އެވަގުތު ތަޅާއިގެން ދިޔަ ބިއްލޫރި ގަނޑުގެ ތެރެއިން އެ ކޮޓަރި ތެރެއަށް ދެމިގަތީ އެދެމީހުންނެވެ. މިލާން އަކަށް ނޯޅޭނެއެވެ. މިލާންގެ މައިންބަފައިން އޭނާއާއި ވަކިކުރި ދެމީހުންނެވެ. ކަކުލާއި ހަމަޔަށް އަރާ ކަޅުކުލައިގެ ޖެކެޓްތަކުގައިއެވެ. އެ ޖެކެޓް ތަކުގެ ހުޑް ބައިން މޫނު ނިވާ ކޮށްފައި ހުރިއިރު ކަޅުކުލައިގެ މާސްކް ވަނީ އަޅާފައެވެ އައެވެ. އެތަނުން އެކަކު ކަޅުކުލައިގެ ގަމީހެއް އެތެރެއިން ލާފައި ހުރި އިރު އަނެއްމީހާ ހުރީ ކަޅޫކުލައިގެ ހޫޑީ އެއްލާފައެވެ. މިލާންއަށް ހަމަލާދިންދުވަހު އެމީހުން އައިސް ހުރީ ހަމަ އެހެންނެވެ. މިލާންގެ ލޭ ކެކިގެންދިޔައެވެ. އަމިއްލަ މީހާ ހުރި ހާލަތު ހަނދާން ނައްތާލާ އިޒާންގެ އަތްފޮޅުވާލުމަށްފަހު މިލާން ގޮސް އެތަނުން ކަޅު ހޫޑީ ލައިފަ ހުރި މީޙާއާއި ދިމާލަށް ދުއްވައިގަތެވެ. މިލާންގެ އެ އަމަލުން ޝޮކް ޖެހިފައި ތިބި ލިވިޔާ އާއި އިޒާން ހަމަހޭވެރިކަން ވީ މިލާންގެ ހަޅޭކްގެ އަޑުންނެވެ.
އިސާހިތަކު އެތަނައް ބުރައިގެން ދިޔަ ކަޅު ލޭތަކާއި އެކު ފަހަތުން އައި މީހަކު މިލާންގެ އަތުގައި ހިފައި ދަމައިގަން އިރު އެތަނައް ވެއްޓިގެންދިޔައީ މީހެއްގެ ފުރާނަ ނެތް މަސްގަނޑެވެ.
***
މިލާން ދިޔަ ގޮތައް ގޮސް އެންމެ އަވަހަށް އަތު ޖެހުނު މީހާގެ ކޮނޑުގައި ގައިގާހުރި ބާރެއް ލާފައި ދަތް އެޅިއެވެ. ވީ ތަދުން އެމީހާ ބިރުވެރި ވައްތަރަކަށް ހަޅެއްލަވައިގަތެވެ. އެތަނައް ދެން އައިސް ހުއްޓުނީ ކަޅު ގަމީސް ލާފައިހުރި މީހާއެވެ. އޭނާގެ އަތުން ޖަހާ މިލާން ދުރައް ކޮއްޕާ ލަން އުޅުނު ވަގުތު އެމީހާގެ ބޮލާއި ހަށިގަނޑު ވަކި ކޮށްލީ އިޒާންގެ ފަހަތުން އެތަނަށް އައިސް ހުއްޓުނު އަލާނިޔަލްއެވެ. އަލާނިޔަލް މިލާންގެ އަތުގައި ހިފާ ދަމައިގަން ވަގުތު އޭނާއައިސް ޖެހުނީ އަލާނިޔަލްގެ މޭމަތީގައިއެވެ.
ލިވިޔާގެ ދެލޯ ބޮޑުކޮށްލައިގެން ހުރި އިރު އިޒާންއަށް ހަރަކާތެއް ގެންނަން ވެސް ނޭނގިފައި ހުރެވުނީ ފަހަތުން އައިސް ހުއްޓުނު އަލާނިޔަލް ކޮށްލިކަމަކުން ޝޮކްޖެހިފައެވެ.
ދެލޯ ބޮޑުކޮށްލައިގެން މިލާން އާއި ލިވިޔާ ތިބިއިރު ދެމީހުންގެ މޫނު ވަނީ ހުދުވެފައިއެވެ. އޭރު މިލާން ދަތް އެޅި ކަޅު ހޫޑީގައި ހުރި މީހާ ކޮނޑުގައި އަތް އަޅާއިގެން ހުރެ ކުޑަދޮރުން ބޭރަށް ފުންމާލީ އަމިއްލަ ސަލާމަތްކަން ހޯދުމަށްހެން ހީވިއެވެ. އިޒާން އަށް ހަމަހޭވެރިކަން ވެގެން އެމީޙާގެ ފަހަތުން ދިޔުމަށް ކުޑަދޮރުން ފުންމާލިއެވެ.
މިލާން އަށް އަނެއްކާވެސް ހަޅެއްލަވައިގަނެވުނީ އިޒާން ނުވަ ވަނަ ބުރިން ބޭރަށް ފުންމާލީމައެވެ.
“ޑޯންޓް ވޮރީ .. ހީ ވިލް ބީ އޯލް ރައިޓް ..” ދެލޯ ބޮޑުކޮށްގެން ހުރި މިލާން ބިރުވެރި ގޮތަކަށް ކުޑާ ދޮރާއި ދިމާލަށް ހުރުމުން އަލާނިޔަލް މިލާންގެ ކޮނޑުގައި ހިފާލިއެވެ.
ލިވިޔާވެސް އެއީ ތެދެކޭ ބުނެލިއެވެ. އޭނާ ކުޑަ ދޮރާއި ދިމާލައް ބަލައިލިއެވެ. ކޮޓަރީގައި މަރުވެފައި އޮތް މީހާ ރަނގަޅަށް ފެނުނީ ދެނެވެ. ހަށިގަނޑާއި ބޮލާއި ވަކިވެފައި އެހިސާބުގަނޑުގައިވަނީ ކަޅުކުލައި ގެ އޮލަ ދިޔާއެއްޗެކެވެ. ދުވާ ނުބައިވަސްގަނޑުން ނޯއްދަމާލަން ނުކެރެއެވެ. ލިވިޔާ އޯކަށް ދަމައިގެން ގަތީނުން ހޮޑު ލެވެން ފެށުމުން އަލާނިޔަލް އެކޮޓަރީގެ ފާހާނާއަށް ލިވިޔާ ވެއްދިއެވެ.
އެތައް އިރަކު ހޮޑުލުމަށްފަހު ލިވިޔާ ހަމަޔަކަށް އެޅުން އިރު ގައިގާ އެއްވެސް ވަރެއް ނެތެވެ. އޭނާ ބޭރަށް ނުކުން އިރު އިޒާން އައިސް ވަންނަނީއެވެ. ލިވިޔާގެ ފަހަތުން އަލާނިޔަލް ފާހާނާއިން ނުކުތުމުން އިޒާންއަށް ފާޑަކަށް ބަލައިލެވުނެވެ. ” ލިވިޔާއަށް ހޮޑު ލެވުނީ ” އަލާނިޔަލް މަޑުމަޑުން ބުނެލިއެވެ.
“ކޮބާ އޭނަ” އަލާނިޔަލް އަހާލިއެވެ. “އަތެއް ނުވި.. އެކަމް އައި ގޮޓް ދިސް ..” އިޒާން ދައްކާލީ ކަޅުކުލައިގެ އެއްވެސް ޑިޒައިން އެއް ނެތް އަނގޮޓިއެކެވެ. މިލާން ހުއްޓުން އެރިއެވެ. އެއީ އޭނާއަށް ކޮންމެވެސް ތާކުން ފެނިފައިވި އެއްޗެކެވެ. އެކަމަކު އެ ކޮންތާކުން ކަމެއް މިލާންގެ ސިކުނޑިއަށް ބާރުލާފައި ވިސްނުމުން ވެސް ނޭނގުނެވެ. “ކޮންމެވެސް ތާކުން ފެނުނު އެއްޗެއް ހެން ހީވަނީ..އެކަމަކް …އާގްގް.. ކޮންތާކުން ކަމެއް ހަނދާނެތް ނުވި..” ބޮލުގައި އަތްލާގެން ހުރެ މިލާން މާޔޫސްކަމާއެކު ބުނެލިއެވެ.
އިޒާން، އަލާނިޔަލް އާއި ދިމާލައް ނިއް އަރުވާލުމުން އޭނާ ކުރިޔަށް ޖެހިލިއެވެ. އަލާނިޔަލް ތިރިވެލާފައި އެމީޙާގެ މާސްކް ތިރިކޮށްލިތަނާ ފަހަތައް ޖެހިލެވުނީ ބޭ އިޙްތިޔާރުގައެވެ. “ވަޓް..” އަލާނިޔަލްއަށް ކޮޅައް ތެދުވެވުނެވެ. “ޝިޓްޓް..” ގައި ހުރި ބާރެއް ލާފައި ތެދުވެ އެތަނުން ނުކުތުމަށް އަލާނިޔަލް ދުއްވައިގަތެވެ. އަލާނިޔަލްގެ އަމަލުން އެ ތިންމީހުންނަށް ލިބުނީ އިތުރު ސިހުމެކެވެ. ނަމަވެސް އޭނާގެ ފަހަތުން ދާން ނޫޅެ މަރުވެފައި އޮތް މީޙާގެ ކަންތަކާއި އިޒާން އުޅުނީ އެތަނައް ވެރިވެފައި އޮތް ނުބައި ވަސް އިތުރަށް ގަދަޥާން ފެށުމުންނެވެ. އިޒާން ލޯ މަރާލައިގެން ހުރެ ނޭނގޭބަހުރުވައަކުން މަޑުމަޑުން ކޮންމެވެސް އެއްޗިސްތަކެއް ކިޔާލިއެވެ. އިޒާން ލޯ ހުޅުވާލި އިރު އޭނާގެ ގަދަ އަޅި ދެލޯ ވަނީ ކްރިމްސަން ކުލައިގައެވެ. ކުއްލިޔަކަށް އެތަނައް ބޯވަމުން ދިޔައީ ހުދުކުލައިގެ ފިނި ދުމެކެވެ. ބޯ ވަމުން ގޮސް ތަންދޮރު ނޭނގޭހާ ވިއެވެ. މިލާންގަތީ އަމަށަކު ބިރެއް ނޫނެވެ. ގައި ހުރި ބާރެއް ލާފައި އޭނާއަށް ހަޅޭއްލަވައި ގަނެވުނެވެ.
ދުންތައް ސާފްވެގެން ދިޔައިރު މަރުވެފައި އޮތްމީހާގެ ހިލަމެއް ނެތެވެ. ކުރިން ހުރި ކަލުކުލައިގެ ދިޔާ އެއްޗެއްވެސް ނެތެވެ. އެ ގަދަ ނުބައިވަސްގަނޑުގެ ބަދަލްގައި މިހާރު ހުރީ އެންމެ ފްރަތަމަ އެކޮޓަރީގައި ހުރި ލެވެންޑާ އުއްބައްތީގެ މީރުވަހެވެ.
“ވަޓް އާ ޔޫ ..” ލިވިޔާގެ އަތުގައި ހިފާލައިގެން ދެލޯ ބޮޑުކޮށްލައިގެންހުރި މިލާން ހަރުކަށި އަޑަކުން އެމީހުންނާއި ފުރަގަސްދީގެން ހުރި އިޒާން އާއި އަހައިލިއެވެ. އިޒާން ފަހަތައް އެނބުރި ލިވިޔާއާއި ދިމާލަށް ބަލާލުމުން ލިވިޔާ ބޯޖަހާލީ މިލާންއަށް ކިޔައިދޭށޭ ބުނާ ފަދައަކުންނެވެ.
“މިލާން މިރޭ ނިދާނީ ލިވީގެ ރޫމްގަ.. ލެޓްސް ގޯ މިރެޔަށް ބޭނުންވާނޭ ސާމާނުތައް ހިފައިގެން.. މާދަން މިތަން ހަދާފަ މިތަނުގަ ނިދާނީ ..އެ ރޫމަށް ގޮސްފަ އަހަރެން ކިޔައިދޭނަން..” އިޒާން، ލިވިޔާގެ އަތުގައި ހިފާލައިގެން ހުރެ ބުނެލިއެވެ. މިލާން ބޯ ޖަހައިލުމަށްފަހު ނިދަން ބޭނުން ވާނެ އެއްޗިސް ކުޑަ އަތްދަބަހަކަށް ލައިގެން އެމީހުންގެ ފަހަތުން ނުކުތެވެ.
****
“އީން އަމް ސޮރީ..” އަލާނިޔަލް ރޮވިފައި ހުރި އީންގެ ފައިގާ ހިފަހައްޓާގެން މާފައް އެދެމުންދިޔައިރު އޭނާއަށް ވެސް ދިޔައީ ރޮވެމުންނެވެ. “ޑިފީ ..ދެން ހުއްޓާލަބަލަ.. އަހަރެން ބުނެފީމެންނު މިޙާރު މާފް ކޮށްފީމޭ ވެސް.. “އީން ، ބެލީ އަލާނިޔަލް ނެގޭތޯއެވެ. ” އަހަންނަކަށް ނޭނގޭ އެއީ އީންގެ ބޭބެ ކަމެއް .. އޭނާ އުޅުނީ އިޒާން އާއި ލިވިޔާ އެން މިންމި އަށް ހަމަލާ ދޭން.. އީން ބުނީމެންނު ކެރާ ގެންގުޅޭ މީހުން ބޭބެ ހައްޔަރު ކުރި ވާހަކަ ކުރީ ދުވަހު.. ދެން ކީއްވެބާ އެތާގަ ބޭބެ އެހުރީ..” އެތައް އިރަކު ރޮވުމަށްފަހު ހަމަޔަކަށް އެޅުމުން އަލާނިޔަލް އަހާލިއެވެ.
“ތި ވާހަކަ ބުނާށޭ އަހަރެން މިރޭ މީޓް ކުރަން ބުނީ.. އެކަމް އެގަޑީގަ އިޒާން މެން ކައިރިޔަށް ޑިފީ ދިޔައީ..” އީން ދެރަވެލާފައި ބުނެލިއެވެ. ” ބޭބެ ހައްޔަރު ކުރި.. އެކަމަކު އެދުވަހު ޑިފީ ކާރީގަ ހުރެފަ އަހަރެން ދިޔައީމެންނު ގެޔަށް.. އޭރު އުޅޭ ބޭބެ ގޭގަ.. އަހަރެން ހުރީ ވާނުވާގަ.. ދެން މަންމަ ބުނީ ކީއްވެހޭ އެމީހުން ބޭބެ ގެންދިޔައީ.. ބުނީމަ ބުނީ ބެހެވޭ ކަމެއް ނޫނޯ މަންމަ އާ ދިމާލަށް .. ޑިފީއަށް ވެސް އިނގެއެންނު ބޭބެ އެއީ އެކަހަލަ މީހެއް ނޫން ކަން.. މިބުނީ އެކަހަލަ ރޫޑް އެން ބޭޑް މީހެއް ނޫން ކަން އިނގެއެންނު…ދެން.. ދެން ބޭބެ ދަބަހެއް ކޮނޑުގަ އަޅުވާގެން ދިޔައީ..އެގޮތައް ކޮންމެ ދުވަހަކު ވެސް ދޭ ….ދެން ގޮސް އަންނަނީ އެހާ ލަސް ވާފަހުން …އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ހަޑިކޮން މަންމަ އާއި ވެސް އަހަރެންނާ ވެސް ޓޯކް ކުރަނީ .. މަންމަ އަށް އަނިޔާ ވެސް ކުރޭ.. އަހަރެންނަށް ވެސް…”އަތުގައި ހުރި ދެ ތަނެއް ފާރުވެފައިވާތަން އީން ދައްކާލިއެވެ. އަލާނިޔަލްގެ މޫނައް ރުޅިވެރިކަން ވެރިވީ އީންގެ ހެދުން ހިއްލާލައިފާ ބަނޑުން ތަންގަނޑެއް ޒަހަމް ކޮށްލާފައި އިންތަން ދެއްކުމުންނެވެ. އީން ހެދުން ތިރިކޮށްލަން އުޅުމުން އީންގެ އަތުގައި ހިފާ ހުއްޓުވާ އަލާނިޔަލް އެތަންކޮޅާއި ދިމާލައް ބަލާލިއިރު އެދެލޮލުން އަލިފާން ކަނި ބުރައެވެ. ” ކީއްކޮށްފަ..” އަލާނިޔަލްގެ މޫނުމަތިން ފެނިލީ ނުރައްކާތެރިކަމެވެ.
“އޭނަގެ އަނިޔާ މިއީ..މި މިއަދު އެމީހުން ގާތައް ދާން ހެދީމަ އަހަރެން އޭނާ ހުއްޓުވީމަ ފަޔަރ ސްޓިކް ޖައްސާފަ..އެ ޖައްސާފަ ބޭބެ ދިޔައީ ނުދާށެ ކިޔާ އާދޭސް ކުރަނިކޮން.. ކުރިން އަހަރެންގެ ބޭބެ އަކީ އެހެން އުޅުނު މީހެއް ނޫން .. އެކަމަކު ކެރާގެ ބައިގަނޑު ކޮން ޖާދޫލެއްތަ އެޖެއްސީ އަހަރެންގެ ބޭބެއަށް..”އީން އަށް ރޮވެން ފެށުނެވެ. “ޑިފީ .. ޑިފީ ދެރަނުވޭ .. އޭނާ މިއަދު ގެއިން ނުކުމެގެން ދިޔައީ ދެން ދުވަހަކުވެސް ނާންނާނެ ކަމައް ބުނެފަ..އެހެންވެ އަހަރެން އޭނާ ހުއްޓުވަން އުޅުނީ… އެކަމަކު އޭނާ ދިޔައީ އަހަރެންނާ މަންމަ އާއި ބަލަން ހުންނަން ބޭނުންނުވާކަމަށް ބުނެފަ… އަހަރެމެންނަކީ ބޮޑު ބަލާ އެކޭ ބުނީ.. މަންމަ ، މަންމަ ނޫން ކަމަށް އަހަރެންމީ އޭނާގެ ކޮއްކޮ ނޫން ކަމައް ބުނެ ގެއިން ނުކުމެގެން ދިޔައީ ..މަންމަގެ ހިތުގަ ޖައްސާފަ އަދި އަހަރެމެން ދެމައިންނަށް އެތައް އަނިޔާއެއް ދީފަ އެހެން ދިޔަ އެވަރު މީހަކު މަރުވިޔަސް އަހަރެން ނުވޭ މިއަދު އެހާ ދެރަ އެއް..އަހަންނާ އަހަރެންގެ މަންމަ އޭނާގެ އަނިޔާތަކުން ސަލާމަތް ވެއްޖެ. އަލްހަމްދުލިއްﷲ ”
އީންގެ ކެތްތެރިކަން ފެނި އަލާނިޔަލް އަށް އީންގެ ގައިގާ ބައްދާލެވުނެވެ. “ކީއްވެތަ އަހަންނާ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް އަބަދު އެއް ހާލެއް ޖެހެނީ .. ” އީންގެ ބޮލުގައި ފިރުމާލަމުން އަލާނިޔަލް މަޑުމަޑުން ބުނެލިއެވެ. އީން މަޑުމަޑުން ހީލިއެވެ. “ޑިފީ .. ޕްރޮމިސް މީ އެއްވެސް ކަމެއް އަހަރެންނާ ސިއްރު ނުކޮށް ކިޔާދޭން.. އަހަރެންނަށް ދިމާވާ ކޮންމެ ކަމެއްގަ ވެސް ދެގޮތެއް ނުވެ ޑިފީ އަހަންނާއެކު ތިހުންނަނީ..ސޭމް ގޯސް އޮން މީ.. އަހަރެން ވެސް އިންޝާﷲ ހުންނާނަން… އައި ޕްރޮމިސް ޔޫ އައި ވިލް ނެވާރ ލީވް ޔޫ މައި ބެސްޓްފްރެންޑް އެލޯން .. ނެވާރ..” އީން ގެ ބަސްތަކުން އަލާނިޔަލްގެ ހިތައް ފިނިކަމެއް ލިބުނެވެ.
ދެން އެދެމެދުގައި ދެކެވުނީ މިރޭ ހިނގި ހާދިސާގެ ވާހަކައެވެ. “ކާކުބާ އެއީ.. ކަޅު ހޫޑީ ޕްލަސް ދެޓް ބްލެކް ރިންގް ..” އަލާނިޔަލް ދަތްދޮޅީގައި ޝަހާދަތް އިނގިލި ހާކާލަމުން ބުނެލިއެވެ. “ތިހެން ބުނީމަ ބުނަންތަ ވާހަކަ އެއް… އަހަންނަށް މީހަކަށް ޝައްކު ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެ… އެ ކާކުކަން ހޯދާފަ ނޫނީ ނުކިޔަން މިހުރީ.. ޑިފީ ބުނެގެން ލިވިޔާގެ ސޭފްޓީއަށް ލިވިޔާއަށް އަހަރެން ފާރަލާތާ ދުވަސްކޮޅެއް ވެއްޖެ .. އަހަންނަށް ފާހަގަ ކުރެވޭ ކަމެއް ..ލިވިޔާ ޓެރެސް އަށް އެރިޔަސް އުނދޯލީގައި އިނަސް އޭނާ އަށް މީހަކު ފާރަލާ އެބަ…. އެހެންމިބުނީ ލިވިޔާ ޓެރެސް އަށް އަރާއިރުވެސް އެ ކަޅު ހޫޑީގައި ހުންނަ މީހާ ގަސްގަހު ކުރިއަށް އަރާ ހުރޭ ލިވިޔާއަށް ބަލަހައްޓާގެން އޭނާ އުޅޭނޫޅޭގޮތް ބަލަން .. އުނދޯލީގައި އިނަސް ހަމަ އެހެން އެމީހަކު ހުރޭ ދުރުގައި ހުންނަނީ ލިވިޔާއަށް އަށް ބަލަން.. ކާކު ކަމެއް ނީނގޭ… ރަބަރ މާސްކަކުން މޫނު ނިވާކޮށްގެން ހުންނަނީ … ކަނާއަތު ލޯ އެކަނި ފެންނަނީ .. ބްލެކް ގްލޯވްސް އަތައް ވެސް ލާފަ ހުންނަނީ .. ކާކުބާ އެއީ ..” އީން ކިޔައިދިނެވެ. އަލާނިޔަލް އަށް އީން އާއި ދިމާ ބަލައިލެވުނެވެ. “ލެޓްސް ގޯ އޮން އަ ޕްލޭން ” އަލާނިޔަލްގެ ބަހައް އީން ބޯޖަހައިލިއެވެ.
***
އިޒާން ހުރިހާ ކަމެއް ތަފްސީލް ކޮން މިފަހަރު ކިޔައިދިނެވެ. މިލާންއަށް އޭނާގެ ނަސްލުވެސް ކިޔައިދިނެވެ. އާއިލާގެ އެންމެން ތަފްސީލްކޮން ކިޔައިދިނެވެ. މިލާން އިން ގޮތުން ބިރު ގަނެފައި އިންވަރު ހާމަވިއެވެ. ” ޔޫ.. މީން.. ޑިފީ އުޅެނީ ތި މީހުން ގާތުން ރިވެންޖް ނަގަންށޭތަ… ޑިފީ އެނާގެ މަންމަ އާއި ބައިވެރިވެގެން ވިލަން ބައި ކުޅެނީއޭތަ.. ” މިލާންއަށް އަހައިލެވުނީ ލޮލުން ކަރުނަ ފައިބާ ހާލުގައެވެ. “އާނ.. އަހަރެންގެ ކަންފަތުން އެހީ ކެރާ ދެއްކި ވާހަކަ އެދުވަހު..އެކަމަކު..”އިޒާން ވާހަކަ ދައްކަމުން ގޮސް ހުއްޓިލީ އެ ކޮޓަރީގެ ކުޑަދޮރު ކާރީގައެވެ. “އެކަމަކު ކީއްވެ މިރޭ އޭނާ އަހަރެމެން ރެސްކިއު އަށް އެ އައީ..” އިޒާންގެ ވާހަކަ ނުނިމެނީ މިލާން އަހައިލިއެވެ.
“ބިކޯޒް ހީ ލަވްސް ޔޫ.. ހީ ވޮނަ ސޭވް ޔޫ ” އެހުރިހާއިރު މަޑުން ހުރެފައި ލިވިޔާ ބުނެލީ މިލާންގެ މޫނަށް ބަލަން ހުރެއެވެ. މިލާންގެ މުޅި މޫނު ރަތްވިއެވެ.
އެހުރިހާ އިރު ލިވިޔާ އަނގައިން ނުބުނެ ހުރީ އެމީހުންނަށް ނޭނގޭ ކަމެއް އޭނާއަށް އިނގޭތީއެވެ. ނަމަވެސް އަމިއްލަ ލޯބިވެރިޔާ ގާތު ވެސް އެ ވާހަކަ ލިވިޔާ ނުބުނަން ވަނީ ހިތުގެ އަޑިން އަޒުމް ކަނޑައަޅާފައެވެ. އޭނާ ވަނީ މިހުރިހާ ކަމެއް އަމިއްލަ އަށް ހޯދަން ނިންމާފައެވެ. އަލާނިޔަލް އަކީ “ވިލަން” އެއް ކަމައް ގަބޫލްކުރަން އޭނާގެ ހިތް ދެކޮޅެވެ.
“އަހަރެން ވެސް ބުނަން މިއުޅެނީ ތިހެން.. މިރޭ އޭނާ ކީއްވެބާ އޭ އެގޮތައް އައީ އަހަރެމެން ކައިރިޔަށް… އޭނާގެ ކޮންމެވެސް ޕްލޭންއެއް އޮތީހެން އަހަންނަށް ހީވަނީ.. އޭނާގެ ހިތް އެހާ ރަނގަޅުވެދާނެއެކެ އަހަރެންގެ ހިތެއް ނުބުނޭ..އެއީ ތި ހީކުރާ ކަހަލަ ރަނގަޅު މީހެއް ނޫން.. މިލާން އޭނާދެކެ ލޯބިވާތީހެން ހީވަނީ މިލާންއަށް ތި ހީވަނީ ތިހެން…އޭނާގެ މޫނުމަތިން އެ ފެނިލާ ވިހަ ހިނިތުންވުމަކީ ދަޅައެއްނޫން.. އެ ހަމަ އޭނާގެ އެތެރެއާއި ބޭރުފުށުގެ ކުލަވަރު… އެހާ ހިތްކަޅުމީހެއް އެއީ. “އިޒާންނުރުހުންތެރި ކަމާއެކު ބުނެލިއެވެ. “މިލާން .. މިލާން ބޭނުންތަ މިލާންގެ މައިންބަފައިން ހޯދަން…” އިޒާން ފުރަގަސްދީގެންހުރެ އަހައިލިއެވެ. “ޑިފީ އަށް ވުރެން އަހަންނަށް އެމީހުން މުހިއްމު ..ޑިފީ އަހަންނަށް ނުލިބުނަސް އަހަރެން ބޭނުން އަހަރެންގެ މައިންބަފައިން … އަހަރެންނަށް އެމީހުން ހޯދަން އެހީވެދީ.. ” މިލާން ރޮވިފައި ހުރެ އާދޭސްކުރާ ފަދައަކުން ބުނެލިއެވެ.
“އަހަރެން މިލާންގެ މައިންބަފައިން ހޯދާދޭނަން އިންޝާﷲ .. މިލާން އަށް ދެންމެ ކިޔާދިންހެން.. އަހަރެމެންގެ ނަސްލު އެކީއެކަށް ކޮންޓްރޯލު ކުރަނީ މިހާރު އެތާ ވެރިކަން ކުރާ ކެރާގެ އާއިލާއިން..އެމީހުންގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައި ހުންނާނީ .. އަހަރެންގެ ކާފަ ވެރިކަމުން ދުރުކޮށް ކާފަ ޖަލުގައި އެތަކެއް އަނިޔާއެއް ދީ ބާއްވާއިގެން އެއުޅެނީ އަހަރެމެންވެސް ދުނިޔެއަށް ނާންނަ އިރުންފެށިގެން.. ރެޔާއި ދުވާލު ބައްޕަމެން ކާފަ ސަލާމަތް ކުރަން އެ މަސައްކަތް ކުރަނީ މިހާރުވެސް ހުއްޓުމެއްނެތި… އެމީހުން ނުހައްގުން އެތައް ބަޔަކަށް އަނިޔާ ދީގެން ވެރިކަމުގަ އެތިބީ… އެހާ ބާރުގަދަ ބައެއް އެއީ.. މިލާންގެ މައިންބަފައިން ވެސް ވަނި އެމީހުން އަތްދަށުގައި ހައްޔަރު ކޮށްފަހެން އަހަންނަށް ހީވަނީ…އެހާ ފަސޭހަކަމަކަށް ނުވާނެ ބަޓް ޑޯންޓް ލޫޒް ޔޯ ހޯޕް..އިންޝާﷲ ވާނެ ..” އިޒާން މިލާންއާއި ދިމާލައް ބަލައިލަމުން ބުނެލިއެވެ. މިލާން ބޯ ޖަހައިލަމުން ސުކުރުއަދާކުރިއެވެ.
“ޒާން އަހަރެން ވާހަކަ އެއް އަހާލަންތަ “ލިވިޔާ، އިޒާން އާއި ދިމާލައް ބަލައިލަމުން އަހައިލިއެވެ. އިޒާން ބޯޖަހާލިއެވެ. “އެދުވަހު އަހަރެމެން ދިޔައީމެންނު ..ކީއްވެ އެތާގަ ހުރިހާ އެންމެން ކަޅު އެއްޗިސް ގަ އަދި އެހާ އަނދިރީ އެތަން … އެއީ ކީއްވެ..” ލިވިޔާ އަހައިލިއެވެ. ” ބިކޯޒް އޮފް ކެރާ އެން ހާ ޕީޕަލް .. ކާފަ ވެރިކަމުގަ އެމީހުން އެއީ އަހަރެމެން މިލާހެން ބޭނުން ގޮތަކަށް ބޭނުން ކުލައަކުން ހެދުން އެޅި ބައެއް… އިސްލާމްދިނުގެ ރީތި އުސޫލުތަކައް އުޅޭ ބައެއް އެއީ އޭރުގަ… ކެރާގެ ނުފޫޒް ގަދަކަމުން އޭނާ އަންގާފައި އޮންނަނީ އެންމެނަށް ކަޅު އެއްޗިހިން ލާން އެން މޫނު ނިވާކުރަން… އޭނާގެ އަމުރާ ހިލާފް ވާކޮންމެ މީހަކަށް ވެސް އޮންނާނީ މަރު.. އަހަރުމެން ކަންކަމުގަ މިދެނީ ކުށެއް ކުރިޔަސް މީހުންނަށް ސެކަންޑް ޗާންސެސް އެކަން އިސްލާހުކުރަން.. ބަޓް އެތާގަ މީހަކު ކިތަންމެ ކުޑަ ކުށެއް ކުރިޔަސް އެތަކެއް އަނިޔާއެއް ދީފައި ހަމަ ހަށިގަނޑާއި ބޮލާ ވަކިކުރާނެ..ކުޑަ ކުއްޖެއް ބޮޑުމީހެއް ނޯންނާނެ އެމީހުންނަކަށް ..އެއީ އަނިޔާވެރިކަމުން ހައްދުފަހަނަ އަޅާފައިވާ ބައެއް…އެތާގެ ކޮންމެ މީހަކުވެސް ކޮންމެވެސް ބާރެއް ހުންނާނެ އެކަމަކުވެސް އެއިން ބާރުގެ ބޭނުން ކުރަން އެމީހުން ޖެހިލުންވަނީ ކެރާ ގެންގުޅޭ ބައިގަނޑުގެ ފަރާތުން ބޮޑު ހަމަލާއެއް އައިސްފާނެތީ..” އިޒާން ކިޔައިދެމުންދިޔަ ވަރަކަށް މިލާން އާއި ލިވިޔާގެ ހިތް ދިޔައީ ބިރުން ވިރެމުންނެވެ.
“އެން ނިއަލް އަކީ ވެސް ތި މީހުން ނަސްލު މީހެއްތަ.. އޭނާ ބުނާނެ އޭނާ އަކީ ހިޔުމަން އެއް ނޫނޭ..” މިލާން،އިޒާން ގާތު އަހައިލިއެވެ. “ހޫމް.. އަހަރެމެންގެ ނަސްލު އޭނާ ވެސް… އޭނާ އެއީ އަހަރެމެންގެ ބައްޕަމެންގެ ފްރެންޑް މާއިޝްބެ ގެ ދަރިއެއް.. ބައްޕަމެން އެ މަސައްކަތްކުރަނީ މާއިޝްބެއަށް އެތާގެ ވެރިކަން ހޯދާއިދޭން..އޭރުން މިހުރިހާ ކަމަކުން ސަލާމަތް ވާނެ..އެން ޔޫ ނޯ ވަޓް .. އަހަރެމެން ވެސް މީ ހަމަ ގާތްގަނޑަކަށް އިންސާނުންނޭ ބުނެވިދާނެ … ތަފާތަކީ ބާރުތަކެއް ލިބިފައިވާކަން އަދި އަހަރުމެންނަށް ގަދަފިނީގައި ފަސޭހަކަމާއެކު އުޅެވޭކަން…އެކަމަކު މި ބާރުތަކުގެ ބޭނުން ނުކުރާހާ ހިނދަކު އަހަރެމެން އިންސާނުންހާ ބަލިކަށިވާނެ..” އިޒާން ކިޔައިދެނެވެ. “ނިޔަލް އަކީ ކާކު..އަދި ނުދެކެން” ލިވިޔާ އަހައިލިއެވެ. “އަދި ފެންނާނެ އިންޝާﷲ.. ބައްޕަމެންގެ ފްރެންޑެއްގެ ދަރިއެއް.. އެންޑް އެއީ އަހަރެންގެ ގާތް ރައްޓެއްސެއް..” އިޒާން ހީލިއެވެ.
“އެމީހުން ކީއްވެތަ އެހާ އަވަހަށް ހެއްލެނީ ކެރާ ހަމަ އަންނާށޭ ބުނާއިރަށް.. އެއީ އަނިޔާވެރިންކަން އިނގޭއިރުވެސް..” ލިވިޔާގެ ހިތުގައި އުފެދުނީ އެ ސުވާލެވެ. ” ބިކޯޒް އޮފް އިންޖެކްޝަންސް..” އިޒާން ބުނެލިއެވެ. “އިންޖެކްޝަންސް.؟” މިލާންއާއި ލިވިޔާ އާއެކުއެކީހެން އަހައިލެވުނެއެވެ. “ޔާހް.. ބުނީމެންނު ދޯ ބާރުތަކެއް ހުންނަ ވާހަކަ އެ ނަސްލުގެ ކޮންމެ މީހެއް އުފަންވާއިރުވެސް.. އެގޮތައް ހުންނަ ބާރުތައް އިތުރުވެ ދޭ ވިލް ބީ މޯ ޕަވާރފުލް އޭގެ ދިހަ އިންޖެކްޝަން ޖަހާލުމުން.. އަދި ބުނަން ހަމަ އެކަނި ދިހަ އިންޖެކްޝަން އެއްނޫން އިނގޭ..އެއް ދިހަ އިންޖެކްޝަން ޖަހާފަ އެ ލިބެނީނު ދޯ ބާރު ތައް.. ދެން އަނެއްކާ އަހަރެއް ފަހުން އަނެއް ދިހަ އިންޖެކްޝަން ޖެހީމަ އިތުރަށް ޕަވާފުލް ވާނެ.. އަނެއްކާވެސް އެހެން ހަމަ ޖެހި ވަރަކަށް އިތުރަށް ޕަވާރފުލް.. ކޮންމެ ކޮންމެ މީހަކަށް އެޔެއް ނުއެއް ލިބޭނެ.. ކެރާ ބުނާ ކަންކަން ކުރަން އޭނާ ނަގާފަ ހުންނަ ހާއްސަ މީހުންނަށް އޭނާ ދޭނީ .. އެމީހުންނަށް އަވަސް އަވަހަށް ލިބުނަސް މި ޔޫސް ކުރޭވޭނީ އަހަރަކު އެއްފަހަރު .. އެމީހުން އެ އިންޖެކްޝަންސްތައް ބަހައްޓާނީ ސްޓޯރ ކޮށްފަ..” އިޒާން ކިޔައިދިން ވަރަކަށް އެމީހުންނަސް ކަންކަން އޮޅުން ފިލަމުން ދިޔައެވެ.
“އޯކޭ ހުރިހާ އެއްޗެއް ކިޔައިދެވިއްޖެ އެހެންނު..ސޯ އެންމެން އެކީގަ މިކަމައް ހައްލު ހޯދަން އުޅޭނީ… ޑިފީ އަށް ވުރެން ބޮޑަށް އަހަރެންގެ ފޯކަސް އިނީ ކެރާއަށް އެކަމަކު ޑިފީގެ ފަރާތުން އައިސްފާނެ ގެއްލުމަކަށް ނުބަލާ ވާހަކަ އެއް ނޫން މިބުނީ.. ލިވީ .. އޭގެން މީހެއް ފަރާތުން ކިތަންމެ ކުޑަކަމެއް ވިޔަސް އަހަރެން ކައިރީގައި ބުނާތި.. އިތުރު މީހަކު ލިވީގެ ގައިގަ އަތްލަން އުޅުނަސް އަހަރެންކައިރިގަ ބުނާތި.. ޕްލީޒް..”އިޒާން ލިވިޔާގެ ކޯތާފަތުގައި ފިރުމާލަމުން ބުނެލި އިރު އޭނާ ލިވިޔާއާއި މެދު ކަންބޮޑުވެފައިވީ ވަރު އެމޫނުމަތިން ހާމަވެއެވެ.
“އެން މިލާން ވެސް ކިތަންމެ ކުޑަ ކަމެއް ވިޔަސް އަހަރެން ކައިރިގަ ބުނާތި… ލެޓްސް ޑޫ ދިސް ޓްގެދާ..” އިޒާންގެ ބަސްތައް އިވި މިލާން ވެސް ބޯ ޖަހާލިއެވެ.
” ޒާން” ލިވިޔާ މަޑުމަޑުން ގޮވާލިއެވެ.
“ޔެސް ބޭބީ..” މިލާން ހުއްޓާއި އިޒާން އެހާ ލޯބިން ވާހަކަ ދެއްކުމުން ލިވިޔާ ލަދުގަތެވެ. އިޒާން ހެވިފައި ހުރެ ލިވިޔާއާއި ގާތައް ޖެހިލިއެވެ. “އެހެމް އެހެމް” މިލާން ކަރުކެހިލަމުން ދުރު ބަލައިލި އިރު އޭނާއަށް ވެސް ހުރީ ހެވިފައެވެ. “އަހަރެން އަންނާނަން ޓޮއިލެޓްއަށް ގޮސްފަ” މިލާން ހޭންފަށަމުން ގޮސްވަނީ ފާހާނާއަށެވެ.
“އައި ލަވް ޔޫ..” މިލާން ދިޔަތަން ބަލަން ހުރެ ލިވިޔާ ދުވެލާފައި އައިސް އިޒާންގެ ގައިގާ ބައްދާލިއެވެ. “އައި ލަވް ޔޫ ޓޫ” އިޒާން ލިވިޔާގެ ގައިގާ ދެއަތްވަށާލައިގެން ހުރި އިރު އެ މޫނުމަތީގައިވާ ހިނިތުންވުމުން އެކަނިވެސް އޭނާ ލިވިޔާދެކެ ލޯބިވާވަރު ހާމަވެއެވެ.
***
އާދުވަހަކަށް މަރުހަބާ ކީ ނަމަވެސް ފިނި މޫސުމުގެ ދުވަސްތައް ކަމުން އިރުގެ ހިލަމެއް ނެތެވެ. ހެނދުނު ހެނދުނާ ކޮފީ މަގެއް ހިފައިގެން ގޭގެ ޓެރެސްއަށް އެރި ލިވިޔާގެ ލޮލުގައި އަޅާގަތީ އަލާނިޔަލްއެވެ. އެ ގަދަ ފިނީ ގައިވެސް ހުސްގަޔާ ހުރުމުން ލިވިޔާއަށް މަޖާވިއެވެ. ހަމައެކަނި ކަޅު ޖީންސްގައި ހުރި އިރު އޭނާގެ “ސިކްސް ޕެކް އެބްސް” ވަނީ ހާމަޔައް ފެންނާށެވެ.
އިޒާން މަނާކޮށްފައި އޮތް ނަމަވެސް އަލާނިޔަލްއާއި އެކަހެރިކޮން ބައްދަލްކޮށްލަން ލިވިޔާ ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަލާނިޔަލްގާތައް ދިޔުމަށްޓަކައި ހަތަރު ފަރާތް އޭނާބަލާލީ އެއްވެސް މީހެއްގެ ހިލަމެއް ވޭތޯއެވެ.
ވެހެމުންދިޔަ ސްނޯވްތައް ހަށިގަނޑުގައި ބީހިލިޔަސް އަލާނިޔަލްއަށް އެއްވެސް އުނދަގުލެއް ނުވާކަހަލައެވެ. ކުރިމަތިން ދުރުދުރަށްދާންދެން ފެންނަން އޮތް ވޯބޮޑު ޖަންގައްޔައް ބަލަހައްޓައިގެން ހުރިއިރު އެވަގުތުވެސް އެތައް ކަމަކާއި ވިސްނަމުންދާކަން އެ މޫނުމަތިން ހެކިދެއެވެ. އެއްވެސް ތާޒާކަމެއް އެމޫނަކު ނުވެއެވެ. އެހެންހުރެފައި ފުންނޭވާއެއްދޫކޮށްލާ ރެއިލިންގްގެ ދަގަނޑުގައި އަޅުވާފައި އޮތް އޭނާގެ މަޑު ފިޔާތޮށިކުލައިގެ ހޫޑީ ލިއެވެ.
“އަންހެންކުއްޖެއްތަ ޕިންކް އެއްޗިސް ލާން” އަލާނިޔަލް ސިހުނީ ގާތުން ލިވިޔާގެ އަޑުއަހާފައެވެ. އަލާނިޔަލް އެއްމިޔަކަނުން ހީލަމުން ދުރުބަލާލިއެވެ. “އިޒާން ރުޅި އަންނާނެ އަހަންނާ ވާހަކަ ދެއްކިކަން އިނގުނަސް.. ގޯ ލިވިޔާ.. ޖަސްޓް ގޯ ބިފޯރ ހީ ކަމްސް ޓް ޔޫ..” އަސަރެއް ނެތްގޮތަކަށް އަލާނިޔަލް ބުނެލިއެވެ. ލިވިޔާ ހީލިއެވެ. އެ ހީލުމުން ނަނގަންވީ މާނައެއް އަލާނިޔަލްއަކަށް ނުވިސްނުނެވެ.
“ކޮބާ އީން މިއަދު..”ލިވިޔާ އަހައިލިއެވެ. ލިވިޔާ ބުނެލި އެއްޗަކުން އަލާނިޔަލްގެ ލޯ ދިޔައީ ބޮޑުވެގެންނެވެ.
“އައި ނޯ އެވްރީތިންގް….ޑިފީ އާ މީޓް ކޮށްލަން ބޭނުންވެފަ ހުންނަތާ މިހާރު ދުވަސްގަނޑެއް ވެދާނެ..އައި ނޯ ޔޫ އާ ނޮޓް ވިތް ޔޯ މޯމް..އެދުވަހު އީން އާ ދެމީހުން މިތާ ހުރެ ދެއްކި ވާހަކަ ކައިވަންގެ އިތުރުން އަހަންނަށްވެސް އިވުނު.. އެދުވަހު އަހަރެން ވެސް އުޅޭނީ މި ޓެރެސްގަ.. އެތާ އެކޮޅުގަ ހުއްޓާ އަޑެއް އިވޭހެން ހީވެގެން އައީ މިކޮޅައް ..އައި ހާރޑް އެވްރީތިންގް… އައި ތިންކް އައި ހޭވް އަ ޓްރަސްޓް އޮން ޔޫ”ލިވިޔާ ދައްކަމުން ދިޔަ ވާހަކަ އަހަން ހުރި އިރު އަލާނިޔަލްއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ
“އާރ ޔޫ “އަލާނިޔަލްއަށް މަޑުމަޑުން ބުނެލެވުން އިރު އޭނާއަށް އަމިއްލަ ބޮލުގެ އިސްތަށިގަނޑަށް ދަމާލެވުނީ ބޯ ހާސްވިވަރުންނެވެ. “ލުކް .. މޭބީ ޔޫ މިސްހިއާރޑް ސަމްތިންގް..” އަލާނިޔަލް ހުރެފައި ބުނެލި އެއްޗަކުން ލިވިޔާއަށް ހިނިގަނޑެއް ޖަހާލެވުނެވެ.. “ދޮގު ހާދާކަށްވެސް ނޭނގެ ހަހަހަހަ” ހެމުންހެމުން އަލާނިޔަލްގެ ބަނޑުގައި ލިވިޔާ ޖަހައިލިއެވެ.
“ކީއްވެ އިޒާން ކައިރީގަ ނުބުނަން ތިހުންނަނީ.. އޭނަ އަބަދު ހުންނަނީ ވިސްނަން ޖެހިފަ ޑިފީ ތިއުޅޭ ގޮތުން .. ” ލިވިޔާ މަޑުމަޑުން އަހައިލިއެވެ. ” ބިކޯޒް ހީވޯންޓް ބިލީވް މީ ދެން … ކުރިން ކެރާ އާއި އަހަރެންނާ ދެމެދު ދެކެވިފަ ހުރި ވާހަކަ އިވުނީ ވެސް އިޒާންއަށް. .. އަހަރެން މި ޖައްސާ ސްޓަންޓްތައް ވެސް ފެންނަނީ އޭނާއަށް ..އިޒާން އަހަންނަށް ޓްރަސްޓްކުރަން ބޭނުންވިޔަސް އިޒާންއަކަށް ނުކުރެވޭނެ އެ ޓްރަސްޓެއް އަހަންނަކަށް… އަހަރެން އިޒާން ގޯހެއް ނުކުރާނަން އޭނާ އަހަންނަށް ބިލީވް ނުކުރަނީ އޭ ކިޔާފައެއް.. ބިކޯޒް ކޮންމެ މީހަކު ނަމަވެސް ވާނީ އެހެން..އަހަރެން ކުއްލިޔަކަށް މާ ހަރުކަށިވެގެން އުޅެން ހެދުމުން ގޭގެ އެންމެން އަހަރެން ބާކީ ކޮށްލިޔަސް އެދުވަހު އިޒާން ނުކުރެ އަހަރެން ބާކީ އެއް ..އޭނާ އުޅުން އަހަންނަށް ވިސްނާދޭން.. އެކަމަކު އޭނާ އާއި ދިމާލަށް ބަވާލާފަ އަހަރެން މިހުރީ …އެންމެ ދުވަހަކު ނޫން ލިވިޔާ.. އެތައް ދުވަހަކު ބަވާލާ އޭނަ ރޮއްވާލީ ތީ މަ ބޭބެއެއް ނޫނޭ ކިޔާފަ..އޭނާ ބޭރުފުށުން ކިތަންމެ ހިތްވަރު ދައްކައިގެން އުޅުނަސް އަހަންނަށް އިނގޭ އޭނާ އެތެރެއިން ބަލިކަށިކަން ..އަހަރެންނަށް ފެނޭ އޭނާގެ ދެލޮލުން އަހަންނަށް އަދިވެސް ކޮއްކޮއަކު ދެކެވާނެ ފަދަ ލޯބި.. އެކަމަކު އަހަންނަށް މިހެން ހަދަން މަޖުބޫރު .. މިހެން އަހަރެން ނޫޅޭނަމަ ލިވީ އަށް ނޭނގުނަސް އެމީހުން ނޭނގެ މި އާއިލާއަށާ ލިވިޔާއަށް ހަދާލާނެ ގޮތެއް ..އަދި މިލާން އަށް އަށް ވެސް ޑޭންޖާރ ވާނީ … އެޓްލީސް އަހަންނަށް މަޖުބޫރު އެކްޓްކުރަން އެންޑް ފާޑުފާޑު މޮޅެތި ސްޓަންޓްތައް ޖައްސާ ކެރާއާއި އެއްކޮޅަށް ހުރިކަން ދައްކަން ” އަލާނިޔަލް ވާހަދައްކަމުންދިޔައިރު އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަން ވެސް ނޫޅެ މައްޗައް ބަލަހައްޓާގެން ހުއްޓެވެ. އޭނާގެ ހިތައް ކޮށްފައިވާ އަސަރު އެ މޫނުމަތިން ވެސް ހާމަވެއެވެ.
އަލާނިޔަލްގެ އެ މަޖުބޫރީ ހާލަތު ފެނުމުން ލިވިޔާގެ ދެލޯވެސް ދިޔައީ ފެންކަޅިވަމުންނެވެ. މިއާއިލާއަށްޓަކައި އަދި ހުދު އޭނާއަށްޓަކައި އަލާނިޔަލް އެވަމުންދާ ގުރުބާނީގެ އަގު އޭނާއަށް ދުވަހަކުވެސްއަދައެއް ނުކުރެވޭނެއެވެ. ގޭގެ އެންމެންގެ ނަފްރަތުގެ އަމާޒު ފަތްގަނޑަކަށް ވެ ހުރެ އަލާނިޔަލް އެދަނީ ގޭގެ އެންމެންނަށްޓަކައި ގުރުބާން ވަމުންނެވެ.
“ޑިފީ ކައިވަން އަށް ހެދީ ކިހިނެތް ތަ.. އޭނާއަށް ކަމެއް ކުރީތަ.. އެދުވަހުގެ ފަހުން ވަރަށް ފާޑަކަށް އޭނާ އުޅެނީ..” ލިވިޔާ އަހައިލިއެވެ.
“ހީޒް ވިތް އަސް ނައު … އަހަރެން އެދުވަހު އޭނާ ކައިރިޔަށް ގޮސް ބުނެލީ ކޮންވާހަކައެއްހޭ އަޑު އިވުނީ … ހީ ސެއިޑް އެވްރީތިން.. އަހަރެން އިތުރު އެއްޗެއް ބުނަން ވާއިރަށް އޭނާ ބުނީ އޭނާ ބޭނުމޭ ހެލްޕްވާން..”އަލާނިޔަލް ކިޔާދިނެވެ. “ވަޓް އެބައުޓް މީ .. ތި ތިން މީހުންގެ ގްރޫޕަކަށް އަހަރެން އެޑް ނުކުރާނަންތަ ޑިފީ..” އަލާނިޔަލް އާއި ހަތަރު ކަޅި ހަމަކޮށްލާ ލިވިޔާ އަހައިލިއެވެ. ލިވިޔާގެ އެ ސުވާލް ވީ އަލާނިޔަލް ވިސްނުމުގެ ތެރެއަށް ދޫކޮށްލި ކަމަކަށެވެ. “އޯކޭ އޮން .. އިތުރު މީހަކަށް އެއްވެސް އެކަމެއް އިނގިގެން ނުވާނެ .. އިޒާންއަށް ވިޔަސް..” އިންޒާރު ދޭފަދައަކުން އަލާނިޔަލް ބުނެލިއިރު އެމޫނުމަތީގައި ވަނީ ހަރުކަށިކަމެވެ. “އޭޒް ޔޫ ވިޝް.. ބަޓް ޑިފީ .. އަހަންނަކަށް ނޭނގޭ އަހަރެންނާއި އަދި މިއާއިލާ އެން އޯލްސޯ މިންމި އަށް ޓަކައި ތިވާ ސެކްރިފައިޒްތަކައް ސުކުރު އަދާކުރާނީ ކިހިނެތް ކަމެއް ވެސް… އީން ބުނާހެން ތިހާ ރަނގަޅުމީހުން ވެސް އުޅޭތަ.. އިޒާން ފިޔަވައި އަހަންނަށް ތިހާ ރަނގަޅު މީހެއް މިފެނުނީ އަދި ..ތެންކިއު ސޯ މަޗް..”އަލާނިޔަލްގެ އަތުގައި ޖަހާލަމުން ލިވިޔާ ބުނެލިއެވެ.
ލިވިޔާގެ އެއަމަލުން އަލާނިޔަލްގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. ” މިލާން ދެކެ ލޯބިވޭ ދޯ..” ލިވިޔާ އަހައިލީ އަލާނިޔަލްގެ މޫނަށް ބަލަން ހުރެއެވެ. “ޔެސް އައި ޑޫ.. ވަރަށް ލޯބިވޭ… އެކަމަކް އޭނާއަށް ގެއްލުން ވާނީ އަހަރެން އޭނާ އާ ރައްޓެހި ވެއްޖެޔާ .. ބަލާ މަ އޭނާ އާއި ވާހަކަ ދައްކާ ކަމައްޓަކައި ވެސް އެންމެފަހުން ކެރާ އޭނާއަށް ހަދާލި ގޮތް.. އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ކިތަންމެ ލޯބިޔަސް ނެތް ގުޅެވޭކަށް..މިލާންގެ މައިންބަފައިން މިހާރު އެތިބީ އެމީހުންގެ ހައްޔަރުގަ.. އިތުރަށް މިލާންގެ ލޯތްބަށް އެދި އެންމެ މަސައްކަތެއް ކުރިޔަސް ލިވީ އަށް ވެސް އިނގެއެންނު ދެންވާނެ ގޮތް..”އަލާނިޔަލް ލިވިޔާއާއި ދިމާލަށް ބަލާލުމުން ބުނެލިއެވެ. ލިވިޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “އެން ލިވީ .. އިޒާން އާ މި ފެމެލީ މީހުން ނުލާ ލިވިޔާގެ ވަށައިގެން ހުސް ވަނީ ލިވިޔާގެ ދުޝްމަނުން… ޔަޒަކް ނަގާފައި އަހަރެން ބުނާނީ އިޒާން އާއި ކައިވަން ފިޔަވައި އެއްވެސް ފިރިހެނަކަސް އިތުބާރު ނުކުރާށޭ… އައި ޑޯން ޓްރަސްޓް އަދާސް.. މިހާރު ވެސް މިގޭގެ ކޮންމެވެސް ހިސާބެއްގަ އެބަހުރި ލިވިޔާގެ އެންމެ ބޮޑު އެއް ދުޝްމަން..” އަލާނިޔަލް ބުނެލި ވާހަކަ އަކުން ލިވިޔާއަށް ތެޅިގަނެވުނެވެ.
“ވަޓްޓް..” ލިވިޔާ އަށް ބާރުބާރަށް ބުނެވުނެވެ. ” ޔާހް.. އެއްކޮން ޔަގީން ނުވާތީ ނޭމް ނުބުނާން .. އެކަމަކު ނައިންޓީ ނައިން ޕޮއިންޓް ނައިން ޕަސެންޓް ޔަގީން ހީޒް ދަ ސެކްންޑް އެނިމީ ޓު އޯލް އޮފް އަސް ..ސްޕެޝިއަލީ ޔޫ .. އޭޒް ޔޫ ނޯ ކެރާ އިޒް ދި ފަސްޓް އެނިމީ.. ކެރާގެ އަތް ދަށުން އޭނާ އުޅެނީ.. ހުދު އޭނާގެ އަމިއްލަ ބައްޕައަށް ވެސް އޮޅުވާލައިގެން އެއުޅެނީ ..އައި މީން ޔުއާރސް ސެކޮންޑް އެނިމީ..ހޭއި.. ނައު އައި ހޭވް ޓް ގޯ .. ޔޫ ހޭވް ޓް ބީ ކެއާފުލް.. ހަނދާން ކުރާތި އަހަންނާ އިޒާން އާއި ކައިވަން އާއި ނޫނީ ނެތް ލިވިޔާއަށް ހެލްޕް ވެވޭނެ މީހެއް..ޔަޒަކް ވެސް އެހުރީ ދުރުގަ .. ސޯ އެކަނި އެއްވެސް ތާކަށް ނުދާތި.. ކޮންމެވެސް ބޮޑު މީހަކާއެކު އުޅޭނީ… މިލާން އަށް ބަލާ ދޭތި ފޯރ މީ” ލިވިޔާ ބޯ ޖަހައިލުމުން އަލާނިޔަލް، ލިވިޔާގެ ބޮލުގައި ފިރުމާލިއެވެ.
“އެގެއިން ބީ ކެއާރފުލް ބީ ކެއާރފުލް އެން ބީ ކެއާރފުލް.. ޔުއާރ އެނިމީ އިޒް ހިޔާރ .. އައި މީން ސަމްވެއާރ އިން ދިޒް ހައުސް..” އަލާނިޔަލް އޭނާގެ ކޮޓަރިޔަށް މިސްރާބް ޖެހީ ލިވިޔާ ވަރުގަދަ ބިރުވެރި ވިސްނުމެއްގެ ތެރެއަށް ދޫކޮށްލާފައެވެ.
ލިވިޔާ ހުސްވެފައި މަގު ހިފައިގެން ޑައިނިންރޫމަށް މިސްރާބްޖެހިއިރު ސިޓިންރޫމުންއިން ބަޔަކު ހޭއަޑު އިވެއެވެ. އިޒާން އާއި ޒައުލްއާއި އެކު އިން ނުދަންނަ ފިރިހެން ކުއްޖާ ލިވިޔާގެ ލޮލުގައި އަޅައިގަތެވެ. ލިވިޔާ އެމީހުންނަސް ފެނުމުގެ ކުރިން ޑައިނިންގް ރޫމުތެރެއަށް ދެމިގަތީ ޒައުލްއަށް ފެނިއްޖެޔާ ދިމާކުރާނެ ވަރު ހިތައް އަރާފައެވެ.
**
“މިއާދެވުނީ މިހާރު މިގެޔަށް ވެސް ..ދެން އަހަރެން ނުގެނެޔަސް އަންނާތި..އަހަރެން ނުގެންނަނީ އޭ ކިޔާފަ ނައިސް ނުހުންނާތި ..”ނިޔަލް އާއި ދިމާލައް ސޯފާއިން ދެތިން ކުޝަން ނަގާ އެއްލާލަމުން އިޒާން އަނގަޔައް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. “ހޫމް ..އަންނާނަން ކޮންމެ ދުވަހަކު ނާންނާށޭ ބުނަންދެން “ނިޔަލް ދުރު ބަލާލަމުން ބުނެލިއިރު އޭނާގެ މޫނުމަތީގައިވަނީ އާދަޔާއި ހިލާފަ ހުސްކަމެކެވެ. ގޭގެ އެކި ދިމަދިމާލައް ނަޒަރު ހުއްޓަމުން ދިޔައިރު ހީވަނީ ކޮންމެވެސް މީހަކު ހޯދާހެންނެވެ.
“ކައެ ކޯއްޗެއް ތިޔަ ހޯދަނީ..” ނިއަލް މާވަރަކަށް ތަންތަން ބަލާކަން ފާހަކަ ކުރެވިގެން ޒައުލް އަހައިލިއެވެ. ” އާގެޔަކަށް އާދެވުނީމަ ބަލާނެ އެންނު ދެން ކޮންމެ މީހަކު ވެސް… ހަހާ..” އިޒާން ހޭންފަށަމުން ޒައުލްއާއި ދިމާލަށް ސޯފާގައި ބާކީއޮތް ކުޝަންއެއް އެއްލިއެވެ. ނިޔަލް އެކައްޗެއް ވެސް ނުބުނެ ކުޑަކޮން ހީލިއެވެ. އެމީހުން އެވާހަކައިގައި ތިއްބާ ލިވިޔާ ޑައިނިންގް ރޫމުން ނުކުމެންތަން ޒައުލްއަށް ފެނުމުން ޒައުލް ގޮވާލިއެވެ.
“ލިވީ ތިން ކޮފީ ގެނެސްދީބަލަ ..” ޒައުލްގެ އަޑަށް އިޒާން ބަލައިލިއެވެ. އިޒާންއަށް ލިވިޔާ ފެނުމުން އެމޫނުގެ ކުލަވަރުން ލިވިޔާ އެހާ ރަނގަޅުހެނެއް އިޒާންއަށް ހިޔެއް ނުވެއެވެ. ލިވިޔާއަށް ކުޑަ ބަދަލެއް އަޔަސް އިޒާންއަށް މީގެ ކުރިންވެސް ސިއްރެއް ނުވެއެވެ.
ޒައުލް، ލިވިޔާއަށް ގޮވާލުމުން ނިއަލްގެ ނަޒަރު ވެސް ހުއްޓުނީ ލިވިޔާއަށެވެ. ނިއަލް އެއްމިޔަކަނުން ހީލިއިރު އޭނާގެ މޫނު އާދަޔާއި ހިލާފަށް އަލިވިއެވެ. ދެލޯ ހަނިކޮށްލައިގެން އެއްމިޔަކަނުން ހީލައިގެން ލިވިޔާއަށް ބަލަހައްޓާގެން ހުއްޓެވެ.
ނިޔަލްގެ ތޫނު ނަޒަރު އަމާޒުވާން ފެށުމުން ލިވިޔާގެ ހިތްބިރުގަންނަން ފެށިއެވެ. އަލާނިޔަލްގެ ވާހަކަތައް ހިތައް އެރުމުން އަލާނިޔަލް އެބުނާ މީހަކީ މިއީ ބާއޭ ހިތައް އެރިއެވެ. ނަމަވެސް މީނަ ނޫނަސް މިވަގުތު އެގޭގައި އިތުރު އެހެން ބަޔަކު ވެސް އުޅެދާނެ ނޫންހެއްޔެވެ. ހަމަ މިއީ އޭނާ އަށް ނުވެދާނޭ ލިވިޔާގެ ހިތައް އެރިއެވެ.
” އާނ އެބަ އަންނަން…ކޮންތާކަށް ގެންދަންވީ ..މިތަނައްތަ މައްޗައްތަ…”ލިވިޔާ އަހައިލިއެވެ. “މައްޗައް ދޯ ދާނީ…ހަތަރު ކޮފީ އިނގޭ ..ޒީހާން ވެސް އުޅޭނެ..” އިޒާން ބުނެލިއެވެ.
ލިވިޔާ އޯކޭ ބުނެ ހިނގައިގަތީ އަވަހަށް އެތަނުން ދިޔުމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ހުއްޓާނުލައި ލިވިޔާ އާއި ދިމާލަށް ބަލަހައްޓާގެން އިން ނިޔަލްގެ އެ ތޫނު ނަޒަރުން ސަލާމަތް ވުމަށް ލިވިޔާ ހުރީ ނުހަނު ބޭނުންވެފައިއެވެ.
އިޒާންގެ ނަޒަރު ލިވިޔާ އަށް ހުއްޓިފައިވާތީ ވަށާއިގެންވާ މާހައުލުގައި ހިނގަމުންދާ ކަންކަމަކަށް އޭނާގެ ސަމާލުކަމެއްނެތެވެ. ލިވިޔާ ދިޔަ ދިމާލަށް ބަލަން އިން އިޒާންއަށް ލިވިޔާއަށް ބަދަލެއް އައިސްފާވާކަން ޔަގީންވީ ލިވިޔާ ދިޔަގޮތުންނެވެ.
“ތިމީހުން ދޭ..މަ އެބަ ދަން ..” ޒައުލްމެން މައްޗައް އެރިތަން ބަލަންހުރެފައި އިޒާން ޑައިނިންގް ރޫމަށް މިސްރާބް ޖެހިއެވެ.
ޒައުލް އާއި އެކު މައްޗަށް އަރަން ދަމުން ނިޔަލް ހުރިތާގައި ހުއްޓި ތިރިޔަށް ބަލައިލިއެވެ. އޭރު އިޒާން ޑައިނިންގް ރޫމުތެރެއަށް ވަންތަން ފެނުމުން އަސަރެއް ނެތްގޮތަކަށް ހީލިއެވެ. ނިއަލް ލަސްވެގެން ޒައުލް ފަހަތައް އެނބުރި ގޮވާލިއެވެ. “މޭން މިދަނީ..” ނިޔަލް ، ޒައުލްއާއި ވީފަޅިއެއް އެނބުރި ހިނގައިގަތެވެ.
***
އިޒާން ޑައިނިންގް ރޫމަށް ވަންއިރު ކޮފީ މޭކަރ ކައިރީ ލިވިޔާ ހުއްޓެވެ. އޭރު ކޮފީ އަޅަން ޖެއްސި މަގު ފުރިގެން ބަންޑުންވަނީއެވެ. ނަމަވެސް ހިޔާލަކަށް ގެއްލިފައި ހުރި ލިވިޔާއަށް މިއިން ކަމެއް ރޭކާނުލައެވެ. އެހެން ހުރެފައި ލިވިޔާ އަތްދަމައިގަތީ ހޫނު ކޮފީ އޭނާގެ އަތައް އެޅުމުންނެވެ. ” އާއާއުޗްޗް” އިޒާން އޭނާގެ ހަލުވިމިނުގައި އައިސް ކޮފީ މޭކަރ ހުއްޓާލިއެވެ. ހަމަ އެ ސިކުންތްގައި އިޒާން، ލިވިޔާގެ ގައިގާ ފަހަތުން ބައްދާލައިގެން ހުރެ ޒިންކް ގައި އިން އިސްކޫރު ލިވިޔާގެ އަތައް ދޫކޮށްލިއެވެ. ނަގާދިލައިން ލިވިޔާއަށް ދިޔައީ ކެތްނުވަމުންނެވެ. ނަމަވެސް އިސްކޫރުން އޮހޮރުނު ފެންތައް ފިހިފައިވާ ތާގައި ޖެހުމުން އިރުކޮޅެއްފަހުން ލުޔެއް ލިބުނެވެ.
އިޒާން ، ލިވިޔާ އުފުއްލާލައިގެން މޭޒުދޮށުން ގޮނޑިއެއްދަމާލައިފާ ގެނެސް ބެއިންދިއެވެ. އޭރުވެސް އޭނާގެ އަނގައިން ބަހެއް ބޭރުނުކުރެއެވެ. ފްރިޖްހުޅުވާލަފައި ދެތިން އައިސްކިއުބެއް ނަގާ އައިސްބޭގް އަކަށް ލާ ލިވިޔާގެ އަތުގެ ކުޑަހުޅުކައިރިން ފިހިފައިވާ ތަނުގައި ޖައްސާ މަސާޖުކޮށްލިއެވެ. މުޅި އެހިސާބުވަނީ ނޫގަނެފައެވެ. އިޒާން އިނީ ލިވިޔާ އަމިއްލަ ނަފްސަށް ބަހައްޓާ ފަރުވާކުޑަ ކަމާއިހެދި ހިތްހަމަ ނުޖެހިފައެވެ. އޭރު ފިހިފައިން އިންތަނުން ނަގަމުން ދިޔަ ދިލައަށް ވުރެން އިޒާން ހިތްހަމަނުޖެހިފައިވި މަންޒަރުފެނި ލިވިޔާގެ ހިތައް މާ އަސަރު ކުރަމުންދިޔައެވެ. އަނގައިން ބުނުމެއްނެތި މަޑުމަޑުން އިނދެ އޭނާ ދިޔައީ އައިސްބޭގުން ލިވިޔާގެ އަތް މަސާޖުކޮށްދެމުންނެވެ.
“ހިނގާ އަހަރެންގެ ރޫމަށް ތަދު ކަނޑުވާ އިންޖެކްޝަނެއް ޖަހަން .. މިހާވަރުވެފައި އޮތިއްޔާ ހޮސްޕިޓަލަށް ދިޔަސް އެ ޖަހާނީ .. އެ ޖަހާލައިގެން ބޭސްކާނީ.. މިހިރީ ލޭ ވެސް އައިސް ބެންޑޭޖް ކޮށްލަން ވެސް ޖެހޭނެ މިތަންތާ.. މި ބޭގުން މަސާޖު ކޮށްލާ އެބަ އަންނަން މި ތިން މަގު އެމީހުންނަށް ގެންގޮސްދީފަ… އަންނަން ވާއިރަށް މި ޖޫސް ތައްޓާއި ސޭންޑްވިޗް ކާލާ.. ބޭސް ކާންވާއިރަށް އެއްޗެއް ކާންވާނެއެންނު.. ” ފްރިޖުން ކްރޭންބެރީ ޖޫސް ޕެކެޓެއް ނެގުމަށްފަހު އިޒާން ތައްޓަކަށް އަޅާ އެހެން ތައްޓަކަށް ސޭންޑްވިޗެއް ލައިދީ ގެނެސް ލިވިޔާގެ ކުރިމަތީގައި ބޭންދިއެވެ. އިޒާން އޭނާއާއިމެދު އަޅާލާވަރުފެނި ލިވިޔާގެ ހިތް ލޯބިން ފުރުނެވެ.
އިޒާން ހިތްހަމަނުޖެހިފައި ހުއްޓަސް ބެލީ ރީތިކޮން ވާހަކަދެއްކެތޯއެވެ. ހިތްއެދޭ ބައިވެރިޔާ އެފަދަ ގޮތަކަށް ފެނުމުން އެހިތް ކުލުނުން ފުރުނީއެވެ.
އިޒާން ކޮފީމަގުތައް ހިފައިގެން ދިޔަކަމެއް ނޭނގި އައިސްހުރީ ލިވިޔާގެ ކައިރިގައި ޖައްސާފައެވެ. އޭރު ލިވިޔާ ކައި ނިމިއްޖެއެވެ. ލިވިޔާ ތަށިދޮންނަން އުޅެން ފެށުމުން އެކަން މަނާ ކުރުމަށްފަހު އިޒާން އެކަން ކޮށްލަ ދީ ލިވިޔާ ގޮވައިގެން އިޒާން މިސްރާބު ޖެހީ އޭނާގެ އެޕާޓްމަންޓާއްށެވެ.
“އިށީންދޭ..” އިޒާން އޭނާގެ އެނދަށް އިޝާރާތްކޮށްލުމުން ލިވިޔާގޮސް އިށީނެވެ. އޭރު އޭނާ އަލަމާރިކައިރީ އެންފަޜާތެއްގައި ހުރި ކަބޮޑުސެޓުން އެންމެ ފުރަތަމަ ކަބަޑު ހުޅުވާލުމަށްފަހު ނެގި ފަސްޓް އެއިޑް ބޮކްސް އަކާއި އެއީ ޖެހިގެން ހުޅުވާލި ކަބޮޑުން ނެގި ސިރިންޖެއް ހިފައިންގެން އަންނަނީއެވެ. “ޒާން.. ” ލިވިޔާ ގޮވާލިއެވެ. އިޒާން ނިއް އަރުވާލީ ކިހިނެތްވީހޭ އަހާފަދައަކުންނެވެ. “އަހަރެން ބުނީ މި ހިއުމަން އަށް ޖަހާ އިންޖެކްޝަންސް އާއި އެއްޗިހިންނެއްނު.. ” ލިވިޔާ އަހައިލިއެވެ. ” ބޭބީ.. އަހަރުމެންމީ ހަމަ ހިއުމަންސް އޭ ގާތްގަނޑަކަށް .. ހަމައެކަނި ތަފާތަކީ މި ބާރުތައް .. މި ނޫން ހުރިހާ ކަމެއް ވެސް ގާތްގަނޑަކަށް ހަމަ އެއްގޮތެއްނު.. ކެއިންބުއިން…ލައިފްސްޓައިލްވެސް އަނެއްހެން ސޭމްއެންނު.. އަހަރެމެންނަށް ވެސް އަނިޔާ ވާނެ.. ދެން ޖެހޭނޭ ހަމަ މިހެން ބޭސް ކުރަން ” މޫނައް ސީރިޔަސްކަން ވެރިކުރަން އުޅުނު ނަމަވެސް އިޒާންއަށް ހެވުނީ ލިވިޔާ ކޮށްލި ސުވާލުންނެވެ.
އިޒާން ހޭންފެށުމުން ލިވިޔާ އަނގަހަދާލިއެވެ. އިތުރަށް ބަހުސްނުކޮށް ކުރަން އައިކަންތައް ކޮށްނިންމާލެވުނެވެ.
ނަމަވެސް އަނެއްކާވެސް އެނާގެ ހިތާއި ސިކުނޑި ބިރުވެރިކަމުން ވަށާލީ އަލާނިޔަލްގެ ވާހަކަތަކުންނާ އެފިރިހެން ކުއްޖާގެ ބެލުމުންނެވެ. އިންޖެންޝަން ޖެހިއިރު ލިވިޔާގެ ބޮލަށް ގޮތެއްވިއެވެ. ޖެހުމުގެ ކުރިންވެސް އެހެންޥާނެ ކަމަށް އިޒާންބުނެފައި އޮތުމުން މާބޮޑުކަމަކަށް ލިވިޔާ ނުހަދައެވެ. “އޯލްރައިޓް އިޓްސް ޑަން..” އިޒާން ފަސްޓްއެއިޑް ބޮކްސް އިންތަނައް ލާފައި އައިސް ހުއްޓިލީ ލިވިޔާގެ ކުރިމަތީގައި ކޮޅަށެވެ. ލިވިޔޣާގެ ނުތަނަވަސްވެފައިވި މޫނަށް ފުންނަޒަރެއްދިނުމަށްފަހު ސަލާމަތުން އޮތްއަތުގައި އިޒާން ހިފާލާ އެއަތައް ވަރަށް ލޯބިން ދަމާލާ ލިވިޔާ ކޮޅަށް ނެގިއެވެ. އިޒާން، ލިވިޔާގެ ދެކޮލުގައި އިޒާންގެ ފިރިހެންވަންތަ ދެއަތުން ހިފާލާ ލިވިޔާގެ ނިތުގައި ބޮސްދިނެވެ.
“ވަޓްސް ރޯންގް ބެބީ.. ޔޫ ކޭންޓް ހައިޑް އެނީތިން ފްރޮމް މީ ..” އިޒާން ލިވިޔާގެ ދެލޮލާއި ހަތަރުކަޅި ހަމަކުރަމުން އަހާލިއިރު ލިވިޔާގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އިޒާންއަށް ސިއްރެއްނުވިއެވެ. ލިވިޔާ ކަމެއް ސިއްރު ކުރާކަން އިޒާންއަށް ޔަގީންވީދެނެވެ. “ވަޓް ހެޕެންޑް…ހޫ މޭކްސް ޔޫ ކްރައި” އިޒާން ރުޅިގަދަވަމުންދިޔައީ އޭނާ އެތައް ފަހަރަކު އެހުމުން ވެސް ލިވިޔާ ކަމެއް ނުވާ ކަމައް ބުނަމުންދިޔުމުންނެވެ. “އިޓްސް ނަތިން.. ހަމަ ރޮވުނީ” ގިސްލެވެމުން ދިޔައިރުވެސް ލިވިޔާ ބުނަމުންދިޔައީ އެހެންނެވެ. އަލާނިޔަލްގެ ވާހަކަ ލިވިޔާ ބުނާނީ ކިހިނަކުން ހެއްޔެވެ. އެހާ ވަރަށް އިޒާން ގާތު ނުބުނުވަން އަލާނިޔަލް އޭނާ ލައްވާ ވަނީ ހުވާކުރުވާފައެވެ. އަނެއްކޮޅުން އަލާނިޔަލްއާއި ވާހަކަ ދެއްކި ކަން އިނގުނަސް އިޒާން އޭނާއަށް މާފެއްނުކުރާނެއެވެ. ލިވިޔާއަށް ރޮވުމުން އަމިއްލަ ނަފްސަށް ހިތުގެ އަޑިން އަޑުލިއެވެ. ނަމަވެސް ރޮވުމަކީ ގަސްތުގައި ކުރިކަމެއްނޫންވިއްޔާއެވެ.
“ކަމެއްނުވެ ނުއެއް ރޯނެ.. ބުނޭ… ބުނާށޭ” ލިވިޔާ ނުބުނުމުން އިޒާން އެންމެފަހުން ހަޅޭއްލަވައިގަތެވެ.
****
(ނުނިމޭ)