ހިރާސް 1 (39) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (39)

“ހިނގާ އަހަންނާ އެއްކޮން .. މިހާ ފިނިގަދަ ރެއެއްގަ މިތާގަ މާ ގިނަ އިރު ވާންވެއްޖެއްޔާ ބަލިވެދާނެ.. އައިލް ޑްރޮޕް ޔޫ..” ޒީވާއަށް ވަގުތުން ނޫނެކޭބުނެވުނެވެ. ނަމަވެސް އިޒާން ދެވަނަ ފަހަރަށް ބުނުމުން ޒީވާ އަށް ދެކޮޅަށް  އެއްޗެއް ބުނާކަށް ނުކެރުނެވެ.

ކާރުގެ ކުރީ ސީޓް އިޒާން ހުޅުވާލަ ދިނުމުން ޒީޥާއެރިއެވެ. ކުރިޔަށް އަރަން ޖެހުމުން ޒީވާގެ ހިތް ތެޅިގަތެވެ. ސީޓް ބެލްޓް އަޅުވާލަމުން އިޒާން ގާތު ގެ އިންނަ ތަން ބުނެލިއެވެ.

 

ދެމީހުން ވެސް ގެޔާއި ހަމައަށް ދެވެންދެން އަނގައިން ބަހެއް ނުބުނެއެވެ. “އަމް.. ތޭންކިއު …ގުޑް ނައިޓް..”    ގެއާއި ހަމައަށް އާދެވުމުން ޒީޥާ ފައިބަން އުޅުނެވެ.  ނަމަވެސް ސިހިފައި ހުއްޓެން މަޖުބޫރުވީ އިޒާން އޭނާގެ އަތައް ދަމާލުމުންނެވެ.

ޒީވާ އައިސް ޖެހުނީ އިޒާންގެ ތަނަވަސް މޭމަތީގައެވެ.ދެމީހުންގެ ހަތަރު ކަޅި ބައްދަލްވި ވަގުތު އެތައް އިޙްސާސް އެއް ދެމީހުންނަށް ކުރެމުންދިޔައެވެ. އެގޮތުގައި ވަގުތު ކޮޅެއް ހޭދަ ވުމުން ކުއްލިޔަކަށް ހޭވެރިކަންވެ ޒީވާ ވަގުތުން ތެޅި ގަނެފައި ދުރަށް ދިޔައެވެ. “އި.. އިޒާން..” ޒީޥާގެ އަޑު މަޑުމަޑުން އައެވެ. “ހޫމް ކިހިނެތް ވީ…ރުޅި އައިސްފަތަ ތިހުރީ އަހަރެން ދެކެ….އެއްވެސް ކަމަކާ..” އިޒާން ޒީޥާގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.

“ނޫން..ކި..ޚީއްވެ ރުޅި އަންނަވީ.” ޒީވާ އާގަންނަ ގޮތްވިއެވެ. އިޒާން ހަމަ އަހާލީއޭ ބުނުމުން ޒީވާ ލަސްނުކޮށް ކާރު ފޭބިއެވެ.

“ވައި އާރ ޔޫ ސޯ ކިއުޓް..”ޒީވާ ދުވެލާފައި ގޮސް ގެޔަށް ވަންތައް ފެނި އިޒާން ހީލިއެވެ. އިޒާންވެސް އައްޒާމް ގުޅަންފެށުމުން ގެޔައްދާން މިސްރާބު ޖެހިއެވެ.

***

އެރޭ ވެސް ގެޔަށް ގޮސްވެސް ޒީވާ އަށް ނިދޭ ގޮތެއް ނުވިއެވެ. އިޒާންއާއި މެދުވިސްނަން އޭނާއަށް އޮވެވުނީއެވެ.

އިޒާންއަށް ފޯނު ކޯލުމަތިން ހަނދާންވެ އޭނާ އެތައް އިރަކު ރޯން ވެސް ރުޔެވެ.

 

***

ގަޑިން ފަހެއް ޖެހުމުން އެލާމް ވީ އަޑަށް ޒީވާ ތެދުވެ  ފެންވަރާލައިގެން ނަމާދުކޮށްގެން ތިރިޔަށް ދިޔައެވެ. ރޭގައި އެއްވެސް ވަރަކަށް ނުނިދުމުން ޒީވާ ފެންނަނީ ނުހަނު ވަރުބަލިކޮންނެވެ.  ޒީވާ ގޮސް ބަދިގެޔަށް ވަންއިރު ކުލްސޫމާ ރޮށިފިހަން ހުއްޓެވެ. އޭރު ކައިވަން މޭޒު ދޮށުގައި ކޮފީ ބޯން އިނެވެ. އޭނާ ޒީވާ ފެނުމުން ވަގުތުން މާފަށް އެދުނެވެ. ކައިވަން އަށް ރޭގަ ނިދުން ވާހަކަ  ބުނުމުން ޒީވާ އެކަމެއް ނޫން ކަމަށް ބުންޏެވެ

“ކިހިނެތް ޒިވި ގެޔަށް އައީ ރޭގަ..” ކައިވަން ކޮފީ ކޯވަރެއް ބޯލަމުން އަހައިލިއެވެ. “ލޯންގް ސްޓޯރީ  ..އެ ވާހަކަ އެނގުމަށްވުރެން ނޭނގުން ރަނގަޅުވާނީ.. ” ޒީވާގެ ޖަވާބު އިވުމުން ކުލްސޫމާގާތައް ވެސް ހިނިއައެވެ.

ޒީޥާ މަޑުމަޑުން ކައިވަން އަށް އިވޭ ވަރަށް  އިޒާން އޭ ބުނެ ފަހުން ކިޔާދޭނަމޭ ބުންޏެވެ. ކައިވަން ދެލޯ ބޮޑުކޮށްލައިގެން އިނދެ ބޯޖަހައިލިއެވެ.

 

ކުލްސޫމާއާއެކު ސައިހަދައިގެން ސައިބޮއެގެން ޒީވާދިޔައީ ތައްޔާރު ވާންށެވެ. ކްރީމް ކުލަ  ސްޥީޓް ޝާޓަކާއި ހުދުކުލައިގެ ސްކިނީ ޖީންސްގައި ޒީވާ ނުހަނުފުރިހަމައެވެ. ހުދުކުލައިގެ ކެހެރި ޖެކްޓް ލައިގެން ނުކުންއިރު ކައިވަން ވެސް ވެސް ސިޑިން ފައިބަނީ އެވެ. ދެމީޙުން ކާރުގައި ޔުނިވާސިޓީއަށް ދިޔައެވެ. ޔޫމީން ބޮލުގައި ރިއްސާތީ ނުދާ ވާހަކަ މެސެޖް ކޮށްފައި އިނުމުން ޒީވާ ގަސްތުކުރީ ކުލާހުން ނިމިގެން އައިސް ޔޫމީންގެ ގާތައް ދިޔުމަށެވެ.

***

ވިލާތަކުގެ މަތިން އުދުހެމުން ގޮސް ނުހަނު މައްޗަށް އެރުން ފަހުން ވައި ކަފާލާފައި ދިޔަ އައްޒާމް އާއި ޔާސިރް އަށް ވަދެވުނީ ވަކިން އޮތް މަޑުރަތް ކަމެއް ހުރި ވިލާގަނޑުގެ ތެރެއަށެވެ. އެއާއެކު  ދަމާ ބާރެއް ފަދައިން އޭގެ ތެރެއަށް ދަމައިގަތެވެ. ދެމީހުންނަށް ވެސް ނުކުމެވުނީ ހަނި ގޯޅިއަކަށެވެ. އައްޒާމް އާއި ޔާސިރް  ވަރަ ލައްޕާލުމާއިއެކު އެ ކަޝްފްވިއެވެ.  ދުވާލްގެ ވަގުތުވެސް އެ ހިސާބުގަނޑު އަނދިރިކޮން އޮތް ނަމަވެސް ތަން ތަން ސާފްކޮން ފެނެއެވެ. ދެމީހުން ވެސް ލައިގެން ތިބި ޖެކެޓްތަކުން މޫނު ފޮރުވާލިއެވެ.

“ލެޓްސް ގޯ..” އައްޒާމްގެ ފަހަތުން ޔާސިރްވެސް ހިނގައިގަތެވެ.

މަގުމަތީގައި ހޭލަ މޭލަ ވަމުން މީހުން ދެއެވެ. ކޮންމެ މީހެއްވެސް ފެންނަނީ ހުޑްއަކުން މޫނާއި ބޮލާއި ފޮރުވާލައިގެން ވާތަނެވެ. މަގުތައް މަތިން ކާރާއި ސައިކަލްތައް ދުއްވަމުން ދިޔައިރު ފިހާރަތުގައިވެސް މީހުން ހޭލަމޭލަ ވަމުންދިޔައެވެ. މުޅިންވެސް ކަޅު ހެދުންތަކުގައިވެ މީހުންނެވެ. މޫނާއި ބޯ ނިވާކޮށްގެން ތިބި މީހުން ނެވެ.

ޔާސިރް އާއި އައްޒާމް ހަލުވި ހިނގުމުގައި ހަނި ގޯޅިތަކުން ލާފައި ގޮސް ހުއްޓުނީ ގެއެއްގެ ކުރިމައްޗަށެވެ. ފަސް ބުރިއަށް ނަގާފައިވާ އިމާރާތުގެ ދޮރުވާނަކަށް ހުރި މީޙާއަށް ދެމީހުންގެ މޫނު ދައްކާލުމުން ނުހަނު ފަސޭހައި އެތެރެއަށް ވެއްދިއެވެ.

އެތެރެއަށް ވަން ދެމީހުން ފެނި ސިޓިންގްރޫމް ސޯފާގައި އިން މާއިސް އުފަލުން ތެދުވިއެވެ.އައްޒާމް އާއި ޔާސިރް އާއި ސަލާމް ކޮށްލުމަށްފަހު މާއިސް އެމީހުންނަށް އިށީނުމަށް ބުނެލިއެވެ.

މާއިސް ކިތައްމެ ހެވިފައި ހުރި ނަމަވެސް އޭނާގެ ދުޅާވެފައި ވާ ދެލޮލުން ކަންތައް ރަނގަޅު ނޫންކަން ހާމަވެއެވެ. އައްޒާމް  ފުރަތަމަ ވެސް މާފަށް އެދުނެވެ.

“އިޒާން އަތުން ނިޔަލް މަރުވިޔަސް އައްޒާމް އެއްވެސް ޔާސިރްއެއް ވެސް އަދި ހުދު ލިވިޔާއެއްވެސް ނުޖެހޭނެ މާފަށް އެދޭކަށް..އަދި އިޒާން އެއް ވެސް ނުޖެހޭނެ މާފަށް އެދޭކަށް.. ތި އާއިލާ އެއްވެސް ނުޖެހޭނެ.. އަހަންނަކީ އިޒާން ނަމަ ނިޔަލް މަރާލިތާ ކިތައްމެ ދުވަހެއް.. އޭނާ ކަމެއް ނުކޮށް ހުއްޓަ  އެއްނޫނެއްނު އިޒާން އޭނާ  މަރާލީ.. އޭނާއަށް އެހެން ވާންޖެހުނީ ކެރާ އާއި ޖެހުމުން ..ނިޔަލް އަކީ ރަނގަޅު ކުއްޖެއް.. އެކަމަކު ކުއްލިޔަކަށް އޭނާ މުޅިން ބަދަލް ވެ އަނިޔާ ވެރިޔަކަށް ވީ ހަމަ ކެރާ އާއި ހެދި …ނިޔަލްގެ ހަގީގީ ގާތިލަކީ ކެރާ.. “މާއިސް މަޑުމަޑުން ހީލި ނަމަވެސް އޭނާގެ ހިތުގައި ވެސް ވަނީ ބަދަލްހިފުމުގެ ރޫހެވެ.

“ޒިރާސް އާ ސިފްރީނާ ވެސް މުސްކުޅިކަމުން ކިރިޔާ ހިނގާ ލެވޭ ކަން އެކަމް ވެސް ތެޅި އަރުވާ ވައްތަރު.. މީގެ ދެއަހަރު ކުރިން އަހަރެމެންގެ ބައްޕަ މަރުވީމާ ވެސް މޫނު ބަލައިލަން ވެސް މަޑު ކޮށްލެ ވުނީ ފަސްމިނެޓް ވަންދެން.. ކެރާ އާއި އޭނާގެ މައިންބަފައިންގެ ސަބަބުން ހަމަ… އަހަރެން ބޭނުން އޭގެ ހިތި އެމީހުންގެ ކަރުބުޑުގަ ލައްވަން..އަހަރުމެން މަޑުން ތިބޭތީ އެމީހުން ހީކުރީ ކަމެއް ކުރަން ނުކެރިގެން އުޅޭކަމަށް…”އައްޒާމް ގެ ވާހަކައަށް މާއިސްއާއި ޔާސިރް ބޯ ޖަހައިލިއެވެ.

“އެނގޭތަ ހަމްދޫންބެ  މަރުވިއްޔެއްނޫނޭ .. މަރާލީ …ޒިރާސް ތިދެމީހުންގެ ބައްޕަ މަރާލީ.. އަހަރެން ބުނީމެންނު އަހަންނަށް ވަދެވުން ވާހަކަ އެދުވަހު ހަމްދޫނުބެ ޖަނާޒާއަށް .. އަހަންނަށް އެދުވަހު ވެސް ސައްކުވި.. އެދުވަހު ދެމީހަކު ވަރަށް ބިރުން އުޅުނު އެ ޖަނާޒާ ތެރޭގަ. އޭރުން ފެށިގެން އަހަރެން ބަލަމުން މިއަންނަނީ ބަލަމުން .. އެކި ދުވަސްތަކުގަ އެދެމީހުންނަށް ސައްކުވާތީ  އަހަރެން އެމީހުންނާ ބައްދަލުކޮށްފަ އަހަން.. އެކަމަކު އަނގަ ވެސް ހުޅުވާ ނުލާ.. ދެން ރޭގަ އަމިއްލަ އަށް އައިސްފަ ބުނީ.. ހަމަދޫންބެ މަޜާލަނިކޮން ދެމީހުންނަށް ފެނުނީ އޯ..  ކުއްލިޔަކަށް ކީއްވެހޭ އައިސް ތިބުނީ އެހީމަ ބުނީ އެ ދެމީހުންގެ ބައްޕަ ވެސް މަރާލީ ޒިރާސް އޯ ..ހަމްދޫންބޭ މަރާލި ދުވަހު ހަމަ.. އެމީހުންވެސް  ބޭނުންވަނީ އިންސާފް ..އެހާ ގިނަދުވަސް ވަންދެން މަޑުން ތިބެވުނީމަ މިހާރު އެކަމާ ދެރަވޭ އެމީހުންވެސް… ދެ ހެކި ވެރިން އެ ލިބުނީ.. އެތައް ދުވަހެއްގެ އިންތިޒާރު.. އެމީހުންތިބީ ހެކިދޭން ތައްޔާރަށް.. އަމިއްލަ ފުރާނަ ނުރައްކަލަކަށް ލައިގެން އެމީހުން އެއްބަސް ވެއްޖެ އެހީ ވާން.. މީ މިއަދު އަހަރެން ތި މީހުން ގެނަ ސަބަބު..މިހާރު ގާނޫނުގެ ކުރިމައްޗަށް ދިއުން އުނދަގުލަކަށް ނުވާނެ .. އެމީހުން  އިނދަ ޖައްސާލާފަ އަހަރެން ދެން      ބައި ކުރިޔަށް ދެން އޮތް ބައި ކުރިޔަށް ގެންދާނީ ތިމީހުންގެ އެހީ އާއެކު..” މާއިސްގެ ވާހަކަ އަޑު އިވި ޔާސިރް އަށް “އަލްހަމްދުލިއްލާހް ” އޭ ބުނެވުނެވެ. އޭނާގެ ދެލޮލުން  ކަރުނަ ފައިބަން ފެށީ އެތައް ދުވަހެއްގެ އިންތިޒާރު ނިމުމަކަށް އައީމައެވެ. އައްޒާމް ގެ ދެލޯ ވެސް އުފާވެރިކަމުގެ ކަރުނުން ފުރުނެވެ.

އިރުކޮޅަކު ވާހަކަ ދައްކަން މަޑު ކުރުމަށްފަހުން މާއިސް އާއި ސަލާމް ކޮށްފައި ދެމީހުން  އެގޭން ނުކުތީ ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނެފައެވެ.

 

***

“ދަރިފުޅާ .. މަންމަ ކަމަކު ކިޔާށޭ މިއައީ..” ޒީވާގެ އެދުގައި އިށީންދެލައިގެން އިނދެ ލަވާލް ބުނެލިއެވެ. އަލަމާރި ކައިރިގައި ދޮވެގެން ގެނައި ހެދުންތައް އެޅުވުމުގައި އުޅުނު ޒީވާ އެ މަސައްކަތް ބަހައްޓާފާ އައިސް ލަވާލް ގާތު އިށީނދެ ކިހިނެތް ވީތޯ ސުވާލް ކުރިއެވެ. ކުލާސް ނިމިގެން އައިގޮތައް ޒީވާ ކުރަން ފެށީ އެ މަސައްކަތެވެ.

“ދަރިފުޅާ… ދަރިފުޅަށް ވެސް އެނގެއެންނު ކުރީ ރޭ ދޮންބެ އެއްކޮން ޑިއުޓީގަ އުޅުނީމަ ވެގެންދިޔަ އެއްވެސް ކަމެއް ނޭނގޭކަން.. ހުރިހާ މީހުންނަށް އެނގި ދޮންބެ އާ އިޒާން ގާތު ނުބުނެހުރުން ވާނެ ވަރަށް ބޮޑު ބޭއިންސާފަކަށް.. އިޒާން ކާރީގަ ބުނަން ވަގުތު ބޭނުންވާނެ ކަން އެނގޭ އެކަމަކުވެސް މިރޭ ހިނގާ މަންމައާ އެއްކޮން ގެޔަށް….މިބުނީ އެއްކޮން ބަދަލް ވާން.. ދަރިފުޅު އަމިއްލައަށް ދޮންބެއަށް މީޓް ކޮށްފަ ހުރިހާ ވާހަކައެއް ކިޔައިދިނުންވަރަށް ރަނގަޅު..މިހާރު މެމޮރީޒްތައް ވެސް އައިސްފި .. ހިނގާ ގެޔަށް ޗޭންޖު ވާން..މިހާރު މި ވާނީ ދުރު ތަނަކަށް ދަރިފުޅަށް.. ޒުހޫރު އާއި ކުލްސޫމާ ގޯހެކޭ ނޫން މިބުނަނީ .. ދަރިފުޅު ގެޔަށް ދިޔަސް އިޒާން އާ ނުފެނި އުޅެވިދާނެ…ދަރިފުޅުގެ ފެމެލީ އެތިބީ އެގޭގަ.. އެއީ ދަރިފުޅުގެ ގެޔަކީ..ހިނގާ ދާން ..ގެޔަށް ޗޭންގް ވިޔަސް ދަރިފުޅު ބޭނުން އިރަކު މިގެޔަށް އާދެވޭނެ” އާދޭހާއި އެކު ލަވާލް ޒީޥާ ގާތު ބުނެލިއެވެ. ވަރަށް ވިސްނުމަށްފަހު ޒީޥާ އެގޮތާއި އެއްބަސްވިއެވެ.

“މަންމާ..އަހަރެން މިހުރިހާ ދުވަސް ވަންދެން މިއުޅުނީ މިގޭގަ.. މިގޭ ބައްޕަ އާއި މަންމަ އާއި ކައިވަން ގާތު އަހަރެން ބުނެލާފަ ދާނީ.. ” ލަވާލްއަށް ވެސް އެގޮއި ކަމުދިޔައެވެ. ޒީވާ ޒުހޫރުމެންނާއި ބައްދަލުކުރަން އެމީހުންގެ ކޮޓަރިޔަށް އަށްދިޔައެވެ.  ޒީވާގެ އެދުމުގެ މަތިން ފަހަތުން ލަޥާލް ވެސް ދިޔައެވެ.

ޒީވާ ޓަކި ދިނުމުން ކޮޓާރީގެ ދޮރުހުޅުވާލި ކުލްސޫމާއަށް ޒީވާއާއި އެކު ލަވާލް ފެނުމުން ލިބުނީ ބޮޑު ސިހުމެކެވެ. “ލަވާ.. ” ކުލްސޫމާގެ  އަޑަށް ފަހަތުން އައި ޒުހޫޜުވެސް ދިޔައީ ސިއްސައިގެންނެވެ.

“އާދޭ އެތެރެއަށް .. “ކުލްސޫމާ ދޮރު ހުޅުވާލުމަށް ޒީޥާ މެން ވަންނަން ތަން ދެއްކިއެވެ. އޭރު އެ ކޮޓަރިތެރޭގައި ކައިނާ އުގައްލައިގެން ކައިވަން ފެނުމުން ޒީޥާ ޙީލިއެވެ.

“ބައްޕާ .. މަންމަ އަހަރެން ވަރަށް ބޮޑު ވާހަކަ އެއް ބުނަން ވެގެން މިއައީ..” ޒުހޫޜު ބުނާށޭ ބުނުމުން ޒީޥާ އެތަނައް އައި ސަބަބު ބުނެދިނެވެ. އޭނާ ހަނދާންތައް އާވި ވާހަކަ ބުނުމުން ޒުހޫޜު އާއި ކުލްސޫމާ ދެލޯ ބޮޑުކޮށްގެން ބަލަން ތިބި ގޮތުން ޒީވާއާއި ކައިވަން ގާތައް ހިނިއެވެ. “ޒީވާއަށް ފެންނަ ގޮތެއް ހެދީމަ ރަނގަޅުވާނެ.. ވަރަށް ހަނދާން ވާނެ މިހާ ގިނަ ދުވަހު އެކުގަ އުޅެފަ ކުއްލިޔަކަށް ދިޔައީމަ .. އަންނާތި މިގެޔަށް ކޮންމެ ދުވަހަކު ވެސް..” ޒީޥާގެ ގައިގާ ބައްދާލަމުން ކުލްސޫމާ ބުނެލިއިރު އޭނާއަށް ރޮވިއްޖެއެވެ. “ތެދެއް.. މިގޭގަ ނުހުންނާނެ ޒީޥާ އަށް މަނާ އެއްޗެއް ..ޒިވީ މިގޭން ދިޔަކަމުގައިވިޔަސް އެއީ ހަމަ ޒިވީގެ ކޮޓަރި..ކޮންމެ ދުވަހަކު ވެސް އަންނާތި.. މިނީ ވެސް ބޮޑަށް އޮޅުވާނީ ޒީވާއަށް ..މިނީ ކައިރިޔަށް އަންނާތި..” ޒުހޫޜު ޒީޥާގެ އަތުގައި ހިފާލާ ބާރުކޮށްލިއެވެ. ޒީވާ ބޯ ޖަހައިލަމުން ކޮންމެ ދުވަހަކު ވެސް އަންނާނަމޭ ބުނެލިއެވެ.

ޒީޥާ ނުކުންނަން ދިޔުމުން ކައިވަން ވެސް ޒީޥާގެ ފަހަތުން ހިނގައިގަތެވެ. ލަވާލް މަޑުކޮށްލީ ޒީޥާ ތައްޔާރުވެގެން އަންދެން ޒުހޫޜުއާއި ކުލްސޫމާއާއި ވާހަކަ ދައްކާލަން ތިބުމަށެވެ.

ޒީޥާގެ ސާމާނުތައް ޕެކް ކުރަމުންދިޔައިރު ކައިވަން ވެސް އެހީވެދިނެވެ. “އައިލް މިސް ޔޫ ބެސްޓްފްރެންޑް..” ޒީވާގެ ފޮށި ލައްޕާލަ ދެމުން ކައިވަން ، ޒީޥާގެ ކޮލުގައި ހިފާލިއެވެ. އޭނާ ހުރީ ހަގީގަތުގައި ވެސް ނުހަނު ދެރަވެފައެވެ. އެތައް ދުވަހަކު އެކުގައި އުޅުމަށްފަހު ޒީޥާ ދާތީ ކައިވަންއަށް ހީވަމުންދިޔައީ އޭނާގެ ގައިން އެއްބައި މަދުވާހެންނެވެ.

“އައިލް ޓޫ ކައި.. މައި ބެސްޓްފުރެންޑް.. ދެރަ ނުވޭ ކޮންމެ ދުވަހަކު ވެސް ކައި އާ އެކު އޭ ކުލާހަށް ދާނީ .. ކުރިމަތީގައި އެންނު އުޅޭނީ..ސޯ ކޮންމެ ދުވަހަކުވެސް އަންނާނަން.. ކަމޯން ގިމްމީ އަ ހަގް ބެސްޓޫ..” ޒީޥާވެސް ހުރީ ނުހަނު ދެރަވެފައެވެ. ނަމަވެސް ކައިވަންގެ ހިތްހަމަ ޖައްސައިދެމުން ކައިވަންގެ ގައިގާ ކުޑަކޮން ބައްދާލިއެވެ.

ދެމީހުން އެކުގައި ތިރިޔަށް ފޭބި އިރު ލަވާލްމެން ސޯފާގައި ތިއްބެވެ. ޒީވާ ފެނުމުން ލަޥާލްވެސް ޒުހޫޜުމެންނާ ސަލާމް ކުރުމަށްފަހު ގެއިން ނުކުންނަށް ހިނގައިގަތެވެ. ޒީވާގެ ފަހަތުން ކައިވަން ވެސް ޒީވާގެ ފޮށި ހިފައިގެން ނުކުމެގެން ދިޔައެވެ.

ދެ ނަމާދު ދޭތެރެ ވަގުތު ނަމަވެސް  ދުރުދުރަށް ދާންދެން މަގުމަތީގައި ދުއްވަމުން ދިޔަ އުޅަނދު ތައް ފެނެއެވެ. މަގު ހުރަސް ކޮށްލާފައި ގޮސް ތިން މީހުން ލަވާލްމެން ދިރިއުޅޭ ގެޔަށް ވަނެވެ.

“މަންމާ ..ދޮންބެ ކޮބާ.. .” ގޭގެ ދޮރު ކައިރީގައި ހުއްޓިލަމުން ޒީޥާ އަހައިލިއެވެ. ” ދޮންބެ އެބޯޅޭ ކޮޓަރީގަ.. ދަރިފުޅުގެ ރޫމް އެބަހުރި ޔޫމީ ރެޑީ ކޮށްފަ.. ރޫމަށް ވަދެފައި ހަމަ ޖެހިލާގެން ދޮންބެ އާއި ފޭސް ކުރާނީ..” ޒީވާގެ އަތުގައި ހިފާލައިގެން ލަވާލް އެތެރެއަށް ވަނެވެ. ގެޔަށް ވަން އިރު ޔާސިރް އާއި އައްޒާމް ސޯފާގައި އިނެވެ..

“އަހާ..މިއޮތް އައީނު.. ޒީވާ އަންނަ ވާހަކަ ބުނުމުން ބޮޑުބެ ނުގޮސް މީ ނީ.. ކިހިނެތް ތަ..” އައްޒާމް ހީލަމުން ޒީޥާ އާއި ވާހަކަ ދެއްކިއެވެ. ޒީވާ ވެސް އައްޒާމް އަށް ހީލަމުން ރައްދުދިނެވެ. ޒީވާގެ ހަނދާންތައް އައި ނަމަވެސް އެންމެންވެސް އޭނާއާއި މުހާތަބު ކުރަނީ “ޒީވާ”ގެ ނަމުންނެވެ. “ލިވިޔާ”ގެ ނަމުން ގޮވުމުން ޒީވާއަށް އުނދަގުވާނެކަން އެންމެނަށްވެސް އިޙްސާސް ވެއެވެ.

އައްޒާމް ވެސް ޒީވާއާއި ވާހަކަ ދައްކާލަން އިރުކޮޅަކު ހުރުމަށްފަހު ދިޔައީ އަލާނިޔަލްގެ ކާރިޔަށް ދިޔުމުގެ ކުރިން ގޮސްލުމަށެވެ.

ކައިވަންވެސް ފޮށި ބެހެއްޓުމަށްފަހު ދިޔައީ މިރޭ ޒީވާ ކުލާހަށް ގެންގޮސް ދޭން އަންނާނަމޭ ބުނެފައެވެ. ޔާސިރް  އާއި ލަވާލް ވެސް ކައިގެން ދާން ބުނުމުން ކައިވަން އިންކާރު ކުރީ ހަވީރު ސައިބޮއެގެން ހުރުމުންނެވެ.

“ހިނގާ މައްޗަށް  ..” ޒީވާ ގަޔާ ކާރިކޮށްލާއިގެން ހުރެ ލަވާލް  އެއްފަރާތުގައި ހުރި ލިފްޓަށް އަރަން ހިނގައިގަތެވެ. ޔާސިރްވެސް ޒީޥާގެ ފޮށި ހިފައިގެން ފަހަތުން އަރާ  ފުރަތަމަ ފުލޯއަށް އޮބާލިއެވެ

ޔޫމީންގެ ކޮޓަރިޔާއި ޖެހިގެން ހުރި ކޮޓަރި ހުޅުވާލުމަށްފަހު ލަވާލް ، ޒީވާ ވެއްދިއެވެ. މުޅި ކޮޓަރި ވަނީ މިންޓް ފެހި ކުލަ އާއި ހުދު ކުލައިންނެވެ. ޒީވާ އަށް އެންމެ ކަމުދާ ދެކުލައެވެ. ހުރިހާ ފަރުނީޗަރާކައި ހުދު ޓައިލްސް މަތީގައި އޮތް ކާޕެޓް ވަނީ ހުދުކުލައިންނެވެ.  ހުދު ސީލިންގައި ލެޑް ލައިޓް ފަތި ހަރުކޮށްފައި ހުއްޓެވެ. ހުރިހާ ފާރެއްގައިވަނީ މިންޓް ފެހިކުލަ ލާފައެވެ. ޒީވާ އެއްދުވަހަކު ޔޫމީން ގާތު އޭނާ “ޑްރީމް”ކުރާ އަމިއްލަ ކޮޓަރި ހުންނަން ބޭނުންވާ ގޮތް ކިޔާދިނެވެ. ޔޫމީން އެވަނީ އެހުރީ ޕޮއިންޓެއް ޔާސިރް ގާތު ބުނެ އެ ކޮޓަރި ހަމަ އެހެން ހަދުވާފައެވެ. އޭނާގެ އާއިލާ އޭނާ ދެކެ ވާ ލޯބި ފެނި ޒީޥާގެ ދެލޮލުން ކަރުނަ ހިލުނެވެ.

ޔާސިރް އާއި ލަވާލް އޭނާއާއި ވާހަކަ ދައްކަން ހުރުމަށް ފަހު ދިޔައީ ޒީވާ ޔަޒަކް ގެ ގާތައް ދާ ވާހަކަ ބުނުމުންނެވެ. ފޯނައް މެސެޖެއް އައުމުން ބަލައިލި އިރު އިޒާނގެ މެސެގެކެވެ. މިރޭ އަށަކަށް ޕްރެކްޓިސްއަށް އަންނާށޭ ބުނެ ކޮށްފައިވާ މެސެޖެކެވެ. ޒީވާ ކުޑަކޮން ހައިރާންވީ އިޒާން މިއަދު ކުލާހަށް ނުގޮސް މިރޭ ޕްރެކްޓިސްއަށް ދާން ބުނުމުނެވެ. އަތުގައިވާ ފޯނުން ގަޑި ބަލައިލި އިރު ހަތެއް ޖަހަނީއެވެ. ވަގުތު އޮތުމުން އޭނާ ޔަޒަކްގެ ގާތައް ދިޔުމަށް ކޮޓަރިން ނުކުތެވެ. އެހެން އެންމެންނަށް ހަގީގަތް އެނގޭ އިރު ޔަޒަކް އަށް ވެސް އެނގެން ޖެހޭނެ ތާއެވެ. އެއީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. ޔަޒަކްގެ ކޮޓަރިޔަށް ދިޔުމަށް ދިޔަ  ޒީޥާ ސިހުނީ ކުޑަކޮން ހަޅޭއްލަވައިގަނެފައި އޭނާއާއި ދިމާލަށް އައި ޔޫމީން ފެނިފައެވެ. ޒީވާ އައުމުން ކުޑަ ކުއްޖެއްހެން ޔޫމީން އުފަލުން ފުންމަ ފުންމާފައި އުޅުނުގޮތުން ޒީވާގާތައް ހިނިއައެވެ.

“މިދަނީ ދޮންބެ ކާރިޔަށް.. ވިޝް  މީ ލަކް..” ޒީވާ ހިނގައިގަންނަމުން ބުނެލިއެވެ.. “ގުޑް ލަކް ޑާލިންގް.. މިރޭ ނައިން އަށް ރެޑީ ވާށޭ ކިޔާފަ ކައިވަން ގުޅާފި.. ހީ ވޮނަ މީޓް މީ އޯ” ޔޫމީން ވެސް ކޮޓަރިޔާ ދިމާލަށް ހިނގައިގަތުމުން ޒީވާ ކައިވަން އޭ ކިޔާ ދިމާކޮށްލަމުން ގުޑްލަކް އޭ ބުނެލިއެވެ.

 

***

ސާޖަރީ ތަކުގައި އަދި ބަލިމީހުން ބެލުމުގައި އަވަދެނެތި ޔަޒަކް އަށް އުޅެން ޖެހުން ލެއް ބިޒީ ކަމުން ނުނިދާ އުޅޭތާ ދެދުވަސްވެއްޖެއެވެ. މެންދުރު އައި ގޮތައް ޔަޒަކްއަށް ނިދުނީ އެވެ. ލަޥާލް އައިސް ނަމާދަށް ގޮވުމުން ޔަޒަކް ނަމާދު ކޮށްލައިގެން އަނެއްކާ ވެސް ނިދީއެވެ. އޭނާއަށް މިލާން އާއި ވެސް ދިމާ ނުވާތާ ދެދުވަސް ވެއްޖެއެވެ. ފޯނުން ގުޅާލިޔަސް ޔަޒަކް ބިޒީ ކަމުން ގިނައިރު ވާހަކަ ދައްކަން ،މަޑު ކުރެވޭ ގޮތެއް ނުވެއެވެ.

 

ޒީވާ ޔަޒަކްގެ ކޮޓަރީގެ ދޮރުގައި ހަޔެއްކަ ފަހަރު ޖެހިފަހުން ވެސް ނުހުޅުވިއެވެ. ޒީވާ ދޮރުގަ ތަޅާ ތަޅާ ވަރުބަލިވި އިރުވެސް ޔަޒަކް ނުހުޅުވިއެވެ. ޔާސިރް ވެސް އައީ ޒީވާ ދޮރުގައި ތަޅާ އަޑު އިވިގެންނެވެ. “ދަރިފުޅާ ދޮންބެ ނުހޭލާނެ ތިހާ މަޑުން ގޮވައިގެންނެއް… ގޮސް ވަދެފަ ހޭލައްވާލަ.. މިހާރު އޭނާ އަށް ނިދިފަ ހުންނާނީ،.. މުޅި ދުވަސް އެއްކޮން އޭނާ ނިދީ އެ..  މަޖްރިބް ނަމާދާ އަސްރު ނަމާދު ކުރަން ތެދުވެފަ އަނެއްކާ ނިދީ ..އިޝާ ނަމާދު ނުކޮށް އެއޮތީ އަދި.. އެހާ ވަރަށް ނިދަންޏާ ވެސް ވަރުބަލިކަމެއް ނުފިލާނެނު..” ޔާސިރް ޙިލަމުން ގޮވާލިއެވެ. ޒީވާ ވެސް ބޯޖަހައިލަމުން އެތެރެއަށް ވަނެވެ.

އެކޮޓަރިޔަށް ވަނުމުން ޒީވާއަށް ދެފަރާތައް ބޯހޫރާލެވުނީ އެ ކޮޓަރި ތެރެ އޮތް ހާލު ފެނިއެވެ. އެއީ އަބަދުވެސް އެ ކޮޓަރީގެ ހާލަތެވެ.  އެތަން މިތަނައް އަންނައުނުތައް އަޅާފައި ހުރި އިރު ޑްރެސިންޓޭބަލް ގައި ވެސް އެންމެ ފުޅިއެއް ވެސް ތަރުތީބުން އަތުރާފަ ނެތެވެ. އެއްފުޅިގަ މަތި އިނދެއްޖެޔާ އަނެއް ދެފުޅީގަ މަތި ނީނދެއެވެ. އެއްޗިސް ކައިފާ އަޅާފައި ހުރި ކަރުދާސް ތައް ފައިން އެއް ކާރި ކުރަމުން ޒީޥާ ގޮސް ހުއްޓުނީ އެނދުގެ މަގަތުގައިއެވެ.

ޔަޒަކްއަށްގޮވަން އުޅެފައި ވެސް ރަނގަޅު ހިޔާލެއް އައުމުން ޒީޥާ ލާނެތް ގޮތަކަށް ހީލިއެވެ.އެނދުގެ ތިރީގައި އިން ފެންފުޅި ނަގާ އަތައް ފެންކޮޅެއް އަޅަމުން ޔަޒަކްގެ މޫނައް އަޅާލިއެވެ. ޔަޒަކް ލަސްލަހުން ލޯ ހުޅުވާލިއެވެ. ” ދޮންބޭ..” ރަނގަޅަށް ދެލޯ ނުހުޅުވިގެން އުޅެނިކޮން އިވުނު އަޑާކުން ޔަޒަކް ކޮޅަށް ޖެހުނެވެ.

ގަބޫލް ކުރަން ދަތިވި ވަރުންޔަޒަކްއަށް އަމިއްލަ އަތުގައިވިކައިގަނެވުނީ އެއީ ހަމަ އަސްލަށް ވެސް ޒީވާ ތޯ ޔަގީން ކުރާށެވެ. “ސާބަހޭ ދޮންބޭ މީ މަށޭ.. ޒީވާ އޭ.. ކުރީގެ ލިވިޔާ ..މިހާރުގެ ޒީވާ އޭ.. މީނަ ކިހިނެތް ވެފަތަ މި އިންނަނީ.. އަހަހާ ..ހީވަނީ މޫނުމައްޗަށް ބިހެއް ތަޅާލާފަ އިންހެން” ޒީވާ ހީގަންނަމުން ބުނެލިއެވެ. ނަމަވެސް ޔަޒަކްއަށް ވާހަކަ ވެސް ނުދެއްކިފައި އިނެވެ. އެންމެ ފަހުން” ޕްރިންސެސް ” އޭ ބުނެ  ޒީވާގައިގާ ވަރަށް ބާރަށް  ބައްދާލިއެވެ.

“ލިވީ.. ދޮންބެ މިސްޔޫ އަ ލޮޓް..” ޔަޒަކްގެ ލޯ ފެންކަޅިވިއެވެ.

“ދޮންބޭ.. ދާ މަގުމަތީގަ ހުރިހާ ވާހަކަ އެއް ކިޔާ ދޭނަން .. ހިނގާބަ އަހަރެން ކުލާހަށް ލައިދޭން … އަހަރެންގެ މެމޮރީޒް ވެސް އައިސްފި.. މިގެޔަށް ޗޭންޖުވީ ސޯ އަހަރެން ގެޔަށް ވެސް ގެނެސްދޭން ޖެހޭނެ.. އަހަރެން މިދަނީ ރެޑިވާން .. އަވަސް ކުރާތި..” ޔަޒަކް ހައިރާންވެގެން ދެލޯ ބޮޑުކޮށްލައިގެން އިން އިރު އުފާވެރިކަމުގެ ކަރުނަތައް އޭނާގެ ދެލޮލުން އޮހިގަތެވެ. ޔަޒަކްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަދެމުން ނުރޯށޭ ބުނެ ޒީވާ ނުކުމެގެންދިޔައެވެ.

ޒީވާ ހުދު ކުލައިގެ ކުރުތާ އަކާއި އައިސްބުލޫ ޖީންސްއެއް ލުމަށް ފަހު އިސްތަށިގަނޑު ފަހަތއް ދޫކޮށްލިއެވެ. ކުރުތާގެ މެޔާއި ހަމައިން އިން ބަންދު އައްސާލުމަށްފަހު ހިތްފުރެންދެން ސެންޓު ޖަހާލުމަށްފަހު ޒީވާ ކޮޓަރިން ނުކުމަތެވެ. ތިރިޔަށް ފޭބި އިރު ޔާސިރް ކައިރީގައިއިން ޔަޒަކް އަށް ޒީވާ ފެނުމުން ތައުރިފް ކޮށްލިއެވެ.

ޒީވާ ލަދުގަންނަމަވެސް އެކަން ފޮރުވާލަމުންޔާސިރްއަށް ހީލައިފާ ޔަޒަކްގެ ގާތުގައި ދިޔުމަށް ބުންޏެވެ.

ޒީވާ ކާރުގައި އިނދެ ޔަޒަކްއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ފެށިގެން ނިމޭންދެންނެވެ. ނަމަވެސް ނިޔަލް ގާތައް އެރޭ ދާން ޖެހުނު ސަބަބު ފިޔަވާއެވެ. އެއީ އެއްވެސްމީހެއްގެ ކައިރީ ޒީވާ ބުނަން ބޭނުންވި ވާހަކަ އެއް ނޫނެވެ. ޔުނިވާސިޓީ ކައިރިޔަށް ގޮސްފައިވެސް ގަޑި ޖެހެން ވަގުތު ކޮޅެއް އިނުމުން ޒީވާ މަޑުކުރިއެވެ.

ޔަޒަކް އަށް ނިޔަލް ދެކެ އާދެވުނީ އަމަށަކު ރުޅިއެއްނޫނެވެ. ނަމަވެސް އިޒާން ، ނިޔަލްގެ ދުވަސް ދުއްވާލައިފި ކަމަށް ބުނުމުން ޔަޒަކްގެ ހިތައް ހަމަޖެހުން ލިބުނެވެ.

އިޒާން އޭނާގެ ގާތުގައި އެއްވެސް ވާހަކަ އެއް ނުބުނުމުން ޔަޒަކްގެ ހިތުގައި ސަކުވާ އުފެދުނެވެ. “ދޮންބެ އެންމެ ފުރަތަމަވެސް ބޭނުންވަނީ އަލާނިޔަލްގެ ކާރިން މާފަށް އެދެން.. އަސްލުވެސް ވަރަށްދެރަ ވެއްޖެ މިއަދު.. އައި ފީލް ބޭޑް ފޯ ހިމް.. އެހާ އުފާ ވެސް ވެއްޖެ ކޮއްކޮގެ ފުރާނަ ސަލާމަތް ކޮށްދޭން އޭނަ ކުރި މަސައްކަތް ފެނިފަ.. އީން އާއި ކައިވަން ..އެދެމީހުންނާ ވެސް  ބޭނުން ބައްދަލް ކުރަން ..ދޮންބެ އަށް އެކަން ކޮށްދީ..ކީއްވެތަ ދޮންބެ ކާރީގަ ނުބުނީ އެއްވެސް ވާހަކަ އެއް” ޒިވާގެ އަތުގައި ހިފާލަމުން ޔަޒަކް ބުނެލިއެވެ.

“މާދަން އެމީހުންނާ ބައްދަލް ކޮށްދޭނަން..މިރޭ ޑިފީ ކައިރިން މާފަށް އެދޭތި.. ސޮރީ ދޮންބޭ.. ދެން ދުވަހަކުވެސް ނުހަދާނަން އެހެންނެއް.. އެގޮތައް ސިއްރެއް ނުކުރާނަން ..އައި ޕްރޮމިސް..” ޒީވާ ޔަޒަކްގެ އަތައް ބާރުކޮށްލުމުން ޔަޒަކް ބޯ ޖަހައިލާފައި ޒީވާގެ ނިތުގައި ބޮސްދިނެވެ.

ކާރުން ފައިބާގެ ހުދުކުލައިގެ ކެހެރި ކޯޓު ގަޔަށް މަހާލީ ވެހެމުންދިޔަ ސްނޯއިން ސަލާމަތް ވުމަށެވެ. ޒީވާގެ ފަހަތުން ޔަޒަކްވެސް ވަނެވެ. ޔަޒަކް އަލާނިޔަލްގެ ގާތައް ދިޔުމުން ޒީވާ މިސްރާބު ޖެހީ އޭނާގެ ކުލާހަށެވެ. ދަމުން ކައިވަން އަށް މިރޭއައީ ޔަޒަކް އާއެކު ކަމަށް ބުނެ މެސެޖްކޮށްލިއެވެ.

ޒީވާ ކުލާހަށް ވަން އިރު އިޒާން ލެކްޗަރާ މޭޒުގައި  އިށީންދެލައިގެން އިން އިރު އިނީ ހަށަން ބަދެލައިގެންނެވެ.

އިޒާންގެ ތޫނު ނަޒަރު ޒީޥާގެ މޫނަށް ހުއްޓިފައިވާތަން ފެނުމުން ޒީޥާ ހަށިގަނޑުގައި ވާހާ ލޯއްޔެއް  ކޮޅަށް ޖެހުނެވެ. މުޅި މޫނަށް ރަތްކުލަ ފާއްދާލަން ގިނައިރެއް ނުވިއެވެ.

ކަޅުކުލައިގެ އަތް ދިގު ޓީޝާޓާއި ކަޅުކުލައިގެ ފައިކުރި ހިމަކޮން ހުރި ޖިންސުގައި އިޒާން ފެންނަލެއް ނުހަނު ރީއްޗެވެ. އޭނާގެ ރީތި އިސްތަށިގަނޑުގައި ޖެލް ލާ އެކި ދިމަލުން މައްޗައް ހިއްލާ ލައިފާ ވުމުން ތަފާތު ގޮތެއް ހުއްޓެވެ. ނަމަވެސް އިޒާންގެ ރީތިކަމަށް ބަދަލެއް ނާދެއެވެ.

ޒީވާ މަޑުމަޑުން އައިސް ގޮނޑީގައި އިށީނެވެ. އޭރުވެސް އިޒާން ހަމަ ބަލަހައްޓާއިގެން އިންގޮތައް އިނެވެ. އިޒާން އެހާ ވަރަށް ބަލާތީ ޒީވާއިނީ އިސްޖަހާލި ގޮތައް އިސް އުފުލާލަން ވެސް ނުކެރިފައެވެ.

“މި.. މިއަދު ކީއްވެ ކުލާސް އަށް ނައީ..” ޒީވާ އަހައިލިއެވެ. “މިސްވީ ތަ..” އެއިން ގޮތައް އިނދެ އިޒާން އެއްމިޔަނުން ހީލިއެވެ. ޒީވާ ވަގުތުން އިޒާން އާއި ދިމާ ބަލައިލެވުނެވެ. “އާރ ޔޫ ފްލާޓީން..” އަހަން ނާހަން ހުރެފައި ޒީވާ އަހައިލިއެވެ. އިޒާންގެ ފަރާތުން ލުއި ހީލުމެއް ފިޔަވާ އިތުރު ޖަވާބެއް ނައެވެ.

އެދުވަހުގެ ސެޝަން އާއި އެކު އޭނާ ކުރިޔަށް ދިޔައެވެ. ކިޔައިދެމުން ދިޔަ އެއްޗެއް ވިއްޔާ އިޒާން ކިޔައިދިނީޒީވާގެ މޫނަށް ބަލަހައްޓާއިގެންނެވެ. ލަދުންގޮސް ޒީވާ އިނީ ވިރޭ ވަރުވެފައެވެ.  ކުލާސް ނިމިގެން ޒީވާ  އަށް ވުރެން ކުރިން އިޒާން ކަލޫކުލައިގެ ޝާޓް ޖެކެޓް ލައިގެން ނުކުމަތެވެ.

ޒީވާ ދަބަސް ހިފައިގެން ނުކުން އިރު އިޒާންގެ ހިލަމެއް ވެސް ނުވެއެވެ. ޒީވާ  ފުންނޭވާ އެއް ދޫކޮށްލުމަށްފަހު އަލާނިޔަލް އޮތް ކޮޓަރިޔަށް ދާންވެގެން ލިފްޓަށް އެރިއެވެ. ލިފްޓުން ފައިބާއިގެން ޒީވާ ހަލުވި ހިނގުމުގައި އަލާނިޔަލްގެ ކޮޓަރި ދޮރުހުޅުވާލައިފާ ގޮސްވަނެވެ. އެތާ ތިބީ ކޮންބައެއް ތޯ ވެސް ބަލާ ނުލާ ވަންގޮތައް ވަދެ ބާރު ބާރަށް ވާހަކަ ދައްކަންފެށިއެވެ.

“ޑިފީ އަހަރެންގެ މޫނުމަތީގައި އެއްޗެއް ހުރީތަ.. އެއްޗެއް ހު.. ” ވާހަކަ ދައްކަ ދައްކާހުރި ޒީވާ ސިއްސައިގެންގޮސް  ދެލޯ ބޮޑުކޮށްލެވުނީ އަލާނިޔަލްގެ އެނދުކާރީގައި ހުރި ކަބޮޑުގައި ލައްވެލައިގެން ހުރި އިޒާން ފެނިއެވެ. އެއްއަތުން ރަތްކުލައިގެ އާފަލު އެއް ހިފާލައިގެން ހުރި އިރު އެއްމިޔަކަނުން ހީލައިފާ އެއްބުމަ އަރުވާލިއެވެ. ބިރެއް ފެނުނު ހެން ފަހަތައް ޖެހެމުން ޖެހެމުން ގޮސް ޒީވާ އެކޮޓަރިން ނުކު ދުއްވައިގަނެވުނީ އަލާނިޔަލް އާއި ޔަޒަކް ގޮވަގޮވާ ހުއްޓާވެސް ބިރުން ފިލަން ބޭނުން ވެފައި ހުރި ވަރުންނެވެ.

***

“ދޮންބެ ދޯ.. އެޓްލީސްޓް ސަޕްރައިޒް ވިކަމަށް އެކްޓް ކުރިނަމަ ދޯ.. ދެން ވެސް ދޭ ބަލަ އޭނަ ކައިރިޔަށް ގޮސް ތިކަންތައް ވެސް ރަނގަޅު ކޮޅުގައި ޖައްސާފަ އަންނަން..” އިޒާންގެ ބަނޑުގައި ޖަހާލަމުން އަލާނިޔަލް މަޖާވެލާފައި ހީލިއެވެ.

އިޒާން ޔަޒަކް އާއި ދިމާ ބަލައިލީ ހުއްދައަށް އެދޭފަދައަކުންނެވެ. ހިނިއައިސްފައި ހުރެ ޔަޒަކް ބޯ ޖަހައިލުމުން  އިޒާން އަތުގައި އޮތް އާފަލު އަލާނިޔަލް ގެ އަތައް ދެމުން ދުވެފައި ނުކުތެވެ. ނަމަވެސް ޒީވީާގެ ހިލަމެއް ނުވެއެވެ.

ލިފްޓް އާއި ދިމާ ބަލާލި ވަގުތު  އެ ފްލޯ އިން އެންމެ ތިރިއަށް މިސްރާބް ޖަހާފައިވާ ލިފްޓު ފެނި އިޒާން އަށް އެއީ ޒީވާކަން އެނގުނެވެ. ވަގުތުން ސިޑިއާއި ދިމާލަށް ވާހެން އިން ކުޑަދޮރު ކާރިޔަށް ގޮސް އެތަނުން ބޭރަށް ފުންމާލިއެވެ.

***

ލިފްޓުން ނުކުމެގެން ދުވެލާފައި ޒީވާ މިސްރާބް ޖެހީ އެތަނުން އަވަސްވީ ގޮތަކުން ނުކުމެގެން ގޮސް ޓެކްސީއަކަށް އަރައިގެން ގެޔަށްދާށެވެ.އޭރުވެސް ޒީވާގެ ހިތެކޭ އަރަބި އަހެކޭ އެއްވަރެވެ.  ނަމަވެސް ހޮސްޕިޓަލް އިމާރާތުން ނުކުމެވުންތަނާހެން  ބާރުގަދަ އަތަކުން ޒީވާގެ އަތުގައި ހިފާ ދަމާލިއެވެ.

ކުރިމަތިން އިޒާންގެ ފިރިހެންވަންތަ މޫނު ފެނުމުން ޒީވާއަށް ހުއްޓުން އެރިއެވެ. އިޒާން ޒީވާގެ އަތުގައި ހިފައިގެން ގެންގޮސް އިޒާންގެ ކާރުގެ ކުރީ ސީޓް ދޮރު ހުޅުވާލާފައި އެރުވިއެވެ. ޒީވާއަށް ގަދަހަދާނެ ހިތްވަރުވެސް އެވަގުތު ނުލިބުނެވެ.

ކާރަށް އަރާފައި އިޒާން ކަނާއަތުން ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ޒީޥާއާއި ދިމާ ބަލައިލިއެވެ. ނަމަވެސް ޒީވާގެ ހިމޭންކަމާއި މައުސޫމުކަން ފެނި އިޒާންގެ ކެތްތެރިކަން ކޮޅުން ލިޔެވެ.

“ޑޯންޓް ޔޫ ހޭވް އެނީތިންގް ޓު ޓެލް މީ..” ކާރުގެ ތެރެއަށް ވެރިވެފައި އޮތް ހިމޭންކަން ނަގާލީ އިޒާންއެވެ. ނަމަވެސް ޒީޥާގެ އަނގައިން ބަހެއް ނުނިކުތެވެ. ހުރިހާ ކަމެއް ޒީޥާގެ އަނގައިން އިޒާންއަށް ކިޔާދިނުމުން ނޫނީ މިރޭ އިޒާން ހުރީ ދޫދޭގޮތަކަށް ނޫނެވެ.

އިޒާން ލައިގެން ހުރި ޖެކެޓް ބޭލުމަށްފަހު ފަހަތު ސީޓުގައި ބޭއްވުމަށްފަހު ހުންގާނުގައިއަތުގެ އިނގިލި ތަކުން ހަރަކާތް ކޮށްލިއެވެ.

“އިޒާން ގޯޓު ޔޯ ހައުސް… ޑްރައިވް …” އެންމެ ފަހުން ޒީޥާ އަނގަހުޅުވާލިއެވެ. އޭރު އޭނާ އިނީ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. އިޒާން އަށް ގަބޫލް ނުކުރެވިފައި ޒީވާއާއި ދިމާލަށް ބަލަހައްޓާއިގެން ހުރެވުނެވެ. “އިޒާން އަޑެއް ނީވޭތަ.. ޑްރައިވް..” އިޒާންއަށް ސިހިފައި ކާރު ދުއްވާލެވުނީ ޒީޥާ އެއިންގޮތައް އިނދެ ހަޅޭއްލަވައިގަތުމުންނެވެ. ދެލޯ ބޮޑުކޮށްގެން އިނދެ އިޒާން އޭނާގެ ގެޔަށް މިސްރާބު ޖެހިއެވެ. “ފާސްޓާ…” އިޒާން ދުއްވަމުން ދިޔަލެއް މަޑުކަމުން ޒީވާ އިޒާން އަށް ކަޅިއަޅާލިއެވެ. އިޒާން އަވަހަށް ކުރިޔަށް ވުރެން ދުވެލި ބާރުކޮށްލިއެވެ. “އިޒާން އައި ސެއިޑް ފާސްޓާ..” ޒީޥާ އިދެފައި ހަރުކަށިކަމާއެކު ބުނެލިއެވެ. ނަމަވެސް އިޒާން މިހާރުވެސް ދުއްވަނީ ފުދޭވަރަކަށް ބާރަށެވެ. އެވާހަކަ އިޒާން ބުނުމުން އަނެއްކާ ވެސް ޒީވާ ކަޅި އަޅާލިއެވެ. ” ފާސްޓާ.. ފާސްޓާ..” އިޒާން ކުރިޔަށް ވުރެން ކާރު ބާރު ކޮށްލުމުން ޒީޥާ އިނދެފައި އަނެއްކާވެސް ބާރުކުރަން ބުނެލިއެވެ. އެންމެފަހު އިޒާން ކާރު ފުލްސްޕީޑަށްލިއެވެ. އޭރު އެމީހުންނަށް ވަނީ ޒިއުރިކްގެ ޖަންގަލީގެ މެދަށްހާ ހިސާބަށް އާދެވިފައެވެ. “އިޒާން ސްޓްޕް..” ޒީވާގެ އަޑުންސިހިފައި އިޒާންއަށް ކާރު ހުއްޓާލެވުނެވެ. އިޒާން ޒީވާއާއި ދިމާ ބަލައިލި އިރު ޒީވާ ވެސް އިނީ އިޒާން އާއި ދިމާ ބަލަހައްޓާއިގެންނެވެ.

“ވަޓްސް ރޯންގް ވިތް ޔޫ” މަޑުމަޑުން އިޒާން ބުނެލިއިރު އޭނާ އިނީ ޒީވާ އުޅޭމުންދިޔަ އާދަޔާއި ހިލާފް ގޮތުން ބިރުގަނެފައެވެ. ޒީވާ އިޒާން އާއި ދިމާ ބަލަން އިނުމަށްފަހު ސީޓް ބެލްޓް ނައްޓާލިއެވެ. ލާފައި ހުރި ޖެކެޓް ބޭލުމަށްފަހު ކާރުގެ ފަހަތު ސީޓައް އެއްލާލިއެވެ. މަޑުމަޑުން އިންތަނުން ތެދުވެ ގޮސް އިޒާންގެ އުނގުގައި އިއްތާލިއެވެ. އިޒާން ހައިރާންވެފައި ހުރިވަރުންއިތުރު ހަރާކާތެއް ގެންނަން ވެސް ނޭނގިފައި އިނެވެ. ކުއްލިޔަކަށް އިޒާން ސިހުނީ ޒީވާ އޭނާގެ ތުންފަތުގައި ބޮސްދިނުމުނެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު