“ކެރާ ޒިރާސް މަރާލައިފި..މިއަދު މިއީ ފަހު ދުވަސް މިކަމުގަ އުޅޭނެ..އިންޝާﷲ …މިއަދު މިއީ އަހަރުމެންގެ ދުވަސް… ކައި އާ އެއްކޮންނޯ ޒިވީ ދިޔައީ … އޭނައަށް ގުޅީމަ ބުނި މިއުޅެނީ ގޭ ކައިރީގަ އޭ… އޭނާ ގޮވާގެން ޒާން އާދޭ.. މާގިނައިރު ނުކުރާތި .. ” ޔާސިރް އައްޒާމް ގެ ފަހަތުން ކުޑަދޮރުން ބޭރަށް ފުންމާލީ އިޒާންގެ ޖަޥާބަކަށް ވެސް އިންތިޒާރު ނުކޮށެވެ. ވައިރޯޅިއެއްހާ ހަލުވިކޮން އިޒާން އޭނާގެ އެޕާޓްމަންޓަށް ވަދެ ލާފައި ހުރި ގަމީސް ބޭލުމަށްފަހު ކަޅުކުލައިގެ ހޫޑި އެއްލައިގެން އަނެއްއަތުން އަތުން އިތުރު ހޫޑީ އެއް ހިފައިގެން ނުކުތެވެ.
***
އިޒާން ނުކުމެ ނުކުމެ ހުރެފައި ޔަޒަކްގެ އަތައް ހޫޑީ ދީފައި ޒީޥާ ގޮވާގެން ދާން ބުނެ، ވަލާއިދިމާލަށް ދިޔައީ ރާހިލް އާއި އިތުރު އެކުވެރިއެއް ކުއްލިޔަކަށް އައުމުންނެވެ.
“ކެރާމިވަގުތު ހުރީ ޒިރާސް މަރާލާފައި ފިލަން ވަދެ ހިތުން …އޭނަ ހުރިތަން އަހަރުމެންނަށް އިނގޭ.. މާއިސްގެ ގެ ކާރިޔަށްއެތައް ބަޔަކު އެއްވެފަ ތިބީ.. ބޮޑުދުވަހަކަށް ވާނެ މިއަދު..” ރާހިލްމެން އިޒާންގެ ފަހަތުން ދަމުން ބުނެލިއެވެ.
****
“އާހްހް.. ދެން އަހަރެންނަށް ކުރެވޭނެ ވަކި ކަމެއް އެބައޮތްތަ… އަހަންނާ ދެކޮޅަށް އަހަރެން ގެންގުޅުން އެންމެ ވެސް އެނުކުތީ… ހަލީމް އެކަނި މިހާރު ތިހުރީ.. އެކަމް ވެސް އަހަރެން ހުއްޓައެއް ނުލާނަން…” މޫނުމަތީގަ ގޮތް ހުސްވުމުގެ އަސަރު ހުރި ނަމަވެސް ކެރާގެ އަޑުން އޭނާ ޖެހިލުންވެފައި ވާ ވަރު ވެސް ހާމަ ވިއެވެ.
ފަރުބަދައެއްގެ މަތީގައި ތިބި ކެރާއާއި އޭނާއަށް މިހާރު އެންމެ ވާގިދޭ ހަލީމް ތިބިއިރު ކެރާއަށް އެހެން ދުވަސް ތަކަށް ވުރެން ހަލީމް މިއަދު މާ ހަމަހިމޭންފާހަގަ ވިއެވެ. ކެރާ އެކަނި އެތައް ވާހަކައެއް ދެއްކިއިރު ވެސް ހަލީމް ގެ އަނގަޔަކުން ބަހެއް ބޭރެއް ނުވިއެވެ. ދޭތެރެއަކުން ހަލީމް ދެފަރާތް ހޯދާލާ ގޮތުން ކެރާ އަށް ވެސް ދެފަރަތް ބަލައިލެވެއެވެ. ގަދައަށް ސްނޯވެހެމުން ދިޔައިރު ވެސްހަލީމްގެ މޫނުމަތިން ދާތިކިތައް ފާހަގަ ވުމުން ކެރާގެ ހިތުގައި ހަލީމަށް ސައްކުހިނގާލިއެވެ. އަދި ހަލީމްގެ މޫނުމަތިން އެހެންޔާ ކެރާއަށް ކެރާދެކެ ގަންނަ ބިރު ފެނެއެވެ. ނަމަވެސް މިއަދު އޭނާގެ މޫނުމަތީގައިވާ ޖެހިލުން ކުޑަ ކަމާއި ރުޅިވެރިކަން ފެނި ކެރާގެ ހިތައް ވަންނަ ފެށި ބިރު ދެ ގުނަ ވިއެވެ.
“ހަލީމް މިއަދު ހާދަ ބަސް މަދޭ..” ކެރާ އަހައިލިއެވެ. ނަމަވެސް ހަލީމްގެ ކިބއިން ޖަވާބެއް ނާދެއެވެ. ހައެއްކަ ފަހަރު ކެރާ ތަކުރާރް ކޮށްލިއެވެ.
މަޑުން ހުރި ހަލީމް އިސް އުފުލާލީ ފިނި ވައި ރޯޅިއެއް އޭނާގެ ކަންފަތައް އިހްސާސް ވުމުންނެވެ.
އިސްއުފުލާލި ހަލީމް ގެ މޫނުމަތީގައި ވި ހިނިތުނއވުމެކެވެ. އެ ހިނިތުންވުމުގައި ހުރެ އޭނާ ފަހަތައް ޖެހެންފެށިއެވެ. ފަހަތައް ޖެހެމުން ޖެހެމުން ގޮސް ހަލީމް ހުއްޓުން އިރު ކެރާގެ ނަޒަރު ހުއްޓުނީ ހަލީމް ކައިރީގައި ހުރި އިޒާންއަށެވެ.
“ހަލީމް ކަލޭ ވެސް..ބަލާ ހުރި ނުބައިކަން…” ކެރާ މޫނައް ވެރިވި ރުޅި ވެރިކަމާއެކު އޭނާގެ ކަނާއަތް އުފުލާލީ ހަލީމަށް ހަމަލާއެއް ދިނުމަށެވެ. ނަމަވެސް އައި ނައި ތަނެއް ނީނގި ކެރޡަގެ ވަށައިލީ މާއިސްގެ ސިފައިންނެވެ. ކެރާ ގާތައް އައި ރުޅިއަށް ވުރެން އޭނާގެ ހިތުގައި ހިނގާލި ބިރުވެރިކަން މާ ބޮޑެވެ.
ކެރާގެ ނަޒަރު ދުރުގައި ހުރިއިޒާންއަށް ހުއްޓުން އިރު އިޒާންގެ މޫނުމަތީގައި ނަފްރަތުފެނި ކެރާގެ ހިތައް މިފަހަރު ވެގެންދިޔައީ ތަފާތު ގޮތެކެވެ. އޭނާއަށް އިޒާން އެފަދަ ގޮތަކަށް އެފެނުނީ އަލަށެވެ. ކެރާގެ ދެލޮލަށް ތެއް ކަމެއް އިޙްސާސް ވުމުން ދެފަރާތައް ބޯހޫރީ އެކަން ގަބޫލް ކުރަން އޭނާ އެއްވެސް ވަރަކަށް ގަބޫލް ކުރަން ބޭނުން ނުވީމައެވެ.
“އެންމެ ފަހުން އަހަންނާ ކުރިމަތިލާން ވެސް ޖެހިއްޖެ އެންނު.. މިއީ އަހަރެން މިދުނިޔެއިން ވެސް އެންމެ ކުރަން ބޭނުން ނުވި ކަންތައް ..ތިއަންހެނާއާ ކުރިމަތި ލުން..އެކަމް އަހަންނަށް މިހާރު އިހްސާސް ކުރެވިއްޖެ އަހަރެންގެ ފިނޑި ކަމުންކަން މިހުރިހާ ދުވަހު ހުރެވުނީ… މިއަދު ލާހިކެއް ނޫން އަހަރެންގެއަތް ދޮށުން ސަލާމަތް ވާކަށް ..ރަގަނޅަށް ފިލާވަޅު ނަގައިދީފަ ބަހައްޓާނީ.. ” އިޒާން ރުޅިވެރިކަމާއެކު ބުނަމުން ދިޔަ ބަސްތަކުން ކެރާ ރުޅިއަންނަން މަސައްކަތް ކުރިނަމަވެސް ރުޅި އާދެވޭ ގޮތެއް ނުވިއެވެ. އިޒާންގެ މޫނަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް ކެރާއަކަށް ނުވިއެވެ. އިޒާންގެ ރުޅިވެރިކަން ފެނި ކެރާގެ ހިތައް އެތައް ގޮތެއް ވަމުން ދިޔައެވެ.އަހަރެއް ވިތަނާ އެއްލާލައިފާ އައި ކުއްޖާ މިއަފު ކާރިން ފެނުމުން ކެރާ އަށް ދިޔައީ ތަފާތު އަސަރުތަކެއް ކުރަމުންނެވެ. ވަރަށް އުނދަގުލުން ކެރާ އަޑަށް ބާރުލާފައި އިޒާން އަށް ކެރާ ގޮވާލިއެވެ.
“މަގޭ ހިތައް އެކައްޗެއް ވެސް ނާރާ މާ ބޮޑު ވެލާފަ ތިހެން ބުނެ ދިޔަސް .. އަހަރެން ދޫކުރޭ ..ދޫކޮށްލާށޭ..” ހިތުގައި އޮތް ބިރުވެރިކަން އެފަރާތް ކުރެވޭތޯ ބަލަމުން ކެރާ ގަދަހަދަން މަސައްކަތް ކުރިއެވެ. ނަމަވެސް ބާރުގަދަ ފިރިހެނުން ހަފަރާތުން ކެރާ ހިފަހައްޓާއިގެން ހުރުމުން އޭނާ އަށް އެކަން ވާގޮތެއް ނުވިއެވެ.
“އިތުރަށް އަހަރެން ބުނަން ވާ އެއްޗެއް އަހަރެން ބުނާނީ ތި އަންހެނާއަށް ހުކުން އިއްވާ އިރު..ހިނގާ ހަލީމް.. ” ގަދަހަދަމުން ދިޔަ ކެރާ އަށް ބެލުމެއްނެތި ކެރާ އުޅެމުން ދިޔަ ގޮތުން ހިނިއައިސްފައި ހުރި ހަލީމްއަށް ގޮވާލަމުން އިޒާން ހިނގައިގަތެވެ.
މާއިސް މެންގެ ގެޔަށް ދެވެންދެން ވެސް ކެރާ ދިޔައީ މޮޔައެއް ހެން އަޑުގެ ނެތްތަނައް ހަޅޭއްލަވަމުންނެވެ.
އިޒާންގެ ފަހަތުން ކެރާގޮވައިގެން ގާޑުން ތަކާއި އެކު ހަލީމްވެސް އައެވެ. ރާހިލް އާއި އޭނާގެ އެކުވެރިޔާ ވެސް ތިބީ ހިނިއައިސްފައެވެ.
އެއްވެފައިވާ މީހުންގަނޑުގެ މެދުން ހަނިކޮން އެ ގަނޑުވަރު ތެރެއަށް ވަދެވޭހެން މީހުންގަނޑު ދެފަރާތައް ޖެހިލިއެވެ.
ގަނޑުވަރުގެ ވަށައިގެން އެތައް ލައްކަ ބައެއް އަޑުއުފުލަމުން ދިޔައެވެ. މަގުތައް މަތީގައި މީހުން ހޭލަމޭލަ ވަމުން ދިޔައީ ހޮރަކުން ނިކުން ހިނިތަކެއް ފަދައިންނެވެ. މާއިސް ވެރިކަމުގައި ހުރި ނަމަވެސް މާއިސް ގެ އެންގުމުގެ ސަބަބުން އަދިވެސް ހުރިހާ އެންމެން ވެސް ފެންނަނީ ކަޅުތަކެތީގައެވެ. ހަލަބޮލިކަމާއެކު މަގުތައް ވަނީ މީހުނުން ފުރާލެވިފައެވެ.
ކަޅުކުލައިގެ ތަކެތިން މޫނު ނިވާކޮށްގެން ތިބި އިރު އެ މީހުންގެ މޫނު ނުފެނުނު ކަމުގައިވިޔަސް އަޑުގައިވި އުފާވެރިކަން ސިއްރެއް ނުވިއެވެ. އެތައް ދުވަހަކު ކުރި އިންތިޒާރުގެ ނިމުމެވެ. އެންމެ ފަހުން އަނިޔާ ވެރިކަމުން ހައްދުފަހަނަ އަޅާފައިވާ ކެރާހައްޔަރުވީއެވެ.
އަވަސް ހިނގުމުގައި މާއިސް އޭނާގެ ގާތުގައި ވަށައިގެން ތިބި ހަށިފާރަވެރިންނާ އެކު އޭނާގެ ގަނޑުވަރުގެ ގޯތި ތެރެއަށް ނިކުތެވެ. “ކިހިނެތް އޭނާ އަތްދޮށުވީ…”ކައިރީގައި ހުރި މާއިސްއަށް ބަލައިލަމުން އިސް ވެރިޔަކު ބުނެލިއެވެ. ކައިރީގައި އައްޒާމްއާއި ޔަމްހާ އަދި ޔާސިރްގެ އިތުރުން ލަވާލް އާއި ޒުހޫރު ވެސް ތިއްބެވެ. އެންމެ ފަހުން ލަވާލް ވެސް އަންނަ ގޮތައް ހަމަޖެހުނީއެވެ.
“ހަލީމް ހަބަރު ދިނީ އިޒާން މެންނަށް …އެމީހުން ދިޔައީ” މާއިސް އެ ސުވާލަށް ޖަވާބް ދިނުމަށް އަނގަ ހުޅުވާލި ހިނދު ކައިރިޔަށް ހުއްޓުނު ރާހިލް ޖަވާބު ދިނެވެ.
އިޒާން ގެ ފަހަތުން ގާޑުންތައް ކެރާ ގޮވާގެން އައިސް ކެރާ އައްޒާމް މެންގެ ކުރިމަތިގައި ބެހެއްޓިއެވެ. އައްޒާމް މޫނު އަނެއްފަރާތައް އަނބުރާލީ ކެރާއާއި ދިމާ ބަލަން ވެސް ބޭނުން ނުވުމުނެވެ.
“އެންމެ ފަހުން އަހަރުމެ..” ޔާސިރް ވާހަކަ ދައްކަ ދައްކާ ހުއްޓައި ހުއްޓުނީ ލަވާލް އައި ގޮތައް އައިސްފައި ކެރާ ގެ މޫނުމައްޗައް އަރުވާލި ހޫނު ހަމަލާގެ ސަބަބުންނެވެ. ހުރިހާ އެންމެން ސިހިފައި އެ ދިމާލަށް ބަލައިލިއިރު ލަވާލްގެ ދެލޮލުން އަލިފާން ކަނި ބުރައެވެ. ކެރާ ކޮލަށްވި ތަދުން ލަވާލް އަށް ނުރައްކާތެރި ނަޒަރެއް ދިނެވެ.ކެރާ ގަދަހަދާލި ނަމަވެސް އޭނާހިފަހައްޓަގެން ތިބި މީހުންގެ ވަރުގަދަ ކަމުން އެކަންވާގޮތެއް ނުވިއެވެ.
“މީނައަށް އިނގޭނެ މީނަ ކުރި ހުރިހާ ހަޑި މުޑުދާރު ކަމއް.. އިތުރަށް މީހަކު ކިޔާނެ ކަމެއް ނެތް ..މީނަގެ އަތް ދޮށުންމަރުވި މީހަކަށް ވިއްޔާ އަދި މި ނުބައި އަންހެން މީހާގެ ފަރާތުން އަނިޔާ ލިބުނު އަހަރެންގެ ދަރިފުޅާއި އަދި މުޅި އާއިލާ އަދި މިތަނުގަ އޭނާގެ ފަރާތުން އަނިޔާ ލިބުނު އެންމެންނަށް އިންސާފްހޯދާދީ،..”ކެރާ ފެނުމުން ލަވާލް ހުރި ދުވަހަކު ވެސް އޭނާގެ ހަޔާތުގައި ރުޅިނާންނަ ވަރަށް ރުޅިއައިސްފައެވެ. ލަވާލް ރުޅިގަދަވި ވަރުން ތުރުތުރު އަޅަމުން ދިޔައެވެ. ޔަމްހާ ލަވާ އޭ ކިޔާ މަޑުމަޑުން ގޮވާ ވެސްލިއެވެ.
“ކަލޭގެ ހަގީގަތް ނޭނގޭ މީހަކު ނެތް މިތާގައެއް ..ކަލޭ ދިފާއުގަ މިތަނަށް ނުކުންނާނެ މީހެއް ވެސް ނެތް މިތާގައެއް.. ކަލޭ ހަމަ އެހާ ވެސް މަށާ ގުޅެން ބޭނުން ވޭތަ.. އަހަރެން ބުނެފަ އޮންނާނީ އެންމެ ފުރަތަމަ ވެސް ކަލޭ ރައްޓެހިވާން އެހި ދުވަހު ވާކަށް ބޭނުމެއް ނެތޭ..އަހަރެން ލޯތްބެއް ނުވެޔޭ ވެސް އަހަރެން ބުނިން.. އެދުވަހު އަހަރެން ނޫނެކޭބުނުމުން ކަލޭވަރަށް ރަނގަޅަށް އަހަރެންގެ ފަރާތުން ބަދަލް ހިފާފި..” ޔާސިރް ކެރާގެ ކުރިމައްޗައް ހުއްޓުނުއިރު ކެރާ އިސްދޮށައް ޖަހައިގެން ހުއްޓެވެ.
“ބޭބެ މުޅި ދިރިއުޅުން ހަލަކު ކޮށްލާފަ އެވަރު ނުވެގެން އެތިބި ދެފިރިހެން ކުދިންގެ މުޅި ދިރިއުޅުމާ ކުޅެލާފި.. އަހަރެންގެ މައިންބަފައިން ދުވަސް ދުއްވާލައި އަހަރެން ދަރިފުޅު ގެ ފުރާނަޔާ ކަލޭ ކުޅެލާފި…ނުވިތާކަށް އަހަރެން އަންހެނުންގެ ފުރާނަޔާ ކުޅެލާފި.. އަހަންނަށް އަހަރެންގެ ދަރިންނާ ދުރުގަ ހުންނަންޖެހި ބޭބެ އަށް އެދެކުދިންނާ ދުރުގަ ހުންނަން ޖެހި ޑިފީ ވާހަކަ ދެއްކިއްޔޭ ކިޔާފަ ސާދަ އަހަރުވަންދެން އެއްވެސް ކުށެއް ނެތި މާޔާ އާއި ދާނިޔަލް ހައްޔަރުކޮށްގެން ގެންގުޅެފި…ކަލޭއަށް ކޮން ހައްގެއް އޮތީ ބަޔެއް ހައްގުތަކަކަށް އަރައިގަނެ ކުށެއް ނެތް އެތައް ބަޔެއް ގެ ފުރާނަ ދުއްވާލަން.. ނިޔަލް އަށް ވެސް ނުބައި ނަސޭހަތް ދީގެން އޭނާ ހައްލާލާ ދެން ކަލޭ ނެތް ނުބެހޭ ކަމެއް ވެސް…”ޔާސިރް އަޑުގައި ހުރި އިންތިހާ ނަފަރަތާއި ރުޅިވެރިކަމެވެ.
ކެރާ އަށް އިސް އުފުލާލަން ވެސް ނުކެރި ހުރި އިރު އޭނާގެ ހިތައް އެތައް އަސަރެއް ދިޔައީ ކުރަމުންނެވެ.
އެންމެން ގަނޑުގެ ފަހަތުން އެތަނައް ޒީވާ އާއި ޔަޒަކް އަދި އީން އާއި އަލާނިޔަލް ވަދެގެން އައެވެ. އެންމެންގެ ނަޒަރު އެމީހުންނަށް ހުއްޓުން އިރު ޒީވާ ދިޔަ ގޮތައް ގޮސް އަލާނިޔަލް އާއި އިޒާން ގެ އަތުގައި ހިފާގެން ގޮސް ކެރާގެ ކުރިމައްޗަށް އެރިއެވެ.
“އަލާނިޔަލް ..އިޒާން… ތި ދެމީހުން ތިދެމީހުންގެ މަންމައަށް މާފްކުރިއްޔާ ނޫނީ މިއަދު އޭނައަކަށް މިތަނަކުން ނުނިކުމެވޭނެ..މާފްކުރާނަންތަ..” ޒީވާ އަހައިލިއެވެ .
“އޭނާއަށް އޭނާ ކުރިކުށް ގަބޫލް ކުރެވޭނެތަ ދުވަހަކުވެސް..އެއަށް ވުރެން އޭނާގެ ނުބައިކަން މާ ބޮޑު.. އަހަންނަށް އަހަރެންގެ އާއިލާ އާއި އަދި އަހަރެންގެ އާއިލާއަށް އަހަންނާއި ދުރުން މިއަދު އުޅެންޖެހުނީ ތި މީހަކާހުރެ .. އަހަރެން ދުވަހަކު ވެސް މާފެއް ނުކުރާނަން ..” އަލާނިޔަލްގެ ވާހަކަ އަޑު އިވުމުން ޒީވާ އަށް އިޒާން އަށް ބަލައިލެވުނެވެ.
“އަހަރެން އޭނާއަށް މާފްކުރުން އެއީނުޥާނެ ކަމެއް..” އިޒާން ގެ ކެރާގެ ދެލޮލަށް ބަލައިލަމުން ބުނެލިއިރު ކެރާގެ ނަޒަރު ވެސް ވަނީ އަލާނިޔަލް އާއި އިޒާން އަށް ހުއްޓިފައެވެ.
ކެރާގެ ދެލޮލުން ހޮސްލާފައި ކަރުނަތައް ފައިބައިގެން އިރު އޭނާ އަށް ވިސްނިއްޖެއެވެ. ނަމަވެސް މާ ބޮޑަށް މިއޮތީލަސް ވެފައެވެ. ކެރާއަށް ވިސްނެމުން ދިޔައިރު ކެރާގެ ހިތައް ނުހަނު ބާރުކުރިއެވެ.
ކެރާ މަޑުމަޑޫން ލަވާލް އަށް ގޮވާލިއެވެ. “ލަވާލް އަހަންނަށް މާފް ކުރޭ..” ކެރާ ގެ މަޑު އަޑު އިވުންނަމަވެސް ލަވާލް އަށް ދުރު ބަލައިލެވުނި ކެރާގެ އަނިޔާވެރިކަން ހިތައް އަރާފައެވެ. އެކަޅު މާޒީ އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.
“އިޒާން އާއި އަލާނިޔަލް ވެސް އަހަންނަށް މާފް ކުރާތި..މާފަށް އެދުނު ނަމަވެސް އަހަރެން ކުރި ކުށައް އަހަންނަށް އަދަބު ލިބެން ޖެހޭނެ.. މަރަށް އޮންނަން ވާނީ މަރު..” ކެރާގެ ޖުމްލައިން އެންމެން އެކަކު އަނެއްކަކަށް ބަލައިލެވުނެވެ.މޫނު ނިވާކޮށްގެން ތިބި ބަޔަކު ކެރާ ގެނދަން ފެށުމުން މިފަހަރު ކެރާ ގަދަހަދާކަށް ނޫޅެއެވެ. އެންމެ ފަހު ވަގުތު އަލާނިޔަލް އާއި އިޒާން ވެސް ގޮތް ދޫކޮށްފައި ބޯ ޖަހައިލިއެވެ.
ކެރާގެ ހުރިހާ މައްސަލަ އެއް ނިމި އޭނާ އަށް ހުކުމް އިއްވިގެން ދިޔައެވެ. ކެރާ ދަންޖެއްސުނު އިރު އިޒާން އާއި އަލާނިޔަލް އެތާގަ ނުހުންނަން ނުކުމެގެން ދިޔައެވެ. ކެރާގެ އަޅުންގެ ގޮތުގައި ތިބި މީހުންވެސް ހައްޔަރު ކުރެވިގެން ދިޔައެވެ.
އެތައް ބަޔަކު މަގުތައް މަތީގައި އުފާ ފާޅުކުރަމުން ދިޔައެވެ.
އެތައް އަހަރެއްފަހުން އެތަނުގެ މީހުންނަށް ލިބުނު މިނިވަންކަން އެ މީހުން ދިޔައީ ފާހަގަ ކުރަމުންނެވެ. ކެރާއާއި ޒިރާސް އަދި އެމީހުންގެ ބައިވެރިންގެ އަޅުވެތިކަމުގެ ދަށުގައި ހައްޔަރުވެފައި ތިބި ރައްޔިތުން އެވަނީ ނުރައްކާތެރިން ކަނު އަނދިރި ދުވަސްތަކުން ސަލާމަތް ވެފައެވެ.
މަގުތަކުގައި މީހުން އެކި މިސްރާބުތަކަށް ދަތުރު ކުރަމުން ދިޔަ މީހުންނަށް ހިވަނީ އީދެއް އައިސްފައިވި ހެންނެވެ.
އެންމެ ކުރިން އެމީހުން އުޅެމުންދިޔަ މިނިވަން ކަންމަތީގެ އުޅުމުގެ ފުރުސަތު މިއަތު ލިބިއްޖެވެ. ކުޑަ ކުދިންނަށް މިނިވަން ކަމާއެކު މަގުމަތީގައި އުޅުމުގެ ފުރުސަތު ލިބިއްޖެއެވެ. އަދި ކަޅުތަކެތީގައި އެމީހުންގެ އަޅުވެތިކަމުގެ ދަށުގައި ފޮރުވުނު ދުވަސްތައް ނިމުމަކަށް އައީއެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވި ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރަން މާއިސް ވަނީ މަނާ ކޮށްފައެވެ. މާއިސް ވެގެންދިޔައީ އެންމެން ރުހޭ ފަދަ އޯގާތެރި ވެރިޔަކަށެވެ.
****
ކެރާގެ މަރަށް ތިންހަފްތާ ފާއިތުވެގެން ދިޔައިރު އެންމެން ވެސް ފެންނަނީ ނުހަނު ހަމަޖެހިފައިވާތަނެވެ. އަދިރި ދުވަސްތައް ނިމުމަކަށް އައިސް އެންމެންގެ ހަޔާތައް ބަހާރު މޫސުމްއައިސްފިއެވެ.
ޒީވާ އާއި އިޒާންވެސް އެމީހުން ލޯބީގެ ބަގީޗާގައި މާފޮޅުވަމުން ދިޔައީއުފަލާއެކު އެކުއެވެ. ކައިވަން އާއި ޔޫމީން ވެސް ނުހަނު ލޯބިން އުޅެމުން ދިޔައެވެ. އީން އާއި އަލާނިޔަލް އަދި މިލާން އާއި ޔަޒަކް ވެސް އެމީހުންގެ އަމިއްލަ ދުނިޔޭގައި އުފުލުގައި ދުވަސްތައް ވޭތު ކުރަމުން ދިޔައެވެ.
***
މިލާން ހުރީ ހެނދުނު ހޭލީން ސުރެން ބޮލަށް ބަރުވެ މޭނުބައި ކުރާ ގޮތް ވެފައެވެ. ހެނދުނު ސައިބޯން ވެގެން އަނގަޔަށް ލީ ފުރަތަމަ ކާއެތިކޮޅާއި އެކު މިލާންއަށް އޯކާ ދެމެން ފެށުނީ ނުލާހިކު ބާރަށެވެ. މިލާން ދުވަމުން ދުވަމުން ގޮސް ފާހާނާ އަށް ވަދެވުނީ ކިރިޔާއެވެ. “ދޫނީ ކިހިނެތް ވީ.. އެލާޖިކެއް ވީ ތަ” ޔަޒަކް މިލާންގެ ބޮލުގައި ފިރުމާލަ ފިރުމާލަ ހުއްޓެވެ. ހޮޑުލައިލައި މިލާން ޔަޒަކް ގެ އަތްމައްޗަށް ދެމުނެވެ. ” ނޫން.. ނޭނގެ ހެނދުނުން ސުރެން ފާޑަކަށް ގޮތެއް ވެފަ ހުންނަނީ..” މިލާން ޓިޝޫއަކުން މޫނު ފުހެލަމުން ބުނެލިއެވެ.
“އާރ ޔޫ އޯކޭ..” ޔަޒަކް މިލާން ގެންގޮސް އެނދުގައި މަޑުމަޑުން ބައިންދާލަމުން މިލާން ގާތު އަހައިލިއެވެ. މިލާން ބޮލުން ނޫނެކޭ ބުނެލީ އަދިވެސް މޭނުބައި ކުރާ ގޮތް ވެފަ ހުރުމުންނެވެ.
މިލާން ހިތައް އެވަގުތު އެރި އެއްޗަކުން އޭނާގެ ފޯނުން ކަލަންޑާރު ބަލާލިއިރު އޭނާގެ ދެލޯބޮޑުވީ އެހެންޔާ އެދުވަސް ވަރު ޖެހޭ ދުވަސް މާ ބޮޑަށް ވެސްފަހަނަ އަޅާފައިވުމުންނެވެ. އޭނާ އަކީ ބަރާބަރަށް ޕީރިއަޑް ވާމީހެކެވެ.
“ވެއިޓް.. ޔޫ މިސްޑް އިޓް..” ޔަޒަކް ވެސް ދެލޯ ބޮޑުކޮށްލައިގެން ހުރެ އަޑާށް ބާރުލާފައި އަހައިލިއެވެ. އޭރު އޭނާގެ ދެލޮލުގައި އާދަޔާއި ހިލާފް ވިދުމެއް ވެއެވެ. މިލާން ޖަވާބް ދިނުމެއް ނެތި އެއްފަރާތުގައި ހުރި ކަބޮޑުން ކިޓެއް ނަގައިގެން ފާހާނާއަށް ވަނެވެ.
ފާހާނައަށް ވަން މިލާން ލަސް ކަމުން ފާހާނާ ދޮރުމަތީގައި ދެކޮޅަށް ހިނގާ ހިނގާލަ ހުރި ޔަޒަކް ދެތިން ފަހަރު ގޮވާ ވެސްލިއެވެ. އެންމެ ފަހުން މިލާން ގެ ހަބަރެއް ނުވެގެން ވަންނަން ހިނގައިގަން ތަނާ މިލާން ދޮރު ހުޅުވާލިއެވެ. އޭނާގެދެ ލޮލުން ކަރުނަތައް އައިސްފައިވާތަން ފެނި އަވަސް އަވަހަށް ޔަޒަކް ކިހިނެތް ވީޙޭ އަހައިލިއެވެ.
“ޒެކް ބަލާބަ.. މިމި..” ކިޓުގައި އިން ދެ ރަތް ރޮނގު ކޮޅު ފެނުމުން މިލާންއަށް އުފަލުން ގޮސް ރޮވުނެވެ. ޔަޒަކް މިލާން ގެ ގައިގަ ބައްދާލައިގެން ހުރެ އަލްހަމްދުލިއްލާހް އޭބުނެލިއެވެ.
ދެމީހުން ގަސްދުކުރީ ގޭގެ އެހެން މީހުންނަށް އެ ހަބަރު ދިނުމަށެވެ.
އެދުވަހު އެގެޔަށް ހީވީ އީދެއް އައި ހެންނެވެ. މިލާން ބަލިވެ އިން ހަބަރު ޔަޒަކް ދިނުމުން މާޔާ އާއި ދާނިޔަލް ވެސް އެދުވަހު އައިސް އުޅުނީ އެގޭގައެވެ. ގޭގައި ބޮޑު ކެއުމެއް ވެސް ލަވާލްއާއި ޔަމްހާ ވެގެން ތައްޔާރު ކުރިއެވެ. އިޒާން އާއި ޒީވާ އަދި ކައިވަން އާއި ޔޫމީން ގެ ކައިވެނި ހަފްތާއެއް ފަހުން އެކުއެކީގައި ކުރެވެން ހަމަޖެހުނީވެސް އެދުވަހުއެވެ.
****
މިއަދަކީ ޒިވާ އާއި އިޒާން އަދި ކައިވަން އާއި ޔޫމީންގެ ކައިވެނި ކުރެވޭ ދުވަހެވެ. ޔާސިރްގެ ގެ ހޮޓަލެއް ކަމުގައިވާ ސްވިސަލޭންޑްގެ މަސްހޫރުކަން ލިބިފައިވާ “ވައިޓް މާބްލް” ގައި ކުރެވެން އޮންނަ ކައިވެނި ޔާސިރް އާއި އައްޒާމް ބޭނުންވީ ނުހަނު ކުލަގަދަކޮން ބާއްވަށެވެ.
ގޭތެރެގައި ބައިގިނަ ކަމުން އެންމެންގެ އަޑު އެއްފަހަރާ އިވެމުން ދިޔައިރު ނިކަން އަޑުގަދައެވެ. ލަވާލްގެ މަންމަ ސެވީނާގެ އާއިލާއަށް ވެސް ލަވާލް ދައުވަތު ދީގެން ވަނީ ޕާޓީއަށް އައިސްފައެވެ. ލާމިޒްގެ އާއިލާ ވެސް އުޅެއެވެ. އެއާއިލާ އިން ލަވާލްގެ ބޮޑުބެއަށް ނޫނީ އެންމެންނަށް އާދެވުނެވެ. ކުލްސޫމާއާއި ޒުހޫރުމެން އާއިލާގެ ވެސް ގިނަ ބަޔަކު ވަނީ ޕާޓީއަށް އައިސްފައެވެ.
“ޒިވީ ތެދުވެބަލަ ނިކަން އެއޮތް އައީއޭ މޭކަޕް ކުރާ ކުދިން މޭކަޕް ކުރަން… މީނަ ކައިވެނި ކުރެވެން އުޅުނަސް އެއްވެސް ހާހެއް ވަނީއެއްނޫން އެހެން މީހުން މިޖެހެނީ ކަންތައް ވެސް ބޮޑުވާން.. އަހަރެން މިހާރު މިއްއޮތްގެން އަވަދި ވަނީ” ޒީވާގެ ކޮޓަރި ދޮރު ހުޅުޥާލުމަށްފަހު ވަން ޔޫމީން ދެބުމަ ގޮތް ޖެހުނީ އެނދުގައި ހަމަޖެހިލައިގެން ވާހަކަ ފޮތެއް ހިފައިގެން އޮތް ޒީވާ ފެނިއެވެ.
“ވެއިޓް އަހަރެން ބިރުން ގޮސް ހޭނެތެން އުޅޭހެން ހީވެގެން އައިސް ކާމް ވެލަން ވެގެން ފޮތް ހިފާގެން މި އިނީ..” ޒީވާ ދެލޯ ބޮޑުކޮށްލައިގެން އިނދެ ބުނެލި ގޮތުން ޔޫމީން ވެސް ހާސްވެފައި ހުރި ނަމަވެސް ހެވުނެވެ.
“އަހަރެންވެސް ހާދަ ބިރެކޭ ގަންނަނީ .. ކައިވަން ވެސް ރީތިވެގެން އައިސްފި އަދި މިތިބީ އަހަރެމެން ތިބި ގޮތް…”ޔޫމީން މޭގައި އަތް ލައިގެން ހުރެ ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.
“އިޒާން އަދި ވެސް ހަބަރެއް ނުވޭ.. އޭނާ ވީ ދޮންބެ މެން ބައިގަ ..އެބައިން ރެޑީވަނީ އޭނާ.. އަހަރެން ހެދުނު ލައިގެން މި ނުކުންނަނީ.. މޭކަޕް ކުރާ ކުއްޖާ ޒިވާ ގެ ކޮޓަރިއަށް ވަނުމުން ޔޫމީން ވެސް ތައްޔާރުވާން ދިޔައެވެ.
ޒީވާ ވެޑިންޑްރެސް ލައިގެން ނުކުމެއެނދުމަތީގައި މޭކަޕް ކުރަން އިށިންދެލިއެވެ. އޭނާ އިޒާންގެ ފޯނަށް ގުޅާގުޅާ ފޯނު ނުނެގިއެވެ. އެހެން އިނދެފައި އޭނާގެ ކަށި އިނގިޅިގައި އިޒާން އަޅުވާދިން ހުދުރަނުގެ ސްކޮޔާރ ޝޭޕަށް އިން އަނގޮޓީގައި ފިރުމާލަމުން ލޯބި ގޮތަކަށް ހީލިއެވެ. އޭނާއަށްނުހޭން އުޅުނަސް ބާރަށް ހޭންފެށުނީ އިޒާން މީގެ މަހެއް ކުރިން އޭނާގެ އަތުގައި އެ އަގޮއްޓި އަޅުވާދިން ގޮތް ހަނދާން ވުމުންނެވެ.
އެރޭ ޒީވާ ކޮޓަރީގައި ހުއްޓާ ކުޑަ ދޮރުން ފުންމާލައިގެން އައިގޮތައް އައިސް ވިލް ޔޫ މެރީ އޭ ބުނެ ޒީވާގެ ބަހަކަށް ވެސް ނުބަލާ އަގޮނޓި އަޅުވާލިގޮތް ހަނދާންވެ ހިނި ނާންނަވަރެއް ވެސް ނޫނެވެ.
**
“.. އަހަރެންވެސް ހުންނަނީ ފާޑަކަށް ހިތްބިރުގަނެފަ..”އިޒާން ތައްޔާރު ވާންހުރެ ކައިރީގައި ތިބި ޔަޒަކް އާއި އަލާނިޔަލް އާއި ކައިލް ގެ އިތުރުން ރާހިލް އަށް އިވޭވަރަށް ބުނެލިއެވެ.. ކައިވަން އާއި ވިޝާން އަދި އެމީހުން އިތުރު ރަހްމަތްތެރިންތަކެއް ވެސް އެތަނައް އައީ އެވަގުތު އެވެ. “ބްރޯ މަ ވެސް ….” އިޒާން އާއި ކައިވަން އުޅުނު ގޮތުން ޔަޒަކް އާއި އެހެން މީހުން ދިޔައީ ހެމުންނެވެ. ” މިހާރު އިނގެއެންނު ތިކަމުގެ ހަސްކާ.. އަދި މަށައް މަލާމާތް ކޮށްލާފަ ހުއްޓޭ ދެމީހުން..”ޔަޒަކް ހީހީފައި ބުންޏެވެ. އިޒާން އާއި ކައިވަން ނިމުމުން ސަކަރާތް ޖަހަމުން އެންމެން ތިރިޔަށް ފޭބިއެވެ. ތިނެއް ޖަހަން ކައިރިވެފައި ހުރުމުން އެންމެން ވެސް އެދެމީހުން ގޮވައިގެން މިސްރާބް ޖެހީހޮޓަލަށް ދިޔުމަށެވެ. ދެމީހުން ޒީވާ އާއި ޔޫމީން އާއި އެއްކޮން ދާން ވެގެން އުޅެންފެށުމުން ނުދެވޭނެ ކަމަށް ބުނެ އެދެމީހުން ގޮވައިގެން ދިޔައެވެ.
ހޮޓަލަށް ދެވުނީ ހުރިހާ މީހުންނަށް ވެސް ދާދި އެކު އެކީގައި ކަހަލަ ގޮތަކަށެވެ.
މުޅި ތަނުން ވެސް ފެންނަނީ އަންތަރީސް ވާފަދަ ރީތިކަމެކެވެ. އަޅި އަދި ކަޅު ކުލައާއި ހުދު ކުލައިން ޖަރީ ކޮށްލާފައިވާ މުޅިމާހައުލު ބަލާ ފޫހި ނުވާފަދަ ޗާލެވެ. ކަޅު އަދި އަޅި ކުލައިގެ ތާޒާ ފިނިފެންމާ އަޅާފައިވާ ބިއްލޫރި ވާސް އެއް، ހުދު ކުލައިގެ މޭޒުތަކުގެ މަތީގައި ރީތި ގޮތަކަށް ޑިޒައިން ކޮށްލައިފާވާ ވާހުދު ލޭސް ފޮތިކޮޅުގެ މަތީގައި ބެހެއްޓިފައި ހުރި އިރު ވަރަށް ވެސް ރީއްޗެވެ. ކައިރީގައި ހުރި ގޮނޑިތަކުގެ ހުދުކުލައިގެ ފޮތި ވެސް އެތުރިފައިވާ ގޮތް ނުހަނު ރީއްޗެވެ.
ދެބައި މީހުން ތިބޭ ތަން ވަނީ ވަކި ވަކީން ހަދާލެވިފައިއެވެ. ހުދުކުލައިގެ ފިނިފެންމަލުގެ އެކި ވަރުގެ މާ ތަކުން ފުރާލެވިފައިވާ ބިތުގައި “އިޒާން އެންޑް ޒީވާ ” އަދި “ކައިވަން އެންޑް ޔޫމީ” ޖަހާފައި ނިއޯން ލައިޓްސްވެއެވެ. އާއިލާ އާއި ރަހްމަތްތެރިން އަޅި އަދި ކަޅު ކުލައިގެ ހެދުންތަކުގައި ނުހަނު ފުރިހަމައެވެ.
ކައިވެނި ކުރާ މޭޒުކައިރީގައި ގަޑި ނުޖެހޭތީ އެންމެން ވެސް މަޑުކޮށްލައިގެން ތިއްބެވެ. ޒީވާ ލަވާލް ގާތުގައި ހުރެފައި ސިހުނީ ރާހިލް ގޮވާލި އަޑު އިވުމުންނެވެ. އޭނާގެ މޫނު މަތިން ތަފާތު ކަމެއް ފާހަގަވުމުން ޒީވާ ކިހިނެތް ތޯ ވީ އަހައިލިއެވެ. ރާހިލް އޭނާގެ ފަހަތުން އާދެވޭނެ ތޯ އެހުމުން ގަޑިއަށް ނަޒަރެއް ދިއްކޮއްލަމުން ޒީވާ ބޯޖަހައިލިއެވެ.
ޔޫމީން ގޮޑީގައި އިށީންދެފައި ޒީވާ ފެންނަން ނެތުމުން ކައިރިގައި ހުރި އިޒާން އާއި ކައިވަން ގާތު ޒީޥާ ކޮބައިތޯ އެހިއެވެ. އެދެ މީހުން އެކި ދިމާލަށް ނަޒަރު ދިއްކުރަންފެށުމުން އެމީހުންނަށް ވެސް ޒީވާ ދިޔަ ތަން ނޭނގޭކަން ޔޫމީންއަށް އެނގުނެވެ.
އެއްލިކަޅިއަކުން ރާހިލް އާއި އެކު ދުރުގައި އެކަހެރިކޮން ތބި ރާހިލް އާއި ޒީވާ ޔޫމީންއަށް ފެނުނެވެ. އެންމެނާ ދިމާއަށް ފުރަގަސްވާހެން އެދެމީހުން ތިބުމުން ޔޫމީންއެދިމާލަށް ދިޔަކަމެއް ޒީވ މެންނަކަށް ނީނގެއެވެ.
***
“ޒިޥީ އަހަރެން ވާހަކައެއް އަޑު އަހާގެން މިއައީ…އިނގޭ މެރީ ކުރާ ވަގުތު މި ވާހަކަ ފެށުން ރަނގަޅުނޫން ކަން .. ޒިވީ ރޭޕް ކުރި ރޭ ކިހިނެތް ވީ .. އައި މީން ޔޫ ވެންޓް ދެއާރ ބިކޯޒް އޮފް ޔޫމީ؟..” ރާހިލް އަހާލި ވާހަކަ އަކުން ޒީވާ ދެލޯ ބޮޑުވި އިރު އެ މޫނު މަތިން ބިރުގަނެފައި ހުރި ވަރު ހާމަ ވިއެވެ. އެހާ ދުވަސް ވަންދެން އަމިއްލަހިތުގައި ފޮރު ވައިގެން ގެންގުޅުނު ކަންތައް ރާހިލް އަށް އެނގުނު ގޮތަކާއި މެދު ރަނގަޅަށް ވެސް ޒީވާ ސުވާލް އުފެދުނެވެ.
” ކި ކި ކިހިނެތް .. ރާހިލް އަށް އެނގުނީ..” ޒީޥާ އަށް އާގަންނަމުން ކަހަލަ ގޮތަކަށް ބުނެވުނެވެ. އައި ހާރޑް އިޓް ފްރޮމް ހަލީމް ހަމަ ދެންމެ.. އޭނާއަށް ކެރާ މަރު ވުމުގެ ކުރިން އޭނާގެ ފަރާތުން އެނގުނީކަމަށް ބުނީ.. އެރޭ ޔޫމީ ފެންވަރަން ހުއްޓާ ފެންލައިޓުން ފޮޓޯ ނަގައިގެން ޒިވީ ބްލެކްމެއިލް ކުރި ވާހަކައާއި ޔޫމީންގެ އަގުވައްޓާ ލާނެ ކަމަށް ބުނެ އަދި ޕޮޓޯތައް މުޅި ދުނިޔެއަށް ލީކު ކޮށްލާނެކަމަށް ބުނެ ބިރު ދެއްކި ވާހަކަ ވެސް ބުނި…” ރާހިލް ވާހަކަ ދައްކަމުން ގޮސް ހުއްޓުނީ ފަހަތުގައި މީހަކަ ހުރިހެން ހީވެގެންނެވެ. ފަހަތައް އެނބުނު ޒީވާ އާއި ރާހިލް ސިހުމަކަށް އައީ ފަހަތުގައި ރޮވިފައި ހުރި ޔުމީން ފެނިއެވެ.
ޔޫމީންގެ ފަހަތުގައި ތިބި އިޒާން އާއި ކައިވަން ވެސް ބަލަހައްޓައިގެން ތިބި ގޮތުން އެމީހުންނަށް ވެސް އިވުނީ ކަން ޒީވާ އާއި ރާހިލް އަށްފަހުމް ވިއެވެ.
ޔޫމީންއަށް ވެފައި ހުރި ގޮތުން ޒީވާގެ ލޮލަށް ކަރުނަތައް ޖަމާވާން ސިކުންތުކޮޅެއް ވެސް ނުނަގައެވެ. ރޮވިފައި ހުރެ ޒީވާ ޔޫމީންއާއި ގާތައް ނެގި ފިޔަވަލު ހުއްޓުމަކަށް އައީ ޔޫމީން ފަހަތައް އެނބުރި ދުއްވައިގަތުމުންނެވެ.
ޔޫމީންގެ ފަހަތުން އިޒާން ދިޔައިރު ކައިވަންއަށް ހުރި ފިޔަވަޅު މަތީގައި ހުރެވުނެވެ. ޒީވާއަށް ވެފައި ހުރިގޮތުން ކައިވަން އިތުރަށް އެއްޗެއް އަހާކަށް ގަސްދެއް ނުކުރެއެވެ. ޔޫމީން ކައިރިޔަށް ދަމުން ޒީވާ ގޮވައިގެން ކައިވަން ހިނގާލިއެވެ.
އެންމެ ގާތް އެކުވެރިޔާއަށް ވެފައި އެވަރު ކަމެއް ހިނގިއިރު ކައިވަންއަށް އެއްވެސް ކަހަލަ އިޝާރާތެއް ވެސް ޒީޥާ ނުކުރުމުން މިއިން ދުވަހަކު ވެސްނުވާހާ ދެރަ ކައިން މިއަދު ވެއްޖެވެ. ނަމަވެސް ޒީވާގެ މަގާމުގައި އެހެން މީހަކު ހުރި ނަމަވެސް އެ ބިރުވެރި ވަގުތުގައި ރަނގަޅަށް ސިކުނޑި މަސައްކަތް ނުކުރާނެ ކަން ވެސް ކައިވަންއަށް ގަބޫލް ކުރެވުނެވެ. ޒީވާއާއި މެދު ކައިވަންގެ ހިތް ހަމްދަރުދީން ފުރުނެވެ.
ޔޫމީން ލަވާލްގެ ގައިގާ ބައްދާލައިގެން ހުރެ ރޮމުން ދިޔައިރު އެހެން މީހުންނެކޭ އެއްފަދައިން ލަވާލް ވެސް ހީކުރީ ޔޫމީން ކައިވެނި ކުރުމަށްފަހު ލަވާލްއާއި ދުރަށް ދާންޖެހުމުން އެކަމާ ދެރަވީ ކަމަށެވެ.
“ދަރިފުޅާ.. ނުރޮއެ ހުއްޓާލަބަ … ނުހަނު ކާރީގަ އޭނު ހުންނާނީ ވެސް ގެޔާ .. ހަނދާން ވީމަ އަބަދުވެސް ގެޔަށް ފަސޭހައިން އާދެވޭނެ.. ރޯ އެއްޗެއް ނޫނޭ ދޫނީ” ލަވާލް ނުހަނު ލޮބިން ޔޫމީންގެ ލޮލުން ފޭދުނު ކަރުނަ ތައް ފުހެލަ ދިނެވެ. އީން އާއި މިލާން އަދި ތާރާ ރޯން ހުރި ޔޫމީން މޭކަޕް ރަނގަޅު ކުރުމަށްފަހު ނުރޯން ބުނެ މޭޒުކާރީގައި ބޭންދީ ކައިވެނި ކޮށްދޭ މީހުން އައުމުންނެވެ.
ކައިވަން ޔޫމީންގެ އަތުގައި ހިފާލައިގެން ހުރެ އެތައް ވަރަކަށް ހިތްވަރު ދިނުމުން ޔޫމީންގެ ކަރުނަތައް ކޮންޓްރޯލްވިއެވެ.
ނުރޯން ކިތަންމެ ހިތްވަރެއް ޔޫމީން ކުރިނަމަވެސް އޭނާގެ ހިތުގައި ޖެހިފައި ހުރި ވަރުއެމޫނުމަތިން ސިއްރެއް ނުވިއެވެ.އެ ހިތައް، މިއަދު އެއްވެސް މީހެއްގެ ހިތްވަރުގެ ބަހަކުން ހަމަ ޖެހުން ނުލިބޭހާ ވަރަށް ވަނީ ހިތްދަތި ކަން ލިބިފައެވެ.
“ބޭބީ.. ލެޓްސް ޓޯކް ވެން ވީ ޑަން ދިސް .. ސްޓޮޕް ކްރައިން..އިޓްސް އޯކޭ”އެންމެނަށް ފުރަގަސް ވާހެން ޒީވާ ރޮމުންދިޔަ އިރު އިޒާން ޒީޥާގާތު މަޑުކޮށްލައިގެން ހުއްޓެވެ. ވަރަށް އުނދަގުލުން ހުއްޓާލަމުން ޔޫމީން ގޮނޑީގައި އިއްތިތަން ފެނުމުން އީންއަށް ގޮވާލައި މޭކަޕް ރަނގަޅު ކޮށްލަމުން ޒީވާ ވެސް އެދިމާލަށް ދިޔައެވެ.
ޕާޓީ ފެށިގެން ނިމުން އިރުވެސް ވެސް ޒީވާއަދި ޔޫމީން ހިނިތުންވުން ވެރިކޮށްގެން ހުރީ ގަދަކަމުންނެވެ. ގަޑިން ބާރަ ޖަހަން ކާރި ވެފައި ހުއްޓާ ޕާޓީގެ ކަންކަން ނިމި ގެޔަށް ދެވޭވަރުވެއްޖެއެވެ.
ޒީޥާ ވަށައިގެން ހޯދާލީ ޔޫމީން ގެ ހިލަމެއްވޭތޯއެވެ. ލަވާލް ގާތު އެހުމުން ޔޫމީން ބޮލުގައި ރިއްސަން ފެށުމުން ގެޔަށް ދިޔަވާހަކަ ބުންޏެވެ.
އިޒާން އާއި ކައިވަންގެ ރަހުމަތްތެރިން އެމީހުން ހިފަހައްޓަން އުޅުމުން އަލާނިޔަލް އެކަމައް ހުރަސް އެޅިއެވެ.ޔޫމީން އަށް ކަމެއް ދިމާވެގެން ދެރަވެފައި ހުރި ކަމަށް ބުނެ އަލާނިޔަލް ހުރަސް އެޅީއެވެ. ރާހިލް ފަރާތުން އޭނާ އަށް ވެސް އެކަންތައް އިނގުނީއެވެ.
ރާހިލް ކިޔައިދިނުމުން އަލާނިޔަލް އަށް ފުރަތަމަ ވެސް ދެލޯ ބޮޑު ކޮށްލެވުނެވެ. އެންމެ ފަހުން ހަލީމް ވެސް ގެނެސް އެއީ ތެދެއް ތޯ އެހިއެވެ. އޭނާ ދެން ދިޔައީ އިޒާންއަށް ޔާސިރް ހޯދާށެވެ.
****
ކާރުގައި އިން އިރުވެސް ޒީވާގެ ލޮލުންހޮސްލާފައި ކަރުނަތައް ދިޔައީ ފައިބަމުންނެވެ. އިޒާން ޒީވާ ގޮވައިގެން އިޒާންގެ ގެޔަށް ދިޔައިރު އައްޒާމް އަކަށް އަދި ގެޔަކަށް ނާދެވެއެވެ.
ފިނިފެންމަލުން ޖަރީކޮށްލެވިފައިވާ އެ ކޮޓަރީގެ ފުރިހަމަ ކަމުންވެސް ޒީވާގެ ހިތައް އެއްވެސް ހަމަ ޖެހުމެއް ނުލިބެއެވެ. ޔޫމީންގެ ހިތްދަތިވެފައިވާ މޫނު އޭނާ އަށް ސިފަވުމާއެކު އެކު އިޒާންގެ ގައިގާ ބައްދާލައިގެން ހުރެއިހުނަށް ވުރެން ބޮޑަށް ރޮވިއްޖެއެވެ. އިޒާން ޒީވާ ގެންގޮސް އެނދުގައި ބައިނދާލިއެވެ.
“ޓެލްމީ އެވްރީތިންގް އެގެއިން ވިތް ޑީޓެއިލް…” އިޒާން ވަރަށް ލޯބިން ޒީވާގެ މަޑު އަތްތިލައިގާ ހިފާލަމުން ބުނެލިއެވެ. ޒީވާ އެއްވެސް ކަމެއް ސިއްރު ކުރުމެއް ނެތި އެރޭ ވީ ގޮތް ކިޔާ ދީން ނިމުން އިރު އިޒާންއިނީ ދެލޯ މަރައިލާގެންއަތް ވެސް މުއްކަވާލައިގެންނެވެ..
” ކީއްވެ ކުރިން ނުބުނީ .. ކިތައްފަހަރު ޒިވީ ކާރީގަ އަހަރެން ބުނިން އެއްވެސް ކަމެއް ސިއްރު ނުކޮށް ކިޔާދޭން..” ހުރިހާ ކަމެއް އެނގުމުން ކުރިޔަށް ވުރެން ބޮޑަށް ނިޔަލް ދެކެ އިޒާންއަށް ރުޅިއާދެވުނެވެ. އިޒާންއަށް ރުޅި ގަދަ ވެގެން ގޮސް ޒީވާއާއި ވާހަކަ ދެއްކުނީވެސް ދައްކަން ނުވާފަދައަކުންނެވެ. އެކަން އިހްސާސް ވެގެން އިޒާން އަށް ބޯހޫރާއިލެވުނެވެ.
އިޒާން ވާހަކަ ދެއްކި ގޮތުން ޒީވާގެ ހިތުގައި ނުހަނު ބޮޑާށް ޖެހުނެވެ. “ޒާން ކިހިނެތް ހަދާނީ އަހަރެންގެ ސިޓުއޭޝަންގައި ޒާން އެރޭ ހުރި ނަމަ.. އަހަރެން ކައިރިގައި ބުނާނަންތަ.. އަހަރެން ފުރާނައާއި ކުޅުނަސް އަހަރެން ބެލީ އަހަރެންގެ އެއްބަޑު އެއްބަފާ ދައްތަ ސަލާމަތް ކޮށްދެވޭތޯ..” ރޮމުން ދިޔަ ޒީވާ އިތުރަށް ހިތުގައިޖެހުނެވެ. އެމަންޒަރުފެނި ފެނި އިޒާންއަށް ޒީޥާ ގަޔާލާ ބޮނޑިކޮށްލެވުނެވެ.
“ސޮރީ.. އަމް ސޯ ސޮރީ ދެރަ ކޮށްލެވުނީމަ… އައި ނޯ އިޓްސް ހާރޑް… ހުދު އަހަރެން ވެސް ޒިވީއަށް އެތައް ކަމެއް ސިއްރު ކުރިން އޭރު ހާލަތު ހުރިގޮތުން.. ޒިވީ ވަރަށް ހިތްވަރު ގަދަ.. އަހަރެން އެ މަގާމުގައި ހުރި ނަމަވެސް އެފަދަ އިން ކަންނޭގެ ކަންތައް ކުރެވޭނީ..” އިޒާން އެތައް ފަހަރަކު ޒީވާގާތުން މާފަށް އެދުނެވެ. އިޒާން ގަޔަށް ބާރު ކޮށްލަމުން ޒީވާ ބޯޖަހައިލިއެވެ.
“އަސްލު އަހަރެން ދެރަވަނީ ޔޫމީއަށް ވާނެ ގޮތަކާއި މެދު..ކައި ވެސް އެކަންތައް ސިއްރު ކުރީމަ ނޭނގޭ ދެން ފެންނައިރު ބުނާނެ އެއްޗެއް ވެސް.. ޔޫމީ ދެރަ ވާނެތީ އަހަރެން އެއްވެސް މީހެއްގެ ކައިރީގައި ނުބުނީ.. އެހެން މީހެއްގެ ފަރާތުން ވެސް ޔޫމީ އަށް އިގިއްޖެޔާ ވަރަށް ސަކަރާތްވާނެ…” ދެލޯ ފުހެލަމުން އިޒާންގެ މޫނަށް ބަލައިލަމުން ޒީޥާބުނެލިއެވެ. އިޒާން، ޒީވާގެ ކޯތާފަތުގައި ހިފާލަމުން މަޑުމަޑުން ބޯޖަހައިލީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެއޭ ބުނާފަދައަކުންނެވެ.
“އެކަމް ދެން ދުވަހަކުވެސް އެއްވެސް ކަމެއް ސިއްރު ނުކުރާތި..ކިތަންމެ ކުޑަ ކަމެއް ވިޔަސް ބުނަން ޖެހޭނެ.. އަހަރެން ވަރަށް ލޯބިވޭ..”އިޒާން ނުހަނު ސީރިޔަސް ވެފައި ހުރެ ޒީވާގެ ދެލޮލާއި ހަތަރު ކަޅި ހަމަ ކޮށްލަމުން ބުނެލިއެވެ. ލަވްޔޫ ޓޫ އޭ ބުނެލަމުން ޒީޥާ ބޯ ޖަހައިލިއެވެ.
***
އެނދުގައި ހުރަހަށް އޮތް ޔޫމީންގެ ދެލޯ ވަނީ ދުޅަ ވެފައެވެ. އަދިވެސް އޭނާގެ ކޯތާފަތް މައްޗަށް ތާޒާ ކަރުނަތައް ދިޔައީ އޮހެމުންނެވެ.ޔޫމީންގެ އުނަގަނޑުގައި ކައިވަން ބައްދާލައިގެން އޮތް އިރު މިއުފާވެރި ރޭގެ އެއްވެސް އުފާވެރިކަމެއް ދެމީހުން ކުރެ އެކަކުގެ މޫނުމައްޗަކުން ވެސް ނުފެނެއެވެ.
“އިޓްސް އޯލް ޕާސްޓް.. ޔޫ ހޭވް ޢޭން އެމެޒިން ސިސްޓާ..ޒީޥާ ގެ މަގާމުގައި ޔޫމީ ހުރި ނަމަވެސް ހަމަ އެގޮތަކަށްނު ކަންތައް ކުރާނީ ދޯ … “ކައިވަން ، ރޮމުންދިޔަ ޔޫމީންގެ ބޮލުގައި ފިރުމާލަމުން ޔޫމީންއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
“އެންޑް އޯލްސޯ ހީޒް ޑެޑް… އިތުރަށް ނުވިސްނައި ކުރިޔަށް ދަމާ … އަމް ވިތް ޔޫ އޭޒް އޯލްވޭސް….އިނގޭ ޔޫމީ ދެރަވާނެ ވަރު ..އެއީ މިހާރު ނިމިފަ އޮތް ކަމެއް.. ޔޫމީ ދެރަ ވާނެ ތީ ޒިވީ އެ ސިއްރު ކުރީ ވެސް … ސީ އިޒް ދަ ބެސްޓް ސިސްޓާރ.. އިޒާން އެބަހުރި ވަރަށްގުޅާފަ.. މެސެޖް އެއްވެސް އެބައިން… ޔޫމީ ދެރަ ވެފަ ހުރި ވަރުން ޒިވީ ގެޔަށް ގޮސް ރޮނީ އޯ .. ނުވެސް ނިދިގެން އެބައުޅޭ .” ކައިވަން ވާހަކައަޑު އިވިގެން ރުއިމުގެ ތެރެއިން ކައިވަން ކާރީގައި ޒީޥާގާތައް ދާން ބޭނުންވާ ވާހަކަ ބުނުމުން ކައިވަން ގުޅާލީ އިޒާންއަށެވެ.
“ހީ ސެއިޑް މިގެއަށް އަންނަނީއޭ..މޫ ދޮވެލަން ހިނގާ ޒިވީ އަންނަން ވާއިރަށް”ޔޫމީންގެ ދެލޮން ކަރުނަތައް ފުހެދެމުން ކައިވަން ވާހަކަ ދެއްކިއެވެ. ޔޫމީން މަޑުމަޑުން ބޯޖަހާލި އިރު ލުއިގޮތައް ކައިވަން އަށް ހީލިއެވެ. ކައިވަން ވެސް ހީލަމުން ޔޫމީންގެ ކޯތާފަތުގައި ބޮސްދިނެވެ. ފާހަނައަށް ވެސް ވަންނަން ނޫޅެ އިޒާން ގުޅަން ފެށުމުންޔޫމީން ބޭރަށް ނުކުތެވެ.ކައިވަން ވެސް ފަހަތުން ނުކުތެވެ.
އެތެރެއަށް ވަދެގެން އައި ޒީޥާ ފެނި ޔޫމީންގެ ބަޑި ފަޅާއިގެން ދިޔައެވެ. ޒީވާ ވެސް ނުރޯން މަސައްކަތް ކުރި ނަމަވެސް ދިޔައީ ރޮވެމުންނެވެ. ދެމީހުން ބައްދާލައިގެން ތިބެ އެތައް އިރަކު ރޮވުނު އިރު އިޒާންއަށައި ކައިވަން ދިޔައީ އެމަންޒަރު ބަލަން އުނދަގު ވަމުންނެވެ.
އެތައް އިރެއް ވީފަހުން ހަމައަކަށް އެޅިގެން ދެމީހުން އެކަކު އަނެއް ކަކަށް އެތައް ވާހަކަ އެއް ދެއްކިއެވެ. ޔޫމީންގެ އެތައް ސަކުވާ އެއް ޒީޥާއަށް އަޑުއަހަން ޖެހުނެވެ.
“ދެން ދުވަހަކު ވެސް މީހަކު އެގޮތައް ބްލެކްމެއިލް ކުރިޔަސް އެހެން ގޮތަކަށް ވެސް ގެއްލުމެއް ދޭން އުޅެންޏާ ސިއްރު ނުކުޜާތި.. ހަމަ އެކަނި ސިސްޓާސް އިންނެއް ނޫނޭ މީ ބެސްޓްފުރެންޑްސް އިންނޭ ބުނި ޒިވީ .. އެކަމް އެގޮތަކަށް ނޫން ތިކަންތައް ކުރީ.. ހާދަ ބޮޑު ސެކްރިފައިސް އެކޭ ތިވީ އަހަންނަށް.. އަހަރެން މީ ކުށްވެރިއެއް ޒިވީގެ..،.”ޔޫމީން އަށްއަނެއްކާ ވެސް ރޮވެން ފެށުނެވެ.
“ނޫން ތިހެން ނުބުނެ.. ޔޫމީ ކީއްވެ ކުށްވެރިއަކަށް ވާންވީ.. ދެން ދުވަހަކުވެސް އެއްވެސްކަމެއް ސިއްރެއް ނުކުރާނަން.. އަމް ސޮޜީ ނުކިޔާ ދެވުނީމަ.. ދެން “ޒީޥާ ޔޫމީންގެ ބޮލުގައި ފިރުމާލިއެވެ.
ޔޫމީންއެއްކޮންހަމަ ޖެހުމުން ކައިވަން އާއި ވެސް އެތައް ވާހަކައެއް ދެއްކުމަށްފަހު ޒީވާ އާއި އިޒާން ގެޔަށް ދިޔައެވެ.
*****
6 އަހަރުފަސް
“ދަރިފުޅޫ ކޮބާ މަންމި.. “އިޒާން އާއި ޒީޥާ ގެ ފަސް އަހަރުގެ ދަރިފުޅު ލިޔަމް ސޯފާމަތީގައި ކޮޅާއް އަރާ ހުއްޓެވެ.
“ބައްޕީ ..މަންމި ކޮއްކި ނިންދަވަނީ..” އިޒާން އައުމުން ލިޔަމް ސޯފާމަތިން ފައިބާގައިގެން އައިސް އިޒާންގެ އުރަށް އެރިއެވެ. އިޒާން ލިޔަމް އާއި ސަކަރާތް ޖަހަމުން ކޮޓަރިޔަށް ވަންނަން ދަނިކޮން ކޮންމެ ވެސް މީހަކު ވަރަށް ގަދައަށް ބެލް އަޅަން ފެށިއެވެ. އެއަޑަށް ޒީވާ ވެސް އެމީހުންގެ ހަގު ދަރިފުޅު އެއް އަހަރުގެ ލިޔާ ގޮވައިގެން ކޮޓާރިން ނުކުތެވެ. ކަޅުކުލައިގެ ވައްބުރުގަލުގާ ޒީވާ ހުރި އިރު ކުޑަ ކޮން ހުރީ ފަލަ ވެސް ވެފައެވެ. ކުރިޔަށް ވުރެން ޒީވާގެ ކޮލުގައިވެސް މަސްޖަހާލައިފާ ހުރިވަރުން އިތުރަށް ރީތިކަމަށް ދައްކައެވެ.
ޒީވާ ކޯސް ނިމުމުން ވަޒީފާ ދެއެވެ. ކައިވެންޏަށް ހަތަރު މަސް ވީތަނާ ޒީވާ ބަނޑު ބޮޑުކަން އިނގުމުން އިޒާން ބޭނުން ވީ ޒީވ ގޭޣާއި އަރާމް ކުރަން ހުރުމަށެވެ. ނަމަވެސް ޒީޥާ އެގޮތެއް ބޭނުމެއް ނުވިއެވެ.
އިޒާން ދޮރު ހުޅުވި އިރު އަލާނިޔަލް އެވެ. އޭނާ ހުރި ގޮތުން އިޒާން ގާތައް ހިނިވެސް އައެވެ.
” ދޮންބޭ މި ދެމީހުން ލިޔަމް ކާރީގަ ބަހައްޓަބަލަ.. އީން ފިހާރައަކަށް ގޮސް ވީ… ކުއްލިޔަކަށް ހޮސްޕީޓަލް އަށް ދާން ޖެހިގެން މިދަނީ….ބައްޕަ ވެސް ގެޔަކު ނެތް” އީން އާއި އަލާނިޔަލްގެ ތިންއަހަރުގެ އެއްމާ ބަނޑު ދެބެން ނޫހް އާއި ލޫތް ލިޔަމް އާއެކު ގޮސް ކާޓޫންބަލަން ފެށިއެވެ. ނޫހު އާއި ލޫތްގެ ހަލަނިކަން އިންތިހާ އެވެ. އަބަދު ވެސް އެއްތަނުން އަނެއް ތަނަށް ދުވެ ސަކަރާތް ޖަހާއިރު އީން ހުންނަނީ ދެމީހުންގެ ފަހަތުން ދުވެދުވެ ގޮސް ވަރު ބަލިވެފައެވެ.
އީންގެ މަންމަ އާޔާ ފަސްއަހަރު ކުރިން ވަނީ ނިޔާވެފައެވެ. އާޔާ މަރުވުމުން އެކަމާ ވިސްނާ ވިސްނާ އީން ވަރަށް ސަކަރާތް ވިއެވެ. އީން އެކަނި އުޅެން ނުބަހައްޓުވާ އަލާނިޔަލް ބޭނުން ވީ އަވަހަށް ކައިވެނި ކުރާށެވެ. އީން މާ ބޮޑަށް ސަކަރާތް ވެފައި ހުރުމުން އަލާނިޔަލް ކައިވެނި ޕާޓީ މާ ކުލަ ގަދަ ކޮން ނުބާއްވައެވެ. ހަމައެކަނި އާއިލާ އަށް ކުޑަ ކެއުމެއް ދިފައި ނިންމާލިއެވެ. ކައިވެންޏަށް ފަހު އައްޒާމްގެ އެދުމުގެ މަތިން އިޒާން އާއި ޒީވާ އުޅޭ ފްލޯ އާއި ޖެހިގެން ހުރި ފްލޯއަށް އަލާނިޔަލްއާއި އީން ބަދަލްވިއެވެ.
މިއަދަކީ ޔޫމީން އާއި ކައިވަންގެ އެއްމާ ބަނޑު އަންހެންދަރިފުޅު އަދި ފިރިހެން ދަރިފުޅުގެ ހަތަރުވަނަ އުފަންދުވަހެވެ. ނުހަނު ކުލަގަދަކޮން ކޮންމެ އަހަރު ވެސް ޔޫމީން މެން ދެމަފިރިން އެދުވަސް ފާހަގަ ކުރެއެވެ. މިއަހަރުވެސް ނުހަނު ކުލަގަދަ ކޮން ފާހަގަ ކުރަން ވަނީ ނިންމާފައެވެ.
ގޭތެރޭގައި ޕާޓ ޕްލޭސް ބައެއް ތަން ޑެކޮރޭޓް ކުރަން އުޅެއެވެ. ޔޫމީން އާއި ކައިވަން ކޮޅުކޮޅު މައްޗަށް ހިނގަހިނގާފައުޅެ އެވެ. އެދެމީހުންގެ ދެ ކުދިން ކަމުގައިވާ ޔެނާ އާއި ކީލާން ވެސް ދުވެ ދުވެފައި އުޅެއެވެ. އެދެކުދިންގެ ފަހަތުން ނުވަ އަހަރުގެ ކައިނާ އާއި ތޭރަ އަހަރުގެ ނީކިޔާ ވެސް ދުވަމުން އުޅުން އިރު އެދެމީހުން ވެސް ދިޔައީ ވަރުބަލިވެގެން ގޮސް މާނޭވާ ލަމުންނެވެ. ދެތިންފަހަރު ޔިރާ ވެސް އައިސް ނުދުވަން ވެސް ބުނެލިއެވެ. ސިޔާސަ ކަމުން ދެކުދިން އެއްވަރެވެ. ހާއްސަ ކޮން ކީލާން އެހާ އަނގަވެސް ތަޅައެވެ. ކޮންމެ ފަދަ ވާހަކައެއް ވެސް ކީލާން ބުނެލަފާނެއެވެ.ޕާޓީ ބޭއްވެނީ ކުލްސޫމަމެން ބައިގައިއެވެ.
ޔިރާ އާއި ޒީހާން ވެސް ބަލިން ރަނގަޅުވެގެން މީގެ އަހަރެއްހާ ދުވަސް ކުރިން ކުލްސޫމާ ގާތަށް ބަދަލްވި އިރު ޔިރާ ބަނޑުބޮޑެވެ. ޔިރާ ވިހެއުމުން ޔިރާ ވެސް އަލުން އެނބުރި ކެނެޑާއަށް ދިޔުމުގެ ބަދަލުގައި ބޭނުންވީ ސުސިލޭންޑުގައި މަޑުކުރާށެވެ.
“ދަރިފުޅުމެންނޭ ހިނގާ ތައްޔާރު ވާން މިހާރު ކުދިން އަންނަ ގަޑިވެސް މިއޮތް ޖެހެނީ..” ޔޫމީން ދެކުދިންގެ އަތުގައި ހިފައިގެން މިސްރާބުޖެހީ އެމީހުންގެ ބަޔަށް ތައްޔާރުވާން ދިޔުމަށެވެ. ފަހަތުން ޔިރާ ވެސްއެމީހުންގެ ކުޑަ ދަރިފުޅު ނައިކް ކުލްސޫމާ އަތައް ދީފައި ޔޫމީން އަށް އެހީވުމަށްޓަކައި ދިޔައެވެ.
“ޔޫމީ ޔެން އާ ލާންގެ ކުލާސް ކުދިންނަށް އިންވިޓޭޝަން ފޮނުވިން ދޯ..” ފާހާނާ އިން ނުކުން ކައިވަން ޔޫމީންއަށް ބުނެލިއެވެ. “ޔެސް ފޮނުވިން.. އިއްޔެ ފޮނުވިން،… މިންމި ނާދޭތަ.. .އޭނާ ކޭކް އަޅާފަ ނިމިއްޖޭ ބުނީ ދޭއް ނުހަނީސް .. އެއުޅޭ ގްރޫޕާ ހެދި ނާދެވިގެން ކަންނޭގެ އެއުޅެނީ އަދި…” ޔޫމީން ކައިވަން އަށް ބަލާލަލަމުން ބުނެލިއެވެ.
ތައްޔާރުކޮށް ނިމުމުން ޔެނާ އާއި ކީލާން ޔިރާ އާއެކު ތިރިއަށް ފޮނުވާލަމުން ޔޫމީންވެސް ތައްޔާރުވިއެވެ. ނޫކުލައިގެ ކުރުތާގެން މަތިން އަޅާލެވިފައިވާ އަޅިކުލައިގެ ސޯލްގެ ތެރެއިން ޔޫމީން ގެ މޫނު ފެންނަނީ ހަދެއް ފަދައިންނެވެ. ކައިވަން އަށް ކަޅި ޖަހާ ނުލާ ޔޫމީންއަށް ބަލަން ހުރެވުނެވެ. ކައިވަން ޔޫމީންގެ އުނގަޑުގައި ހިފާލައިގެން ބަލަންފެށިގޮތައް ޔޫމީން ލަދުގަންނަންދެން ބެލިއެވެ. “މަންމީ ބައްޕީ .. އަޅުގަ ގްލާސް ބާއްވާފަ ދެވުނީ.. ” ކީލާންގެ އަޑު އިވުމުން ކައިވަން އަވަހަށް ދުރަށް ޖެހުނެވެ. ނަމަވެސް ކީލާން މަޖާ ގޮތަކަށް ހީލައިގެން ހުރެ ދިޔައެވެ. ޔޫމީން ލަދުގަނެފައި ހުރުމުން ކައިވަން ހޭންފެށިއެވެ. ޔޫމީން ވެސް ކައިވަން ގައިގާ ޖަހާލައިފާ ތިރިޔަށް ދާން ހިނގައިގަތެވެ.
އެމީހުންނަށް ތިރިއަށް ދެވުނު އިރު އެންމެން ހަމަ ވެއްޖެއެވެ. ޒީޥާ އާއި އިޒާން އަދި އީން އާއި އަލާނިޔަލް އެމީހުންގެ ދަރި ގޮވައިގެން ތިއްބެވެ. ޒީޙާން އާއި ޔިރާ ވެސް ކުދި ވެރިން ގޮވާގެންއުޅުނެވެ. މިލާން އާއި ޔަޒަކް އެމީހުންގެ ހައަހަރުގެ މީރާ އާއި ތިން އަހަރުގެ ޔީލާ އަދި ހަމަހުގެ ލޫކް ގޮވައިގެން ވަނެވެ. އެކުދިން ފެނުމުން ހުރިހާ ކުދިވެރިންގެ އަޑުގަދަވިއެވެ.
“ކޮބާ ޔަމް ދައްތަ..” މިލާންގެ ފަހަތުން ވަން ލަވާލް އާއި ޔާސިރް އަދި އައްޒާމްގެ މޫނަށް ބަލައިލަމުން ޔިރާ އަހައިލިއެވެ. “ކުޑަ މީހަ ގެ މުރާލި ކަމުން އެއުޅެނީ އަދި ނުފޯރައިގެން..” ލަވާލް ހިނގަޑެއް ޖަހާލަމުން ބުނެލިއެވެ.
ޔަމްހާ ވަނީ ހަތަރު އަހަރު ކުރިން ދިރިއުލުމެއް ފަށަފައެވެ. ޔަމްހާ ވެސް ލެކްޗަރާއެއްގެ ވަޒީފާއަށް ޒެންޓްރަސް ޔުނިވާސިޓީއަށް ނުކުތެވެ. އެތަނުން އަމްރު އާއި އޭނާއާ ދިމާ ވިއެވެ. އަމްރު އަކީ ރާއްޖެ މީހެއް ނަމަވެސް ކުޑައިރުން ފެށިގެން އަމްރު ވެސް އުޅެމުން އައީ ސުވިޒަލޭންޑުގައެވެ. ކުރީގެ ކައިވެންޏަށް ފަނަރައަހަރުގެ ފިރިހެން ދަރިޔެއް އަމްރުހުރެއެވެ. އަމްރު އާއި ޔަމްހާގެ ކައިވެންޏާށްފަހު އަމްރުގެ ދަރިފުޅު އީލާފް އާއި ތިން މީހުން ވަކިން ގެޔަކަށް ބަދަލްވިއެވެ.
ރާހިލް އާއި ތާރާ އަދި ވިޝާން އާއި ޔުނާ ވެސް އެމީހުންގެ ދަރިންނާއެކު ޕާޓީއަށް އައިސް އުޅެއެވެ. ހުރިހާ މީހުން ހަމަވުމުން ގޭތެރޭ ނުލާހިކު އަޑުގަދައެވެ. ނނުހަނު ފޯރި ހިއްޕާލާފައެވެ.
ޔާސިރް އައިސް ޒީވާގެ އުރުގައި އިން ލިޔާ އުރައިލައިގެން ދިޔައެވެ. އިޒާން ޒީވާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ އިރުކޮޅަކާ ކުދި ކުދި ގޯނާ ކޮށްލައެވެ. އެއްބައިފަހަރު ހީލިގަނެގެން އިޒާން އާއި ދިމާލަށް ޒީޥާ ލޯ ވެސް އަޅާލައެވެ. އިޒާން ހީލަމުން ޒީވާގެ ކޮލުގައި ބޮސްދިނެވެ. ދެލޯ ބޮޑުކޮށްލަމުން ޒީވާ ބަލައިލީ އިތުރު މީހަކަށް ފެނުންތޯއެވެ. ޒީޥާ ބަލަން ފެށިގޮތުން އިޒާންގެ ގާތައް ލާނެތް ހިންޏެއް އައެވެ.
“ދެން ޒާން އުޅޭ ގޮތެއް..” ޒީޥާ ދުން ހަދާލިއެވެ. ” ދެން ބޭބީ ނުހުރެވެނީއޭ ހަމަ.. ހާދަ ލޯތްބެއްވެޔޭ ކުއްޖާ ގަނޑާ.. “އިޒާން އެންމެނާ ދުރަށް ޒީވާ ގެ އަތުގައި ހިފައިގެން ބެލްކޮނިކޮޅަށް ނުކުތެވެ.
“އަހަރެން ވެސް ވަރަށް ލޯބިވޭ.. އެންމެން ވެސް ހާދަ ލޯބިއޭ. .. އެންމެން އެހާ ހެޕީ ކޮން އުޅޭތީ އަހަރެން ވަރަށް ހެޕީ… އަލްހަމްދުލިއްލާ އަމް ސޯ ސޯ ހެޕީ.”ޒީޥާ އިޒާންގެ މޫނަށް ބަލައިލިއެވެ. “އަހަރެން ވެސް.. ޑޯންޓް ފޮގެޓެ ދެޓް އައި ލަވް ޔޫ.. ވަރަށް ބޮޑަށް ލޯބި ވޭ.. އިންޝާﷲ އަބަދުވެސް މިގޮތުގައި އަހަރެން ޒިވީ އާއެކު ވާނަން..އަލްހަމްދުލިއްލާހް” ލިޔާ އާއި ލިޔަމް އަށް ބަލާލަމުން ޒީޥާ ހީލަމުން އިޒާން މެދުހަށިގައި ބައްދާލިހިނދު އިޒާން ބުނެލި އެވެ. އޭނާގެ މޫނުމަތީގައިވަނީ ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. އުފާވެރިކަމެވެ. އެތައް ދުވަހެއްގެ ހިތާމަތަކަކަށްވފަހު މިއަދު އުފާވެރިކަން އެމީހުންގެ ހަޔާތައް އައިސްފިއެވެ. ދަތިއުނދަގޫ އެތައް ހިރާސް ތަކެއް ކަޑައްތުކުރުމަށްފަހު މިއަދު އިޒާން އާއި ޒީޥާގެ ދިރިއުޅުން ނުހަނު އުފާވެރިއެވެ. ޅައުމުރުގައި ވެވުނު ލޯތްބަކީ ތެދުވެރި ލޯބި އިޒާންއާއި ޒީޥާ ސާބިތުކޮށްދީފިއެވެ.
****
(ނިމުނީ)