނަގާ ހުރިގޮތައް ދަމާލީ ސިކުޑިއަށް ބުރަބޮޑުވާން ފެށުމުން ލުޔެއް ލިބޭތޯއެވެ. ކާމޭޒުގައި އަތް ވިދެލައިގެން ހުރެ ފުންކޮން ދެތިން ނޭވާ އެއްވެސް ދޫކޮށްލިއެވެ.
“ޝޫޝޫ ޝޫ ޝޫޝް ” ލިވިޔާ ސިހިގެންދިޔައީ ކަންފަތްދޮށުގައި ތުން ފުމެމުން ފެށުމުންނެވެ. ސިހިގެންދިޔަގޮތުން ފަހަތައް ލިވިޔާ ނުވެއްޓުނީ ކިރިޔާއެވެ. ބަލާލިއިރު ނިޔަލްއެވެ. ” މިތާ ކީއްކުރަނީ..” ގަދަކަމުން ހީލަމުން ލިވިޔާ އަހައިލިއެވެ. “ހަމަ އައީ ލިވިޔާ އާއި ވާހަކަ ދައްކާލާ ހިތުން” ނިޔަލް އަނެއްކާ ވެސް ނުލަފާ ވައްތަރަކަށް ހީލައިގެން ހުރެ ބުނެލިއެވެ. ލިވިޔާއަށް ނިޔަލްގެ މޫނަށް ބަލާލިއިރު ލިވިޔާގެ މޫނައް ވަނީ ރުޅިވެރިކަން ވެރިވެފައެވެ. “އިޒާންގެ ފްރެންޑެއް ވީމަ އަހަރެން ނިޔަލް އަށް ރެސްޕެކްޓްކުރަން .. އެ ރެސްޕެކްޓް ގެއްލުވާލަން ނޫޅޭ.. އެންމެ ދެދުވަހު އަހަރެމެން ދިމާ ވެސް މި ވީ .. ޔޫ އާރ އެކްޓިންގް ލައިކް ޔޫ ވޮނަ މެސް ވިތް މީ..” ލިވިޔާ ހިތްހަމަ ނުޖެހުމާއިއެކު ބުނެލިއެވެ. “ހަހަހާ.. ލިވިޔާއަށް އަހަރެން ދެދުވަހު ފެނުނަސް އަހަންނަށް ލިވިޔާ ފެނުނީ އެންމެ ދެ ދުވަހަކު ނޫން.. މިކަހަލަ ކަންތަކަށް ކުރިޔައް އޮތްތާ ހޭނެންވެސް ޖެހިދާނެ ..މޭބީ..އެން އިޒާން ގާތު ބުންޏަސް އޭނާ ގަބޫލެއް ނުކުރާނެ މަ މީ އެހާ ގޮތްކުޑަ މީހެއްކަމަކަށް.. މަ ހުންނަގޮތުން ހީވެސް ނުވޭ ދޯ އެންމެގާތް އެކުވެރިޔާގެ ގާލްފްރެންޑަށް ފްލާޓްކޮށްފާނެހެން ..ހަހަހަ” އެއްލޯ މަރާލަމުން ނިޔަލް ލިވިޔާ ދިމާލަށް ބަލާލަމުން އެތަނުން ދާން ހިނގައިގަތެވެ. ލިވިޔާއަށް އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލެވުނީ އިތުރު ބޮޅެއް، ހިތާއި ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑަށް އިތުރުވިހެން ހީވެގެންނެވެ.
“ނިޔަލް ދޮރުން ނުކުމެގެން ދަމުން ތުންފުމެމުން ދިޔައެވެ. “ޝޫޝޫ ޝޫ ޝޫޝް ” ލިވިޔާގެ ސަމާލްކަން އެކަމަށް ނުދޭން އުޅުނަސް ހުއްޓޭގޮތްވިއެވެ.
ނިޔަލް އެތާގައި އިނދެފައި އައި އިރު އިޒާން އަށް ރޭކާ ނުލުމުން ލިވިޔާ، އިޒާންދެކެ ހިތްހަމަ ނުޖެހޭ ގޮތްވިއެވެ.
ޑައިނިންރޫމުން ބޭރަށް ނުކުންއިރު އިޒާންމެން ވާހަކަދައްކާ އަޑުވުނެވެ. “ކޮބާ ނިޔަލް ފެންބޮއެފިންތަ..” އިޒާން އަހާލިއަޑުއިވުނެވެ.
ނިޔަލް އެއައީ އިޒާންގާތު ފެންބޯން ކަމަށްބުނެފާތާއެވެ. އެހާ ރަނގަޅުކަމަށް ހެދިގެން އުޅޭ މީހަކަށް އިޒާންއަށް އަށް ޝައްކުކުރެވޭނީވެސް ކިހިނެތްތާއެވެ. އިޒާން ހުންނައިރަށް ނިޔަލް ރަނގަޅުކަމުން ހީވަނީ އެހެން ފަދަކަމެއްހެންނެވެ. އިޒާން ހުންނައިރު ލިވިޔާއާއިދިމާލަށް ނިޔަލް އެހާ ނުވެސް ބަލައެވެ. އިޒާންއަށް ނިޔަލް ގެ ފަޜާތުން ކަމަކަށް ޝައްކު ކުރެވޭނެ ޖާގައެއްވެސް ނެތްތާއެވެ. ފަހަރުގައި ލިވިޔާ ބުންޏަސް ،ނިއަލް އެބުނިހެން ،ނިޔަލް އަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން ލިވިޔާ ދައްކާ ވާހަކަ އިޒާންއަށް ގަބޫލްކުރެވެން ފަހަރެއްގައި އުނދަގުވެދާނެއެވެ. ލިވިޔާގެ ހިތައް ތަފާތު އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައިރު އޭނާގެ މޫނުމަތީން ގޮތްހުސްވެފައި ވީވަރުވެސް ހާމަވެއެވެ.
****
“.. އީން .. ކީކޭ ތިކިޔަނީ.. ނިޔަލްއަކީ އަހަރެން އަދި އައްޒާމް އާއި ޔާސިރުވެސް އެންމެ އިތުބާރު ކުރެވޭ އެކަކު މާއިޝްގެ ދަރިއެއް.. ނިޔަލްމިގެޔަށް އަލައް އެއައީ ވެސް އިހަކަށް ދުވަހު ..އިޒާން އާއި ނިޔަލްއަކީވެސް ފެށުނީންސުރެން ގާތް މިތުރުން … މިގެޔަށް ނިޔަލްގޮވާގެން މާއިސް ނަޔަސް ނިޔަލް އާއި މާއިޝް އާއި ދެބަފައިންނާއި އަހަރުމެން ބައްދަލުކުރަން ބޭރުތެރެއިން އަބަދުވެސް ..ނުލާހިކު މަޑުން ހުންނަ ރަނގަޅު ކުއްޖެއް އެއީ…ލިވީ އާއި ޔޫމީ އަދި ޑިފީ ކުޑަމަންމަ މެން ބުނާއިރަށް ނުދާތީ އެމީހުންނާ ދިމާނުވަނީ ނިޔަލް އާ ..ކެފޭތަކަށްދަން ރެސްޓޯރެންޓްތަކަށް އެކީ ކާންދަން..އެކި ޕާކްތަކުން ބައްދަލުވޭ.. މާއިޝް އަކީ ވަރަށް ރަނގަޅު މީހެއް… ކިހިނެތް ތިހެން ކުއްލިޔަކަށް ތިފަދަ ވާހަކަ ތަކެއް އިވުނީމަ ގަބޫލް ކުރާނީ ޑިފީ…އެކަމަކު އަހަރެމެން އެންމެންވެސް ގަބޫލުކޮށްގެން މިތިބީ ކެރާއާއި އެއްބައިވެ ކެރާ އަށް މަސައްކަތް ކޮށްދެނީ ޑިފީ ކަމަށް.. ޑިފީއަށް ލިވީ ފޮރުވާގެން ގެންގުޅެނީވެސް އެހެންވެ ” އީން ދައްކަމުންދިޔަ ވާހަކަތައް ލަވާލްއަށް ގަބޫލްއެއްނުކުރެވުނެވެ. އޭނާގެ ހިތް އެހުރިހާ ކަމަކާއި މުޅިން ދެކޮޅެވެ.
“އަހަރެން ނުދާނަން އެމީހުންނާއި ބައްދަލުކުރަން ދާކަން އެނގިހުރެއެއް.. އަހަރެން މިއަދު އުފާކުރަން ލިވީ އާއި ޔޫމީ އަށް ކުރިން ނިޔަލް އާއި ބައްދަލު ނުވެ އޮތީމަ… އެންމެ ކުރިންވެސް އަދި މިއަދުވެސް މާއިޝްބެ އަކީ ގޯސް މީހެކޭ އަހަރެންބުނީ ކޮންއިރަކުތަ… ނިޔަލް އުޅެނީ ހުދު މާއިޝްބެޔަށް ވެސް އޮޅުވާލައިގެން… އެ އިންޖެކްޝަންތަކުގެ ދަހިވެތިކަމުގަ ކެރާއާއި އެއްބައިވެގެން ތިމާ މީހާގެ ބައްޕަ އަށް ވެސް އޭނާ އެހުރީ އޮޅުވާލައިގެން ..މާއިޝްބެޔަށް އޭނާ ގައްދާރުވެފަ ހުރީ މާކުރިން ވެސް.. އޭނާއަށް ޝައްކު ވާތާ ކިތަންމެ ދުވަހެއް އަހަރުމެންނަށް..އެކަމަކު ޔަގީން މި ވީ ވަރަށް ފަހުން.. އަހަރެމެން އޭނައަށް ފާރާލައިގެން އެކަން އެނގުނީ..”އަލާނިޔަލް އޭނާ އަށް އިނގޭ އެއްޗެއް ވިއްޔާ ކިޔައިދެމުން ދިޔައެވެ. އޭރު ލަވާލް އެދުމަތީގައި ޖެހިބުދެއްފަދައިން އިނެވެ. އިވެމުން ދިޔަ ވާހަކަތައް އޭނާއަށް އިވެމުންދިޔައީ ހޮނުގުގުރިއެއްފަދައިންނެވެ. އޭނާގެ މޫނުވަނީ ހުދުވެފައެވެ.
“އޯކޭ މިހާރު ގަބޫލު ކޮށްފިން ކުޑަމަންމަ ގަބޫލު ނުކުރާނެކަން ..އީން ބުނީ ތެދެއް..އަމިއްލަ ދަރިފުޅަށް ބައްޕަ ނުކުރާ އިތުބާރު އެހެން މީހަކުވެސް ނުކުރާނެ… އަހަރެންނަށް މަޖުބޫރުވެގެން މިއުޅެނީ މިހެން…އަހަރެން ގަބޫލުކުރަން އެހެންވެ ކަމަށް އަހަންނަށް އާއިލާ އެންމެންކުރާ ތަފާތުތައް ވެސް ކުރަނީ … އަހަރެން މިއަދު މިތަނަށް މިއައީ އަހަރެން އިނޮސެންޓްކަން ކުޑަމަންމައަށް އަންގާކަށް ނޫން.. އަހަރެން ދެރަވޭ އަހަރެންގެ ބޭބެ އާއި ބައްޕަ، އަހަރެންގެ މައްޗަށް އެއްވެސް އިތުބާރެއްނެތި އެއްގެއެއްގައި އުޅޭތަންފެނި… އެއްގެއެއްގައި އެއްސުފުރާމަތިން ކައިގެން އުޅެނީ އެކަމަކުވެސް މާބޮޑު ގުޅުމެއް ނޯޥޭ އެމީހުންނަކާ އަހަންނަކާއެއް….. އެމީހުން ކުރިމަތީ ނުރޮއުނަސް އަހަރެން އެކަނިވުމުން އުފުލާ ހިތާމަ ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތް..އަހަރެން ދެރަވާރަށް އެހެން މީހުންވެސް ދެރަވާނެ އެމީހުންނަށް ހިތާމަ ޖެހޭ ހިނދު .. އަމިއްލަ ދަރިއަށް ގެއްލުމެއް ވީމަ ކުޑަމަންމަ ދެރަވާނެ ވަރު އަހަންނަށް އިހްސާސްވޭ.. އަހަރެން ބުނާނީ ގަބޫލު ނުކުރިޔަސް ނިޔަލް އަކީ ރަނގަޅު މީހެއް ނޫނޭ.. އެދުވަހު އަހަރެން ކިތަންމެ ކުޑަވިޔަސް އަހަރެން ފަހުރުވެރިވޭ އެހެން ކަންތައް ކުރެވުނީމަ.. އަހަރެންގެ ސަބަބުން ބަޔެއްގެ ފުރާނަ ސަލާމަތް ވީތީ އުފާވޭ.. އެކަމަކު މިހާރު މިއޮތީ އަނެއްކާ ވެސް ހާލަތުބަދަލުވެފަ..ލިވީ އެކަނިން ނުގެންގުޅޭތި…އެނާއަށް ބަލާތި .. ކެރާ އާއި އެކު އުޅޭ މީޙުންނަށް ސަމާލުވާތި.. އަހަރެންނަށް އިތުބާރު ނުކުރިޔަސް މައްސަލައެއްނެތް..” އަލާނިޔަލް އެއްވެސް އަސަރެއް ނެތްފަދަ ކުލަވަރެއް މޫނައް ވެރިކޮށްގެން ހުރެ ވާހަކަ ދެއްކުމަށްފަހު އެތަނުން ދިޔަސް އީން އަށް އަލާނިޔަލްގެ ހާލަތު ސިއްރެއް ނުވިއެވެ.
އަލާނިޔަލް ދެރަވެފައި ވާ ވަރު އެހެން މީހަކަށް ނޭނގުނަސް އީންއަށް އިޙްސާސްވެއްޖެއެވެ. އޭނާ ފަހަތުން ދާން ބޭނުންވިޔަސް އީން ވަގުތުގެ ބޭނުން ހިފަން ނިންމިއެވެ. އަލާނިޔަލް ދިޔުމުން އީން ބަލައިލީ އިސްޖެހިފާވީ ލަވާލްއަށެވެ. ދެލޮލުން ކަރުނަތައް އޮހެރެމުންދިޔައިރު ލަވާލްއިނީ ހަދާނެ ގޮތް ހުސްވެފައިވާ ބީދައިންނެވެ.
“ދައްތާ… އަހަރެން ދުވަހަކުވެސް ނުދެކެން ޑިފީ އެހެން ރޮނިކޮންނެތް ކުރިޔަކުން.. ކިތަންމެ ދެރަވިޔަސް އޭނާ ޓިއާސްތައް ކޮންޓްރޯލްކުރާނެ ކުރިން.. އެކަމަކު އަބަދުހެން އޭނާގެ ކަމަކީ ރޮއުން މިހާރު…އަހަރެންނެތްނަމަ އޭނާ އެކަނިވެރިވާނެ ވަރު އަހަންނަށް މިއަދު އިޙްސާސް ކުރެވިއްޖެ .. ދައްތާ ދައްކަންތަ އެއްޗެއް .. “ލަވާލްއަށް ރޮވެމުން ފެށުމުން އީން ލަޥާލްގެ އަތުގައި ހިފާލިއެވެ. ހުއްޓާލުމަށް ބުނެފައި ކޮނޑުގައި އަޅުވާފައިވާ ކުޑަ ބެކްޕެކް ނަގާ ހުޅުވާލަމުން އޭގެން ނެގީ ކުޑަ ކެމެޜާއެކެވެ.
އީން އެހާވާލުމަށްފަހު ދައްކާލީ ވީޑިއޯ ކޮޅެކެވެ. އެފެނުމުން ލަވާލްގެ ދެލޯވަނީ ބޮޑުވެފައެވެ. ހޫޑީ އެއްލާގެން ހުރި ޒުވާން ފިރިހެނަކު ހިނގަމުން ގޮސް ހުއްޓުނީ އެގޭގެ ގޭޓްކައިރީގައެވެ. ދެން އޭނާ ގޮސް ނިވާވީ އެގޭގެ އުނދޯލި ފެންނާނެހެން ގޭޓުގެ އެއްފަރާތެއްގައި ހުރި މޭޕްލް ގަހެއްގައި ލެނގިލާއިގެންނެވެ. އޭރު އުނދޯލީގައި ލިވިޔާ ފޮތްކިޔަން އިނެވެ. އެމީހަކު ހޫޑީ ތިރިކޮށް، އަޅާފައިވާ މާސްކް ތިރިކޮށްލާ އަތުގައިވާ ސިގަރޭޓް ދަމާލިއެވެ. ލަވަލްގެ ދެލޯ ބޮޑުވީ އެމީހަކު މޫނުފެނުމުންނެވެ. އެ ހަމަ ނިޔަލް އެވެ. އިތުރު މީހަކު ނޫނެވެ. ލަވާލް އެ ވީޑިޔޯ ކޮޅު ކެމެރާކޮށްފައިވާ ތާރީހަށް ބަލައިލިއިރު އެއީ މީގެ ދެ ހަފްތާ ކުރިންނެވެ. އިޒާން، ނިޔަލް އެގެޔަށް ގެނައީ އަދި މީގެ ދެދުވަސް ކުރިންނެވެ. އެގޭ އެކަކުވެސް އޭގެ ކުރިން ނިޔަލް އެގެޔަށް ނުގެނެއެވެ. ނިޔަލްކާރީގައި އެގޭ ހުރިތަނެއް އެކަކުވެސް ދުވަހަކު ވެސް ނުބުނެވެ. އެހެންވީމާ އަލާނިޔަލްއާއި އީން މިދައްކަނީ ތެދު ވާހަކަ ތަކެއްކަން ލަވާލްއަށް ގަބޫލް ކުރަން ޖެހިއްޖެއެވެ. ނިޔަލް އެގެ ހުންނަތަން މީހަކު ކާރީގަ އަހާގެން އަޔަސް އެގޮތައް ވަގުވަގަށް ދުރުގައި ހުރެގެން ބަލާ ލިވިޔާއަށް ފާރަލަނީ ކީއްކުރަންހެއްޔެވެ. ނިޔަލް، ލިވިޔާއަށް ފާރަލާތަން މިވަނީ ލަވާލްއަށް ފެނިފައެވެ. އެވަގުތުންފެށިގެން ލަވާލްއަށް ބުރަވެވެންފެށުނީ އީންއާއި އަލާނިޔަލްގެ ކޮޅަށެވެ.
“ވެ ..ވެއިޓް .. މާއިޝްގެ ކާ..ކާރީގަ އަހާލާނަން އޭނަކައިރީގައި މިގޭ ހުންނަ ތަން ބުނިތޯ..” ލަވާލް ހިތްއަވަސް ވެފައި ހުރެ މާއިޝްއަށް ގުޅާލިއެވެ. އީން ހަމަޖެހިލާގެން އިނީ މާއިޝްދޭނެ ޖަވާބު މާކުރިންވެސް އޭނާއަށް އިނގޭތީއެވެ. ލަވާލް އެނދުން ތެދުވެ ދެކޮޅަށްދެކޮޅަށް ހިނގަންފެށީ ފޯނު ކަންފަތުގައި ޖަހައިގެންހުރެއެވެ. ރިންގްވާތާ މާގިނައިރެއްނުވެ މާއިޝްފޯނުނެގިއެވެ. ” މާއިޝް ބުނިންތަ ނިޔަލް ކާރީގަ މިގެ ހުންނަތަން ..” އެކޮޅުން ހަލޯ އޭހަމަބުނިތަނާހެން ލަވާލް ވާހަކަ ދައްކަންފެށިއެވެ. “ނޫން .. ނުބުނަން ..އޭނާ ދުވަހަކު ވެސް ނާހާ ތިގޭ ހުންނަ ތަނާ ބެހޭގޮތުން އެކައްޗެއްވެސް.. ކިހިނެތްވީ އަނެއްކާ..” މާއިޝްގެ ޖަވާބު އަހާފައި ލަވާލްގެ ދެލޯ ބޮޑުވިއެވެ.
“ކަ..ކަމެއްނުވޭ .. ބަލާލީ ..އެނާ މިގެޔަށް ނާންނާތީ… އަހާލީމަ ބުނީ ބައްޕަ ނުބުނެޔޯ ހުންނަ ތަނެއް އެހެންވެ.. ހެހެހެ ..އަނެއްހެން ކަމެއްނުވޭ..އޭނާއާއި ދިމާކޮށްލަން ވެގެން” އުނދަގޫނަމަވެސް ދޮގެއް ހަދާލުމަށްފަހު، ހަމަޖެހިގެން ވާހަކަ ދައްކަން އުޅުނު ނަމަވެސް ލަވާލްއަކަށް އެކަމެއް ނުވިއެވެ. އޭނާގެއަޑުގައި ތުރުތުރު އެޅުން މާއިޝްއަށް ފާހަގަނުވީ އެންމެފަހުން ލަވާލްގަދަކަމުން ޖަހަލި ހިނިގަނޑު އިވިފައެވެ. މާއިސް ވެސް ހީލަމުން އޯކޭ ބުނެލިއެވެ. ލަވާލް ފޯނު ކަންފަތުން ނައްޓަލުމަށްފަހު އެނދަށް ވެއްޓިގަނެވުނެވެ. ދެއަތުން މޫނުފޮރުވާލައިގެން އިރުގަނޑެއް ވަންދެން އިނެވެ.
“މިވީޑިއޯ އަހަރެން ބޭނުން…ޔާސިރްއަށް ދައްކަން ބޭނުން.. ޓެލް މީ މޯރް.. އެބޮއުޓް ދެމް ” ލަވާލް މޫނުން އަތް ނަގަމުން ބުނެލިއިރު އެމޫނުމަތިގައިވަނީ ރުޅިވެރިކަމެވެ. “އައިމް ސޮރީ ދައްތާ.. އަހަރެންނަކަށް މި ވީޑިއޯ ނުދެވޭނެ… ވީގޮތަކީ..ލިވީ ބޭރަށް އާންމުކޮން ނުކުންނަ ގަޑި ބަލާފަ، އަހަރެން ކޮލެޖުން ނިމިގެން އާދައިގެ މަތިން ލިވީގެ ސޭފްޓީއަށް ޑިފީ ބުނެގެން ލިވީ އުޅޭނޫޅޭގޮތް ބަލަން ހުރީ އެދުވަހު ވެސް .. އަހަރެން އެތާގަ ހުރެހުރެފައި އެކަކުގެ އެއްވެސް ހިލަމެއް ނުވެގެން ޑިފީއަށް ގުޅަން އުޅެނިކޮން ނިޔަލްއައީ ..ދެން ހިތައް އެރީ ޑިފީއަށް ދައްކަން ވީޑިއޯ ކުރަން .. އަވަސްކުރަން ހަދާގެން ލެވުނީ “ވަން-ޓައިމް” ކެމެރާއަށް.. ދައްތަ އަށް ވެސް އިނގެއެންނު “ވަން-ޓައިމް” ކެމެރާއިން ނަގާ ވީޑިއޯ އާއި ފޮޓޯ ފެންނާނީ އެއްފަހަރުކަން..ވަރަށް ސެކިއުރިޓީ ހައި އެޕް އެއް އެއީ.. ދެން އަހަރެން ފަހުން ޑިފީ ކާރީގަ ބުނީމަ ބުނީ އައި ބިލީވް ޔޫ އޭ… އެން އޭތި ބައިންދާށެ ގޭގެ އިތުރު މީހަކަށް ދައްކަންޖެހޭ ދުވަހަކުން ދައްކަން.. ދެން މިއަދު ދައްތައަށް މިދެއްކީ..ދެން ކިތަންމެ ވަރަކަށް އަހަރެމެން ބަލަން ބޭނުންވިޔަސް ނުފެންނާނެ އެ ވީޑިއޯ އެއް..ބިކޯޒް ކުރިން ބުނިހެން ވަން-ޓައިމް ކެމެރާއިން ނެގިއެއްޗަކަށް ވީމަ..” އީން ވަރަށް ތަފްސީލާއެކު އެދުވަހު ވީގޮތް ކިޔައިދިނެވެ.
ލަވާލްއަށް އަނެއްކާވެސް ބޮލުގައި އަތްހިންގާލެވުނީ އޭނާގެ ހިތްވަރު އެލޭގޮތްވީމައެވެ. “އަހަރެން ވަރަށް ބޭނުން ޑިފީ ކާރިން މާފަށް އެދެން ..އެކުއްޖާ އެކަނި އަހަރެމެން އެންމެންނަށްޓާކައި ހާދަ ތެޅުމެއް ތެޅެފިޔޭ..އަހަ..އަހަރެން..ހާދަ ގޯހޭ..” ލަވާލްގެ ބަޑިފަޅާއިގެންދިޔައެވެ. ގިސްލާ ރޮމުންދިޔައިރު އެންމެ ފުރަތަމަ ވެސް އަލާނިޔަލްއަށް ބަދަލްތަކެއް އައުމުން އެކަން ހޯދަން އުޅެވުންނަމައޭ އެ ހިތައް މިއަދު އެތައް ފަހަރަކު އަރައިފިއެވެ.. އަލާނިޔަލްއަކީ ނުރައްކާތެރި މީހެއް ކަމަށްބަލާ ލިވިޔާ އޭނާ އާއި ދުރުކޮށް އޭނާއަށް ފޮރުވާގެން ގެންގުޅެ އެވަރުވެގެން ގޭގެ ހުރިހާ ބޮޑެތިމީހުން ވެސް އޭނާ ބާކީ ކޮށްލީއެވެ. އިޒާން ފިޔަވާއެވެ. އިޒާން އެތަކެއް ފަހަރު އަލާނިޔަލްއަށް ނަސޭހަތްދޭން އުޅުނެވެ. އިޒާން އަށް އެމަސައްކަތް ހުއްޓާލުމަށް ހުދު އޭނާވެސް ބުންޏެވެ. އިޡާން އާއި އެކު އެމީހުންނަސް ވެސް އަލާނިޔަލްގެ ހަގީގަތް ދެނެގަނެވުމަށް މަސައްކަތް ކުރެވުނު ނަމައޭ އެހިތައް އެތައް ހާސް ފަހަރަކު އެރިއެވެ.
“ދައްތާ ދެން ނުރޮވޭ.. ދައްތަމެން އެހެން ހެދިޔަސް ޑިފީ ނޫޅޭ އެކަން ހިތު އަޅާއިގެންނެތް.. ޑިފީ ގަބޫލުކުރޭ ޑިފީއަށް އަމަލުކުރެވުނު ގޮތުންކަން އެންމެންގެ ހިތުގައި ޑިފީ ޢާއި ދޭތެރޭގައި ނަފްރަތު އުފެދުނީ އަދި ކެރާއާއި ޑިފީއާއި ދޭތެރޭ އެދުވަހު ދެކެވުނު ވާހަކަތައް އިޒާންއަށް އިވުމުގެ ސަބަބުންކަން އިޒާންގެ ހިތުގައި ވެސް ނަފްރަތު އުފެދުނީ.. ކެރާ އާއި ޑިފީގެ ވާހަކަތަކަށްފަހު ވެސް އިޒާން ކިތަންމެ ރުޅިއައިސްފައި ހުރި ނަމަވެސް ބެލި ޑިފީއަށް ވިސްނައިދޭން .. ކޮއްކޮ ވީމާ ބޭބެ ބަލާނެއްނު ކޮއްކޮ އިސްލާހުކުރެވޭތޯ.. ..އެކަމަކު ޑިފީއަށް ފޭކް ސްޓަންޓްތަކެއް ޖައްސާގެން އެހެން އުޅެން މަޖުބޫރުވީ ކެރާ އާއި ހެދި..އެހެން ނުހެދިނަމަ ލިވިޔާ އަށް އަނިޔާވެރިވާނެ ތާ ކިތަންމެ ދުވަހެއް އެމީހުން..ޑިފީ އެހެން އުޅޭތީ ކެރާއަށް އަދިވެސް ހީވަނީ ޑިފީ ހުންނަނީ އޭނާ އާއި އެއްކޮޅަށްށޭ.. އެކަމަކު ހަގީގަތް އިނގެނީ އަހަރެންނަށްށައި ކައިވަންއަށް..މިއަދު ވެސް އެވާހަކަ އެދެއްކީ ކީއްވެކަމެއް އިނގޭތަ… ނިޔަލްގެ ކަންތައް މާ ބޮޑުވާންފެށުމުން..އޭނާއާއި އިޒާން އަދި އަހަރުމެން ނެތްގަޑިއެއްގައި ލިވިޔާއަށް ކަމެއް ކޮށްފާނެތީ ބިރަށް..” އީން ހުރިހާ އެއްޗެއް ކިޔައިދެމުން ދިޔައިރު ކައިވަންގެ ނަންބުނުމުން ލަވާލް އަށް ސިހިފައި ބަލައިލެވުނެވެ.
“ކައިވަން..” ލަވާލްއަށް އަހައިލެވުނެވެ. ” ޔާހް..ހީޒް ވިތް އަސް.. ކައި ބޭނުންވޭ އޭނާ ގެ ބެސްޓްފްރެންޑް ސަލާމަތްކުރަން ..އެހެންވެ އޭނާ ޖޮއިންވީ އަހަރެމެންނާ..” އީން ހީލިއެވެ. ލަވާލް އުފަލުން ރޮވެވުނީ އޭނާ އަނދިރިގައި ހުރި ނަމަވެސް ބަޔަކު އޭނާގެ ދަރިފުޅު ސަލާމަތްކުރަން މަސައްކަތް ކޮށްދޭވަރު ފެނިފައެވެ. ލަވާލް، އީންގެ ގައިގާ ބައްދާލިއެވެ.
***
އަލާނިޔަލް އޭނާގެ ކޮޓަރިން ނުކުމެހޭ އިންނަ ހަނި ބެލްކޮނިކޮޅުގައި ހުރިއިރު އެމޫނުމަތިގައި އެއްވެސް ތާޒާކަމެއް ނެތެވެ. “ޑިފީ” އޭނާ ފަހައްބަލައިލީ ލަވާލް އޭނާއާއި ނުހަނުގާތުން ވާހަކަދެއްކިއަޑު އަހާފައެވެ. “ކުޑަ މަންމައަށް މާފް ކުރޭ..” ލަވާލްގެ ދެލޯ ތާޒާ ކަރުނައިން ފުރުނެވެ. “ނޫން އިޓްސް އޯކޭ.. “އަލާނިޔަލް، އޭނާގެ ފައިދޮށައް ތިރިވާން އުޅުނު ލަވާލް ނަގަމުންއޭނާގެ ގައިގާ ބައްދާލިއެވެ. އެތައް ވަރުން އެތައް ވާހަކައެއްދައްކާގެން ލަވާލް ހުއްޓުނެވެ.. އެ މަންޒަރުބަލަން އުފާވެރި ހިނތުންވުމަކާއެކު އީން ފަހަތުގައި ހުއްޓެވެ. “ކުޑަމަންމާ..އިތުރު މީހަކު ކާރީގަ ނުބުނެ އަހަރުމެން ހަތަރު މީހުން ލިވީ ސަލާމަތްކުރަންއުޅުނިއްޔާ އެންމެ ސޭފް ވާނީ ..” އަލާނިޔަލް ބުނެލިއެވެ. ” އާން އައި އެގްރީ ވިތް ޔޫ.. މިހެން ހަދަން ވީނު…” އީން އޭނާގެ ވިސްނުންހުރިގޮތް ކިޔައިދިމުން އެގޮތައް ލަވާލްއާއި އަލާނިޔަލް ވެސް އެއްބަސްވިއެވެ.
**
ލަވާލް އެނބުރި އެމީހުންގެ ފްލޯއަށް އައި އިރު ޔޫމީންއާއި ލިވިޔާގެ އިތުރުން މިލާން ވެސް އިނެވެ.
ލިވިޔާގެ ކޮޓާރީގައި ނިދި ދުވަހުންފެށިގެން ޔޫމީން އެގޭގައި ހުންނަކަން ގޭގެ ބާކީތިބި އެންމެންނަށްވެސް އިނގެއެވެ. އެންމެންވެސް މިލާންއަށް ވަރަށް ރަނގަޅެވެ. މިލާންއަކީ އާއިލާ މެމްބަރެއްކަމަށް ދެކެންފެށިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަމިއްލަ އާއިލާ ކަމަށް މިލާންއަށް ވެސް ދެކެވެންފެށުނެވެ. އަލާނިޔަލްއަށް މިލާންފެނުނު ރެއިން ފެށިގެން އިތުރަކަށް އިޒާންވެސް މިލާން ފޮރުވާކަށް ނޫޅެއްއެވެ. ނަމަވެސް މިލާން ހުންނަނީ އިޒާންގެ ބެލުމުގެ ދަށުގައެވެ. މިލާން އުޅޭނޫޅޭ ގޮތް އިޒާންބަލައެވެ.
މިލާންއާއި އަލާނިޔަލްގެ ގުޅުމަށްވަނީ ވަރަށްބޮޑަށް ބުރޫއަރާފައެވެ.
އަލާނިޔަލްއަށް މިލާންފެނުނަސް ނުފެންނަކަމަށް ހަދާފައި ދަނީ މިލާންއަށް އަތުވެދާނެ ނުރައްކަލަކަށް ބަލާފައެވެ. މިލާންއާއި ޖެހި ފިތިގެން އަލާނިޔަލް ދިޔަސް ހިނގަނީ ދުރުބަލަމުންނެވެ. އެންމެކުޑަމިނުން ކުރިން ފެންނަ އެކުވެރިކަމެއް ވެސް މިހާރަކު ނުފެނެއެވެ. މިލާން، އަލާނިޔަލް އާއި ދެދުވަހަކު ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް ފާޅުގައި އަލާނިޔަލް ދިޔައީ މިލާންއަށް “އިގްނޯރ” ކުރަމުންނެވެ. ފަހުން މިލާން އޭނާ އާއި ވާހަކަ ދައްކަން މަސައްކަތް ނުކުރަނީ އެކަމުން މިލާންއަށް އިތުރު ހިތްދަތިކަމެއް ލިބޭ ތީއެވެ. އޭނާގެ އެ އަމަލުން މިލާންގެ ހިތައް ދަނީ ބަޔާންކުރަން ދަތި ވޭނެއް ލިބެމުންނެވެ. ނަމަވެސް އަލާނިޔަލްއަށް އެހެން ހަދަންޖެހެނީ މިލާންގެ ރައްކާތެރިކަމައް ކަމެއް މިލާންއަކަށް ނޭނގެއެވެ.
“މިންމީ ކިހިނެތްތަ..އެއްޗެއް ކައިފިންތަ…ކުރިން ދުވަހު އައިގޮތައް މިގެޔަށް ނުވެސް އަންނަމެންނު.. ” ހަފްތާއެއްފަހުން މިލާން ފެނުމުން ލަވާލްއަށް ޝަކުވާ ކޮށްލެވުނީ އެގެޔަށް ނުދާތީއެވެ. “ދައްތާ ހަމަ ބިޒީ ކަމުން ނާދެވެނީ .. މިހާރު ސުކޫލަށް ވެސް ދަން… އެކްސްޓްރާ ތަކުން ނިމެގެން އައިސް އުޅެނީ ހޯމްވޯކްސްތައް ހަދަން ގިނައިން..އެހާ ގިނައިން އޮވޭ އެވެސް ހަދަން ..އެކަމް ބަލާނަން އާދެވޭތޯ އިނގޭ..” މިލާން ހީލިއެވެ. ލަވާލް ވެސް ހީލަމުން ބޯ ޖަހާލިއެވެ. ” ހަމަ ޒެކް އުޅޭހެން އުޅޭ ކުއްޖެއް މިންމި ވެސް މީ.. މިބުނީ ބިޒީ ވީމަ.. ޒެކް އެކޭ ތަނެއްގެ ވެރިއެކޭ ތަފާތެއް ނުހުންނާނެ ..އެހާ ބިޒީވާނެ..އޭނާއަށް ގޮވާލިޔަސް ގޮވާނެ މަންމާ ބިޒީ މަންމާ ބިޒީ” މިލާންގެ ބޮލުގައި ފިރުމާލަމުން ލަވާލް ބުނެލިއެވެ. ލިވިޔާއާއި ޔޫމީންވެސް ހޭންފެށިއެވެ. “އެ ކާކު” މިލާން ހައިރާންވެފައި އަހާލިއެވެ. އޭނާ ހީކުރީ ލަވާލްއާއި ޔާސިރްގެ ތިބެނީ ލިވިޔާއާއި ޔޫމީން އެކަނިކަމަށެވެ. އިތުރުމީހަކު އެގޭގައި އުޅޭތަން ވެސް އޭނާއަކަށް ނުފެނެއެވެ. މީގެ ކުރިން އޭނާ އެގެއިން ޔާސިރްއާއި ލަވާލްއާއި ލިވިޔާގެ އިތުރުން ޔޫމީންފިޔަވައި އެކަކުވެސް ފެނިފައެއް ނުވެއެވެ. “އެއީ ޓްރަބްލް މޭކަރ މިފެމެލީގެ.. އަހަރުމެންގެ ދޮންބެ.. ޒާންބެގެ ވަތުކިބަ ޔަޒަކް…މިހާރު ވެއްޖެ ކެނެޑާގަ ޔުނިވާސިޓީގެ ފަރާތުން ޓްރިޕެއްގަ ގޮސް..” ޔޫމީން ހެވިފައި ކިޔައިދިންގޮތުން އެހެންމީހުންގެ ގާތައްވެސް ހިނިއައެވެ. މިލާންވެސް ހީލިއެވެ.
” މަންމަ އެބައޮތޭ ވާހަކައެއް ބުނަން ވެފަ..ލިވީ .. މިރޭން ފެށިގެން ލިވީ ނިދަން ވާނީ ޔޫމީއާ އެއްކޮން ޔޫމީގެ ރޫމްގަ.. ހުރިހާ އެއްޗެއް ވެސް ޗޭންޖް ކުރަންވާނެ ޔޫމީގެ ރޫމަށް މިރޭ ނިދަން ވާއިރަށް.. ނޯ މޯރ ކުއެޝަންސް ..އައި ރިޕީޓް..” ލަވާލް އޭނާ ބަސްތައް އިއްވާލުމަށްފަހު ހިނގައިގަތީ ޔާސިރްގުޅުމުންމެވެ. ޔާސިރް އެވަގުތު ގުޅިކަން އެއީ ނަސީބެކޭ ލަވާލްގެ ހިތައް އެރިއެވެ.
“ހޭ އިޒް ދެއާ އެނީތިންގް އައި ޑޯންޓް ނޯ… ވަޓްސް ގޮއިން އޮން..” ޔޫމީން އަހައިލިއެވެ. މިލާން އާއި ލިވިޔާ ނޭގޭ އޭ ބުނާފަދައަކުން ބޯހޫރުވާލިއެވެ. ފަހުން ލަވާލް ފެނުމުން ވެސް ލިވިޔާއަކަށް ވެސް ޔޫމީންއަކަށް ވެސް އެކައްޗެއް ވެސް އަހާކަށް ނުކެރުނެވެ. ޔޫމީން، އޭނާގެ ކޮޓަރިޔަށް ވަނީ ލިވިޔާގެ އެއްޗިސް ގެންނަން ވާއިރަށް އޭނާގެ އަލަމާރި އާއި ކަބަޑް އިން ލިވިޔާ އަށްޖާގަ ހަދާލުމަށެވެ. ލިވިޔާ މިސްރާބްޖެހީ އޭނާގެ ސާމާނުތައް މިލާންއާއި އެކު ބަލާ އޭނާގެ ކޮޓަރިއަށެވެ. ތިންމީހުންގެ މަސައްކަތުން ދާދި އަވަހަށް މަސައްކަތް ނިންމާލިއެވެ. އޭރު އިރު އޮއްސި ހަތެއްޖަހާފިއެވެ. ތިންމީހުން ވަރުބަލިކަމާއެކު ސޯފާގައި ޖައްސާލިއެވެ. “އަހަރެން އަންނާނަން ފެންވަރައިލާގެން.. ވަރަށް ޓަޔާޑް..” ޔޫމީން މިސްރާބްޖެހީ ކޮޓަރިޔަށެވެ. “ދަރިފުޅުމެން ނުއެއް ކާނަންތަ ..ނޫޑްލިސް ކައްކާފަ ހުންނާނެ ..ނަމާދުކޮށްލާއިގެން ތިރިއަށް އާދޭ..” ޔަޒަކްގެ ކޮޓަރިން ބާލީސް އުރަތަކެއް ހިފައިންގެ ނުކުންނަމުން ލަވާލް ގޮވާލިއެވެ. “އަޅުގަނޑު ފެންވަރައިގެން އައިސްކާނީ.. “ޔޫމީން ކޮޓާރިއަށް ވަންނަމުންގޮވާލިއެވެ.
ލިވިޔާ އާއި މިލާންވެސް ޔޫމީންގެ ފަހަތުން ކޮޓަރިޔަށް ވަނީ ނަމާދުކޮށްލުމަށެވެ. އެމީހުން ވުޟޫކޮށްގެން ނުކުމެ ނަމާދުކުރަންފެށުމުން ޔޫމީން ވެސް ފެންވަރަން ވަނެވެ. ލައިފައި ހުރި އަންނައުނުތައް ގައިން ވަކިކޮށްލުމަށްފަހު ހޫނު ފެނުން ފެންވަރަން ޔޫމީން ފެށިއެވެ. ހޫނު ފެން ގަޔަށް އޮހެންފެށުމުން ޔޫމީންގެ ވަރުބަލިވެފައިވީ ހަށިގަނޑަށް ތާޒާކަން ލިބުނެވެ. ފެންވަރާލައި ނިންމައިގެން ތުވާލި ނަގާފެން ހިއްކާލަން ތައްޔާރުވެލި ތަނާ ފެންލައިޓުން ހިޔަންޏެއް ވިހެން އޭނާއަށް ހީވިއެވެ. އަވަސްއަވަހަށް ހެނދުން ގަޔަށް މަހައިލައިގެން ނުކުމެގެން ދިޔަގޮތަށްގޮސް ކުޑަދޮރު ހުޅުވާލުމަށްފަހު ފާހާނާ ފެންލައިޓް ފެންނާނޭހެން ބޯ އަރިކޮށްލިއެވެ. އެއްވެސްމީހެއްގެ ހިލަން ނުވެއެވެ. އޭރު ކޮޓަރީގައިވެސް މީހަކު ނެތެވެ. ޔޫމީން ހިތުގައި ކުޑަބިރުވެރިކަމެއް އުފެދުނު ނަމަވެސް އެއީ ހީވި ގޮތެއް ކަމަށް ވެދާނެއޭ އޭނާގެ އަމިއްލަ ހިތައް ވިސްނައިދިނެވެ.
ހެއާޑްރަޔާރ އިން ބޯ ހިންކަން ހުއްޓާއި މިލާން އާއި ލިވިޔާ ކައިގެން އައިސް ކޮޓަރިޔަށް ވަނެވެ. ޔޫމީން ކަމަކަށް ގެއްލިފައިވީއިރު އެމޫނުމަތިން ނުތަނަވަސްކަން ފެންނަމުންދިޔައެވެ. ލިވިޔާ ދެތިންފަހަރަކު ގޮވާވެސް ލިއެވެ. ނަމަވެސް ޔޫމީންއަކަށް ރެއަކާއި ނުލައެވެ. “އޭއި ޔޫމީ..ކިހިނެތްވެފަ..” މިލާން، ހެއަޑްރަޔާ ގެ ސްވިތް އޮފްކޮށްލަމުން އައިސް ޔޫމީންގެ ކޮނޑުގައި ހިފާލިއެވެ. “އަ..އަ..ކަމެއްނުވޭ.. ފެންވަރަން ހުއްޓައި ފެންލައިޓްއިން ހިޔަންޏެއްވިހެން ހީވީ.. ވެދާނެ އަހަރެން އަބަދު ބިރުން ހުންނާތީ ހީވިގޮތެއް ކަމަށްވެސް” ޔޫމީން ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ. “ކަމޯން .. މިހާ އުސް ބިލްޑިންއެއްގެ ޓޮއިލެޓް ބަލަން އެރޭނީ ކާކަށް… ބެލްކޮންޏެއްވެސް ނެތް.. އައި ތިންކް އެއީ ހީވިގޮތެއް ކަންނޭގެ .. އެކަމާ ނުވިސްނާ..” މިލާން ހީލަމުން ޔޫމީންގެ ބޮލުގައި ފިރުމާލިއެވެ. ނަމަވެސް ލިވިޔާ މަޑުން ހުރީ ދާދި ދެންމެއަކު ވީކަންތައް ހަނދާންވުމުންނެވެ.
**
މިލާން އާއި އެކު ލިވިޔާ ނަމާދުކޮށްލައިގެން މިސްރާބު ޖެހީ ތިރިޔައް ކާންދިޔުމަށެވެ. ދެމީހުންވެސް ވާހަކައިގައި ތިބެ ލިފްޓަށް އަރަންދަނިކޮން ލިވިޔާގެ ލޮލުގައި އަޅައިގަތީ ލިފްޓްގެ އެއްފަރާތުގައި ހުއްޓިލައިގެން ހުރި ނިޔަލްއެވެ. އެހާ ކުއްލިޔަކަށް އެތަނުން ނިޔަލް ފެނުމުން ލިވިޔާ ދިޔައީ ސިހިގެންނެވެ. މިލާންއަށް ނިޔަލް ނުފެނުން ކަން ނަސީބެކޭ ލިވިޔާގެ ހިތައް އެރިއެވެ. އޭނާ އެބަދަން ކަމުގައި ބުނެ މިލާންގެ ގާތުގައި ދިޔުމަށް ބުންޏެވެ. އޭނާ ވެސް އޯކޭ އޭ ކިޔާ ލިފްޓަށް އެރިއެވެ. ނިޔަލްފެނުމާއެކު ލިވިޔާގެ ދެބުމަ ވަގުތުން ގޮށްޖެހުނެވެ.
“ވަޓް ދަ ހެލް އާރ ޔޫ ޑުއިން ހިޔާ.. ” ލިވިޔާގެ ގާތައް އައިސްފައިވަނީ އިންތިހާ އަށް ރުޅިވެރިކަމެވެ. އެތަނައް މީހަކު އައިސްފާނެތީ ލިވިޔާގެ ހިތް ތެޅިގަތެވެ. “ހަހަ އޭނާ ފޮނުވާލީ ކީއްކުރަން ..އަހަންނާ އެހާ ވާހަކަ ދައްކާ ހިތްވީތަ..” ނިޔަލް ހީގަތެވެ. “ޗީ މަ އެބޯޅެންތަ މޮޔަވެގެން ..މަށެއް ނޫޅެން އޭނާ މަޑުކޮށްފަ ނިޔަލް އާއި ވާހަކަ ދައްކުވަން ބަހައްޓާހިތަކުންނެތް..މަށެއްވެސް ނެތިން ކަލެޔާ ވާހަކަ ދައްކަން ހުންނާކަށް… މަށައް އިނގޭ ކަލޭގެ ނުބައިކަން.. ތިމާ މީހާގެ ގާތް އެކުވެރިޔާ ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާއަށް ތިހެން ފޮށުމަކީ ކިހާ ލަދުކުޑަކަމެއްކަން ނޭނގޭ ވަރު ކުޑަތަ ކަލޭ.. މިގެޔަކު ހުންނާނެކަމެއްނެތް ދާންއުޅޭ..ދާން އުޅޭ މިތަނުން ” ނިޔަލްގެ މޭގައި އަޅާ ކޮއްޕާލަމުން ލިވިޔާ ލިފްޓާށް އެރިއެވެ. ލިވިޔާ ރުޅިއަރުވާލުމަށް ގަސްތުގައި ލިވިޔާ މޭގައި ޖަހާލި ވަގުތު ނިޔަލް ފަހަތައް ވެއްޓިގަތީ މޭގައި އަތްލަމުންނެވެ. ނިޔަލްގެ އެއަމަލުން ލިވިޔާގެ މޫނައް އިތުރު ފޫހިކަމެއްވެރިވިއެވެ. ނިޔަލް ނުލަފާ ވައްތަރަކަށް ހިނިއައިސްފަ ހުއްޓެވެ. “މިރޭ އަދި އޮތީ އިނގޭ ބޭބް” ނިޔަލްގެ ވާހަކަ އިވިފައި ލިވިޔާގެ ދެފައިގައި ހީވީ ކަސްތޮޅުއެޅުވުން ހެންނެވެ. ލިވިޔާއަށް ހިނގައިގަންނަން މަޖުބޫރުވީ ލަވާލް ފެނުމުންނެވެ. ލިވިޔާ ނިޔަލް ހުރިތޯ ބަލާލިވަގުތު އޭނާގެ ހިލަންވެސް ނެތެވެ.
***
“އޭއި މީނަ ކޮން ހިޔާލެއްގަ..” ދެންމެ ވީކަންތަކާއި ދޭތެރޭގައި ވިސްނަމުންދިޔަ ލިވިޔާއަށް ރެޔަކާލީ ޔޫމީން އާއި މިލާން އޭނަގެ ދެފަރާތުން ކޮއްޓައިލުމުންނެވެ. “ކަ ..ކަމެއްނުވޭ .. މިދަނީ އޮށޯވެލަން ވަރަށް ބޮލުގަ ރިއްސާ އެބަ.. ” އެދެމީހުން ބޮލުގެ އިޝާރާތުން އާއެކޭބުނުމަށްފަހު އަމިއްލަ ވާހަކައަށް ގެއްލުނެވެ. ލިވިޔާއަށް ކޮޓަރިޔަށް ވަދެވުން އިރު ޑްރެސިންޓޭބަލް ގާތު ހުއްޓިހުރި އިޒާން ލޮލުގައި އަޅައިގަތެވެ. ހުޅުވިފައިހުރި ކުޑަދޮރުފެނި އިޒާން އެތެރެއަށް ވަންގޮތް ލިވިޔާއަށް ފަހްމްވިއެވެ. އުޅަބޯއްޓާއިހަމަޔަށް އަރާ ހުދުކުލައިގެ ޓީޝާޓްގައި ހުރި އިރު ކަޅުކުލައިގެ ޖީންސްގައި އިޒާން ނުހަނު ފިރިހެންވަންތައެވެ. އަތުގެ ނާރުތައް ފާޅުކޮން ހުރުމުން އެ މުލައްދަނޑީގެ ވަރުގަދަކަން ހާމަވެއެވެ.
ލިވިޔާ ފެނުމުން އިޒާންގެ އެރަތް ތުންފަތުން ހީލިއެވެ. ނަމަވެސް ލިވިޔާ ހީވެސްނުލާ އިޒާންގެ މޫނައް ބަލަންހުރީ ވަރަށް ތަފާތު ގޮތަކަށެވެ. އެހުރިގޮތައް ހުރެފައި ލިވިޔާ ދުވެލާފައި ގޮސް އިޒާންގެ ހަށިގަނޑުގައި ނުހަނު ބާރަށް ބައްދާލިއެވެ. ހީވީ އެންމެފަހު ފަހަރަށް ބައްދާލިހެންނެވެ. ލިވިޔާގެ ސިކުނޑިއާއި ހިތް އިއްތިފާގުން ބުނަމުންދިޔައީ މިއީ އިޒާންއާއި ބައްދަލްވާނޭ އެންމެ ފަހު ފަހަރުކަމަށެވެ. އިޒާން އޭނާގެ ދެއަށް ލިވިޔާގެ ހަށިގަނޑުގައި ވަށާއިލުމަށްފަހު ގަޔާލާ ފިއްތާލިއެވެ. “އައި މިސްޑް ޔޫ ގާލް” އިޒާން އެހުރިގޮތައް ހުރެ ބުނެލިއެވެ. “މީ ޓޫ… އެން އައި ވިލް މިސް ޔޫ ..” ލިވިޔާގެ އެންމެ ފަހު ޖުމްލަ ބުނެލީ ހިތާ ހިތުންނެވެ. އެދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އިޒާންއަށް ފެނުމުގެ ކުރިން އޮއްބާލީ ނުހަނު އުނދަގުލުންނެވެ. ” ބޭބީ އިޒް ދެއާރ އެނީތިންގް ރޯންގް.. މިއަދު ކުއްލިޔަކަށް ދޯ މިރޫމަށް އައީ .. “އިޒާން އަހައިލިއެވެ. “ޔާހް.. ކުއްލިޔަކަށް މަންމަ ބުނީ ޗޭންޖު ވާން.. ނޫން އެއްވެސް ކަމެއް ނުވޭ ..ހަގް ކޮށްލީމަ ދޯ ތިހެން ތިބުނީ… މިސްވީ އޭ މާ ބޮޑަށް” ލިވިޔާހުރީ އިޒާންގެ ގައިން ދޫކޮށްލަން ބޭނުންނުވެފައެވެ. ދެން މިހެން ބައްދަލު ވެދާނެއެކޭ އޭނާގެ ހިތެއްނުބުނެއެވެ. ދެމީހުން އެގޮތުގައި ތިއްބައި އިޒާންގެ ފޯނަށް އައްޒާމްގެ ކޯލެއް އައެވެ. އެފޯނުން ވާހަކަދައްކަމުން އޭނާ އެއްފަރާތަކަށް ޖެހިލިއެވެ. “އާނ އޯކޭ އެބަ ދަން ..” ލިވިޔާގެ މޫނަށް ބަލައިލަމުން އިޒާން ފޯނު ބޭއްވިއެވެ. ” ބައްޕަ އެގުޅީ..ކޮންމެވެސް ތާކަށް ދާންވެގެން..ސޮރީ އިނގޭ އައިސް އެހާ އަވަހަށް ދާންޖެހުނީމަ.. މާދަން ދިމާވާނެ ދޯ ބޭބީ.. ” އިޒާން ލިވިޔާގެ ގައިގާބައްދާލިއެވެ. “އިންޝާﷲ.. ޒާން..ކޮންމެ ކަމެއް ދިމާވިޔަސް އަބަދުވެސް ހަނދާންކުރާތި އަހަރެން ލޯބިވާވަރު އިނގޭ… އައި ލަވް ޔޫ ސޯ މަޗް… ވެއިޓް ފޯރ މީ އޯލްވޭޒް” ކުޑަކޮން ކޮރާލަމުން އިޒާންގެ ކޯތާފަތުގައި ބޮސްދެމުން ލިވިޔާ ބުނެލިއެވެ. ” ޔެސް އައި ވިލް ނެވޭރ ފޮރގެޓް .. އަހަރެން އަބަދުވެސް ޥާނީ ލިވީ އާ އެއްކޮން..އެން އަހަރެން މީ ލިވީގެ މީހެއް އޯލްވޭސް އެންޑް ފޯރްއެވާރ .އިންޝާﷲ.. ..ސޯ ޑޯންޓް ވޮރީ ބޭބީގާލް .. އައި ލަވް ޔޫ ޓޫ..އެން ހުރިހާ ކަމެއް ރަނގަޅުތަ..” އިޒާން ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. ނަމަވެސް އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނީ ލިވިޔާ ތަފާތުގޮތަކަށް މިރޭ އުޅޭހެން ހީވުމުންނެވެ. ނަމަވެސް ލިވިޔާ އެއްވެސް ކަމެއް ނުވާކަމަށް ބުނެ ހީލުމުން އިޒާންއަށް އެންމެފަހުން ޖެހުނީ ގަބޫލްކުރާށެވެ. “އޯކޭ އައި ބިލީވް ޔޫ.. އައިސް މެސެޖް ކޮށްލާނަން އިނގޭ.. ދަނިއްޔޭ..”އިޒާން ހިނގައިގަތީ އައްޒާމް ދެވަނަ ފަހަރު ގުޅާން ފެށުމުންނެވެ.. ދަމުން ލިވިޔާގެ ތުންފަތަށް ލުއިލުއިކޮން ބޮސްދިނުމަށްފަހު ކުދަދޮރުން ފުންމާލިއެވެ. އިޒާން ދިޔަދިމާލަސް ބަލަން ލިވިޔާ ހުރީ މައިނަވީ ހިނިތުންވުމަކާއި އެކުއެވެ.
އިޒާން ދިޔުމުން ލިވިޔާ ވެސް އެނދުގައި އޮށޯވެލީ ބޮލަށް ބާރުކުރަންފެށުމުންނެވެ. ނިދާ ބޮކީގެ އަލި ފަޑުކޮށްލުމަށްފަހު އެނދުގައި ޖައްސާލިތާ މާގިނައިރެއް ނުވަނީސް ޔޫމީން ނިދަން ވަނެވެ. ލިވިޔާ ލޯމަރާ ނިދާފައި ކަމަށް ހެދީ ނިދަންށޭ ކިޔާފައި އައިސް އެހާ ގިނައިރު ނުނިދާ ހުރުމުން ޔޫމީންގެ ސުވާލްތައް އަންނާނޭތީއެވެ. ޔޫމީންވެސް ނިދާ އެއްޗިސް ބަދަލްކޮށްގެން އެނދަށް އަރާ ޖައްސާލިތާ މާގިނައިރެއް ނުވެ ނިދީގެ ފުންކަނޑަށް އޭނާ ގެނބުނެވެ. ޔޫމީން ގަދަޔަށް ގުގުރި ދަމަންފެށުމުން ލިވިޔާ ދެލޯ ހުޅުވާލިއެވެ. އެހިނދު ސައިޑް ޓޭބަލްމަތީގައި އޮތް އޭނާ ގެންގުޅޭ ދެ ފޯނުތެރެއިން އެޕަލް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. މަޑުމަޑުން ފޯނު ނަގާ ބަލައިލިއިރު ވީޑިއޯ މެސެޖެކެވެ.
ނުދަންނަ ނަންބަރަކުން ފޮނުވާފައި އިން ވީޑިއޯ މެސެޖްފެނުނު ވަގުތު ލިވިޔާއަށް ހީވީ ދުނިޔެ އެނބުރުނުހެންނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފޭބީ އިހްތިޔާރުންބޭރުގައެވެ. ނިދާފައި އޮތް ޔޫމީންއަށް ހޭލެވިދާނެތީ އަނގަމަތީގައި އަތްއަޅައިގެން ދުވެފައިވަނީ ފާހާއަށެވެ. އެހިނދު ލިވިޔާގެ ބަޑިފަޅާއިގެން ދިޔައެވެ. ނުރޯން ހިތްވަރުކުރަމުން ހަމަޖެހިލަން ދެތިން ނޭވާލާ އުޅުނު ނަމަވެސް އިތުރަށް ރޮވުނީއެވެ. އެ ވީޑިޔޯގައިވަނީ ޔޫމީން ފެންވަރަން ހުއްޓާއި ފެންލައިޓުން ނަގާފައިވާ މަންޒަރެކެވެ. އެއްވެސް އަންނައުނެތް ނެތި ޔޫމީން ފެންވަރަން ހުއްޓާއި ނަގާފައިވި ވީޑިއޯއެކެވެ. މޫނުދޮންނަ ތަށިގައި ލެނގިލާއިގެން ލިވިޔާ ހުރިއިރު ހަނދާނައް އައީ މިރޭ ޔޫމީން ދެއްކި ވާހަކައެވެ. ފެންވަރަން ހުއްޓާއި ފެންލައިޓްއިން ހިޔަންޏެއްވިހެން ހީވި ވާހަކައެވެ. އެ ވާހަކަ ހަނދާންވުމުން ލިވިޔާއަށް ހުރި ދިމާލަށް ތިރިވެވުނެވެ. އޭރު އޭނާއަށް ދިޔައީ ގިސްލެވެމުންނެވެ.
ލިވިޔާ ގިސްލެވެމުންދިޔަ ހާލުގައި ބަލައިލެވުނީ އެ ވީޑިއޯގެ ދަށުން އައިސްފައިވި މެސެޖަށެވެ. “ހޭ ލިވީ ބޭބީ.. އަހަރެން ބުނީމެންނު މިރޭ އަދި އޮތީއޭ ދޯ…ހެހެހެ.. އަހަރެންނާ ބައްދަލުކުރަން ހަމަ މިޙާރު މި ވަގުތު އަންނަން އެއްބަސްވޭ އެހެންނޫނީ ކަލޭގެ ދައްތަގެ އޮރިޔާން ވީޑިޔޯ އޮންނާނީ މުޅި ދުނިޔެއަށް ލީކުކޮށްލާފަ… ނިޔަލް..” އެ މެސްޖްފެނި ލިވިޔާގެ ލޭ ދިޔައީ ކެކިގެންނެވެ. ނަމަވެސް ބިރުވެރިކަމާ އަމިއްލަ ނަފްސަށް ބާރެއް ނެތްކަން ހަނދާންވުމުން އިތުރަށް ރޮވުނީއެވެ. އިސާހިތަކު ފެނުނީ އެނަންބަރުން ގުޅާތަނެވެ. “ނޫން..ނޫން..އަހަރެން މިހާރު …މި..މި..މިހާރު މިދަނީ…ތި..އެޑްރެސް ބުނޭ .. ތިހެން ނުހަދާ ޔޫމީއަށް..އަހަންނަށް ކުރޭ ކުރާ ކަމެއް..” ތުރުތުރު އަޅަމުންދިޔައިރު ލިވިޔާއަށް ވާހަކަދެއްކުނީ ވެސް ކިރިޔާއެވެ.. މާ ގަޓްވެގެން އުޅޭނެ..ބިރުން ވިރޭ އިރުވެސް… ތިޜީގަ ގަރާޖު ކައިރިގަ މިއޮތީ ކާރު އަރަން އާދޭ ފަސްމިނެޓް ތެރޭ..އެހެން ނޫނީ މުޅި ދުނިޔެއަށް އެ ވީޑިއޯ..” ނިޔަލް ގެ ވާހަކަ ނުނިމެނީސް ލިވިޔާ ވާހަކަ ދައްކަން ފެށިއެވެ. “ނޫން .ނޫން ޥީޑިއޯ ނުލާ އަހަރެން މިދަނީ.. ޕްލީޒް..”ލިވިޔާ އިންތަނުން ތެދުވެފައި ފާހާނައިން ނުކުމެ ދުއްވައިގަތީ އެ ކާރަށް އެރުމަށްޓަކައި ދިޔުމަށެވެ.
ޔޫމީންގެ ސަލާމަތައްޓާކައި ލިވިޔާ އެ އެޅިފިޔަވަޅާކީ ލިވިޔާގެ މުޅި ދިރިއުޅުން ބަދަލް ވެގެންދާނެ ފިޔަވަޅުކަމެއް ލިވިޔާއަކަށް އިހްސާސް ނުވެއެވެ. އެފިޔަވަޅަކީ ލިވިޔާގެ މުޅި ދިރިއުޅުން އެފުއް މިފުށައް ޖެހިގެންދިޔަ ލިވިޔާގެ މުޅި ހަޔާތް ބަނަވެގެންދާނެ ފިޔަވަޅު ކަމެއް އެ ފަކީރަތް އިޙްސާސް ނުވެއެވެ. އެއަށްވުރެން ލިވިޔާ ހުރީ ޔޫމީންގެ ސަލާމަތައް އިސްކަންދީގެންނެވެ.
ލިވިޔާ ކާރާއި ދިމާލަށް ދުވަމުންދިޔަ މަންޒަރު ޓެރެހަށް އެރި ކައިވަން އާއި އަލާނިޔަލްގެ ލޮލުގައި އަޅައިގަތެވެ. ދުރުގައި އޮތް ނިޔަލްގެ ކާރު ފެނި އަންނަން އުޅޭ ތޫފާނުގެ ހިލަން އެމީހުންނަށް އިޙްސާސް ވެއްޖެއެވެ. ނޭނގެނީ އެ ތޫފާނުގެ ކޮޅިގަނޑު ގަދަވާނެ ވަރެވެ. ދެމީހުން ގައިގާ ހުރި ބާޜެއް ލާފައި ދުއްވައިގަތީ ލިވިޔާ ސަލާމަތްވާނެ އެއްވެސް އުއްމީދެއް އޮވެގެންނެތް ނޫނެވެ.
***
(ނުނިމޭ)