ހިރާސް 1 (43) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (43)

ކައިވަން ރުޅިގަދަ ވެފައި ހުރެ އެހިސާބުގަނޑު އެކަށް ބެލިއެވެ. ނަމަވެސް ކެރާގެ ހިލަމެއް ނުވެއެވެ. އޭނާ މިސްރާބު ޖެހީ އިޒާން އާއި އަލާނިޔަލް ހޯދުމަށެވެ.

ނީކިޔާ ގޮވައިގެން އުޅެފައި އޭނާ ނިދުމުން ޒީވާ ދިޔައީ ނީކިޔާ ކޮންމެވެސް ކޮޓަރިއެއްގައި ބޭއްވުމަށެވެ.  ކޮނޑުމައްޗަށް ލައިގެން ގެޔަށް ވަދެ ވަދެ ހުއްޓައި ޒީހާން އައިސް ޒީވާއަށް ގޮވާލިއެވެ. އިރުކޮޅެއްގައި ވާހަކަ ދައްކަން ހުރުމަށްފަހު އޭނާ  ނީކިޔާ އުރާލައިގެން ދިޔުމުން ޒީވާ އަލުން ބޭރަށް ނުކުތެވެ. ފޯނު ނަގާ ބަލާލި އިރު ދެލޯ ބޮޑުކޮށްލެވުނީ އިޒާންގެ އެތައްބައިވަރު މެސެޖްތަކާއި ކޯލްތައް ފެނިއެވެ. ކޮށްފައި ހުރި މެސެޖްތައް ކިޔަމުން ކުރިޔަށް ހިނގަ ހިނގާހުރި ޒީވާ ކުއްލިޔަކަށް ސިހުމެއް ލިބުނީ މީހެއްގެ ގައިގާ ލައިގަތުމުންނެވެ. އިސް އުފުލާ ބަލާލި އިރު ކުރިމަތީގައި އިޒާން ދެލޯ ހަނިކޮށްލައިގެން ހުރެ ފޯނު ނަނގާ ދައްކާލިއެވެ.

“ސޮރީ … ވަރަށް ބިޒީ ކޮން އުޅުނީ… ” އިޒާން ހުރީ ރުޅި އައިސްފައޭ ހީކޮށް ޒީވާ މަޑުމަޑުން ބުނެލިއެވެ.

ޒީވާ އިސްޖަހައިގެން ހުރިއިރު އިޒާން ޒީވާގެ ބޮލުންފެށިގެން ފަޔަށް ނަޒަރެއް ދެވުނެވެ. އޭނާގެ ރީތިކަމުން ދުނިޔެމަތީގަ ދެން ހިނގަމުންދާ ކަމެއް ވެސް ރެޔަކާ ނުލާ އިޒާން އަށް ކަޅި ޖަޙާ ނުލާ ޒީވާއާއި ދިމާ ބަލަހައްޓައިގެން ހުރެވުނެވެ. މަޑުމަޑުން ޒީވާގެ ގާތައް އިޒާން ޖެހެން ފެށިއެވެ.

އިޒާން އެއްޗެއް ނުބުނުމުން ޒީވާ އިސްއުފުލާލި ހިނދު އޭނާ އާއި ނުހަނު ގާތުގައި ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުރި އިޒާން ފެނި ޒީވާގެ މުޅި މޫނަށް ޖަންބުކުލަ ވެރިވިއެވެ.

“ހިނގާބަލަ..” އިޒާން ޒީވާގެ އަތުގައި ހިފައިގެން އެރީ ގޭގެ ޓެރެހަށެވެ.  އެއްވެސް މީހަކު ނެތް ނަމަވެސް އެތަން ފެންނަނީ ފުދޭވަރަށް އަލިކޮށެވެ. ސާދަ ވިލޭރޭގެ ހަނދާއި އޭގެ ބައިވެރިން އުޑުގައި ރަސްކަންކުރަމުން ދިޔައިރު ނުހަނު ނަލައެވެ.

ޒީވާ ރެއިލިންގް ގައި އަތް އަޅުވާލައިގެން ހުރެ ބޭރަށް ނަޒަރް ހިންގާލިއެވެ.. ފިނިމޫސުން  ނިމި ހަރީފް މޫސުމް ފެށުނުއިރު ސްނޯވް ތައް ކެހެމުން ގޮސް ގަސްތަކުގައި ވާ ފަތް ތަކަށް ވަނީ  ހަރީފްގެ ކުލަތައް ވެރިވެފައެވެ. ބަލާލަން ނުހަނު ރީއްޗެވެ.

ޒީވާ ބޭރަށް ނަޒަރު ހިންގައިގަން ހުރިލެއް ލޯބި ކަމުން އިޒާން އަށް ކަޅި ޖަހާވެސް ނުލާ ބަލަހައްޓައިގެން ހުރެވުނެވެ. ނަމަވެސް ޒީވާއަކަށް ރެއަކާ ނުލައެވެ.

“ބޭބީ…” ޒީވާ ސިހުނީ އިޒާން ޒީވާގެ ފަހަތުން އައިސް ބައްދާލި އިޒާންގެ ގެ ފިރިހެންވަންތަ އަޑު އިވުމުންނެވެ. “ޔެސް ބޭބީ… ” ލަދުގެ ރަކި ހިނިތުންވުމެއްގައި ހުރެ ޒީވާ ބުނެލިއެވެ.

“އަހަރެން މެރީ ކުރަން ބޭނުން  … ވަރަށް އަވަހަށް ކިޑް އެއްވެސް ބޭނުން..” އިޒާން ޒީވާގެ މަޑު އަތްތިލާގައި ބޮސްދެމުން ޒީވާގެ މޫނަށް ބަލައިލިއެވެ. ޒީވާގެ މޫނަށް ޖަންބުކުލަ ވެރިވެފައިވާއިރު އޭނާ ލަދުގަންފައިވާ ވަރު އެމޫނުމަތިން ހާމަ ވެއެވެ. ” ބޭނުންވޭތަ … ޒިވީ އޯކޭ ނޫނީ ތަ ..”  ޒީވާ އަނގައިން ބަހެއް ނުބުނުމުން  އިޒާން ހީކުރީ ޒީވާ ބޭނުން ނުވަނީ ކަމަށެވެ. “ނޫން ނޫން.. އަހަރެން ވެސް ބޭނުން.. އެކަމް ކީއްކުރަން ޔެސް ބުނަނީ…” ވާހަކަ ދައްކަމުން ޒީވާ މޫނު ހަދާލާފައި އިޒާން އާއި ދިމާ ބަލައިލިއެވެ. އިޒާން އަށް އެއީ ކީއްވެގެން ބުނި އެއްޗެއް ކަން އިނގުނަސް ނޭނގޭ ކަމަށް ހަދަމުން ލާނެތް ގޮތަކަށް ހީލިއެވެ. “ޕްރޮޕޯސް ނުކޮށްގެން ތަ ތިހެން ތިބުނީ…” ޒީވާގެ ގައިގާ ކުރިޔަށް ވުރެން ބާރަށް ބައްދާލަމުން އިޒާން ބާރަށް ހޭންފެށިއެވެ. ޒީވާ  އިޒާންގެ މޫނަށް ބަލާލަމުން  ދެލޯ އަޅާލިއެވެ. ޒީވާގެ އެއާދައިން އިޒާން ގާތައް ކުރިޔަށް ބޮޑަށް ހިނިއައެވެ. “އަދި ނެތެއްނު ނުކުރެވިފައެއް .. ކެތްތެރިވެބަލަ ކުއްޖާ ..” އިޒާން މަޑުމަޑުން ބުނެލިއެވެ. “ހުއް.. ވަޓްއެވާރ..” ކުއްލިއެއް ޖަހާލައިފާ ޒިވާ އިޒާން ގާތުން ސަލާމަތް ވެގެން ތެރެހުން ނުކުތެވެ.  އިޒާން ވެސް ޒީވާގެ ފަހަތުން ނުކުތެވެ. ލިފްޓްގައި ލޯބީގެ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދެމީހުންވެސް އެހެންމީހުން ކާރިޔަށް ދިޔައެވެ.

 

މެމާނުންތައް މަދުވާން ފެށުމުން ދެމީހުންގެ އާއިލާ މީހުން ފޮޓޯ ނެގުމައިގެން އުޅުނެވެ.

“ހޮއި ހޮއި ހާދަ ރީއްޗޭ ރޯމިއޯ އެންޑް ޖޫލިއެޓް..”ޔޫމީން އާއި އެކު ފޮޓޯ އަށް ހުއްޓިލަމުން ކައިވަން އެމީހުންނާއި ދިމާކޮށްލިއެވެ. ކިތަންމެ ވަރަކަށް ސަކަރާތް ޖަހާފައި އުޅުނު ނަމަވެސް ކައިވަން އަށް ވިސްނެނީ ކެރާ ފެނުމުން އެކަމާއެވެ. އިޒާން އާއި އަލާނިޔަލް އާއި ވަކިން ބައްދަލް ކުރެވޭގޮތް  ވަންދެން ކައިވަން ކެތްތެރިވެގެން ހުއްޓެވެ. ނަމަވެސް ޕާޓީ ނިމިގެން ގެޔަށް ދާން  ވީ އިރު ވެސް އެވަގުތު ކޮޅެއް ނައެވެ.

ޕާޓީ ނިމިގެން ހުރިހާ މީހުންނަށް ގެޔަށް ވަދެވޭ ވަރު ވީ އިރު އެގާރަ ޖަހަނީ އެވެ. ވެފައިވާ ވަރުބަލިން ހުރިހާ ބޮޑެތި މީހުންތައް ޔަޒަކް އާއި މިލާންއަށް މަރުހަބާ ކިޔުމަށްފަހު ވާހަކަ ދައްކާލުމަށް އިރުކޮޅަކު މަޑުކުރުމަށްފަހު ކޮޓާރި ތަކަށް ދިޔައެވެ. ދާނިޔަލް އާއި މާޔާ އަދި މިލާންގެ ރަހްމަތްތެރިން ދިޔުމުން  ޒީޥާ އާއި ޔޫމީން އަދި އީން، މިލާން ގޮވައިގެން މިސްރާބު ޖެހީ ލިފްޓަށެވެ. މިލާންގެ ހެދުމުގައި ގައި ހިފައިގެން ޒީވާ އާއި އީން ތިއްބެވެ.  ލިފްޓަށް އެރުމަށްފަހު އަށް ވަނަ ފަންގިފިލާއަށް ދިޔައެވެ.

އެގޭގެ އެންމެ މަތީ ފްލޯ ކަމުގައިވާ އަށްވަނަ ފްލޯވަނީ ޔަޒަކް އާއި މިލާން އާއި އަށް ތައްޔާރު ކޮށްފައެވެ. ކައިވެންޏަށްފަހު ދެމީހުން ދިރިއުޅެން ހަމަޖެހިފައިވަނީ އެ ފްލޯގައެވެ.  ހަތަރު މީހުން ވެސް ސިޓިންގް ރޫމުގައި ސޯފާގައި ތިއްބެވެ. އީން އާއި މިލާން އާޝޯހް ކަންމަތީގައި ތަންތަން ބަލަމުން ދިޔަގޮތުން  ޒީވާ އާއި ޔޫމީން ގާތައް ހިނިއައެވެ.

“ދޮންބެ ދައްތާ.. ދެން ތިހާ ވަރަށް ތަންތަން ނުބަލަބަލަ…  މިއީ ކަމަނާފުޅު ކުރިޔަށް އޮތްތާ ގަ އުޅެން ހުރި ތަނޭ… .” ޒީވާ، ހޭންފަށަމުން މިލާން އާއި ދިމާކޮށްލިއެވެ.

މުޅި އެޕާޓްމަންޓް ވަނީ މިލާންއަށް އެންމެ ރީތި ކުލަ ކަމުގައިވާ ހުދާއި  ބާގަންޑީ ކުލައިންނެވެ. ކައިވެންޏަށްފަހު ޔަޒަކް އާއި އެކު ގޭގެ ވަކި އެޕާޓްމެންޓެއްގައި އުޅޭކަން އިނގުނު ނަމަވެސް ޔަޒަކް ކާރީގައި ކިޔާ ކިޔާ ވެސް އެތައް އޭގެ ކުރިން އޭނާ ނުގެނެއެވެ.

“ޝޮކް ޖެހޭނެ އެންނު .. ވާވް.. ޒެކް ނުގެނެއޭ އަހަރެންނެއް ކިޔާ ކިޔާ އާދޭސް ކޮށްގެން ވެސް މިތަން  ދައްކާލަން ވެސް.. ”  މިލާން އަށް ހީލެވުނީ ޔަޒަކް އޭނާ ދެކެ ލޯބިވާ ވަރު އިހްސާސްވުމުންނެވެ.

“އޯކޭ އޯކޭ.. ދޮންބެދައްތާ.. މިރެއަށް ދެން އޮތިއްޔޭ ދޯ އަދި… މިދެމީހުންނާ ހެދި މަވެސް މެރީ ކުރާ ހިތްވެއްޖެ..” ލާނެތް ގޮތަކަށް  ޔޫމީން މިލާންއާ ދިމާ ކޮށްލިއެވެ. މިލާން  ލަދުން ރަތްވިއެވެ. އީން އާއި ޒީވާ އާއި ވެސް ޔޫމީން އާ ބައިވެރިވެ މިލާން އާއި ދިމާ ކޮށްލި ކޮށްލީނުން މިލާން ރަނގަޅާށް ވެސް ބިރު ގަންނަވާލިއެވެ. ލަދުންގޮސް މިލާން އިނީ އިސް އުފުލާލަން ވެސް ނުކެރިފައެވެ.

***

 

ހުރިހާ ފިރިހެން ޒުވާނުން ތައް އެއްތަން ވުމުން އޮތީ ޔަޒަކް އާއި ދިމާ ކުރުމެވެ. ޔަޒަކްގެ ރަހްމަތްތެރިންނާއި އިޒާން އާއި ޒީހާން އާއި އަލާނިޔަލް އާއި ވެގެން ޔަޒަކް ހަމަ ތެދުވަންނައިރަށް ހިފަހައްޓާއެވެ. ރާހިލް ވެސް ތާރާ ގެޔަށް ލާފައި އައިސް އެމީހުންނާ ބައިވެރިވިއެވެ. “ބްރޯ މަ ވަރަށް ނިދި އައިސްފި ..މިހާރު އެއޮތްގެން އެކެއްޖަހަނީ…ދެން މަ ފޮނުވަން އުޅޭ..” ޔަޒަކް އާފުރެމުން ތެދުވުމުން އޭނާގެ ކޮނޑުގައި ހިފާ އަނެއްކާ ވެސް ސޯފާ އަށް ވައްޓާލިއެވެ.. “ނޫނޭ ހިނގާ ފީފާ މެޗެއް ކުޅެން .. ކަލޭ ކޮންމެ ރެއަކު ކުޅެމެންނު.. މިރޭ ނުދެވޭނެ އަދި ކޮފީ ތަށި ވެސް ހުސް ނުކޮށް…” އިޒާންގެ ވާހަކައިން ދެން ތިބި މީހުންގާތައް އައީ ނުލަފާ ހިންޏޭވެ. ޔަޒަކް ވެސް ބޮލުގައި އަތް ހިންގާލަމުން

ސޯފާއަށް ވެއްޓިގަތެވެ. މިރޭ މި މީހުން ގާތުން އަވަހަކަށް ސަލާމަތެއް ނުވެވޭނެކަން ޔަޒަކްއަށްއެނގުނެވެ. އަލާނިޔަލް ގޮސް ފީފާ އެޅުވުމުން ޔަޒަކްއަށް ޖެހުނީ ކުޅޭށެވެ. ކައިވެނީގެ ފުރަތަމަ ރޭގައި ވެސް މިޖެހުނީ ގޭމް ކުޅޭށޭ ޔަޒަކް ހިތައް އެރިއެވެ. މިލާން ގާތައް ދިޔުމަށް އޭނާ އިނީ ކެތްތެރިކަން ކުޑަވެފައެވެ.

“ބްރޯ ..ދެން މިރޭކެތްތެރިވެބަލަ.. ދެން މިންމި ކާރީގަ އެންނު އޮންނާނީ އަބަދު.. އަދި ވާނެ އެންނު މި ކޮފީ ނިންމާފަ އެހެން ކޮފީ އެއްވެސް ގެންނަން،،” ޔަޒަކް ގެ ރަހްމަތްތެރި ކައިލް އިނދެފައި ބުނެލިއެވެ. އެއާއެކު އެންމެން ހީގަތެވެ.

ޔަޒަކް އަށް ވެފައި އިންގޮތުން އެހެން އެންމެން ދިޔައީ ގަދަޔަށް ހެމުންނެވެ. އެމީހުން ޔަޒަކްއާއި ދިމާކުރަމުންދިޔައިރު ފިރިހެނަކަށް ވިޔަސް އޭނާ އިނީ ލަދުގަނެފައެވެ.  އެމީހުން ކާރިން ސަލާމަތް ވެގެން އެޕާޓްމަންޓަށް ދެވޭ ވަރު ވީ ދޭއް ޖަހާ ބޮޑުވިފަހުންނެވެ.

***

ޔަޒަކް އައިސް ވަންތަން ފެނި  ޒީޥާ މެން ލާނެތް ގޮތަކަށް ހީލަމުން ނިކުމެގެން ދިޔައެވެ..

އެމީހުން ދިޔުމުން މިލާން އާއި ޔަޒަކް އެކަނި ވިއެވެ. މިލާން ގެ ހިތް ތެޅެންފެށީ އާދަޔާއި ހިލާފް ބާރުމިނެއްގައެވެ. މުޅި ކުއްޖާ ފިނިވިއެވެ. ދެއަތް ދެއަތާ  މޮޑެން ފެށުނީ ޔަޒަކް އޭނާ އާއި ގާތައް އަންނަން ފެށުމުންނެވެ. ޔަޒަކް އައި ގޮތައް އައިސް މިލާންގެ ހިމަ އުނގަނޑުގައި ހިފާ އޭނާގެ އަތް ދަނޑި މައްޗަށް ލައިގެން ކޮޓާރިޔަށް މިސްރާބް ޖެހިއެވެ. ޔަޒަކްގެ ތޫނު ނަޒަރު މިލާންއަށް ހުއްޓިފައި ވާތަން ފެނި މިލާންގެ ހިތުގެ ތެޅުން ވީ އިތުރެވެ. ޔަޒަކް އަކީ މިހާރު އޭނާގެ ފިރިމީހާކަން އިހްސާސްވެ މިލާންގެ މުޅި ކޯތާފަތައް  ރަތްކަން ފާއްދާލިއެވެ.

ކޮޓަރިޔަށް ވަދެވުމާއެކު ޔަޒަކް މިލާން ތިރީގައި ބެހެއްޓިއެވެ. މުޅި ކޮޓަރި ހުސް ހުދު ކުލައިން ވާ އިރު މިލާން އަށް ނުހަނު ކަމުދިޔައެވެ.

ކައިވެނީގެ ފުރަތަމަ ރެޔަށް މުޅި ކޮޓާރި ވެސް ވަނީ ނުހަނު ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. މުޅި ކޮޓަރި ވަނީ ތާޒާ ރަތް ފިނިފެންމާ ފިޔައާއި އެކި ވަރުގެ އުއްބަތިން ޖަރީކޮށްފައެވެ.

” ވެއިޓް މަށައް އިވުނު ޑިފީ އާއި ކައިވަން ޗުކު ޗުކު ލައްވާ އަޑު.. އެއުޅޭ ކައިލް މެން ގްރޫޕް ގޮތް އެނގެއެންނު..” ކައިވަން އާއި އިޒާން އާއި އަލާނިޔަލް އަދި ޔަޒަކް ރަހްމަތްތެރިން ހީހީފައި ހަވީރު އުޅުން ގޮތުން ޔަޒަކް  އެކި ދިމާ ބަލަން ފެށީ ޝައްކުގެ ނަޒަރަކުންނެވެ. އެތައް އިރެއް ވަންދެން މިލާން އާއި ވެގެން ބެލި އިރުވެސް އެއްވެސް  ކަމެއް ކޮށްފައިވާތަން ނުފެނުމުން ޔަޒަކް ގޮސް އެނދަށް ޖެހިގަތެވެ.

ކުއްލިޔަކަށް ޔަޒަކް ހަޅޭއްލަވައިގަން އަޑު އިވިފައި ޝޯލް ގައި ވާ ޕިންތައް ނަގަންހުރި މިލާން ސިހިފައި ޔަޒަކް އަށް ބަލައިލި އިރު ފެނުނު މަންޒަރު ދެން ހީވީ އެތާގައި ފުއްޕާހަމެއް ފަޅާލިހެންނެވެ. މިލާން ބާރުބާރަށް ހެމުން ދިޔައިރު އޭނާގެ ލޮލުން ފެން އަންނަމުން ދިޔައެވެ.

ޔަޒަކް އެނދަށް ޖެހިގެން އިރު ގޮސް ވެއްޓުނީ އައިސް ކިއުބުން ފުރިފައި ހުރި ބިލިގާއެއް ތެރެއަށެވެ. އެނދުބައިންދަފާއި އިންތަނުން އެނދު ނަގާފައި އެތާގައި ބައިންދާފައި ވަނީ އެނދާއެއްވަރަށް  ހަތަރެސް ކަނަށް ހުރި  ބިލިގާއެވެ. އޭގެ މަތިން ބެޑްޝީޓް އަޅާފައި ކުއިލްޓެއް އަޅާފައި ހުރި ގޮތުން އެތަނަށް ކަމެއް ކޮށްފައިވާހެން ވެސް ހީނުވެއެވެ. ހެޑް ބޯޑެއް ވެސް ބައިންދާފައި އިން އިރު ހަމަ ވައްތަރީ ވެސް އަސްލު އެނދަކާއެވެ.  ޔަޒަކް ބިލިގާ ތެރޭގައި އޮވެފައި ތެދުވަންނަން އުޅެނިކޮން ދެން ވެސް ލިބުނީ ލަނޑެކެވެ. ހެޑްބޯޑުގައި ކަންވާރު ގަނޑެއް އިނުމުން އެކީއްކުރާ އެއްޗެއް ތޯ ބަލާލަން އެއަށް ދަމާލި ހާ އިރުން މަތީގައި އިން ޗާންދަލިޔާގެ މަތިން ފައިބައިގަތީ ފުށާއި ކުލައެވެ.  ސިފަ ވަކި ނުވާ ވަރަށް ޔަޒަކް ގެ މުޅި ގައިގާ އޮތީ ކުލައެވެ. ޔަޒަކް ހަމަ ރަނގަޅާށް ވެސް ރުޅިގަދަ ވިއެވެ. އެކަމުން މިލާންގެ ހެއުން ވީ އިތުރެވެ.

އިތުރަށް އެކޮޓަރީގައި މަޑު ނުކޮށް މިލާންގެ އަތުގައި ހިފައިގެން ހުރެ ޔަޒަކް ވަނީ އެ ފަންގިފިލާގައި ހުރި ދެން ހުރި ގެސްޓް ރޫމަށެވެ.

ޔަޒަކް ފެންވަރާއިގެން ނުކުން އިރު ވެސްހުރީ ރުޅި ގަދަ ވެފައެވެ.

“މާދަން ހޭ އަރުވާލާނަން އެމީހުންނަށް…ހުވާ މިބުނީ..” ޑްރެސިންގް ޓޭބަލް ކައިރިޔަށް ހުއްޓެމުން ޔަޒަކް ބުނެލިއެވެ. އޭރުވެސް މިލާން ހުރީ ހޭށެވެ. “ބޭބް އަދިވެސް ޗޭންޖް ނުކުރަންތަ …” ޝޯލް ނަގާފައި ހުރި ނަމަވެސް މިލާން ކައިވެނީގެ ހެދުމުގައި ހުރިތަން ފެނުމުން ޔަޒަކް އަހައިލިއެވެ. ޔަޒަކް މިލާންގެ އުނަގަނޑުގައި އަތް އަޅުވާލަމުން ގާތައް ދަމާލިއެވެ. މިލާންގެ މޫނަށް މަޑުރަތް ކަމެއް ފާއްދާލިއެވެ. “އަހަރެންގެ ފޮށި ޒިވީގެ ރޫމް ގަ…” މަޑުމަޑުން މިލާންގެ އަޑު އައެވެ. މިލާންއެހާ ލަދުގަނެފައި ހުރުމުން ޔަޒަކް ގެ ގާތައް ލާނެތް ހިންޏެއް އައެވެ.  “އޯކޭ ހެދުން ހޯދާނެ ކަމެއް ނެތް ….” ޔަޒަކް މިލާންގެ  މޫނާއި ދިމާލަށް ގުދުވެލިއެވެ. މިލާންގެ މުޅިމޫނުން ހީބިހި ހަލުވާލިއެވެ.

****

އެލާމް ވުމުން ޔަޒަކްގެ އަތު ތެރޭގައި ވި މިލާންއަށް ހޭލެވުނެވެ. ލަސްލަހުން އެސްފިޔަތައް ހުޅުވާލުމަށް ފަހު ޔަޒަކް އާއި ދިމާ ބައިލި މިލާންގެ މޫނު ރަތް ވެގެން ދިޔައީ ރޭގައި އެދެމެދުގައި ވީ ހިނގި ކަންތައް ހަނދާން ވުމުންނެވެ. އިރު ކޮޅަކު އެނދުގައި އިނދެލުމަށްފަހު ޔަޒަކްގެ ނިތުގައި ބޮސްދިނުމަށްފަހު  ތުވާލި ނަގާ އޮޅާލައިގެން ފާހާނާ އާއި ދިމާލަށް މިސްރާބްދިޔައެވެ. ކޮޓަރިތެރެއަށް ހީވަނީ ތޫފާނެއް އަރާފައިވާ ހެންނެވެ.އެތަނަށް ވެފައި އޮތް ގޮތުން މިލާންގެ ގާތައް ހިނި ވެސް އައެވެ.

 

****

ކާރުން ފައިބާއިގެން އިޒާން އާއި އަލާނިޔަލް އެކުއެކީ ޒެންޓްރަސް ހޮސްޕިޓާލަށް ވަންނަން ދިޔުމުން ގިނަ ބައެއްގެ ނަޒަރުއެމީހުންނަށް ސިދާވިއެވެ. ނަމަވެސް ދެމީހުން ވެސް އަޅާނުލާ  އެތެރެއަށް ވަދެގެން ދިޔައެވެ. ކަޅުކުލައިގެ ގަމީހާ ޓްރައުޒާގައި އިޒާން ހުރި އިރު ބެގީ ކޮށްފައި ވާއިރު ހިމަދިގު ކަޅުކުލައިގެ ޓައީ އެއް ވަނީ އަޅާލައިފައެވެ. އޭނާގެ ފިރިހެން ވަންތަކަމާއި ޝަހުސިއްޔަތުގެ ވަރުގަދަ ކަން ނުހަނު ބޮޑަށް ހާމަވެއެވެ.

އަލާނިޔަލް ހުދު ކުލައިގެ ޓީޝާޓަކާއި ކަނޑު ނޫކުލައިގެ ޖިންސެއްގައި ހުރި އިރު އިޒާންއަށް ދޫނުކުރެއެވެ. އޭނާ އަކީ ވެސް ނިއުރޯ ސާޖަންއަކަށް ވުމުން އައްޒާމް ބޭނުންވީ އޭނާ ވެސް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރުމަށެވެ. އިޒާން އަށް ހޮސްޕިޓާ.ލްގެ ސީ.އީ.އޯ މަގާމް ދީފައިވުމުން  އަދި  ޔަޒަކްއަށް ސީ.އެމް.އޯ ގެ މަގާމް ދީފައިވުމުން އައްޒާމް އަލާނިޔަލްއަށް ހޮސްޕިޓަލްގައި ދެވަނައަށް އެންމެ މަތީ މަގާމް ކަމުގައިވާ  ޑިރެކްޓާރ ގެ މަގާމް ދިނުމަށް ވަނީ ނިންމާފައެވެ.  އައްޒާމް އާއި ޔާސިރް ވެސް ހޮސްޕިޓަލް އަށް ވަޒީފާއަށް ނުކުމަތް ނަމަވެސް ބަލިމީހުން ބެލުމުގެ ބަދަލްގައި ދެމީހުންވެސް ހިޔާރްކުރީ ޔުނިވާސިޓީ ބައިގައި  ލެކްޗަރާ ކަންކުރުމެވެ.

އިޒާން އާއެކު ގޮސް އޭނާގެ ޑޮކްޓާރ ކޮޓަރީ ގައި ހުރި ގޮނޑީގައި އަލާނިޔަލް އިށިނެވެ. “ކައިލް ކާރީގަ ބުނިން ޑިފީ ގޮވައިގެން ހުރިހާ ތަނެއް ކިޔާލަދޭން ދާން އަންނާތި އެނގޭ ވެޔޭ…. ދެ މާދަން ޑިފީގެ ފަސްޓް ޑޭ …އެންޑް ބައްޕަ ބުންޏެއްނު ބޮޑު މީޓިން އެއް ވެސް އިންނާނޭ ޑިފީގެ މަގާމް ހަވާލުކުރަން .. ވަރަށް އޮފިޝަލްކޮން އަންނާނީ ކުޑަކޮން މޭކްޕް ވެސް ކޮށްލައިގެން ..” އިޒާން ހޭންފަށާމުން ބުނެލިއެވެ. އެހުނުމުގައި އަލާނިޔަލްވެސް ބައިވެރިވެލިއެވެ. “ދޮންބެ ވެސް ހިނގާބަލަ އަހަންނާއެއްކޮން ” އަލާނިޔަލް އެދުނެވެ. ” ދޮންބެ އެބައިން ޓޫ އަޥާސް ޕޭޝަންޓްސް އިން ބަލަން ދެން ހަމަ ނިމިގެން ކުލާސް ..އެހެން ވެ ކައިލް ކާރީގަ ވެސް ބުނީ..އެހެންނޫންނަމަ ދޮންބެ ދާނަން “އިޒާންގެ ކޮންމެ ވާހަކަ އަކަށް އަލާނިޔަލް ބޯޖަހަމުން ދިޔައެވެ. “ޑިފީ.. ވާހަކައެއް އަހާލަންތަ..” އިޒާން އަލާނިޔަލްގެ މޫނަށް ބަލައިލުމުން އަޅާނިޔަލް އަނެއްކާ ވެސް ބޯޖަހައިލިއެވެ.

“ޑިފީ ގެޔަށް ޗޭންޖުވާން ވީނުން … މިހާރުތިއުޅެނީ ފްރެންޑްއެއްގެ އެޕާރޓްމަންޓްގައި ފުރީ ކޮން ނަމަވެސް އަމިއްލަ ތަނެއް ނޫނެއްނު..” އިޒާންބުނެލިއެވެ. އަލާނިޔަލް ވަރަށް ވިސްނަން އިނދެފައި ބޯ ޖަހައިލިއެވެ.

“ފްރެންޑްގެ ގޭގަ ޔާ.. އޭނާ ބުނެފަ އޮތީ ކިތަންމެ ދުވަހެއް ވަންދެން ވެސް ހުންނާށޭ.. އަހަރެން ވެސް މިހާރު ބޭނުންވަނީ ތިގޮއި .. އެކަމަކު މެރީ ކުރަން ހިތުލައިގެން މިއުޅެނީ ވަރަށްއަވަހަށް އިންޝާﷲ .. ހަމަ ޔަގީނުން ވެސް އީން ބޭނުންވާނީ އީންގެ މަންމަ ކާރީގަ މަޑުކުރަން ..އަހަރެން ހަދާނަން އީން ބުނާ ގޮތެއް… އީން މަންމަ ވަރަށް ބަލިކޮން  އުޅެނީ ..”އަލާނިޔަލްގެ ވާހަކަ އަޑުއަހަމުން އިޒާން އީން މަންމައަށް ކިހިނެތް ވީހޭ އަހައިލިއެވެ.

“އީންގެ މަންމަ އަށް ނުވެސް ތެދުވެވޭ..ވަރު ދެރަ ކޮށްލާފަ  މީހާ ވަރަށް ބޮޑަށްހިކިއްޖެ… އަސްލު ފުރަތަމަ ހާރޓް އެޓޭކެއް ޖެހުނީ….ބޮޑީގެ ކަނާއަތްފަޅި އެއްކޮން ވާގި ނެތުނީ..ވީލްޗެއާރގައެ ގެންގުޅެނީ… ދެން ބައިވަރު ޓެސްޓްތަކެއް ހެދި..މިހާރު މަންމަ މާބޮޑަށް ވިސްނަނީ ބައްޔާއި ދޭޔެރޭ…އެހެންވެ ބަލިބޮޑުވަނީ..” އަލާނިޔަލް އީންގެ މަންމަގެ އާޔާގެ ބަލިހާލަތު އިޒާން އަށް  ކިޔައިދިނެވެ. އިޒާންގެ މޫނުމަތިން ވެސް ފެންނަނީ ކަންބޮޑު ވުމުގެ އަސަރެވެ.

“ޒެކް ނޫނީ އަހަރެމެން އެންމެނަށް ވެސް  ނިއުރޯ ވިއްޔަ މިހެދުނީ .. އީން އާ މަށާ ދޮންބެއާ.. އަނެއް ކޮޅުން ކައި އާއި ޒިވީ ވެސް އެހަދަނީ އެ.. ޒެކް ނަސީބެއް ކާޑިއޮލޮގީ ހެދިކަން “އަލާނިޔަލް ހިނިއައިސްފައި އިނދެ ބުނެލިއެވެ. ދެމީހުން ވާހަކައިގައި ތިއްބާ ކައިލް އައިސްވަނުމުން އަލާނިޔަލް  ޑޮކްޓާރ ކައިލް އާއެކު ދިޔައެވެ.

އިޒާން ވެސް ބަލިމީޙުން ވަންނަ ގަޑި ޖެހުމުން ބަލިމީޙުންބަލަން ފެށިއެވެ.

އެވަގުތަށް ބަލަން ހަމަޖެހިފައިވާ ޕޭޝަންޓުން ބެލުމަށްފަހު އިޒާން މިސްރާބު ޖެހީ ކުލާހަށެވެ.

***

ފުރަތަމަ ދެގަޑި ނިމުމުން ޒީޥާގެ ގައިގައި އޭނާގެ ކައިރީގައި އިން ނަވާ ކޮއްޓާލީ ދިމާކުރާ ފަދައަކުންނެވެ. ދެން ކުރިޔަށް އޮތީ އިޒާންގެ ގަޑި އެއްކަމަށް ވާތީ ދިމާކުރަނީ ކަން ވިސްނި ޒީވާ ދެލޯ ހަނިކޮށްލިއެވެ.

ނަވާ ލާނެތް ގޮތަކަށް ހީލައިގެން އިން އިރު ޒީވާ ގާތައް ވެސް ހިނިއައެވެ. ޒީވާގެ މިޒާޖް ހުންނަގޮތުން އޭނާއާ ކުދިން އެކުވެރި ވާލެއް ނުހަނު އަވަހެވެ.  ނަމަވެސް ޔޫމީން ކޯހުން ވަކިވެ ވަޒީފާއަށް ނުކުންނަން ފެށުމުން ޒީވާ ކުލާހުގައި އިންނަ ވަގުތު  އެކަނިވެރިކަން އިހްސާސް ވިއެވެ.

ނަމަވެސް ކުލާހުގައި އިންނަ ޒީވާގެ “ޑެސްކްމޭޓް” ކަމުގައިވާ ނަވާ އާއި ޒީވާގެ އެކުވެރިކަން ނުހަނު ބަދަހިވިއެވެ. ނަވާއަކީ އަކީ ރާއްޖެ ކުއްޖެކެވެ. އޭނާ ވެސް އާއިލާ އާއި އެކު ދިރިއުޅެނީ ސުވިސްލޭންޑްގައެވެ. ކުލާހުން ބޭރުން ވެސް ދިމާވެ އެކު އެކީ ތަންތަނަށްހިނގާލަން ދިޔުމާއި ކާދިޔުން ފަދަ ކަން ކަން ވެސް ދެމީހުން އެކުގައި ކުރެއެވެ.  ނަވާއާއި ޒީވާގެ ދެމެދުގައި ސިއްރުތައް ވެސް ހިއްސާ ކުރެވެއެވެ. އިޒާން އާއި ރައްޓެހިވެގެން އުޅޭ ވާހަކަ ޒީވާ، ނަވާ ގާތު ބުނީން ސުރެން ނަވާ އަބަދުވެސް ހުންނަނީ ދިމާ ކޮށްލަ ކޮށްލައެވެ. ނަވާގެ ހުންނަ މަޖާ މިޒާޖުން އަބަދުވެސް ޒީވާ ހެއްވާލުމުގައި  އޭނާ ކާމިޔާބް ހޯދައެވެ.

 

އިޒާން ފުރަތަމަ ވެސް ޒީވާއަށް ހީލިއެވެ. ޒީވާވެސް ލަދުރަކިގޮތަކަށް ހީލިއެވެ. ” ދެން މާ ލަދުގަނެފަ އިންނާނެ ކަމެއް ނެތް އިނގޭ … ” ނަވާ ޒީވާގެ ކަންފަތް ދޮށުގައި ބުނެލަމުން ހޭންފެށިއެވެ. ޒީވާ އިނދެފައި ނަޥާގެ ގައިގާ ވިކާލިއެވެ.

ކުލާހުގައި ކިޔަވާދެމުން ދިޔައިރުވެސް އިޒާން އާއި ޒީވާގެ ލޮލުން ލޯބީގެ އެތައް މެސެޖްތަކެއް ރައްދުކުރިއެވެ. އިޒާންގެ ތޫނު ނަޒަރާއި ފިރިހެންވަންތަ ހީލުން ފެނި ކޮންމެ ފަހަރަކުވެސް ޒީވާގެ ހިއްސުތަކަށް ވާންވެއެވެ. އެމޫނަށް ޖަންބު ކުލަ ފާއްދާލަނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

ކުލާސްނިމުމުން ނަވާ އާއިއެކު ނުކުމެގެން ދަމުން އިޒާންއާއި ދިމާ ބަލައިލިއިރު އޭނާ ވެސް ބަލަން ހުރުމުން ޒީވާ ލަދުގަތެވެ. އިޒާން އިޝާރާތުން ފޯނަށް ބެލުމަށް ބުނުމުން ޒީވާ ބޭރަށް ނުކުމެފައި ފޯނު ބަލައިލިއެވެ. “ހޭ ބޭބް… އަމް ބިޒީ ޓްޑޭ.. މިރޭ އެއިޓް ވަންދެން ސާޖަރީސް..އެހެންނޫންނަމަ ގެޔަށް ލާދޭން ވެސް ދިޔައީސް…ގެޔަށް ގޮސްފަ މެސެޖް މީ… ވިލް މީޓް ޔޫ ޓްނައިޓް ..  މިސްވާނެ ބޭބީ .. ލަވް ޔޫ.. “އިޒާންގެ ލޯބިން ފުރިގެންވީ ،މެސެޖް ފެނި ޒީވާއަށް ހީލެވުނެވެ. އޭނާ ވެސް ޖަވާބުގައި މެސެޖެއް ފޮނުވާލިއެވެ.

 

***

ޑިއުޓީ ނިމިގެން އިޒާން  ގެޔަށް ދިޔުމަށް ކާރަށް އަރަން ދިޔައެވެ. އިޒާންގެ ލޮލުގައި ފުރަތަމަވެސް އަޅާއިގަތީ ކާރުގައި ލެގިލައިގެން ހުރި ރާހިލް އެވެ. އިޒާން އަށް އޭނާގެ މޫނުމަތީގެ ކުލަވަރު ރަނގަޅު ނޫން ކަން އިހްސާސް ވިއެވެ.

“ކިހިނެތް ވީ..” އިޒާން އަހައިލިއެވެ. ޖަވާބު ނުދީ ރާހިލް އެރީކާރަށެވެ.

“ކިހިނެތް ނުވަނީ.. ކެރާ ޒިރާސް މަރައިލާފި…  ” ރާހިލް އިޒަންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. ނަމަވެސް އިޒާންގެ މޫނުމައްޗަކުން އެއްވެސް ހައިރާން ކަމެއް ނުފެނެއެވެ. ރާހިލް އަށް އެކަމުން ސުވާލް އުފެދިގެން އަހައިލިއެވެ. “އަހަންނަށް އެނގޭ މަރާލާނެ ކަން .. ޑިފީ އެހެންވެދޯ އެހުރީ އެހާ ވަރަށް ގުޅާފަ …

 

 

***

“މަންމާ .. ޑިފީ އަންނާނެ އިރުކޮޅަކުން އަހަރުމެން ބަލާ ޑޮކްޓަރަށް ދައްކަން ދާން.. ހިނގާ ރެޑީ ވާން..” ޑިއުޓީ ނިންމާފައި އީން އައިގޮތައް  އެންމެ ފުރަތަމަ ވެސް ވަނީ އާޔާ ގެ ކޮޓަރިޔަށެވެ.  އާޔާ ބަލިވާން ފެށުމުން އީން ނިދަނީ އާޔާގެ ގާތު އޭނާގެ ކޮޓަރީގައެވެ. އީން ވަނުމުން އެގޭގައި އީން ގެންގުޅޭ ސްވިސަލޭންޑްގެ އަންހެން މީހާ ސަރާ، އާޔާގެ ފައި މޮޑެދޭން އިނދެފައި ހީލަމުން ތެދުވިއެވެ. އީން ވެސް ސަރާއަށް ހީލުމަށްފަހު  އެނދުގެ މަގަތުގައި ހުއްޓި ބަލި ތަންމަތީގައި ވި އާޔާ ގެ ގައިގާ ކުޑަކޮން ބައްދާލިއެވެ. އާޔާ ބަލިގޮތަކަށް ހީލަމުން މަޑުމަޑުން ބޯޖަހައިލިއެވެ.

އީން ފެނުމުން އާޔާ ތެދުވަންނަން މަސައްކަތް ކުރުމުން އީން އެކަން މަނާކުރިއެވެ. ހިކިކަމުން އާޔާ ހީވަނީ ހޯލިކޮޅެއް ހެންނެވެ. އީން ، އާޔާގެ މޫނަށް ބަލައިލުމުން އާޔާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އާޔާ ވަރުބަލިވެގެން ހުއްޓާލިއެވެ. އީން ސިހުނީ އާޔާގެ އަނގައިގެ މިޔަކަނުން ލޭ ތިއްކެއް ޖަހާލުމުންނެވެ.

އީން ބިރުގަތީ ދެނެވެ. މަޑުމަޑުން އާޔާ ތިރިވަމުން ގޮސް އީންގެ އަތުތެރެއަށް ދެމުނެވެ. “މަންމާ..މަ.ންމާ. ” އީން ތެޅިގަނެފައި  އާޔާ އަށް ގޮވަން ފެށިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އާޔާއަށް ކަމެއް ނުވޭތޯ ދުއާކޮށްލެވެނެވެ. ސަރާ އެމްބިއުލޭންސްއަށް ގުޅުމަށްފަހު ފެންތައްޓެއް ގެންއުމުން އީން ، އާޔާ ގެ މޫނުގައި ފެންކޮޅެއް ހާކާލިއެވެ. އާޔާގެ ދެލޯ މަޑުމަޑުން ހުޅުވާލިތަން ފެނުމުން އީން އަށް ހަމްދުކުރެވުނެވެ. ފެންވަރުވަން ވެސް ނޫޅެ އީން އަވަސްވެގަތީ އާޔާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ.  ކަންދިމާކުރި ގޮތުން އަލާނިޔަލްވެސް އައިސް ވަނީ އެވަގުތުއެވެ. އީން އާއި އާޔާ ގޮވައިގެން އޭނާ  ވަގުތުން ހޮސްޕިޓަލަށްދިޔައެވެ.

 

ދެލޯ މެރިފައި އާޔާ އޮތް އިރު މޫނުމަތިން ފެނިގެންދާ ބަލިކަށިކަމުން އާޔާގެ އަތުގައި ހިފައިގެން ގޮނޑީގައި އިން އީންއަށް ދިޔައީ ރޮވެމުންނެވެ.  އެމެޖެންސީ ރޫމްގަ ބޭއްވުމަށްފަހު އެތައް ބައިވަރު ޓެސްޓް ތަކެއް ހަދަން އާޔާއަށް ޖެހުނެވެ. ޓެސްޓް ތަކުގެ ނަތީޖާ ލިބޭނީ މިރޭކަމުގައި ޑޮކްޓަރު ބުނުމުން ކެތްތެރިކަމާއި އެކު އީން އިންތިޒާރު ކުރަމުންދިޔައީ މިރެޔަށެވެ.

އީންގެ މަގަތުގައި އެހެން ގޮނޑިއެއްގައި އިން  އަލާނިޔަލް އީންގެކޮނޑުގައި ހިފާލައިގެން އިނދެ ނުރޮވުމަށް ބުނެލިއެވެ. އަލާނިޔަލްއާއި މަގަތައް ދަމާލަމުން އީންގެ ދެލޮލުން އައިސްފާވި ކަރުނަތައް ފުހެލަދެމުން އީންގެ ނިތު ގައި ބޮސްދިނެވެ. ދެމީހުން ސިހުނީ އެތެރެއަށް ވަން މިލާން ފެނިފައެވެ.

މަޑުއަޅިކުލައިގެ ނަރުސް ޔުނީފޮމްއާއި އެކުލައިގެ ސްކާފް މިލާންއާއި ނުހަނު ގުޅެއެވެ. މިލާން ހީލަމުން އައިސް އާޔާ ގެ ގާތުގައި ހުއްޓި ގުޅާފައިވި އައިވީ ތަންކޮޅެއް ލަސްކޮށްލިއެވެ.

އަލާނިޔަލް އާއި އީން މިލާން އާއި ދިމާ ބަލަހައްޓާއިގެން ތިބި ގޮތުން މިލާންގާތައް ހިނިއައެވެ. އޭނާ ހައި ޖަހާލިއެވެ.

“މިންމީ.. ކޮންއިރަކު އައީ … ނުވެސް ބުނޭ” އީން އަހައިލިއެވެ. ކައިވެންޏަށް ފަހު މިލާން އާއި ޔަޒަކް ދިޔައީ ޗުއްޓީ ހޭދަކޮށްލުމަށް ސުވިސްލޭންޑްގެ މައްސޫރު ރިޝޯޓަކަށެވެ. އާއިލާގެ ތެރޭގައި ހާލަތު އޮތްގޮތުން ގައުމުން ބޭރަށް ދާކަށް އެއްވެސް މީހަކު ބޭނުމެއް ނުވިއެވެ.

“އިއްޔެ އައީ.. ދެން އައިސްފަ ބޭނުމެއް ނުވި ގޭގަ މަޑުކުރާކަށް .. ޒެކް ކާރީގަ ވަރަށް އާދޭސް ކޮށްގެން ޖޮބް އަށް ނުކުންނަށް އޯކޭވީ.. އަވަސްވީމަ އެހާ އޯކޭ އެއްވެސް ނޫން އޭނަ އަދި ނުކުންނާކަށް..” މިލާން ކިޔައިދިނެވެ.

“މިންމި ޓޫ ވީކް ވަންދެން ވެސް މަޑުކޮށްލިނަމަ… ޒެކް ވެސް ނުކުން ތަ..” އަލާނިޔަލް އަހައިލިއެވެ. “ޔެއާ… އޭނަ ވެސް… ” މިލާން ބޯ ޖަހައިލިއެވެ.

އީން އާއި މިލާން ދާދި އަވަހަށް ވާހަކައިގައި ޖެހުނެވެ. އެއްމިޔަކަނުން ހީލައިގެން ހުރެ އަލާނިޔަލްއަށް ބޯކަހައިލެވުނީ އޭނާ ހުރި މީހަކަށްވެސް ހަދާނުލާ ދެމީހުން އޮލަވާހަކައިގާ ޖެހެން  ތައް ފެނުމުންނެވެ..

އެހެން ހުއްޓާ އަލާނިޔަލް އަށް އައްޒާމްގެ ފޯނު ކޯލެއް އައެވެ.

****

ޑިއުޓީ ނިމިގެން ގެޔަށްދާން އުޅެފައިވެސް އިޒާން އާއި ދިމާ ނުވާތީ ޔަޒަކް މިސްރާބު ޖެހީ އިޒާން މެން ގެޔަށެވެ. މިގަޑިގައި އިޒާން ވާނި ގޭގައި ކަން ޔަޒަކް އަށް އެނގެއެވެ. އެ ގެޔަށް ވަދެފައި  އޭނާ ފުރަތަމަ އެރީ އައްޒާމް ކޮބާތޯ ބެލުމަށް އޭނާގެ ބަޔަށެވެ.  ޔާސިރްއާއި އައްޒާމް އެބައިގެ ސޯފާއާއި ދިމާލަށް ހުރި ކުޑަ ދޮރުކާރީގައި ކޮންމެވެސް ވާހަކައެއް ދައްކަން ތިބިއިރު ދެމީހުންގެ މޫނުމަތިން ފެނިގެންދަނީ ނުތަނަވަސް ކަމެވެ. ސިފްރީނާ ސޯފާ ގައި އިސްޖެހިފައިން އިރު  އޭނާ އިނީ ރޮވިފައެވެ. އޭނގެ ކައިރީގައި ޔަމްހާއާއި ޔޫމީން ތިއްބެވެ. ” ކިހިނެތް ވީ..” ޔަޒަކް ހައިރާންވެފައި ހުރެ އެމީހުންގެ ގާތަށް ދިޔައެވެ.

“ބައްޕާ..”  ޔާސިރް މެންގެ ގާތައް ދަމުން ޔަޒަކް ގޮވާލިއެވެ. އެ އަޑު އިވި ޔާސިރް ސިހިފައި ބަލައިލިއެވެ. އެދެމީހުން ޔަޒަކް އާއި ދިމާ ބަލާލައިފާ ފުންނޭވާއެއް ޛޫކޮށްލިގޮތުން ޔަޒަކް އިތުރަށް ހައިރާންވިއެވެ.

“ދޭ ބަލަ ޒިވީ ހުރިތާކުން ގޮވާގެން އަންނަން .. ނެތް ވަގުތެއް.. އެތަނަށް ދޭ އޭނާ ގޮވާއިގެން.. އީންގެ މަންމަ ސަކަރާތް ވެގެން ހޮސްޕިޓަލްގަ ޑިފީ ހުރީ.. އެތަނައް މަންމަ ކައިރީގަ ބުނެފިން ދޭބަލާށޭ.. ޑިފީ ވެސް އެބައާދޭ.. ބައްޕަ މެން މިދަނީ..” ޔާސިރް ވެގެން އުޅޭ ގޮތް ނުކިޔާދީ  ޒީވާ ގޮވައިގެން އެމީހުންގެ ބިމަށް ދާން ބުނުމުން ޔަޒަކްއަށް ފާޑަކަށް ބަލައިލެވުނެވެ.

“ކެރާ ޒިރާސް މަރާލައިފި..މިއަދު މިއީ ފަހު ދުވަސް މިކަމުގަ އުޅޭނެ..އިންޝާﷲ …މިއަދު މިއީ އަހަރުމެންގެ ދުވަސް… ކައި އާ އެއްކޮންނޯ  ޒިވީ ދިޔައީ … އޭނައަށް ގުޅީމަ ބުނި މިއުޅެނީ ގޭ ކައިރީގަ އޭ… އޭނާ ގޮވާގެން ޒާން އާދޭ.. މާގިނައިރު ނުކުރާތި .. ” ޔާސިރް އައްޒާމް ގެ ފަހަތުން ކުޑަދޮރުން ބޭރަށް ފުންމާލީ އިޒާންގެ ޖަޥާބަކަށް ވެސް އިންތިޒާރު ނުކޮށެވެ.  ވައިރޯޅިއެއްހާ ހަލުވިކޮން އިޒާންގެ އެޕާޓްމަންޓަށް ވަދެ، ލާފައި ހުރި ގަމީސް ބޭލުމަށްފަހު ކަޅުކުލައިގެ ހޫޑި އެއްލައިގެން އަނެއްއަތުން އަތުން އިތުރު ހޫޑީ އެއް ހިފައިގެން ނުކުތެވެ.

****

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު