ތެމި ވާރޭގާ ވީމޭ 32 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 32

“ދަރިފުޅާ..ޒެހެކްގެ ދޮންބެ ޒަކީންގެ ކުރީގެ އަންހެނުންނަކީ ނޫރާ … އެހެންވީމަ ނަވާރް މެންނަކީ ދެބެންގެ ދެދަރި ކުދިން.. އެހެން ބައްޕަ މިކިޔަނީ..މިހާރް ސާފް ވެއްޖެ ދޯ… މިކިޔައިދެނީ ޒަކީންބޭބެ އާއި މަންމަގެ މަރުގެ ހާދިސާ…އަޑުއަހާ..” އަހުމަދު ދޫކޮށްލީ ފުންނޭވާއެކެވެ.

“ޒަކީން މަރައިލި ދުވަހު ނަވާ އުރާލަން ތިގެއަށް ޒައިރާ ދިޔައީ.. ދެން އެގަޑީގަ ޒަކީން ގުޅާފަ ނޫރާގެ ކައިރީގަ ބުންޏެއްނު ފައިލްއެއް ގެންދަން ދެން ..ނޫރާއަށް ނުދެވޭނެތީ ޒައިރާ ގެންގޮސް ދޭނަމޭ ބުނެ ދިޔައީ  ނޫރާ އެދުވަހު ދިން ފައިލް ހިފައިގެން އޮފީހަށް… މަ ވެސް ޑިއުޓީގަ އުޅެފަ ފްރީ ވީމަ ޒައިރާއަށް ގުޅާލީ ޒެހޭ ކޮބައިތޯ.. އެގަޑީގަ ބުނި ތިގެއިން ޒައިރާ ނުކުމެގެން ޒަކީންބެ ގެ އޮފީހަށް ދާ ވާހަކަ..ދެން މަ ބުނިން ބަލާ ދަމޭ އެބަ މަޑުކޮށްލާށޭ ތި ގޭގެ ކައިރީގަ .ދެން މަ ދަންދެން ބޭރުގަ ޒައިރާ ހުރި …އޭނާ ގޮވައިގެން އަހަރެން ދިޔައީ އެދުވަހު އޮފީސް ދޮށައް.. މަ ބޭރުގަ ހުރެފަ އޭނާ އެތެރެއަށް ވެއްދީ އެދުވަސްކޮޅު ޒަކީންބެ އާއި މަށާ އެހާ ކަނެކްޝަން ރަނގަޅެއް ނޫން.. ދެން އެހެންވެ ވަންނަން ނުކެރިގެން ބޭރުގަ މަ ހުރީ… ޒައިރާ ގޮސް ޒަކީންގެ ކެބިންގެ ދޮރުމައްޗަށް އެރިވަގުތު ޔާމީންގެ ކެބިން އިން ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެންނޯ ވަނީ..އޭނާ ހީކުރީ ޔާމީންއާއި ޒަކީން އެތާގަ ކަމަށް ..އެމީހުންގެ އެކުވެރިކަން ލޮލުން ދެކެފަ ނުވިއަސް ނޫރާއަށް ވެސް އިވިފަ ކަންނޭގެ އޮންނާނީ.. ދެން އެ ކެބިންއަށް ވައިން ވަގުތު ވީ ޒަކީން މަރާލުމަށްފަހު އެބަޔަކު ބޭބެ ބިންމައްޗަށް ވައްޓާލި ވަގުތު ..  އެހުރިޙާ ކަމެއް ފެނުނީ ޒައިރާއަށް.. އެހެންވެ ވަގުތުން އެ ފަކީރާއި ދިމާ ކޮށްލީ … ދެން ޒައި އަކީ އެހާ އަވަހަށް ޕެނިކް ވާ މީހެއް ނޫރާއަށް ވެސް އެނގެއެންނު އެކަން.. އެހެން ހުއްޓަ ޒައިރާގެ ގާތައް އައިސް ބަނޑަށް ވަޅި ޖެހީ.. ޔާމީންގެ ބޮލަށް ހުރިހާ ކަމެއް ޖެހި ނަމަވެސް އެންމެނަށް ވެސް އެނގޭ ޔާމީން ނޫން ކަން..ސުވާލަކީ ކާކު ހޭ އެވަރުގެ ކަމެއް ކުރާނީ..އެހެންނު..” އަހުމަދުގެ މޫނުމަތިން ފެންނަން ހުރި މޮޅިވެރިކަމުގެ ކުލަތަކެވެ.

” ދެން ޒައިރާ ލަސްވެގެން މަ އެތެރެއަށް ވަދެގެން އައިސް ހުއްޓިލީ ޔާމީން އާއި ޒަކީންބެ ގެ ކެބިންގެ ދެމެދުގަ..އެހެން ހުއްޓަ ޒައިރާ ހަޅޭއްލަވާއި ގަތް އަޑަށް މަށައް ވެސް ވަދެވުނީ..އަހަރެން ވައިން އިރު އެތެރޭގަ ތިބި މޫނު ނިވާކޮށްގެން ތިބި ފަސްމީހަކު… އެއްވެސް ވަރަކަށް ކާކުކަމެއް ނޭނގޭ.. ދުރުގަ އޮތް ބޭބެގެ ބޮޑީއަށް ބަލައިލި އިރު ފުރަތަމަ ވެސް ފާހަގަ ވި އެއްވެސް ދިރުމެއް ނުވާކަން..މަށަކަށް ނޭނގެ އެގަޑީގަ މަށައް ވެފަ ހުރިގޮތެއް ވެސް…ޒައިރާ އޭރުވެސް މަރަށް ތެޅެމުން ދިޔަ …މުޅި ގައިގަ ހުސްލޭ… ދެލޯ ބޮޑުވެ އަނގައިންވެސް އެއްޗިހިތަކެއް އައިސް ހުރީ.. އަހަންނަށް ވެސް ހަމަ ފާޑަކަށް ހުއްޓުން އަރާފަ އޭރު ހުރެވުނީ..ޝޮކެއް ޖެހުނީ..ހަމަހޭ ވެގެން ޒައިރާ ކާރިޔަށް ދުއްވައިގަތް ހިނދު ޒައިގެ ބަނޑަށް ވަޅިޖެހި މީހާ އައިސް އަހަރެންގެ އަތުގައި ހިފައިގަން ގޮތައް އަހަންނަށް ހަމަލާ ދޭން އުޅުނީ.. އަހަރެން ހަޅެއްލަވައިގަނެ ގަދަހަދަން ފެށީމަ އަހަރެންގެ ބަޑަށް ވެސް އެ ވަޅި ހަރައިލި.” އަހުމަދު ދައްކަމުން ދިޔަ ވާހަކަތައް އަޑުހަން ހުރި ޒެހެކްއަށް އިވިގެން މިދާ ވާހަކަތަކުން ހުރީ ހަރަކާތެއްވެސް ގެންނަން ނޭނގިފައެވެ.

އޭނާ އެވަގުތު ހަދާނަށް އައީ ނަވާރް ގެ ބަސްތަކެވެ. ނަވާރްގެ ބައްޕަ ވެސް މަރުވީ ކޭ.އެލް އޮފީހުގައި ކަމަށް ބުނި ހަނދާން ވެގެން، ވަމުން މިދާގޮތް ކޮންމެވެސް ވަރަކަށް ޒެހެކް އަށް ފަހުންވިއެވެ. މަންމައާއި ދޮންބެގެ ފަނޑު ހަނދާންތައް ކޮންމެވެސް ވަރަކަށް ސިކުނޑީގެ ކަނެއްގައި ކުރެހިގެން ދިޔުމުން އޭނާއަށް ރޮވެން ފެށުނެވެ.

“ކީކޭ..ޝަރަފްގެ ގަޔަށް ވެސް ވަޅީގެ ހަމަލާއެއް އެރިއްޔޭތަ..” ނޫރާގެ މޫނުމަތިން ފެނިގެންދަނީ ހުސް ސުވާލް މާކެވެ. އަހުމަދު ޓީޝާޓް ހިއްލާލައިފާ ދައްކާލީ ބަނޑުގެ ވައަތްފަރާތު އަރިމަތީގައިން ބޮޑު ލަކުނެވެ. އެއާއެކު ނޫރާއަށް ލޯ ބޮޑުކޮށްލެވުނެވެ.

“އަހަރެން ގަޔަށް އެންމެ ފަހަރަކު ހެރީ….އެނިޝާން މިއިނީ ފެންނަން…އެކަމަކު ޒައިރާގެ ގަޔަށް ދިހަ ވަރަކަށް ފަހަރު ވަޅި ޖަހައިފަ ހުރީ… ދެން ވިސްނާލަ އެފަކީރަށް ވާނެ ވަރު..އަހަންނަށް ކުރިއަށް ދެވޭ ގޮތެއް ނުވި އެންމެ ފަހަރަކުވެސް.. އަނިޔާތަކެއް ކޮށް ވިއްސަކަށް މިނެޓް ވަންދެން އެހާލެއްގަ ތަޅުވާފަ އަހަރެންގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ ބުނި މަންމައާއި ދަރިފުޅުގެ ފުރާނަ ހޯ ބޭނުމީ ސަލާމަތް ކުރަން..ނޫނީ އެމީހުންގެ ކަންތައް މުޅި ދުނިޔެއަށް އެންގުން ހޯ ބޭނުމީ..އެވީ ވިހި ވަރަކަށް މިނެޓްގަ އަހަރެންގެ ގެޔަށް އެމިހުންގެ ބައެއް ގޮސް ތައްޔާރްވެފަ ހުރީ އަހަންނަށް މަޖުބޫރު ކުރުވަން…އަހަންނަށް އޭރުވެސް ބެލުނީ ކުކުރަމުން ދިޔަ ޒައިރާ އަށް..  އަހަންނަށް އެއްޗެއް ނުބުނެވިފަ ހުއްޓަ އެމީހުން ވީޑިއޯއެއް ދައްކާލީ..އެމީހުން  ފަދައިން މޫނު ފޮރުވައިގެން ތިބި މީހުން ތަކެއް އަހަރެންގެ މަންމަ އާއި ޒެހެކްގެ މުޅި މޫނުގަ ފޮތި އޮޅާލައިގެން ވަޅި ހިފައިގެން ތިބީ..ޒެހެކް ވަރަށް ކުޑަވާނެ …އޭރު މަންމައާއި މި ކުއްޖާ ގިސްލާ ރޮވޭ.. އަނެއްކޮޅުން ޒައި..ދެން ހަދާނެ ގޮތެއް ނޭނގިގެން އަހަރެން ބުނީ…ނުބުނާނަމޭ އެކަކު ކާރީގަ ވެސް..މުޅި ދުނިޔެއަށް އުމުރަށް ވެސް ސިއްރު ކޮށްދޭނަމޭ އިތުރަށް އެކަކަށް ވެސް އަނިޔާ ނުކުރާށޭ..ދެން މިމީހުން ގޮސްފި އިންޒާރުތަކެއް ދީފަ.. އަހަރެން އެންމެ ފުރަތަމަ ވެސް އެމްބިއުލޭންސް ހޯދަން ގުޅީ ..އޭގެ އިރުކޮޅެއްފަހު އެމްބިއުލޭންސް އައީ.. އަހަންނަށް ކޮޅަށް ވެސް ކިރިޔާ ހުރެވެނީ… ޒައިރާގެ ކައިރިއަށް އަހަންނަށް ޖެހިގަނެވުނީ ..ޒައީ އަށް ކިރިޔާ ވާހަކަ ދެއްކެނީ….އަހަންނަށް އަހަރެންގެ ބަލިކަށިކަން ހާމަ ވި އެދުވަހު… އޭރު ޒަކީންބެ ވިންދު އަހަރެން ބަލައިލިއިރު ފުރާނަ ނެތް އަދި އެމްބިއުލޭންސް އަންނަން ވާއިރަށް ޒައިގެ ފުރާނަ ވެސް ގޮސްފި.. ޔަގީން އެއަށްވުރެން ތަންކޮޅެއް އަވަސްވި ނަމަވެސް ޒައިރާގެ ފުރާނަ ސަލާމަތް ވީސް.. މިހެން މި ކަން ވީ..ޔާމީންގެ ހިލަމެއް ވެސް ނުވޭ..އެމީހުން ހޮސްޕިޓަލަށް  ގެންދިޔައީ މަރު ސާބިތު ކުރަން ..އެމްބިއުލޭންސް އައި ހިސާބުން އޮފީހުގެ އިތުރު މީހުންނަށް ވެސް އެނގޭނި.. ކަންކުރި ބަޔަކު އެކަން ހިންގާލީ ޔާމީންގެ ކެބިންގަ..ޔާމީންގެ ބޮލުގެ އިސްތައްޓާއި ލޭ ކޮންމެވެސް ގޮތަކުން ހޯދައިގެން އެބަޔަކު އެތަނުގަ ހާކާ ވަރަށް ގޭމް ޖައްސާފަ އޮތީ..އެކަމަކު މަށައްތާ އެނގޭނީ އެއީ ޔާމީންގެ ކުށެއް ވާކަމެއް ނޫން ކަން… އަހަރެން ބަޔާން ނެގިއިރު ވެސް އަސްލު ކަންތައް ހިނގި ގޮތް ސިއްރު ކުރަން އަހަންނަށް މަޖުބޫރުވީ..އެކަމަކު އަހަރެން ނުގަންނަން ޔާމީންގެ ނަން ވެސް.. ނޫރާ މެންނަށްވެސް އެނގޭނީ އަހަރެން ބަޔާން ދިން އިރު ބުނި އެއްޗެއް” އަހުމަދުގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ޒެހެކް ފުހެލަދިނެވެ. ނުރޯށޭ ބުނާ ފަދައަކުން ދެފަރާތައް ބޯ ޖަހައިލިއެވެ. ނޫރާވެސް ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލަމުން ދިޔައިރު ކުރިން ނޭނގޭ އެތައް ވާހަކަ ތަކެއް އެނގިގެން ދާން ފެށުމުން އިނީ ބަސް ހުއްޓޭ ގޮތް ވެފައެވެ.

“އެ މައްސަލަ އާއި ހަވާލް ވެ ހުރި ސުޖާއު ކިޔާ މީހެއް.. ސުޖާއު އަހަރެމެން އާއިލާ ކައިރީގަ ބުނީ .. ޒައިރާ ހޯދަން ޝަރަފް ވަން ހިނދު ޝަރަފް އަށޭ ފެނުނީ…ޝަރަފް އަށް ދެވުން އިރު ވެސް ޒަކީން މަރުވެފަ އޭ އޮތީ..ދެން ޒަކީންގެ ކޮއްކޮ ޒައިރާ ހޮސްޕިޓަލަށް ގެންދެވެން ވާ އިރަށް މަރުވެފަ އޭ އޮތީ..ޝަރަފް އަކަށް އެކަކުގެ މޫނެއްވެސް ނުފެނެއޭ..އެންމެންވެސް މޫނުފޮރުވައިގެން ގޮހޭ އެކަމެއް ކުރީ ..ދެން އެހެންވެ ބަޔާން ނެގި ދުވަހު ޝަރަފް އާ ބައްދަލް ކުރީ..ދެން ސުޖާއު ބުނި ގޮތައް ޝަރަފް ވެސް ބުނީ..އެހެންވެ އެ މައްސަލައި އާއިގެން އެތައް ދުވަހެއްގައި ދުވި އިރު ވެސް ކުރިމަގެއް ނުލިބުނީ…އޭގެ އަހަރެއް ފަހުން ސުޖާއު އަހަރެމެން ގެއަށް އައިސްފަ ބުނި ޔާމީން އާއި ޖައްސައިލައިގެން އުޅޭ ކޮންމެވެސް ކޮންޕެނީއެއްގެ ނަން..އެމީހުންނަށޭ ޝައްކުވަނީ.. އަހަރެން އެތަނަށް ވެސް ދިޔައިން … އެމީހުންނަށް ނޭނގޭ ޒަކީންއާއި ޔާމީންއަށް ކަމެއް ވީ ކަމެއް ވެސް…ދެން އޭގެ ފަހުން ނުދަން..އެހެން ހުއްޓާ ދެން އަހަރެމެންނަށް ވަރަށް އިންޒާރު ލިބޭ ކޮންމެ ދުވަހަކު ވެސް.. ކާކު ކަމެއް ނޭނގޭ..ގޭގެ ދޮރު ދަށައް ސިޓީ އެއް ލާފަ އޮންނަނީ އެކަންތައް ބަލަން އުޅެފިއްޔާ ގެއްލުން ވާނީ ތިން ދަރިންނަށޭ ކިޔާފަ.. އެހެންވެ އެކަމާ ކުރިމަތިލާން ނުކެރިފަ އޭރު ތިބީ.. ނަވާއަށް އަހަރެއް ވެސް ނުވާނެ … ޒަޔާންއަށް ވާނުވާ އެނގުނަސް ވަރަށް ކުޑަ ވާނެ..ޒަހުރާންއަށް އެކަނި، އެކަނިން އުޅެވޭ ވަރުވެފަ ހުރީ..އެކުދިންނަށް ގެއްލުމެއް ލިބިދާނެތީ އަހަރެން އެ ހިޔާލް ދޫކޮށްލީ” ނޫރާ ދެލޯ ފުހެލަމުން ބުނި އިރު އޭނާގެ މޫނުމަތިން ދެރަ ވެފައި ވީ ވަރު ހާމަވެއެވެ. އެތައް ދުވަހެއް ވަންދެން އެނގެން ބޭނުން ވެފަ ހުރި ކަންތައް ގަނޑު މިއަދު މިވަނި އެނގިފައެވެ.

“ދެން ވި ކިހިނެތްތަ ކީއްވެ ތަ މިއަދާ ހަމަޔަށްވެސް ފިލައިގެން އުޅެން ތިޖެހުނީ…”ނޫރާގެ ޖުމްލައިން އަހުމަދު ވަގުތުން އިސްޖެހިއެވެ.

“ދެން  ޒައިރާގެ މަރަށް ފަހު ވެސް އެއްކަލަ ކުރިން އުޅުނު ގޭގަ އުޅުނީ.. ޒައިރާގެ މަރަށް އެއްދުވަސް ވީ  ޒެހޭ އެކަނި ބަހައްޓާފަ އަހަންނަށް ދާން ޖެހުނީ އެކުއްޖާއަށް އެއްޗެއް ގަންނަން ފިހާރައަކަށް…ވަރަށް ވިއްސާރަ  އެދުވަހު.. ދެން ގޮސް އައި އިރުގަ ނެތް .. މަންމަ ވެސް ނަމާދަށް އަޜާ ހުރީ އަހަރެން ދިޔައިރު… ޒެހޭ ފެންނަން ނެތީމަ މަންމައާއި ދެމީހުން މުޅިގެ ހޯދަނީ މި.. ދެން ޕޮލިހަށް އަންގަން އުޅެނިކޮން މީހަކު ގުޅައިފި.. ބުނަނީ ޒެހެކްގެ ފޮޓޯއެއް ދައްކާފަ މިކުއްޖާ ބޭނުމިއްޔާ ބުނާކަމެއް ކުރާށޯ..އަހަރެން ބުނިން ކޮން ކަމެއްހޭ.. އަހަންނަށް ހަނދާނެ އެއްވެސް ގޮތެއް ނުވިސްނުން.. މަންމަ ވެސް ހުރި ރޮވިފަ.. އަހަރެން ބުނެފިން ކީއްހޭ ކުރަންވީ އަހަންނަށް އަހަރެންގެ ދަރިފުޅު ދޭށޭ..އެނގޭތަ އެނުބައި މީޙުން ބުނި އެތި. ޔާމީންގެ ބިލްޑިންގް ހުރިހާ ސެކިއުރިޓީ ފޫޓޭޖްތަކެއް ނަގަން ދާށޯ..ނަގާފަ ވަގުތުން ހަލާކު ކޮށްލަން ވާނެ އޯ..ކުރިއަށް އޮތް ފަނަރަ މިނެޓް ތެރޭގަ.. ޕޮލިހުން އެބަ ދެޔޯ..އެމީހުން ދާން ވިހި މިނެޓް ނަގާނެއޯ.. ކަލޭ ދާށޯ އެއަށް ވުރެން ކުރިން..ކަލޭ ބަސްޓެއް ނުވާނެ އޯ..” އަހުމަދު އެއިން ގޮތައް އިނދެ ބުނެލި އިރު މޫނުމަތިން ކުށްވެރިކަމުގެ އިހްސާސްތައް ވިއެވެ.

” އެ ނުބައި މީހުންގެ އަޅުވެތި ކަމަށް އަހަންނަށް މަޖުބޫރުވީ ދެން.. އަހަރެން ޒެހެކް ހޯދަން  އެމީހުން ބޭނުންވި ގޮތައް ކަންތައް ކޮށްފަ އައީ..ބިލްޑިންގް ތެރޭން ނުކުން އިރު އެތާގެ ކުރިމައްޗަށް ވާހެން ވާރޭ ތެރޭގަ ޒެހެކް ބަހައްޓާފަ ހުރި..އޭރުވެސް ރޮވޭ.. އަހަންނަށް ފިލައިގެން އުޅެން މަޖުބޫރު ވީވެސް ދެން.. އެމީހުންނާ ހެދި ކުރިން އުޅުނު ޑިޓޭކްޓިވް އެއްގެ ވަޒީފާއިން ކެނޑުނީ… މިގެއަށް އަހަރެން އައީ ސިއްރުން ފޮރުވައިގެން ޒެހެކް ގެންގުޅެން.. ގެއިން ސުކޫލަށް..ދެން ޓިއުޝަންއަށް..އެއްވެސް ތާކަށް ނުފޮނުވަން..މަންމައާއި މަ ވެސް ބަލަން ނުގޮސް ވޭތޯ އެއްވެސް ތާކަށް..އެކަމަކު ތާއަބަދު އެހެނެއް ވެސް ނުވާނެ ތާ ދޯ.. އެކުއްޖާ ބޮޑުވެގެން އެހުރީ މިހާރު މީހަކާއި އިންނަވަރު ވެފަ..ނޫރާ މެން ހޯދިކަން ރައްޓެއްސެއްގެ ފަރާތުން އިވިފަ ހުއްޓަ ކުރިން އުޅުނުގޭ ބޮޑުމީހާ ވެސް ގުޅާފަ ބުނި މަހެއް ވަންދެން އަންހެނަކު މެދު ނުކެނޑި އަހުމަދު ހޯދަން އައޭ..މަށައް އެނގުނު ނޫރާ ކަން .. އެހެން ވިއަސް މިކުއްޖައަށް ގެއްލުމެއް ލިބޭ ކަމަކަށް އަހަރެން މަގުކޮށަން ބޭނުން ނުވާތި ހުރީ..ނޫރާ އަހަންނަކީ ހަގިގަތުގަ ވަރަށް ބޮޑު ކުށްވެރިއެއް..ކުރިން މި އެއްވެސް ކަމެއް ނުކިޔައި ދެވުމުން މާފް ކުރޭ” އަހުމަދު ގެ ވާހަކަ ނިމުނު އިރު ނޫރާއަށް ގިސްލެވެއެވެ. ޒެހެކްއަށް ވެސް ރޮވެމުން ދިއައިރު ބައްޕަގެ ބުރަކަށީގައި ފިރުމާލަމުންދިޔައެވެ. ބައްޕަ އޭނައަށް ޓަކައިވި ގުރުބާނީ ފެނި ހިތްދަތި ވަނީއެވެ. ޒެހެކްއަށް މާބޮޑަށް ރޮވެން ފެށުމުން އަހުމަދު، ޒެހެކްގެ ގައިގާ ވަރަށް ލޯބިން ބައްދާލިއެވެ.

“ޝަރަފް އެދުވަހުން ސުރެން ފިލައިގެން އުޅުނު ސަބަބު އަޅެ ކޮންމެވެސް ގޮތަކަށް ބުނެލަ ދިންނަމަ..ޝަރަފް މާފަށް ނޭދި … ހުރިހަމައެކަނި ދަރިފުޅުގެ ދިފާއުގަ ޝަރަފް ތިކުރީ ވަކި ގޯސްކަމެކޭ ވެސް ނެތް ބުނެވޭކަށް.. އަހަންނަށް ތިމަގާމުގަ ހުރެވުންނަމަ ވެސް ތިހެން ކަންކުރެވޭނީ…އެދުވަހު ޝަރަފް އެހެން ނުހެދި ނަމަ ނޭނގި މިކުއްޖާވެސް ފެންނަން ހުރީސް ކަމެއް..މިހާރު ކޭސް  ބެލިއަސް ކުށްވެރިން އަތުވާ ވަރަށް ވުރެން ގިނަ ދުވަސް ވެއްޖެ.. އެކަމަކު ތިބަޔަކު ހޯދަން ޖެހޭ..އެހެން ނޫނީ އެނގުހުރެ ޔާމީންއަށް ދެވޭ ގެއްލުމަކަށް ވާނީ.. ކުށްވެރިންނަށް އަދަބު ނުލިބުނަސް އެމީހުންގެ ކުށް އެހެންމީހުންނަށް އަންގަ ދޭން ޖެހޭ..ޔާމީން އާއި ޒަކީން އާއި ޒައިރާއަށް ހައްގު އިންސާފް ލިބެން ޖެހޭ…އިހަށް މަޑުކޮށްލަން ޖެހޭ އެބަ މި ވާގޮތެއް ބަލަން.. އެކަމަކު  ޒަޔާން އާއި ޒަހުރާން އަށް އެނގިއްޖެޔާ ނުހިފާ ނުތިބޭނެ..ޒެހެކް އިހަށް ނަވާއާއި ހަމައަށް ވެސް މި ވާހަކަ ނުގެންދާތި.. ” ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލަމުން ނޫރާ ކޮޅަށް ތެދުވި އިރު އެދެލޮލުގައި ވަނީ ބަދަލް ހިފުމުގެ ރޫހެވެ. ގެއަށް ދާގޮތައް އޭނާ ހާރިޒްއާއި ވާހަކަ ދައްކާނެއެވެ. ހާރިޒްގެ އެހީގައި އޭނާ މިކަންތައް ހޯދާނެއެވެ.

ޒެހެކް އިނދެފައި ބޯޖަހައިލިއެވެ ..އޭރުވެސް ހުއްޓުމެއްނެތި އެދެލޮލުން ކަރުނައިގެ ސައިލާބްތައް ހޯސްލާފައި ފައިބަމުން ދިޔައެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯބިވާ މަންމަގެ މަރުގެ ހަގީގަތް އެނގުނު ހިނދު އެފަކީރަށް ވަނީ ބަރުދާސްތު ކުރަން ދަތި މިންވަރަށް ހިތްދަތިވެފައެވެ. މޫނުމަތީގައި ވަނީ މޮޅީގެ ސާލަކުން ސާލުލެވިފައެވެ. އޭނާގެ މަންމައަށް އިންސާފް ހޯދަން ހިތުގައި އޮތް އަޒުމް އިތުރަށް ވަރުގަދަ ކޮށްލިއެވެ. ބައްޕައަށް އެމީހުންގެ ސަބަބުން އުފުލަން ޖެހުނު ހިތާމަތަކުގެ ބަދަލް އޭނާ ހިފާނީ ހިތިގޮތަކަށެވެ.

“ބައްޕާ.. ކީއްވެ ދޮންބެއާއި ބައްޕަގެ ކަނެކްޝަން އޭރު ގޯސް ވީ…ދެން ބައްޕައަށް ކިހިނެތް އެނގުނީ އެތާ އެތެރޭގައި އެވީ ކަންތައް.. ތިބުނީނު ދޮންބެ ގަޔަށް ވަޅި ހެރިތަން ފެނުމުންނޭ މަންމަ މަރާލީ..” މިހުރިހާ އިރު އަހުމަދު ދައްކަމުންދިޔަ ވާހަކައިން ފާހަގަވި ސުވާލްތައް ޒެހެކް ކޮށްލިއެވެ.

“ބައްޕަ ދެންމެ ބުނީމެންނު މަންމަ ކައިރިއަށް ދެވުން އިރު މަންމަ ވަރަށް ކްރިޓިކަލް އޭ.. އެގަޑިގަ މަންމައަށް ވަރަށް ކުޑަކޮން ވާހަކަ ދެއްކެނީ..މަންމަ ވަރަށް މަސައްކަތް ކުރި ކޮންމެވެސް ވާހަކަ އެއް ބުނަން…އެކަމަކު މަންމައަށް މާގިނަ ވާހަކަ ތަކެއް ނުބުނެވުނަސް، ބުނެވުން ދޮންބެ މަރާލިތަން ފެނިގެންނޭ މަންމަ ގަޔަށް ވަޅި ޖެހީ… ދަރިފުޅު ދެކެ ލޯބިވާ ވަރާއި ދަރިފުޅަށް ކަމެއް ނުވޭތޯ ބެލުމަށް ވަރަށް ބުނި..އެކަމަކު ވެސް ބައްޕަ ކިރިޔާ ފެއިލް ނުވެ މިހުރީ މަންމަގެ އެ ވިޝް އިން..ދޮންބެއާއި ބައްޕަގެ ޖެހުން މައްސަލަ އަދި ބައްޕަ ފަހުން ކިއައިދޭނަން” އަހްމަދު ވާހަކަ ދައްކަމުން ދިޔައިރު ޒެހެކް އިނީ ތޫނު ނަޒަރަކުން ބަލަހައްޓައިގެންނެވެ. ވާހަކަ  ދައްކަމުން ގޮސް އެންމެ ފަހުން ޖުމްލައާއި ހިސާބުން އަހުމަދުގެ މޫނުމަތިން ހިސާބެއްގެ ހާސްކަމެއް ފާޅުވެގެން އައިއިރު އެއްބައި އަހްމަދު ފޮރުވާކަން ޔަގީނާއި ގާތައް ހީވި ނަމަވެސް އެވަގުތުގެ ގޮތުންނާއި އަދި ނޫރާ ވެސް އިނުމާއި އެކު ނާހާ ޒެހެކް ދޫކޮށްލިއެވެ.

”ޝަރަފް މިޙާރް ކިހިނެތް ހަދަން ތި ގަސްދު ކުރަނީ.. ޒަޔާން މެންނަށް ޒެހެކް ތިއީ ކަޒިންސް ކަން އެނގެންވާނެ..އެކުދިންނަކީ ޒެހޭގެ އާއިލާ..އެކުދިންނާއި ގުޅުން ބަދަހި ކޮށްލަން ހަފްތާއަކަށް އަހަންނާއެކު ޒެހޭ އެގެޔަށް ފޮނުވަން ވީނުން.. އަހަރެން މިކުއްޖާ ބަލައިދޭނީ ވަރަށް ލޯބިން..މިއީ ޒަކީންގެ ހުރި ހަމައެކަނި އާއިލާ..” ޒެހެކްގެ ގާތުގައި އިށީންދެލަމުން ނޫރާ ޒެހެކްގެ ބޮލުގައި ފިރުމާލީ ނުހަނު ލޯބިންނެވެ. އެދެލޯ ފެންކަޅިވެފައި ވި ގޮތުން ޒެހެކްގެ ދެލޮލުންވެސް ފެންތައް ފައިބަމުންދިޔައެވެ.

“އަހަރެން ނޫރާ މިގެނައީ ވެސް ތިކަހަލަ ކަމެއްގަ… ޒެހޭ..ދަރިފުޅު ހިތައް  އަރާފާނެ ބައްޕަ ކީއްވެބާއޭ މިއޮތް ހުރިހާ ދުވަހަކު ނުބުނެ ހުރެ ހުރެފައި މިއަދު މިބުނީ.. ދަރިފުޅު ގެ ތި ޖާސޫސީ ނަޒަރުން ބައްޕައަށް ހީވޭ އަހަން ނުކެރިފަ އިންނަހެން.. ބައްޕަ މިއުޅެނީ ދުވަސްކޮޅަކަށް ރާއްޖޭން ބޭރަށް ދާން ޑޮކްޓަރަށް ދައްކާލަން ދާން..ކުރީ ދުވަހު ބުނީމެންނު މިހަފްތާގަ ލަންކާއަށް ދާނެ ވާހަކަ ދޯ.. މިއަދު ފައިނަލް ވީ.. އެހެންވެ ނޫރާ ގާތުގަ ދަރިފުޅު ބަހައްޓަން އަހާލަން މިއުޅެނީ އަދި..” އަހުމަދު މޮޅިވެރި ގޮތަކަށް ހީލަމުން ނޫރާއާއި ޒެހެކްގެ މޫނަށް ބަލައިލިއެވެ.

އެވަގުތުވެސް ޒެހެކްއަށް ވިސްނެމުން ދިޔައީ ތަފާތުކޮންނެވެ. ކުރިން ދެފަހަރަކު މާމަ ނިޔާވިފަހުން ޑޮކްޓަރަށް ދައްކަން ލަންކާއަށް އަހުމަދު ދިޔައި އޭނާ އެކަނި ބަހައްޓާފައެވެ. މިފަހަރު އަހުމަދުގެ އެތަފާތު މިޒާޖުން ޒެހެކްގެ ޝައްކުތަކަށް އިތުރު ބޮޅުތަކެއް އާވިއެވެ. އަހުމަދު އިތުރަށް ކަމެއް ސިއްރު ކުރާނަމަ އެކުރަނީ ކޮންކަމެއް ބާއޭ ޒެހެކްގެ ހިތައް އަރަމުން ދިޔައެވެ. މިފަހަރު މަންމަގެ ވާހަކަ ވެސް އަލަށް ދެއްކުމުން އެ ނުލަފާ މީހުންގެ ފުށުން ނުރައްކަލެއް އަހަމަދަށް ވަނީބާއޭ ވެސް ޒެހެކްގެ ހިތައް އަރަމުން ދިޔައެވެ. އެހެން ހިތައް އެރުމާއެކު ޒެހެކް ވަގުތުން ބިރުގަތެވެ.

“މާ ރަނގަޅަކަށް ނު މި ވީ.. އަހުމަދު ކިތަންމެ ގިނަ ދުވަހަކަށް ދިޔަސް އަހަރެން ޒެހޭ ބަލައިދޭނަން.. ނަވާގެ ރޫމް ވެސް ހުންނާނެ ހުސްކޮން..ކޮން ދުވަހަކު އަހުމަދު ފުރަނީ” އޭރު ނޫރާގެ މޫނަށް ވެރިވެފައިވި ހިނިތުންވުން ފުޅާވެފައި ވެއެވެ.

“މިރޭ އިނީ ފްލައިޓް…ނޫރާ ދާއިރު ޒެހޭ އެކުގަ ދާން ވި އެންނު..” އަހުމަދު ހަމަ ބުނުމާއެކު ނޫރާ ވަގުތުން އެއްބަސްވިއެވެ.

އެވަގުތު ފޮށި ރެޑީ ކުރުމަށް ދާށޭ ބުނެ އަހުމަދު ޒެހެކެ ފޮނުވާލިއެވެ. ހީވީ ޒެހެކް އެތަނުން ފޮނުވަލަން ބޭނުން ވެފައި ހުރިހެންނެވެ. އެހާ އަވަހަށް ކަންތައްތައް ނިމިގެން ދާތީ ޒެހެކްހުރީ ހިތް ނުތަނަވަސް ވެފައެވެ. ކޮޓާރީގައި އަންނައުނު ތައް ފޮއްޓަށް އަޅަން ހުރިއިރު ވެސް ޒެހެކް ހުރީ ފުން ހިޔާލެއްގައެވެ.

ޒެހެކް ކޮޓަރިއަށް ވަނުމުން އަހުމަދު ނޫރާގެމޫނަށް ބަލައިލަމުން ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ބުނެލިއެވެ.ނޫރާ ނިތް އަރުވާލީ ކޮންވާހަކަ އެއްހޭ އަހައި ފަދައަކުންނެވެ.

“ނޫރާ …އަހަރެން ވަރަށް ބޮޑު ކަމަކަށް މި އެދެން އުޅެނީ.. ވާނެތަ .” އަނެއްކާ ވެސް އަހުމަދު ބުނެލީ ނުތަނަވަސްވެފައި ހުރެއެވެ.

“އަހާ  ޝަރަފް ވާނެއޭ.. އަހަންނަށް ހީވި  ޒައިރާގެ ވާހަކަ ދެއްކި އިރު ތިމޫނުމަތިން ކަމެއް ފޮރުވާ ހެން..ނާހަން މިއިނީ  ޒެހޭ އިނީމަ..ދަރިފުޅުގެ ކާރީގަ ވެސް ދައްކަން އުނދަގު ވާހަކަ ހުންނާނެ …ކިޔައިދިބަލަ..އަހަރެމެން މީ އެންމެ ގާތް އެކުވެރިން އެއްގޭ ދެބެންނާއި އިނުމުގެ ކުރިން ވެސް” ނޫރާ  އެދުނެވެ.

“ކިތަންމެ ފޮރުވިގެން އުޅުނު ނަމަވެސް އަހަރެންނަށް އެމީހުންގެ ކިބައިން ސަލާމަތެއް ނުވެވުނު…އަހަރެން ބޭނުމެއް ނޫން ޒެހޭއަށް ގެއްލުމެއް ޥާކަށް..ޒެހޭ އަށް އަންގާކަށް ވެސް ބޭނުމެއް ނޫން މިވާހަކަ ތަކެއް”  އަހުމަދު ކިއަދޭންފެށީ އެމީހުންގެ އުނދަގޫ މިއަދާއި ހަމައަށް ވެސް އެކިގޮތްގޮތުން ޖެހުނު ވާހަކައެވެ. ދެން ކިއަދިނީ އޭނާއާއި މޫނު ފޮރުވައިގެން އުޅޭ މީހުންގެ ތެރެއިން މީހަކު މިއަދު ދިމާ ކޮށްލި  ގޮތުގެ ވާހަކައެވެ. އެމީހުންގެ އަނިޔާ ވެރިކަމާއި ޒެހެކްއަށް ކުރިމަތި ލާން ޖެހިދާނެތީ ކަންތައް ބޮޑުވެފައި ވީ މިންވަރު އަހުމަދު ގެ ކޮންމެ ޖުމްލައަކުން ހާމަވެއެވެ. ދެލޮލުން ތިކިޖަހަމުން ދިޔަ ކަރުނަތައް އަތުގެ ނުފޫށުން އިރުކޮޅަކާހެން ފުހެލައެވެ.

އަހުމަދުގެ ވާހަކަތަކުން ނޫރާއިނީ ބުނާނެ އެއްޗެއް ދުލަށް ނައިސްފައެވެ. ހައިރާންކަން ނޫން ޝުޢޫރެއްނުވެއެވެ. “އަހަންނަށް ދެންމެ ވެސް ހީވި ޒެހޭ އިނުމުންނޭ އެގޮތައް ތި ވާހަކތައް ދެއްކީ..އޭގެން މީހަކާއި ބެހޭ އެއްވެސް  މައުލޫމާތެއް ހަމަ ޝަރަފްއަކަށް ނޭނގޭތަ.. އަހަންނަށް ހީވަނީ ޝަރަފްއަށް ކަމެއް އެނގޭނެހެން..”

“އަދި އިހަށް މަޑު ކޮށްލަ… އެކަމުގެ އަޑިގަ ތިބި ބައެއް ނޭނގުނަސް…ކޭ.އެލް އިންވެސްޓްމަންޓްގެ ހެޑް އޮފީހުގެ ބަޔަކާއި އެ މައްސަލަބެލި ޕޮލިސް ފޯސްގެ އަޑި އެހާ ރަނގަޅު ހެންނެއް ހިއެއްނުވޭ.. ޒައި އާއި ދޮންބެގެ ކޭސް ބެލި ލޯޔަރުންނަށް ވެސް އެއްވެސް އިތުބާރެއް އަހަރެން ނުކުރަން.. އެމީހުން ދޮގު ހެކިދީގެން މައްސަލަ އެއޮތީ  ނިންމާފަ… ދޮގު ހެއްކޭ މިބުނަނީ ކުށެއް ނެތި ޔާމީން ބަންދުކޮށްގެން ގެންގުޅުން.. އެހެންވެ މިބުނީ ވަރަށް ނުބައި ގަނޑެއް އެބަ ބަޔަކުގަނޭ…ނޫރާ އަށް އެނގޭ ތަ.. އަހަރެމެން ކުދިން ޒެހެކް ވެސް ހިމެނޭ ހެން އެކަމާއި އުޅޭ އެބަ..މަށާއި ބައްދަލް ކުރި ނަވާ އާއި ޔާމީންގެ ފިރިހެން ކުއްޖާ..” އަހުމަދުގެ ޖުމްލައިން ނޫރާއަށް ކީކޭ  ހޭ އަހައިލެވިއްޖެއެވެ.

“އާން އެދެކުދިން އެއްރޭ މަގުމަތިން އަހަރެން ހިފެހެއްޓުވި..އެހި ޒަކީންގެ ވާހަކަ..ދެން ޔާމީންގެ އަންހެން ދަރީގެ މަރުގެ އެއްވެސް ކަމެއް އެނގޭތޯ ސުވާލެއް ކުރި.. މަ ނުދެން ޖަވާބެއް.. އެނގޭކަމަކަށް ވެސް ނުހަދަން.. އާނާގެ ކަމުގަ އަހަންނަކަށް ނޭގެ ބުނާނެ އެއްޗެއް.. އާނާ ތިގޭގަ ހުއްޓަ ޔަޒަންއަށް ފެނުން ދުވަހު މަށައް ވެސް ތިގެއަށް ދެވުން..އެދުވަހު ނަވާއަށް މަ ފެނުނީ.. އޭގެފަހުން ކަންނޭގެ މަ ހޯދަން ނަވާ އެއުޅެނީ.. އެދުވަހު މަ އަސްލު ނޫރާ ހޯދަން ތިގެއަށް ދިޔައީ.. ވަންނާނެ ހިތްވަރު ނުލިބިފަ ހުއްޓަ ނަވާއަށް ފެނުނީ..ދެން އިތުރަށް މަޑު ނުކުރަންވެގެން ނިކުތީ..އޭގެފަހުން މިކިޔާ ދުވަހު ނަވާއަށާއި ޔަޒަންއަށް އަހަރެން ފެނުނީ.. އެދުވަހުގެ ފަހުން ޒެހެކް މެދުވެރިކޮން ވެސް ނަވާ ބައްދަލް ކުރަން އުޅުނު..އަހަރެން ހުމެއްގައި އުޅެން ޖެހުމުން ނުއެއްދެވުން..އަހަރެން ހުރީ އެދުވަހު ދެވިއްޖެޔާ ނަވާރްއަށް ޒަކީންގެ ވާހަކަތައް ކިއައިދޭން” އަހުމަދު ކިޔައިދިނެވެ.

“ޝަރަފް ތިބުނީ ހަމަ ނަވާގެ ވާހަކަ ދޯ..” ނޫރާއަށް އަދިވެސް ހުރީ ގަބޫލް ނުކުރެވިފައެވެ. އަހުމަދު ބޯޖަހައިލީ ޔަގީން ކޮށްދޭ ފަދައަކުންނެވެ.

“އެހެންވިއްޔާ މި ހުރިހާ ކުދިން އެއްވެގެން ކަންނޭގެ މިއުޅެނީ..މިކަން ޔަގީން ކުރަން އެބަޖެހޭ އެހެންވީމަ ..ކުރިން ވެސް ޔަޒަން އާއި ޒަޔާން އާއި ރިހާމް އަކީ އެންމެ ގާތް އެކުވެރިން.. އެކަމަކު ފަހުން ފަހުން ކުރިއަށް ވުރެންވެސް އެކުގަ ވަގުތުތައް ހޭދަ ކުރަނީ.. އާހް..އެކުދިންނަށް  ކިހާ ވަރަކަށް އެނގޭބަ..” ނޫރާއަށް ބުނެލެވުނެވެ.

“އާން  ނޫރާ..މިހާރު މާ ލަސް ވެއްޖެ..ކުދިން ބޮޑެތިވެފަ އެތިބީ..އެކުދިންނަށް މިކަންތައްތައް  ބުނެދޭންވީ ވަގުތު ޖެހިއްޖެ..އެކުދިން މިއަދު އެތިބީ މިކަމުގައި ހިފައިލެވޭނެ ފަދަ ބޮޑެތި މަގާމް ތަކުގަ..ޔާމީންގެ ކުއްޖާ އާނާގެ މަރާއި އަހަންނަށް ވަރަށް ޝައްކު ޒަކީންގެ މަރާއި ގުޅުމެއް ވާކަން..އަހަރެން ވެސް އެދުވަހު އާނާ ސަހަރާއަށް ނުގެންދަނީސް ހޮސްޕިޓަލްއަށް، ޔާމީންއަށް ޓަކައި ހިތުގައި އޮތް ހަމްދަރުދީއެއްގެ ސަބަބުން ދިޔައިން..ވަރަށް ތަފާތު ކަމެއް ބައެއްގެ ފުށުން އަހަންނަށް ފެނުނު… މިވާހަކަ ބުނަނަނީ މި ނޫރާގެ ގާތުގަ އެކަނި ..އެކުދިންނަށް ޒަކީންގެ ހަބަރުތައް ކިއައިދިނަސް އަދި މިވާހަކަ ސިއްރު ކުރާތި..ވަރަށް އެހެން ކަހަލަ ވާހަކަ އެއް މި ” ދެން ދެކެވުނީ ސިއްރުވެރި ވާހަކަތަކެކެވެ. އަހުމަދު ވާހަކަ ނިންމާލައިފާ ނޫރާއަށް ބަލައިލި ހިނދު ނޫރާގެ މޫނުމަތި ވަނީ ހުދުވެފައެވެ. ދެލޯ ބޮޑުކޮށްލައިގެން އިން އިރު އަނގައިން ނުބުނެވިފައި އިނެވެ. ނޫރާއަށް ހީވީ މުޅި ތަންގަނޑު ވަށައިގެން އެނބުރިގެން ދިޔަހެންނެވެ. ހޭވެރިކަން ވީ އަހުމަދު ދެތިން ފަހަރަކު ގޮވައިލުމުންނެވެ. އެވަގުތު ޒެހެކްގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ވާހަކަ ދައްކަން އަނގަހުޅުވާލި ނޫރާގެ އަނގަ ބަންދުވިއެވެ.

“ނޫރާ..އަހަރެން މިއަށް ހަދަން ވީ ގޮތް ފަހުން ބުނާނަން…މިއަށް އެއްވެސް ގޮތެއް ނުވާކަހަލަ ގޮތަކަށް މި ބާއްވަތި..މިއީ ސިއްރެއް” ޒެހެކް ފޮށިހިފައިގެން އެހިސާބަށް އަރަންވައިރަށް އަވަސް ހަރަކާތަކާއި އެކު ނޫރާގެ އަތްދަބަހަށް އަހުމަދު ކޮށްޕާލީ ކުޑަ ކޮތަޅެކެވެ. ހުދު ކޮތަޅުގައި ވަށައިގެން ހުރީ ކަޅު ޓޭޕް އަޅާ ނުކެނޑޭވަރު ކޮށްފައެވެ. ނޫރާ ވެސް ދަބަހަށް ބަލައިލަމުން ބޯޖަހައިލިއެވެ.

ޒެހެކް އައިސް ސޯފާ މަތީގައި އޮތް އޭނާގެ ފޯނު ނަގާ އަތްދަބަހަށް ލަމުން ނޫރާއަށް ހީލިއެވެ.

“ދަރިފުޅާ ބަސް އަހާތި.. މާ ލަސްވަންދެން ބޭރުގަ ނޫޅޭތި.. ނޫރާ ދައްތަގެ ބަސް އަހަން ވާނެ..ބައްޕައަށް ނާދެވުނަސް ކައިވެނި ލަސް ނުކުރާތި..” އަހުމަދުގެ ވާހަކަތައް ހުރިގޮތުން ޒެހެކްއަށް  ނިތް އަރުވާލެވުނެވެ.

“ބައްޕާ.. ހާދަ ސްޓްރޭންޖް ކޮން ތިއުޅެނީ.. ބައްޕަ އެހެންޏާ ވެސް ލަންކާއަށް ދޭ.. މުޅި އުމުރަށް ދާން އުޅޭހެން މިފަހަރު ހީވަނީ..ދެން ބައްޕައަށް ވެސް އެނގޭނު އަހަރެން ބައްޕަ ނެތް އިރު ކައިވެންޏެއް ނުކުރާނެކަން..އަންނާނަން އެގަޑީގަ ފުރުވަން “ޒެހެކް ދެލޯ ހަނިކޮށްލައިގެން ހުރެ ބުނެލިއެވެ.

“ބައްޕަ ދެން ބުނެލީ އޭ..ބައްޕައަށް އެނގެއޭ ބައްޕަގެ ދަރިފުޅު އުޅޭނީ ރަނގަޅަށް ކަން .. ފުރުވަން އަންނާނެ ކަމެއް ނެތް އެނގޭ .. އޮފީހުގަ އުޅޭ ރައްޓެއްސަކާއި އެއްކޮން ދަނީ… މިކޮޅުން ވެސް ދެމީހުން އެއްކޮން ދާނީ..އަނެއްކާ އެއީ ދަންވަރު.އެއާޕޯޓަށް ގޮސްފަ ގުޅާނަން ”  ޒެހެކް ފުރުވަން އަންނަން ވަރަށް ކީ ނަމަވެސް  އަހުމަދު އެއްގޮތަކަށް ވެސް އެއްބަސް ނުވިއެވެ. އަހުމަދު ނުހަނު ބާރަށް ޒެހެކްގެ ގައިގާ ބައްދާލިއެވެ.

ޒެހެކް އާއި ނޫރާ ކާރަށް އަރާ ނައްޓާލުމުން އަހުމަދު ފޯނު ނަގާ މީހަކަށް ގުޅާލިއެވެ. މާގިނައިރެއް ނުވެ އެކޮޅުން ފޯނު ނެގުމުން އަހުމަދު ވާހަކަ ދެއްކަން ފެށިއެވެ.

“ލީވް މައި ޑޯޓާރ އެލޯން..މަށައް ހަދާ ގޮތެއް ދެން ހަދާ..” ޒެހެކްގެ ކާރު އޮބާލަންދެން ބަލަހައްޓައި ގެން ހުރި އަހުމަދު ހީވީ އެންމެ ފަހު ފަހަރަށް ޒެހެކްއަށް ބަލަމުންދިޔަ ހެންނެވެ. ދެލޮލުގައި ބަބުޅަމުން ދިޔައީ ކަރުނައެވެ. އެ ކަރުނަތަކުގައި ހާސް ވޭން ހުއްޓެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު