ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 36 – Vaahaka by Ann
ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 36

“އަހަރެމެން އެންމެން ހުންނަނީ ސޭމް ބްލަޑް ގްރޫޕް.. ކަލޭގެ އެކަނި ތަފާތީ.. ސިޑީން ވެއްޓިގެން ލޭ އަޅަން ޖެހުނު ދުވަހު މަށައް މި ފެނުނީ.. އާންން ކަލޭ ތީ މަރިއަމް ދިނާޔާއާއި މުހައްމަދު އަޒީޒް ރަޝާދުގެ ދަރިއެއް ނޫން..ކަލޭ ތީ ހަމްދީ އާއި ނަސްރާގެ ދަރިފުޅު  މަރާލި މާއިދު ރަޝާދުގެ ދަރިއެއް.. ގާތިލެއްގެ ދަރިއެއް..” އީވާ ފޯނު ތިރިކޮށްލާފައި ބަލައިލީ ރަހުމެއް  ހަމްދަރުދީ އެއްނެތް ނުލަފާ ހިނިގަނޑަކާއިއެކުއެވެ. އަލާރާއަށް އިންތަނަށް ތިރިވެވުނު އިރު ހީވީ ފައިދަށުން ބިންގަނޑު ގަނބައިގެން ދިޔަ ހެންނެވެ. އެ ޓެސްޓް ތަކުގެ ތިރީގައި އަޒީޒްގެ އަސްލު ސޮއި ފެންނަން އިން އިރު އެއީ ހަދާފައި ވާ އެއްޗެއް ނޫންކަން ހާމަވެއެވެ. ކަރު ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައި ގަނެވުން އިރު ހޯސްލާފައި އައި ކަރުނުތައް ކޯދުލާފައި އެ ދޮން ކޯތާފަތުން ތިރިއަށް ފިރުކިގަތެވެ.

***

“ހުއް.. މާއިދު އަމިއްލައަށް މަރުވީ އެކަމެއް ކޮށްފަ.. ކަލޭ ހީކުރީ ކަލެއެއަށް ހަމަޖެހިގެން އުޅޭވޭނެކަމަށްތަ.. ނޫޏޭ.. ދުވަހަކު ވެސް ނޫޅެވޭނެ” ގިސްލެވެމުން ދިޔަ އަލާރާގެ ކައިރިއަށް ތިރިވެ އިނދެ އީޥާ އަޑު ހަރުކޮން ވާހަކަ ދައްކަމުން ދިޔައެވެ. ނުލަފާ ހިނިތުންވުމެއް ތުންފަތް މަތީގައި ވީ އިރު އޭނާގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ޝަވަން ހުއްޓުމެއްނެތި ގުޅަން ފެށުމުންނެވެ.

“ކީކޭ ބޭބް.. އާން.. މި ނުކުންނަނީ” ފޯނު ކަންފަތުން ދުރުކޮށްލަމުން އަނެއްކާ ވެސް އީވާ ބަލައިލިއެވެ.

“މަ މިދަނީ ކަމެއް ޖެހިގެން.. ހަނދާންކުރާތި މިހުރިހާ ދުވަހު ކަލޭ ތިއުޅުނީ އަހަރެންގެ ޕްލޭސް އަތުލައިގެން..އަހަންނަށް ލިބެން ޖެހޭ ހުރިހާ އުފަލަކުން އަހަރެން މަޙްރޫމް ކުރުވީ ކަލޭ.. އެކަމުގެ ބަދަލް އަހަރެން މިހިފަނީ”  އަނެއްކާ ވެސް ޝަވަން ގުޅަން ފެށުމުން އީވާ ހަލުވިކޮން ބޭރަށް ނުކުތެވެ. އޭރު އެ ކޮޓަރީގެ ކުރިމައްޗަށް ވާހެން އޮތް ހަނި ގޯޅިން ޝަވަން އާދެއެވެ.

“ވަރަށް ސަކަޜާތް ވެއްޖެ” ޝަވަން ދެންމެ ހިނގާ ދިޔަ ކަންތައް ކިޔައިދިން ހިނދު އީވާގެ މޫނަށް ވެރިވީ ރުޅިވެރިކަމާއި ހާސްކަމެވެ.

“ޝަވަން އަޅެ ހާދަ ގަމާރޭ.. ދެން ވެސް ލަސް ނުކޮށް ދޭބަލަ .. އެމީހަކު އައުމުގެ ކުރިން އެ ދައިތަގަނޑު ގޮވައިގެން ފުރަން ދާންވީނު އަވަހަށް” ރުންކުރުވެފައި ހުރި އީވާއަށް އިރުކޮޅަކާއި ހެން މީހަކު އާދޭތޯ ބެލެމުންދިޔައެވެ.

ޝަވަން އެތެރެއަށް ވައިން އިރު ކޮޓަރި ތެރެއޮތީ ހުސްކޮންނެވެ. އަލާރާ އިންނާނެ ކަމަށް އީވާ ބުނި ތަނުގައި ނެތުމުން ވަށައިގެން ހޯދާލިއެވެ. ނަމަވެސް އަލާރާގެ އެއްވެސް ހިލަމެއް ނުވެއެވެ. މުޅި ކޮޓަރިތެރޭގައި ވީ މަރުފަދަ ހަމަހިމޭން ކަމެކެވެ. ކޮޓަރިތެރެއާއި ފާހާނަ އެފުށް މިފުށައް ޖެހި އިރު ވެސް އަލާރާގެ އެއްވެސް ހިލަމެއް ނެތުމުން ޝަވަން ރުޅިގަދަ ވިއެވެ. ވަގުތުން ފޯނު ނަގާފައި އީވާއަށް ގުޅުމުން މާގިނައިރެއް ނުވެ އީވާ އައިސް ފިއެވެ.

“ކޮބާ އަލާރާ.. އީވް ބުނި މިތާގަ އޭ ގައިމު” މީޙާ ހާސްވަމުން ދިޔައިރު ނިތުން ދާ ހިތްލާލިއެވެ.

” މިތާގަ އިން ގައިމު..މްމް.. ބަލާ އޭނީ ވިންޑޯ އޯޕެން ކޮށްފަ.. އޭނާއަށް އެނގުނީމަ ފިލީ ނޫން ކަމަކަށް ނުޥާނެ.. މި ޕްރައިވެޓް ވިލާ ގެ ބައެއް ނޫންވީމަ ނުހުންނާނެ ފެންސް ޖަހާފައެއް ވެސް..އެހެން ވިޔަސް ކިތަންމެ ބާރަކަށް ދުވިއަސް މާ ދުރަކަށް އަދި ނުދެވޭނެ.. އެ ގޮލާއަށް ފެނެއޭ.. އެހެންވީމަ ހަމަ އެ ފިލީ..” އީވާ އެތަނުން ނުކުމެ ގެން ކުޑަ ދޮރާއި ވީ ފަޅިން ބޭރު ބަލައިލި އެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.  ނަމަވެސް އަލާރާ އަރައިގެން ހުރި ފައިވާނުގެ އެއްކިބަ ތިރީގައި ވެއްޓިފަ އޮތްތަން ފެނިގެން ނެގިއެވެ.

“ފިލަން އުޅެނިކޮން ފައިން ނެއްޓުނީ ކަމަށް ވާނީ” އީވާ އެ ފައިވާން ކިބައަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

“ފެނެއޭ އީވް ކުރިން ވެސް ބުނެގެން މަ އެކަން ޔަގީން ކުރަން ވެގެން ވަރަށް މަސައްކަތް ކުރިން.. ކިޔައިދިނީމެންނު އޭނާގެ ލޮލާއި ވަޅިއެހާ ކައިރި ކުރިއިރުވެސް އެސްފިޔަތައް ވެސް ތަޅުވާ ނުލާ ހުރި ގޮތް..” އީވާގެ ފަހަތުން އައިސް މަޑުކޮށްލަމުން ޝަވަން އިތުރު ކޮށްލިއެވެ.

“ޔާހް ބޭބީ ބުންޏޭ.. އެހެންވިޔަސް ސިޑި ކައިރިއަށް އޭނާ ދިޔަ ގޮތް ކިޔައިދިނީ މެންނު… އެހެންވެ އެ ޝައްކު އަހަރެންގެ ހިތުން ނުފިލާ… އެންމެ ފަހުން ދެންމެ މި ޔަގީން ވީ އެ ޝައްކު” ޝަވަން އަށް އީވާ ކިއަދިނީ އަލާރާއަށް ޑީ އެން އޭ ރިޕޯޓް ދެއްކި ވާހަކައެވެ. އީޥާގެ ޖަވާބުން ޝަވަންއަށް އަނގަ ހަނދާލެވުނެވެ. ލައްކަ ދުވަހަކު އަލާރާ އެންމެނަށް އޮޅުވާލައިފި ތާއެވެ. އޭނާގެ ތުންފަތް މައްޗަށް ފެތުރުނީ ނުބައި ހިނިތުން ވުމެކެވެ.

“ހަހަހަ.. ޝީ ކާންޓް އެސްކޭޕް ދެޓް އީޒިލީ” ޝަވަން އެހެން ހުރެފައި ޖީބުން ފޯނު ނަގައި ނަމްބަރަކަށް ޑައިލްކޮށްލިއެވެ.

“އޭނާ ހޯދާ…އަދި މިރަށުން ބޭރަކަށް ނުދެވޭނެ.. ޔަގީން އަތުވާނެ ކަން.. އަތުލައިގެނެގެން ގޮސް މަ އެޕާޓްމަންޓް ތެރެއަށް ލާފަ ބައިންދާ…ޓާގެޓް ޓޫ ވެސް ނަގައިގެން ދާތި.. މަ މިދަނީ އިވެންޓް އަށް..” ޝަވަންގެ މޫނުގައިވީ ނިމުން ނުވާ މަކަރުވެރިކަމެވެ.

“ވަޓްސް ނެކްސްޓް” ޝަވަންގެ އަތުގައި ހިފާލަމުން އީވާ އަހައިލިއެވެ. ޖަވާބެއް ނުދީ އޭނާ އަނެއްކާ ހީލީ ނުބައި ފާޑަކަށެވެ.

***

އަރްކާން މަޑުކޮށްލައިގެން ހުރީ ދިނާޔާއާއި އަޒީޒްގެ ގާތުގައެވެ. އޭރު އެންމެން ހެން ކެއުމަށް އިންސާފް ކުރަމުންދިޔައިރު ދިނާޔާއާއި އަޒީޒް އެއްޗެއް ކާން ވެސް ނޫޅެ ތިބީ ކުރިއަށް އޮތީ އަލާރާއާއި ޝަވަންގެ ރަންކިއުމުގެ ކަންތައް ކަމަށް ވާތީ، އަލާރާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަޒީޒް އަންގައިގެން އީވާ ވީ އަލާރާ ބަލައިގޮހެވެ. ދިހަ ވަރަކަށް މިނެޓް ހިނގި އިރު ވެސް ދެމީހުން ކުރެން އެކަކުގެ ހިލަމެއް ވެސް ނުވެއެވެ. ނަސްރާއާއި ހަމްދީ އައިތަން ފެނި އަޒީޒް ޝަވަން ކޮބައިތޯ ސުވާލް ކޮށްލިއެވެ.

“އަލާ ބަލައި ދިޔައީ” ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ގެންނަމުން ނަސްރާ ހަމްދީއަށް ވުރެން ކުރިން ޖަވާބު ދިނެވެ.

“އެހެންތަ އީވް ވެސް ދިޔައީ އަލާ ހޯދަން.. ހާދަ ލަސް ވެއްޖެ އޭ.. އެބަ އަންނަން އަޅެ ބަލައިލާފަ” އެމީހުން ލަސްވެގެން ވެގެން ކަންބޮނޑުވެފައި ދިނާޔާ ބުނެލިއެވެ.

“އުހުން ދޮންތަ މަޑުކުރޭ އެބަ އަންނަން އަހަރެން ގޮސްފަ” ދިނާޔާ ދާން އުޅުމުން ހުއްޓުވާފައި ހައުލާ ދިޔައެވެ.

“ވޮޗް މައި ބޭބީ ސިސް.. އެންޑް އަމް ޓޭކިންގް ޔޯ ބޭބީ ސިސް..އޯލް ދަ ބެސްޓް” އަރްކާންގެ ފޯނު ވައިބްރޭޓް ވެގެން ނަގައި ބަލައިލި ހިނދު އޭނާ  މިހުރިހާ އިރު އިންތިޒާރު ކުރި މެސެޖް ލިބުމުން އޭގެ ޖަވާބު ފޮނުވާލުމަށްފަހު އެތަނުން ދުރަށް ހިނގައިގަތެވެ.

“ކޮބާ ރައި.. ލިއާ ރެޑީ ވެއްޖެ ތަ.. ” އަރްކާން ދެން ގުޅާއިލީ ރައިހާއަށެވެ. އެކޮޅުން ރައިހާ އާއެކޭ ބުނުމުން، އޭނާ އެންގުމުން އައުމަށް ބުނެފައި ފޯނު ކަނޑާލިއެވެ. އަލުން އަނބުރާ އަޒީޒް މެންގެ ގާތައް ދިޔައިރު އީވާ މާ ބާރަކަށް ރޯތަން ފެނި ފޫހި ވައްތަރެއް މޫނައް ޖައްސާލެވުނެވެ. އީވާގެ ހަގީގަތް އެނގުނުފަހުން އޭނާ އަދި އީވާއަކާއި ވާހަކައެއް ނުދައްކައެވެ.

“ކިހިނެތް ވެގެން މިއުޅެނީ..” ދިނާޔާއާއި ކައިރިވެލުމަށް ފަހު އަރްކާން އަހައިލިއެވެ. އޭރު އޭނާ އުޅެނީ އީވާ މަސަލަސް ނުކުރެވިގެންނެވެ. ކައިރީގައި ޝަވަން ހުރި އިރު އިސްޖަހައިގެން މޮޅި ސާލު ލައިގެން ހުރި ގޮތުން އަރްކާން ގާތައް ހިނި އަންނަގޮތްވިއެވެ.

“އީވް ހޯދަން ދިޔައިރު އަލާގެ ރޫމް އަކު އަލާއެއް ނެތޯ.. ނުފެނިގެން އެކި ތަންތަން ހޯދަނިކޮން އަލާގެ ފައިވާން ކިބަ ފެނުނީ.. މިހާރު ބައްޕަ އާއި ހަމްދީބެ އެ ދިޔައީ ހަބަރެއް ބަލައިލަން..” ހިސާބަކަށް ރޮވިފައި ހުރެ ދިނާޔާ ކިޔައިދިނެވެ. މެހެމާނުންގެ ލޮލުގައި އެ މަންޒަރު އަޅައިގަތުމުގެ ކުރިން އެމީހުން ގޮވައިގެން އަރްކާން ހޯލް ދޫކޮށް ބޭރަށް ނުކުތީ ޝުހާދު އާއި ތަން ބަލައިލުމަށް ހަވާލު ކޮށްފައެވެ.

“އެހެމް އެހެމް.. އެންމެ ފަހު ވަގުތު އަލާ ބުނި ބޭނުމެއް ނުވެއޭ ޝަވަން އާއި އެހާ އަވަހަކަށް އިންނާކަށް.. އަދި ވަރަށް ވަގުތު ބޭނުމޭ އެކަމަށް.. ތި އެންމެންނަށް ވެސް އެނގޭނެ ޝަވަން ކަހަލަ މީހަކާއި އަލާ ގުޅޭކަށް އަހަރެމެން އާއިލާ ކޮޅުން ލައްވާލާ މީހަކު ވެސް ބޭނުމެއް ނުވާކަން.. މަ މިހުރީ އެކަހަލަ ފުރުސަތަކަށް ބަލަ ބަލާ.. ދެން އަލާ އެދުނު ގޮތައް މިހާރު މާލެ ފޮނުވާލައިފިން ސްޓާފަކާއި މެއިޑް ނާޒާ އާއި އެކު..” އަރްކާންގެ ވާހަކަ އިން ހީވީ ތަނުގައި ކުޑަ ވަރެއްގެ ބޮމެއް ގޮވި ހެންނެވެ. ހަމްދީ އާއި އަޒީޒް ވެސް އެނބުރި އައީ އެވަގުތުކަމުން އަރްކާން ދެއްކިވާހަކަ އެމީހުންނަށް ވެސް އިވި ތިބީ ވަރުގަދަ ޝޮކެއްގައެވެ. އެންމެންނަށް ހުއްޓުން އެރި އިރު ނަސްރާ އާއި ޝަވަންގެ މޫނުތައް ވަކިން ރަތެވެ. ރުޅި ގަދަވެގެން ނަސްރާ ތުރުތުރު އަޅައިގެން ގޮތުން ޝަވަންގެ އަތުގައި ހިފައިގަނެވުނެވެ. އީވާގެ މަކަރުވެރި ކަރުނަތައް ހުއްޓުވާލުމަށް ފަހު ބަލައިލި އިރު އަޒީޒްއާއި ދިނާޔާގެ މޫނުން އޭނާ އުއްމީދު ކުރި ފަދަ ރުޅި ވެރިކަމެއް ނެތުމުން ކަމަކު ނުދިޔައެވެ.

“މަންމާ.. ދޮންބެ އެކަހަލަ ކަންތައް ކުރީމަ އޯކޭ ވެފަ ތިބެނީ ކީއްވެ.. އީވް ކަމެއް ކޮށްފިއްޔާ ތަ ގޯސްވަނީ..މިއޮތް އެންމެން ކައިރީގަ ސަޕްރާއީޒް އިވެންޓެއް އެބަ އޮތޭ ކިޔާފަ .. ކިހާ ރީތި ދެ”

“އޯހް ޕްލީޒް އީވާ.. އީވާ އަކަށް ނުޖެހޭނެ މަ ކުރާ އެއްވެސް ކަމަކާ ބެހޭކަށް .. ކުޑަ ކުދިން ތިބެބަލަ އަނގަ ގަދަ ނުކޮށް މައިތިރި ވެގެން” ހަރުކަށިވެފައި ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އަރްކާން އީވާއަށް ރައްދު ދިނީ ހަމައެނި އޭނާއަށް އިވޭހާ މަޑުންނެވެ.

“އަލާރާ ފިލީ ނޫން ބާ.. އެކަމަކު މިހާ ވަގުތު ކުޑަތަން ވީމަ އެކަހަލަ ކަމެއް ކޮށްގެން ހާދަ ގެއްލުމަކަށް ވާނެއޭ” ނަސްރާގެ އަޑު އައީ ނުރުހުމާއި އެކުއެވެ.

“އަލާއާއި ޝަވަންގެ ރަންކިއުން ކުރިއަށް ނުގެން ދެވުނިއްޔާ، ޝަވަން އާއި އީވާގެ ރަންކިއުން ރަނގަޅު ވާނެ އެންނު” އަމީނާ ބުނެލި ޖުމްލައިން ހުރިހާ އެންމެންގެ ދެލޯ ބޮޑުވިއެވެ.

“އެހެން މިބުނީ އީވާ މާ އެކަން ކުރުވަން އުޅޭ ހެން ހީވާތީ… އީވާ އެހެން ބުނި އިރު ވެސް އެނގޭ ދޯ އެއީ އަހަރެމެން ކިހާ ނުރުހިފަ ތިބި ކަމެއްކަން ..އާންޓްއަށް ވެސް ރަނގަޅު ތިގޮތް.. އަލާ ހަމަ އެހެދީ އެންމެ ރަނގަޅަށް..”އީވާގެ ބަސްމަގު ހުރި ގޮތުން ނުރުހުން ވެފައި ހުރި ވަރު އަމީނާގެ މޫނުމަތިން ހާމަ ވެއެވެ. އީވާ ވެސް ގަދަކަމުން  ދެލޮލުން ބާލުވަމުން ދިޔަ ފެންތަކާއި އެކު ދެލޯ ބޮޑުވެފައި ހުރި އިރު ބަސްހުސްވެފައިވާ ފަދައެވެ. އަމީނާގެ މޫނުމަތިން ފެނުނު ރުޅި ވެރި ކަމަކުން އީވާ އަށް އިސް އުފުލާލާކަށް ވެސް ނުކެރުނެވެ.

“ނަސްރާ ދައްތަ ތި ބުނީ އަލާ ފިލާނެ އޭތަ.. ނޫނޭ ކަލޭމެންނަށް ތިތިބީ އޮޅިފަ.. މީގެ ކުރިން ވެސް ޝަވަން އޮތީ އަލާއަށް ހެދި ގޮތެއް ހަދާފަ.. އަލާ އެއް ނޫން.. އެހެން ނޫނަސް ލޮލަށް ނުފެންނަ ކުއްޖަކަށް މީހެއްގެ އެހީއާއި ނުލާ ދެވޭނެ މާ ގިނަ ތަންތަނެއް ނޯންނާނެ… އެހެން ވީމަ ކަލޭމެންނަކަށް ނުޖެހޭނެ އަލާއަށް ޑިސްރެސްޕެކްޓް ކުރާކަށް..” ނަސްރާގެ ދެލޮލަށް ބަލަން ހުރެ ސާބިތުކަމާއި އެކު އަރްކާން ބުނެލިއެވެ. އެ ތޫނު ނަޒަރުން  ހީވީ ނަސްރާ ފިއްސާލަ ފާނެ ހެންނެވެ.

“ދަރިފުޅާ ރެސްޕެކްޓް” އަރްކާން އަކީ ނުރުހުނަސް މީހެއްގެ ކުރިމަތީގައި އެ ގޮތައް ވާހަކަ ދައްކާ ޒުވާނެއް ނޫނެވެ. މިއަދު އެ ދެއްކި ހިތްވަރުން އެންމެ ބޮޑު ޝޮކެއް ލިބުނީ ދިނާޔާއަށެވެ.

“މަންމާ އަހަންނަށް އެނގެއޭ ރެސްޕެކްޓް ކުރަން ވީ މީހުން.. އެމީހުން ޖެހޭނެ ލަދު ގަންނަން ޝަވަން ޖެހި ސަކަރާތައް ފަހު ވެސް އަލާއޭ ކިއައިގެން އެގޮތައް ވާހަކަ ދައްކަން” އަރްކާންއަށް އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާތީ އަރްކާން ހުއްޓާލިއެވެ. ޝަވަން ލޯ އަޅައިލައިގެން ހުރި ތަން ފެނި ހައްތަހާ އަރްކާން ގާތައް ހައްތަހާ ހިނި އަންނަމުން ދިޔައެވެ.

އަޒީޒް އާއި ދިނާޔާގެ މޫނުމަތިން ފެންނަ މާޔޫސް ކަމުންތުންފަތުގައި ދައިގަނެފައި އަރްކާން އެ އަންނަމޭ ކިޔާފައި ހިނގައިގަތެވެ.

އެންމެ ކައިރިއަށް ހުރި ގެސްޓުރޫމްއަށް ވަދެ އަރްކާން ގުޅާލީ އަޒީޒްގެ ފޯނަށެވެ.

“ބައްޕަ އިތުރު މީހަކަށް ނާންގާ މަންމަ ގޮވައިގެން އާދެބަލަ ރޫމް ނަމްބާރ ޓޫ ޒީރޯ ވަން އަށް”  އަޒީޒްއަށް އެއްޗެއް ބުނެވުމުގެ ކުރިން އަރްކާނާ ފޯނު ކަނޑާލައިފި އެވެ. ކިތަންމެ ސިއްރުން ކަން ކުރަން އުޅުނު ނަމަވެސް ދިނާޔާގެ ކަރުނުތައް ފެނި އަރްކާންއަށް ކެތް ނުވީއެވެ.  މާ ގިނަ އިރެއް ނުވެ ދެމީހުން އައިސް ވަނެވެ. ފުރަތަމަ ވެސް އަރްކާން އަހައިލީ މީހަކަށް ފެންނާނެ ހެއްޔެވެ.

“ނޫނޭ ނޭނގޭނެ.. ކިހިނެތް ތަ ވެގެން މިއުޅެނީ.. އެ ޝަވަން އެކޭ ކިޔާ ސޮރު ވެސް ގުޑުވާ ނުލާ އެބަހުރި ރަނޑު އަންހެނެއް ހެން.. ” ވާނުވާ ނޭނގޭތީ އަޒީޒް އޭރުވެސް ހުރީ ކަންތައް ބޮޑުވެފައެވެ.

އަރްކާން ވާހަކަ ދައްކަން އަނގަހުޅުވާލި ހިނދު ދޮރުގައި ޓަކި ޖަހަން ފެށުމުން އަރްކާން ދޮރު ހުޅުވާލުމުން ބަލައިލި އިރު ކަޔާންއެވެ.

“އޭ ބްރޯ ބުނީމަ މަ ޖެޓީ ކައިރިޔަށް ދިޔައިރު އެ ލޯންޗް ނައްޓާލައިފި..އަލާ އޯކޭ ތޯ ބަލަން މި ގުޅަނީ ..އަދި މި ޒެވް ނުނަގާނެ ފޯނެއް ވެސް” ކަޔާންއަށް އަޒީޒްއާއި ދިނާޔާ ފެނުނީ ވާހަކަ ނިންމާލި ފަހުންނެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރި އިރު އަރްކާން ހަމަޖެހޭށޭ ބުނެފައި ކަޔާން ގާތުގަ ވެސް އިހަށް މަޑުކޮށްލުމަށް އެދުނެވެ.

“ކޮބާ ބުނީމެންނު އަލާ އޯކޭ އޭ.. ޒެވް އެދިޔައީ އަލާ ގޮވައިގެން މިރަށާއި ދުރަށް..އަހަރެން މި ވާހަކަ ދައްކާ ނިމެންދެން އެއްވެސް އެއްޗެއް ނުބުނެ އަޑު އަހާލަ ބައްޕަ ވެސް މަންމަ ވެސް.. މިތާގަ މާ ގިނަ އިރަކު ތިބެވޭކަށް ނެތް ބޭރުގަ މެހެމާނުން ބައިތިއްބާފަ..” އަރްކާން ދޫ ކޮށްލީ ފުންނޭވާއެކެވެ. ފަށާނީ ކޮން ކޮޅަކުން ބާއޭ ހީވެފައި އިރުކޮޅަކު ހުރެލާފައި އޭނާ ވާހަކަ ފެށިއެވެ. ހުރިހާ ކަމެއް ފެށިގެން ނިމެން ދެން ތަފްސީލާއި އެކު ކިއައިދިނެވެ. އެންމެ ފުރަތަމަ ވެސް ފެށީ އޮފީހުގައި ހިނގައިގެން އުޅޭ ހިޔާނާތުގެ ވާހަކަ އިންނެވެ. އަޒީޒް އާއި ދިނާޔާއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. ސާރާގެ ވާހަކައިން ފެށިއިރު، ޒެވިއަލްގެ މައިބަފައިން މަރާލި ދެމީހުން ދޫކޮށްލީވެސް ސާރާގެ ނަންމަތީގައި ހުރި މީހާ ކަމަށާއި އަޒީޒްގެ ކުންފުނީގައި ހިންގާފައިވާ ހިޔާނާތުގެ ކަންތަކުގެ ފަހަތުގައިވެސް ވަނީ ސާރާ ކަމަށް ތަފްސީލާއި އެކު ކިޔައިދިނެވެ. އަދި އެސް އެން ވީގެ ވާހަކަ ވެސް ކިޔައިދިނެވެ. އޭގެ ފަހުން ލިއާނާގެ ފަރާތުން  އަލާރާއަށް ބިރު ދައްކަން ވެގެން މީހަކު ގުޅާކަން އެނގިގެން، އެ ނަމްބަރު ހެކް ކުރި ހިނދު އެއީ ޝަވަން ކަން އެނގުނު ވާހަކަ ވެސް ކިޔައިދިނެވެ. އެދުވަހު ހެކް ކުރި އިރު ފޯނުން ފެނުނު ސާމާނުން ސާރާގެ ފަހަތުގައި ހުރީ ޝަވަން އާއި ޝަވަންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުންޏެވެ. ގަސްދުގައި އީވާގެ ނަން ނުބުނެ ދޫ ކޮށްލީ މިރެއަށް އޭނާ ވެފައިވީ ތައްޔާރީ ތައް ހަރާބު ވެދާނެތީއެވެ.

އަޒީޒްއަށް މޫނުގައި އަތް އެޅުނު އިރު ދިނާޔާއަށް ރޮވުނެވެ. ޝވަންގެ ނުބައިކަން ހާމަ ވެގެން ދިޔައިރު އެދެމީހުން ކުރެން އެކަކަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. ޝަވަން އެހާ ބޮޑު ކަމެއް ކުރި އިރު އެކަމުގެ ފަހަތުގައި ވަނީ ކޮންކަމެއް ކަން އަޒީޒްއަށް ވިސްނާ ވިސްނާ ވެސް ނޭނގުނެވެ. އެނދުމަތީގައި ހަމަ ޖެހިލައިގެން އެހެން އިން އިރު ކުއްލިއަކަށް އޭނާގެ ހިތައް ކަމެއް ވަނެވެ. ވަގުތުން މީހާ ދާ ހިއްލައިގަތެވެ.

“އަލާ ސޭފް ދޯ” ކަރުނައިގެ ތެރެއިން ދިނާޔާ އެއްސެވެ. އަރްކާން ކައިރިވެލުމަށްފަހު ދިނާޔާގެ ދެލޯ ނުހަނު ލޯބިން ފުހެލަނުމަށްފަހު ބޯ ޖަހައިލިއެވެ.

“މަންމަމެން މިއިން ކަމެއް އެނގުނު ކަމަށް ވެސް ނުހަދާ އަދި މަޑު ކޮށްލަދީ.. ދެރަވާ ކަމަށް އެކްޓް ކޮށްލަ ދީ.. މިއަށް ވުރެން ތަފްސީލްކޮން ވެސް އަދި ކިޔައިދޭނަން.. އެކަމަކު ވިވަގުތު ނެތް ކިޔޭކަށް.. ބައްޕަ އަށް އެނގޭތަ އެމީހުން އެހެން އެއުޅޭ ސަބަބެއް” އަރްކާން އަހައިލިއެވެ.

“ދަރިފުޅާ ބައްޕައަށް އެއްޗެއް ހީޥާން ފަށައިފި…އެކަމަކު، އެކަމަކީ ނިމިފަ އޮތް ކަމެއް .. ހަމްދީ ނޫޅޭ ވަރަކުން ޝަވަން އުޅުމުގެ ބޭނުމެއް ވެސް ނުފެނޭ”

“ކޮންކަމެއްގެ ވާހަކަ ތަ އަޒީޒް ތި ދައްކަނީ.. “އަޒީޒް ބުނެލި ޖުމްލަތައް މާނަ ކުރާކަށް ދިނާޔާއަކަށް ނޭނގުނެވެ.

“އަހަރެމެން ތިން މީހުން ދެން ހަމްދީއަށް އެނގޭނީ އަލާއަކީ އަހަރެމެންގެ އަސްލު ދަރިފުޅެއް ނޫން ކަން.. ހަމަ ގައިމް ވެސް  ހަމްދީއެއް ނުބުނާނެ..” އަޒީޒްބުނެލި ޖުމްލައިން ސިހުން ލިބުނީ ކަޔާންއަށެވެ. ދެލޯ ބޮޑުވި އިރު އަރްކާންގެ މޫނަށް ބަލައިލެވުނެވެ. އޭނަގެ މޫނުން ވެސް ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެންނަން ހުރި ނަމަވެސް އެފަދަ ހަބަރެއް އިވުމުން ލިބެންވާ ހައިރާންކަމުގެ ކަންފުޅެއް ވެސް ނުވެއެވެ.

“ކީކޭ.. އަލާ އަކީ އަޒީޒްބެ އާއި ދިނާ ދައްތަގެ ދަރިއެއްނޫނޭ” ކަޔާންއަށް އިސްތަށިގަނޑުގެ ތެރެއަށް އަތް މުހާލެވުނު އިރު އަރްކާން ވެސް ތުންފަތުގައި އަތް އަޅައިގެން ހުރިގޮތައް ހުއްޓެވެ.

ކަޔާންގެ ސުވާލަށް ޖަވާބު ދެވޭވަރަށް ވުރެން އަޒީޒްއާއި ދިނާޔާގެ ހާލަތު ދެރައެވެ. ދެމީހުންގެ ލޮލުން ކަރުނަ އޮހެމުން ދިޔައިރު އެ ޖުމްލަ ދުލުން ބޭރުކުރީ ބޭނުންވެގެން ނޫން ކަން ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެއެވެ.

“އާން އަލާ އަކީ އަހަރެމެން ދެމީހުންގެ އަސްލު ދަރިއެއް ނޫން.. އަހަރެންގެ އެއްބަޑު އެއްބަފާ އަހަންނަށް ވުރެން ހަގަށް ހުންނަށް ހުންނަ ފިރިހެނާގެ ހުރި ހަމައެކަނި ދަރިފުޅު.. އެކަމަކު އަލާ ދެކެ އަހަރެންގެ އަމިއްލަ ދަރިންނަށް ވުރެން ބޮޑަށް ލޯބި ވެވޭ ކަމީ އެކަކަށް ވެސް އޮޅިފަ އޮންނާނެ އެއްޗެއް ނޫން.. ހިނގާފައި އޮތް ހާދިސާ ކިތަންމެ ހިތްޗަސް އޭގެ އަލާ ގެ އެއްވެސް ކުށެއް ނުވޭ.. ތިހުރިހާ ކަމެއްގެ ވާހަކަ ބުނީމަ ޔަގީން ވޭ އެބަ މިހާރު.. ފާތިމަތު ސާރާއެއީ ހަމްދީގެ ދަރިފުޅަށް އެންމެ ފުރަތަމަ ކީ ނަން.. އެކުއްޖާއަށް މަހެއް ވި ތަނާ ނަން އެނބުރީ.. ފަހުން ކީ ނަމަކީ ފާތިމަތު އީމާން ހަމްދީ..” ދެލޮލުން ތިކި ޖަހާލި ކަރުނަ ތިކި ފުހެލަމުން އަޒީޒް ބުނެލިއެވެ. އެއަޑު އިވި އަރްކާންއާއި ކަޔާންއަށް ލިބިގެން ދިޔައީ ސިހުމެވެ.

“ވެއިޓް .. މިތަނަން އައި ތަނާ އެކުވެރިއެއް ފޮނުވި އެހަބަރު ލިންކް.. އޭގައި އިނީ ވެސް އިނީ ތިބުނާ ގޮތައް ފާތިމަތި އީމާން މަރާލި ވާހަކަ.. އޭނާ މަރާލި މީހަކީ މާއިދު ރަޝާދު ކަމަށް އިނީ.. ބޭބެ އާއި ވަރަށް ވައްތަރު އެ ނޫހުގަ އިން މީހާ.. އެއީ.. އެ..އެއީ ތަ އަލާގެ ބައްޕަ އަކީ” އަހަން ނުކެރި ހުރެފައި ކަޔާން އެއްސެވެ. ލަސްލަހުން އަޒީޒް ބޯ ޖަހައިލި އިރު އޭނާގެ ލޮލުން އަނެއްކާ ވެސް އޮހިގަތީ ކަރުނައިގެ ކޯރެކެވެ. އަރްކާންއަށް އެ މަންޒަރު ބަލަން ހުންނަން ކުޅަދާނައެއް ނުވިއެވެ. އަޒީޒްގެ ގައިގާ ބައްދާލަމުން ބުރަކަށީގެ ފިރުމާލިއެވވެ.

“އަލާއާއި ހިސާބަށް ދުވަހަކު ވެސް މިއިން އެއްވެސް ވާހަކަ އެއް ނުގެންދާތި.. އެކުއްޖާ ހިތްދަތި ވެގެން މަރު ވެސް ވެދާނެ.. އެއީ މުޅި އުމުރަން ވެސް އަހަރެންގެ އެންމެ ލޯބިވާ ދަރިފުޅު.. އެ ދަރިފުޅު ހަވާލް ކުރުމަށްފަހު އަސްމާ ކުރި ވަސިއްޔަތް އަދި ވެސް ސިކުނޑީގައި ގުގުމައި ކަހަލަ.. އަލާ އަކީ އަހަރެންގެ ލެޔެއް ނޫން.. އެކަމަކު އެއީ އަހަރެންގެ ފުރާނަ.. އެ ހާދިސާއާއި ކުރިމަތި ލާނެ  ހިތް ވަރެއް އެ ނިކަމެތި ކުއްޖާގެ ކިބަޔަކު ނުހުންނާނެ.. އަހަންނަށް ހީވަނީ ޝަވަންއަށް އެކަން އެނގިގެން އެއުޅެނީ އަލާއަށް ގޮތެއް ހަދަން ކަންނޭގެ.. އެހެން ނޫނީ އެ ކުއްޖާ އަށް ކީއްކުރަންތަ އިންޒާރުތައް ދީގެން ބިރު ދެއްކުވީ..ނުވިތާކަށް ސާރާގެ ނަމުގައި ހުރިހާ ގޭމް އެއް ކުޅުނީ” ދިނާޔާގެ ނަފްސަށް ވެފައިވި ދެރައިގެ މައްޗަށް ރުޅި ކުރި ހޯދި އިރު ޝަވަންއަށްޓަކައި ވީ ނިމުންނުވާ ނަފްރަތެވެ. ރުޅި ވެރިކަމެވެ. އޭނާ ދުނިޔޭގައި ހުއްޓާ އަލާރާއަކާއި ޝަވަންއަކަށް ނުކުޅެވޭނެއެވެ.

“ޝަވަން އެކަންޏެއް ނޫން ނަސްރާގެ އަތެއް ވެސް ވޭ.. މި ވާހަކަ ޒެވްއަށް ކިޔައިދޭން އުޅޭތާ ވެއްޖެ ދެދުވަސް ” ކަޔާން ކިޔައިދިނީ އާޔަންގެ ފަރާތުން އިވުނު ވާހަކަ ތަކެވެ. ނަސްރާއާއި ލަތީފްގެ އޮންނަ ގޮތްނޭނގޭ ގުޅުމުގެ ވާހަކައެވެ.

“ލަތީފް އޭ.. ސީޕީ ލަތީފް ތަ” އަޒީޒް ހައިރާން ވެފައި ހުރެ އަހައިލުމުން ކަޔާން ބޯޖަހައިލިއެވެ.

“ހަމްދީއާއި އިނުމުގެ ކުރިން ނަސްރާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ތިބުނާ ލަތީފްއާ.. އަދިވެސް އެ ގަނޑެއް އެބަ ގަނޭތާ ދޯ އެހެން ވީމަ.. މިހާރު މި އެނގުނީ ކީއްވެގެން ކަން އަހަރެމެން ލާފަ ހުރި ހުރިހާ މައްސަލަ ތަކެއް ކޮޅެއްގަ ނުޖެހިފަ އަދިވެސް އެގޮތުގަ އެ އޮތީ ކީއްވެ ކަން.. އަލާއަށް ހަމަލާ ދީގެން ދިޔަ އިން ތިންފަހަރު…ވީ ކަމެއް ނެތް.. އެ ލަތީފް ހުންނަނީ.. އަސްލު އަލާ ބޭނުން ނުވަނީ އަހަރެމެންގެ ބާރުގެ ބޭނުން ކުރަން އެހެންވެ އަހަންނަށް ވެސް މިހުރެވުނީ.. އަހަރެމެން މޮޔަކަމުން މަޑުން  މިތިބެވުނީ މިހުރިހާ ދުވަހެއް ވަންދެން… ބަލާ ހުރި ނުބައިކަން ހަމްދީއަށް ވެސް ނޭނގި ދޯ މި ގަނޑެއް އެ ގަންނަނީ” އަޒީޒް ރުޅި ގަދަވެފައިވީ ވަރުން ތުރުތުރު އަޅަމުންދިޔައެވެ.

“އަސްމާ އަކީ އަލާގެ އަސްލު މަންމަ ދޯ” ކަޔާން އަހައިލިއެވެ. ދިނާޔާއާއި އަޒީޒް އެކު އެކީގައި  ބޯ ޖަހައިލި އިރު އެ ލޯތަކުގައި ވީ ކަރުނައެވެ. ހީވީ މާޒީ އެމީހުންގެ ލޯ ކުރިމަތީގައި ރޯލް ވެގެންދިޔަ ހެންނެވެ.

“އެހެންވީމަ ސާރާ އަކީ އީމާން.. އީމާން މަރުވީމަ އޭގެ ބަދަލް އެހިފަނީ އަލާގެ ފަރާތުން.. އަލާ އަކީ އަސްމާ އާއި މާއިދުގެ ދަރިފުޅު.. އެމީހުން ކޮބާ” ކަޔާން އަހައިލި ސުވާލުން އަޒީޒްއަށް އިސްޖެހުނު އިރު ދިނާޔާއަށް ހައްތަހާ ރޮވުނީއެވެ.

“އަސްމާދައްތަ ނިޔާވީ އަލާ ވިހެއުމުގެ ތެރޭގަ.. މާއިދުގެ ވާހަކަ ނުދައްކަމާ ކަޔާން” އަޒީޒް އާއި ދިނާޔާ ތިބި ގޮތުން ޖަވާބު ނުދެވޭނެ ކަން އެނގުމުން އަރްކާން ނުބުނަން ހުރެފައި ބުނެލިއެވެ. އެކަމެއް ހިނގައި ދިޔައީ އޭނާ ނުހަނު ތުއްތު އިރުއެވެ. ނަމަވެސް ވާނުވާ އެނގެއެވެ. ކަންވަޅަށް ދާންދެން ވެސް ސިއްރުކުރަން، ދިނާޔާއާއި އަޒީޒް އެދުމުން އެދުވަހުން ސުރެން އެ ކަންތައް ގަނޑު ހިތުގައި ރައްކާ ކޮށްލައިގެން ހުރީއެވެ. އަލާރާއަކީ އަމިއްލަ ކޮއްކޮ ނޫން ކަން އެނގުނު ނަމަވެސް އަލާރާ ދެކެ އިންތިހާއަށް އޭނާ ލޯބިވެއެވެ. ތެދު ތެދަށް ބުނަންޏާ އީޥާއަށް ވުރެން ބޮޑަށް އޭނާ، އަލާރާ ދެކެ ލޯބިވެއެވެ.  އަލާރާގެ ސިއްރު ފޮރުވަން އަޒީޒްމެން ބުނުމުން އެކަން ކުރި ނަމަވެސް އެކަންތައް ގަނޑުގެ ފަހަތުގައި ވާ އެއްވެސް ކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ. ހަމްދީ އާއި  ނަސްރާގެ ދަރިއަކު މަރުވި ވާހަކަ ވެސް އެހިއެވެ. އަދި އޭނާގެ ބޮޑުބެ މާއިދު މީހަކު މަރާލި ވާހަކަ ވެސް އޭނާ އަހާފައި ވެއެވެ. ނަމަވެސް އެ ދެ ކަންތައް ގުޅިފައިވާ ކަމެއް އޭނާ ނުދެނެ ހުއްޓެވެ. އޭނާ އަހާފައި ވާ ގޮތުން މާއިދު މަރާލި ކަމަށް ވަނީ ފިރިހެނެކެވެ. ގޭތެރެގައިވެސް އެކަހަލަ ވާހަކަ އެއް އެހުން ވެސް އޮންނަނީ މަނާ ކޮށްފައެވެ. ކަޔާން އެދެއްކި ހަބަރު ފެނި އޭނާއަށް ވެސް ފާޑަކަށް ސިހުމެއް ލިބުނެވެ. އެއީ އޭނާއަށް ވެސް އާ ހަބަރެކެވެ. ސުވާލަކީ އޭނާގެ ބައްޕަ ފަދަ ވަރުގަދަ ޝަހުސިއްޔަތެއްގެ އާއިލާއާއި ގުޅޭ އެހާ ވަރުގަދަ ސިއްރެއް މީޑިއާގައި ވެސް ސިއްރު ކޮށްފައި އޮތް އޮތުމެވެ. މަންމައާއި ބައްޕަ  ކައިރީގައި އެ ވާހަކަ އަހަން ބޭނުންވި ނަމަވެސް ހާލަތުގެ ނާޒުކުކަމުން އެހޭކަށް ވެސް ނެތެވެ.

“އާންން.. ކީކޭ.. ޔެސް މިދަނީ.. ރައި އަށް ގުޅާފަ ބުނޭ ލިއާ ގޮވައިގެން އަންނާށޭ” ޝުހާދު ގުޅުމުން އަރްކާން އަވަހަށް ޖަވާބު ދިނެވެ.  ލަސް ނުކޮށް ދިޔުމަށް އޭނާ އަވަސް ވެގަތެވެ.

“އެންމެން ވެސް ކުޑަ ކޮން ގޭމް ކުޅެލަން އެބަ ޖެހޭ.. ނަމަ ނަމަ އީވާގެ ކައިރީގަ މިއިން ވާހަކަ އެއް ނުބުނައްޗޭ މަންމާ… ބައްޕާ ހާސް ނުވޭ.. ބައްޕަ ނުބުނަމެންނު މެހެމާނުން ކައިރީގަ ވެސް މިރޭ ކުރިޔަށް ގެންދަން ހަމަޖެހުނު އިވެންޓެއް.. ސަޕްރާއިޒް އެއްގެ ވާހަކަ އެންނު ބުނީ.. މެހެމާނުންގެ ކުރިމަތީގައި ލަދު ގަންނާކަށް ނުޖެހޭނެ.. އަހަރެން ކަމެއް ރާވާފަ އޮންނާނެ މާ ކުރިން ވެސް މިރެއަށް.. އުންމީދު ކުރަން ކަމުދާނެ ކަމަށް” ވާހަކަ ދައްކަމުން ގޮސް އަރްކާން އެންމެ ފަހު ޖުމްލަ ބުނެލީ ފާޑަކަށް ހެވިފަ ހުރެއެވެ.

 

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު