“ވަޓްސް ރޯންގް ވިތް ޔޫ” މަޑުމަޑުން އިޒާން ބުނެލިއިރު އޭނާ އިނީ ޒީވާ އުޅޭމުންދިޔަ އާދަޔާއި ހިލާފް ގޮތުން ބިރުގަނެފައެވެ. ޒީވާ އިޒާން އާއި ދިމާ ބަލަން އިނުމަށްފަހު ސީޓް ބެލްޓް ނައްޓާލިއެވެ. ލާފައި ހުރި ޖެކެޓް ބޭލުމަށްފަހު ކާރުގެ ފަހަތު ސީޓައް އެއްލާލިއެވެ. މަޑުމަޑުން އިންތަނުން ތެދުވެ ގޮސް އިޒާންގެ އުނގުގައި އިއްތާލިއެވެ. އިޒާން ހައިރާންވެފައި ހުރިވަރުންއިތުރު ހަރާކާތެއް ގެންނަން ވެސް ނޭނގިފައި އިނެވެ. ކުއްލިޔަކަށް އިޒާން ސިހުނީ ޒީވާ އޭނާގެ ތުންފަތުގައި ބޮސްދިނުމުނެވެ.
****
ދުރުވެލުމަށްފަހު އިޒާންގެ މޫނުގެ ދެފަރާތުގައި ޒީވާ ހިފާލިއެވެ. އިޒާންގެ ދެލޯ އެހާގާތުން ފެނުމުން ޒީވާގެ ހިތް އެދެމުން ދިޔަ ކަންތައް ކުރިއެވެ. އެދޮލުގައި ބޮސްދިނުމަށް ތުންފަތް ބީއްސާލި ވަގުތު އިޒާންގެ ލޮލުން ފޭދުނު ކަރުނަ ތިއްކެއް ޒީވާގެ ތުންފަތުގައި ބީހުނެވެ.
އިޒާންއަށް ޒީޥާގެ ގައިގާ ހިފާ ބޮނޑިކޮށްލެވުން އިރު ހޯސްލާފައި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހިގަތެވެ.”ބޭބީ..” އިޒާންއަށް ޒީވާގެ ގައިގާ ބައްދާލެވުނު ހިނދު ގިސްލެވެން ފެށުނު އިރު އަޑުދިޔައީ ބޭރުވަމުންނެވެ.
ޒީވާއަށް އަށް ވެސް ރޮވެމުން ދިޔައިރު އިޒާންގެ އިޒާން އިސްތަށިގަނޑަށް އަތް މަހާލަމުން އިޒާންގެ ނިތުގައި ބޮސްދިނެވެ. އިޒާން ރޯތަން ފެނި ޒީޥާގެ ހިތައް ހީވަނީ އެތައް ބައިވަރު ތުނޑު ތޫނު ހަންޖަރުތަކެއް ހަރާހެންނެވެ.
“ޕްލީޒް ހުއްޓާލާ.. އަމް ސޮރީ ބޭބް… ކޭން ވީ ޓޯކް.. ލެޓްސް ގޯ ޓް ޔޯ ހޯމް ” އިޒާން އަށް ވާހަކަ ދައްކަން އުނދަގޫ ވުމުން ޒީވާ ބުނެލި ކޮންމެ ބަހަކަށް ބޯޖަހައިލިއެވެ. ޒީވާ ކުޑަގޮތަކަށް ހީލަމުން އިޒާންގެ ލޮލުން އައިސްފައި ވި ކަރުނަތައް ފުހެލުމަށްފަހު އޭނާގެ ދެލޯ ފުހެލިއެވެ.
***
ހިތް އަވަސް ވެފައި ހުރެ ޔޫމީން އަތުގައި އޮތް ގަނޑިޔަށް ބަލަމުންދިޔައީ ނުވައެއް ޖަހާތޯއެވެ. ނުވައެއްޖެހުމުން އެނދުމަތިން ތެދުވެގެން ޑްރެސިންގް ޓޭބަލްގެ ލޯގަނޑައް ނަޒަރެއް ދިނެވެ. ޔޫމީންގެ ދިގު އެސްފިޔަތަކުގައި މަސްކަރާއަކުން ފަވާލައިފާ ވާއިރު އޭނާގެ އިތުރު މޭކަޕެއް ނެތެވެ. ލޯގަނޑާއި ދިމާ ބަލައިލަމުން އޭނާގެ ފިޔާތޮށިކުލައިގެ ތުންފަތުން ހީލުމަށްފަހު ކަޅުކުލައިގެ ސްނިކާސް ބޫޓްއަކަށް އަރައިލިއެވެ. ދަބުކުލައިގެ ކަކުލާ ހަމަޔަށް އަޜާ ހެދުމެއްލާފައި ހުރި އިރު ބަނޑާއިދިމާލްމަތިން ހެދުންހުރި ކުލައިގެ ހިމަ ވާކޮޅަކުން އިން ބަންދު އައްސާލައިފާ ވާއިރު، ލައިގެން ހުރި ހުސްކަޅުގެ ސްޓޮކިންގައި ޔޫމީން ނުހަނު ރީއްޗެވެ. ކަޅު ކުލައިގެ ޖެކެޓް އަތުން ހިފައިގެން ދިޔައިރު، އަނެއް އަތުން ކަޅުކުލައިގެ އަތް ދަބަސް ކޮނޑުގައި އަޅުވާލަމުން ޔޫމީން ބޭރަށް ނުކުންނަމުން ލަވާލް ގާތު އޭނާ ބޭރަށް ދާވަހަކަ ބުނެލިއެވެ.
ޔޫމީން ބޭރަށް ނުކުން އިރު ކައިވަން އޭނާގެ ކާރުގައި ލެގިލައިގެން ހުއްޓެވެ. ޔޫމީންގެ ހިތް ތެޅިގަތީ ކައިވަންގެ ރިތި ކަން ފެނިއެވެ. އޭނާގެ ފައިގާ ހީވަނީ ކަސްތޮޅު އެޅުނުހެންނެވެ. އެހެން ދުވަސްދުވަހަށްވުރެން މިރޭ ކައިވަންގެ ރިތިކަންއިތުރު ހެންވެސް އޭނާއަށް ހީވިއެވެ. ކަޅުކުލައިގެ ޓްރައުޒާއާއި އަތްދިގު ޓީޝާޓްގައި ކައިވަން ނުހަނު ފުރިހަމައެވެ. ބަލާފޫހި ނުވާހާ ފިރިހެންވަންތައެވެ. ހަށިގަނޑުގައި ވާ “މަސްލްސް”ތައް އެތުރިފައިވާ ގޮތުން އަންހެންކުދިން މޮޔަވާހާ ހިތްގައިމެވެ. ތުނިކޮން ކޮށާލެވިފައި ތުނބުޅި އާއި މާ ފަންނޫން އިސްތަށިގަނޑު ނުހަނު ރީއްޗެވެ. އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެ ފޯނު ޖީބަށް ލަމުން ކައިވަން ދެއަތް މައްޗަށް ހިއްލާ މޯޅިއަކަށް ދެމިލިހިނދު އޭނާގެ ސިކްސް ޕެކް އެބްސް ފެނި ޔޫމީން ގައިން ހީބިހި ހަލުޥާލިއެވެ.
ކައިވަން ބަލައިލީ ޔޫމީން ކެއްސައިގަން އަޑު އިވުމުންނެވެ. ޔޫމީން ފެނި ކައިވަންގެ ނަޒަރު އެހެންދިމާލަކަށް ނުގެންދެވުނެވެ. އެހެރި ރިތިކަމޭ ހިތައް އެރިއެވެ. ކައިވަންގެ ނަޒަރު އަމާޒުވެފައި ވުމުން ޔޫމީންގެ ކޮލަށް ފިނިފެންމާ ކުލާ ވެރިވިގޮތް ވެސް ނުހަނު ޗާލެވެ. ކައިވަން ސިހުނީ ޔޫމީން ކައިރިޔަށް އައިސް ގޮވާލުމުންނެވެ.
“ޔެސް.. ލެޓްސް ގޯ ..” ހީލަމުން ކައިވަން ޔޫމީންގެ އަތުގައި ހިފާލިއެވެ. ކާރުގެ ކުރީ ސީޓު ދޮރު ހުޅުވާލުމުން ޔޫމީން އެރިއެވެ. އޭނާ ވެސް ކާރަށް އަރާ ދުއްވާލިއެވެ.
“ކޮންތާކަށް މިދަނީ .. “ޔޫމީން މަޑުމަޑުން އަހައިލިއެވެ. އިސްދޮށައް ޖަހައިގެން ޔޫމީން އިންގޮތުން އޭނާއިނި ލަދުން ކަން އިނގި ކައިވަން ގާތައް ލާނެތް ހިނިއައެވެ. “އޫމްމް.. ކޮންތާކަށް ދާން ބޭނުންވަނީ ..ޔޫމީ.. ބުނާތާކަށް ގެންދާނަން..” ޔޫމީންގެ މޫނަށް ބަލަހައްޓައިގެން އިނދެ ކައިވަން ބުނެލި އިރު ޔޫމީން ލަދުގަނެފައިވީ ވަރު މޫނުމަތިން ހާމަވެއެވެ.
“ކައިވަން ބޭނުން ކޮންމެ ތާކަށް .. ހަމަ ދާންވީ..” ކިރިޔާ ބަނޑަށް އިވޭވަރަށް ޔޫމީން ބުނެލުމުން ކައިވަން ހީލަމުން އޯކޭ އޭ ބުނެލިއެވެ.
ބަހެއް ބުނުމެއްނެތި ކާރުގައި ދެމީހުން ތިބިއިރު ކައިވަން އިރުކޮޅަކާ ޔޫމީންގެ މޫނަށް ބަލައިލައެވެ. ނަމަވެސް ލަދުންގޮސް ޔޫމީން އިސް އޮބާއިގެން އިންނަގޮތުން ކައިވަން އިނީ މަޖާވެފައެވެ.
ގަޑިއެއްހާ އިރު ދުއްވުމަށްފަހު ކައިވަން މަޑުކޮށްލީ ގޮނޑުދޮށެއްގެ އައްސޭރިފަށާ ގާތައް އޮތް ފުޅާ މަގުގެ އެއްފަރާތަށެވެ. ކައިވަން ކާރުން ފޭބުމަށްފަހު އޭނާގެ ކަޅުކުލައިގެ ލެދާރޖެކެޓް ގަޔަށް މަހާލަމުން ޔޫމީންއާއި ދިމާ ބަލައިލިއެވެ. ޔޫމީން މާކުރިން ޖެކެޓް ލައިގެން އިނުމުން ކައިވަން ކާރުން ފައިބައިގެން އައިސް ޔޫމީން އިންފަޅީގެ ދޮރުހުޅުވާލުމަށްފަހު އޭނާގެ އަތް ދިއްކޮށްލިއެވެ.
ޔޫމީން ލަދުން ހުރެފައި ވެސް ކައިވަންގެ ފިރިހެންވަންތަ އަތުގައި ހިފާލައިގެން ހުރެ ފޭބިއެވެ. ސްނޯވް ފޭބުން މަޑުޖެހިލާފައި އޮތް ވަގުތުކޮޅެއް ނަމަވެސް ނަމަވެސް ފިނިކަމުން ގޮސް ގަނޑުވާހާވެއެވެ.
“އަހަރެން ކޮންމެ ފަދަ ކަމެއް ކުރިޔަސް ޔޫމީ ހަމަ ތިހެން ސްމައިލްވެފަ ހުންނާނަންތަ..” ކައިވަން ޔޫމީންގެ އަތުގައި ހިފާބާރުކޮށްލަމުން އަހައިލިއެވެ. ޔޫމީން މަޑުމަޑުން ކިހިނެތްވީހޭ އަހައިލިއެވެ. ކައިވަން ޖަވާބެއް ނުދީ ޔޫމީންގެ އަތުގައި ހިފައިގެން ހުރެ ގޮނޑުދޮށައް މިސްރާބު ޖެހިއެވެ. އުޑުގައި ގުނާ އަދަދު ނުކުރެވޭ ތަރިތައް ބަބުޅަމުން ދިޔައިރު ސްނޯވް ވިލާކޮޅުކޮޅު އެކި ދިމަދިމާލުން ފެނިލައެވެ.
ގޮނޑުދޮށާއި މާދުރުނޫން ހިސާބެއްގައި ވާ ޓެންޓެއް ޔޫމީންގެ ލޮލުގައި އަޅައިގަތެވެ. އެ ޓެންޓުން އޮރެންޖްކުލައިގެ އަލި މަޑުކޮން ފެނެއެވެ. ޔޫމީންއަށް ވަގުތުން ކައިވަންގެ މޫނަށް ބަލައިލެވެނެވެ. ކައިވަން ހީލަމުން ހިނގާށޭ ބުނެ މިސްރާބު ޖެހީ އެޓެންޓާއި ހަމަޔަށްށެވެ.
އެހިސާބާއި ހަމަޔަށް އެރުމަށްފަހު ކައިވަން އެދުނީ ޔޫމީން ގާތު އެތެރެއަށް ވަނުމަށެވެ. ނަމަވެސް ޔޫމީން ވަންނާކަށް ނުކެރޭނެއޭބުނެ ކުޑަކޮން ރޮވޭ ގޮތް ދައްކާލުން ކައިވަން ޔޫމީން ބޮލުގައި މަޑުމަޑުން ޖަހާލިއެވެ.
ޔޫމީން ދެލޯހަނިކޮށްލުމުން ކައިވަންވެސް ހަމަ އެހެން ދެލޯ ހަނިކޮށްލަމުން އަނެއްކާ ވެސް ޔޫމީން ގާތުވަންނަން ބުނުމުން ޔޫމީން ނުކެރޭނެއޭ ބުނެލިއެވެ. އެންމެފަހުން ކައިވަންއަށް ޖެހުނީ ޔޫމީންއާއި އެކު އެތެރެއަށް ވަންނާށެވެ.
ޓެންޓުގެ ތެރެއަށް ވަންނަން އިން ބައި ކައިވަން ކަހައިލަ ދިނުމުން ޔޫމީން ވަނީ ކައިވަންގެ އަތުގައި ހިފައިގެން ހުރެއެވެ. އެތެރެއަށް ވަދެވަދެ ހުރި ޔޫމީން ދެލޯ ބޮޑުކޮށްލެވުނެވެ. އަޅިކުލައިގެ ކާޕެޓް ގަނޑެއް އަލާފައިވާއިރު ވަށައިގެންވަނީ ހުދުކުލައިގެ ކެހެރި ފޮއްޗަކުން ހުރި ކުށަން ތަކެކެވެ. ކުދިކުދި އުއްބައްތި ތަކަކުން “އައި ލަވް ޔޫ.. ވިލް ޔޫ މެރީ މީ” ޖަހާފައި އިނެވެ. އަދި ވަކިން ފެއަރީ ލައިޓްސް އިން ސޮރީ ޖަހާފައި ދެރަވާ “އިމޯޖީ”އެއް ހަދާފައި އިނެވެ. ކުށަން ތައް ކައިރީގައި ބޮޑު ޓަބެއްގައި އެކިކަހަލަ ކޭންޑީސް އާއި ހަރިބޯސް އަދި ނަޓްސް އާއި ޕީޗަސް އިން ފުރާލެވިފައިވާއެވެ. ކައިރީގައި ވައިން އަޅާ ޒާތުގެ ފުލައް ހިމަ ދެތަށި އިން އިރު ގްރޭޕް ސޮޑާ ފުޅިއެއް އިނެވެ. ޓެންޓުގެ އެއް ފަރާތެއް ގައި ޑައިމަންޑް ޝޭޕަށް އިން އެސް ޖަހާފައި ހުދުރަނުގެ އަނގޮޓިއެއްލާފައި ފޮށްޓެއްވާއިރު އޭގެ ކައިރީގައި ރަތްކުލައިގެ ފިނިފެންމާ އަދި “ބޭބީ ބްރޮތް” ގެ ބުކޭ އެއް އޮތެވެ.
ޔޫމީންގެ ލޮލުން ކަރުނަ އޮހިގަތް އިރު ހިފައިގެން ހުރި ކައިވަންގެ އަތައް ބާރުކޮށްލެވުނެވެ.
ކައިވަން އަރައިގެން ހުރި ބޫޓް ބާލަމުން އެތެރެއަށް ވަދެފައި ޔޫމީންގެ ގެ ބޫޓު ބާލުވައިދިނެވެ . އޭރުވެސް ޔޫމީން ގަބުވެފައި އިނެވެ. ކައިވަން ޔޫމީންގެ އަތުގައި ހިފާ ކައިވަން އާއި ދިމާލަށް ދަމާލިއެވެ. ޔޫމީން ވެއްޓުނީ ކައިވަންގެ އުނގުތެރެއަށެވެ. ކައިވަން ޔޫމީންގެ ގައިފަހަތުން ބައްދާލިއެވެ.
“އަމް ސޮރީ .. އައި ހޭވް ހާޓެޑްޔޫ އަ ލޮޓް .. އެކި ދުވަހު އެކިވަރަށް ދެރަ ކުރެވިފަ ހުރީ.. އަމް ރިއަރީ ސޮރީ.. އައި ޑޯންނޯ ވެން ޑިޑް އަ ފޯލް ފޯރ ޔޫ .. ބަޓް އައި ރިއަލީ ލަވް ޔޫ ބޭބް.. އެން އައިނޯ ޔޫ ޓޫ .. ސޯ ޑޯންޓް އެސްކޭޕް ޖަސްޓް ސޭ ޔެސް ..” ކައިވަން ގެ އުނގުގައި ރީއްޗަށް ޔޫމީން ބައިންދާލަމުން ޔޫމީންގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
“އިޓްސް އޯކޭ.. އެކަމް އަހަރެން ނުބުނަމެންނު ލޯބިވާ ވާހަކައެއް..”ކިރިޔާ ކައިވަންގެ ކަންފަތައް ފޯރާ ވަރަށް ޔޫމީން ބުނެލިއެވެ. “އަހަހަހާ.. މަގޭ ބެސްޓް ފްރެންޑް ދުވަހަކުވެސް މަށައް ދޮގެއް ހަދާފަކައެއް ނެތް.. އަހަރެން ޕްރޮޕޯސް ކުރަން އުޅެފަ ވެސް ޔޫމީ ލައިކްވަ ކަމެއް ނޭނގެ.. ދެން ދިޔައީ ޒިވީ ކައިރިޔަށް.. ބުނީމަ ކިޔާފި ވީހާވެސް އަވަސް ކުރާށޯ.. ދެން ބުނީ ކީއްވެހޯ ކުރިންނުބުނީ.. ޔޫމީ.. އެދުވަހު ކިސް..އެއީ ހަމަ ބޭނުންވެގެން ކުރި ކަމެއް..ކީއްވެތަ އެހާ ނެގެޓިވްކޮން ވިސްނީ.. ނާޖާއިޒް ފައިދާ ނަގާކަށް ނޫން.. ޒީވާ ހީހީފައިބުނަނީ ޔޫމީ މޮޔަ ވެދާނެއޯ ލަސްކުރަންވެއްޖެޔާ ..އަހަހަ” ކައިވަން ހޭންފެށުމުން ޔޫމީން ލަދުގަނެފައި އިން ނަމަވެސް ހީލިއެވެ. ގެޔަށް ގޮސް ޒީވާއަށް ވަރުގަދަ ލަޑެއް ދޭން ހިތުއެޅިއެވެ. ނާޖާއިޒް ފައިދާ އޭކިޔާފަބުނުމުން ޔޫމީން އިނީ ނުހަނު ލަދުގަނެފައެވެ.
ޔޫމީން އަށް ވެފައި އިންގޮތުން ކައިވަން ހޭންފެށިއެވެ. “އާންސާ އިނގުނަސް އަހަރެން ބޭނުންވަނީ ތި އަނގައިން އަޑުއަޙާލަން .. އަހަރެންދެކެ ލޯބިވޭތަ …ދެން ދޫނީ ބުނެބަލަ..” ކައިވަން ކުރިޔަށް ވުރެން ބޮޑަށް ޔޫމީން ގަޔާލާ ފިއްތާލިއެވެ.
ޔޫމީންގެ މޫނަށް ވެރިވެފައިވީ ޖަންބު ކުލަ ކައިވަންގެ އެއަމަލުން އިތުރުވިއެވެ. “އައި ލަވް ޔޫ ޓޫ.. ” ކައިވަންގެ ކަންފަތާއި އަނގަ ކާރިކޮށްލަމުން ލަދުންހުރި ނަމަވެސް ޔޫމީން ބުނެލިއެވެ.
ކައިވަން ޔޫމީން ގެ މޫނު އަނބުރާލުމަށްފަހު އޭނާގެ ތުންފާތާއި ދިމާލަށް ގުދުވެލުމުން ޔޫމީންއަށް ލޯމަރައިލެވުނެވެ. ދެތިން މިނެޓްގެ ވަގުތުކޮޅަކަށްފަހު ދެމީހުން ދުރުވެލިއިރު ދެމީހުންގެ ތުންފަތުގައިވީ ރަތް ކަން އިތުރުވިއެވެ. ކައިވަން ޔޫމީންގެ ދެލޮލަށް ބަލަން ހުރިގޮތުން ޔޫމީން ލަދުން އިސްޖަހައިލިއެވެ.. “މީޓް ކުރަން ކިޔާތާ ވީކްއެއްފަހުން މިވާވަރުވީ.. “ކައިވަން ލުއިގޮތަކަށް ހީލަމުން ޔޫމީންގެ ކަށި އިނގިލީގައި އަނގޮއްޓި އަޅުވާލަމުން ބުކޭ ދިނެވެ.
ކުއްލިޔަކަށް ޔޫމީން ސިހުނީ މަތިން ނޫކުލައާއި ދަނބުކުލައިގެ އައްޔެއްވިހެން ހީވެގެންނެވެ. އެއްފަރާތެއްގައި ބުކޭ ބޭއްވުމަށްފަހު ކައިވަންގެ އަތުގައި ހިފައިގެން ޔޫމީން ބޭރަށް ނުކުތެވެ. ފެނުނު މަންޒަރަކުން ޔޫމީންގެ ދެލޯ ބޮޑުކޮށްލައިގެން ހުރެ އުފަލުން ހަޅެއްލަވައިގަތެވެ.. “އޯ މައި ގޯޑު..ނޮތާން ލައިޓް.. އިޓްސް މައި ފަސްޓް ޓައިމް .. އޯހ މައީ.. އައުރޯރާ ބުރޮލެސިސް.. އާއުން ތޭންކުޔޫ ކައީ..” އުނޑުމަތީގައިވާ އެތައް ހާސް ތަރިތަކެއް ގެ ތެރޭއިން ދަނބާ އި ނޫ އަދި ފެހިކުލައިގެ އެކިކުލަތަކުން އެޅެމުންދިޔަ “އައުރޯރާ ބްރޮލެސިސް”
ގެ މަންޒަރުތަކުން ޔޫމީން އުފަލުން ގޮސް ފުމެންފެށިއެވެ. ދުރުދުރުން ފެންނަމުންދާ އައިސްބާގު ފަރުބަދަ ތައް ވެސް އެ ލައިޓްތަކުން ބަލާ ފޫހި ނުވާހާ ރީއްޗެވެ. ވީ އުފަލެއްގެ ބޮޑުކަމުން ޔޫމީންއަށް ކައިވަންގެ ގައިގާ ބައްދާލުމަށް ހީލައިގެން ހުރެ އެ މޫނަށް ބަލާލެ ވުނެވެ. ކައިވަން ހިނިތުންވެފައި ހުރެ ޔޫމީންގެ ކޯތާފަތުގައި ދެފަރާތުން ހިފާލުމަށްފަހުން ޔޫމީންގެ މޫނާއިދިމާލަށް ގުދުވެލިއެވެ،
****
އިޒާންގެ ގައިގާ ބައްދާލައިގެން އިނދެ ޒީވާހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭނާގެ އަނގައިން އިޒާންއަށް ހުރިހާ ކަމެއް ކިޔައިދެވުމުން ޒީވާއަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެރޭ ނިޔަލްގެ ގާތައް ޒީވާ ދިޔަ ސަބަބު ފިޔަވައެވެ. އޭނާ އެކަކު ކާރީގަ ވެސް އެވާހަކަ ނުބުނަން ވަނީ އަމިއްލަ ނަފްސަށް ވައުދުވެފައެވެ. ދުވަހެއްގެ ކޮޅުންވެސް ޔޫމީންއަށް އެކަން އިނގޭކަށް ޒީވާ ބޭނުމެއް ނުވެއެވެ.
ދެމީހުން އެކަކު އަނެކަކުގެ އަތުތެރޭގައި އިޒާންގެ އެނދުމަތީގައި ތިބި އިރު ދެމީހުންގެ ލޮލުން ބަބުލަމުންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.
“ބޭބީ ..އަހަރެން ބޭނުމެއް ނުވޭ ދެން ލިވިޔާ ކިޔާކަށް .. އައިނޯ އުނދަގުވާނެ ވަނެކަން .. ޔޫ ވިލް ނެވާ ފޮގެޓް ދެޓް ޑާކެސްޓް ޑޭސް އިފް ވީ ކޯލް ދެޓް ނޭމް އާފްޓާރ ޓްވެލްވް އިޔާސް.. އަހަރެން ހާދަ މިސްވިޔޭ.. ދެން ނުދާތި އެހެން.. ޕްރޮމިސްމީ މީހަކު އޮޅިގެން ބަލާލިޔަސް އަހަރެންގާތު ބުނާނެކަމަށް.. އިނގިލި ކުރި ޖެހުނަސް ބުނާތި” އިޒާންގެ ދެލޮލުގައިވަނީ ނުރައްކާތެރިކަމެވެ. ޒީޥާ ވަގުތުން ބޯ ޖަހައިލަމުން “ތޭންކްޔޫ” އޭބުނެލިއެވެ. ނިޔަލް ގާތައް އެރޭ ދިޔައީ ކީއްވެހޭ އަހަން އުޅެފައިވެސް އިޒާން އެހިޔާލު ދޫކޮށްލީ އެހެންފަހަރަކުން އެހުމަށެވެ. ކުރިޔަށް ވުރެން ބާރަށް ޒީވާގެ ގައިގާ އިޒާން ބައްދަލިއެވެ.
“ޑިފީ އަހަންނަށް ކިޔައިދިން ހުރިހާ ވާހަކައެއް.. ހީ ޓްރައިޑް.. ހީޒް ސަޗް އަ ހީރޯ.. އައި ލަވް ހިމް .. ބަޓް އައި ލަވް ޔޫ ދި މޯސްޓް.،ޑިފީ ބުނި ޒިވީ އަހަރެން ކައިރިޔަށް ނައީ އަހަރެން އެކްސެޕްޓް ނުކޮށްފާނެ ތީ ހެންނޯ އޭނާއަށް ހީވަނީ.. އެއީ ތެދެއްއްތަ.. އެހެންވެތަ ނައީ.ވަޓް މޭޑް ޔޫ ތިންކް ލައިކް ދެޓް” އިޒާން ޒީވާގެ މޫނަށް ބަލައިލަމުން އަހައިލިއެވެ. ޒީވާ ވަގުތުމް ބޯ ޖަހައިލީ ދޮގުހަދަން ބޭނުން ނުވާތީ އެވެ.
“ސާބަސް ހަމަ .. ހަމަ އަހަރެން ލޯބިވާ ވަރު ނޭނގޭނީތަ.. އަހަރެން ކިރިޔާ މޮޔަނުވީ ..އަހަރެން ހީކުރީ އަހަރެން ދޫކޮށްފަ ބޭބީ ދަނީކަމަށް.. އަހަރެން ލޯބިވާ ކަމަކަށްވެސް ނުކުރަން ދޯ ގަބޫލެއް ނުކުރަން ދޯ ..”އިޒާންގެ ވާހަކަ އަޑުއިވި ޒީވާއަށް ވަގުތުން ނޫނެކޭ ބުނެވުނެވެ. ” ނޫން ނޫން.. ތިހެން ހިތައް ނާރުވަބާ ޒާން ..އަހަރެން ގެ އެއްވެސް އެއްޗެއް ނެތް ޒާން އަ..” ޒީވާގެ ޖުމްލަ ނުނިމެނީ އިޒާނ އޭނާ ހުއްޓުވިއެވެ.. “ޝްޝްޝޫޝް…ދެން ތިހެން ނުބުނާތި.. ޒިވީގެ ބޮޑީ ދެކެ އެއްނޫން އަހަރެން ލޯބި ވީ.. ޒިވީ ދެކެ ލޯބިވީ.. އަހަރެން އަބަދުވެސް މިހެން ހުންނާނަން ތިކުއްޖާ އާއެކު.. އަ ލަވް ޔޫ މޯ ދޭން ޔޫ ނޯ ބޭބީ… ވަރަށް ލޯބިވޭ..”އިޒާންގެ ބަސްތައް އިވި ޖަޒްބާތީ ވީ ވަރަން ޒީވާ އަށް ރޮވުނެވެ. އިޒާން ޒީޥާގެ ލޮލުން އައިސްފައި ވި ކަރުނަތައް ފުހެލެދަމުން ހުއްޓާލާށޭބުނެލިއެވެ. އެތައް ވައުދަކާ އަހުދެއް ވުމަށް ފަހު އިޒާން ގެޔަށް ލާދޭން ދިޔައީ ޔަޒަކް ގުޅަން ފެށުމުންނެވެ.
ގެޔާއި ހިސާބަށް ދެވުން އިރު ޔަޒަކް ދޮރުމަތީގައި ހުއްޓެވެ.. “ބަލާގެން އުޅެއްޗޭ ދޫނީ.. ގެޔަށް ގޮސްފަ ގުޅާނަން އިނގޭ .. ކުލާސް އިން ދިމާ ވާނެއްނު ދޯ .. ބާއި.. ” ޒީވާގެ އަތުގައި ބޮސްދެމުން އިޒާން ހީލިއެވެ.
“ޔެސް އައިލް މިސް ޔޫ .. ބާއި..” އިޒާންގެ ކޯތާފަތައް ބޮސްދިނުމަށްފަހު ޒީވާ ގެޔަށް ވަންނަން ދިޔައެވެ.
ޔަޒަކް ކޮފީއެއް ބޯން އަންނާށޭ ގޮވުމުންވުމުން މާ ލަސްވެފައި ހުރުމުން މާދަން ރެޔޭ ކިޔާފައި އިޒާންގެޔަށް ދިޔައެވެ.
***
“ކެރާ އަހަންނަށް ހީވަނީ މިހާރު ދެން ބަލި ގަބޫލް ކޮށްފަ އަހަރުމެން ދެން އިސްތުއުފާ ދޭންވީ ހެން.. އެމީހުންނަށް ހެކިވެރިންވެސް ލިބިއްޖެ.. ހެކިވެރިންނަކީ ކޮންބައެއްކަން އުޅެއުޅެވެސް ނޭނގުން.. ދެން އެންމެ ރަނގަޅުވާނީ ދަރިފުޅު މިކަން ހުއްޓިއްޔާ.. ޔާސިރް ވެސް ލަވާލްއާއި އެއްކޮން އުޅުނަ ދީ..”ކެރާގެ ގާތުގައި އިން ސިފްރީނާ ވާހަކަ ދެއްކިއެވެ.. ސިފްރީނާއަކީ ކެރާ އާއި ޒިރާސް ސައްލާ ތަކަށް ވެސް މާ އަނގަލާ މީހެއް ނޫނެވެ. ނަމަވެސް މިއަދު ކެރާ ގާތު ވާހަކަ އެއް ބުނަން އައި މީހާ ފެށި ވާހަކައަކުން ކެރާގެ ނިތައް ރޫ ޖަމާވާ ނެގީ މަދު ސިކުންތު ކޮޅެކެވެ. “މަންމާ.. މަންމަ އެއް ކަމަކު ތިހެން ބުނެގެން … ނުހުއްޓާނަން.. އަހަރެންގެ މަގަށް ހުރަސް އެޅި ކޮންމެ މީޙަކަށް ވެސް އޮންނާނީ މަރު.. އެ ވަރިހަމަ މަންމަ އަށް ވިޔަސް.. ވީ އިރު މަންމަ ވެސް މިކަމުގެ ތެރެއަށް ނުވަދެ ހުރޭ..” އެއްވެސް އަދަބެއް ނެތި ވާޙަކަ ދެއްކި އިރު ކެރާގެ މޫނުމަތިން ސިފްރީނާ ދެކެ ރުޅި އައިސްފައިވީ ވަރު ހާމަވެއެވެ.
“މަންމަ އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫން ތިއި.. ދަރިފުޅާ ދަރިފުޅުގެ ބައްޕަ މިކަމެއް ކުރާތީ މަންމަ އެއްޗެއް ނުބުނެ ހުންނަނީ.. ކޮން ހިތްހަމަޖެހުމެއް ތި ލިބެނީ.. އަބަދުވެސް ކޮންމެވެސް މީހެއްދެކެ ރުޅި އަންނަން ޖެހުން ނޫން ކަމެއް ވޭތަ.. ކުށެއް ނެތް ބައެއްގެ ފުރާނަ ދުއްވާނުލާ ދެން މިކަން ހުއްޓަން އުޅޭ.. އަހަރެން ބޭނުންވޭ އަހަންނަށް މާމަ ކިޔާ ދެ ދަރިންނާ ގުޅިގެން އުޅެން.. “އެމީހުންގެ ކޮޅަށް ބަހެއް ބުނީ ތީވެސް ސިފްރީނާއަށް ހިތުން ނުފިލާ ވަރުގެ ލަނޑެއް ދޭން ކެރާ ހިތުލިއެވެ. އޭނާ އާއި ޒިރާސް ކުރާ އެއްވެސް ކަމަކާއި ނުބެހި ހުރެފައި މިއަދު އަލަށް ވާހަކަ ދެއްކިއިރުވެސް އެމީހުންނާއި ދެކޮޅަށް ވާހަކަ ދެއްކުމުން ކެރާ ގާތައް ރަނގަޅަށް ވެސް ރުޅިއައެވެ. މަންމަ ވިޔަސް ކެރާ އަށް މުހިއްމެއް ނޫނެވެ. ޔާސިރްއަކީ ހަމައެކަނި އޭނާގެ މީހެކެވެ. ޔާސިރް ހާސިލް ކުރުމާ ދެކޮޅު އަދި އޭނާގެ މަގަށް ހުރަސް އެޅި ކޮންމެ މީހެއް ހަށިގަނޑާއި ބޯ އޭނާ ދެތަން ކުރާނެއެވެ.
ކެރާ އެވަގުތު ސިފްރީނާއަށް ރުޅިވެރި ނަޒަރެއްދީފައި ދިޔުމުން ސިފްރީނާގެ މޫނުން ފެނިލީ ހިތްދަތި ކަމެވެ.
****
ފަތިހު ފަތިހާ ހޭލައިގެން ޒީވާ މިސްރާބު ޖެހީ ބަދިގެއަށެވެ. ނަމާދު ނުކުރާ ދުވަސްކޮޅެއް ނަމަވެސް ޒީވާއަކީ އެއް އިރެއްގައިވެސް ލަސްވަންދެން ނިދާ ކުއްޖެއް ނޫނެވެ. އެހެން ދުވަސް ދުވަހަށް ވުރެން ޒީވާގެ މޫނު މިއަދު އުޖާލާއެވެ. ލުއިން ހިނިތުންވުމެއް އޭނާގެ މޫނުމަތިން ފާޅުވެއެވެ. ބަދިގޭގައި ސައިހެދުމުގައި އުޅުނު ލަވާލްއަށް ވެސް އެކަން ސިއްރެއް ނުވިއެވެ. ލަވާލް ވަގުތުން ހީލަމުން އެއް ބުމަ އަރުވާލިއެވެ.
“މަންމާ .. އަހަރެން އިޒާން އާ ދިމާ ވިން..” ޒީވާގެ ޖުމްލައިން ލަޥާލްއަށް ލޯ ބޮޑުކޮށްލެވުނެވެ. ޒީވާ ލަވާލްގެ ގައިގާ ބައްދާލައިގެން ހުރެ ކުޑަކޮން އިޒާންއަށް ހުރިހާ ވާހަކައެއް ކިޔާދިން ވާހަކަ ބުނެލިއެވެ. ލަވާލްގެ މޫނުން ފެނުނީ ބަޔާން ކުރަންދަތި އުފާވެރިކަމެކެވެ.
“ދަރިފުޅަ.. މަންމަ ވަރަށް އުފާ ވެއްޖެ.. ތިހެން ހަދަންވީ ކަމެކޭ ޒިވީ ހަމަ ހުރީ ޒާން ބަލައި ނުގަންނާނެއޭ ކިޔާފަ.. އެއީ ހަމަ މީހަކަށް ލިބޭނެ ޖަވާހިރެއްފަދަ ދަރިއެއް .. މާޝާ ﷲ… ދެން ޒިވީ އާއި ޒާންގެ ކަންތައް ކިހިނެތް އޮތީ..” ލަވާލް އެއްލޯ މަރާލަމުން ޒީޥާއާއި ދިމާ ކުރާ ފަދަ ގޮތަކަށް އަހައިލިއެވެ.
އިޒާންއަށް ލަޥާލް ތައުރީފް ކުރަން ފެށުމުން ޒީވާ ކުޑަކޮން ލަދުގަތެވެ. އިޒާންއާއި ޒީވާގެ ވާހަކަ ލަވާލް އެހުމުން ލަދުން ހުރެފައި ވެސް އަލުން ގުޅުނު ވާހަކަ ބުނެލިއެވެ. ލަވާލް ވަގުތުން އަލްހަމްދުލިއްލާހް އޭ ބުނެލިއެވެ.
“ކޮބާ ދޮންތަ.. މިއަދު އަދި ނުވެސް ފެނޭ.. ” ޔަމްހާ ފެންނަން ނެތުމުން ޒީވާ ސުވާލްކުރިއެވެ. “އާނ.. ދޮންތަ ގެ ރައްޓެއްސެއް މާ ހާލު ދެރަ ވެގެން ހޮސްޕިޓަލްއަށް ގެންގޮސްގެން އެތަނަށް ގޮސް ވީ.. ބަންގި ގޮވިތަނާ ހެން ބައްޕަޔާ އެއްކޮން ގޮސްފި..” ލަޥާލް އަތުކުރިގައި އޮތް ގަޑިޔަށް ބަލާލަމުން ޖަވާބުދިނެވެ. ލަވާލްއާއި ބައިވެރިވެގެން ޒީވާ ވެސް ސައިހެދުމުގައި އުޅުނެވެ. ގޭތެރޭގެ ހުރިހާ މަސައްކަތައް ކަށްވެސް ޒީވާގެ ހުރި ފަރިތަކަމާއި ހަލުވިކަން ފެނި ލަވާލް އަށް ހީލެވުނެވެ. ހިތާހިތުން ލަވާލްއަށް ކުލްސޫމާއަށް ސުކުރުއަދާ ކުރެވުނެވެ. ނަމަވެސް ޒީވާ ޒުވާން ވަމުން އައި ދުވަސްވަރު އޭނާގެ ގާތުގައި ނުހުރެވުނު ކަމުގެ އިހްށާސް ކުރެވި ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. ނަމަވެސް ޒީވާއަށް ފެންނަން ވާއިރަށ ކަރުނަތައް އޮއްބާލިއެވެ.
“ދަރިފުޅާ ޔޫމީއަށް ކައްކަން ދަސްކޮށްދިބަލަ ހުސްވަގުތު ތަކުގަ.. މަންމަ އެހަ އޭނާއަށް އަޑުލާ އިރުވެސް އެމަންޖެއަށް ކަހާތާ ހިރުވާ ނުލާނެ.. ގަދަ ކަމުން ގެނެސް ވެއްދިޔަސް ބޮލުގަ ރިއްސަނީ އޭ.. ހޯމްވޯކްސް އޭ ކުޑަކަމެއް އެބޯތޭ ކިޔާފަ ބަލާނެ ފިލާ ރައްވާވެވޭތޯ.. ދަރިއެއް އެހުރީ ވަރުގަދަ.. ” ލަޥާލް ހިނިއައިސްފައި ހުރެ ބުނެލިއެވެ. ޒީވާ ވެސް ބޯ ޖަހައިލަމުން ހޭންފެށި އެވަގުތު ތުންދަމައިގެން ހުރެ ޔޫމީން ވަންތައް ފެނުމުންނެވެ.
“ކަލޭނޭ ޔޫމީ އަށް ކިހިނެތް ވެފަ ހުރި ދުވަހެއް މީ.. މީހަކު ދޮރު ވެއްޓޭ ވަރަށް ނުގޮވަނީސް ނުހިއްލާ ލާނެ މީނަ.. މިއަދު އިރު އެރީ ކޮން ކޮޅަކުން ބާ… ” ޖޮގިން ނިންމާފައި ގެޔަށް ވަން ޔަޒަކް އަށް ޔޫމީން އެހާ ހެދުނާ ފެނުމުން ދިމާ ކޮށްލިއެވެ. “އަޖާބު އަންތަރީސް މަށައް ވިއްޔާ ނުހޭލެވޭތަ ދެން .. “ޔަޒަކްއަށް ލޯ އަޅާލަމުން ޔޫމީން އޭނާގެ އިސްތަށިގަނޑު ހާވާލިއެވެ. އެއާއެކު އިވިލީ ލަވާލްއާއި ޒީޥާ ހީލިއަޑެވެ.
ޔޫމީންއާއި ޔަޒަކްއާ އެކު ސައިބޮއިގެން ޒީޥާ ތައްޔާރުވެގެން ނުކުންނަމުން ކައިވަންއަށް ގުޅާލިއެވެ. “ކޮބާ ކައި ރެޑީ ވެވިއްޖެތަ.. އަހަރުމެން މިނިމުނީ ..” ޒީވާ އަހައިލިއެވެ. ކައިވަން ޖަވާބުގައި މި ނުކުންނަނީ ކަމަށް ބުނުމުން ޒީވާ ޔޫމީން އަށް ގޮވަންފެށިއެވެ.
ޔޫމީން ނުކުތުމުން ދެމީހުން އެއްކޮން ތިރިޔަށް ފޭބި އިރު ކައިވަން ކާރުގެ ކާރީގައި ހުއްޓިލައިގެން ހުރި އިރު އޭނާގެ ޔޫމީންއާއި ދިމާ މައުނަވީ ގޮތަކަށް ބަލައިލިއެވެ. މުށިކުލައިގެ ހެދުންކޮޅާކާއި ކަޅު ސްކީނީގައި ޔޫމީން މޭކަމެއް ނެތިވެސް ނުހަނު ލޯތްބެވެ.
ކައިވަން ބަލަން ހުރުމުން ޔޫމީން ލަދުން އިސްޖަހައިލިއެވެ. ޒީވާއަށް އެ މަންޒަރު ފެނުމުން އެދެމީހުންނާއި ދިމާކޮށްލުމުގެ ގޮތުން ލާނެތް ގޮތަކަށް ހީލައިގެން ހުރެ ކަރުކެހެމުން ގޮސް ކާރަށް އެރިއެވެ.
ޔޫމީންގެ އަތުގައި ހިފާލައިގެން ގެންގޮސް ކުރީ ސީޓަށް އެރުވިއެވެ. ޒީޥާއިންދާ ކައިވަން އެހާ ލޯބިން ކަންތައް ކުރުމުން ޔޫމީން ލަދުން ރަތް ވިއެވެ. ޒީވާ ވެސް ހެވިފައި އިނދެ ޔޫމީންއަށް އެއް ލޯ މަރައިލިއެވެ.
ޒީވާ އާއި ޔޫމީން ކުލާހަށް ވަންނަން ދިޔަ އިރު އިޒާން ކުލާހުން ނިކުންނަނީ އެވެ. ޒީވާ ފެނުމުން ދެ ބުމަ ހިއްލާލައިފަ އެއްމިޔަކަނުން ހީލިއެވެ. ޒީވާ ވެސް ހީލަމުން ފޯނު ނަގާ އިޒާންއަށް ދައްކާލިއެވެ.
“އިޒާން ސާރ.. މިއަދު ފްރީތަ ..އައި ވޮނަ މީޓް ޔޫ ސާރ..” ޒީވާގެ މެސެޖް ކިޔާލިއިރު އިޒާންގެ ތުންފަތް މަތީގައި ލާނެތް ހިނިތުންވުމެއް ދުވެލިއެވެ. “ސާރ މިދަނީ ކުޑަކަމަކު..ކުރީ ދުވަހުގެ ލެސްން އާ ގުޅުވާގެން ވޯކް އެއް ދީފަ އިންނާނެ ސާރ.. އެ ނިންމާތި.. ނޫނީ އަދަބު ލިބޭނެ.. ބަސްއަހާގެން ވޯކް ނިންމާ އޭރުން މީޓް ކުރެވޭ ކަމެއް ވެސް އިނގޭނީ..” ލާނެތް ހިނިތުން ވުމަކާއެކު ހުރެ އިޒާން ފޮނުވާލި މެސެޖް ފެނި ޒީވާއަށް އަނގަހަދާލެވުނެވެ. އިޒާންއާއި ތުން ދަމާލައިގެން ހުރެ ކުލާހަށް ވަންނަން ދިޔަގޮތުން ޔޫމީން ވެސް ހޭންފެށިއެވެ.
“ދެން ނުވެސް ކުރާނަން މީޓް އެއް .. އައި މިސްޑް ހިމް ރިއަލީ ބޭޑްލީ..”ދީފައިވާ ފިލާވަޅު ނިންމުމަށް ފަހު މޭޒުމައްޗައް ދެއަތް ދަމާލަމުން ބޯ އަޅާލިއެވެ. ޔޫމީން ކިހިނެތް ވީހޭ އެހުމުން ޒިވާ ފޯނު ނަގާ މެސެޖް ދައްކާލިއެވެ. ޔޫމީން ފެށީ ހޭށޭވެ. ޔޫމީންހޭތީ ޒީވާ ބޯހިއްލާލައިފާ މޫނު ކުނިކޮށްލިއެވެ.
އިޒާންއައިސް ވަނުމުން ޒީވާ ދެލޯ އަޅަލިތަން ފެނި އިޒާންއަށް އަނގަމަތީގަ ނުފުށުން އަތް އެޅުނީ ބާރަށް ހެވިދާނެތީއެވެ.
“އޯކޭ … ހުރިހާ ކުދިން ނިމިއްޖެ ދޯ.. ލެޓްސް ސްޓާޓް ޓްޑޭސް ލެސަން .. ދެންމެ ހެދި ވޯކް މާކް ކޮށްލާނަން މިއަދު .. ފޮތްތައް ސާރ ގެ މޭޒުމަތީގަ ބަހައްޓާފަ ދާތި ހުރިހާ ކުދިން ވެސް..” އިޒާން ބޯޑުގައި ނޯޓްސް ލިޔެ ކިޔަވައިދެމުން ދިޔައެވެ.
ޒީވާ، އިޒާން އާއި ދިމާ ބަލަހައްޓައިގެން އިންލެއް ލޯބިކަމުން އިޒާން ބައެއްފަހަރު ގޮސް ޒީވާގައިގާ ބައްދާލަފާނަމޭވެސް ހިތައް އަރައެވެ. ބައެއްފަހަރު ކުލާސްތެރޭގަ ހިނގަމުން ގޮސް ޒީވާ ކައިރިޔަށް ހުއްޓި އެހެން ކުދިންނަށް ނޭނގޭހެން ކުދިކުދި ގޯނާތައްކޮށްލަ އެވެ. ޒީވާ ލިޔަން އިންދާ ގަލަން އަތުލާގެން ހިނގާ ގަނެފާނެއެވެ. ތަދު ނުވާހެން އިސްތަށިގަނޑަށް ވެސް ދަމާ ލަ ފާނެއެވެ. ޒިވާގެ ކާރިން ދަމުން ދިޔައީ ޒީވާގެ ކޮލުގައި ހިފާގަނެފައެވެ. ޒީވާ ވެސް އިޒާންގެ އަތުގައި ޖަހާލިއެވެ.
ޒީވާ ދެލޯ ހަނިކޮށްލައިގެން އިން އިރު އިޒާން އާއި ޒީވާގެ މި ސަކަރާތް ފެނި ޔޫމީން އިނީ ހީހީ ގޮސް ބަނޑަށް ތަދުވެފައެވެ.
ކުލާހުން ނުކުމެގެން ދިޔައިރުވެސް ޒީވާ ތުން ދަމައިގެން ހުރިތަން ފެނުމުން ޔޫމީން އަށް ހެވެނީއެވެ. ދެމީހުން ނުކުން އިރު ކައިވަން އަދި ނުނިމެތީ މަޑުކުރިއެވެ. އެހެން ހުއްޓާ ޔޫމީން ގެ ފޯނު ރިންގުވިއެވެ.
“ހޭއި އައިލް ބީ ލޭޓް.. އަވާރ އެއް އެބަ އިން އަދި .. ޒިވީ އާ އެއްކޮން ބައްޕަ ނޫނީ ދޮންބެއަށް ގުޅާގެން ދޭ އިނގޭ މިއަދު.. ސޮރީ ބޭބް.. ހަބަރެއް ވާނަން ގެޔަށް ގޮސް ..ލަވް ޔޫ ..” ކައިވަން ގުޅުމުން ޔޫމީން ފޯނު ނެގުމާއެކު އެއްފައްޗަކަށް އަމުނާލާފައި ކައިވަން ފޯނު ކަނޑާލީ ޔޫމީން ވާހަކަ ދައްކަން އަނގަހުޅުވާލިހިނދުއެވެ. ” މިއޭގެ އަނެއް މީހާ .. ވަކި ވަރެއްގެ މީހެއް އެ ބޯޅޭތަ.. އެ ކަނޑާލީ ފޯނު ” ޔޫމީން ދެފަރާތައް ބޯ ހޫރަމުން ކައިވަންބުނެލިވާހަކަ ކިތޔާދިނެވެ.
“ދަރިފުޅު މެންނޭ ކިހިނެތްވެފަ” ލަންޗް ބްރޭކަށް ޔާސިރްގެޔަށް ދިޔުމަށް ނުކުން ވަގުތު ޔޫމީންއާއި ޒީވާ ދޮރު ކާރީގައި ހުރުމުން އެދިމާލަށް ދިޔައެވެ. ” މާ ރަނގަޅަކަށްނު މިދިމާވި… ބައްޕަ ވެސް ގެޔަށް ދާން މިދަނީ ހިނގާ ދަމާ ” ޒީޥާ ކުޑަ ގޮތަކަށް ކައިވަންއަށް ނާދެވުން ވާހަކަ ބުނުމުން ޔާސިރް ބުނެލިއެވެ.
ތިން މީހުން ގެޔަށް ވަންއިރު ޔަޒަކް އާ އެކު ލަވާލްއާއި ޔަމްހާ ސޯފާގައި ތިއްބެވެ. ” ކޮން ވާހަކަ އެއް ތި ދައްކަނީ މާ ހިނި އައިސްފަ ތިބެ..” ލަވާލް އާއި ޔަމްހާ ހެވިފައި ތިބުމުން ޔާސިރް އަހައިލިއެވެ. “ޒެކް އަންގަނީ މިރޭރަނގަޅަށް ކެއްކުމަށް .. އަންހެން ކުއްޖަކު ގޮވައިގެން އަންނަނީ އޯ.. އަހަރެން އަހާ އަޙާ ވެސް އޭނާ ނުބުނި.. މިރޭ ގެނައީމަ އެނގޭނެއްނޫން ހޯ..ދެން މިރޭ ރަނގަޅާށް ކައްކަންތާ މި ވީ ދޯ.. ޒުހޫރުމެންނަށް ވެސް ދައުވަތު ދޭންވާނެއްނު.. ކުލްސޫމާއަށް ވެސް ގުޅަންވީ.. “ހޭންފަށަމުން ލަވާލް ކިޔައިދިނެވެ. ޔާސިރް ވެސް ހިނިއައިސްފައި އިނދެ ބޯޖަހައިލިއެވެ. ލަވާލް ފޯނު ނަގާ ވަގުތުން ކުލްސޫމާ ގުޅާ މިރޭ ކެއުމަށް ދައުވަތު ދެމުން ހަވީރު އައުމަށް އެދުނެވެ. ޔަޒަކް ލަދުގަނެފައި އިނުމުން ޔާސިރްގެ މޫނުމަތިން ވެސް ފެނިލީ ލާނެއް ކަމެވެ. އެއި ތެދެއްހޭ ކިޔާ ޔަޒަކްއާ ދިމާ ކުރިއެވެ. ޔޫމީންއެއީ މިލާންއޭ ބުނަން އުޅެނިކޮން ޒީވާ އޭނާގެ އަނގަމަތީގައި އަތް އަޅާފައި ތިއުޅެނީ ސަޕްރައިޒް ފަނިކޮށްލަން ހޭ ބުނެ އޭނާ ގޮވާގެން މައްޗައް އެރި އެރިއެވެ.
ދެމީހުން އެކި ވާހަކައިގައި ތިބެ ޒީވާ ގެ ކޮޓަރިއަށް ވަން ހިނދު ދެނީހުންނަށް ސިހުން ލިބުނެވެ.
“އިޒާން ” ޑްރެސިންގް ޓެބަލް ގައި ލައްގަނެގެން ހުރި އިޒާން ފެނި ޒީވާއަށް ގޮވާލެވުނެވެ. ހުޅުވިފައި ހުރި ބެލްކޮނީގެ ދޮރު ފެނުމުން އިޒާން އެތަނައް ވަންގޮތް ޒީވާއަށް ފަހުމް ވިއެވެ. އިޒާންގެ ތޫނު ނަޒަރު ހުއްޓިފައި ވުމުން ޒީވާ ކުޑަކޮން ލަދުގަނެފައި ހުރެ ޔޫމީން އަށް ބަލައިލިއެވެ.
“އޯހް.. ގޮޓަ ގޯ..ގާއީޒް އެންޖޯއީ.. ” ލާނެތް ގޮތަކަށް ހީލަމުން ކޮޓާރީގެ ދޮރު ތަޅުލާފައި ޔޫމީން ނުކުމަތެވެ. އިޒާން ވެސް ޔޫމީންގެ ހުނުމުގައި ބައިވރިވެ އޭނާއަށް “ފްލައިން ކިސް” ފޮނުވާލިއެވެ.
“ކީއްކުރަން ތިޔައީ..” މޫނު ހަދައިގެން ހުރެ ޒީވާ އަޅައިވެސް ނުލާ އަލާމަރި ކައިރީގައި ހުރި ހުދުކުލައިގެ ކަބޮޑްއަށް އަށް ފޮތްތައް ލާންފެށިއެވެ. ޒިވާގެ އެމަސައްކަތް ނިމުމުން އިޒާން މަޑު ހިނގުމުގައި އައިސް ޒީވާގެ ފުރަގަހުން ނުހަނު ބާރަށް ބައްދާލިއެވެ. ޒިވާގެ މޫނަށް ޖަންބު ކުލަ ވެރިވެ ނޭވާ ލައިލައި ހުރި ނޭވާ ވެސް ހިފަހައްޓާލެވުނެވެ.
އިޒާން މަޑު މަޑުން ގުދުވެ އޭނާގެ ތުނިކޮން ހުރި ތުނބުޅި ޒީވާގެ ކޮލުގައިގާ ކާއްތާލިއެވެ. ވަގުތުން ޒީވާ ހީބިހި ހަލުވާލިއެވެ. ކުޑަކޮން ހީލިގަންނަމަވެސް ޒީވާ ކެތްކޮންކޮގެން ހުއްޓެވެ. އިޒާން އަނެއްކާ ވެސް އެހެން ހަދާލަމުން ޒިވާގެ ބަނޑުކޮއްޓާލިއެވެ. ހީލިގަންވަރުން ޒީވާއަށް ކޮންޓްރޯލް ނުވެގެން ބާރަށް ހޭންފެށުނެވެ. ހެމުން ހެމުން ގޮސް އެނދައް ވެއްޓިގެން އިރު އޭނާގެ ލޮލުން ފެންވެސް އައެވެ.
“އޯކޭ ބޭބް.. މިޝަން ކޮމްޕްލީޓް.. ހެއްވާލިއްޔޭ މި.. އަދި ހުރެފި އެންނު ރުޅި އައިސްގެން މަ ދެކެ..” އިޒާން ވެސް ހެމުން ހެމުން އައިސް ޒީވާގެ ކައިރީގައި އޮށުވަތެވެ.
“ރުޅި ނާންނާނެ ތަ.. އަހަރެން އެހާ ލޯބިން ބުނީމަ ވެސް މީޓް ކުރެވޭތޯ ބަލާނަމޯ ބުނަނީ.. އަހަރެން ހިތައް އަރާ ކީއްކުރަން ބާއޭ ތިއައީ ..” އެނދުގައި އިށީންދެލަމުންޒީވާ ހަށަން ބަދެލެމުން ފުސްމޫނު ހަދައިލިއެވެ.
“ސޮރީ އޭ ދޫނީ.. އަހަރެން މަޖަލަކަށޭ އެހެން ބުނީ… ދެން އެނގެއެންނު އަހަންނަށް ކަމެއް ނުވަންޏާ އިންޝާﷲ ކޮންމެ ދުވަހަކު ވެސް މީޓް ކުރާނެކަން ..” އިޒާން ވެސް އެނދުން ތެދުވެ އިށީންދެލިއެވެ. ޒީވާގެ އަތައް ދަމާލައިފާ އޭނާޔާކާރިކޮށްލަމުން އަނެއްކާ ވެސް ސޮރީ އޭ ބުނެލިއެވެ.
“އިޓްސް އޯކޭ ދޮންބެ މިރޭ މިންމި ގެންނަން އުޅެނީ.. ބުނިތަ .. ” އިޒާންގެ ގައިގާ ބައްދާލަމުން ޒީވާ އަހައިލިއެވެ. އިޒާން ވަގުތުން ބޯޖަހައިލިއެވެ. ދެމީހުން ފުދޭވަރަކަށް ގިނަ އިރު ލޯބީގެ އެތައް މަލެއް ފޮޅުވުމަށްފަހު އިޒާންގެޔަށް ދިޔައީ މިރޭ އަންނާނެ ކަމަށް ބުނެއެވެ.
އިޒާން ދިޔުމުން ޔޫމީން ގެ ކޮޓަރިޔަށް ވަން އިރު ޔޫމީން ޔާސިރްއާއި ލަވާލް އާއ ކޮންމެވެސް ވާހަކައެއްދައްކަނީ އެވެ.
“މިއޮތް އައީނު ޒިވީ.. ބަލާ ޔޫމީ މިކިޔާ އެއްޗެއް” ޒީވާ ފެނުމުން ޔާސިރް ގޮވާލިއެވެ. ޒީވާ ވަގުތުން ކިހިނެތް ވީހޭ އަހައިލިއެވެ. “އަހރެން މިކިޔަނީ ޖޮބް އަށް ނުކުންނަން .. ކޯސް އިން ކެޑޭން ވެގެން … އަހަރެން ނާރސިން ހަދާފަ ހުރީ.. ދެން އިތުރަށް ޓައިމް ވޭސްޓް ނުކުރަން ވެގެން.. ” ޔޫމީން ހުނެލި ވާހަކައަކުން ޒީޥާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
” ދަރިފުޅާ ޓައިމް ވޭސްޓް އެއް ނުކިޔާނޭ ދަރިފުޅު ކުރަން ބޭނުން ވެގެން ކުރާ އެއްވެސް ކަމަކަށް .. މަންމަ އާ ބައްޕަ އަބަދުވެސް ސަޕޯޓް ދޭނަން ތިކުދިން ކުރަން ބޭނުންވާ ކޮންމެ ކަމަކަށް ވެސް … ދަރިފުޅުމެން ތިއީ އަދި ޅަ ކުދިން .. ކިޔަވަން ބޭނުންވަންޏާ ތިއީ އަދި ހަމަ ކިޔަވާ އުމުރު .. އެކަމަކު ދަރިފުޅު ކޯސް އިން ވަކިވެގެން ޖޮބްއަށް ވަންނަނީ ހަމަ ބޭނުންޥާތީ ކަމަށް ވަންޏާ މަންމަމެންގެ އެއްވެސް މައްސަލަ އެއް ނެތް..” ޔޫމީންގެ އަތުގައި ހިފާލައިގެން އިނދެ ލަޥާލް ދައްކަމުން ދިޔަ ވާހަކައާއި އެއްބަސް ވުމުގެ ގޮތުން ޔާސިރް އާއި ޒިވާ ވެސް ބޯ ޖަހައިލިއެވެ.
“މަންމާ.. ބައްޕާ މިއީ ހަމަ އަހަރެން ބޭނުންވާ ގޮތް .. ޖޮބް އަށް ވަންނަން މިހާރު އެންމެ ބޭނުމީ .. ބޭނުންވާ ވަރަށް ވުރެން ގިނައިން މިހާރުވެސް ލާރި ލިބޭ ..އެކަމަކު ވެސް އަމިއްލަ އަށް ކިޔެވިފަ ހުރި އެއްޗެއްގެ ބޭނުން ހިފައިގެން މަސައްކަތް ކުރަން ބޭނުންވަނީ.. އަޅުގަނޑު ހަމަ ބޭނުންވެގެން ނިންމި ގޮތެއް މިއީ .. ” ޔޫމީންގެ ވާހަކައަށް ތިންމީހުންވެސް އެއްބަސްވީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ.
***
“ބޭބީ އާ ޔޫ އޯކޭ ވިތް ޔޯ ޑިޒިޝަން..” ކައިވަންގެ އިނގުގައި ބޯ އަޅާލައިގެން އޮތް ޔޫމީން އަށް ބަލައިލަމުން ޔޫމީން ގެ މޫނަށް ފައިބާފައި ހުރި އިސްތަށިކޮޅުތައް ކައިވަން އެއްފަރާތް ކޮށްލިއެވެ.
“ޔެސް… އަސްލު ޒިވީގެ ކަންތަކުގަ އަހަރެން އެއްބަސް ވީ ..އެހާ ލައިކް ނުވޭ އެއް އިރެއްގަވެސް ޑޮކްޓާރ އަށް ވާން .. ދެން މިހާރު ހުރިހާ ކަމެއް އޯކޭވާތީ އަހަރެން މިގޮތައް ނިންމީ މި..” ޔޫމީން ލޯމަރައިގެން އޮތްގޮތައް އޮވެ ޔޫމީން ބުނެލިއެވެ.
ޔޫމީން އާއި ކައިވަން ތިބީގެޔާ ދުރުނޫން ހިސާބެއްގައި ވާ ކުދިކުދި އައިސް ބާގް ފަރުބަދަތަކެއްގެ އައްސޭރީގައެވެ.. ހަވީރްގެ އެވަގުތު ސްނޯވް ނުފޭބި ނަމަވެސް ފިނިކަމުން ގަނޑުވާހާވެއެވެ. ދެމީހުން ވެސް ކޮޓްން ޖެކެޓްތަކުގައި ތިބުމުން ފިނީގެ މާބޮޑު އަސަރެއް ނުކުރެއެވެ. އެމީހުންނާ ފުދޭވަރަކަށް ދުރުގައި ޒުވާން ފުރާގެ ގްރޫމެއް ކޭމްޕް ޖަހައިގެން އުޅެއެވެ.
“ގުޑް .. ބޭނުންވާ ކަމަކުން ކުރިޔަށް ދެވޭނީ… އަބަދުވެސް ހަނދާން ބަހައްޓާތި އައިލް ބީ ވިތް ޔޫ އިންޝާﷲ އަބަދުވެސް … އަހަރެން ބޭނުން މެރީ ކުރަން …” ކައިވަން ޔޫމީޏްގެ މޫނައް ބަލަހައްޓައިގެން އޮވެ ބުނެލިއެވެ. ލަސްލަހުން ޔޫމީން ލޯހުޅުވާލުމަށްފަހު ކައިވަންއާ ދިމާ ބަލައިލިއެވެ.
“އަހަރެން ވެސް ބޭނުން .. އެކަމަކު ކައިގެ ކިޔެވުން ނިމުނީމަ ހިނގާ މެރީ ކުރަން.. ބާކީ ދެއަހަރެއްނު އިނީ. އައި ކެން ވެއިޓް… ” ޔޫމީން ގެ ވާހކައަށް ހީލައިފާ ކައިވަން ވެސް ބޯޖަހައިލިއެވެ.
***
އިރުއޮއްސިގެން އައި އައިރު ނުހަނު ފޯރީގައި ތިބެ ޔަމްހާ އާއި ލަވާލް އަދި ކުލްސޫމަ ބަދިގޭގައި ކެއްކުމައިގެން އުޅުނެވެ. އެމީހުންނަށް އެހީވާން އުޅެފައި ޒީވާ ވެސް ބޭރަށް ނުކުތީ ޔަޒަކް ގޮވަން ފެށުމުންނެވެ.
“އަޅެ ކާކުބާ ޒެކް ގެންނަނީ މިރޭ.. އަހަރެން ބަލާހިތުން ކެތްނުލަވާގެން މިއުޅެނީ..” ލަވާލް ހުއްޓާނުލާ ކިޔަމުންދިޔަ ވާހަކައިން ޔަމްހާއަށް ދިޔައީ ހެވެމުންނެވެ. އޭނާއަށް އެއީ މިލާންކަން އެނގެއެވެ. ނަމަވެސް ޔަޒަކް ސަޕްރައިޒެކޭ ބުނުމުން މިރޭ ވަންދެން ކެތްކޮށްލައިގެން އޭނާ ވެސް ހުއްޓެވެ.
“މިރޭ ދެން އެނގޭނެތާ ދޯ.. ބަލަމާ ކާކު ތޯ..އޭ ތިޔެއް ނޫނޭ.. ޒިވީ ވެސް ޒާން އާ ގުޅިއްޖެ ދޯ.. އަހަންނަށް ކައި އާއި ޒިވީ ރޭގަ އެކަހަލަ އެއްޗެއް ކިޔާކަހަލަ އަޑެއް އިވުން ..” ކުލްސޫމާވެސް ހިނިގަނޑެއް ޖަހާލިއެވެ. ލަވާލް ބޯ ޖަހައިލުމުން ޔަމްހާ ހަމަ ތެދެއްހޭ އަހައިލީ އެއީ އަދި އޭނައަށް އާ ހަބަރަކަށް ވީތީ އެވެ.
“މިހާރު ތި އެންމެން ތިހަމަ ވީ އެންނު .. ޑިފީ ވެސް އީން އާ.. ޒިވީ އާ ޒާން އާ.. ކައި އާ ޔޫމީ ދޯ މިތިބީ.. އެދެމީހުން އަނެއްކާ ތިބީ ކިހިނެތް ބާ ތިބީ..” ޔަމްހާ ހެމުން ހެމުން ބުނެލިއެވެ. ލަވާލް ވެސް ހިނިގަނޑެއް ޖަހައިލިއެވެ.
އެމީހުންގެ ވާހަކަ އިވި ބަދިގެޔަށް ވަން ޒީވާ އަށް ހެވެމުންދިޔައެވެ.
އޭނާ ވަނުމުން ތިންމީހުން އޭނާ އަށް ބަލައިލިއެވެވެ. ޒިޥާ ވަގުތުން ތިންމީހުންނަށް ނިއް އެއްލިއެވެ.
“ޒިވީއަށް އެނގޭދޯ ޔޫމީ ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން.. މީނަ އަދި ވަގުވަގަށް ހެމުން ވަދެފިޔޭ..” ލަވާލް ޒީވާއަށް ބަލައިލީ ޖާސޫސްކުރާ ވައްތަރަކަށެވެ.
ޒީވާ ވަގުތުން ހެވުން ހުއްޓި އިރު ލަވާލްއާއި ޔަމްހާ އޭނާގެ ދެފަރާތުގައި އައިސް ޖެއްސިއެވެ. ކުލްސޫމާ ވެސް ޒީވާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ޒީވާ މަޑުމަޑުން ބޯޖަހައިލީ އިތުރު ގޮތެއް ނެތުމުންނެވެ.
ޒީވާއަށް ހިންދިރުވާލެވުނީ އެތަނައް އައި ޔާސިރް، ލަވާލްއަށް ގޮވުމުން ލަވާލް ދިޔައިރު އޭނާވެސް ގޮވައިގެން ދިޔުމުންނެވެ. ލަވާލް އޭނާގެ އަތުގައި ހިފައިގެން ނުކުން އިރު ސޯފާގައި ތިބި އައްޒާމް އާއި ޒުހޫރް ޒީވާގެ ލޮލުގައި އަޅާއިގަތެވެ. ޒުހޫރުގެ އުނގުގައި ކައިނާ އިން އިރު ކާރީގައި ނީކިޔާ އިނެވެ. ޔާސިރް ގާތު މަޑުކޮށްލުމަށް ބުނެ ޒީވާގެ އަތުގައި ހިފާގެން ލަވާލް މައްޗަށް ގެންދަން ފެށުމުން ޔާސިރްއަށް ކިހިނެތް ވީހޭ އަހައިލެވުނެވެ. ލަވާލްކަމެއް ނުވެއޭ ބުނެ ހިނގައިގަން އިރު ޒީވާއަށް ވެފައި ހުރިގޮތުން އޭނާ ގާތައް ހިނި އައި ނަމަވެސް ނޫން ކަމަށް ހަދާލިއެވެ.
ގެޔަށް ވަދެގެން އައި ޔަޒަކް އާ އިޒާން އާއި އަލާނިޔަލް އަދި އީން އަށް ވެސް އެ މަންޒަރު ފެނުނެވެ.
“ބްރޯ އަމް ޑެޑް..” ކަރާދިމާލަށް އަތް ހުރަސް ކޮށްލަމުން ޒީވާ މަޑުމަޑުން ބުނެލިއިރު ޔަޒަކް ވެސް އެހާ މަޑުމަޑުން ކިހިނެތް ވީތޯ އަހައިފިއެވެ. ނަމަވެސް ޖަވާބު ދެވޭ ވަރެއް ނުވިއެވެ . ލަވާލް އޭނާ ގެންގޮސް ލިފްޓަށް އެރުވިއެވެ. ލަވާލް ދަމުން އީން އަށް ގޮވައިލާ ހީލިއެވެ. އީން ގާތު އިށީންދެލަން ބުނެ އެބަ އަންނަމޭ ބުނެ ދިޔައެވެ.
***
(ނުނިމޭ)