ތެމި ވާރޭގާ ވީމޭ 29 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 29

“ނައުފަލް… ނައުފަލް ކިޔަނީ..” މިލީނާގެ ސަލާމަތް އިޖާބަ ދިން ނައުފަލްގެ މޫނުމަތީގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. ނައުފަލް އާއި މިލީނާ ސަލާމް ކޮށްފައި މުރާދު ހޯދަން ދިޔުމުން ނައުފަލް ބަލައިލީ ޝަހްރޫޒްއާއި ދިމާލަށެވެ. މަކަރުވެރިކަމުގެ ހިނިތުންވުމަކުން ހީލައިގެން ހުރިއިރު ވަށައިގެން ނައުފަލް އެގޭތެރެއަށް ނަޒަރް ހިންގައިލީ އޭނާގެ ސިކާރަ ހޯދާލާ ފަދައަކުންނެވެ.

****

“މަ އަންގާލާ ކޮންމެ ގަޑިއެއްގަ ވެސް  ކަލޭ ޖެހޭނެ ޕްލޭނަށް ތައްޔާރް ވެގެން ހުންނަން … އިނގޭ ދޯ ކޮބާ ކަން ޕްލޭނަކީ.. ޕްލޭންއަށް މަސައްކަތް ކުރަން މާ އުނދަގުލެއް ނުވާނެ..ލާރާ އިޒް ދެއާ..” ޝަހްރޫޒް ވާހަކަ ދެއްކީ ކިރިޔާ ނައުފަލްއަށް އިވޭވަރަށެވެ.

“އެންމެ ފުރަތަމަ ޒަކީންގެ އަންހެން ދަރީގެ ހުރިހާ ފިޔަވަޅަކަށް ބެލުން..ދެން ޔަޒަން އާއި އޭނާގެ ދިރިއުޅުމުގަ ހުޅުޖެހުން..އެއަށްފަހު ހަގީގީ މަގުސަދު” ނުބައިފާޑަކަށް ހީލަމުން ނައުފަލް ސޯފާގައި ހަމަޖެހިލިއެވެ. ޝަހްރޫޒްގެ މޫނުމަތީގައި ވެސް އެފަދަ މަކަރުވެރި ކުލަވަރެކެވެ.

” މިއަދުން މިއަދަށް ފަށަން ވާނެ..އަނެއްކާ އެއުޅޭ އަކްރަމް ނެތް ވަގުތެއް ވީމަ ވަރަށް ފަސޭހަ ވާނެ..” ޝަހްރޫޒް ދެން ބުނެލި ޖުމްލައަށް ނައުފަލް ބޯޖަހައިލިއެވެ.

****

ޑިއުޓީ ނިމިގެން ނަވާރް ނުކުންނަން ހިނގައިގަން ވަގުތު ޒަޔާން އޭނާގެ ފޯނަށް ގުޅަން  ފެށިއެވެ. ފޯނު ނުނަގަ އެއަށް ބަލަން ހުރީ ނަގާނެ ހިތްވަރު ނެތިގެންނެވެ. މީގެ ދެދުވަސް ކުރިން  މިހްރާންގެ ކޮޓާރީގަ އޭނާއައި މިހްރާން ދެއްކި ހުރިހާ ވާހަކައެއް ޒަޔާންއާއި ރިހާމްއަށް އިވުނު ހިނދު އޭނާ އެތާގައި ހުރެފައި ދުވެފައި އައިގޮތައް އަދި ގެޔަކަށް ނުދެއެވެ. އުޅެނީވެސް އެމީހުންނާއި ފިލައިގެންނެވެ. ދެދުވަސް ވަންދެން ޒަޔާން ވެސް ރިހާމް ވެސް އޭނާއަށް ހުއްޓުމެއް ނެތި ގުޅިއެވެ. އޭނާ ފޯނު ނުނަގައިގެން އެގެޔަށް ދެމީހުން އައުމުން ވެސް ފާހާނާއަށް ވަންގޮތައް ނުނުކުމެ ނަވާރް ހުރީއެވެ.

ހައެއްކަ ފަހަރު ޒަޔާން ގުޅުމުން ވެސް ނަވާރް ނަގާކަށް ނޫޅޫނެވެ. އެހެން ހުއްޓާ ސިހުނީ ނަވާރްގެ އަތުގައި ޔަޒަން ހިފުމުންނެވެ. ފޯނަށް ބަލަހައްޓާއިގެން ގެއްލިފައި ހުރުމުން ޔަޒަން އައި ކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. ޔަޒަންގެ އަތް އިހްސާސްވި ވަގުތު  ނަޥާރް ވަގުތުން އަތް ނައްޓުވާލިއެވެ. އޭނާގެ މޫނަށް ރުޅިވެރިކަން ގެންނަމުން ހިނގައިގަތެވެ. ނަމަވެސް ދެވަނަ ސިކުންތު ލުއި ފަތެއް  ފަދައިން ނަވާރް އަތްދަނޑިމައްޗަށް އުފުލާލައިގެން ޔަޒަން ގޮސް ކާރުގެ ކްރީ ސީޓަށް އެރުވިއެވެ.  ގަދަ ހެދި ނަމަވެސް ޔަޒަންގެ ބާރު އިޙްސާސްވެގެން ނަވާރް ވެސް އިތުރަށް ގަދަ ނުދައްކާ އިނެވެ. އަނެއްފަރާތުން ޔަޒަން ވެސް އައިސް އޭރު ކާރަށް އެރިއެވެ.

“ނަވާ ޕްލީޒް.. ޖަސްޓް ލިސެން … ޗީޓް ކުރާ މީހުންނަށް ވެސް މީހުން ދޭ ސެކަންޑް ޗާންސް.. މިތާގަ މިއުޅެނީ މަ ޗީޓް ވެސް ކޮށްގެންނެއް ނޫން.. އަމް ބެގިން ފޯރް އަ ޗާންސް ޓް ޓޯކް.. އެކްސްޕްލެނޭޝަން އެއް  ދޭން މަސައްކަތް މިކުރަނީ..އެކަމަކު ނަވާ މަށަކަށް އެފުރުސަތެއް ނުދޭ… ކީއްވެތަ ފެންނަ މަންޒަރްތައް ނަވާ ގަބޫލް ކުރަނީ ހަގީގަތް ނުބަލާ..” ޔަޒަންގެ މޫނުމަތިން އޭނާ ވެފައި ހުރި ދެރަ ހާމަވެއެވެ. އެ މަންޒަރު ފެނުމުން ނަވާރްގެ ހިތުގައި ރިއްސައިގެން ވަރުން ދުރުބަލައިލިއެވެ.

ނަވާރްގެ ދެލޮލަށް ބަލަހައްޓާއިގެން އިނދެ ޔަޒަން ނަވާރްގެ މަޑު ދެއަތުގައި ހިފައިލިއެވެ. ޔަޒަންގެ ދެލޮލުން ވެއްޓުނު ކަރުނަތިކި އައިސް ނަވާރްގެ އަތުގައި ބޮސްދިން ވަގުތު ނަވާރްއަށް ސިހިފައި ޔަޒަންގެ މޫނަށް ބަލައިލެވުނެވެ. ކިތަންމެ ހިތްހަރުކުރަން އުޅުނުނަމަވެސް އެފަދަގޮތަކަށް ނަވާރްއަށް ޔަޒަން ފެނުމުން ކުރަމުންދިޔަ ހުރިހާ ހިތްވަރެއް ނެތިގެން ދިޔައެވެ.

“އަމް ސޮރީ..ސޯ ސޮރީ..ޕްލީޒް ތިހެން އާދޭސް ނުކުރޭ..އަމް ދަ ބޭޑް ވަން ހިޔާ..އަހަރެން ޖެހޭނެ އަސްލު ޗާންސްދޭން އެކަމަކް ބޯހަރު ވެވުނީ..ރިއަލީ ސޮރީ…”ޔަޒަންގެ ގައިގާ ބައްދާލި ހިނދު ނަވާރްގެ ދެލޯވެސް ފެންކަޅިވިއެވެ.ހަގީގަތުގައިވެސް ޔަޒަންއަށް ވާހަކަދައްކަން ފުރުސަތެއް ނުދެވި ދުރުކޮށްލެވުމުން އެވަގުތު ނަވާރް ދެރަވިއެވެ.އެމޫނަށް ވެރިވި އަސަރްތަކުން އެކަން ހެކިދެއެވެ.

“އިޓްސް އޯކޭ.. ދެން ބުނެބަ އެދުވަހު ލާރާ ބެއާ ދެއްކީތަ.. ދެކުނީމޭ މަ އެތެރެއަށް ވަންނަން އައި ގަޑީގަ ނަވާ ނުކުމެގެން ދަނިކޮން… އޭނާ ކީއްކުރީ.. ޓެލްމީ އެވްރީތިންގް.. މެރީ ކުރުމުގެ ކުރިން ވެސް ބުނީމެންނު ކިތަންމެ ކުޑަ ކަމެއް ވިޔަސް  ބުނަން..” ނަވާރްގެ މޫނުގެ ދެފަރާތު ގައި ޔަޒަންގެ ދެއަތުން ހިފާލިއެވެ. ހިތްވަރުކޮށްފައި އެދުވަހު ލާރާ އާ ދެމެދު ހިނގި ކަންތައް ކިޔާދިނެވެ. ފަހުން ދުވަހު ޔަޒަންގެ ކެބިން އިން ލާރާ ނުކުތުމުން އެކަމާއި ވެސް ސުވާލް އުފެއްދިއެވެ. މެސެޖްގެ ވާހަކައާއި ލާރާއަށް ގުޅި ވާހަކަވެސް އެހިއެވެ.

“ބުނަން ބޭނުންވި..އެކަމަކު ޔަޒަން ކޮންމެ ފަހަރަކު އަހަރެން ލާރާ އާއި ދެމީހުންގެ ޕާސްޓް އަހާއިރަށް ޓޮޕިކް ޗޭންޖް ކުރަނީ.. ކޮންމެ ފަހަރަކު ވެސް ޝައްކު ކުރަން ބޭނުން ނުވާތީ އަހަނީ.. ބަޓް ޔަޒަން އެހެން ހަދާތީ ހިތްވަރު ނުލިބުނީ..ރުޅި ވެސް އާދެވުނީ..ކުރިމައްޗަށް އެރީމަ ދެރަވާތީ ކޮންމެ ދުވަހަކު ޑިއުޓީ ނިމިގެން ވެސް ބަލަނީ ދުރުގަ ހުރެވޭތޯ..”އެހާ ހިސާބަށް ބުނަން ވާއިރަން ނަވާރްގެ ހިތައް އަސަރުކޮށްގެން ރޮވިއްޖެއެވެ. ނަވާރްގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަ ތައް ނުހަނު ލޯބިން ފުހެލަދެމުން ޔަޒަން ނުރޯށޭ ބުނެލިއެވެ. ގަޔާ ކައިރިކޮށްލަމުން ބައްދާލައިގެން އިނދެ އެ ބެއާރގެ ހަގީގަތް ކިޔައިދިނެވެ. އެންމެ ފަހުން ދުވަހު އޭނާގެ ކެބިން އަށް ލާރާ ގެންގޮސް ދެއްކި ވާހަކަ އާއި އެދެމެދުގައި މާޒީގައި ހިނގި ހާދިސާވެސް ވެސް ކިޔައައިދިނެވެ.

“މަށާ ލާރާ ދިމާ ވީ  ގްރޭޑް އެލެވެން އިން.. މީޝް ކިއައި ދީފަ ދޯ އޮތީ ޒަޔާން ފަހަތުން އުޅޭ ޝިއުރާގެ ވާހަކަ.. އޭނަ އާއިއެއްކޮން އުޅޭނީ.. މަށަކަށް ވެސް ނޭނގޭ މަ އޭނާ ދެކެ ލައިކް ވީ ކީއްވެކަމެއް..  އޭނާ ނަމްބަރު ހޯދައިގެން މަ ފުރަތަމަ ޓެކްސްޓް ކުރީ..ދެން ދެމީހުން ފްރެންޑްސް ގެ ގޮތުގައި މަންތްއެއް ވަންދެން ތިބެފަ އައި އާސްކްޑް ހާ އައުޓް.. ދެން ވަރަށް ލޯބިން އުޅުނީ.. އައި ވޯޒް ލައިކް ބްލައިންޑެޑް..ހަމަ އެހާ ވަރުވެފަ ހުރީ.. އަހަރެއް ފަހުން އައި ގެޓް ޓް ނޯ ދެޓް އެންޑް ޝީ ވޯޒް ޗީޓެޓް އޮން މީ….” ޔަޒަން ވާހަކަ ނަވާރް އިންއިރު އޭނާގެ މޫނުމަތިން ޝައުގުވެރިކަން ފެނެއެވެ. ހިސާބެއްގެ ހަސަދައެއް  ލާރާއަށް އުފެދުނު އިރު އެކުލަވަރު ޔަޒަން އަށް ވެސް ފާހަގަ ވެ ހިނިއަންނަން އުޅުނެވެ.

“އެނގޭތަ ކާކާކަން… ކިޔަވައިދޭން ދިޔަ ޓީޗަރ އަކާއި..ކާންޓް ބިލީވް ދޯ…އެންޑް އެ ޓީޗާރ އަށް އެނގޭ އަހަރެންގެ ބައްޕަ ރިޗް ކަން.. ކޭ އެލް އިންވެސްޓްމެންޓް ނޫނީ އަހަރެން ބައްޕައޭ ބުނީމަ ނޭނގޭނެ މީހެއް ހިޔެއް ނުވޭ ހުންނާނެ ހެންނެއް… ސޯ އޭނާ ބޭނުން ކުރީ ލާރާ.. ލާރާ ބޭނުންކޮށްގެން އެއްދުވަހަކު އަހަރެން ގެންދިޔައީ ލާރާ މެންގެޔަށް.. ދިޔައިރު ނޭނގޭ އެއްވެސް ކަމެއް..އެހެން ދުވަސްތައް ގޮތައް މީޓް ކުރަން ހަމަ ދިޔައީ…ރޫމުގަ ވާހަކަ ދައްކަން ތިބެފައި އޭނާ ދިޔައީ ބޭރަށް.. ގޮސް އައި އިރު ޑްރިންކްސް ހުރި..ލާރާ ދިން ޖޫސްތައްޓައް އޭނާ އަޅާފަ ހުރި ބޭހެއް ނޭނގޭ..ވަގުތުން ހަމަ ހުރިތަނަށް ވެއްޓުން .. ދެން ވީ ގޮތެއް ނޭނގޭ..އިރުކޮޅެއްގެ ތެރޭގަ ފާޑަކަށް ހޭލެވުން އޭރު ބިންމައްޗަށް ދެމިފަ އޮތީމަ ކުޑަކޮން ވާނުވާ އެނގުން..އެކަމަކު ތެދުވަންނާނެ ހިތްވަރެއް ނުލިބުން..އޭރު  ލާރާ އާއި މިބުނި ޓީޗާރ ހުރި އެތާގަ.. ދޭ އާއި ކިސިންގް އިންފްރޮންޓް އޮފް މީ…އަހަރެން އެހާލަށް ދޫކޮށްލާފަ އެމީހުން މަޖާ ނެގީ.. ވަރަށް ދެރަވި އެގަޑީގަ..ދެން ވަރަށް އުނދަލުން ރިހާމްއަށް ގުޅުނީ.. އޭނާގާތު އޮތްތަން ބުނެވުން. ދެން އެ ގަޑީގަ ފިރިހެން ގޮލާ އައިސް ބަނޑުގަ ކޮޅުފައިން ޖަހާލި ވަރަށް ބާރަށް..ދެން އަނެއްކާ ހެޔަށް ގޮތްވި..ދެން ހޭލެވުން އިރު އޮތީ ހޮސްޕިޓަލްގަ..ޒަޔާން އާއި ރިހާމް ދެން އާނާ ހުރީ.. އާނާ ބުނީ  އޭނާ  ދޮންބެގެ ހުރިހާ ސޭވިންގްސް އަކާއި ހުރިހާ ކާޑެއްގެ ހުރިހާ މަނީއެއް ޔޫޒްކޮށްފަ އޭ ހުރީ..އެކަމާއި ނުވޭ ދެރައެއް.. ލާރި ލިބޭ އޭރުވެސް ބޭނުންވަރަކަށް… އެކަހަލަ ގޮތަކަށް ލަނޑު ދިނީމަ ދެރަވީ.. މިހާރަކު ނުވޭ އެއްވެސް ދެރައެއް..މިބުނީ އޭރުގެ ވާހަކަ.. ދެން އޭރު މަންމަ ވެސް އައިސްފި.. މަންމައަށް ބަލައިލާފަ އެނގުން ވަރަށް ރޮއެފަ ކަން.. ޝީ ސެއިޑް ލާރާ އެކަނި އޯ ރޫމް ގަ ހުރީ ރިހާމް ދިޔައިރުގަ…އެ ފިރިހެން މީހާ ފިލައިފިޔޯ..ލާރާ ޕޮލިހުން ހައްޔަރު ކުރީމަ އޭނާގެ ބައްޕަ ހިލްމީ އެމީހުނަށް ކަޅު ފައިސާ ދީގެން ޖެއިލް އިން ނެރުނީ.. އަކްރަމް އުޅުނު އޭރުވެސް ލާރި ދީގެން އެ މައްސަލައިގަ ހިފާލަން ..އެގޮތައް ހަދަން އަހަރެން ބޭނުންނުވީ ބައްޕަގެ އަގު ވައްޓާލައިފަ އޮއްވަ އަނެއްކާ އާއިލާގެ ވާހަކަ މީޑިއާއަށް އަރަން…ހިލްމީއަކީ އޭރުވެސް ޕޮލިހެއް .. ހިލްމީ މަށައް މެސެޖް ކުރީ ލާރާ ބައްދަން މަސައްކަތް ކޮށްފިއްޔާ މަ  ފެމެލީއަށް އޭގެ ހިތި ފެންނާނެ އޭ ބުނެފަ.. ދެން މަ ނޫޅެން އިތުރަކަށް..އޭރު ވަރަށް ބްރޭކް ވި.. ބޮޑަށް އެވަރުގެ ދޯކާއެއް ލިބުނީމަ…ރޫމްގަ ވަރަށް ކްލޯޒް ކޮން ވެސް އުޅެވިފަ އެބަހުރި..ބަޓް އައި ހޭވް މައި ލިމިޓްސް ..އެވަރަށް ކްރޮސް އެއް ނުކުރަން.. އެއީ އަސްލު ނަވާގެ ކައިރީގަ ބުނަން ޖެހިލުންވި ރީޒަން.. ދެން ލާރާ ލޯބި ނުވެއޭ ކިޔާފަ ދިޔަސް އެހާ ދެރައެއް ނުވީސް ދޯ..ވަގެކޭ ބުނެވޭނީ އެއީ ހަމަ ..އޭގެ ފަހުން އަންހެނުން ދެކެ ފޫހިވި..އެކަމަކު ހީކުރިވަރަށް ވުރެން އަވަހަށް މޫވް އޮން ވި..ހުރިހާ ޝުކުރެން މައި  އޭންޖަލް އާނާއަށް..އެހުރިހާ ވަގުތެއްގަ އާނާއާއި ޒަޔާން އަދި ރިހާމް ހުރި އެންމެ ކައިރީގަ” ޔަޒަން އެވާހަކަ ތައް ނަވާރްއަށް ކިޔައިދިން ހިނދު ހީވީ ބޮލުން ބޮޑު ބުރައެއް ނެނގުނުހެންނެވެ. ސިކުނޑިއަށް ނުހަނު ފަސޭހަ ވިއެވެ.

އޭރު ނަވާރް އިނީ ރުޅިގަދަވެގެން ހަމައިން ނެއްޓޭވަރު ވެފައެވެ. ލާރާ ކުރިމަތީގައި ހުރިނަމަ އޭނާއަށް ނޮޅާލެވުނީސް އެވެ. “ވަޓް ދަ ފަ*.. ޝީ އިޒް އަ ބިޗް..ހައު ކުޑް ސަމްވަން ޑޫ ދެޓް.. ފޯރް ޝުއާ އަ ހިއުމަން ވުޑް ނެވާ ޑޫދެޓް..ކުޑަބެ މެންނަށް އެނގޭތަ އެއީ ކޫގެ ޓީޗާރ ކަން.. މިހާރް އެމީހާ ކޮބާ..ކޮން ނަމެއް ކިޔަނީ އޭނައަށް” ނަވާރްގެ މޫނަށް ރުޅިން ގޮސް ވަނީ ރަތްކުލަ ވެރިވެފައެވެ.

“ފައިރޫޒް ކިޔަނީ…އަސްލު ވީ ގޮތަކީ ރިހާމް އާއި ޒަޔާން އަށް ވުރެން އިތުރަށް މަ ނެގިން އެއް ސަބް..ލާރާ ވެސް  ދާނެ އެގަޑިއަށް..އެގަޑިއަށް ފައިރޫޒް ދަނީ.. އެ ކްލާސްއަށް ދާތީ ވެ އެދެމީހުންނަކަށް ފައިރޫޒްއެއް ނޭނގޭނެ.. އެހުރިހާ ކަމެއް ބަސްޓްވި ދުވަހު ވެސް ލާރާ ހުރީ އަމިއްލައަށް ބެދިގެން އެމީހާ ފޮރުވާފަ.. ސޯ ރިހާމްމެން އެރޭ އައި އިރުވެސް އެމީހުންނަކަށް އެ ފައިރޫޒްއެއް ނުފެންނާނެ..މަ ކައިރިގަ ވަރަށް އެހި..އެކަމަކު މަ ނުބުނަން.. އެހާ ރުޅިގަދަ ވާނެ އެދެމީހުން….ގޮސް ފައިރޫޒް މަރައިލެވުނަސް ނޭނގޭ ހާލުގަ ތިބޭނީ…. އެކަމަކު ޒެހެކް އަށް ފައިރޫޒް އޭ ބުނެފިއްޔާ އެނގޭނެ..ލާރާއާއި ޒެހެކް އާއި މަށާއި އެއްކޮން އެ  ކްލާސްގަ އުޅެނީ..އޭރުވެސް ޒެހެކް ހުންނާނީ އަންހެން ފްރެންޑަކަށް..ޝިއުރާ ވެސް އެދުވަސްކޮޅު ލާރާއާއި ދުރުން އުޅުނީ… މުޅި ސުކޫލަށް ލާރާ އާއި ޓީޗަރަކާއި އެކު  ގުޅުން ހިންގިކަމަށް ބަސްޓްކޮށްލީ މަ..އެކަކަށް ވެސް ކޮން ޓީޗަރެއްކަމެއް ނޭނގޭނެ.. އެދުވަސްކޮޅު ފައިރޫޒް ވަކި ކުރި…އޭނާ ދިޔައީ ފުރައިގެން ބޭރަށް.. ދެން ހިލްމީ މެދުވެރިވެގެން ފައިރޫޒްއާއި އިތުރު ދެ ޓީޗަރެއް ވެސް ވަކި ކުރުވި..މީހުންނަކަށް ނޭނގޭނެ ތާ އެތަނުން ކާކު ކަމެއް.. ” ޔަޒަން އެ ވާހަކަތައް އަޑުއަހަން އިން ނަވާރްގެ މޫނުމަތިން އެތައް ކުލަވަރެއް ފެންނަން ހުއްޓެވެ.ހައިރާންކަމާއި އުދާހެވެ. ރުޅި އާއި ހިތާމައެވެ. ޔަޒަން އެހާ އަވަހަށް ލާރާގެ މަތިން ހަނދާން ނައްތާލުމުން ނަވާރްގެ މޫނުމަތިން ފެނިގެން ދިޔައީ ބުނެދޭން ވެސް ނޭނގޭ ފަދަ އުފާވެރިކަމެކެވެ. ޔަޒަންގެ ގައިގާ ބައްދާލައިގެން ހުރެ އެތައްފަހަރަކު  ތައުރީފް ކުރިއެވެ. އޭނާ އަނެއްކާ ވެސް އަހައިލީ ލާރާއަށް އޭނާ ދެއްކިފަދައިން ޔަޒަން މެސެޖް ކުރިތޯއެވެ.

“ނަވާ ތިބުނި މެސެޖް އެ ނޭގޭ ކިހިނެތް ކަމެއް ..ހަމަ ގައިމް ވެސް މީން ޒަމާނަކު މަށެއް ނުފޮނުވަން މެސެޖެއް.. ޒަޔާން އޭ ކިޔާފަ ދޯ އިނީ ވެސް.. ވެދާނެ ކުރީގެ ޓެކްސްޓެއް ގޮތަކަށް އެޑިޓް ކޮށްގެން ކަމަށް.. މަ އެކަމަކު އެދުވަހު ދެފަހަރަށް އޭނާއަށް ގުޅިން .. އެވެސް މަޖުބޫރުވެގެން..ސުޖާއު ސާރ ވެސް ހުރިމަ..އެމީހުންގެ ޔުނިޓްގެ ޑެސްކްޓޮޕްތައް ބަޔަކު ހެކް ކޮށްގެން…އެހެންވެ އެޓީމް އެންމެން ބޭނުންވާނެނު..އަމާޔާ ވެސް ފޯނު ނުލާ އުޅުނީ.. ސޯ މަ ގުޅިން އޭގެ ކޯޑްއެއް ހޯދަން އެއްފަހަރު.. ދެން އެކަމަކު މެސެޖް އެއް ނުކުރަން ..ދެން ފަހުން ގުޅިން އަންނަން ބުނެފަ..އޭގެފަހުން ބްލޮކް ކުރިން އުނދަގުލެއް ޖެހިދާނެތި..ދެން ކެބިން އިން ފެނުނު ދުވަހުވެސް ޒެހެކް މެދުވެރިކޮން ކެބިންއަށް އަންނަން ވެސް އޭނާ ކައިރިގަ ބުނީ..އެކަމަކު ތި މެސެޖްގެ ހަގީގަތް އަދި ބަލާނަން.. ” ޔަޒަން  އޭނާގެ ފޯނު ދައްކާފައި އިތުރަށް ޔަގީން ކޮށްދިނެވެ. ޔަޒަންގެ ވާހަކައިން ނަޥާރް ވެސް  ޔަގީން ކުރީ ޔަޒަން ހާސިލްކުރުމަށް ލާރާ ދޮގުހަދައިގެން މޮޅެތި ޕްލޭންތައް ކުރަނީ ކަމުގައެވެ. އެންމެ ރަނގަޅުތާއެވެ. އޭނާ ވެސް ހުންނާނީ ވިސްނައިގެންނެވެ.

“އަމް ސޯ ޕްރައުޑް އޮފް ޔޫ ހަޒްބެންޑް…ނަސީބެއް ކެބިންގަ ވެސް ކެމެރާ ހަރުކުރެވިފަ ހުރިކަން..އެހެންނޫނަމަ ނޭނގޭ އެ އަންހެނާ ހަދާލާނެ ގޮތެއް.. ކުޑަބެ އާއި ރިހާމްބެ ކައިރީގައި ނުބުނިކަން ހަމަ ނަސީބް އެ ޓީޗަރުގެ ވާހަކަ.. އެމީހުން ކައިރިގަ ބުނިނަމަ ސުޢާ މިހާރްވެސް ޖަލުގަ ތިބޭނީ..ރުޅިގަދަ ގުރޫޕެއް އެއީ..ބަޓް ދެން ނުވާނެ އެކަހަލަ ކަމެއް އިންޝާﷲ އަހަރެން މިހެން އަބަދުވެސް ހުންނާނަން..ވެދިޔަތަން ހަނދާން ނައްތާލަމާ.. އަނިޔާވެރިންނަށް އޭގެ ހިތި ފެންނާނެ.. މުސްލިމުންނަށް ވީތީ ކެތްތެރިވާން ވާނެ.. އާހް ހިތައް އަރާ އޭރު އަހަރެންނާ ދިމާވިނަމައޭ.. ހުރިހާ އަންހެނުން ދެކެ ފޫހިވަންޏާ އަހަރެން ދެކެ ވެސް ފޫހިވާނެ ދޯ.. ފަހުން އެ ލާރާ ކޮންތާކަށް ދިޔައީ..ނަވާރް އިނދެފައި މައުސޫމްކަމާއެކު ކޮށްލި ސުވާލުން ޔަޒަންގާތައް ހިނިއައެވެ.

“ފަހުން ޒަޔާން މެން ކީ އޭނާ ވެސް ބޭރަށް ދިޔަ ވާހަކަ..ފައިރޫޒް ކައިރިއަށް ނޫން ކަމެއް ވެސް ނޭނގެ.. ..އެއަކަށް ނުކެރުން ސްކޫލަށްވެސް އަންނާކަށް.. ނޫނޭ ދޫނީ.. އޭރު ފޫހި ވާހަކައޭ ބުނީ.. ބަޓް ވެން އައި ސޯ ޔޫ އެންމެ ފުރަތަމަ ދުވަހު ވެސް މިހިތުގެ ހުރިހާ ހުރީ ބީޓެއް ހަލަބޮލި ކޮށްލި..ރިހާމްގެ ނިޔަފަތި ނަވާގެ އަތައް ހެރިގެން ބޭސް އަޅައިދޭން އަތްލި ވަގުތު އެއީ ފީލިންގްސްތައް ބުނެދޭން ވެސް އުނދަގު ވަގުތު ކޮޅެއް.. ފެލްޓް ވި ވަރަށް ސްޕެޝިއަލް އޭ ފުރަތަމަ ވެސް..ޔޫ ނޯ ވަޓް އައި ރިއަލީ ލަވް ޔޫ.. ޑޯންޓް އެވާ ތިންގް މަ ދޫކޮށްލާފަ ދާން..އެހެން ހިތައް އެރިއަސް އިޓްސް ކިލިންގް މީ.އެހާ ވަރަށް ލޯބި ވޭ.. ” ނަވާރްގެ މޫނާއި މޫނު ކައިރިކޮށްލި ޔަޒަންއަށް ނަވާރްގެ ހިތުގެ އަޑު އިޙްސާސްވިއެވެ. ނަވާރްގެ ލޮލުން ފެންތިއްކެއް ކޯތާފަތުން ތިރިއަށް ފިރުކިލައިގެން ދިޔަ ހިނދު ޔަޒަން އަށް ނަވާރްގެ ކޯތާފަތުގައި ތުންފަތް ބީއްސާލެވުނެވެ.

“އައި ލަވް ޔޫ ޓޫ.. ކްލާސް ހުރިހާ ފިރިހެން ކުދިންހެން ފަހަތުން ނެއްޓެން ނޭނގިގެން އުޅުނު އިރުވެސް ޔަޒަން ފެނުން ފަހުން އެހެން ކަމަކަށް ނީނދޭ މައިންޑެއް.. ކެން އައި ހަގް ޔޫ..” ނަވާރްކުޑަކޮން މޫނުމައްޗަށް އުފުލާލައިގެން އިނދެފައި ދެއަތް ފުޅާ ކޮށްލިއެވެ.

“އޮފްކޯޒް ބޭބީ.. އަމް އޯލް ޔުއާސް.. ދެން ދުވަހަކު ވެސް އެގޮތައް ރުޅިއައިސްގެން ނުހުނައްޗޭ.. ..އައި ވިލް ބީ ގުޑް.. އަމް ސޯ ސޮރީ ފޮރް އިގްނޯރިން ޔޫ.. އެންޑް.. ލާރާ ގެއަށް އައި ކަންތައް ކިއައިދޭން ވީ ދޯ….” ޔަޒަން ނަވާރްގެ ގައިގާ ބައްދާލައިގެން އިނދެ ކިއައިދިނީ މިލީނާ ވެސް ނަވާރްއަށް ބުނެދިން ގޮތަށެވެ. ކޮމްޕިއުޓާ ކަންތަކާއި ވަރަށް ބިޒީކޮން އުޅުނު ވަގުތެއްގައި ޝަހުރޫޒްގުޅާފައި ކުއްޖަކު ގެންނަ ވާހަކަ ބުނީމަ އަވަހަށް ފޯނު ބާއްވަން ކާކުތޯ ވެސް ބަލައިނުލާ އޭނާއަށް އާއެކޭ ބުނެވުނީއެވެ. ޔަޒަންއާއި ލާރާގެ ގުޅުން ކުރިން އޮތީ ސަހުރުޒް ރާއްޖޭން ބޭރުގައި އުޅެނިކޮން ކަމަށާއި ޝަހްރޫޒް އާއި އަލީ ހިލްމީއަކީ ރައްޓެހިންކަމެއް ކުރިއަކުން ނޭގޭ ކަމަށް ޔަޒަން ބުނެދިނެވެ. އެދުވަހު ލާރާގެއިން ނެރެން ހިފާލި ވަގުތު ނަވާރްގެ މަންމަ އެގޭގައި ހުރުމުން އެކަމަށް ހުރަސް އެޅުންވާހަކަވެސް ޔަޒަން ބުނެދިނެވެ.

“އިޓްސް އޯކޭ.. ދެން އެކަމަކު ކާކު ތޯ ބަލައްޗޭ ބިޒީ ވިއަސް.. ދެން މިފަހަރު ބަހައްޓަމާ ދޯ އިހަށް ..ޔަޒަންގެ ކާފަގެ މޫނުމައްޗަށް އެރުން ކަހަލަ ކަމެއް  އެއީ އަލަށް ކަމަކު ބުނީމަ އެހެން ހެދީމަ.. ވީ ވިލް ބީ ކެއާފުލް މީގެ ފަހުން..” ނަވާރް އެހެން ބުނަން ފޫހިވީ ނަމަވެސް ހަގީގަތުގައި ނަވާރް ބޭނުންވި ޝަހްރޫޒް އާއި ހިލްމީ އަދި ލާރާ ވެގެން އެ ގަންނަން އުޅޭ ގަނޑެއް  ބެލުމެވެ. އިރާދުކުރެއްވިއްޔާ ދެން އޭނާ ވެސް ހުންނާނީ އެމީހުންގެ ކޮންމެ ކަމަކަށް ކުރިއަށް ވުރެން ބޮޑަށް ސަމާލު ވެގެންނެވެ. ޔަޒަންއަށް ޝަހުރުޒްގެ އަނދިރިފަޜާތް ކިޔައިދޭން ނަވާރް ބޭނުންވަނީ އެކަށީގެންވާ ހެކި ފެނުނީމައެވެ. އެހެން ހުއްޓާ އަނެއްކާ ވެސް  ޒަޔާން ގުޅަން ފެށިއެވެ. އޭނާ ކަނޑާލާ އިރަށް ރިހާމް އެވެ. ރިހާމް ބާއްވާއިރަށް މިހްރާން އެވެ.

“މިތިބަ ބަޔަކާ ހަދައިގެން މީހަކަށް ކަމެއް ވެސް ނުވާނެ ..ހީވަނީ ދެރަ ބަހެއް ބުނެގެން  އުޅޭހެން..” ނަވާރް ގައިން ދޫކޮށްލާފަ ޔަޒަން އެ ފޯނު ނަގާ ނިއްވާލަމުން އަނެއްކާ ވެސް ނަޥާރް އާއި ގާތްވެލިއެވެ. އެވަގުތު ދެން ގުޅަން ފެށީ ޔަޒަންގެ ފޯނަށް ރިހާމް އެވެ.. ތިންވަނަ ފަހަރަށް ގުޅިތަނާ ޔަޒަން ފޮނު ނެގިއެވެ.

“އޭއް ކިހިނެތް ވެގެން ތިއުޅެނީ.. މަ އަންހެނުންނަށް ކޮންހާ އުނދަގުލެއް ތިކުރަނީ..ބެޑްގަ ތިއްބަ އޭ..” ލާނެތް ވެލާފައި ޔަޒަން ބުނެލި އެއްޗަކުން ނަވާރް ލަދުން ގޮސް މުޅި މޫނު ރަތްވިއެވެ.

” ކަލޭމެންނަށް ނޯވޭތަ ވަކި އިރެއް ..މި ރޯމާ ދުވާލޭ… ކައެ މިހާރު ފޮނި ދައްކަނީ ތި އަހަރުންނަށް ވުރެން ކުރިން މީހަކާ އިނދެވުނީމަ.. ކޮބާ ތަ އެ ނަވާރު.. ބުނޭ ހަމަ މިޙާރު ފޯނު ނަގާށޭ.. ޒަޔާން  ވަރަށް ރުޅިއައިހޭ ހުރީ..” ރިހާމްގެ ވާހަކައިން ދެމީހުން ގާތައް ވެސް ހިނިއައެވެ. ނަމަވެސް ނަވާރްގެ ހިތް ނުތަނަވަސް ވީ ޒަޔާން ކުރުނުކުރާނެ ކަން އެނގޭތިއެވެ. އޭނާގެ އަތުގައި ޒަޔާންގެ ސުވާލްތަކަށް ދޭނެ ޖަވާބެއް ނެތެވެ. އެދުވަހުގެ ފަހުން އޭނާ އެއުޅެނީ މިހްރާންއާއި ވެސް ފިލައިގެންނެވެ.

“ހޫމް މި ދިނީ ނަވާ އަތައް” ރިހާމް އެންމެ ފަހު ކުރު ނުކުރުމުން ޔަޒަން ސްޕީކަރަށް ލުމަށްފަހު ފޯނުން ނަވާރްއަށް އިވޭނެހެން ބޭއްވިއެވެ.

“ނަވާ..ކުޑަބެ އަށް ދުވަހަކު ކަމެއް ކޮށްދެންޏާ ހަމަ މިހާރް މިގެޔަށް  އާދޭ.. މިފަހަރު ފިލައިފިއްޔާ އަސްލަށް ވެސް ރުޅި އަންނާނެ އިނގޭ.. މީ މިހާރު ހަތަރުވަނަ ދުވަސް އަހަރުމެން ތިންމީހުންނަށް އިގްނޯ ކުރާތާ.. އެކަނި ހުރެ  ރަނގަޅު ބޮނޑިއެއް ބޯން ދޯ ތިއުޅެނީ..” ޒަޔާން އެހިސާބަށް ބުނި ތަނާހެން އަވަސް ހަރަކާތަކާއި އެކު ނަވާރް ފޯނު އިން ސްޕީކަރު އޮފްކޮށްލައިފާ ކަންފަތް ޖަހައިލަމުން ޔަޒަން އާއި ދިމާ ބަލައިލިއެވެ.

“މިރޭ ދާނަން..މާދަން ފްރައިޑޭ ވީމަ ހުރެވިދާނެ ލަސްވަންދެން..މިގަޑިގަ ކިހިނެތް ތަ ދާނީ.. މިއުޅެނީ ޑިއުޓީ ނިންމާފަ ގެޔަށް ވެސް ނުގޮސް .. ޔޫ ގާއިޒް  އާ ސްޕޮއިލިންގް އިނގޭ..” ނަވާރް ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް ބެލީ ރީތިކޮން ވާހަކަ ދެއްކޭތޯ އެވެ. ޒަޔާން އާއި ރިހާމް އާއި ހެދި އޭނާ ރަނގަޅަށް ބޭޒާރު ނުވީ ކިރިޔާއެވެ. ވަރަށް ވަރުން އެންމެ ފަހުން ދެމީހުން ނަވާރް ބުނިގޮތާއި ރުހުނެވެ.

“ވަޓް ހެޕެންޑް.. “ޔަޒަން އެހެން އަހާނެކަން މާކުރިން ވެސް ނަވާރްއަށް އެނގެއެވެ. ދުލުކުރީގައި ދަތްއަޅާލައިގެން ހުރެ އެމީހުންނާއި “ފައިޓް” އެއް ކޮށްގެންނޭ ބުނުމުން ޔަޒަން ހޭން ފެށިއެވެ. އޭނާ ވެސް އިތުރަށް އެއްޗެއް ނުބުނެ ކާރު ދުއްވާލީ މިރޭ ގެޔަށް ދާންވާނެއޭ ބުނެފައެވެ.

***

“ދަރިފުޅޫ..ބައްޕަ އަންނަން ވާ އިރަށް ހުސްކޮށްލައްޗޭ.. މޮޅު ކުއްޖެއް ނު ދޯ..ބައްޕަ މިހާރު އެ އަންނަނީ ގެއަށް..” ޒެލީން ނުކާންވެގެން ބޮޑާހާކާވަރުން މިލީނާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. މިހާރަކަށް އައިސް ޒެލީން ނުކާން އުޅޭގޮތުން މިލީނާ ހުންނަނީ ހަނދާނެ ގޮތް ވެފައެވެ.

“ޒެލީ އިއްޔެ ވެސް ނުކަމެންނު…މިހާރު އިޝާ ނަމާދަށް ގޮވަން އެއުޅެނީ..ކައިގެން މަންމައާއި ދެކުދިން ނަމާދަށް ދާނީ… ހިނގާ އަވަސް ކުރަމާ..” ނުހަނު ލޯބިން މިލީނާ ޥާހަކަ ދެއްކިއިރު ހިލާ ޒެލީން ކާން އެއްބަސް ނުވިއެވެ. ބިމުގައި ދެފައިތަޅައިގަނެ އިތުރަށް ބޮޑާހާކާލިއެވެ.

“ކިހިނެތް ވީ ދޫނީ ..ބޮޑާ ހާކާލަނީ..” ނަވާރް ބަދިގެއަށް ވަދެގެން އައިއިރު ޒެލީން ފެނި އަހައިލިއެވެ.

“ހަމަ އެއްގޮތަކަށް ވެސް މިއަދުވެސް ނުކެއި..ދަރިފުޅު ދޮންބެދައްތަ ކައިރިން ކާނަންތަ.. ބައްޕަ އަންނަން ވާއިރަށް އަދި ރަނގަޅު އެއްޗެއް ހަނދާލަން މިއުޅެނީ..ކޮބާ ޒޭން” މިލީނާ ގޮނޑީގައި އިށީންދެލީ  ޒެލީންގެ ފަހާ ދުވެ ދުވެ ވަރުބަލި ވެފައި ހުރިވަރުންނެވެ. ނަވާރް ފެންނަ އިރަށް ދުވެލައިފާ އައިސް ނަވާރްގެ ގައިގާ ބައްދާލިއެވެ.

“ޑިއުޓީ އިން އައިގޮތައް ނިދާފަ… އަޅެ އާދެބަ ހުސްކޮށްލަން  ..އައިސްކްރީމް އެއް ދޭނަން މި ހުސްކޮށްލީމަ … އޯކޭ ދެކުދިން ވެގެން ކާނީ ދޯ..ކޮން ކުއްޖަކަށް ތޮ އަވަހަށް ކެވެނީ..” ޒެލީން ގޮނޑިއެއްގައި ބައިންދާފައި ނަވާރް ވެސް ތައްޓަކަށް ކާ އެއްޗިސް އަޅާއިގެން ޒެލީން ކައިރީގައި އިނދެ  ކާންފެށިއެވެ. މާގިނައިރެއް ނުވެ ޒެލީން ވެސް ކާންފެށުމުން މިލީނާގެ ގާތައް ހިނިވެސް އައެވެ. ނަވާރްއަށް  އޭނާ ބަލައިލީ ލޯބިން ފުރިގެންވާ ފަދައަކުންނެވެ.

“މަންމަ ތަޅުވާލީ އޭ ދޯ … އަހަހަ” ޒެލީން ތަށި ހުސްކޮށްލުމުން ނަވާރްއަށް ވެސް ހެވުނެވެ. މިލީނާ ވެސް ލާނެއް ކުއްޖެކޭ ބުނެ ޒެލީންގެ ގައިގާ ބައްދާލިއެވެ.

އެމީހުން އެތާގައި ތިއްބާ ލާރާ އައިސްވަނެވެ.

” ހައި ޒެލީ ..ހައި ދައްތާ..” ނަވާރް ހުރި މީހަކަށް ވެސް ހަދާނުލާ ޒެލީން އާއި މިލީނާއަށް ލާރާ ގޮވައިލިއެވެ. އެކަކުވެސް ބަލާ ވެސް  ނުލުމުން ރަކިވެފައި  ހުރެ އޭނާ ދިޔައެވެ.

“ފޫހި ފޫހި ދައްތަ އެއް އެ.. ޒެލީ ވަރަށް ރުޅި އާދޭ.. ކާފަ ކައިރީގަ ބުނިން މިގެއިން އެއްލާލާށޭވެސް.. ޒެލީންގެ އަޑުއިވި މިލީނާ އާއި ނަވާރްއަށް ހޭންފެށުނެވެ.

****

ނަވާރް ކޮޓަރިއަށް ވަނީ އަށެއް ޖެހި ހާ އިރު ޒަޔާން އަނެއްކާ  ގުޅުމުންނެވެ. ޔަޒަން ނިދާފައި އޮތުމުން ނުގޮވާ ޝާކިރް އާއެކު ނަވާރް ގެޔަށް ދިޔައީ، އެގެއިން ނިމިގެން ބަލާ އަންނަން ވުމުން ޔަޒަންއަށް ގުޅާލަން ހިތައް އަޜާފައި އެވެ. ގެއަށްއައި ގޮތައް ފުރަތަމަ ވެސް އޭނާ ޓެރެހަށް އެރި އިރު ތިން މީހުން އެތާގައި ތިއްބެވެ. ފުރަތަމަ ވެސް ޒަޔާންގެ މޫނުމަތީގައި ހުރި ރުޅިވެރިކަމެއް ނަވާރްއަކަށް ނޯޅުނެވެ. އޭނާ އެވަގުތުހުރީ ބިރުން ވިރިވިރިއެވެ.

“ބިރެއް ގަންނާނެ ކަމެއް ނެތް.. ކުޑަބެ މާ ރުޅި އަންނާނެ ނަވާ އިތުރަށް އެންމެ ކަމެއް ސިއްރު ކުރިއަސް …” ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް ޒަޔާން ވާހަކަ ދެއްކީ މަޑުންނެވެ. ނަވާރްވެސް އިތުރަށް ސިއްރު ކުރާކަށް ބޭނުމެއް ނުވިއެވެ. އެމީހުންނަށް އެދުވަހު ހުރިހާ ވާހަކައެއް އިވިފައި ވާތީ ނަވާރް ގަސްތުކުރީ ހުރިހާ ކަމެއް ފެށުނު ހިސާބުން ކިޔައިދިނުމަށެވެ.

ނަވާރް، އާނާ މަރުވިދުވަހުން ފެށިގެން މިއަދާ ހަމައަށް ހިނގި ހުރިހާ ކަމެއް ފޮރުވުމެއްނެތި ކިޔައިދިނެވެ. އިންޒާރް ދިން ވާހަކަ އާއި މެސްޖްތަކާއި ކޯލްތައް އަދި އާނާ އެގެޔަށް އައި ގޮތާއި ޔަޒަން އާއި މިލީނާގެ ގާތައް ނުދިޔަ ސަބަބު ވެސް ބުނެދިނެވެ. އާނާ އެގޭގައި ހުރިކަން ޔަޒަން އަށް ފަޅާ އެރިދުވަހު ވީގޮތާއި އެދުވަހު އެމީހުންނަށް ބަލަހައްޓައިގެން ހުރި މީހަކީ ޒެހެކް ބައްޕަ ކަންވެސްބުނެދިނެވެ. އަދި އާނާ އެގެއަށް އައީން ސުރެން މީހަކު މިގޭގެ ކުރިމައްޗަށް ހުރި އިމާރާތުގައި ހުރެ ބަލާ ވާހަކައާއި ސުކޫލަށް ދެމީހުން އެއްކޮން ދާއިރުވެސް ބަޔަކު ފަހަތުން އަންނަ ވާހަކަ ނަވާރް ބުނެދިނެވެ.  ބަގްސް އާއި ކެމެރާ ތައް ހަރުކޮށްގެން ފާރަ ލީ ވާހަކައާއި ޔައުގޫބްގެ ވާހަކަވެސް ނަވާރް ކިޔައިދިނެވެ.  އެއްވެސް ކަމެއް ސިއްރު ނުކޮށް ކިޔައިދެވުން އިރު ހީވީ ބޮލުން ބޮޑު ބުރައެއް ނެގުނުހެންނެވެ. ނަވާރް ތިންމީހުންނަށް ބަލައިލި އިރު މިހްރާންގެ މޫނުމަތިން ތަފާތު އަސަރެއް ނުފެނުނު ނަމަވެސް ޒަޔާންއާއި ރިހާމް އަށް ލިބުނީ ވަރުގަދަ ޝޮކްތަކެކެވެ. ދެން ޝަހްރޫޒްގެ ފޯނު ކޯލް ވާހަކަ ނަވާރް ކިޔައިދިނެވެ.

”ޒެހެކްގެ ބައްޕަ އެތަނުން އެދުވަހު ފެނުނަސް އަހަރެމެންނަށް އެހެރި ބިލްޑިންގް އިން ފާރަލީ އެހެން މީހެއް..އެމީހާ ހުރީ ވަރަށް ބިޔަކޮން .. ޒެހެކްގެ ބައްޕަ ވަރަށް ހިކިކޮން ހުންނާނީ.. ސޯ ޔަގީން ވޭ އެބަ ތަފާތު ބައެއްކަން އެއީ… މިހިސާބަށް  އެނގޭނެ ޔަޒަންއަށް ވެސް… އަހަރެމެން ދިޔައިން ޒެހެކް ބައްޕައާއި ބައްދަލްކުރަން.. ބަޓް ހީ ރެފިއުޒްޑް ޓް ޓޯކް އަސް..އޭގެ ފަހުން ޒެހެކްއަށް ވެސް ޔަޒަން ކިޔައިދިން އަހްމަދުބެއާއި ބައްދަލް ކުރެވޭނެ ގޮތެއް ވޭތޯ މަޖުބޫރުވެގެން …އަދި ވާގޮތެއް ނުވޭ…އެކަމަކު ޔަޒަންއަށް ވެސް ނުކިޔާދޭ ވާހަކަ އެއް ބުނަންތަ.. “ނަވާރްގެ ވާހަކަ އެހިސާބަށް ދިޔަތަނާ ތިން މީހުން އެއްފަރާ ކަހަލަ ގޮތަކަށް އަވަހަށް  ބުނާށޭ ބުނެލިއެވެ.

“އާނާ އެދުވަހު ގެއިން ނުކުތީ ކަންތައް ގަނޑެއް އެނގިގެން..އާނާ ފިލައިގެން ހުރެ ވަރަށް ގިނައިރު އެމީހުންގެ ވާހަކަ ތައް އަޑުއެހި.. އެމީހުން ފޮރުވަމުން ދިޔަ ވަރަށް ބޮޑު ކަމެއް އެނގިގެން ދިޔަ ހިނދު އެކުއްޖާ ފަކީރަށް ލިބުނު ޝޮކުން ތެޅިގަނެވުންތަނާ އެމީހުންނަށް އާނާ ފެނުނީ… އެމީހުން އާނާގެ ފަހަތުން ދުއްވައިގަތީމަ އާނާ ވެސް ދުވެފައި ނުކުތީ …ނުކުން ވަގުތު ޖެހުނީ އިތުރު މީހެއްގެ ކުރިމައްޗަށް ..އޭނާ އެހީވީ އާނާ އަށް..އެދުވަހަށް ފަހު އާނާ ހިޔާއަށް ގެންދިޔައީ..އާނާ އަށް ކޮންމެ ދުވަހަކު ވެސް މެސެޖްތަކާއި އިންޒާރްތައް ލިބޭ.. ހައު ކޭން ޝީ ގޯ އަމިއްލަ ގެޔަށް…  އޭނާގެ ފަހަތުން އެތާ ތިބި ބަޔަކު އައި ކަމަށް ވަނީ ކާރުގަ އާނާ ނައްޓާލި އިރުވެސް…” ނަވާރްގެ ވާހަކަތަކުން މިފަހަރު މިޙްރާން ވެސް ހުރީ ޝޮކް ޖެހިފައެވެ.

“ދެންމެ މިބުނި ކަންތައް ތައް ޔަޒަން އަކަށް ނޭނގޭނެ.. އާނާގެ ރޫމް އިން ފެންނާނެ ސިޓީއެއް ޔަޒަން އަށާއި މަންމައަށް ..އާނާ ހޯދަން ނޫޅޭށޭ ކިޔާފަ ބައިވަރު އެއްޗިސްތަކެއް ހުރި ލިޔެފަ… ތިމީހުންނަށް  ވެސް އެ  ސިޓީގެ ވާހަކަ އެނގޭނެ ކަންނޭގެ… ދެން އާނާ ކައިރީގަ މަށެއް ނުއެއް އަހަން ..އާނާއެއް ވެސް ނުބުނެ އާނާއެއް ނޫނޭ ސިޓީ ލިއެފަ ރޫމްއަށް ލީއެއް.. އެހެންނޫނަސް ވިސްނާލިއަސް އެނގޭ ދޯ އާނާއަށް  ސިޓީ ލިޔަން އެދޭތެރޭގަ ޓައިމް ނުވާނެ ކަން.. ކުއްލިޔަކަށް އެދުވަހު ވީ ހުރިހާ ކަމެއް…އާނާއަށް ބަސްޓްވި ކަމެއް ބަސްޓް ވީ ހިސާބުން އާނާ ނުކުތީ ގެއިން .. ” ނަވާރް އިސްޖަހައިގެން އިންގޮތައް އިނެވެ. މިހްރާންއާއި ޒަޔާން އަދި ރިހާމްގެ މޫނުމަތިން ފެންނަނީ ހައިރާންކަމާއި ޝޮކް ޖެހިފައިވާ އަސަރްތަކަކެވެ.

” އެންޑް ދެން ވީ ގޮތަކީ އާނާ މަރުވި ދުވަހުގެ ކުރިން ޝީ ޓެކްސްޓެޑް ޔަޒަންއަށް … އޭގަ  ބުނެފަ އިން ވާހަކަ އިން  އަސްލު މަށައް ޝައްކު ވީ އެގޭތެރެއިން ކަންތައް ގަނޑެއް ހިނގާކަން.. އެހުރިހާ ދުވަހަކު ޔަޒަން އަށް ވެސް ހީވެފަ އޮތީ އެންޑް ޝައްކުވެސް ކުރީ އަކްރަމްބެ އަށް..ބަޓް އެނގޭތަ މިބުނާ ދުވަހު އާނާ ދުވެފަ ބޭރަށް ނުކުމެގެން އައިތަނާ ޖެހެވުނީ އަކްރަމްބެ ކުރިމައްޗަށް..ބޭބެއަށް އެންމެ އާނާ ލާން ސޭފް ތަނަކަށް ވީ ހިޔާ..އެތަނަށް ލައިފަ ބަރާބަރަށް އަކްރަމްބެ ވެސް އާނާގެ ހާލު ބެލި..އެކަމަކު ވެން މައި މޯމް ސޯ ހާރ.. ފުރަތަމަ ވެސް ތަފާތުކަން ފެނުނު މަންމައަށް..ކޮންމެ ދުވަހަކު ކިޔާނެ އާނާގެ ވާހަކަ..ކުޑާބެ މަންމައަށް އައިޑިއާ ދިނީ އާނާ ގެއަށް ގެންނަން .. ދެން މަންމަ ވެސް ބޭނުންވީ އެގޮތް ވަރަށް މަސައްކަތުން އާނާ ގެއަށް ވެސް ގެނެވުނީ.. މަންމަ އެހެންތާކުން ޖޮބް ހަމަޖެހިގެން ދާން އޮތް ލާސްޓް ޑޭގަ…ދެން އޭގެފަހުން އަކްރަމްބެއަށް އެނގުނީ ނާނާ ގެންދިޔަކަން މަންމަ..” ނަވާރް ބަލައިލީ ޒަޔާން ގޮވައިލުމުންނެވެ. އަކްރަމް ވާހަކަ ބުނެދިން ހިނދު ޒަޔާން ހައިރާން ވެފައި ހުރި އިރު މިހްރާން ވެސް ހުރީ އެފަދަ ގޮތަކަށެވެ.

ރިހާމް މޫނުމަތިން އެފަދަ އަސަރެއް ފެންނަން ނެތީ އެއި އޭނާއަށް  އާ ހަބަރަކަށް ނުވާތީއެވެ. ރިހާމް ދެން ބަލައިލީ ދޮރު މަތީގައި ނަޥާރްއަށް ފުރަގަސް ވާހެން ހުރި ޔަޒަންއެވެ. ޔަޒަން އެތަނުގައި ހުންނަތާ އިރުކޮޅެއް  ވެއްޖެއެވެ.

އެތިންމީހުންނަށް ފެނުން ނަމަވެސް ޔަޒަން  އަތުގެ އިޝާރާތުން މަޑުން ތިބުމަށް އިޝާރާތް ކުރުމުން އެމީހުންވެސް އަޅާނުލާ ތިބިއްޔެވެ. އޭރު ޝަހްރޫޒްގެ ވާހަކަތައް ނަވާރް ކިއަދީފައި ވާތީ  ބިރެއްނެތެވެ.

ހޭލެވުންއިރު ނަވާރްގެ ހިލަމެއް ނުވާތީ ފޯނު ބަލައިލިއިރު ގެއަށް އަންނަ ވާހަކަ ނަވާރް މެސެޖްއަކުން ބުނެފައި އޮތުމުން އޭނާ ލަސްނުކޮށް އެގެޔަށް އައީއެވެ.

“ވެއިޓް ވަޓް..އަކްރަމްބެއޭ…ރިހާމް އަހަރުން އުޅުނީ އޭރު އޭނާއަށް ޝައްކުކޮށްގެނެއްނު..” ޒަޔާން ބަލައިލީ ރިހާމްގެ މޫނަށެވެ. އެވާހަކައާއި  އެއްބަސްވުމުގެ ގޮތުން އޭނާ ބޯ ޖަހައިލިއެވެ. ނަވާރް އެމީހުންނާއި ދިމާލަށް އެނބުރު ވަގުތު ޔަޒަން ފެނިގެން ހުއްޓުން އެރިއެވެ. ލިބުނު ޝޮކުން އަނެއްފަރާތައް އެނބުރުނެވެ. “ވަޓް މި ޓެރެސްގަ ވާހަކައެއް ދައްކާފިއްޔާ އަބަދު ބަސްޓް މިވަނީ” އަމިއްލަ ނަފްސަށް އޮވޭވަރަށް ނަވާރް ބުނެލި އިރު ހުރީ ތުންފަތް ހަފާލައިގެންނެވެ.

”ކަމޯން ވީ ނޯ ހީއިޒް ހިޔާ..ދެން ނަޥާއަށް އީޒީ ވާނީ އޭނާއަށް އެނގުނީމަ ވެސް..އެހެންވެ މިތިބީ..ކޫ އައީ ޝަހްރޫޒްގެ ވާހަކަ ނިމުނު ފަހުން… “ރިހާމް ހަމައެކަނި ނަވާރްއަށް އިވޭވަރަށް ބުނެލި ޖުމްލަތަކުން ނަވާރްއަށް ފިނި ނޭވާތަކެއް ދޫކޮށް ލެވުނެވެ.

”ހާއި ވައިފީ… ” ޔަޒަން އައިސް ހުއްޓިލީ ނަވާރްއާއި ނުހަނު ކައިރީގައެވެ.  ނުތަނަވަސްވެފައި ވާ ގޮތައް ހީލަމުން ނަވާރް ބަލައިލީ ޔަޒަންގެ މޫނަށެވެ. ނަވާރް ހީކުރީ ޔަޒަން އަންނާނީ ރުޅި ކަމަށެވެ. ނަމަވެސް އެކަހަލަ އަސަރެއް އެމޫނުމަތިން ފެނުމުން ނަވާރްގެ ހިތައް ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބުނެވެ.

“ދެންމެ ތިބުނީނު މަށައްވެސް ނޭނގޭނެ ވާހަކައެކޭ  އިޒް ދެޓް ޓްރޫ ރައިޓް” ޔަޒަން އަވަސްއަރުވާލާފައި އެހިގޮތުން އެ ސުވާލްގެ ޖަވާބު އޭނާ ބޭނުން ވެފައިވާ ވަރު ހާމަވެއެވެ. ނަވާރް ބޯޖަހައިލިއެވެ.

“ނަވާ ދެން މިއޮތީ ކޫއަށް ވެސް އެނގިފަ.. ނަވާއަށް ނުޖެހޭނެ އިތުރަށް ކިޔާދޭން އުޅޭކަށް އަހަރެމެންނަށް މި ކަންތައްގަނޑު އެނގޭ ވާހަކަ..ދޯ..” ޒަޔާން މަޑުމަޑުން ނަވާރްގެ ބޮލުގައި ފިރުމާލިއެވެ. ކޮއްކޮގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމުން ޒަޔާންއަށް އުނދަގުވެގެން ބުނެލިއެވެ. ނަވާރްއާއި ދިމާ ޔަޒަން ބަލައިލީ އިތުރުއެއްޗެއް ސިއްރުކޮށްފައި ވާނެތޯ އަހާފަދައަކުންނެއެވެ.

“އާނާ އަހަރެމެންގެ ގެޔަށް އައި ފުރަތަމަ ދުވަހު އައި ސޯ އާނާގެ ފޮތެއް.. އެނެގި ތަނާހެން އޭގެ ތެރޭން ފެނުނު އަހަރެންގެ ބައްޕަގެ ޕޮޓޯއެއް..ވަރަށް އެހިފަހުން ވެސް އާނާގެ  ކައިރިން އެކަށީގެންވާ ޖަވާބެއް ނުލިބުނު.. އެކަމަކު ޝީ ސެއިޑް ގެއިން ނުކުތުމާއި ބައްޕަގެ ކަމަކާއި ކަނެކްޝަންއެއް ނުވެއޭ…ނަތިންގް ދެން..” އާނާ ބުނެލި ބައެއް ވާހަކަތައް އެ އެންމެން ތިބުމުން ނަވާރްއަށް ބުނަން އުނދަގުވެގެން ނުބުނެ ބެހެއްޓިއެވެ. ޑައިރީ އޭ ނުބުނެ ފޮތެކޭ ވެސް ބުނީ އެހެންވެއެވެ. ނަމަވެސް އިތުރަށް ސިއްރު ނުކޮށް ގެއަށް ދެވުނުހާ އަވަހަކަށް ނުކިޔާދޭ ކަމެއްވިއްޔާ އޭނާ ޔަޒަންއަށް ކިޔައިދޭން އަޒްމް ކަނޑައެޅިއެވެ.

މިހްރާން ހުރުމުން ޔަޒަންއަށް ބަލައިލެވުނެވެ. ޔަޒަންގެ ނަޒަރް އަމާޒުވެފައި ވުމުން މިހްރާން ޖެހިލުންވެފައި ހުރެ ހީލިއެވެ. ޔަޒަންވެސް ރައްދުގައި ހީލިއެވެ. އާނާއާއި މިހްރާންގެ އޮތް ގުޅުން އެނގުނުފަހުން މިހްރާން އެފެނުނީ ފުރަތަމަ ފަހަރަށެވެ.

މިހްރާން އެވަގުތު ކިއައިދިނީ އާނާ އެންމެ ފަހުން އޭނާގެ ގާތުގައި ދެއްކި ވާހަކަ ތަކެވެ. ނަމަވެސް ޝަހްރޫޒްގެ ވާހަކަ އޭނާވެސް ފޮރުވާލިއެވެ. އެހާ ކުރިން ބައިން ހަގީގަތެއް ނޭނގެނީސް ޔަޒަންގެ ގާތު އެހެން ކިއުމުން ފަހަރުގައި ދެރަގޮތަކަށް ނަތީޖާވެސް ނުކުމެދާނެއެވެ. ޔަޒަން ބަލަހައްޓައިގެން ހުރިގޮތުން މިހްރާންއާއި އާނާގެ ފަލްސަފާ ވާހަކަ އޭނާއަށް ދައްކަން ވެސް ވީ ބޮޑު ވޭނަކަށެވެ. ލަދުގަންނަ ގޮތްވެސް ވިއެވެ.

މިހްރާންގެ ވާހަކައިން ޔަޒަންއަށް ސިހުންގެނުވިއެވެ. އޭނާއަށް ބަލައިލެވުނީ ނަޥާރްގެ މުނަށެވެ.

“އިޒް ދެޓް ޓްރޫ..” ޔަޒަންގެ މޫނުމަތިން ހައިރާންކަން ނޫން އިތުރު އަސަރެއް ނުވެއެވެ. މިހްރާންއާއި ނަވާރްއަށް އެއްފަހަރާހެން ބޯ ޖަހައިލެވުނެވެ.

“އެހެން ވީމަ އާނާއަށް ކަމެއް ނޭނގޭނަމަ އަހަރެމެންގެ ބައްޕަގެ ފޮޓޮއެއް ނޯންނާނެ އެންނު … މި މިހާރު އެންމެ ހިތައް އުނދަގުވާ ކަންތައް..ނަވާ ތިހެން ބުންޏަސް ހިޔެއް ނުވޭ މިހާރު ތި ވާހަކަތަކުން އާނާ މިގެއަށް އައުމަކީ އިއްތިފާގެއް ހެންނެއް…މަންމައަށް ވެސް ކަންތައް ތަކެއް އިނގޭ … ޕައިލެޓް ކޯސްއަށް އެޕްލައި ކުރަން ތައްޔާރް ވިތަނާ މަންމައާއި ދޮންބެ ކިޔައިދިން މަށައް ބައްޕަ މަރުވިއްޔެއް ނޫނޭ .. ބަޔަކު ބައްޕަ މަރާލީއޭ..ޔަޒަންގެ ބައްޕަ އިނޮސެންޓްކަން އެނގޭ މަންމައަށްވެސް..އެދުވަހުގެ ފަހުން ލޯޔާރ ވިސްނުން އައި… މައިންޑްސެޓް އެއްކޮން ޗޭންޖް ވި ހަމަ…އަދި އެނގޭތަ ބައްޕަގެ ހުރޭ ކޮއްކޮ އެއް ވެސް…. ބުނި އަހަރެމެން އޭޖްގެ ދަރިއެއް ހުންނާނެ އޯ..ބައްޕަ މަރުވި ދުވަހު އޭނަ ވެސް މަރުވިއްޔޯ..އެ ކުއްޖާ ވަރަށް ހޯދައިފީމޭ ބުނީ..އެކުއްޖާ މިޙާރް ހުންނާނީ ވަރަށް ބޮޑުވެފަ…”

“ބައްޕަ އާއި އެއް ދުވަހެއްގަ ބައްޕަގެ ކޮއްކޮ ވެސް މަރުވީ” ޒަޔާން ބުނެލި ވާހަކައިން ސިހުނީ ހަމައެކަނި ޔަޒަން އާއި ނަޥާރްއެއް ނޫނެވެ. ރިހާމްއަށް ވެސް ކީކޭހޭ އަހައިލެވިއްޖެއެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު