ހިރާސް 1 (31) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (31)

ޔޫމީންގެ ސަލާމަތައްޓާކައި ލިވިޔާ އެ އެޅިފިޔަވަޅާކީ ލިވިޔާގެ މުޅި ދިރިއުޅުން ބަދަލް ވެގެންދާނެ ފިޔަވަޅުކަމެއް ލިވިޔާއަކަށް އިހްސާސް ނުވެއެވެ. އެފިޔަވަޅަކީ ލިވިޔާގެ މުޅި ދިރިއުޅުން އެފުއް މިފުށައް ޖެހިގެންދިޔަ އަދި ލިވިޔާގެ މުޅި ހަޔާތް ބަނަވެގެންދާނެ ފިޔަވަޅު ކަމެއް އެ ފަކީރަތް އިޙްސާސް ނުވެއެވެ.  އެއަށްވުރެން ލިވިޔާ ހުރީ ޔޫމީންގެ ސަލާމަތައް އިސްކަންދީގެންނެވެ.

ލިވިޔާ ކާރާއި ދިމާލަށް ދުވަމުންދިޔަ މަންޒަރު ޓެރެހަށް އެރި ކައިވަން އާއި އަލާނިޔަލްގެ ލޮލުގައި އަޅައިގަތެވެ. ދުރުގައި އޮތް ނިޔަލްގެ ކާރު ފެނި އަންނަން އުޅޭ ތޫފާނުގެ ހިލަން އެމީހުންނަށް އިޙްސާސް ވެއްޖެއެވެ.  ނޭނގެނީ އެ ތޫފާނުގެ ކޮޅިގަނޑު ގަދަވާނެ ވަރެވެ.  ދެމީހުން ގައިގާ ހުރި ބާޜެއް ލާފައި ދުއްވައިގަތީ ލިވިޔާ ސަލާމަތްވާނެ އެއްވެސް އުއްމީދެއް އޮވެގެންނެތް ނޫނެވެ.

***

ލިވިޔާ ކާރު ދޮށައް ހުއްޓި ދޮރު ފަތުގައި ތަޅާއިގަން އިރުވެސް ދިޔައީ ގިސްލެވެމުންނެވެ .

އެހިނދު އެތެރޭން އަރާށޭ ގޮވާލިއެވެ. ލިވިޔާ ފަހަތު ސީޓުގެ ދޮރުހުޅުވާލި ވަގުތު ފުރަތަމަވެސް ފެނުނީ ނިޔަލްގެ މަކަރުވެރި މޫނެވެ. ލިވިޔާ ނިޔަލްއާއި ޖެހިގެން އިން ޝީޓްގައި އިށީން އިރުވެސްދިޔައީ ރޮވެމުންނެވެ. ޑްރައިވަރު ސީޓުގައި އިށީންދެގެން އޭރު ކަޅުހޫޑީއެއްގައި ހުރިމީހަކު އިނެވެ. ލިވިޔާ ލޮލުން އަންނަމުންދިޔަ ކަރުނަތަކަށް ސަމާލުކަން ނުދީ ވަށައިގެން ނަޒަރެއްދިނީ އިތުރު މީހަކު އިންތޯއެވެ. ނަމަވެސް ނިޔަލް އާއި އެމީހާ ފިޔަވައި އިތުރު މީހަކު ނެތެވެ. ލިވިޔާ ސިހުނީ ނުލަފާ ވައްތަރަކަށް ނިޔަލް އިނދެފައި ހޭންފެށުމުންނެވެ.

“ވައި އާރ ޔޫ ޑުއިން ދިސްޓް މީ.. ވަޓް މީ އެންޑް މައި ސިސްޓާ ހޭވް ޑަން ރޯންގް..އެންޑް މައި ފޭމްލީ” ރޮމުން ރޮމުން ވާހަކަ ދައްކަމުން ދިޔަ ލިވިޔާގެ އަޑު އިވުނު ކަމަށް ނުހަދާ ލިވިޔާ އާއި ގާތައް ނިޔަލް ޖެހިލަމުން ކާރު އިތުރަށް ބާރަށް ދުއްވުމަށް ޑްރައިވާރ ސީޓްގައި މޫނު ނިވާކޮށްގެން އިންމީހާއަށް ގޮވާލިއެވެ. އެވެ.

**

ސިޑީގެ އެންމެފަހު ހަރުފަތްތައް ގިރާކުރަމުން ދިޔަވަގުތު އަލާނިޔަލް ދިޔައީ ހުއްޓުމެއްނެތި އިޒާންގެ ފޯނަށް ގުޅަން މަސައްކަތްކުރަމުންނެވެ. ނަމަވެސް އިޒާންގެ ފޯނަކަށް ނުއެއްގުޅެއެވެ.

“އިޒާންން  ކަމޯންން…ޓޭކް މައި ފޯން..” އިޒާންއަށް ގުޅަމުންދިޔަ އަލާނިޔަލް ވަނީ އިޒާން ފޯނު ނުނަގާތީ ގޮތް ހުސްވާ ހިސާބަށްގޮސްފައެވެ. ލިވިޔާ ފެނުންގަޑިގައި ޓެރެހުންފުންމާލުމަށް ވެސް އަލާނިޔަލްގެ ސިކުނޑިއަށް އެވަގުތު ނޭރީއެވެ. ތެދަށް ބުނަންޏާ އަލާނިޔަލްގެ ސިކުނޑި އެވަގުތު ރަނގަޅަށް މަސައްކަތް ނުކުރެއެވެ. އަޖާބެކެވެ. އޭނާއަކީ ބާރުތަކެއް ލިބިފައިވި ޒުވަނެއްކަން އޭނާގެ ހަނދާނުން ކައްސާލި ހަމައެކަނި ވަގުތު ކޮޅަށް އެވަގުތު ވީއެވެ. ކައިވަން އާއި ދެމީހުން  ޓެރެހުން ފައިބައިގެން ގައިހުރި ބާރެއް ލާފައި ފޭބިއިރު އެއްވެސް  މީހެއްގެ ވެސް ހިލަމެއް ނުވެއެވެ. ނަމަވެސް އެ ކާރު ވަލާއި ދިމާލަށް ގޮސް ލޮލުކޮޅަށް އޭރު އޮބާލާތަން ފެނުމުން ކުޑަ އުއްމީދެއް އާވިއެވެ. ލަވާލް ގެންގުޅޭ ސުކޫޓަރު އެއްފަރާތެއްގައި ހުއްޓާ ކައިވަން ގެ ލޮލުގައި އަޅާއިގަތެވެ.  ނަސީބަކުން ހަވީރު ބޭރަށް ގޮސްފައި އައިސް ހަނދާންނެތިގެން ލަވާލް ހުރީ ސުކޫޓަރުން ތަޅުދަނޑި ދަމައިނުލައެވެ. ކައިވަން ބަލާކަށް ނުހުރެ ދުއްވައިގަތީ އެޔާ ދިމާލަށެވެ. ” ބްރޯ ދޭ މަ މިދަނީ ހަމަ ފަހަތުން ” ކައިވަން ސުކޫޓަރުގައި އަލާނިޔަލް އާއި ދިމާލަށް އައުމުން އަލާނިޔަލް ގޮވާލިއެވެ. ކައިވަން ހައި-ސްޕީޑުގައި ސްކޫޓަރު ދުއްވާލީ ސީދާ އެކާރު ދިޔަ ދިމާލަށެވެ. އެތަން ބަލަންހުރެފައި އަލާނިޔަލް ދުވެފައި ގޮސް އެރީ ގޭޓް މައްޗައްށެވެ. އޭރު އޭނާގެ ދެލޯ ގަދަރަތްކުލައިން ވިދުންއަރައެވެ. ކުއްލިޔަކަށް އެތާގައި ހުރެފައި ފަޒާގެ ތެރެއަށް ފުންމާލިއިރު އުނަގަނޑުން ތިރިއަށް ފާޅުވީ ކަޅު ދިހުން ކުލަ އަރާ ހަފޫޓެއްހާހުރި ބޮޑު ވަރައެކެވެ.

ވައިކަފާލާފައި އަލާނިޔަލް އުދުހެމުން ދިޔައީ ކައިވަން ދިޔަ ދިމާލުންނެވެ. އޭރު އެކާރުގެ އަލި ވަރަށް ދުރުން ފެނެއެވެ. އާދައިގެ ކާރުތަކަށް ވުރެން އެ ކާރުގެ ދުވެލި ހަލުވިއެވެ. އެއީ ކިހިނެތް ވާ ކަމެއްކަން އަލާނިޔަލްއަށް އިނގެއެވެ. އެއީ ކާރުތެރޭގައި ތިބީ އާދައިގެ އިންސާނުން ނެތް ނޫނެވެ. ކާރު ދުއްވަމުން ގޮސް ހިލްޓަން ފަރުބަދަ އަށް ދެވެން އޮންނަ އުސްމަގުން އޭރު އަރަނީއެވެ.  ކިރިޔާ ލޮލުކޮޅަށް ކާރުގެ ފަހަތު  ލައިޓް ފެންނަކަމެވެ. ކައިވަންގެ މިސްރާބު އެދިމާލަށް ހުރުމުން ކައިވަންއަށް ވެސް އެ ކާރުގެ އަލި ފެނިއްޖެކަން އަލާނިޔަލްއަށް އެނގުނެވެ.

****

“ބޮސް އެމީހުންގެ މީހުންނަށް އަހަރުމެން ފެނިއްޖެ…ކިހާ ހިސާބަކަށް ދާން ވީ…އަހަރުމެންނަށް ކާރުގަ ދެވޭނެ އެންމެ ދުރަކަށް އޮންނާނީ ހިލްޓަން ފަރުބަދަ އާއި ފަންސާސް ފޫޓު ކާރިޔަށް..އެއަށްވުރެން ދުރަށް ދާން ޖެހޭނީ ހިނގާފަ ނޫނީ ބާރުގެ ބޭނުން ކޮށްގެން…” ޑްރައިވަރުގެ ސީޓްގައި ދުއްވަން އިން މީހާ ހާސްވެފައި ބުނެލިއެވެ. އެ ވާހަކައިން ނިޔަލް ހިނިގަނޑެއް ޖަހައިލިއެވެ. އޭރުވެސް ރޮވިފައި އިނދެ ލިވިޔާ އިނީ އޭނާ ނުލަފާ މީހުންތައް ކައިރިން ސަލާމަތްވޭތޯ ދުއާކޮށްލަކޮށްލައެވެ. “ހަހާހަހަ.. ނޮޓް އެ ޕްރޮބްލެމް. އެއީ އަލާނިޔަލް  ..އިޒާން އެއް ނޫން ..ސޯ ނޯ ވޮރީސް… އަހަރެން ކުރިން ބުނި ހިސާބަށް ކާރު ގެންދޭ.. ހިލްޓޮން ފަރުބަދަ ނިމޭ ހިސާބަށް..އެއި މީންފަންސާސް ފޫޓާއި ހަމަޔަށް .. ކާރުގަ އެރޭނު އެ ހިސާބަށް… އެހެން ވީމަ އެހިސާބަށް ދޭ…..  ނައު އިޓްސް ޓައިމް ޓް އީޓް މައި ފުޑް..” ބިރުން ވިރެން ކައިރިވެފައިވީ ލިވިޔާއަށް އިތުރު ސިހުމެއް ލިބުނީ ނިޔަލް ބުނެލި ވާހަކައަކުންނެވެ. ނިޔަލް، ލިވިޔާއާއި ދިމާލަށް ބަލާލަމުން އެއްލޯ މަރާލިއެވެ. ތުރު ތުރު އަޅާމުންދިޔަ ލިވިޔާ ފެނި ނިޔަލް އެއްމިޔަކަނުން ހީލިއެވެ. އަދި މަޑުމަޑުން ލިވިޔާގެ ގާތައް ޖެހެންފެށިއެވެ.

ނިޔަލްގެ އެމަކަރުވެރި މޫނުން ލިވިޔާއަށް ނުރައްކާތެރި ސިގްނަލެއް ދިންފަދައެވެ. “ޕްލީޒް އަހަރެން ދޫކޮށްލާ … ހެޔޮނުވާނެ …މަންމާ…މާ..އަހަރެން މަންމަ ކާރިޔަށް ގެންދޭ…” ތުރުތުރުއަޅަމުން ދިޔަ ލިވިޔާގެ ދެލޯ ބޮޑުވެފައިވީއިރު ދެލޮލުން އޭރުވެސް ދިޔައީ ތާޒާކަރުނަތައް އޮހެމުންނެވެ. ދާހިއްލާފޯވެފައި އިންއިރު

ލައިގެން އިން ހެންދުން ވަނީ ގަޔާ ތަތްލަވާފައެވެ. “ހަހަހަހާ..އަހަރެން އަދި ކަމެއް ކުރީކީ ވެސް ނޫން… އެކަމަކު ދޯ ކިހިނެތް މިހާ ލޯބި ކުއްޖެއް ފޮނިކޮޅު ބޯއިނުލާ އެއްލާލާނީ ދޯ ..ޔޫ ލުކް ސެކްސީ ލިވީ ބޭބީ..” ނިޔަލް ޖެހެމުން ޖެހުމުން ގޮސް ލިވިޔާގެ ގައިގައި ޖެހިފިތިގެން ހުރެ ލިވިޔާގެ ކަންފަތް ދޮށައް މޫނުގެންދަމުން ބުނެލިއެވެ. ލިވިޔާއަށް ހީވީ އޭނާ ދިރިހުއްޓާ ބަޔަކު އޭނާ ވަޅުލަން އުޅުނުހެންނެވެ. ލިވިޔާގެ މުޅި މޫނުހުދުވެއްޖެއެވެ. ކުރިޔަށްވުރެން ބޮޑަށް އޭނާ ރޮވެ ން ފެށުނީ ނިޔަލް ލިވިޔާގެގައިގާ އަތްލަން ފެށުމުންނެވެ. ލިވިޔާގަދަހަދަން ފެށިއެވެ. ނަމަވެސް އަނިޔާވެރިކަމުން ހައްދުން ނެއްޓިފައިވި ބަޔަކުގެ އަތްދޮށުން ނާޒުކް އަންހެންކުއްޖަކަށް ކުރެވޭނީވެސް ވަކި ކީއްހެއްޔެވެ. ޑްރައިވަރު ސީޓްގައި އިންމީހާ އަށް ކަހާތާ ހިރުވާވެސް ނުލައެވެ. އަނިޔާވެރިއެއްގެ ފަރާތުން އެއްވެސް ބާރެއްނެތް ނިކަމެތި އަންހެންކުއްޖެއް ސަލާމަތައް އެދި ކުރަމުންދިޔަ އާދޭސްތަކަށް ބީރުކަންފަތެއް ދެމުން އޭނާ ދިޔައީ ކާރު ދުއްވަމުންނެވެ.   “ނޫން..ނޫން.. ތިހެން ނުހަދާ.. ނިޔަލް …އިޒާން އަށްޓާކައިވެސް އަހަރެން ދޫކޮށްލާ… ނުން..ނޫންން..” ލިވިޔާގެ މޭމައްޗަށް ނިޔަލް އަތް ގެންދަންފެށުމުން ލިވިޔާ ބާރަކަށް ހަޅޭތްލަވައިގަތެވެ. ހިލްޓޮން ފަރުބަދަ އާއި ފަންސާސް ފޫޓާއި ހަމަޔަށް ކާރު ހުއްޓާލުމަށްފަހު ޑްރައިވަރު ސީޓިގައި އިން މީހާ ނުކުމެގެން ދިޔައެވެ. ނިޔަލް އާއި ލިވިޔާ އެކަނީ ވީއެވެ.. ” މީހެކޭ އަހަރެން ސަލާމަތް ކޮށްދީ.. މަންމާ …. ބައްޕާ… އާހްހްހް..” ރޮމުން ރޮމުން ލިވިޔާ ކުރަމުން ދިޔަ އާދޭސްތަކަށް އަނިޔާވެރިކަމުން ހައްދުންނެއްޓިފައި ހުރި ނިޔަލް ބީރު ކަންފަތެއް ދެމުން ލިވިޔާގެ އިއްފަތްތެރިކަން ނަގާލަން ފެށިއެވެ. އޭރު ސަލާމަތައް އެތި ލިވިޔާ ކާރުގެ ދޮރުފަތުގައި ތަޅަން މަސައްކަތް ކުރަމުންދިޔައެވެ. ނިޔަލްގެ އަނިޔާތަކުން ލިވިޔާގެ ގައިން އަންނަމުންދިޔަ ލޭތައް ކާރުގެ ބިއްލޫރިގަނޑުގައިވެސް ހޭކުނެވެ.

އެއަށްފަހު ދެން އައީ ލިވިޔާގެ މުޅި ދިރިއުޅުން ހަފުސްވި ވަގުތުކޮޅެވެ. އެތަކެއް  އާދޭސްތަކެއް ކޮށްކޮށް އެތައް ގަދައެއް ހަދަހާއޮއްވާ އެ ނާޒުކް އަންހެންކުއްޖާގެ މުޅި އިންފަތްތެރިކަން ނިޔަލްގެ ދެއަތުން ނަގާލީއެވެ. އެވެސް އެންމެ އަނިޔާވެރިގޮތަށެވެ. ލިވިޔާގެ ހޭވެރިކަމެއްވެސް ނުވެއެވެ.  ކުއްޖާގެ ސިފަ ވަކިނުވާވަރަށް ވަނީ ލޭކޮށިފައެވެ. ލިވިޔާ ގައިގާވިހާ ފޭރާމެއް ވީދާލާފައި ކާރުގެ އެތަންމިތަނަށް ވަނީ އުކާލެވިފައެވެ. އެއްވެސް އަންނައުނެއް ނުވާ ލިވިޔާގެ ހަށިގަނޑުގެ އެތަންމިތަނުގައި ވަކިއަޅާފައި ވާއިރު ލިވިޔާއޮތް ކާރުގެ ފަހަތު ސީޓްއެކަށްވަނީ ލެއިން ކަޅިވެފައެވެ. ހިތުގައި ރަހުމް އޮތް އިންސާނެއް ވެއްޖެއްޔާ ލިވިޔާ އޮތް ހާލު ފެނުންނަމަ ހިތްފަޅާއިގެންދާ ހާ ވަރުވެއެވެ. އެކުޑަވަގުތުކޮޅުގެތެރޭގައި ލިވިޔާގެ ހަށިގަނޑުގައި ނިޔަލް އަނިޔާ ނުދޭ އެންމެ ގުނަވަނެއް ވެސް އަދި ތަންކޮޅެއްވެސް ނުވެއެވެ.

ލާފައި ހުރި ޖިންސްގެ ގޮއްއަޅުވަމުން ނިޔަލް ވިހަ ގޮތަކަށް ލިވިޔާއަށް ބަލައިލިއެވެ. ނިޔަލް ކާރުގެ ސައިޑް ލޯގަނޑުން ފަހައި ބަލައިލިއިރު ވައިރޯޅިއެއްހާ ހަލުވިކޮން އެދިމާލަށްއައި އަލާނިޔަލް ފެނުނެވެ. އޭރު އަލާނިޔަލް ހުރީ ނިޔަލް އާއި ފުދޭވަރަކަށް ކާރީގައެވެ. ސްކޫޓަރުގައި އަންނަމުންދިޔަ ކައިވަން ވެސް އޭރުވަނީ ވަރަށް ކާރީގައިއެވެ. އެމީހުންއައުމުގެ ކުރިން ނިޔަލް އޭނާގެ މަސައްކަތް ފުރިހަމަކުރަން އަވަސްވެގަތެވެ. ހަލުވި ސްޕީޑް ފަހަތު ސީޓު ދޮރު ހުޅުވާލުމަށްފަހު ލިވިޔާ އެއޮތްގޮތައް އޮއްވާ ނެގިއެވެ. ލިވިޔާގެ ގަޔަށް އެއްވެސް އަންނައުނެއް ނުލައްވާ އެއޮތް ފަދައިންނެވެ. އޭނާ ދިޔަ ބާރުމިނުގައި ދިހަވަރަކަށް ސިކުންތް ތެރޭގައި ހުރީ ގޮސް ހިލްޓޮން ފަރުބަދައިގެ ކޮޅަށްއަރައެވެ. ސިކުންތެއް ވެސް ލަސްކުރުމެތް ނެތި ނިޔަލް، ލިވިޔާ ވައްޓާލީ އެފަރުބަދަ މަތިންނެވެ. މުޅި ސުވިޒަލޭންޑްގައިވެސް ހުރި އެންމެ ބިޔަ އެއް ފަރުބަދަ އެވެ. އޭގެ ތިރިޔަށް އޮންނަނީ ލިވިޔާ މެންގެޔާއި ދިމާލަށް އޮއި ބިޔަ ޖަންގައްޔެކެވެ.

***

ދުރުގައި އޮތް ކާރު ފެނިގެން އެހިސާބަށް އައިސް ހުއްޓުނު އަލާނިޔަލްއަށް މައްޗަށް އަރަންދިޔަ ފިރިހެނަކު ފެނިގެން ދެލޯ ބޮޑުކޮށްލެވުނީ އެމީހަކު ކޮނޑުގައި އެއްވެސް ފޭރާމެއް ނެތި ލެއިން ކަޅިވެފައި އޮތް އަންހެންކުއްޖެއް ފެނިއެވެ.  އެއީ ލިވިޔާއަށް ނުވޭތޯ ޢޭނާގެ ހިތާހިތުން ދުއާކޮށްލަ ކޮށްލަ ހުރެ ގޮސް ކާރުގެ ފަހަތު ސީޓު ދޮރުފަތް ހުޅުވާލިއެވެ. ނުހަނު ފަސޭހައިން އެދޮރުފަތް ހުލުވާލެވުން އިރު އޭގައި މީހަކު ނެތުމުން އަލާނިޔަލްގެ ހިތައް ލޮޅުން އެރިއެވެ. ފަހަތު ސީޓުގައި ވާ ލޭތަކުން ކަންކަން ގޯސްވެފައިވީވަރު ހާމަވެއެވެ. އެތާގެ ތިރީގައި ވަނީ ލިވިޔާ އެންމެފަހުން ލައިގެން ހުރި ހެދުމުގެ ބައިތަކެވެ. އަލާނިޔަލް ރުޅިއައިސްގެން ފަޅައިގެންވަރުވިއެވެ.އޭނާ ތުރުތުރު އަޅައެވެ.  އޭރު އެހިސާބަށް ކައިވަން ވެސް އައިސްހުއްޓުނެވެ. ކައިވަންއަށް ވެސް އެމަންޒަރު ފެނުމުން އަލާނިޔަލްއަށް އިތުރަށް އެއްޗެއް ބުނެދޭކަށް ނުޖެހުނެވެ. “ލެޓްސް ގޯ ..” އަލާނިޔަލް އޭނާގެ އަތް ކައިވަންއަށް ދިއްކޮށްލުމުން އޭނާއެއަތުގައި ހިފިއެވެ.  އަލާނިޔަލް ފިޔަގަނޑުނެރެގެން ކައިވަންގެ އަތުގައި ހިފައިގެން އުދުހެމުން ގޮސް ހުއްޓުނު ވަގުތު ފެނިގެން ދިޔަ މަންޒަރުން ދެމީހުންގެ ހޭބުއްދި ފިލާ ދާވަރުވިއެވެ.

އަނިޔާތަކުން ލޭ ކޮށެވި އެއްވެސް ފޭރާމެއް ނެތި ވި  ލިވިޔާގެ ހަށިގަނޑު ރަހުމެތްނެތި އެއުސްފަރުބަދަމަތިން ނިޔަލް ވައްޓަލީ އެ ނުލަފާ ހިނިތުންވުމުގައިހުރެއެވެ.  އެއްވެސް ކުށެއް ނެތް އަންހެން ކުއްޖަކަށް އެވަރުކޮށްލިއިރު ނިޔަލްގެ ހިތުގައި ބިރުވެރި ކަމެއް ވެސް ނުވަނީ ބާއެވެ.

އިސާހިތަކު އެ ހިސާބުގަނޑުގައި ގުގުމާލީ އަލާނިޔަލް ބިރުވެރި ހަޅޭކުގެ އަޑެވެ. އައިސްފައި ހުރި ރުޅީގައި ބަލާކަށް ނުހުރެ  ނިޔަލް އާއި ދިމާލަށް އަލާނިޔަލް ދުއްވައިގަންވަގުތު ކައިވަން ގެ އަޑުއައެވެ.  “ނޯ ނޯ ..ގޯޓް ލިވިޔާ..” ކައިވަން ފަރުބަދައިން ތިރިއަށް ބަލައިލެވުނު ހިނދު ރޯންފެށުނެވެ. ވަޔަށް ވިހުރިގެން  ދިޔަ ކަރުދާސްކޮޅެއް ހެން ލިވިޔާ އެއްވެސް ހަރަކާތެއް ނެތި  ތިރިޔަށް ވެއްޓެމުން ހިލްޓޮން ފަރުބަދައިގެ ކާރީގައި ހުންނަ ކުޑަ މެރިޖޯނާ ފަރުބަދައިގައި ލިވިޔާޖެހި އަނެއްކާ ވެސް ޖަންގައްޔަށް އެއުސްތަނުން ވެއްޓެން ދިޔައެވެ. އެޖެހުނު ގޮތުން ހިލަގަނޑެއްގައި ލިވިޔާގެ ބޯ ވަރަށް ބާރަށް ޖެހިގެން ދިޔަތަން ކައިވަން އަށް ފެނުނެވެ.    އެ މަންޒަރު ފެނި ކައިވަންއަށް އަނެއްކާވެސް ރޯންފެށުނެވެ. ލިވިޔާ ސަލާމަތްކުރުމަށް ކައިވަން އަށް އެއްވެސް ކަމެއް ނުކުރެވޭތީ އޭނާ އިތުރަށް ހިތްދަތިވިއެވެ.

ރޮވިފައިހުރި ކައިވަން އަށް  އެއްފަހަރު، އަނެއްފަހަރު ލިވިޔާ އާއި ދިމާލަށް އުދުހެމުންދިޔަ އަލާނިޔަލްއާއި ދިމާލަށް ބަލާލިހިނދު ނިޔަލްގެ މޫނުމައްޗަށް ކާމިޔާބީގެ ހިނިތުންވުންވެރިވިއެވެ. އެ ނުލަފާކަމާއި އަނިޔާވެރިކަމުން ފުރުގެންވި މޫނަށް އިތުރަށް އެކުލަވަރު ވެރިވެގެންދިޔައީ ޖީބުން ފޯނުނަގާ މީހަކަށްގުޅާލުމަށްފަހު ދެން އެދައްކާލި ވާހަކަތަކަށްފަހުއެވެ. “ހަލޯ.. އިޒާން … ކޮންތާކު ތިއުޅޭނީ މިހާ ބޮޑުކަމެއް ވެގެން އުޅޭއިރު..” އަޑަށް ސީރިޔަސްކަން ވެރިވެގެން ދިޔައިރު ނިޔަލް މޫނުމަތިންފެންނަނީ މަލާމާތުގެ އަސަރުތަކެވެ.

ނިޔަލް ދައްކަން ފެށި ވާހަކައިން ރޮވިފައި ހުރި ކައިވަންގެ ސަމާލްކަން ވެސް އެކަމަށް ދަމައިގަތެވެ.

“ޑިފީ ގޮސްފި ލިވިޔާ ގޮވައިގެން ..އަހަރެން ވަރަށް މަސައްކަތް ކުރިން ލިވިޔާ ސަލާމަތް ކުރަން އެކަމް ޑިފީ ގެންގުޅޭ ބައިގަނޑު އަހަރެން ހުއްޓުވީ…އަހަރެންނަށް ވެސް ވަރަށް އަނިޔާ ކުރި… ޑިފީ ދިޔައީ ލިވީ ކާރަކަށް ލައިގެން … ދަމާފައި ގެންދިޔަ ގޮތުން ހިވަނީ ލިވިޔާ ނުރުހުމުގަހެން ގެންދިޔައީ… ވަރަށް ގަދަހަދަމުން ދިޔަ މަންޒަރު ފެނުން..ދެން ލިވީ ކާރުތެރެއަށް ކޮއްޕާލިތަން ފެނުނީ.. ކަމެއް ގޯސް ހެން ވަރަށް ހީވޭ އެބަ…” އަޑަށް މައުސޫމްކަން ގެންނަމުން ނިޔަލް ހާސްވެފައިވާ ފަދައަކުން ދޮގަކަށް ފަހު ދޮގެއް ހަދަމުން ގޮސް އިޒާންގެ ސިކުނޑީގައި ވަރުގަދަ ބޮމެއް ގޮއްވާލިއެވެ. ނިޔަލް ފޯނު ބޭއްވުމަށްފަހު ރުޅި އައިސްގެން ތުރުތުރު އަޅަމުންދިޔަ ކައިވަން އަށް ބަލައިލަމުން އެއްލޯ މަރައިލިއެވެ. ކައިވަން އަށް ކެތްކުރެވުނީ އެހާހިސާބަށެވެ.  އަވަސް ހަރަކާތަކާއިއެކު ދެން ފެނުނީ  ކައިވަންގެ ފައިދޮށުގައި އޮތް ބޮޑު ގާގަނޑު އަތުކޮޅަށް ހޫރައިލި ތަނެވެ. ގާގަޑު އަމާޒްވެގެންދިޔައީ  އެވަގުތު އެފަދަކަމަކަށް ނުވިސްނާހުރި ނިޔަލްގެ ބޮލަށެވެ. ބުރައިގެން ދިޔަ ލޭތަކާއި އެކު ނިޔަލްވެސް ފަހަތައް ދިޔައީ އެއްލިގެންނެވެ. ވީތަދުން އަތުގެ ނުފުށުން ބޮލުގައި އަތްޖައްސާލައިގެން ހުރި ނިޔަލް ، ކައިވަން އަށް ބަލައިލީ ނުރައްކާތެރިގޮތަކަށެވެ. ނަމަވެސް ކައިވަންގެ މޫނުމަތިން ކުޑަޔަކަސް ޖެހިލުންވުމުގެ ކަމެއްވެސް ނުފެނެއެވެ.

އަނެއް ހަމަލާ ދިނުމަށް ތައްޔާރުވި ވަގުތު  އެކަން ހުއްޓުވީ ވައިރޯޅީއެއްހާ ހަލުވިކޮން އެދެމެދަށް ވަން އީންއެވެ.  “ކައި އަށް ގެއްލުންވާނީ އިތުރަށްތިހެން ހަދާފިނަމަ.. ހީވިލް ޓޭކް ރިވެންޖް ބެކް ފްރޮމް ޔޫ.. ލެޓްސް ގޯ.. ” ކައިވަންއަށް އަށް ބަހެއް ބޭރުނުކުރެވެނީ އީން ، ކައިވަންގެ އަތުގައި ހިފައިގެން އުދުހިގަތެވެ.

***

ނިޔަލްގެ ވާހަކަ ނުނިމެނީސް އިޒާން ފޯނު ކަނޑައިލިއެވެ. ޢޭރު އިޒާން ހުރީ އައްޒާމް އާއި އެކު ޒެންޓްރަސް ހޮސްޕިޓަލްގައެވެ. އިޒާންގެ ދެލޮލަށް ކަރުނަތައް ޖަމާވީ އެޔެއް މިއެއް ބަލާފަކާއެއް ނޫނެވެ. ކިތަންމެ ބޮޑުވެފައި ހުއްޓަސް އޭނާއަށް ރޮވުނީ ބޯހާސްވި ވަރުންނެވެ. އޭނާއަށް އުމުރުން ވީ އެކާވީސް އަހަރުތެރޭގައި ލޯބިވެވުނު ހަމައެކަނި އަންހެންކުއްޖާ، އަދި އޭނާގެ ލޯބިވެރިޔާ އެވަނީ އަނިޔާވެރިންގެ އަތްދޮށުވެފައެވެ. ކަންތައްވެފައި އޮތްގޮތުން އޭނާއަށް ނިޔަލްގެ ވާހަކަ ގަބޫލުކުރެވުނެވެ. ލިވިޔާ ފެނުނު ކަމަށް އެބުނާ ތަނަށް އިޒާން ދިޔުމަށް އަވަސްވެގަތެވެ.

ނަސީބް ދިމާކުރިގޮތުން  ރަހްމަތްތެރިއަކާއި ބައްދަލްކުރުމަށްފަހު އައި އައްޒާމްއާއި ޑިއުޓީ ނިމިގެން ގެޔަށްދާން ނުކުން ޔާސިރް އޭރު އެ އެހިސާބަށް އައިސްފިއެވެ. އެމީހުންގެ ލޮލުގައި އިޒާންގެ ރަތްވެފައިވާ ދެލޯ އަޅާއިގަތުމުން ކަމެއް ގޯސްވެފައިވާކަން އެގުނެވެ. “ލެޓްސް ގޯ.. ތިން މީހުން އެއްކާރުގަ ދާނީ.. އައިލް ޑްރައިވް” ދެމީހުން އައިސްފައި ނުހުއްޓެވެނީސް އިޒާން ހިނގައިގަތެވެ. ކާރަށް އެރުމަށްފަހު ދުއްވާލަމުން އިޒާން ކިޔައިދިނެވެ.

 

***

އަލާނިޔަލް ގައިގާ ހުރި ބާރެއްލާފައި ވެއްޓެމުން ދިޔަ ލިވިޔާ ހިފޭތޯ އުދުހެމުންދިޔައެވެ. ނަމަވެސް ލިވިޔާގެ ބޯ ހިލަގަނޑުގައި ޖެހުންތަން ފެނި ކިތަންމެ ހިތްވަރުގަދަ ފިރިހެނަކަށް ވިޔަސް އޭނާއަށް ވެސް ރޮވިއްޖެއެވެ. މިހާރު ލިވިޔާގެ ފުރާނަ ހުރި ކަމާއި މެދުވެސް އަލާނިޔަލްއަށް ޝައްކެވެ.

ލިވިޔާ ވެއްޓެމުން ގޮސް އަލާނިޔަލްއަށް ހިފުނީ ތިރީގައި ޖެހެން ފަސްވަރަކަށް ފޫޓަށްވެފަހުއްޓައެވެ. ލިވިޔާގެ އަތައް ދަމާލާ އަވަސްއަވަހަށް ލޯ މެރުމަށްފަހު އަވަސް  ހަރަކާތަކާއިއެކު އަލާނިޔަލް ލައިފައިހުރި ކޯޓް ދަމައިގަނެ ލިވިޔާގެ ގައިގާ އޭނާ އޮޅާލިއެވެ. ލިވިޔާ އަތްދަނޑި މައްޗަށް ލެވުނު އިރު އޭރު ބިމުގައި އައިސް ޖެހުމުން އަލާނިޔަލް ފައި ބިމުގައި ހަރުލައްވާލިއެވެ. ނަސީބު ދިމާކުރިގޮތުން އައިސް ހުއްޓެވުނީ އަމިއްލަ ގޭގެ ވަރަށް ކާރިޔަށެވެ.

“ލިވީ…ލިވީ.. ލޯ ހުޅުވާލަބާ… ލިވީ..” ލެއިންކަޅިވެފައިވި ލިވިޔާގެ މޫނުގައި އަލާނިޔަލް ދެފަރާތުން ތުރުތުރު އަޅަމުންދިޔަ އަތުން ހިފާލިއެވެ. ނަމަވެސް ލިވިޔާގެ އެއްވެސް ހަރަކާތެއް ނެތެވެ. ލިވިޔާގެ ބަނޑާއި ދިމާ އެއްފަރާތަކަށް ހެރިފައި އިން ބޮޑު ފުޅިތޮށިގަނޑު އަލާނިޔަލްގެ ލޮލުގައި އަޅާއިގަތެވެ. މިވަގުތު އެ ފުޅި ތޮށިގަނޑު ނެއްޓުމަށްވުރެން ނުނެއްޓުން ރަނގަޅުވާނެތީ އޭނާ އަވަސްވެގަތީ އިތުރު ޒަހަމެއް ބޭރުފުށުން ލިބިފައިވޭތޯއެވެ. ނަމަވެސް ލިވިޔާ ނޭވާ ލާހެން ހީނުވެގެން ކަރުގަޔާ އަތުގައި ބޮޑުވާ އިނގިލި އަޅުވާގެން ވިންދު ޗެކް ކޮށްލިއެވެ. “އަލްހަމްދުލިﷲ…އަލްހަމްދުލިﷲ..”  ކިރިޔަ ކިރިޔާ ވިންދު ޖަހަމުންދިޔަ އިހްސާސް ކުރެވުމުން އަލާނިޔަލްއަށް އަނެއްކާ ވެސް ރޮވެންފެށުނެވެ. ބޭކާރުވެގެންދާ ކޮންމެ ސިކުންތަކީ ވެސް ލިވިޔާގެ ފުރާނައަށް ނުރައްކާ ވެގެންދާނެ ވަގުތެކެވެ. ގައިގައިހުރި ބާރެއް ލާފައި ގޮސް ގެޔަށް ވަދެގެން ދިޔައިރު އަލާނިޔަލްއަށް ކުރިމަތިވާން އޮތް ތޫފާން އޭނާއަށް އިހްސާސްނުވެއެވެ.

މިގަޑީގައި ގޭގެ އެންމެން ތިބޭނީ ނިދާފައި ކަމަށް ބަލާފައި އަލާނިޔަލް ބެލް އަލާކަށް ނޫޅެއެވެ. ދަގަނޑު ދޮރުގައި ފައިންޖަހާލީނުން ދޮރު ދެބުރިއަށް ވެއްޓިގެން ދިޔައެވެ. ނަމަވެސް ކަންދިމާވީ އޭނާ ހީކުރި ގޮތަކަށްނޫނެވެ. އިޒާން އާއި ޔާސިރް އާއި އައްޒާމް ފިޔަވައި ގޭގެ ހުރިހާ މީހުން ތިބީ ސިޓިންރޫމުގައެވެ. އޭރު ލަވާލްގެ ކޮނޑުގައި ބޯ އަޅާއިގެން ޔޫމީންއިން އިރު މުޅި ސިޓިންރޫމުގައިވަނީ ޔޫމީންގެ ރުއިމުގެ އަޑު ހަރުލާފައެވެ. ލަވާލްވެސް ރޮވިފައި އިން އިރު ޔަމްހާ އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލަ ހުއްޓެވެ.  އެންމެންގެ މޫނުތަކުގައިވި މާޔޫސް ކަމުން ކަންތައް އެހާ ރަނގަޅުނޫންކަން އެނގެއެވެ.  އެ އެންމެންނަށް ސިހުން ލިބުނީ ކުއްލިޔަކަށް ގޭގެ ދޮރު ފަޅިފަޅިވެގެން ބިމަށްއިން ގޮތައް ފޭބުމުންނެވެ. އެކިމީހުންގެ ހަޅޭކުގެ އަޑުން ތަން ގުގުމާލިއެވެ.

ކުއްލިޔަކަށް އަލާނިޔަލް ލެއިން ކަޅިވެފައި އޮތް ލިވިޔާ އަތްދަނޑިމައްޗަށް ލައިގެން އައިސް ވަންތަން ފެނި ހުރިހާ އެންމެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އާދަޔާއި ހިލާފް ހަމަހިމޭންކަމެއް ވެރިވެގެން ދިޔައެވެ.  ކިތަންމެ ވަރެއްކޮއްލާފައި އޮތަސް އެމީހުންނަކަށް ލިވިޔާއެއް ނޯޅުނެވެ.

ލަވާލްއަށް ހީވީ ދިރިހުއްޓާ  ބަޔަކު އޭނާ ވަޅުލަން އުޅުނުހެންނެވެ. އޭނާއަށް ލިވިޔާއަށް ދިމާލަށް ދެވުނު ގޮތްވެސް ނޭނގެއެވެ. ޔަމްހާ ވެސް ރޮވިފައި ހުރެ ލަވާލްގެ ފަހަތުން މިސްރާބް ޖެހިއެވެ.  ” މަގޭ ދަރި ..ދަރިފުޅާ…ދަރިފުޅާ.. ކިހިނެތް ހަދާފަ…މަގޭ ދަރި… އެކުއްޖާ … އާހްހް…ދަރިފުޅާ ލޯ ހުޅުވަބަލަ” މަރުފަދަ ހިމޭންކަން އޮތްއެތަނަށް ވެރިވެގެން ދިޔައީ ލަވާލްގެ ހަޅޭކާއި ރުއިމުގެ އަޑެވެ. އަލާނިޔަލްގެ އަތްދަނޑިމަތީގައި އޮތް ލިވިޔާގެ  ގައިގާ ލަވާލް ހިފައިގަތެވެ. ލިވިޔާގެ ކޮލުގައި ކޮއްޓާމުން ދިޔައެވެ.  އެ މަންމަގެ ވޭނީ ގިސްލުމުގެ އަޑުން އެންމެންގެ ހިތްތަކަށް ވެސް ލޮޅުން އެރިއެވެ. ޒުހޫރު އެމްބިއުލޭންސް އަށް ގުޅާލިއެވެ.  މާގިނައިރެއް ނުވެ އެމްބިއުލޭންސް ގެ ސައިރެން އަޑުންއިސާހިތަކު އެތަން ހަލަބޮލި ކޮށްލިއެވެ.

“ކިހިނެތް ހެދީ ..ބުނޭ..ކަލޭ ކީއްހޭ ކުރީ…ކަލޭ ކީއްހޭ ކުރީ ލިވީ ގެންގޮސް .. ނިޔަލް ކިޔާދިން އިޒާންއަށް ހުރިހާ އެއްޗެއްވެސް..ބުނާށޭ..” ސޯފާގައި އިން ޔޫމީން ފުންމައިގެން އައިސް ހިފައިގަތީ އަލާނިޔަލް ލައިފާ ހުރި ޓީސާޓްގެ ކަރުވަޅުގައިއެވެ. “އަލާނިޔަލް..ކީއްކުރީ ލިވީއަށް.. އަހަރުމެންގެ ކުރިމައްޗަށް ހާދަ ލަދުކުޑަވީމައޭ ތިގެނައީ އެކުއްޖާއަށް އެވަރުކޮށްފަ ..އިންސާނިއްޔަތު ކަމެއް ވެސް ކަލޭގެ ހިތުގައި ނެތީތަ..” ރޮމުން ރޮމުން ޔޫމީންގެ ފަހަތުން އައިސް އަލަނިޔަލް މޫނުމައްޗަށް އެތިފަހަރެއް ޔަމްހާ ދޫކޮށްލިއެވެ.  މިއީ މިކަން ވާނެގޮތްކަން އަލާނިޔަލްއަށް މާކުރިންވެސް އިނގެއެވެ. އެންމެންގެ ތުހުމަތުގެ އިނގިލިތަކުގެ ސިކާރައަކަށް އަބަދުވެސް ވަނީ އޭނާއެވެ. މިފަހަރު އަދި މިވީ ގޮތުން އޭނާއަށް ކުރާ ތުހުމަތު އިތުރުވާނެއެވެ. އޭނާގެ ކުށެއްނެތްކަން އަލާނިޔަލް ބުނެދޭން އުޅުނުވެހެވެ. ނަމަވެސް ފަހަރަކު މީހަކު އޭނާއަށް ތުހުމަތުގެ އިނގިލި ދިޔައީ ދިއްކުރަމުންނެވެ. އަލާނިޔަލް އެންމެން ދައްކަމުން ދިޔަ ވާހަކަތައް ފުރަގަސްދީ  ދިޔަގޮތައް ގޮސް އެމްބިއުލޭންސްއަށް އަރަން ދިމާކުރިއެވެ. ނަމަވެސް ޒައުލް ހިފެހެއްޓިއެވެ. “މަ ދުނިޔޭގަ ހުއްޓާ ލިވީ ގައިގަ އިނގިލިކުރިވެސް ކަލޭ ބީހުނަކަ ނުދޭނަން ..ގެނޭ މިހާރު އެކުއްޖާ..” ރުޅި އައިސްގެން ތުރުތުރު އަޅަމުންދިޔަ ޒައުލްފެނި އަލާނިޔަލް ސަމާލްކަން ނުދީ ލިވިޔާ އެމްބިއުލޭންސަށް ލުމަށްފަހު އޭނާވެސް އެރިއެވެ. ލަވާލް އެރުމުން އޭނާއާއެކު ޒުހޫރުވެސް ވެސް އެރިއެވެ. ޔޫމީން ގޮވާގެން ދެން ތިބިމީހުން ވެސް މިސްރާބްޖެހީ  ކާރުތަކުގައި ހޮސްޕިޓަލާއި ދިމާލަށެވެ. އިތުރަށް ގަދަނުހަދާ  ޒައުލްވެސް ކާރެއްގައި ހޮސްޕިޓާލާއި ދިމާލަށް ދިޔައީ ހާލަތުގެ ނާޒުކުކަމުނެވެ.

ހޮސްޕިޓަލަށް ގެންގޮސްފައި ލިވިޔާ އެންމެ ފުރަތަމަވެސް ވެއްދީ އެމަޖެންސީ ރޫމަށެވެ. އެތާގައި ގިނައިރު ކުރުމެއްނެތި ވެއްދީ އޮޕެރޭޝަން ތީއޭޓަރަށެވެ. އޭރު އަދި އިޒާންމެންނަށް ނާދެވެއެވެ. ހުރިހާ އެކި ހިސާބުތަކުގައި އޮޕެރޭޝަން ތީއޭޓަރު ފެންނަހެން ތިއްބެވެ. އަލާނިޔަލް އެއްފަރާތު ފާރުގައި ލައްގަނެގެން ހުރިއިރު އޭނާލައިހުރި ހުދު ޓީޝާޓް އެކީ އެކަށްހެން އޮތީ ލިވިޔާގެ ގައިންފޭބި ލެއިން ކަޅިވެފައެވެ.

ތީއޭޓަރު ކުރިމައްޗަށް ވާ ހިސާބުގައި ހުރި ގޮނޑިބަރީގައި ލަވާލް އާއި ޔޫމީން އެކަކު އަނެކަކުގެ ގައިގާ ބައްދާލައިގެން ތިބެ ރޮމުންދިޔައިރު އެހިސާބުގަޑުގައި އެއަޑު ހަރުލާފައިވެއެވެ. އެމީހުންގެ ދެފަރާތުގައި ޔަމްހާއާއި ކުލްސޫމާއާއި ޒުހޫރު ތިބެގެން ހޭހަން ކުރަން މަސައްކަތް ކުރަމުންދިޔައިރު އެމީހުންގެ ލޮލުން ވެސް ކަރުނައިގެ އަސަރު ފެނިގެން ދިޔައެވެ.

ކުއްލިޔަކަށް އެތަން ހަލަބޮލިވެގެން ދިޔައީ ބާރު ދުވެލީގައި ދުވެފައި އައިސް ވަން އިޒާން ފެނިއެވެ. އެއްފަރާތުގައި ހުއްޓިލައިގެން ހުރި އަލާނިޔަލް ފެނި އިޒާންގެ ލޭ ދިޔައީ ކެކިގެންނެވެ. މިހުރިހާ ދުވަހު އަމިއްލަ ކޮއްކޮއަށް ވީތީ އޭނާގެ ރުޅި ކޮންޓްރޯލްކުރަމުންދިޔަ އިޒާންގެ ރުޅި މިއަދު ކޮންޓްރޯލުން ނެއްޓިއެވެ. އެއާ ބާރުމިނުގައި އަލާނިޔަލްގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލިއެވެ. އޭރުވެސް އިޒާން ތުރުތުރު އަޅައެވެ.  އެތާގައި ތިބި އެންމެން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދުވަހަކުވެސް އިޒާން މިހާ ރުޅިގަދަވެފައިވީތަން ހުދު އައްޒާމްވެސް ނުދެކެއެވެ. ބަސްމަދު މަޑުމައިތިރި މިޒާޖުގެ ޒުވާނާ މިއަދު އެހުރީ ރުޅިން ރޯވާވަރުވެފައެވެ.  “ކަލޭއަށް ކޯއްޗެއްތަ މަދުވީ..އޭނ..އަހަރެން ހާދަ ކެތް ކޮށްފީމޭ… އެކަމަކު މިއަދު އެކަކަށް ވެސް މަ ނުހުއްޓުވޭނެ…މިއަދު ނިޔަލް ނޭންގިނަމަ އަހަރެމެންނަށް އެކައްޗެއް ވެސް ނޭނގޭނެ…ކީއްވެތަ އެހެން ހެދީ… އެވަރުކޮށްލާއިރު އަހަރުމެންގެ ކަޒިން އެއް ކަން އެންމެ ކުޑަމިނުން ހަނދާން ބެހެއްޓިނަމަ.. މަމީ ދުރު މީހެއްތަ ..މަށައް އެހެން ތިހެދީ.. ކީއްވެ…ކަލޭ އަށް އިނގޭނެ މަށައި ލިވީގެ ގުޅުން..ދެން ކީއްވެ”

އިޒާން ރޮމުން ރޮމުން އެތިފަހަރަކަށް ފަހު އެތިފަހަރެއް ވީއްލަމުން ދިޔައިރު ވެސް އަލާނިޔަލް ޗުއްޕުވެސް ނުބުނެވެ. އައްޒާމް ވެސް ރޮވިފައި ހުރި އިރު ހަމްދަރްދީގެ ނަޒަރަކުން ރޮމުންދިޔަ އިޒާންއަށް ބަލައިލިއިރު  އެއްވެސް އަސަރެއް ވެރިނުކޮށް ހުރި އަލާނިޔަލްއާއި ދިމާލަށް ނަފްރަތާއި އެކުބަލައިލިއެވެ. އައްޒާމް އަށް ޔާސިރްގެ މޫނަށް ބަލައިލެވުން އިރު  ޔާސިރް ދުއްވައިގަތީ  އޮޕެރޭޝަން ތީއޭޓަރު ތެރޭން ނުކުން ޑޮކްޓަރުންގެ ޓީމާއި ދިމާލަށެވެ.  އެނާގެ ފަހަތުން އަލާނިޔަލްއާއި އީން ފިޔަވައި ދެން ތިބި މީހުން ދިޔައެވެ.

“ޑޮކްޓާރ..ޑޮކްޓަރ… އަޅުގަނޑުގެ ދަރި..ފުޅު..” ޔާސިރް އަޑުބެދޭގޮތް ވުމުން އިތުރަށް ވާހަކަ ކުރިޔަށް ނުގެންދެވުނެވެ. ނަމަވެސް އޭނާ ބުނަން އުޅުނު އެތި ޑޮކްޓަރައް ސާފްވިއެވެ. ” ލިވީ ..ދޯ.. ފުރާނަ ސަލާމަތް ކުރެވުން.. އެކަމަކު..” ޑޮކްޓަރަށް އިސްޖަހާލެވުނީ އެވާހަކަ ބުނާނެ ގޮތެއް ނޭގުމުންނެވެ. އެވާހަކަ ބުނުމުން ލަވާލްއާއި ޔާސިރްގެ ހިތައް ކުރާނެ އަސަރު އޭނާއަށް އަންދާޒާކުރެވުނެވެ.   “ޝީ އިޒް ވެރީ ކްރިޓިކަލް…ވެންޓިލޭޓާރ އަށް ލާފަ އޮތީ އަންޑާ އޮބްޒާވޭޝަން.. ގެއްލުން ނުވާ އެއްވެސް ގުނަވަނެއް ނެތް… ލިވީ ވަނީ …ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފަ … ވަރަށް ބޮޑުވަރުވެފަ ހުރީ … ” ޑޮކްޓަރު ދެން ބުނެލި ޖުމްލައިން ތަނަށް ހީވީ ބިންހެލުމެއް އައި ހެންނެވެ. ގަބުވެފައި ހުރި އިޒާން ކޮނޑުގައި ޒައުލްއަށް ހިފައިލެވުން އިރު  އޭނާއަށް ދެލޯ މަރައިލެވުނެވެ. ލަވާލް ޖެހި ބުދެއް ހެން ހުރި އިރު ހިރިލާންވެސް ނީނގިފައެވެ. އޭނާ އަށް ހީވީ ދުނިޔެ އެނބުރިގަންހެންނެވެ.

އެއްވެސް އިހްތިޔާރެއް ނެތި ޔާސިރްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނި ޑޮކްޓަރަށް ޔާސިރްގެ ކޮނޑުގައި ހިފާލެވުނެވެ. “ލިވީގެ އަތަކަށް ފަޔަކަށް ނުވޭ މަށައިގެން ދިޔުން ފިޔަވާ މާ ބޮޑު ގެއްލުމެއް.. އެކަމަކު ލެފްޓްސައިޑް ކިޑްނީއަށް އެބައިން ފުޅިތޮށިގަޑެއް ހެރިފަ..ސީދާ މެދަށް ވަރަށް ފުންކޮން އިނީ… ވަރަށް ބޮޑަށް ބްލީޑް ވޭ އެދިމާލުން.. މިހާރުވެސް އެކަމުގެ ސްޕެޝިއަލިސްޓުން އެދަނީ ހުއްޓުމެއްނެތި ފަރުވާ ކުރަމުން.. ..ކުރިޔަށް އޮތް ވިހި މިނެޓް ތެރޭގަ ބިލީޑް ވުމުން ނުހުއްޓޭ ނަމަ އެކިޑްނީ އެކަށް ފެއިލް ވާނެ… މިހާރު އޮތް ސިޓުއޭޝަންގެ ސަބަބުން ރައިޓް ސައިޑް ކިޑްނީއިންވެސް މާބޮޑު މަސައްކަތެއް ނުކުރެވޭ.. ޔޫ ބެޓާ ފައިންޑް އަ ޑޯނާރ..އެތައް ލެޔެއް ހަށިގަނޑުން ބޭރުވުމުގެ ސަބަބުން ލޭވެސް ހުރީ ފޯ ޕޮއިންޓް ..ބީ ނެގެޓިވް ލޭ ބޭނުންވޭ.. އަދި…. އަލްހަމްދުލިﷲ އެއްވެސް ގުނަވަނެއް ފެއިލް ނުވޭ… އެކަމަކު… ލިވީގެ  ޖިންސީ ގުނަވަންތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ….ވަރަށް ބޮޑަށް މިބުނީ ހަމަ ވަރަށް ބޮޑަށް… އެތަން ތަން ހީލްވާން ނަގާނެ މޯ ދޭން ސިކްސް އިޔާޒް …އޭޒް ޔޫ ނޯ… އަދި ބުނަން ވެއްޓެން ދިޔަގަޑީގަ ހިލަގަޑުގައި ޖެހި ލިވީގެ ބޮލަށް ވަނީ ވަރަށް ބޮޑުވަރުވެފަ… މިހާރު އޮތީ ސާޖަރީ ތަކަށް ފަހު ޝޯޓް ޓާމް ކޯމާއެއްގަ .. ޝޯޓް ޓާމް ކޯމާއަކަށްވިޔަސް ކޯމާގައި ވެސް ވެދާނެ ކިތަންމެ ދުވަހެއް ވެސް.. އެކަމަކު މިވެގެންދިޔައެއްވެސް ކަމެއް ހޭލެވޭ އިރު ހަނދާން ހުންނާނެ އެކޭ އަޅުގަނޑު ނުބުނާން ..މިކަހަލަ ސިޓުއޭޝަންތަކުގަ މިހާތަނަށް އަޅުގަނޑުމެން ބަލާފައިހުރި ކޭސްތަކަށް ބަލާއިރު  ނައިންޓީ ސެވެން ޕަސެންޓް ޕޭޝަންޓުން ގެ މެމޮރީޒް ލޫޒްވެފަ ހުރީ މިފަދަ އެކްސިޑެންޓް ތަކުން…… ލިވީގެ ސީޓީ ސްކޭން އިން އެބަ ދައްކާ ބްރެއިންގެ އެއިޓީފައިވް ޕަސެންޓޭޖް ޑެމޭޖްވެފަ އިންކަމަށް..އިޓް ކޯސް ބްރެއިން ޓްރައުމާ..ކިތަންމެ ދުވަހެއް އަދި ކިތަންމެ އަހަރެއް ވިޔަސް ލިވީގެ ބްރެއިންއަށް ޕްރެޝާރ ކޮށްގެން ހަނދާންކޮށްދޭ ން ނޫޅޭތި އެއްވެސްކަމެއް..ހަމަ އެއްވެސް މެމޮރީޒް އެއް އިނގޭ.. އެހެން ހަދާފިނަމަ ފުރާނައަށް ނުރައްކާ ވާވަރުގެ ކަމެއް ވެސް މެދުވެރިވެދާނެ….ޓައިމް އާއި އެއްކޮން ރަނގަޅުވާނެ ހުރިހާ ކަމެއްވެސް… އިންޝާﷲ.. މާހައުލު ބަދަލްކޮށްލާތި ހޮސްޕިޓަލުން ދޫކޮށްލެވޭ ވަރުވުމުން..  ލިވީ ހަނދާން ހުރެފިނަމަ ފަހަރެއްގައި ހުރެދާނެ ފިރިހެނުންދެކެ ބިރުގަތުން ކަހަލަ ކަމެއް .ހަނދާން ވުން މިއީ ވުމަށްވުރެން ނުވުން ގާތްކަމެއް .. ބީ ރެޑީ ޓް އެނީ ތިންގް.. އެވަރުވެގެން ދިޔައިރު މިރެކްލް އެއް މިއީ ފުރާނަ ސަލާމަތްވެގެން ދިޔުން ލިވީގެ..އަލްހަމްދްލިﷲ ..” ތަފްސީލާއި އެކު ޑޮކްޓަރުން ކިޔައިދެމުން ދިޔަ ވާހަކަތައް އިވި އެންމެންނަށް ލިބިގެން ދިޔައީ އިތުރު ހިތްދަތި ކަމެކެވެ.

ލަވާލް ޖެހިބުދެއްހެން ހުރެ އެތަނުން ހިނގައިގެން އިރު އޭނާގެ ސިކުނޑި ރަނގަޅާށް މަސައްކަތް ނުކުރެއެވެ. ލަވާލް ގަބްވެފައިހުރެ ހިނގަމުން ދިޔައިރު އެތަނުން އެކަކަށް ވެސް ރެއަކާއި ނުލައެވެ. އެ ގަބުކަން މަތީގައި ހުރެ ލިފްޓަށް އެރުމަށްފަހު އެންމެ މަތީގައި ފަންގިފިލާ ހަތްދިހަ ފަހަކަށް އޮބާލިއެވެ. އޭރުވެސް ހަމަ ހުރީ އެހެންނެވެ. ލިފްޓު މައްޗަށް އަރަމުން ގޮސް ހުއްޓުމުން ލިފްޓުން ފައިބާ ޓެރެހަށް އަރަން އިންނަ ސިޑިން މައްޗަށް ލަވާލް މަޑުމަޑުން  އަރަމުން ދިޔައެވެ.  ޓެރެސްއަށް އެރުމަށްފަހު، ލަވާލް ރެއިންލިންގް ދިމާލަށް ގޮސްފައި އެތާގެ މައްޗަށް ކައިރީގައި ހުރި ގޮނޑިއެއްގެ އެހީގައި އެރިއެވެ. އޭރު އޭނާގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ކޯދުލާފައި ކޯތާފަތްމައްޗަށް އޮހިގަތެވެ.

އަމިއްލަ ދަރިފުޅުއެހާލަތުގައި ވާތަން ފެނި ލަޥާލްގެ ހިތައް ކެތްނުވީއެވެ. އޭނާ ދެކުނީ އެއީ އޭނާގެ އިޙްމާލުން ވީކަމެއް ކަމުގައެވެ. ހިތްދަތިވި ވަރުން ލަވާލްގެ ސިކުނޑި ރަނގަޅަށް މަސައްކަތެއްވެސް ނުކުރެއެވެ.  ރެއިލިންގްގައި ދެއަތް އަޅާގެން ހުރި އިރު އެ ފަކީރް ހިތްކުދިކުދިވެފައި ވީ ވަރު އެމޫނުމަތިންވެސް ހާމަވެއެވެ. އެހެން ހުރެފައި އޭނާ ސިހުނީ ފަހަތުން އަންހެނެއްގެ ބާރު ހުނުމުގެ އަޑުއިވިފައެވެ.

“ކެރާ .. ކަލޭގެ ލަދު ހަޔާތް ކޮބާ .. ކަލޭގެ ސަބަބުން ލިވީ އެއޮތި މަރުގެ ތުންފަތްމަތީގަ… ކަލެޔަށް އެކުއްޖާ ކީއްތަ ކުރީ ..އަހަރެން މަރާލަބަލަ ..އޭރަށް ބަދަލް ހިފިފަ ނޫންތަ އެހުރީ.. މޮޔަވެގެންތަ ތިއުޅެނީ..”ރުޅި އާއިދެރަ އެކުވެގެން ދިޔަ ލަވާލްގެ އަޑު އައި ފަހަރަކަށް ވުރެން ފަހަރެއް ބާރުވަމުންނެވެ. “ޢާގްގް ..ޔެސްސް އަހަރެން މިހުރީ މޮޔަވެފަ..ހަމަ ރަގަނޅަށްވެސް މިހުރީ މޮޔަވެފަ… ޔެސީގެ ލޯބި ނުލިބުނީމަ މޮޔަވެފަ… ކަލޭގެ ފަރާތުން އެހާ ފަސޭހަކޮން ނުނިންމާލާނަން މިކަމެއް.. އަދިވެސް އަހަރެން އަންނާނަން ..އޭނާގެ އުމުރުން ތޭވީސް އަހަރު ފުރުމުން ކަލެޔަށް ޖެހޭނީ އޭނާ އަހަންނަށް ދޭން.. އަހަރެންނަށް ޔެސީ ނުލިބުނީމަ އެކަމުގެ ހިތި ކަލޭމެން އެންމެންގެ ކަރުބުޑުގަ ލައްވާނަން… ޖަސްޓް ވެއިޓް އެންޑް ވޮޗް ..އޯހް ސޮރީ ޑާލިންގް ..ބަލަން ހުންނާކަސް ނުޖެހޭނެޔޭ ދޯ.. ކަލޭ މިތަނުން މަރުވާނެ ކަން އަހަރެން ހަނދާން ނެތުނީ.. ގުޑް ބާއި ޔެސީގެ މެޑާމް މިސް އީޑިޔަޓް..” ނުލަފާ ހިނތުންވުމެއްގައި ހުރެފައި ލަވާލް އަށް ސަލާމާތްވާނެ ފުރުސަތުވެސް ނުދީ ފެނީ އެއުސް އިމާރާތުން  ކޮއްޕާލާ ވައްޓާލި ތަނެވެ. އެވަގުތު އެހިސާބު ގަނޑުގައި އެކޯވެގެންދިޔައީ ލަވާލްގެ ހަޅޭކްގެ އަޑެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު