ހިރާސް 1 (41) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (41)

“ބްރޯ އަމް ޑެޑް..” ކަރާދިމާލަށް އަތް ހުރަސް ކޮށްލަމުން ޒީވާ މަޑުމަޑުން ބުނެލިއިރު ޔަޒަކް ވެސް އެހާ މަޑުމަޑުން ކިހިނެތް ވީތޯ އަހައިފިއެވެ. ނަމަވެސް ޖަވާބު ދެވޭ ވަރެއް ނުވިއެވެ . ލަވާލް އޭނާ ގެންގޮސް ލިފްޓަށް އެރުވިއެވެ. ލަވާލް ދަމުން އީން އަށް ގޮވައިލާ ހީލިއެވެ. އީން ގާތު  އިށީންދެލަން ބުނެ އެބަ އަންނަމޭ ބުނެ ދިޔައެވެ.

 

ވާނުވާގައި ހުރެ ހަތަރު މީހުންގޮސް ޔާސިރް މެން ކައިރީ ސޯފާގައި އިށީނެވެ. ” ބައްޕާ .. މަންމާއާ ޒިވީ ކީއްވެގެން އެއުޅެނީ..” ޔަޒަކް އައިސް ހުއްޓިފައި އަހާލިއެވެ. “ނޭނގޭ .. ބައްޕަ ގޮވީމަ އެބަ އަންނަ މޭ ކިޔާފަ އެދިޔައީ .. ދޮންތަ ކައިރީ އަހާލަބަލަ… އެތާގަ ހުރެފަ އެނުކުތީ..” ޔާސިރް ވެސް ދެފަރާތައް ބޯހޫރުވާލިއެވެ.

އައްޒާމްއަށް އީން ފެނި ވަރަށް ލޯބިން ގޮވާލިއެވެ. އީން ލަދުން ހުރި ތަން ފެނި އިށީންދެލަން ބުނެ އިޒާން ލިފްޓާއި ދިމާ ބަލައިލީ ޒީވާ ނައުމުންނެވެ.

“ކޮބާ  ލަޥާ..”  ބަދިގެއިން  ނުކުން ޔަމްހާ އަހައިލިއެވެ. އޭނާގެ ފަހަތުން ކުލްސޫމާ ވެސް އައެވެ. ލަވާލް ، ޒީވާ ގޮވައިގެން މައްޗަށް ހިނގައްޖޭ ޔާސިރް  ބުނުމުން ޔަމްހާ އަށް ބާރަށް ހެވުނެވެ. ހުރިހާ އެންމެން ވާނުވާގައި ބަލަހައްޓައިގެން ތިބި ގޮތުން ކުލްސޫމާއަށް ވެސް ދިޔައީ ހެވެމުންނެވެ.

އެވަގުތަކީ ޔޫމީންވެސް ގެޔަށް އައިސް ވަން ވަގުތެވެ.  ޔޫމީން ފެނުމުން ޔަމްހާގެ ހެޔުންވީ އިތުރެވެ.

“ދަރިފުޅާ ނިދާފަ އޮތް މީހާ ކީއްވެ ތިއަޔީ ބޭރުން.. މަންމަ ބުނި ދަރިފުޅު ބޮލުގަ ރިއްސާތީ ނިދާފަ އެބޯތޭ.. ” ޔާސިރް ހައިރާންވެފައި އަހައިލިއެވެ.. ޔަމްހާއަށްހެއުން ކޮންޓްރޯލްކުރަން އުޅުނަސް އެކަމެއް ނުވިއެވެ.

ޔޫމީންއަށް ހިން ދިރުވާލެވުނެވެ. އޭނާ ބޭރަށް ދިޔައީ ލަވާލް ގާތު އެހެން ކިޔާފައެވެ. ބޮލުގައި ރިއްސާކަމަށް ބުނެ ކޮޓަރިއަށް ވަދެ އެނދުގައި އޮށުވެ ލަވާލް ދިޔުމުން  އޭނާ ގެއިން ބޭރަށް ނުކުތީ އެއްވެސް މީހަކަށް ފެނިދާނެތީ ގޭގެ ފަހަތައް ވާހެއް ބޭރުގައި ހުރި ސިޑިންނެވެ. އަނެއްކޮޅުން ބަދިގޭގެ ޒިންކު ކައިރީ ތަށި ދޮންނަން ހުރި ޔަމްހާ އަށް ވެސް ޔޫމީން، ކައިވަންގެ ކާރުންފައިބާތަން ފެނިއްޖެއެވެ. ހަމައެކަނި ކާރުން ފޭބި ތަނެއް ނޫންވިއްޔާއެވެ. ކާރުން ފައިބާގެން ކައިވަން އޭނާގެ ގައިގަ ބައްދާލިތަން ވެސް ފެނުނީ އެވެ. ކައިވަން ގައިގާ ބައްދާލައިގެން ހުރި ޔޫމީންއަށް އެއްލި ކަޅިޔަކުން ޔަމްހާ ދެވަނަ ފްލޯ ކުޑަ ދޮރުން ބޭރު ބަލަން ހިނިއައިސްފައި ހުއްޓާ ފެނި  ކައިވަން ވެސް ދުރަށް ކޮށްޕާލައިފާ ދުވެފައި އޭނާ އެތެރެއަށް ވަނީއެވެ. ކުޑަ ދޮރާ ދިމާވާހެން ޒިންކް އިނުމުން އެކަމާ ޔޫމީންއަށް އެވަގުތު ކުދިކިޔާލެވުނެވެ.

 

ޔޫމީން ބިރުވެރި ގަންފައި ޔަމްހާ އާއި ދިމާ ފަހަތުން ނުކުން ކުލްސޫމާ ފެނި މަޑުމަޑުން ނޫނެކޭ ބުނެލިއެވެ.

ޔަމްހާ އިޝާރާތުން ހަމަ ޖެހޭށޭ ބުނެފައި އަލާނިޔަލް އާއި އީން ގެ ކާރީގައި އިން ދެމީހުންގެ ޖާގައިގެ ސޯފާ ގޮނޑިގައި ޔޫމީންގެ އަތުގައި ހިފައިގެން ގޮސް އިށީނެވެ.

ކުލްސޫމާ އަށް ހެވެމުންދިޔައީ ޔޫމީން ގަނެފައި ހުރި ބިރު ފެނުމުންނެވެ. އެވަގުތު އެތަނަށް ކައިވަން އާދޭތޯ އޭނާއަށް ދުއާ ވެސް ކުރެވުނެވެ. ކައިވަން ނާންނާތީ އައްޒާމް އިނދެފައި އެވާހަކަ ބުނީވެސް އެވަގުތުއެވެ. އަލާނިޔަލް ކައިވަންއަށް ގުޅާލިއެވެ.

“އޭ ބްރޯ ކޮންތާކު.. އަންނަގަ…  ތި އެކަނި މަދީ މިހާރު ވެސް..އޯހް މައި .. މި ދޯ  މި ވީ ގޮތަކީ ….” އަލާނިޔަލް ގުޅާފައި އަންނަން ބުނުމުން ކައިވަން ނުކެރޭނެއޭ ކިޔާފައި ޔަމްހާއަށް ފެނުން ވާހަކަ ބުނުމުން ވީ ގޮތް އެނގުމުން އަލާނިޔަލްއަށް ވެސް ޔަމްހާ އަށް ވީ ހެންނެވެ. ނުހިފެހެއްޓިގެން ހެވުނީ އެވެ. އިޒާން ކިހިނެތް ހޭ ވީ އެހުމުން ކަމެއް ނުވެޔޭ ބުނެ ޔޫމީން އާ ދިމާ ބަލާލައިފާ އަނެއްކާ ވެސް އޭނާ ހޭންފެށިއެވެ.

ޔޫމީން އަށް އަދިވެސް އަލާނިޔަލްއާއި ވާހަކަ ދައްކާކަށް ނުކެރެއެވެ. އެހެންކަމުން ލަދުގަންވަރުން އޭނާ އިސްޖަހާލިއެވެ.

ޔަމްހާ އިޝާރާތުން ކުލްސޫމާއަށް ލިފްޓުން ފޭބި ލަވާލް ދައްކާލިއެވެ. ލަވާލްގެ ފަހަތުން މަޑުމަޑުން ހިނގާލައިފާ ޒީވާ އައި އިރު ޔަމްހާ ހީލައިގެން އިންގޮތުން އަނގަމަތީގައި އަތް އަޅާލިއެވެ. އެވަގުތު ވަންނަން އައި ކައިވަން ފެނި ޒީވާއަށްހޭންފެށުނީ ލަވަލް ބުނެލިއެއްޗަކުންނެވެ.

“އަހާ ކައި.. ނިދާ ހޭލައިގެންތަ ތިއައީ .. ” ޔޫމީން ލަދުން ގޮސް މުޅި މޫނައް ޖަންބުކުލަ އެރީ އަލާނިޔަލް އާއި އީންއާއި ޒީވާ ހޭންފެށުމުންނެވެ. ޔަމްހާ ވެސް ޔޫމީން ގެ ބުރަކަށީގަ ކޮއްޓާން ފެށުމުން އޭނާ އަށް ބަލައިލެވުނީ ކައިވަންއާއި ދިމާލެވެ. ކައިވަންވެސް  ހިނިއައިސްފައި ހުރެ ބޯޖަލައިމުން އިޒާންގެ ގާތު އިން ހުސްތަންކޮޅުގައި އިށީނެވެ. ލަދުގަންނަމަވެސް ގޮސް އެކަން ފޮރުވާލުމުގައި އޭނާ ވަރަށް ކުޅަ ދާނައެވެ.

“ކޮބާ ހިނގާ ކަމާ އުޅެން .. ” ލަޥާލް އަނގަމަތީގައި އަތް އަޅާއިގެން ކުލްސޫމާގެ އަތުގައި ހިފައިގެން ގޮސް ބަދިގެޔަށް ވަނެވެ. ދެމީހުން އެކަނިވުމުން ލަވާލްގެ ހިނގަނޑު ފަޅާއިގެންދިޔައެވެ. ކުލްސޫމާ ޔަމްހާއަށް ފެނުން މަންޒަރު ވެސް ހީހިފައި ކިއެވެ. ލަޥާލް އުފަލުން ކުލްސޫމާގެ ގައިގާ ބައްދާލައިފާ މަރުހަބާ ކީ އިރު ކުލްސޫމާ ވެސް އުފަލުގެ ކޮޅެއް ނެތެވެ.  އޭނާއަށް ޔޫމީން ނުހަނު ކަމުދެއެވެ. ކުލްސޫމާ ހުރީ ޔޫމީންއާއ ވަކިން ބައްދަލް ކޮށްލަން ނުހަނު ބޭނުން ވެފައެވެ. ނަމަވެސް މިރޭ ޔޫމީން ލަދުގަނެފައި އިންވަރުން އެހެން އިރަކުން އެކަން ކުރަން އޭނާ ހިތުލިއެވެ.

 

ޔާސިރް އާއި އައްޒާމް އަދި ޒުހޫރު ދިޔުމުން ހުރިހާ ޒުވާން ކުދިން އެކަނި ވިއެވެ. ޔަމްހާ ކާން ގޮވުމުން ޔަޒަކް އެބަދަމޭ ކިޔާ ގޮވާލިއެވެ.

ހުރިހާ ބޮޑެތި މީހުން ދިޔުމުން ޔޫމީން ޒީވާ އާއި ދިމާ  ބަލައިލީ ޖާސޫސް ކުރާ ފަދައަކުންނެވެ. ޒީވާ ވެސް ނޫން ކަމަށް ހަދާފައި ގޮސް އިޒާން އާ ޖެހިގެން އިން ސޯފާގައި އިށީންދެ އިޒާންއަށް ހީލިއެވެ. އިޒާން ވާނުވާ ގަ އިންހެން ހީވެގެން ޒީޥާ އިޒާންގެ ފޯނަށް ކުޑަކޮން ކިޔާދީފައި މެސެޖެއް ކޮށްލިއެވެ. އިޒާން ގާތައް ވެސް ހިނިއައެވެ.

“ކިހިނެތް ވީ ދެންމެ .. މިތިބަ ތިން މީހުންނަށް އެނގޭ ދޯ ” ޔަޒަކް އަދިވެސް އުޅެނީ ވާނުވާ ނޭނގިގެންނެވެ. ” އަހަރުމެން ކިޔާދިނީމަ ކަމަކު ނުދާނެ ދޯ ޒިވީ.. ޔޫމީން ގާތު އަހާ ..” އަލާނިޔަލް ، އީން އާ ގާތައް ޖެހިލަމުން އީންގެ ކޮނޑުގައި އަތް އަލުވާލިއެވެ.

“ދެން ބުނަންވީނު .. މިޙާރު ދޮންބެ ނޫން އެންމެނަށް އެނގޭނެ އެކަން.. މީދާ ކޭ އުނބެއް ވިއްޔަ ދޮންބެ އިންނާނީ .” ޔަޒަކް އާއި ދިމާ ކޮށްލަމުން ޒީޥާ ވެސް އަލާނިޔަލް އާއި އެއްބައި ވެލާފައި ޔޫމީންއަށް ބުނެލިއެވެ.

“ލުކް ދޮންބޭ.. ވީ އާ ޑޭޓިން…މީ އެންޑް ހިމް ..” ކޮލަށް ދޫ ހަރައިލާގެން އިން ކައިވަންއަށް އިޝާރާތް ކޮށްލަމުން ޔޫމީން ބުނެލިއެވެ. ޔަޒަކް ދެލޯ ބޮޑުކޮށްލައިގެން އިނދެ ހަމަ ތެދެއް ހާ އަހައިފިއެވެ. ޔަޒަކް އަށް ވެފައި ހުރި ގޮތުން ކައިވަން އާއި ޔޫމީން ވެސް ހޭންފެށިއެވެ.

“މީހަކު ގަބޫލް ވެސް ނުކުރާނެ ޓޮމް އެންޑް ޖެރީ މެރީ ކުރާ ހިސާބަށް ގޮސްފާނެ ކަމަށް .. “އިޒާން ވެސް ހެމުންހެމުން ކައިވަން އާއި ޔޫމީންއާ ދިމާކޮށްލިއެވެ. ޔަޒަކް ވެސް ކައިވަންއާއި ޔޫމީންއަށް މަރުހަބާ ކިޔެވެ.

“އޭ ..މީނަ މާ ހަމަޖެހިލާފަ އިންނާނެ ކަމެއް ނެތް.. އެކަނި ވެއްޖެއްޔާ ނިމުނީ..” ޔޫމީން ދެލޯ އަޅާލައިގެން އިނދެ ޒިޥާއަށް ގޮޥާލިއެވެ. ޒީޥާ ވެސް ދޫ ހަދާލިއެވެ.

އިޒާން އާއި އަލާނިޔަލް  އަދި ކައިވަން ކާން ވަނުމުން ޔަޒަކް ދިޔައީ މިލާން ބަލައެވެ.

ޒީޥާ އާއި ޔޫމީން އަދި އީން މަޑުކުރީ ލަވާލް މެންނާއެއްކޮން ކެއުމަށެވެ.

“ޔޫ ސުޑް ޓޯކް ހިމް .. ކުރީ ދުވަހު ވެސް އުޅުން ދެރަ ވެގެން ޑިފީ ޓޯކް ކުރީމަ ޔޫމީ ޓޯކް ނުކޮށް ހަމަ އެކަނި ހީލީމަ..”އީން ޔޫމީންގެ އަތުގައި ހިފާލިއެވެ.  ޒީވާ ވެސް އެއީ ތެދެކޭ ބުނެލިއެވެ. ޔޫމީން ބޯޖަހައިލިއެވެ.

“ފައިނަލީ.. ހަހަހަ..ޔޭޔޭ.. އައި ގޮޓް މައި ސިސްޓާ އިން ލޯ ބެކް..” އީން ، ޒީވާ ގައިގާ ބައްދާލަމުން އީން ޖަހައިލީ ހިނިގަނޑެކެވެ. “އަހަހަހާ.. އީން އަށް ހުރިހާ މޮޅެއް ..އަހަރެން ކިހާ ފޫހިވާނެ މީނި ފެންނަ ސަންތި ދިޔައީމަ.. މަށައް ހީވަނީ ޒާން ބެ ވަރަށް އަވަހަށް މެރީ ކުރާނެ ހެން.. ” ޔޫމީން އިނދެފައި ޒީޥާ އަށް އެއްލޯ މަރައިލިއެވެ.

“އަހަރެން އެގެޔަށް ދިޔަކަސް ޔޫމީ އެގެޔަށް ވަނުން މަނަލެއް ނުކުރާނަމޭ.. ކޮންމެ ދުވަހަކު ވެސް އާދެވޭނެ..އެކަމް ޔޫމީ ކިހާ ލަކީ މަންމަ ކައިރިޔަށް ކިހާ ފަސޭހަޔަކުން ދެވޭނެ..”  ޒީވާ ގެ ވާހކައަށް ޔޫމީން ބޯޖަހައިލިއެވެ. “އީން މިރޭ އެހާ އަވަހަށް ނުދާތި .. ކުޑަކޮން ޓޯކް ކޮށްލާފަ ދާނީ މި ފިރހެން ގްރޫޕް ނިމުމުން..” ޒީޥާ އެދުނެވެ.

” އިރުކޮޅަކު މަޑުކޮށްލާނަން .. މަންމަ ބަލިކަމުން މިހާރު ވަރަށް ނުނިކުމެވޭ.. ޑިފީ އާއެއްކޮން ވެސް ވަރަށް ބޭރަށް ނުދެވޭ.. ގޭގަ ތިބެނީ މީޓް ކުރަން ވެސް… ޑިއުޓީ ނިމިގެން މަންމަ ކާރީގަ އުޅެނީ ހަމަ .. ” އީން އޭނާގެ މަންމަ އާޔާގެ ބަލިލިހާލަތު ކިޔައިދިނެވެ. އާޔާ ބަލިކަމުން މީހެއްގެ އެހީ އާއި ނުލާ ގިނަފަހަރު ނުތެދުވެވޭ ކަމަށް އީން ބުންޏެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޑޮކްޓަރަށް ދައްކަން ދާ ވާހަކަ ބުންޏެވެ. ނަމަވެސް އަދި ވެސް ބަލީގެ އަސްލެއް ނޭނގެއެވެ. ދައްކާ ކޮންމެ ފަހަރަކު  ކަމެއް  މައްސަލަ ނެތޭ ޑޮކްޓަރު ބުނެއެވެ.

“ދެރަ ނުވޭ ދައްތަ ރަނގަޅު ވާނެ އިންޝާﷲ.. މާދަން  ދާނަން އިންޝާﷲ ތިގެޔަށް ދައްތަ ދެކިލަން..” ޒީވާ . އީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އީން ވެސް ހީލައިފާ ބޯޖަހައިލިއެވެ.

 

މާގިނަ އިރެއް ނުވެ ޔަޒަކް އައި އެކު ވަދެގެން އައީ މިލާން އެވެ. މިލާންގެ ބްލޮންޑް ކުލައިގެ ދިގު އިސްތަށިގަނޑު ވަނީ ކޮނޑަށް ވުރެން ތަންކޮލެއް ތިޔަށް ހުންނަވަރަށް ކޮށާލައި ކަޅުކޮށްފައެވެ.  ފެހިކުލައިގެ ހެދުން ކޮޅާއި ކަޅުކުލައިގެ ސްކިނީ ގައި އެއްވެސް މޭކަޕެއް ނެތިވެސް މިލާން ނުހަނު ލޯތްބެވެ. ޔަޒަކް އިޝާރާތް ކޮށްލުމުން ޔޫމީން ދިޔައީ ލަވާލްއަށް ގޮވާށެވެ.

މިލާން ލަދުގަނެފައި ހުރުމުން ޒީވާ މިލާންގެ ގާތައް ގޮސް އޭނާގެ އަތުގައި ހިފާލައިގ/ެން ގެންސް ސޯފާގައި ބޭންދިއެވެ.  ޔަޒަކް ވެސް ބަދިގެޔާއި ދިމާލަށް ގޮސް މާގިނައިރެއް ނުވެ އައީ ޔާސިރް އާއި ލަޥާލް ގޮވައިގެންނެވެ. “އޭނީ އަހަރެން އިންނަން ހޯދި ކުއްޖާ..” ޔަޒަކް ހީލައިފާ މިލާން ދެއްކިއެވެ.

މިލާން ފެނުމުން އެދެމީޙުން ދެލޯ ބޮޑު ވެފައި ތިބެ ކާރިޔަށް އައެވެ. ފަހަތުން އައްޒާމް އާއި ޔަމްހާ ހިނިއައިސްފައި އައި އިރު އެމީހުންނަށް އެއީ އާހަބަރެއް ނޫނެވެ.

“ދެން  ތި އަނގަތައް ލައްޕާލަ ބަލަ އެއްޗެއް ވަންނަން ވާއިރަށް..” އައްޒާމް ގޮސްފައި ޔާސިރްގައިގާ ވިކާލިއެވެ.

“މިންމީ.” ލަވާލް އަށް ހޭވެރިކަން ވެގެން އައިސް މިލާންގެ ގައިގާ ބައްދާލިއެވެ. “އަޅޭ ޔަޒަކް މިންމި ތަ..” ޔަޒަކް ލަވާލްއާއި ދިމާ ބަލައިލަމުން ބޯޖަހައިލިއެވެ. ލަވާލް ހީވަނީ އުފަލުން ގޮސް ރޮއެގެންފާނެހެންނެވެ. ޔާސިރްވެސް ނުހަނު އުފަލާ އެކު މިލާން އާއި ޔަޒަކްއަށް މަރުހަބާ ކިއެވެ. މިލާންގެ އަތުގައި ހިފައިގެން ލަވާލް ސޯފާގައި އިށީނެވެ.

“އަހަރުމެން ނާންނަނީސް މިހާރު ކައިވެނި ވެސް ކުރީތަ… ” އިޒާން ޔަޒަކް ޣާތު އިށިންނަމުން ދިމާ ކޮށްލިއެވެ. ޔަޒަކް އިޒާންގެ ގައިގާ ޖަހާލަމުން ހޭންފެށިއެވެ. އީންގެ ގާތުގައި އިށީންނަމުން އަލާނިޔަލް ވެސް އެއީ ތެދެއްހޭ  ބުނެލަމުން މިލާން އާއި ދިމާ ބަލާލާ ހީލިއެވެ.

މިލާން ވެސް ހީލިއެވެ. މިލާން ބޭނުންވަނީ އަޅާނިޔަލްގެ ކިބައިން މާފަށް އެދޭށެވެ. ޔަޒަކް ހުރިހާ ކަމެއް އޭނާ އަށް ކިޔައިދިން ދުވަހުން ފެށިގެން އަލާނިޔަލް އާ ބައްދަލް ކޮށްލަން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ.

 

“އޯކޭ މަންމާ .. ބައްޕާ .. އަހަރެން ބޭނުން ވަރަށް އަވަހަށް މެރީ ކުރަން ..ކިހިނެތް  މަންމަ މެންނަށް ފެންނަނީ..” ޔަޒަކް އަހައިލަމުން ބަލައިލީ ސީދާ  ލަވާލް އާއި ޔާސިރްގެ މޫނަށެވެ.

އެދެމީހުންގެ މޫނަމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ހުރިޙާ އެންމެން ވާހަކަ ދައްކާފައި ނިންމީ ހަފްތާއެއް ފަހުން މިލާން އާއި ޔަޒަކްގެ ކައިވެނިކުރުމަށެވެ.

މިލާންއަށް ޔަޒަކްގެ މޫނަށް ބަލައިލެވުނީ އެދެމީހުން ކައިވެނީގެ ތާރީހް ޔަޒަކް ބުނެލުމުންނެވެ. ޔަޒަކް ހިނިތުންވެލާފައި މިލާންގެ މޫނައް ބަލައިލިއެވެ. މިލާންގެ މޫނުމަތިން ފެނިގެންދިޔަ ލަދުރަކި ކަމުން ޔަޒަކް ބޭނުން ވީ އެމޫނުގައި ބޮސްދޭށޭވެ. ނަމަވެސް އެހެން މީހުންވެސް ތިބުމުން ޔަޒަކް ކެތްތެރިވެގެން އިނެވެ.

އެތައް އިރަކު ވާހަކަ ދައްކަން ތިބެފަ ބޮދެތި މީހުންތައް ދިޔުމުން ހުރިހާ ޒުވާނުން އެކަނި ވިއެވެ. ކުލްސޫމާއާއި ޒުހޫޜު ވެސް ކައިނާ އާއި ނީކިޔާ ގޮވައިގެން ދިޔައީ މާ ލަސް ވާން ފެށުމުންނެވެ. އައްޒާމް ވެސް ޔާސިރް އާއި އެއްކޮން  ޔަމްހާ އާއި ލަވާލްގެ ފަހަތުން ކޮފީއެއް ބޯން ކަމަށް ބުނެ ބަދިގެޔަށް ވަނެވެ.

“ހިނގާ  ޓެރެހަށް… އެއީ ޒާން ބެގެ ފޭވް ..ޒިވީ ބަލަން އަޜާ ހުންނަ ސްޕޮޓް.. “ޔޫމީން ކައިވަންގެ އަތުގައި ހިފައިގެން ތެދުވެ ލިފްޓާއި ދިމާލަށް އިޒާން އާއި ދިމާކޮށްލިއެވެ.

އިޒާން ވެސް ބޯކަހާލާފައި ހިނގައިގަތީ ޒީވާ ބަލައިލުމުންވެ.  އޭރު ދެން ތިބި މީހުންވެސް ހެމުން އައެވެ.

“ޑިފީ ..” އީންގެ އުނަގަނޑުގައި ހިފައިގެން އަލާނިޔަލް ކޮންމެވެސް ވާހަކއެއް ދައްކަމުން މައްޗަށް އަރަން ދަނިކޮން މިލާން ގޮވާލިއެވެ. އަލާނިޔަލް ހުއްޓި ބަލައިލުމުން ވާހަކައެއް ބުނަން ވެގެންނޭ ބުނެލިއެވެ.

އީން އާއި ޔަޒަކްއަށް ވިސްނި އެދެމީހުން ބަހައްޓާފައި ލިފްޓަށް އެރިއެވެ.

“ޑިފީ ހައުސް ޔޫ..” ،މިލާން މަޑުމަޑުން އަހައިލިއެވެ. އަލާނިޔަލް ރަނގަޅޭބުނެ މިލާންގެ ހާލުއެހިއެވެ.

“އަމް ޑްއިން ގުޑް… އޭޒް ޔޫ ކޭން ސީ..  ހެހެހެ.. ޑިފީ އަމް ސޮރީ އެބައުޓް ޕާސްޓް..” މިލާން ނުހަނު ދެރަވެފައި ހުރެ މާފަށް އެދުނެވެ.

“މިންމި..އަހަރެން ހިތަކު ނެތް އެއްވެސް ބުރަކަމެއް .. އެހެން ނޫނަސް މިންމި ކީއްކުރީ ސޮރީ ބުނަން ޖެހޭ ވަރު ކަމަކައް .. ލެޓްސް ލީވް ޕާސްޓް.. އަހަރެންގެ ހިތުގަ އެއްވެސް ރުޅިވެރިކަމެއް ނެތް … ލެޓްސް ބީ ފްރެންޑްސް އެގެއިން..” މިންމި އޭ ކިޔާފައި އެތައް ދުވަހެއް ފަހުން އަލާނިޔަލް ގޮވާލުމުން މިލާންއަށް ލިބިގެން ދިޔައީ ބަޔާން ކުރަން  ދަތި ހިތްހަމަ ޖެހުމެކެވެ. އަލާނިޔަލްގެ ހިތްހެޔޮކަން މިލާންފެނި ދެލޮލަށް ކަރުނަ ޖަމާވިއެވެ. މިލާން ވަގުތުން ބޯޖަހައިލާ ސުކުރުއަދާކުރިއެވެ. އަލާނިޔަލް ވެސް މާފަށް އެދުނީ އެކި ދުވަސް ދުވަސް މަތިން މިލާން ރޮއްވާލެވުމުންނެވެ. މިލާން އެއީ ކަމެއް ނޫން ކަމަށް ބުނެ އަލާނިޔަލްގެ އަތުގައި ހިފާލިއެވެ.

“މިންމިގެ ޕޭރެންޓްސް  އެބަހުރި އެތާގަ ހަމަ ސޭފްކޮން.. މަންމަމެން އަންނާނެ ކަމަށް ކައިވެނި ފަސްނުކުރާށޭ އަހަރެން ކުރިންވެސް ބުނަން އުޅުނިން.. ދޮންބެ މިލާން އަށް އެހީ ވިޔަސް އޭނާ ވެސް ޒީވާ ގެ ގާތައް ދާން ބޭނުންވާނެ..މިލާން  އެހީއަކަށް ބެނުންވާ ކޮންމެ ފަހަރަކު ދޮންބެ އަށް ވެސް ނުދެވިދާނެ.. މިބުނީ ދޮންބެ ނުދާނެ އެކޭ ނޫން އެނގޭ..ދޮންބެ ދާން ވެސް ދާނެ…އެކަމް ޔަޒަކް އެއީ ހަމަ އެންމެ ބެސްޓް މިލާންއަށް ލިބޭނެ.. ވީހާ ވެސް އަވަހަށް މެރީކޮށްގެން ރަނގަޅަށްއުޅޭ ..އަދި ބުނަންތަ ކަމެއް ދިމާވީމަ ސިއްރުނުކޮށް  އޭނާއަށް ކިޔާ ދޭތި ..އޭރުން އޭނާއަށް އެހީވެވޭނީ..ދޮންބެ އާ އަހަރެން ވެސް މިހުރީ ބުނަން ނުކެރި ނުހުންނާތި … މި ފެމެލީގެ މީހަކާ މިންމި ގުޅުން އޮތް ކަން އެނގިއްޖެޔާ ކެރާއަށް ވަރަށް ވާންވާނެ.. ކޮންމެ ފަދަ ގޮތެއް ވެސް ހަދާފާނެ.. އޭގެ ހެއްކެއް ކުރިން މިންމި އަށް ކޮށްލި ވަޜާ މިންމިގެ ޕޭރެންޓްސް އަށް ވީ ގޮތް .. މިންމިގެ ޕޭރެންޓްސް ވަރަށް އަވަހަށް ލިބޭނެ  އިންޝާﷲ ..ހެޔޮ ދުއާ ކުރޭ.. ދެރަ ގޮތެއް ނުވާނެ އިންޝާ ﷲ ” އަލާނިޔަލް މިލާންގެ ބޮލުގައި ފިރިމާލިއެވެ. މިލާން ވެސް އުފަލުން ބޯޖަހައިލިއެވެ.

“ޑިފީ އީން ދެކެ ވަރަށް ލޯބިވޭ ދޯ..” ލިފްޓަށް އަރަމުން މިލާން އަހައިލިއެވެ.

“ޔެސް އައި ލަވް ހާ އަ ލޮޓް.. ސީ އިޒް ދަ ބެސްޓް …އަލްހަމްދްލިއްލާހް ..” ހީލަމުން އަލާނިޔަލް އީން މަތިން ހަނދާން ކޮށްލިއެވެ.

***

މިލާން ޢާއި އަލާނިޔަލް އައިސް ވަން އިރު ކައިވަން އާއި ޔޫމީން ދެމީހުންގެ ޖާގައިގެ ސްޕޮންޖެ ގޮނޑިއެއްގައި ތިބިއިރު ޒީވާ އާއި އިޒާން އިނީ ޔޫމީން މެން ގާތުގައި އިން ސޯފާ ގޮނޑިއެއްގައެވެ. އީން އުނދޯލީގައި އިން  އިރު  އިޒާންމެން ތިބި ސޯފާ ގޮނޑީގެ ކުރިމައްޗައް ވާހެން  އިން ސޯފާގައި  ޔަޒަކް އިނެވެ.

“މިއޮތް އައީނު.. ކޮބާ އިށީނދޭ..” އަލާނިޔަލް މެން ފެނުމުން ޒީވާ ބުނެލިއެވެ. މިލާން ޔަޒަކްގެ ގާތުގައި އިށިން އިރު އީންގެ ގާތުގައި އަލާނިޔަލް އިށީންނެވެ.

ހުރިހާ މީހުން އެއްވުމުން މަޖަލާއި އެކު ތަފާތު ވާހަކަ ދައްކަން ތިބިއިރު ގުޅޭ ވަރުން މިއިން ދުވަހަކު އެމީހުންގެ މެދުގައި ހާދިސާއެއް ހިނގާފައި ވާހެން ވެސް ހީނުވެއެވެ. އެންމެން އެންމެނަށް ތަފާތު ވާހަކަ ތައް ކިޔާ އެކަކު އަނެކަކާއި ދިމާ ކުރަމުން ދިޔައިރު އީން އާއި މިލާން  އެކަކު އަނެކަކާއި އަނގައިން ނުބުނި ކަމުގައިވިޔަސް ހިނިތުންވެއެވެ. އަލާނިޔަލްއާއި ޔޫމީންވެސް އެފަދައެވެ.

“މިލާން ކޯސް ނިމުނީ ތަ.. އެއްކޮން ..ކޮން އިރަކުން ޖޮބައަށް ނުކުންނަނީ” އަލާނިޔަލް މިލާން އާދިމާ ބަލާލަމުން އަހައިލިއެވެ. “ޔެސް.. ނިމިއްޖެ .. މިހާރު ވޯކް ކުރަން ފަށައިފިން ހޮސްޕިޓަލްގަ..އަދި ޓޫ ޑޭޒް މިވީ” މިލާން ބޯ ޖަހައިލަމުން ރައްދުދިނެވެ.

“ދޮންބެ އާއި ދޮންބެދައްތަގެ ލަވް ސްޓޯރީ ކިޔައިދީބަ..” ޒީވާ އެހެން ބުނުމުން އެންމެން ޔަޒަކްގެ މޫނަށް ބަލައިލިއެވެ.  ޔަޒަކް ހިނިއައިސްފައި އިނދެ މިލާންގެ އުނަގަނޑުގައި އަތް އަޅުވާލަމުން ވާހަކަ ފެށިއެވެ.

“އަހަރުމެން ދެމީހުން ދޯ.. ވަރަށް މަޖާ ގޮތަކަށް ވީ.. އޭރު ޒިވީގެ ކަންތައް ދިމާ ވުމުގެ ކުރިން ދޮންބެ ދިޔައީ ކެނެޑާ އަކަށްނު ..އެދުވަސްކޮޅު މިލާން އައީ ސޯ ދޮންބެ އަކާ ދިމާލެއް ނުވޭ.. އަނެއްކާ ޒިވީ އަށް އެހެން ވީ ރޭގަވެސް އޭނަ ނެތޯ ދޮންބެ އައި އިރު ..އޭގެ ފަހުން ވެސް އެންމެން ހުރި މިންމި އާއި ދިމާވެފަ.. ދޮންބެ ނޫނީ ..ދެން އެގޭގަ އުޅުނަސް މިންމި އެހެން ފްލޯއެއްގަ އުޅެފަ ހުރީ.. އައި ކާންޓް ބިލީވް އެއްގެ ކިތަންމެ މަދު ދުވަސްތަކެއް ވަންދެން އަހަރުމެން އުޅެފަ ހުއްޓަސް ނުފެނި ތިބީމަ.. ދެން  ޒިވީ މާލެ ގެންދިޔަ ދުވަހް ދޮންބެމެން މިގެޔަށް ޗޭންޖް ވީ.. އޭރުވެސް ނުފެނޭ.. ދެން ފަހުން މަންމަ ކަންތައް އެނގުން ދުވަހު މިންމި އަލަށް ވެސް ފެނުނީ.. ދެން އެގެޔަށް ގޮސް ގޮސް  އޭގެ ފަހުން ޑަންޑަން ހެޕެންސް..” ޔަޒަކް ވާހަކަ ނިންމާލި ގޮތުން އެންމެން ހޭންފެށިއެވެ. މިލާން ވެސް ލަދުގަނެފައި އިނދެ ހޭންފެށިއެވެ.

“އީން އާއި ޑިފީ ކިހިނެތް .. އިޓްސް އަންބްލީވަބަލް .. މަށައް ޒާންބެ މެން ނަގާފަ އެންމެ ރޮމޭންޓިކް ވަނީ މިމީހުން.. ބެސްޓްފްރެންޑްސް ޓާންސް އިންޓް ލަވާރސް .. ވޯހް..” ޔޫމީން އިނދެފައި ބުނެލިއެވެ.

އީންގެ އަތްތިލައަށް ބާރުކޮށްލަމުން އަލާނިޔަލް ކުރުގޮތޮތަކަށް އެމީހުންގެ ވާހަކަ ކިޔައިދިނެވެ. ” އައި ލަވް ދިސް ގާލް ސޯ މަޗް .. ސީ އިޒް ދަ އޮންލީ ވަން އަހަންނާއިއެކު ޖެހޭ ކޮންމެ ކަމެއްގަ އަބަދުވެސް އަހަރެންގެ ސައިޑް ގަ ހުންނަ.. އައި ޑިޑްންޓް ނޯ ވެން ޑިޑް އައި ފޯލް ފޯރ ހާ.. އަ ޖަސްޓް ނޯ އައި ލަވް ހާ  އަލޮޓް.. ..” އީންގެ މޫނަށް ބަލަހައްޓައިގެން ލޯބިން ފުރިގެންވާ ފަދައަކުން އަލާނިޔަލް ބުނެލިއެވެ. އީންގެ މޫނުންފެނުނީ ރިތި ހިނތުންވުމެކެވެ. މަޑު ޖަންބު ކުލައެއް އަރާފައިވާ އީންގެ ކޯތާފަތުގައި ހީލަމުން އަލާނިޔަލް މަޑުމަޑުން ހިފާލިއެވެ.

“އޯވްވް ސޯ ކިއުޓް .. ތިމީހުން ކޮން އިރަކުން މެރީ ކުރަނީ..” ޒީޥާ އަލާނިޔަލް އާއި އީންގެ ފޮޓޯއެއް ނަގަމުން އަހާލިއެވެ. ” ނެކްސްޓް މަންތްގަ ކިޔައިގެން މިއުޅެނީ..އިންޝާﷲ  .ތިމީހުން ކޮންއިރަކު މެރީ ކުރަނީ” އީން އަތުގައިން އަގޮއްޓި އާއި ކުޅެލަމުން ބުނެލިއެވެ.

“އަހަންނަށް ވެސް މީހަކު ޕްރޮޕޯސްކުރި އޭ..އެކަމަކު އިންނާކަށް ނާހަ.. ރައްޓެހިވާން އެހީ.. ލުކް އެޓް މައި ފިންގާސް .. ދޯސް އާ އެމްޕްޓީ.. ” އިނގިލިތައް ދައްކާލަމުން ޒިޥާ ބުނެލި އެތިން އެންމެން ގާތައް ހިނިއައެވެ. އިޒާން ވެސް ޒީވާއާ ދިމާ ލާނެތްގޮތަކަށް ހީލަމުން  ބަލައިލިއެވެ.

“ބްރޯ.. ލަސްވެގެން ގާގަނޑަކުން ޖަހައިފި.. އަވަހަށް އެކަމާ އުޅޭ..” ކައިވަން އިޒާން ޢާއި ދިމާ ބަލައިލަމުން ހޭންފެށިއެވެ.

އިޒާން ވެސް ހީހީފައި ޒީވާގެ ގައިގާ ފަހަތުން ކުޑަކޮން ބައްދާލިއެވެ. “ބޭބީ ހާދަ ޕޭޝަންސް ނެތޭ ދޯ.. އަވަސް ކޮށްލަން ވީތަ..އޫމް..” ޒިވާގެ ކަންފަތް ދޮށުގައި ވައި އަޑުން  އިޒާން ބުނި އެތިން ޒީވާ ލަދުން ގޮސް މޯޅިވިއެވެ. ދެނޭ ކިޔާ ކުސް ތަޅާލަމުން އިޒާންގެ ގައިގާ  ޒީވާ ވިކަލިއެވެ.

“ތިމީހުންނަށް އެގޭތަ މީނދަ މީހާ އީންއަށް ޕްރޮޕޯސް  ކުރަން އުޅުނު ޙާލު.. މަށާ އީން އާ ޑިފީ އާ ޒިވީ އާ ހަތަރު މީހުން އިންނާނެ ގްރޫޕެއް.. މަށާ ޒީވާއަށް އެނގޭ މީނަ އީން ދެކެ ލޯބިވާކަން .. ދެން މަ މިއަހަނީ  ޑިފީއަށް ވަކިން މެސެޖްކޮށްފަ ކޮބާ ކޮންއިރަކުންހޭ އީން ކާރީގަ ބުނަނީ.. މީނަ ކިޔާފި.. ކިހިނެތް ހޯ އެނގުނީ.. ދެން މަކިޔާފިން އިނގުނު ގޮތެއް ބަލާނެކަމެއް ނެތެންނޫން ހޭ ތިކަން އަވަހަށް ނިންމާން އުޅޭށޭ.. ދެން މިޑިފީގެ ހަބަރެއް ނުވޭ.. މީނަ އަށް ވީގޮތެއް ނޭނގިގެން މަ ޒީވާ ލައްވާ ވެސް ޑިފީއަށް އަށް މެސެޖް ކުރުވިން .. މީނަ ހީކުރިއްޔޯ ޒީވާ މެސެޖް ކުރީ ގްރޫޕަށޭ.. މީނަ އީން އިން ކަމެއް ނޭނގެ އަހަނީ ގްރޫޕްގަ ކިހިނެތް ހޯ އީންއަށް ޕްރޮޕޯސްކުރާނީ…ދެން ޒީވާ ރުޅިއައިސްގެން ހަޅޭއްލަވަނީ ހަމަ މިހާރު ގުރޫޕް އިން މެސެޖް ޑިލީޓް ކޮށްލާށޭ ކިޔާފަ..  ނަސީބަކުން އީން އޮފްލައިންގަ އިނީ.. ހީހީ ގޮސް ކިރިޔާ އަވަދި ނުވީ ދޯ ޒީވާ..” ކައިވަން ހީހީފައި އެވާހަކަ ކިޔައިދިނުމުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.. އީން ވެސް ހީހީފާ އެއީ ތެދެއްހޭ  އަހައިލިއެވެ.

“އާނ … ނޭނގޭނެ ދޯ ކެރެޓް މެސެޖްކޮށްފަ އިރޮޅެއް ނުވެ ޒިވީ މެސެޖް ކުރި.. މަ ހީކުރި ޒިވީ ގްރޫޕްގަ އެހެން އެހީ ކަމަށް ..އެހެންޏާ ވެސް ކަމެއް ޥާ އިރަށް ގްރޫޕްގަ ވިއްޔަ ހަތަރު މީހުން ޝެޢާރ ކުރަނީ.. ކެރެޓް އެވާހަކަ ދައްކަން ހުއްޓާ ޒިވީ އެހީމަ އެހެން އެވީ..” އަލާނިޔަލްވެސް ދެރަ ނުވާންވެގެން ބުނެލިއެވެ.

“ހަމަ އެހާ މޮޔަތަ … އަހަހަހާ.. ކިހިނެތް ޕްރޮޕޯސް ކުރީ ދެން ..” ޔަޒަކް ގެ ޖުމްލައިން ފެށުނީއެކި މީހުން ޕްރޮޕޯސް ކުރި ގޮތް އެހުމެވެ.

“މީނަ އަހާފިއެއްނު .. އެނގޭތަ  މީނަ މިންމިއަށް ޕްރޮޕޯސް ކުރީ  ކިހިނެތްކަން .. މިންމި ނިދާފަ އޮއްވާ މަ ކާރިން ކީ ހޯދައިގެން އައީ ދަންވަރު ޕްރޮޕޯސް ކުރަން.. ނިދާފަ އޮއްވަ މީހަކު ރޫމްގަ އުޅޭހެން ހިވެގެންނޯ މިންމި އޮތީ އެމީހަކު ހަދާ އެއްޗެއް ބަލަން.. ދެން ބެޑާއި އެމީހަކު ކާރިވާތީ މިންމި ފުންމައިގެން ތެދުވެ  ޖަހާލީ ޒެކް ގެ ބޮލުގައި  ފިހިގަނޑުން … ފިހިގަނޑުން ޖެހިއްޔެއް ނޫނޭ.. އެ ބިއްދައިގެން ދަންދެން މިންމި ހަމަ ތަޅަނީ ފިހިގަނޑުން ޒެކްގެ ގައިގަ.. ޖެހުނު ތަނެއްގަ ވިއްޔަ ޖެހީ ހަމަ.. އެވަރު ނުވެގެން މިންމި ފެންފުޅިއެއް ހިފައިގެން އައިސް ޒެކްގެ ބޮލަށް ފެންއަޅާ ހުރި ކަމެއް އެރޭ. މިންމި މަށައް  ގުޅި އިރު ވެސް ހުރީ ރޮވިފަ.. މީހަކު އެބޯޅެ އޯ ތިމަންނަ ރޫމްގަ ކިޔާފަ ގުޅީ..މަށައް އެގިއްޖެ ހަމަ ވަގުތުން މީޢްޗަކު ކަން.. ޒެކް އޮވެގެން އޭރުވެސް ކީމޯ މީ މަށޭ..  އެންމެ ފަހުން ފާހާނާގަ އިން  ޝޭމްޕޫ ފުޅި ހިފައިގެން އައިސް ޒެކްގެ މޫނައް އޮއްސާލި  ގަނޑީގަ އެނގުނީ އެއީ ޒެކް ކަން.. މަށައް އާދެވުން އިރު ހުރިހާ ކަމެއް ވެ ނިމިއްޖެ.. އެކަމް ހުރި ގޮތް ފެނުނީމަ ދެން ހެއުނީ..” އިޒާން ހީހީފައި އެރޭގެ ފޮޓޯއެއް އޭނާގެ ފޯނުން ދައްކާލި އިރު އެންމެން ތިބީ ހީހީގޮސް ބަލިވެފައެވެ..

“ދޮންބެ ދޯ.. އެކަމަކުވާ މިއޮތީ ކޮށްލާފަ އޮތް ވާރު ވިއްޔަ..” ހީހީ ގޮސް ޒީވާ އަށް ޥާހަކަ ނުދެއްކެއެވެ.

އެއަށްފަހު ފަހަރަކު މީހަކު އެމީހުން ލޯބި ހުޝައެޅިގޮތް ކިޔާދިނެވެ. އެންމެ ރިއްޗަށް ލޯބި ހުށަހެޅިފަ އޮތީ ކައިވަން އަށެވެ. އެންމެ ދޯދިޔާ ކަމަށް ވޯޓް ލިބުނީ އިޒާންއަށެވެ.

ފުދޭވަރަކަށް ގިނައިރު ވާހަކައިގައި ތިބެފައި އެންމެން ތެދުވެގެން ދިޔައީ މާދަމާއިން ފެށިގެން ނުހަނު ބިޒީކޮން ޔަޒަކްއާއި މިލާންގެ ކައިވެނީގެ ކަންތަކުގައި އުޅެންޖެހޭނެތީއެވެ. މިލާން އީން އާއި ޔޫމީން އަދި ޒީވާ ލައިގެން ގްރޫޕެއް ހަދާފައި މާދަން ދިމާވާނެ ކަމަށް ބުނެ ގެޔަށްދާންނުކުތެވެ.

“މާދަން އަންނާނަން އިނގޭ.. ލަވް ޔޫ ދޫނީ.. ގޮސް ފަ ގުޅާނަން .. މިރޭ މިންމި ގޮޥާގެން ދާން ވެގެން އަވަހަށް މިދަނީ..” އިޒާން ޒީވާގެ ގައިގާ ބައްދާލިއެވެ.  “އިޓްސް އޯކޭ.. ޔެސް މާދަން އަންނާތި.. ގުޅާތި އިނގޭ..” ޒީވާ އިޒާން ދާންފެށުމުން އަތް ހޫރުވާލަމުން “ގްޑް ނައިޓް” ބުނެލިއެވެ.

***

ޖެހިގެން އައި ހުކުރު ދުވަހަކީ ގުރެޑުއޭޝަން ސެރެމޮނީ އޮތް ދުވަހެވެ. ނަމަވެސް ބްރާސްފަތި ދުވަހު ޒީޥާ ގަދަ ހުމުގައި އުޅެން ޖެހުމުން ހުކުރު ދުވަހުގެ ޖަލްސާއަކަށް ދެވޭގޮތެއް ނުވިއެވެ. ހުކުރު ދުވަސް ވެގެން އައި އިރުވެސް ޒީވާ ނުހަނު ހުން ގަދައެވެ.  އެހާ ވަރަށް ތައްޔާރު ވެފައި ހުއްޓާ ނުދެވުމުން ޒީވާ ދެރަވެގެން ލަވާލްގެ ގައިގާ ބައްދާލައިގެން އޮވެ ރޯން ވެސް ރުޔެވެ. ހުކުރު ދުވަސް ކަމުން އޮފް ދުވަހަކަށް ވާތީ އިޒާން މުޅި ދުވަސް އެއްކޮންހެން އުޅުނީ ޒީވާގެ ގާތުގައިއެވެ. އިޒާން އައުމުން ވެސް ޒިވާ ރޮއެ ރޮއެފައި އެހެން ކިއެވެ.

“އިޓްސް އޯކޭ ބޭބީ.. ދެން އޮންނަ އިވެންޓްއަކަށް ދާނީ އޭ ނޯވޮރީސް .. އެހެން ކުއްޖެއް ވަރަށް ފަސޭހައިން އެ ބަޔާ ހަވާލް ވެއްޖެ.. އަހަރެން ވެސް ނުދާނަމޭ….” އިޒާން ފެންތައްޓަކާއި ބޭސް  ގުޅަ އެއްދީފައި ވަރަށް ލޯބިން ޒީވާގެ ބޮލުގައި ފިރުމާލިއެވެ. ޒީވާ ކިޔުމުން ވެސް އިޒާން އެ ޖަލްސާއަށް ދާ ހިޔާލެއް ނުކުރިއެ ވެ.

*****

ދުވަސްތައް އަމާންކަމާ އެކު ވޭތުވަމުން ގޮސް ޔަޒަކް އާއި މިލާންގެ ކައިވެނި ކުރަން އޮތް ދުވަސް އައިސް ޖެހުނެވެ. ކެރާގެ އުނދަގުލެއް ނުފޯރާތީ އެންމެން ހަމަޖެހިފައި ތިބި ނަމަވެސް އަބަދުވެސް އެ ބިރުވެރިކަން ހިތުގައި އޮވެއެވެ.

***

ޔަޒަކްގެ ކައިވެނި ދެދުވަސްފަހުން އޮތުމުން ނުހަނު ބިޒީކޮން ހުރިހާ އެންމެންވެސް މަސައްކަތް ކުރަމުން ދިޔައެވެ.  ގޭތެރޭގައި އެކި ކަންކަމުގައި ޔާސިރް މެން އުޅެނިކޮން މާއިސް އައިސް ދިން ހަބަރަކުން ޔާސިރް އާއި އައްޒާމް ވަގުތުންމާއިސް އާއިއެކު ދިޔައެވެ.

ކެރާގެ އަމްރަށް ނުކިޔަމަންވި މީހަކު އަނެއްކާ ވެސް އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނީއެވެ. ޔަޒަކްގެ ކައިވެނީގައި ބައިވެރި ނުވެވުނަސް ޔާސިރްއާއި އައްޒާމް އަށް މުހިއްމުވީ އިތުރު ބައެއްގެ ފުރާނަ ނުގެއްލެނީސް އެކަމާއި ދިޔުމަށެވެ.

އެދުވަހު މާއިސް އާއި އައްޒާމް އަދި ޔާސިރް ވެގެން ކެރާއާއި ދެކޮޅަށް ހެކިވެރިންނާއި އެކު އެމީޙުންގެ ދުނިޔޭގެ އެންމެ ވަރުގަދަ އިސް މީހުންނާއި ހަމަޔަށް ކެރާގެ ކަންތައް ގެންދިޔައެވެ. އެންމެން  ހައިރާން ކޮށްލީ ޔާސިރްމެން ފަހަތުން އެތަނަށް ވަން ސިފްރީނާ ފެނުމުންނެވެ. އޭނާ އަމިއްލައަށް ކެރާ  އާއި ޒިރާސް ގެ ވާހަކަ ވެސް  ކިޔައިދިނުމުން ޔާސިރް އާއި އައްޒާމް ނުހަނު ހައިރާންވިއެވެ. ސިފްރީނާ އެދެމީޙުންގެ ކިބައިން މާފަށް އެދި ވީހާވެސް އަވަހަކަށް ކެރާއާއި ޒިރާސްގެ އަތްދަށުން މަރުވި މީހުންނަށް އިންސާފް ހޯދާދޭން އެދުނެވެ. އައްޒާމް  އާއި ޔާސިރް ގެ ބައްޕަ ހަމްދޫން މަރުވުމުގައި ޒިރާސްގެ އަނިޔާވެރިކަން އިންތިހާ އަށް ވާތީ މާފް ނުލިބޭނެ ކަން އެނގިހުރެ ވެސް ސިފްރީނާ ރޮއެރޮއެފައި މާފަށް އެދުނެވެ.

އެތެއްފުރާނައެއް ކުށަކާއި ނުލާ ދުއްވާލާފައިވުމުން އެއާއިލާތަކުން ތިބީ ކެރާ އާއި ދެކޮޅަށް ކަމެއް ހަމަ ނުހިގާގެންނެވެ. ޔާސިރްމެންގެ ސަބަބުން އެމީހުންނަށް ހިތްވަރު ލިބި އެމީހުންވެސް ބޭނުންވީ ކެރާއާއި އޭނާގެ އާއިލާގެ ގާތުން ރަނގަޅާށް  ބަދަލް ހިފާށެވެ.

ކެރާގެ ނުބައި ކަން ހާމަ ވުމުން  އެންމެ އިސްވެރިން ތިބީ ނުހަނު ރުޅިގަދަ ވެފައެވެ. އަނިޔާ ވެރިކަމާއި ނުފޫޒުން ވެރިކަން ކޮށް އެތައް ބައެއްގެ ފުރާނަ ދުއްވާލައިފާ ވާން ސާބިތުވުމުން ކެރާ ވެރިކަމުން ބޭރުކުރިއެވެ.

ކެރާ އާއި ޒިރާސް ހޯދުމަށް ނެރުނު  އަމްރައިގެން އިސްވެރިންގެ ހާއްސަ ބަޔަކު އެމީހުން ހޯދުމަށް ނުކުތެވެ. ނަމަވެސް އެދެމީހުންގެ ހިލަމެއް ނުވިއެވެ. އެތައް އިރަކު ހޯދުމުގައި އުޅުން ނަމަވެސް ފެންނަ ވަރެއް ނުވިއެވެ. އެމީހުން ފެންނަން ދެން ހޯދުމަށް އެ ބިމުގެ ގިނަ އާންމު ބަޔަކު ވެސް އެހީވަމުން ދިޔައެވެ.

އެތައް އަހަރެއް ފަހުން އެއްބައިވަންތަ ކަމުގެ އަސަރް އެތަނުންފެންނަން ފަށައިފިއެވެ.

ޖެހިގެން އައި ދުވަހަކީ މުޅި އެ ފަސްގަނޑަށް ވެސް ލިބުނު ނުހަނު އުފާވެރި ދުވަހެކެވެ. ޔާސިރް އާއި އައްޒާމް އަދި އެތައް ބައެއްގެ ހިތްވަރުން މާއިސްއަށް ވެރިކަން ހޯދައި ދެވުނެވެ.

މާއިސްވެގެން ދިޔައީ ނުހަނު ހިތްތިރި އަދި އެންމެން ގަޔާ ވާފަދަ ވެރިޔަކަށެވެ . ކެރާ އާއި ޒިރާސް ފެންނަން ދެން ސިފްރީނާގެ ސަލާމަތައް އެންމެ ރަނގަޅު ގޮތެއް ކަމަށް އެމީހުންނަށް ފެނުނީ ސިފްރީނާ ގޮވައިގެން އެނބުރި ސްވިޒާރލޭންޑަށް ދިޔުމަށެވެ. ދިޔުމުގެ ކުރިން މިލާންގެ މައިންބަފައި ތިބި ޖަލަށް ޔާސިރް އާއި މާއިސް ދިޔައެވެ. އައްޒާމް ސިފްރީނާ ގޮވައިގެން ސްވިޒާރލޭންޑަށް ދިޔައެވެ.

މިލާންގެ މަންމަ މާޔާ އާއި ބައްޕަ ދާނިޔަލް ހައްޔަރުކޮށްފައިވާ ޖަލަށް ދިޔައިރު އެމީހުން ތިބި ހާލު ފެނުމުން ކިތައްމެ  ހިތްވަރުގަދަ ފިރިހެނެއް ކަމުގައި ވިޔަސް ޔާސިރްއަށް ރޮވުނެވެ. މާޔާ ފެންނަނީ ނުހަނު ވަރުބަލި ކޮންނެވެ. މީހާ ހިކިފައި ހުރި އިރު  ހަންގަނޑަށް ވެސް ވަނީ ކޮންމެވެސް ވަރަކަށް  ދޫ ޖެހިފައެވެ.  ދާނިޔަލްގެ މޫނުން މަތިންވެސް ހިތާމައިގެ އަސަރް ފެނެއެވެ. ތުނބުޅި މަތިމަސް އަދި އިސްތަށިގަނޑު ނުރަ ކުލައިގައި ހުރި އިރު ދިގު ވެފައި ވާތީ މީހާގެ ސިފަވެސް ހުރި ގެއްލިފައެވެ.

ދާނިޔަލް އާއި މާޔާގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމާއި ބިރުވެރިކަމެވެ. ހައިރާންކަން ވެސް މެއެވެ.

އެމީހުން އެތާގައި ހައްޔަރު ކުރި ފަހުން ކެރާ އާއި އެމީހުންނަށް ކާން ގެންނަ މީހާ ނޫން އިތުރު މީހެއް މާޔާ އަދި ދާނިޔަލްއަކަށް ވެސް ފެނިފައެއް ނުވެއެވެ.

“ބިރު ނުގަނޭ ..އަހަރެން މީ ޔަޒަކްގެ  ބައްޕަ.. މިލާންގެ ވާން އުޅޭ ފިރިމީހާ ޔަޒަކްގެ ބައްޕަ.. ދާނިޔަލް އާއި މާޔާ ބަލާ މިއައީ ހިނގާ ދަމާ ..” ޔާސިރްގެ ވާހަކައިން މާޔާ  އާއި ދާނިޔަލްއަށް ލިބުނީ ވަރުގަދަޝޮކެކެވެ.

ވަގުތުން މާޔާ ކީކޭހޭ އަހައިލިއެވެ.

“.. ދާ މަގުމަތީގަ ކިޔައިދޭނަން ” މާއިސް ދާނިޔަލްގެ އަތުގައި ހިފައިގެން ނުކުން އިރު ޔާސިރް ވެސް މާޔާގެ އަތުގައިހިފައިގެން ނުކުތެވެ.

ޔާސިރް އާއި މާއިސް، ދާނިޔަލްއާއި މާޔާގެ އަތުގައި ހިފައިގެން ކޮންމެ ވެސް އެއްޗެއް ކިޔަޥާލަމުން ދެލޯ މަރައިލި ހިނދު އެދެމީހުންގަތީ ބިރެވެ. ނަމަވެސް ކެތްކޮށްލައިގެން ތިބީ ޔާސިރް ދެޅޮ މަރައިގެނން ހުރުމަށް ބުނުމުނެވެ. އިރުކޮޅެއްފަހުން  ފަހުން ހުދުކުލައިގެ ފިނި ދުމެއް އެހަތަރުމީހުންގެ ކާރީގައި ވަށަލިއެވެ.

ދުންގަނޑު  ސާފްވިއިރު އެމީހުންނަށް ތިބެވުނީ އައްޒާމްމެންގެޔާއި ދިމާ ވަލުތެރޭގައިއެވެ.

” ހިނގާ ދަމާ.. މިޙާރު އެއޮތް އިރު އޮއްސެން ކާރި ވީ .. މާދަން ނޫން އަނެއް ދުވަހު ވެޑިން  އޮތީ..” ޔާސިރް ގެ ފަހަތުން ދެންތިބި މީހުން ވެސް ދިޔައެވެ. އިޒާންމެންގެޔަށް ވަން އިރު އައްޒާމް އާއި ސިފްރީނާ ސިޓިން ރުމުގައި ތިއްބެވެ..

ދެ ކާރުގައި އެންމެން މިސްރާބު ޖެހީ ޔާސިރް މެންގެޔަށެވެ.  ހުރިހާ އެންމެން ވާނީ އެގޭގައި ކަން ޔާސިރްއަށް އެނގެއެވެ.

****

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު