ތެމި ވާރޭގާ ވީމޭ 37 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 37

މިލީނާގެ ހާލަތު ހުރި ގޮތް ފެނި އާނާއަށް ރޮވެމުން ދިޔަނަނަމަވެސް ކެތްތެރި ވެލާފައި އެވާހަކަ ކިޔައިދިނެވެ.

“އަހަރެން އެދުވަހު އައީ ސުކޫލުން ގެއަށް.. އައި އިރު ސޯފާގައި ތިބި ނައުފަލް އާއި ޝަހުރޫޒް.. ދެން އިން މީހާގެ މޫނެއް ނުފެނޭ..މާސްކެއް އަޅައިގެން އިނީ..ޝަހުރޫޒް ވާހަކަ ދެއްކީ ދަރިފުޅާ އޭ ކިޔާފަ..އަހަރެން މިއޮތް ހުރިހާ ދުވަހު ހީކުރީ ލަންޑަންގަ ހުރި ދަރި ކަމަށް އެމީޙުންނާއި އެއްކޮން އެކަމުގަ އުޅުނީ..އެކަމަކު މިހާރު އެގިއްޖެ އޭނާ ނޫން ކަން..އެކަމަކު ނޭނގެނީ ކާކު ކަމެއް..ހައިރާންވީ ދޮންބެގެ ކްލާސް މީޓިންގްއަކަށް މަންމަ ދާ ވާހަކަ ކިއައިފާ އޮވެ އަދި ބިޒްނެސް މީޓިންގްއަކަށް އަކުރަމްބައްޕަ ގޮސްފައި ވަނިކޮން ގޭގަ އެމީހުން ތިބީމަ..ވަރަށް ހަޑިކޮން ވާހަކަ ދެއްކީ..ކާފަގެ ފުށުން ދުވަހަކު ކުރިން ނީވޭ ގޮތަކަށް ވާހަކަ ހުރީ..ގެއަށް ވަދެވަދެ ހުއްޓަ އެމީހުން ދައްކަމުން ދިޔަ ވާހަކަ އެއް އިވިފަ އަހަންނަށް ޝޮކް ޖެހުނީ..އަހަރެން ގެންގުޅުން ފޯނުން ވީޑިއޯ ކުރިން..އެމީހުން ކީ ޒަކީންބެ މަރައިލި ގޮތުގެ ވާހަކަ..ބައްޕަ ފްރޭމް ކުރުމަށް ބައްޕަގެ އިސްތައްޓާއި ބައްޕަގެ ފިންގާ ޕްރިންޓްގެ ސާމްޕަލް ހޯދައިގެން ގެނެސް އެޅި ގޮތުގެ ވާހަކަ ދެއްކީ.. އެމީހުން ބުނަނީ ޒަކީންބެ އާއި ހެދިޔޯ ކާފައަށް ކޭ.އެލް ނުލިބިގެން މިއުޅެނީ..އޭނާ މަރާލި ވަގުތު އެތަނަށް އައީ އޯ ޒަކީންބެ ކޮއްކޮ..ޒަކީންބެ ގެ ކޮއްކޮއަށް ހުރިހާ ކަމެއް ފެނުނީމަ އެހެންވެ އޭނާ ވެސް މަރާލީ…ދެން ބުނި އެމީހުންގެ ހުރިހާ ރޭވުމެއް ކާމިޔާބު ވިއޭ  ޒަކީންބެ ނާންނަނީސް..އެކަމަކު ޒަކީންބެ ހުރަސް އެޅިއްޔޯ އެމީހުންގެ ހުރިހާ ޕްލޭންތަކަކަށް..އައިނާ އެހެން މީހެއް އަތްމައްޗަށް ދޫކުރި ވާހަކައާއި ބައްޕަ ފަރާތު ކާފައަށް ހެދިގޮތް ކި ހީހީފަ.. އަހަންނަށް ޝޮކް އެއްލިބުނީ..އަތުން ފޯނު ދޫވި އިރު އެމީހުންނަށް އަހަރެން ފެނުނީ..ތިން މީހުން އަހަންނާ ދިމާލަށް ހައިވެފަ ތިބި ޖަނަވާރުތަކެއް ހެން އައީ.. ފޯނު ނަގައިގެން ދުވެފަ އަހަރެން ގެއިން ނުކުތިން..އެވަގުތު ވީ އަކްރަމްބައްޕަ ގެއަށް އައި ވަގުތު ..ފެންނާނެ އެމީހުން އަހަރެން ފަހަތުން އަންނަނިކޮން..އަހަރެން ދުވެފައި ގޮސް ކާރަށް އެރީމަ ބައްޕަ ދުއްވާލި އިރުވެސް އެމީހުން ހަމަ އާދޭ ފަހަތުން..ކާރު ދުއްވަމުން ގޮސް ބައްޕަ އަށް ވެސް ފެނުނު އެންމެ ރަނގަޅު ތަނަކަށް ވީ ހިޔާ..އެހެންވެ އެތާގަ ހުރީ..ދެން ނަވާ މަންމައާއި ދިމާ ވީ..އެގޭގަ ހުރިއިރު ވެސް ގޮތް ނޭގޭ ޕްރައިވެޓް ނަމްބަރަކުން މެސެޖްކޮށް އިންޒާރު ދެމުން ދިޔަ..މަށައް ވެސް ނަވާއަށް ވެސް..މީހަކު ފާރަ ވެސް ލާކަން އެގޭ” އާނާ ކިއައިދެމުން ދިޔައިރު ހުރިހާ އެންމެން އިސްޖެހިފައި ތިއްބެވެ.

“ބައްޕައަށް އެނގޭތަ އޭރުވެސް އަހަރެންގެ މަންމަ އެތާގަ ވޯކް ކުރާކަން..ބައްޕަ އަހަރެންގެ ބައްޕަގެ މަރާ ބެހޭ ގޮތުން ކީކޭ ބުނާނީ” ނަވާރް އަހައިލިއެވެ.

“ނޫން ނޭނގޭ..ޒަކީ ނިޔާވި ފަހުން ނޫރާއާއި ހަމަ އެއްކޮން ކަނެކްޝަން ގެއްލިފަ ހުރީ..ފަވާދު ޕޮލިހުގެ މަތީ މަގާމެއްގައި ހުރީމަ އަހަންނަށް ވަރަށް ފަސޭހަވި..އޭނާ މެދުވެރިވެގެން އާނާ ވަގުތުން ވަގުތައް ހިޔާގައި ބެހެއްޓޭގޮތް ވީވެސް..ދެން އާނާ ހިޔާގައި ހުންނަތާ ދުވަސްތަކެއް ފަހުން އަހަންނަށް އެނގުނީ ނޫރާ އެތާގައި މަސައްކަތް ކުރާކަން..ވަގުތުން ނޫރާގެ ނަމްބަރު ހޯދައިގެން ގުޅަން އުޅެނިކޮން އެނގުނީ އާނާ ގެންދިޔަ ކަން ނޫރާ..ދެން އޭގެ ފަހުން ނޫރާއަށް ގުޅައިގެން ހަބަރު ބަލަން..އެކަމަކު ދަރިފުޅާ ބައްޕައަށް ޒަކީގެ މަރާ ބެހޭގޮތުން އެއްޗެއް ބުނަން އެނގޭނީ ޒެހެކްގެ ބައްޕައާއި ދިމާވީމަ..ޝަރަފްއަށް އެންމެ ފަހުން ފެނުނީ އެމީހުން..ދެން އާނާ އެބުނީތާ ޒަކީ މަރާލީ ކަމަށް އެމީހުން އެބުނި ސަބަބު..ބައްޕައަށް ވެސް ހީވަނީ މަންމަ ބާއްވައިގެން އުޅުން ރޭ ސަހުރޫޒްއަށް ޒަކީ ފެނުނީމަ އެނގޭނެއެންނު އެވާހަކަ އަހަރެމެން ކައިރީގަ ކިޔާނެކަން..އެހެންވެ އޭނާގެ ޕްލޭންތައް ފްލޮޕް ވާތީ ހެން ޒަކީއަށް އެހެން އެހެދީ..”އަކްރަމްއަށް ހީވާގޮތް ބުނެލިއިރު ނަވާރްއަށް ބަލައިލެވުނީ ޔަޒަންއާއި ދިމާލަށެވެ.

“މާދަން މި ކޭސް ރިޕޯޓް ކުރާނަން..ކިހިނެތް މި..” އަކްރަމް ވާހަކަ ދައްކަދައްކާފައި މިލީނާގެ ހަބަރެއް ނުވެގެން ބަލައިލި އިރު މިލީނާ އެއްދިމާލަކަށް ހުއްޓި އިނީ ފާޑަކަށް ގަބުވެފައެވެ. މިލީނާ  އިންގޮތުން އަކުރަމްގެ ހިތައް ބިރުވެރިކަމެއް ވަނެވެ.

“މިލީނާ..އޭތް..މިލީ މިލީ..” މިލީނާގެ ގާތައް ހުއްޓި އަކްރަމް އަތް ޖައްސާލީ އޭނާގެ ކޮނޑުގައި އެވެ. ހަމަ އެއާއެކު އެއްވެސް ބާރެއްނެތް ހަށިގަނޑު ސޯފާގެ މައްޗަށް ވެއްޓިއްޖެއެވެ. އެހެނެން އޮތްވާ މީހާ ހުދުވާން މާގިނައިރެއް ނުނަގައެވެ.ޔަޒަންގެ ދެފަޔަށް ލިބުނީއާދަޔާއި ހިލާފް ބާރެކެވެ.

“މަންމާ..މަންމާ..ލޯ ހުޅުވަބަލަ..”އަކްރަމް ދުރައް ޖައްސާލައިފާ އެމްބިއުލޭންސްއަށް ގުޅަން ބުނެ މިލީނާގެ ވިންދު ޔަޒަން ބަލައިލިއެވެ. އޭނާގެ ހިތް ތެޅެން ފެށީ މިލީނާގެ ވިންދު ހުރިލެއް ލަސްކަމުންނެވެ.

“ކިހިނެތް މި ވީ މަންމައަށް..” އާނާއަށް އޭރު ދިޔައީ ރޮވެމުންނެވެ. ޔަޒަން މަޑުމަޑުން ހުރިހާ ކަމެއް ރަނގަޅުވާނެއޭ ބުނެ އާނާ ހިތްހަމަޖައްސާލަ ދިނެވެ. ނަމަވެސް ނޭނގޭ ސަބަބަކާއި ހުރެ ޔަޒަންގެ ހިތް ބިރުގަންނަމުން ދިޔައެވެ.

“އެމްބިއުލޭންސް އަންނަން ފަނަރަ މިނެޓް ނަގާނެ އޭ ބުނި…ހިނގާ ކާރުގަ ދާން..ބައްޕަ މިދަނީ މަންމަ ގޮވައިގެން..ޒޭން އާދޭ ކީ ހިފައިގެން..”މިލީނާ ނަގައި އަތްދަނޑި މައްޗަށް ލަމުން އަކްރަމް ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނުކުތެވެ. އޭނާގެ ފަހަތުން ޔަޒަން ވެސް ދުވެފައި ދިޔައެވެ.

ނަވާރް ވެސް ޔަހްޔާ އާއި ނަފީސާއަށް ގޮވާފައި ޒެލީންގެ ގާތުން ދުރަށް ނުދިއުމަށް ބުނެ ރޮމުންދިޔަ އާނާ ގޮވައިގެން މިހްރާންއާއި ޒަޔާންގެ ފަހަތުން ޒަޔާންގެ ކާރަށް އަރަންދިޔައެވެ.

ރެޑްކްލިފް ހޮސްޕިޓަލްގެ އެމަޖެންސީ ބަޔަށް މިލީނާ ވެއްދުނު އިރު ޑޮކްޓަރުންގެ ބަހަކަށް އެންމެން ހެން އިންތިޒާރުގައި ތިއްބެވެ. މާޖިދު އާއި ނަމްރާ އަދި މުރުޝިދާއާއި ހަމްޒާވެސް އައިސްތިއްބެވެ. ރަހުމާއާއި މުނާޒްގެ ފަހަތުން  ރިއުނާއާއި ޒަހްރާންވެސް އައިސް ވަނެވެ. މާޖިދު އާއި ހާރިޒް ފިޔަވައި އާނާ ފެނުމުން ނުސިހޭ އެކަކަވެސް ނެތެވެ. އެންމެންގެ ސުވާލުތައް އަމާޒު ވެދާނެތީ އަކްރަމްގެ އެދުމުގެ މަތިން މާޖިދު އެވާހަކަތައް ތަފްސީލާއިއެކު ކިއައިދިނެވެ. ހުރިހާއެންމެން މިލީނާގެ ހާލަތާއިމެދު ތިބީ އިންތިހާއަށް ދެރަވެފައެވެ.

އަކްރަމް އާއި ނޫރާއާއި ހާރިޒް އެހެންމީހުންނާއި އެކަހެރިކޮން ތިބިއިރު ތިންމީހުންގެ މޫނުވެސް ވަނީ މިލައިފައެވެ. އަކްރަމް ހުރިހާ ކަމެއް ކިއައިދެމުން ދިޔަ ހިނދު ނޫރާގެ މޫނުމަތިން ހައިރާންކަން ނުފިލައެވެ. ޒަކީންގެ ވާހަކަ ބުނެލި ހިނދު ނޫރާގެ ލޮލުން ކަރުނަތައް ހުއްޓުމެއް ނެތި ކަރުނަތައް އަންނަމުން ދިޔައެވެ. އެވާހަކަ ތަކަކީ ހާރިޒް އަށް އާވަހަކަ ތަކެއް ނޫނެވެ. ނޫރާ އިން ހާލުން އޭނާ ދެރަވެގެން އިރުކޮޅަކާއި ހެން މިލީނާގެ ބުރަކަށީގައި ފިރުމާލައެވެ.

“އަހަންނަށް ޝައްކު މިހާރު އެ ޝަހުރޫޒަކީ މިލީގެ އަސްލު ބައްޕަކަމާއި މެދުވެސް..ހެޔޮ ވާނީ ކިހިނެތް..ހުރިހާ އެންމެން ދިރިއުޅުމުގަ ވާވަރަށް އޭނާއަށް ޒަހަރު ލެވިއްޖެ އެންނު.. މާދަމާއަށް ތަ އަދިވެސް މަޑުކުރަންވީ..ވަގުތުން ފިޔަވަޅު ނޭޅިއްޖެޔާ ގޯސްވެދާނެ އަކްރަމް” ދެލޮލުން އައިސްފައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ނޫރާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.

“ނޫރާ ކެތްތެރިވަމާ..މިފަހަރު އަހަރެމެން ކޮޅު ގަދަ ވާނެ އިންޝާﷲ..އެމީހުންގެ ފާސްޕޯޓްތައް ހިފަހައްޓާފަ އެކައުންޓް ތައް ފްރީޒްކޮށްފަ ވަނީ..މިހާރް އާނާގެ ބަޔާން އެންމެ މުހިންމު ވާނީ.. އަނެއްކޮޅުން ސަކީނާ އެހުރީ އަންނަން ތައްޔާރަށް..އައިނާ މަރާލި ދުވަހުގެ ސީސީޓީވީ ފޫޓޭޖްތައް އެހުރި ލިބެން…ރިހާމް އެ ހޯދި ފައިލް ވެސް..ހުސް ހެކި..ދެން ނީންނާނެ ސަލާމަތް ވާނެ އެއްގޮތް ވެސް..އާނާ އޭރު އޮތް ހާލުން އަހަރެން ވެސް މަޑުން މިހުރީ..އެކަކު ވެސް ނުބުނާނެ  އާނާ އަލުން ލޯ ހުޅުވާލާނެއޭ..އެހާ ހާލެއްގައި އޮވެފަ އެ ސާވައިވް ވީ..އެކުއްޖާ ވެސް އައިނާ ފަދައިން ގެއްލުނު ނަމަ އަހަންނަށް ދުވަހަކުވެސް އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެ..ބޭބޭ ކޮބަތަ އަލީ ހިލްމީ އާއި ލާރާ..މަ ބުނީމެންނު ބަލައްޗޭ އެކަންތައް”އަކްރަމް ކުއްލިއަކަށް ހަނދާންވެގެން އަހައިލިއެވެ.

“އެމީހުން ހަމަ ކުއްލިޔަކަށް ގެއްލުނީ..ހުރިހާ ކަމެއް ފަޅާ އަރާތީ ކަންނޭގެ..އާންން އަދި ހަނދާން ނެތިފަ މިހުންނަނީ.. އަހަރެން ފަވާދުއާއި އިއްޔެ ހަވާލް ކުރިން އެއްކަލަ ޑޮކިއުމަންޓްސް.. އަލީ ހިލްމީ އާއި ސުޖާއު ވެގެން ހިންގާ ސްޕާ އާއި ރަލުގެ ވިޔަފާރިކުރާ މައިތަނުގެ މައުލޫމާތުތައް”  ހާރިޒް ކުއްލިއަކަށް ހަނދާން ވެގެން ބުނެލިއެވެ. ހާރިޒްގެ ޖުމްލަތަކުން އަކްރަމްގެ ދެލޯ ވިދައިގަތެވެ. “ސުޖާއު” އޭ ބުނު ނޫރާ ހައިޜާން ވެފައި ހުރެ ކާކުހޭ އަހައިލިއެވެ.

” ޒަކީން އާއި ބެހޭ ގޮތުން ނޫރާއަށް ދޮގު ހަބަރުތައް ދިން ސުޖާއު..ޕޮލިހުގަ އުޅޭ..” ހާރިޒް  އޮޅުން ފިލުވާލަ ދިނުމުން ނޫޜާގެ ދެލޯ ބޮޑުވިއެވެ.

މިލީނާ އެތެރެއަށް ވެއްދިތާ ދެގަޑި އިރު ފާއިތުވެގެން ދިޔަ ފަހުން އިމަޖެންސީ ރޫމްއިން ދޮރު ހުޅުވާލައިފާ ޑޮކްޓަރަކު ނުކުމެ އެއް އެހީތެރިއަކު ވަނުމަށް ގޮވާލިއެވެ. އަކްރަމް ކޮއްޓާލުމުން ޔަޒަން ގޮސް އެތެރެއަށް ވަނެވެ. އޭނާ ފުރަތަމަ ވެސް މިލީނާ ކިހިނެތްތޯ ސުވާލް ކޮށްލިއެވެ.

“ޕޭޝަންޓް ކުރިން ވެސް ހިތުގަ މައްސަލަ ހުރޭތޯ” ޑޮކްޓަރު ސުވާލު ކޮށްލުމުން ޔަޒަން ބޯ ޖަހައިލިއެވެ. “ޕޭޝަންޓަށް މިވަނީ ސްޓްރޯކެއް ޖެހިފަ.. މާބޮޑަށް ބްލަޑް ޕްރެޝާރ ހައިވެގެން މިހެން ވާން މެދުވެރިވީ..އަދިވެސް ޕޭޝަންޓް ހޭ ނާރާތީ ވަރަށް ރިސްކް ހައި..އަދި ހާޓް ޕޭޝާންޓެއް ވީމަ ރިސްކް ޑަބަލް ވޭ އެބަ..ސްޓްރޯކްގެ އަސަރު ސިކުނޑިއަށް ކޮށްފައި ވުމުން އަދި ފައިވް އަވާރސް އޮބްޒާވޭޝަންގަ ބާއްވާފަ އެއްޗެއް ބުނެލަން އެނގޭނީ..އޭގެ ކުރިން ހޭ އަރައިފިއްޔާ ދެޓް ވިލް ބީ ފައިން…އެކަމަކު ހޭ ނާރާ ހާލަތު ދަށައް ދާނަމަ ސާޖަރީ އަކާއި ހަމަޔަށް ދިޔުމުގެ ފުރުސަތު ބޮޑު” ޑޮކްޓަރު ދިން ޖަވާބުން ޔަޒަން ކިތަންމެ ދެރަވި ނަމަވެސް ހިތްވަރުކޮށްލާފައި ބޯޖަހައިލިއެވެ. ޑޮކްޓަރުގެ އިޒްނަ އާއެކު މިލީނާ ދެކިލަން ވައިން ޔަޒަންގެ ދެލޮލަށް ކަރުނަތައް ޖަމާވާން މާގިނައިރެއް ނުނަގައެވެ. ގައިގެ އެތަން މިތަނަށް ހޮޅިތައް ގުޅާފައިވާ އިރު އެއްވެސް ދިރުމެއްގެ ކުލަ އެމޫނަކުނުވެއެވެ. މިލީނާގެ އަތުގައި ހިފާލައިގެން އިނދެ ކަރުނަ އޮއްސަމުން ދިޔައިރު އެއަތްތިލައިގާ އެތައް ފަހަރަކު ބޮސްދިނެވެ. މަންމަ އެ ހާލަތުން ރަނގަޅުވުމަށް އެދެވި އެތައް ފަހަރަކު އޭނާއަށް ދުޢާ ވެސް ކޮށްލެވުނެވެ. މާގިނައިރުވާން ފެށުމުން ޑޮކްޓަރު އެކަން ހަނދާން ކޮށްލަ ދިނުމުން ޔަޒަން ބޭރަށް ނުކުތެވެ.

އެހެންމީހުން ތިބި ގޮނޑި ބަރިތަކަށް ގޮސް ޑޮކްޓަރު ދިން ޖަވާބު ޔަޒަން ދިން އިރު އޭނާ އަށް ފުރަތަމަ ވެސް ބަލައިލެވުނީ ނަޥާރްގެ ގަތުގައި އިން އާނާއަށެވެ. އޭރުވެސް ނަވާރްގެ ކޮނޑުގައި ބޯ އަޅާއިގެން އިނދެ އޭނާ ދިޔައީ ރޮމުންނެވެ. ޔަޒަން ގޮސް އާނާގެ ކައިރީގައި ކުޑަކަކޫ ޖަހައިގެން އިށީންދެ އާނާގެ ދެއަތުގައި ހިފައިލިއެވެ.

”އޭތް.. އާނާ ހުއްޓާލަ ދެން..މަންމަ ރަނގަޅުވާނެ އިރާދުކުރެއްވިއްޔާ.. ދާން ވީނު މިހްރާން އާއެކު ގެޔަށް ޖައްސާލަން..ދޮންބެ ބުނާނަން އޭނާ ކައިރިގަ މަޑުކޮށްލަން މިރޭ..”އާނާގެ ދެލޮލުން އަންނަމުންދިޔަ ކަރުނަތައް ޔަޒަން ފުހެލަދިނެވެ. މިހުރާން ފެންނަން ނެތުމުން ނަވާރް ގާތު އޭނާ ކޮބާހޭ ޔަޒަން އަހައިލިއެވެ.

“ސައިކަލް ބަލާ އެދިޔައީ..މިހާރު އަންނާނެ..”ނަވާރްގެ ޖަވާބުން ޔަޒަން ބޯޖަހައިލިއެވެ.

“ދޮންބެ ވެސް ތިހުރީ ރުޅި އައިސްފަތަ..އަހަންނަށް ނާދެވުނު ނަމަ މާ ރަނގަޅުވީސް..އޭރުން މަންމައަށް އެގޮތަކަށް ނުވީސް..”މޫނުގައި ދެއަތް އަޅަމުން އާނާ އަނެއްކާ ވެސް ރޯންފެށިއެވެ.

“ނޫންން..ބަލާލަބަލަ ހީވޭތަ ދޮންބެ ރުޅި އައިސްފަ ހުރިހެން..އަސްލު ވީ ގޮތެއް ނޭނގުނީމަ ޝޮކް ޖެހުނީ..މަންމައަށް އެހެންއެ ދިމާވީ އެ ނުލަފާ މީހާގެ ސަބަބުން..އާނާ ވެސް މަންމަގެ ޕްލޭސްގަ ހުރި ނަމަ ދެރަވާނެނު.. އެނގެއެންނު މަ އަކީ ކިހަ ހިތްބަލި މީހެއްކަން..ދޮންބެއަށް ފެނުން މަންމައަށް ނާނާ ފެނިގެން އުފަލުން ރުއިތަން..ދެން ތިކަހަލަ އެއްޗެއް ނުކިއްޗޭ..ނޭނގޭ މިއަދު ނާނާ ދޮންބެގެ ކުރިމައްޗަށް އައުމުން ﷲއަށް ހަމްދުކުރެވުން ވަރެއް ވެސް..ތިއުޅެނީ މި އެންމެން ތެރޭގަ ދޮންބެ ވެސް ރޮއްޥާލަން ތަ”އާނާގެ މޫނުމަތިން އަތް ނަގަމުން ޔަޒަން ހީލިއެވެ.

ނަވާރްއާއި ދިމާ ބަލައިލުމުން ނަވާރް ވެސް ލުއި ގޮތަކަށް ހީލިއެވެ. އޭނާ ގޮތަކަށް އިންހެން ހީވެގެން ޔަޒަން ވެސް ހީލަމުން އޯކޭ ހޭ އަހައިލުމުން ނަވާރް ބޯޖަހައިލިއެވެ.

“ތިކުދިން ދާން ވީ އެންނު ފަތިހު އަންނަން..ޒެލީ ވެސް އެކަނި އޮންނާނީ..ބައްޕަ އާއި އެއްކޮން ބޭބެ މަޑުކޮށްލާނާން..” އެމީހުންގެ ގާތައް އައިސް ހާރިޒް ބުނެލުމުން ޔަޒަން ވަގުތުން ދެކޮޅު ހެދުމަށްފަހު  އޭނާ މަޑުކުރާނެ ވާހަކަ ބުނެލިއެވެ.

“ނޫނޭ..އެންމެން ތިބީމަ ވަރުބަލލި ވާނީ ވެސް އެންމެން އެއްފަހަރާ..މާދަން ހެނދުނު އަށެއް ޖަހާކަށް ހާއިރު އަންނަން ދަރިފުޅުމެން ގޮސްލާ..ޒެލީ ވެސް ހޭލެވޭ އިރަށް ރޯން ފަށާނެ..” އަކުރަމްވެސް އެމީހުން ގާތައް މަޑުކޮށްލާފައި ބުނެލުމުން ޔަޒަން އެންމެ ފަހުން އެގޮތާއި ރުހުނެވެ.

ތިންމީހުން ހޮސްޕިޓަލުން ނުކުމަންނިކޮން ޒަޔާން އާއި އެކު މިހްރާން ވެސް ވަންނަނީއެވެ.

“މިހްރާންބެ ދާންވީ އެންނު އާނާ ގޮވައިގެން ކުޑަބެ އާއި އެއްކޮން ކާރުގަ..އަހަރުމެންނަށް ސައިކަލް ދީފަ” ނަވާރް  ނުކުމެފައި ބުނެލުމުން ޔަޒަންއަށް ވެސް ބަލައިލެވުނެވެ. އޭނާ ކިހިނެތްވީހޭ އަހާފަދައަކުން ބުމައަރުވާލިއެވެ.

“ޕްލީޒް..އައި ހޭވް ޓް ގޯ ސަމްވެއާ..”ހަމައެކަނި ޔަޒަން އަށް އިވޭވަރަށް ނަވާރް ބުނެލިއެވެ.

ޔަޒަން ހީލައިފާ ހުރެ މިހުރާން ގާތު އޯކޭ ހޭ އަހައިލިއެވެ. މިހުރާން ބޯޖަހައިލަމުން ޔަޒަންގެ އަތައް ސައިކަލް ތަޅުދަނޑި ދިއްކޮށްލިއެވެ.

”ކިހިނެތް ވީ ލަވް..ކޮންތާކަށް ދާން ވީ..ވަރަށް އަވަހަށް ގެއަށް ދާން ބޭނުން..”ސައިކަލް ދުއްވާލަމުން ޔަޒަން މަޑުމަޑުން ބުނެލިއެވެ.

“ޔާހް ބޭބީ އައި ނޯ..ބަޓް އިޓްސް އާޖެންޓް.. ސުވާލް ނުކޮށް ހިނގާބަ ބޭސް ފިހާރައަކަށް..ވަރަށް އަވަހަށް” ހިތްއަވަސް ވެފައި ހުރެ ނަވާރް ބުނެލިއެވެ. މިހާރަކަށް އައިސް އޭނާއަށް ވަމުންދާ ގޮތްތަކުން ނަޥާރް ހުންނަނީ ބިރުގަނެފައެވެ. ހެނދުނު ހޭލާއިރު އޭނާ ހުންނަނީ ހޮޑު ނުލެވުނަސް މޭ ނުބައިވާ ގޮތް ވެފައެވެ. ހޮސްޕިޓަލްގައި އިންދާވެސް ނުހަނު ބޮޑަށް މޭނުބައިކޮށްގެން އޭނާ ހިފަހައްޓައިލި ދަބަހުގައި އޮތް ފޮނިތޮށިގަނޑެއްގެ އެހީގައެވެ. މައްސަރު ކަންތައް ލަސްވެއްޖެކަން ވެސް ހަނދާން ވީ އެވަގުތުއެވެ. ވަގުތުން ފޯނުން ކަލަންޑަރަށް ބަލައިލެވުނު ހިނދު ތާރީހް ފެނިފާ އޭނާގެ ދެލޯވެސް ބޮޑުވިއެވެ. އޭނާ އާންމުކޮން އެދުވަސްވަރު ޖެހޭ ތާރީހް ފަހަނައަޅާ މާބޮޑަށް ވެސް އޮތީ ގޮސްފައެވެ. ޓެސްޓް ކިޓެއްގަނެ ޓެސްޓު ކޮށްލުމަށް އޭނާ ހުރީ ނުހަނު ކެތްމަދުވެފައެވެ.

***

ފަތިސްވެއްޖެކަން އިއުލާން ކުރަމުން ގޭގެ ފުރަގަހަށް އޮންނަ ބަގީޗާ ތެރޭގައި އުދުހެމުން ދިޔަ ދޫނިތައް ދިޔައީއެކި ރާގުރާގަށް އަޑުތައް ލައްވަމުންނެވެ. އުޑުމަތި ކުޑަކޮން ބަނަކޮށްލާފައި އޮތްއިރު ޖެހެމުންދިޔަ ވައިރޯޅިތަކުގައި ވެސް ތެއްފިނިކަމެއް ވެއެވެ. ވިއްސާރަ އަންނަ އުޅޭކަން އިއުލާން ކުރަމުންދާ ފަދައެވެ. ކޮޓަރީގެ ބެލްކޮނީގައި ނަވާރް ހުރިއިރު މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އަނެއްކާ އެވަރަށް އެބާ މޭނުބައި ކުރެއެވެ. ބައެއްފަހަރު ދެންމެ ދެންމެ ހޮޑު ލެވިދާނެހެން ހީވާ ފަހަރުވެސް އެބަދެއެވެ.

ރޭގައި އައިސްވެސް ނުނިދިގެން އުޅެފައި އޭނާއަށް ނިދުނީވެސް ވަރަށް ލަހުންނެވެ. އަނެއްކޮޅުން އެހާ އަވަހަށް ހޭވެސްލެވުނެވެ. ފަހުން ނިދަން އޮއްތާފައި ވެސް ޔަޒަން ނުނިދިގެން އުޅޭތަން ފެނުމުން އޭނާވެސް ޔަޒަންގާތު އިނީއެވެ.

ނަވާރް އެތާގައި ހުންނަތާގައި އިރުކޮޅެއްފަހުން ޔަޒަން ވެސް ބެލްކޮންޏަށް ވަނެވެ.

“ރޭގައި ކޯއްޗެއްތަ ގަތީ..އަހަރެން ނުވެސް ވެއްދިއޭ ސޮޕްއަކަށް..” ނަވާރްގެ ގައިގާ ފަހަތުން ބައްދާލަމުން ޔަޒަން ނަވާރްގެ ކޮލުގައި ބޮސްދިނެވެ. އެވަގުތު ދުވި ވަހަކުން ނަވާރް އޯކަށް ދަމައިގަތެވެ. އޭނާއަށް ދުވެފައި ގޮސް ފާހަނައަށް ވަދެވޭވަރު ވީ ކިރިޔާއެވެ. ޔަޒަންވެސް ނަވާރްގެ ފަހަތުން ދުވެފައި އައިސް ފާހަނައަށް ވަނެވެ. ހޮޑުލެވެމުން ގޮސް ނަވާރް ހުއްޓުމަކަށް މީހާ އެއްކޮން ދެމުނު ފަހުންނެވެ.

“ކިހިނެތްވީ..ނުގުޅޭ އެއްޗެއް ކެވުނީތަ..” ޔަޒަން ހާސްވެފައި ހުރެ ނަވާރް އެނދުގައި ބައިންދާލަމުން އަހައިލިއެވެ. ނަވާރް ދެފަރާތައް ބޯ ހޫރާލުމުން ވަރަށް ހިތްވަރުކޮށްފައި ތެދުވެގޮސް އެނދުކައިރީގައި ހުރި ސައިޑް ޓޭބަލްގެ ތެރެއިން ނެގީ ޓެސްޓް ކިޓެކެވެ. އޭނާ އެ ނެގިއިރު ޔަޒަން ދެލޯ ބޮޑުކޮށްލައިގެން ހުރިގޮތުން ހިނިއައި ނަމަވެސް އެބަ އަންނަން ކަމުގައި ބުނެ ނަވާރް ފާހާނަ އަށް ވަނެވެ.

“ނަވާ..ނިމޭކަށް ނޫޅޭތަ”ނަވާރް ފާހާނައަށް ވައިންފަހުން ޔަޒަންއަށް މިހާރު ފާހާނާގެ ދޮރުމަތީގައި ވިއްސަކަށް ބުރު ޖެހިއްޖެއެވެ. އަދިވެސް ނަވާރް ނުއެއް ނުކުމެއެވެ. އެގޮތުގައި ހައެއްކަ ފަހަރު ގޮވާލިފަހުން ފާހާނަ ދޮރުހުޅުވާލައިފާ ނަވަރް ނުކުތެވެ.

“އަދި ތަޅު ވެސް ލައިފިއޭ..ކޯއްޗެއްތަ މަށައް ފޮރުވަނީ ތި” ޔަޒަންގެ ޖުމްލައަހާފައި ނަވާރް ލަދުން ރަތްވިއެވެ. ދެނޭ ކިޔާ ކުސްތަޅައިލާފައި ހުރިހާ ދަތެއް ފެންނަވަރަށް ހީލަމުން އޭނާ ދައްކައިލީ އަތުގައި އޮތް ޓެސްޓް ކިތެވެ. ޔަޒަންގެ ދެލޯ އިހުނަށް ވުރެން ބޮޑުވިއެވެ.

“އަލްހަމްދުލިއްލާހް.” ނަވާރް ދިއްކޮށްލި ކިޓުގައި އިން ރަތް ކުލައިގެ ދެ ރޮނގުކޮޅު ފެނުމުން ޔަޒަންއަށް މިހާރް ކުރިމަތިލާންޖެހިފައިވާ ހުރިހާ ހިތާމައެއް ފިލައިދިޔަކަހަލައެވެ. އުފަލުންގޮސް އެ ހިފައިގެން ނަވާރް އުރާލެވުނު އިރުވެސް ނޭނގެއެވެ.

“ތޭންކިއު ބޭބީ..ތެންކިއު ސޯ މަޗް..ތިރީސް އަހަރު ވާން ވާއިރަށް ބައްޕައަކަށް ހަދާލަ ދިނީތީ..ހާދަ އުފާ ވެއްޖެއޭ” ޔަޒަން ހުރީ އުފަލުން ގޮސް ކިއޭ ނުކިޔާ އެއްވެސް ނޭނގޭ ހާލުގައެވެ. “ހެލޯ ބޭބީ..”ނަވާރް ތިރީގައި ބަހައްޓާފައި އޭނާގެ ބަނޑުގައި ކަންފަތް ޖަހާލައިގެން ހުރެ ލޯބިގޮތަކަށް ޔަޒަން ގޮވައިލިއެވެ. ޔަޒަން އުޅެމުންދިޔަ ގޮތުން ނަވަރް ހީލަހީލަ ހުއްޓެވެ.

“ކޫ ހީވަނީ ބޭބީ އެއް ހެން މިހާރު.. އަދި ޓްވެންޓީ އެއިޓް ވެސް ނުވޭ..ބުނެފިއެއްނު ތިރީހޭ..” ނަވާރް ހޭންފަށަމުން ޔަޒަންގެ ބޮލުގެ އިސްތަށިގަނޑަށް ދަމައިލިއެވެ.

“އެކަމަކު ވެސް ހެވޭ… ހާދަ ހެޕީ އެއް ވެއްޖެޔޭ..ދި ހެޕިއެސްޓް ޑޭ އިން މައި ލައިފް..” ޔަޒަން ނަވާރްގެ ގައިގާ ބައްދާލަމުން ނަވާރްގެ ނިތުގައި ބޮސްދިނެވެ.

“އަނެއްކާ ހޮޑު ލެވޭތޯ ތަ ތިއުޅެނީ…ހެޔޮނުވާނެ ތި ބޮޑީ ސްޕްރޭ ބަދަލް ކުރޭ..އަނބުރާ ޖަހާފާނެ ހެން ހީވަނީ..” މޫނު ކުނިކޮށްލައިގެން ހުރެ ނަވާރް ޔަޒަން އާއި ދިމާލަށް ލޯ އަޅައިލިއެވެ. ޔަޒަން ވަގުތުން  ގޮސް އެ ސްޕްރޭ ފުޅީ ޑަސްޓްބިނަށް ލައިފިއެވެ. ނަވާރް ކިއައިދިނީ އޭނާއަށް މިހާރަކަށް އައިސް ހެނދުނުގެ ވަގުތު ތަހައްމަލް ކުރަން ޖެހޭ އުނދަގޫ ހާލަތެވެ. ދެމީހުން ވާހަކައިގާ ތިއްބާ ދޮރުގައި ތަޅަން ފެށުމުން ޔަޒަން ގޮސް ހުލުވާލި އިރު ހުރީ އާނާ އެވެ.

”އަޅެ ފޯނު ކޮބާތަ..ހާދަ ވަރަކަށް ގުޅައިފީމޭ..” އާނާ ޝަކުވާ ކޮށްލުމުން ޔަޒަން ފޯނަށް ބަލައިލި އިރު އަކްރަމްގެ ސަތޭކައެއްހާ މިސްކޯލް އޮތް އިރު އާނާގެ ކޯލްތަކާއި އެހެންމީހުންގެ ކޯލްތައް ވެސް ފުނިޖެހިފައި އޮތެވެ.

“ސޮރީ ދޫނީ..މަންމަ ކައިރިއަށް ދާން މި ތައްޔަރު ވަނީ..ކަމެއް ވީތަ..” އަކްރަމްއަށް ގުޅަން އުޅެފައި އާނާގެ ގާތުގައި ޔަޒަން އަހައިލިއެވެ.

“އާންން.. މަންމަގެ ސިކުނޑިއަށް ބްލަޑްގެ އަސަރު ފޯރައިގެން ރޭގައި ތިނެއް ޖަހާކަށް ހާއިރު އެމަޖެންސީކޮން އޮޕެރޭޝަން ކުރީ..އިރާދު ކުރެއްވީތީ އޮޕަރޭޝަން ކާމިޔާބު..މިހާރު އައިސީޔޫ ގަ އޮތީ..އަނެއްހެން ސްޓޭބަލް ހަމަ..އެހާ އަވަހަށް ތެޅިގަނެގެން ދާނެކަމެއް ނެތް..މަންމަ ފެންނާނީ އެތަނުން ނެރުނީމަ” އާނާ ތަފްސީލް ކޮށް ކިޔައިދިނުމުން ޔަޒަންއާއި ނަވާރް އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

”ނާނާ ނުދަންތަ..ކޮބާ ޒެލީ..ދިމާ ވެއްޖެތަ ޒެލީ އާ” ، “ޔާހް..ތިމީހުންނަށް ނޭނގޭތީ ނުދެވިފަ..ކޮއްކޮ ނުއެއް އައި އަހަރެންގެ ކައިރިއަކަށް..ސާކިރްބެ އާއި ނަފީސާއާ އެއްކޮން މިހާރު ގޮސްފި ހޮސްޕިޓަލްއަށް..” ނަވާރްގެ ސުވާލަށް ޖަވާބުދިން އިރު  އާނާ ތުން އޫކޮށްލިއެވެ. ނަވާރްގެ ފަހަތުން އެކޮޓަރިއަށް ވަދެ އާނާ ޖައްސާލީ ސޯފާގައެވެ.

”އެ ރަނގަޅުވާނެ އަދި ފަހުން..ހޭލާ ތަނުން މަންމަ ފެންނަން ނެތިއްޔާ ބޮޑާ ޥާނެ ނިކަން.. އަހަރެން ތިރިޔަށް ދިޔައިރު ނަފީސާ އިން ޒެލީ ކައިރީގަ..ޒެލީ ނިދާފަ އޮތީމަ އަހަރެންވެސް މައްޗަށް އައީ..ހޭލައިގެންނޭ މިއުޅުނީވެސް ފޯނު ދުރުގަ ބާއްވާފަ އޮތީމަ އެ ނޭނގުނީ  ގުޅިކަމެއް..މިހުރާންބެ ދިޔައީތަ” ނަވާރް ހީލައިގެން އިނދެ  އަހައިލިއެވެ. ނަވާރް ޔަޒަން ހުއްޓާ އެހުމުން އާނާ ލަދުގަނެފައި ހުރި ނަމަވެސް ބޯޖަހައިލިއެވެ.

“ބައްޕައަށް މެސެޖެއް ކޮށްފިން ނޯމަލް އޭ ބުނީ..ދާ ވާހަކަ ބުނީމަ ކިއައިފި ނުއެއް ވަދެވޭނެއޭ އަޔަސް..އަށެއް ޖެހީމަ އަންނާށޭބުނީ..” ޔަޒަން ފޯނަށް ބަލަން ހުރެ ބުނެލިއެވެ. ނަވާރް ވެސް އެހެންހޭ ބުނއ ބޯ ޖަހައިލިއެވެ.

“ނާނާ  ކޮން އިރަކު އެނގުނީ އަހަރެމެން މެރީޑްކަން..”ޔަޒަން އެނދުމަތީގައި އިށީންނަމުން އަހައިލިއެވެ.

“ބައްޕަ ކިއައިދިން ހުރިހާ ވާހަކަ އެއް ވެސް..އަހަރެމެންގެ ބައްޕަ މަރުވި ވާހަކަ ވެސް..އެއީ އެންމެ ދެރަވި ކަންތައް..ބައްޕަގެ މޫނުވެސް ނުފެނުން ވަޅުލިއިރު…ޒައި ގެ ވާހަކަ އާއި ޒެލީގެ ވާހަކަ..ޕިކްސް ވެސް ދެއްކި ވެޑިންގް ގެ..އަހަރެންގެ ފޯނުގަ ހުންނާނެ ހުރިހާ ޕިކްއެއް..ވަރަށް ޝޮކް ވި..އެކަމަކު އަހަރެން ބޭނުންވިގޮތައް މެރީކުރީމަ ހާދަ ހެޕީއެއް ވިއޭ.. ބަޓް ދޮންބޭ ޒެހެކް އަކީ ކާކު ތަ..”އާނާއަށް ޒެހެކް ނޭނގުމުން އަހައިލިއެވެ.

“ހުރޭ ޒެހޭ އާ މީޓް ކުރުވާނަން..އަސްލު ކުރުވާކަށް ނުޖެހޭނެ..ރިހާމް ފެނިއްޖެއާ ޒެހެކް ފެންނާނެ.. އެކަމަކު ރޭގަ އެނގުނެއްނު ޒެހެކް ނުފެނުނަސް އޭނާގެ ބައްޕަގެ ކަންތައް..އެހެންވެ ވަރަށް ވީކް ވެފަ ހުންނަނީ..އެންޑް އެއީ ނަވާގެ ހުރި ހަމައެކަނި ޑޭޑް ސައިޑެޑް ކަޒިން” ޒެހެކްގެ ވާހަކަތައް ޔަޒަން އާނާއަށް އޮޅުން ފިލުވާލަދިނެވެ. އާނާ ޝައުގުވެރިކަމާއި އެކު އަޑުއަހަންއިނެވެ.

“ވެލް އައި ކާންޓް ވެއިޓް ޓް ސީ ރިހާމްބެ..ބައްޕަ ބުނި ރިހާމްބެ އޯ މަންމަގެ ސާޖަރީ ކުރީ.. އެންޑް ދޮންބެ ކޮން އިރަކުން މިތަނުން ދާނީ މަށައް މަގެ ބެސްޓީ ދީފަ..” އާނާ ދޫ ނެރެލަމުން އަހައިލިއެވެ. އެއަމަލުން ޔަޒަންއަށް ހެވުނެވެ.

“ދެން ފަހުން ދޯ.. ނަވާ ޑޮކްއަށް ދައްކަން ވެފަ އިނީ މިއަދު ކޮންމެހެން ވެސް..އަނެއްކާ ބައްޕަ މިއަދު ޝަހުރޫޒްގެ ކޭސް ލާ ދުވަސް..ނޭނގޭ ކޮންފަދަ ކަންތައް ގަނޑެއް ކަމެއް އޮތީ  ކުރިއަށް.. ރެޑީ ވެގެން އަންނަން ދޭ އަވަހަށް ހޮސްޕިޓަލްއަށް ދަންޏާ..” ޔަޒަން އާނާގެ ކޮނޑުގައި އަތް އަޅާ ދޮރާއި ދިމާލަށް ގެންދިޔައެވެ.

“ނަވާއަށް ކިހިނެތް ވީ” ،” އެކުޑަކޮން ބޮލުގަ ރިއްސާތީވެ” އާނާ އަހައިލުމުން އަވަހަކަށް ނަވާރް ބުނެލިއެވެ. ނަވާރްގެ ޖަވާބުން އާނާއަށް ނުފެންނާނެހެން ޔަޒަން ހެމުން ދިޔައެވެ.

****

“ސީރިއަސްލީ…”ޒެހެކް ދެލޯ ބޮޑުކޮށްލައިގެން އިން އިރު އާޝޯހްވެފައެވެ. ކުރިމަތީގައި އިން މީޝަމް ވެސް އިނީ އަނގަތަންމިނަށް ހުޅުވާލައިގެންނެވެ. ޒަޔާން އާއި މިހްރާން ރޭގެ ހާދިސާ ކިޔައިދެމުން ދިޔައިރު މީޝަމްއާއި ޒެހެކް ދިޔައީ އެތައް ސުވާލެއް ކުރަމުންނެވެ. ހަތަރު މީހުން ހެނދުނުގެ އެ ފިނިވަގުތު ތިބީ ޓެރެހުގައެވެ.

“އޯމައި..އޯ މައި ގޯޑް..އެހެންވިއްޔާ މިހާރް އަހަރެމެންނަށް ބިރު ދައްކަން އަހަރެންގެ ބައްޕައަށް ކޮންމެފަދަ ގޮތެއް ވެސް އޭނާ ހަދާފާނެ ދޯ..ބައްޕަހުރީ ޝަހުރޫޒްގެ އަތްދޮށުގައި އެންނު”ޒެހެކްގެ ގައިން ހީބިހި ހަލުވާލިއެވެ.

“ނޫނޭ..އަހުމަދުބެ އަށް ކަމެއް ކުރަން ޝަހުރޫޒަށް ކެރެންޏާ މިހާރު ކުރިތާ ކިތަންމެ ދުވަހެއް..އަކްރަމްބެ މެންނަށް ބިރު ދައްކަން ބޭނުންކުރާނެ އުކުޅަކަށް އެކަން އެހެދީ..ޒެހޭ ޑޯންޓް ވޮރީ..އޭނަ އަކަށް ނުކެރޭނެ އެއްކަމެއް ވެސް ކުރާކަށް..ކަމެއް ކޮށްފިއްޔާ އަހަރެމެންނަށް ވެސް ކުރެވޭނެ ކަންތައް ހުންނާނެ..” ޒެހެކް ކޮނޑުގައި ޒަޔާން ހިފައިލިއެވެ.

“އަހަރެން މިއަދު އޮފީހަށް ނުކުންނާނަން..އޭރުން ކަންނޭގެ ކަމެއް ވާންވެސް އިނީ” ޒެހެކް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފޯނުން ގަޑިބަލައިލިއެވެ.

***

ޔޫޝައު މަސައްކަތަކަށް ގެއްލިފައި އިންދާ ފަވާދު ވަދެގެން އައެވެ. އޭރު ލިއަމްވެސް އަމާޔާއާއި ދެމީހުން މަސައްކަތެއްގައި އުޅެއެވެ.

“ކޮބާ ޝައުންގެ ހަބަރެއް ވޭތަ..” ފަވާދު އަހައިލިއެވެ.

“ޝައުން އަދިވެސް ހަމަ އެގޮތައް އޮތީ..ކޯމާގަ..އެކަމަކު ކުރިއެރުން ފެންނަ ކަމަށް ޑޮކްޓަރުން ބުނަނީ..” މޭޒު ދޮށުގައި އިނދެފައި ޔޫޝައު ތެދުވަމުން ފަވާދުއަތުގައި މާ ބައިވަރު ގަނޑުތަކެއް ހުރުމުން ބަލައިލެވުނެވެ.

“ސާރ..ޝައުންގެ ދެ ކުދިންގެ ހަބަރެއް އަދިވެސް ނުވޭ..އެކަމަކުވެސް ހުއްޓުމެއް ނެތި ހޯދަމުންދަނީ..މީ ލާރާ ޖޮބްއިން ކެނޑުނީތޯ..މަންތްއެއް ވަނީ މި އެއްވެސް ވަރަކަށް ޑިއުޓީއަށް ނުނިކުމަންނަތާގަ..”ނުކެރި ހުރެފައި އަމާޔާ ސުވާލް ކޮށްލިއެވެ. ފަވާދު ހަމައެކަނި ބޯޖަހައިލީއެވެ.

“ސާރ ވެސް މިބަލަނީ ކެނޑުނީ ކަމަށް..ރިޒައިން ލާފަ އިން ކަމަށް ސުޖާއު ބުނުއްވީ..އަލީ ހިލްމީ ވެސް” ފަވާދު އޭނާއަށް އެނގިފައިވި މިންވަރަށް ބުނެދިނެވެ.

“ލިއަމް..ޝައުންގެ ކުދިން ހޯދުމުގެ މަސައްކަތަށް މިހާރު އޮތް ޓާސްކް ފޯސްގެ އިތުރަށް އަދި އެއް ޓާސްކް ފޯސް އެކުލަވާލަ..ދެން ޔަޒަން އާއި ނަވާރް އަށް މިއަދު ނާދެވޭނެ..އެކަމަކު ޒެހެކް އެބަ އާދޭ…އެ ކޭސް ފިޔަވާ މިހާރު ކުރިޔަށް ހުރި ހުރިހާ ކޭސް އެއް މަޑު ޖައްސާލާފަ މި ކޭސްތަކާއި އުޅޭތި މިއަދުން މިއަދަށް ޒެހެކް އާއި އެކު..ހަމަ މިވަގުތު ފަށާ”ޔޫޝައުގެ އަތައް ފަވާދު ދިން ހަތަރުވަރަކަށް ފައިލްއަށް ނަޒަރު ހުއްޓާލި ޔޫޝައު ފުރަތަމަ އޮތް ފައިލް ހުޅުވާލި ހިނދު ދެލޯ ބޮޑުކޮށްލެވުނެވެ. ޔޫޝައު ހުރިގޮތުން އަމާޔާއާއި ލިއަމްވެސް އޭނާއާއި ކައިރިވެލިއެވެ. އެވަގުތު ފަވާދު އަށް ފޯނެއް އައިސްގެން ދުރަށް ޖެހިލިއެވެ.

“އާދެ..ލައްބަ..ލައްބަ..މި ކޮޅުން މި ފޮނުވާލަނީ މިހާރު..ވަރަށް ބޮޑަށް ޝުކުރިއްޔާ” ފަވާދު ފޯނު ބާއްވަމުން އަލުން ޔޫޝައު މެންގެ ގާތައް އައެވެ.

“މިހާރު މި ފޮނުވާ ލޮކޭޝަން އަށް އަވަހަށް މީހުން ފޮނުވާ..އަވަސް ކުރޭ..ތިކުދިންނަށް އެހީވާން އެހެން ޑިޕާޓްމެންޓްއަކުން ވެސް ކުދިން އެބާދޭ..މަޑުން ނުތިބެ އަވަސް..އާން އަދި މިއޮތީ ކޯޓު އަމުރުތައް” ފަވާދުގެ އަޑުން ފައިލްތައް ފެނި ވަރުގަދައަށް ޝޮކް ޖެހިފައި ތިބި ތިންމީހުން އަވަހަށް މަސައްކަތް ފެށުމަށް އަވަސްވެގަތެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު