ހިރާސް 1 (32) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (32)

“ކެރާ .. ކަލޭގެ ލަދު ހަޔާތް ކޮބާ .. ކަލޭގެ ސަބަބުން ލިވީ އެއޮތި މަރުގެ ތުންފަތްމަތީގަ… ކަލެޔަށް އެކުއްޖާ ކީއްތަ ކުރީ ..އަހަރެން މަރާލަބަލަ ..އޭރަށް ބަދަލް ހިފިފަ ނޫންތަ އެހުރީ.. މޮޔަވެގެންތަ ތިއުޅެނީ..”ރުޅި އާއިދެރަ އެކުވެގެން ދިޔަ ލަވާލްގެ އަޑު އައި ފަހަރަކަށް ވުރެން ފަހަރެއް ބާރުވަމުންނެވެ. “ޢާގްގް ..ޔެސްސް އަހަރެން މިހުރީ މޮޔަވެފަ..ހަމަ ރަގަނޅަށްވެސް މިހުރީ މޮޔަވެފަ… ޔެސީގެ ލޯބި ނުލިބުނީމަ މޮޔަވެފަ… ކަލޭގެ ފަރާތުން އެހާ ފަސޭހަކޮން ނުނިންމާލާނަން މިކަމެއް.. އަދިވެސް އަހަރެން އަންނާނަން ..އޭނާގެ އުމުރުން ތޭވީސް އަހަރު ފުރުމުން ކަލެޔަށް ޖެހޭނީ އޭނާ އަހަންނަށް ދޭން.. އަހަރެންނަށް ޔެސީ ނުލިބުނީމަ އެކަމުގެ ހިތި ކަލޭމެން އެންމެންގެ ކަރުބުޑުގަ ލައްވާނަން… ޖަސްޓް ވެއިޓް އެންޑް ވޮޗް ..އޯހް ސޮރީ ޑާލިންގް ..ބަލަން ހުންނާކަސް ނުޖެހޭނެޔޭ ދޯ.. ކަލޭ މިތަނުން މަރުވާނެ ކަން އަހަރެން ހަނދާން ނެތުނީ.. ގުޑް ބާއި ޔެސީގެ މެޑާމް މިސް އީޑިޔަޓް..” ނުލަފާ ހިނތުންވުމެއްގައި ހުރެފައި ލަވާލް އަށް ސަލާމާތްވާނެ ފުރުސަތުވެސް ނުދީ ފެނީ އެއުސް އިމާރާތުން  ކޮއްޕާލާ ވައްޓާލި ތަނެވެ. އެވަގުތު އެހިސާބު ގަނޑުގައި އެކޯވެގެންދިޔައީ ލަވާލްގެ ހަޅޭކްގެ އަޑެވެ.

******

ޑޮކްޓަރު ވާހަކަ ދެއްކުމަށްފަހު ދިޔުމުން  އިޒާން އަށް ހުރި ދިމާލަށް ތިރިވެވުނެވެ. ޒައުލް އާއި ޒީހާން އަށް އިޒާންގެ ގާތައް ޖެހިލެވުން އިރު އިޒާން އަށް ގިސްލެވެއެވެ.. ނުރޯން ހިތްވަރު ކުރިނަމަވެސް ދެ ތުންފަތް ފޫއަޅުވާލައިފާ ގިސްލުމުގެ އަޑުނުކުތެވެ. ” އަހަ.. އަހަރެން ދެން ކިހިނެތް ހަދާނީ.. ލިވީ.. ލިވީ އާ ނުލާ އަހަރެން ބޭނުމެއް ނޫން ދުނިޔޭގަ ހުންނާކަށް.. ”  ގިސްލަމުން ދިޔުމުގެ ސަބަބުން އިޒާންގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. ކިތަންމެ ހިތްވަރު ކުރިނަމަވެސް ލިވިޔާއާއި އެކު އުޅެފައިވާ ލޯބި ދުވަސްތައް ހަނދާންވެގެން ދިޔުމާއިއެކުއޭނާ އިތުރަށް ހިތްދަތިވަނީއެވެ.

ޑޮކްޓަރުގެ ވާހަކަތައް އިވުމުން ޔާސިރްގެ ހިތްފަޅާއިގެން ދިޔައެވެ. ޔޫމީންގެ ގައިގާ ބައްދާލައިގެން އިނދެ ރޮއިރޮއި އޭނާގެ މޫނުވެސް ވަނީ ދުޅަވެފައެވެ. އައްޒާމް ޔޫމީންގެ އަތުލަފިކޮށްގެން ދުރަށް ޖެހިލިއެވެ. އޭރު ޔަމްހާ އާއި ޒުހޫރު އެތައް ވާހަކައެއް ދެއްކުމުން ޔާސިރްގެ ރުއިންވަނީ ހުއްޓިފައެވެ.

ޔޫމީންވެސް އައްޒާމް އެތައް މަސައްކަތެއް ކޮށްގެން ހަމަޖެހިލެވުނެވެ. “ދޮންބެ އަށް ގުޅާފިންތަ..” ދެލޯ ފުހެލަމުން ޔޫމީން އައްޒާމްގާތު އަހައިލިއެވެ. ” ޒެކް ދޮންބެ މިހާރު އިނި ފްލައިޓްގަ މިކޮޅަށް އަންނަން.. ޑޯންޓް ވޮރީ”އައްޒާމް ޔޫމީންގެ ދެލޯ ފުހެލަދިނީ ނުރޯށޭ ބުނާ ފަދައަކުން ބޯހޫރާލަމުންނެވެ. ” .. ޔޫމީ ތިހެން ރޮންޏާ ބައްޕައާ މަންމަ ވެސް ދެރަ ވާނެ.. ބީ ސްޓްރޯންގް ..އައިނޯ އިޓްސް ހާޑް ފޯރ ޔޫ ” އަތުގެ ނުފުށުން ދެލޮލުން އައިސްފައި ހުރި ކަރުނަތައް ފުހެލަމުން މިލާން، ޔޫމީންގެ ގައިގާ ބައްދާލުމުން ޔޫމީންގެ ބަޑި އިތުރަށް ފަޅައިގެންދިޔައެވެ. މިލާންއަށް ޓެކްސީއެއް ނުލިބުމުގެ ސަބަބުން އާދެވުނީ ނުހަނު ލަހުންނެވެ. އެންމެފަހުން އެކުވެރިޔެއްގެ ބައްޕައަށް ގުޅާއިގެން ހޮސްޕިޓަލްއަށް އާދެވުން އިރު ދިމާވީ  ލިވިޔާގެ އޮޕެރޭޝަންއަށް ފަހު ޑޮކްޓަރުންނަށް ތީއޭޓަރުންނުކުމެވުން ގަޑިޔާއެވެ. ޔޫމީންމެން އައި ގަޑީގައި ޒައުލް ގުޅާފައިބުނުމުން މިލާން އަށް ތައްޔާރުވެގެން ނުކުމެވުނީ ފުދޭވަރަކަށް ލަހުންނެވެ. އެހެންކަމުން އެއްވެސް ކާރަކަށް މިލާން އަށް ލައްވާނުލިއެވެ.

ޔޫމީން ރޯތަންފެނި އައްޒާމް ވެސް ދެރަވެފައި ހުރެ ޔޫމީންގެ ބޮލުގައި ފިރުމާލަމުން ލިވިޔާއަށް  ލޭ ހޯދުމަށް މީހަކަށް ގުޅާލިއެވެ.

ޔާސިރް ހަމަޔަކަށް އެޅުމުން އޭނާ ރުޅިން ރަތްވެފައި ހުރެ  ދުރުގައި ހުރި އަލާނިޔަލް އާއި ދިމާލަށް ދިޔައެވެ. އޭރުވެސް އެކަކަށްވެސް ލަވާލް އެތަނުގައި ނެތްކަމެއް ނޭނގެއެވެ. ޔާސިރް ދިޔަ ބާރުމިނުގައި ގޮސް އަލާނިޔަލް ލައިފާ ހުރި ޓީޝާޓްގައި އެއްއަތުން ހިފާ އަނެއް އަތް ނަގާ މަޅާއިލިއެވެ. އެންމެން ނޭވާ ހިފަހައްޓަލައިގެން ތިބީ ދެން ވާނެގޮތް ނޭނގޭތީއެވެ. ނަމަވެސް ޔާސިރް، އަލާނިޔަލް ގައިގާ ޖެހުމުގެ ބަދަލްގައި އެއަތް ތިރިކޮށްލިއެވެ. “އަލާނިޔަލް …މިއަދަށް ފަހު އަހަރެންގެ އަދި ޔޫމީއާއި ޒެކް ވެސް އަދި ލިވީގެ ނުހުންނާނެ ތި ނަން ކިޔާ ކޮއްކޮ އެއް ވެސް ބޭބެއެއްވެސް އަދި  އާއިލާ މެމްބަރެއް ވެސް .. މިތާގަ މިތިބީ ހުސް ލިވީ އާ އަހަރެންގެ ގާތްމީހުން..އަދި ހެޔޮއެދޭމީހުން… ބޭކާރު މީހުންނަށް ޖާގައެއް ނެތް..  ” ޔާސިރް ހިތިގޮތަކަށް ދުރުބަލައިލަމުން ބުނެލިއިރު އެއަޑުގައިވި ތުރުތުރު އެޅުން އެކަކަށް ވެސް ސިއްރެއް ނުވިއެވެ. އަލާނިޔަލްއަށް ހީވީ އޭނާގެ ފައިދޮށުން ބިންގަނޑު ގަންބައިލިހެންނެވެ. ޔާސިރް އޭނާއާއި އޮތް ގުޅުން ކަނޑާލީއެވެ. ގަބޫލް ކުރަން ދަތި ވެފައި ޔާސިރްގެ މޫނަށް އަލާނިޔަލްއަށް ބަލައިލެވުނު އެއްވެސް އިޙްތިޔާރެއް ނެތި އެދެލޮލަށް ކަރުނައިގެ ސައިލާބެއް ޖަމާވިއެވެ. ދެން ކުރިމަތިލާންޖެހުނީ އުފަން ބައްޕަ އައްޒާމްގެ ވިހަގަދަ ޖުމްލަތަކާއެވެ.

“ކެރާގެ  ބައިގަނޑާއި އެކު އުޅުނު ނަމަވެސް އަހަރެން ދުވަހަކުވެސް ހިތައް ނާރާ އަހަރެންގެ ދަރިޔަކު މިފަދަ ކަމެއް، އަހަރެންގެ ދަރިއެއްފަދަ ކުއްޖަކަށް ކޮށްފާނެއެކޭ އަދި އެހެން މީހަކަށް ވެސް ކޮށްފާނެއެކޭ.. ބަލާ އިޒާން.. އެކުއްޖާ އެކުރާ ހިތާމަ ކަލެއަށް އިނގޭތަ..ކަލެޔަށްޓަކާ އެކުއްޖާ ނުކުރަނީ ކޮންކަމެއް.. ނޫފުލަނީ ކޮންބުރައެއް..ގޯސްކޮން އުޅެންފެށީމަ ކިހާ ވަރަކަށް ވިސްނާދިން..އެވަރު ރަނގަޅު ބޭބެއެއް މީހަކަށް ލިބޭނެތަ… އެ ކުއްޖާއަށް ލިބުނު އެންމެ ބޮޑު އުފާވެރިކަން ކަލޭ ތި ނައްތާލީ.. އެ ދަރިފުޅާއި އަހަރެންގެ ކޮއްކޮ އާއި އޭނާގެ އަންހެނުންގެ ލޮލުން ވެއްޓިގެން އެދާ ކަރުނަތައް ފެނުމުން އަހަރެންގެ ހިތަކަށް ނުވޭ ކެތެއް.. ކަލޭ ބެލީ ކެރާއެއްނޫން ..ކާންދީ ބަލާ ކިޔަވާދޭން މަސައްކަތް ކުރީ ކެރާ އެއްނޫން… އިޒާން އާ އަލާނިޔަލް ބޮޑުވެފަ ތިހުރީ  ހަމައެކަނި ލަވާލްގެ މަސައްކަތުންނޭ ބުންޏަސް ދޮގަކަށް ނުވާނެ.. ދުވަހަކު ވެސް ލަވާލްއެއް ނުހުންނާނެ އަލާނިޔަލް ދެރާވާ ފަދަ ބަހެއްވެސް ބުނެފަ އަދި ކަމެއްވެސް ކޮށްފައެއް.. އެކަމަކު އޭނާގެ ދެލޮލުގެ ނޫރު ކަލޭ ތި ބަރުބާދު ކޮށްލީ.. ހެޔޮނުވާނެ މިވަރު ކޮށްލާކަށް..އިނގޭތަ ހަލާކޮށްލެވުނީ ކިތައްމީހުންގެ ދިރިއުޅުންކަން.. އެހާ ލޯބިން އަހަރެމެންނާއިއެއްކޮން އުޅެފަ ހަމަ ކެރާ އެންމެ ބަހެއް ބުނެލީ މަ އޭނާގެ ބަހަށް ހެއްލިގެން ދިޔައިރު އަހަރެން ވާނެ ދެރަ އިޙްސާސް ނުވި… އަހަރެން ނުކަނޑާނަން އަލާނިޔަލްއަކާއި ގުޅުމެއް..އަހަރެންގެ ދަރިއެއް ނޫނޭ ވެސް ނުބުނާން ..ތިޔީ އަހަރެންގެ ދަރިޔެއް ނޫންކަމަކަށް ނުވާނެ ދުވަހަކުވެސް.. އެކަމަކު ދުވަހަކުވެސް އަހަންނަށް ރަނގަޅީ އަހަރެންނާ އަހަރެންގެ އާއިލާއާ ވައި ވެސް ނޭޅުނިއްޔާ..ދެން އިޒާން އާ ލިވިޔާއަށް ގެއްލުންވާ ކަމެއް ކަލޭ ކޮށްފިއްޔާ މަ ވަރު ނުބައި މީހަކު ނުހުންނާނެކަން ހަނދާން ބަހައްޓާތި.. ހަމަ މިހާރު ދޭ މިތަނުން.. މިވާންޖެހޭނީ މަށައް ކަލޭ ފެންނާނެ އެންމެ ފަހު ފަހަރަށް.. ދާން އުޅޭ.” އައްޒާމްގެ ވާހަކަ އިވި އީން އާ ކައިވަން ފިޔަވާ ދެން ތިބި މީހުން ބަލަހައްޓާގެން ތިބީ އައްޒާމްއަށް ތާއީދުކުރާ ފަދައިންނެވެ.

ހިފަހައްޓަން މަސައްކަތް ކުރި ކަރުނަތައް އެއްވެސް އިޙްތިޔާރެއްނެތި އަލާނިޔަލްގެ ދެލޮލުން ފައިބަން ފެށުމުން އަވަހަށް ފުރަގަސްދިނީ އެމަންޒަރު އެހެން މީހަކަށް ފެނުނަ ނުދޭންށެވެ. ނަމަވެސް  ދޮރުންވަދެގެން އައި ކައިވަންއާއި އީން އަށް އަލާނިޔަލްގެ ކަރުނަވީ ދެލޯ ފެނުނެވެ. އައްޒާމް ވާހަކަ ދައްކަނިކޮން ދެ ތިންފަހަރަކު އަލާނިޔަލް އޭނާގެ ކުށެއް ނެތް ކަމަށް ބުނަން އުޅުނެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އައްޒާމް  އަތް އުފުލާލާ އެކަން މަނާކުރަނީއެވެ. އޭގެންވެސް އަލާނިޔަލް ދައްކާ ވާހަކަ އައްޒާމްވެސް ގަބޫލްކުރަން ބޭނުން ނުވާ ވަރު ހާމަވެއެވެ.

އަލާނިޔަލް ދެން ބަލާލީ ދުރުގައި ޒައުލް އާއި ޒީހާނާއެކު ރޮވިފައި އިން އިޒާންއަށެވެ. އެ ބޭބެ ގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނި އޭނާގެ ހިތައް ވެސް އަސަރު ކުރިއެވެ. އެފަދަ ގޮތަކަށް އިޒާން ރޯތަން އެތާގައި ތިބި އެހެންމީހުންނެކޭ އެއްފަދައިން އޭނާއަށް ވެސް އެފެނުނީ އަލަށެވެ. އިޒާންގެ ގާތު ނުރޯށޭ ބުނަން ބޭނުންވިއެވެ. ނަމަވެސް ބުނާނީ ކޮންދުލަކުން ހެއްޔެވެ.

އަލާނިޔަލް ކިތަންމެ ވަރަކަށް އޭނާގެ ކުށެއްނެތްކަން ސާބިތު ކޮށްދޭން އުޅުނަސް އެކަމެއް ނުވާނެއެވެ. އެއްވެސް ބާރެއް ނުދައްކާ އަލާނިޔަލް ހުރިއިރު އޭނާ ހިތްކުދިކުދިވެފައި ވާ ވަރު އީން އަށާއި ކައިވަންއަށް ސިއްރެއް ނުވިއެވެ. ކައިވަން މަޑުމަޑުން ހިނގާލާފަ ގޮސް އަލާނިޔަލް ގާތު ހުއްޓުނެވެ. “އައްޒާމް ބޭ ..ޑިފީ ދައްކާ ވާހަކަ އަޑުއަހާލަބަލަ އެންމެ ފަހަރަކުވެސް.. ވެދާނެނު އޭނާ އިނޮސެންޓްކަމަށް ވެސް..” އަލާނިޔަލްއާއި އެއްހަމައެއްގައި ހުއްޓި ކައިވަން ބުނެލިއެވެ. އޭރު ދެންތިބިމީހުންގެ ނުރުހުމުގެ އަމާޒް ފަތްގަނޑަކަށް ކައިވަން ވެއްޖެއެވެ. “ކައި އަކަށް ނޭނގޭ އޭނާއެއް.. މިރޭ ވެގެންދިޔަ ގޮތުން އިތުރަށް ކަމެއް ސާފްކުރަން ނުޖެހޭ ވަރަށް މިއޮތި ހެކިލިބިފަ.. ނިޔަލް ހުރީ އޭނާގެ އެކުވެރިޔާ އާއި އެކު މިކަމަށް ހެކިބަސްދޭން ތައްޔާރަށް..ސޯ..” ޒުހޫރު ބުނެލިވާހަކަ އަހާފައި އަލާނިޔާލްއާއި އީން އަށް އަތް މުއްކަވާލެވުނެވެ. ކައިވަންއަށް ވެސް ދުރުބަލާލެވުނީ ރުޅިގަދަވިވަރުންނެވެ. އެކަކު ވެސް އަލާނިޔަލްގެ ވާހަކަ އަޑުނޭހުމުން އީންގެ ގާތައް އައި އަމަށަކު ރުޅިއެއް ނޫނެވެ. އެ އެންމެންގެ ފަރާތުން އަލާނިޔަލްއަށް ލިބުނު ހަމަލާތަކުން ރެކެން ވެސް ނޫޅެ އަލާނިޔަލް ހުރުމުން އީން އިތުރަށް ރުޅިގަދަވިއެވެ.

“ދެން ހުއްޓަ އެންމެން.. ވަރަށް ވާހަކަ ދެއްކިއްޖެއެންމު  ތި އެންމެންނަށް ވެސް… ދެން ވާހަކަ ދައްކާނީ އަހަރެން… އަހަރެން މިއަދު ލަދުގަންޖެ އައްޒާމްބެ އަމިއްލަ ދަރިއަށް އެއްވެސް އިތުބާރެއް ނެތީމަ…” އީން އަލާނިޔަލް އާއި އައްޒާމް މެދަށް ވަދެ ހުއްޓުނެވެ. “އީން ސްޓޮޕް އިޓް” އެތަނައް އައީންސުރެންވެސް އަނގައިން ބަހެއް ބޭރުނުކޮށް ހުރެފައި އެންމެފަހުން އަލާނިޔަލް އެއްޗެއް ބުނީ، ބުނަން ނުޖެހޭ ވަރު އެއްޗެއް އީން އަށް ބުނެވިދާނެ ތީ އެވެ. އީންގެ ރުޅިއަކީ އަލާނިޔަލްއަށް އާ އެއްޗެއް ނޫނެވެ. ” ޑިފީ ވެސް ހުއްޓުވާނެ ކަމެއް ނެތް..އަހަރެން ބުނަން ބޭނުންވާ އެއްޗެއް ބުނެފަ ނޫނީ މިއަދު މިތާކުން ނުދާނަން.. ކަލޭމެންނަށް ފަހަރުގަ ޑިފީ ނޭނގިދާނެ..އެކަމަކު އަހަރެންނަށް ޑިފީއަކީ ކާކުކަން އިނގޭ ތިމީހުންނަށްވުރެން ބޮޑަށް..ކަލޭމެން އެންމެންނަށްޓަކާ އެފަކީރު އެވީ ގުރުބާނީގެ އަގުވަޒަން ކުރީ ތި އާއިލާއިން އެންމެ މީހެއް ..އޭނާއަށް ވަރަށް ޝުކުރު..އެމީހަކަށް އެނގޭނެ އެ ކާކުކަން.. ސޯ އަމް ގޮއިން.. ދެން ތިމީހުންނަކަށް މި ޑިފީ އެއް ނުފެންނާނެ.. ޑިފީގެ ލޮލުން އެ ވެއްޓުނު ކޮންމެ ކަރުނަ ތިއްކެއްގެ ބަދަލް ހިފާނަން އަހަރެން …އިޓްސް އަ ޕްރޮމިސް ..އެވަރިހަމަ ކިތަންމެ ގާތްމީހަކަށް ވިޔަސް.. މީހެއްގެ އެހީ އެންމެ ބޭނުންވި ދުވަހު އަހަރެންނަށް މިދުނިޔެމަތިން ވެސް އެހީވި ހަމައެކަނި މީހަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ.. އެ އެކުވެރިޔާގެ ކުށެއް އޮތް ކަންކަމާއި ކުށެއް ނެތް ކަންކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ..އަހަރެންނަށް އިނގޭ ގުޅުން ކަނޑަން ނުވާނެ މީހުންނާއި އިތުބާރުކުރަން ވީ މީހުން.. އަހަންނަކީ މިއާއިލާއާ ބެހޭވެސް މީހެއްނޫން..ހިލޭ މީހެއް މިއީ..އެކަމަކު އަހަރެންނަށް އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ކަންކަމާއި ބެހުމުގެ ހުއްދަ އެ އެކުވެރިޔާ ވަނީ ދީފަ… ޑިފީއަށް ތިހެދި ގޮތުގެ ހިތިރަހަ ތި އެންމެންގެ ކަރުބުޑުގައި މީގެ ބާރަ އަހަރު ފަހުން އިންޝާﷲ ލާނެ.. އެދުވަހުން އޭނާގެ މާފަށް އެދި ނާންނާތި..  އަހަރެން ދުނިޔޭގަ ހުއްޓާ އޭނާގެ މާފް ނުލިބޭނެ އެކަކަށް ވެސް ..މީ ވަރަށް ވާހަކަ.. ލެޓްސް ގޯ” އައްޒާމް އާއި ޔާސިރް އަދި ދުރުގައި ހުރި ޒައުލްއަށް އަލިފާނުގެ ބެލުމެއް ރައްދުކުރަމުން އަލާނިޔަލްގެ އަތުގައި ހިފައިގެން އީން ހިނގައިގަތެވެ.

އެވަގުތު ގަބޫލް ނުކުރެވޭ ފަދައަކުން އަލާނިޔަލްއާއި ދިމާ  ބަލަހައްޓާއިގެން ހުރި މިލާން އަލާނިޔަލްގެ ލޮލުގައި އަޅާއިގަތެވެ. އެ ރީތި ދެލޯ ފެންކަޅި ވެފައިވާއިރު އެތަކެއް ޝަކުވާތަކެއް އެދެލޮލުގައިވެއެވެ. ތިމާ މިދުނިޔެއިން ހަމައެކަނި ލޯބިވި ކުއްޖާއާ މިފަދަ ހިތްދަތި ގޮތަކަށް ވަކިވާންޖެހުމުން އަސަރު ނުކުރާނީ ކާކުގެ ހިތަކަށް ތޯއެވެ. އަލާނިޔަލް އަށާއި މިލާންއަށް ވެސް ވީ އެފަދަގޮތެވެ. ހިތްކުދިކުދި ވެފައިވާ ހާލު ވަދާއުގެ ބެލުން އެކަކު އަނެކަކަށް ބަދަލްކޮށްލިހިނދު ނުރޮވޭ އެކަކު ވެސް އެދެމީހުންގެ ތެރެޔަކުނެތެވެ. ދެމީހުންގެ ލޮލުންވެސް އެކަކު އަނެކަކަށް ފެނިގެންދިޔައީ ތެދުވެރި ލޯތްބެވެ. އިންތިހާ ޝަކުވާއެވެ. “ގުޑް ބާއި” މަޑުމަޑުން އަލާނިޔަލް އަނގަހަރަކާތް ކޮށްލަމުން މިލާންއާއިމާލަށް އެނބުރި ބުނެލިއެވެ. އެވަގުތު މިލާން އަނެއްފަރާތައްއެނބުރުނީ ހިތައް ކެތްނުވުމުންނެވެ. ރޮވެމުންދިޔައަޑު ބޭރުވެދާނެތީ އަނގަމަތީގައި އަތްއަޅާއިގެން ފާހާނާ ބަރިޔާއި ދިމާލަށް މިސްރާބްޖެހީ ހިތައް ކެތްނުވުމުންނެވެ. އަލާނިޔަލްވެސް މިލާންގެ އެހިތާމަވެރި މޫނު ފެނުމުން އެދެޔަތުގެ ހިމާޔަތް ދޭން ބޭނުންވިއެވެ. ނަމަވެސް ހިތްފަޅާއިގެންދާވަރުވެފައި ހުއްޓަސް ކެތްތެރިވާން އޭނާއަށް މަޖުބޫރެވެ.

“ވީ ވިލް މީޓް ޔޫ ކައި..”ރީތި ހިނިތުން ވުމެއް ރައްދުކުރަމުން އީން ހިނގައިގަތީ ކައިވަންއަށް އެއްލޯ މަރައިލަމުންނެވެ. އަލާނިޔަލް ، އީންގެ އަތުގައި ހިފާ އެ އަތްތިލައަށް ބާރުކޮށްލެވުނީ އީން ގެ އެ ހިތްވަރުން އާޝޯޙްވެގެންނެވެ. ކައިވަންވެސް މަޑު ހީލުމަކާއި އެކު ލުއިގޮތަކަށް ބޯޖަހާލީ އެހެންމީހަކަށް ފަހުމް ނުވާނެހާ ސިއްރުނެވެ.

**

އީން އާއި އެކު އަލާނިޔަލް ދިޔައީ ޖެނީވާގައި ހުންނަ އީންމެންގެ އެޕާޓްމަންޓަށްށެވެ. އެތާގައި ދިރިއުޅެނީ އީންގެ މަންމައާއި އީންއާއި ދެމައިންނެވެ. އީންގެ މަންމަ އަލާނިޔަލް އަށް މަރުހަބާ ކީ އުފަލާއެކުއެވެ. އީންގެ މަންމަ އާޔާ ، އަލާނިޔަލްދެކެ އަބަދުވެސް ވަރަށް ލޯބިވެއެވެ. ” ދަރިފުޅު ބޭނުން ދުވަހެއް ވަންދެން މިތާގަ އުޅެންވީ ..މަންމަގެ އެއްވެސް މައްސަލަ އެއް ނޯންނާނެ.. އެކަމަކު ދެކުދިންވެސް ކިޔެވުން ކުރިޔަށް ގެންދަންވާނީ ޖެނީވާގެ ޔުނިވާސިޓީއަކުން.. މަންމަ ބޭނުމެއް ނުވޭ ދެކުދިން ޒިއުރިކަށް އެހާ ދުރަށް ކިޔަވަން ފޮނުވާކަށް…” އާޔާ ތަބަކަކަށް ދެ ޖޫސްތަށި ލައިގެން އައިސް ސޯފާގައި ތިބި އީންއަށައި އަލާނިޔަލްއަށް ހިތްހެޔޮ ހިނިތުންވުމެއް ރައްދުކޮށްލަމުން ދިއްކޮށްލިއެވެ.

“އާނ އެހެން މިކިޔަނީ ޑިފީ ކާރީގަ… ހީ ސެއިޑް ޔެސް ޓޫ.. މާދަން އުޅޭނީ ޔުނިވާސިޓީ އެކްސްޗޭންޖް ކުރުމުގަ.. “އީން ، އާޔާ ގެނެސްދިން ޖޫސް ތަށިން އެތިފޮދެއް ބޯލަމުން ބަލައިލީ އަލާނިޔަލްގެ ހަމަހިމޭންވެފައިވާ މޫނަށެވެ. އީންއަށް ފުންނޭވާއެއް ބޭރުކޮށްލަން ޖެހުނީ އަލާނިޔަލް ގެ އެހަމަހިމޭން މިޒާޖުން  އުނދަގުވިވަރުންނެވެ. އާޔާއަށްވެސް އެކަން ފާހަގަ ވިއެވެ. ” މަންމަ މިއުޅެނީ ނިދަން އޮށުވަންނަން.. އީންގެ ރޫމް އާ ޖެހިގެން ހުރި ރޫމް ހުންނާނ ޑިފީއަށް ރެޑީކޮށްލާފަ.. މަންމަ މިދަނީ ދެން.. ” އާޔާ ދިޔުމުން އީންއަށް ހިފާލެވުނީ އަލާނިޔަލްގެ އަތުގައެވެ. “ޑިފީ” އީން ގޮވާލުމުން އަލާނިޔަލް އިނދެފައި ހޫމް އަޅުވާލިއެވެ. “އައި ނޯ ހައު ޔޫ ފީލް ނައު .. ޑޫޑް ޔުއާރ ފިއުޗާ އިޒް ބްރައިޓް މާޝާﷲ.. އެން ލިވީ ޓޫ.. އެން އޯލްސޯ މިލާން..” ސިއްރުވެރި ހިނިތުންވުމެއް ވެރިކުރުވަމުން އީން ޖޫސް ފޮދެއް ބޯލިއެވެ.  “ވަޓްޓް” އަލާނިޔަލް ލިބުނު ސިހުމާއެކު އީންގެ އަތުގައި ވިކައި ގަނެވުނެވެ. އެކަން ފަހުމް ވީ އީން އައުޗް އޭ ބުނުމުންނެވެ.

“ހޭ އީން އައިމް ސީރިޔަސް ..އައި ނޯ މީހުންގެ އަތްތިލާގައި ހިފާލައިގެން ހުރެ އެކިޔާ އެއްޗެއް ކިޔާ ލޯމަރާލުމުން އީންއަށް މީހުންގެ ފިއުޗާރ އިނގޭކަން..އެއީ އީންގެ ބާރަކީ އައި ނޯ.. ކޮން އިރަކު ލިވިޔާ އާ މިލާން ގެ ފިއުޗާ އީން ބެލީ..” އަލާނިޔަލް ބުނެލިއިރު އެ އަޑުގައިވި ޝައުގުވެރިކަން ހާމަވެއެވެ.

“އިއްޔެ ރޭ އެމީހުން ނިދާފަ ތިއްބަ ވަދެފަ… ކަމެއް ގޯސްވާން އުޅެޔޭ އަހަރެންގެ ހިތް ބުނާވަރުން އަހަރެން ބެލީ..އަހަންނަށް އިނގޭ އެމީހެއްގެ  ހުއްދަ ނެތި މިކަހަލަ ކަންކަން ކުރުން މަނާ ވާނެކަން އިނގޭ  .. އެކަމް ވަރަށް އެހެން ކަހަލަ ފީލިންގްސް އެއް އަންނާތި ބެލީ.. “އީން  ކިޔާދިނެވެ. “ދެން ވަޓްސް ދި ރިޒަލްޓް .. ” އަލާނިޔަލް އަޑުގައިވި ކެތްތެރިކަން ކުޑަވެފައިވީ އަސަރެވެ. “މިލާންގެ ސިއްރެއް އަދި ނުކިޔާ ދެވޭނެ.. އޫމްމް އިޒާން އެންޑް ޒީވާ ތިންގް..” އީން އިނދެފައި ހީލިއެވެ. “ވަޓް… ވަޓްޓް ..ހޫ އިޒް ޒީވާ ނައު … ވަޓްސް ގޮއިން އޮން..” އަލާނިޔަލް ދެލޯ ބޮޑުކޮށްލައިގެން ހުރެ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.. ” އައިމީން.. އިޒާން އެންޑް ޒީވާ ތިންގް ވިލްބީ ސްޓާޑެޓް ސޫން.. މިލާންގެ ލައިފަށް ވެސް މީހަކު އަންނާނެ އިންޝާﷲ .. އެ ވެދާނެ ޑިފީ އާއި ވަރަށް ގާތް މީހަކަށް ވެސް ހަމަ.. ހޭ ޑޯންޓް ބީ ސޭޑް.. ވިތް ޓައިމްސް އެވްރީތިންގް ގޮނަ ބީ އޯލްރައިޓް..ޑިފީއަށް ވެސް ޑިފީގެ ސިޓިއޭޝަން އަންޑަސްޓޭންޑްވާފަދަ ބައިވެރިޔަކާ ދިމާވާނެ ..ޑޯންޓް އާސްކް މީ އެނީތިންގް އެބައުޓް އިޓް.. ބިކޯޒް އަމް ނޮޓް ގޮނަ އާންސާ ދެޓް.. ސޯ..” އީން އިސްޖަހާލަމުން މަޑުމަޑުން މިބުގައި ދެފައި ޖަހައިލިއެވެ. “ވެއިޓް.. އައި އަންޑަސްޓޭންޑް އިޒާން އާ ތިބުނާ ޒީވާ އެއް ސްޓާޓިންގް ސޫން އޭ ބުނާ ތަންކޮޅު.. މިލާންއަށް ނިއު ބޯއީފްރެންޑެއް ލިބެނެއޭ ބުނާ ތަންކޮޅުވެސް.. އެކަމް އައި ޑޯންނޯ މައި ތިންގް.. ކޮންމެ ފަހަރަކު އަހަރެން ގެ ފިއުޗާ އޭ ކިޔާފަ އަހާ އިރަށް ޔޫ ވިލް އެކްޓް ސްޓްރޭންޖް.. ވީ އާރ ނޮޓް އެނިމީސް ..އަމް ޔޫ އާރ މައި ބެސްޓީ ސޯ.. ޓެލް މީ..” އަލާނިޔަލް އާދޭސްކުރަން ފެށުމުން އީން އަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. މިއީ ކޮންމެ ދުވަހަކުވެސް އަލާނިޔަލް އީންގާތު އެ ސުވާލް ކޮސްފިނަ ވާގޮތެވެ. އީން ގެ އަނގަޔަކުން ބަހެއް އިތުރަކަށް ނުނިކުންނާނެއެވެ

އަލާނިޔަލް ގާތު އަލާނިޔަލް ފިއުޗާގައި އަލާނިޔަލް އާއި އެކު އީން އަށް ފެންނަނީ އީން އޭ ބުނަން އއީންއަށް ކެރޭނެ ހެއްޔެވެ.

***

“އަހަރެންގެ ކިޑްނީ ދޭން ތައްޔާރު..”ޑޮކްޓަރު އައިސްފައި ލިވިޔާގެ ލެފްޓް ކިޑްނީ ފެއިލްވި ހަބަރާއި އެކު ވީ އެންމެ އަވަހަށް ޑޯނާރ އެއް ހޯދަން ބުނުމުން އިޒާން ވަގުތުން އިށީންދެ އިން ގޮނޑިން ތެދުވެ ޑޮކްޓަރު ފަހަތުން މިސްރާބްޖެހިއެވެ. އެ ކުޑަ ވަގުތު ކޮޅު ތެރޭގައި ބަސްބުނާހާ ސިކުންތު ތެރޭގައި އިޒާން ޑޮކްޓަރުފަހަތުން ނުކުމެގެން ދިޔައިރު އެކަކަށް ވެސް އެކަމާއި ދެކޮޅަށް އެއްޗެއްބުނާނެ ވަގުތު ނުލިބެއެވެ.

“ކޮބާ ތަ ލަވާ” ލަވާލް ނެތްކަން އެންމެ ފުރަތަމަ ފާހަގަ ވި ކުލްސޫމާއަށެވެ. އެންމެން ހިނގާދިޔަ ހާދިސާއަށް ފަހު ލަވާލް މަތިން ހަނދާން ވީ އަދިކިރިޔާއެވެ. އެންމެންވެސް ހީކުރީ ލަވާލް ހުރީ ކުލްސުމާއާއި އެކުގައި ކަމަށެވެ.  އެހެންބުނުމުން ޔާސިރް އާއި ޔޫމީންގެ ސަމާލްކަން ވެސް އެކަމަށް ހުއްޓުނެވެ. “އަހަރެން ހީކުރި ކުލްސޫމާ އާއި އެކު ގޮނޑިބަރީގަ ކަމަށް.. ” ޒުހޫރު ފޯނެއްގައި ހުރެ ކުލްސޫމާގެ އަޑުއިވިފައި ބުނެލިއެވެ. ” ނޫން އަހަރެން އޭރު ލަވާ ކާރީގަ ހުރެފަ ދިޔައީ ފާހާނާއަށް ..ދެން އައިސްފަ މިތާގަ މިއިނީ.. ނުވެސް ތެދުވަން”ކުލްސޫމާ ހައިރާންވެ ހާސްވާންފެށީ އޭނާ ލަވާލް ނުދެކޭތާ ވިހި މިނެޓް ވަރު ވެދާނެހެން ހީވީ މައެވެ. އެވާޙަކަ އޭނާ ދެންތިބި މީހުންނަށް ވެސް އިވޭވަރަށް ބުނެލިއެވެ. ” ވަޓް ވިހި މިނެޓޭ..” ޔާސިރައަށް އަހައިލެވުނީ އާދައިގެ ވަރަށް ވުރެން ބާރަށެވެ. ކުއްލިޔަކަށް އެންމެންނަށް ސިހުމެއް ލިބުނީ ތިރިޔަށް އައްޒާމް އާ އެއްކޮން ފޭބި  ޔަމްހާ ރޮމުން ރޮމުން އަންނަ ތަންފެނުމުންނެވެ. އައްޒާމް ފެންނާކަށްނެތެވެ.

“ޔަމް ކިހިނެތް ވީ.. ކީއްވެ ތި ރޮނީ..ލިވީއަށް ޑޯނަރ ވެސް ލިބިއްޖެއޭ.. ބްލަޑްވެސް އަޅާފި..” ޔާސިރް ހީކުރީ  ޔަމްހާ ރޮމުންގެންދިޔައީ ލިވިޔާ އޮތް ހާލުގެ ސަބަބުންނެވެ. ނަމަވެސް ޔަމްހާ ހުއްޓުމެއްނެތި ގިސްލާން ފެށުމުން ކަމެއް ގޯސްވެއްޖެކަން އޭނާގެ ހަވަނަ ހިއްސު ގޮވާލިއެވެ. ޔަމްހާ އަށް ރޮވޭ ވަރުން ވާހަކަ ވެސް ނުދެއްކެއެވެ. “ލަ..ލަވާ .. ވެއ..ވެއްޓުނީ ..ޓެރެސް..ޓެރެސް އިން.. ކޯމާގަ.. ބޭ..އައްޒާމްބޭ އެ..އެތާގަ..ދެންމެ ޒެކް..ޒެކް އައި ގަޑީ ޒެކްއަށް ފެނުނީ” ގިސްލެވިގެން މާނޭވަލެވުމުން ދިޔަ ޔަމްހާ ދިން ހަބަރުން ޔޫމީންގެ ހަބަރު ހުސްވެގެން ދިޔައިރު ޔާސިރްއަށް ހީވީ އޭނާގެ ފައިދޮށުން ބިންގަނޑު ގަނބައިގެން ދިޔަހެންނެވެ..

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު