“އޭނާ އާއި ހުރިހާ އަންހެން ކުދިން ދެންމެ އެދިޔައީ ސެލޫން އަށް ރެޑީވާން ވެގެން… ކައެ ތައްޔާރު ވެގެން ދޭ .. އޭރަށް އަދި ލަހެއް ނުވާނެ .. އަހަރެމެން ވެސް މިދަނީ ރެޑީ ވާން މިޙާރު އެއޮތް ހަތެއް ޖަހަނީ..” މިހުރާން ދާންވީތަން ބުނުމުން ޒަޔާން ނިކުމެގެން ދިޔައެވެ. އެއާއެކު އެތަނުގައި ހިފައިލީ ތިން މީހުންގެ ހިނިގަނޑުގެ އަޑެވެ.
**
“ކޮބާ މިހާރު އެންމެ ފަހުން ޓާސްކްފޯސް އެއް އެކުލަވާލާ އެބަހުރި ދޯ ކަމެއް …. އައްޔަ ކަލޭ ބަލައްޗޭ.. ނައުފަލް ހުންނާނޭ މިކޮޅުން ހުރިހާ ކަމެއް ބަލަން ..” ކަންފަތުގައި ފޯނު ޖަހާލައިގެން ބޮޑު ގޮނޑީގައި އިން އިރު “ބޮސް”ގެ ގާތުގައި ނައުފަލް ވެސް އިނެވެ. އެކޮޅުން ދެއްކި ވާހަކަތައް ދެއްކުމަށްފަހު ފޯނު ކަނޑާލުމުން އޭނާގެ މާސްކް ރަނގަޅު ކޮށްލަމުން ނައުފަލް އާއި ދިމާ ބަލައިލިއެވެ.
“ބޮސް މަ ބުނީ..ޝައުން މިކޮޅަށް އައީ އޭނާގެ އަންހެނުންނާއި ދެދަރީންނާ އެއްކޮން .. އޭނާ އެކަނިން ފެނޭތޯ ސައުވީސް ގަޑި އިރު ފާރައަށް ހުރިނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުން..މިހާރު އޭނާ އަނބުރާ ލަންޑަން އަށް ގޮސްފި” ނައުފަލްގެ އަޑުގައި ހުރީ ސީރިއަސްކަމެވެ. އެއާކު ދެން އެދެމެދުގައި ދެކެވުނި ވާހަކތައް ނުހަނު ސިއްރުވެރިއެވެ.
“ނައުފަލް އެހެންވީ ދެން އޮތް ޕްލޭން ފަށަމާ..” އޭނާގެ އަޑުގައި ވަނީ މަކަރުވެރިކަމެވެ. އޭނާ ދައްކައިލީ ޕާސްޕޯޓާއި ޓިކެޓެކެވެ.
ހައިރާން ކަމާއިއެކު ނައުފަލް ބަލަހައްޓާއިގެން ހުރުމުން “ބޮސް” ދެން ބުނެލި އެއްޗަކުން ނައުފަލްގެ މޫނަށް ވެރީ ހިނިތުންވުމެކެވެ.
“އަމް ރެޑީ ..” ނައުފަލްގެ ހިނިތުންވުން ފުޅާވެގެން ދިޔައީ އެމީހާ ނައުފަލްއަތައް ލައިދިން ބެކްޕެކް ފެނިއެވެ.
***
ނަވާރް އާއި މީޝަމް މަޑުކޮށްލައިގެން ތިބީ އާއިލާ ބަޔަކު ހިންގާ ސެލޫން އެއްގައި އެވެ. ދެމީހުން ތައްޔާރުވި އިރު މައިސާއާއި އެހެން އެންމެން އޭރު ނިމިގެން ގޮސްފިއެވެ. ދެމީހުން ތައްޔާރުވެގެން ނުކުމެ ބޭރުގައި ތިބި އިރު މަގުން ހިނގާފައި ދާ މީޙުން ވެސް ބަލަމުން ދިޔައެވެ. ހާއްސަކޮން ނަވާރްއަށް ހުއްޓެމުން ދިޔަ ލޯތަކުން ނަވާރް ހުރީ ފޫހިވާ ގޮތް ވެފައެވެ. ފައިގެ ތަނބިކައްޓާއި ހަމަޔަށް ހުރި ކަޅުކުލައި މެކްޝީގައި ހުރި އިރު އެރެއަށް ހާއްސަކޮން ވަނީ ލުއި މޭކަޕެއް ކޮށްލާފައެވެ. އާންމުކޮން ފަހަތައް ދޫކޮށްލާފައި އޮންނަ އިސްތަށިގަނޑު މިރޭ އޮތީ ރީތި ގޮތަކަށް ގަތާލައިފާ ކުރިމައްޗަށް ގެނެސްފައެވެ. މީޝަމް ވެސް ކަޅުކުލައިގެ ކަކުލަށް ވުރެން ތިރިއަށް ހުރި ހެދުމުގައި ހުރިއިރު ބުޅި އިސްތަށިކޮޅުގައިވަނީ ހުލިއެއް ޖަހާ ލުއި މޭކަޕެއްކޮށްލާފައި އެވެ. ނުހަނު ރީއްޗެވެ.
“ދޮންބެ ކައިރީގަ ބުނިން އަވަހަށް އަންނާށޭ ވެސް..” މީޝަމް ހުރީ މިހްރާން ލަސްވުމުން ހިތްހަމަ ނުޖެހޭ ގޮތް ވެފައެވެ. އިރުކޮޅެއްފަހު ކާރުގެ ބަރުގޮނާއެކު ދެމީހުން ބަލައިލިއިރު އެއީ ޒަޔާންއެވެ. ވަގުތުން މީސަމް އަށް އަނގަ ހަދައިލެވުނެވެ.
ލާނެތް ގޮތަކަށް ހީލައިގެން ހުރެ ނަވާރް ދުވެފައި ގޮސް އެރީ ކާރުގެ ފަހަތު ސީޓަށެވެ. މީޝަމް ވެސް ކަރު އެލުވާލައިގެން ހުރެ އައިސް ފަހަތު ސީޓަށް އަރަން ދޮރު ހުޅުވާލިއެވެ.
“ސޮރީ މީޝް މި ކާރުގެ ޗެއާރ ހަލާކުވެފަ އިނީމަ ފަހަތައް އެރެނީ އެންމެ މީހަކަށް.. ޔޫ ހޭވް ޓް ގޯ ކުރީ ސީޓަށް”ލާނެތް ގޮތަކަށް ހީލައިގެން ހުރެ ކިރިޔާ މީޝަމް އަށް އިވޭވަރަށް ނަވާރް ބުނެލިއެވެ.
“ޔޫ އިޑިއަޓް.. އައިލް ވޮމިޓް އޮން ޔޯ ފޭސް..”ދެލޯ އަޅާލައިގެން ހުރެ މީޝަމް މަޑުމަޑުން ބުނެލަމުން ގޮސް ކުރީ ސީޓަށް އެރީ އިތުރު ގޮތެއް ނެތިގެންނެވެ. ނަވާރް ލާނެތް ފާޑަކަށް މޫނުހަދައި ލައިގެން އިނެވެ.
ޒަޔާން ދެކެ އައިސްފައި ހުރި ރުޅި މުޅިން ފިނި ނުވާތީ މީޝަމް އިނީ ވެސް ކާރަށް އެރިގޮތައް ބޭރު ބަލަހައްޓައި ގެންނެވެ. ޒަޔާން ވެސް ނަވާރް އާއި ދެތިން ސުވާލެއް ކޮށްލާފައި ދެން އިތުރަކަށް ވާހަކައެއް ނުދައްކައެވެ.
ލޯގަނޑުން ފެންނަމުން ދިޔަ މީޝަމްގެ މޫނަށް ޒަޔާން ގެ ނަޒަރު އިރުކޮޅަކާހެން ހުއްޓެއެވެ. މީޝަމްގެ ރީތިކަން ފެނި ޒަޔާން އިނީ އެހެން ދިމާލަކަށް ބަލައިލަން ވެސް ނޭނގިފައެވެ.
އެދެމީހުން އުޅެމުން ދިޔަ ގޮތުން ނަވާރް ގާތައް ހިނިއަންނަ ގޮތްވިއެވެ. ނަވާރް އެހެން އިނދެފައި ފޯނު ބަލައިލީ މެސެޖެއް އައި އަޑު އިވުމުންނެވެ.
އޭރު ޔަޒަންގެ މެސެޖް ވެސް އައިސް ހުއްޓެވެ. ނަވާރް ފުރަތަމަ ހުޅުވާލީ ޕްރައިވެޓް ނަމްބަރުން ފޮނުވާފަ އިން މެސެޖްއެވެ. “ތިކުރާ ކަންތައް ހުއްޓާލާ .. އިތުރަށް ލޯ ސުއިޓް ފައިލް ހޯދަން ނޫޅޭތި.. މީޝަމް އަށް ވެސް ވާނީ އާނާއަށް ދިމާވި ފަދަ ގޮތެއް ..” މެސެޖް ކިޔާލި އިރު ނަވާރްގެ ނިތުން ފިނި ދަލެއް ހިއްލާލައިފިއެވެ.
ނަވާރް އެ މެސެޖް އިން ގޮތައް ފޮނުވާލީ ސްކްރީން ޝޮޓް ނެގުމަށްފަހު ޔަޒަން އަށެވެ. ދެވަނަ ސިކުންތުގައި މީޝަމް އަށް ވެސް ފޮނުވާލިއެވެ. އެއާއެކު ފެނުނީ ޔަޒަން ގުޅާތަނެވެ. ކާރުގައި ޒަޔާން އިނުމުން ޔަޒަން އަށް މެސެޖެއް ކޮށްލުމަށްފަހު ނަވާރް އެ ކޯލް ކަނޑާލިއެވެ.
ނަވާރް އިސް އުފުލާލިއިރު މީޝަމް އިނީ ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތިން ފެނުނީ ހާސްކަމެވެ. ގެ ކައިރިޔަށް ކާރު ހުއްޓުމާއެކު ނަވާރް ފައިބާފައި މީޝަމް އާއެކު ވަނީ އެތެރެއަށެވެ. “މީޝް އެއްވެސް މީހަކަށް އެނގޭނެތަ އެ ފައިލް ހޯދާކަން..”ނަވާރް އަވަސް އަވަހަށް އަހައިލިއެވެ. މީޝަމް ވަގުތުން ބޯ ހޫރުވާލިއެވެ. ދެމީހުން މަޑުކޮށްގެން ތިބީ ގަރާޖް ކައިރީގައެވެ.
“ބުނީމެންނު ޒަޔާން ހުއްޓޭ ހަރު އެފަޅީގަ.. އޭނާއަށް އިވުން ކަމެއް ނޭނގޭ….އެކަމް މި އެނގެއެންނު ޒަޔާން ނޫންކަން.. ކޮންމެވެސް އެހެން ގޮތަކަށް މިމީހަކަށް މިއޮތީ އިނގިފަ.. ” މީޝަމް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު އޭނާގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. އެހާ ސިއްރުން އުޅުނީމަ ވެސް އެމީހަކަށް އެ ފައިލް ކަންތައް އެނގުނު ގޮތެއް މީޝަމް އަކަށް ނޭނގުނެވެ.
“އާގްހް.. ލެޓް މީ ތިންކް.. އާހް…ހިނގާ އިހަށް ފުރަތަމަ ގެޔަށް ވަންނަން.. ޕާޓީ ނިމުނީމަ އިތުރަށް ވިސްނާނީ..” ނަވާރް، މީސަމްގެ އަތުގައި ހިފައިގެން ގެޔަށް ވަނެވެ.
ކައިވެނި ކުރެވިގެން ދިޔަ ދެ ޖޯޑަށް މަރުހަބާ ކިޔަމުން ދިޔަ އިރު މާ ގިނަ އިރު ތަކެއް ނުވެ އެކުވެރިންނާއި އާއިލާ މީހުން އާއެކު ޓެރެސް ފުރިބާރު ވިއެވެ.
ޔަޒަންއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. އޭނާއަށް ނަވާރް ފެނުނީ ނޫރާގެ ގާތުގައި ހުއްޓައެވެ. ދައްކަން އުޅުނު ވާހަކައިގެ މަތިން ވެސް ޔަޒަން ހިނދުކޮޅަކަށް ހަނދާން ނެތުނެވެ. އެހެރަ ރީތި ކަމެކޭ ހިތައް އެރިއެވެ. ކަޅި ޖަހަލަން ވެސް ނޭނގިފައި ހުރެވުނު އިރު ދެވަނަ ސިކުންތުގައި ދެފަރާތައް ބޯހޫރާލަމުން އޭނާ ނަވާރްގެ ގާތައް ދިޔައެވެ.
ނަވާރްއަށް ޔަޒަން ފެނުމުން ލުއި ގޮތަކަށް ހީލިއެވެ. ނަވާރް، ޔަޒަންގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ކަޅު ގަމީހާ ކަޅު ޖީންސްގައި ފިރިހެންވަންތަ ކަމުން އެހެން ދިމާލަކަށް ކަޅިގެންދަން ވެސް އުނދަގުވިއެވެ.
ނޫރާ މެންނާއި ވާހަކަ ދައްކާލުމަށްފަހު ލޮލުގެ އިޝާރާތުން ނަވާރް ގާތު އައުމަށް ބުނެލަމުން ޔަޒަން އެއްކައިރިޔަށް ޖެހިލިއެވެ.
“އެހެން ވީމަ އިތުރު ބައެއްގެ އަތްވެސް އެބަވޭ މިކަމުގަ.. މީޝަމް އެބުނީތާ ޒަޔާން ނޫން އިތުރު އެކަކުވެސް ނެތް ވާހަކަ.. ޒަޔާން ތިކަހަލަ ކަމެއް ނުކުރާނެކަން ވެސް އެންމެ ރަނގަޅަށް އެނގޭނީ ނަވާރްއަށް.. ނޫންތަ..” ޔަޒަން ނަވާރް އާއި ދިމާ ބަލައިލއިރު ނަވާރްގެ ނަޒަރު ހުއްޓިފައި ހުރީ ދުރުގައި މިހުރާންއާއި އެއްކޮން ހުރި ޒަޔާންއަށެވެ.
“ޑޯންޓް ވޮރީ.. މަ ޒަޔާން އާއި ވާހަކަ ދައްކާނަން.. މިވާހަކަ އާއިގެން ޒަޔާން އާއި މަ ފޭސް ކުރާނެ ގޮތެއް ވެސް އަދި ޖެހޭނީ ވިސްނަން..އެކަމަށް ވަގުތު ބޭނުން ވާނެ….މީޝްއަކަށް ވެސް ނަވާ އަކަށް ވެސް ކަމެއް ނުވާނެ އިންޝާﷲ” ޔަޒަން ނަވާރް އާއި ދިމާ ބަލައިލަމުން ޔަގީންކަން ދިނެވެ. ނަވާރް ބޯ ޖަހައިލި ނަމަވެސް އޭނާގެ ސިކުނޑީގައި ވަނީ އަނޑިނޭގޭ ހައިޖާނެއް އުފެދިފައެވެ.
“ނަވާރް.. އަހަރެން މިއަދު ބުނަން އުޅުނީ ކައިވެނީގެ ފޯމް ލީ ވާހަކަ..މިއަދު ލީ.. ނެކްސްޓް ވީކް ގަ ރިހާމްގެ ސެލެބްރޭޝަން އަށް އެންމެން ޕިނިކް ދިއުމުގެ ކުރިން ކުރެވޭތޯ.. އިޒް ދެޓް އޯކޭ..” ޔަޒަން އަހައިލިއެވެ. ނަވާރްއަށް ވަގުތުން ޔަޒަން އާއި ދިމާ ބަލައިލެވުނެވެ. ޔަޒަންގެ ތޫނުދެލޯ އެހާ ގާތުން ފެނުމުން ލަދުގަންނަ ގޮތް ވެ އޭނާއަށް އިސްޖެހުނެވެ. ވިސްނާލުމަށްފަހު އޭނާ ބޯޖަހައިލިއެވެ.
“އޯކޭ ..އެހެންވީމާ ވިލް ޔޫ ގޯ އޮން އަ ޑޭޓް ވިތް މީ މާދަމާ ނޫން އަނެއް ދުވަހު.. ހެހެހެ..ވެޑިންގެ ވާހަކަ ޑިސްކަސް ކުރަން.. އެނގެއެންނު އަހަރެމެން ކިތަންމެ ބޭނުން ވިޔަސް މައިއްތަ މެން ބޭއްވިހެން ބާއްވާކަށް އަހަރެމެންގެ ފެމިލީ އެއްބަހެއް ނުވާނެ ކަން..” ޔަޒަން ހީލިއެވެ. ނަވާރް ވެސް ހީލަމުން ދުރުބަލައިލިއެވެ.
“ރެޑީވާތި އެދުވަހުގެ ފައިވްއަށް .. އަހަރެން ގުޅާނަން.. ބޯތް އޮފް އަސް ވިލް ބީ ފްރީ ރައިޓް..” ޔަޒަން ބުނެލީ ސީދާ ނަވާރްގެ ދެލޮލަށް ބަލައިލަމުންނެވެ. ނަވާރް މިފަހަރުވެސް ބޯ ޖަހައިލިއެވެ.
…
ހުދުކުލައިގެ އަބާޔާ އާއި އަރަބި ސްޓައިލަކަށް އަޅާފައިވާ ސޯލްގައި ލުއި މޭކަޕެއް ކޮށްލައިގެން މައިޝާ ހުރި އިރު ނާއިފް ކަޅުކުލައިގެ ކޯޓް ފަޓުލޫނުގައި އޭނާގެ އުނަގަނޑުގައި ހިފައިލައިގެން ހުއްޓެވެ. ދެމީހުންގެ ފުރިހަމަ ކަމުން ކޮންމެ މީހެއްވެސް ތައުރީފް އޮހެއެވެ.
ހުރިހާ މީހުންނަށް ތިބެވޭހެން ވަކި ދިގަށް އެއް މޭޒު ޖަހާލައިފާ ހުއްޓެވެ. ދުރުގައި ކުޑަ ސްޓޭޖް ކޮޅެއް ހަދާފައި ވަކިން މައިޝާ އާއި ނާއިފް ތިއްބެވެ.
ޕާޓީ ފެށުން އިރު މީޝަމް ސަދަފްއަށް ގުޅާލިއެވެ. އޭރު އޭނާ ލިފްޓުން އަރަނީ ކަމުގައި ބުނުމުން މީޝަމް އިންތިޒާރުގައި މަޑުކޮށްލިއެވެ. ސަދަފް އައުމުން އޭނާ އެންމެ ފުރަތަމަ ވެސް ދައްކަން ބޭނުން ވީ ޒަޔާން އަށެވެ. ކިތަންމެ ހިތައް އުނދަގު ވީ ނަމަވެސް ޒަޔާން އޭނާ ދެރަވާ ފަޑާށް އުޅެންޔާ އޭނާ ވަކި މަޑުން ހުންނަނީ ކީއްކުރަން ހެއްޔެވެ. މައިޝާ “ޕާޓްނާރ” އެއް ގެންނަން ކިޔާ ވަރުން މީޝަމްއަށް ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ އޭނާއަށް ވިސްނުނީ ސަދަފް އަށް ދައުވަތު ދީގެން ގެނައުމަށެވެ. މީޝަމް ހަމަ އެދުމާއެކު ސަދަފް ނުހަނު ފަސޭހައިން އަންނަން އެއްބަސް ވިއެވެ.
ސަދަފް އައުމުން އޭނާ ފުރަތަމަ ވެސް ދިޔައީ ނަވާރްގެ ކައިރިޔަށެވެ. އޭރު އޭނާއާއި މާ ދުރު ނޫން ހިސާބެއްގައި ޔަޒަން ގާތުގައި ޒަޔާން ހުއްޓެވެ. ސަދަފްގެ އަތުގައި އަތް އަޅުވާލައިގެން ހުރެ ނަވާރް އަށް ނިކަން ބާރަށް ގޮވާލިއެވެ.
ސަދަފް ކައިރިޔަށް ވެސް ހިނިއައިސްފައި ހުރީ ޒަޔާންގެ ނަޒަރު އެމީޙުންނާއި އަމާޒްވެފައި ވުމުންނެވެ. މީޝަމް ކުރިންބައިން ވާންވީގޮތް ކުޑަކޮން ކިޔައިދީފައި އޮތުމުން އޭނާ ވެސް ހިނިގަނޑު މަތަކޮށްލިއެވެ.
މީޝަމް އާއެކު ހުރި ސަދަފް ފެނި ޒަޔާންގެ މޫޑް ވަގުތުން ބަދަލް ވިއެވެ. ޔަޒަން ދެތިން ފަހަރަކު އޯކޭ ވެސް އަހައިލެވުނެވެ. މާގިނައިރެއް ނުވެ އެންމެން ކައި ނިމުމުން އާއިލީ ފޮޓޯތައް ނަގަން ފެށިއެވެ. މޫޑް އޮފް ވެފައިވާ ވަރުން އެތަނުން އެންމެ ފުރަތަމަ ބަހަނާ އެއް ދައްކާފައި ދިޔަ މީހަކީ ޒަޔާން އެވެ. ޒަޔާންހެދި ގޮތުން ރިހާމް އާއި ޔަޒަން ގާތައް އައީ ހިންޏެވެ. ޒަޔާން ދިޔަތަން ފެނި،މީހަކު ނުކިޔާދިން ނަމަވެސް މިހުރާންއަށް ވެސް ކޮންމެވެސް ވަރަކަށް ވީގޮތް ފަހުމްވެ ހިނިއަންނަ ގޮތްވެފައި އިނެވެ.
“..އަހަރުން އެވަރަށް ކިޔާއިރުވެސް ދުވަހަކު ކަމުދާ ކަހަލަ ކުއްޖަކު ފެންނަ ކަމަކަށް އެއްބަހެއް ނުވާނެ.. ބަލާ މި ފެންނަ މަންޒަރެއް މިހާރު.. އެހިޔަސް އަދި އެ ސޮރު އެއްބަހެއް ނުވާނެ އެވަރުން ވެސް ..” ދުރުގައި ހުރި މީޝަމް އަށް ބަލައިލަމުން ރިހާމް ހެމުންހެމުން ބުނެލިއެވެ.
“މަ އަދި ކޮފީއަކަށް ދާން ކިޔަން މިހުރީ .. މިތަން ހަމަޔައަކަށް އަޅުވާލާފަ ދަމާ .. މިހުރާން ވެސް ފްރީ ކަންނޭގެ.. ލަސްވަންޏާ މިގޭގަ ކޮފީ ބޯނީ ” ޔަޒަން ރިހާމްގެ ކޮނޑަށް އަށް ވައްޓާލަމުން ހިނގައިގަތެވެ.
ޕާޓީގެ ހުރިހާ ކަމެއް ނިމޭ ވަރު ވީ އެކެއް ވެސް ޖަހަން އުޅެނިކޮންނެވެ.މާ ބޮޑަށް ލަސްވާން ފެށުމުން ނަވާރް އަށް މެސެޖެއް ކޮށްލާފައި ރިހާމްއާއި މިހުރާން އާއެކު ކޮފީ އެއް ބޯލައިގެން ޔަޒަން ގެޔަށް ދިޔައެވެ.
***
(ނުނިމޭ)