ކައިވަން އެރުމުން ފަހުން އައި ކާރުވެސް ދުއްވާލީ ނިޔަލްގެ ކާރުފަހަތުންނެވެ. އިޒާން އަށް އިތުރު ސިހުމެއް ލިބުނީ އެކާރު އަނބުރާލިގަޑީގައިއޭގައި އިން އަލާނިޔަލް ފެނުމުންނެވެ.ފަހތު ސީޓުގައި އިން އީން ވެސް ފެނުނެވެ. އިޒާން ގެ ބޮލުގައި ހީވީ މީހަކު އެއްޗަކުން ޖެހިހެންނެވެ. ބޯހާސްވި ވަރުން ބޮލުގައިވެސް ރިއްސަންފެށީ އެއެއް މިއެއް ބަލާފަކާއެއްނޫނެވެ. ވާނުވާ ބަލަން ބަލަން އިޒާން ހިތްވަރު ކޮށްލާފައި އެދެ ކާރުގެ ފަހަތުން ދުއްވާލިއެވެ.
***
“ޒިވީ.. ކިހިނެތްވެގެން މިއުޅެނީ..” ދުވަމުން ދުވަމުން އައިސްވަން ޔޫމީން ހުރީ މާނޭވާ ލެވިލެވިއެވެ. އޭރު ސޯފާގައި ޒީވާ އިސްޖެހިފައި އިން އިރު ޔޫމީންއަށް ސިހުމެއް ލިބުނީ ފާރުގައި ލައްގަނެގެން ހުރި ނުދަންނަ ޒުވާން ފިރިހެން ކުއްޖާ ފެނިއެވެ.
ޔޫމީންގެ އަޑަށް ޒީވާއާއި ރާހިލް ޔޫމީންއާއި ދިމާއަށް ބަލައިލިއެވެ. ރާހިލް އެތަނަށް އައީ އަލާނިޔަލްގެ އެދުމަށެވެ.
ޒީވާ އަކަށް ވާހަކައެއް ނުދެއްކުނެވެ. ލޮލަށް ޖަމާވި ކަރުނަތައް ހޯސްލާފައި ފައިބަންފެށިއެވެ. މޫނުގައި ދެއަތް އަޅާއިގެން ރޮމުން ދިޔައިރު އިނގިލިތަކުގެ ތެރެއިން ކަރުނަފައިބަމުން ދިޔައެވެ.” .. ޔޫމީ.. ނި..ނިއަލް އަނެއްކާ..އަނެއް..އަނެއްކާ ވެސް..” ޒީޥާ ރޮމުން ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް އެކަމެއް ނުވިއެވެ.ޒީޥާއަށް ބުނެވުނީ ކީކޭކަން އިހްސާސް ވީ ޔޫމީން ބާރުބާރަށް ކީކޭހޭ އަހައިލުމުންނެވެ
ޒީވާ ،ނިޔަލްގެ ވާހަކަ ބުނުމުން ޔޫމީންއަށް ކޮޅަށް ތެދުވެވުނެވެ. “ޒީވާ .. ޔުއާރ މެމޮރީ ބެކް”މަޑުމަޑުން ޔޫމީން އަހައިލި އިރު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިސާހިތަކު އެދެލޮލަށް ކަރުނަތައް ޖަމާވަމުންދިޔައެވެ.
ޒީވާ އިސް އުފުލާލާ ކަރުނަވީ ދެލޮލުން ބަލައިލަމުން ބޯމަޑުމަޑުން ހަރަކާތް ކޮށްލިއެވެ. އިސާހިތަކު ޔޫމީންގެ ބަޑިފަޅައިގެން ދިޔައެވެ. ޒީޥާގެގައިގާ ބައްދާލަމުން ޔޫމީން ރޮމުން ދިއަރު ޒީވާއަށްވެސްދިޔައީ ރޮވެމުންނެވެ. އެމަންޒަރު ފެންނަމީހެއްގެ ހިތްފަޅާއިގެންދާހާ އަސަރުގަދައެވެ. ރާހިލްގެ ހިތައް ވެސް ފުން އަސަރުތަކެއް ކުރުމުން އެމަންޒަރު ނުބަލަން ފުރަގަސްދިނެވެ. ބާރު ހިނގުމުގައި އެތަނައް އައި ލަވާލް އަށް ވެސް އެމަންޒަރު ފެނި މަޑު ޖެހިލެވުނެވެ. އޭނާގެ ފަހަތުން އައި ތިންމީހުންގެ ގާތު މަޑުކުރުމަށް ބުނެ އެތެރެއަށް ވަނެވެ. އޭނާ ދެލޯ ފެންކަޅިވީ އޭނާގެ ކުޑަ ދެދަރީން އެކަކު ގައިގާ އަނެއްކަކު ބައްދާލައިގެން ރޮމުންދިޔަ މަންޒަރު ފެނިއެވެ.
“ކީއްވެ ހަނދާން އާވިމަ ވެސް ނައީ.. އަހަރެން ހާދަ ހަނދާން ވެއޭ..ކީއްވެ އަހަރެން ކައިރީގަ ނުބުނީ..އަހަރެން ކާރިޔަށް އަންނަން ބޭނުން ނުވަނީ ތަ” ޔޫމީން ރޮމުން ރޮމުން އެތަކެއް ސަކުވާ އެއް ކުރިއެވެ. ޔޫމީންގެ ދެލޮލުން ކަރުނަ ފުހެދެމުން ޒީވާއަށް ވަގުތުން ނޫނެކޭ ބުނެވުނެވެ. ދުރުގަ ހުރި ލަވާލް އައިސް ޔޫމީންއާއި ޒީވާގެ ކައިރީ ސޯފާގައި ކުޑަކަކޫ ޖަހާލިއެވެ. “ދެކުދިން ހުއްޓާލާ .. ރޯ އެއްޗެއް ނޫނޭ ..މިހާރު މި އެނގުނީނު ހުރިހާ ކަމެއްވެސް ޔޫމީ. “ޔޫމީން އާއި ޒީވާގެ ބޮލުގައި ފިރުމާލަމުން ލަވާލް ދެމީހުންއަތުގައި ހިފާލިއެވެ. ލަވާލްގެ އެއަމަލުން ޔޫމީން ސުވާލް އުފެދުނެވެ. މަންމަ އަށް އަށް ވެސް އިގޭ ދޯވެޔޭ ބުނެލިއެވެ. ލަވާލް ބޯޖަހައިލުމުން ޔޫމީން އަށް ޒީޥާއާއި ދިމާ ބަލައިލެވުނީ ސަކުވާއާއި އެކުއެވެ.
“ޔޫމީ.. ހަމަޖެހޭ.. އެދުވަހު މެމޮރީޒް ނާންނަ ވާހަކަ ކައިވަން ބުންނެއްނު ..އެކަމް އެއީ ދޮގެއް އަހަރެން ބުނެގެން އެހެން ހެދީ … ކައިވަން އަށް އިނގޭނެ ހުރިހާ ކަމެއް.. ފެށުނީން ސުރެން.. މިބުނީ ނިޔަލް ގެ ހުރިހާ ވާހަކަ އެއް.. ޔޫމީ.. ޔޫމީއަށް ނޭނގޭނެ.. އަހަންނަށްޓަކައި އަދި އިޒާން އަށްޓާކައި އަދި މި ފެމިލީއަށްޓަކައި ޑިފީ ވެއްޖެ ވަރަށް ބޮޑު ސެކްރިފައިސް އެއް.. އެތައް ސެކްރިފައިސްއެއް ..ހަގީގަތަކީ ޑިފީއެއްނޫން އެދުވަހު އަހަންނަށް އެހެން ހެދީ .. ނިޔަލް އަހަންނަށް އެހެން ހެދީ ..އެހުރިހާ ކަމެއް ވެސް ކައިވަން އަށް އިނގޭނެ .. އެދުވަހުގެ އެންމެ ބޮޑު ކަންތައް ފިޔަވައި ހުރިހާ ކަމެއް ޑިފީގެ އިތުރުން ކައިވަންގެ ކުރިމަތީގަ ހިނގީ..އެހެންވެ ކައި ސިއްރު ކުރީ މެމޮރީސް އައި ވާހަކަ އަހަރެން ބުނަންދެން.. މިވަގުތު މުހިއްމީ މިވާހަކަ އެއްނޫން ޔޫމީ ..އަހަރެން ކިޔަދޭނަން ފަހުން.. އަހަރެން ބޭނުން އެމީހުން ދިޔަ ތަނަށް ދާން.. ” އިވެމުން ދިޔަ ވާހަކަތައް ޔޫމީންގެ ކަންފަތައް އިވުނީ ހޮނުގުގުރިފަދައިންނެވެ. ގަބޫލްކުރަން ދަތި ވެގެން ލަވާލްގެ މޫނަށް ބަލައިލެވުނެވެ. ލަވާލް، ޔޫމީންގެ ބޮލުގައި ފިރުމާލަމުން އެއީ ތެދެކޭ ބުނެލިއެވެ. ޔޫމީންއަށް އަނެއްކާ ވެސް ޒީވާގެގައިގާ ބައްދާލެވުނެވެ..
“ދަރިފުޅާ ..ލިވީ” ޔޫމީންގެ ގައިގާ ބައްދާލައިގެންހުރި ޒީޥާ އަށް ސިހިފައި ދުރަށް ޖެހިލެވުނީ ފަހަތުން އިވުނު އަޑުގެ ސަބަބުންނެވެ. ލަވާލް ހީލައިފައި ބޮޖައިލީ ޒީވާ ދެލޯބޮޑުކޮށްލައިގެން ހުރުމުންނެވެ. ލަވާލް ފަހަތައް އައިސް ހުއްޓުނީ ޔާސިރް ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާގެ ފަހަތުން އައްޒާމް އާއި ޔަމްހާ ވަދެގެން އައެވެ. އެންމެންގެ ލޯތަކުގައި ކަރުނަތައް ބަބުޅަމުންދިޔައެވެ. މަޑުމަޑުން ޒީވާގެ ފައި ހަރަކާތް ކުރިއެވެ. ދުވެލާފައިގޮސް ޔާސިރްގެ ގައިގާ ބައްދާލެވުން އިރުން ރޮވިއްޖެއެވެ.
“ދަރިފުޅާ.. ބައްޕައާ ދޮންތަ އާއި ބޮޑުބެއަށް ހުރިހާ ކަމެއް މަންމަ ކިޔާދީފަ މިތަނަށް މިގެނައީ ..ސޮރީ..ކައިވަން ގުޅާފަ ނިޔަލްގެ ވާހަކަ ބުނެ މިރޭ މިތަނަށް އަންނަން ބުނީމަ ދެން މަންމަ ބޭނުމެއް ނުވި އިތުރަށް ސިއްރު ކުރާކަށް .. ސިއްރުކޮށްގެން ހުއްޓަ ކަމެއް ދިމާވިނަމަ ދުވަހަކުވެސް މަންމައަށް އަމިއްލަ ނަފްސަށް މާފެއްނުކުރެވޭނެ… ދަރިފުޅާ.. ދަރިފުޅުގެ މެމޮރީސްތައް އައިސްފި.. ހުރިހާ ހަގީގަތެއް ފާޅުކުރަންވީ ދުވަސް އަތުވެއްޖެ… ” ޔާސިރްގެ ގައިގާ ބައްދާލައިގެން ހުރެ ރޮމުން ރޮމުންދިޔަ ޒީވާގެ ގާތައް ޔޫމީންގެ އަތުގައި ހިފައިގެން ލަވާލް ދިޔައެވެ. ރޮވޭ ވަރުން ޔާސިރްއަށް ވެސް ވާހަކަ ދައްކަން އުނދަގޫވިއެވެ. އެތައް ދުވަހެއް ފަހުން އޭނާގެ ކުޑަދަރިޔާ ދިމާވުމުން ޔާސިރްއަށް ވަނީ ނުހަނު ފުން އަސަރުތަކެއް ކޮށްފައެވެ. “ދަރިފުޅާ .. ދެން ނުދާތި ބައްޕަ ދޫކޮށްފަ.. މަންމަ ބުނިހެން ދެން މިކަމާ ކުރިމަތިލާން ހިނގާ.. ދަރިފުޅު އެކަންޔަކަށް ނުޖެހޭނެ މަންމާއާއި ބައްޕަ އަދި އެންމެން ދަރިފުޅާ އެއްކޮން މިތިބީ ..” ޔާސިރް ޒީވާގެ ބޮލުގައި ނުހަނު ލޯބިން ބޮސްދިނެވެ. ޒީވާ މަޑުމަޑުން ބޯޖަހައިލިއެވެ.
ޔަމްހާ ވެސް ޒީޥާ ގައިގާ ބައްދާލިއެވެ. “ބޮޑުބޭ..” ޔަމްހާ ދުރުވެލުމުން ޒީޥާ ގޮސް އައްޒާމް ގާތު ހުއްޓިލިއެވެ.
އައްޒާމް ޒީޥާ ފެނުމުން އެތައް އަސަރެއް ކުރިއެވެ. އެއީ ވެސް އޭނާގެ އަމިއްލަ ދަރިއެއް ފަދަ ކުއްޖެކެވެ. އެތައް ދުވަހެއް ފަހުން ފެނުމުން އައްޒާމްގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ޒީޥާގެ ދެއަތުގައި ހިފާލެވުނެވެ.
“ޕްލީޒް ..އަހަރެން ބުނަން ދެން އިޒާންއަށާ ދޮންބެ އަށް މިކަން ސިއްރުކޮށްދީ… އަހަރެން ބޭނުން މިކަން އަރެން އަމިއްލައަށް ނިންމަން..” ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ޒީޥާ ބުނެލިއެވެ.
“މިރޭ ކިހިނެތްތަ ވީ ކައިވަން އެދިޔައީ..”ޔޫމީން އަހައިލިއެވެ. ” އަހަރެން ބެލްކޮނީގަ ހުއްޓަ ނިޔަލްގެ ކާރު އައީ މިގޭ ކާރިޔަށް..އަހަންނަށް ފުރަތަމަ ނޭގޭ އެއީ ނިޔަލް ކަމެއް ..އެކަމް އޭނާ ކާރުގެ ލޯގަނޑު ތިރިކޮށްލީމައެނގުނީ.. އަހަރެން އޭނާ ހަދާ އެއްޗެއް ބަލަން މަޑުކޮށްގެންހުރީ ..އެހެން ހުއްޓަ ކައިވަން އައިސް އަހަރެން ކައިރީގަ ބުނީ ބެލްކޮންޏަށް ނުނިކުންނާށޭ ނިޔަލް އެބަހުއްޓޭ..ޑިފީ ހުރީ ވަރަށް ރުޅިއައިސްފައޭ ..ލައްކަދުވަހު އެހެން ނިޔަލްއަށް އުޅެވިއްޖެއެންނޫންހޭ… ޑިފީ ބުންޏޭ މިރޭ އެއްކޮޅެއްގަ މިކަން ޖައްސާނަމޭ…. އަހަރެން މިދަނީއޭ ކިޔާފަ ކައި ދިޔައީ.. .. އޭރު ރާހިލް ވެސް އައިސްފި.. ރާހިލް ދިޔައީ ނިޔަލްއަށް އުޅޭނޫޅޭގޮތް ބަލަމުން ..ނިޔަލްގެ ކޮންމެ ކަމެއް ބަލަމުން.. ދެން މިރޭ ވެސް ރާހިލް ބުނީ ޑިފީގާތު” ޒީޥާ ކިޔައިދެމުން ގޮސް ރާހިލް އައިގަޑީ އޭނާ ސުވާލް ކުރުމުން ރާހިލް އޭނާގާތު ބުނި ވާޙަކަ ވެސް ކިޔައިދިނެވެ. ވަގުތުން ޔާސިރް ގުޅާއިލީ ކައިވަންގެ ފޯނަށެވެ. ނަމަވެސް ކައިވަން ފޯނެއް ނުނެގިއެވެ.
****
ޒިއުރިކް ޖަންގަލި ތެރޭގައި ނިޔަލް ދުއްވަމުން ދިޔައިރު އޭނާ އިނީ ހަނދާނެ ގޮތް ހުސްވެފައެވެ. އިޒާންމެންގޭ ފަހަނައަޅާ ޒިޔުރިކްގެ އެ ޖަންގަލިތެރޭގައި އޭނާ މިސްރާބް ޖެހީ ހިލްޓިން ފަރުބަދައާއި ދިމާއަށެވެ. ޒީވާގެ މުޅި ހަޔާތް އޭނާގެ ދެއަތުން ނަޣާލިތަނަށެވެ. އޭނާ އެތަނަށް މިސްރާބް ޖެހީ ހަނދާނެ ގޮތް ހުސްވެގެންނެވެ. އަވަސް އަރުވާލައިގެން އުޅެން ހަދައިގެން އޭނާ އަށް ނުބައި ސްޓެޕެއް ނެގުނީއެވެ. މިހާރު އަލާނިޔަލް އޭނާގެ ފަހަތުން އެއަންނަނީ އެވެ. އިތުރު ކާރެއް ވެސް އެމީހުންގެ ފަހަތުގައި ހުރުމުން ނިޔަލް ހައިރާންވިއެވެ. އޭނާއަށް އެއީ ކާކު ކަމެއް އުޅެ އުޅެ ވެސް ނޭނގުނެވެ.
އޭނާ ކެރާއަށް ގުޅުމުން ފޯނު ބިޒީ ކޮށްލާފިއެވެ. އިރުކޮޅަކުން “ތީ އަމިއްލައަށް ލިބިގެން ލަނޑޭއްނޫން ހޭ” ކިޔާފަ މެސެޖް ކުރުމުން ނިޔަލްގެ ރުޅިގަނޑު ފަޅައިގެންދާވަރުވިއެވެ. އޭނާ މިއަނދަވަލަށް ވައްޓާލާފައި ކެރާ ފިލީ ތާއެވެ. ނިޔަލް ރަނގަޅަށް ވެސް ބޯހާސްވިއެވެ.
***
“..އަހަންނަކަށް ނޭނގޭ މީނަ އެތަނެއް ދާންވީ ސަބަބެއް މިގަޑިގަ ..ކައިވަން އޭނާ އެތަނީ ލިވީ ރޭޕް ކޮށްލި ރޭ އޭނާ ދިޔަތަނަށް..ބަލާ ބަލަ އޭނާގެ ހުރި ހަޔާތް ކުޑަކަން.. ކައިވަން ކުޑަމަންމައަށް ގުޅާފަ ބުނޭ މިތަނަށް އަންނަން.. މިރޭ މިކަން އެއްކޮޅެއްގަ ޖެހެން މަބޭނުން ..ބުނާތި ބައްޕަ އާ ބޮޑުބެ ކާރީގަ ބުނަން.. ލޮކޭޝަން ފޮނުވާފަ ބުނޭ ފޮލޯ ކުރަން އަހަރުމެންނަށް.. “އަލާނިޔަލް ރުޅިގަދަވީ ނިޔަލް ހިލްޓޮންފަރުބަދަޔާއި ދިމާލަށް ދިޔުމުންނެވެ. އަލާނިޔަލް ކިޔާދިންގޮތައް ލަވާލްއަށް ގުޅާފަ ކައިވަން ކިޔައިދިނެވެ. އީންގެ ފޯނުނަގާ ރާހިލްއަށް އަށް ވެސް ގުޅާފައި އެހެންމީހުންނާ ވަކިން ޒީޥާ ގެނެސްދިނުމަށް އެދުނެވެ.
އަލާނިޔަލް އޭނާގެ ފޯނު ނަގާ އިޒާންއަށް ޑައިލް ކޮށްލަމުން ލޯމަރައިލިއެވެ. ވަގުތުން އިޒާން ފޯނު ބިޒީ ކޮށްލިއެވެ. އަލާނިޔަލްއަށް ސިހިފައި ބްރޭކި ޖައްސާލެވުނީ “އަހަރެން މިއޮތީ ފަހަތުގައޭ ބުނެ” އިޒާން ކޮށްލި މެސެޖް ފެނިފައެވެ. އަލާނިޔަލް ކާރުގެކުޑަ ދޮރުން ބޭރަށް ބޯ ދިއްކޮއްލި ހިނދު އިޒާން ވެސް އޭނާގެލޯގަނޑު ތިރިކޮށްލިއެވެ.
” އޭ ނޫން ޑިފީ އޭނާ އެއޮތް ކާރު ހުއްޓާފަ ފޭބީ.. ” އީން ފަހަތު ސީޓުގައި އިނދެ ފުންމައިގެން ތެދުވީ ނިޔަލް ކާރުން ފައިބައިގެން ކުރިޔަށް ހިނގައިގަތުމުންނެއެވެ. އީން ހީކުރީ ނިޔަލް ފިލަން ދަނީ ކަމަށެވެ. ނަމަވެސް ކަންވީ އެހެނަކުންނޫނެވެ.
***
އަލާނިޔަލް ގެ ކާރު ފަހަތުގައި އިޒާން ކާރު ހުއްޓާލިއެވެ. އޭރު ނިޔަލް ކުރިޔަށް ހިނގަމުން ދިޔައެވެ. އިޒާން ކާރުން ފައިބާގެން ނިޔަލްއަށް ފަހްމް ނުވާނެހާ މަޑުމަޑުންގޮސް ވަލުތެރެއަށް ވަނެއެވެ.
އަލާނިޔަލްއާއި އިޒާންގެ ކާރަށް ފުރަގަސްދީ ނިޔަލް ހިނގާފައި ދިޔައެވެ. މަގުގެ ދެފަރާތުގައި ބޯ ޖަންގަލި ހެދިފައިވީ އިރު އުސްކޮން އޮތް ހިސާބުން ހިނގާފައި އޭނާ ގޮސް ހުއްޓުނީ ފަރުބަދައިގެ ކޮޅުގައި ވަލާވީ ފަޅީގައެވެ.
އަލާނިޔަލް ކާރުން ފައިބާގެން ގޮސް ވައިރޯޅީއެއްހާ ހަލުވިކޮން ނިޔަލްއާ ދިމާއަށް ދިޔައެވެ. އޭނާ އިޒާން ކޮބައިތޯ ސިއްރުން ބަލައިލިއިރު އޭނާގެ ހިލަމެއް ނެތެވެ. އިޒާން ފެންނަން ނެތުމުން އޭނާ ހީކުރީ އިޒާން ދިޔައީ ކަމަށެވެ. އޭރު އީން އާއި ކައިވަން ދާން ނުކެރިފައި ތިބީ އަލާނިޔަލް މަޑުކުރަން ބުނުމުންނެވެ.
“ދިމާ ވެއްޖެދޯ އެންމެފަހުން..” މަލާމާތުގެ ރާގަކަށް ނިޔަލް ބުނެލިއިރު އޭނާގެ ހާސްކަން ފިލުވާ ނުލަފާ ވައްތަރަކަށް ހީލައިފިއެވެ. ނިޔަލްއާއި އައިސް ހަމަކުރަމުން ދިޔަ އަލާނިޔަލް ހުރީ ރުޅިއައިސްގެން ގޮސް ފަޅާއިގެންދާ ވަރުވެފައެވެ.
“ދިމާ ވީހޭ ބުނަން ކަލޭ ލަދު ހަޔާތް ކޮބާ.. އަހަރެން ކޮއްކޮ އަށް ދެވުނު އަނިޔަ ކުޑަވީތަ..އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއަށް ދެވުނު އަނިޔާ ކުޑަވީތަ.. މުޅި އާއިލާއަށް ސުނާމީ އަރުވާފަ ހިތް ނުފުދިގެން ތި ތެޅެނީ.. އަހަރެން މަރާލާފަ ދެން ކަލޭމެންނަށް އަހަރެންގެ އާއިލާ ކާރިޔަށް ދެންދެވޭނީ” އަލާނިޔަލް އައިގޮތައް ނިޔަލްގެ ކަރުގައި ހިފާ ބިމަށް ހޫރާލިއެވެ.
***
އެ މަންޒަރު ފެނި އީން އާއި ކައިވަން ދުވަމުން އައެވެ. އޭރު ދުރު ކާރެއް ފެނުމުން އީން އާއި ކައިވަންއަށް އެއީ ލަޥާލް މެންކަން އެނގުނެވެ.
***
ހިލަބިންގަނޑަށް ވެއްޓި ޖެހުނު ގޮތުން ނިޔަލްގެ އަނގައިން ލޭގަނޑު އޮހޮރިގަތުމުންވެސް ޖަހާލީ ނުބައި ހިނިގަނޑެކެވެ. “އަދިވެސް ހެނީތަ .. ކަލޭ ހަމަ އެހާ އިންޖެކްސަންތައް ބޭނުންތަ .. ރީތި ގޮތުގަ އަހަރެން ކައިރިގަ ބުނެލިނަމަވެސް އަހަރެން ހޯދައިދިނީސް .. ބަޔެއްގެ ފުރާނައިން އަތް ދޮވެލަން ނޫޅެ… ލިވީ ރޭޕް ކޮށްލާފައި މަ ބޮލަށް ޖަހާފަ ދިޔައީމަ އެކަން ބޮލުގަ އަމިއްލައަށް އަޅުވާގެން ކިތައް އަހަރުއުޅެފިން.. އެންމެ އަހަރެއްނޫން ބާރަ އަހަރު.. މުޅި އާއިލާ ގެ ނަފްރަތާއި ކުރިމަތިލާން ޖެހުނީ ކަލޭއާއި ކެރާގެ ސަބަބުން.. އަހަންނަށްމިއަދު މިއޮތީ ބަދަލް ހިފަން ފުރުސަތު ލިބިފަ.. ހާހް .. އަހަރެންގެ ދެއަތުން ކަލޭ މަރުވާނީ..” އަލާނިޔަލް ގެ ފައިންނާ ދެއަތުން ގޮއްމުށުން ނިޔަލްގެ ގައިގާ ތަޅަމުންދިޔަ އިރު އޭނާގެ ލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ. ނަމަވެސް ނިޔަލް އޭނާގެ ނުލަފާ ހީލުމުގައި އޮތެވެ.
ބަސްބުނާހާ މަދު ސިކުންތުކޮޅެއް ގެ ތެރޭގައި އަލާނިޔަލް ޖީބުން ނެގި އިންޖެކްޝަންތައް ނިޔަލްގެ ގަޔަށް ހަރާލަން އުޅުނު ނަމަވެސް އެކަމެއް ނުވިއެވެ. އަލާނިޔަލް ނުވިސްނާ ހުއްޓާ ނިޔަލް ކުއްލިޔަކަށް ތެޅިގަންފައި އަލާނިޔަލްގެ މޭގައި ފައިންޖަހާ ފަހަތައް ކޮއްޕާލިލެއް ބާރުކަމުން އަލާނިޔަލް ވިއްސާގެންގޮސް އެއްފަރާތުގައި ހުރި ކޮޅުތޫނު ހިލަގަނޑެއްގައި އަލާނިޔަލް މަތަވި ވި އިރު ސަރަހައްދުގައި ހިފާލީ އަލާނިޔަލްގެ ހަޅޭކުގެ އަޑެވެ. އެހިނދު މުޅި ހިސާބު ގަނޑު ލެއިން ކަޅިކޮށްލިއެވެ. އަލާނިޔަލްގެ އަނގައިން ހޯސްލާފައި ލޭގަނޑު ފައިބައިގަތެވެ.
ކައިވަން ހިފަހައްޓާގެން ހުއްޓާވެސް އީން ރޮވެގެންފައި އަތްފޮޅުވާލަމުން އަލާނިޔަލް ގާތައް ދުއްވައިގަތެވެ. ރޮމުން ދިޔަ އީން ގެ ފަހަތުން ކައިވަން ވެސް ދުއްވާގަތެވެ. އޭރު ކާރުން ފައިބައިގެން ދުވެފައި އައި އައްޒާމް އާއެކު ޔާސިރްވެސް ދިޔައެވެ. އެމީހުންގެ ފަހަތުން ލަވާލް އާއި އެކު ޔޫމީން އައެވެ.
***
ޒީވާއާއި ރާހިލްތިބީ އެ އެންމެން ފެންނާނެހެން ދުރުގައެވެ. ކުއްލިޔަކަށް ނިޔަލް ، އަލާނިޔަލްއަށް ދިން ހަމަލާއިން ޒީޥާގެ މޭގަނޑު ހީވީ އަނގަޔަށް އައިހެންނެވެ. ވަގުތުން ރޮވެންފެށުނެވެ. އޭނާ އެތަނަށް ދާން ގަދަހަދާލުމުން ވަގުތުން ރާހިލް އެކަން ހުއްޓުވީ އެދިމާލަށް ދިޔަ އިޒާން ފެނިއެވެ.
“ރާހިލް އަހަރެން ދާން ބޭނުން … އަހަރެން ބޭނުން ޑިފީ ކައިރިޔަށް ދާން..” ރާހިލްވެސް އެކުވެރިޔާ ކައިރިޔަށް ކިތަންމެ ދާން ބޭނުން ވިޔަސް މަޑުޖެހެން ޖެހުނީ ހާލަތުގެ ނާޒުކުކަމުންނެވެ. ޒީޥާ އަށް އިޒާން ދައްކާލަމުން ޒީޥާ މަޑުޖެހެން ޖެހުނީ މަޖުބޫޜުވެގެންނެވެ.
****
ގަސްތައް ތެރޭގައި އަލާނިޔަލް އާއި ނިޔަލްގެ ވާހަކަ އިވޭހާ ކައިރީގައި ހުރި އިޒާން ރުޅި އައިސްގެން ފަޅާއިގެންދާވަރު ވިއެވެ. ނިޔަލްގެ މޫނުމަތިން ފެންނަން ހުރި ނުލަފާކަމުން އިޒާންއަށް އަލާނިޔަލްގެ ކޮޅަށް އެވަގުތު ބުރަވެވުނެވެ. ކުއްލިޔަކަށް ދެން އަލާނިޔަލް އަށް ލިބުނު ހަމަލާއިން އިޒާން ރުޅިގަދަވިވަރުން ކަނދުރާގައިވި ނާރުތައްވެސް ފުއްޕާލިއެވެ. އޭނާގެ ގަދައަޅިކުލައިގެ ލޮލަށް ކްރިމްސަން ކުލަ ވެރިވެގަތީ އިސާހިތަކުއެވެ.
ގަސްތަކުގެތެރޭން ނުކުމެގެން އިޒާން ބިމަށް ތިރިވެލާފައި ވެއްޓިފައި އޮތް އިންޖެކްޝަން އެއް ނެގިއެވެ. ވައިރޯޅީއެއްހާ ހަލުވިކޮން އައިސް އެތަނުން ނުކުނަން ދިޔަ ނިޔަލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ ދަމައިގެން އިރު އިޒާން ތުރުތުރު އަޅައެވެ.
ނިޔަލް ދިޔައީ ސިއްސައިގެންނެވެ. އިޒާން ރުޅިގަދަވެފައި ހުރިވަރުން ނިޔަލް ނުތަނަވަސްވާފެށިއެވެ. އިޒާން އެތަނަށް އައީ ކޮންއިރަކުބާއޭ އޭނާ ހިތައް އެރިއެވެ.
“ޑިފީ އެދެއްކީ ތެދު ވާހަކަ އެއްތަ..” ދޮގުހަދަން މަސައްކަތް ކުރިނަމަވެސް ނިޔަލްއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ވަގުތުން އޭނާ ބޯޖަހައިލިއެވެ. “ލިވީ އަށް އެހެން ހެދީ ކަލޭ.. ޑިފީ އަށް އަހަރުމެންނާ ދުރުވާން ޖެހުނީ ވެސް ކަލޭއާއި ކެރާގެ ސަބަބުން.. އެހެންނު” އިޒާން ، ނިޔަލްގެ ކަރަށް ބާރުކޮށްލަމުން ބުނެލިއިރު އޭނާގެ އަޑުބަރުކަމުން ހީވަނީ ގުގުމާހެންނެވެ. “އާނ ..އަހަރެން ..ކަލެއަށް ކީއް ކުރެވުނީ ..މިއީ އެތަނީކީ.. ލިވިޔާ ރޭޕް ކޮށްލީ އަހަރެންގެ މިދެއަތުން ހަމަ މިތަނުގަ..ހައްހަހާ.. ކަލޭ އަދިވެސް ދުވަނީ އެއްވެސް ތާޒާ ކަމެއް ނެތް މަލެއްގެ ފަހަތުންތަ..ކަލ..” ވާހަކަ ދައްކާ ދައްކާހުރި ނިޔަލްގެ ބާރު ހަޅޭކުގެ އަޑުން މުޅިތަންގަނޑު ޙިވީ ގުޑައިގެން ދިޔަހެންނެވެ. އިޒާންގެ އަތުގައި އޮތް ސިރިންޖް ނިޔަލްގެ ކަނދުރާއަށް ހަރާލީއެވެ. ނިޔަލް ގެ އަނގައިން ފެހިކުލައިގެ ފޮނުގަނޑެއް ނުކުން އިރު އޭނާގެ ނޫކުލައި ދެލޯ ހުދު ކަޅިއާއެއްކޮން އިސާހިތަކު ކަޅުވިއެވެ. ނިޔަލްގެ މުޅިގައިން ކަޅުކުލައިގެން ދުންތަކެއް ނުކުމެ ނުކުމެ ހުއްޓާ އިޒާން، ނިޔަލްގެ ގައިން ދޫކޮށްލާ ނިޔަލްގެ ކަރުގައި ގައިހުރި ބާރެއްލާފައި ފައިންޖަހައިލިއެވެ. އެހިނދު އެތަނަށް ވެއްޓިގެން ދިޔައީ ނިޔަލްގެ ދެތަން ވެގެން ދިޔަ ހަށިގަނޑާއި ބޮލެވެ.
އިޒާން އަށް ހުރި ދިމާ އަށް ތިރިވެވުން އިރު ހޯސްލާފައި ކަރުނަތައް ލޮލުން ފައިބައެވެ. އޭނާގެ ހިތައް ވަނީ ނުހަނު އަސަރު ކޮށްފައެވެ. އަލާނިޔަލް އޮތްތަނާ ދިމާލަށް ބަލައިލިހިނދު އައްޒާމް އާއި ޔާސިރް އަދި ކައިވަން ވެގެން އަލާނިޔަލް ކާރަށް ލައިފިއެވެ.
ކައިވަން ކުރީ ސީޓަށް ދުއްވަން އެރިއެވެ. ކައިވަން އާއި ޖެހިގެން ޔޫމީން އެރިއެވެ. ފަހަތު ސީޓުގައި އަލާނިޔަލްގެ ބޯ އުނގައް ލައިގެން އައްޒާމްއަށް ގިސްލެވެމުންދިޔައެވެ. އަލާނިޔަލްގެ ހޭވެރިކަމެއް ނުވާއިރު އޭނާ ގެ ބަނޑުގެ އެއްފަރާތަކަށް އެ ކޮޅުތޫނު ހިލަގަނޑު ހެރިފައިވަނީ ނުހަނު ބޮޑަށޭވެ. އަލާނިޔަލް ފައިކޮޅުގައި ސީޓުގެ ތިރީގައި އީން އުޑަފައިން ވިއްދާލައިގެން އަލާނިޔަލްގެ ގައިގާ ހިފަހައްޓާލައިގެން އިން އިރުވެސް އީން އަށް ރޮވެމުންދިޔައެވެ. ބާރު ފޮތިގަނޑެއް ބަޑާއި ދިމާލުގައި އައްސާފައިވީ ނަމަވެސް ހޯސްލާފައި ލޭގަނޑު އަންނަން ފެށުމުން އައްޒާމް ދެއަތުން އަލާނިޔަލްގެ ބަނޑަށް ފިއްތާލަމުން ބާރަށް ދުއްވުމަށް ކައިވަންއަށް ގޮވާލިއެވެ.
އައްޒާމް މެން އަލާނިޔަލް ގޮވާގެން ދިޔުމުން ޔާސިރް އާއި ލަވާލް މިސްރާބު ޖެހީ އިޒާން އާއި ދިމާލަށޭވެ. އިޒާން އިން ހާލު ފެނި ޔާސިރްގެ ލޮލުން ކަރުނަ ހިލުނެވެ. ލަވާލްއަށް ލޮލުގެ އިޝާރާތުން އިޒާން ދައްކާލަމުން ޔާސިރް މިސްރާބްޖެހީ މަރުވެފައި އޮތް ނިޔަލްގެ ހަށިގަނޑާއި ދިމާލަށެވެ.
“ޒާން.. ހިނގާ ދާން .. ދަރިފުޅު ތިހެން ރޯކަށް ޑިފީ ބޭނުމެއް ނުވާނެ.. ކޮންމެ ކަމެއް ވެސް ވާނީ އެންމެރަނގަޅަށްށޭ ބުނާހެން ޒާންއަށް މިއަދު މިތަނަށް ތިއާދވުނީ ހަގީގަތް އިނގެން ކަންނޭގެ.. އިންޝާﷲ ޑީފީއަކަށް ރަނގަޅުވާނެ..”ލަވާލްގެ ހިތްވަރުގެ ބަސްތަކުން އިޒާންއަށް މިއަދަކު ކުޑަވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އެހިތުގައި މިއަދުވަނީ ނުހަނު ބޮޑަށް ޖެހިފައެވެ. “ނޫން.. ނޫން..އަހަ..އަހަންނާ ހެދި މިހެން މިވީ.. ލިވީ ވެސް އޭނާއަށް ފޮރުވަން އަހަރެން އުޅުނީ.. ޑިފީ ބާކީ ކޮށްލާފަ އަހަރެން ބެހެއްޓީ.. އެންމެފަހުން މިލާންވެސް އޭނާއަށް ގެއްލުނީ.. މިލާން އާ ވެސް އޭނާ ދުރުވާން ޖެހުނީ އަހަންނާހެދި..އެދުވަހު..އެ ވީ…ހުރިހާ ކަމެއްގެ ތުހުމަތު އަހަރެން ވެސް އެޅުވީ އޭނަގެ ބޮލުގަ…އެކަމް..އެކަމުވެސް އޭނަ..ކިހާ ހިތްވަރުގަދަ..އަހަންނަށް ދުވަހަކު ވެސް މާފެއް އޭނަ ނުކުރާނެ” އިޒާންއަށް ދިޔައީ ގިސްލެވެމުންނެވެ. ލަވާލްއަށް ވަގުތުން ނޫނެކޭ ކިޔާފައި ބޯހޫރާލެވުނެވެ. ” ނޫން އިޒާން.. ޒާން އަމިއްލައަށް ބޮލުގަ ހުރިހާ ކަމެއް ނާޅުވާ..އިޒާންގެ މަގާމުގައި ކުޑަމަންމަ ހުރިނަމަވެސް އެދުވަހު ކަންތައް ކުރެވޭނީ ހަމަ ތިހެން .. ޑިފީއަކީ ވަރަށް ރަނގަޅު ކުއްޖެއް..އެނަ މާފް ކުރާނެ .. ހަގީގީ ކުށްވެރިޔަކީ ޒާން އެއް ނޫން.. ޒާން އެދުވަހު ޑިފީއަށް ނަސޭހަތް ދިނީމެންނު.. ކިހާ ޓްރައި ކުރިން.. އެކަމް ކުޑަމަންމައާއި އެހެން އެންމެން އެދުވަހު ޢޭނާ ބާކީ ކޮށްލީ.. ޒާން ކައިރީ ޑިފީއާއި ދުރުވާން ބުނީ ވެސް ވެސް އަހަރުމެން.. ހުދު ޑިފީ ވެސް ގަބޫލު ކުރޭ އިޒާން އޭނާއާއި ދުރުވީ އޭނާ އޭރު ކަންތައް ކުރިގޮތުންކަން .. ކީއްކުރާނީ .. ޒާން އޭރު އެކަކަށް ވެސް ހަގީގަތެއް ނޭނގޭ.. ޑޯންޓް ބްލޭމް ޔޯ ސެލްފް.. ހިނގާ ޑިފީ ކާރިޔަށް .. އޭނައަށް ވާހަކަ ދެއްކޭ ވަރުވުމުން ދެން ޓޯކު ކުރާނީ..” އިޒާންގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެދެމުން އިޒާންގެ އަތުގައި ހިފާގެން ލަވާލް ހިނގައިގަތެވެ. އިޒާން ވެސް ދެއަތުން މޫނުމަތި ސާފްކޮށްލަމުން ޔާސިރް ކޮބާތޯ ބަލައިލިއެވެ. އޭރު ޔާސިރް އައިސް އެމީހުން ކާރިޔަށް ހުއްޓެނީއެވެ. ނިޔަލްގެ ހަށިގަނޑު ކޮބަތޯ ބަލައިލިއިރު އޭގެ ހިލަމެއް ވެސް ނެތެވެ.
***
“ރާހިލް އަހަރެން ބޭނުން ޑިފީ ކާރިޔަށް ދާން..ސިއްރުން ވެސް ވަދެވޭގޮތް ހަދާދީބަ” ރޮވިފައި ހުރެ ރާހިލް ގާތު އާދޭސް ކުރަމުންދިޔައީ ގެންދިޔުމަށެވެ. ރާހިލް ޒީވާ ގޮވާގެން އެންމެންނަށްވުރެން ކުރިން ގެޔަށް އައެވެ. އެތައް ފަހަރު އަލާނިޔަލްކާރިޔަށް ދާން ޒީވާ ދިޔައީ ރާހިލް ގާތު އާދޭސް ކުރަމުންނެވެ. “ޒީޥާ.. ކުރިން ބުނިހެން އަހަރެން ވެސް ބޭނުން ދާން އަހަރެންގެ އެކުވެރިޔާ ގާތައް.. އަލާނިޔަލްގެ އެދުމަށްވިޔަސް އަހަރެން ހަމަ މިއެހީވެދެނީ ޒީވާއަށް.. ޒީވާއަށް ހަމަ ރަނގަޅަށް އެނގޭނެ މިގަޑީގަ އެތަނަށް ދިޔުމަކީ އެހާ ހަމަޖެހޭ ކަމެއް ނޫންކަން .. އަމިއްލަ އަށް ޕްލޭން އެއްކޮށްފަ ޒީޥާ ތިއުޅެނީ އަމިއްލައަށް އެކަން ފެއިލް ކޮށްލަންތަ.. އަހަރެން ޒީވާ ގެންގޮސްދޭނަން އެންމެން ތަންކޮޅެއް ހަމަޖެހިލެވޭ އިރުވުމުން އަދި އިޒާންވެސް އޯކޭވެފަ ހުރެ ގެޔަށް ދިޔައީމަ .. ސޯ ދެން ވެސް ބަސްއަހާގެން ހުރޭ..” ރާހިލްގެ ވާހަކަ އިވުމުން ބޯ ޖަހައިލާފައި ޒީވާ އަނެއްކާ ވެސް ގޮސް ސޯފާއަށް ވެއްޓިގަތެވެ. ރާހިލްގެ ވާހަކަ ގަބޫލު ކުރެވޭނަމަވެސް ޒީވާ، އަލާނިޔަލް ގާތައް ދިޔުމަށް ވެސް ނުހަނު ބޭނުމެވެ. މަސްލަހަތައް ބަލާފައި ރާހިލްގެ ބަހަށް ޒީވާ އަމަލްކުރިއެވެ.
***
“ހަހަހާ.. އެންމެފަހުން އޭނާގެ ދުވަސް ދިޔައީދޯ.. އެހެންނޭ ވާނީ އަހަރެން ބުނާއަޑު ނާހަންޏާ..” ކެރާ އޭނާ ދިރިއުޅޭ ކޮޓަރީގެ ބެލްކޮނީ ރެއިލިންގްގައި އަތް އަޅުވާލައިގެން ހުރެ ނުހަނު ބާރަށް ހީގަތް އިރު އަޑު ބާރު ކަމުން ހީވަނީ ގުގުމާހެންނެވެ. ކެރާގެ ކުރިމަތީގައި އިސްޖަހައިގެން ހުރީ އޭނާގެންގުޅޭ އަޅެކެވެ. އޭނާ އައީ ނިޔަލްގެ މަރުގެ ހަބަރާ އަލާނިޔަލްއަށް އަނިޔާވި ހަބަރް ހިފައިގެންވެ. އެހަބަރު ލިބުމުންވެސް ކެރާގެ ހިތައް ކުޑަކޮން ވެސް އަސަރް ނުކުރެއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރި ނުލަފާ ހިނިތުންވުމުންވެސް އެކަން ސާބިތުވެއެވެ. “ހޫމް ދެން ހެވޭ .. ދެން ކަލޭ މީގެ ފަހުން ނިޔަލް ކުރަމުން އައި ކަންތައް ކުރާނީ..އަހަރެންގެ އެންމެ އަމުރަކާ ހިލާފްވިޔަސް ހަނދާން ކުރާތި މަ ވަރު ނުބައި މީހަކު ނުހުންނާނެ..” ކެރާ އަޑާށް ބާރުލާ އޭނާގެ ސަހާދަތް އިނގިލި އުފުލާލަމުން ބުނެލީ އިންޒާރް ދޭފަދައިންނެވެ. ކުރިމަތީގައި ހުރިމީހާ ބިރުން ރޫއަޅައިގަތްނަމަވެސް އަވަސްއަވަހަށް ބޯޖަހައިލީ މިނޫން ގޮތެއްނެތް ކަން އެފަކީރަށް އިހްސާސް ވުމުންނެވެ.
****
ޒެންޓްރަސް ހޮސްޕިޓަލަށް ގެންގޮސް ސްޓްރެޗާގައި އަލާނިޔަލް ވެއްދީ އެންމެ މަތީފްލޯއަށެވެ. އެ ފްލޯގައި އެންމެ އެތެރެއަށް ހުރި ކޮޓަރީގެ ތެރެއަށް އައްޒާމް އަލާނިޔަލް ވެއްދިއިރު އެކޮޓަރީގެ އެތެރޭގައި ދެ ޑޮކްޓަރަކާއި ދެ ތިން ނަރުހުން ތިއްބެވެ.
އައްޒާމްގެ އެދުމަށް އީން އާއި ކައިވަންއަދި ޔޫމީން ތިބީ އެކޮޓަރީގެ ބޭރުގައިވާ ގޮނޑިބަރީގައެވެ. ތިންމީހުންގެ މެދުގައިވެސް ހަމަހިމޭން ކަމެވެ. އީން އިސްޖެހިފައިން އިންއިރު ނުރޮއުނު ކަމުގައިވިޔަސް އެސްފިޔަތައް ތެތެވެ. އީން އަތުގައި ޔޫމީން ހިފާލިއެވެ. “މި އަސްލު ކޮންތަނެއް .. މިހާ އެމަޖެންސީކޮން އައިސްފަ އެންމެ މައްޗަށް އެރީމަ މިއަޙާލީ..” ކައިވަން މަޑުމަދުން ޔޫމީންގާތު އަހާލިއެވެ. “އެނގެއެންނު ބައްޕަމެން ބޮޑުމެން އަދި ޑިފީ އާ ޒާންބެ މެންގެ އޮރިޖިން .. އެމީހުންނަށް ކޮންމެ ކޮންމެ ގޮތަކަށް ފަރުވާއެއް ނުދެވޭނެ…ވަރަށް ތަފާތު ވާނެ އެމީހުންނަށްދޭ ފަރުވާ… މި ފްލޯގަ ހުންނާނީ އެކަމަށް ހާއްސަ ކޮށްފަ ..އެހެންވެ މިތަނަށް ކޮންމެ ކޮންމެ މީހަކަށް ނުވެސް ވަދެވޭނެ..” ކައިވަން ވާހަކަ ދެއްކިހާ މަޑުން ޔޫމީންވެސް ވާހަކަ ދެއްކިއެވެ. “ދެން ކީއްވެ އޭރު ޒީވާއަށް ތިރީގަ އިންނަ އާންމު އެމެޖެންސީ ރޫމުން ފަރުވާ ދިނީ.. އޭނަ ވެސް އެކަހަލައެންނު..”ކައިވަންގެ ހިތުގައި އުފެދުނު ސުވާލްކޮށްލިއެވެ.
“އެވީ ގޮތަކީ.. އެ ނަސްލުގެ މީހަކަށް ވިޔަސް އަލަށް ވެސް އެމީހުންގެ ޕަވާރ ޔޫސް ނުކުރަންޏާ އެއީ ހަމަ ނޯމަލް އިންސާނެއް ގާތްގަނޑަކަށް.. ޒީވާ އަދިވެސް ޔޫސް ނުކުރެއެންނު..އެހެންވެ އޭނާ ވީކް ވާނެ.. ޑިފީމެން އަބަދު ޔޫސް ކުރޭނު ދޯ..ސޯ ތަފާތެއްނު.. އަދި ބުނަންތަ އެމީހުން ޕަވާރ ހުއްޓަސް ހަމަ އިންސާނުން ވާހެން ބަލިވާނެ.. ނިދަން ވެސް ނިދާނެ ކާންވެސް ކާނެ.. ބުނެވޭނީ އެއީ ހަމަ އިންސާނުންނޭ ދެން.. އެމީހުންނަށް ވެސް ބޭސް ކާންދީ އައިވީ ގުޅާހަދާނެ..އެކަމަކު ތަފާތު އައި ވީ ތަކާ ބޭސް ތައް ހުންނާނީ.. ބަލިވީމަ ނޫނީ އަނިޔާ ވީމަ ބޭސްކުރާގޮތް ވެސް ސޭމް.. އެކަމް ތަފާތު ބޭސްތަކާއި އެއްޗިސް ޔޫސްކުރަން ޖެހެނީ މިބުނިހެން.. ސޯ އެހެންވެ މި ފްލޯމީ އެކަމަށް ހާއްސަތަނަކަށްވީ.. ޕަވާރ ހުރީމަ ފްލީ ހިއުމަން އެކޭ ނުބުނެވުނަސް ހަމަ ހިއުމަންސް ދެން.. އެޕަވާރ ހުރީމަ އެކަނި ޗޭންޖްއަކީ ” ޔޫމީން ކިޔައިދިނެވެ. ކައިވަން މަޑުމަދޫން “އޯހް” އޭ ލައްވާލިއެވެ.
މާގިނައިރެއް ނުވެ އިޒާން އާއި ލަވާލް އަދި ޔާސިރްވެސް އައެވެ. ގަޑިއިރެއްފަހުން އައްޒާމް ނުކުމެފައި އަލާނިޔަލް ރަނގަޅުކަމަށް ބުނުމުން އެންމެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
އީން އަށް ފުންމައިގެން ތެދުވެވުނު އިރު އައްޒާމްގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އޭނާ ހީލަމުން އެތެރެއަށް ވަންނަން ބުނުމުން އީން ދުވެލާފައި އެތެރެއަށް ވަނެވެ. “ކިހިނެތް ސިޓުއޭޝަން ..” އީން ދެވެފައި ދިޔަދިމާ ބަލައިލަމުން ކުޑަކޮން ހީލަމުން އިޒާން އަހައިލިއެވެ. “ރައިޓް ކިޑްނީ ކާރިޔަށް އިނީ ހެރިފަ .. ފުންކޮން އިން .. އެކަމަކު އަނެއްހެން ރަނގަޅު.. ވީކް އެއްތެރޭގައި ނުކުމެ އުޅެވޭނެ އޭނައަށް… މިހާރް ނިދިފަ އޮތީ އިންޖެކްސަންތަކުގެ ސަބަބުން.. ހުރިހާ ކުދިން ދެންދޭ ނިދަން .. މާދަމާ ކުލާސް އޮންނަކުދިން ކުލާހަށް ވެސް އަންނަން ޖެހޭނެ އެންނު..”އައްޒާމްގެ ބަހަށް ލަވާލްއާއި ޔާސިރްވެސް ތާއީދުކުރިއެވެ.
އީން ނުކުމެފައި ގެޔަށްދާން މިސްރާބު ޖެހީ ފަތިހު އޭނާގެ ޑިއުޓީ އިނުމުންނެވެ. ޑިޔުޓީއަށް އައިސް އެންމެ ފުރަތަމަ ވެސް އަލާނިޔަލް ކާރިޔަށް އައުމަށް އަޒުމްކަނޑައެޅިއެވެ.
އީން ދިޔުމުން އިޒާން ވެސް އަލާނިޔަލް ކާރިޔަށް ވަނެވެ. އިޒާން ގޮސް އަލާނިޔަލްގެ އެނދުގެ ބޯލާކޮޅުގައި ހުއްޓި އަލާނިޔަލްގެ މޫނަށް ބަލައިލިއެވެ. ދެލޯ މަރައިލައިގެން އޮތްއިރު އަލާނިޔަލްގެ މޫނުމަތިން ފެންނަމުންދިޔަ ވަރުބަލިކަން ފެނި އިޒާންގެ ހިތައް އުނދަގޫވިއެވެ. އިޒާންގެ އަތްމަޑުމަޑުން ހަރަކާތް ކޮށްލާފައި އަލާނިޔަލްގެ ބޮލުގައި ފިރުމާލިއެވެ. އިޒާން ސިހުނީ ދޮރުހުޅުވާލިއަޑުއިވުމުންނެވެ. ދޮރުން ވަދެގެން އައި އައްޒާމް ފެނި އިޒާން ހީލިއެވެ.
“ދަރިފުޅާ މާދަން ހެދުނު ޑިއުޓީ އެބަ އިނެއްނު .. އަރާމް ކޮށްލަން ދޭ ޑިއުޓީއަށް އަންނަން ވާއިރަށް ..” އިޒާން ބުރަކަށީގައި ލޯތްބާއެކު ފިރިމާލަމުން އައްޒާމް ބުނެލިއެވެ. އިޒާންވެސް ބޯޖަހައިލަމުން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް އައްޒާމް އަނެއްކާވެސް ގޮވާލުމުން އިޒާން މަޑުކޮށްލިއެވެ. “ބައްޕަ ވާހަކައެއް ބުނަން އެބޮއޮތް ދަރިފުޅު ގާތު.. ” އައްޒާމް ވާހަކައަށް ބޯޖަހައިލަމުން އިޒާން އެއްފަރާތެއްގައި ހުރި ސޯފާގައި އިށީންދެލިއެވެ. “ދަރިފުޅާ.. ތިއީ ކާމިޔާބް ޑޮކްޓާރެއް މިއަދު… . ނިއުރޯ ސާޖަންއެއް .. އެންމެންގެ ލޯބި ލިބިފައި ހުރި ޑޮކްޓާރެއް.. ދަރިފުޅު ޑޮކްޓާރ ޑިއުޓީ ނަގަމުން ލެކްޗަރާ އަކަށް ދާން އުނދަގުލެއް ނޫންތަ.. ބައްޕަ އަށް މައްސަލައެއްނެތް ދަރިފުޅު ލެކްޗަރާއަކަށް ދިޔަސް .. ޕަވާރ ހުއްޓަސް ސެލްފް ކެއާރ އަކީ މުހުއްމުއެއްޗެއް ..” އައްޒާމް އިޒާން ގާތުގައި އިށީން ދެލިއެވެ.
“ނޫނޭ ބައްޕާ.. ޑޮކްޓާރ ޑިއުޓީ ނަގަމުން ލެކްޗަރާ އަކަށް ދިޔުން އެހާ އުނދަގުލެއްނޫން .. އަހަރެން ޑޮކްޓާރ ޑިއުޓީ އިން ޓޫ އަވާސް ޑިޓެކްޓް ކޮށްލާފަ ލެކްޗާރ ޑިއުޓީ އެޑުކުރީ.. ސޯ އިޓް ވޯންޓްބީ ޑިފިކަލްޓް.. އަހަރެން ހަމަ ފިޓް.. “އިޒާން ހީލަމުން ރައްދު ދިނެވެ. އައްޒާމް ވެސް އޯކޭ އޭބުނެ ހީލިއެވެ.
***
ޜޭލަހުން ނިދުމުން ޒީޥާއަށް ހޭލެވުނީ ފުދޭވަރަކަށް ލަސްވީފަހުންނެވެ. ސައިހެދުމަށްފަހު ނީކިޔާ ނަގާ ނަމާދު ކުރަން ބެހެއްޓުމަށްފަހު ޒީޥާ ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން ނުކުން އިރު ގޭތެރޭގައި ނުހަނު އަޑުގަދައެވެ. ކައިވަން މާވަރަކަށް ހީހީފައި ވާހަކަ ދައްކާތީ ޒީވާ ތިރިޔަށް ފޭބީ ކުޑަކޮން ދުވެލާފައެވެ. މިންޓް ފެހިކުލައިގެ ސްވީޓްޝާޓަކާއި އަޅިކުލައިގެ ސްކިނީ އެއްގައި ޒީޥާ ނުހަނު ލޯތްބެވެ.އެހެން ދުވަސްތަކާއި ހިލާފައް މިއަދު އޭނާގެ ފަން އިސްތަށިގަނޑު މިއަދުވަނީ އައްސާފައެވެ. އަބަދު ފަހަތައް ދޫކޮށްލާއިފައި ބާއްވާ އިސްތަށިގަނޑު މިއަދު އައްސާފައިވުމުން ތަފާތު ގޮތެއް ހުއްޓެވެ.. ނަމަވެސް އޭނާގެ ރިތިކަމަކަށް ފަޑު ކަމެއް ނާދެއެވެ. ލާފައިހުރި ހެދުމުގައި ހުރި ކުލައަށް ވުރެން ތަންކޮޅެއް މަޑު ފެހިކުލައެއް ހުރި ސްނޯވް ކޯޓް ކޮނޑުގައި އަޅުވާލައިގެން ހުރެ ފޭބި އިރު ޒުހޫރު އާއި ކުލްސޫމާ ފެނި ޒީޥާ ދެލޯ ބޮޑުވިއެވެ. ” މަންމާ .. ބައްޕާ..ކޮންއިރަކު އައީ… މިއަންނަ ވީކުގައޭ ބުނިކަމަށް އަހަރެން ހީކުރީ .. ކޮއްކީ..” ހައިރާންވެފައި ޒީވާ ތިރިއަށް ފައިބާގެން އައި ނަމަވެސް ކައިވަންގެ އަތުގައިން ކައިނާ އަތުލައިގެން އުރިއިރު ޒީވާ އުފަލުން ކަމެއް ނެތެވެ. ކައިވަންއާއި ޒުހޫރު އާއި ކުލްސޫމާ ތިބީ ޒީވާ އުޅުނުގޮތުން ހިނިއައިސްފައެވެ.
“ހަމަ ދެންމެ މިއައީ.. ސަޕްރައިޒެއް ދޭންށޭ ބައްޕަ ނެކްސްޓް ވީކޭ ބުނީ.. މަންމަ އެކިޔަނީ ޒީޥާ އާ ކައިވަން ސަޕްރައިޒް ފީލްއެއްނުވާނޭ މާ އަވަހަށޭ ބައްޕަ ގުޅީ އަންނަވާހަކަ ބުނަން..އަހަހަ..”ޒުހޫރު ހޭންފަށަމުން ޒީވާގެ ބޮލުގައި ފިރުމާލިއެވެ. “ނޫނޭ ހަމަ ސަޕްރައިޒް ވެއްޖެ ކުއްލިޔަކަށް ފެނުނީމަ…” ޒީޥާ ވެސް ޒުހޫޜުގެ ހުނުމުގައި ބައިވެރިވެލަމުން ބުނެލިއެވެ. ކުލްސޫމާ ، ނީކިޔާ ސުކޫލްއަށް ގެންދާ ގަޑިޔާ އެއްޗިސް އެވަގުތު ޒީވާ ގާތުން އޮޅުން ފިލުވިއެވެ.
ޔޫމީން އައުމުން ތިންމީހުން ކާރަށް އަރަން ދިޔައެވެ. ޔޫމީން އައިސް ނުހަނު އުފާވެރިކޮން ހީލާފައި ޒީޥާގައިގާ ބައްދާލިއެވެ. “ޔޫ ލުކް ބިއުޓިފުލް ވިތް ޔެލޯ ޑްރެސް އެންޑް ވައިޓް ސްކިނީ..ވެއާޒް މައި ހަގް ބޭބް..” ޒީވާ ދުރުވެލާފައި ކާރަށް އެރުމަށް މިސްރާބް ޖެހިވަގުތު ކައިވަން ޔޫމީންގެ ކަންފަތްދޮށުގައި ބުނެލިއެވެ. ޒީވާއަށް ނުފެންނާނޭ ހެން ޔޫމީންގެ ކޯތާފަތައް ކައިވަން ބޮސްދިނެވެ. ޔޫމީންގެ މުޅި މޫނު ޖަންބެއްހެން ރަތް ވިއެވެ. ޔޫމީން ދެނޭ ކިޔާފައި ދުވެލާފާ ކާރަށް އެރިއެވެ. ޔޫމީންއަށް ވީގޮތުން ކައިވަން އަށް ހެވުނެވެ. މިރޭ ޔޫމީންއާއި ބައްދަލްކުރުމުގެ އަޒުމުގައި ހުރެ އޭނާ ވެސް ކާރަށް އެރިއެވެ.
އެހެން ދުވަސްތަކާއި ހިލާފަށް މިއަދު ތިންމީޙުންގެ ވެސް ކާރުގައި ތިބީ ހަމަހިމޭނުންނެވެ. ތިންމީހުންވެސް ތިބީ ރޭގައި ނުނިދުމުން ނުހަނު ނިދިއައިސްފައެވެ. ޒީވާ ކާރަށް އެރިގޮތަށް އޮވެ ނިދީޢެވެ.
އެމީހުންނަށް ޔުނިވާސިޓީއާއި ހިސާބަށް ދެވުން އިރު ގަޑިޖެހިގެން ފަސްމިނެޓް ހިނގާފިއެވެ. ދުވަމުން ދުވަމުން ޒީވާއާއި ޔޫމީން ކުލާހަށް މިސްރާބު ޖެހިއެވެ. އޭރު ކައިވަންވެސް އޭނާގެ ކުލާހަށް ދާންވެގެން ހިނގައްޖެއެވެ.
ޒީޥާއަށާ ޔޫމީން ކުލާސް އަށް ވަދެ އިށިންއިރު ނަސީބަކުން އަދި ލެކްޗަރާ އެއްނާދެއެވެ. ޒީވާ ޓޭބަލް ބަލައިލިއިރު އެންމެ ފުރަތަމަ އިނީ އިޒާންގެ ގަޑިއަށްވުމުން ޔޫމީންގެ އަތުގައި ބާރަށް ހިފައިލެވުނީ އޭނާގެ ހިތްތެޅެންފެށުމުންނެވެ. ޔޫމީންއަށް އޭނާގެ ހަނދާންތައް އައިސްފައިވާކަން އެނގުމުން ޒީޥާ މިހާރު ސިއްރުކުރާކަށް ނޫޅެއެވެ. ޒީޥާގެ ހިތް އިތުރަށް ތެޅެންފެށީ ކުލާހަށް ވަދެގެން އައި އިޒާން ފެނިފައެވެ.
ގަދަ ފެހިކުލައިގެ ގަމީސް މަތިން ކަޅުކުލައިގެ ހިމަ ދިގު ޓައީ މަހާލައިފާ ވާއިރު ގަމީސް، ކަޅުކުލައިގެ ޓްރައިޒާގެ ދަށާއް ޖަޙާފައިވެއެވެ. ޑޮކްޓާރ ކޯޓުގައި އިޒާންގެ ޝަހްސިއްޔަތުގެ ހާމަވެއެވެ. އެހެންދުވަސްތައް ފަދައިން އޭނާގެ ފިރިހެންވަންތަ ކަމާއި ރީތި ކަމުގެ ޖާދޫގައި އަންހެންކުދިންތައް ޖެހެން މާގިނައިރެއް ނުވިއެވެ. އިޒާންގެ މޫނައް ފޫހި ވައްތަރެއް ޖައްސާލެވުނީ ވާނީ މޮޔައެއްހެން މިއަދުވެސް އޭނާއާ ދިމާ ބަލަން އިންތަން ފެނުމުންނެވެ. އިޒާން ވައްކަޅީން ޒިޥާ އާއި ދިމާ ބަލައިލި އިރު ޒީޥާ އިނީ އިސްޖަހައިގެންނެވެ. އިޒާންގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވެގެންދިޔައީ އިއްތިފާގުން ނަމަވެސް ޒީޥާއާއި އެއްކުލައިން އޭނާއަށް ހެދުން އެޅިފައިވުމުންނެވެ.
“ގާއިޒް ސޮރީ ފޯ ބީން ލޭޓް .. އެކްޗްއަލީ އައި ޖަސްޓް ގޮޓް ބެކް ފްރޮމް އަ ސާޖަރީ .. އޯކޭ .. ސާރ އިއްޔެ ބުނީމެންނު އިވެންޓް އެއްގެ ވާހަކަ ދޯ.. މިއަދު ފުރަތަމަ އެކަން ކޮށްލާނީ .. ބިކޯޒް ނިންމާފަ ސެލެކްޓެޑް ކުދިން މަޑުކުރަން ޖެހޭނެ .. ކޮބާ ކޮންކުދިނެއް ބައިވެރިވާން ބޭނުމީ..” އިޒާންގެ ވާހަކަ ނުނިމެނީސް ހުރިހާ ކުދިން ކަހަލަ ގޮތަކަށް އަތްމައްޗަށް ހިއްލާލިއެވެ. “އޯކޭ.. އައި ނިއު އިޓް.. މި ބޮކްސްތެރޭގަ ހުންނާނެ ވަން އިން ފެށިގެން ސެވެން އަށް .. ނަމްބާރސް ޖަޙާލާފައި ހުންނާނީ.. ގުރުއަތުން ލައްވާލާ ސެވެން ކުދިންނަށް ޗާންސް ލިބޭނީ އިނގޭ…. އެކުދިންނަށް ލިބުނު ނަމްބާ ބުނެލީމަ ދެން ހަދަންވީގޮތް ބުނާނަން ..” އިޒާން ވާހަކަ ދައްކަމުން އަތުގައި އޮތް ކުޑަ ކަރުދާސް ފޮށިގަނޑު ހިފައިގެން ފަހަރަކު މޭޒެއްގެ ކައިރިޔަށް ހުއްޓެމުން ދިޔައެވެ.
ޒީޥާމެންގެ މޭޒު ކާރިޔަށް އިޒާން ހުއްޓުމުން އަތްތުރުތުރު އަޅާ ހާލު ޒީޥާ ވެސް ކަރުދާސްކޮޅެއް ނެގިއެވެ.
ޒީވާ އެހާގާތުން ފެނުމުން އިޒާން ބޭނުންވީ އެމޫނުގައި ބޮސްދޭށޭވެ. އިޒާން ބަލައިލި ވަގުތު އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ޒީޥާގެ ތުރުތުރު ލަމުންދިޔަ އަތެވެ. އިޒާން ހައިރާންވީ ޒީވާ އެހާ ހަމަޖެހިފައި އިނދެ އިޒާން، ޒީޥާގެ ގާތައް ދިޔުމުން ޒީޥާއަށް އައި ކުއްލި ބަދަލުންނެވެ. އިޒާންގެ ހިތް ދިޔައީ ޒީޥާ އާއި ވާހަކަ ދެއްކުމަށް އެދި ގޮވަމުންނެވެ.
އިޒާން އެހެން މޭޒަކަށް ދިޔުމުން ޒީޥާ އަތުގައި އޮތް ކަރުދާސްކޮޅު ނިއުޅުވާލިއެވެ. އޭނާގެ ކަރުދާސްކޮޅުގައި އިން ނަމްބަރ ސެވެން ފެނި އުފަލުން ޔޫމީންއަށް ދައްކާލިއެވެ. އޭރު ޔޫމީން އިނީ ތުންދަމައިލާގެންނެވެ. ޒީޥާ ކިހިނެތްވީތޯ އެހުމުން އަތުގައި އޮތް ހުސް ކަރުދާސްކޮޅު ދައްކާލިއެވެ. “އަޅޭ އަހަރެން އެކަނިތަ ހަމަ.. ޔޫމީއަށް ލިބުނު ނަމަ އަޅެ..” ޒީޥާ މާޔޫސްވީ ޔޫމީން އަށް ލިބުނު ހުސްކަރުދާސްކޮޅު ފެނިފައެވެ.
“އޯކޭ.. މިހާރު ތިތަނުން ސެވެން ކުދިން ވާނީ ސެލެކްޓް ވެފަ.. ސެލެކްޓް ނުވި ކުދިން ހިތްވަރު ގެއްލުވާނުލާ ދެން އޮންނަ މިކަހަލަ އިވެންޓްއަކަށް ކުރިމަތީލާންވާނެ.. އިނގޭ.. ސެލެކްޓްވި ކުދިންގެ ތެރޭއިން ސެވެން ލިބުން ކުއްޖާ އެއީ ސާރ އާއި ހަވާލްވެފަ އިން ކުއްޖާ .. އެއީ އެރޭގެ އިވެންޓް ހޯސްޓްކުރުން.. ދެން ހޮވިފަ ތިބި ކުދިން ވެސް ނިންމާފަ މަޑުކުރާތި ތިކުދިންނާ ހަވާލް ވާ ލެކްޗަރާސް އިން ތިކުދިންނާ މީޓު ކުރާނެ..ތިކުދިންގެ ޓާސްކްތައް ވެސް ކިޔާލަ ދޭނަންސާރ..” އިޒާން ހުރިހާ ނަމްބަރެއްގައި ހުރި ޓާސްކުތައް ކިޔާދެމުން އެނަމްބަރެއް ލިބުނު ކުދިންގެ ނަންތައް އޭނާ ގެންގުޅުން ގަނޑުގައި ޖަހަމުންދިޔައެވެ.
ހަ ކުދިންގެ ނަން ޖެހުމަށްފަހު އިޒާން ހަތެއްލިބުނީ ކޮންކުއްޖަކަށްހޭ އަހައިލިއެވެ. ޒީޥާ ވަގުތުން ފިނިވިއެވެ. ޔޫމީން ވެސް ހެވިފައި ބަލަހައްޓާއިގެން އިނީ ދިމާކުރާ ވައްތަރަކަށެވެ. ޒީވާ އަތްފައި ފިނިވެގެންގޮސް ހީވީ މޫނުމަތިންވެސް ފިނި ދަލެއް ހިލުނުހެންނެވެ. އިޒާން ދެވަނަ ފަހަރު އަހައިލުމުން ޔޫމީން ޒީޥާގެ ގައިގާ ކޮއްޓާލިއެވެ. ޒީޥާ އަތް މައްޗަށް ނަގާ އިޒާން އާއި ދިމާ ބަލައިލިއެވެ.
އޭރު އިޒާންވެސް ބަލަހައްޓާގެން އިނުމުން ޒީވާގެ ހިތް ތެޅެންފެށީ އާދަޔާހިލާފް ބާރުމިނެއްގައެވެ. އިޒާން ޒީޥާގެ މޫނަށް ބަލަހައްޓާއިގެން އިނދެފައި ކުޑަކޮން ހީލިއެވެ. ޒީވާހީލަން މަސައްކަތް ކުރިނަމަވެސް ތުރުތުރުއަޅާ ވަރުން އެކަމެއް ނުވިއެވެ.
“ސޯ..ސާރ އަށް މިލިބުނީ ޒީޥާ ދޯ .. ނިންމާފަ މަޑުކޮށްލާތި” ދެމާނަ އެކުލެވޭ ކަހަލަ ގޮތަކަށް ބުނެލަމުން އިޒާން ހީލިއެވެ.
ވާހަކަ ދައްކާނެ ހިތްވަރު ނެތުމުން ޒީޥާ ވަގުތުން ބޯ ޖަހައިލިއެވެ. އިޒާން ކިޔަވާދޭން ފެށިފަހުން ޒީޥާއަށް ހަމަޖެހުމުގެ ދެތިން ނޭވާއެއް ދޮކޮށްލެވުނެވެ. އޭރު ހިނި އައިސްފައި ޔޫމީން އިނެވެ.
“ޕިސް.ޕިސް..ސާބަސް ޑާލިން..ހަމަ ކުރިން އުޅުނުހެން ތިއުޅެނީ… ޒާންބެ ދެކެ ތަ ތި ބިރު ގަންނަނީ.. ހީ އިޒް ޔުއާރ ބީ އެފް..” ޔޫމީން އިނދެފައި ޒީޥާގެ ބޮލުގައި ޖަހާލިއެވެ. “ނޯ.. ނައު ހީޒް ނޮޓް..ބަޓް އައި ވިޝް..”ޒީވާ މަޑުމަޑުން ޑެސްކުގައި ބޯ އަޅައިލިއެވެ.
ކުލާސް ނިމުމުން ޒީޥާގެ ހިތްނެގިނެގިފައި ޖެހެންފެށީ އިޒާން ބައްދަލް ކުރަނާނެކަން އެނގޭތީއެވެ. ޔޫމީން ގާތު ބޭރުގައި މަޑުކުރަންބުނެ ދެން ހޮވުނު އަނެއް ހަކުދިންނާއެކު އޭނާ މަޑުކުރިއެވެ. އެ ހަ ކުދިންގެ ތެރޭގައި ވާނީވެސް ހިމެނެއެވެ. ޒީވާ ފެނުންހާއިރު ތުން އަނބުރާލިގޮތުން ޒީވާގާތައް ހިނިއައެވެ. އެކުއްޖަކާ ހަވާލްވެގެން އައި ލެކްޗަރާސް އިން އައިސް ކުދިންނާއެއްކޮން ގޮސް ޒީވާ އެކަނިވިއެވެ.
“ޒީޥާ…” އޭނާ ހިތުގެ ތެޅުން ދެގުނަވީ އިޒާން އައިސް ގޮވާލުމުންނެވެ.
****
(ނުނިމޭ)