“ހިތައް އަޜާ އެކުއްޖާ އަށް އެ ހަގީގަތް ބުނެދީފާނަމޭ..” އަކުރަމް ސޯފާގައި ލެނގޭ ބައިގާ ބޯ އަޅާއިލިއެވެ.
“ކޮން ހަގީގަތެއް..” ފަވާދް އާއި އަކުރަމް ސިހުނީ ކުއްލިއަކަށް އެތަނަށް ވަން ޔަޒަން ފެނިފައެވެ. ދެމީހުން ހީވީ ބިރެއް ފެނިގެން ތެޅިގެންހެންނެވެ.
**
“އަހާން ޒޭން ތަ.. މިއަދު ނުދާ ދުވަހެއްތަ ޑިއުޓީއަށް..”އަކުރަމް އިސްޖަހާލިތަން ފެނި ފަވާދް އަވަސްއަވަހަށް ބުނެލިއެވެ.
“ނޫނޭ ޑިއުޓީގަ އުޅެފަ މިއައީ ކުޑަ ކަމަކު ..ދަމުން ވަދެލީ މި.. ކޮން ވާހަކަ އެއްތަ ތި ދައްކަނީ ބޭބެ..”ޔަޒަން ފުރަތަމަ ފަހަރަށް އަކުރަމް އާއި ދިމާލަށް ބޭބެ އޭ ބުނުމުން އަކުރަމް އަށް އިސްއުފުލައި ލެވުނެވެ. ޔަޒަންގެ އެ ބަހުން އަކުރަމްގެ ހިތައް ބަޔާން ކުރަން ދަތި އުފާވެރިކަމެއް ލިބުނެވެ. އެކަން އޭނާގެ ދެލޮލުގައި ބަބުޅަންފެށި ތިކިތަކުން ހާމަވެއެވެ.
“އެ ފަވާދު ދައްކަމުން ދިޔަ އަމިއްލަ ވާހަކަ އަކަށް އެހެން މިބުނީ..ފަވާދު ހުންނާނެ ނިކަން ވާހަކަ..އެހެންނު ވާނީ މާލޭގައި އުޅޭ އިރުވެސް ބިޒީކަމުން ދިމާ ވަނީ މަދުފަހަރަކު..” އަކުރަމް ހީލަމުން ބުނެލިއެވެ.
ޔަޒަން ވެސް އެމީހުންނާ ވާހަކަ ދައްކަން ހުރެފައި ނުކުމެގެން ދިޔައެވެ.
“ކިރިޔާނު މި ސަލާމަތް ވީ..” އަކުރަމް އަށް ފުންނޭވާ އެއް ދޫކޮށްލެވުނެވެ.
**
މީޝަމް ޑިއުޓީއަށް ދިޔަގޮތައް އެންމެ ފުރަތަމަ ވެސް ދާންޖެހުނީ އަޑު އެހުމަކަށެވެ. ފުލުފުލުގައި އަޑުއެހުންތައް އޮވެފައި ނިމުން އިރު އެކެއް ޖަހަން އުޅެއެވެ. ސަރީއަތްކުރާ މާލަމުން ނުކުމެ އޮފީސް އިމާރާތައް މައްޗަށް އެރުނުއިރު މާނޭވާ ލެވެއެވެ.
ކަޅު ގަމީސްކޮޅަކާއި ކަޅުކުލައިގެ ޓްރައުޒާގެ ދަށައް ޖަޙާ ބެގީ ކޮށްލާފައި ވާއިރު ކަނާއަތުގައި އަޅުވާލައިފާ އޮތީ އޭނާގެ ލޯޔާރު ގައުން އެވެ. އާދައިގެ މަތިން ބުޅި އިސްތަށިކޮޅު ފަހަތައް ދޫކޮށްލައިފައި އޮއް އިރު އެއްވެސް މޭކަޕެއް ނެތެވެ. ނުހަނު ރީއްޗެވެ. އޭނާ ނަވާރްއަށް ގުޅައިލާގެން ހުރެ އެމީހުންގެ ކޮޓަރީގެ ތެރެއަށް ވަންއިރު އެކަކު ވެސް ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ހީވާ ގޮތުން ޒަޔާން ވެސް އަޑުއެހުންތައް ނިމިގެން އަދި ނާދެވެނީއެވެ. ފައިރޫޒް ވެސް ނެތްކަން ނަސީބެކޭ ހިތައް އެރިއެވެ.
“ނަޥާ އައި މެޓް އެކޮޅުގައި ކިޔަވަން އުޅެނިކޮން ދިމާވި ފްރެންޑަކާ..ސަދަފް އެނގޭނު ދޯ.. މިތާގަ ވޯކް ކުރަނީ އޭނާ ވެސް .. ޗުއްޓީގަ ހުރެފަ މިއަދު ނުކުންތަނާ މި ދިމާ ވީ…. އޭނާ މަށައް ވުރެން އަވަހަށް ނިމިގެން މިކޮޅަށް އައި .. މަށައް ވުރެން ގިނަ ދުވަހު މިތާ ހުރީމަ ކޮންމެވެސް ވަރަކަށް އެނގޭނެ އެންނު ކަންތައްތައް ހުންނަގޮތް. އެހެންވެ އަހައިލިން ކިހިނެތް ތޯ އެކަހަލަ ކަންތައް ބަލަނީ ..އެކިތަންތާގަ އެކި ގޮތައް އިންނަނީ.. އެންޑް މިކޮޅުގެ ކޭސް ރިޕޯޓް ނަގަން ހަނދާނެ ގޮތެއް ވެސް އެހިން.. އޭނާ ބުނި އަހަރެންނަށް އެކްސެސް އެއް ނުވެވޭނެ އޭ އަދި.. ޒަޔާން އަށް ވާނީ…ވަޓް ޓް ޑޫ ބްރޯ..އަދި އޭނާ ބުނި ކޮންމެ މީހަކަށް ވެސް ނެގޭނީ އެއް ކޮޕީއޭ ކޮންމެ ޑޮކް އެއްގެވެސް” މީޝަމް މޭޒުމަތީގައި އިށީންދެލައިގެން އިންއިރު ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އެމޫނުމަތިން ހާމަވިއެވެ. އިސްތަށިގަނޑަށް އަތް މަހާލައިގެން އިނދެފައި ރަނގަޅަށް މޭޒުމަތީގައި ހަމަޖެހިލާ ދެފައި ވަށްކޮށްލިއެވެ.
“ޔޫ ސުޑް ޓޯކް ޔުއާ ލަވާ ދެން.. ޒަޔާން ބޭބީ އާ.. “ނަވާރް އަޑުގައި ހުރީ ލާނެތް ކަމެވެ.
“ވަޓް ދަ.. މީނަ މިހާ އިމްޕޯޓެންޓް ކަމެއް ހަޥާލް ކޮށްފައި ވެސް ޖޯކް ކިޔަނީ ތަ..ސީރިއަސްލީ ނަވާ ” މީޝަމް އަނގަޔަށް ވައްތަރެއް ޖައްސައިލައިގެން ހުރީ އެ ސީރިޔަސް ވަގުތު ނަވާރް ދިމާ ކޮށްލީމައެވެ.
” ހަހަހަ.. އެހެންނެއް ނޫން .. އަހަރެން ބުނީ އަހަރެންނަށް މިކޮޅުގެ ފައިލް ލިބިއްޖެ..ދެން މީޝް އަށް ލިބޭނެ އެންނު ތިކޮޅުގެ އެކޭސްގެ ހިއަރިންގް ޑޮކް …” ނަވާރް އަހައިލިއެވެ.
“ޔެއާ އައި ކެން ގެޓް ދެޓް.. ދެ ކޭސް ގެ ވެސް ހިޔަރިންގް ޑޮކް ..އެންޑް އެ ލިބުނީމަ ކޯޑް ނަމްބަރު ވެސް ލިބޭނެ.. ބަޓް ދަ ތިންގް އިޒް އައި ކޭންޓް ގެޓް ކޭސް ރިޕޯޓް.. ޒަޔާން ކެން ޑޫ ދެޓް .. ޔަޒަން ކައިރީގަ ބުނަން ވީނު..” މީޝަމް ދެފިކުރެއްގައި ހުރެ ބުނެލިއެވެ.
“އޭރުން ކަމަކު ނުދާނެ .. އަހަރެމެން ދެމީހުންގެ ގުޅުމުގެ ކަންތައް ވެސް ސައްކު ވެދާނެ.. ކުރިން ބޮލަށް ތެޔޮ އަރާފަ ހުއްޓަސް މިހާރު ކުޑަބެ ވަރަށް އަވަހަށް ކަންކަން ނަގައިގަނޭ.. ކުޑަބެ ލައްވާ މިކަން ކުރުވުން ތިޔަ ލޮބުވެތި ފަހަރިއަށް އެކަނި ވާނީ..ލޯ މަރާ ބަހައްޓާފަ ވާހަކަ ދައްކާލަ ބަލަ ..އަލަށޭ ކޮންމެ މީހަކު ވެސް ޥާހަކަ ދައްކާނީ.. ސީ މަށާ ޔަޒަން ފޯރް އެގްޒާމްޕަލް..” ނަވާރް ފަހުން ބުނި ޖުމްލަ ތައް ބުނި މީޝަމް އާ ދިމާ ކުރާ ފަދައަކުންނެވެ. ނަވާރްގެ ވާހަކަ ހުރިގޮތުން މީޝަމް ކައިރިޔަށް ހިނިއަންނަ ގޮތްވިއެވެ.
“ހޫން ހޫން ދެން ހެވޭ ބަލާނަން މިއަދު ތިކަން ވޭތޯ.. ފަހަރި ކިޔަ ކިޔަ ކިޔާފަ އެބޯޅޭއޭނު. އޭނާ މަށާ އަނގައިން ބުނެގެންނު އެހިސާބަށް ދާނީ.. އައި ހޭޓް ހިމް .. އައި ހޭޓް ޒަޔާން” މީޝަމް އަނގަ ހަދައިލިއެވެ. ދޮރުގައި މާ ވަރަކަށް ޓަކި ޖަހަން ފެށުމުން މީޝަމް ފޯނު ބާއްވާފައި ވަންނާށޭ ބުނެލިއެވެ.
އެތެރެއަށް ވަދެގެން އައި ޝިއުރާ ފެނި މީޝަމްގެ މޫނަށް ފޫހިކަން ވެރިވިއެވެ. މިތަނަށް އައިސް މިވީ ދުވަސްކޮޅު ޝިއުރާ ހުންނަނީ މީޝަމްއާއި ފާޑަކަށް ޖެހިގަނެފައެވެ. އަނގައިން ބުނަނީ ވެސް ހިތައް އެރިއްޔާއެވެ.އޭނާ ފެނިއްޖެޔާ ޝިއުރާ ހުންނާނީ ފާޑަކަށް މޫނުކުނި ކޮށްލައިގެންނެވެ. އަނގައިން ބުނިއްޔާ ބުނަނީ ވެސް ޖެއްސުމަށެވެ. އެހެންނޫނީ މަލާމާތްކުރުމުގެ ގޮތުންނެވެ. ޝިއުރާ އުޅޭ ގޮތުން މީޝަމް ވެސް މާ ބޮޑަށް ވާހަކަ ދައްކާ ހިތެއް ނުވެއެވެ. އެކުވެރިއަކަށް ވެސް ހަދަން ހެޔޮ ވާވަރު ކުއްޖެއް ނޫނެވެ. އެއްވެސް އަހުލާގެއް ވެސް ހުރިއްޔެއްނޫނެވެ. މީޝަމްގެ ހިތްހެޔޮ ކަމާއި އެކުވެރިކަމުން އޮފީހުގައި މީޝަމް އާއި ވާހަކަ ނުދައްކާ އެކަކުވެސް ނޫޅެއެވެ. މީޝަމް ހީކޮށްގެން ހުންނަނީ އޭނާއަށް އެންމެންގެ ލޯބި ލިފައިވާތީ ޝިއުރާ އަށް ހަޖަމް ކުރަން އުނދަގުވެގެން ރުޅިއަންނަނީ ކަމަށެވެ. ބައެއްފަހަރު ޒަޔާން ފަހަތުން އުޅޭހެން ވެސް ހީވެއެވެ.
މިހާރުވެސް ހީވަނީ ދުނިޔޭގަ ހުރި ހުރިހާ ފައުންޑޭޝަނެއް ސިއުރާގެ މޫނުގައި ހުރިހެންނެވެ. ފަލަމަސްގަނޑާއި ހަމައަށް ހުރި ހެދުން ކޮޅެއްގައި ގައިގަ ވަނާތައް ނުހަނު ބޮޑަށް ފާޅުވެއެވެ.
” ކޮބާތަ ޒަޔާން .. އާގް އުނދަގުލެއް ވެސް ނޫން ދޯ ތިއޮތް ބުޅި އިސްތަށި ގަނޑު މޫނުމަތިގައި އެނބުރޭ އިރު..އައްޗީ” ޝިއުރާގެ އަނގަޔަށް ވައްތަރެއް ޖައްސާލައިފާ އަތުން މީޝަމްގެ ބޮލުގެ އިސްތަށިގަނޑަށް އިޝާރާތް ކޮށްލިއެވެ.
“މި ޝިފްޓްގަ އުޅޭ މީހުންގެ މައުލޫމާތު ހިއްސާ ކުރެވޭނީ މިތާގެ މީޙުންނަށް .. އެހެން ނޫނަސް އަހަންނަކަށް ތިބުނާ ޒަޔާން ވީތަނެއް ނޭނގެ.. އަދި އެއްވާހަކަ .. ކޮންމެ ދުވަހު އައިސް ބްލީ ކޮށްފަ ދާއިރް އަހަރެން ހަމަ އެކައްޗެއް ވެސް ނުބުނަން.. މާ އަނގަވެސް ގަދަ މީހެއް ނޫން މީ.. މިއަދު ހަމަ ހިތައް މާ ބޮޑަށް އުނދަގު ވެއްޖެ… މާރީއްޗެއް ނޫން މޫނުގަ ހުދު ދަވާދު ހާކައިގެން ހުރީމަ..ޝިއުރާގެ އޮރިޖިނަލް ސިފަ މާ ރީތި ވާނެ މާޝާﷲ.. އަހަންނަށް އަހަރެންގެ މި އިސްތަށިގަނޑު ކަމުދޭ.. ސިއުރާ ޖެލެސް ވީތަ ..” މީޝަމް ހަމަ ނުހުރެވިގެން ބުނެލައިފިއެވެ. އެއާއެކު ހީވީ އަނދައަނދާހުރި އަލިފާން ގަނޑަކަށް ޕެޓްރޯލް ހަމެއް އަޅާލިހެންނެވެ. މީޝަމް އާއި ދިމާލަށް އައީ އުދުހިލާފައި ހެން ވެސް ހީވިއެވެ. މީޝަމް ބިރުން އަވަހަށް ފަހަތައް ޖެހެން ފެށިއެވެ.
“ކަލޭގެ ބޮޑު އަނގަ.. ނުޖެހޭ މަށަށް ހަޖޫ ޖަހާކަށް .. ކަލެއަށް ރީތިވާނެ އެއްޗިސް ނުލިބެނީތަ ހަޑި ގިއްލާ ހެދިގެން ޖޮބްއަށް ތިއަންނަނީ.. އަނގަމަޑުން ލައިގެން ހުރޭ.. މާ އިނޮޝެންޓް މީޙަކަށް ވެގެން އެބަ އުޅެއޭނުން.. ކަލެއަށް އެނގޭތަ މަ ކަލޭ ދެކެ ރުޅި އަންނަ ސަބަބު.. މާ ވަރަކަށް ޒަޔާން އަށް ތިއްތި ދެއްކެން އުޅޭތީ.. ހުއް.. ކާކުތަ ހިކަންޖަކާ އިންނާނީ.. ތިހިރީ މީހާ ހުރި ގޮތް .. ބުޅިވެފަ އޮތް އިސްތަށިގަނޑު ހީވަނީ އިސްޕިރޭނުހެން ..ކުޑަ ހަނޑި އެހާ ކުރު.. ރީތި ބައްޓަމެއް ހުރިއްޔެއް ނޫން.. ދޮނަކަސް އެދެން ވަރަށް ރީތި ވީ ދޯ… އައްޗީ ދުވާ ވަސް..” ހިތުގައި ވާ ހަސަދަ ސިއުރާ ފިލާވަލަމުން ދިޔައިރު ހަގީގަތުގައި އޭނާ ކީ މީޝަމްގެ އެންމެ ރީތި ސިފަތަކެވެ. މީޝަމް އަކީ ރީތި ކުއްޖެއްކަން ހިތުގެ އަޑިން ގަބޫލް ކުރިޔަސް ހިތުގައި ނަފްރަތު ވަނީ އެއަށް ވުރެން ބޮޑަށެވެ. ޒަޔާން މީޝަމްގެ ފަހަތުން އުޅޭ ހެން ހީވާތާ ދުވަސްކޮޅެއް ވެފައި ވީ އިރު އެކަމުން ޝިއުރާގެ ހިތުގައިވާ ހަސަދައަށް އިތުރު ބޮޅެއް ވަނީ އިތުރުވެފައެވެ.
ކިތަންމެ ކެތް ކުރި ނަމަވެސް ޝިއުރާގެ ބަސްތަކުން މީޝަމްގެ ހިތައް އަސަރު ކުރިއެވެ. އޭނާ އަށް ކުރު އިސްކޮޅާއި ބުޅި އިސްތަށިގަނޑު ލިބިފައި ހުރުން އެއީ އޭނާގެ ކުށެއް ހެއްޔެވެ. ސްކޫލް ދައުރުގައި ވެސް އޭނާއަށް ކުދިންގެ މަލާމާތާ އެންމެ ގިނައިން ޖެހެނީ އޭނާގެ ބުޅި އިސްތަށިގަނޑާއި ކުރު އިސްކޮޅާއި ހެދިއެވެ. އެހުރިހާ ވަގުތަކުވެސް ނަވާރް އޭނާގެ ދިފާއުގައި ތެދުވިއެވެ. ވަޒީފާގެ މާހައުލުގައި ވެސް މި ހެހެނީ މިކަން ތަހައްމަލް ކުރާށެވެ.
ފެންކަޅި ވެގެން ދިޔައިރު ޝިއުރާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރެގެން އޭރުވެސް ހަޅޭއްލަވަމުން ދިޔައެވެ. މީޝަމް އިތުރަށް އެއްޗެއް ނުބުނެ ފަސް އެނބުރި އޭނާ އިންނަ މޭޒާއި ދިމާލަށް ހިނގައިގަތެވެ. އެކަމުން ޝިއުރާ އިތުރަށް ރުޅިގަދަވެ ޒަޔާންގެ މޭޒުމަތީގައި އޮތް ވާސް ނަގާ އަތައް ހެޔޮ ވަރު ކޮށްލިއެވެ.
މީޝަމް ނުވިސްނާ ހުއްޓާ ޝިއުރާ އައި ބާރު މިނުގައި މީޝަމްގެ ކަނދުރައިގެ މަތީގައި މުށި ވާސް އިން ގައި ހުރި ބާރަކަށް ޖެހިއެވެ. ވަގުތުން އެތަނުން ލޭގަނޑު އޮހޮރިގަތެވެ. މީޝަމްއަށް ތަދުވެގެން ހަޅޭއްލަވައި ގަނެވުން ހިނދު ހަރުތަކުގެ ފުރަގަހުން ނުކުން ޒަޔާން އައި ގޮތައް ޝިއުރާ ދޭން އުޅުނު ދެވަނަ ހަމަލާ ހުއްޓުވިއެވެ. މިފަހަރު އުޅުނީ ކައިރީގައި ހުރި ގޮނޑި ނަގާ މީޝަމްއާއި ދިމާލަށް އެއްލާށެވެ.
“މޮޔަ ވީތަ .. ކިހިނެތް ވީތަ މަ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ.. އަނގައިން ނުބުނެ ހުންނަން ވަރަށް ކެތް ކޮށްފިން.. އޭލެވެލް އަހަރު ފެށިގެން ހަމަ ރަނގަޅަށް މޮޔަވެގެން ތިއުޅެނީ..” ޒަޔާން ރުޅި ގަދަވެގެން ތުރުތުރު އަޅަމުން ދިޔައިރު ކަރުގެ ނާރުތައް ވެސް ހުރީ ފުއްޕާލާފައެވެ. ސިއުރާ އާއި ދިމާލަށް ދިޔަ ޒަޔާންގެ ލޮލުގައި މޭޒު ދޮށައް ތިރިވެފައިން މީޝަމް އަޅައިގަތެވެ. އޭނާގެ ދެފަޔަށް ލިބުނީ އާދަޔާއި ހިލާފް ބާރެކެވެ. ނަމަވެސް ޒަޔާން އަށް ވުރެން ކުރިން ދޮރު ހުޅުވާލާފަ ވަން ޒުވާން ފިރިހެނަކު މާ ހަލުވިކޮން މީޝަމް އާއި ދިމާލަށް ދިޔައެވެ.
މީޝަމްއަށް ވީ ތަދަށް ވުރެން ހިތައް ކުރަމުން ދިޔަ އަސަރު މާ ބޮޑެވެ. ބޮޑަށް ރޮވުނީ ވެސް އެހެންވެއެވެ. ޒަޔާންގެ ބަދަލް ގައި އެހެން ފިރިހެނެއްގެ ހިމާޔަތް ލިބުމުން އިތުރަށް ހިތުގައި ޖެހުނެވެ. ކަނދުރާ މަތިން ތަންގަނޑެއް ކަފައިގެން ގޮސްފައި ނުހަނު ބޮޑަށް ހުއްޓެވެ. ކަޅު ގަމީހަކަށް ވުމުން ކުލަ އަރާފައި ނެތް ނަމަވެސް އެހިސާބުގަނޑު ތެމިފައިވުމުން ހުއްޓުމެއް ނެތި ލޭތައް އަންނަމުން ދިޔަކަން ހެކިދެއެވެ.
“ސަދަފް ހެލްޕީ މީ..” މީޝަމްގެ އަޑު އައީ ތުރުތުރު އަޅާ ހާލުގައެވެ. ސަދަފް މީޝަމް ނަގާ އަތްދަނޑި މައްޗަށް ލަމުން އެތަނުން ނުކުމެގެން ދިޔައީ ޒަޔާން އާއި ޝިއުރާއަށް އަލިފާނުގެ ބެލުމަކުން ބަލާލުމަށް ފަހުއެވެ.
މީޝަމް ހިލޭ ފިރިހެނެއްގެ އަތް މަތީގައި އެފަދަ ގޮތަކަށް އޮތްތަން ފެނުން ޒަޔާންގެ ހިތައް ހީވީ ތޫނު އެއްޗަކުން ހަރާހެންނެވެ. މެޔަށް ބާރު ކުރަމުން ދާން ފެށުމުން މޭގައި ވެސް އަތް ޖައްސާލެވުނެވެ.
“އަމް ސޮރީ .. އޭނަ ފެށީ.. ޒަޔާން އަހަރެން ޒަޔާން ދެކެ ވަރަށް ލޯބި ވޭ.. އަހަރެން ތި ހަޔާތަށް ގެނެސްދީ..” ޒަޔާންގެ ފައި ދޮށައް ތިރިވެ ރޮވޭފާޑަކަށް ޝިއުރާ ވާހަކަ ދެއްކިއެވެ.
“ލޯބިވާ މީހުން ނޫޅޭނެ ތި ފާޑަކަށް ..އަހަރެން އެ ހުރިހާ އިރު ހުންނާނީ މިތާގަ.. މި ފައިލް ހަރު ކައިރީގަ މިއިން މޭޒު ކައިރީގަ ..އޭނާ ރީތިކޮން ހުއްޓާ އައިސް ފެށި މީހާ ވެސް މަށައް އެނގޭ.. މަ ހޯދާކަށް ތި ޝިއުރާއަކަށް އަންނާކަށް ނުޖެހޭނެ.. މީޝަމް ބުނީ ދޮގު ޥާހަކައެއްތަ .. އަނެއްކާ މަށައް ދައްކަން ތި އަންނަނީ މޫނުގަ ދަވާދު ހާކައިގެން.. ތިއީ އަހަރެން މި ދުނިޔެ މަތިން އެންމެ ފޫހިވާ ވައްތަރު މީހުން.. ހަނދާން ކުރާތި ދެން ވައި އެޅި ލިޔަސް ނިމުނީ .. މީޝަމްގެ ގައިގަ އިނގިލި ކުރިން ޖެހިލިޔަސް ހަނދާން ކުރާތި..މަށެއް ބަލާކަށް ނުހުންނާނަން….” ރުޅިއައިސްގެން ތުރުތުރު އަޅާ ހާލު ޒަޔާން ބުނެލި އިރު އިންގިލި ދިއްކޮށްލީ އިންޒާރެއް ފަދައިންނެވެ. އޭނާ ހުރީ އެހާ ވެސް ބޮޑަށް ޝިއުރާގެ ދެކެ ރުޅި ގަދަވެފައެވެ. ޒަޔާން ފޯނުނަގައި މިހުރާން އަށް ގުޅާލައިގެން ހުރެ އެތަނުން ނުކުމެގެން ދިޔައެވެ.
ޒަޔާން ދިޔަ މަންޒަރު ބަލަންހުރި ޝިއުރާގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމުގެ އިންތިހާއެވެ. ކުރިޔަށް ވުރެން މީޝަމް ދެކެ ޝިއުރާ ރުޅިއައެވެ.
***
ނަވާރް މޭޒު ދޮށުގައި އިންދާ ޔަޒަން އައިސް މޭޒު މަތީގައި އަތް އަޅުވާލަމުން ކުޑަކޮން ގުދުވެލިއެވެ. ނަވާރް ބަލައިލުމުން ހީލަފައި އޭނަގެ ކެބިން އަށް އައުމަށް ބުނެލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ހީލަމުން ނަވާރް ޔަޒަންގެ ފަހަތުން ދިޔައެވެ.
“އަމް ސޮރީ ފޯރ ޓަޗިންގް ޔޫ ޓްވައިސް ވިތައުޓް ޕާމިޝަން..” ޔަޒަން ހިނިތުންވުމެއްގައި ހުރެ ނަވާރް އާއި ދިމާ ބަލައިލިއެވެ. ނަވާރް ދުރު ބަލައިލަމުން “އިޓްސް އޯކޭ” އޭ ބުނެލީ އެ ވާހަކަ އޮއްބާލަން ބޭނުންވި ވަރުންނެވެ. ޔަޒަން އަށް އެކަން ފަހްމް ވެ ވަގުތުން ވާހަކައިގެ މިސްރާބް ބަދަލް ކޮށްލިއެވެ.
“އޯހް ވެލް .. ޒެހެކް ބައްޕަ ފެނުން ދުވަސް އަދި ޔައުގޫބު ގެ ވާހަކަ .. ބޭނުން އަޑުއަހަން.. ފަސްޓް ކޭން ވީ ސިޓް..” ޔަޒަންގެ މޭޒުގެ އަނެއް ފަރާތައް ވާހެން އިން ގޮނޑިއަށް އިޝާރާތް ކޮށްލިއެވެ. އެތާގައި ހުރި މިނީބާ އިން ދެ ކޮފީ ދަޅު ނަގާފައި އެއް ދަޅު ނަވާރް އަށް ޔަޒަން ދިއްކޮށްލިއެވެ.
ނަވާރް ބޭނުން ވި ފުރުސަތު މާ ލަހުން ޔަޒަން ދިނުމުން ހިތްހަމަ ނުޖެހުނު ނަމަވެސް ނަވާރް އެ ފުރުސަތުގެ ބޭނުން ހިފާ ޒެހެކްގެ ބައްޕަ އެދުވަހު ފެނުން ވާހަކަ އާއި ޔައުގޫބްގެ ވާހަކަ ކިޔައިދިނެވެ. އެ ވާހަކަ އަޑު އިވުމުން ޔަޒަން ހައިރާންވިކަން އެނގުނެވެ. ނަޥާރްގެ ފޯނަށް ފަހުން ލިބުނު މެސެޖާއި ފޮޓޯ ވެސް ދެއްކިއެވެ.
“އާ ޔޫ ސުއާރ އެއީ ޒެހެކްގެ ބައްޕަކަން..މިބުނީ މަށައް އާނާ ތިގޭން ފެނުން ދުވަހު އެތާގަ ހުރީ ޒެހެކް ބައްޕަތަ..” ޔަޒަން އިންތަނުން ތެދުވެފައި އަހައިލީ އިތުރަށް ވެސް ޔަގީން ކުރަން ބޭނުންވެފައި ވާފަދައަކުންނެވެ.
“ޔެއާރ ދުވަހަކު ވެސް އެދެމީހުންނެއް ނޯޅޭނެ.. މިބުނީ ޒެހެކް ދައްތަގެ ބައްޕަ އާ ފާރަ ލީ މީހަ. އަހަންނަކަށް ނޭނގޭ އަހަންނާ ނާނާ އަށް ފާރަލީ ކާކު ކަމެއް.. ބުނީމެންނު އެމީހަކު ހުރީ ޖެހިގެން ހުރި އިމާރާތުގެ އަހަރެމެންގެ ފްލޯ އާއި ދިމާލަށް ވާ އެޕާޓްމެންޓްގައޭ.. އެމީހަކު ސިފަ ނޭނގޭ ..އެއީ މާސްކް އަޅައިގެން ހުރީމަ.. އެނގެނީ އެވެސް ފިރިހެނެއް ކަން..” ނަވާރްގެ އަޑުގައި ވީ ޔަގީން ކަމެވެ. ޔަޒަން ވެސް ބޯޖަހައިލިއެވެ.
“ވަރަށް ބޮޑަށް ޔަގީން ދޯ ޒެހެކް ބައްޕަ ނޫން ނަވާރް އާ ނާނާ އަށް ފާރަ ލީ… މިބުނީ އެއީ ދެމީހެއް އެހެންނު” ޔަޒަން އަހަލިއެވެ. ނަވާރް ވަގުތުން ބޯ ޖަހައިލިއެވެ.
“ޔާ… ޒެހެކްދައްތަ ބައްޕަ ހުރީ ހިކި ކޮން.. އެކަމް އަނެއް މީޙާ ހުރީތަންކޮޅެއް ހަށިގަޑު ރަނގަޅުކޮން..ބޮޑީ ބިލްޑާރ އެއްހެން .. އެހެންވެ އެހާ ޔަގީން ވީ..” ނަޥާރް އިތުރަށް ޔަގީންކޮށްދިނެވެ. މީޝާމް ކޯޓް ފައިލް ހޯދަން އުޅުނު ވާހަކަ އާއި މީޝަމް ކިއަދިން ވާހަކަތައް ނަޥާރް ޔަޒަންއަށް ކިޔައިދިނެވެ. ޔަޒަން އަށް އެވާހަކަ އިވިފައި ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ.
“ޔާ .. ނަވާރް އަށް އެނގޭތަ.. ޒަޔާން ލޯ ކިޔެވީ ކީއްވެ ކަން .. އޭނާ ޑްރީމް އަކީ ޕައިލެޓް..” ޔަޒަންގެ ވާހަކައަށް ނަވާރް ވަގުތުން ނޭނގެ އޭ ބުނެލިއެވެ. ނަވާރް އަށް ވެސް ޒަޔާން ޕައިލެޓްއަކަށް ވާން ބޭނުންވި ވަރު އޮޅިފައެއް ނުވެއެވެ. ނަމަވެސް ޒަޔާން ލޯޔަރަކަށް ވާން ހިޔާލް ބަދަލް ވީ ކުއްލިޔަކަށެވެ.
“ބިކޯޒް އޮފް ޔު އާރ ޑޭޑް .. އަހަރެންގެ ބައްޕަ ޖެއިލް ކުރި ރީޒަން.. ނަވާރް މަންމަ އާއި ދޮންބެ، ޒަޔާން ކައިރީގަ އެ ވާހަކަ ދެއްކީ .. އެދުވަހުގެ ފަހުން ޗޭންޖް ވީ.. އެނގޭތަ އެކަން ވީ ގޮތް..” ޔަޒަން ބުނެލި ވާޙަކަ އަކުން ނަވާރް ހައިރާން ވިއެވެ. ޔަޒަން ފަހުން އެކުރި ސުވާލަށް ނަވާރް އަވަސް އަވަހަށް ނޫނެކޭ ބުނެލިއެވެ. އާނާ ކިޔައިދިން ވާހަކަ ތަކުން އޭނާ ސިއްރުކޮށްފައި ވަނީ ދެކަމެވެ. އޭގެތެރެން ކަމެއްގެ ވާހަކަ އަށް ވުމުން ހިތާ ދެކޮޅަށް ވެސް ނަވާރް ނޭނގޭ ކަމަށް ބުނެ ހެދީ ދޮގެވެ.
ޔަޒަން ވެސް ކިއައިދިނީ އާނާ ކިއައި ދިން ގޮތެށެވެ. ނަވާރް ބޯ ޖަހައިލާފައި ޔަޒަން އަށް ސައްކުވިޔަ ނުދިނުމަށް ކުޑަކޮން ސުވާލް ވެސް ކުރިއެވެ.
“އަސްލު އަހަރެންގެ ބައްޕަ އިނޮސެންޓް.. އެކަން އެނގޭ އަހަރެމެން އެންމެނަށް .. ފުރަތަމަ ހީކޮށްގެން ހުރީ އަކްރަމް ކަމަށް ގޯހީ.. މިހާރު އެގިއްޖެ އޭނާ ނޫން ކަން .. ޒަޔާން އަށް ވެސް ރިހާމް އަށް ވެސް އެނގޭނެ އަހަރެން އެކަން ހޯދަން އުޅޭކަން .. ޒަޔާން ލޯ ކިޔެވީ ތިމީހުންގެ ބައްޕައަށް އިންސާފް ހޯދާން.. އޭނާ ވަރަށް މަސައްކަތް ކުރޭ އާނާ އަށްޓަކައި ވެސް.. ދެން އެނގެއެންނު ސިއްރަކުން އަހަރެމެން ތިން މީހުން ކަމެއް ނުކުރާނެ ކަން… އެކަމަކު ނަވާރް މިކަމުގައި އުޅޭކަން އަހަންނަށް ސިއްރުކުރަން އަދި މިޖެހެނީ.. އަދި އަހަރެމެންގެ ގުޅުން ވެސް.. ނަވާރް މިކަމުގައި އުޅޭކަން އެނގިއްޖެއްޔާ ވަގުތުން ޒަޔާން ޝައްކު ކުރާނެ.. އެއީ އަހަރެން ކަހަލަ މީޙަކު ނަވާރްގެ ލައިފަށް އަންނާތީވެ.. ދިހަ އަހަރަށް ފަހު އަހަރެން އަނގައިން ބުނީ ހިތުންރުހުމުން ނަވާރް އާ އެކަނި.. އަހަހަ..އެކަމަކު މީ އެކަކުވެސް ލޯބިން ކުރާ ކައިވެންޏެއް ނޫން ..އެހެންނު” ޔަޒަން ހީލާފައި ބުނެލި ކަމުގައި ވިޔަސް ފަހު ޖުމްލަ ބުނެލި ހިނދު ނުހަނު އުނދަގު ވިއެވެ. ކީއްވެ ކަމެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ.
“އެހެން ވެ ދޯ ކުއްލިޔަކަށް ޗޭންޖް ވީ.. އެންމެން އަހަރެން އަނދިރީގަ ބަހައްޓަނީ ކީއްވެތަ.. މަންމަ ކައިރީގަ ވެސް އެހީމަ އިގްނޯ ކުރީ.. “ހަގީގަތު ގައިވެސް ނަވާރް ދެރަވިއެވެ. އެކަކު ވެސް ނަވާރް ގާތު އެއްވެސް ވާހަކަ އެއް ނުދެއްކިތާ އެކަމުގެ ވާހަކަ އަމިއްލައަށް އެހީމަ ވެސް ހެދީ ނޭނގޭ ކަމަށެވެ.
“ހޭއި.. އަހަރެން މިހުރީނު.. ވީ އާ..ފްރެންޑްސް ..ރައިޓް..” ނަވާރް ދެރަ ވެފައި ހުރިކަން އެނގި ޔަޒަންގެ ހިތައް އުނދަގޫ ގޮތެއް ވެގެން ދިޔައެވެ. ނަވާރްގެ ގާތައް ދެވުނީ ވެސް އެހެންވެއެވެ. ނަވާރް އަށް ޔަޒަން އާއި ދިމާ ބަލައިލެވުނު އިރު ހިސާބަކަށް ހުރީ ފެންކަޅިވެފައެވެ.
“ކަމޯން .. އޭރު ތަންކޮޅެއް ކުޑަ ވީމަ އޭ އެގޮތައް އެބުނީ. ދެމީހުން އެއްކޮން ހިނގާ އެކަމާއި މިކަންތައް ބަލަން .. އައިލް ބީ ވިތް ޔޫ އޯލްވޭސް.. އިންޝާﷲ” ޔަޒަން ނަވާރް އާއި ދިމާ ބަލައިލިއެވެ. ނަވާރް ވެސް ބޯ ޖަހައިލާފައި ހީލަމުން ދެލޮލުގައި ވި ކަރުނަތައް އޮއްބާލިއެވެ.
“ޔަޒަން .. އަހަރެން ނާހަން އާނާ މަރުވި ރޭގަ މިލީނާ ދައްތަ އަށް ވީ ގޮތެއް އެއްވެސް މީހެއްގެ ފުށުން އެއް.. އެކަންތައް ކިއައިދެވިދާނެތަ.. މިހާރު އެބަ އެނގޭ އާނާ ހިޔާއަށް ލައި ދިނީ އަކުރަމްބެ ކަން.. ދެން ޔަޒަން ނުވެސް އަހަންތަ އެވާހަކައެއް” ނުކެރި ހުރެފައި ނަވާރްގެ ހިތައް މިހާރު އެންމެ އުނދަގު ކުރަމުން ދިޔަ ސުވާލް ކޮށްލިއެވެ.
“މަންމަ އޭރު ސަކަރާތް ވީމަ އަހަރެމެން ނުއެއް އަހަން.. އަހަރެން ވެސް އާނާ ކުރި މެސެޖް ފޮރުވައިގެން އިހަށް ހުރީ.. ޒެލީ މެން މަންމަ އަށް ލިބުން ފަހުން ސުވާލް ކުރީ .. މަންމަ ބުނީ ކުއްލިޔަކަށް ކަރަންޓް ދިޔައޭ.. ބަޔަކު ވަންކަން އެނގުނޭ.. އެތަނުން އެކަކު މަންމަގެ ބޮލުގަ އެއްޗަކުން ޖެހިކަން އެނގެޔޭ.. ދެން ވީ ގޮތެއް މަންމަ އަކަށް ވެސް ނޭނގެޔޭ..ދެން ބޭބެ ދޯ… ބޭބެ ކައިރީގައިއަހަރެން ސީދާ ނާހަން އެހެނެއް… މަ އެހީ އާނާ އެންމެ ފަހުން ފެނުނީ ކޮންދުވަހަކު ހޭ..” ޔަޒަން ބުނެލިއެވެ.
” ދެން ބޭބެ ކީކޭތަ ބުނީ.. ކީއްވެ ނޭހީ އެގްޒެކްޓް ޕޮއިންޓް..” ނަވާރް އަހައިލިއެވެ.
“ބޭބެ ބުނީ އާނާ ގެއިން ނުކުގެން ދިޔަތާ ދެދުވަސް ފަހުންނޭ ގެޔަށް އާދެވުނީ.. އޭގަ ކުރިން ބިޒްނެސް ޓްރިޕަކަށް ދިޔައީމޭ.. ދެން އެހެން ސުވާލްތައް ކުރިން އެއްޗެއް އެނގޭތޯ.. އެކަމް ހަމަ ނޭނގޭ ކަމަށް ބުނީ.. ވާހަކަ ނުދައްކާ ހުރެހުރެފަ އެހާ އަވަހަށް ނުކެރުނީ ސީދާ ޕޮއިންޓްއަށް ދާން ނުކެރުން..ހީވަނީ އެހި ނަމަވެސް ތެދު ނުބުނާނެހެން…. ދެން އޭނާ ވެސް ޓައިމް ބޭނުންވެފަ އެނުން ހުންނާނީ.. އެހެން ހުރެ ހުރެފަ މީގެ އަހަރެއް ކުރިން އަނެއްކާ ވެސް އެހިން ..ހަމަ ނޭނގޭ ކަމަށް ބުނީ.. ދެން ފަށަނީ އެހެން ވާހަކައެއް.. “ޔަޒަން ކިއައިދިނެވެ.
“އެހެން ވީމަ ބޭބެ ނުބުނަން އެ.. ވެދާނެ ޔަޒަންގެ ސޭފްޓީއަކަށް ވެސް.. އެކަމް އެބަޖެހޭ އެކަންތައް ހޯދަން..” ނަވާރް ޔަޒަންއާއި ދިމާ ބަލައިލުމުން ޔަޒަން ބޯ ޖަހައިލިއެވެ.
“ސޯ .. މީޝަމް އަށް ވެސް ކުރެވޭނެ ކަމެއް ނީންނާނެ ޒަޔާން އެ ފައިލް ނަގާފަ އޮތިއްޔާ… ހީވަނީ ނަގާފަ ހެން އޮތީ.. މަށަށް ވެސް އެނގޭ އެންމެ ކޮޕީ އެއްކަން ކޮންމެ މީހަކަށް ވެސް ނެގޭނީ.. އަދި މިތާގަ ހެން ވަކި ލެވެލް އަކުން މަތީ މީހުންނަށް އެކަން ވާނީ ވެސް.. ހަމަ އެންމެ ރަނގަޅު ވާނީ މީޝަމް މެދުވެރިކޮން ޒަޔާން ގާތުން އެ ހޯދިއްޔާ..ހީވޭ ޒަޔާން ކަމެއް ފޮރުވާހެން ބައެއްފަހަރު..އަހަރެމެން ތިކަމާ އުޅޭފިއްޔާ ވަރަށް ގޯސްވާނެ..” ޔަޒަންގެ ވާހަކަ އިވި ނަވާރްއަށް ފެށުނީ ހޭށެވެ. ޔަޒަން ގާތައް ވެސް ހިނިއައެވެ. ރިހާމްގެ ފަރާތުން މީޝަމް އާއި ޒަޔާން އާއި ދެމެދު އޮންނަ އާދަޔާއި ހިލާފް ގުޅުމުގެ ހަބަރު ޔަޒަން އަށް ވެސް އެނގެއެވެ.
“ﷲ އަކްބަރު … އެދެމީހުންނޭ.. އަހަރެން ވެސް މީޝް ކައިރީގަ ބުނިން ތިހެން ..އެއްބަސް ވި އެހެން ބުނީމަ .. ދެން ބަލަމާ..” ނަވާރް ހީލައިފާ ޖިންސްގެ ޖޯބުގައި އޮތް ފޯނު ރިންގް ވާން ފެށުމުން ބަލައިލި އިރު މިހްރާން އެވެ. އަވަހަށް ފޯނު ނެގިއިރު މިހްރާން ބުނެލި އެއްޗަކުން ނަޥާރް އަށް ކޮޅަށް ތެދުވެވުނެވެ.
” ވަރަށް ބޮޑަށް ތަ .. ކޮބާ މީޝް މިހާރް… އާނ މިހާރު މިދަނީ ..” ނަވާރް ފޯނު ބޭއްވި އިރު ޔަޒަން ނިތް އަރުވާލީ ކިހިނެތް ވީ ހޭ އަހާ ފަދައަކުންނެވެ. މިހުރާން ބުނިގޮތައް މީޝަމް އަށް އަނިޔާ ވެގެން ހޮސްޕިޓަލްއަށް ގެންދިޔަ ވާހަކަ ބުނަމުން ނަވާރް އެދުނީ އޭނާ ހޮސްޕިޓަލް އަށް ގެންދެވޭނެ ތޯ އެވެ. ޔަޒަން ވަގުތުން ހިނގާށޭ ބުނެލިއެވެ.
ދެމީހުން ކެބިން އިން ނުކުމަން ވަގުތު އެ ކޮޓަރި ތެރޭގައި ހުރި މީހަކު ފެނި ޔަޒަން އަށް ހުއްޓުން އެރިއެވެ. އޭރު ޒެހެކް ވެސް ކެބިން ނުކުމަންނަނީއެވެ. ޒެހެކްގެ މޫނުމައްޗަށް ވެރިވި ނުރުހުން ވަގުތުން ނަވާރްއަށް ފާހަގަ ވިއެވެ.
“ލާރާ.. ކާކު ހޯދަން ތިއައީ މިތަނަށް .. ގެޓް ލޮސްޓް..”ޒެހެކް ހުރީ ނުހަނު ރުޅި ގަދަވެފައެވެ.
ލާރާ ހީލައިފާ ސަލާމަތް އަތް ދިއްކޮށްލިއެވެ. ކަޅު ޖިންސްގައި ހުރި އިރު ކަކުލާ ހަމަޔަށް ގަމީހުގައި ހުރި އިރު ފަން އިސްތަށިގަޑު ކުރިމައްޗަށް ގެނެސް އައްސާލާފައި ވާގޮތުން ނުހަނު ސާދާ ވައްތަރު ޖަހައެވެ. ހުދު ދޮންކަމެއް ލިބިފައި ހުރި އެއްވެސް މޭކަޕެއް ނެތެވެ.
ޔަޒަންގެ މޫނުމަތިން ފެނިގެން ދިޔައީ ފޫހި ކަމެވެ. “ލެޓްސް ގޯ ނަވާ..” ނަވާރްގެ އަތައް ބާރުކޮށްލަމުން ޔަޒަން ހިނގައިގަތީ އެތާގައި ހުންނަން ބޭނުން ނުވުމުންނެވެ. ނަވާރް އަށް ވާނުވާ ނޭނގުނު ނަމަވެސް ހިނގައިގަތެވެ.
“ޒޭން.. ވެއިޓް.. މިހާ ދުވަސް ފަހުން ދިމާ ވީމަ ހައި ވެސް ޖަހާ ނުލާންތަ.” ލާރާ އަވަސް އަވަހަށް ބުނެލި ނަމަވެސް ޔަޒަން އަޅާވެސް ނުލާ ދިޔުމުން ލާރާގެ ހިތައް ތަދުވެލިއެވެ.
“ހައު ޑެއާރ ޔޫ ..ސްޓޮޕް ސްޕޮއިލިންގް ހިމް އެގެއިން އެންޑް އެގެއިން ޔޫ ފީލިންގްލެސް ބި*” ޒެހެކް އަށް ރުޅި ގަދަވި ވަރުން ނޭވާ ލާން ވެސް ހުރީ އުނދަގުވެފައެވެ.
“ޒެހެކް މި ދޭތެރެއަށް ނުވަނުން ރަނގަޅެއް ނޫން.. ހޫ އާރ ޔޫ ޓް ޑިސްޓާބް އަސް” ލާރާ ބުނެލި އިރު މަޑު މައިތިރިކަމުން ޒެހެކް އިތުރަށް ފޫހިވިއެވެ.
“އަސް އޭ.. ލާރާ ތިއުޅެނީ އިނދެގެން ތަ ކޫ އާ.. ޒޭން އޭ.. ޒޭން އަކީ ހަމައެކަނި މީލީނާ ދައްތަ ގޮވާ ނޭމް… އޯހް ޕްލީޒް.. އަހަންނަކީ ޔަޒަންގެ ހުރި ހަމަ އެކަނި އަންހެން ފްރެންޑް.. ޔަޒަން އާއި ނަވާރް އުޅެނީ މެރީ ކުރަން .. ނަވާ އަކީ އަހަރެން ކޮއްކޮ އެއްފަދަ ކުއްޖެއް .. އަހަރެން އިންނަން މިއުޅެނީ ނަވާގެ ބޭބެ އަކާ.. ސޯ އަހަންނަށް ވުރެން ރަނގަޅަށް މިކަމާ ބެހެވޭނެ މީހެއް ނުހުންނާނެ.. އަހަރެން ގެ ބީ އެފް އަކީ ޔަޒަންގެ ބެސްޓީ..” ޒެހެކް ހީލީ މަލާމާތުގެ ރާގެއްގައެވެ. ޒެހެކްގެ ވާހަކައިން ލާރާގެ ޠޮބީއަތް އެކީ ބަދަލް ވިއެވެ.
” ޒެހެކް ދޮގު ހަދަން ވެސް ފެށީތަ.. ޒޭން ލޯބިވަނީ ހަމައެކަނި އަހަރެން ދެކެ.. އޭނާ ކިހިނެތް އެހެން މީހަކާ މެރީ ކުރާނީ..” އެއްވެސް އިޙްތިޔާރެއް ނެތި ލާރާ ގެ ދެލޮލުން ކަރުނަތައް ފައިބަން ފެށިއެވެ.
“ކެން ޔޫ ޖަސްޓް ޝަޓް އަޕް.. ނޭނގޭތަ ތި އަންހެނާ އާއި ތި އަންހެނާގެ ބައްޕަ އަލީ ހިލްމީ ވެގެން ކޫ އަށް ޖެއްސި ހާލެއް .. އޭނާ ކުރިން ލާރާ ދެކެ ލޯބި ނުވެއެކޭ މަށެއް ނުބުނާނަން.. އެކަމް ނޮޓް އެނީމޯރ.. ދިހަ އަހަރުވެއްޖެ އޭގެ ފަހުން.. މިހާރު އޭނާގެ ހިތުގައި ލާރާއަށް އޮތްހާ ވެސް އެއްޗަކީ ފޫހިކަން ..ކަލޭގެ ނަން އެހިތުން ފުހެލިތާ ކޮން ދުވަހެއް..މިހާރު އޭނާ ލޯބި ވަނީ ނަވާރް ދެކެ.. އެންމެ ބަލައިލުމަކުން ވެސް ކޮންމެ މީހަކަށް ވެސް އެނގޭނެ ނަވާ ދެކެ ކޫ ލޯބިވާކަން.. ޝިއުރާ އާއި ކަލޭ ދެކެ ލައިކް ވާނެ މީހެއް މި އުޑު ދަށުގަ ނުހުންނާނެ .. އެއްކޮން އުޅުނު ހުރިހާ އެންމެން ވެސް ފޫހި ވޭ .. ވައި ޑޯންޓް ޔޫ ގެޓް ލޮސްޓް..” ޒެހެކް ރުޅި ގަދަ ވެފައި ހުރެ ގޮވާލި ގޮތައް ބާރު ބާރަށް ނުކުމެގެން ދިޔައެވެ. ޒެހެކް ނުކުމެގެން ދިޔަ ހިނދު ލާރާ އަށް ހުރި ދިމާލަށް ތިރިވެވުނެވެ. ޖިސްލެވެމުން ދިޔައިރު މާޒީގެ ހަނދާންތައް ހިތައް ތަދުކުރަމުން ދިޔައެވެ.
**
” ބޮސް .. ވަރަށް ސަކަރާތް .. ސައުން އަނގަ ގަޑު މާލެ އައިސްފި..އޭނާ އަށް ކިހިނެތް ހަނދަން ވީ.” ނައުފަލް ވާހަކަ ދައްކަމުން ދިއައިރު އަތުގައި އޮތް ކަޅު ތޮފި ބޮލުގައި އަޅާލިއެވެ. ނައުފަލް މަޑުކޮށްލައިގެން ހުރީ އިންޓާނޭޝަނަލް ފްލައިޓް ތަކުން މާލެ އަންނަ މީޙުން ނުކުންނަ ދޮރު ފެންނާނެހެންނެވެ.
“ބޮޑޭ ބުނިހެން ކަންތައް ކުރޭ.. ފިނިޝް ހިމް..” އެކޮޅުން ވާހަކަ ދެއްކި މީޙާ ޖަހައިލީ މަކަރުވެރި ހިނިގަނޑެކެވެ. ފޯނު ބޭއްވި އިރު ނައުފަލްގެ މޫނުމަތީގައި ވަނީ ނުރައްކާތެރިކަމެވެ.
***
(ނުނިމޭ)