ހިރާސް 1 (42) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (42)

ދުންގަނޑު  ސާފްވިއިރު އެމީހުންނަށް ތިބެވުނީ އައްޒާމްމެންގެޔާއި ދިމާ ވަލުތެރޭގައިއެވެ.

 

” ހިނގާ ދަމާ.. މިޙާރު އެއޮތް އިރު އޮއްސެން ކާރި ވީ .. މާދަން ނޫން އަނެއް ދުވަހު ވެޑިން  އޮތީ..” ޔާސިރް ގެ ފަހަތުން ދެންތިބި މީހުން ވެސް ދިޔައެވެ. އިޒާންމެންގެޔަށް ވަން އިރު އައްޒާމް އާއި ސިފްރީނާ ސިޓިން ރުމުގައި ތިއްބެވެ.

ދެ ކާރުގައި އެމީހުން މިސްރާބު ޖެހީ ޔާސިރް މެންގެޔަށެވެ.  ހުރިހާ އެންމެން ވާނީ އެގޭގައި ކަން ޔާސިރްއަށް އެނގެއެވެ.

ދިޔަ މަގުމަތީގައި ޔާސިރް ، ދާނިޔަލް އާއި މާޔާއަށް ހުރިހާ ވާހަކައެއް ނުހަނު ތަފްސީލްކޮން ކިޔާދިނެވެ. ޔާސިރްގެ އާއިލާ ވާހަކާއާއި ޔަޒަކް އާއި މިލާންގެ ގުޅުމުގެ ވާހަކަ އަދި އިޒާން، މިލާން ސަލާމަތް ކޮށްގެން ބެލި ގޮތް ވާހަކަ ވެސް ކިޔާދިނެވެ. ބިރުގަންނަމަވެސް ދެމީހުންނަށް ވެސް އުފާވެރިކަން ލިބުނީ މިލާން ހުރީ ސަލާމަތުން ކަން އެނގުމުންނެވެ. އެދެމީހުން ހިތުގެ އަޑިން މިލާންއާއި ޔަޒަކް ގެ ގުޅުމަށް އެއްބަސް ވިއެވެ.

***

“ޒެކް .. ކޮބާ މިންމި ދިޔައީ ތަ.. މިއޮތީ ޑްރެސް ގެނެސްފަ…..” ޔަޒަކް ގެ ކޮޓަރިޔަށް ވަން އީން އަހައިލިއެވެ. އޭނާގެ ފަހަތުން ޔަމްހާ ވެސްވަނެވެ. އޭރު ޔަޒަކް، އިޒާން އަދި އޭނާގެ އިތުރު ދެ ރަހްމަތްތެރިންނާއި އެކު ކޮޓަރީގެ ބެލްކޮނީގައި ކޮފީ ބޯން ތިއްބެވެ. އީންގެ އަޑު އިވުމުން ޔަޒަކް ނުކުތެވެ.

“އޭނަ ދިޔައީ ސައިބޯން.. މަންމަޔާ  ޔޫމީ އާ އެއްކޮން ދިޔައީ….” ޔަޒަކް، އީންގެ އަތުގައި އޮތް ހެނދުމަށް ބަލައިލިއެވެ. އީން ބޯޖަހައިލަމުން ޔަޒަކްއަތައް ހެދުން ދިނެވެ.

“އީން ގަދައޭ.. ހަމަ އެކަނި ޑޮކްޓަރެއް ނޫނޭ މީ ދޯ.. ހެދުން ޑިޒައިނާރ އަކަށް ވެސް މިވަރެއް ނެތް .. ވޯހް..” ޔަޒަކް، މިލާންގެ ހެދުމަށް ބަލަހައްޓާއިގެން ހުރި އިރު އޭނާގެ އަނގައިން ތައުރީފް ހުސްނުވެއެވެ.

މިލާންގެ ކައިވެނީގެ ހެނދުން ތައްޔާރު ކޮށްދިނީ އީންއެވެ. އީންގެ މަންމަ އާޔާގެ ފަރާތުން ހެނދުން ފެހުމުގެ ހުނަރް ވެސް ވަނީ އީންއަށް ލިބިފައެވެ. އާޔާއަކީ ފެހުމަށް ނުހަނު ކުޅަދާނަ އަންހެނެކެވެ.

އީންގެ ހުނަރުން ޔަމްހާވެސް އާޝޯހްކޮށްލިއެވެ. އެންމެން ތައުރީފް ކުރަން ފެށުމުން އީން ހުރީ ލަދުގަންނަ ގޮތް ވެފައެވެ. އެހެން ހުއްޓާ އަލާނިޔަލް ގުޅިކަން ވެސް ނަސީބެކޭ ހިތައް އެރިއެވެ. ޔަޒަކް އާއި ޔަމްހާއަށް ފޯނު ދައްކާލައިފާ ޔަޒަކްގެ ކޮޓާރިން އީން ނުކުތެވެ. ފޯނު ނަގާފައި އޭނާ މިސްރާބު ޖެހީ ޒީވާގެ ކޮޓަރިޔަށެވެ.

“ހަލޯ.. ކޮންތާކު.. އަހަރެން ހާދަ ގު..” އެކޮޓަރިން ބޭރަށް ނުކުމެ ހިނގައިގަންނަމުން އީން ކަންފަތުގައި ފޯނު ޖަހައިލިއެވެ.  ފޯނުން ދައްކަ ދައްކާ ހުއްޓާއި ކުއްލިޔަކަށް އީން ސިހުނީ އޭނާގެ އަތައް މީހަކު ދަމާލުމުންނެވެ. ޖެހުނު ގޮތުން ނޭފަތައް ތަދެއް  ވެސް އެރިއެވެ. ނޭފަތުގައި އަތް އަޅާއިގެން ހުރެ އިސް އުފުލާލި އީންގެ ދެލޮލުން ފެންވެސް ހުރީއައިސްފައެވެ. އީން ބަލައިލި އިރު އަލާނިޔަލް އެވެ. ސިއްސައިގެން ދިޔަވަރުން އީންއަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ..” ޑިފީ … ކިރިޔާއޭ ބިރުން ހަލާކު ނުވީ.” އަލާނިޔަލްގެ މޭގައި އީން އަށް ތަޅާއިގަނެވުނެވެ. އަލާނިޔަލް ހިނިއައިސްފައި ހުރެ މާފަށް އެދެމުން  އީންގެ އަތުގައި ހިފާގެން  އެންމެ ކާރިޔަށް ހުރި ޔޫމީންގެ ކޮޓަރީގެ އެތެރެއަށް ވަދެ ދޮރު ޖެހިއެވެ. ޔޫމީން ކޮޓަރީގައި ނެތް ކަން ވެސް ނަސީބެކޭ އީންގެ ހިތައް އެރިއެވެ.

އީން  ހައިރާންވެފައި ހުރެ އަލާނިޔަލްގެ މޫނަށް ބަލައިލިއެވެ. އަލާނިޔަލްގެ  ތޫނު ނަޒަރު އީންގެ މޫނަށް ހުއްޓިފައި ހުރުމުން އޭނާގެ މޫނަށް ޖަންބުކުލަ ފާއްދައިލިއެވެ.

“އައި މިސްޑް ޔޫ …”‘ އަލާނިޔަލް ނުހަނު ބާރަށް އީންގެ ގައިގާ ބައްދާލިއެވެ. އީން ވެސް ހީލައިފައި ހުރެ އޭނަގެ ގައިގާ ދެއަތް ވަށައިލިއެވެ.

“އެކަމް އަދި ދިހައެއް ޖެހީ ހެނދުނު.. އިރު އެރިފަހުންވެސް ހަތަރު ފަހަރަށް ފެނިއްޖެ.. ޑިފީ އަހަރެން ދެކެ ތިވަނީ އާދައިގެ ލޯތްބެއް ނޫން އެހެން ވީމަ..”  އީން ހޭންފަށަމުން ބުނެލިއެވެ. އަލާނިޔަލް  ދުރުވެލާފައި އީންގެ ކޯތާފަތުގައި ދެއަތުން ހިފާލިއެވެ. “އަހަރެން އީންގެ ކުރިމަތިން ސިކުންތަކަށް ދުރަށް ދިޔަސް އަހަރެން މިސް ވޭ.. އައި ރިއަލީ ލަވް ޔޫ.. ހީ ނުވަނީތަ ލޯބިވާ ހެން..” އަލާނިޔަލް ، އީން އާއި ކުރިޔަށް ވުރެން ގާތައް ޖެހިލަމުން އީން ގެ މޫނާ އޭނާގެ މޫނާ ޖެހޭ ނުޖެހޭވަރަށް ކާރިކޮށްލިއެވެ.

އަލާނިޔަލްގެ މޫނު އެހާ ގާތުން ފެނުމުން އީންގެ ގައިގާ ވީހާ ލޯއްޔެއް ކޮޅަށް ޖެހުނެވެ. އަލާނިޔަލްގެ އެތޫނު ނަޒަރު އޭނާގެ ހިތައް ހީވީ ބިންހެލުމެއް ގެނައި ހެންނެވެ. ހިތް ތެޅެމުންދިޔަ އަޑު އަލާނިޔަލްއަށް ނީވޭނެ ކަމެއް ވެސް ނޭނގެއެވެ. “ތެދެއް .. އީން ހީނުވަނީތަ…”އިންގެ އަނގައިން ޖަވާބް ނައުމުން އަލާނިޔަލް އަނެއްކާވެސް އަހައިލިއެވެ.

“ނު..ނޫން އިނގޭ ލޯބިވާ ކަން…އެންޑް އައި ލަވް ޔޫ މޯ.. ” އީން ކުޑަކޮން ހީލައިގެން ހުރެ  އަލާނިޔަލްގެ ތުންފަތުގައި ބޮސްދިނެވެ. ދެވަނަ ސިކުން ލަދުގަންވަރުން އީން އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް އީން އަށް ދެވުނީ ކުޑަ ތަންކޮޅަކަށެވެ. އީން ލަދުގަނެފައި ހުރިވަރު ފެނުމުން އަލާނިޔަލްގެ ގާތަށް ހިނިއައެވެ. އޭނާ ބޭނުންވީ އީން އިތުރަށް ލަދު ގަންނަވާލާށެވެ.

އަލާނިޔަލް  އީން އަތުގައި ހިފާ ދަމާލަމުން އޭނާ އީންގެ މޫނުއި ދިމާލަށް ގުދުވިއެވެ. ދެތިން މިނެޓްފަހުން ދުރުވެލާ އީންގެ މޫނަށް އަލާނިޔަލް ބަލައިލިއެވެ. އީން ދެލޯ މަރައިލާގެން ހުރި ތުންފަތުގެ ރަތް ކަން ދެގުނައެވެ. އީންގެ ކޯތަފަތުގައި އަލާނިޔަލް ބޮސްދިނުމުން އީން ލޯ ހުޅުވާލިއެވެ.

” ހިނގާބަ އަހަރުމެން ވެސް މެރީ ކުރަން .. އައި ކާންޓް ވެއިޓް..” ލަދުން ވިރެން ކާރިވެފައި ހުރި އީންގެ އުނަގަނޑުގައި އަތް އަޅުވާލަމުން އޭނާގެ މޫނަށް ބަލައިލާ އަލާނިޔަލް އަހައިލިއެވެ.

“ހަމަ ކުރަންވީ.. ” އީން އިސްޖަހައިގެން ހުރެ ކިރިޔާ އަލާނިޔަލްއަށް އަޑު އިވޭވަރަށް ބުނެލިއެވެ.

“އޯހް އިޓްސް ޑަން … މާދަން އީންގެ މަންމަގާތައް ހުއްދަ ހޯދަން ދާނަން ..” އަލާނިޔަލް އީންގެ ގައިގާ ބައްދާލި އިރު އޭނާގެމޫނުން ފެނިގެންދަނީ އުފާވެރިކަމެވެ. އީންވެސް  ހީލައިގެން ހުރެ އަލާނިޔަލްގެ ބޮލުގައި އަތް ހިންގާލިއެވެ.

އެކަކު އަނެކަކުގެ އަތު ތެރެއަށް ގެއްލިފައި ތިބި އަލާނިޔަލް އާއި އީންއަށް ސިހުމެއް ލިބުނީ އެކޮޓަރީގެ ދޮރު ހުޅުވާލައިފާ ވަން ޒީވާގެ އަޑުންނެވެ. އޭނާގެ ފަހަތުން ވަން ކައިވަން އާ ޔޫމީން ވެސް ދިޔައީ ސިހިގެންނެވެ. ކައިރިގައި ހުރި ނީކިޔާ މޫނުމަތީގައި އަވަސް އަވަހަށް ޔޫމީން އަތް އަޅައިލިއެވެ. “ކޮކީ ހިނގާ އަހަރުމެން ދާން..” ނީކިޔާ ގެ މޫނުގައި އަތް އަޅައިގެން ޒީވާ ނުކުންނަމުން އީން އާއި ދިމާކޮށްލަމުން ލާނެތް ގޮތަކަށް ހީލއެވެ.

އީން ލަދުގަންވަރުން އަލާނިޔަލްގެ ބަނޑުގައި ވިކާލިއެވެ. އަލާނިޔަލް ވެސް ހެވިފައި ހުރެ އީންއަށް ލޯމަރައިލިއެވެ.

“މި ދެމީހުން މީ ދޯ ނުފެނިގެން މިއުޅޭ ކަމަކީ.. ހީވަނީ ކުރެވެން އުޅެނީ މިދެމީހުންގެ ކައިވެނި ހެން .. ” ޔޫމީން އެމީހުންނާއި ދިމާކޮށްލިއެވެ. ކައިވަން ވެސް ޔޫމީން ގެ ވާޙަކައިން ހޭން ފެށިއެވެ. އެކަކު އަނެއްކަކާ ދިމާކުރުމުގައި ތިބެފައި ޒީވާ ގޮވަން ފެށުމުން ހަތަރު މީހުން އެކުގައި ނުކުމަތެވެ.

އެހެން މީހުންނެކޭ އެއްފަދައިން ޔޫމީން ވެސް އަލާނިޔަލްގެ ގާތުން މާފަށް އެދި އެދެމެދުގައި މަދު ދުވަސްތަކެއްގެ ތެރޭގައި ނުހަނު ގާތް ގުޅުމެއް ވަނީ އުފެދިފައެވެ.

 

***

” މިންމި ހަމަ އޯކޭ ދޯ.. ދުލެއް ނޫން ދޯ..” ޒީވާގެ ކޮޓަރީގައި ހުރި  ބޮޑު ލޯގަނޑެއް  ކާރީގާއި ކައިވެނީގެ ހެދުން ހެޔޮވަރު ކުރަން ހުރި މިލާންގެ ގާތު ވަށައިގެން ހިނގާލަމުން އީން ބުނެލިއެވެ. މިލާން ހަތަރު ވަރަކަށް ރައްޓެހިން ވެސް އެދުގައި އިށިނދެގެން ތިއްބެވެ. އެ ބޮޑު ހުދު ހެދުމުގައި މިލާން ރީތިކަމުން އެމީހުން ތިބީ އާޝޯހްވެފައެވެ.

“ވޯހްހް.. މިންމީ ޔޫ ލުކް ވޯވް..ސޯ ޕްރެޓީ ” މިލާން ގެ ރަހްމަތްތެރި ލިސާ ނުހުރެވިގެން ތައުރީފް ކޮށްލިއެވެ. މިލާން ލުއި ގޮތަކަށް ހީލަމުން ލޯގަނޑަށް ބަލައިލިއެވެ. އިސާހިތަކުން ލަދުން މޯޅިވިއެވެ. ޔަޒަކް ގެ އަންބަކަށް އޭނާ ވާން ދެދުވަސް ވެސް ނެތްކަން ހިތައް އެރުމުން ތުންފަތުގައި ދައިގަނެވުނެވެ. ނަމަވެސް ދެވަނަ  ސިކުންތުގައި ލޮލަށް ކަރުނަ ޖަމާވީ ދާނިޔަލް އާއި މާޔާގެ މަތިން ހަނދާން ވުމުންނެވެ.  ހުރި ހަމަ އެކަނި ދަރިފުޅުގެ ކައިވަނީގައި އެމީހުންނަށް ވެސް ބައިވެރި ނުވެވުމުން އޭނާ ފަދައިން އެމީހުން ވެސް ދެރަ ވާނެ ކަން އިހްސާސް ވިއެވެ.

މިލާންގެ ކަރުނަތައް ފެނުމުން އީން އާއި މިލާންގެ ރަހްމަތްތެރިންނަށް އެކަމުގެ އަސްލު އެނގުނެވެ. އެހެން ކަމުން މަޖާ ވާހަކައެއް ފަށާ އެންމެންވެގެން މިލާން ހެއްވާލިއެވެ.

“ދެން ދޭ ޗޭންޖް ކޮށްގެން އަންނަން … އަދި އޮތީ ނު..  ކޮބާ ތިމީހުންގެ ޑްޜެސް ތައް ލިބިއްޖެތަ .. ” މިލާން ފާހާނާއަށް ފޮނުވާލުމަށްފަހު އީން، މިލާންގެ ރަހްމަތެރިންގާތު އަހައިލިއެވެ.

***

“ދެން ޒާން އުޅޭ ނިންމަން .. ޒެކް އެ އޮތް ބިޒީ ވެގެން އުޅޭ މީހާ ވެސް އެ ނިންމާލަނީ މިހާރު.. ” ސޯފާގައި އީށީން އިޒާން އާ ކައިވަން ކާރީގައި އިށީންނަމުން ކުލްސޫމާ ބުނެލިއެވެ. ކާރީގައި ތިބި ލަވާލް އާ ޔަމްހާ ވެސް އެއީ  ދެތެކޭ ބުނެލިއެވެ. އެމީހުންގެ ވާހަކައަށް ބޯ ޖަހަމުން ދިޔަ ލަވާލް ވެސް އިނީ ހިނި އައިސްފައެވެ. އޭނާ އެއްޗެކޭ ބުނެފިނަމަ އިޒާން ލަދު ގަންފާނެއޭ ހިތައް އަރާ އޭނާ ހިމޭނުން އިނެވެ.

“ދެން ކުރަން ވީ..” ލަވާލް އާ ދިމާ ބަލައިލަމުން އިޒާން ބުނެލިއެވެ. ވަގުތުން ލަވާލް ހެދީ ނީނގޭ ކަމަށެވެ. އޭނާ ދުރުބަލައިލި ގޮތުން ޔަމްހާ ގާތައް ވެސް ހިނި އައެވެ.

“ތިއެއް ނޫނޭ ޒީހާން މެން ކިހިނެތްތަ.. ވާ  ގޮތެއް ވޭތަ.. ޔިރާ އަށް މިނީ ވެސް ހަމަ ލޮލަށް ނުފެންނަތާ ދުވަސް ގަނޑެއް ވެއްޖެ ދޯ” ޔަމްހާއަހާލިއެވެ. “ޑޮކްޓަރުން ބުނެފަ އޮތީ އިންޝާﷲ ރަނގަޅުވާނެ ކަމަށް …ނަސީބެއް ކުރީކޮޅު ކެންސަރު ކަން އެނގުނު ކަން.މާލޭކޮޅުން ބެލި ޑޮކްޓަރ ލާސްޓް ސްޓޭޖް އޭ ބުނީމަ އެމީހުން ބިރުން އެއުޅުނީ…ދެން ކެނެޑާއަށް ގޮސްފަ ބެލީމަ އެނގުނީ ފުރަތަމަ ސްޓޭޖްކަން. .. ދެން އިނީ އެންމެ ފަހު ޓްރީޓްމެންޓް..ކީމޯ ވެސް  ދޭ ބަރާބަށް… ޔިރާ ވެސް ކޮންމެ ދުވަހަކު މިނީ އަށް ގުޅާއިގެން ރޯނެ ..ވީޑިއޯ ކޯލް ކުރަނީ އެކަމް ވެސް އެހެން ބަލައިލާ ގެން ކިހިނެތް ހިތްހަމަ  ޖައްސާލާނީ ދޯ.. ހަމަ ލޮލަށް ނުފެންނަތާ ދެ އަހަރު ވަނީ މިއޮތް.. އެކަމަކު ކީއް ކުރާނީ.. ޒީހާންގެ ބައްޔަށް ފަރުވާ ކުޑަކޮށްފަ އެއް ވެސް ނާދެވޭނެ އެންނު.. ” ކުލްސޫމާ ވެސް ނުހަނު ދެރަ ވެފައި ހުރެ ކިޔާދިނެވެ. ” އާން އެހެން ދޯ ވާނީ.. ކުލްސޫމާ މެން ކިތަންމެ ލޯބިން ބެލިނަމަވެސް އަމިއްލަ ދަރިފުޅާ ދޭތެރޭގަ  ވިސްނޭނެއް..އެއީ އަދި ތުއްތު ތުއްތު ކުއްޖެއް..” އަމިއްލަ ތަޖުރިބާގެ މަތިން ހަނދާން ލަވާލް ވެސް ކުޑަކޮން ޖަޒްބާތީ ވިއެވެ. ކުލްސޫމާ މެންގެ އަތްމައްޗަށް ޒީވާ ދިޔަ ގޮތް އޭނާ ހަނދާންވީޢެވެ.   އޮލަ ވާހަކައިގާ އެމީހުން ތިއްބާ ކުއްލިޔަކަށް ސިހުނީ ޔާސިރްގެ އަޑުންނެވެ.

“މިންމި ކޮބާ.. ދޭބަލަ ކޮންމެވެސް އެކަކު މިންމި ހޯދައިގެން ގެންނަން ..” ޔާސިރްގެ އަޑު ބާރުވެފައި ސީރިޔަސް ކަމުން ލަވާލް އާއި ޔަމްހާ އެކަކު އަނެއްކަކުގެ މޫނަށް ބަލައިލެވުނީ ހައިރާން ވި ވަރިންނެވެ.

“ބައްޕާ .. ކިހިނެތް ވީ.. މިންމި ވެއްޖެ އީން އާ އެކު ހެދުން ހެޔޮވަރު ކުރަން ގޮސް…” ކޮފީ ތައްޓެއް ހިދާއިގެން ބަދިގެއިން ޔަޒަކް ވެސް ނުކުތީ ސިޓިންގް ރޫމުގައި މާ  އަޑު ގަދަ ވެގެންނެވެ.  އިޒާންވެސް ޔާސިރް އާ ދިމާ ބަލައިލީ ކިހިނެތް ވީހޭ އަހާ ފަދައަކުންނެވެ. ހުރިހާ އެންމެންނަށް އިތުރު ސިހުމެއް ލިބުނީ މާއިސް އާއި އައްޒާމް އާ އެކު ވަދެގެން އައި ސިފްރީނާ އާއި ދާނިޔަލް  އަދި މާޔާ ފެނިއެވެ. ދެލޯ ބޮޑުވެފައި އެންމެން ތިބި އިރު ސިފްރީނާގެ ގާތުގައި ދެން އެތިބީ މިލާންގެ މައިންބަފައިން ކަން ހުރިހާ މީހުންނަށް އެނގުނެވެ. އެމީހުންނަށް ކުރިންވަނީ މިލާންގެ މައިންބަފައިންގެ ފޮޓޯ ފެނިފެއެވެ.

ކުލްސޫމާ އިޝާރާތް ކޮށްލުމުން ކައިވަން މައްޗަށް އަރައިގެން ދިޔައީ މިލާން  ހޯދާށެވެ. އީން އާއި މިލާން ކޮޓަރީގައި މިލާންގެ އެކުވެރިންނާ އެކު ތިއްބާ ކައިވަން ވަދެ މިލާންގެ އަތުގައި ހިފައިގެން ނުކުތެވެ. މިލާންވެސް ހައިރާންވެ ހުރެ ވީ ކީއްތޯ އެހުމުންވެސް ކައިވަން ޖަވާބެއް ނުދިނެވެ. އީން ވެސް އެމީހުންގެ ފަހަތުން ނުކުމަތީ މިލާންގެ އެކުވެރިންގާތު މަޑުކޮށްލުމަށް ބުނެފައެވެ.

“ކައި ކިހިނެތް ވީ.. ކަމެއް ވީތަ..ބުނެބަލަ..”ލިފްޓުން ފޭބެންދެން މިލާންގެ ސުވާލްތައް ނުހުއްޓެއެވެ. ލިފްޓުން ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއެކުފެނުނު މަންޒަރުން މިލާންއަށް ހީވީ މުޅި ދުނިޔެވެސް އެނބުރުނު ހެންނެވެ. މިލާންއަށް ހުރި ދިމާލަށް ތިރި ވެވުނެވެ. ސާދަ އަހަރަށް ފަހުން އަމިއްލަ މައިންބަފައިން ހަމަ ލޮލަށް ފެނުނީ އެވެ.  ސަލާމަތުން  ތިބި ނަމަވެސް މާޔާ އާއި ދާނިޔަލް ތިބި ހާލުން މިލާންގެ ހިތްފަޅާއިގެންދާ ވަރުވިއެވެ. “މަންމާ ..ބަ..ބައް..ބައްޕާ..” މިލާންގެ ބަޑިފަޅާއިގެން ދިޔަ މަންޒަރު ފެނި ދާނިޔަލް އާއި މާޔާ ދުވެފައި ގޮސް މިލާންގެ ގައިގާ ބައްދާލިއެވެ.

 

“މަންމަގެ ދަރިފުޅާ..” މިލާން ކޮޅާށް ނަގަމުން މިލާން ގެ ގައިގާ ބައްދާލައިގެން  ހުރި މާޔާ ގިސްލެވުމުން ދިޔައިރު ދަނިޔަލްވެސް ހުރީ ރޮވިފައެވެ.

އެ މަންޒަރު ފެނުމުން ޔަޒަކްއާ އެހެންމީހުންގެ ލޮލުން ވެސް ކަރުނަ ފާއްދާލިއެވެ. މަތީގައި ނީކިޔާ ގޮވާގެން އުޅެފައި އެތަނައް ޔޫމީން އާއި ޒީވާ އައި ވަގުތުވީ ބޭރުން އައިސް އަލާނިޔަލްއަށް ވެސް އާދެވުން ވަގުތެވެ. އެމީހުންނަށް ވެސް ލިބުނީ ވަރުގަދަ ޝޮކެކެވެ.

އަލާނިޔަލްގެ ރުޅިގަނޑު ހިލޭގޮތްވީ އެތާގައި ހުރި ސިފްރީނާ ފެނިއެވެ. އީން ހިފެހެއްޓުމުން ވެސް އީންގެ އަތް ފޮޅުވާލައިފާ އަލާނިޔަލް އެދިމާލަށް ބާރު ހިނގުމުގައި ދިޔައެވެ.އަލާނިޔަލް، އީންގެ އަތް ހޫރާލި ލެއް ބާރު ކަމުން ކައިރިގައި ހުރި ބިއްރޫލި މޭޒެއްގައި އީންގެ އަތް ޖެހުނެވެ.

ވަގުތުންއިޒާން ގޮސް އަލާނިޔަލްގެ ގައިގާ ހިފަހައްޓާފައި ހަމަޖެހެން ބުނެލިއެވެ. “ކިހިނެތްއަހަރެން ހަމަ ޖެހޭނީ… މީނަ މިތަނައް ގެނައީ ކާކު ..” އަލާނިޔަލް، އިޒާން ގެ އަތްފޮޅުވާލަން އުޅުނުނަމަ ވެސް އިޒާންގެ ބާރު އިހްށާސްވެ އެކަމެއް ނުވިއެވެ. “ހަމަ ޖެހިބަލަ ޑިފީ..” ރުޅި އައިސްގެން ގޮސް ތުރުތުރު އަޅަމުންދިޔަ އަލާނިޔަލް ފެނި އިޒާންއަށް ހިންދިރުވާލެވުނެވެ. އައްޒާމް ވެސް އައިސް އަލާނިޔަލްގެ ގާތު ސިފްރީނާގެ ވާހަކަ އަޑު އެހުމަށްބުނެލިއެވެ.

“ދަރިފުޅުމެންނޭ.. މާމަ އަށް މާފް  ކުރޭ.. މަންމަ އާ އެއްބައިވެގެން ކަމެއް ނުކުރިޔަސް  މާމަ އަށް ހަނު ހުރެވުނީމަ މިހާރު މާމަ  ދެރަ ވޭ..” ރޮވިފައި ހުރެ އިޒާން އާއި އަލާނިޔަލް ފައިބުޑަށް ވެއްޓެމުން ސިފްރީނާ އެތައްފަހަރަކު މާފަށް އެދުނެވެ. ނަމަވެސް އެދެމީހުންގެ މޫނުމަތިން ފެންނަނީ ނަފްރަތެވެ.  އެމަންޒަރު ފެނި ފެނި ސިފްރީނާގެ ހިތް ފަޅާއިގެން ދާވަރުވިއެވެ.

“މިހާރު ތިހެން ބުނީމަ އަހަރުމެން ވީ ގަބޫލް ކުރަންތަ..އަހަރުމެންނަށް މާމަ އާއި ކާފަ ކިޔާދޭން ޖެހޭ މީހަކު ނުހުންނާނެ.. އަހަރުމެން ކާފަ ވަނީ މަރުވެފަ ކަލޭމެން އަތްދޮށުން… ކަލޭމެންނާ ހެދި ލައްކަ ދުވަހު އަހަރުމެން ކަރުނަ އޮއްސާފިން .. މިގޭ އެންމެން ކަލޭމެންނަށް މާފް ދިނަސް މަށެއް ނުދޭނަން.. އަހަރެން ހައިރާން ވޭ ބައްޕަ މެން މީނަ ގެނައީމަ ވެސް.. ” އިޒާން މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިނަމަވެސް އޭނާ ރުޅިއައިސްފައި ހުރިވަރު އެ މޫނު މަތިން ހާމަވެއެވެ. ރުޅިގަދަ ވި ވަރުން އިޒާންގެ ގަދަ އަޅިކުލައިގެ ލޮލަށްވަނީ ކްރިމްސަން ކުލަ ވެރިވެފައެވެ. ސިފްރީނާ ގެނައުމުން އައްޒާމްއާއި ޔާސިރް އަދި މާއިސްއަށް އޭނާ ބަލައިލީ ރުޅިވެރިކަމާއެވެ.

“ހަމަ ޖެހޭ ޒާން .. ޑިފީވެސް.. އަދި ރުޅި އަންނާކަށް ނުވެޔޭ.. ބައްޕަ މެން ވާހަކަ ދެއްކިޔަ ދީބަލަ…ކަމެއް ނުވެއެއް ތިދެމީހުންގެ މާމަ އެއް މިތާކަށް ނުގެންނާނެ ދޯ އަޅޭ.. ގަބޫލް ކުރަން ދަތި ވިޔަސް އެއީ ހަމަ ޒާން އާއި ޑިފީގެ މާމަ..” ޔަޒަކް އައިސް އެދެމީހުންގެ މެދުގައި ހުއްޓުނީ ދެމީހުން އަތުން ފައިން ގޯހެއް ހަދާ ފާނެތީއެވެ.

ޔަޒަކް ގެ ވާޙަކަ އިވި ދެމީހުން ޔަޒަކްއަށް ބަލައިލީ ގަބޫލް ނުކުރެވޭ ފަދައަކުންނެވެ.

“ޒެކް .. އަހަރެން ހަމަ ހައިރާން ވޭއްޖެ… ޒެކް ވެސް އެމީހުންގެ އަވައިގަ  ޖެހުނީ ދޯ.. ހަނދާނުން އެހާ އަވަހަށް ކައްސާލީތަ އެއްބަނޑު އެއްބަފާ ކޮއްކޮއަށް އެމީޙޫން ކޮށްލިވަރު.. އަމިއްލަ މަންމައަށް ދިން އަނިޔާވެސް ހަނދާނުން ފޮހެލީތަ… ” އަލާނިޔަލްގެ ރުޅިވެރި އަޑު އިވުމުން ޔަޒަކް ވަގުތުން ނޫނެކޭ ބުނެލިއެވެ.

“ދަރިފުޅު މެންނޭ .. ހަމަ ޖެހިބަލަ… އަޑުއަހާ..” މަސްލަހަތު ގޯސްވާން ފެށުމުން  ސިފްރީނާ ގާތު އިށީންނުމަށް ބުނެ އައްޒާމް ވީގޮތް ކިޔާ ދޭން ފެށިއެވެ. އެމީހުން ގެ ދަތުރުގެ ވާޙަކަ ތަފްސީލާއި އެކު އައްޒާމް ކިޔައިދިނެވެ. ކެރާ އާއި ޒިރާސް ފިލި ވާހަކަ އާއި އަދިވެސް އެމީހުން ހޯދަ ވާޙަކަ  އައްޒާމް ބުނެލިއެވެ.

ހުރިހާ މީހުންގެ މޫނުމަތިން ފެނިގެންދަނީ އެވާހަކައިން ޝޮކްޖެހިފައި ތިބި ވަރެވެ. އިޒާން އާއި އަލާނިޔަލް ވެސް ދެފަރާތައް ބޯހޫރާ ލެވުނީ ގަބޫލް ނުކުރެވުމުންނެވެ.

“ތި ވާނީ އެމީޙުން ބުނެގެން މީނަ ޖެއްސި ސްޓަންޓަކަށް .. އަހަރެންނަށް ތި އީ އާބައެއްނޫން .. ” އިޒާން  އެވާހަކާ އާ މުޅިން ދެކޮޅެވެ. ސިފްރީނާ ހެޔޮހިތުން މާފަށް އެދެފާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ.

“ނޫން ދަރިފުޅާ.. ކެރާ އާއި ދަރިފުޅުމެންގެ ކާފަ އެ ގަންނަމުން ދިޔަ ގަނޑުގައި މާމަ ބައިވެރިވެފައެއް ނޯންނާނެ.. އާން މާމަ  ގެ މައްސަލަ އެއީ އެކަން އެނގިހުރެ ނުހުއްޓުވުން.. އެކަމް މާމަ ބުންޏަސް އެހާ ނުބައި ބަޔަކު ހުއްޓާނެތަ.. ދަރިފުޅުމެން ހަމްދޫންކާފަ ހައްޔަރު ކުރި ރޭވެސް މާމަ ވަރަށް މަސައްކަތް ކުރުން ހަގީގަތް ހާމަ ކުރަން .. އެހެންވިޔަސް މާމަގެ ބަސްވިކޭނެތަ..” ރޮމުން ސިފްރީނާ ކުރަމުން ދިޔަ އާދޭސް ތަކައް ބީރު ކަންފަތެއް ދެމުން އިޒާން ހިނގައިގަތެވެ. އެހެންމީހުންނަށް ވެސް ސިފްރީނާގެ ވާހަކަ ތައް ގަބޫލް ކުރެވުނެވެ. އަލާނިޔަލްގެ ހިތުގައި ވެސް ސިފްރީނާ އާއި މެދު އުފެދިފައިވި ނަފްރަތުތައް މަޑުމަޑުން ފުހެވެން ފެށިއެވެ. ސިފްރީނާ ހަގީގަތް ހާމަ ކުރިނަމަވެސް އޭނާގެ ބަސް ނުވިކޭނެ ކަން ހުދު އަލާނިޔަލް ވެސް ގަބޫލް ކުރިއެވެ.

“ޒާން.. ފޯރ މީ އިޒާން ގެ މާމަ އަށް ފޮގިވް ކޮށްބަލަ.. އައި ތިންކް ޝީ އިޒް ސެއިން  ޓްރުޓް.. ޒިރާސް އާއި ކެރާގެ އަނިޔާ ވެރިކަން އެއީ އެކަކަށްވެސް އާއެއްޗެއް ނޫން އެކަމް ސިފްރީނާ ކަމެއް ކޮށްގެން އަހަރުމެންނަށް އަޑެއް އިވިފައެއްނެތް.. އެންމެން ވެސް ހީކުރަނީ އޭނާވެސް އެމީހުންގެ ކަންކަމުގައި ބައިވެރި ވެދާނެއޭ.. އިޒާންގެ މާމަ ގެ މުސްކުޅިވެ ގައިބާރު ނެތް މިހާރު. ބައްޕަ މެން ވެސް އެބުނިއްޔެއްނު މާމަގެ ސަބަބުންނޭ އަހަރުމްންނަށް މިއަދު މިކާމިޔާބު ލިބުނީ…” ދޮރު ނުކުމެ ނުކުމެ ހުރި އިޒާންގެ އަތުގައި ޒީވާ ހިފާލަމުން ޒީވާ ދައްކަން ފެށި ވާހަކައިން  އިޒާން ގާތައް ރުޅިއައެވެ. ނަމަވެސް އެތައް ވަރަކުން ވިސްނައިދޭން ފެށުމުން އިޒާންއަށް ޒީވާގެ ވާހަކަ މަޑުމަޑުން ގަބޫލް ގަބޫލް ކުރެވުނެވެ. އެހެން ނަމަވެސް ސިފްރީނާ އާއި ވާހަކަ ދައްކާ ހިޔާލެއް އިޒާން ނުކުރެއެވެ.  ޒީވާ އާދެސް ކޮށް ކޮށް އެންމެފަހުން ހުއްޓާލިއެވެ. ޒީވާ ރޮވޭ ގޮތަކަށް އެންމެ ފަހުން ބުނެލުމުން ދާދި ފަސޭހައިން އިޒާން އެއްބަސް ވިއެވެ. ކާމިޔާބީގެ ހިނތުންވުމެއް ވެރިކޮންގެން ހުރި ޒީވާ ފެނި އިޒާން ކތަންމެ ސީރިޔަސް ވެފައި ހުރިނަމަވެސް ހެވުނެވެ.  ޒީވާގެ އަތުގައި ހިފައިގެން އިޒާން ގޮސް ސޯފާ ގައި އިށީނެވެ.

 

“އަހަރެން މާފް ކޮށްފިން..’..”އަލާނިޔަލްގެ ޖުމްލަ އަޑުއިވިފައި  ސިފްރީނާ އުފަލުން ފޮޅުނެވެ. އިޒާންއަށް އަނގަހަދައިލުމުން ޒީވާ ވަގުތުން އިޒާންގެ ފަލަމަސްގަނޑުގައި ވިކާލިއެވެ.

“ކޮބާ ޒާން ވެސް ބޮޑާ ނުހާކާ ދެން މާމަ އަށް މާފް ކުރޭ..  އަހަރުމެން މީ މުސްލިމުން…މާފް ކުރާ މީހާ  އާއި މާފަށް އެދޭ މީހައަށް ނުހަނު ގިނަ ސަޥާބް ލިބޭ.. ބައްޕަ  މިބުނީކެޜާ އާއި ޒިރާސްއަށް މާފް ކުރާށެކޭ ނޫން.. ބޯހަރު ނުވެ މާމައަށް މާފް ކުރޭ ..” އައްޒާމް އިޒާންގެ ގާތައް ހުއްޓި އިޒާންގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. ކިރިޔާ އައްޒާމް އަށް އިވޭވަރަށް ހޫމް ލައްވާލިއެވެ. އަދި އަނގަޔައިން ބަހެއް ބޭރު ނުކޮށް ހުރެ  ސިފްރީނާއާއި ދިމާ ބަލައިލަމުން ބޯ ޖަހައިލިއެވެ. ސިފްރީނާ އަށް އެވަރު ވެސް ފުދެއެވެ. އިޒާންގެ އަތުގައި ހިފާލައިގެން ހުރެ އޭނާ ނުހަނު ލޯބިން ސުކުރު އަދާކުރިއެވެ. “ތި މާފަށް އެދުނީ ..” އިޒާން ކަންތައް ކުރި ގޮތުން ލަވާލްގާތައް ހިނިއައެވެ. އިޒާން ވަގުތުން ބޯޖަހައިލިއެވެ.

“ކޮބާ އެންމެން އޯކޭ އެންނު  މިހާރު.. މިއަދު މިއީ މިންމިގެ ދުވަސް ..  މަރުހަބާ ދަރިފުޅާ..” ލަޥާލް ހިނިއައިސްފައި ހުރެ މިލާން އާއި ދާނިޔަލް  އަދި މާޔާ އިށީންދެ ތިބި ސޯފާގެ ކުރިމައްޗަށް އިން ސޯފާގައި އިށީނެވެ.

“ލަވާލް.. އަހަރެން މި ދަރިފުޅަށް ރަނގަޅާށް ބަލާ ދޭތި.. އަހަރެންގެ ފުރާނަ މީ” މާޔާ ، ލަވާލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ލަވާލް ވެސް މާޔާގެ އަތައް ބާރުކޮށްލަމުން ހާސް ނުވުމަށް ބުންޏެވެ. ” މިންމި އެއީ އަހަރެންގެ ދަރިއެއް ހަމަ..މާޔާ ހާސް ނުވޭ….ހިނގާ އެއްޗެއް ކާލަން މިހާރު ހުންނާނީ ބަނޑުހައިވެސް ވެފައެންނު.. ” ލަވާލް،  ސިފްރީނާ އާއި މާޔާ ގެ އަތުގައި ހިފައިގެން ބަދިގެޔާއި ދިމާލަށް މިސްރާބް ޖަހަމުން ދާނިޔަލްގެ ގާތު ވެސް އައުމަށް ބުންޏެވެ. އެމީހުންގެ ފަހަތުން ކުލްސޫމާ އާއި ޔަމްހާ އާއި ޔާސިރް އާއި އައްޒާމް އަދި މާއިސްވެސް ވަނެވެ.

ހުރިހާ ޒުޥަނުންއެއްތަން ވުމުން މިލާންއަށް މަރުހަބާ ކިޔެވެ. އީން ވެސް މިލާންއަށް މަރުހަބާ ކިޔާފައި އެއް ކާރިޔަށް ޖެހިލީއަތުން ނަގަމުން ދިޔަ ދިލައިން ކެތް ނުވުމުންނެވެ. ކުޑަ ހުޅު ކާރިން ނުހަނު ބޮޑަށް ތަންގަނޑެއް ކަފައިގެން ގޮސްފައި ވާއިރު އީން ލާފައި ހުރި ވައިލެޓް ކުލަގެ ސްވީޓް ޝާޓްގައި ވެސް ވަނީ ލެޔެވެ. ގެތެރޭގެ ހާލަތު ނާޒުކު ކަމުން އެކަކަށްވެސް އީންއަށް ލިބުނު އަނިޔާއެއް ލޮލުގައި އަޅާއި ނުގަނެއެވެ.

މިލާންމެންނާއި ފުރަގަސް ދެމުން  ޓީޝާޓުން އަތުގައި  ލައްވާލިއެވެ. އީން ހިފައިގެން ހުރި ޓިޝޫވެސް ލެއިން ފޯވެއްޖެއެވެ. އީން ފުރަގަސް ދިންނަމަވެސް ކައިވަން އަށް އެ މަންޒަރު ފެނުނެވެ. އޭނާއަށް އީންގެ އަތް ބިއްލޫރި މޭޒުގައި ޖެހުންތައް ފެނުނެވެ. ނަމަވެސް ފަހުން އީން ސޯފާގެ ބިއްދޮށުގައި ހުރުމުން ލިބިފައި ހުރި ޒަހަމްހުރީ ފޮރުވިފައެވެ. ފަހުން ގޭތެރެ އޮތް ގޮތުން އޭނާ ވެސް އީންއާ ދިމާ ބަލައިލަން ހަނދާނުން ކައްސާލިއެވެ.

“ޔޫމީ ކޮބާ ފަސްޓް އެއިޑް ބޮކްސް … ..” ކައިވަން ބުނެލުމުން ޓީވީ ރެކް ގެ ކާރީގައި ކުޑަ ކަބަޑުން ގެނައި ފަސްޓް އެއިޑް ބޮކްސް ޔޫމީން ދިއްކޮށްލަމުން ކިހިނެތްވީތޯ އަހައިލިއެވެ. ކައިވަން ފުރަގަސްދިގެން ހުރި އީން ދައްކާލަމުން އީންގެ ގާތައް ދިޔައެވެ.

އީންގެ އަތުގައި ހިފައި ކައިވަން އަނބުރާލުމުން އެންމެންނަށް ލިބުނީ ސިހުމެކެވެ.   ހާއްސަކޮން އަލާނިޔަލް އެވެ. އީންގެ ކާރިޔަށް ދާން ނެގި ފިޔަވަޅު ހުއްޓާލެވެނެވެ.

ފެންކަޅި ވެފައި ހުރި އީންގެ އަތުގައި އިން ބޮޑު ޒަހަމް ގަނޑުން ފައިބަމުން ތިޔަ ލޭތައް ޓައިލްސްއަށް ވެސް ތިކި ޖަހަމުން ދިޔައެވެ.

“ތަދު ވޭތަ ” އީން ސޯފާގައި ބޭންދި އެވެ. ކައިވަން އީންގެ އަތުގައި ބޭސް އަޅަމުން އަލާނިޔަލް އާއި ދިމާ ބަލައިލިއެވެ. ކައިވަން ހުރީ ހިތްހަމަ ނުޖެހޭ ގޮތްވެފައެވެ.

“އީން ކިހިނެތް ހަދާފަ މިއޮތީ..” އިޒާން އަހައިލިއެވެ. އޭނާގެ ފަހަތުން އެހެން މީހުން ވެސް ދިޔައެވެ. ނަމަވެސް އަލާނިޔަލް ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ. އޭނާގެ ސަބަބުން އީން އަށް އެހާ ބޮޑު އަނިޔާއެއް ލިބުމުން އަލާނިޔަލްގެ ހިތައް ބަޔާން ކުރަންދަތި އަސަރު ތަކެއް ކުރިއެވެ. ލޯ ފެންކަޅިވެގެން ދިޔައީ ބަސްބުނާހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.

ކައިވަން ވީ ގޮތް ކިޔާ ދޭން އުޅޭފައި ވެސް އަލާނިޔަލް ހުރި ގޮތް ފެނުމުން އެހިޔާލް ދޫކޮށްލިއެވެ. ކައިވަންގެ އެ އަމަލުން  އިޒާންއަށްބަލައިލެވުނީ އަލާނިޔަލް އާ ދިމާލެވެ.

“އެކަމަކު ހާދަ ބޮޑަކަށެ މިއޮތީ ގޮސް .. ހޮސްޕިޓަލަށް ނުގޮސް ވާނެތަ..” މިލާން އީން ގެ ސަލާމަތުން އޮތް އަތުގައި ހިފާލަމުން ބުނެލިއެވެ.

“އާނ ވާނެ.. ހުސް ޑޮކްޓަރުންނޭ މިތާގަ މިތިބީ..” އީން ގަދަކަމުން ހީލަމުން ބަލައިލީ އަލާނިޔަލް އާއި ދިމާލެވެ. އީން ބަލައިލުމުން އަލާނިޔަލް މިސްރާބް ޖެހީ ގެއިން ނުކުތުމަށެވެ. އެކަކު ވެސް އޭނާ ހުއްޓުވަން ނޫޅުނީ އެކަނި ވާން ބޭނުން ވެފަހުރިހެން ހީވުމުންނެވެ.

“ޒެކް  ދޭބަލަ އެޕިޑްރަލް ސްޓެރޮއިޑް އިންޖެޝަނެއް ގެންނަން .. ތަދު ކަނޑުވާލަން އިންޖެކްޝަނެއް ޖަހާލަން ޖެހޭނެ..”އިޒާން ގެ ވާހަކަ އަހާފައި ޔަޒަކް ގޮސް އައީ އޭގެ އިންޖެކްސަނެއް ހިފައިގެންނެވެ.

އީންގެ އަތުގައި ބޭސް އަޅާނިމުމުން ޔޫމީން އަނެއްކާ ވެސް ކިހިނެތް ވީ ތޯ އަހައިލިއެވެ. “މި ޑިފީ ގަސްދުގަ ކުރި ކަމެއް ނޫން.. އޭނާ އަންނާނޭ އާދަޔާ ހިލާފް ރުޅިގަނޑެއް..ސިފްރީނާ ފެނުނީމަ އެހެން ވެދާނެ ދޯ ހަމަ އަހަރުމެންނަށް ވެސް …. އީން.. އީންއަށް އެންމެ ރަނގަޅާށް އެކަން އެނގޭނީ އޭނާގެ އެ ރުޅިގަނޑު.. އޭނާ އެބައިން މަށައް މެސެޖް ކޮށްފަ އީން ގެޔަށް ލާދޭތި އިނގޭ ވެޔޭ ބުނެފަ.. ހީ ސެއިޑް ބުނާށޭ އީން ގާތު ވަރަށް ބޮޑަށް ސޮރީ.. އޭނާ އެދިޔައީ އޭނާގެ ގެޔަށް.. ” އަލާނިޔަލް ކޮށްފަ އިން މެސެޖް އީން އަށް ދައްކާލަމުން  ކައިވަން ކުޑަ ކޮން ވީ ގޮތް ކިޔާދިނެވެ.

“ޑިފީ ކިހާ ލޯބިވޭ އީން ދެކެ..” ޒީވާ އީންގެ ބުރަކަށީގަ އި ފިރުމާލަމުން ބުނެލިއެވެ. “މަ ވެސް ތިކުއްޖަ ދެކެ ކިހާ ލޯބި ވޭ ” ޒީވާގެ މޫނަށް ބަލަން ހުރެ އިޒާން ބުނުމުން ޒީވާގެ މުޅި މޫނު ރަތް ވެގެން ދިޔައެވެ. އެއާކު އިވިލީ އެންމެންގެ ހުނުމުގެ އަޑެވެ.

ޒީވާ ވެސް ލަދުގަންވަރުން އިޒާން އާ ދިމާލަށް ލޯ އަޅާލުމަށްފަހު އެތަނުން ދިޔުމަށް މިސްރާބް ޖެހިއެވެ. އިޒާން ވެސް ލާނެތް ގޮތަކަށް ހީލިއެވެ.

ދާނިޔަލް އާއި މާޔާ ކައި ނިމުމުން މިލާން ދިޔައީ އެމީހުންގެ ގެޔަށެވެ. އެތައް އަހަރެއް ފަހުން އަމިއްލަ ގެޔަށް ވަދެވުމުން ހުރިހާ މީހުންގެ ލޮލުގައި ބަބުޅަމުންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.

ޔަޒަކް ވަނީއެގޭ އަލުން މަރާމާތު ކޮށްފައެވެ. ގެޔަށް ގެނެސްފައި ހުރި ބަދަލުން ދާނިޔަލް އާއި މާޔާގެ ހިތް، ޔަޒަކް އަށް ސުކުރުން ފުރުނެވެ.

****

ދެދުވަސް ނުހަނު ހަލުވި ކަމާއެކު ފާއިތުވިއެވެ. ޔަޒަކް އާއި މިލާން ގެ ކައިވެނި ކުރެވެން އޮތް ދުވަހެވެ. ހެނދުން ފެށިގެން ނުހަނު އަވަދިނެތި އެންމެން އެކި ކަންކަމުގައި އުޅެންފެށިއެވެ. ކައިވެނި ކުރަން ހަމަޖެހުނީ މިލާން މެންގޭގައެވެ. ނަމަވެސް ހަފްލާ ބާއްވަން ހަމަ ޖެހުނީ ޔަޒަކް މެން ގޭގެ ގޯތި ތެރޭގައެވެ. ޔަޒަކް އާއި މިލާން ކިތަންމެ ކުޑަކޮން ބާއްވަން އުޅުނު ނަމަވެސް ދާނިޔަލް އާއި ޔާސިރް ބޭނުން ވީ ނުހަނު ބޮޑުކޮން ބާއްވާށެވެ.

އަލާނިޔަލް ވެސް ޔަޒަކް އާއި މިލާން ހުންނަން ހަމަ ޖެހިފައިވާ ސްޓޭޖް ޑެކަރޭޓް ކުރަން އުޅުނު ގްރޫޕް ކައިރީގައި ހުރެފައި އެކި ދިމަ ދިމާ ބަލައިލީ އީން ފެނޭތޯ އެވެ. އީންގެ އަތް ޒަހަމްވި ދުވަހުން ފެށިގެން އަލާނިޔަލް އަދި އީން އަކާއި އަނގަޔަކުން ނުބުނެއެވެ. އެތައް ފަހަރަކު އީން ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް އަލާނިޔަލް އީން އަކަށް އެ ފުރުސަތު ދީފައެއް ނުވެއެވެ. ނަމަވެސް މިއަދު އޭނާ ނިންމައިގެން ހުރީ އީންގެ ކިބައިން މާފަށް އެދުމަށެވެ.  އޭނާ އީންގެ ފޯނަށް ގުޅާލިއެވެ.

***

“ޕޮއް..” އިސްތިރި ކުރަން ދޮރާއި ފުރަގަސް ދީގެން ހުރި ޒީވާ ސިހުނީ އިޒާންގެ އަޑުންނެވެ. ސިއްސާއިގެން ދިޔަވަރުން ހަޅޭއްލަވާގެންފައި އިޒާން ގެ ބަނޑުގައި ޖަހާލިއެވެ.

“ވަޓް ދަ…އަބަދު އަހަންނަށް ހާޓް އެޓޭކް ޒާން ދެނީ..”މާ ނޭވާ ލަމުން ދިޔަ ޒީވާ މޭގައި އަތް އަޅާލަމުން  އިޒާންއަށް ލޯ އަޅާލިއެވެ. އިޒާން ހީލާފައީ އިސްތިރިން ކަރަންޓް ކަނޑާލިއެވެ. ޒީވާ އެއްބުމަ ހިއްލާލީ ކިހިނެތް ވީހޭ އަހާ ފަދައަކުންނެވެ. “އައި މިސްޑް ޔޫ ސޯ މަޗް ބޭބީ..” އިޒާން ޒީޥާގެ ގައިގާ ނުހަނު ބާރަށް ބައްދާލިއެވެ. ޒީވާ ވެސް ހިނިތުންވެލާފައި އިޒާންގެ ގައި ގާ ދެއަތުން ވަށާލިއެވެ.

” މިސްޑް ޔޫ ޓޫ..ބިޒީ ކަމުން ރޭގަ ވެސް މީޓް ނުކުރެވުން..ނީޑް މޯ ހަގްސް..” އިޒާން ދުރު ވެލުމުން ޒީޥާ ދުން ދަމާލަމުން އަނެއްކާ ވެސް އަތް ދިއްކޮށްލިއެވެ. ޒީޥާ ތުންދަމާލި ގޮތައް އިޒާން ވެސް  ތުން ދަމާލައިގެން ހުރެ ޒީވާގެ ގައިގާ ބައްދާލިއެވެ.

“ޕިސް ޕިސް .. މިތިބަ ދެ ބޭބީ އެއް… އަހަރެން ފާހާނާގަ އުޅޭކަން ވެސް ހަނދާނެއް ނެތް ދޯ ޒިވީ..” ޒީވާގެ ކޮޓާރީގެ ފާހާނައިން ނުކުމަން އީން ހޭންފަށަމުން ބުނެލިއެވެ. އެއަޑަށް ވަގުތުން އިޒާން އާއި ޒީވާ ދުރުވެލިއެވެ. ޒީވާއަށް އަށް އަމިއްލަ ބޮލުގައި ޖަހާލެވުނީ އެކަން އޭނާގެ ހަނދާނުން ކައްސާލީމައެވެ.

“މިހިރަ މީހާ ނުބުނެއޭ މަ ފަހަރި ހުރި ވާހަކައެއް..” އިޒާން ވެސް ހޭންފަށަމުން ޒީވާގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ.

“ޒީވާ..” ދޮރު ހުޅުވާލައި އަލާނިޔަލް ވަން އަޑަށް ތިންމީހުންނަށް ދޮރާއި ދިމާ ބަލައިލެވުނެވެ. އީން ނުފެންނަ ކަމަށް ހަދާފައި ޒީވާ ކުރަން ފަށާފައިހުރި ހެދުން އިސްތިރި ކުރަން ފެށިއެވެ. އަލާނިޔަލް އެއްމިޔަކަނުން ހީލަމުން އީންއާއި ދިމާބަލައިލިއެވެ.

އިޒާން އިޝާރާތް ކޮށްލުމުން ޒީވާ އެނދުން ތެދުވިއެވެ. ” އީން ތީތި ކޮށްލާ އެބަ އަންނަން ޔޫމީ އުޅޭ ހާލެއް ބަލާލާފަ… ހުރިހާ ކުޑަކުދިން ގޮވާގެން  އެބޯޅެ ..” ޒީވާ، އީންގެ ޖަވާބަކަށް ވެސް މަޑުނުކޮށް ނުކުތެވެ. އިޒާން ވެސް އަލާނިޔަލްއަށް ހީލާފައި ނުކުތެވެ.

 

” އީން .. ” އަލާނިޔަލް މަޑުމަޑުން ހިނގާލައިފާ ގޮސް އީންގެ ގާތުގައި ހުއްޓިލިއެވެ. ނަމަވެސް އީންގެ އަނގަޔަކުން ބަހެއް ނުނިކުތެވެ.

އަލާނިޔަލް އީންގެގާތުގައި ހުއްޓި އީންގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ.

އީން އެހުރިހާއިރު ހިފަހައްޓާއިގެން ހުއްޓާވެސް ރޮވެންފެށުނެވެ. އިސްޖަހާއިގެން ހުރިއިރު ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވީ އިތުރެވެ. އަލާނިޔަލް އީންގެ ގައިގާ ފަހަތުން ވަށާލާ އީންގެ ކޮނޑުގައި ބޯ އަޅާލިއެވެ.

“އަމް ސޯ ސޮރީ…އަނިޔާއެއް ދެވުނީމަ ވެސް އަނެއްކާ ވެސް ހާޓް ކުރެވުނީ އިތުރަށް .. ޕްލީޒް ފޮގިވް މީ.. ވަރަށް ބޮޑަށް ސޮރީ.. ދެން ނުހަދާނަން އެހެންނެތް ..” އަލާނިޔަލްގެ އަޑު ކުރެހިގެން ދިޔުމުން އީން ވަގުތުން އަލާނިޔަލް އާއި ކުރިމަތިވާ ހެން އެނބުރުނެވެ. އަލާނިޔަލް ހުރި ގޮތް ފެނުމުން އީންގެ ހިތައް ނުހަނު ތަދު ވިއެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް ފުހެދެމުން ނުރޯށޭ ބުނެ އީން ދެފަރާތައް ބޯ ހޫރާލިއެވެ.

“އިޓްސް އޯކޭ..”    އަލާނިޔަލްގެ ބުރަކަށީގައި ދެއަތް އަޅުވާލަމުން މަޑުމަޑުން އީން ބުނެލިއިރު އޭނާގެ ދެލޯ ވެސް ވަނީ ފެން ކަޅިވެފައެވެ. އަލާނިޔަލް ވެސް އީންގެ ގައިގާ ބައްދާލަމުން އީންގެ ނިތުގައި ބޮސް ދިނެވެ.

“ދެން ނުވާނެ އެހެންނެއް.. އަސްލު އެހާވަރަށް އަހަންނަށް އިގްނޯރ ކުރެވުނީ އެދުވަހު އަނިޔާ އެއްދެވިފަ ވެސް އެކަން ރެއަކާ ނުލީމަ … އަދި އެހާ އިރު ވީ އިރުވެސް އީން ކޮބާތޯ ބަލާނުލެވުނީމަ .. އެހެންވެ ދެވުނީ.. އެކަމް މި ރުޅިގަނޑު ކޮންޓްރޯލް ކުރަން އަހަރެން މަސައްކަތް ކުރާނަން.. އައި ނީޑް ޔޯ ހެލްޕް… ހެލްޕް މީ އީން.. އެންޑް އަމް ސޮރީ އެގެއިން..” އީންގެ ދެލޮލަށް ބަހައްތައިގެން ހުރެ އަލާނިޔަލް ބުނެލި އެވެ. ” އައިލް ހެލްޕް.. އިޓްސް އޯކޭއޭ.. އަހަރެން ނަމަވެސް އެހެންކަންނޭގެ ހެދޭނީ..” އަލާނިޔަލްގެ ދެލޮލުން ފޭދުނު ކަރުނަތިކި ފުހެލަމުން ވަރަށް ލޯބިން އީން ވާހަކަދެއްކިއެވެ.

ލޯބީގެ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ޒީވާ ގެންގުޅުން ހެދުން އިސްތިރި ކޮށްލާފައި އީން، އަލާނިޔަލް އާއެކު ބޭރަށް ނުކުތެވެ.

****

“ސަޕްރާއީޒް..” ފެންވަރާއިގެން ފާހާނާއިން ނުކުމެ ނުކުމެ ހުރި ޔަޒަކް ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި ނީކިޔާ އުރާލައިގެން ހިނިއައިސްފައި ބަލަން އެހުރީ ޒީހާން ނޫން ދެވަނަ މީހެއް ނޫނެވެ. ޝޮކު ޖެހިފައި ހުރި ނަމަވެސް ދެވަނަ ސިކުންތުގައި ޔަޒަކް އުފަލުން ހަޅޭއްލަވައިގަތެވެ.

އެތައްކެއް ބޭސްތަކެއް ކާންޖެހުމުން ޒީހާންގެ ބޮލުން އިސްތަށިފައިބަމުންގޮސް އެއްކޮން ވަނީ ތަލަވެފައެވެ. ކުރިޔަށް ވުރެން ހިކިހެން ވެސް ހީވެއެވެ. އޭނާގެ ފަހަތުގައި އިޒާން ހިނިއައިސްފައި ބަލަން ހުއްޓެވެ.

“މޭން .. ކޮންއިރަކު އައީ.. އަހަރެން ހީކުރީ ނާންނާނެ ކަމަށް..” ޔަޒަކް، ޒީހާންގެ ގައިގާ ބައްދާލައިފައި ބުނެލިއެވެ.

” ހެނދުނު އާދެވިއްޖެ… ކިހިނެތް ނައިސް ހުންނާނީ.. މިނީ ދެކި ނުލާވެސް ލައްކަ ދުވަސް ވަންދެން ދުރުގަ ހުރެފިން ..ދެން ޒެކް ގެ ވެޑިންގެ ހަބަރު ދިނީމަ ނައިސް ނުހުރެވިގެން މިއައީ..” ޒީހާން ހުރީ ޔަޒަކް އުޅޭގޮތުން ހިނިއައިސްފައެވެ. އިރުކޮޅެއްފަހުން ޔިރާ އައިސް ނީކިޔާ ގެންދިޔުމުން ތިންމީހުން ވާޙަކަ ފެށިއެވެ. ތިން އެކުވެރިން ވާޙަކައިގާ ތިއްބާ އަލާނިޔަލްވެސް އައިސް ވަނެވެ.

“މީނަ ލަދުން މިހިރަ އުޅޭ ވައްތަރެއް ބަލާބަލަ..ފިރިހެނަކަށް ވެސް ނުވޭނު.. މިންމި އަށް ވުރެން މީނަ ކަންތައް ބޮޑު … ދެފައި އެއްތާކު ނުޖެޙޭ މިއަދު ހަމަ… ” އަލާނިޔަލް ހޭންފެށީ ޔަޒަކް ކޮޓަރި ތެރޭގައި ހިނގަ ހިނގާފައި އުޅޭންފެށިގޮތުންނެވެ. “މަށެއް  ނުގަނޭ ބިރެއް ” ޔަޒަކް ނޫން ކަމަށް ހަނދާފައި ތައްޔާރުވާންފެށިއެވެ.

“އެކަމެއް ނޭނގޭ އަވިހި ކަމުން ހީވަނީ ތެޔޮ އެއްޗަކަށް މެއްސެން ވެއްޓިގެން އުޅޭހެން.. ބްރޯ ކޫލް ޑާއުން..” އިޒާން ވެސް ހޭންފެށިއެވެ. އެމީހުން ދިމާކުރަން ފެށުމުން ޔަޒަކް ވެސް ބޯކަހާލިއެވެ.

“ދޭބަލަ ބަލާލަން ކާކު ތޯ ..” ދޮރުގައި ޓަކި ޖަހަން ފެށުމުން ޔަޒަކް ބުނެލިއެވެ. އިޒާން ގޮސް ހުޅުވާލިއިރު ޒުވާން ފުރައިގެ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ތިއްބެވެ. ފިރިހެން ކުއްޖާގެ ކޮނޑުގައި ބެކްޕެކް އެއް އޮތެވެ. “މިއޮތް އައީ މޭކަޕް ކުރާ ކުދިން .. އަވަސްކުރޭ ” އިޒާން، ޔަޒަކަށް ގޮވާލިއެވެ. ޔަޒަކް ހުދު ކުލައިގެ ގަމީސް ލުމުން އެކުދިންގާތު ވަންނަން ބުނެފައި އިޒާން މެންވެސް ދިޔައީ ތައްޔާރު ވުމަށެވެ.

***

އަސުރު ނަމާދު ކޮށްލާއިގެން ޒީވާ ތައްޔާރުވާން ފެށިއެވެ. ކައިވެނި ކުރެވެން އޮތީ ހަތަރުގަޑި ފަނަރައިގައި ކަމުން  ޒީވާ އަތްމަތި ހުރީ ނުހަނު އަވަސް ކޮށެވެ. “މަލްބެރީ” ކުލައިގެ މެކްސީ ގައި ޒީވާ ނުހަނު ރީއްޗެވެ. ހެދުމުގެ މެޔާއި ހިސާބުން މައްޗަށް އެތެރެއިން ވިދާ ހަމަ އެކުލައިގެ ފޮތިލާފައިވާއިރު އޭގެ މަތިން އެކުލައިގެ ލޭޒް ފޮތި ލާފައި ވެއެވެ. ހެދުމުގެ މެޔާއި ހިސާބުގައި ބާގަންޑީ ކުލައިގެ “އޮބި ބެލްޓެއް” އަޅާފައިވާ އިރު ބަނޑާއި ހިސާބުން ތިރި ވެސް މަލްބެރީ ކުލައިގެ ލޭސް ފޮތިން ވެއެވެ.

އާންމުކޮން މޭކަޕް ނުކުރިނަމަވެސް އެދުވަހަށް ހާއްސަކޮން ލުއި މޭކަމެއް ޒީވާ ކޮށްލިއެވެ. އޭނާގެ ފަންއިސްތަށިގަނޑު ފަހަތައް ވަނީ ދޫކޮށްލެވިފައެވެ. ހިތްފުރެންދެން ސެންޓް ޖަޙާލުމަށްފަހު މަލްބެރީ އާއި ބާގަނޑީކުލައިގެމާތަކުން ވާ “ބްރައިޑްސްމެއިޑް ބުކޭ” ހިފައިގެން ނުކުތެވެ. އޭރު ޔޫމީން ވެސް އޭނާގެ ކޮޓަރިން ނުކުންނަނީއެވެ. ޔޫމީން ފެނި ޒީވާ ދެލޯ ބޮޑުކޮށްލައިގެން ހުރެ ކާރިޔަށް ދިޔައެވެ.

“ވޯޙް ވޯހް..ކައި ގެ އަނގައިން ސޮނިފައިބާ ވަރުވެފަ ހުންނާނީ މިރޭ” ޒީޥާ ޔޫމީންއަށް ތައުރީފް ކުރަން ފެށުމުން ޔޫމީން ލަދުން ހުރެ ލޯ އަޅާލިއެވެ. ޔޫމީންގެ ހެދުން ވެސް ޒީވާޣެ ހެދުން ފަދައިން ހުރި ނަމަވެސް އެހެދުމުގެ ތަފާތަކީ ވިދާފޮތީގެ ބަދަލްގައި ބަނޑާއި ހިސާބުން މަތި ވެސް ހުރީ ތިރީގައި ބޭނުން ކޮށްފައި ހުރި ލޭޒްއެވެ. ބެލްޓްގެ ބަދަލްގައި ބަނޑާއި ހިސާބަށް ވަށައިގެން ވަނީ ކުދި ކުދި ރޫ ޖައްސާފައިރަބަރު ލާފައެވެ.

“މަ އެކަނި ތަ .. ޒިވީ ވެސް ބަލާ ރީތި ކަން ..މާޝާ ﷲ.. ޒާންބެ ތަލިން ވެސް ކުޅު ހިކޭނެ މިރޭ..” ޔޫމީންގެ ވާޙަކަ އިވި ޒީވާ ހޭންފެށިއެވެ. ދެމީހުން ތިރިޔަށް ފޭބި އިރު ލަވާލްމެން އޭރު މިލާންމެންގެ ގެޔަށް ވީ ގޮހެވެ. “ދޮންބެ ކޮބާތަ..” ޒީވާ އަހައިލިއެވެ. “ހީވަނީ މިހާރު ދާނެހެން ހިނގާ ދަމާ .. ކައި ވެސް ބުނެފި އޭނާ މަންމަމެން ގޮވައިގެން ދިޔަ ވާހަކަ..” ދެމީހުން ގޯތި ތެރެއަށް ނުކުން އިރު ތައްޔާރު ކޮށްފައިވާ ސަރަހައްދު ރީތިކަމުން ދެމީހުން އާޝޯހްކޮށްލިއެވެ.

ދެމީހުން އަށް މިލާން މެންގެޔަށް ދެވުން އިރު އެދެމީހުން ނޫން އެންމެން އެތާގައި ތިއްބެވެ. ކައިވެނި ކުރެވެން އޮތީ ގޭގެ ސިޓިންގްރޫމުގައި ކަމުން އެތަން ވަނީ އެކަމަށް ތައްޔާރު ކޮށްފައެވެ. ހުދުކުލައިގެ ފޮތިގަނޑެއް މޭޒުގައި އަޅާފައި ވާއިރު ކައިވެނި ފާޓީގެ ދެކުލަ ކަމުގައިވާ”ބާގަންޑީ” އަދި” މަލްބެރީ” ކުލައިގެ ފިނިފެންމާ ބިއްލޫރި ވާސް ޖަހާފައި މޭޒުގެ މެދެއްހާ ހިސާބުގައި ބަހައްޓާފައި ވެއެވެ. ކައިވެނި ކޮށްދޭ މީޙާއާއި އޭނާގެ ބައިވެރިން އަދި ހެކިވެރިން ، އޭރު މޭޒު ދޮށުގައި ތިއްބެވެ. އާއިލާ މީހުންނާއި ރައްޓެހިން ދުރުގައި ހުރި ގޮނޑިބަރިތަކުގައި ވެސް ވަނީ ފުރާލެވިފައެވެ. އިޒާން އާއި އަލާނިޔަލް އާއެއްކޮން ވަން ޔަޒަކްގެ ރީތިކަން ނުހަނު ފުރިހަމައެވެ. ބާގަންޑީކުލައިގެ ކޯޓް ފަޓުލޫނުގައި ހުރި އިރު އެތެރޭން ލާފައި ހުރި  ހުދު ގަމީހުގެ ޖީބާއި ދިމާލުގައި ދެކުލައިގެން ދެމާ އިން އެތިކޮޅެއް ހަރުކޮށްލާފައި ވެއެވެ. ރީތި ގޮތަކަށް އިސްތަށިގަނޑު ޖެލްލާގެން ހިއްލާލައިފާ ވެއެވެ.

ޔަޒަކް މޭޒު ދޮށުގައި އިށީނުމުން އިޒާން އާއި އަލާނިޔަލް ވެސް ދުރުގައި ހުއްޓިލާ އެމީހުންގެ ބައިވެރިން ފެނޭތޯ ދިމަދިމާލަށް ކަޅި އުކިއެވެ. ނަމަވެސް ޒީވާ އާއި އީން ނުފެނުމުން ދެމީހުން މާޔޫސްވިއެވެ.

އިޒާން ފޯނު ނަގާ ޒީވާއަށް ގުޅި އިރު ފޯނު ނުނަގައެވެ. ޒީވާ ހޯދަން ދާން އުޅެފައިވެސް ދާނިޔަލްގެ އަތުގައި ހިފާލައިގެން އަންނަމުންދިޔަ މިލާން ފެނި އަލާނިޔަލް އާއި އެކު ތަންކޮޅެއް ކުރިޔަށް ޖެހިލިއެވެ.

މިލާން ފެނި އެންމެނަށްވެސް ލިބުނީ ވަރުގަދަ ޝޮކެކެވެ.  ހުދުކުލައިގެ ކައިވެނީގެ ހެދުން މަތިން  ހުދުކުލައިގެ ހިޖާބު ރީތިގޮތަކަށް އަޅާލައިފާ ވާއިރު ހީވަނީ އަރަބި މޮޑެލްއެއްހެންނެވެ. އެންމެންގެ އަނގައިން މިލާންއަށް ތައުރީފް އޮހެމުންދިޔައެވެ.

ޔަޒަކް ހުރީ އަނގަހުޅުވިގޮތައް ލައްޕަން ވެސް ނޭގިފައެވެ. މިލާންއަބަދުވެސް ބުރުގާ އަޅާހިތްވާ ވާހަކަ ޔަޒަކްގެ ގާތުގައި ބުނެއެވެ. ނަމަވެސް މިއަދު  ބުރުގާ އަޅަން އުޅޭކަމުގެ ކުޑަވެސް ހިލަމެއް އޭނާއަކަށް ނުވެއެވެ. ކޮންމެއަކަސް ޔަޒަކް އަށް، ކައިވެނީގެ ދުވަހުގެ މިލިބުން “ސަޕްރައިޒް” ނުހަނު ކަމުދިޔައެވެ. މިލާން ލަދުރަކި ހިނިތުންވުމެއްގައި ހުރެ ޔަޒަކްގާތުގައި ގޮނޑިގައި އިށީނދެލިއެވެ. “ކިހިނެތް ސަޕްރައިޒް.” މަޑުމަޑުން އަހައިލިއެވެ. ޔަޒަކް ބަލަހައްޓާއިގެން ހުރުމުން މިލާން ލަދުން އިސްޖަހާލިއެވެ. “ބޭބް ޔޫ އާ ސޯ ޕްރިޓީ ..” މިލާންގެ އަތުގައި ހިފާލަމުން މިލާންއަށް ކިރިޔާ އިވޭވަރަށް ޔަޒަކް ބުނެލިއެވެ.

މިލާން ލުއި ގޮތަކަށް ހީލިނަމަވެސް އޭނާގެ ހިތް ތެޅެމުންދިޔައެވެ. ޔަޒަކް ގެ އަނބިމީހާގެ މަގާމަށް އާދެވެން މާގިނައިރެއް ނެތެވެ. މަޑު ތުރު ތުރު މިލާންގެ އަތުގައިވާ އިރު އަތް ވެސް ނުހަނު ފިންޏެވެ. އެކަން އިހްސާސް ވެގެން ޔަޒަކް ލާނެތް ގޮތަކަށް ހީލިއެވެ.

ޔަޒަކް އަށް އިތުރު ހައިރާން ކަމެއް ލިބުނީ ބާގަންޑީކުލައިގެ އަބަޔާ މަތިން މަލްބެރީ ކުލައިގެ ސިލްކް ޝޯލެއް އަޅާއިގެން ހުރި ލަވާލް ފެނުމުންނެވެ. “ވަޓް.. މަންމަ ވެސް،..” ބުރުގާގައި ފެނުނު ލަވާލް ފެނުމުން ޔަޒަކްގެ އަނގައިން އިހްތިޔާރެއް ނެތި ބޭރުވިއެވެ. ބުނެވުނީ ކިހާ ބާރަކަށް އިހްސާސްވީ އެންމެން ހޭންފެށި އަޑު އިވުމުންނެވެ. މިލާން ވެސް ހެވިފައި އިނދެ ޔަޒަކްގެ ގައިގާ ވިކާލިއެވެ.  އެންމެން ބަލަން ފެށުމުން ޔަޒަކް ލަދުގަންނަ ގޮތް ވިއެވެ. ލަވާލް ވެސް ހިނިއައިސްފައި ހުރެ ލާނެތް ގޮތަކަށް ޔަޒަކްއަށް އެއްލޯ މަރައިލިއެވެ.

މާގިނައިރެ ނުވެ ކައިވެނި ކޮށްދޭން ފެށިއެވެ. “އަނބި ގަބޫލް ކޮށްފިން ..”މިލާންގެ އަތައްބާރުކޮށްލަމުން މިލާން އާއި ހަތަރު ކަޅި ހަމަކޮށްލަމުން ޔަޒަކް ބުނެލިއެވެ. މިލާންގެ ދެލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ކައިވެނި ކޮށްދީ ނިމުމުން  އެންމެން ޔަޒަކް އާއި މިލާން އަށް މަރުހަބާ ކިއެވެ.

އެންމެން ވެސް ލަސްނުކޮށް ޕާޓީ ފެށޭ ގަޑީގެ ކުރިން ޔަޒަކް މެންގެޔަށް ދިޔައެވެ.

 

މުޅި ހޯލް ތެރެ ވަނީ ބާގަންޑީ އަދި މަލްބެރީ ކުލައިން ޖަރީކޮށްފައިއެވެ. މޫސުމަށް ބަދަލެއް އައިސްފާނެކަމަށް ވިސްނާ މުޅި ސަރަހައްދު ވަނީ ހިޔާ ކޮށްފައެވެ. އެތައް ބައިވަރު ފެއަރީ ލައީޓެއް މަތީގައިދަމާފައި ހުރި އިރު  ބިން ފޮރުވާލައިފާ ވަނީ އެދެކުލައިގެ ފިނިފެންމާ ފިޔައިންނެވެ.  ހަތަރު މޭޒުން ހަތަރު މޭޒުން، މޭޒު ޖަހާފައި ހުރި އިރު މޭޒު މަތީގައި ހުދު ވިދުމެއް ހުރި ފޮއްޗެއް އަޅާފައިވެއެވެ. އޭގެ މަތިން މެދަކަށްވާހެން ބާގަންޑީ ކުލައިގެން ޑިޒައިނެއް ހުރި ފޮތިކޮޅެއް އެއްކޮޅުން އަނެއް ކޮޅަށް އަޅާފައިވާއިރު އެ ފޮތިކޮޅު މަތީގައި ޕާޓީގެ ދެކުލައިގެ ތާޒާ ފިނިފެންމާ ބިއްލޫރި ކުލައިގެ ވާސްއަކަށް ޖަހާފައިވާއިރު އޭގެ މެދާހިސާބަށް ފެން އަޅާފައި ހުއްޓެވެ. ކާރީގައި  ކުދިކުދި އުއްބައްތި ރީތި ގޮތަކަށް އަތުރާފައި ހުއްޓެވެ. މޭޒުކައިރީގައި ހުރި ގޮނޑި ތަކުގައިވެސް ހުދު ފޮތި އަލާފައިވާއިރު ބާގަނޑީ ކުލައިގެ ފަލަ ރިބަނެއް ގޮނޑީގެ މެދުގައި އައްސާފައި ހުއްޓެވެ.

ޔަޒަކް އާއި މިލާން ތިބެން ސްޓޭޖްކޮޅެއް ހަދާފައި ހުރި އިރު  އެތަންވެސް ހުރީ މަލްބެރީ އަދި ބާގަންޑީކުލައިންޖަރީކޮށްފައިއެވެ.  ހުދުކުލައިގެ ސްޓޭޖް ކޮޅުމައްޗަށް ބިންފޮރުވޭ ވަރަށް ވަނީ އެދެ ކުލައިގެ ފިނިފެންމާ އަޅާއިފައެވެ.  “ބެކްޑްރޮޕް” ވެސް އެދެ ކުލައިގެ ފިނިފެންމަލާއި ހުދުކުލައިގެ ލޭޒްފޮތި އަދި އެކި ޑިޒައިން ތަކަށް ހުރި ލޯގަނޑު ކޮޅު ތައް ބޭނުން ކޮށްގެން ވަރަށް ފުރިހަމައަށް ވަނީ ތައްޔާރު ކުރެވިފައެވެ.

ޔަޒަކް އާއި މިލާން  ސްޓޭޖް ކޮޅުގައި  ތިބި އިރު މެހެމާނުން ވަންނަމުން ދިޔައެވެ. ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްގައި މިލާން ހޫރެއްފަދައެވެ. މިލާންގެ ހިމަ އުނަގަނޑުގައި ހިފާލައިގެން ޔަޒަކް ހުރި އިރު ބަލާ ފޫހިނުވާހާ އެމަންޒަރު ރީއްޗެވެ.  ކޮންމެ މީހެއްގެ ދުލުން ވެސް އެދެމަފިރިންނަށް ތައްރީފް އޮއްސާލައެވެ.

އާއިލާގެ އެންމެން އަދި ރައްޓެހިން ވެސް ހެދުން އަޅާފައިވަނީ ދެކުލައިންނެވެ. ހުރިހާ އަންހެން ވެރިން ބާގަނޑީ އާއި މަލްބެރީ ކުލައިން ހެދުން ލާފާ ވާއި ފިރިހެން  ވެރިން ހުދު ގަމީޙާ ބާގަންޑީ ޓްރައުޒާގައި ބެގީ ކޮށްފައެވެ. ކުޑަކުދިންތައް  ވެސް ހުދުކުލައިގެ ފުއްޕާފައިހުރި ހެދުން ތަކުގައިވާއިރު ފާޓީގެ ދެކުލައިން ހަދާފައިވާ ފްލާވާ ޕޭންޑެއް ބޮލުގައި އަޅާފައިވެއެވެ.

ޕާޓީއަށް، ޒެންޓްރަސް ހޮސްޕިޓަލްގެ ހުރިހާ  މުއައްޒަފުންނަށް ދައުވަތުވަނީ ވަނީ ދީފައެވެ. ވާނީ ގެ ބައްޕަ ޖެއިން އަކީ ޔާސިރްގެ ގާތް ރަހްމަތްތެރިޔަކަށް ވުމުން އަދި ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށް ވުމުން އޭނާގެ ފަހަތުން ވާނީ ވެސް ޕާޓީއަށް އައިސްގެން އުޅެއެވެ. އެހެން ދުވަސްތަކަށް ވުރެން ބޮޑާށް މޭކަޕް ކޮށްފައި ހުރިއިރު ލާފައި ވެސް ހުރީ ގަޔަށް ބާރުކޮން ހުރި ނުހަނު ކުރު ހެދުމެކެވެ. އޭނާ ޕާޓީ އަށް އައިންސުރެން ވެސް އިޒާންއާއި ވާހަކަ ދައްކަން ދެތިން ފަހަރު ދިޔައެވެ. ނަމަވެސް އިޒާން ފާޅުގައި “އިގްނޯރ” ކުރަން ފެށުމުން އޭނާ ރުޅިގަދަވެފައި ހުއްޓެވެ.

ވާނީ އުޅެމުން ދިޔަ ގޮތުން އަލާނިޔަލްގެ ގާތުގައިހުރި އީން އަށް ދިޔައީ ހެވެމުންނެވެ. “ސީރިޔަސްލީ އެހެރަ ޖޯކަރެއް … ދޮންބެ އޭނާއަށް އިގްނޯރ ކުރާއިރު ވެސް މާގަޓް ވެގެން އެބޯޅޭ ވާހަކަ ދައްކަން … ސީރިޔަސްލީ އައި ވޮނަ ސީ ޒިވީގެ ރިއެކްޝަން…އަހަހަހަ..” އީން ހީހީފައި  ވާނީ، އިޒާން އާ ހެދި އުޅޭ ވާހަކަ ކިޔާ ދިން އިރު އަލާނިޔަލް ގާތައް ވެސް ހިނިއައެވެ.  “އެހެން އަންހެން ކުދިންނަށް ނުކެރޭނެ ދޮންބެ ހުންނަ ސީރިޔަސްގޮތުން އަނގައިން ބުނަން ވެސް .. ..” އަލާނިޔަލް ވެސް އީންގެ ވާހަކައިގައި ބައިވެރި ވިއެވެ.

“ބޭބީ .. ހާދަ ރީއްޗޭ މިރޭ..” އީން ގެ ކަންފަތް ދޮށުގައި އަލާނިޔަލް ބުނެލިއެވެ. ވާނީ އުޅެމުންދިޔަގޮތުން ހެމުން ދިޔަ އީންގެ ހެއުން ހުއްޓުނެވެ. އީންގެ މޫނުމަތިން ލަދުރަކި ހިނިތުންވުމެއް ފެނިލިއިރު މޫނުމަތީ ގައި މަދުރަތް ކަމެއްވިއެވެ. ބާގަންޑީ ކުލައިގެ މަޑު ވިދުމެއް ހުރި ފޮއްޗެއް އަދި ލޭޒް ފޮއްޗެއް ބޭނުންކޮށްފައިވާ، ފައިގެ ތަނބިކައްޓާއި ހަމަޔަށް އަރާ މެކްސީގައި އީން ނުހަނު ލޯތްބެވެ.

“ޑިފީ ވެސް . ” އަލާނިޔަލްގެ އުނަގަނޑުގައި އަތް އަޅޫވާލަމުން އީން ވެސް ތައުރީފް ކޮށްލިއެވެ. ބާގަންޑީ ކުލައިގެ ޓްރައުޒާއާއި ހުދު ގަމީހުގައި ހުރި އިރު އަލާނިޔަލް ނުހަނު ފިރިހެން ވަންތައެވެ. “މާމަ ނާންނަނީތަ..” ސިފްރީނާ މަތިން ހަނދާން ވެގެން އީން އަހައިލިއިވެ. ދުރުގައި ލަވާލް މެން ގާތު ގޮނޑީގައި އިށީންދެ އިން ސިފްރީނާ ދައްކާލަމުން އަލާނިޔަލް ހީލިއެވެ.

އެހެން ތިއްބާ ރާހިލް ވެސް އައެވެ.  އޭނާ އާއި އެކު އަންހެން ކުއްޖެއް ހުރުމުން އީން ރާހިލް އާއި ދިމާލަށް އެއް ބުމަ ހިއްލާލިއެވެ.

” އޮހް.. މީޓް މައި ގާލް ފްރެންޑް ތާރާ… ތާރާ .. މި އަހަރެންގެ ބެސްޓްފްރެންޑް ޑިފީ.. ދެން މިހުރީ އޭނާގެ އެކްސް ބެސްޓް ފްރެންޑް  އީން  ..” ރާހިލް އެމީހުން ތައާރަފް ކޮށްދިން  ގޮތުން އަލާނިޔަލް ހޭންފެށިއެވެ.  އީން ވެސް ރާހިލް އާއި ދިމާލަށް ދެލޯ އަޅައިލަމުން ތާރާއަށް ހީލަމުން ސަލާމް ކޮށްލިއެވެ.  ތާރާ ވެސް އީން  ވެސް ހީލަމުން ސަލާމް ކޮށްލިއެވެ.  އިރުކޮޅަކު ވާޙަކަ ދައްކަން ހުރެފައި އަލާނިޔަލް އާއި ރާހިލް، އިޒާންމެންގެ ގާތައް ދިޔުމުން ތާރާގެ އަތުގައި ހިފައިގެން އީން ވެސް ޒީވާ އާއި ޔޫމީންގެ ގާތައް ދިޔައެވެ.

***

ފެން ތައްޓެއް ނަގާގެން އެއްފަރާތެއްގައި ހުރި ކައިވަންގެ ނަޒަރު ހުރީ ޒީވާގެ ގާތުގައި  ހުރި ޔޫމީންއަށެވެ. ކައިވަން ހުރި ހިސާބާއި ގާތުގައި ޒުވާން ފުރާގެ އަންހެން ކުދިންތަކެއް އޭނާގެ ރިތިކަން ފެނި ތުއިވަމުން ދިޔައިރުވެސް ކައިވަން އަށް ރެއަކާ ވެސް ނުލައެވެ.

ޔޫމީން އަށް ނަޒަރު ހުއްޓާލައިގެން ހުރި ކައިވަން ކުއްލިޔަކަށް ސިހުންލިބުނީ  އެއްލިކަޅިއަކުން ގޭގެ ބިއްދޮއްފަޅީގައި މީހަކު ހުރިހެން ހީވެގެން ބަލާލި ހިނދު ފެނުން މީހަކުންނެވެ. ކިތަންމެ ކަޅު އެއްޗިހުނުގައި ފޮރުވެން އުޅުން ނަމަވެސް އެއީ ކެރާ ކަން ކައިވަން އަށް އެނގުނެވެ. ކައިވަން އެދިމާލަށް ހިނގައިގަތުމުން ވިދާލި ވިދުވަރެއް ހެން ކެރާ ޣައިބުވިއެވެ.

ކައިވަން ރުޅިގަދަ ވެފައި ހުރެ އެހިސާބުގަނޑު އެކަށް ބެލިއެވެ. ނަމަވެސް ކެރާގެ ހިލަމެއް ނުވެއެވެ. އޭނާ މިސްރާބު ޖެހީ އިޒާން އާއި އަލާނިޔަލް ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު