ހިރާސް 1 (36) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (36)

އެކުލާސް ނިންމާފައި ލެކްޗަރާރް ދިޔުމުން ޒީވާގެ ހިތް ތެޅެންފެށީ އެޔެއް މިޔެއް ބަލާފަކައެއް ނޫނެވެ. އަތްފައި ފިނިވެގެން ދިޔައީ ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައިއެވެ. ތުންފަތުގައި ދަތް އަޅާއިލެވުނީ  ކުލާސް ރޫމު ބޭރުން ފިޔަވަޅުތަކެއްގެ އަޑުއިވިފައެވެ.

 

ފިރިހެންވަންތަ ހިނގުމުގައި އިޒާން ވަދެގެން އައި އިރު ހުރިހާ އަންހެން ކުދިން ކަޅި ޖަހާނުލާ ބަލަން ތިއްބެވެ. ހާއްސަކޮން ވާނީ އެވެ . މިއަދު އަދި ވާނީގެ މޫނުގައިވި މޭކަޕްތައް އިއްޔެއަށް ވުރެން ގިނައެވެ. އަނގަބޮޑުކޮންގެން ހިނިއައިސްފައި އިނދެ އިޒާންއަށް ބަލަމުން ދިޔަގޮތުން ވާނީ ހީވަނީ މޮޔައެއްހެންނެވެ. ޔޫމީންއަށް ވާނީ ހުރިގޮތުން ހެވޭވަރުން ޒިޥާއަށް ވެސް އެ މަންޒަރު ދައްކާލިއެވެ. ވާނީ ހުރި ގޮތުން ޒީޥާ ގާތައް ހިނިއައި ނަމަވެސް އޭނާ ބޭނުންވީ ވާނީގެ މޫނުމަތީގަ ޖަޙާށެވެ. އިޒާން އަކީ ހަމައެކަނިއޭނާގެ މީހެކެވެ.

 

ކަޅުކުލައިގެ ގަމީސް ،ކަޅު ޓްރައުޒާގެ ދަށައް ޖަހާ ބެގީކޮށް ،ކަޅުކުލައި ހިމަދިގު ޓައި އެއް އަޅާލައިފާވައިރު އިޒާން ނުހަނު ފިރިހެންވަންތައެވެ. އޭނާގެ ކަސްރަތީ ހަށިގަނޑުގެ ވަރުގަދަން ފާޅޫވޭވޭ ހުއްޓެވެ. އިޒާން ފެނުމުން އަންހެންކުދިންނަށް މިވާ ގޮތުން އޭނާ ހުރީ ފޫހިވެފައެވެ. ނަމަވެސް މާ ބޮޑު އަޅާލުމެއް ނުދީ ކިޔަވާދޭން ފެށިއެވެ.

ވައިޓްބޯޑުގައި ނޯޓްތައް ލިޔެ ނަގަން ބުނެ އިޒާން ގޮސްފައި މޭޒުދޮށުގައި އިށީނެވެ. އެހެން އިނދެފައި ޒީޥާ އާއި ދިމާ ބަލައިލީ އެކަމަށް އެދި އޭނާގެ ހިތް ގޮވަންފެށިވަރުންނެވެ. އިޒާން ސިހުނީ އޭނާއާއި ދިމާލަށް ބަލަހައްޓާގެން އިން ޒީވާ ފެނިއެވެ. އެތައް ދުވަހެއް ފަހުން އެފަދަގޮތަކަށް ދެމީހުންގެ ހަތަރުކަޅި ހަމަވުމުން ދެމީހުންނަށް ވެސް ކުރެވެންފެށީ ތަފާތު އިހްސާސެކެވެ. އިޒާން އަވަސް އަވަހަށް ދުރު ބަލައިލީ ޒީވާ އިސްޖަހާލުމުންނެވެ. އިޒާންގެ ހިތް ތެޅިގަތީ އެވަގުތުގެކޮޅުގެ ނާޒުކު ކަމުންނެވެ. އިޒާންގެ ހިތް އެދި ގޮވަންފެށި ކޮންމެވެސް ގޮތަކުން ޒީވާއާއި ވާހަކަ  ދެއްކުމަށެވެ.

ޒީޥާގެ ހިތް އާދަޔާއި ހިލާފަށް ތެޅެމުންދިޔައީ އިޒާން އާއި އެފަދަ ގޮތަކަށް ހަތަރު ކަޅިހަމަވެގެން ދިޔުމުނެވެ. އޭނާގެ ހަމައަކަށް އަޅުވާލަން ދަބަހުންފެންފުޅި ނަގަމުން ފެންފޮދެއް ބޯލިއެވެ.

“ހުރިހާ ކުދިން އަޑުއަހާ.. މި ޔުނިވާސިޓީ މިދިޔަ ސެމިސްޓާގެ ކުދިންގެ ގްރެޑުއޭޝަން އެބައޮއި މިއަންނަ ފްރައިޑޭ ނައިޓްގަ. ސޯ މި ކުލާސް ކުދިންނަށް އެބައޮއި ޗާސް އެއް ލިބިފަ އެ އިވެންޓް އޮގަނައިޒް ކުރަން ..  މި ކުލާސް އިން ހޮވާލެވޭ ކުދިންނާއި އަދި އިތުރު ފަސް ކުލާހަކުން ކުދިންކޮޅެއް ހޮވާލާނެ.. އަދި އެއްވާހަކަ.. ކޮންމެ ކުލާސް އަކުން ސެވެން ކުދިން ނަގަނީ.. ދެން ސެވެން އަށް ވުރެން ގިނަ ކުދިން ބައިވެރިވާން ބޭނުން ވަންޏާ  ގުރުއަތު ލާގެން ކުދިން ނަގާނީ.. ސޯ މާދަން އެކަން އިންނާނެ.. ސީ ޔޫ ޓްމޯރޯ ގައިޒް..” އިޒާން ފޮތްތައް ހިފައިގެން ދަމުން ޒީވާއާއި ދިމާ ބަލައިލި އިރު ޒީޥާ މިފަހަރު އިނީ އިސްޖަހައިގެންނެވެ.

***

ގެޔަށް ގޮސް ފެންވަރައިގެން ނުކުމެ ނަމާދުކޮށްލައިގެން އިޒާން އެނދަށް ޖެހިގަތެވެ. އެނދުގައި ހަމަޖެހިލުމަށްފަހު އިޒާން ފޯނު ނަގާ ބަލައިލިއެވެ. އޭރު ޔަޒަކްގެ ދެތިން ކޯލަކީ ނިޔަލްގެ މިސްކޯލެއް އިނެވެ. ޔަޒަކްއަށް ގުޅުމުން ފޯނު ނުނެގުމުން އިޒާން ދެން ގުޅީ ނިޔަލްއަށެވެ. ” އޭ ބްރޯ.. ކައެ ތީ ރަނގަޅު މީހެއް ..މަ އައި ފަހުން އެއްފަހަރު ދިމާވި ގޮތައް އަދި ދިމާ ނުވެ ..ޔަޒަކް ވެސް މަ ގެޔަށް ލާފަ ދިޔަގޮތައް ބަހަބަރު.. ފޫހިވެގެން ވެސް  ހަލާކު.. ހިނގާބަލަ ކޮފީއަކަށް ..” ނުހަނު ސަކުވާގެ ރާގުގައި ނިއަލް ވާހަކަ ދެއްކިއެވެ.. “މަ ބިޒީ ކަމުންނޭ .. ކޮބާ ކައެ ކޮންތާކު.. މިރޭ ދަމާ ކޮފީއަށް …މަ ގުޅާނަން ނުކުމެފަ..” ނިޔަލް އޯކޭ އޭ ބުނުމުން އިޒާން ބޭއްވިއެވެ. ފޯނު އެނދުމައްޗައް އެއްލާލާފައި އިޒާން އެނދުގައި އަނެއްކާ ވެސް އޮއްތާލިއެވެ. އެހެން އޮއްވާ އޭނާ އަށް ނިދުނެވެ.

***

އަލާނިޔަލް ތައްޔާރުވަމުންދިޔައީ އީންއާއި ބައްދަލް ކުރަންދިޔުމަށެވެ. އެތައް ދުވަހަކަށް ފަހު އޭނާއަށް މިލާންގެ ހަނދާންތަކުން ދުރުވެވިއްޖެއެވެ. އެ ހަނދާންތަކާއި ދުރުވެވުން އިރު އޭނާގެ ހިތުގައި އެހެން އިހްސާސްއެއް ވަނީ އުފެދެންފަށާއިފައެވެ. އީންދެކެ ލޯބި ވެވުން އިރު ވެސް އޭނާއަށް ރެއަކާ ނުލަ އެވެ. އެންމެ ގާތް އެކުވެރިޔާ ދެކެ ލޯބި ވެވުމުން އެކަމާއި ލަދު ހީވެ އަލާނިޔަލްއަށް އީން ގާތު ލޯބިވާ ވާހަކަ ބުނަން ނުކެރި މިއަދާ ހަމައަށް ވެސް އޭނާ ވަނީ ފަސްޖެހެވިފައެވެ. އެހެންނަމަވެސް މިރޭ އޭނާ އެ ތައްޔާރުވަނީ އީންއަށް ލޯބި ހުށަ އަޅާށެވެ. ލޯގަނޑު ކުރިމަތީގައި ތައްޔާރުވަމުންދިޔަ އަލާނިޔަލްގެ މޫނުމަތިގައި ވީ އަންހެންކުދިން ހިތްތައް ކަތިލާފަދަ ހިނިތުންވުމެކެވެ.  މުށިކުލައިގެ އަތްދިގު ގަމީހުގައި ކަރުގޮތް އަޅުވާފައި ލާފައި ގަދަ ޗޮކްލެޓްކުލައިގެ ޓްރައުޒާ ރަގަޅުކޮށްލިއެވެ. ހިތްފުރޭވަރަށް ސެންޓް ޖެހުމަށްފަހު އަލާނިޔަލް މިސްރާބު ޖެހީ އީން މެންގެ ގެޔަށް އީން ބަލާ ދިއުމަށެއެވެ. ގެއިން ނުކުމެގެން ގޮސް ކާރަށް  އެރި  އަލާނިޔަލް ސިއްސައިގެންދިޔައީ ކާރު ތެރޭގައި  ޑްރައިވާރ ސީޓާއި ޖެހިގެން އިން ސީޓުގައި އިން އޭނާގެ އެކުވެރިޔާ ފެނިއެވެ.

“ރާހިލް ބިރޭ ގަތީ.. “ހިނިގަނޑެއް ޖަހާފައި އަލާނިޔަލް ބުނެލިއެވެ. ނަމަވެސް އޭނާގެ އެކުވެރިޔާ ރާހިލްގެ މޫނުމަތީގައިވީ ސީރިޔަސްކަން ފެނި ހާލަތު ރަނގަޅުނޫން ކަން އަލާނިޔަލްއަށް  އިހްސާސް ވިއެވެ. ވަގުތުން ކިހިނެތް ވީތޯ އަހާލިއެވެ. “ޑިފީ .. ހީ އިޒް ހިޔާ.. ނިޔަލް … ” ރާހިލް ކުރުގޮތަކަށް  ނިޔަލް އައިވާހަކަ ކިޔައިދިނެވެ.  އެއާއެކު އަލާނިޔަލްގެ ލޭ ދިޔައީ ކެކިގެންނެވެ. އޭނާ ކާރުގެ ހުންގާނުގައި ދެއަތުން ވަރަށް ބާރަށް ޖަހާލިއެވެ.

“ވަޓް .. ނިޔަލް އައީ …..ކިހާ ދެރަ ކަމެއް ދެން މި..” އަލާނިޔަލް ރުޅިގަދަވިވަރުން ދިޔައީ ތުރުތުރު ލަމުންނެވެ. “އަހަރެން ހިތައް އަރާ އިޒާން އާ ޔަޒަކްއަށް ކިހިނެތްވެފަ ބާއޭ އެތިބެނީ.. ހަމަ ޝައްކުވެސް ނުވަނީ ބާއޭ ނިޔަލް  އަށް..”ރާހިލް ހުރީ ނިޔަލް އާއި ހެދި އިޒާން އާއި ޔަޒަކް މާވަރަކަށް އުޅޭތީ އެކަމާހިތްހަމަ ނުޖެހިފައެވެ. ” ބަލަ އެމީހުންނަކަށް ނޭނގޭނެ ދޯ އެކަލޭގެ މާ މޮޅެތި ޑްރާމަ ސްޓަންޓް ޖައްސަންޏާ… އަހަންނާ ދޭތެރޭގަ އެމީހުން ސައްކު ކުރަނީ ވެސް އެހެންވެ.. ރާހިލް މިހާރް އޭނާ ހުރީ ކޮންތާކު..” އަލާނިޔަލް ސުވާލް ކުރި އިރު ވެސް ނިޔަލް ދެކެ ވެފައި ވެފައި ހުރި ފޫއްސާއި އައިސްފައި ހުރި ރުޅިފާޅު ވެއެވެ. ނިޔަލް އަށް އޭނާގެ އެކުވެރިން ފާރަލާ ވާހަކަ ބުނެ ނިޔަލް ހުރިތަން ރާހިލް ކިޔައިދިނެވެ. މިރޭއެއްކޮން ރާހިލް ގާތު ނިޔަލްއަށް ފާރަ ލާން ބުނެ އަދި ކިތަންމެ ކުޑަކަމެއް އޭނާކުރިޔަސް ހަބަރުދޭން   ބުނެ އަލާނިޔަލް ކާރުދުއްވާލީއެވެ.

***

ޔާސިރްއާއި ލަވާލް ޓެރެހުގައިވާ ސޯފާއެއްގައި އިށިނދެގެން ތިބިއިރު ދެމީހުންގެ އަތްތިލަ ވަނީ ގުޅި ލާމެހިފައެވެ. ޔާސިރްގެ ކޮނޑުގައި ލަވާލްގެ ބޯ އެޅިފައިވާ އިރު  ޔާސިރގެ އަނެއް އަތުން ލަވާލްގެ ހަށިގަނޑުގައި ފަހަތުން އަތްއަޅުވާލައިފާ ވެއެވެ. އަދިވެސް އެންމެ ޒުވާން ލޯބިވެރިންހާ ޔާސިރްއާއި ލަވާލް ގެ ލޯބި ތާޒާއެވެ. ދެމީހުން ކުރެ އެކަކު ވެސް ބަހެއް ނުބުނެ ތިބި ކަމުގައި ވިޔަސް އެދެމީހުން މޫނުމަތިން އެކަކު އަނެކަކު ދެކެވާ ލޯބި ފާޅުވޭވޭ ހުއްޓެވެ. “ލަވާ .. ލިވީ ގެ ހަނދާންތައް އެނބުރި އަންނާނެ ބާ.. އަހަންނަށް ހީވަނީ ލަވާ އާ ކުދިންނަށް ގެއްލުމެއް ނުލިބެނީސް އަހަރެން ދާންވީހެން އަނެއްކާ ވެސް.. ” ޔާސިރް ދުރު ބަލާލަމުން ހިތިގޮތަކަށް ބުނެލިއެވެ. ވަގުތުން ލަވާލްއަށް ޔާސިރްގެ ކޮނޑުން ބޯ ހިއްލާ ލެވުނެވެ. ” ނޫން ޔެސީ.. ތިހެން ނުހަދާތި ..އަހަރެން މޮޔަ ވެދާނެ.. ލިވީގެ ހަނދާންތައް އިންޝާﷲ އަންނާނޭ… ކޮންމެ ކަމަކަށްވެސް ހޯޕް ކުރަންވާނެ..ވެދާނެ އެންނު ލިވީގެ ހަނދާންތައް އަންނަ ވަގުތު އަދި ނުޖެހެނީ ކަމަށް..  އިރާދު ކުރެއްވީތީ ދެރަގޮތެއް ނުވާނެ..ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު.. ޔެސީ ދެން ތިކަހަލަ އެއްޗެއް ނުބުނާތި..” ލަވާލްގެ ލޮލުން ފޭދިފައި ހުރި ކަރުނަތައް ފުހެލަމުން ޔާސިރް ބޯޖަހައިލިއެވެ.  “ބޭބެ ވެސް އިޒާން އަށާއި އެހެން ކުދިންނަށް ކަމެއް ވެދާނެތީ އަހަރެން ކާރި އެކޮޅަށް ދިޔައީ .. އަހަރެން މިކޮޅަށް  އައި ދުވަހު ބުނި އަހަރެން މިކޮޅުގަ މަޑުކުރަންޏާ ބޭބެ ވެސް އަންނާނަމޭ.. ދެން މާގިނަ ދުވަހެއް ނުވެ ބޭބެ އަންނާނެހެން ހީވާނީ..” އައްޒާމްގެ މަތިން ހަނދާން ކޮށްލަމުން ޔާސިރް ބުނެލިއެވެ. “ބޭބެއަށް ގުޅާލަބަލަ  އަހަރެން ވާހަކަ ދައްކާލަން..” ލަވާލް ، އައްޒާމް އަށް ގުޅަން ބުނުމުން ޔާސިރް އޭނާ އަށް ގުޅާލިއެވެ..

***

އަލާނިޔަލް އީން ބަލާ ދިޔައިރު ގޭގެ ދޮރުމައްޗަށް އީން ނުކުމެފައި ހުއްޓެވެ. އީން ފެނުމުން އަލާނިޔަލްގެ ހިއްސުތަކަށް އެނގުން ވެލައިފިއެވެ. އީންގެ ރީތިކަން ފެނި އަލާނިޔަލްގެ ހިތް އާޝޯހްކޮށްލިއެވެ. ތުންފަތުގައި ޖައްސާފައި ހުރި މަޑު ފިޔާތޮށި ލިޕްސްޓިކް ނޫން އިތުރު މޭކަޕެއް އީން ނުކުރެއެވެ. މަޑު ނޫކުލައިގެ ކަކުލާ ހިސާބައް އަރާހެދުމުގެ މެދާ ހިސާބުގައި ގަދަ ނޫކުލައިގެ ހިމަ ބެލްޓެއް އަޅާފައިވާ އިރު ލާފައިހުރި ހެދުމަށް ވުރެން ތަންކޮޅެއް ދިގު މުށިކުލައިގެ ކޮޓްން ކޯޓްގައި އީން ނުހަނު ފުރިހަމައެވެ.

އަލާނިޔަލްގެ ތޫނު ނަޒަރު ހުއްޓިފައިވުމުން އީންގެ މުޅިމޫނު ރަތްވިއެވެ. އަލާނިޔަލް ކާރުފައިބާގެން އައިސް ކުރީ ސީޓް ހުޅުވާލަ ދިނުމުން އީން ވަގުތުން  އެރިއެވެ. އޭނާ އަރާފައި ކާރު ދުއްވާލުމުން  އީން މިދަނީ ކޮންތާކަށްހޭ އަހައިފިއެވެ. “ސަޕރައިޒް.. ގެޔާ ވަރަށް ކާރީގަ ހުރި ތާކަށް މިދަނީ ..”އަލާނިޔަލްގެ ފިރިހެންވަންތަ އަޑު ޖެހުމުން އެހެންފަހަރުތަކެކޭ އެއްގޮތައް މިފަހަރު ވެސް އީންގެ އަނގަޔަކުން ބަހެއް ނުނިކުތެވެ. ވަރަށް ހިތްވަރު ކޮށްފައި އޯކޭއޭ ބުނެލިއެވެ. އީން ލަދުގަންނަލެއް އަވަސްކަމުން އަމިއްލަ ނަފްސަށް އަޑުލިއެވެ. ނަމަވެސް އެއީ ގަސްދުގައިކުރާކަމެއް ނޫން ވިއްޔާއެވެ

ދިހަ ވަރަކަށް މިނެޓް ފަހުން ދުއްވުމަށްފަހު އަޅާނިޔަލް މަޑުކުރީ ރެސްޓޯރެންޓްއެއްގެ ކުރިމައްޗަށެވެ. ކާރު ޕާކު ކުރުމަށްފަހު އީންގެ ކައިރީ ހިނނގާށޭ ބުންޏޭވެ. އީންއަށް ހައިރާންވެފައި ބަލައިލެވުނެވެ.  އަލާނިޔަލް މިދަނީ ކާކަށް ނޫނޭ ބުނުމުން އީން އެއައީ ގެއިން ވަރަށް ރަނގަޅަށް ކައިގެންނެވެ. ހެނދުނުން ސުރެން ނުކައި ހުރުމުން އީންއަށް އަދި އެހެން ދުވަސްދުވަހަށް ވުރެން ގަދަޔަށް މިއަދު އޭނާއަށް ކާލެވުނެވެ.

އީން ވާހަކަ ދައްކަން އަނގަހުޅުވާލުމުން އަލާނިޔަލް  އެކަން މަނާކުރިއެވެ. ވާނުވާގައި ހުރެގެން އަލާނިޔަލް އާއި އެއް ކޮން އެތެރެއަށް ވަންނަން ހިގައިގަތެވެ. ޒިއުރިކްގެ މަސްހޫރު ސެވެން ސްޓާރ ރެސްޓޯރެންޓެއް ކަމަށްވާ “ލެވެންޑާރ ބްރީޒް”ގެ ހަތްވަނަ ފަންގިފިލާއަށް ލިފްޓުން އަރައިގެން ގޮސް އަލާނިޔަލް ހުއްޓުނީ އެ ފްލޯގެ އެއްފަރާތެއްގައި ހުރި ކޮޓަރިއެއްގެ ކުރިމަތީގައިއެވެ. ” އީން ލޯމަރައިލަބަ..” އަލާނިޔަލް ، އީންގެ މަޑުމަޑުއަތުގައި ހިފާލަމުން ބުނެލިއެވެ .. ފިނިވެފައި ހުރެ އީން ވަގުތުން ލޯމަރައިލިއވެ.

އަލާނިޔަލް އީންގެ އަތުގައި ހިފައިގެން ހުރެ އެކޮޓަރިޔަށް ވަދެ އީން ގެންގޮސް ބެހެއްޓީ ކޮޓަރި މެދެއް ހާ ހިސާބުގައިއެވެ. “ދެން ލޯހުޅުވާ..” އަލާނިޔަލްގެ އަޑު ކަންފަތުގައި ޖެހުމުން އީން ވަގުތުން ލޯ ހުޅުޥާލިއެވެ. އީން ފަހަތައް ޖެހެވުނީ ސިހުނު ވަރުންނެވެ. މުޅި އެތާގެ ބިން ވަނީ ވަނީ ރަތްކުލައިގެ ފިފިފެންމާ ފިޔަ އާއި ދަނޑި ލާފައި ހުރި ރަތްކުލައިގެ ފިނިފެންމާ އިން ފޮރުވާލާފަ އެވެ. އެއްފަރާތެއްގައި “ޑައިނިން” މޭޒެއް އެއް ހުރިއިރު އެ މޭޒާއި މޭޒުގެ ދެފަރާތުގައިވާ ދެ ގޮނޑީގައިވަނީ ހުދު ފޮތިއަޅާފައެވެ. މޭޒުގެ ވަށައިގެން ވަށްބުރަކަށް ވާހެން ބޮޑެތި އުއްބަތި ޖަހާފައި ހުރި ބަލާލަން ނުހަނު ރީއްޗެވެ. ދެގޮނޑީގައި ރަތްކުލައިގެ ރިބަން އައްސާފައިވާ އިރު މޭޒުމަތި ވެސް ތަރުތީބު ކޮށްލާފައި ހުރިގޮތުން އާސޯހުވާ ވަރު ވެއެވެ. ބިއްލޫރި ވާސްއަކަށް ހުދުކުލައިގެ ތާޒާ ފިނިފެންމާ ބޮޑިއެއް ޖަހާފައި ހުރިއިރު ވާސްގެ މެދާ ހިސާބައް ފެން އަޅާފައި ހުއްޓެވެ. މޭޒުމައްޗައް ރަތާއި ހުދުގެ ފިނިފެންމާ ފިޔަ އަޅާފައި ވާއިރު ދެތިން ވައްތަރެއްގެ ކާއެއްޗިސް މޭޒުމަތީގައި ވެއެވެ. ފުލައް ހިމަ ދެ ތަށި މޭޒުގެ ދެކޮޅުގައި ވާއިރު އެޕަލް ސައިޑާރ ފުޅިއެއް މޭޒުމަތީގައި ވެއެވެ. މެޒުގެ އެއްފަރާތުގައި ރަތްކުލައިގެ ހިތް ބައްޓާމަށް އިން ކުޑަ ކޭކެއް އިރު އޭގެ ވަށައިގެން ކުދިކުދި  އުއްބައްތި ހުރުމުން އިތުރަށް ފުރިހަމަ އެވެ.

ޑައިނިން މޭޒު ހުރި ދިމާ ނޫން އަނެއް ދިމާލުގައި ހުރި އިތުރު މޭޒެއް މަތީގައި ރަތްކުލައިގެ ބޮޑު ފިނިފެންމަލުގެ ބުކޭ އެއް އޮތެވެ. އީންގެ އަނގައިން ބަސް ހުއްޓިފައިވާ ކަހަލައެވެ.

ފުރަތަމަ ވެސް އީން ސިހުނީ ކުރިމަތީގައި ހުރި ފާރުގައި ފެއަރީ ލައިޓްސް އިން ޖަހާފައިން ލިޔުންކޮޅު ފެނިފައެވެ. ” ވިލް ޔޫ މެރީ މީ ..” ފާރުގެ އިން ލިޔުންކޮޅު ވެސް އީން އަށް ކިޔުނީ ފުދޭވަރަކަށް ބާރަށެވެ. ” މީ ..މީ.. މި ޑިފީ ގެ ޖީ އެފް އަށް ޕްރޯޕޯސް ކުރަން ރެޑީ ކޮށްފަ ހުރި ތަން ތަ.. އަހަރެންނަށް ދައްކާލަން ގެނައީ ދޯ.. އޯކޭ ވަރަށް ރީތި.. ދެން އަހަރެން ދަނީ..”  . އީން ހީކުރީ އަލާނިޔަލް އެހެން ކުއްޖަކަށް ލޯބި ހުށަހަޅަން ތައްޔާރު ކޮށްފައި އޭނާއަށް ދައްކާލަން ގެނައީ ކަމަށެވެ. ވަގުތުން އީންގެ ދެޅޯ ފެންކަޅިވިއެވެ. އެތަނުން ދިޔުމަށް ހިނގައިގަން ވަގުތު އަލާނިޔަލް އޭނާގެ އަތުގައި ހިފާ ދަމާ ލުމުން އީން އައިސް ތަތްވީ އަލާނިޔަލްގެ ތަނަވަސް މޭމަތީގައެވެ. އީންއަށް ރޮވިފައި ހުރި ނަމަވެސް އަލާނިޔަލް އަށް ހެވުނީ އީން ދާން އުޅުން ގޮތުންނެވެ. ނަމަވެސް ހިނިގަނޑު ކޮންޓްރޯލް ކުރިއެވެ.

“ސާބަސް އީން އަށް އިނގޭ ހަމަ.. އީން އެއް ވެސް ނުގެންނާނެ ދޯ  އެހެން ކުއްޖަކަށް ޕްރޮޕޯސް ކުރަން އުޅުން ނަމައެއް .. ..އީން .. އަހަރެން މިއަދު މިލާންގެ ނަން ހިތުން ފުހެލާފިން.. އަހަންނަކަށް ނޭނގޭ އަހަންނަށް އީން ދެކެ ލޯބިވެވުނީ ކިހިނެތް ކަމެއް ވެސް،.. ބަޓް އައި ރިއަލީ ޑޫ .. އައި ލަވް ޔޫ ސޯ މަޗް .. އީން ދިޔައީ އަހަރެންނަށް ދެގޮތެއް ނުވެ ދިމާވި ކޮންމެ ކަމެއްގައި އެހީވަމުން .. ކޮންމެ ވަގުތަކު ވެސް އަހަރެން މީހެއްގެ އެހީ އެންމެ ބޭނުންވާ އިރު އީން ހުރެދޭ.. އެކަމަކު އެހެންވެ އެންނޫން އިންނަން މި އެހީ.. އަހަރެން ހަމަ އީން ދެކެ ލޯބިވާތީ .. އައި ލަވްޔޫ ގާލް .. ސޯ މަޗް” އަލާނިޔަލް ގެ މޫނުމަތިން އީން ދެކެ ލޯބިވާ ވަރު ހާމަ ވޭވޭ ހުއްޓެވެ.

އީން އަށް ވީ ތަފާތު ގޮތެކެވެ. އެތައް އަހަރެއް ވަނދެން ކުރި އިން އިންތިޒާރް އެންމެފަހުން ނިމުނީ އެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައިރު އީންއަށް އަނގަވެސް ހުޅުޥާ ނުލެވުނެވެ. އީންގެ ކެތްތެރިކަން ކޮޅުލައިގެން ގޮސް ރޮވެންފެށުނެވެ. އަލާނިޔަލް ކައިރިޔަށް ޖެހިލާފައި އީންގެ ދެލޮލުން އައިސްފާވި ކަރުނަތައް ފުހެލަދިނީ ނުރޯށޭ ބުނަމުންނެވެ.

އަލާނިޔަލް ، އީންގެ ކުރިމަތީ އުޑަފައިން އިށީންދެ ޖީބުން ނެގި ކުޑަ ފޮއްޓެއް ހުޅުވާފައި އެހެއް ޖަހާފައިން ހުދު ރަނުގެ އަނގޮޓިއެއް ނެގިއެވެ. އީންގެދެލޯ ތަރަތަރަޖަހައިގެންދިޔައެވެ. “އީން ޕްލީޒް މެރީ މީ..ވިލް ޔޫ..” އަލާނިޔަލް އަނގޮޓި ދިއްކޮށްލައިގެން އިނދެ އަހައިލިއެވެ. އީންގެ ބޯ ޖަހައިލަމުން އަލާނިޔަލްއާއި ދިމާލަށް ވައަތުގެ ކަށި އިނގިލި ދިއްކޮށްލިއެވެ. އަލާނިޔަލް ، އީން އަތުގައި  އަނގޮޓިއަޅުވާލުމުން އީންއަށް ދެލޯމަރައިލެވުނީ ވީ އުފަލެއްގެ  ބޮޑުކަމުންނެވެ.

ދެލޯ މަރައިލާގެން ހުރި އީން ސިހުނީ އޭނާގެ ތުންފަތައް އަލާނިޔަލްގެ ތުންފަތް އިހްސާސް ވުމުންނެވެ. އީންއަށް ވެސް އެކަމުގައި ބައިވެރި ވެވުނެވެ. ދެމީހުން އެގޮތުގައި ތިއްބާ ސިހުނީ އަލާނިޔަލް ގެ ފޯނު ރިންގުވާން ފެށުމުނެވެ.  އީން އާއި ދުރުވެލާފައި އަލާނިޔަލް ފޯނައް ޖަވާބު ދިނެވެ.

“ވަޓްޓް .. ކޮންތާކު ޒީވާ ހުރީ.. އަހަރެން މިދަނީ ސްޓޭ ދެއާ” އަލާނިޔަލްގެ މޫނައް ރުޅިވެރިކަން ވެރިވުމުން އީން އަށް ކިހިނެތް ހޭ ވީ އަހައިލެވުނެވެ. ކުރުގޮތަކަށް އޭނާ ކިޔައިދިނުމުން އީން ވަގުތުން ހިނގާށޭ ދާން ބުންނޭވެ.

***

ނިޔަލް ކިޔަން ފެށުމުން އިޒާން އައީ ޒިޔުރިކް އަވަށުގެ މެދެއްހާ ހިސާބުގައި ހުންނަ ކުޑަ ވަރެއް ގެ ކޮފީ ޝޮޕަކަށެވެ. ރޭގަޑުގެ އެހަމަ  ހިމޭން ވަގުތު ބޯކޮން ސްނޯ ވެހެމުންދިޔަ ނަމަވެސް އެތަން ފެންނަނީ ނުހަނު ބާރު ބޮޑުކޮންނެވެ. އިޒާން ވަދެގެން ގޮސް އެންމެ ކަނައް ވާހެއް އިންމޭޒު ދޮށުގައި އިށީން އިރު ނިޔަލް މާކުރި އައިސް އިނެވެ.

އެމީހުންނާ މާދުރު ނޫން ހިސާބެއްގައި އިން މޭޒެއްގައި  ރާހިލް އިން އިރު އޭނާ އިނީ އެމީހުންނަށް ފުރަގަސް ވާހެންނެވެ.އިޒާން އިއްތާފައި ނިޔަލްއާއި ވާހަކަ އަޅުވާލުމުން، ނިޔަލްގެ ނުލަފާ ކަމާއި މަކަރުވެރިކަން އިނގުމުން އިޒާން ހަމަ އެހާ ރީތިކޮން ވާހަކަ ދައްކާނެބާއޭ ރާހިލްގެ ހިތައް އަރަމުންދިޔައެވެ.

“މޭން ސޮރީ.. ޓްރެފިކްގައި ޖެހުނީމަ ލަސްވީ..” އިޒާން އައި އިރު ނިޔަލް ހުރީ ކޮފީ ވެސް ގެނެސްފައިކަމުން  ކޮފީތަށި ނަގާ ތުމުގައި ޖަހާލަމުން އިޒާން ބުނެލިއެވެ. އެކަމެއް ނޫނޭ ބުނެ ނިޔަލް ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ވަރަށް ނިޔަނެތި މީހެއްހެންނެވެ.

“ކައެ މެރީ ކުރާކަށް ނުވޭތަ..ކޮބާ ލިވިޔާ” ނިޔަލް އަހައިލިއިރު އޭނާގެ މޫނުމަތީގައި ވިހަ ހިނިތުންވުމެއް ވެއެވެ. އިޒާން އިސްޖަހާގެން އިނުމުން ނިޔަލްގެ މޫނުމަތީގެ ކުލަވަރެއް ނުފެނެއެވެ. ނަމަވެސް ނިޔަލްގެ އެ ސުވާލުން އިޒާންގެ މުޅި ތަބީއަތު ބަދަލްވިއެވެ. ނިޔަލް، ލިވިޔާ އޭ ބުނެ ވާހަކަ ދައްކަން ފެށުމުން އިޒާން މިއަދު ބޭނުންވީ އޮއްބާލާށެވެ. ނިޔަލް އެހެން އެހުމުން މިއަދު އިޒާން އަށް އެހެން ކަހަލަ އުނދަގުލެއް ދިޔައީ ވަމުންނެވެ. އެހެން އިނދެފައި އަވަސް އަވަހަށް ކޮފީ ތަށި  ހުސް ކޮށްލާއިގެން ތެދުވީ ކަމެއް ކުރަންވެފަ އެބައޮތޭ ބުނެއެވެ.  ނިޔަލް ވެސް އޯކޭ އޭ ކިޔާ ނުކުންނަން ފެށިއެވެ.

އިޒާން ގޮސްފައި ކާރަށް އަރާ ގެޔަށްދާން މިސްރާބު ޖެހިއެވެ. އިޒާން ކާރު ދުއްވާލިތަން ބަލަން ހުރެ ނުލަފާ ވައްތަރަކަށް ހީލަފައި ނިޔަލް އެރީ އޭނާގެ ކާރަށެވެ. ނިޔަލްގެ މިސްރާބު ހުރީ ޒީޥާ މެން ދިރިއުޅޭ ގެޔާއި ދިމާލަށެވެ. އެ ކޮފީ ސޮޕާއި ޒީޥާ ދިރިއުޅޭ ގެ ފުދޭވަރަކަށް ކާރިއެވެ.

އެމީހުންގެ ފަހަތުން ނުކުން ރާހިލްއަށް ނިޔަލް އެދިމާލަށް ދިޔުމުންވެސް އޭނާ ކުރަން އެ އުޅެނީ ރަނގަޅު ކަމެއް ނޫން ކަން އިހްސާސްވިއެވެ. ވަގުތުން އަލާނިޔަލް  އަށް ގުޅާފައި ހަބަރު ދީ އޭނާގެ މޮޓޯ ސައިކަލްގައި ބާރު ސްޕީޑްގައި އެދިމާލަށް މިސްރާބު ޖެހިއެވެ.

****

ގެޔައްދާން މިސްރާބު ޖަހާފައިވެސް ޒީވާގެ މޫނު ބަލާނުލާ ދާން ހިތް ނޭދުމުން އަނެއްކާ ވެސް ކާރު އަނބުރާލިއެވެ. އެގެޔާ ދިމާލަށް މިސްރާބު ޖަހާ ކައިވަންގެ ފޯނަށް ގުޅާލީ ޒީވާ ޓެރެސްއަށް ނެރެދޭށޭ ބުނަން ބވެގެންނެވެ. ނަމަވެސް ކައިވަން ފޯނު އޮތީ ނިއްވާލާފައެވެ. އިޒާން ކާރު ދުއްވަމުން ގޮސް ޒީވާގެ ގެޔާއި ތަންކޮޅެއް  ދުރަށް މަޑުކޮށްލަން ޖެހުނީ ނިޔަލްގެ ކާރު އެގެޔާ މާދުރުނޫން ހިސާބެއްގައި އޮތްތަން ފެނުމުންނެވެ. އެވަގުތު އެތަނުން ނިޔަލްގެ ކާރު ފެނުމުން އިޒާން އަށް ހައިރާންވެފައި ހުރެވުނެވެ. ނިޔަލް އެތާގައި އެހުރީ ކޮން ހައިސިއްޔަތަކުން ބާއޭ އިޒާންގެ ހިތައް އެރިއެވެ. ނިޔަލް ކުރާކަމެއް ބަލަން އިޒާންގެ ހިތާއި ސިކުނޑި އިއްތިފާގުން އެވަގުތު ގޮވާލިއެވެ. އިޒާން ކާރުގައި މަޑު މަޑުން ގޮސް ނިޔަލް ފެންނާނެ ހެން ދުރުގައި ޕާކުކޮށްލިއެވެ. ނިޔަލްގެ ނަޒަރް އެގޭގެ ފަސްޓްފުލޯ ބެލޮކޮންޏަށް ހުއްޓިފައިވާ ތަން ފެނި އިޒާންއަށް ވެސް އެދިމާ ބަލައިލެވުނެވެ.

އިޒާން ސިހިގެންދިޔައީ ބެލްކޮނީގައި ހުރި ޒީވާ ފެނިއެވެ. އިޒާންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ނިޔަލް ކާރުގައި އިނދެ ޒީވާއަށް ފާރަލާންވީ ސަބަބެއް ވިސްނާ ވިސްނާ ވެސް  ނުފެނުނެވެ. އިޒާންގެ މޫނަށް ރުޅިވެރިކަން ވެރިވިއެވެ. ކޮންމެވެސް ނުބަޔެއް  އުޅޭކަމަށް އިޒާން  ގެ ސިކުނޑީގެ ކަނަކުން ބާރުލާފައި ގޮވާލިއެވެ. ޒީވާ އެތާގައި ހުއްޓާ ކައިވަން ގޮސް ޒީޥާއަތުގައި ހިފައިގެން އެތެރެއަށް ވެއްދި މަންޒަރު އިޒާން އަށް ފެނުނެވެ. އޭގެ ފަސްވަރަކަށް މިނެޓް ފަހުން ކުއްލިޔަކަށް ކައިވަން ގެއިން ނުކުމެގެން އަންނަތަން ފެނުމުން ނިޔަލް ކާރުގެ ލޯގަނޑު ކުޑަ ތަންކޮޅެއް މަތިކޮށްލިއެވެ. އެމަންޒަރު އަށް ރީތިކޮން ފެނުނެވެ.

ކައިވަން ގެއިން ނުކުމެގެން އައީ ފޯނު ކަންފަތުގައިޖަހައިން ހުރެއެވެ. ގޭގެ ދޮރުކައިރީގައި ހުރެ ދެކޮޅަށް ހިނގާލަ ހިނގާލަ  ހުރީ މީހެއްގެ އިންތިޒާރުގައި ހެން ހީވެއެވެ.

ދެން ފެނުނީ  ގެއިން ނުކުމެފައި ޔޫމީން ދުވެލާފައި އައިސް ކައިވަންގެ ގާތުގައި ހުއްޓުނު ތަނެވެ. “ޔޫމީ.. ލިސެން ކެއާރފުލީ.. މިރޭ އަހަންނަށް ނޭނގޭ ގެޔަށް އާދެވޭނެ އިރެއް.. ސޮރީ މިރޭވެސް މީޓް ނުކުރެވުނީމަ.. ..އައިސް ހުރިހާ ވާހަކައެއް ކިޔާދޭނަން .. މިގަޑީގަ އިތުރު ސުވާލް ނުކޮށް ޒީވާ ގާތު ހުރެދީ .. ކިތަންމެ ކުޑަކަމެއް ވިޔަސް ވަގުތުން އަހަންނަށް ގުޅާތި …ޑޯންޓް  ގެޓް ޔޫމީ.. އައިލް ކަމްބެކް..” ޔޫމީންގެ ގައިގާ ބައްދާލުމަށްފަހު ކައިވަން، ޔޫމީން ގާތު އެތެރެއަށް ވަންނަން ބުނެލިއެވެ. ވާނުވާގައި ހުރި ޔޫމީން އަވަސްއަވަހަށް ބޯޖަހައިލާފައި ދުވެފައި ގޮސްގެޔަށްވަނެވެ. ކައިވަން ފޯނު ނަގާ ލަވާލްއަށް މެސެޖެއް ކޮށްލިއެވެ. އަދި ދުރުގައި އޮތް ނިޔަލްގެ ކާރާއި ދިމާ ބަލާލިއެވެ. ނުފެންނަ ކަމަށް ހަދާއިގެން ހުއްޓަސް ކައިވަންއަށް އެ ކާރު ފެނެއެވެ. އޭގައިހުރީ ކާކުކަންވެސް އޭނާއަށް އިނގެއެވެ.

ކާރުގައި ހުރި ނިޔަލްގެ ހަރާކާތްތަކާއި ދުރުގައި ހުރި ކައިވަންގެ ހަރަކާތްތައް ބަލަން ހުރި އިޒާންއަށް އިތުރު ސިހުމެއް ލިބުނީ ބާރު ސްޕީޑުގައި އެތަނަށް އައިސް ހުއްޓުނު އެހެން ކާރެއް ފެނިއެވެ. ވަގުތުން ކައިވަން ގޮސް އެކާރަށް  އެރިއެވެ. އެކާރު ހުއްޓުމާއެކު ނިޔަލްގެ ކާރު ބާރު  ސްޕީޑުގައި އޭނާގެ ކާރު ދުއްވާލިއެވެ.

ކައިވަން އެރުމުން ފަހުން އައި ކާރުވެސް ދުއްވާލީ ނިޔަލްގެ ކާރުފަހަތުންނެވެ. އިޒާން އަށް އިތުރު ސިހުމެއް ލިބުނީ އެކާރު އަނބުރާލިގަޑީގައިއޭގައި އިން އަލާނިޔަލް ފެނުމުންނެވެ.ފަހަތު ސީޓުގައި އިން އީން ވެސް ފެނުނެވެ. އިޒާން ގެ ބޮލުގައި ހީވީ މީހަކު އެއްޗަކުން ޖެހިހެންނެވެ. ބޯހާސްވި ވަރުން ބޮލުގައިވެސް ރިއްސަންފެށީ  އެއެއް މިއެއް ބަލާފަކާއެއްނޫނެވެ. ވާނުވާ ބަލަން ބަލަން އިޒާން ހިތްވަރު ކޮށްލާފައި އެދެ ކާރުގެ ފަހަތުން ދުއްވާލިއެވެ.

****

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު