ނަވާރް ވާހަކަ ދެއްކުމަށް އިނދެފައި ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވެގެން ބަލައިލިއެވެ. ޕްރައިވެޓް ނަމްބަރަކުން އައިސް މެސެޖް ފެނި ހިތް ރޫރޫ އަޅައިގަތެވެ.
***
“ހެލޯ …އާދޭ ރޫމް ޓޫޒީރޯ ޓޫ އަށް..” ފޯނު ކަންފަތުގައި ޖަހައިގެން އިން ފިރިހެން މީހާގެ މޫނުން ދެލޯ ފިޔަވައި އިތުރު ތަނެއް ނުފެނެއެވެ. މާސްކަކުން ފޮރުވިގެންނެވެ. އޭނާގެ ގާތުގައި އެންމެ އަރިސް ނައުފަލް އިނެވެ. ކޮންމެ މީހަކު ކުރިމަތީގައި ބަނގުރާ ތަށިތަކެއް ހުރި އިރު އެ ކޮޓަރި ތެރޭގައިވެސް ހިފާލައިފާ ވަނީ ރާހުތް ފާޑު ވަހެވެ.
މާގިނައިރެއް ނުވެ އެކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އިތުރު މީހަކު ވަނެވެ. އެމީހަކު ވެސް ފޮރުވިގެން ހުރި ވަރުން ފެންނަނީ ދެލޮލެވެ. މަކަރުވެރި ދެލޮލެވެ.
“އަހާ މިއޮތް އައީނު އަހަރެމެންގެ ބައިވެރިޔާ..ކިހިނެތް އައްޔަ” ނައުފަލްގެ ގާތުގައި އިން އޭނާގެ “ބޮސް” އަހައިލިއެވެ.
“ރަނގަޅު..ބޮސް.. ޒަކީންގެ ދަރި ޕޮލިހުގައި އުޅެނީ.. އާނާގެ އެކުވެރިޔާ..” އަލީ ޖަހާލީ މަކަރުވެރި ހިނިގަނޑެކެވެ. ދެން ތިބި މީހުން ވެސް އެ ހުނުމުގައި ބައިވެރިވިއެވެ.
”ނައުފަލް ..ކަލޭ ބަލާ އެ ޔައުގޫބުގެ އަނގަ ބަންދު ވޭތޯ..އެއްކަލަ އިރު ވެސް ފޮނުވާލީމަ ފަހުން އެހެން ބައެއް އެހީގަ އައްޔޭ މިކޮޅަށް.. އޭނާ ބުނާ ވަރަށް ލާރި ނުދެންޔާ ފަޅާ އަރުވާލާނަމޯ ކިޔަނީ.. މަށައް ކޮން ބަ* ވެރިކަމެއް..”އެމީހުންގެ ބޮސް ހަޑިހުތުރު ބަހުން ވާހަކަދައްކަމުން ދިޔައެވެ. ނައުފަލް ވެސް އިދެފައި ބޯ ޖަހައިލިއެވެ.
” ޔާމީންގެ ސޮރު ވެސް ރީތި ބޮނޑިއެއް ބޯނެ އަދި.. މައިތިރި ނުވެގެން އުޅެންޔާ ދެން ޖެހޭނީ ރަނގަޅު ބޮނޑިއެއް ދޭން… އައްޔަ ކަލޭ ވެސް ތި އުޅެނީ ޕޮލިހަކު އެންނު.. އެމީހުން އެ ގަންނަ ގަނޑެއް ބަލާތި.. މިއަދުން ފެށިގެން އަހަރެމެންގެ ޕްލޭން ފަށަން އުޅެން ވީ.. މި ދެ ބިޒްނަސް އަދި އެ މުދާ ގަނޑު އެއީ އަހަރެންގެ ހައްގެއް …އެކަމަށް ހުރަސް އަޅާ ކޮންމެ މީހަކު ވެސް ޖެހޭނީ ވެލީގެ ދާނުގައި ނިދާލަން..” ބޮސް ވާޙަކަ ވާހަކަ ދައްކަމުން ދިޔައިރު ހަމަ އެކަނި އެދެލޯ ފެންނަން އިންނަމަ ވެސް ފެންނަ މީހަކު ބިރުގަންނަހާ ނުރައްކާތެރިކަމެއް އެދެލޮލުގައި ވެއެވެ.
“މަ ހުއްޓާ ލާހިކެއް ނޫން … އެއްކަލަ މަންޖެ ވެސް އައިސްފި މިކޮޅަށް.. އޭނާ ވެސް ނުކުންނާނެ ވަރަށް އަވަހަށް .. އެ މަންޖެ ކުރިން ހިތާވެގެން އުޅުނީ ޔަޒަން އާ.. އެ މަންޖެ މައުސޫމް ކަމުން އޮޅުވައިލައިގެން ބަހައްޓަން ވަރަށް ވެސް އުނދަގު ވޭ..” އަލީ ބަނގުރާ ފުޅިއެއް ނަގާ ތުމުގައި ޖަހައިލިއެވެ.
“ކަލޭ ހާސްނުވޭ.. މީގެ ފައިދާ ކަލެއަށް ވާ އިރު އެ މަންޖެ އަށް ވެސް ލިބޭނެއެންނު ..ހަހަހަ..މިއަދު ޕްލޭންތައް ފަށަން އުޅޭ.. ޔައުގޫބް އިން ފަށަމާ..” ނައުފަލް ނިކަން ހަމަ ޖެހިލާފައި ކުރިމަތީގައި މޭޒުމައްޗަށް ދެފައި ލިއެވެ. އޭނާގެ ވާހަކަ އަށް ދެން ތިބި މީހުންވެސް ބޯ ޖަހައިލާ މަކަރުވެރި ވިހަ ގޮތަކަށް ހީލައިގެން ތިއްބެވެ.
***
ބަނަކޮށްލާފައިވާ އުޑުމަތިން ހީވަނީ ދެންމެ ދެންމެ ވާރޭ ވެހިގަންފާނެހެންނެވެ. ދޭތެރެއަކުން ވިދާލާ ގުގުރީގެ އަޑު އިވިލައެވެ. ކަކުލަށް ވުރެން މައްޗަށް ހުރި ޖީންސް ސޯޓުގައި ހުސްގަޔާ ބެލްކޮނީގައި ޔަޒަން އިން އިރު ކޮފީ މޭޒުގައި އިން ކޮފީ ތަށި މަޑުމަޑުން ހުސްވަމުން ދިޔައެވެ. މޭޒުމަތީގައި ބާއްވައިފަ އޮތް ފޯނަށް އިރުކޮޅަކާ އޭނާއަށް ބަލައިލެވެއެވެ. މީހަކަށް އިންތިޒާރް ކުރާ ފަދައެވެ. އޭނާގެ ކުރިމަތީގައި ރިހާމް ވެސް ހަމަޖެހިލައިގެން ކޮފީއެއް ހިފައިގެން އިނެވެ.
“އާހް.. ދުވަހަކުވެސް އަންހެންކުއްޖަކާ ހެދި މިވަރު ނޫޅެން.. ކުރީގަ އެއުޅުން އަންހެނާ ވެސް ދޯކާ ދީފަ ދިޔާމަ ހުރީ ވިއްޔާ މަޑުން.. އައި ޑޯންނޯ ވަޓްސް ހެޕެނިންގް ޓް މީ.. ނަވާރް ފެނުނު ފަހުން އަބަދުވެސް މައިންޑްގަ އޮންނަނީ ނަވާރް ގެ ނަން.. މިވީ އަހަރުތަކުގައި ވެސް..ސޮލިއުޝަން އަށް ދެވިދާނެތަ މި ބޭކާރް ކަންތަކަށް..” ޔަޒަން އިނީ ބޯ ހާސްވާ އަތައް އަޅާފައެވެ.
ޔަޒަން އުޅެމުން ދިޔަ ގޮތުން ރިހާމް ގާތައް ހިނިއައެވެ.
“ތިހާ ޕްރޯ މީހުން ސޮލިއުޝަން ބޭނުން ވޭތަ..އަދި ބުނެފި އެންނު ބޭކާރް ކަންތަކަށޭ.. ފުރަތަމަ ވެސް އިންނަން އަހާފަ އެކުއްޖާއަށް އެއްޗެއް ނުބުނެވެނީ ކިސް ވިއްޔަ ތި ކޮށްލަނީ.. މަ ވިއްޔާ ޒެހެކް ކައިރި އިންނަން އަހަން ވެސް ނުކެރިގެން މިއުޅެނީ.. ބްރޯ މަށަކަށްނު ސޮލިއުޝަން ދޭން ވީ..” ރިހާމް ހޭންފެށުމުން ޔަޒަން ލަދުގަންނަ ގޮތްވިއެވެ. އޭނާގެ ފައިގެ ހަމަލާއެއް ރިހާމްގެ އަތައް ވެސް އަރުވާލިއެވެ.
“އަދިވެސް ދިމާ ކުރަނީތަ.. އަހަންނަށް ހީވަނީ ދުނިޔެ މޮޔަވާން އުޅޭހެން..” ޔަޒަން އިސްތަށިގަނޑަށް އަތް މަހާލިއެވެ. ރިހާމް އަށް އަނެއްކާ ވެސް ހޭން ފެށުނެވެ.
” ބްރޯ ގުރައިދޫ އަށް ފޮނުވާލަން ވީ ދޯ.. މަ މިތަނަށް އައިސް މި އިނީ ތި ދައްކާ ވާހަކަ އަޑު އަހަން .. މަށައް އެނގޭ ލާރާ ފެނިގެން ކަން އެހާ ހައިޕާ ވީ.. މަ ދުށީމޭ އޭނާ.. ނަސީބެއް ހަމަ ދައްތަ އަށް ނުފެނުންކަން.. އެ އަންހެންގޮލާ އަނެއް ސައިޑު ދޮރުން އެރީމަ ކުރިން މަށައް ނުފެނުނީ ނިކަން ކައިރިވި ފަހުން މި އެނގުނީ އޭނާ ކަން ވެސް.. މިހާރު ވަރަށް ތަފާތު.. ނިކަން ސާދާ ކުއްޖެއްގެ ވައްތަރު މިހާރު ޖަހާ.. ކުރިން ޒައްޔުގެ ފަހަތުން އަވަލާފަ ހުންނަ ޝިއުރާ އާ އެއްކޮން އުޅޭނީ .. ބޮލުގައި ކުލަ ޖައްސައިގެން ނިކަން ފުއްޕާފަ އޭރު އުޅުނީ.. މަވެސް ހައިރާން ވި ކޫ އޭނާ އާ ރައްޓެހި ވީމަ ..އަހަރެމެން ކައިރީގަ ބުނީވެސް ކަންކޮށް ނިންމާފަ.. ދެން އެވާހަކަ ބާއްވަމާ ދޯ.. ކިޔައިދީ ބަލަ މިވާ ގޮތެއް” ރިހާމް އަހައިލިއެވެ.
ރިހާމް، ލާރާގެ ވާހަކަ ފެށުމުން ޔަޒަން ހިސާބަކަށް މޫޑް އޮފް ވިއެވެ. ނަމަވެސް އެކަން ނުދައްކާ ރޭގަ ހިނގި ހާދިސާ ކިޔައިދިނެވެ. ޒަޔާން އާއި ރިހާމް އަށް ޔަޒަން އާނާގެ ކޭސް ބަލާކަން އެނގޭނެތީ ޔަޒަން އެއްވެސް ފޮރުވުމެއް ނެތި ކިޔައިދިނެވެ. އާނާގެ މެސެޖް ވާހަކަ ވެސް ފުރަތަމަ ފަހަރަށް ޔަޒަން ކިޔައިދިނެވެ. އަދި މަރުވި ރޭ އެންމެ ހާލު ދެރަ ވެގެން އުޅުނު ވަގުތު ވެސް ނަވާރް އެކަނި ދޫކޮށްނުލުމަށް އެދުން ވާހަކަ އާއި އަކުރަމް ގެ ވާޙަކަ ވެސް ކިޔައިދިނެވެ. ރިހާމް ދެލޯ ބޮޑުކޮށްލައިގެން އިން އިރު އޭނާގެ މޫނުމަތިންހިނިތުންވުމެއް ވެސް ފެންނަން ހުއްޓެވެ. ހުރިހާ ކަމެއް ކިއަޔިދީ ނިމުން އިރު ޔަޒަން އަނެއްކާ ވެސް ސޯފާގެ ތެރެއަށް ވެއްޓި ގަތެވެ.
“ބްރޯ ކައެ ކުރިން ތިވާހަކަ ނުވެސް ބުނެ.. މިއޮތް ހުރިހާ ދުވަސް ވީ އިރު ވެސް..ކީކޭ ދެން ބުނާނީ..ނަވާ އާއި މެރީ ކުރަން އަސްލަށް ވެސް ބޭނުންތަ.. ކޫ ނަވާ ދެކެ ލޯބި ވޭ ތަ..” ރިހާމް ސީދާ ޔަޒަންގެ މޫނަށް ބަލައިލީ ހިނިއައިސްފަ އިނދެއެވެ. ޔަޒަންގެ މޫނު ހިސާބަކަށް ރަތް ވިކަން ފާހަގަވެ އިތުރަށް ހިނިއައެވެ.
“ނޭނގޭ ބުނާކަށް .. އެކަމަކް އޭނާ އާއި ދުރަށް ދާކަށް ބޭނުމެއް ނުވޭ … ލައިކް ވޭ އޭނާގެ މިޒާޖް.. ދުވަހަކުވެސް އަންހެނަކު އިގްނޯ ކޮށްގެން މިވަރެއް ނުވޭ.. އެންޑް ޔެސް ނަވާރް އާއި މެރީ ކުރަން ބޭނުން ވޭ.. އޭނާގެ ސޭފްޓީ އަށް އާނާ ބެލިވަރަށް އަހަރެންވެސް ބަލާނަން..އަހަންނަށް އެނގޭ އާނާ ބަލައިދިނީ ނަވާރްކަން.. ދުވަހަކު ވެސް އެކަމުގެ މަތިން އަހަރެން ހަނދާނެއް ނުނެތޭނެ ” ޔަޒަން އިސްޖަހައިލައިގެން އިނދެ ބުނެލިއެވެ.
“ބުރޯ ތީ ހަމަ ލޯބީގެ ވައްތަރެއް… އަދި ލޯބި ކަން އިޙްސާސް ނުވެގެން ތިއުޅެނީ.. ” ރިހާމް ހަމަ އެހެން ބުނެލިތަނުން ޔަޒަން ނޫނެކޭ ކިޔަން ފެށިއެވެ. އެއީ ލޯތްބެއް ނޫނޭ ކިޔާ ދެކޮޅު ހެދިއެވެ.
“ކަންތައް ހަމަ ވީނު.. މީހަކު ދައްކާ ވާހަކަ ގަބޫލެއް ވެސް ކުރާ ސޮރެއް ނޫން މި އަދި.. ބުނަން ..ނަވާ އަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް .. އޭނާ ރޯތަން ނުފެންނާނެ ވަރަށް މީހަކަށް ..އެކަމަކް ރޭގަ އައި ސޯ އޭނާ ރޮނިކޮން.. ވަރަށް ދެރަވި .. ރައްޓެއްސެއްގެ ހައިސިއްޔަތުން ނަވާ ބޭބެ އެއްގެ ހައިސިއްޔަތުން ވެސް ބުނާނީ ކޫ ތި އީ އޭ ނަވާ އަށް އެންމެ ރަނގަޅު ބައިވެރިޔާ.. އެއްވެސް ޖެހިލުމެއް ނުވޭ އެ ލޯބި ކުއްޖާ ކޫ އާ ހަވާލް ކުރާކަށް … ޒައްޔު ވެސް ޒަހުރާން ދޮންބެ ވެސް ހަމަ މި އާންސްވާ ދޭނީ.. ބުނަންތަ ވާހަކަ އެއް ނަވާ އާއ މެރީ ކުރުމަށް ފަހު ލާރާ ގެ ހިޔަނި ތި ދިރިއުޅުމަށް އެޅޭތަން ބަލަން ޒަޔާން ނުހުންނާނެ.. މަށެއް ވެސް ނުހުންނާނަން.. ކޫ އާނާ ދެކެ ލޯބި ވިހެން ޒަޔާން ނަވާ ދެކެ ވާ ލޯބި ކޫއަށް އެނގޭނެ.. ސޯ މެރީ ކުރުމަށްފަހު ވަރަށް ލޯބިން ގެނގުޅޭނެކަމަށް ހީކުރަން ..އެކުއްޖާގެ ލޮލުން ހިތްދަތިވެގެން އެންމެ ކަރުނަ ތިއްކެއް ވައްޓަލިއަސް ހާ ބްރަދާސް ވޯންޓް ސްޕެއާ ޔޫ.. އިންކްލޫޑިން މީ..” ރިހާމް ގެ މޫނުމަތީ ގައި ހުރި ސަމާސާ ކަމުގެ ބަދަލްގައި މިހާރު ފެންނަން ހުރީ ސީރިއަސް ކަމެވެ. އޭނާގެ ކޮންމެ ޖުމްލައަކުން ނަވާރް އަކީ ކިހާ މުހިއްމު ކުއްޖެއްކަން ޔަޒަން އަށް ވިސްނުނެވެ.
“ޔާހް ބްރަދާ.. އައިލް ނެވާ ހާޓް ހާ.. ލާރާ އަކީ ކިހާ ބޭކާރް މީހެއްކަން އެނގޭނު.. އެއީ މަކަރުވެރި ނުބައި އަންހެނެއް.. އޭނާއަށް އަބަދުވެސް އަހަރެން ވިސްނައިގެން އުޅޭނީ..ނަވާރްއަކަށް ވެސް އެއްވެސް ގެއްލުމެއް ނުލިބޭނެ އިންޝާﷲ.. މި ކައިވެންޏަކީ ނަވާރްގެ ސޭފްޓީއަށް ކުރާ ކަމެއް.. އެންޑް ހުރިހާ ކަމެއް ނިމުނީ އޭނާ ބޭނުން ވަންޏާ ވަރި ވާނީ “ޔަޒަންގެ އަޑުގައި ވީ ޔަގީން ކަމެވެ. އެކަމަކު އެންމެފަހު ޖުމްލަ އޭނާ އަނގައިން ނުކުތީ ފުދޭވަރަކަށް މަޑުންނެވެ.
ކިތަންމެ އެއްބަސް ނުޥާން އުޅުނަސް ޔަޒަންގެ ދެލޮލުގައި ނަވާރް އަށްޓާކައި ފޮރުވިފައިވާ ލޯބި ރިހާމްއަށް ފެނުނެވެ. ނަވާރް ގެ ނަން ބުނެލަނީ ވެސް އެހާ ސަޅިކޮންނެވެ. އާނާ ވަކިވެ ދިޔުމަށްފަހު ނަޥާރް ގެ ބަދަލްވެފައި މިޒާޖަށް ދިރުން ލިބިގެންދާނެކަން ރިހާމްއަށް މިހާރް ވެސް ޔަގީންވިއެވެ.
“ދެން ތިބުނީ ބްރޯ ނުކުރާނަމޭ ދޯ ވަރިއެއް އެކަން ނިމުނީމަ ވެސް.. އަހަހަ..އޯކޭ… ވެލްކަމް ޓް ދި ފޭމްލީ ބްރަދާ.. ޒަޔާން އާއި ބައްދަލް ކުރަންވާނު މިއަދު.. އަދި މަށައްވާނެ ކިސް ކުރާނެ ގޮތުގެ ޓިޕްސްކޮޅެއް ދޭން.. ޒެހޭ އަށް ޕްރޮޕޯސް ކުރަންވާ އިރަށް އެބަ ޖެހޭ ތައްޔާރް ވެލަން.” ލާނެތް ކަމާއެކު ރިހާމް ބުނެލި އެއްޗަކުން ޔަޒަން ގާތަން ހިނިއައެވެ.
“ލައިވް ކޮން ބަލާފަ ދެން ކީއްކުރަން ހޯދާ ޓިޕްސް އެއްތަ..ކާކުތަ މި ގުޅަނީ” މޭޒުމަތީގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުން ޔަޒަން ނަގާ ބަލައިލި އިރު އަރާފައި އިން ނަވާރްގެ ނަން ފެނި ހައިރާން ވިއެވެ. ރިހާމް އަށް ފޯނު ދައްކައިލަމުން ޔަޒަން ފޯނު ނެގިއެވެ.
“ވޮނަ މީޓް ޔޫ އޭސަޕް.. “ނަވާރްގެ އަޑުގައި ހުރި ހާސްކަން ޔަޒަން އަށް ސިއްރެއްނުވިއެވެ. ރެޑީ ވެގެން ތިރިއަށް ފައިބަން ބުނެ އިތުރު ސުވާލު ކުރުމެއް ނެތި ޔަޒަން ވެސް އެއްޗިހި ބަދަލްކޮށްގެން ނުކުތެވެ.
ޔަޒަން އާއި އެކު ރިހާމް ނުކުން އިރު ވާރޭ ވެހެން ފަށައިފިއެވެ. ކާރުގައި ދެމީހުން އެގެޔަށްދިޔައިރު ތިރީގައި ނަވާރް ހުއްޓާ ފެނުނެވެ. ފޯނަށް ބަލަހައްޓާއިގެން ހުރި އިރު އޭނާގެ މޫނުމަތީގައި ވި ހާސްކަން ޔަޒަން އަކަށް ސިއްރެއް ނުވިއެވެ.
ކާރުން ފައިބަގެން ރިހާމް އައިއެވެ. ރިހާމް ދަމުން ބަލައިލީ ގޮތުން ނަވާރް ހުރީ ލަދުގަންނަ ގޮތް ވެފައެވެ. ހީލައިގެން ހުރި ގޮތުން ދިމާ ކުރަނީކަން ވިސްނުނެވެ. ނަވާރް ވެސް ވާރޭގެ ތެރޭގައި ކުޑަކޮން ދުވެލައިފާ ކާރުގެ ކުރީ ސީޓަށް އެރިއެވެ. އިށީންދެފައި ބަލައިލި އިރު ޔަޒަން ކަޅީ ޖަހާ ނުލާ ބަލަން އިނުމުން ލަދުގަތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ރުޅިވެރިކަން މޫނަށް ވެރިކުރިކުރިއެވެ. އެވެސް ގަދަކަމުންނެވެ.
ނަވާރްގެ އައްސާފައި އޮތް ފަން އިސްތަށިގަނޑުގައި ފެންތިކިތައް ހަރުލާފައިޥާ ގޮތުން ނުހަނު ރީއްޗެވެ. އައްސާފައި ވޫލް ކޮޅު ނައްޓާލަމުން އިސްތަށިގަނޑުގައި އަތް ހިންގާލީ ކުޑަކޮން ތެމިފައި ވުމުންނެވެ.
ނަވާރްގެ ކޮންމެ އަދާ އެއް ވެސް ޔަޒަން ގެ ހިތުގައި ބިންވަޅު ނެގެނީ ނުހަނު ބޮޑަށެވެ. އެ ފަރިކަން ފެނި ކަޅި ޖަހާ ނުލާ ބަލަހައްޓައިގެން އިނދެވުނެވެ. ފިނިކަމުން އެދޮންމޫނަށް ވެސް ވެރިވެފައިވަނީ ނުހަނު ރީތިކުލައެކެވެ. ޔަޒަންގެ ނަޒަރު ހުއްޓިފައިވަނީ ނަވާރްގެ ތުންފަތަށެޥެ. ނުހަނު ރަތް ކަން ގަދަވެފައި އޮމާނެވެ. ރޭގެ ހަނދާން ތައް ހިތައް އައުމުން އަވަސްއަވަހަށް ދުރުބަލައިލީ އިޙްސާސްތައް ކޮންޓްރޯލު ނުވެދާނެކަމުގެ ބިރަށެވެ.
“ވަޓްސް ރޯންގް…”ޔަޒަން ކާރު ވަކި މިސްރާބެއް ނެތި ދުއްވާލަމުން އަހައިލިއެވެ.
ބަހަކުން ބަހެއް ނުބުނެ ނަވާރް އޭނާގެ ފޯނު ދައްކައިލިއެވެ.
ޔަޒަން ކާރު ދުއްވަމުން އަނެއް އަތުން ފޯނު ބަލައިލި ހިނދު ހުންގާނުވެސް އަތުން ދޫވިއެވެ.
“އާފްޓާ އަ ލޯންގް ލޯންގް ޓައިމް ..ކިހިނެތްތަ.. ކަލެ އަށް އާނާ ވެސް ގެއްލުނީ ކަލޭމެން ދެ މީހުންގެ ބަސްނޭހުމުގެ ނަތީޖާއިން… މިހާރު އަނެއްކާ ޕޮލިހަށް ވަދެގެން ތިކުޅެން އުޅޭ ކުޅިގަނޑު މަށައް ނޭނގޭނެ ކަމަށް ހީނުކުރައްޗޭ..ޔަޒަން އަށް ދުރުވޭ ނޫނީ ހޭ އަރުވާލާނާނަން .. އޭނާ އިންނަން އެހެން މީހަކު އެބަހުރި ..” ޔަޒަން އެމެސެޖް ކިޔާ ނިމިގެން ބަލައިލި އިރު ނަޥާރް އިނީ ފެންކަޅި ވެފައެވެ.
ޔަޒަން ބަހަކުން ބަހެއް ނުބުނެ ކާރު ދުއްވަމުން ބްރިޖް ހުރަސްކުރިއެވެ. ސެންޓްރަލް ޕާކްގެ ކައިރިޔަށް ޕާކް ކޮށްފައި ކާރުގެ ވަތްގަނޑަކުން ނެގި ކުޑަ މަހުމާ ފޮއްޓެއް ހިފައިގެން ޔަޒަން ކާރުން ފައިބާގެން ގޮސް އެތާ އެތެރެއަށް ވަނެވެ. ވެހެމުން ދިޔަ ބޯ ވާޜެއިން އޭނާ ތެންމާލަން ނެގީ މަދު ސިކުންތު ކޮޅެކެވެ. ނަވާރް ވެސް ހަދާނެ ގޮތެއް ނޭނގިގެން ފޯނު ކާރުގެ ތެރެއަށް ދޫކޮށްލުމަށް ފަހު ކާރުގެ ރިމޯޓް ނަގާ ލޮކް ކޮށްލަމުން ޔަޒަންގެ ފަހަތުން ދިޔައެވެ.
“ސިންސް ވެން މިކަހަލަ މެސެޖްތައް އަންނަނީ…” ޔަޒަން އިށީންދެލީ ބެންޗެއްގައިއެވެ. އެބޯ ވިއްސާރައިގައި މުޅި ޕާކުގައިވެސް އެދެމީހުން ނޫން އިތުރު މީހަކު ނެތެވެ.ދެމީހުން ތިބީ މަގުން ދަތުރު ކުރާ މީހުންނަށް ނިވާވާހެން ބޯ ވިނަގަނޑެއް ގެ ފަހަތައްވާހެން އިން ތިރި ބެންޗެއްގައެވެ.
“އާނާއާއި ދިމާ ވި ދުވަހުން ފެށިގެން …އެދުވަހުގެ ފަހުން ދެމީހުންނަށް ވެސް ތިކަހަލަ މެސެޖް ލިބޭ.. ދެމީހުންނަށް ބަޔަކު ފާރަލާ ކަން އެނގޭ…. އެތަކެއް ބިރުވެރި މެސެޖެއް ނާނާއަށް އެމީހުން ކޮންމެ ދުވަހަކު އެތައް ފަހަރަކު ފޮނުވި.. އެކި މީހުން މަރާފަ ހުރިގޮތް ފެންނަން ހުރި ފޮޓޯތަކެއް އާނާއަށް ފޮނުވާފަ ބައްޕަ މަރާލާނެ ކަމަށް ބުނި..އަކުރަމްބެ އާއި ޔަޒަންގެ މަންމަ އާއި ޔަޒަން މަރާލާނެ ކަމަށް ބުނި….. އެއީ ޔަޒަން މެންގެ ގާތައް އާނާ ނުދިޔަ ރީޒަން” ނަވާރް އާނާ ކިޔާދިން ހުރިހާ ވާހަކަ އެއް ކިޔައިދިނެވެ. ނަމަވެސް އެއްބައި ސިއްރު ކޮށްފައެވެ. އެއީ ހުދު އޭނާ ވެސް އޮޅުން ފިލުވަން ބޭނުންވާ ކަމެކެވެ. އާނާ އެދުވަހު ނުކުމެގެން އައި ސަބަބެވެ.
ނަވާރް ކިޔައިދެމުންދިޔަ ވާހަކަ ތައް އިވި ޔަޒަން އިނީ ބޯ ހާސްވެފައެވެ. އެމީހުންގެ ހައްގުގައި އާނާ ހާދަ ގަނައެއް ތެޅެފިއެވެ. ހާދަ ބޮޑު ގުރުބާނީ އެކެވެ. ޔަޒަންގެ ހިތައް ނުހަނު އަސަރުކުރިއެވެ. ލޮލުން ފޭދުނު ކަރުނަތިކި ބޮޑުވައި އިނގިލިން ފުހެލިއެވެ. ނަވާރް ގާތު އަދި އިތުރު ވާހަކަ ސިއްރުކޮށްފައި ހުންނާނެހޭ އެހުމުން އަވަސް އަވަހަށް ނޫނެކޭ ބުނެލިއެވެ.
”ނާނާ.. މައި ސުވީޓްހާޓް.. ހާދަ ގަނައެއް ތެޅެފިއޭ.. ނަވާރް.. ދެން..ދެޓް މީންސް ޔޫ އާ އިން ޑޭންޖާރ… ކަމޯން ލެޓްސް ގެޓް މެރީޑް ..ނަވާރްގެ ސޭފްޓީ އެއީ އެންމެ މުހިއްމު ކަންތައް.. ކައިރީގަ ހުރެވޭނީ ވެސް އަންބަކަށް ވީ ދުވަހަކުން..ނާނާގެ އެދުން ފުރިހަމަ ނުކޮށްދެވި ހުއްޓާ ނަވާރްއަށް ގެއްލުމެއް ލިބިއްޖެނަމަ އަހަންނަކަށް ދުވަހަކު ވެސް އަމިއްލަ ނަފްސަކަށް މާފެއް ނުދެވޭނެ … އެން ވަން މޯރ ތިންގް.. އަހަރެންގެ ހަޔާތައް އައި އަންހެނެއް .. އެކަމް މިހާރް އެއީ އެއްވެސް މުހިއްމު މީހެއް ނޫން..ނަވާރް އާއި އަލަށް ދިމާވި އިރުވެސް އެކަން ނިމިފަ އޮންނާނީ..ދިހަ އަހަރު މި ވި އޭގެ ފަހުން.. އަހަރެންނޭ ކިޔައިގެން ކޮންމެ އެއްޗެއް އެމީހަކު ކިޔަސް ވެސް އަހަރެން ގާތައް އައިސްފައި އަހާތި.. ހަމަ އެގޮތައް އަހަރެންވެސް ކަންތައް ކުރާނީ.. ދެމީހުންގެ ގުޅުން ކައިވެންޏާއި ހިސާބަށް ދިޔަސް މި ކަންތައް މައިންޑްގަ ނުބައިންދާ ފިއްޔާ ވޯކް އެއް ނުކުރާނެ..އެމީހަކު އެހެން ކިތަންމެ އިންޒާރެއް ދިނަސް ވެސް ދިސް ވޯންޓް ސްޓޮޕް..” ޔަޒަން ގެ މޫނުމަތީގައި ވީ ސީރިއަސްކަމެވެ. ހީލަމުން ނަވާރް މަޑުމަޑުން ބޯ ޖަހައިލިއެވެ.
ނަވާރްއަށް މާ ފިނި ބޮޑުޥާން ފެށުމުންވެސް އިންތަނުން ތެދުވާކަށް ނުކެރުނެވެ. ހީގަނެ ތުރުތުރު ލަމުން ދާން ފެށުމުން ދެއަތް ދެއަތާއި ޖޯޑު ކޮށްލިއެވެ. އޭރުވެސް ވެހެމުން ދިޔަވާރޭ މިއިން އިރަކު ހުއްޓާގޮތަކަށް ނެތެވެ.
“ކޮބާ އާންސްވާ.. އަހަންނާ އިންނާނަން ތަ..” ޔަޒަން އަހައިލިއެވެ.
ތެމިފައި އޮތް އިސްތަށިގަނޑު ނިތްމައްޗަށް ފައިބާފައި ވާއިރު ތުނބުޅިގައި ވެސް ފެނުގެ އަސަރު ހުރުމުން ގައި ހީބިހި ހަލުވާ ކަހަލަ ރީތިކަމެއް ޔަޒަންގެ ހުއްޓެވެ. ލާފައިވާ އަލިކުލައިގެ ޓިޝާޓް ގައިގާ ތަތްލަވާފައި ހުރި ގޮތުން ނަވާރްގެ ހިއްސުތަކަށް އެނގުން ވެލިއެވެ. ޔަޒަން ސުވާލް ތަކުރާރް ކޮށްލީ ވެސް އެހެން އިނދައެވެ. ނަވާރް ވަގުތުން ބޯ ޖަހައިލިއެވެ.
“ފައިނަލީ..ކެން އައި ޓަޗް ޔުއާރ ހޭންޑްސް..” ޔަޒަން އެ ފިރިހެންވަންތަ ހީލުމުގައި ހުރެފައި ނަވާރްއަށް ބުނެލިއެވެ. ނަވާރް ބޯ ޖަހައިލުމުން ޔަޒަންގެ ޖީބުން ނެގި މަހުމާ ފޮށީގައި އިން ހުދުރަނުގެ އަނގޮޓި ނަގާފައި ނަވާރްގެ ވައަތުގެ ހިމަ ކަށި އިނގިލީގައި އަލުވާލިއެވެ.
ނަވާރް ދެލޯ ބޮޑުކޮށްލަމުން ޔަޒަން އާއި ދިމާ ބަލައިލިއެވެ.
“މި ރިންގަކީ އަހަރެން ނާޅޫވައިފިއްޔާ މަންމަމެން އަޅުޥާނެ އެއްޗެއް.. އަހަހަ..މަންމަ މެންނާ ވާހަކަ ދައްކަން އަހަރެން މިރޭ ދާނަން ..އޭގެ ކުރިން ބުންޏަސް އޯކޭ.. ފުރަތަމަ ޒަޔާން އާ ދިމާލަށް ދާންވީ..” ޔަޒަން އިންތަނުން ތެދުވީ ނަވާރް މާ ބޮޑަށް ފިނިވެގެން އުޅޭހެން ހީވުމުންނެވެ.
“ނުވެސް ބުނޭ ހީކަރު ވާ އިރު ވެސް.. އާނާ ގެ މަތިން މިސް ވެގެން އަހަރެން ހަމަ ތެމިލަން ބޭނުންވީ..އެނގޭޏު އާނާ އަށް ރެއިން އަކީ ކިހާ ފޭވްރިޓް އެއްޗެއް ކަން” ޔަޒަން ނަވާރް އެރުމަށް ކާރުގެ ކުރީ ސީޓު ހުޅުވާލަ ދިނެވެ. ނަވާރް އެ ކަމެއް ނޫން ކަމަށް ބުނުމުން ޔަޒަން ވަރަށް ދެލޯ ހަނިކޮށްލަމުން މިހާރު ވެސް ތިއޮތް ތުރުތުރު އަޅަނީ އޭ ބުނެލިއެވެ.
ކާރުގައި މާގިނަ ވާހަކަ އެއް އެކަކުވެސް ނުދައްކަ އެވެ. ޔަޒަން ކާރު ދުއްވާލަމުން ނަވާރްއާއި ދިމާ ބަލައިލި އިރު އަނގޮއްޓިއާއި ކުޅެލްކުޅަލަ ނަވާރް އިނެވެ. ލޯބި ގޮތަކަށް ހީލައިގެން އިން އިން އިރު ނަވާރް ލޯބި މޫނަށް ބަލަން ޔަޒަން އަށް ވެސް ހީލެވުނެވެ.
“ނަވާރް އަމް ސޮރީ.. އެބައުޓް ލާސްޓް ނައިޓް..”ޔަޒަން ރޭގެ މަތިން ހަނދާން އާކޮށްލަމުން މާފަށް އެދެނެވެ. ހަގީގަތުގައިވެސް ޔަޒަން އަށް ކުރެވުނީ ކުށެއްކަން ޔަޒަން ގަބޫލްކުރެއެވެ. ރޭގެ ހަތަރުދަމު ލޮލުފިޔައެއް ޖަހައި ނުލާ އޭނާ އޮތީ އެކަމާ ވިސްނާށެވެ.
“އިޓްސް އޯކޭ…ވޯންޓް މައިންޑް އިޓް …އެކަމް އެގޮތައް އެކަން ވި ރީޒަން ފަހުން ނަމަވެސް ބުނެލަ ދޭތި ..” ކާރު ގެޔާ ހިސާބަށް އައުމުން ނަވާރް ސުކުރުއަދާކޮށްފައި ފައިބަން ދޮރު ހުޅުވާލިއެވެ.
“އޮފްކޯޒް..މާދަން ޑިއުޓީއަށް ދާން ބަލާ އަންނާނަން … ބަލައިގެން އުޅެއްޗޭ..އިފް އެނީތިންގް ހެޕެންސް..ކޯލް މީ..” ޔަޒަން ބުނެލިއެވެ. ނަވާރް ހީލައިފައި ބޯ ޖަހައިލަމުން ގެއަށް ވަންނަން ދިޔައެވެ. ޔަޒަން ވެސް މިސްރާބް ޖެހީ ހީކަރުވަން ފެށުމުން އަވަހަށް ގެޔަށް ދިޔުމަށެވެ.
***
ނަވާރް ގެޔަށް ވަންތަން ބަލަން ހުރި މީހަކު ގެއަށް ވަންނަން އައި ޒަޔާން އަށް ފެނުނެވެ. އެމީހާ ނަވާރްއަށް މާވަރަކަށް ބަލާހެން ހީވެގެން އޭނާ ހަދާ އެއްޗެއް ބަލަން ޒަޔާން މަޑުކޮށްގެން ހުއްޓެވެ.
އެމީހަކު، ނަވާރް އެތެރެއަށް ވަންތަން ބޯ އަރިކޮށްފައި ބަލަން ހުރި ގޮތުން ޒަޔާންގެ ނިތައް ރޫ އަރަންފެށިއެވެ. ޒަޔާން ތަންކޮޅެއް ކައިރިވިފަހުން އޭނާ ފޯނު ނަގާ ކޮންމެވެސް މީހަކަށް ގުޅައިގެން ހުރެ ކީ އެއްޗެއް އިވި ހުއްޓުން އެރިއެވެ.
“އޭނާ ޔަޒަން އާއި އެކު ކާރުގަ އެއައީ.. ބޮސް ބުނިހެން ޔަގީން ހަމަ ..” އެމީހާ ދައްކަމުން ދިޔަ ވާހަކައިން ޒަޔާން ނުހަނު ހައިރާން ވިއެވެ. ގޮވާލަން ވެގެން އަނގަ ހުޅުވާލި ހިނދު ބާރު ސްޕީޑުގައި އިސް ހުއްޓުނު ކާރަކަށް އޭނާ ނުހަނު އަވަހަށް އަރައިގެން ދިޔައެވެ. އެބައެއްގެ ސަބަބުން އޭނާގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. ދެފިކުރުގައި އެތެރެއަށް ވަދެގެން ދިޔައިރު ޒަޔާން ދެތިންފަހަރު ފަހަށް ވެސް ބަލައިލިއެވެ.
***
ކެއްކުމުގައި އަވަދެވި ނެތި އުޅުނު ރަހުމާ ދޮރުހުޅުވާލީ ގޭގެ ބެލް އަޅަން ފެށުމުންނެވެ. ދޮރުމަތީގައި ޒެހެކް ހުރި އިރު ރަހުމާގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.
“ކޮބާތަ ރިހާމް..” ލަދުން ހުރެފައި ޒެހެކް އަހައިލިއެވެ.
“އޭނާ ނުވެސް ހޭލަ ..އަދި ފުރަތަމަ ދުވަސް އެ އޮންނަނީ.. ގޮވަން ވެސް ގޮޥާފިން މިހާރު.. ދަރިފުޅާ ޑިއުޓީއަށް ދަމުން ދޯ ތި އައީ ” ރަޙްމާ ނިކަން ލޯބިން ޒެހެކް ގެ އަތުގައި ހިފައިލައިގެން ހުރެ ބުނެލިއެވެ. ޒެހެކް ފެނުމުން މޫނުމަތީގައި ހުރި ހިނިތުންވުން ފުޅާވެ ވަކިން އުޖާލާ ވެފަ ހުރިހެން ހީވެއެވެ.
“ލައްބަ.. ކޯއްޗެއް ތި ކައްކާލަނީ..ކޮބާ ދޮންބެ ..ނުނިކުންނަ ދުވަހަކީތަ..” ރިޝާންގެ ވާހަކަ ރަހްމާގާތު އަހާލިއެވެ.
”މައި އާ އޭނާ އިންނަންއުޅޭ އުޅޭ ކުއްޖާ ނާއިފް ރޭގަ އައިސް ވަރަށް ނަސޭހަތް ދިނީމަ އެމީހުންނާ އެއްކޮން ރީހެބް އަށް ދާން އެއްބަސްވެފަ އޮތީ.. މިހާރު އެދިޔައީ ނާއިފް އާއެއްކޮން އޭނާ ބަލާ އައީމަ.. ނާއިފް ދީންވެރިކޮން އުޅޭ ކުއްޖެއްކަމުން ދީނީ އެއްޗިހި ވެސް ނިކަން ކިޔާދިން..ހީވަނީ ހިތައް އެއްޗެއް އެރީހެން .. ކިހާ ރަނގަޅު ދޯ އެ ސޮރު ހިތައް އީމާންތެރިކަން ވަދެ ޑްރަގާއި ދުރަށް ދާން.. ރިހާމް ކިޔައިގެން ރިޝާން ދިގު އިސްތަށިގަނޑުވެސް ކޮށި ރޭގަ.. ރިޝާން އާއި ބަލާފަ ރިހާމް ހާދަ ރަނގަޅޭ.. ދުވަހަކުންވެސް ރިހާމް އާ ހެދި މަށައް ކަރުނަ އަޅާ ރޯކަށް ނުޖެހޭ..” ރަހުމާގެ ލޮލުން ވެއްޓުން ކަރުނަ ތިކި ފުހެލާފައި ޒެހެކް ހުރިހާ ކަމެއް ވެސް ރަނގަޅުވާނެކަމަށް ބުނެ ރަހުމާ އަށް ހިތްވަރުދިނެވެ. އިރުކޮޅެއް ވަންދެން ރަހުމާ އާއި ވާހަކަ ދައްކަން އިނދެފައި ޒެހެކް ދިޔައީ ރިހާމް އަށް ގޮވާށެވެ.
ޒެހެކް ވަން އިރު ކަރާހަމައަށް ކްއިލްޓް އަޅާފައި ލޯމަތީގައި ސްލީޕިންގް މާސްކް އަޅާއިގެން ރިހާމް ނިކަން ހަމަޖެހިލައިފާ ނިދަން އޮތެވެ. ޒެހެކް އެ ކޮޓަރީގެ ދޮރު ލައްޕާފައި ފޯނުން ނިކަން ރޮކް ލަވައެއް ޖަހައިގެން އައިސް ވަރަށް ހިނި އައިސް ފައި ހުރެ ރިހާމްގެ ކަންފަތް ދޮށުގައި ބާއްވަފައި ދުރުގައި ހުއްޓޭވެ. މާގިނަ އިރެއް ނުވެ ރިހާމް ލޯމަތީގައި އޮތް މާސްކް ނަގާ ދެލޯ ކުޑަ ކޮށްލައިގެން ނިންޖާއިގެން ދެލޯ ނުހުޅުވިގެން އުޅޭފަދައަކުން އިނެވެ. ސައިޑް ޓޭބަލް މަތީގައި ހުރި ފެންފުޅި ނަގާ ރިހާމްގެ ބޮލަށް އޮއްސާލުމުން ރިހާމް އަށް ރޯ ހުޅުވާލެވުނެވެ.
ލާނެތް ގޮތަކަށް ޒެހެކް ހީލައިގެން ހުއްޓާ ފެނުމުން ރިހާމްއެނދުން ތެދުވެގެން “މިފަހަރު ސަލާމަތެއް ނުވާނެ” އޭ ކިޔާ ޒެހެކްގެ ފަހަތުން އައެވެ. ޒެހެކް ދެލޯ ބޮޑުވެފައި ހުރީ ހަމައެކަނި ކަކުލުން މައްޗަށްއަރާ ސޯޓެއްގައި ރިހާމް ހުއްޓާފެނުމުންނެވެ. ހާމަވެފައި އޮތް ކަސްރަތީ ހަށިގަނޑު ފެނި ޒެހެކް ލަދުން އިސްޖަހާލެވުނެވެ.
ޒެހެކް އަށް ވަމުން ދިޔަ ގޮތުން ރިހާމް ގާތައް އައީ ލާނެތް ހިންޏެކެވެ. ޒެހެކް ތަޅުވާލަން ރިހާމް ލަދުގަންނުވާ ފަދައަކުން ބަލަހައްޓާއިގެން ހުއްޓެވެ. ޒެހެކް އާއި ޖެހޭ ނުޖެހޭ ހިސާބަށް ގޮސް ރިހާމް ކުޑަކޮން ގުދުވެފައި ޒެހެކްގެ މޫނުގައި އޭނާގެ އިސްތަށިގަނޑު ކާއްތާލިއެވެ. ފެން ހުރުމުން ޒެހެކް ވަގުތުން އަނގަހަދައިލިއެވެ.
“އައްޗީ ރިހާމް ގަނޑާ.. ރީތިވެގެންނޭ މިއައީ..”ޒެހެކް ދެލޯ އަޅާލައިގެން ހުރެ ދަބަހުން ނެގި ޓިޝޫއަކުން މޫނުމަތިން ފުހެލިއެވެ. ޒެހެކް އަތް ނައްޓުވާ ރިހާމް ޒެހެކްގެ މޫނުމަތި ފުހެލަދޭން ފެށިއެވެ.
“އެހެންނޭ ވާނީ ނިދާފަ ތިބޭ އިރު ހޭލައްވަންޏާ.. މިއަދު ޑިއުޓީއަށް ނުދަނީތަ..”ރިހާމް އަހައިލިއެވެ.
“މިއަދު ޖޮބަށްދާ ފުރަތަމަ ދުވަހު ވެސް ތި އޮންނަނީ ގަޑިޖެހިގެން ދާންތަ.. މަ ދޯ .. މަ ކިހިނެތްތަ ދާނީ ރިހާމް މިހާރަކަށް އައިސް މަށައް ޓްރީޓް ކުރާ ގޮތަކުން .. ވަން އަވާރް ކުރިން އޮފީހަށް ގޮސް ސައިން އިން ވެފަ މިއައީ ސީދާ މިގެޔަށް.. ބުނިން ދޯ ކުރީދުވަހު ވެސް ސޯ ކޯލްޑް ބެސްޓީ އޭ ނުކިޔަން.. ހަމަ ދެރަ ވާ ކަން އެނގިހުރެ ރޭގަ އަނެއްކާ އެހެން ކިޔާފި އޭ.. ގުޅުން ކަނޑާލަން މިއައީ ” ވާހަކަ ދައްކަމުން ގޮސް ޒެހެކް އަށް ރޮވުނެވެ. ރުޅި އައިސް ހުރި އިރު ރޮމުން ރިހާމްގެ އަތްވެސް ދުރުކޮށްލިއެވެ.
ރިހާމް ގާތައް ހިނިއައިވަރުން އަވަހަށް އަނގަމަތީގައި އަތްއެޅިއެވެ. ރިހާމްގެ އެއަމަލުވީ އަނދަ އަނދާހުރި އަލިފާން ގަނޑަކާއި ކުޅުންފަދަކަމަކަށެވެ. ކުރިއަށް ވުރެން ބޮޑަށް ރޮއިގަނެފައި ޒެހެކް ނުކުންނަން ދިޔައެވެ.
ރިހާމް އަވަސް އަވަހަށް ޒެހެކް ގެ އަތުގައި ހިފާ އޭނާގެ ގާތައް ދަމާލިއެވެ. ޒެހެކް އައިސް ތަތްވީ ރިހާމްގެ މޭގައެވެ. ރިހާމްގެ އެ އަމަލުން ޒެހެކްގެ ރުއިން ވަގުތުން ހުއްޓި މުޅިމޫނަށް މަޑުރަތްކުލަ ފާއްދާލިއެވެ. ދެ ޒުވާނުންގެ އިސްކޮޅުގައި ބޮޑު ފަރަގެއް ހުރުމުން ޒެހެކްގެ އުނަގަނޑުގައި ހިފާ ކައިރީގައި ހުރި މޭޒުމައްޗަށް ރިހާމް އެރުވިއެވެ. ރިހާމްގެ މޫނުމަތީގެ ހުރީ މަޖާކަން ކެނޑި މިޙާރު ހުރީ ސީރިއަސްކަމެވެ. ޒެހެކްގެ ކޯތާފަތުގައި ސަހާދަތް އިނގިލިން ފިރުމާލަމުން ޒެހެކްގެ ނިތުގައި ރިހާމްގެ ނިތް ޖައްސަލިއެވެ. ދެމީހުން ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅެމުން ދިޔައެވެ.
ޒެހެކް ހުރީ ހަރަކާތެއްވެސް ގެންނަން ނުކެރިފައެވެ. އޭނާގެ ހިތްތެޅެމުންދިޔަ ވަރު ރިހާމް އަށް ނީވެނެ ކަމެއް ވެސް ނޭނގެއެވެ.
“ޒެހެކް.. ހާދަ މޮޔަ އޭ.. އަދިވެސް ނޭނގެނީތަ..”ރިހާމް އެހުރި ގޮތައް ހުރެފައި މަޑުމަޑުން އަހައިލިއެވެ. ޒެހެކް އެއްވެސް ޖަވާބެއް ނުދެވި ލޯމަރައިލެވުނެވެ. ރިހާމް ދެކުނީ އެއީ ދައުވަތެއް ކަމުގައިއެވެ. އެރީތި މަޑުފިޔާތިށި ކުލައިގެ ތުންފަތައް ރިހާމްގެ ނަޒަރު ހުއްޓި އޭނާއަށް ލޯމަރައިލެވުނެވެ. ރިހާމް ޒެހެކްގެ ހިމަ އުނގަނޑުގައި ހިފާ ގާތައް ދަމާލިއެވެ. އިރުކޮޅެއް ފަހުން ދުރުވެލި އިރު ދެމީހުންގެ ގައިގާ ވާހާ ލެޔެއް ހީވަނީ ތުންފަތައް ޖަމާވެފައި ވާހެންނެވެ.
ޒެހެކް އިސްޖަހައިގެން އިންއިރު ލަދުން ވިރެނީ އެވެ. އެވަރުންވެސް އަނގައިން ނުބުނަން ހުވާކޮށްގެން ހުރި ފަދައެވެ.
“އައި ލަވް ޔޫ ..ސޯ މަޗް” ރިހާމްގެ ފިރިހެންވަންތަ އަޑު ކަންފަތުގަ ޖެހުމުން ހީވީ ޒެހެކްގެ މުޅި ހަށިގަނޑުގައި ކަރަންޓްގެ ބާންޏެއް ހަލަބޮލި ދަތުރެއް ކޮށްލިހެންނެވެ. ރިހާމް ދެ އަތުން ޒެހެކްގެ މޫނުގައި ހިފަހައްޓާލަމުން ޖަވާބެއް ދިނުމަށް އެދުމުން ކިރިޔާ ބަނޑާށް އިވޭވަރަށް ޒެހެކް މީ ޓޫ އޭ ބުނެލިއެވެ.
“މިއީ އަހަރެން އެހެން ބުނި ރީޒަން … ބުއްދިއެއްވެސް ހުންނަ ކުއްޖެ ނޫން މީ..ހީވޭތަ ދެން އަހަރެން ޒެހެކް އާ ދުރަށް ދާނެހެން .. އެންމެ ބޮޑަށް ލޯބިވާ ކުއްޖާ ތިއީ… ވަރަށް ބޮޑަށް ލޯބިވޭ ލަވް..ކިތައް އަހަރު މިވަނީ މި ވާހަކަ ނުބުނެވި ހުންނަތާ” ރިހާމް ޒެހެކް ބޮނޑިކޮށްލިއެވެ.
“ދެން ނޭނގޭނެއްނު .. އާހް އިޓްސް އޯކްވާޑް…”ތުންފަތުގައި އަތްހާކަލަމުން ޒެހެކް ބުނެލި އިރުވެސް އިނީ ލަދުގެންފައެވެ. ރިހާމް ގާތައް ހިނިއައިސްގެން ޒެހެކްގެ ނިތުގައި ބޮސްދިނެވެ.
ދެމީހުން އިރުކޮޅެއްވަންދެން ވާހަކަ ދައްކަން ހުރެފައި ޒެހެކްއަށް ކޯލް އަންނަން ފެށުމުން ދިއުމަށް އުޅެންފެށިއެވެ.
ޒެހެކް ލާފައި ރިހާމްވެސް ޑިއުޓީގެ ފުރަތަމަ ދުވަސް ކަމުން ގަޑި ނުޖެހި ދާން ބޭނުންވިއެވެ.
“ވިލް ކޯލް ޔޫ ޑިއުޓީ ނިމިގެން .. މައި ސޯ ކޯލްޑް ބެސްޓީ..” ރިހާމް މަޖާ ގޮތަކަށް ހީލައިގެން ހުރެ ބުނި އިރު މިފަހަރު ޒެހެކްވެސް ހީގަންނަމުން އޭނާގެ ގައިގާ ވިކާލިއެވެ.
***
ގަދަ އަޅިކުލައިގެ އޮފީސް ގަމީސްކޮޅާއި ހުދުކުލައިގެ ޓްރައުޒާގައި ނަޥާރް ނުހަނު ރީއްޗެވެ. އާދައިގެ މަތިން އިސްތަށިގަނޑު އޮތީ ފަހަތައް ދޫކޮށްލައިފައެވެ. ނަވާރް އިނީ މޭޒު ދޮށުގައި އިށީންދެލިއެވެ. އޭރު ކެބިންގެ ތެރޭގައި ހުރި ޔަޒަން ފެނި އަނގަ ހަދައިލެވުނެވެ. ބަލާ އަންނާނަމޭ ބުނުމުން ނަވާރް ހުރެހުރެ އަވަދި ވީ އިރު ވެސް ޔަޒަންގެ ހިލަމެއް ނުވިއެވެ. އެންމެ ފަހުން ޒަޔާން އާ އެއްކޮން އާދެވުން އިރުގަޑިޖެހެން ދެ މިނެޓަށް ވިއެވެ. އޭނާ ހުރީ ވެސް އެކަމާ ހިތްހަމަ ނުޖެހިފައެވެ. އަނެއްކާ ލަސްވެގެން ގުޅީމަ ފޯނުވެސް ނުނެގިއެވެ.
ނަވާރް މަސައްކަތުގައި އިންދާ ޒެހެކް ވެސް ވަނެވެ. އޭނާ ވަރަކަށް ހެވިފައި ހުރުމުން ނަވާރް އަށް ނިތް އަރުވާލެވުނެވެ. ޒެހެކް އަތުން އައުމަށް އިޝާރާތް ކޮށްލުމުން އެކެބިން އަށް ވަދެ ނަވާރް ވެސް ކިހިނެތް ވީ ތޯ އަހައިލާފިއެވެ.
“ގެސް ވަޓް.. ހީ އާސްކްޑް” ޒެހެކް އުފަލުން ތެޅިފޮޅެނީއެވެ. ޔަޒަންގެ ސަބަބުން ހަރާބުވެފައިވާ މޫޑަށް ދިރުން ލިބިއްޖެއެވެ. ނަވާރް ވެސް އުފާވިވަރުން ޒެހެކްގެ ގައިގާ ބައްދާލައިގެން ހުރެ ހަޅޭއްލަވައިގަތެވެ.
“ކިހިނެތް ..ކިހިނެތް ދިޔައީ.. ..ވާއު އެންމެ ލޯބި ފަހަރި.. އަމް ޓޫ އެކްސައިޓެޑް..”ނަވާރް އުފަލުން ހުރެ ފުންމައިގަތެވެ. އެވަގުތު ވީ ޔަޒަން ވެސް އެތަނަށް ވަން ވަގުތެވެ. ވަގުތުން ނަވާރްގެ މޫނަށް ހިތްހަމަ ނުޖެހުން ވެރިވިއެވެ.
“މާ ގަދަޔަކަށް ހަޅޭއްލަވާ ވަރުން މިވަނީ..” ހިނިއައިސްފައި ހުރެ ޔަޒަން ވަން އިރު ނަވާރް ފަހުން އަންނާނަމޭ ބުނެ އަވަހަށް ނުކުމުގެން ދިޔައެވެ. ނަވާރް ނިކުމެގެން ދާތަން ފެނި ޔަޒަން އަށްބަލަހައްޓާއިގެން ހުރެވުނެވެ.
“ވަޓްސް ރޯންގް.. ޑިޑް ޔޫ ގައީޒް ހޭޑް އަ ފައިޓް.”ޒެހެކް އަށް ނަވާރް ދިޔަ ގޮތުން އަހައިލެވުނެވެ.
“އައި ގެސް އައި މޭޑް ހާ އެންގްރީ.. ބައި ދަ ވޭ.. ރިހާމް ގުޅާފަ ބުނެފި ވައިފީ އަށް ބަލައްޗޯ ..އޭނަ ފަރާތުން މަންޖެއަށް ކާންދެއްޗޯ ..ކޮން އިރަކު ތިމީހުން ކައިވެނި ކުރީ..އެވެސް އަދި މަށާ ޒައްޔު ކައިރީ ނުބުނެ.. ބަލާ ހުރި ނުބައިކަން ދެމީހުންގެ ..” ޔަޒަންގެ އަޑުގައި ވަނީ ލާނެތްކަމެވެ. ޔަޒަން ދިމާ ކުރަން ފެށުމުން ޒެހެކް ލަދުން އިނދެފައި ހޭންފެށިއެވެ.
“ކޮބާ ހެނދުނު އައިސް ޒެހޭ ބުނި ކަންތައް ކުރިން ..ކޮބާ އަހަރެން ބުނި ފައިލް..” ޔަޒަން އަހާލީ ވަރަށް މަޑުމަޑުންނެވެ. ޒެހެކްގެ މޫނަށް ވެސް ސީރިއަސްކަން ވަނެވެ. ދެކޮޅު ބަލައިލާފައި ބްލައިންޑްސްތައް ރިމޯޓުން ކަހައިލިއެވެ. ޒެހެކްގެ ލޮކަރުން ކޯޑު ޖަހާފައި ފައިލް އެއް ނަގާފައި ޔަޒަން އަތައް ދިއްކޮށްލިއެވެ.
ޔަޒަން އެ ފައިލްގައި އޭގައި އާނާގެ ނަން ފެނި ހިނިތުންވެލިއެވެ.
**
ނަވާރްމަސައްކަތުގައި އުޅެފައި ލިބުނު ބްރޭކެއްގައި ކޮފީ އަކާއި އޭނާގެ ނޯތު ފޮތް ހިފައިގެން އެރީ އިމާރާތުގެ އެންމެމަތީ ފަންގިފިލާއަށެވެ. އެތަނުގެ ބެލްކޮނީ އެއްވެސް މީހަކު އެވަގުތު ނެތެވެ. ނަވާރް ހަމަޖެހުމުގެ ނޭވާ އެއްލާފައި އޭނާ އާންމުކޮން އައިސް އިންނަ ސޯފާގައި އިށީންދެލިއެވެ.
އަތުގައި އޮތް ނޯޓުފޮތް ސޯފާގެ ކުރިމަތީގައި ހުރި މޭޒުގައި ބޭއްވުމަށް ފަހު އެއްޗިހި ތަކެއް ލިޔަން ފެށިއެވެ.
“ސޯ އެދުވަހު އާނާ ދުވެފައި ނުކުތްވަގުތު ފެނުނު މީހަކީ އަކުރަމްބެ.. އެހެން ވީމަ އަކުރަމް ބެ އަށް ކޮންމެވެސް ހަގީގަތެއް އެނގޭނެ … އަނެއްކޮޅުން އޭގެފަހުން މިލީނާ ދައްތަ ހަމައަކަށް އެޅިފަ ހުރީމަ ތާ ދޯ މިހާރު އާނާގެ ވާހަކަ ދައްކާ އިރު އެހާ ސަކަރާތް ނުވަނީ.. އެރޭ ވީ ކިހިނެތް ބަ.. އެއްވެސް މީހަކު ފަރާތުން ވެސް އެރޭގެ އެއްވެސް ކަމެއް ފަހަކުން ނީވެ…”ފޮތުގައި އަޅާފައި އިން ސުވާލް މާކަށް ނަޒަރު ހުއްޓައިގެން އިން ނަވާރް ދިޔައީ އަކުރަމް އާއި ބައްދަލް ކުރަން ހަނދާނެ ގޮތަކާއި ދޭތެރޭގައި ވިސްނަމުންނެވެ.
“ޔަގީން ކޮންމެވެސް ކަމެއް އެގޭ މީހުން އެބަ ފޮރުވާ..ޔަޒަން ވެސް އަހަރެން ކައިރީ އެރޭގެ ވާހަކަ އެއް ނުދައްކާ… ދެން މަށައްވެސް ނޭހޭތީ ކަމަށް ވެދާނެ..” ނަވާރް އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ސޯފާގެ ލެގޭ ބައިގާ ހަމަޖެހިލިއެވެ.
އެހެން އިންދާ އޭނާއަށް އިންޒާރު ދޭ ނަމްބަރުން މެސެޖެއް އައިސްފިއެވެ. “ހަމަ މިޙާރު ތިކުރާ ކަންތައް ހުއްޓާލާ.. އެހެންނޫނީ ފުރާނައިން އަތްދޮވެލަން ޖެހިދާނެ..” ނަވާރް އެ މެސެޖް ކިޔާލަމުން ލޯމަރައިލިއެވެ.
“އޯ ގޯޑް ހެލްޕ މީ..ޔަޒަން ދެކެ ރުޅި ހަދައިލާގެން ހުރެވޭކަށް ވެސް ނެތެންނު..އޭނަ މެދުވެރިކޮށްގެން އިތުރު ކަމެއް ޥާނީ..އާގް..އާގް..” ނަވާރް ކުޑަކުއްޖެއް ފަދައިން ބިމުގައި ދެފައި ތަޅައިލިއެވެ. އެހެން އިންދާ ފޯނު ރިންގުވާން ފެށުމުން ބަލައިލި އިރު ޔަޒަންގެ ނަން ފެނުމުން އަނގަހަދައި ލެވުނެވެ.
ފޯނު ނަގާފައި ހޫމް އަޅުވާލުމުން ޔަޒަން ހެއުން ކަން އެނގުނެވެ. އިތުރަށް ރުޅިގަދަ ވީ ވެސް އެހެންވެއެވެ. ރުޅިއައިސްގެން ފޯނު ކަނޑާލުމުން އަނެއްކާވެސް ޔަޒަން ގުޅިއެވެ. ނަގާފައި ނަވާރް ހުރިތަން އެހިއެވެ. މުހިއްމު އެއްޗެއް ދައްކަން ބުނުމުން ނަވާރް ވެސް ދެކޮޅަށް އެއްޗެއް ނުބުނެ އޭނާ ހުރިތަން ބުނެދިނެވެ.
ދެމިނެޓް ނުވަނީސް ޔަޒަން އައެވެ. ކިތަންމެ ހިތްހަމަ ނުޖެހިފައި ހުއްޓަސް ޔަޒަންގެ ފިރިހެންވަންތަ މޫނު ފެނި ނަވާރްގެ ހިއްސުތަކަށް އެނގިލައިފިއެވެ. ހިނގާލައިފާ އައީވެސް އެހާ ސްމާޓްކޮންނެވެ. ނަވާރް ދެފަރާތައް ބޯ ހޫރާލައިފާ ކެއްސާލިއެވެ.
ޔަޒަން ހިނިތުންވުމެއްގައި ހުރެ ނަވާރް އަށް އަތުގައި އޮތް ފައިލް ދިއްކޮށްލިއެވެ. ނަވާރް އެފައިލް ހުޅުވަލާ ބަލައިލި ހިނދު ލިބުނީވަރުގަދަ ޝޮކެކެވެ.
“ވެއިޓް..ދިސް..ދިސް..މި އާނާގެ ކޭސް..”ނަވާރް ހައިރާންކަމާއެކު ލިބުނު އުފަލުންވާހަކަ ވެސް ނުދެއްކުނެވެ.
ޔަޒަން ހީލައިފާ ބޯޖަހައިލީ އެއީ އާނާގެ ކޭސް ފައިލް އޭ ބުނެއެވެ. ނަވާރް އުފަލުން ހުރެ ޔަޒަންގެ ގައިގާ ބައްދާލިއެވެ. އެހުރިގޮތައް ހުރެ ބިމުގައި ދެފައި ތަޅާއިގަން ގޮތުން ނަވާރް ވެފަ ހުރި އުފާ ހާމަވެއެވެ.
“ތޭންކިއު ސޯ މަޗް ޔަޒަން …ތެންކިއު ތެންކިއު ..” ނަވާރް ބައްދާލައިގެން ހުރި ގޮތުން ހީލައިގެން ހުރި ޔަޒަން އަށް ގޮތެއް ހަދާލަން ވެސް ހުރީ ނުކެރިފައެވެ.
އިރުކޮޅެއްފަހުން ނަވާރް ހަމަހޭވެރިކަން ވެ މާފަށް އެދެމުން ދުރަށް ޖެހިލިއެވެ.
“އިޓްސް އޯކޭ..އަދި އޮންނާނެ އިތުރު ފައިލް އެއް ދައްކަން ވެފަ.. ވީ ޝުޑް ޓޯކް.. އެކަމަކު މިހާރަކު އެއް ނޫން .. ކްރައިމް ސީން އަކަށް ދާން ޖެހޭ އެބަ .. ޒެހޭ އާއި ޔޫޝައު މެން އެބަތިބި އަހަރެމެން ދަންދެން .. ލެޓްސް ގޯ..” ނަވާރްގެ އަތުގައި ހިފައިގެން ޔަޒަން ތިރިއަށް ފޭބުމަށް ހިނގައިގަތެވެ.
ނަވާރް ހުރީ ޔަޒަންގެ އެ ގާތް ކަމުން ނަގަން ވީ މާނަ އެއް ނޭނގިފައެވެ. ނަމަވެސް އެ ގާތް ކަމުން ނަވާރް އަށް ކުރަމުންދިޔައީ ބަޔާންކުރަން ދަތި ފޮނި އިހްސާސްތަކެކެވެ. ކޮންމެ އަކަސް މިކަމަށް ނުހަނު ބޮޑަށް ފަސޭހަ ވެއްޖެއެވެ. އެންމެ ނުލިބިގެން އުޅުން އެއް ފައިލް ވެސް އެއޮތީ ނަވާރް ގެއަތުގައިއެވެ. ނަވާރްގެ ލޮކަރަށް ފައިލް ލާފައި ޒެހެކް މެން ތިރިގައި ތިބުމުން ނަޥާރް އާއި ޔަޒަން ތިރިއަށް ފޭބިއެވެ. އެމީހުން ފެންނަން ދެން ޔަޒަން އުޅުނީ ނަވާރްގެ އަތުގައި ހިފައިގެންނެވެ. ޒެހެކް ފެންނަ ހިސާބަށް ދިޔައިރު ޔޫޝައު އާއި ދުރުގައި އިތުރު އޮފިސަރާކާއި ވާހަކަ ދައްކަން ހުއްޓެވެ.
ނަވާރް އަށް ހުއްޓުން އެރީ ޒެހެކް އާއި ވާހަކަ ދައްކަން ވަންނަ ދޮރު ކައިރީގައި ހުރީ މީހަކު ފެނިފައެވެ. ބޮލަށް ބާރުކުރަން ފެށީ ނުހަނު ބޮޑަށެވެ. މެދު އުމުރުގެ މީހެކެވެ. އަޅާފައި ވާ ތޮފި ރަނގަޅުކޮށްލާގޮތުން މީހަކަށް މޫނު ފެނިދާނެތީ އުޅޭހެން ވެސް ހީވެއެވެ. ޒެހެކް ހީލައިގެން ވާހަކަ ދައްކަން ހުރި ގޮތުން އެއީ ޒެހެކް އާއި ނުހަނު ގާތް މީހެއް ކަން ނަވާރް އަށް އެންމެ ބަލައިލުމަކުން ވެސް ފާހަގަ ވިއެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ނަވާރް އާއި ޔަޒަން ބައްދަލް ވި ދުވަހު އެމީހުންނާ ދިމާ ބަލަން ހުރީ އެމީޙާއެވެ.
***
(ނުނިމޭ)