ހިރާސް 1 (34) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (34)

އެއަށްފަހު ނާރސްއާއި އެއްކޮން ނުކުމެގެން ދިޔުމުން ކައިވަން އައިސް ޖައްސާލީ ޒީވާގެ އެނދާއި ޖެހިގެން އިން ގޮނޑިގައެވެ. އެހެން އިނދެފައި އޭނާއާއިވީ ފަރާތައް އެނބުރި އޮތް ޒީވާ އާއި ދިމާ ބަލާލަމުން ހަށަންބަނދެލައިފިއެވެ.  “ޒީވާ ދެން ތެދުވޭ އިޒާން ހިތުގަ ނުޖައްސާ… މީހު..” ކައިވަން ވާހަކަ ދައްކަ ދައްކާ އިންދާ ޒީޥާ އޭނާގެ އެސްތެޓިކް ފެހި ކުލައިގެ ލޯ ހުޅުވާލުމުން ސިއްސައިގެން ގޮސް ފަހަތައް ދިޔަ ބާރު މިނުގައި ގޮސް ބުރަކަށި ޖެހުނީ ފާރުގައެވެ. އެރުވެސް ޒީވާ ބަލަހައްޓައިގެން އޮތެވެ.

“ޑޯންޓް ކޯލް މީ ޒީވާ… ބިކޯޒް އަމް ލިވިޔާ” އެ ފެހިކުލައިގެ ލޮލުން ބަލަހައްޓާއިގެން އޮވެ އޭނާ ބުނެލި އެއްޗަކުން ކައިވަންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

***

“ވަޓްޓް ” ކައިވަން ގެ ފައި އެނދާ ދިމާލަށް ހަރަކާތް ކުރިއިރުވެސް ޒީވާ ހަމައެހެން ބަލަހައްޓާއިގެން އޮތެވެ. އިސާހިތަކު ޒީވާގެ ދެލޯ ކަރުނުން ފުރުނެވެ. ނަމަވެސް ކަރުނަތައް އޮއްބާލިއެވެ. އަދި ތެދުވެ އެނދުގައި އިށީނެވެ. “ކައިވަން އަހަރެން ބޭނުން އިޒާން އަށް ވެސް އެހެން އެކަކަށް ވެސް ނުފެންނަތާކަށް ދާން..ކުޑަ ވަގުތުކޮޅަކަސް ނަމަވެސް ..ކައި އަހަރެން ގެންގޮސްދީ..” އާދޭހާއިއެކު ޒީވާ ބުނެލުމުން ކައިވަންއަކަށްދެކޮޅު ހަދާކަށްނުކެރުނެވެ. ވަގުތުން ފޯނު ނަގާފައި ޔަޒަކްއަށް ގުޅާލިއެވެ. “ހޭ.. ޒީވާ ހޭ އަރައިފި… ބަޓް ހަމަ ސޭމް އޭޒް ބިފޯރ.. ޝީ ވޮނަ ގޯ ހޯމް .. ސޯ ވީ ގޮއިން..”ޔަޒަކް  އޯކޭ އޭ ބުނުމުން ކައިވަން މަޑުމަޑުން ޒީވާގެ އަތުގައި ހިފާލައިގެން ކޮޅައްނެގިއެވެ.

އެތައް އިރަކު ކާރުގައި ދުއްވުމަށްފަހު ކައިވަން ، ޒީވާގޮވާއިގެން ދިޔައީ ވަލެއް ފާޑު ތަނެއްގެ ކުރިމައްޗަށެވެ. މަގުގެ އެއް ފަރާތުގައި ކާރު ޕާކުކުރުމަށްފަހު ކައިވަން ، ޒީޥާގެ ކޮނޑުގައި ހިފާލައިގެން ދިޔައީ ހިމަ މަގަކުންނެވެ. ދެފަރާތުގައި އޯކް އަދި އެކި ވައްތަރުގެ މައުންޓެއިން އޭޝް ގެ އެކިވައްތަރު ގަސްތަކުންވަނީ ޖަންގަލިހެދިފައިއެވެ. އެވަގުތަކީ ތުނިކޮން  ސްނޯ ވެހެމުންދިޔަ ވަގުތެވެ. ގަސްގަހުގެ ކުރިތަކުން ފެންނަނީ ހުދުހުދުގެ ދޫލައެއް އެޅިފައިވާހެންނެވެ.

ޒީވާއަށް ކުރެވެމުންދިޔައީ ތަފާތު އިހްސާސްތަކެވެ. އެތައް ދުވަހެއް ވަންދެން ބަންދު ކޮއްޓެއްގައި އިނދެފައި މިނިވަންވި އިހްސާސްއެއް ވެސް ދިޔައީ ކުރުވަމުންނެވެ. ބަޔާންކުރަން ދަތި އެތައް އިހްސާސްއެއް އެއްފަހަރާކުރުވަމުން ދިޔައިރު އޭނާ ހުރީ ޖަޒުބާތީވެފައެވެ. ކައިވަން  ޒީވާ ގޮވާއިގެން ދިޔައީ އޮއިދެމޭ ކޯރެއްގެ އައްސޭރިއަށެވެ. ކައިވަން ޒީވާ ގެންގޮސް ބޭންދީ އެއްފަރާތެއްގައި ހުރި ކާޕެޓް ވިނަ ފާޑު  ވިނަގަނޑެއްގެ މަތީގައެވެ.

އެންމެފަހުން ކެތްނުވެގެން އެހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި  ފައިބާގަތެވެ. “ޒީވާ.. ނުހިފަހައްޓާ ރޯލާ… މިއަދުމީ ޒީވާގެ ދުވަސް.. ޒީވާގެ ބެސްޓްފްރެންޑް މިހުރީ ޒީވާ އާއެކު.. ހިތް ފުރެންދެން ރޯލާ.އި.” ކައިވަންގެ ވާހކަ ނުނިމެނީސް ޒީވާގެ ބަޑިފަޅައިގެންދިއެވެ. ކައިވަން އޭނާގެ ކޮނޑުގައި ޒީވާގެ ބޯހަރު ލައްވާލިއެވެ.

އެތައް އިރަކު ރުއިމަށްފަހު ކައިވަންގެ ކޮނޑުން ޒީވާ ބޯ ނެގިއިރު ދެލޯވަނީ ދުޅަވެގެން ގޮސް އަރާފައެވެ. ކައިވަންގެ ދެލޯވެސް ފެންކަޅިވިއެވެ. “ކައިވަން .. އައި ކްލިއާލީ ރިމެމްބާޑް އެވްރީތިންގް  ..އިޒާން އަކަށް އަހަރެން ޑިޒާވް އެއްނުވާނެ … އަހަރެން މީ އެއްވެސް އިއްފަތެއް ނެތް މީހެއް … އަހަރެން އޭނާ ކާރިޔަށް ދިޔަސް އޭނަ އަހަރެން ބަލައިގަންނަ ވަރަށް ވުރެން  ދަށް ފެންވަރެއްގަ އަހަރެން މިހުރީ..އަހ..”ޒީވާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ކައިވަން އޭނާގެ ވާހަކަ ހުއްޓުވިއެވެ. ” ތިހެން ނުބުނޭ.. އިޒާން އުޅުނު ގޮތް އިނގޭތަ ތި ހާދިސާއަށް ފަހު ވެސް..”ކައިވަން ކިއައިދެމުން ދިޔައީ އިޒާން ޒީވާ އާއި ހެދި އޭރާއި މިހާރުވެސް އުޅޭވަރެވެ. ކޯމާ ދިޔަފަހުންވެސް އިޒާން އުޅުގޮތެވެ.

“އައިނޯ ހީލަވްސް މީ.. ބަޓް އަ ޑޯންޓް ހޭވް ގަޓްސް މިހާރު އިޒާން ކައިރިޔަށް ދާ.. އެން އައި ލަވް ހިމް ޓޫ.. އަހަރެން އެކަމާ ވިސްނާނީ ނިޔަލް އަށްވަރުގަދަ ފިލާވަޅެއް ދީފަ.. އައިލް ރުއިން ހިމް .. އިންޝާﷲ ސޫން..” ޒީވާގެ އަޑުގައިވީ ޔަގީންކަމެވެ.

“ވީވިލް ހެލްޕް ޔޫ..އައި މީން ޑިފީ އާއި އީން އަދިވެސް އަހަރެންނާ ކޮންޓެކްޓް އޮވޭ..އަހަންނަށް މަޖުބޫރު ޑިފީއާއި އެއްވެސް ކޮންޓެކްޓް އެއްނެތް ކަން ދައްކައިގެން އުޅެން .. މިހުރިހާ ދުވަހުވެސް އަހަރެންވެސް ވަގަށް މިއުޅުނީ ..އަނެއްކޮޅުން ޒާން ހުރީ..އޭނާ އެއީ ހަމަ އަމިއްލަ ބޭބެއެއް…އާހް ހުރިހާ އެންމެންނަށްޓަކައި  ޑިފީ އެވަނީ ހާދަ ސެކްރިފައިޒްއެކޭ.. މިލާން ވެސް ގެއްލުނީ އޭނާއަށް.. އެކަމާ އަހަރެން ނުވޭ ހާހެއް .. “ކައިވަން ވާހަކަ ނިމުން ޒީވާ އެދުނީ އޭނާ ކޯމާގައި އޮތް ދުވަސްކޮޅު  އަދި އޭގެ ފަހުން ކަންތައް ވީގޮތް ކިޔާ ދޭށެވެ. “އަހަރެންނަށް ވެސްއިނގެނީ މިކޮޅުގަ އޭރު ހުރި އިރު ކަންތައް ވީގޮތް” ޔާސިރް ދިޔަގޮތާއި ލަވާލްގެ ވާހަކައާއި ޔަޒަކް މެންނަށް ލަވާލް ކަންތައް އިނގުންގޮތާއިއޭރު ވީ ކަންކަން އޭނާއަށް އިނގޭ އެއްޗެއް ވިއްޔާ ފޮރުވުމެތްނެތި ކިޔައިދިނެވެ.

“އަހަރެން މިވިސްނަނީ އެއްވެސްވަރަކަށް ބޭސްގުޅަ  ނުލައްވަން.. އައި ކެން ކޮންޓްރޯލް” ކައިވަންގެ ވާހަކަ ސައުގުވެރިކަމާއެކެ އެހުމަށްފަހު ޒީވާބުނެލިއެވެ. ހުދު ކައިވަން ވެސް މިހާރު ބޭނުންވަނީ ޒީވާ އެހެން ހެދުމެވެ.

ޒީވާ ބޭނުންވީ  އޭނާގެ މަންމައާއި ބައްޕަ އާއި މުޅި އާއިލާއަށް އޭނާ ހަނދާން އާވިކަން ސިއްރުކުރުމަށެވެ. ކައިވަން އެކަމާ އެއްބަސްވިއެވެ.

“އައި ވޮނަ މީޓް ޑިފީ..” ޒީޥާ ބުނެލިއެވެ. “އޭނަ ދޯ.. އޮންދި ވޭ..ވިތް  ސަޕރައިޒް..  “ކައިވަން ހީލިއެވެ. ޒީވާ ދެލޯ ބޮޑުކޮށްލިއެވެ. ” ކަމޯން އެއީ ވެސް އަހަރެމެން ގްރޫޕްގެ ބައިވެރިއެކެވެ. އޭގެ ފަސްވަރަކަށް މިނެޓްފަހުން އެހެން ކާރެއްގެ ބަރުގޮނު އިވިލިއެވެ. އަލާނިޔަލް އައީ އޭ ކައިވަން ބުނެލިއެވެ. “ޒީވާ .. ލޯ މަރާލަބަ..” ކައިވަން ޒީޥާގެ މޫނުމަތީގައި އަތްއެޅިއެވެ.

މަޑު ހިނގުމެއްގައި އަލާނިޔަލް އާއި އެކު އައި މީހާ އައިސް ޒީވާގެ ފަހަތުގައި ހުއްޓިލިއެވެ.   އަލާނިޔަލް ހީލަމުން، ކައިވަންއަށް ޒީވާގެ މޫނުމަތިން އަތް ނެގުމަށް ބުންޏެވެ.

ކައިވަން މަޑުމަޑުން ޒީވާގެ މޫނުމަތިން އަތް ނަގާފައި އަލާނިޔަލްމެން ތިބި ދިމާލަށް އަނބުރާލިއެވެ.  ސިއްސައިގެންގޮސް  ޒީވާ ފަހަތައް އަރި އަޅާލިއެވެ. ނަމަވެސް ހުށިޔާރު ކަމާއެކު ލަވާލް ޒީވާގެ އަތައް ދަމާލާ އޭނާގެ ގައިގާ ނުހަނު ބާރަށް ބައްދާލިއެވެ. ” މަންމަގެ ދޫނީ..” ލަވާލްއަށް ހަމަ ރަނގަޅާސް ވެސް  ރޮވިއްޖެއެވެ. އެތައް އަހަރެއްފަހުން  ބަނޑުއަޅާ ވިހޭ މައިމީހާގެ ފިރުމުން އިހްސާސްވުމުން ޖަޒުބާތީ ވީ ވަރުން  އޭނާ އަށް ވެސް ލަވާލްގެ ގައިގާ ބައްދާލައިގެން ހުރެ ރޮވުނެވެ.. “މަންމާ އަ މިސްޑް ޔޫ ސޯ މަޗް” ކުރެހިފައި  ވީ އަޑުން ޒީވާ ބުނެލިއިރު  ލަވާލްގެ ހާލަކީ ތޯއެވެ. ރޮމުން ރޮމުން ގޮސް ވާހަކަ ދައްކާނެ ހިތް ވަރުވސް އޭނާގެ ނެތެވެ. “ދަރިފުޅާ .. ދެން މަންމަ ދޫކޮށްފަ ނުދާތި ..މަންމަ މަރުވެދާނެ.” ލަވާލް އަށް ބުނެވުނުހާ ވެސް  އެއްޗަކީ އެއީއެވެ. އަނެއްކާވެސް އޭނާ ރޮވެމުން ދިޔައެވެ. “ދުވަހަކު ވެސް ނުދާނަން ..” ޒީވާ އަށް ވެސް ވީ އެވަރެވެ.

އަލާނިޔަލް އާއި ކައިވަން ދުރަށް ޖެހިލީ އެމީހުންނަށް ފުރުސަތު ދިނުމަށެވެ.

އިރުކޮޅެއް ފަހުން ދެމީހުންވެސް ހަމަޖެހުނެވެ. ” މަންމާ.. އިޒާން ހިޔެއް ނުވޭ އަހަރެން ބަލައިގަނެފާނެހެންނެއް.. އަހަރެންގެ ނެތް އެކައްޗެއް ވެސް އޭނައަށް ދޭނެ..” އަނެއްކާ ވެސް ޒީވާއަށް ރޮވުނެވެ. “ނޫނޭ ދޫނީ.. އިޒާން އުމުރުން ތިރީސް ވީ އިރުވެސް އަންހެންކުއްޖަކަށް ރުހުމުގެ ލޮލަކުން ބަލާ ނުލާ ..ދަރިފުޅަށް ނޫނީ..އޭނާ އަބަދުވެސް ލޯބިވީ އަދި ލޯބިވަނީ ދަރިފުޅު ދެކެ.. ތިއީ ދަރިފުޅު ގަސްދުގަ ކުރި ކަމެއް ނޫން..އެ ނިއަލް އެކޭ ކިޔުނު ފިރިހެނާނުބައިކަން … އަހަރެމެން އަތުގަ އޭނާއާއި ދެކޮޅަށް ދެއްކޭނެ ހެއްކެތް ނެތް … އެކަމަކު މަސައްކަތް މިކުރަނީ ..ލިވީގެ މާޒީ އިނގިހުރެ އޭނާ މިހާރުވެސް ލޯބިވަނީ ލިވީ ދެކެ ތެދު ހިތަކުން ކަން މަންމައަށް ކީކުރަން ލިވީއާއި ޒާން ދަންނަ ކޮންމެ މީހަކަށް ވެސް އިނގޭނެ..” ލަވާލް ވަރަށް ލޯބިން ޒީވާގެ ލޮލުގައި ފޭދިފައިވި ކަރުނަތައް ފުހެދިނެވެ. “އެކަމަކު މަންމާ އެއްވެސް މީހަކަށް އަހަރެން ހަނދާންތައް އާވި ވާހަކަ ނާންގާތި .. މިއީ ސިއްރެއް އަހަރުމެން ހަތަރުމީހުންގެ މެދުގައިވާ ސިއްރެއް..އައި ހޭވް އަ ޕްލޭން ”  ޒީވާ ގެ ސީރިއަސްނަޒަރު ފެނި ލަވާލް އިތުރު ސުވާލް ކުރިއެވެ.

***

“ބްރޯ ކިހިނެތް ލަވާ އާންޓް  ގެނައީ.. އައި ތޯޓް އެހުރިހާ ކަމަކަށްފަހު ތިދެމީހުންގެ ކަނެކްޝަން ލޮސްޓް ވީ ކަމަށް ..ލަވާ އާންޓް ވެސް ޑިފީގެ ކަމަކަށް ހަދާ ނިޔަލްގެ ވާހަކަ ގަބޫލްކުރީއޭ” ކާރުގެ ބޮނެޓް މަތީގައި އިށީންނަމުން ކައިވަން އަހައިލިއެވެ. “ނޫނޭ..އަހަންނަށް އެންމެ ފުރަތަމަ ދުވަހު ވެސް އިނގޭ ކުޑަމަންމަ އިޒާންގެ ބެލުމުގެ ދަށުގައި ވާކަން …އެތާގެ އިންނަ ކެމެރާއަށް ނާރާހެން އަހަރެން ވަދެ ނުކުމެ ހަނދަނީ.. ކޮންމެ ދުވަހަކު ވެސް ވަންނަން …  ދެން ކުޑަމަންމަ ހޭ އެރި ދުވަހު  އަހަރެން މީޓް ކުރިން އެންމެން ދިޔަފަހުން ވަދެ.. އަހަރެން ވެސް އެދުވަހު ހީކޮށްގެން ހުރީ ކުޑަމަންމަ އަހަރެންދެކެ ރުޅި އަންނާނެކަމަށް.. އެކަމަކު ހީކުރި ގޮތަކަށް ނޫން .. އަހަރެން ފެނުންނަތާ ރޯން ފެށީ .. އަހަންނަށްވެސް ރޮވުން .. އެދުވަހު ވެސް ކުޑަމަންމައަށް އިނގޭ އެއީ ނިޔަލް ކަމެއްކަން .. އީން ބުންޏެއްނު އޭރު ވީޑިއޯއެއްގެ ވާހަކަ .. ވަން ޓައިމް ކެމެރާއިން ނެގުނު ވީޑިއޯ މިބުނީ.. އޭތި އޭނަ ހުރީ ކުޑަމަންމައަށް ދައްކާފަ.. ކުޑަމަންމަ ކޯމާއިން ބޭރުވި ދުވަހުން ފެށިގެން ފޯނުން ކޮންމެ ދުވަހަކު ވެސް ހަބަރުވޭ.. ކައިވަން ހަދާހެން .. ކައިވަން ވެސް މެސެޖް ކުރަމެންނު މަ ބޮލަށް އުނދަގޫ ވާ ވަރަށް..އަހަހަހާ… ދެން މިއަދު ކައިވަން، އިޒާންމެން ފޮނުވާލަން ހެލްޕް ވާށޭ ބުނީމަ ކުޑަމަންމައަށް އަހަރެން ގުޅާ ދޮގެއް ހަދާ ދޭށޭ ބުނީ.. ވަގުތުން އެކަން ކޮށްލާއިފި.. ދެން އަނެއްކާ ވެސް ގުޅާފަ ބުނެފި ލިވީ ކިހިނެތްހޭ.. ދެން ކައިވަން ގުޅާފަ ލިވީ މެމޮރީޒްތައް އައި ވާހަކަ ބުނީމަ އަހަރެން ބޭނުންވީ ލިވީ އާއި ކުޑަމަންމަ މީޓް ކޮށްދޭން.. ކައިވަންއަށް ގުޅާފަ މިތަނަން އަންނާށޭ އަހަރެން ބުނީ ކުޑަމަންމަ އަށް އެހަބަރު ދީފަ ..ކުޑަމަންމަ ބޭރަށް ނުކުތީ ފިހާރައަށް ކަމަށް ދޮންތަ ކާރީގަ ބުނެފަ.. މިހާރު ކުޑަމަންމަ އެކަނި މަދުމަދުން ބޭރަށް ނުކުންނާތި ދޮންތަ ވެސް ދެން ސުވާލެއް ނުކުރާނެ އެންނު..   އީން ބުނި ދޯ ކައިވަން ކައިރީގަ ވަން ޓައިމް ވީޑިއޯ ވާހަކަ .. ” އަލާނިޔަލް ހުރިހާ ވާހަކައެއް ތަފްސީލްކޮން ކިޔާދިނުމަށްފަހު ކައިވަން ގާތު އަހައިލިއެވެ. ހިނިއައިސްފައި އިނދެ ކައިވަން ބޯޖަހާލަމުން “ތިއީ ބުއްދިބޮލެކޭ ” އަލާނިޔަލްއާއި ދިމާއަށް ބުނެލިއެވެ. އަލާނިޔަލް ގާތައް ހިނިއައެވެ.

ދެމީހުން ވާހަކައިގައި ތިއްބާ ލަވާލް އާއި ޒީވާ އައެވެ. ” އަހަރެމެން ކީކޭތަ  ކިޔަންވީ.. ލިވީ ތަ ޒީވާތަ..” ކައިވަން ހޭންފަށަމުން އަހައިލިއިރު އަލާނިޔަލްއާއި ލަވާލް ގާތައް ވެސް ހިނިއައެވެ. “ބުނިންދޯ ސިއްރުކޮށްދޭށޭ މެމޮރީޒްތައް އައި ވާހަކަ… އެހެންވީމަ ކިޔާނީ ޒީވާ އެންނު ..” ޒީވާ ދެލޯ އަޅާލަމުން ކައިވަންގެ ކަންފަތުގައި ހިފާލިއެވެ. ޒީވާގެ އެއަމަލުން އެންމެން ގާތައް ހިނިއައެވެ. ލަވާލްއަށް ފޯނެއް އައީ އެވަގުތުއެވެ.

“ދޮންތަ އެގުޅަނީ ހިނގާ ދާން.. ދަރިފުޅާ ބަލައިގެން އުޅޭތި .. މަންމައަށް އަބަދުވެސް މެސެޖް ކުރާތި ނުގުޅުނަސް.. މަންމައަށް ފެންނަން ވާނެ ކޮންމެ ދުވަހަކު ވެސް “ލަވާލް، ޒީވާގެ ގައިގާ ބައްދާލިއެވެ. ޒީވާ އަވަސްއަވަހަށް ބޯޖަހަލިއެވެ. “ކައިވަން ދޭ ކުޑަމަންމަ ގޮވާގެން އަހަރެން ދާނަން ލިވީ ގޮވާގެން …” އަލާނިޔަލް ގެ ބަހަށް ކައިވަން ބޯޖަހާލަމުން ލަވާލް ގޮވާގެން ކާރުގައި ނައްޓާލިއެވެ. އަލާނިޔަލް ވެސް ޒީޥާ ގޮވައިގެން ލަސްނުކޮށް ގެޔަށް ދިޔައީޒީވާ އަވަހަށް ގެޔަށް ދާން ބޭނުންވާ ވާހަކަ ބުނުމުންނެވެ.

“ޑިފީ އަހަންނާ މީޓް ކޮށްލަން އަންނައްޗޭ.. މިގަޑީގަ ނެތް ހުރެވޭކަށް މިހާރުވަރަށް އަނދިރިވެސް ވެއްޖެ.. މިނީ ނީނގެ އެއްޗެއް ކޭ ކަމެއް ވެސް…އަހަރެން ނުދާތީ ނުކާންވެސް ހުރެފާނެ ” ޒީޥާ ކާރުން ފައިބަމުން ގޮވައިލިއެވެ. އަލާނިޔަލް ވެސް ބޯޖަހައިލަމުން އެތަނުން ދިޔުމަށް ކާރު ދުއްވާލިއެވެ. ޒީވާގެ އެދުމުގެ މަތިން އަލާނިޔަލް ކާރު މަޑުކޮށްލީ ގެޔާ ތަންކޮޅެއް ދުރަށެވެ. ޔޫމީންމެން މީހަކަށް އޭނާ ފެންނާކަށް ޒީވާ ބޭނުމެތް ނޫނެވެ. މާގިނަ  އިރެއްނުވެ ކައިވަން ގެ ކާރު އައިސް މަޑުކޮށްލުމުން ޒީވާ އެރިއެވެ.

ގެޔަށް ވަދެވުން އިރު ވަކިން އިން ސޯފާއެއްގައި ނީކިޔާ ނިދާފައި އޮތެވެ. އޭނާގެ ކައިރީގައި ވަށައިގެން ބާލިސް ޖަހާފައިވެއެވެ. ޖެހިގެން އިން ސޯފާގައި ޔޫމީން އިސްޖެހިފައިއިން އިރު އޭނާއާއި ޖެހިގެން ޔުނާއާއި ވިޝާން ވެސް އިނެވެ.

ޔޫމީންގެ މޫނުމަތިން ދާދިދެންވެސް ރޮއެފައިވާކަން ހާމަވެއެވެ. އެ  އެސްފިޔަތަކުގައި ކަރުނާގެ އަސަރު ވެއެވެ. ޔޫމީން ހާލު ފެނުމުން އެ ކަރުނަތައް ފުހެލަދީ ޔޫމީންގެ ގައިގާ ބައްދާލަން ކައިވަންގެ ހިތައް އެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަވަސްއަވަހަށް ދެފަރާތައް ބޯހޫރުވާލިއެވެ. މިހާރަކަށް އައިސް ޔޫމީން ފެންއިރަށް އޭނާއަށް ވާގޮތުން އެކަމާ އެވަގުތުކޮޅު ވިސްނުނެވެ.

“ޔޫމީ..” ޒީވާގެ އަޑުޖެހުމުން އިސްޖެހިފައި އިން ޔޫމީންއަށް ސިހިފައި ކޮޅައް ތެދުވެވުނެވެ. ” ޒިވީ..

” ޔޫމީން  ދިޔަ ބާރު މިނުގައި ގޮސް ޒީވާގައިގާ ބައްދާލިއިރު އޭނާގެ ބަޑިފަޅައިގެންދިޔައެވެ. “ކިރިޔާ އަހަރެން ބިރުން މަރު ނުވީ.. އާރ ޔޫ އޯކޭ.. ތަނަކަށް ތަދުވިތަ …” ޔޫމީން ، ޒީވާގެ ބޮލުގައި ފިރުމާލަމުން އަހައިލިއެވެ. އޭރުވެސް އޭނާއަށް ދިޔައީ ރޮވެމުންނެވެ.. “ޔޫމީ އަމް ފައިން އޭ.. ދެން ހުއްޓާލާ.. އަހަރެން މިއައްޔޭ”  ޒީވާއަށް ކުރެވުމުންދިޔައީ ތަފާތު އިހްސާސެކެވެ. ހަނދާންތައް އާވި ފަހުން ޔޫމީންފެނުމުން އޭނާއަށް  އޭނާއަށް ވެސް ރޮވުނެވެ. ލޯބިވާ އެއްބަނޑު އެއްބަފާ ދައްތައާއި  އެންމެފަހުން ދިމާވީއެވެ. ” އޭ އޭ ދެން ހުއްޓަން އުޅޭ ދޭތި މިތަން ފެންބޮޑުކުރަން ނުހަދާ.. އަހަރެން ވަރަށް ވަރުބަލި ..އަހަންނަކަށް މޮޕްއެއް ނުކުރެވޭނެ މިރެޔަކު..އަނެއްކާ އަނެއްކޮޅުން ފެނުގެ ހަރަދުވެސް  ބޮޑުވާނެ މޮޕް ކުރަން ފެން އެހާވަރަށް ނަގަންވެއްޖެޔާ..” ދެމީހުން ރޯންތިބުމުން ކައިވަން އެމީހުން ހެއްވަލުމުގެ ނިޔަތުގައި ބުނެލިއެވެ. އެކަން ކާމިޔާބު ވެސް ވިއެވެ. ކަރުނައިގެ ތެރެއިންވެސް ދެމީހުންނަށް ހެވުނެވެ. “އާނ ކެރެޓް ވިއްޔަ އެހެންޏާވެސް މިގޭގަ މޮޕް ޖަހަނި ދޯ.. ތިހެން ބުނާނެއްނު ” ކަރުނަތައް ފުހެލަމުން ޒީވާ ދެލޯ ހަނިކޮށްލަމުން ކައިވަން އަށް ބުނެލިއެވެ. “ހޮހޮހޮހޯ ދެން ހުއްޓާ ..އަހަރެންގެ ބެސްޓްފްރެންޑާއި ދިމާލަށް ކޮންމެހެން އެއްޗިސްކިޔަން އުޅޭނެކަމެއްނެތް ..” ކައިވަން އަނގަހަދާލަމުން  އެއަށް ރައްދު ދޭން އުޅެނިކޮން ޔޫމީން ކައިވަންގެ ކަންފަތުގައި ހިފާލަމުން ގޮވާލިއެވެ. ޔުނާ އާއި ވިޝާންވެސް އެމީހުންގެ ސަކަރާތްގަނޑު ފެނުމުން ހިނިއައެވެ.. “މިތިބަ ކުޑަކުދިން ތަކެއް ދޯ.. ހީވަނީ ކުކުޅު ކޮއްޓަކަށް ދަނޑިބާނައިގެން އުޅޭހެންނޭ.. ހޫމް މިހާރު އެއޮތްގެން ހަތެއް ޖަހަނީ .. ދެން ތިންމީހުން އުޅޭ  އެއްޗެއް  ކާން.. ޔޫމީން އެއިނީ ޒިވީ ނާންނާތީ ނުކާން .. އަހަރެން ހުންނާނޭ ނޫޑްލްސް ކައްކާފަ..” ޔުނާ ، ޒީޥާއާއި ޔޫމިން ބަދިގެޔާއި ދިމާލައް ކޮށްޕާލަމުން ބުނެލިއެވެ. “ތޭންކްޔޫ ޔުން.. ތިދެމީހުން ވެސް ހިނގާ ނޫޑްލްސް ކާން” ކައިވަން ކުރު ނުކުރުމުން އެންމެ ފަހުން ވިޝާންމެން ވެސް ކާނަމޭ ބުންޏެވެ.

ކައިވަން ، ނީކިޔާ ކޮޓަރިއަށް ލާފައި އައިރު ޒީވާ ކައިނިމިއްޖެއެވެ. ކައިވަން އެކަމާ ދިމާކޮށްލިއެވެ.. ” ބައެއްމީހުންގެ ގޮހޮރު ހާދަ ކުޑައޭ.. އަހަރުމެންނަކަށް ޖެހޭ ވަޔަކަށް ނުތިބެވޭވިއްޔަ”  ކައިވަންގެ އަޑުއިވިގެން ޒީވާ ދޫނެރެލިއެވެ. މަޖާމާހައުލެއްގައި ތިބެ އެންމެން ކައި ނިންމާލިއިރު މިއަދު ކަމެއްވިހެންވެސް ހީނުވެއެވެ. ޒީވާވެސް އެމީހުންގެ ކައިރީގައި ދައްކާ ވާހަކައަޑުއަހަން އިނެވެ.

ކައިނިމިގެން ވިޝާންމެންވެސް ލަސްނުކޮށް ގެޔައްދިޔައެވެ. އެމީހުން ދިޔުމުން ޒީޥާ އާއި ޔޫމީން ސޯފާގައި އިށީންނެވެ. ކައިވަން ވެސް ސޯފާގެ ކުރިމަތީގައިހުރި ވަށް ކަޅު މޭޒުމައްޗަށް ދެފައި ނަގައިގެން ސޯފާގައި ހަމަޖެހިލިއެވެ. އެހެން އިނދެފައި ފޯނު ނަގައި  ޔޫމީންއަށް މެސެޖެއް ކޮށްލިއެވެ.

ޒީވާއާއި އޮލަވާހަކައެއްގައި ޖެހިފައި އިން  ޔޫމީންގެ ފޯނު ވައިބްރޭޓް  ވެގެން ބަލައިލިއިރު ކައިވަންގެ މެސެޖެއް އައިސްފައި އިނެވެ. ޔޫމީން ހައިރާންވެފައި ކައިވަންއާއި ދިމާއަށް ބަލައިލަމުން ނިތް އަރުވާލެވުނީ ކުރިމަތީގައި އިނދެގެން ކައިވަން މެސެޖް ކުރުމުންނެވެ.

ކައިވަން އިނީ ސީދާ ޔޫމީންގެ މޫނަށް ބަލަހައްޓާގެންނެވެ. އެހާ ތޫނު ނަޒަރަކުން ބަލަހައްޓައިގެން އިނުމުން ޔޫމީންގެ މުޅި ހަށިގަނޑުގައިވާހާ ލޯއްޔެއް ކޮޅަށްޖެހުނެވެ. އިސާހިތަކު ކޯތާފަތައް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ކައިވަންއަށްވެސް ޔޫމީންއާއި ދިމާއަށް  ބަލަހައްޓާއިގެން އިނދެވުނީއެވެ. ޔޫމީންގެ ދިގު އެސްފިޔަތަކުގެ ނިވަލުގައިވި ބޮޑުލޮލުން ބަލަހައްޓާއިގެން އިންގޮތް ހާދަ ލޯތްބޭ ހިތައްއެރިއެވެ. ފުރަތަމަ ފަހަރަށް ޔޫމީންގެ ރީތިކަމައް ކައިވަންގެ ހިތުގެ އަޑިން އެއްބަސްވެވުނެވެ. ހަމަ އެހިނދު އޭނާގެ ހިތުން ޔޫމީންއަށް ހާއްސަ މަގާމެއް ދެވިފައިވާކަން ކައިވަންއަށް އިޙްސާސްވިއެވެ.

ޒީވާ ވާހަކަ ދައްކާ ދައްކާ ދެމީހުން އަނގައިން ނުބުނުމުން ބަލައިލިއިރު ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓިފައިވާތަން ފެނި އޭނާ ގާތައް އައީ ނުލަފާ ހިންޏެކެވެ. އިރުކޮޅެއްވަންދެން އިނދެފައި ފޯނު ނަގާ އެ މަންޒަރު ފޮޓޯ ނަގާލިއެވެ. ދެން އިނދެފައި ކަރުކެހިލުމުން ކައިވަން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ކެއްސާ ގަނެފައި ފޯނާއި ދިމާލަށް ނަޒަރު ދިމާކޮށްލިއެވެ. ޔޫމީން އިނީ ލަދުން ހަލާކުވާވަރުވެފައިއެވެ. އޭނާ ވެސް އަވަސް އަވަހަށް ނަޒަރު ދިއްކޮށްލީ އަތުގައި އޮތް ފޮނަށެވެ. “ޒީވާ ގާތު މިއަދު ވި އެއްވެސް ކަމަކާއި ބެހޭގޮތުން ސުވާލް ނުކުރާތި އިނގޭ.. ” ކައިވަންގެމެސެޖް ކިޔާލާފައި އޭނާ ރިޕްލައި ނުދިނީ ގަސްދުގައެވެ.

ޔޫމީންގެ މެސެޖަކަށް އިންތިޒާރުކޮށްގެން ކައިވަން އިންދާ ދެން ފެނުނީ ޔޫމީން ދާންވެގެން ތެދުވަންތަނެވެ.. ޔޫމީން ރިޕްލައި ނުދީ ދާތީ ކައިވަން ހިތްހަމަ ނުޖެހުނެވެ.  “މާދަން ޔުނިވާސިޓީއަށް ދާން ވާއިރަށްއަވަހަށް ނިދާތި ޒިވީ.. މާދަން ފެށޭ ދުވަސް ވީމަ އެގާރަ ޖަހާއިރު ދާން ޖެހެނީ އިނގޭ.. ދެން ހަމަ އަނެއްދުވަހުން ފެށިގެން  ދާން ޖެހޭނީ އެއިޓް ގަ .. ” ޔޫމީން ހިނގައިގަންނަމުން ޒީޥާ ކުރި ސުވާލަކަށް ޖަވާބުދިނެވެ. “ޔެސް .. ގުޑް ނައިޓް ޔޫމީ..” ޔޫމީން އަށް ރޭގަނޑުގެ ސަލާމް ކިޔުމަށްފަހު އޭނާ  ނުކުތުމުން ޒީވާ ވެސް ތެދުވީ ނިދިއައިސް ފިޔޭ ކިޔަމުންނެވެ.  ކައިވަން ދެން ނިދަންވީ ނޫން ހޭ ގޮވާލިއެވެ. ޒީވާވެސް ލޯ ހަނިކޮށްލައިގެން ހުރެ އެދިޔަ ގޮތައް ގޮސް މައްޗައް އެރިއެވެ.

ޒީވާ މައްޗައް ދިޔަތަން ބަލަން އިނދެ ކައިވަން ވައިރޯޅިއެއްހާ ބާރަށް ގޮސް މަގުމައްޗަށް ނުކުތެވެ. އޭރު ޔޫމީން އޭނާގެ ގެޔަށް ވަންނަނީއެވެ. ކައިވަން ފޯނު ނަގާ ޔޫމީންގެ ނަމްބާރ އަށް ޑައިލް ކޮށްލިއެވެ.

ގެޔައް ވަދެ ވަދެ ހުރި ޔޫމީން ސިހުނީ ފޯނު ރިންގް ވާން ފެށުމުންނެވެ. އަރާފައިވާ ކައިވަންގެ ނަން ފެނި އޭނާގެ ހިތައް އެނގުންވެލިއެވެ. މިރޭ ވި ކަންތަކާއި ލަދުން ހުރި ނަމަވެސް ޔޫމީން ފޯނު ހަލޯ އޭ ވަރަށް މަޑުމަޑުން ބުނެލައިފިއެވެ.” ފަހައް ބަލައިލަބަލަ.” ކައިވަންގެ އަޑު އޭނާއާއި ނުހަނު ގާތުން އިވުމުން ޔޫމީން ސިހިފައި ފަހަތް ބަލައިލެވުނެވެ.

ކައިވަން އޭނާއާއި ކައިރިޔަށް އަންނަން ފެށުމުން ޔޫމީން ބޭނުންވީ ދުވެފިލާށޭވެ. ޔޫމީންގެ މުޅިމޫނުވަނީ ރަތްވިއެވެ. އޭނާ ބޭނުންވީ އަވަސް ވީ ގޮތަކުން ދުއްވާގަންނާށެވެ. ” އަހަރެން ނާހާނަން ޒީވާ ގާތަކު..” ކައިވަން ގެ ޖަވާބަކަށް ވެސް މަޑު ނުކޮށް ޔޫމީން ގައިހުރި ބާރަކަށް ހިނގައިގަތެވެ. ނަމަވެސް ދެވުނީ ތަންކޮޅަކަށެވެ.

ޔޫމީންގެ އަތުގައި ހިފާ ކައިވަން ދަމާލިލެއް ބާރުކަމުން އައިސްޖެހުނީ ކައިވަންގެ ތަނަވަސް މޭމަތީގައިއެވެ. އެކެއްގެ ނޭވާ އަނެއްކަކަށް އިހްސާސް ވާހާ ކައިރިން ފެނުމުން ދެމީހުންނަށް ވެސް ކުރަމުންދިޔައީ ތަފާތު އިހްސާސެކެވެ. ދެމީހުންގެ ހިތްތައް ތެޅެމުންދިޔައީ އަނެކާއަށްވެސް އިވޭހާ ބާރަށެވެ. ކައިވަން ހިތުގައި ޔޫމީންއަށް އިހްސާސްތަކެއްވާކަން ހިތުގެކަނަކުން ގޮވަންފެށިއެވެ.

ޔޫމީން އިސްޖެހިފައި ހުރި އިރު އެމޫނު ހީވަނީ ޖަންބެއްހެންނެވެ. އަބަދުހެން ކައިވަންއާއި ކޫސަނި ޒުވާބުކޮށްހަދާމީހާގެ ދޫ ވަނީ ތަޅުލެވިފައިކަހަލައެވެ.

ކައިވަން، ޔޫމީން އިހުނައްވުރެން ގާތައް ދަމާލިއެވެ. އަނެއް އަތުން މަޑުމަޑުން ޔޫމީންގެ ކޯތާފަތުގައި ހިފާ އޭނާއާއި ދިމާ އަނބުރާލިއެވެ. ޔޫމީންގެ ލޮލާއި ލޯ ސީދާކޮށްލިވަގުތު ލަދުން ގޮސް ޔޫމީންއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.  އެހިނދު އެ ތުންފަތައް މަޑުރަތް ކުލަ ފާއްދައިލިއެވެ. ކައިވަންގެ ލޮލުގައި އެމަންޒަރު އަޅައިގަތެވެ. އެވަގުތު އޭނާގެ ހިތާއި ސިކުނޑި އިއްތިފާގުން ގޮވަމުންދިޔައީ ޔޫމީންގެ ތުންފަތުގެ ފޮނިމީރުކަން ހާސިލް ކުރުމަށެވެ. އެއްވެސް އިހްތިޔާރެއްނެތި ޔޫމީންގެ މޫނާއި ދިމާއަށް ކައިވަން އަށް ގުދުވެވުނެވެ. ކައިވަން އޭނާގެ ހިތުގެ އެދުމަށް އިޖާބަ ދިނެވެ. ކައިވަން އާއި އެއްވަރަށް ޔޫމީންއަށް ވެސް އެކަމުގައި  ބައިވެރިވެވުނެވެ. ދެތިން މިނެޓްގެ ވަގުތުކޮޅަކަށްފަހު ޔޫމީން ހޭވެރިކަން ވެގެން ކައިވަންއާއި ދުރުވާން ތެޅިގަންނަވެސް ކައިވަން ޔޫމީންގެ ބޮލުގައިހިފާ ހައްތަހާ ކައިރިވާން މަސައްކަތް ކުރީއެވެ. އެންމެފަހު ޔޫމީން ކުއްލިއަކަށް ވަރަށް ބާރަށް ކައިވަން ދުރައް ކޮއްޕާލިއެވެ.

އޭރު ހަމަ ރަނގަޅައްވެސް ޔޫމީންއަށް ހުރި ރޮވިފައެވެ. ކައިވަންއަށް މިކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން އިޙްސާސްވީ ޔޫމީންގެ ކަރުނަތައް ފެނިއެވެ. ޔޫމީންގެ ކާރިޔަށް ދިޔުމަށް ހިއްލާލި ފިޔަވަޅު ހުއްޓުވާލަން ޖެހުނީ ޔޫމީންގެ އަތް ހުރަސް ކޮށްލުމަށްފަހު ދުވެފައި ގޮސްގެޔަށް ވަނުމުންނެވެ.  “ޝިޓް ކީއް މިކުރެވުނީ.. ދެން ނީނގޭ ޔޫމީ ދުވަހަކު އަނގައިން ބުނާނެ ކަމެއް ވެސް .. “ކައިވަންއަށް އިސްތަށިގަނޑު ތެރެއަށް ދެއަތް މަހާލެވުނީ ހަދާނެ ގޮތް ހުސްވުމުންނެވެ. އެތައް އިރެއް ވަންދެން އެތާގައި ހުރެފައި ގެޔައް ދާން މިސްރާބުޖެހީ ޔޫމީންގެ ފޯނަށް ގުޅާ ގުޅާފޯނުވެސް ނުނެގުމުންނެވެ.

****

އިޒާން ބާރު ސްޕީޑްގައި ދުއްވާފައި އައިސް ކާރު މަޑުކޮށްލުމަށްފަހު ޔޫމީން މެންގެޔަށްވަނެވެ. އިޒާންއެރިގޮތައް އެރީ ޓެރެސްއަށެވެ. އޭރު ޔަޒަކް އެއްފަރާތެއްގައި ހުރި ސޯފާއެއްގައި އޮތްއިރު އޭނާގެ މޭމަތީގައި ބޯއަޅާލައިގެން މިލާން އޮތެވެ. “ކަލޭ މަށައް މިކަހަލަ އެއްޗިސް ދައްކަން ދޯ ގެނައީ ” ޔަޒަކްމެން ތިބިގޮތްފެނި އިޒާން ގާތައް އައީ ނުލަފާ ހިންޏެވެ. އިޒާންގެ އަޑު އިވުމުން މިލާން ބުދެއްހެން ކޮޅައް ޖެހުނެވެ. މިލާންއަށް ވީގޮތްފެނި ޔަޒަކްގެ ގާތައް ވެސް އައީ ލާނެތް ހިންޏެކެވެ. “މިލާން ދެން ތިހާ ލަދު ގަންނާނެ ކަމެއް ނެތް … ފާހާނާތައްޓަށް ވުރެން ގިނައިން ކަލޭމެން ދެމީހުންގެ ތިކަހަލަ ސީންތައް މަށައް ފެނިފަ ހުރީ..” އިޒާން ލާނެތްވެފައި ބުނެލިއެތިން ޔަޒަކު ހޭންފެށިއެވެ. މިލާން އިތުރަށް ލަދުގަން ކަމަށް ނުދައްކަން ހޭންފަށަމުން ސޯފާ އިން ކުށަން އެއް  ނަގާ އިޒާން އާއި ދިމާއަށް ހޫރައިލިއެވެ.

މިލާން އާއި ދިމާލައް ދޫ ހަދާލަމުން އިޒާން ގޮސް ހުއްޓުނީ ރެއިލިންކާރީގައެވެ. ޒީވާގެ ކޮޓަރީގެ ލައިޓްފެނުމުން އަދި ނުނިދާ ކަން އެނގުނެވެ. “އައި މިސްޑް ޔޫ ސޯ މަޗް ލަވް …” އިޒާންގެ މޫނުމަތީގައި ދެންމެ ހުރި ލާނެތްކަމެއް މިހާރަކުނެތެވެ. އެމޫނުމަތިން ފެނިގެންދަނީ ހިތްދަތި ކަމެވެ. ލޯބިވެރިޔާއާއި އެއްފަސް ގަނޑެއްގައި ހުރެވެސް  އޭނާއަށް މިޖެހެނީ ދުރުން ބަލައިލާގެން ހިތްހަމަޖައްސާލާށެވެ. ކިތަންމެ ދެރަވިޔަސް އިޒާންއާއި ދިމާބަލަހައްޓާއިގެން ހުރުން ކަމެއް ޔަޒަކްއަކަށް ނުކުރެވުނެވެ. ދެރަވެފައިހުރި ޔަޒަކްގެ އަތުގައި ހިފާލަމުން މިލާން ހީލިއެވެ. މިލާންވެސް އިޒާންގެ ހާލަތާއިމެދު ހަމްދަރުދީވިއެވެ. އިޒާން އެތާ ހުންނަތާ ބައިގަޑިއިރުފަހުން ޒީވާ ބެލްކޮންޏަށް ނުކުމަންތަން ފެނުނެވެ.

****

ރޭގަނޑުގެ ކެއުމަށްފަހު ޒީވާ ބޭނުންވީ މާދަން ކުލާހަށްދިޔުމުގެ ކުރިން ނިދާލާށޭވެ. ނަމަވެސް އެނދުގައި ފުރޮޅި ފުރޮޅި ވަރުބަލިވި އިރުވެސް އޭނާއަކަށް ނިދޭގޮތެއް ނުވިއެވެ. އެންމެފަހުން އޭނާ ގަސްތުކުރީ އަލާނިޔަލްއާއި ބައްދަލްކުރުމަށެވެ. އަލާނިޔަލްއަށް މެސެޖްކޮށްލިހިނދު  މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޖަވާބު އައެވެ. އޭނާ އަންނަން ދިހަވަރަކަށް މިނެޓްވާނޭ ބުނުމުން ޒީވާ ގަސްދުކުރީ ބެލްކޮންޏަށް ނުކުމެލާށެވެ. އެއްފަރާތެއްގައި ހުރި ސޯފާއެއްގައި ޖައްސާލިތާ މާގިނައިރެއް  ނުވަނީސް އެގޭ ޓެރެސްގައި ހުރި ކަމަށް ބުނެ އަލާނިޔަލްގެ މެސެޖެއް އައެވެ.

ޒީވާ ޓެރެހަށް އެރުމަށްފަހު ވަނީ ހަޓް ތެރެއަށެވެ. އޮރެންގް އަލީގައި މާމެލާމެލި ފެންނަލެއް ޗަލުކަމުން ޒީވާ އާޝޯހްވިއެވެ.  އޭރު އަޅާނިޔަލް ކޮފީމޭކަރުން ކޮފީއެއް ހަނދާތަން ފެނި ފާޑަކަށް އަނގަ ހަދައިލެވުނެވެ. “ސްޕަނެޗްރަލް މީހުންވެސް ކޮފީ ބޮވޭތަ..” ޒީވާ ކުރި ސުވާލުން ނުހޭން އުޅުނު ނަމަވެސް އޭނާއަށް ހެވުނެވެ. “ޒީވާ ވެސް ބޮމެންނު.. އަހަންނަށް ކީއްވެ ނުބޮވެންވީ..” ޒީވާގެ އަމިއްލަމޮޔަކަން އިހްސާސްވީ އަލާނިޔަލް ހޭންފެށުމުންނެވެ. އޭނާ ކުޑަކޮން ލަދުގަންނަމަވެސް އެކަން ފޮރުވަން ހިނިގަނޑެއް ޖަހައިލިއެވެ.

ޒީވާ އައިސް ހަޓް އެއްފަރާތުގައިހުރި ގޮނޑީގައި އިށީނުމުން  އަޅާނިޔަލް ވެސް ކޯފީ ތަށި ތުމުގައި ޖާހައިގެން ހުރެ އަނެއް ފަޅީގައިހުރި ގޮނޑިގައި އިށީ ނެވެ. “ކޮން ވާހަކަ އެއް ދައްކަން އަހަރެން މިތަނައް ގެނައީ..”އަލާނިޔަލް އަހައިލިއެވެ. “ބައިވަރު ވާހަކަ ..”ހަށަން ބަދެލަމުން ޒީވާ ދުރުބަލައިލީ ފަށާނެ ގޮތެއް ނީނގުމުންނެވެ. “އިޒާން ވާހަކަ  ކަމައް އަހަރެން ހީކުރީ ފުރަތަމަ އަހާނީ.. ތެދު ތެދަށް ބުނަންޏާ އަހަރެން ބުނާނީ..އޭނާ ވަރަށް ވިއެކް އޭ..އެހެންމީހުންގެ ކުރިމަތީގައި ވަރަށް ސްޓްރޯންގް ވާނެ.. ބަޓް އިންސައިޑް ހީޒް ޑެޑް..ޒީވާ ކޮންމެފަދަ ޕްލޭން އެއް އޮތަސް އޭނާއަށް ހާޓް ނުކުރާތީ…ހީ ލަވްސް ޔޫ ލައިކް ކްރޭޒީ.. ހީލަވްސް ޔޫ މޯރ ދޭން އެނީވާން ކޭން އެކްސްޕްލެއިން..ޑޯންޓް ޑޫ އެނީތިންގް ސްޓުޕިޑް…ރިމެމްބާރ ދެޓް “އަލާނިޔަލްގެ މޫނުމަތިން ފެނިގެންދަނީ ސީރިއަސް ކަމެވެ. ޒީވާ ބޯޖަހައިލަމުން ދުރުބަލައިލީ އިޒާންގެ ހަނދާންތައް އެހިތައް އުނދަގޫ ކުރަން ފެށުމުންނެވެ. އެ ފޮނި މާޒީގެ ހަނދާންތަކެވެ. ލޮލަށްޖަމާވި ކަރުނަތައް އޮއްބާލުމަށްފަހު ޒީވާ ހިންދިރުވާލީ ގަދަކަމުންނެވެ.

“އަހަންނަށް އަހަރެން ބޭނުންވާ ކަންތައްވާން އޮތީ ކޮންމެވެސް ވަރަކަށް އޭނާއަށް ހާޓް ކޮށްގެން.. އަހަރެންވެސް އޭނަދެކެ ލޯބިވޭ..އެކަމް މިނޫން ގޮތެއް އަދި އެބައޮތްތަ .. ޑިފީ ..އަހަރެން ސުވާލެއް ކޮށްލަންތަ..” ޒީވާގެ ވާހަކައަށް އަލާނިޔަލް ވަގުތުން ބޯޖަހައިލިއެވެ.  “ކީއްވެގެންތަ  އަހަންނަށް ކެއާ ކުރާ އިރު މާލޭގަ ބުލޫ އައި ހޮސްޕިޓަލް ތެރޭން އެހެން ކަންތައް ކުރީ ..މެރީ ކުރަން ކެރާއާ އެއްކޮން ދިޔައީ .. އަހަންނަށް ހުވަފެނެއް ވެސް ފެނުނު އެއްދުވަހު ޑިފީ އަހަންނާ ދިމާކޮށްލައިގެން  އުޅެނީ..” އަލާނިއަލްގެ މޫނައް ބަލައިލަމުން ޒިޥާ އަހައިލިއެވެ. “ބްލޫ އައި ހޮސްޕިޓަލަށް އަހަރެން އެދުވަހު ޒީވާއާ ދިމާކޮށްލަން ނުދިޔަ ނަމަ ވަރަށް ގޯސްވީސް..އެހެން ނޫންނަމަ ނިޔަލް ދާނީ…ޒީވާއާ ދިމާކޮށްލަން ކެރާ އޭނަ ފޮނުވަން އުޅޭ ވާހަކަ އަހަރެންގެ ރައްޓެއްސެއްގެ ފަރާތުން އިވުނީ ވަގުތުން އަހަރެން އައީ.. ކިރިޔާ އާދެވުނީ .. އޭނަ ހުރީ ޒީޥާ އާ ވަރަށް ކާރީގަ..” އަލާނިޔަލް ބުނެލި ވާހަކައަކުން ޒީވާއަސް ކޮޅައް ތެދުވެވުނެވެ. ހައިރާން ކަމާއި ގަތްބިރުން އޭނާގެ ދެލޯބޮޑުވިއެވެ. “ތި ހުވަފެން ނޭނގޭ … އެއާ ދޭތެރޭގަ އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގޭ..ވެދާނެ ކޮންމެވެސް ގޮތަކަށް ޒީވާގެ މެމޮރީސްތައް އަންނަން ވެގެން ފެނުނު ހުވަފެނެއް ކަމަށްވެސް.. އެރު ނެތެންނު އެއްވެސް ކަމެއް ރިމެމްބާ ވެފައެއް… އައި ޑޯންޓް ނޯ.. އެކަން އަސްލު ކުރި މީހަކީ ކާކު ކަން ޒީވާއަށް އިނގޭނު.. މެރީ ..ދޯ..  އަހަންނަށް އިނގޭ މެރި ނުކުރެވޭނެ ކަން.. ކެރާ އުޅެނީ އޭރުންފެށިގެން މަށައް ޝައްކުވެގެން .. އެދުވަސް ކޮޅު އޭނާއަށް ބޮޑައް ސައްކު ކުރެވެންފެށީ މަށައް.. މަކައިރީގަ ބުނީ ޒީވާއާއި މެރީ ކުރަން .. މަ ނޫނެކޭ ބުނެފިއްޔާ އޭނާއަށް ވަގުތުން އިނގޭނެ .. އޭރުން މިހުރިހާ އަހަރެއްވަންދެން  މަ ކުރި އެކްޓް ބޭކާރެއްނު..” ސީރިއަސް ކަމާއެކުފެށި ވާހަކަ އަލާނިޔަލް ނިންމާލީ ހިނިގަނޑަކާއެކުއެވެ. ޒީޥާވެސް ރައްދުގައި ހީލިއެވެ. “އަހަރެން ބޭނުން އަހަރެންގެ ޕަވާރ ދަސްކުރަން.. މި ބޭނުން ކުރަންވެސް އިނގެން..” ޒީޥާގެ ވާހަކަ ނުނިމެނީސް މާދަން ކުލާސް ނިންމާފަ އޭނާއާ އެއްކޮން އޭނާ ބުނާތާކަށް ދެވޭނެހޭ އަހައިފިއެވެ. ޒީވާ ވަގުތުން ބޯ ޖަހައިލިއެވެ. ދެމީހުން އިރުކޮޅަކު އަމިއްލަ ވާހަކައިގަ ތިބެފައި ޒިވާ އާފުރެންފެށުމުން އަލާނިޔަލްވެސް ދިޔައެވެ.

****

އިވިގެންދިޔަ އެލާމް އަޑާއެކު ޒީވާ ވެސް ކޮޅައް ޖެހުނެވެ. ގައިމަތިގައިވާ ކުއިލްޓް ނަގާ  ފައްޖަހާފައި ބާލީސްތައް އަތުރާލިއެވެ. އެމަސައްކަތް ނިމި ފާހާނާއާއި ދިމާލައް ޒޯމްބީ ހިނގުމުގައި ދިޔައިރު ނިންޖައިގެން އޭނާގެ ދެލޮލު އެތެރެ ނުފެނެވެ. ފާހާނާއަށް ވަދެ  ހީޓަރ ޖައްސައިގެން ހުރެ ހުރެ ފެން ހޫނު ނުވުމުން ބަލައިލިއިރު އޭތި މަސައްކަތެއް ނުކުރެއެވެ. އެންމެފަހުން ފަތިހުގެ އެފިނި ވަގުތު ފެންވަރަން ޖެހުނީ ވެސް ފިނިފެނުނުންނެވެ. ރުޅިގަދަވިވަރުން އޭނާގެ ދެބުމަވެސް ހުރީ ގޮށްޖެހިފައެވެ.  ފެންވަރައިގެން ނުކުން އިރު ޒީވާ ދަތްދޮޅިއާއި އެއްކޮން ދިޔައީ ތުރުތުރު އަޅަމުންނެވެ. އަވަސްއަވަހަށް އެންމެ ފުރަތަމަ އަތުޖެހުނު ހެދުން ނަގާ ލައިގެން ނަމާދުކޮށްލިއެވެ.

ނަމާދުކޮށްގެން ބޭރަށް ނުކުންއިރުވެސް އޭނާ ހީކަރުވައެވެ. ބަދިގެޔާއި ދިމާލައް ދިޔައިރު ކައިވަން ބަދިގޭތެރޭގައުޅެއެވެ. “ހާދަ ތުންބުރި ދިގޭ.. ކިހިނެތް ވެފާ..” އަރައިގެން އައި އިރާއެކު ޒީވާ ރުޅިގަދަވެފައި ހުރިތަންފެނި ކައިވަންގާތައް ހިނިއައެވެ. ކުރުގޮތަކަށް ޒީވާ ފިނިފެނުންފެންވަރަން ޖެހުނު ވާހަކަ ކިޔައިދިނެވެ. ކައިވަންއަށް ބާރަށް ހޭންފެށުނީ ޒީވާ އަނގަޔައް ޖައްސާލި ވައްތަރުންނެވެ.

“ކެރެޓް ކިހިނެތްވީ އެހާ އަވަހަށް ހޭލެވިގެން ތިއުޅެނީ.. އޭ ވެއިޓް .. ނުނިދަންދޯ ރޭގަ..” ނިދިގެ އެއްވެސް އަސަރެއް ނުވާ ކައިވަންގެ މޫނަށް ރަނގަޅަށް ބަލައިލަމުން ޒީވާ އަހައިލިއެވެ. ކައިވަން ބޯޖަހައިލުމުން ޒީވާ ކިހިނެތްވީހޭ އަހައިލާފިއެވެ. ” އަހަރެން ގާތައް ނިދި ނައީ ހަމަ..ވެދާނެ އިއްޔެ މާވަރަކަށް ކޮފީ ބުއީމަކަމަށް… ސީރީޒް ބެލީ ދެން އެހެންވެ…”އޭނާ ގާތައް ނިދި ނައި ރޭގަ ޔޫމީންއާއި ދެމެދު ހިނގި ކަންތަން ގަނޑައްފަހު އޭ ބުނަން އޭނާއަށް ކެރޭނީ ކިހިނަކުންހެއްޔެވެ. ޒީވާވެސް އޯކޭ ބުނެ ސައިހަދަން ފެށިއެވެ. “އަހަރެމެން އެގާރަ ޖަހާއިރު އިނގޭ މިއަދު ދަނީ.. މާދަން ފެށިގެން އެއިޓްގަ.. “ކައިވަން ބަދިގެއިން ނުކުމެ ނުކުމެ ހުއްޓާ ޒީވާ ގޮވާލުމް ބޯޖަހައިލިއެވެ.

***

ރޭހަތަރުދަމު ނުނިދާ ރޮވުމުގެ ސަބަބުން ޔޫމީންގެ މުޅިމޫނުމަތިން ފެންނަނީ ވަރުބަލިކަމެކެވެ. އޭނާގެ ދެލޯވެސް  ވަނީ ދުޅަވެ ރަތް އަރައިފައެވެ.އެނދުން ތެދުވެގެން އައިސް ޔޫމީން ލޯގަނޑު ދޮށުގައި ހުއްޓި އަމިއްލަ މޫނައް ބަލައިލިއެވެ. އޭނާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތުގައި އަތް ޖައްސާލެވުނީ ރޭގަވީ ކަންތައް ސިފަ ވުމުންނެވެ.. އެވަގުތު އޭނާގެ ހިތައް ވެރިވެގެންދިޔައީ ކުރިން އެއްދުވަހެއްގައި ޒީވާ، އެނާ އާއި ކައިވަން އާއި އަޅުވާކިޔުމުން އޭނާއާއި ދިމާލައް މަޖަލަކަށް ހަދާފައި ކައިވަން  ބުނެލިވާހަކައެވެ. “ހުއް އަހަރެން އެބޯޅޭތަ ސަންތިމަރިޔަބަކާ އިންނަން.. ފިލާފޮއްޗަކާއި އިންނާނީ ކާކުތަ ދެން ..  ޔޫމީންދެކެ ލައިކް ވެއްޖެއްޔާ މަނަމަކަށް ކައިވަންއެއް ނުކިޔާނެ..ހަހަހާ” އެދުވަހުވެސް ޔޫމީންގެ ހިތައް ހީވީ ހަންޖަރެއް ހަރާލިހެންނެވެ. ނަމަވެސް ކައިވަން އެކުރި ކަމަކުން އޭނާ މާދެރަ ވެއްޖެއްވެ. ކައިވަން އޭނާ ދެކެ އެއްވެސް ވަރަކަށް ގަޔާ ނުވާއިރު އެފަދަ ކަމެއް ކައިވަނން ކުރާކަން ނުޖެހެއެވެ. އޭނާއަށް ވިސްނުނީ ކައިވަން އޭނާގެ ފަރާތުން ނާޖާއިޒް ފައިދާ ނަގަން  އުޅުނީކަމަށެވެ. ދެރަވެފައި ހުރިވަރުން  އޭނާއަށް ވިސްނުނީ ވެސް އެންމެ ނުބައިކޮންނެވެ. ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތުން ކޯރުލާފައި ފައިބަންފެށުމުންއޭނާ އަނެއްކާވެސް އެނދައް ޖެހިގަތެވެ.   އެހެން އޮވެ އޮވެފައި ހަތެއް ޖެހުމުން އެނދުން ތެދުވެ ފެންވަރައިގެން ނަމާދުކޮށްލި އިރު އޭނާގެ މޫނުމަތި ތަންކޮޅެއް އުޖާލާވިއެވެ.

****

ލޯގަނޑު ކުރިމަތީގައި ހުރި އިޒާންގެ މޫނުމަތީގައި ނުފިލާ ހުރި ހިނިތުންވުމެއް ވިއެވެ. ތަނަވަސް ބޮޑުކޮޓަރިގެ  ޑްރެސިންޓެބަލް ކުރިމަތީގައި ހުރެ ތައްޔާރުވަމުން ދިޔައިރު އެހެންދުވަސް ދުވަހައް ވުރެން މިއަދު އުޖާލާކަމަށްވެސް ދައްކައެވެ. ކަޅުކުލައިގެ ޓްރައުޒާގެ ގެ މަތިން ހުދު ގަމީސް ދަށައްޖަހާ ބެގީކޮށްލިއެވެ. އޭނާގެ ކަސްރަތީ ހަށިގަނޑަށް ގަމީސް ހިފައިލާފައިވާ ގޮތުން އަންހެންކުދިން ދީވާނާ ކޮށްލާހާ އިޒާން ފިރިހެންވަންތައެވެ. ކަޅުކުލައިގެ ހިމަ ދިގު ޓައީ އަޅަމުން އެއްފަރާތެއްގައި ހުރި މޭޒުގެ ޑްރޯވާރ އޭނާ ހުޅުވާލި އެވެ. އެތައް ބައިވަރު ބްރޭންޑޭޑް ގަނޑި ތަކެއްގެ ތެރެއިން ރޮލެކްސް ގެ ސިލްވާ ގަޑިއެއް ނަގާއަޅާލިއެވެ. އޭނާގެ ކަނދުރާޔާ ހަމައަށް އަޜާ ކުޑަ ރާޅު ބާނި ކަމެއް ހުންނަ ފަން އިސްތަށިގަނޑު ވަނީ ރީތިވަރަކަށް  ކޮށާލާފައިވެއެވެ. ސީއާރު ސެވެންގެ ސެންޓް ފުޅި ބުރުވާލުމަށްފަހު ދަބަސް ހިފައިގެން  ނުކުން އިރު އަނެއް އަތުގައި ކަޅުކުލައިގެ ކޯޓު އޮތެވެ. ފިރިހެންވަންތަ ހިނގުމުގައި ކާރާއި ހިސާބަށް ދިޔައިރު ޖޮގިންއަށް ގޮސްފައި ގެޔައް އައިސްވަން މިލާންގެ ލޮލުގައި އިޒާންއަޅާއިގަތުން ދެލޯބޮޑުކޮށްގެން ހުރެ “މާޝާﷲ”އޭ އޭނާ އަށް ބުނެވުނެވެ. އިޒާން ގާތައް ހިނިއައި ނަމަވެސް ދަނީއޭ ބުނެ ކާރަށް  އެރިއެވެ.

އިޒާން ފެނިގެން އަބަދުވެސް އަހެންކުދިންނަށް ގޮތްވާކަން މިލާން އިނގެއެވެ. އޭނާގެ ފިރިހެންވަންތަ ކަމާއި ގާދޫގައި ނުޖެހޭ އަންހެންކުއްޖެއް މިލާން އަދި ނުދެކެއެވެ. މިއަދު ޔުނިވާސިޓީއަށް އަލައް ވަން ކުދިންވެސް އިޒާންގެ ފަހަތުން އަޅުވާނުލާފިއްޔާ ރަނގަޅޭ އިޒާން ދިޔަތަން ބަލަންހުރި މިލާންގެ ހިތައް އެރިއެވެ. އެހެން ހިތައް އެރުމުން މިލާންގެ ގާތައް ހިނިވެސް އައެވެ.

****

މަޑު ފިޔާތޮށިކުލައިގެ  ގަމީސްކޮޅަކާ އަޅިކުލައިގެ ސްކިނީގައި ޒީވާގެ ރީތިކަން އިންތިހާއެވެ. ގަޑިޖެހެން ކާރިވެފައި ހުރުމުން ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ހާކާލުމަށްފަހު އަޅިކުލައިގެ ފެބްރިކް ކޯޓް ގަޔައް މަހައިލިއެވެ ހިތްފުރޭވަރަށް ސެންޓް ޖަހާލުމަށްފަހު ދަބަސް ހިފައިގެން  ނުކުންއިރު ކައިވަން ވެސް  ބޫޓްއަށްއަރަނީ އެވެ. “ހޮއެ ހޮއެ ކައިވަނޫ ހާދަ ރީއްޗޭ.. މިއަދު ދާގޮތައް ގޮސް  އަންހެންކުއްޖަކު އަތު އަޅުވާލާނީއެއްނޫން..” ވިލުނޫކުލައިގެ ގޮޅިޖެހި ގަމީހެއްގެ މަތިން ކަޅުކުލައިގެ ލެދާ ޖެކެޓް ލައިގެން ހުރި ކައިވަން ދިޔައީ އޭނާގެ ހުސްކަޅު ޓްރެކާ  ބޫޓަށް އަރަމުންނެވެ. ޒީވާ ދިމާކޮށްލުމުން ކައިވަން އަނގަ ހަދާލިއެވެ. ދެމީހުން ތިރިއަށް ފޭބިއިރު ނީކިޔާ ވާހަކަ ފޮތެއް ހިފައިގެން  ސޯފާގައި އިނެވެ.

“މިނީ .. ދޮންތިމެން އަންނާނަން ވަރަށް އަވަހަށް .. މިނީގެ ހުރިޙާ ފޫޑްސް އެއް ކާލަން ޖެހޭނެ އަންނަން ވާއިރަށް އިނގޭ.. ދޮންތި ކުރިން ބުނިހެން ދޮރު ނުހުޅުވާތި ދޮންތި ނޫނީ ކޫބެ ގުޅާފަ ހުޅުވާށޭ ބުނީމަނޫނީ.. އިނގޭ.. ކުޑަކުޑަކޮން ތާކަށް ޕެއިންވަންޏާ ވެސް  ދޮންތިއަށް ގުޅާތި.. ސްޓޯރީޒް ކިޔާތި..” ޒީވާ ބުނާ ކޮންމެ އެއްޗަކަށް ބޯ ޖަހާލަ ޖަހާލާ ނީކިޔާ އިނެވެ .

ކައިވަން އާއި ޒީވާ ނުކުން އިރު އިސްޖަހައިގެން ދޮރުކާރީގަ ހުރި ޔޫމީން ފެނި ޒީވާ ހައިރާންވިއެވެ.  އޭނާގެ ލޮލުގައި ޔޫމީންގެ ދުޅަކަމެއް ހުރި ލޯ އަޅައިގަތެވެ.” ޔޫމީ ކީއްވެ ނުގުޅީ.. އެތެރެއަށް ވަންނަމަ.. ” ޒީޥާ ޔޫމީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ” އަހަރެން އެހާ ގިނައިރެއް ނުވެއޭ.. ހަމަ މިހުއްޓުނީ.. ޒިވީގެ އަޑު އިވިއްޖެ އެހެންވެ ނުވަނީ ވެސް ނުގުޅީ ވެސް،،” ލުއި ގޮތަކަށް ހީލަމުން ޔޫމީން ބުނެލިއިރު އެއަޑުގައިވި މަޑުމައިތިރިކަން ފެނި ޒީވާއަށް އުނދަގުވިއެވެ. ދެމީހުން އެކަނި ވުމުން އަހާނީ އޭ ހިތައް އަރާ ޒީވާ އެވާހަކަ އޮއްބާލީ ކައިވަން ހުރުމުންނެވެ.  ޔޫމީންގެ އެ މަޑުމައިތިރި މިޒާޖަކީ ކައިވަންގެ ސަބަބުން ވީ ކަމެއް، ކަމެއް ޒީޥާއަށް އިގޭނީ ކިހިނެތްހެއްޔެވެ.

މަޑު އަޅިކުލައިގެ ހޫޑީ އަކާ ހުދު ކުލައިގެ ސްކިނީގައި ހުރި ޔޫމީންގެ ރީތިކަންފެނި ކައިވަންއަށް ހިތާހިތުން އެއްބަސްވެވުނެވެ. އޭނާގެ ކަޅުކުލައިގެ ކޯޓް އަތުގައި އޮތުމުން ޒީޥާ އެ އަޅާށޭ ފިނިވާނޭ ކިޔަންފެށިއެވެ. ލުއި ގޮތައް ހީލުމަށްފަހު ކޯޓް އަޅާލިއިރު އިރުވެސް ކައިވަންގެ ތޫނު ނަޒަރުހުރީ ޔޫމީންއަށް ހުއްޓިފައެވެ.  ޔޫމީން  އެންމެ ފަހަރަކު ވެސް ކައިވަންއާއި ދިމާއަށް ބަލައިނުލުމުން ކައިވަން މާޔޫސް ވާގޮތްވިއެވެ. އޭނާ، ޔޫމީންގެ މާފް ލިބެންދެން މާފަށް އެދެން އަޒުމް ކަނޑައެޅިއެވެ.  ޔޫމީން އަރަން ނާރަން ހުރެފައި އެންމެ ފަހުން ކައިވަންގެ ކާރަށް އެރީ ޒީޥަގެ ސުވާލެއް އަތުވެދާނެތީއެވެ.

ޓްރެފިކްގައި ޖެހުމުގެ  ސަބަބުން އެމީހުންނަށް ޔުނިވާސިޓީއާއި ހިސާބަށް  ދެވުނު އިރު  ގަޑިޖެހެން ފަސްމިނެޓެވެ. ކާރު ޕާކުކުރުމަށްފަހު ތިންމީހުން ބާރު ހިނގުމުގައި އޮރިއެންޓޭޝަންއޮންނަ ތަންކަމުގައިވާ 60 ވަނަ ފަންގިފިލާގެ ސެމިނާ ރޫމްއަށް ދިޔުމަށްޓާކައި ލިފްޓާއްއެރިއެވެ.

ޒީވާ ހުރީ  ނެގިމަޑުވެފައެވެ. އެތައް އަހަރެއް ފަހުން މިތަނަށް އާދެވުން އޭނާ އަށް ބަޔާންކުރަންދަތި އިހްސާސްތަކެއް ދިޔައީ ކުރެވެމުންނެވެ. ޒީވާ ހުރި ހާލު ފެނި ކައިވަންއަށް އޭނާގެ ކޮނޑުގައި ހިފާލެވުނެވެ. ޒީވާ ބަލާލުމުން ހުރިހާ ކަމެއް ވެސް ދާނީ އެންމެ ރަނގަޅަށޭ ބުނާފަދައަކުން ކައިވަން ބޯ ޖަހައިލިއެވެ. ޔޫމީންވެސް  ޒީވާ އަތުގައި ހިފާލަމުން ހީލިއެވެ.

ތިންމީހުންނަށް ސެމިނާ ރޫމަށް ވަދެވުން އިރު ގިނަ ކުދިން ތިބީ ގޮނޑިތަކުގައެވެ. ފަހަތުން ލިބުނު  ތިންގޮނޑިގައި ތިންމީހުން ޖައްސާލިއެވެ.ޒީވާގޮސް އެންމެ ފުރަތަމައަށް އިން ގޮނޑީގައި ޖައްސާލުމުން ޔޫމީންއަށް ޖެހުނީ ކައިވަން ކާރީގަ އިންނާށެވެ. މަޖުބޫރު ވެފައިވާ މީހަކުފަދައިން ޔޫމީން އިށީން އިރު އެއާހިލާފަށް ކައިވަން އަށް ހިތުގެ އަޑިން ޒީވާއަށް ސުކުރުއަދާ ކުރެވުނެވެ.

އޮރިއެންޓޭޝަނުގައި އެތަނާއިބެހޭ ގިނަ މައުލޫމާތެއް އެތަނުގެ ޑީން  ކިޔަދެމުންދިޔައެވެ. ޒީވާ ވެސްދިޔައީ ޑީން ކިޔަދެމުންދިޔަ އެއްޗިސް އަޑު އަހަމުންނެވެ. އޭގެ ބަދަލްގައި ޔޫމީންއާއި ކައިވަން ތިބީ އެހެން ދުނިޔެއެއްގައެވެ.

ޑީން ދައްކަމުން ދިޔައެއްވެސް ވާހަކައަކަށް ޔޫމީންގެ  ސަމާލުކަމެއް ނެތެވެ. ކައިވަންގެ ކާރީގައި އިންނަން ޖެހުމުން  ޔޫމީންގެ ހިތް ދިޔައީ އާދަޔާއި ހިލާފަ ބާރަށް ތެޅެމުންނެވެ. ކުއްލިޔަކަށް ޔޫމީން  ސިހުނީ އޭނާގެ އަތުގައި ކައިވަން ހިފުމުންނެވެ. ޔޫމީންގެ އަތައް ކައިވަން ބާރުކޮށްލުމުން ތެޅިގަނެފައި ޔޫމީން އަވަސްއަވަހަށް އަތް ފޮޅުވާލިއެވެ.  ޒީޥާއާއި ދިމާލަށް ބަލައިލިއިރު ނަސީބަކުން އޭނާ އިނީ ޑީން ދައްކަމުންދިޔަ ވާހަކައަށް ގެއްލިފައެވެ.

“މާދާންރޭ އެއިޓްގަ އަހަރުން ގެޔަށް އަންނާތި … ޒީޥާގެ ކަމަކާ ޑިސްކަސް ކޮށްލަން”ކައިވަން ޔޫމީންގެ ކަންފަތްދޮށުގައި ބުނެލި ވާހަކައަށް މަޑުމަޑު އިނދެފައި ޔޫމީން ބޯ ޖަހައިލިއެވެ. ކައިވަންގެ މޫނުމަތިން ލާނެތް ހިނިތުންވުމެއް އެވަގުތު ފާޅުވިއެވެ.

“ގައިޒް ހިނގާ ދަމާ..” އޮރިއެންޓޭޝަން ނިމުމުން އޮތީ އެކުލާހެއް އެކުލާހެއްގެ ލެޗަރާއިންނާ ބައްދަލްކުރުމެވެ. އެހިސާބުން ކައިވަން ވަކިވުމުން ޒީޥާއާއި ޔޫމީން ދިޔައީ އެމީހުންގެ ކުލާހަށެވެ. ނަސީބު ކަންދިމާކުރި ގޮތުން ދެމީހުން ދިޔައީ އެއްކުލާހަށެވެ. ކުލާހަށް ވަދެ  މެދެއްހާ ހިސާބުގައި ހުރި ޑެސްކުބަރިން ކާރިކާރީގައި ހުރި ދެ ގޮނޑި ދުރު ކޮށްލަމުން ދެމީހުން ހަމަޖެހިލިއެވެ. އެރު އަދި އެމީހުންގެ ލެކްޗަރާ އެއް ނާދެއެވެ. ފުރަތަމަ ދުވަސް ކަމުން އެއްވެސް ކުއްޖަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ދައްކަން ނުކެރުނީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެކަކުއަނެކަކަށް ހީލައެވެ.

ޒީވާއާއި ޔޫމީން އޮލަވާހަކައެއްގައި ތިބެ ފައި ސިހުނީ ފިރިހެންވަންތަ އަޑަކުން ސަލާމް ގޮވާލުމުންނެވެ. ދުރުން އެހެން ކުއްޖަކު އެއީލެކްޗަރާ އޭ ބުނެލައިފިއެވެ.

އެއަޑެއް ދުވަހަކުވެސް  ޒީވާއަކަށް ނޯޅޭނެއެވެ.  އެއީހަމަ އެއަޑެވެ. އެ ފިރިހެންވަންތަ އަޑެވެ. އެހިތުގެ ހަމަޖެހުން ނަގާލި ހަމައެކަނި ފިރިހެންވަންތައަޑެވެ. ޒީވާގެ ހިތް ތެޅެންފެށީ އެޔެއް މިއެއް ބަލާފަކާއެއްނޫނެވެ. އިސް އުފުލާބަލާލަން ނުކެރި އިނދެފައި ކުއްލިޔަކަށް އޭނާ ބަލައިލިއިރު އެނާގެ ދެލޯ ބޮޑު ވެއްޖެއެވެ. މުޅި ކުއްޖާ ހުދު ވެއްޖެއެވެ. ޒީވާގެ ކައިރީގައި އިން ޔޫމީންއަށް އޭނާއަށް ވަމުންދިޔަގޮތް ސިއްރެއް ނުވިއެވެ.

އާއެކެވެ. އެއީ ހަމަ އިޒާންއެވެ. އޭނާ ލޯތްބެވެ. އޭނާގެ ޒުވާން ހިތުގައި ރަސްކަން ކުރަމުންދާ ހަމައެކަނި ފަރާތެވެ.

****

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު