މި ޖިސްމުގާ ވަނީ 39 – Vaahaka by Ann
މި ޖިސްމުގާ ވަނީ

މި ޖިސްމުގާ ވަނީ 39

“މިބުނީ ހުރިޙާ ކަމެއްގައި ޔަނާލްއާއި އެކު އުޅުނީ ޝެޑީއެއް ނޫނޭ.. ދޮންބެދައްތަ ކިޔައިދީފި ހުރިހާ ވާހަކައެއް…. އަމް ސޯ ސޮރީ.. އެދުވަހު ވީ ގޮތުން އެހެން ގަބޫލްކުރަން ޖެހުނީ”
ނާޔާގެ ފަރާތުން އިނގުނު ހުރިހާ ކަމެއް ސަދަފްގެ ގާތުގައި ވިޝާމް ކިޔެވެ. އޭރު ދެލޮލަށް ޖަމާވި ކަރުނުތައް ހިފަހައްޓާލެވޭތޯ ސަދަފް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވިޝާމް ބައްދާލުމުން އޭނާއަކަށް ނުހިފެހެއްޓުނެވެ. އެފަދަ އަޅާލުމަކަށް އިންތިހާއަށް ބޭނުންވެފައި ހުންނަތާ ވީ ކޮން ދުވަހެއް ހެއްޔެވެ. ކުޑަ ކުއްޖަކު ފަދައިން ރޮވެމުން ދިޔައިރު ވިޝާމްގެ ދެލޮލުން ވެސް ކަރުނަތައް ނުހުއްޓުނެވެ. ސަދަފްގެ ހިތައް ހަމަޖެހުން އިޙްސާސް ވަމުން ދިޔައިރު ޖަޒުބާތީވީއެވެ. އިރުކޮޅެއް އެގޮތުގައި ވީފަހުން ކަރުނަތައް ހުއްޓުނެވެ. ވިޝާމްގެ ކޮނޑުން ބޯ ނެގިއިރު، ރުއިމުގެ ސަބަބުން މޫނުމައްޗަށް ރަތްކަމެއް ފެތުރިއްޖެއެވެ. ދެ ޒުޥާނުންނަށް ބަހެއް ނުބުނެވެނީސް ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އިޔާން ފެނި، ސަދަފް މުޅީން ހުއްޓުން އެރިއެވެ.
****
“އި..އިޔާ..ބުނީމެންނު މަޑު ކުރާށ-” ތެޅިގަނެފައި ވިޝާމް ބުނަން އުޅުނު ޖުމްލަ މެދުކަނޑާލީ އިޔާން އަތް ހިތްލާލުމުންނެވެ.
އިޔާންގެ ބަދަލުވަމުންދިޔަ މޫނުމަތީގެ ކުލަވަރުން، ހިތާއި ސިކުނޑީގައި ވަރުގަދަ ތޫފާނެއް ދިޔައީ އުފެދެމުންކަން އެމޫނަށް ހިންގާލާ އެންމެ ނަޒަރަކުން ވެސް ދެނެގަނެވެއެވެ. ދެލޯ ފެންކަޅިވެ އެސްފިޔަތަކައް ދިޔައީ ބާރުބޮޑު ވަމުންނެވެ. ކެތްތެރިވެ އެ ކަރުނަތައް ހިންދާލުމަށް ނުހަނު މަސައްކަތް ކުރިއެވެ. ނަމަވެސް، ހިތަށް ކުރަމުންދިޔަ އަސަރުތަކާއި، ނަފްސަށް ސަވާރުވަމުންދިޔަ މައްސުނި ޖަޒުބާތުތަކުގެ ސަބަބުން އެ ހިތްވަރު ހީވީ ނެތެމުން ދިޔަހެންނެވެ. ހަމަޖެހިލުމުގެ ނިޔަތުގައި ކިތަންމެ ވަރަކަށް ފުން ނޭވާތައް ބޭރުކޮށްލި ކަމުގައިވިޔަސް، ކަންފަތަށް އިވުނު ހިތި ހަގީގަތް، މުޅި ހަށިގަނޑުގައި ލޭކައްކުވާލައިފިއެވެ. އެންމެފަހުން ކެތްތެރިކަމުގެ އިން ފަހަނައަޅައި، އޭނާގެ ދެފައި ހަރަކާތްކޮށްލީ ހީވެސް ނުކުރާ ފަދަ ބާރުމިނެއްގައެވެ.
“އިޔާން…އިޔާން.. ކާމް ޑައުން” ބިރުގަނެފައި ހުރެ ވިޝާމްއަށް ގޮވާލެވުނެވެ. ދުވަހަކުވެސް އެހާ ބޮޑަށް އިޔާން ރުޅި އައިސްފައި ހުއްޓާ އޭނާ ނުދެކެއެވެ. ސިހުނީ އިޔާން އަތުން ގޮށްމުށުގެ ހަމަލާއެއް ސަދަފްގެ މޫނަށް ދިނުމުންނެވެ. ސަދަފް އެއިން ހަމަލާއަކުން ރެކި ގަންނަން ވެސް ނޫޅުނެވެ. ހުއްޓުން އަޜާފައި ހުރެވުނު އިރު ވިޝާމްއަށް ދެމީހުންގެ ދެމެދަށް ވަދެވުނީ އިޔާން ތިން ވަނަ ހަމަލާ ދޫކޮށްލަން ތައްޔާރު ވެލިހިނދުއެވެ. އޭރު ސަދަފްގެ ތުންފަތް ކައިރިން ފުދޭވަރަކަށް ބޮޑަށް ފެޅި ލޭ އަންނަމުންނެވެ.
“އިޔާން ހަމަޖެހިބަލަ” ވިޝާމް ގާތްވި ނަމަވެސް އޭނާ އެކަންޏަށް ހިފެހެއްޓުންވީ އުނދަގޫ ކަމަކަށެވެ. ވަރަށް މަސައްކަތުން ދުރުކޮށްލެވުނު އިރު އިޔާންގެ ދެލޮލަށް ޖަމާވި ކަރުނުތައް ލަސްލަހުން ފައިބަން ފެށިއެވެ.
ވިޝާމްގެ އަތް ދުރަށް ފޮޅާލަމުން އިޔާން ފަސް އެނބުރިލިއެވެ. އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނައިގެ ތިކިތައް ސަދަފްއަށް ފެންނާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނުވިއެވެ. އެނދުގެ ފަޑީގައި ދެއަތް އަޅުވާލައި، ބަރުވެފައިވާ ހިތަކާއެކު އިސްޖަހާލިއެވެ. އެހެން ހުރެ ފައިބަމުން ދިޔަ ކަރުނުތަކާއި އެކު ދެލޯ މަރާލެވުނު ހިނދު ސިކުނޑީގައި ރޯލްވެގެން ދިޔައީ މާޒީގެ އުފާވެރި މަންޒަރުތަކެވެ. ތިން ޒުވާނުން އެކުގައި އުޅުނު ދުވަސްތައް ވަކިވަކި ހަނދާނެއްހެން ހަނދާންކޮށްދެމުން ދިޔައިރު ލޮލުން ފޭބި ކަރުނަތައް ވީ އިތުރެވެ. އެގާތް ކަމަކީ ހަމައެކަނި އެކުވެރިކަމެއް ވެސް ނޫނެވެ. އިޔާން ދެކުނީ އެއީ އަމިއްލަ ކޮއްކޮއެއްގެ ވެސް ގޮތުގައެވެ. އެހާ ގާތް އިރު އެގުޅުން ނިމެން މެދުވެރިވި ސަބަބާއި ނުވިސްނާ އެންމެ ދުވަހެއް ވެސް ނުދެއެވެ. ސަދަފްގެ ކުށެއް ނެތް ކަމުގައި ހިތާއި ސިކުނޑި އިއްތިފާގުން އެއްބަސްވަމުން ދިޔައިރުވެސް އިޔާން ދުރުވާން މަޖުބުރުވީ ސަދަފްގެ އަނގައިން އެކަމާއި ދެކޮޅު ނުހެދުމުންނެވެ. އަމިއްލަ ދިފާއުގައި ބަހެއް ވެސް ބުނެނުލީމައެވެ. ސަދަފްއާއި މެދު ހިތް ސާފްވެގެން ދިޔައިރު، އިޔާން އެންމެ ދެރަވީ އެހެން އިތުރު މީހެއްގެ ފަރާތުން ކުޑަކޮން ވެސް އެއިން ވާހަކައެއް އިވިފައި ނެތީމައެވެ.
އެ ހަގީގަތް އިވޭނެ މަގެއް ނެތްކަންވެސް އޭނާއަށް ގަބޫލުކުރެވެއެވެ. ނާޔާ އެ ވާހަކަ ދައްކަން އުޅުނު ކޮންމެ ފަހަރަކު، އެކަން ހުއްޓުވީ ހުދު އޭނާއެވެ. އެންމެ ފަހުން އެ ދެމެދުގައި އުފެދުނު ދެބަސްވުންތަކަށްފަހު ނާޔާވެސް އެ ވާހަކަ ދެއްކުން ހުއްޓާލީއެވެ.
އުދާސްތައް މައިތިރިކުރަން މަސައްކަތް ކުރަމުން، އިޔާން ދެއަތުން މޫނު ފުހެލިއެވެ. އޭރު އެ މޫނަށް ވަނީ ފަނޑު ރަތްކަމެއް ވެރިވެފައެވެ. ވަރުބަލިވެފައިވާ ހިތަކާއެކު، އަލުން ސަދަފްއާ ކުރިމަތިލީ ހިތްވަރު އެއްކުރަމުންނެވެ.
” ހޭވް އެނީ ޓު ސޭ؟” އިޔާން އަހައިލީ ސަދަފްގެ މޫނަށް ބަލައިލަމުންނެވެ. އޭރު އޭނާގެ ދެލޯ ވެސް ހުރީ ތެމިފައެވެ. ތުންފަތުގައި ދަތްއަޅައިގެން ހުރެން ހިންދިރުވާލަމުން ސަދަފް ބޯޖަހައިލިއެވެ.
“އަމް ސޮރީ” ސަދަފްގެ ފުށުން އިވުނީ ހަމައެކަނި ދެ ލަފްޒެވެ. ވާހަކަ ދައްކަން ބޭނުންވެ އޭނާ ހުރީ އެކަމަށް ނުކުޅެދިފައެވެ.
“ދެން ފަހަރަކުން މާއިން ނޫނީ ތިގޭ އެހެން މީހަކު އެހާ ދަށް ލެވަލް އަކަށް ވެއްޓުނީމަ ސަދަފް ހުންނާނަން ދޯ އެމީހުންގެ ކުށް އަމިއްލަ ބޮލުގަ އަޅުވައިގެން؟ ކައިވެންޏާއި ހިސާބަށް ދާ ފަހުން އިންނަން ހުރި އަންހެން ކުއްޖާއާއި ވެސް ދުރަށް ގޮސްފާނަން ދޯ ހަމަ؟ މިބުނީ އިރަމްގެ ވާހަކަ” އިޔާން އަޑު ބާރު ނަމަވެސް އިހުހުރި ރުޅި ވެރިކަމެއްނެތެވެ. އެކަމުން ވެސް ސަދަފްގެ ހިތައް ތަސައްލީއެއް ލިބުނެވެ. އެކަމަކު އިރަމްގެ ވާހަކަ އިޔާން ފެށުމުން އުނދަގޫވިއެވެ.
“ނޫން…ނޫން! މިއީ އިރަމްއަކީ އިޔާންގެ ކޮއްކޮ ވެފަ އިރަމް ދެކެ މަ ލޯބިވާތީ ބުނާ އެއްޗެއް ނޫން.. އިޓްސް ބިކޯޒް އައި ކޭންޓް ޓްރަސްޓް އެނީވަން، އެނީމޯރ!.. ” ސަދަފްގެ ޖަވާބު ސާފެވެ. އެޖަވާބުން އިޔާންއަށް ހަމަޖެހުން ލިބުނެވެ. އެއްޗެއް ބުނަން އުޅެފައި ވެސް ސަދަފް ވާހަކަ ދައްކަން ފެށުމުން މަޑުޖެހިލިއެވެ.
“އަމް ސޯ ސޮރީ.. ބޭނުންވީ މާއިންއަށް އިތުރު އެއް ފުރުސަތު ދީގެން ވެސް އިސްލާހް ވޭތޯ ބަލަން.. އެދުވަހު ވަރަށް ރޮއެ އާދޭސްކުރި.. ކުރިން އެކަހަލަ މަންޒަރެއް ފެނުނީމަ ވެސް އެކަން ހަނދާން ނައްޓާލާފަ އިތުރު ފުރުސަތެއް ދޭން އެދުވަހު ހަމަ ބޭނުންވީ.. އެކަމަކު އެއީ ކިހާ މޮޔަ ސްޓެޕްއެއް ކަން ވިސްނުނު ފަހުން..”ދެލޮލުގައި ބޮނޑިވެފައިވާ ކަރުނުތަކާއި އެކު ސަދަފް ވާހަކަ ދެއްކިއެވެ. ނަމަވެސް އިޔާން، ކޮނޑާއި ކޮނޑު ޖައްސާލި ހިނދު ހީވީ މިހުރިހާ ދުވަހު ކުރަމުން ދިޔަ ހިތާމަ އެކީ ފިލައިގެން ދިޔަހެންނެވެ. ލިބުނު ހިތްހަމަ ޖެހުމުން ކަރުނަތަކާއި އެކު ވެސް ހީލެވުނެވެ. ދުރުގައި ހުރި ވިޝާމްއަށް ކަޅިއެއް ދިން އިރު، އޭނާގެ މޫނުމަތިން ހިނދުކޮޅަކަށް ވެސް ހިނިތުންވުން ނުފިލައެވެ.
****
ޔުމާން ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ދިޔައިރު ނިތުގައި ހިއްލާލައިފާ ވީ ތިކިތައް އަތުގެ ނުފުށުން ފުހެލިއެވެ. ދޭތެރެއަކުން އަތުކުރީގައި އޮތް ގަޑިއަށް ނަޒަރެއް ދެއެވެ. އޭނާ ދިޔައީ މީހަކަށް އިންތިޒާރު ކުރަމުން ކަން އެއަމަލުން އެކަނިވެސް ހެކިދެއެވެ. މާގިނައިރު އެގޮތުގައި ހުންނާކަށް ނުޖެހުނެވެ. ދޮރުގައި ޓަކި ޖަހައިލި އަޑަށް ހުރިޙާ ސަމާލުކަމެއް ވެސް ހުއްޓުނީ އެކަމަށެވެ.
“ނާސިފް.. ކޮބާ އެމީހުން؟” އެތެރެއަށް ވަދެގެން އައި ނާސިފް ފެނި ޔުމާން އަހާލިއެވެ.
“އެބަތިބި… ހަމަ އެތާގަ.. އޭނައާއި ޝަހީމް އުޅޭނީ އެކަމުގަ ތާ ދެން.. މިރޭ އެބައިން އޭނަ ކުރިން ގެނައި އެކުވެރިންގެ ތެރެއިން މީހެއްވެސް.. ދެންމެ މީހަކު ބުނާ އަޑުއެހިން، މާއިންގެ އެ ރައްޓެއްސަކީ ކޮންމެވެސް އަންހެން ކުއްޖަކާއި ބެހެން އުޅުނީމަ ޖަލަށް ލާފަ ހުއްޓަ މިނިވަން ވެގެން އައިސް އުޅޭ މީހެކޭ..” ނާސިފް މިފަހަރު ދިނީ ވެސް ޔުމާން ލޭ ކައްކުވާލި ހަބަރެކެވެ.
“އޭނައަކަށް ނޭނގޭނެ ދޯ މަ މިތާގަ އުޅޭކަމެއް؟”
“ލައްބަ.. އަޅުގަނޑު ފިޔަވާ އެއްވެސް ސްޓާފަކަށް ނޭނގޭނެ” ނާސިފްގެ ޖަވާބުން ހިތްހަމަ ޖެހިފައި ހުރެ ޔުމާން ބޯޖަހައިލިއެވެ. އޭނާގެ ފަހަތުން ޔުމާން ނުކުމަތީ މާއިން އިން ކަމަށް ބުނާ ސަރަހައްދަށް ދިއުމަށެވެ.
****
“އެ** ހީކުރީ ކަންނޭގެ ހުރިހާ ކަމަކުން މާ މޮޅުވެގެނަގެން އުޅޭ އިރު އެވަރުގެ ކަމެއް ނެތޭ.. ފެނުނަސް ރުޅިއާދޭ.. ހުރިހާ މޮޅެއް ނުޖެހޭ ދޯ ލިބޭކަށް.. އެހާ ރީތި ބިޓެއް.. މިފަހަރުވެސް ސަދަފްއަށް ޖެހޭނީ ހަމަ މަށައް ދޫކޮށްލަން” މާއިން ގޮނޑީގައި ރަނގަޅަށް ހަމަޖެހިލަމުން ބަލައިލީ މައްޗަށެވެ. އެއޮތްގޮތައް އޮވެވެސް ހީލީ ނުބައި ފާޑަކަށެވެ.
” އެ އަންހެން ގޮލާއަށް ވެސް މަގޭ ފައިބުޑަށް ހަމަ އަންނަން ޖެހޭނީ، ނައިސްފިއްޔާ މަށައް ވުރެން ނުބައި މީހަކު ނުހުންނާނެ.. ބަ* އެއް ކަހަލަ ****” އަތުގައި އޮތް ބަނގުރާފުޅި އަނގަޔަށް ޖަހައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައިރު އެ މަސްތުކަމުން މާއިންގެ ދެލޯ ހުރީ ކުޑަވެފައެވެ. އަނގައިން ބޭރުވަމުން ދިޔައީ އަޑުއަހާލަން ފަސޭހަ ބަސްތަކެއް ނޫނެވެ. އެއިން ކޮންމެ ޖުމްލައަކުން ދޭހަވަނީ ސަދަފްއާއި މެދު ހިތުގައި ނަފްރަތު އޮތް މިންވަރެވެ.
ޖެހިގެން އިން ގޮނޑީގައި ރަވީހް އިނީ އަމިއްލަ ދުނިޔެއެއްގައެވެ. ފުޅިއަކަށް ފަހު ފުޅިއެއް ހުސްކުރަމުން ދިޔައިރު، މާއިން ދައްކާ ކޮންމެ ވާހަކައަކަށް އޭނާ ދިޔައީ ތާއީދުކޮށް ބޯޖަހަމުންނެވެ. ދޭތެރެއަކުން ރައްދުވެސް ދެއެވެ. އެމީހުންގެ ގާތުގައި އިން ސަހީމްގެ ހާލު ވަކިން ގޯހެވެ. އޭނާގެ ދެލޯ މެރެމުންދާއިރު، އިންތަނުން ނުވެއްޓި އިނދެވެނީ ކިރިޔާއެވެ.
“އެގޮލާ އަށް ގޮތެއް ހަދަންވީނު” ނުބައި ފާޑަކަށް އިނދެ ރަވީހް ބުނެލިއެވެ.
މާއިން މެންނަށް ނުފެންނާނެހެން، ތަންކޮޅެއް ދުރުގައި އެހެނަސް އެމީހުންގެ ވާހަކަ އިވޭހާ ހިސާބުގައި ހުއްޓުނު ނާސިފާއި ޔުމާން އަށް ފުރަތަމަ ވެސް އިވުނީ ރަވީހްގެ އެ ޖުމްލައެވެ. ދެމީހުން އެކަކު އަނެއްކަކުގެ މޫނަށް ބަލައިލެވުނީ ހައިރާންކަމާއި އެކުގައެވެ. ކައިރިއަށް ދާން ނާސިފް އުޅުމުން ޔުމާން މަޑުކޮށްލީ އަދިވެސް އެމީހުން ދައްކާ ވާހަކައެއް އެހުމުގެ ޝައުގާއި އެކުގައެވެ. މާއިން ކައިރީގައި ހުރި ރަވީހް ފެންނަނީ ފަހަތުން ކަމުން އޭނާގެ މޫނެއް ޔުމާންއަކަށް ފެންނަ ގޮތެއް ނުވިއެވެ.

“ސަދަފްގެ ތަ؟ ލަސްވެއްޖެގޮތެއް ހަދަން މިހާރު! އާން ދެން މާ ބަ** ބޮޑުވަނީ.. ދެން މިބުނިހެން އިރަމް ނައިސްފިއްޔާ އޭނައަށް ވެސް ރޯޅި ބާލާނަން!.. އޭނާގެ ފޯނު އޮތީ މަ އަތުގަ.. ނައިސް ފިއްޔާ މި ފޮޓޯތައް ދައްކައިގެން އިންޒާރު ދޭނީ..” މާއިންގެ ޖީބުން ނެގި އިރަމްގެ ފޯނަށް ނަޒަރު ހުއްޓާލަމުން ވިހަ ގޮތަކަށް ބުނެލިއެވެ. ޔުމާންގެ ލޭ ކެކިގަތް އިރު، އެތަނަށް އިރަމްގެ ނަން އައުމުން ހައިރާން ވެސް ވިއެވެ. އެންމެ ބޮޑު ޝޮކެއް ލިބުނީ އިރަމްގެ ކުރީގެ ފޯނު މާއިންގެ އަތުގައިފ ފެންނަން އޮތުމުންނެވެ. އެ ފޯނު ޔުމާންއަކަށް ނޯޅޭނެތާއެވެ. އެއީ އިރަމްގެ އަށާރަ ވަނަ އުފަންދުވަހަށް، ނާޔާއާއި އޭނާ ގަނެދިން ހަދިޔާއެކެވެ. ފޮޓޯ ތަކޭ ބުނިއިރު، އެ ފޯނުން ގޯސް އެއްޗެއް މާއިންއަށް ފެނިއްޖެކަން ޔުމާންގެ ތޫނުފިލި ސިކުނޑިއަށް ވިސްނައިގަނެވުނެވެ. ބޯ ހާސްވީ ވަރުން އިސްތަށިގަނޑުގެ ތެރެއަށް އަތް ހަރާލެވުނެވެ.
“އައިސްފި ހިޔާލެއް .. ތި ފޮޓޯއާއި ގުޅުވާލައިގެން މިހާރު ވެސް އިރަމްއާއި ސަދަފްއާއި ދެމެދަށް ތިއަށް ވުރެން ބޮޑު ދުޝްމަންކަމެއް ގެނެވިދާނެ” ރަވީހް ވިހަ ޖުމްލައަކާއި އެކު އިންތަނުން ތެދުވެއްޖެއެވެ. އޭނާ އެނބުރިލީ ޔުމާން ހުރި ދިމާލަށެވެ. ރަވީހްއަށް ފެނުމުގެ ކުރިން ޔުމާން ނިވާވެލި ނަމަވެސް، އެ މޫނު ފެނި ހީވީ ކަރުގައި ހިފައި މީހަކު އޭނާގެ ނޭވާ ފިއްތާލި ހެންނެވެ. އެ ސޫރަ އޭނައަށް އޮޅޭނީ ކިހިނެތް ހެއްޔެވެ. އެއީ އިރަމްއާއި ބެހެން އުޅުނު ޒުވާނާއެވެ. އޭނާ އާއި އެކު މާއިން ހުރެ، އަދިވެސް އިރަމްގެ ނަން ކިލަނބުކުރަން ރާވަމުންދާ ރޭވުންތައް އިވި، ޔުމާންގެ ހަށިގަނޑުގައި ހިނގަމުންދިޔަ ލޭ ކެކިގަތީ ހީވެސް ނުކުރާ ފަދަ ބާރުމިނެއްގައެވެ. ކަރުގައި މީހަކު ބާރަށް ހިފަހައްޓާލުމުން ނޭވާ ހާސްވާ ފަދަ އިހުސާސެއް އޭނާއަށް ދިޔައީ ކުރެވެމުންނެވެ.
“ސްޕެއިން އިން ބޮސް އަންނާނެ ދެ ހަފްތާގެ ތެރޭގައި. މަ އަދި އަޑުއެހިން ޔަނާލް ވެސް ވަރަށް އަވަހަށް އަންނާނެއޭ މީހަކު ބުނާއަޑު. އޭރުން އަދި ހުންނާނެ މަޖާ! ހަހަހަހަ!” މާއިންގެ މަލާމާތުން ފުރިގެންވާ ހުނުމުގެ އަޑު ފަޒާގެ ތެރެއަށް ފެތުރިގެން ދިޔައެވެ.
“އެކަމުގަ މާއިން ވެސް؟ އަހަރެންގެ އަމިއްލަ ކޮއްކޮ، އަހަރެންގެ އަންހެނުންގެ ކޮއްކޮއާއި ބެހެން އުޅުނު މީހާ އާއި އެކީ؟ އޭގެ މާނައަކީ، މާއިންއަކީ ވެސް އެ ނުބައި ޖަރީމާގެ ބައިވެރިވި މީ..ހެ..ކޭ ތަ؟” ޔުމާންއަށް ދެފަރާތައް ބޯހޫރުވެމުން ދިޔައެވެ. އެ ޖުމްލަތައް އަނގައިން ބޭރުކުރެވެމުން ދިޔައިރު އޭނާގެ ދެފައިވެސް ބިމުގައި ހަރުލާ ގޮތެއް ނުވިއެވެ. އަރިއަޅާލަން އުޅުނު ހެން ހީވި ވަގުތެއް ވެސް ދިޔައެވެ. ނާސިފްއަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ.
ޔުމާންގެ ޖުމްލަތައް އިވި ލިބިފައި ޝޮކުން ނާސިފަށް އަރައިގަނެވުނު އިރު، އޭނާއަށް ވެސް ޔުމާންއަށް ބެލެމުން ދިޔައީ ހަމްދަރުދީން އިން ފުރިފައި ހުރެމެއެވެ.
“މާއިން؟.. އެއީ އެކަން ވީ ގޮތް ނަމަ ނާޔޫއަށް މަ ދައްކާނީ ކޮން މޫނެއް؟ ”
ޔުމާން އެފަދަ ހާލެއްގައި ހުއްޓާ ކުރަން އައިކަންތައް ނުކުރެވޭނެކަން ނާސިފަށް ވިސްނުނީކަންނޭގެއެވެ. އޭނާގެ އަތުގައި ހިފައިގެން އެހިސާބާއި ދުރަށް ގެންދިޔައެވެ. ދެމީހުން ވަނީ ޔުމާންއަށް ހާއްސަ ވިލާއަށެވެ. އެތެރޭގައި ހަރާކަތްތެރިވަމުން ދިޔަ ސްޓާފަށް ޔުމާން ހުރި ހާލަތުފެނި ހައިޜާން ކަމެއް ލިބިފައި ހުއްޓާ ނާސިފް އިޝާރާތް ކޮށްލީ ފެންފޮދަކަށެވެ. އޭނާ ބޯޖަހާލާފައި، އެނބުރި އައިސް ގެނައި ފެންތަށި ދިއްކޮށްލުމުން ޔުމާންއަށް އެއް ނޭވާއިން އެ ހުސްކޮށްލެވުނެވެ. ތަންކޮޅެއް ހަމަޖެހިއްޖެ ހެން ހީވުމުން ނާސިފް ސުވާލް ކޮށްލީ އިރަމްއާއި ބެހޭގޮތުންނެވެ.
ނާސިފަށް ދެންމެގެ މަންޒަރު ފެނިފައިވާތީ، އިރަމްއަށް ދިމާވި ހާދިސާ ޔުމާން ކިޔައިދިނެވެ. ފޯނުން ހޯދާލީ، އޮންލައިން ނޫހަކަށް އޭރު ލާފައިން ހަބަރެކެވެ. މައްސަލައިގާ ހައްޔަރު ކުރި މީހުންގެ ފޮޓޯތައް ފެންނަގޮތް ވުމުން، އެތަނުން ރަވީހްގެ ފޮޓޯއެއް ޔުމާން ދައްކާލިއެވެ. އެއާއި އެކު ނާސިފްއަށް އަނގަމަތީގައި އަތް އެޅުނެވެ.
“ޔުމާން ސާރ.. ކިހިނެތް ހަދަންވީ އެމީހުންނަށް؟.. އަހަރެމެން މިތަނަށް އައީ ވަގުތުން ފުލުހަށް ގުޅާފަ ރިޕޯޓުކުރަން ، އެހެންނު؟ އެކަމަކު މިވަގުތު މިފެނުނު މަންޒަރުން އަހަރެން ލަފާ ދެން އަދި މަޑުކޮށްލަން.. މާއިން އާއި ތިކިޔާ ރަވީހްގެ ގުޅުން އިތުރަށް ބަލަން ފެންނަނީ.. ކޮންމެ ވެސް ގޮތަކުން އިރަމްގެ ފޯނު ހޯދަންވީ ކަންނޭގެ ފުރަތަމަ.. ކީކޭ ބުނަނީ މިކަމަށް؟” ނާސިފް ބުނެލީ އޭނާއަށް ވިސްނުނު އެންމެ ރަނގަޅުގޮތެވެ. އެގޮތް ޔުމާންއަށްވެސް ކަމުދިޔަކަން އެނގުނީ އެމޫނުން ހިސާބަކަށް ހަމަޖެހުން ފެނުނީތީއެވެ. ދެރަވެފައިވާ ވަރުން އެވަގުތު ވާހަކައެއް ނުދެއްކުނެވެ. ބޭނުން ވެލީ އެކަނި ވެލުމަށެވެ.
ނާސިފަށް ވެސް އެކަން ވިސްނިގެން އިތުރަށް އެއްޗެއް ނުބުންޏެވެ. އޭނާގެ ހިތްވަނީ ޔުމާންއާއި ސަދަފް މެދު ހަމްދަރްދީން ފުރިފައެވެ. ކުރިއަށް ވުރެން ބޮޑަށް މާއިން ދެކެ ރުޅިވެސް އައެވެ.
ނާސިފް ދިއުމުން ޔުމާން ވަނީ އަމިއްލަ ކޮޓަރިއަށެވެ. އޭރު ދެލޮލުގައި ވީ ކަރުނުތައް ހީވީ ދެންމެ ދެންމެ ލޮލުން ފައިބާ ފާނެހެންނެވެ. ލޯބިވާ އަނބިމީހާއާއި ކުރިމަތިލާނެ ގޮތެއް އުޅެއުޅެ ވެސް ޔުމާންއަކަށް ނުވިސްނުނެވެ.
“ދެން އެބުނީ ޔަނާލް.. އޭނާ ރާއްޖެ އަންނަނީބަ ހަމަ؟ ކޮން ބޮސް އެއްގެ ޥާހަކަ ތަ އެބުނަނީ؟” އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ނަމަވެސް އެކަން ކަމަށް ވުރެން ބޮޑަށް އޭނައަށް ވިސްނުނީ މާއިންއާއި މެދުއެވެ. އެރޭ ޔުމާން ނުގުޅުމުން ނާޔާ ގުޅީވެސް އެހެން އޮތްވައެވެ. ނަމަވެސް ވާހަކަ ދައްކާނެ ހިތްވަރެއް ނެތެވެ. ފޯނު ނިވެންދެން ޑިސްޕްލޭއަށް ބަލަން ހުރެފައި ހަތަރު ފަހަރު ކެނޑުމުން ފޯނު މޭމަތީގައި ބާއްވާލިއެވެ. ޔުމާންގެބޯ ހާސްވެފައިވީ ވަރުން ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެގޮތުގައި އިރުގަނޑެއް ވިފަހުން ދެލޯ މަރައިލީ، ކުޑަ އިރުކޮޅަކަށް ވިއަސް ނިދާލެވޭތޯއެވެ.
****
އަށެއް ޖެހުމާއި ގާތްވެފައި ވަނިކޮން އެޕާޓްމަންޓް ހުންނަ އިމާރާތުން ސޯދިގް ނުކުތެވެ. ނޫކުލައިގެ ފުލުސް ޔުނީފޯމުގައި ހުރި އިރު ތޮފި އޮތީ އަތުގައެވެ. އެންމެ ތިރީގައި ހުންނަ ޕާކިން ޒޯނުގައި އޮތް އޭނާގެ ކާރު ނެރެގެން އޮފީހަށް މިސްރާބު ޖެހިއެވެ. މާލޭގެ ބިޔަ މަގުތަކުގައި ދުއްވާފައި ދިޔައިރު އިރުއިރު ކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހިންގާލައެވެ. ހީވަނީ މީހަކަށް އިންތިޒާރު ކުރާހެންނެވެ. އިމާރާތާއި ގާތްވެފައި ވަނިކޮން ބޭރުގައި މަޑުކޮށްގެން ހުރި އާޝިއު ފެނި އޭނާގެ މޫނުމައްޗަށް ދިރުމެއް އައިސްފިއެވެ. ސޯދިގް ކާރު މަޑުކޮށްލީ އޭނާ ހުރި ފަޅިއަށެޗެ. އެއްވެސް އެއްޗެއް ނުބުނެ ކާރުގެ ކުރީ ދޮރުފަތް ހުޅުވާލިއެވެ.
“ކޮބާ، ކިހިނެތް ހަދަންވީ؟ ” ސޯދިގް އަހައިލި އިރު އެމޫނުމަތީގައި މިފަހަރު ފެންނަން ހުރީ ކުރިން ފެންނަ ހިތްހެޔޮ ކުލަވަރާއި މުޅިން ނުބައްދަލު ކުލައެކެވެ.
“ކިހިނެތް ވާނީ؟ ރަވީހްއަށް މައިތިރި ނުވެވިގެން އުޅޭތީނު.. ކަލެއަށް އެކަން ވާނީ …. މިހާރު ވެއްޖެ މާއިން އާއި ދެމީހުން ރިސޯޓަށް ގޮސް.. އެހެން ރާބޮނިކޮން އެތަނުން މީހަކަށް ފެނިގެން ރިޕޯޓުކޮށްފިއްޔާ އަހަރެމެން މިކުރާ ކަންކަމުގަ ފައިދާއެއް ނެތެންނު.. ގެއިން ވެސް އެ ބޮވިދާނެ ދޯ މިދުވަސްކޮޅު އެހެން ނުދިޔަކަސް” އާޝިއު ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދެއްކިއިރު، އެ ވާހަކައިން ސޯދިގުގެ މޫނުމަތިން ތަފާތެއް ފާހަގައެއް ނުވިއެވެ. ހީވަނީ ރަވީހް ދިޔަކަން މާ ކުރިންވެސް އެނގޭހެންނެވެ.
”ލެޓް ދެމް އެންޖޯއި، ފޯރް އަ ވައިލް! އޭނަ ބައްޕަ ކެމްޕެއިންގަ ރާއްޖެ ތެރެއަށް ގޮސްގެން އުޅޭތީ އަޅާ ނުލާ މިހުންނަނީ.. މިރޭ އަންނާނެ.. ރަވީހް ބުނި އޭގެ ކުރިން އޭނަ ވެސް އަންނާނަމޭ” ސޯދިގް އިނީ ނުހަނު ހަމަޖެހިލާފައެވެ. އެ ޖަވާބުން އާޝިއުގެ މޫނުމަތީގައި ހުރި ނުތަވަސްކަން ހިސާބަކަށް ކެނޑުނެވެ.
“ދެން އިޔާން؟ އޭނަ އަށް ޝައްކުވިތަ؟”
“ނުވާނެތަ؟ ރަވީހް ގާތު މަޑުކުރަން ބުނީމަ ވެސް މިތަނަށް އައީ.. މިހާރު މިތަނުގަ ކިޔައިފި.. އެހެންވެ އެނގޭނެ އެންނު.. ނަސީބެއް ކަލޭ ބޯ ބަހައްޓާއިގެން މެޑިކަލް ރިޕޯޓުތައް ހެއްދިކަން” ވިހަ ގޮތަކަށް ސޯދިގް ބުނެލިއެވެ. އާޝިއު ވެސް ޖަހައިލީ މަކަރުން ފުރިގެންވާ ހިނިގަނޑެކެވެ.
****
“ކޮއްކޮ ތާކަށް ދާންވީމަ ގޮވާލަ އިނގޭ” އާދަމް ކާރުގެ ތެރެއިން ނުކުމެ ޒަންޔާއަށް ގޮވާލިއެވެ. ލުއި ހިނިތުންވުމެއްގައި ހުރެ ބޯޖަހައިލަމުން ދިޔައީ ގޭތެރެއަށް ވަންނާށެވެ. ޒަންޔާ އައީ ހޮސްޕިޓަލުގައި އިނދެފައި ނާޔާ ޑިއުޓީއަށް ދިއުމުންނެވެ. ގޭގައި ޔޫވިން ހުރުމާއި އެކު، އައީއެވެ. ޔުމާންއާއި އާމިލާ ވެސް ނެތުމުން ޔޫވީން މިވަގުތު ހުންނާނީ ގޭގައި ގެންގުޅޭ ކޮންމެ ވެސް މީހެއްގެ ގާތުގައި ކަން އެނގޭތީ އޭނާ އައީވެސް ފުދޭވަރަކަށް އަވަހަށެވެ. ސަބަބަކީ ނާޔާގެ މަތިން ހަނދާންވެ ޔޫވީން ރޯން ފަށައިފި ނަމަ އެއިން އެކަކުގެ ގާތުގައިވެސް ނުހުންނާނެތީއެވެ.
ލިވިންގް ރޫމު ސޯފާއެއްގައި ދެތިން ކުޅޭ އެތި އުނގައް ލައިގެން ޔޫވިން އިން އިރު ގާތުގައި މަންހާ އިންތަން ފެނުނެވެ. ފުރަތަމަ ފަހަރަށް ޔޫވިންގެ ގާތުގައި މަންހާ އިންދާ ފެނުމުން ޒަންޔާގެ އަނގަހުޅުވުނެވެ. އެގޭގައި ހޭދަކޮށްލި ހަމަސް ދުވަހު، އެކުއްޖާގެ ގައިގާ މަންހާގެ އިތުރުން ޝާއިރާ ވެސް އަތްލިކަމެއް ނޭނގެއެވެ. ނާޔާއާއި ޔުމާންގެ އިތުރުން ގޭގެ މީހުން ތިބިއްޔާ ގޮވާލަފާނެއެވެ. އެނޫން ގޮތަކަށް ކައިރިވެސް ނުވެއެވެ.
“ޒަންޔާ ފެނުމުން ޔޫވިން ސޯފާއިން ތެދުވެ އައިސް ގައިގާ އޮޅިގަތެވެ. ހިނިތުންވެލަމުން ޔޫވިން އުރާލައިގެން، މަންހާ އިންކަމަށް ވެސް ހަދާނުލާ ޒަންޔާ ހިނގައިގަތެވެ. އޭނާ އަވަސްވެގަތީ ޔޫވިންއަށް ކާއެއްޗެއް ދިނުމަށެވެ. ނާޔާގެ އޮފީސް ވަގުތު ކައިރިވީ އިރުވެސް ޔޫވިން ނުހޭލުމުން ދާން ޖެހުނީ ކާއެއްޗެއް ނުދީ ކަމުގައި ވަނީ ބުނެފައެވެ.
“މަޑުކޮށްބަލަ ، މަ އެކުއްޖާ ގޮވައިގެން އިންދަ ކޮންތާކަށް ތިގެންދަނީ؟” ޒަންޔާ ހުއްޓުނީ މަންހާގެ އަޑަށެވެ. ފަސް އެނބުރިލީ އިރު އޭނާ ހުރީ އައިސްފަހަތުގައި ޖައްސާފައެވެ.
“ދޮންބެދައްތަ ބުނެގެން” ޒަންޔާ ފޫހިވެފައި ހުރެވެސް ވާހަކަ ދެއްކީ ރީތިކޮންނެވެ. މަންހާ އެއްޗެއް ނުބުނެ ގޮސް ސޯފާގައި އަލުން އިއްތުމުން ޒަންޔާއަށް ނިތައް ރޫ އަރުވާލެވުނެވެ. އެއީ މަންހާގެ އުޅުމާއި މުޅިން ނުބައްދަލު ސިފައެކެވެ. އެހައިރާން ކަމުގައި ހުރެ ޒަންޔާ އަނެއްކާ ވެސް ހިނގައިގަތެވެ. އެކަމަކު، ސިޑިއާއި ހަމައަށް ގޮސް ފަސް އެނބުރި ބަލައިލީ މަންހާގެ އެއާދަޔާއި ހިލާފް މިޒާޖުން އުނދަގޫވި ވަރުންނެވެ. ނަމަވެސް ދެން ފެނިގެން ދިޔައީ އަދި މާ ތަފާތު މަންޒަރެކެވެ.
ކާބައިގެ ތެރެއިން ނުކުމަތީ ދެތިން ދުވަސްކުރިން، މަސައްކަތު މީހެއްގެ މަގާމަށް ގެއަށް ގެނައި ލަންކާ އަންހެނެކެވެ. ނަމަކީ ތާލިއާއެވެ. ބަލާބެލުމަށް އުމުރުން ވާނީ ތިރީހަކަށް އަހަރެވެ. އޭނާ ދިޔަ ގޮތައް ގޮސް ހުއްޓިލީ މަންހާގެ ގާތުގައެވެ. ތާލިއާގެ އަތައް މަންހާ ދިއްކޮށްލީ އެއްހާހުގެ ނޫޓު ބޮނޑިއެވެ. އޭގައި ހުރި ވަރެއް ވެސް މާ ބޮޑަކަށް ޔަގީނެއް ނޫނެވެ. ލިބުނު ހައިރާންކަމުން ޒަންޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މަންހާ އެނބުރި ބަލައިލާފާނެ ކަމުގެ ބިރަށް ޒަންޔާ މައްޗަށް އަރައިގެން ދިޔައެވެ.
ކޮޓަރިއަށް ވަދެ ޔޫވީން ރީތިކޮށްގެން، އަލުން ތިރިއަށް ފޭބިއިރު މަންހާ އަދި ތާލިއާ ވެސް އެތާކު ނެތެވެ. އޭރުވެސް، ދެންމެ ހިނގައި ދިޔަ ކަންތަކާއި މެދު ޒަންޔާއަށް ދިޔައީ ވިސްނެމުންނެވެ. ޔަގީނުން ވެސް ކޮންމެވެސް ގޯހެއް އެބައުޅެއެވެ. ސިކުނޑީގައި ނުރައްކަލުގެ ރަނގަބީލެއް ޖެހެމުން ދިޔައިރު ކަމެއް ހިނގަން އުޅޭފަދަ އިޙްސާސްއެއް ވެސް ދިޔައީ ކުރެވެމުންނެވެ. ވިޝާމްއަށް ގުޅުމަށް ހިތައް އަރާފައި ވެސް، ޔޫވިން ހުރުމުން ޒަންޔާ އެވަގުތު ކާކޮޓަރިގެ ތެރެއަށް ވަނެވެ.
****
ބަދިގޭގެ ތެރޭގައި ހުރި ބޮޑު ތަވައިގެ ތެރެއިން ޒައިތޫނި ތެލާއި ލޮނުމެދު މީރުވާ ވަސް މުޅި މާހައުލުގައި ހިފާލާފައި ހުއްޓެވެ. އަމީރާގެ ހުރިޙާ ސަމާލްކަމެއް ހުރީ އެކަމަށް ހުއްޓިފައެވެ. ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރު ކުރަމުން ދިޔަ “ޕައެޔާ” ތަވައިގެ ތެރެއަށް އެންމެ ފަހު ކަމަކަށް ސެފްރޯން ކޮޅެއް ބުރުވާލިއެވެ. އެހީތެރިވާން ހުރި ކުއްޖާ ތައްޓެއް ކައިރި ކޮށްލަ ދިނުމުން ސިކުންތުކޮޅެއްގެ ތެރޭގައި ރީތި ޑިޒައިނަކަށް ތަށީގެ ތެރެއަށް ސާމާނު ކޮޅު އަޅާލިއެވެ. އަދި ތަށީގެ ފުރިހަމަކަމަށް ބަލައިލީ ހިތްހަމަ ޖެހިފައި ހުރެއެވެ. ކާ އެއްޗިހި ގެންދިޔުމުގެ ކުރިން އޭނާ އަބަދުވެސް ދެތިންފަހަރަށް ކޮންމެ ތައްޓެއް ވެސް ބަލައި ފާސްކުރެއެވެ. ކަސްޓަމަރުންގެ ފަރާތުން އެންމެ ޝަކުވާއެއް ވެސް ވެސް އައުމަށް އޭނާ ނޭދެއެވެ. ތަށި ގެންދިޔަ ތަން ފެނިގެން ގައިން އޭޕްރޯން ވަކިކޮށްލަމުން ހިނގައިގަތީ ވަރުބަލިކަން ފިލުވާލުމަށް ތަނެއްގައި އިށީންދެލުމަށެވެ.
“އާހްހް، ސޯ ޓަޔަޑް…” ކައްކާ ބައިގެ ހޫނުމިން ހުރި މާހައުލުން ނުކުމެ، އޭނާ ވަނީ އެބަޔާއި ގުޅިގެން ހުންނަ މުވައްޒަފުން އަރާމުކޮށްލުމަށް ހާއްސަކޮށްފައިވާ ހިތްފަސޭހަ މައިދާނަށެވެ. އެތަނުގައި ހުރި މަޑު ސޯފާއަކަށް ވަރުބަލިވެފައިވާ ހަށިގަނޑު ދޫކޮށްލެވުނު ހިނދު، މުޅި ހަށިގަނޑަށް ލުއިކަމެއް އިހުސާސްވެ، ބޮޑު ނޭވާއެއް ބޭރުކޮށްލެވުނެވެ.
ބޯދަށައް އެއް ލައްވާލަމުން އަނެއް އަތުން ފޯނު ނަގައި ބަލައިލިއެވެ. މެންދުރުން އަނބުރާ އެކެއް ޖެހިއިރުވެސް، އިންތިޒާރު ކުރެވެމުންދިޔަ އިޔާންގެ މެސެޖެއް ނާންނާތީ ހިތުގައި ކުޑަ މާޔޫސްކަމެއް އުފެދި، ތުން އޫކޮށްލެވުނެވެ. ގުޅަން އުޅެފައިވެސް މަސައްކަތުގައި ބުރަކޮން އުޅެފާނެކަމަށް ވިސްނާފައި އެހިޔާލް ދޫކޮށްލިއެވެ. ފޯނު މޭމަތީގައި ބާއްވާލައިގެން، ލޯ މަރާލައިގެން އޮތީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަރާމުކޮށްލުމުގެ ނިޔަތުގައެވެ. ނަމަވެސް އެ ހަމޭމޭކަން މެދުކެނޑުނީ ލައިލާ ގުޅަން ފެށުމުންނެވެ. ފޯނުގެ ސްކްރީނަށް ބަލައިލުމާއެކު، އަމީރާއަށް އަމިއްލަ ތުންފަތުގައި ދައިގަނެވުނެވެ. ގުޅާނަމޭ ބުނެ ލައިލާއަށް ނުގުޅާ ހުރެވުނު ހަނދާންވެ، ކުށްވެރިކަމުގެ އިހުސާސެއް ކުރެވުނެވެ. ކަރުކެހިލައި އަޑު ސާފުކޮށްލުމަށްފަހު، އަމީރާ ފޯނު ނެގިއެވެ.
“ސޮރީ ދައްތާ.. ހަނދާން ނުވެފަ މިހުންނަނީ، އުޅެން ޖެހުނު ގޮތުން” ފުރަތަމަ ވެސް އަމީރާ އިސްވެ މާފަށް އެދުނެވެ. އެއީ މާ ބޮޑު ކަމެއް ނޫން ކަމުގައި ބުނެ ލައިލާ އެދުނީ، މާދަމާ ކޮންމެހެން ހަދާފައިވެސް އޭނާއާއި ބައްދަލުކުރުމަށެވެ. ލައިލާގެ އަޑުގައި ހުރި އާދަޔާ ހިލާފު ނުތަވަސްކަން ފާހަގަވެ، އަމީރާގެ ހިތުގައި ސުވާލު މާކުތަކެއް ޖެހުނެވެ.
“ލައްބަ ދާނަން.. އެކަމަކު ދައްތާ، ކަމެއް ގޯސް ވީތަ؟ ހާދަ ހާސްވެފަ ހެން ހީވެއޭ” އަމީރާއަށް ކަންބޮޑުވެފައި ހުރެ އަހާލެވުނެވެ.
“އިޓްސް އެބައުޓް ހޫގޯ” ލައިލާ ފޯނުން ބުނެލީ އެހާ ވަރަށެވެ. އަމީރާގެ ހިތް ނުބައި ޒާތަކަށް ތެޅިގަތެވެ. އިތުރަށް ސުވާލް ކުރާނެ ޖާގައެއް ވެސް ނުދީ، މާދަމާ ރޭ ހަތެއް ޖަހާއިރު އޭނާ ބުނާ ރެސްޓޯރެންޓަކަށް އައުމަށް އެދި ފޯނު ކަނޑާލައިފިއެވެ.
ހޫގޯ؟ އަނެއްކާ އޭނާ ކީއްކުރީބާ؟” އަމީރާގެ ވިސްނުން އެކި މިސްރާބަށް ދަތުރުކުރަން ފެށިއެވެ. ހޫގޯގެ ނުބައި ރޭވުމެއް އަނެއްކާ ހާމަވީ ބާވައެވެ؟ ލޯލާގެ އެއްވެސް ހަބަރެއް ލިބުނީ ބާވައެވެ؟ ނޫނީ މާކިންއާއި ބެހޭ ހަބަރެއް ލިބުނީ ބާވެއެވެ؟ ހުރިހާ ވަހުމެއްގެ ތެރެއިންވެސް އޭނާގެ ހިތަށް އެންމެ ބޮޑު ބިރުވެރިކަމެއް ވަނީ މާކިންއާ މެދުގައެވެ. މާކިންއަށް ދެރަގޮތެއް މެދުވެރިވެދާނެ ކަމުގެ ބިރު ހިތުގައި އުފެދުމާއެކު، އަމީރާގެ ދެލޯ ކަރުނުން ފުރުނެވެ. އެކި ހިޔާލުތަކުގެ ތެރެއަށް ގެނބިފައި އޮއްވާ، ނޭނގި ހުއްޓާ ނިދީގެ ފުން ކަނޑަށް އޭނާގެ ވަރުބަލިވެފައިވާ ހަށިގަނޑު ޣަރަގުވެގެން ދިޔައެވެ.

ކައްކާ ބައިގެ ތެރެއިން ލައިބާ ނުކުތީ އަމީރާ ކޮބާތޯއެވެ. އަތުގައި އިން ތަބަކެއްގައި ޖޫސް ތައްތެއްގެ އިތުރުން އާވި އަރައަރާ ހުރި ނޫޑްލިސް ތައްޓެއް އިނެވެ. ބުރަކޮން އުޅެން ޖެހުމުން އަމީރާ ހުރީ މެންދުރު ނުކައި ކަން އެނގުމުން ލައިބާ ދިޔައީ އެދޭންވެގެންނެވެ. ދޮރާއި ހިސާބުން ފުރަތަމަ ވެސް ބައްދަލްވީ އާމިލާއާއިއެވެ.
“ކޮބާ ކިހިނެތް؟ ނިމުނީތަ ޑިއުޓީ؟” އާމިލާގެ ހިތްހެޔޮ މޫނުމަތިން ފެންނަނީ ތާޒާކަމެވެ.
“ރަނގަޅު.. މިހާރު ނިމުނީ މި، މެޑަމް ކިހިނެތްތޯ؟”
“އެހެންތަ، އަލްހަމްދުލިއްލާހް ބަރާބަރު ހަމަ..އެމީ އެބައުޅޭތަ؟”
“ނޫން… ހީވަނީ ސްޓާފް ރޫމްގަ ހެން ވީ.. ނުވެސް ކައި އެއުޅެނީ.. އެހެންވެ މިދަނީ މިދޭން ވެގެން..” ލައިބާ ހީލިއެވެ. އެހެންހޭ ބުނެ އާމިލާ އެދުނީ އޭނާގެ އަތައް ތަބައް ދިނުމަށެވެ. އޭނާ އައީ އަމީރާއާއި ބައްދަލް ކޮށްލަން ކަމުގައި ބުނެލިއެވެ. ލައިބާ ވެސް ބޯޖަހައިލަމުން ތަބަށް ހަވާލް ކޮށްލާފައި ދިޔައެވެ.
އާމިލާ ވަތް އިރު ސޯފާގައި ނިދިފައި އޮތް އަމީރާ ފެނި އޭނާ ދައްކަން އައި ވާހަކަ ވެސް ހަނދާން ނެތުނެވެ. ނިދިފައި އޮތް އިރު އެ މައުސޫމުކަމަށް އާމިލާގެ ހިތް ގެނބެން ނެގީ މަދު ސިކުންތުކޮޅެކެވެ. ތުންފަތުގައި ކުޅެހި ރީތި ހިނިތުންވުން ފުންވެގެން ދިޔައެވެ. ސޯފާގެ މަގަތުގައި ހުރި ކުޑަ ބިއްލޫރި މޭޒުގައި ތަބައް ބަހައްޓާލުމަށްފަހު އަމީރާގެ ކައިރީގައި އޮތް ހުސްތަންކޮޅުގައި އާމިލާ އިށީނެވެ. ކަޅި ޖަހާނުލާ އަމީރާގެ މޫނަށް ބަލަމުން ދިޔައިރު ދެލޯ ތެމެމުން ދިޔަކަން އިޙްސާސްވިއެވެ. ނަމަވެސް ފުހެލަން ވެސް ނޫޅެވި އިނދެވުނީއެވެ. އެއަށް ވުރެން ބޮޑަށް އާމިލާއަށް ހުރެވުނީ ގެއްލިފައެވެ.
ކަޅިޖަހާނުލާ އެ މޫނަށް ބަލަމުން ދިޔައިރު، އާމިލާގެ ދެލޯ ކަރުނުން ފުރި ބާރުވަމުން ދިޔައެވެ. ޔަގީނުންވެސް، އެ ކަރުނަތަކަކީ ހިތާމައިގެ ކަރުނައެއް ނޫނެވެ. ކުރެވެންފެށީ އެއާދަޔާއި ހިލާފް އިޙްސާސެވެ. އަމީރާގެ އެ ސޫރަ ފެނިލާ ކޮންމެ ހިނދަކު މައިވަންތަ ކަމުގެ އިޙްސާސް މޭގައި ހޭލައިގަންނަނީ ކީއްވެބާއެވެ؟ އެ އަންހެން ކުއްޖާ ހީވަނީ ހަށިގަނޑުގެ އެއްބައިހެންނެވެ. މުޅި ދުވަހު ހާސްކަމެއްގެ ތެރޭގައި އުޅުނު އިރު، މި އަންހެން ކުއްޖާ ފެނުމާއި އެކު އަޖައިބެއްފަދަ ގޮތަކަށް ނަފްސަށް ދިރުން ލިބިއްޖެއެވެ. އެ މައުސޫމު ސޫރަ ފެނި، އެ ހުރިހާ ހާސްކަމާއި ނުތަނަވަސްކަން ކަފަބޮލެއް ފަދައިން ވައިގެ ތެރެއަށް ބެހިގެން ދިޔައީ ފަޅި ސިކުންތެއްގެ ތެރޭގައިއެވެ. ފޯނު ނަގައި ކެމެރާގައި އެރީތި މަންޒަރު ރައްކާކޮށްލީ ކީކޭ ހިތައް އަރައިގެން ކަމެއް ނޭނގެއެވެ.
އެ ބުޅި އިސްތަށިގަނޑު ހައްޔަރު ކޮށްލާފައިވާ ހުޅިން މިނިވަން ވެގެން ދޮން މޫނަށް ގޯނާ ކުރަމުން ދިޔަ ކުޑަ އިސްތަށިކޮޅު ފެނި އާމިލާގެ އަތް ހަރަކާތް ކޮށްލެވުނެވެ. އެ މޫނާއި އަތް ގާތް ކޮށްލި ހިނދު އަމީރާގެ އެސްފިތައް ތަޅުވާލިތަން ފެނުނެވެ. އެއަތް ތިރިކޮށްލާފައި ކަރުނައިގެ އަސަރުވާ ކޯތާފަތް ނުހަނު އަވަހަށް ފުހެލިއެވެ.
“ދައްތާ؟” ދެލޯ އުނގުޅާލަމުން ނިދިއަޑަކުން އަމީރާއަށް ގޮވާލެވުނެވެ. ކުއްލިއަކަށް އާމިލާ ފެނުމުން ހައިރާން ވެސްވިއެވެ.
“އެމީ ހޯދަން އައި އިރު ނިދިފައި އޮތް ލެއް ލޯބިކަމުން މި އިންނަނީ ގޮވަން ވެސް ނުކެރިފަ.. ހެހެހެ.. ދައްތަ އައި ގަޑީގަ ލައިބާ އައި އެމީއަށް މި ހިފައިގެން.. މިތަނަށް ވަންނަން އައިމަ ގެނެސްދޭނަމޭ ކިޔާފަ މިގެނައީ” އާމިލާ ގަދަކަމުން ހިނިތުން ވެލަމުން ހިންދިރުވާލިއެވެ. އަމީރާ ހިނިތުންވެލީވެސް އޭނާގެ ހިތް ފަތަހަ ކޮށްލަމުންނެވެ.
“ލައި ނޯޒް މީ” ލައިބާއާއި މެދު ޝުކުރުން ފުރިފައިވާ ހާލު އަމީރާއަށް ބުނެލެވުނެވެ. އެކަމަކު އާމިލާ އިނުމުން އޭނާ އިނީ ކާން ނުކެރިފައެވެ.
“ކާލަބާ އިޓްސް އޯކޭ” އަމީރާއަށް ވެގެން ދިޔަ ގޮތް ވިސްނިގެން އާމިލާ ބުނެލިއެވެ. ނުކެރި އިނދެފައި އަމީރާ ކާންފެށުމުން ހިތްހަމަ ޖެހުނެވެ.
“ކަމަކު އޭ މިއައީ އަސްލު.. މިއުޅެނީ ޝެޑީ ބަލިވެގެން” އާމިލާ ބުނެލި އަޑުއަހާފައި ކެއުން ހުއްޓާލާފައި އަމީރާއަށް ބަލައިލެވުނެވެ. މޫނުމައްޗަށް ވެރިވީ ކަންބޮޑުވުމެވެ.
“ޝެޑީއަށް ކިހިނެތް ވީ؟ އިއްޔެ ނޫން ކުރީ ދުވަހު ވެސް ދިމާވި.. ”
“އިއްޔެ ހެނދުނު ކޮޓަރިން ނުނިކުމެގެން ދައްތަ ގޮސް ގޮވަނީ ގޮވަނީ..އެކަމަކު ދޮރެއް ނުހުޅުވި.. އެންމެ ފަހުން ވިޝާމް ކައިރީގަ ބުނީމަ ދިޔައީ.. ދޮރު ނުހުޅުވައިގެން އޭނާ ޑަބަލް ކީ އިން ހުޅުވީ.. އޭރު މުޅި ކުއްޖާ ހުމުން ބުރާންތިވެފަ.. ތުރުތުރު އަޅާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް.. އެވަރުން ވެސް މީހެއްގެ ކައިރީގަ ނުބުންޏޭ..”
“އަޅޭ.. ދާންވީ ގޮވާލަން.. ކޮންބައެއް ތިބީ؟ ވަރަށް ބޮޑުވަރުވިތަ؟”
“ލައްބަ ވަރަށް ހުންބާރު ގެންދިޔަ އިރު.. މުޅި ކުއްޖާ ދަމާލައިފި މިހާ އަވަހަށް … ދައްތަ މިއައީ އިނދެ އިނދެފަ.. މިހާރު ބޭބެ އާއި ވިޝާމް އެއުޅެނީ.. ދެން ޒަން އާއި ނާޔޫ.. ދެން ތިބީ ކަމެއް ވާ ވަރުގެ މީޙުންނެއް ނޫން.. ގޭގައި ގެންގުޅޭ މަސައްކަތު މީހުންވެސް ޝެޑީއަށް ވެފަ އޮތް ވަރުން ހާސްވެގެން ހޮސްޕިޓަލަށް ދިޔަ ވިއްޔަ.. އެކަމަކު ޝާއިރާއާއި އާއި އާޝިއު ނުދިޔަ ކޮބާތޯ ވެސް.. ދެން ހުރީ މަންހާ، މަންހާ ވެސް މިއަދު ކޮންމެހެން އޮފީހަށް ނުނިކުމަތަސް އަދި ވެދާނެ ކަންނޭގެ.. ދެން މާއިންގެ ވާހަކަ ހެޔޮވާނީ މިއުޑު ދޮށުގަ ނުދެއްކިއްޔާ” އާމިލާގެ މޫނުމަތީގައި ނުރުހުމާއި އެއްވަރަށް ދެރަވެސް ފެންނަމުން ދިޔައެވެ. އަމީރާގެ ހިތައް ވެސް އެކަމުން އުނދަގޫ ވިއެވެ. ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެއާއިލާގެ ކަމަކަށް އޭނާ ބަސްކިއުމަކީ އޭނާގެ ހައްގެއް ނޫންތާއެވެ. އަދި ރީތިކަމެއް ވެސްނޫނެވެ. ބޯޖަހާލަ ޖަހާލަ އިނެވެ. އެކަމަކު މަންހާ ޑިއުޓީއަށް އައޭ ބުނުމުން އޭނާ އިނީ ހިސާބަކާށް ސުވާލް އުފެދިފައެވެ.
“ދައްތަ ތިބުނީ މަންހާގެ ވާހަކަ ދޯ؟.. މިއަދު އޭނަ ނާދޭ ޑިއުޓީއަކަށް.. އިއްޔެ ވެސް ނާދޭހެން ހީވަނީ.. ކޮންމެވެސް ކުއްޖަކު ބުނި ބަލިވެއޭ އުޅެނީ” އަމީރާއަށް ބުނެވުނެވެ. އެއާއި އެކު އާމިލާގެ މޫނުމަތީގެ ކުލަވަރު ބަދަލްވިއެވެ.
“އޭން؟ އެކަމަކު ދެންމެ ގުޅިތަނާ ވެސް ބުނި މުހިއްމު މީޓިންގް އަކަށް ވަނީއޭ..” އާމިލާއަށް ގަބޫލް ނުކުރެވިފައި ބުނެލިއެވެ. އަމީރާ ދެފަޜާތައް ބޯހޫރުވާލީ އޭނަ ނާންނަކަން ޔަގީންކޮށްދީފައެވެ. މަންހާ އަކީ ބަދިގޭގައި އުޅޭ މީހަކަށް ވާއިރު އޭނާ އައިސް އުޅޭނަމަ އަމީރާއަށް ނުފެނި ހުންނާނެ ހެއްޔެވެ. ޑިއުޓީއަށް އައީން ސުރެން މިއަދު އަދި އަމީރާ އެއްފަހަރުވެސް ބަދިގެއަކުން ނުނިކުމެއެވެ.
“ގެއަށް ދެވުނީމަ އަހާނަމޭ، ޑިއުޓީއަށޭ ކިޔާފަ ކޮންތާކަށް ހޭ ތިދަނީ.. އަޖައިބެއް ނުވާނެ ތަ އަޅެ މަންހާ!.. ދޮގު ހަދާވަރުން އަހަރެން މި އިންނަނީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ..އެވަރު ބޮޑު ކަމެއްގަ އަހަރެމެން އުޅުނު އިރު އެތަނަށް ދާން ބޭނުން ނުވަންޏާ ވެސް އެހާ ބޮޑު ދޮގެއް ނުހެދިޔަސް، ދިމާލަށް ނުދާނަމޭ ބުނި ނަމަ” އާމިލާއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ. އާމިލާގެ މޫނުން ފެނުނު ރުޅިވެރިކަމުން ޖެހިލުންވެފައި އިނދެ އާމިލާ ހަމަޖައްސުވާލަމުން ދެތިން ޖުމްލަ އަމީރާ ބުނެލިއެވެ. މާ ބޮޑު މަސައްކަތެއް ނެތި އާމިލާގެ ރުޅި ފިނިވިތަން ފެނި ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.
“ދައްތަ އަސްލު އައީ، ޝެޑީއަށް ވަރަށް މީރު އެއްޗެއް ގެންދަން ވެގެން.. އެމީ މިތަނުގަ ހަދާ ކޮންމެވެސް ސްޕެނިޝް ސޫޕްއެއް ކަމުގޮސްގެން ވަރަށް އުޅޭނެ” އާމިލާ ބުނެލި ހިނދު އެދައްކަނީ ކޯއްޗެއްގެ ވާހަކަ ކަން އެނގިގެން އަމީރާއަށް ހީލެވުނެވެ. އޭރު އޭނާ ކައި ނިމިފައި ވާތީ ތެދުވެލިއެވެ.
“އެބަ އަންނަން އިނގޭ..މާ ލަހެއް ނުވާނެ .. ހަމަ ދިހަ ވަރަކަށް މިނެޓް ވާނީ” އާމިލާއަށް ބަހެއް ނުބުނެވެނީސް ފެނުނީ އަމީރާ އަލުން ބަދިގެ ތެރެއަށް ގޮސް ވަތް މަންޒަރެވެ. އޭނާއަށް ހީލެވުނީއެވެ.
“ހަމަ ސީދާ އަމާޔާގެ އުޅުން.. އަހަރެން އެންމެ ކަމަކު ބުނެލިޔަސް ވަގުތުން އެކަމަކަށް ދުއްވައި ގަންނާނެ، ހަމަ އެހެން” އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލި އިރު އާމިލާއަށް އިންތާކު ނީނދެވުނެވެ. ތެދުވެ ގޮސް ހުއްޓިލީ ދޮރު ކައިރީގައެވެ. އޭރު އަމީރާ އަވަސް ހަރަކާތާއި އެކު ކަޓިންބޯޑުގެ މަތީގައި ތަރުކާރީތަކެއް ކޮށަން ފެށިއެވެ. އެހެން ހުރެފައި ތެއްޔެއް އުނދުން މައްޗަށް ލާފައި ކޮށަމުން ދިޔަ ސާމާނުން ފަހަރަކު ބައެއް އަޅަމުން ދިޔައެވެ. ހަލުވި ކަމާއި އެއްވަރަށް އެހާމެ ފަރިތައެވެ. ހީވަނީ ކެއްކުމުގެ މަސައްކަތުގައި އެތައް އަހަރަކު ހޭދަކޮށްފައިޥާ ތަޖުރިބާ ކާރެއްގެ މަސައްކަތެއް ހެންނެވެ. އެ ކައްކާ އެއްޗެއްގެ މީރު ވަސް އެހިސާބަށް ވެސް އޭރު ވަނީ ފޯރާފައެވެ. ދުވަމުން ދިޔަމީރުވަހުން އާމިލާއަށް ނޭވާ އެތެރެއަށް ދަމާލެވުނު އިރު ، ހިނިތުންވުން ފުޅާވިއެވެ. އެ މަސައްކަތް ނިމުމުން އަމީރާ ނުކުތީ ތައްޓަކަށް އަޅައި ކޮތަޅެއްގެ ތެރެއަށް ތަށި ލައިގެންނެވެ.
“އަޅޭ ތެންކިއޫ.. ” އޭގައި ހިފަމުން އާމިލާ ޝުކުރު އަދާކޮށްލިއެވެ. “އެމީ ދާނަންތަ؟ ނިމުނީ ދޯ ޑިއުޓީ؟”
“ޑިއުޓީ ނުނިމޭ، އެކަމަކު މިވަގުތު ދެވިދާނެ..ވޮޝްރޫމަށް ވަދެފަ އެބަ އަންނަން” އެހެންބުނެ އަމީރާއަށް ރަނގަޅަށް ނުނިކުމެވެނީސް އެތެރެއިން މީހަކު ނުކުމެ ގޮވާލިއެވެ.
”އެމީ ، ވީ ނީޑް ޓް މޭކް، ޓެން މޯރ ސްޓީކްސް”
ތުން ނެރެލައިގެން ހުރެ އާމިލާގެ މޫނަށް ބަލައިލެވުނީ މާޔޫސް ކަމާއި އެކުއެވެ.
“ނިންމާފަ ދާނަން އިނގޭ” އަމީރާ އެތެރެއަށް ވަންނަން ދިޔައީ ހިތާއި ދެކޮޅަށެވެ. އާމިލާ ހިނިއައިސް ހުރެ އަވަސްއަވަހަށް ބޯޖަހައިލިއެވެ.
****
ސަދަފް ހުން މަޑުވެގެން ގެއަށް ދޫކޮށްލެވުނީ އެރޭ އަށެއް ޖެހުމާއި ގާތްވެފައި ވަނިކޮންނެވެ. ފަހުވަގުތު ތިބީ އާމިލާއާއި ހައިކަލްއެވެ. ތިން މީޙުން ގެޔަށް އައި އިރު، ބަގީޗާގެ ތެރޭގައި ހުރި ގޮނޑިތަކުގައި ޒަންޔާއާއި ނާޔާ މަޑުކޮށްލައިގެން ތިއްބެވެ. ކައިރީގައި ކުޅޭ އެއްޗިހިތައް ނަގައިގެން، ކުޅިވަރުގައި ޖެހިފައި ޔޫވިން ވެސް އިނެވެ. ސަދަފް ފެނުމުން ތިން މީހުން ތެދުވެގެންއައެވެ.
“ޔޫވީ ކުޑަބެ ކައިރިއަށް ދާން ކިޔާ ވަރުން ދާން އުޅެނިކޮން ބައްޕަ ކިޔައިފި މިހާރު ގެއަށް އަންނަނީއޭ.. މިހާރު ކިހިނެތް؟”
“ވަރަށް ފިޓު ވެއްޖެ.. މަންމަމެން ކައިރީގަ ވެސް ބުނީމޭ އޯކޭއޭ އެންމެން ނަޔަސް … އަސްލު އެކަނިވެސް މަޑުކޮށްލެވޭނެ.. ފަހުން ހުމެއް ވެސް ނެތް ވިއްޔަ” ޔޫވިން އުރާލަމުން ސަދަފް ވާހަކަ ދެއްކިއެވެ.
“ދެން ދަރިފުޅު އެތާގަ އޮއްވަ މަންމަމެން ނާންނާނެ ދޯ ގެޔަކަށް .. ދައްކާ ވާހަކަ” ސަދަފްގެ ޥާހަކަ އިވި އާމިލާ އަށް ބޯހުރުވާލެވުނެވެ.
“ކޮބާތަ އެ ޝާއިރާމެން؟” ހިތްހަމަ ނުޖެހިފައި ހުރެ އާމިލާ އަހައިލީ ނާޔާ ކުރެންނެވެ.
“ދެންމެ އަހަރެމެން މިތާގަ ތިއްބަ ގެއަށް ވަތްތަން ދެކުނިން .. އޭގެ ފަހުން ނުނިކުމޭ ދޯ” ނާޔާ ވާހަކަ ދެއްކިއެވެ. އާމިލާ ބޯޖަހައިލަމުން އެމީހުންގެ ފަހަތުން އެތެރެއަށް ވަންނަން ދިޔައެވެ.
ގެއަށް ވަނުމާއި އެކު ފުރަތަމަވެސް ކަންފަތުގައި ޖެހުނީ ސޯފާގައި މަންހާގެ ރުއިމުގެ އަޑެވެ. ޝާއިރާގެ ގައިގާ ބައްދާލައިގެން އިނދެ މަންހާ ރޮމުން ދިޔަ ގޮތް ފެނި އާމިލާގެ ދެފަޔަށް ލިބުނީ އާދަޔާއި ހިލާފަ ބާރެކެވެ. އާމިލާއަށް ދެވުނު ގޮތް ވެސް ނޭނގުނެވެ. އެދެމީހުން ދެކެ އައިސް ހުރި ރުޅިވެސް ވަތްތަނެއް ނޭނގުނެވެ. އޭރު ވަމުން ދާ ގޮތް ނޭނގޭތީ ނާޔާއާއި ޒަންޔާ، އެކަކު އަނެއްކަކުގެ މޫނަށް ބަލައިލިއެވެ. ހައިކަލްވެސް ހުރީ ހައިރާން ކަމެއްގެތެރޭގައެވެ.
“ކޮންމެވެސް މޮޅު ސްޓަންޓެއް އަނެއްކާ ވެސް ޖައްސަނީ ދޯ މީނަ” ފޫހި ވައްތަރެއް އަނގަޔަށް ޖައްސައިގެން ހުރެފައި ސަދަފް އަހައިލީ ނާޔާއާއި ޒަންޔާއަށް އިވޭ ވަރަށެވެ. ސަދަފްގެ ޖުމްލައިން ހިނިއައި ވަރުން ދެއަންހެން ކުދިންނަށް ޖެހުނީ ޖެހުނީ އަނގަމަތީގައި އަތް އަޅާ ހިނިގަނޑު މަތަކޮށްލާށެވެ.
“ކިހިނެތް ވީ މަންހާއަށް؟” އާމިލާ ހައިރާންވެ ހުރެ އެހިއެވެ. ޝާއިރާ ޖަވާބެއް ނުދިނެވެ. ދެލޮލަށް ގަދަކަމުން ގެނައި ކަރުނުތައް އާމިލާއަށް ދައްކާލިއެވެ. އެކަމުން ހައްތަހާ ބޮޑަށް އާމިލާ ހިތައް އުނދަގޫވެ ހާސްވަމުން ދިޔައެވެ. އެއްފަހަރު މަންހާއަށް، އަނެއް ފަހަރު ޝާއިރާގެ މޫނަށް ބަލަމުން އެތައް ސުވާލެއް އަހަމުންދިޔައެވެ.
“ކިހިނެތްތަ ވީ؟ ދޮންތަ ހާސްވާނެ ދޯ ވީ ގޮތެއް ނޭނގި ދެމީހުން ރޮންޏާ.. ތި ވެގެން އުޅޭ ގޮތެއްބުނެބަލަ؟ ކޮބާތަ އާޝިއު؟އޭނައަށް ކަމެއް ވީތަ؟” އާމިލާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. އެންމެފަހުން ހައިކަލް ވެސް ގާތް ވެދެމީހުން ގާތު ވީ ގޮތެއް ބުނުމަށް އެދެމުން ދިޔައެވެ.
“އިޓްސް ހަރ” މައުސޫމް ކަމާއި އެކުމަންހާ ގިސްލަމުން ދައްކައިލީ ދުރުގައި ހުރި ޒަންޔާއެވެ. އެންމެންގެ ނަޒަރު އަމާޒުވީ އިރު ޒަންޔާއަށް މިވަމުންދަނީ ކީއްކަމެއް ކުޑަކޮން ވެސް ނޭނގުނެވެ. ހައިރާންވާނެތާއެވެ. އޭނާ ގައިމުވެސް މަންހާއަކަށް ކަމެއް ނުކުރެއެވެ. އަމިއްލަ މެޔަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޒަންޔާ ހައިރާންވެ ހުރެ ދެލޯ ބޮޑުކޮށްލިއެވެ. ދެން މަންހާ ދައްކައިލީ ރަތް ވެފައިވާ މަންހާގެ އަތެވެ. ނަމަވެސް އެއަތާއި އޭނާއާއި ހުރި އެއްވެސް ގުޅުމެއް ޒަންޔާއަކަށް ނޭނގުނެވެ.
“އޭނަ ހެނދުނު ގެއަށް އައި ތަނާ ޔޫވީ ގޮވައިގެން އިނީ އަހަރެން .. ދަމުން ދިޔައީ އެކުއްޖާ ގަދަކަމުން ގޮވައިގެން .. ޔޫވީ ނުދާން އުޅުނީމަ ވެސް ޒަންޔާ ގެންދިޔައީ އަހަރެން ދެކެ އަންނަ ރުޅިން.. ދެން އަހަރެން އެހިން ކިހިނެތް ވެހޭ ތިގެންދަނީ.. އަނެއްކާ ބުނެވެސް ނުލަމެންނު ހޭ ، ބުނީމަ ޝީ ސެއިޑް ދޮންބެ ދައްތަ ބުނެގެންނޭ.. ބަޓް އަހަރެން ބުނީން ޔޫ ކެން ރެސްޓް އޭ ކުޑަކޮން، އަހަންނަށް ސަދަފްގެ ގާތައް ނުދެވުނީމަ އަހަރެން ބަލާ ދޭނަމޭ ޔޫވީ.. އަހަންނަށް ނުދެވުނަސް އެތާގަ އިނދެފަ އައި މިހަކު އަރާމް ކޮށްލަން ފޮނުވާލަން އަސްލު ބޭނުން ވީ.. އަނެއްކާ އަހަރެން ޑިއުޓީއަށް ގޮސް ވެސް ގެއަށް އައީ އެހެންވެ. ޔުމާން ދޮންބެ ނެތިފަ ދޮންބެމެން ނެތިފަ ކިހާ އުނދަގޫވާނެ.. ސޯ އައި ސެއިޑް ނިދާލާށޭ.. އެންޑް ޝީ ޑިޑް ދިސް… އަހަރެން އަތުގަ ހިފާފަ ކޮއްޕާލީމަ ވެއްޓުނީ” މަންހާ ހަދާލި މޮޅު ވާހަކައިން މުޅިތަނުގައި ހީވީ ވަރުގަދަ ބޮމެއް ގޮވާ ދިޔަހެންނެވެ. އާމިލާގެ މޫނަށް ރުޅިވެރިކަން ވެރިވި އިރު އިންތަނުން ތެދުވެ މަންހާގެ މޫނަށް ބަލައިލީ ގަބޫލު ނުކުރާނަމޭ ބުނާ ފަދައަކުންނެވެ. މަންހާގެ އަތު ބޮޑުބައެއް ދުޅަވެ ރަތްވެފައި ވީ ނަމަވެސް އެއީ ޒަންޔާ ކުރި ކަމެއް ނޫންކަން އޭނާގެ ހަވަނަ ހިއްސުވެސް އަންގާލަ ދިނެވެ.
ޒަންޔާއަށް ދެލޯ ބޮޑުކޮށްލެވުނު އިރު ހީވި ހުރިތަނައް އަބުރައިގަންނަން އުޅުނު ހެންނެވެ. މަންހާގެ ގައިގާ ދުވަހަކުވެސް އިނގިލި ކުރި ވެސް ޖައްސާނުލާއިރު އެފަދަ ކަމެއް އޭނަ ކުރާނީ ކިހިނެތް ހެއްޔެވެ. މިއަދު އެހިނގި ކަންތައް މަންހާ މުޅިން އޮޅުވާލައިގެން އެއަށް އިތުރު ފޮނިތޮށި ކާފޫރު ތޮޅި އެޅިގޮތައް، ޒަންޔާއަށް ދެވަނަ ފަހަރަށް މީހެއްގެ މޫނަށް ބަލައިލަން ނުކެރޭ ވަރުވިއެވެ. އެވަގުތު ވިޝާމް އަންނާނެ ނަމައޭ ހިތައް އެރި އަދަދެއް ނޭނގުނެވެ. އޭނާގެ ވާހަކައަށް ދެކޮޅަށްއެއްޗެއް ބުނަން އުޅުނު ހިނދު އާމިލާ ވާހަކަ ދައްކަން ފެށިއެވެ.
“ޒަން އޭ؟ މަންހާ ހާދަ ދޮގު ހަދައޭ ދޯ! ﷲއަށް ބިރުވެތިވެ ބަލަ! ޒަން އެކަހަލަ ކަމެއް ނުކުރާނެކަން ހުދު މަންހާއަށް ވެސް އެނގޭނެ! ވިޝާމް ގޭގަ ނެތްކަން ވެސް ރަނގަޅެއްނު، އޭނަ ހުރި ނަމަ މިރޭ މަންހާ މިގެއިން ނެރޭނެ”އާމިލާ ރުޅި ގަދަވެފައި ހުރި ވަރުން، ދެން ބަލައިލީ ޝާއިޜާގެ މޫނަށެވެ.
“ޝާއިރާ ވެސް ވެއްޖެ އެންނު ގޭގަ މަޑުވެފަ ދަރިން ހެޔޮގޮތުގަ ތަރުބިއްޔަތު ކުރަން، ގައިމު ވަޒީފާ އަދާ ކުރަނީ އެއްނޫން.. ދަރިން އުޅޭނެ ގޮތަކަށް އުޅެން ދުކޮށްލާފަ ތިމާ މީހާ ބޭނުންހާ ގޮތަކަށް އުޅުމުގެ ނަތީޖާ މިފެންނަނީ.. އެހެންނަމަ މަންހާ މެންނަކަށް މިވަރުގެ ބޮޑެތީ ދޮގު ހަދާކަށް ނުކެރޭނެ! މަހާއްކޮ ދުރުގައި އުޅޭ އިރު، އެކުއްޖާ ދުވަހަކުވެސް މި ލެވެލްއަކަށް ނުވެއްޓޭ! ކޮއްކޮގެ ކައިރިން ތަންކޮޅެއް އުޅެން ދަސްކޮށްބަލަ މަންހާ!” އާމިލާ ރުޅިގަދަވެފައި ހުރެ ވާހަކަ ދެއްކީ ނުހަނު ބާރަށެވެ. ޝާއިރާގެ މޫނު ރަތް ވެގެން ދިޔައިރު އަތް މުށް ކަރުވާލިއެވެ. އެއިން ކޮންމެ ބަހަކުން ލޭ ކެކެމުން ދިޔައިރު ހީވީ އަލިފާން ފަރުބަދައަކުން ކެކެމުންދިޔަ އަލިފާން ގަނޑެއް ހެންނެވެ. ނަމަވެސް އެތެރެއިން ހިންދާލިއެވެ.
“ދޮންތަ އަބަދުވެސް މިކަހަލަ ކޮންމެ ފުރުސަތެއްގަ އަހަރެން ދައްކޮށްލާނެ، އެކަމަކު މިފަހަރު މަންހާ އެހެދީ ތެދެއް .. މި މަންޒަރު ފެނުނޭ ގޭތެރޭގެ މީހަކަށް ވެސް” ޝާއިރާގެ ޖަވާބުން އެންމެންނަށް ވުރެން ބޮޑު ހައިޜާން ކަމެއް ލިބުނީ ޒަންޔާއަށެވެ.
“އަނެއްކާ އަނެއް ދޮގު! ދެން މިހާ ހިސާބަށް ދިޔައީމަ މަށަކަށް ވެސް ނުހުރެވޭނެ އެއްޗެއް ނުބުނެ އެއް، ތިންމީހުން އަމިއްލަ ގެއަށް ދިރިއުޅުން ބަދަލު ކުރޭ! އަހަރެމެންނާއި އަހަރެމެންގެ ދަރިން ޖެހޭހެން ކަންތައް ކުރުމުގެ ހައްގެ ޝާއިރާމެންނަކަށް ނޯންނާނެ.. އާމިލާގެ ކޮއްކޮއަށް ވިޔަސް މިގޭގެ ހިނގާނީ މަގޭ ބާރު” ޝާއިރާގެ ވާހަކައިން ހައިކަލް ރުޅިގަދަވެގެން ދިޔައިރު، ބަލައިލެވުނީ ޒަންޔާގެ މޫނަށެވެ. އޭރު ޒަންޔާގެ ދެލޮލުން ފެންތައް ފައިބަމުން ދިޔައެވެ. ނާޔާ އަތް ޖައްސާލައިގެން ހުރި އިރުވެސް މުޅި ކުއްޖާ ތުރުތުރު އަޅައެވެ. އެ މަންޒަރު ފެނުމުން ދުރުގައި ނުހުރެވުނެވެ. ކައިރިއަށް އައިސް ޒަންޔާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.
“ބައްޕައަށް އެނގޭ އެކަހަލަ ކަމެއް ނުކުރާނެކަން.. ދޭ އަރާމުކޮށްލަން އިނގޭ”
“ބޭބެއަށް ހެކި ދެއްކީމަ ގަބޫލު ކުރާނަންތަ؟” ރުއިމުގެ އަޑު ބާރުކޮށްލަމުން މަންހާ އެހިއެވެ.
“ހޫމް އެންމެ ރަނގަޅު ތިބުނާ ހެއްކެއް.. ހަނދާން ކުރަތި ދޮގެއް ހަދައިފިކަން މަށައް އެނގޭ ހިސާބުން ސީދާ ފުލުހުންނާއި ހަވާލުކުޜާނީ” އާމިލާ އިނގިލި ދިއްކޮށްލީ އިންޒާރާއި އެކުއެވެ.
“ތާލިއާ .. ތާލިއާ” ޝާއިރާވެސް ލޯ ފުހެމުން ގޮވާލިއެވެ. އެހިނދު ބަދިގެ ތެރެއިން ނުކުތް ތާލިއާ އައިސް ހުއްޓިލީ އާމިލާގެ ކުރިމަތީގައެވެ. އޭނާގެ ފޯނު ނަގައި ދިއްކޮށްލީ އެބެލުމަށް ބުނެއެވެ. އާމިލާ އެއްޗެއް ނުބުނެ ހުރެ އޭގައި ހިފާ ބަލާލި ހިނދު މުޅި މީހާއަށް ހުއްޓުން އެރިއެވެ. އޭގައިވަނީ ޔޫވިން ގޮވައިގެން ޒަންޔާ ހިނގައިގަތް ހިނދު ޔޫވީން ގެ އަތުގައި މަންހާ ހިފަހައްޓަން އަތް ދިއްކޮށްލި މަންޒަރެވެ.
“މެޑަމް، އަހަންނަށް ފެންނަނީ ޒަންޔާ މެޑަމް ޖަހަނިކޮން.. މަންހާ މެޑަމްއަށް ވަރަށް އަނިޔާ ވަނީ” އެހާ ބޮޑު ދޮގެއް އެންމެންގެ ކުރިމަތީގައި ހުރެ ހަދާލި އިރުވެސް ތާލިއާގެ މޫނުމަތިން ހާސްކަމެއް ނުފެނެއެވެ. އެއާއި އެކު އާމިލާއަށް ހުއްޓުން އަރައިފިއެވެ.
“ހަމަ އަސްލަށް ވެސް ތިއީ ތަ ތިމަންޒަރު ތާލިއާށް ފެނުނު ގޮތަކީ؟ ތިހެންތަ ތިކަން ހިނގާ ދިޔައީ؟ މަންހާގެ ގައިގަ ހަމަ އަސްލަށް އަހަރެން ޖެހިންތަ؟ ” ދެފަރާތައް ބޯހޫރުވާލެވުނު އިރު ޒަންޔާއަށް ރަނގަޅަށްވެސް ރޮވުނެވެ. އާމިލާ އިސްޖަހާލައިގެން ހުރިގޮތުން ވާހަކަ ދައްކަން ވެސް އިތުރަށް އުނދަގޫވިއެވެ. ސަދަފް ނޫން އެހެން އެންމެން ތިބީ އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައެވެ.
“މީ މަންހާ ރާވައިގެން ކުރި ކަމެކޭ މަގޭ ހިތްބުނަނީ! ނޫންތަ؟ މަންމަމެން ކީއްވެތަ އެއްޗެއް ނުބުނެ ތިތިބެނީ؟ ޒަން ނުކުރާނެ މިކަހަލަ ކަމެއް!” ސަދަފް ވަގުތުން ޒަންޔާ ދިފާއުކުރިއެވެ. ރުޅިގަދަވެގެން ގޮސް ވާހަކަ ދެއްކުނީ ނުހަނު ބާރަށެވެ. އެވަރުން ވެސް އާމިލާ ބަހެއް ނުބުންޏެވެ.
ދެލޮލަށް ކަރުނަ ޖަމާވެފަ ހުރިއިރު އާމިލާ ހުރީ ވިސްނަންވީ ގޮތެއް ވެސް ނޭނގިފައެވެ. އެހެން ހުރެފައި ތާލިއާއަށް އެންގީ ގެއަށް ޑޮކްޓަރަކު ގެނައުމަށެވެ.
“ސީރިއަސް އަނިޔާއެއް ވެފަ ހުރިއްޔާ ހޮސްޕިޓަލަށް ދާންވާނެ.. ދެން ދެމީހުން އެކަކު އަނެއްކަކަށް މާފަށް އެދި” އާމިލާގެ ޖަވާބު ކުރެވެ. ޒަންޔާގެ ފުށުން އެކަހަލަ އެއްވެސް ކަމެއް ނުފެނެއެވެ. އާމިލާ، ޒަންޔާ ދިފާއު ކޮށްދޭން ވެސް އުޅުނީ އެހެންވެއެވެ. ކުރާ އިތުބާރުންނެވެ. ނަމަވެސް މަންހާގެ ކޮޅަށް އެވަގުތު ބުރަވެވުނީ، އޭނާ އެ ދެއްކި ހެކިންނެވެ. ހައިކަލްއާއި ސަދަފް ތިބީ އާމިލާގެ ނިންމުން ގަބޫލް ކުރަން އުނދަގޫވެފައެވެ.
އާމިލާގެ ޖަވާބު އަހާފައި އެންމެ ބޮޑު އަސަރެއް ކުރީ ޒަންޔާއަށެވެ. ކުރިއަށް ވުރެން ބޮޑަށް ރޮވެމުން ދިޔައިރު، އާމިލާއާއި މެދު ހިތް ޝަކުވާއިން ފުރުނެވެ. ތާލިއާގެ އަތައް މަންހާ ފައިސާ ދިން މަންޒަރު ފެނުނު ނަމަވެސް ، އެވާހަކަ ބުނުމުން ގަބޫލު ކުރާނީ ކާކުހޭ ހިތައް އަރަމުން ދިޔައެވެ. އަމިއްލަ ދިފާއުގައިވެސް އިތުރަށް އެއްޗެއް ބުނަން ހިތް ނޭދުނީ އެހެންވެއެވެ. ގިސްލެވެމުން ދިޔައިރު ނާޔާ އަށް އެ މަންޒަރުފެނި އުނދަގޫވެގެން، ޒަންޔާގެ އަތުގައި ހިފައިގެން ހުރެ މައްޗަށް އަރަން ދިޔައެވެ.
“ޒަން.. ދެން ވީ ކަމެއް ވީ ، މަންހާ ކުރެން މާފަށް އެދި މިކަން ނިންމާލަން ހިނގާ.. މާފަށް ނޭދުމަކީ ވަރަށް ހަޑި ސިފައެއް” ސިޑިއާއި ހިސާބުން ޒަންޔާއަށް ހުއްޓުން އެރީ އާމިލާގެ އަޑުންނެވެ. ދެލޯ މަރާލެވުނު އިރު ތުންފަތުގައި ބާރަށް ދަތްއަޅުވާލީ ގިސްލުމުގެ އަޑު ބޭރުކުރަން ބޭނުން ނުވިމައެވެ. އަމިއްލަ ކުށެއް ނެތް ނަމަވެސް އެގޭގައި އޭނާ ބަހެއް ގަބޫލު ކުރާނެ އެކަކުވެސް ނެތްކަން ހިތް ހީވީ އަންގާލަ ދިން ހެންނެވެ.
“ސޮ..ރީ” ގިސްލުމުގެ އަޑާއި އެކު ޒަންޔާ ބުނެލިއިރު، މަންހާގެ މޫނަށް ބަލައިލީ ނަފްރަތުން ފިއްސާލާ ފަދައަކުންނެވެ. އެވަގުތު މަންހާގެ ދެތުންފަތުގައިވީ ވިހަ ހިނިތުންވުން ޒަންޔާ ދެކުނެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ. ދުވެލާފައި ގޮސް ސިޑީން މައްޗަށް އެރިއެވެ. ކޮޓަރިއަށް ވަތްއިރު އޭނާގެ ފަހަތުން ނާޔާ އައިސްފިއެވެ.
އިރުކޮޅަކު ހުރެހުރެފައި ރުޅިގަދަވެފައި ހުރިވަރުން ސަދްފ ވެސް މައްޗަށް އަރަން ދިޔައެވެ. ވިޝާމްއާއި ޒަންޔާގެ ކޮޓަރީގެ ބޭރުގައި މަޑުކޮށްލާފައި ގުޅާލީ ވިޝާމްއަށެވެ. އޭނާ ހުރީ ގެއާއި ފުދޭވަރަކަށް ގާތުގައި ކަމަށް ބުނުމުން ފޯނު ކުރުކޮށްލާފައި އިންތިޒާރުގައި ހުއްޓެވެ. އެހެން ހުންނަތާ ގިނައިރުތަކެއް ނުވެ ވިޝާމް އައިސްފިއެވެ.
“ކިހިނެތް ވީ؟ މަންމަ ވަރަށް ރޮވޭ އެބަ، އެތަނަށް މަޑުކުރަން އުޅުނީމަ ބައްޕަ ކިޔައިފި ޒަން ކައިރިއަށް ދާށޭ” ވިޝާމްގެ މޫނުމަތިން ހާސްކަމާއި އެއް ވަރަށް ހައިޜާން ކަން ވެސް ފެނެއެވެ. ސަދަފް ކިޔައިދިނީ ދެންމެ މަންހާ ކުޅުނު ތަމްސީލެވެ. އެހިނދު ވިޝާމްގެ މޫނަށް ރުޅިވެރިކަން ވެރިވެގަންނަން ސިކުންތެއް ވެސް ނުނެގިއެވެ. އިތުރަށް ލަސްނުކޮށް އެތެރެއަށް ވަނެވެ. އޭރު ނާޔާގެ ގައިގާ ބައްދާލައިގެން އިނދެ ރޮމުން ދިޔަ ޒަންޔާ ފެނި މަންހާ ދެކެ އައިސް ހުރި ރުޅި ދެގުނަ ވިއެވެ. ވިޝާމް ވަނުމުން ނާޔާ ވެސް އިންތަނުން ތެދުވެއްޖެއެވެ.
ވިޝާމް ފެނުމުން ޒަންޔާގެ ރުއިން ވީ އިތުރެވެ. ރުއިމުގެ ސަބަބުން މުޅި މޫނަށް ރަތްކަން ވެރިވެފައި ވީއިރު ދެލޯ ވަކިން ދުޅައެވެ.
“ވިޝާމް، އައި ސްވެއަރ، އައި ޑިޑިންޓް ޑޫ އިޓް.. އައި ޑިޑިންޓް” ރުއިމުގެ ތެރެއިން ޒަންޔާއަށް ބުނެވުނެވެ.
“ޝުޝްޝް.. ޔޫ ޑޯންޓް ހޭވް ޓު އެކްސްޕްލެއިން.. އައި ނޯ އެވްރީތިންގް.. ދެން އެކަހަލަ ކަމެއް ވެއްޖެއްޔާ ބުނައްޗޭ.. ގޭގެ އެއްވެސް މީހަކަށް އެކްސްޕްލެއިން ކޮށްދޭކަށް ނުޖެހޭނެ.. މަށައް އެނގުނީމަ އެ ނިމުނީ.. އަހަރެމެން އެހެންތާކަށް ޗޭންޖު ވާނީ ދޯ” ޒަންޔާގެ ގައިގާ ބާރަށް ބައްދާލަމުން ވިޝާމް ޥާހަކަ ދެއްކިއެވެ. ހަގީގަތުވެސް ވިޝާމް ހުރީ އާމިލާ ދެކެ ނުހަނު ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެހާމެ ދެރަވެސް ވެފައެވެ. ޒަންޔާއާއި ކައިވެނި ކުރުމުގެ ކުރިން ވެސް އާމިލާއަށް، މަންހާ ދެކެ ވިޝާމް ރުޅި އަންނަވަރާއި އޭނާގެ މިޒާޖު ވެސް އެންގިއެވެ. އަދި މަންހާގެ ފުށުން ޒަންޔާއަށް ކަމެއް ވެ، މަންހާ އެގެއިން ނުގޮސްފިނަމަ، އޭނާ އެގޭގައި ނުހުންނާނެ ކަމަށް ވެސް ވިޝާމް މާކުރިން އެންގިއެވެ. ނަމަވެސް އެންމެ ފުރަތަމަ ވެސް މަންހާގެ ދަޅައެއް އާމިލާ ހެއްލުނީއެވެ. އެތާގައި ވީ ކީއްކަން ނޭނގުނު ނަމަވެސް އެކަމަކީ މަންހާގެ ބޮޑު ރޭވުމެއް އޭނާއަށް އޮޅޭނެ ހެއްޔެވެ. އާމިލާ، އެހާ ފަސޭހައިން އެގެއިން މަންހާ ނުފޮނުވާލާނެކަން އޭނާއަށް މިހާރު އެނގިއްޖެއެވެ. އެހެންނަމަ، ކުރީން އެހާ ވަރަށް ބުނެދީފައި އޮތްވާ އާމިލާ ނުހެއްލުނީހެވެ. އެހެންކަމުން އިތުރަށް މަޑުކުރާކަށް ބޭނުމެއް ވެސް ނުވިއެވެ. އެކަމަކު ވެސް ލޯބިވާ މަންމައަށްޓަކައި އިތުރަށް އެންމެ ފުރުސަތެއް ދީފައި މަޑުކޮށްލަން އޭނާ ނިންމިއެވެ.
“ޑިޑް ޝީ ބްރައިބް ދި ފަކ** މެއިޑް؟” ޒަންޔާގެ ރުއިން މަޑުޖެހިލުމުން ވިޝާމް އަހައިލިއެވެ. އެންމެ ފުރަތަމަވެސް އޭނާގެ ސިކުނޑިއަށް އައީ އެކަމެވެ.
“ހައު ޑިޑް ޔޫ ނޯ؟” ވިޝާމް އެހިއިރު ވެސް ސީދާ އެހެން އެހުމުން ޒަންޔާއަށް ސުވާލު ކޮށްލެވުނެވެ.
އެއާއިއެކު ވިޝާމްގެ ތުންފަތައް ހިނިތުން ވުމެއް ވެރިވިއެވެ. ޒަންޔާގެ ކޯތާފަތުގައިވީ ކަރުނުތައް ނުހަނު ލޯބިން ފުހެލަދިނެވެ. ދެފަރާތުން ދެއަތް ގެންގޮސް ޒަންޔާގެ މޫނުގެ ދެފަރާތުން ވިޝާމް ހިފާލިއެވެ. އެއަށްފަހު އޭނާގެ މޫނާއި ގާތްކޮށްލަމުން އެދެލޮލަށް ބަލައިއެވެ.
“ގެސްކޮށްލީ .. އެއީ ދޯ އަސްލުވީ ގޮތަކީ؟” ވިޝާމް އެހާ ގާތުން ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިގޮތުން ޒަންޔާއަށް ޥާހަކަ ދައްކަން ވެސް އުނދަގޫވިއެވެ. ހަމައެކަނި ބޯޖަހައިލިއެވެ. އެހުރިގޮތައް ވިޝާމް ހުރެ ނިތް އަރުވާލުމުން އެންމެފަހުން އެކަން ހިނގައިދިޔަ ގޮތާއި އޭނައަށް ފެނުނު މަންޒަރު ކިޔައިދިނެވެ. ސިޑި ކައިރީގައި ހުރެ ފަހަތް ބަލައިލި ހިނދު ފައިސާގެ ބޮޑު ނޫޓު ބޮނޑިއެއް ތާލިއާގެ އަތައް ދިން މަންޒަރު ފެނުނު ވާހަކަ ބުނުމުން ވެސް ވިޝާމްގެ މޫނަކުން ހައިރާންކަމެއް ނުފެނެއެވެ. އެ ފެންވަރަށް މަންހާ ވެއްޓިދާނެކަން އޭނާއަށް މާކުރިން ވެސް އެނގޭ ކަހަލައެވެ.
“ޒަން، އައި ރިއަލީ ރިއަލީ ލައިކް ޔޫ.. ބޭނުމެއް ނޫން ގުޅުން ގޯސްވާ ކަހަލަ އެއްވެސްކަމެއް މެދުވެރިވާކަށް.. މިގޮތަކަށް ނޫން މިވާހަކަ ބުނަން ބޭނުންވަނީއެއް.. މިހާ ކުރު މުއްދަތެއްގަ ޔޫ ބިކޭމް އެވްރިތިންގް ޓު މީ.. އައި ޖަސްޓް ކާން ބްރީތް ނުފެނި މާގިނަ އިރު ވަންޏާ.. މަންހާގެ ހަގީގަތް އިތުރަކަށް މީހަކު ބުނެދޭކަށް ނުޖެހޭނެ، ބިކޯޒް އައި ނޯ ހޫ އިޒް ޝީ.. އެކަމަކު ޒަން ގެ ގައިގަ އޭނަ އެންމެ އިނގިއްޔެއްގެ ކުރި ޖައްސާލިއަސް މަ ކައިރީގަ ބުނަން ޖެހޭނެ! އިން ދި ފިއުޗާރ، މި ގުޅުން އިތުރަށް ސްޓްރޯންގް ވާނީ އެއްވެސް ސިއްރެއް ނުހިފަހައްޓާ އަހަންނާއި ޝެއަރ ކުރީމަ…. ސޯ، ކެން ޔޫ ޑޫ ދެޓް؟” މަޑުމަޑުން ވިޝާމް ބުނަމުން ދިޔަ ކޮންމެ ޖުމްލައަކުން ޒަންޔާގެ ހިތައް ލިބިފައިވި އަނިޔާތައް ހީވީ އެއްފަހަރުން ފިލައިގެން ދިޔަހެންނެވެ. ހުރިހާ ޝަކުޥާއެއް ހިތުން ދިޔައެވެ. ވިޝާމް ގަޔާ ވާ ޥާހަކަ ފުރަތަމަ ފަހަރަށް ބުނުމުން، ހިތުގައި ކުޅެލި އުފާވެރިކަމުގެ އެންމެ ފުން މާނައިގެ ޝުއޫރުތައް މޫނުމަތިން ވެސް ދިޔައީ ހާމައަށް ފެންނަމުންނެވެ. މަޑުމަޑުން ބޯޖަހައިލި އިރު ވިޝާމްގެ ނިތުގައި ނިތް ޖައްސާލެވުނެވެ.
“ހިނގާބަލަ މޫޑް ރަނގަޅުކޮށްލަން ބޭރަށްދާން” އެހެން އިނދެ ޒަންޔާ ބުނެލިއެވެ. އެއާއި އެކު ވިޝާމްގެ ފަރާތުން ލުއި ހީލުމެއްގެ އަޑު އިވިލިއެވެ.
“ބޭރަށް؟ ދެންމެ އައި އިރު ކުޑަކޮން ވާރޭ ތިކިޖެހި.. މިގަޑީގަ ނުކުންނަނިކޮން ބަލިވެދާނެ” ޒަންޔާގެ ނޭފަތުގައި ކުޑަކޮން ހިފާލަމުން ވިޝާމް ބުނެލިއެވެ. ވިޝާމް ވާރޭ ވެހޭ ވާހަކަ ބުނެލުމުން ގަބޫލު ނުކުރަން ޒަންޔާ ނުކުމެލީ ބެލްކޮންޏަށެވެ. ގައިމު އިރުކޮޅެއް ކުރީން ބޭރުގައި ތިބިއިރުވެސް ވާރޭގެ އަސަރެއް ނުކުރެއެވެ.
“ވަތް؟ ހަމަ އަސްލަށް ވެސް ވާރެ ވެހެނީތަ؟ އެކަމަކު އެގަޑީގަ ނުވެހޭ..” ބެލްކޮނީގައި ހިޔާ ނުކޮށް އޮތް ހިސާބަށް ތުނިކޮން ވެހެމުން ދިޔަ ވާރޭގެ ތެރެއަށް ނުކުމެލަމުން ޒަންޔާ ބުނެލިއެވެ. ވާރޭ ވެހެމުން ދިޔަ މަންޒަރު ފެނި ވިޝާމް ނުތެމޭށޭ ބުނެލި ނަމަވެސް އެކަމަކަށް ޒަންޔާއަކަށް ނުވިސްނުނެވެ. ބޭނުންވީ ރަނގަޅަށް ތެމިލާށެވެ.
“ހަމަ ތެމުނީއޭ ދޯ.. އެހާ ގިނައިރު ނޫޅެވޭނެ އިނގޭ، ރޯގާ ވެދާނެ” ވިޝާމް އިށީންދެލީ ހިޔާކޮށްފައިވާ ހިސާބުގައި ހުރި ބީޗް ޗެއާރގައެވެ. އޭގައި ރަނގަޅަށް އޮށޯވެލަމުން ޒަންޔާ އުޅެމުން ދިޔަ ގޮތައް ކަޅި ޖަހައިނުލާ ބަލަމުން ދިޔައެވެ. ކުޑަ އަންހެންކުއްޖެއް ހެން ވާރޭގެ ތެރޭގައި ހުރެ ފުމެމުން ހެމުން ދިޔައިރު އިރުކޮޅެއް ކުރީން އޭނާގެ ގައިގާ ބައްދާލައިގެން ރޯން އިން ކުއްޖާ ހެން ހިއެއް ނުވެއެވެ. އެ އުފާވެރިކަން ފެނި އެކަން އިތުރަށް މަނާ ނުކޮށް ވިޝާމް ހީލަހީލަ އިނެވެ.
“އައި ލަވްވް ރެއިން.. އާދެބާ ޖޮއިން ވާން ” ޒަންޔާ ގޮވާލިއެވެ. އޭރު ފުދޭވަރަކަށް ކެރި ދިޔައީ ބޯކުރަމުންނެވެ. ވިޝާމް ދެފަރާތައް ބޯހޫރުވާލީ ހީކަރުވާނެ ކަމަށް ބުނެފައެވެ.
“ދެންން ކަމްމް..ވިޝާމްމް” ތުން ނެރެލައިގެން ހުރެ ޒަންޔާ ގޮވާލީ ވަކިވަކި އަކުރުތަކަށް ރާގުލާފައި ދަމާލަމުންނެވެ. އެންމެފަހުން ވިޝާމް އެތަނުން ތެދުވެގެން އައިސް ހުއްޓިލީ އަސްކެނި ކައިރީގައެވެ.
ތެމިފޯވެގެން ހުރިއިރު ހިނިތުންވުން ސިކުންތުކޮޅަކަށް ވެސް ފަނޑުނުވެއެވެ. ދެއަތް މައްޗަށް ހިއްލާލަމުން ވައިގެ ތެރޭގައި އެނބުރިލީ ހިނދު އެމޫނަށް ގެއްލިފައި ވިޝާމްއަށް ހުރެވުނީއެވެ. ލައިގެން ހުރި ކަޅުކުލައިގެ ފަށުވި ގަމީސްކޮޅު ހަށިގަނޑުގައި ވަނީ ތަތްލާފައެވެ. އެ ތުނި ހަށިގަނޑުގެ ބައްޓަން ހާމައަށް ފާޅުވެއެވެ. ދިގު ދިގު އިސްތަށިގަނޑު ގައިގާ ހިއްޕާލާފައި އޮތް އިރު ޒަންޔާ އަތުން ރަނގަޅު ކޮށްލިއެވެ. އެހެން ހުއްޓާ ސިހުނީ ވިޝާމް އޭނާގެ އަތައް ދަމާލުމުންނެވެ.
“ފައިނަލީ” ވިޝާމް ތެމުންތަން ފެނި ޒަންޔާ ހޭންފެށިއެވެ.
“ބިއުޓިފުލް” ވިޝާމްގެ އަނގައިން ފޫދިގެން އައި ލަފްޒު އިވުނު ހިނދު އަމިއްލަ ހަށިގަނޑަށް ޒަންޔާއަށް ބަލައިލެވުނެވެ. ގައިގާ ހެދުން ތަތްލާފައި އޮތުމުން ގަތްލަދުން ދިމާކޮށްލީ ދުވެލާފައި ގޮސް އެތެރެއަށް ވަންނާށެވެ. ނަމަވެސް ދެވުނީ ތަންކޮޅަކަށެވެ.
“މަ ބޭރަށް ނެރެ ރަނގަޅަށް ތެންމާލާފަ، ދެވޭނެ ކަމަށްތަ ހިކުރީ” ޒަންޔާގެ ކަންފަތް ކައިރީގައި ވިޝަމް އިއްވާލުމުން އެ މޫނަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ. މޫނުމަތީގައި ފެންތިކިތަކާއި އެކުވެސް ފަނޑުރަތްކަމެއް ފެނިލިއެވެ. ވިޝާމްގެ ނަޒަރު ހުއްޓުނީ ޒަންޔާގެ އޮމާން ތުންފަތަށެވެ. ފިނިކަމުގެ ސަބަބުން ރަތްވެފައިވީ ގޮތުން ހިތް އަވަސްކުރުވަމުން ދިޔައެވެ. މަޑުމަޑުން ކައިރިވެވުނު އިރު ހިތް އެދެމުން އެދުމަށް އިޖާބަ ދެވުނެވެ. ޒަންޔާގެ ހިމަ އުނަގަނޑުގައި ވިޝާމް އަތް އަޅުވާލެވުނު އިރު އެދެމެދުގައިވީ ދުރުމިން ނެތިގެން ދިޔައެވެ. ވިޝާމް ދުރުވެލީ ޖަހައިލި ބާރު ގުގުރީގެ އަޑާއިއެކު ޒަންޔާ ތެޅިގަތުމުންނެވެ. ވިޝާމްގެ އަތުގައި ހިފާ އެ މޫނަށް ޒަންޔާ ބަލައިލީ ބިރާއި ސިހުމުގައެވެ.
“ލެޓްސް ގޯ، މްމްމް، އައި ނޯ މޫޑް ރަނގަޅުކުރާނެ އެހެން ގޮތެއް” ލުއިފަތް ކޮޅެއްހެން އަތްދަނޑި މައްޗަށް ޒަންޔާ އުފުއްލާލިއިރު ވިޝާމް ކަޅި ޖަހައިނުލާ ދިޔައީ އެމޫނަށް ބަލަމުންނެވެ. ބެލްކޮނީގެ ދޮރު ޖަހައިލިއިރު ބޭރުގައިވީ ތޫފާން އިހުނަށް ވުރެން ގަދަވެއްޖެއެވެ.
****
“މީރާން، އިލަވެންގެ ކުރީން ދޮންބެ ދާނަން .. މޭކް ޝުއަރ އެވްރީތީންގް ލުކް ޕާފެކްޓް” ފޯނު ބާއްވާފައި ގަޑިބަލައިލި އިރު ދިހައެއް ޖެހުމާއި ދޭތެރޭގައި އިނީ ބާކީ ފަސްމިނެޓެވެ. ގަނޑީން ދިހައެއް ޖެހިކަން އިއުލާންކޮށްލީ ފޯނުން ވެގެން ދިޔަ އެލާމުންނެވެ. ވަގުތުން އިށީންދެ އިން ގޮނޑިން އިޔާން ތެދުވިއެވެ. ހީވީ އެތައް އިރެއްގެ އިންތިޒާރަށް ފަހު އިންތިޒާރު ކުރަމުން ދިޔަ ވާގުތަށް ނިމުން އައީ ހެންނެވެ. އަވަސް ފިޔަވަޅުތަކެއްގައި އިޔާން، ކެބިން ތެރެއިން ނުކުތެވެ. އޭނާ ތައްޔާރު ވަމުން ދިޔައީ ބޮޑުކަމަކަށް ކަން، މޫނުމަތިން އެކަނި ވެސް ދޭހަވެއެވެ. ނުކުތް އިރު މަހުދީއާއި ސައިމަން ވެސް އައިސް ދޮރުމައްޗަށް ހުއްޓެނީއެވެ.
“ޔަގީން ދޯ ސޯދިގް އިންނާނީ ކެންޓީނުގަ ކަން؟” ސައިމަން އަހާލީ ޖެހިލުން ވެފައި ހުރެއެވެ. އިޔާންއާއި މަހްދީ އެކުއެކީގައި ބޯޖަހައިލިއެވެ. ތިން ޒުވާނުން ފުރަތަމަ މިސްރާބް ޖެހީ އޮފީސްތެރޭގައި ހުންނަ ކެންޓީނަށެވެ. އެހިސާބަށް ގޮސް ވެސް ނުވަދެ ތިން މީހުން މަޑުކޮށްލައިގެން ތިބީ ޒޯޔާގެ އިންތިޒާރުގައެވެ. ޒޯޔާއަށް ގުޅުމުން ނުކުތީ ކެންޓީންގެ ތެރެއިންނެވެ.
“އޭނަ ހަމަ އައިސް އިއްތީ އެ.. މި ހަމަ ކޮންމެ ދުވަހަކު ވެސް އޭނަ އަންނަ ގަނޑި ކާން.. ގައިޒް، ކުރާ ކަމެއް ކޮން ނިންމާތި ތިރީސް މިނެޓް ތެރޭގަ! އެނޫނީ ބަސްޓް ވާނެ!.” އިންޒާރާއި އެކު ޒޯޔާ އިރުޝާދު ދިނެވެ. އޭނާގެ ބަހަށް ތިންމީހުން ބޯޖަހައިލުމުން އަލުން އެތެރެއަށް ވަދެގެން ދިޔައެވެ.
“އެހާ ބާރަށް ނޫޅެއްޗޭ.. ހަމައެކަނި އޭނަ ނުކުނަ ވަގުތު ގުޅަލީމަ އޯކޭ ވާނޭ” ޒޯޔާގެ ހަތް މަހުގެ ބަނޑަށް ބަލައިލަމުން އިޔާން ބުނެލި ހިނދު ހާސްނުވުމަށް ބުނެ ޒޯޔާ ހީލިއެވެ.
“ސޯ މަށާ މަހުދީ ވަންނާނަން އެތެރެއަށް، ސައިމަން މަޑުކުރޭ ބޭރުގަ.. ރޫމް ފެންނާނެހެން ، ބަޓް ދުރުގަ.. އިނގޭދޯ މަސައްކަތް ނިމުމުގެ ކުރިން އޭނައައިސްފިއްޔާ ހަނދާނެ ގޮތް؟” އިޔާން ކިޔައިދެމުން ދިޔަ ވަރަކުން ސައިމަން ބޯޖަހައިލިއެވެ. ތިން މީހުން މިސްރާބު ޖެހީ ސޯދިގްގެ އޮފީހަށް ވަންނަން ދިއުމަށެވެ. އެބަޔަށް އަޜާފައި ރިސެޕްޝަނުގައި އިން އަންހެން ކުއްޖާއަށް މަހުދީ ލޮލުން އިޝާރާތެއް ކޮށްލިއެވެ. އެއިޝާރާތް ދެނެގަނެވި އެ އަންހެން ކުއްޖާ ބޮޑުވާ އިނގިލި ދިއްކޮށްލިއެވެ.
“އެއީ ދޯ ވައިފް ގެ ކޮއްކޮ؟”
“ޔާހް.. ސަނާ.. ސޯދިގް ފެންނަ އަވަހަކަށް އޭނަ ވެސް ގުޅާނެ ސައިމަން އަށް.. ކަން ވެގެންދާނެ ގޮތެއް ނޭނގެތީ ޒޯއަށް އީޒީ ކުރަން އޭނަ ކައިރީގަ ވެސް ބުނީ” މަހުދީ ބުނެލުމުން ސައިމަން ބޯޖަހައިލިއެވެ. އެ ކޮޓަރީގެ ދޮރާއި ހިސާބުން ސައިމަން އެމީހުންނާއި ވަކިވިއެވެ.
ދޮރުން އެތެރެވެވުމުން، އިޔާން ގޮސް އިށީނީ ސޯދިގްގެ މޭޒުމަތިގައިވާ ޑެސްކްޓޮޕް ކައިރީގައެވެ. އެ ހުޅުވުމަށްޓަކައި ޖަހަން އިންނަ ކޯޑައަކީ އިޔާން ދަންނަ އެއްޗަކަށް ވުމުން އެކަމަކަށް މާ ބޮޑު ތަކުލީފް އުފުލާކަށް ނުޖެހުނެވެ. އޭނާ ފުރަތަމަ ވެސް ވަނީ ސީސީޓީވީ ފޫޓޭޖްތައް ހުންނަ ހާއްސަ ބަޔަށެވެ. ނަމަވެސް ސިއްރުކޯޑް ޖަހަން އެރުމުން މަހުދީގެ މޫނަށް އިޔާންއަށް ބަލައިލެވުނެވެ.
“ލެޓް މީ ޑޫ ދެޓް” އެހިސާބުން މަހުދީ އެކަމާއި ހަވާލުވިއެވެ. އޭނާ ގެނައި ޓެބްލެޓާއި ޑެސްކްޓޮޕް އިން ނައްޓާލި ވާގަނޑެއް ގުޅުވާލަމުން ފެށީ އޭގައި އިން ސިއްރުކޯޑު ހެކްކުރުމުގެ މަސައްކަތެވެ. މަހުދީގެ ހަރަކާތް ހުނަރުވެރިވެފައި އަވަހެވެ. ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެކަން ކާމިޔާބު ވިއެވެ. އެބައި ހުޅުވުނު ހިނދު ވަކިވަކި އަހަރުތައް ފެންނަހެން ތަރުތީބުން ސްކްރީނަށް އަރަމުން ދިޔައެވެ.
“ކޮން ދުވަހެއްގަ އަމާޔާ ގެއްލުނީ؟”
“ދެހާސްބާރަ ނޮވެމްބަރު ހަތާވީސް”މަހުދީގެ ސުވާލާއި އެކު އިޔާން ޖަވާބު ދިނުމުން، އެއަހަރު ހޯދާލުމަށްފަހު އިޔާންގެ އަތައް ދިނެވެ. އެއަހަރަށް ވަދެ ތިރިއަށް ބަލަމުން ދިޔައިރު ދެމީހުންގެ މޫނުމަތިން ފެނިގެންދަނީ ހައިރާންކަމެވެ. އޭގައި ސޯދިގް ނެތޭ ބުނި ހުރިޙާ މަންޒަރެއް ފެންނަން ހުއްޓެވެ. އަމާޔާ ގެއްލުނު ދުވަހުގެ އެއްވެސް މަންޒަރެއް ނެތޭ ސޯދިގް ބުނެފައިވީ ނަމަވެސް އެތާރީހު ޖަހާފައި ހުރި މަންޒަރުތައް ވެސް ބައިވަރު ހުއްޓެވެ.
“ބ**އެއްނު.. އެ*** ދޮގޭ ހަދަނީ! މިހުރީ އެދުވަހުގެ މަންޒަރު ހުސް! ވަޓް ދަ ފ**!” ރުޅި ގަދަވީވަރުން ހިތައް އައި ކޮންމެ ބަހެއް އިޔާންގެ ދުލުން ބޭރުވަމުން ދިޔައެވެ. އެ ނުތަންވަޅު ވަގުތު ވެސް މަހުދީ ގާތައް އެކަމުން ހިނި އަންނަ ގޮތްވިއެވެ. އޭނާ ބޯޖަހައިލިއެވެ. އެއިން މަންޒަރެއް ބަލަން ނޫޅެ އިޔާން ދިޔައީ ގެނައި ޕެންޑްރައިވްއަށް އަޅަމުންނެވެ.
“ބުރޯ ހަނދާން އެބަހުރިތަ ރަވީހް އައި ދުވަސް؟ ކަމެއް ޝައްކުވެގެން ޑިޓެކްޓިވް ބޯޑެއް ވެސް މަ ހެދީމެންނު.. އެދުވަހު ލޯޔަރަށް ވެގެން އައި މީހާ،މިތަނަށް އައި ފަހުން ހުރިހާ ކެމެރާ ފޫޓޭޖްއެއް ވީ ނުވީއެއް ނޭނގި ގެއްލިގެން އުޅުނީމެންނު.. ސީދާ ދުވަސް ހަނދާން ކޮށްބަ؟ މަގޭ ހިތް ބުނޭ ރަވީހްއާއި ގުޅުން ހުރި ކަމެއް ވިއްޔާ މީގަ އިނދެ ދާނެއޭ ” އިޔާން ބުނެލިއެވެ. އެއާއި އެކު މަހުދީ އަވަސް އަވަހަށް ބޯޖަހައިލަމުން ވަރަށް ހަނދާން ކޮށްފައި އެދުވަހުގެ ތާރީހް ބުނެލިއެވެ.
“ކޮބާ މަ ބުނީމެންނު.. މިހުރީ! ޕިސް ޕިސް” އެވެސް ފެނުމުން ޕެންޑްރައިވްއަށް އަޅާލިއެވެ. ވަގުތު އޮތް ވާ އެކަން ނިމުމުން ، އެތަނަށް ވަތް އިރު ހުރިގޮތައް މޭޒުމަތި ތަރުތީބުކޮށްފައި ނުކުންނަން ދިޔައެވެ. ސައިމަން ގުޅަންފެށި ވެސް އެވަގުތުއެވެ.
“އޭ ސޯދިގް އެބަ އާދެޔޯ ކިޔާފަ ޒޯ ގުޅައިފި.. މިހާރު ސަނާ އެގުޅަނީ” ސައިމަންގެ ޖުމްލައިން ދެޒުވާނުން އަވަސް އަވަސް ކޮށްލާފައި ނުކުތެވެ. ނަސީބު ކަންދިމާ ކުރި ގޮތުން ސޯދިގަށް ނުފެނި އެމީހުންނަށް އެތަނުން ނުކުމެވުނެވެ. ޖެހިގެން ހުރި ތަހުގީގް ކޮޓަރިއަކަށް ވަދެ ދޮރު ލައްޕާލާ ހަމަޖެހިލެވުނު ހިނދު ސޯދިގް އައިސް އޭނާގެ ކޮޓަރިއަށް ވަންނަނީއެވެ. އެކޮޓަރީގެ ދޮރު ލެއްމުން އިޔާންއާއި މަހުދީ ބޭރަށް ނުކުމެއްޖެއެވެ. އޭރު ސައިމަންއާއި ޒޯޔާ އެމީހުންގެ އިންތިޒާރުގައި ބޭރުގައި މަޑުކޮށްގެން ތިއްބެވެ.
“އޭނާ ހިފަހައްޓަން ނޫޅުނީ ނުކުމެ ވިއްޖެއޭ ބުނީމަ.. ކޮބާ ސާމާނު؟” ސައިމަން އަހާލި ހިނދު އިޔާން ދައްކާލީ އަތެވެ.
ލިބުނު ހިތްހަމަ ޖެހުމުގައި ހުރެ އެކުވެރިންނާއި އެކު އިޔާން ހިނގައިގަތް އިރު ބެލެމުން ދިޔައި މުށުތެރޭގައި އޮތް ޕެންޑްރައިވްއަށެވެ. އެ މަސައްކަތް އެހާ ފަސޭއިން ކާމިޔާބުވުމުން ހިތައް ލިބިފައިވަނީ ބަޔާން ކުރަންދަތި ހިތްހަމަ ޖެހުމެކެވެ. ނަމަވެސް އެވަގުތު އެ ބަލާކަށް އޭނާ ނޫޅުނެވެ. ކެބިން ތެރެއަށް ވަދެ އަމާޔާގެ ނަން ޖަހާފައިވާ ފައިލާއި އެކު އެކަމައްޓާކައި އޭނާ ގެންގުޅޭ ނޯޓުފޮތް އަދި ދެންމެ މަހުދީ ގެންދިޔަ ޓެބްލެޓް ނަގާ އޭނާގެ ލެޕްޓޮޕް ދަބަސް ތެރެއަށް ލިއެވެ.
އިޔާންގެ ތޫނު ފިލި ސިކުނޑިއަށް ކަމެއް ނަގައިގަނެ ވުނީއެވެ. އެހާ ފަސޭހައިން އެކަން ކާމިޔާބު ވީނަމަވެސް ދާދި އަވަހަށް، ސޯދިގަށް އެމީހުން އެތަނަށް ވަތްކަން އެނގޭނެއެވެ. ސޯދިގަކީ ކޮންމެ ކަމެއްގައި ވެސް ސީސީޓީވީގެ މަންޒަރުތައް ބަލާ މީހެކެވެ. ކިރިޔާ ޝައްކެއް ވެގެން ބެލި ނަމަވެސް އޭނާއަށް ފެނިދާނެއެވެ. އެމީހުން އެތަނަށް ވަނީ ވެސް އެވަރު ދަނެގެންނެވެ.
“ވަޒީފާއިން ކަނޑާލުމުގެ ބިރު ދައްކައިފިއްޔާ ،ފައިލުން އޭނާ ނުހައްގުން ރިޖެކްޓު ކުރި ކޭސްތައް ވެސް ދެއްކޭނެ އެންނު!” އިޔާންގެ ތުންފަތުގައި ދުވެލަ ދުވެލަ ހުރީ ލާނެތް ހިންޏެކެވެ. ގައިމުވެސް އެތަކެތި އެތަނުން ގެންދިއުމުން، ފަހުން ސޯދިގު ބަލާ ފާސްކުރަން އަޔަސް ފެންނާނެ އެއްޗެއް ވެސް ނުހުންނާނެތާއެވެ. އެ މަސައްކަތް އެހާ ހިސާބުން ގޭގައި ކުރުމަށް ނިންމީ ވެސް އެހެންވެއެވެ.
ދަބަސް ކޮނޑުގައި އަޅުވާލައިގެން އިޔާން އޮފީހުން ނުކުމެ މިސްރާބު ޖެހީ މިސްކިތަށެވެ. އޭނާ ހުރީ އިޝާ ނަމާދު ނުކޮށްކަމުން ބޭނުން ވީހާވެސް އަވަހަކަށް ނަމާދުކޮށްލާށެވެ. ނިމިގެން މިސްކިތުން ނުކުތް އިރު އަމީރާ ހަވަރަކަށް ފަހަރު ގުޅާފައި ހުއްޓެވެ.
“ސޮރީ ސޮރީ، ކުޑަ މިޝަން އެއްގަ އުޅުނީމަ ލަސްވި އިނގޭ.. ކޮންތާކު ؟” އިޔާން ފޯނު ނެގިގޮތައް ފުރަތަމަވެސް މާފަށް އެދުނެވެ. އަމީރާ ހުރިތަން ބުނުމުން އިޔާން ލަސްނުކޮށް ކާރު ދުއްވާލީ މަންޒިލަށް ދިއުމަށެވެ. އޭރު ފުދޭވަރަކަށް ބޯކޮން ވާރޭ ވެސް ދިޔައީ ވެހެމުންނެވެ. ބްރިޖު ހުރަސްކޮށް އޭނާ މިސްރާބު ޖެހީ ހުޅުމާލެއަށް ދާށެވެ. ގޭގެ ދޮރުމަތީގައި އަމީރާ ހުންނަތާ އިރުކޮޅެއް ވެއްޖެ ކަމުގައި ބުނުމުން އިޔާން ދުވެލި ވެސް ބާރުކޮށްލިއެވެ. އެވަރުން ވެސް ގެއާއި ހަމައަށް ފޯރީ ދުއްވާތާ ތިރީހަކަށް މިނެތް ހޭދަވި ފަހުންނެވެ. ވަގުތުގެ ގޮތުންނާއި ވިއްސާރައިގެ ސަބަބުން ޓްރެފިކުގައި ޖެހުނީއެވެ.
“ސޯރީ…” ގޭގެ ދޮރުމައްޗަށް މަޑުކޮށްލި ކާރުގެ ދޮރުފަތް ކަހާލަމުން، އިޔާން ރާގުގަނޑަކަށް ފައްތާލާފައި ގޮވާލިއެވެ. އޭރު އަމީރާ ހުރީ ފުސްމޫނު ހަދާލައިގެންނެވެ. ލަސްވުމުގެ ސަބަބުން އުފެދިފައިވާ ޝަކުވާތައް އޭނާގެ ދެލޮލުން ސާފުކޮށް ފެންނަން ހުއްޓެވެ. ވާރޭގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ގޭގެ ފެންޑާގައި ހުރި ނަމަވެސް، ކާރަށް އެރުމަށްޓަކައި ބޭރަށް އެޅި މަދު ފިޔަވަޅުތަކާއެކު ހެދުމުގެ ބައެއް ވަނީ ތެމިފައެވެ.
“ހަމަ އަސްލު ވެސް ސޮރީ ލަވް” ކާރުގެ ތެރެއިން ނުކުމެ އަމީރާގެ އަތުގައި ހިފަގެން ގެނެސް ކުރީ ސީޓަށް އެރުވިއެވެ. އޭގެފަހުގައި އިޔާން ވެސް ދުވެލާފައި ގޮސް ޑްރައިވަރު ސީޓަށް އެރިއެވެ. އޭރު ކޮންމެވެސް ވަރަކަށް ފެނުގެ އަސަރު ހުރީ އިޔާންއަށް ކޮށްފައެވެ. ނިތްކުރިމައްޗަށް ފައިބާފައިވާ ތެތް އިސްތަށިގަނޑާއި، ބޯ ތުންބުޅީގައި މުތީތަކެއް ފަދައިން ހަރުލާފައިވާ ފެންތިކިތައް ފެންނަނީ ނުހަނު ފުރިހަމަކޮށެވެ. އޭނާ ލައިގެން ހުރި ކަޅުކުލައިގެ ގަމީހުގެ އަތް އުޅަބޯއްޓާ ހަމައަށް އޮޅާލާފައި އޮތްއިރު، އަތުގެ ވަރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. ދަތްދޮޅީގައި ދެއަތް ވިދެލައިގެން، އެ ފިރިހެންވަންތަ ކަމަށް ގެއްލި އަމީރާ އިން އިރު އައިސްހުރި ރުޅި ވަތް ތަނެއް ވެސް ނޭނގެއެވެ. އެމޫނަށް ހިންގާލެވުނު އެންމެ ކަޅިއަކުން އަމީޜާގެ މުޅި ނަފްސު ފިނިވެލިއެވެ.
“ކޮބާ ބަލާ ނުނިމޭތަ ދޫނި” އިޔާންގެ ލާނެތް އަޑު އަމީރާގެ ކަންފަތް ކައިރިން އިވިގެން ދިޔަ ހިނދު، އޭނާގެ މުޅި ހަށިގަނޑަށް ފިނިވެގެން ދިޔައެވެ. ލަދުން އިސްޖަހާލަމުން، ކަރުކެހިލާފައި އަމީރާ ދުރަށް ޖެހިލީ އޭނާގެ މޫނުމަތިން ފާޅުވާން ހުރި ލަދުވެތިކަން ފޮރުވުމުގެ ނިޔަތުގައެވެ. ނަމަވެސް، ގަދަކަމުން ސީރިއަސްކަން މޫނަށް ގެންނަން އުޅުނުލެއް ބޮޑުކަމުން، އިޔާންއަށް ހިނިގަނޑު މަތައެއް ނުކުރެވުނެވެ. އެއާއެކު އަމީރާ ހައްތަހާ ބޮޑަށް ތުން އޫކޮށްލާފައި އަނެއް ފަރާތަކަށް އެނބުރުނެވެ.
“އެކޮޅަށް ގޮސްފަ އުޅޭނަން އިނގޭ ތި ތުންކޮޅު ރަނގަޅުކުރަން… މިހާރު ބައްޕަ މި ގުޅަނީ ކީއްވީބަ؟ އިޔާންގެ ފޯނު ރިންގުވާން ފެށުމާއެކު އޭނާގެ މޫނުމަތީގައިވި ލާނެތްކަން ފިލައިގެން ދިޔައެވެ. ފޯނު ނަގައި “ހަލޯ” އޭ ބުނި ހިނދު އިވުނީ ނަދީމްގެ އަޑެވ ނަމަވެސް އެ އަޑުގައި އާދަޔާ ހިލާފު މަޑުމޮޅިކަމެއް ހުރުމުން، ކާރު ސްޓާޓް ކޮށްފައި އޮތް ނަމަވެސް، އިޔާން ކާރު ނިއްވާލީ ހިތަށް ވަތް ނުތަނަވަސްކަމެއްގެ ސަބަބުންނެވެ. ނަދީމް މާ ގިނަ ވާހަކަ ނުދައްކާ އެދުނީ ވީހާވެސް އަވަހަކަށް ގެއަށް އައުމަށެވެ. އިޔާންއަށް ތުންފަތުގައި ދަތް އަޅުވާލެވުނެވެ. އޭނާ ކުރުމަށް ތައްޔާރުވަމުން ދިޔަ ކަންތައް ހުއްޓާލާނީ ކިހިނެތްހޭ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. ނަމަވެސް ނަދީމްގެ އަޑު ހުރިގޮތުން އިޔާން ކާރުން ނުކުތުމަށް މަޖުބޫރު ކުރުވިއެވެ. އަމީރާގެ އަތުގައި ހިފާލަމުން ނުކުތުމަށް ބުނެލިއެވެ.
“ކިހިނެތްވީ؟ މާލެ ދާކަށް ނޫންތަ މިދަނީ؟ ޑޭޓް އަކަށް؟” ހައިރާންވެ ހުރެ އަމީރައަށް ބުނެލެވުނެވެ. އިޔާން ބުނީ ނަދީމް ބުނިގޮތަށެވެ. އަމީރާ ވެސް ބޯޖަހައިލާފައި އެދުނީ ނަދީމް އެ ބޭނުންވާ ކަމެއް ކޮއްދީފައި އަލުން ނުކުތުމަށެވެ. އަމީރާ އެކަނި ބަހައްޓާފައި ދާން އިޔާންގެ ހިތް އެއްބަސްނުވުމުން، އެންމެފަހުން އޭނާ ގޮވައިގެން ލިފްޓަށް އެރިއެވެ.
ލިފްޓުން ފައިބައިގެން މައްޗަށް އެރިއިރު، އިރަމް ހުރީ ދޮރުމަތީގައެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރި ރުޅިވެރިކަމާއި ނުތަނަވަސްކަމުން، ގޭތެރޭގެ މަސްލަހަތު އޮތީ ގޯސްވެފައިކަން އިޔާންގެ ހަވަނަ ހިއްސު ދެނެގަނެފިއެވެ. “ކިހިނެއްވީ؟” އިޔާން ސުވާލުކޮށްލީ ކަންބޮޑުވެފައި ހުރެއެވެ.
“ކާފަ އެބައިން އައިސް… އެވެސް ދި މޯސްޓް އަންވޯންޓެޑް އެނިމީ ގޮވައިގެން” އިރަމްގެ ޖަވާބު ކުރެވެ. އިތުރަށް އޮޅުން ބޮޅުން ވެގެން ދިޔައެވެ.
އިތުރަށް ނާހާ އެތެރެއަށް ވަދެގެން ދިޔަ ހިނދު އިޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ނަދީމްއާއި މަޖުދާގެ މަގަތުގައި އިން ހަމީދު ފެނިފައެވެ. އެއާއެކު އޭނާގެ މޫނުމައްޗަށް ވެރިވީ ނުރުހުމުގެ ކުލަވަރެވެ. އެ ތަނުގައި ހުންނަންވެސް އޭނާގެ ނަފްސު ދެކޮޅު ހެދިއެވެ. ނަދީމްއާއި މަޖުދާ އިސްޖެހިފައި ތިބި ގޮތުން، ހީވަނީ އިޔާންއާ ހަތަރުކަޅި ހަމަކުރަން ނުކެރިފައި ތިބިހެންނެވެ.
“ދަރިފުޅާ، ކާފައަށް ގޮވާ ވެސް ނުލާނަންތަ؟” އިޔާން މަޑުނުކޮށް ދާން ފެށުމުން ހަމީދު ގޮވާލިއެވެ.
“މަ ހުންނާނީ އެންމެ ކާފައެއް.. ވީ އޮސްޓްރޭލިއާގަ” އިޔާންގެ ތުރުތުރު އަޅާމުން ދިޔަ ދެއަތް ޖީންސްގެ ޖީބަށް ކޮށްޕާލީ ރުޅިގަނޑު ކޮންޓުރޯލު ނުކުރެވިދާނެކަމުގެ ބިރަށެވެ. އެހެން ހުރިއިރުވެސް ހަމީދުގެ ދުވަސްވެ ރޫޖެހިފައިވާ މޫނުމައްޗަށް ވެރިވި ހިތާމަވެރި ޝުއޫރު އިޔާންއަށް ރީތިކޮން ފެނުނެވެ. ނަމަވެސް އެކަމުން ހިތައް އެއްވެސް އަސަރެއް ނުކުރިއެވެ. ހިތުގައި އެއްވެސް ހަމްދަރުދީއެއް ވެސް ނުއުފެދުނެވެ. އޭނާގެ މާޒީގެ އުފާތައް ފޭރިގަނެ، މުޅި ދިރިއުޅުން ހަމީދުގެ އަތުން ބަރުބާދުކޮށްލި ހަނދާންތައް ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.
“ދަރިފުޅު ކާފައާއި ޥާހަކަ ނުދެއްކިއަސް ބަލާބަލަ މިއިނީ ރީއްކޮގެ މަންމަ އޭ.. ޔަނާލް” ހަމީދުގެ އަޑުން އިޔާން ސިހިފައި ބަލައިލިއެވެ. އޭނައަށް ފެނުނީ ވަންނަ ދޮރާއި ގާތައް އިން ސޯފާގައި އިން ޒުވާން އަންހެންކުއްޖެކެވެ. ވަތްއިރު ލޮލުގައި އަޅައިނުގަތް ނަމަވެސް މިހާރު އެ ސޫރަ ފެނުމުން އިޔާންއަށް ހުއްޓުން އަރައިފިއެވެ.
ހިކި އަނަރޫފަވެފައި ވީއިރު ހަށިގަނޑުގައި ވާހާ ކަށިތައް ހުރަހެއް ނެތި ހެނދުން މަތިން އެނގެން ހުއްޓެވެ. މޫނުމަތިން ވެސް ދަމާލާފައި ހުރިއިރު ދެކޯ ވަނީ ވަޅުވަދެފައެވެ. ހީވަނީ ހިމަހޯލިކޮޅެއް ހެންނެވެ. ހެދުން އަޅާފައި ހުރީ ނުހަނު ސާދާކޮންނެވެ. ކުލަ ޖައްސައިގެން ގެންގުޅުނު ދިގު އިސްތަށިގަނޑު އޮތީ ކޮނޑާއި ހަމައަށް ކޮށާފައި ކަޅުކުލައަށް ބަދަލުކޮށްފައެވެ. ޔަނާލްގެ މޫނުމަތިން ބަލިފާޑު ޖަހައެވެ. ނަމަވެސް އެއިން އެއްވެސްކަމަކަށް އިޔާން ނުވިސްނިއެވެ. ރުޅިގަދަވެގެން ގޮސް ކަތުރު ކަށިގަނޑަށް ވާންވެ ކަރުގައިވީހާ ނާރުތަކެއް ފުއްޕާލިއެވެ. އެ ސޫރަ ފެނުމުން އޭނާ ބޭނުންވީ ނޮޅާލާށެވެ. ސިފަވެގެން ދިޔައީ ރީއާއަށް އޭނަ ކޮށްފައިވާ އަނިޔާތަކެވެ. އެއްޗެއް ނުބުނެ ހުއްޓައި ސިހުނީ ޔަނާލް ދުވެލާފައި އައި ގޮތައް އިޔާންގެ ގައިގާ ބައްދާލުމުންނެވެ.
އަދި އިޔާންގެ މޭގައި ބޯއަޅައިގެން ހުރެ ބާރަށް ރޯންފެށިއެވެ. އެ ގިސްލުމުގެ އަޑުން މުޅި ގޭތެރެ ގުގުމައިގެން ދިޔައެވެ.
****
(ނުނިމޭ)

5 ހިޔާލު

  1. Malher
    21:29 ⁧⁦27/3/2026⁩⁩

    OMG
    DHENNNNNNN😭😭😭
    Yanal ai thaakah fonuvaala
    How could she touch he😭😭
    When next when next
    Cant even wait for a day😭😭💗

  2. Meow 😸
    21:30 ⁧⁦27/3/2026⁩⁩

    Mioh ulhey manha akaa yanal eh dhow
    Kihaa bodu kameh😒
    Mi dhemyhunnaa hedhi emy aa zan mijeheny suffer kuran

    I really love visham and zan ge part
    So dreamy ❤️‍🔥❤️‍🔥❤️‍🔥

  3. Kiwi
    01:11 ⁧⁦28/3/2026⁩⁩

    Yanaal and manha. Nama nama andhiri goalhi akun nufennaathi!!

  4. Lev
    13:12 ⁧⁦30/3/2026⁩⁩

    camera thah beleema egeynu zanya kuri kameh noonkan

  5. Yukee
    12:43 ⁧⁦1/4/2026⁩⁩

    Dhn next part kon irakun tha? Haadha nice vaahaka e k .. kiyaahithun keii madhuvefa mithibeny .. avaskohla dheeba

ކިޔުންތެރިންގެ ހިޔާލު