“އަހަރެންގެ ކިޑްނީ ދޭން ތައްޔާރު..”ޑޮކްޓަރު އައިސްފައި ލިވިޔާގެ ލެފްޓް ކިޑްނީ ފެއިލްވި ހަބަރާއި އެކު ވީ އެންމެ އަވަހަށް ޑޯނާރ އެއް ހޯދަން ބުނުމުން އިޒާން ވަގުތުން އިށީންދެ އިން ގޮނޑިން ތެދުވެ ޑޮކްޓަރު ފަހަތުން މިސްރާބްޖެހިއެވެ. އެ ކުޑަ ވަގުތު ކޮޅު ތެރޭގައި ބަސްބުނާހާ ސިކުންތު ތެރޭގައި އިޒާން ޑޮކްޓަރުފަހަތުން ނުކުމެގެން ދިޔައިރު އެކަކަށް ވެސް އެކަމާއި ދެކޮޅަށް އެއްޗެއްބުނާނެ ވަގުތު ނުލިބެއެވެ.
“ކޮބާ ތަ ލަވާ” ލަވާލް ނެތްކަން އެންމެ ފުރަތަމަ ފާހަގަ ވި ކުލްސޫމާއަށެވެ. އެންމެން ހިނގާދިޔަ ހާދިސާއަށް ފަހު ލަވާލް މަތިން ހަނދާން ވީ އަދިކިރިޔާއެވެ. އެންމެންވެސް ހީކުރީ ލަވާލް ހުރީ ކުލްސުމާއާއި އެކުގައި ކަމަށެވެ. އެހެންބުނުމުން ޔާސިރް އާއި ޔޫމީންގެ ސަމާލްކަން ވެސް އެކަމަށް ހުއްޓުނެވެ. “އަހަރެން ހީކުރި ކުލްސޫމާ އާއި އެކު ގޮނޑިބަރީގަ ކަމަށް.. ” ޒުހޫރު ފޯނެއްގައި ހުރެ ކުލްސޫމާގެ އަޑުއިވިފައި ބުނެލިއެވެ. ” ނޫން އަހަރެން އޭރު ލަވާ ކާރީގަ ހުރެފަ ދިޔައީ ފާހާނާއަށް ..ދެން އައިސްފަ މިތާގަ މިއިނީ.. ނުވެސް ތެދުވަން”ކުލްސޫމާ ހައިރާންވެ ހާސްވާންފެށީ އޭނާ ލަވާލް ނުދެކޭތާ ވިހި މިނެޓް ވަރު ވެދާނެހެން ހީވީ މައެވެ. އެވާޙަކަ އޭނާ ދެންތިބި މީހުންނަށް ވެސް އިވޭވަރަށް ބުނެލިއެވެ. ” ވަޓް ވިހި މިނެޓޭ..” ޔާސިރައަށް އަހައިލެވުނީ އާދައިގެ ވަރަށް ވުރެން ބާރަށެވެ. ކުއްލިޔަކަށް އެންމެންނަށް ސިހުމެއް ލިބުނީ ތިރިޔަށް އައްޒާމް އާ އެއްކޮން ފޭބި ޔަމްހާ ރޮމުން ރޮމުން އަންނަ ތަންފެނުމުންނެވެ. އައްޒާމް ފެންނާކަށްނެތެވެ.
“ޔަމް ކިހިނެތް ވީ.. ކީއްވެ ތި ރޮނީ..ލިވީއަށް ޑޯނަރ ވެސް ލިބިއްޖެއޭ.. ބްލަޑްވެސް އަޅާފި..” ޔާސިރް ހީކުރީ ޔަމްހާ ރޮމުންގެންދިޔައީ ލިވިޔާ އޮތް ހާލުގެ ސަބަބުންނެވެ. ނަމަވެސް ޔަމްހާ ހުއްޓުމެއްނެތި ގިސްލާން ފެށުމުން ކަމެއް ގޯސްވެއްޖެކަން އޭނާގެ ހަވަނަ ހިއްސު ގޮވާލިއެވެ. ޔަމްހާ އަށް ރޮވޭ ވަރުން ވާހަކަ ވެސް ނުދެއްކެއެވެ. “ލަ..ލަވާ .. ވެއ..ވެއްޓުނީ ..ޓެރެސް..ޓެރެސް އިން.. ކޯމާގަ.. ބޭ..އައްޒާމްބޭ އެ..އެތާގަ..ދެންމެ ޒެކް..ޒެކް އައި ގަޑީ ޒެކްއަށް ފެނުނީ” ގިސްލެވިގެން މާނޭވަލެވުމުން ދިޔަ ޔަމްހާ ދިން ހަބަރުން ޔޫމީންގެ ހަބަރު ހުސްވެގެން ދިޔައިރު ޔާސިރްއަށް ހީވީ އޭނާގެ ފައިދޮށުން ބިންގަނޑު ގަނބައިގެން ދިޔަހެންނެވެ..
****
ވިހުރެމުން ދިޔަ ފަތްކޮޅެއްހެން ލަވާލް އެ އުސް އިމާރާތުން ތިރިޔަށް ވެއްޓެމުން ދިޔަ މަންޒަރު ބަލަން ނުލަފާ ހިނިޏެއް އައިސްފައި ތިބި ކެރާއާއި ނިޔަލްގެ މޫނުމަތީގައި ވަނީ މަކަރުވެރިކަމެވެ. ދުރުން ދުވެފައި އައި ޔަޒަކް ފެނުމުން ހިނިގަނޑެއް ޖަހާލަމުން އެދެމީހުން ޓެރެހުގެ އަނެއްފަޅިން ފުންމާލިއެވެ.
****
“ބައްޕާ .. މިވަދެ… ވަދެވެނީ.. ” ހޮސްޕިޓަލަށް ބާރު ސްޕީޑުގައި އައި ކާރު ރަނގަޅަށް ގޭޓް ކާރިޔަށް ނުހުއްޓެނީސް ކާރުގެ ދޮރުހުޅުވާލާފައި ޔަޒަކް ކާރުން ފުންމާލަމުން ޔާސިރްގެ ކޯލަށް ޖަވާބު ދިނެވެ. ކާރަށް ބެކްޕެކް ވެސް ދޫކޮށްލާފައި ޔަޒަކް ދިޔުމުން ކާރުދުއްވަން އިން އޭނާގެ އެކުވެރިޔާ ވެސް ކާރު ޕާކުކުރުމަށް ވެސްނޫޅޭ އޭނާގެ ފަހަތުން ދުވަމުން ދިޔައެވެ. ދެ ހަފްތާއަށް ދިޔަ ދަތުރު ތިންމަހަށް ބަދަލްވެ އޭނާގެ ދަތުރު ލަސްވީއެވެ. އެދުވަހުގެ ހަވީރު ހުރިހާކަމެއް ނިމުމުން ރޭގަނޑުގެ ފްލައިޓުން ޓިކެޓް ނަގާ އޭނާ އެކަކު ކާރީގައިވެސް ނުބުނެ އާއިލާއަށް ސިއްރުން ސަޕްރައިޒެއްދޭން ސުވިޒާލޭންޑަށް އައިސް އެއާރޕޯޓުން ނުކުމެ އެޅި ފުރަތަމަ ފިޔަވަޅާއި އެކު މިލިބުނީ ކޮންފަދަ ހިތްދަތި ހަބަރެއް ހެއްޔެވެ. ޔަޒަކު ސަޕްރައިޒްދޭން އައި މީހާއަށް މިލިބުނީ ދުވަހަކު ވެސް ހިތުން ނުފިލާވަރުގެ ހިތްދަތި ސަޕްރައިޒެވެ. އެކުވެރިއަކަށް ގުޅާއިގެން ވަގުތުން އޭނާ ހޮސްޕިޓަލަށް އައި އިރު އަނެއްކާ ވެސް ކުރިމަތިލާންޖެހުނީ ހިތްފަޅާއިގެން ދާވަރުކަމާއެވެ. ހޮސްޕިޓަލް އިމާރާތު އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއި އެއްކޮން އިވުނީ ތަނުގެ މަސައްކަތުމީހެއްގެ ބާރު ހަޅޭކުގެ އަޑެވެ.
އެއަޑަށް ބީރު ކަންފަތެއް ދީ އިމާރާތުގެ އެތެރެއަށް ވަންނަން އެޅި ފިޔަވަޅު ހުއްޓުވާލަން ޖެހުނީ އިތުރު މުއްޒަފަކު “ލަވާލް މެޑަމް” އޭގޮވައި ރޮއިގަތުމުންނެވެ. ޔަޒަކްގެ މިސްރާބު އެދިމާލަށް ބަދަލްކޮށްލިއިރު ފެނުނު މަންޒަރަކުން އޭނާ ގަނޑުވިއެވެ. ޔަޒަކްގެ އެކުވެރިޔާއަށް ވެސް ޖެހުވުނީ ފަހަތަށެވެ.
“މަންމާމާ.” ކުއްލިޔަކަށް ހޭވެރިކަންވި ޔަޒަކްގެ ގަދައަޑުން މުޅި ހިސާބުގަނޑަށް ލޮޅުން އެރިފަދައެވެ. ރޮއިގަންނަމުން ލެއިން ކަޅިވެފައި އޮތް ލަވާލްގެ ހަށިގަނޑުގައި ޔަޒަކަށް ބައްދާގަނެވުނެވެ. ޔަޒަކް ލާފައިހުރި އަޅިފުސްކުލައިގެ ޓީޝާޓް ލެއިން ކަޅިވީ މަދުސިކުންތުކޮޅެއްގެ ތެރޭގައެވެ. ސްޓްރެޗާ އެއް ހިފާގެން ބާރު ސްޕީޑްގައި ހޮސްޕިޓަލްގެ ދެ އެހީ ތެރިންނާއި ދެ ޑޮކްޓަރުން އެއްވެފައި ވި މީހުންތައް ދުރުކޮށްލަމުން ލަވާލް އަރުވަން މަސައްކަތް ކުރިއެވެ. ގިސްލެވެމުންދިޔަ ނަމަވެސް ހިތްވަރުކޮށްލާފައި އޭނާގެމަންމަ އެއަށް އަރުވާގެން އެމީހުންގެ ފަހަތުން ދިޔައެވެ. ޔަޒަކް ގެ އެކުވެރިޔާވެސް ރޮވިފާ ހުރެ އެމީހުންގެ ފަހަތުން މިސްރާބް ޖެހިއިރު އޭނާ ދިޔައީ ޔާސިރް އަށްގުޅަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފޯނުވަނީ ނިވާލާފައިއެވެ. އެ އާއިލާގެ އިތުރު މީހެއްގެ ނަމްބަރު ނީނގޭތީ އޭނާ ހުރީ އިންތިހާއަށް ހާސްވެފައެވެ.
ލަވާލް އީޢާރް ތެރެއަށް ވައްދަން ދިޔަ ވަގުތުވީ ލިވިޔާގެ އޮޕަރޭޝަނަކާއި ބެހޭ ލިޔެކިޔުމެއްގައި ސޮއިކުރުމަށްފަހު އައްޒާމް އެތެރޭން ނުކުން ވަގުތާއިއެވެ. އައްޒާމްއަށް ލަވާލް އޮތް ހާލް ފެނުމުން އާދެވުނު ގޮތްވެސް ނޭނގުނެވެ. ގެއްލިގެންދާ ކޮންމެ ސިކުންތަކީ ވެސް ލަވާލްގެ ފުރާނާއަށް ނުރައްކާވެދާނެ ސިކުންތެކެވެ. ޑޮކްޓަރުން އިތުރަށް މަޑުކުރަން ނުހަދާ ވަނީ އީއާރަށެވެ. ރޮމުން ރޮމުން ގޮސް ޔަޒަކް އަށް ގޮނޑިޔަށް ތިރިވެވުނެވެ. ފުރަތަމަ އޭނާ ފުރާނަ ފަދައިން ލޯބިވާ ކޮއްކޮއެވެ. މިހާރު ބަނޑުއަޅާ ވިހޭ މައިމީހާއެވެ. ޔަޒަކްގެ ހާލަތު ފެނުމުން އައްޒާމުއަށް ވެސް ރޮވުނެވެ. “ކިހިނެތްވީ ” އައްޒާމް އަހާލީ ކެރާގެ އަމަލެކޭ އޭނާގެ ހިތް ބުނަން ފެށުމުންނެވެ. ” ނީ..ނީނގެ. އަހަ..އަހަރެން އައިސް ވަންވަގުތު ..މަ.މަންމަ އެހެން ..” ގިސްލެވޭ ވަރުން ޔަޒަކް އަށް ވާހަކަވެސް ނުދެއްކެވެ. “އަހަރެން އެތަނުގައި އެވަގުތު ހުރިމީހެއް ގާތު އަހާލީމަ ބުނި ޓެރެސް އިން ވެއްޓެން އައިތަން އޭނާއަށް ފެނުންވާހަކަ.. ވަރަށް އެހެން ކަހަލަ ވާހަކަ އެއް ވެސް ބުނި ..އެމީހާ އަށް ފެނުނޯ މީހަކު ޓެރެސްގަ ހުރިތަން ދައްތަ ވެއްޓުން އިރު .. އަހަރެން އައި ނަންބަރު ވެސް ހޯދާއިގެން ޕޮލިހަށް ހަބަރު ދޭއިރުބޭނުންވާނެ ކަމަށް ބަލާފަ..” ޔަޒަކްގެ އެކުވެރިޔާ ބުނެލި ވާހަކަ އައްޒާމްއަށް ކެރާގެ އަމަލެއްކަން ޔަގީން ވެއްޖެއެވެ. “ވަރަށް ބޮޑަށް ސުކުރިއްޔާ..އަހަރެން ބޭނުން އެމީހާގެ ނަންބަރު.. އެތެރެއަށް މިދަނީ ޒެކްއަށް ބަލާދޭތި” ޔަޒަކްގެ އެކުވެރިޔާއަށް ޔަޒަކް އާއި ދިމާ ބަލާލުމަށް ބުނެއައްޒާމްވެސް ވަނީ އީއާރަށެވެ. ދަމުން ޔަމްހާ އަށް ގުޅާފައި ހަބަރު ދިނެވެ.
****
އިސާހިތަކު ދުވަމުން ދުވަމުން އެތަނައް އައީ ޔާސިރު އެވެ. އޭނާގެ ފަހަތުން ޔޫމީން އާއި ޔަމްހާ އަދި ޒައުލް އައި އިރު ދެން ތިބިމީހުންވީ ލިވިޔާ ގާތުގައެވެ. ކޮންމެ މީހެއްގެ ލޮލުގައިވީ ކަރުނައެވެ. ޔަޒަކް ކާރީގައި މަޑުމަޑުން ގޮސް އިށީން އިރު ކުޑަކުއްޖެއްފަދައިން ރޮމުންދިޔަ ޔަޒަކް ފެނި ޔާސިރްއަކަށް ވެސް އިތުރަށް ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ދެމީހުން ބައްދާލައިގެން ތިބެ ގިސްލަ ރޮމުން ދިޔައިރު ބަލާ މީހަކު ހިތްފަޅާއިގެން ދާ ވަރުވިއެވެ. ބައްޕައާއި ދޮންބެ ރޮތަންފެނި ކެތްކުރަމުން ދިޔަނަމަވެސް ޔޫމީންގެ ބަޑި ފަޅައިގެންދިޔައެވެ. ދިޔަ ގޮތައް ގޮސް ޔާސިރް އާއި ޔަޒަކްގެ ގައިގާ ބައްދާލިއެވެ.
އިރުކޮޅެއްފަހުން އީއާރްގެ ތެރެއިން އައްޒާމް ނުކުމަތެވެ. ހުރިހާ މީހުންގެ ނަޒަރްވަނީ އޭނާއަށް ހުއްޓިފައެވެ. އެންމެން އޭނާގެ ވަށާލިއެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ދިރުމެތް ނުވެއެވެ. މަރުވެފައިވާ މައްޔިތެއްހެން ގޮސް ޔާސިރްގައިގާ ބައްދާލިއެވެ. “ލަވާ..އައުޓް އޮފް ޑޭންޖާ… ބަޓް ކޯމާއެއްގަ.. ހޭ އަރާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ..”ޔާސިރްއާއި ދުރުވެލަމުން އޭނާގެ މޫނަށް ބަލާލިއިރު އެމޫނުން ފެނިގެންދަނީ އިންތިހާ ވޭނެވެ. “އަހަރެން މިއައީ އޭނާ މާދަން ދޫކޮށްލާގޮތައް ނިންމާފަ.. ޔެސީ އަށް ވެސް އެންމެ ރަނގަޅުވާނީ އެގޮތް .. އޭނާގެ ބޮލަށް ވަރަށް ބޮޑާށް ގެއްލުން ވެފަ ހުރީ… ހަށިގަނޑުގެ އެތަން މިތަނަށް ވަރަށް ގެއްލުންވެފަ ހުރީ ..މިތާގަ ބާއްވައިގެން ލަވާއަށް އެއްވެސް ސޭފްޓީއެއް ނެތް.. މިގަޑީގަ މިތާ ތިއްބަސް ނުވަދެވޭނެ.. ގައިނީސް އިން އެބައުޅޭ ބޭސް އަޅަން.. ލެޓްސްގޯ ލިވީ ކާރިޔަށް ” ކިތަންމެ ދެރަވެފައި ހުއްޓަސް ޔާސިރްވެސް އެގޮތާއި ރުހުނެވެ.
އޮޕަރޭޝަންތަކަށްފަހު ލިވިޔާ ޕްރައިވެޓް ރޫމްއަކަށް ވަނީ ބަދަލް ކުރެވިފައެވެ.ހުރިހާ އެންމެން ރޫމް ބޭރުގައި ތިބިއިރު އިޒާން ފެންނަން ނެތުމުން އޭނާވާނީ އެތެރޭގަކަން ޔާސިރް އަތުލަފިކޮށްގެން އައި އައްޒާމްއަށް ފަހްމްވިއެވެ. އޭނާ ބޭރުގައި މަޑުކޮށްލީ އިޒާން އަށް ފުރުސަތު ދިނުމަށެވެ.
****
ލިވިޔާ ބާއްވައިލާފައިވި އެދުގެ މަގަތުގައި ހުރި ގޮނޑިގައި އިށީންދެލާގެން އިރު އިޒާންގެ ލޮލުން ކޯދުލާފައި ކަރުނަތައް ދިޔައީ އޮހެމުންނެވެ. ވަރަށް މަޑުމަޑުން އެ ލޯބިމޫނުގައި އަތުގެ ނުފުށުން ފިރުމާލިއެވެ. އެއްވެސް ހަރަކާތެއް ނެތް އިރު އެ މޫނުމަތިން ފެންނަމުންދިޔައީ ބަލިކަށިކަމެވެ. މޫނުވަނީ ހުދުވެފައެވެ. އެތަންމިތަނަށް ހޮޅި ގުޅާފައިވާއިރުމުޅި ރޫމްތެރޭގައިވަނީ މެޝިންތަކުގެ ބީފްއަޑު ހަރުލާފައެވެ. “އައިމް ސޮރީ ލަވް… އެންމެ ފަހަރަކު ނަމަވެސް ލޯ ހުޅުވާލަބަލަ.. ދުވަހަކުވެސް ނުދާނަން ލިވީ އެކަނިން ބަހައްޓާފައެއް.. ލިވީ އަހަންނަށް މާފްކުރޭ.. ލިވީ އަށް ތި ހާލް ޖެހުނީ އަހަރެންގެ ފަރުވާ ކުޑަކަމުން ..ބޭބީޕްލީޒް..” ލިވިޔާއަށް އަޑު ނީވޭނެކަން އިގިހުރެވެސް އިޒާން ދިޔައީ އެދެމީހުން އެކުގައި އުޅުނު ދުވަސްތައް ލިވިޔާއަށް ކިޔައިދެމުންނެވެ. އޭނާ ލިވިޔާދެކެ ލޯބިވާ ވަރު އެދެލޮލުން ވެއްޓިގެންދާ ކޮންމެ ކަރުނަތިއްކަކުން ހާމަވެއެވެ. އެތަކެއް ފަހަރު ލިވިޔާގެ މޫނަށް ބޮސްދިނެވެ.
ލިވިޔާގެ އަތުގައި ހިފާލައިގެން އިން އިޒާން އަށް ސިހުން ލިބުނީ ލިވިޔާގެ ޑޮކްޓާރ ވަނުމުންނެވެ. އޭނާގެ ފަހަތުން ޔާސިރް އާއި އައްޒާމް ، ޔޫމީން އާއި ޔަޒަކް ގޮވާގެން އެތެރެއަށް ވަނެވެ.
“ޔާސިރް .. އަހަންނަށް ހީވޭ ލިވިޔާ ކޯމާއިން ބޭރުވާނެހެން ވަރަށް އަވަހަށް.. އެކަމަކު ހަމަ ކުރިންބުނިހެން އޭނާގެ ހަނދާންތައް ފުހެވިފާ ކަމަށް ހަމަ ބެލެވޭނީ ހުންނާނީ ހޭ އެރުމަށް ފަހު.. އޭނާގެ މުޅި މާހައުލު ބަދަލް ކޮށްލަން ޖެހޭނެ އެހެން ވެއްޖެއްޔާ..މިހާރު ގެ ހަނދާންތައް އާވާފަދަ އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއް އޭނާ އަށް ފެނިގެން ނުވާނެ ހޭ އެރުމަށް ފަހު.. ގަދަ ކަމުން ނޫނީ ކުއްލިޔަކަށް މާޒި ހަނދާން ކޮށްދީގެން އެނެގެނީ ވަރަށް ބޮޑު ރިސްކެއް..އަހަރެން ނުބުނި ނަމަވެސް ޔާސިރް އަށް ވެސް އިނގޭނެ މިއީ ހަމަ މިކަންވާނެ ގޮތްކަން.. ޑޮކްޓަރެއްގެ ހައިސިއްޔަތުން ވެސް އެކުވެރިއެއްގެ ހައިސްޔަތުން ވެސް ބުނެލާނީ ލިވިޔާގެ މުޅި ލައިފްސްޓައިލް ޗޭންޖް ކޮށްލާށޭ…”އެހެން ކަން ކަން ސްޓޭބަލް ކަމަށް ބުނެ ޔާސިރްގެ ބުރަކަށީގައި ޑޮކްޓަރ ޖަޙާލަމުން ނުކުތެވެ.
ޔާސިރް ކައިރީގައި ހުރި ސާފާގައި އިށީންދެ ދެން ހަދާނެ ގޮތަކާއި ދޭތެރޭގައި ވިސްނަން ފެށިއެވެ.
“މިހާރު އެއޮތް ފަތިހު ހައެއް ޖަހަނީ … ކުލްސޫމާއްތަ އާއި ދޮންތަޔާއެއްކޮން ހުރިހާ ކުދިން ގެޔަސް ދޭ …ބައްޕަ ޔާ ބޭބެ އާ ޒުހޫރްބެ މަޑުކުރާނަން… ” އައްޒާމް ބޭނުންވީ އެމީހުން ތިބެފައި އެހެންމީހުން ނިދަން ފޮނުވާލާށެވެ. އިޒާން މަޑުކުރަން ބުނުމުން އައްޒާމް ބޯޖަހާއލިއެވެ. ނުދާން ގަދަހަދާފައިވެސް ޔޫމީން އާއި ޔަޒަކް ގެޔަށް ދިޔައެވެ. އެމީހުން ދިޔުމުގެ ކުރިން ލަވާލް ބަލާލަން ވެއްދިއެވެ.
އެމީހުންދިޔުމުން ޒުހޫރުވެސް އައިސް ޔާސިރް ކައިރީގައި އިށީނެވެ. ” ދެން ކިހިނެތް ހަނދަން މިހާރު ގަސްތު ކުރަނީ ” އިސްޖަހައިގެން އިން ޔާސިރްއަށް ބަޅާލަމުން ޒުހޫރުއަހާލިއެވެ.
“ކުޑަމަންމަ ހަވާލްކުރަންވީނު މަށާ” އިޒާން އެއިންގޮތައް އިނދެ ބުނެލިއެވެ. ޔާސިރް ވަރަށް ވިސްނުމަށްފަހު ބޯޖަހައިލިއެވެ. “ޒުހޫރު .. އަހަންނަށް ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ “ޔާސިރް ، ޒުހޫރްއާއި ދިމާ ބަލާލަމުން ބުނެލިއެވ. ޒުހޫރު ކޮންކަމެއްހޭ ބުނެ ސުވާލްކޮށްލިއރު ވެސް އެއީ އާދައގެ ކަމަކަށް ނުވާނެކަން އެހިތް ބުނަން ފެށީ ޔާސިރް އިންގޮތުންނެވެ. “ލިވީ ގޮވައިގެން މާލެ ބަދަލްވޭ.. އޭނާ ބަލައިދީ.. ކިޔައިދީގެން އޭނާ އުފަލުގައި ގެންގުޅެދީ.. އަހަރެން ދެން އިތުރަށް މި ފަސްގަނޑުގައި ވެސް ހުރެއްޖެނަމަ ޔޫމީ އާއި ޒެކް އަށް އަދި ލަވާ އަށް ވެސް ލިބޭނީ އިތުރު ގެއްލުމެތް ..މިހާރު ވެސް ބަލާ ލިވީ އޮތް ހާލު.. އަހަރެން ގަޔަކު ނެތް އަހަންނާއި ހެދި އަހަރެންގެ އާއިލާ ދެންއިތުރު އެންމެ ވޭނެއް އުފުލަން ޖެހޭތަން ވެސް ބަލާނެހާ ހިތްވަރެތް… އަހަރެން ނިންމާފިން މިތަން ދުކޮށްފަ ދާން..” އައްޒާމް އަށް ޔާސިރްގެ މޫނަށްބަލައިލެވުނީ ގަބޫލްކުރަންދަތިވި ވަރުންނެވެ. ނަމަވެސް އެއަށްވުރެން ރަނގަޅު ގޮތެއް އައްޒާމްއަކަށް ވެސް އިޒާންއަކަށްވެސް ނުފެނުނެވެ.
ޒުހޫރު އެކަމާއި އެއްބަސްވީ އެއްވެސް ޝަކުވާއެއްވެސް ނެތިއެވެ. ޒުހޫރު އެއްބަސްވުމުން ދެން ހަނދަންވީ ގޮތް ޔާސިރް ކިޔައިދިނެވެ.
ލިވިޔާގެ ބާއްވާފައިވާ ރޫމްގައި ފޯނުބާއްވާފާ އާދެވުމުން ޔަމްހާއައީ ފޯނުބަލައެވެ. ދޮރުން ވަދެވަދެހުއްޓާ އޭނާއަށް މަޑުޖެހެވުނީ ޔާސިރް ވާހަކަ ދެއްކިއަޑަށެވެ. އެމީހުންވާހަކަ ހުއްޓުމުން ޔަމްހާ އެތެރެއަށް ވަނެވެ. ހަތަރުމީހުން ބިރެއް ފެނުނުހެން ބަލަހައްޓގެން ތިއްބެވެ. “އިނގޭތަ ލަވާ އެންމެ ފަހުން ބުނި ކީކޭކަން .. ލިވީ އީއާރ ތެރޭގައި ބާއްވައިގެން އުޅެނިކޮން ބޭރުގަހުރި ގޮނޑިބަރީގައި އިނދެފައި ބުނީ ލަވާއަށް ކަމެއްވާ ދުހުކުން ޔޫމީ އާއި ޒެކް އަށް އޭނާ ފޮރުވާ ދޭށޭ.. އަހަރެންނަކަށް ވެސް ނޭނގޭ އެހެންބުނީ ކީއްވެކަމެއް.. އަހަންނަން ފެންނަނީ ލަވާގެ އެންމެފަހުއެދުން ފުރުހަމަ ކޮށްދޭން..ދެން ކުރާ އިތުރު އެއްވެސްކަމެއްގެ ހަބަރު މިކޮޓަރިން ބޭރަށް ނުނެރުން” ޔަމްހާ ވިސްނުންތެރި ކަމާއެކު ބުނެލިއެވެ.
ޔާސިރް ވިސްނަން ހުރެފައި އޭނާ ބޭނުންވާގޮތްބުނުމުން އެނެމެންވެސް އެގޮތާއި ރުހުނެވެ.
“އިރުކޮޅަކުން އަހަރެން ފުރާނަން… އިޒާން ލަވާ ގެންދޭ..” ރޮވިފައި ހުރެ ލޯބިވާ އަނބިޟީހާއާއި ދަރިފުޅަށް ވަދާއުގެ ސަލާމްކިޔުމަށްފަހު ޔާސިރް ނުކުންއިރު އޭނާއަށް ގިސްލެވެއެވެ. އައްޒާމް އާއި ޔަމްހާއަށްއަށްވެސް ރަނގަޅަށް ރޮވިއްޖެއެވެ. ހިތާމައިގެ ކޮލެއްނެތެވެ. ޔާސިރް ހޯދަން އުޅެފާނެތީ އޭނާދާ ވަކިތަނެއް ނުބުނެއެވެ. އައްޒާމް އާދޭސް ވެސް ކުރިއެވެ.
ޔާސިރް ފުރަން ދިޔުމުން ލަވާލް ގެންދިޔައީ އިޒާންއެވެ. ލަވާލްވަނީ އިޒާންގެ ބެލުމުގެދަށުގައެވެ. ގޭގެ އެއްވެސްމީހަކަށް ލަވާލް ވީތަނެއް ނޭނގެއެވެ. ހުދު އައްޒާމްއާއި ޔަމްހާ ކާރީގަވެސް ލަވާލް ލީތަނެއް އިޒާން ނުބުންޏެވެ.
***
ޔާސިރް ފުރިތާ ދެދުވަސްފަހެވެ. ޔާސިރް ފުރިދުވަހު ޔަޒަކް އާއި ޔޫމީންގެ ގާތު ޔާސިރް އާއި އެއްކޮން ލަވާލް ބޭރަށް ބޭސް ކުރަން ގެންދިޔަވާހަކަ އައްޒާމް ބުންޏެވެ. އެދުވަހު އެމީހުންގެޔަށް ގެންދިޔަފަހުން ލަވާލްގެ ހާލް ދައްވީކަމަށާއި ސަލާމަތްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމާއި ހަމަވަގުތުން ބޭރަށް ފުރުވާލީ ކަމުގައި ބުންޏެވެ. އޭގެ ހަފްތާއެއްފަހުން ލަވާލް މަރުވި ވާހަކަ ޔަމްހާ ބުންޏެވެ. އާއިލާގެ ސަލާމަތައްޓަކައި ބޮޑެތި ދޮގުތަކެއް ހަނދަން އެމީހުންނަށް މިއަދުވަނީ މަޖުބޫރުވެފައެވެ. އެދުވަހު ޔަޒަކް އާއި ޔޫމީން ރޮވުނުވަރުން ލަވާލް މަރުނުވެޔޭ ވެސް ބުނެފާނަމޭ އައްޒާމްހިތައް އެރިއެވެ. ނަމަވެސް ލަވާލް ހޯދަން ޔަޒަކް އުޅެ ކެރާއަށް ލަވާލް އޮތްތަންއިނގޭކަށް ޔާސިރްވެސް އައްޒާމްވެސް ބޭނުމެތްނުވިއެވެ. ޔާސިރް ދުރުގައި ހުރި ނަމަވެސް ޔޫމީން އާއި ޔަޒަކްގެ ހާލްބަލައެވެ. އިތުރު ހަފްތާއެއް ފާއިތުވެގެން އައި އިރު ދެމީހުންވެސް ހަމައަކަށް އެޅެންވަނީ ފަށާފައެވެ.
(އެއް މަސް ފަސް)
އެހެން ދުވަސްތަކަށްވުރެން އަވަހަށް އިޒާން ކުލާސް ނިންމާފައި މިއަދު ލިވިޔާގާތައް ހޮސްޕިޓަލަށްދިޔައި މިއަދަކީ ލިވިޔާ މާލެ ގެންދަން ހަމަޖެހިފައިވަދުވަސްކަމަށްވުމުންނެވެ. އިޒާން ލިވިޔާގެ ރޫމަށްވަންއިރު ޔޫމީން ، ލިވިޔާގެ އަތުގައި ހިފާލައިގެން އިނެވެ. އޭރު ޔޫމީންގެ ދެލޯ ކަރުނުން ވިދައެވެ. އިޒާން ފަހަތުން އައިސް ޔޫމީންގެ ކޮނޑުގައި ހިފާލިއެވެ.
ޔޫމީން ސިހިފައި ބަލައިލިއިރު އިޒާން ފެނުމުން ކަރުނާގެ ތެރެއިންވެސް ހީލިއެވެ. “ޔޫމީ ..ހުއްޓާލާ..އަހަރެންވެސް ދެރެވޭ އެކަމަކު ހޭވްޓު މޫވް އޮން.. ދުރަށް ލިވީ ގެންދިޔަސް އަހަރެން އަބަދުވެސް ވާނީ އޭނާއާއިއެކު…އެކަމަކު ހިތާމަތައް ލިބުމުން އަރައިގަންނަން ވެސް ޖެހޭނެ މަސައްކަތް ކުރަން ..ލިވީ ހޭ އެރީމަ އަދި އޮތީ އޭ ޔޫމީގެ މަސައްކަތް..”އިޒާން ހީލާމުން ބުނެލި ވާހަކަ އަހާފައި ޔޫމީންވެސް ބޯޖަހައިލއެވެ. ޔޫމީން އިނދެ އިނދެފައި ނުކުމަތީ މިއަދަކީ އިޒާންއަށް ވެސް މިފަދަ ގޮތަކަށް ލިވިޔާ ފެންނާނެ ފަހު ފަހަރުކަމުން އޭނާއަށް ވަގުތުކޮޅެއް ދިނުމަށެވެ.
ޔޫމީން ނުކުތުމުން އިޒާން އިށީނީ ލިވިޔާގެ އެނދާދިމާލު ކާރީގައި ހުރި ގޮނޑީގައެވެ. އިޒާން ލިވިޔާގެ ދޮންމޫނުގައި ދެއަތުންހިފައިލީ ވަރަށް ލޯބިންނެވެ. ލިވިޔާގެ ނިތުގަޔާއި ކޯތާފަތުގައި ބޮސްދިނެވެ. އިޒާން ދުރުވެލަމުން އެމޫނަށް ބަލައިލިއެވެ. ” އަލް ވެއިޓް ފޯރ ޔޫ ބޭބީ…..އައި ލަވް ޔޫ ސޯމަޗް ..” ފެންކަޅިވަމުންދިޔަ ދެލޯ ފުހެލީ އައްޒާމްއާއި ޒުހޫރް ވަނުމުންނެވެ. ލިވިޔާ ގެންދާ ވަގުތު ޖެހުނީ ކަމަށް ބުނުމުން އިޒާން ބޯޖަހައިލިއެވެ.
ލިވިޔާ ގޮވާއިގެން އެމްބިއްލޭންސްގައި އައްޒާމްއާއި އިޒާން އަދި ޔަޒަކް އާއި ދިޔައެވެ. ލިވިޔާ ފުރުވާލުމަށްފަހު ގެޔަށްއައި އިރު ޔަމްހާ ހުރީ ޔަޒަކް އާއި ޔޫމީންގެ އެއްޗިސް ޕެކް ކޮށްފައެވެ.. ޔަމްހާގެ އެއްޗިސްވެސް މެއެވެ. ” މީ ކޮންކަމެއް..” ޔަމްހާ ގެ މޫނަށް ސުވާލް ނަޒަރުން ޔޒަކް އަށް ބަލާލެވުނެވެ. ” މިއުޅެނީ ޔާސިރްބެ ތި ތިން ކުދިންނަށް ގަނެދީފަހުރި ގެޔަށް ދާން ..މީއިޒާންގެ ގެޔޭނު އެހެންނޫނަސް…ދޮންތަ ވެސް ދާނަން ތިކުދިންނާއެއްކޮން އުޅެން ..”ޔަމްހާގެ ވާހަކަ އަހާފައި ޔަޒަކްއާއި ޔޫމީން ވެސް ބޭނުންވީ އެގޮތެވެ. ލިވިޔާ އާއި ލަވާލްގެ ހަނދާންތައް އާވުން ނޫންކަމެއް މިގޭގަ ހުރެގެން ނުޥާނެ ޔޫމީން ބުނެލިއެވެ. އެއަށްފަހު އޭނާ ހިނގައިގަތި ކާރަށް އެރުމަށެވެ. ފަހަތުން ޔަޒަކް އާއި ޔަމްހާވެސް ނުކުތެވެ.
***
ޔަޒަކް މެން ދިޔުމުން އިޒާން އޭގެ ހާއްސަ ބަޔައް އެރީ ލަވާލް ކާރިޔަށް ދިޔުމަށެވެ. ލަވާލް އޮންނަ ސިއްރުބަޔަށް ދިޔައިރު މިލާން އުޅެނީ ލަވާލްގެ ގައިގާ ފެންހާކާށެވެ. އެތާގައި ލަވާލް އޮންނަ ކަން ހަމައެކަނި އިނގެނީ މިލާންއަށެވެ. އިޒާންގޭގާއި ނޫޅޭ ވަގުތުތަކުގައި އަދި ލަވާލް ސާފްކޮށްދީ ހަނދަން ނަރުހަކު ހަމަޖައްސާ ވާހަކަ ބުނުމުން މިލާން އަމިއްލައަށް އެކަންކުރަން އެއްބަސްވިއެވެ. އެކަމުގައި އުޅެމުން މިލާން ބޭނުންވީ އިތުރަށް ކިޔަވާށެވެ.
****
(ދެ މަސްފަސް)
ލިވިޔާ ގެނައިފަހުން ދެމަސްވީ ދުވަހެވެ. އޭނާ ބާއްވާފައި އޮންނަނީ ޒުހޫރުމެންގެ ހާއްސަ ކޮޓަރިއެއްގައެވެ. ލިވިޔާގެ ހަގީގަތް ކުލްސޫމާކައިރީގައި ޒުހޫރު ބުނީ މާލެ ގެންނަން އުޅެފައެވެ.. އޭނާގެ ހިތުގައި ލިވިޔާއާއިމެދު ވަގުތުން ފޫހިކަން އުފެދުނެވެ. ހިތުގެ ކަނަކުން ލިވިޔާގެ ކުށެއްނެތް ކަމަށް ބުނެދޭން އުޅުނަސްކުލްސޫމާ ހުރި އޭނާގެ ގޮތުގައެވެ. ސްވިސަލޭންޑްގައިއެހާ އުފަލުން އުޅެނިކޮން އަންނަން ޖެހުނީ ލިވިޔާގެ ސުންޕާ ކަމުން ކަމުގައި ކުލްސޫމާ ދެކުނެވެ. ނަމަވެސް ޒުހޫރު ހުންނައިރު އޭނާލިވިޔާދެކެ ލޯބިން އުޅޭހެން އުޅެއެވެ. ޒުހޫރު ލިވިޔާ ބަލައިގަތީ އަމިއްލަ ދަރިއެއްފަދައިންނެވެ. އޭނާ މާލެއައިސްފައި ޕޮލިސް ވަޒީފާ ދާދި ފަސޭހައިން ހޯދިއެވެ.
****
އާދައިގެ މަތިން ދުވަހެކެވެ. ލިވިޔާ އެދުވަހު ހެނދުނު ނޭވާ ލާންފެށީ އެހެންޔާއަށްވުރެން ތަފާތުކޮން ކަން ވިސްނި އެވަގުތު ކާރީގައި އިން ނަރުސް ކުއްޖަ ވަގުތުން ޒުޙޫރުއަށް ގުޅިއެވެ. އަދި މާލެއިން ލިވިޔާއަށް ހަމަޖައްސާފައިވާ ޑޮކްޓަރަށް ގުޅިއެވެ.
ދިހަ މިނެޓް ތެރޭގައި ޑޮކްޓަރު އައިސްފިއެވެ. އޭރުވެސް ލިވިޔާ ދިޔައީ އާދަޔާއި ހިލާފަ އަވަސް އަވަހަށް ނޭވާ ލަމުންނެވެ. ނަމަވެސް ޑޮކްޓަރ އިންޖެކްޝަނެއް ޖަހާލި ފަހުން ރަނގަޅަށް ނޭވާ އޭނާއަށް ނޭވާ ލެވެން ފެށިއެވެ. ޑޮކްޓަރުގެ މޫނުމަތިން އިސާހިތަކު ފެނިލީ އުޖާލާ ހިނިތުންވުމެކެވެ. ކުއްލިޔަކަށްފެނުނީ ލިވިޔާގެ ލޯ ހުޅުވުނު ތަނެވެ. އެމަންޒަރު ފަހަތުން ވަން ޒުހޫރަށް ފެނި ﷲ އަށް ހަމްދުކުރެވުނެވެ. ވަގުތުން ގުޅާފައި ޔާސިރްއަށް އެހަބަރު ދިނެވެ. ހީކުރިގޮތައް ލިވިޔާގެ އެއްވެސް ހަނދާނެތް ނުވެއެވެ. ޒުހޫރު އޭނާ ޢާ ކުލްސޫމާ އަކީ މަންމައާއި ބައްޕަ ކަމުގައި ބުންޏެވެ.
******
*
*
*
*
*
*********
***********************************
“މަންމާ..” ބޮލުގައި އަތް އަޅާއިގެން އަޑުގެ ނެތްތަނަށް ޒީވާ ހަޅޭއްލަވައިގަތީ ބޮލަށް ވާން ފެށި ތަދުން ކެތްނުވެގެންނެވެ. ފުސް ފުސްކޮން ފެންނަމުންދިޔަ މަންޒަރުތައް އޭނާ ސާފް ކޮން ފެންނަން ފެށިއިރު ޒީވާގެ ހާލަތު ގޯސްވާން ފެށިއެވެ. “މަންމާ….ޔޫމީ” ޒީވާ ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް ނޭފަތާއި އެކު އަނގައިން ލޭގަނޑު އޮހޮރިގަން އިރު ހެޔަށް ގޮތްގޮތްވާންފެށި އެވެ. “ޒާން..އި.ޒާ..ން އަ..މް ސޮރީ …” ދެލޯމެރެމެން ދިޔަ ވަގުތު އޭނާއާއި ދިމާލަށް ދުވެފައި އައި ތިން ފިރިހެނުން ފެނުނެވެ. އޭނާގެ ހޭވެރިކަން ފިލާ ގޮސް އެތަނަށް ދެމުން އިރު އެ ހަށިގަނޑުގައި އެއްވެސް ކަމެއް ނެތެވެ.
ފޮޓޯގަނޑުތައް މައްޗަށް ދެމިފައިވި ޒީވާ ލައިގެންހުރި ހެދުމުގެ ބޮޑުބަޔެއް ވަނީ އޭނާގެ އަނގައިން ފޭބި ލެއިން ފޯވެފައިއެވެ. ޔަޒަކް ޒީވާ އޭނާގެ އަތްދަނޑި މައްޗަށް ލައިގެން ވަގުތުން ގޮސް އެރިއެވެ. ކައިވަން އެރުމުން ވަގުތުން އިޒާން ދުއްވާލީ ޒެންޓްރަސް ހޮސްޕިޓަލަށް ދިޔުމަށެވެ. ބާރު ސްޕީޑްގައި އައިސް ކާރު މަޑުކޮށްލުމުންޔަޒަކް ޒީވާ ގޮވާގެން އީއާރްއަށްވަނެވެ. ޒީވާ އެތެރަށް ލުމަށް ފަހު ޔަޒަކްއަށް ޖެހުނީ ނުކުންނާށެވެ.
އީއާރްގެ ބޭރުގައި ތިން ޒުވާނުން މަޑުކޮށްލާގެން ތިބީ އެތެރޭން ލިބޭނެ ހަބަރަކަށެވެ.
ކައިވަންގެ ހިތް ތެޅެމުންދިޔައީ އާދަޔާއި ހިލާފަށް ބާރަށެވެ. އޭނާގެ ހިތްބުނަނީ ކޮންމެވެސް ވަރަކަށް ޒީވާގެ ހަނދާންތައް އައިސްފި ކަމަށެވެ. އެހެންވެއްޖެ ނަމަ މިވަގުތު ޔަޒަކް އާއި އިޒާން ހޮސްޕިޓަލްގައި ހުރުން ރަނގަޅުނޫންކަމަށް އޭނާގެ ހިތް އިންޒާރު ދޭން ފެށިއެވެ. އޭނާ ބޭނުންވީ އެތަނުން އިޒާން އާއި ޔަޒަކް ފޮނުވާލުމަށެވެ. ކައިވަން ފޯނު ނަގާ ކޮންމެވެސް މީހަކަށް މެސެޖް ކޮށްލިއެވެ.
އިރުކޮޅަކުން ފެނުނީ ޔަޒަކްއަށް ފޯނެއް އައިތަނެވެ. “ދަރިފުޅާ ކޮންތާކު.. ބައްޕަވެސް އެކަކު ވެސް ނެތް..މަންމަ މޭގަ ރިއްސަނީ… އާހް ނޭވާ ވެސްހާސް ވަނީ … ޔޫމީ..ޔޫމީ ވެސް މިނީ ގޮވާގެން ބޭރަށް ދިޔައީ ..ކައިވަން ބަހައްޓާފަ އެކަކު މަންމަ ކާރިޔަށްއާދެބަލަ.. ޔޫމީ ފޯނުނުނަގާ” ލަވާލް ގުޅާފައި ބުނި އެއްޗަކުން ޔަޒަކް މިސްރާބް ޖެހީ ގެޔަށެވެ. އިޒާން ކައިރީގައި ޔޫމީން ހޯދަން ދިޔުމަށް ބުނެފައިއެވެ. ކައިވަން ކާރީގައި ޔޫމީން ހޯދަން ދާން އިޒާން ބުނުމުން ކައިވަން އަށް ދާން ނޭނގޭ ކަމަށް ބުންޏެވެ. އެންމެ ފަހުން އެދެމީހުން ނުކުމެގެނ ދިޔަ ގޮތުން ކިތަންމެ ސީރިޔަސް ވެފައި ހުއްޓަސް ކައިވަންއަސް ހެވުނެވެ.
އެމީހުން ގޮސް އޮބާލި ކަމެއް ނޭނގި ނަރުސް ކުއްޖަކު ނުކުމެ އެހީތެރިޔަކަށް ގޮވާލުމުން ކައިވަން އެތެރެއށް ވަނެވެ. އޭރު ޒީވާ އޮތީ އޮކްސިޖަން މާސްކް އަލުވާފައެވެ.
“ޕޭޝަންޓްގެ ބޮލަށް އެއްވެސް އަނިޔާއެއް ކުރިން ވި ތޯ” ޑޮކްޓަރުގެ ސުވާލުން ޒީވާއަށް ގެއްލިފައިހުރި ކައިވަން ދިޔައީ ސިއްސައިގެންނެވެ. ބޯޖަހައިލަމުން ޒީވާ އެކްސިޑެންޓް ވި ވާހަކަ އަދި “މެމޮރީ ލޫޒް” ވިއޭ ބުނެލިއެވެ. ވާހަކައިގައި ތިބި ވަރުން ޒީވާއަށް ކުއްލިއަކަށް އަންނަމުންދިޔަ ބަދަލްތައްއެމިހުންނަކަށް ނުފެނެއެވެ.
ލޯމަރާއިގެން އޮތްއިރު ދެފަރާތައް ބޯހޫރަމުން ދިޔައިރު ހީވަނީ ގަދަ ހުވަފެނަކުން ހޭލަން އުޅޭހެންނެވެ. މާޒީގެ ސަފްހާތައް ހުރަހެއްނެތި ޒީވާގެ ސިކުނޑިޔަށް ހުޅުވެމުންދިޔައެވެ. ސިކުނޑީގެ ބަރުބޮޑުކަންފިލާ ދާންފެށިއެވެ.
“އަޅުގަނޑަށް ވަކި އެއްޗެއްބުނަން އިނގޭނީ ޕޭޝަންޓް ހޭ އެރީމަ….ހަމަ އުފާވާ ކަހަލަ ހަބަރެއް ވެސް ލިބިދާނެ” ޑޮކްޓަރ ހީލަމުން ނުކުތުވެ.
އެއަށްފަހު ނާރސްއާއި އެއްކޮން ނުކުމެގެން ދިޔުމުން ކައިވަން އައިސް ޖައްސާލީ ޒީވާގެ އެނދާއި ޖެހިގެން އިން ގޮނޑިގައެވެ. އެހެން އިނދެފައި އޭނާއާއިވީ ފަރާތައް އެނބުރި އޮތް ޒީވާ އާއި ދިމާ ބަލާލަމުން ހަށަންބަނދެލައިފިއެވެ. “ޒީވާ ދެން ތެދުވޭ އިޒާން ހިތުގަ ނުޖައްސާ… މީހު..” ކައިވަން ވާހަކަ ދައްކަ ދައްކާ އިންދާ ޒީޥާ އޭނާގެ އެސްތެޓިކް ފެހި ކުލައިގެ ލޯ ހުޅުވާލުމުން ސިއްސައިގެން ގޮސް ފަހަތައް ދިޔަ ބާރު މިނުގައި ގޮސް ބުރަކަށި ޖެހުނީ ފާރުގައެވެ. އެރުވެސް ޒީވާ ބަލަހައްޓައިގެން އޮތެވެ.
“ޑޯންޓް ކޯލް މީ ޒީވާ… ބިކޯޒް އަމް ލިވިޔާ” އެ ފެހިކުލައިގެ ލޮލުން ބަލަހައްޓާއިގެން އޮވެ އޭނާ ބުނެލި އެއްޗަކުން ކައިވަންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
****
(ނުނިމޭ)