ޒަހުރާންގެ އަޑުން ނޫރާ އާއި ނަވާރް އަށް އަދި ކައިރިޔަށް ހުއްޓުނު ހާރިޒްއަށް ވެސް ލިބިގެންދިޔައީ ޝޮކެކެވެ. ނަޥާރް އަވަސް އަވަހަށް ޔޫލީގެ ހެދުންކޮޅު ހިއްލާ ބަލައިލި އިރު ބަނޑާއި ފައި ފަލަމަސްގަނޑު ނުހަނު ބޮޑަށް ހުރި ފިހިފައެވެ. ހެދުމުގައި ލޭ ހޭކިފައި ހުރިތަން ވެސް ފެނުނެވެ. ޔޫލީ ނަވާރްގެ އަތުތެރެއަށް ދެމުނީ ވެސް އެވަގުތުއެވެ. ނަވާރްއަށް ރޮއެ ގަނެވުނެވެ. ނަޥާރް ރޮމުން ރޮމުން ތިރިއަށް ފޭބިއިރު ގެއަށް ވަންނަމުން ދިޔަ ޔަޒަން އާއި ޒަޔާންއަށް އެމަންޒަރު ފެނިގެން ދެފަޔަށް ލިބުނީ އާދަޔާއި ހިލާފް ބާރެކެވެ.
“އެ އަލާނާ ޔޫއްކޮ ގައިގަ އިސްތިރި ޖައްސާފަ..ހޮސްޕިޓަލް އަށް މިދަނީ..ކުޑަބޭ މައްޗަށް ދޭ.. މަންމަ އާއި ބޭބެ އަށް ދޮންބެ ނޭނގެ ހިފަހައްޓައިލެވުން ކަމެއް ވެސް..އެނގެއެންނު ދޮންބެގެ ރުޅި ..” ރޮވެމުން ދިޔައިރު ނަޥާރް މަޑު ނުކޮށް ދުވެފައި ނުކުތެވެ. ތެދެކެވެ. ޒަހުރާންގެ ރުޅިއަކީ އެކަކަށް ވެސް އާ އެއްޗެއްނޫނެވެ. ޒަޔާން އަވަހަށް މައްޗަށް އަރަމުން ޔަޒަން ގާތު އެމީހުންނާ އެއްކޮން ދިޔުމަށް ބުންޏެވެ.
ޔަޒަންގެ ކާރުގައި “ރެޑްވޫޑް” ހޮސްޕިޓަލްއަށް ގޮސް އެމަޖެންސީ ބަޔަށް ނަޥާރް ވަނެވެ. ވިއާން އެމެޖެންސީ ރޫމް ކުރިމަތީގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ބައިންދާފައި ޔަޒަން ވެސް އެތެރެއަށް ވަނެވެ.
“ބޭބީގެ ހާލު ކްރިޓިކަލް އެއް ނޫން ..އެކަމް ރަނގަޅެކޭ ނުދެންނެވޭނެ .. ވަރަށް ބޮޑަށް ސްކިން ޑެމޭޖް ވެފަ.. ބުރަކަށި ، ބަނޑު އަދި ފަލަމަސްގަނޑު ހިމެނޭހެން މިވަނީ ފިހިފަ.. ބޮޑެތިކޮން ފޮޅުލާފަ މިހުރީ.. މިވަގުތު ފަރުވާ ނުދެވިއްޖެނަމަ އިންފެކްޝަން އުފެދުމަކީ ދުރުގައި އޮތް ކަމެއް ނޫން.. އިތުރު ފަރުވާ އަށް އޮޕެރޭޝަން ތީއޭޓަރަށް މިހާރު މި ރެޑީ ވަނީ ގެންދެވެން.. ކިހިނެތް ތޯ މިހާ ތުއްތު ކުއްޖަކު މިހާ ވަރަށް މި ފިހެން ދިމާވީ.. ޕޭރެންޓްސް ޝުޑް ބީ ކެއާފުލް” ޑޮކްޓަރުގެ އަޑުގައި ހުރި ހައިރާން ކަމާއި އެއްވަރަށް ހިތްހަމަ ނުޖެހުން ވެސް ވިއެވެ.
“އާ.އަ ބޭބީ ކުޅެން އުޅެނިކޮން ހިނގާދިޔަ އެކްސިޑެންޓެއް މިއީ ..ބޭބީ ފެއިންޓް ވާން މެދުވެރިވީ ކީއްވެތޯ”ޔަޒަން ނަވާރް އާއި ދިމާ ބަލައިލި އިރު ނަވާރް ޔޫލީގެ އަތުގައި ހިފައިލައިގެން ހުރެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލާތަން ފެނުނެވެ. އެ މަންޒަރު ފެނި ޔަޒަން ގެ ހިތައް ގޮތެއްވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެފަރާތައް ބޯހޫރާލައިފިއެވެ.
“ބޭބީއަށް ލިބުނު ޝޮކް އިން އަސްލު ފެއިންޓް ވާން މެދުވެރިވީ.. އިތުރު ޓެސްތްތަކާއި ސީޓީ ސްކޭން އެއް ވެސް އަޅުގަނޑުމެން ހަނދާލާނަން.. މިވަގުތު ތީއޭޓާރ އަށް ގެންދަނީ މި..”ޑޮކްޓަރުގެ ޖަވާބުން ޔަޒަން އަވަހަށް ބޯ ޖަހައިލިއެވެ.
ޔަޒަން ނަވާރްގެ ގާތައް ހުއްޓުނު އިރު ނަވާރް ވެސް ތެދުވަނީއެވެ. އޭރު ހުރި ހަމައަކަށް އެޅިފައެވެ. ޑޮކްޓަރު ދެއްކި ވާހަކަ ކިޔައިދިނުމުން ނަވާރް މަޑުމަޑުން ބޯޖަހައިލިއެވެ.
“ހެލޯ.ބޭބީ ގެ ޕޭރެންޓްސް ތޯ..” ދެމީހުންގެ ކައިރިއަށް ހުއްޓުނު ނަރުސް ކުއްޖެއް އަހައިލުމުން ދެމީހުން އެއްފަހަރާ އަވަހަކަށް ނޫނެކޭ ބުނެލައިފިއެވެ. ނަރުސް ކުއްޖާ ވެސް ހެވިފައި “އޯހް” އޭ ބުނެ ދިޔައެވެ. ޔަޒަން އަށް ނަވާރް އާއި ދިމާ ބަލައިލެވުން އިރު އިސްޖަހައިގެން ހުރި ގޮތުން ހިނިއައެވެ. ނަވާރްގެ މޫނަށް މަޑު ޖަންބު ކުލައެއް ވެސް އަރާފައި ހުއްޓެވެ.
ޔޫލީގެ ހަށިގަނޑުގައި ވި ޒަހަމް ތަކުގައި ބޭސް އަޅައިގެން ނެރުނު އިރު ޒަހުރާން އާއި ޒަޔާން އާއި ހާރިޒް އަދި ނޫރާ ނޫން އެންމެ އައިސް ތިއްބެވެ. ޕްރައިވެޓް ރުމަކަށް ޔޫލީ ވެއްދިއިރު އޮތީ ނިދިފައެވެ. ނޫރާއަށް އާދެވުނީ އެގަޑީގައެވެ.
“ކީކޭ ބުނާނީ..ނޫރާ ވެއްޖެއެންނު ޒަހުރާން އަށް ނަސޭހަތް ދޭން .. އެ ގެންގުޅެވޭ ވަރު މަންޖެއެއް ނޫން .. އަހަންނަށް އަދި މި އެނގުނީ އަނިޔާ ކުރާކަން..އަލިފާނެއް ފެނެއް ވަކި ނުވާވަރުގެ ޅަ ކުއްޖެއް ވިއްޔަ…ހެޔޮވާނީ ކިހިނެތް” މާޖިދު ވާހަކަ ދެއްކި އިރު އަޑުގައި ހުރީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ.
“ހާރިޒް އެބަ ވަރަށް ނަސޭހަތް ދޭ.. ޒަޔާން ވެސް އަތަކަށް ގުޑުވާލަން ނުކެރިފަ އެބަހުރި.. ނިކަން ރުޅިގަދަ ވާނެ ޒަހުރާން އެހެން ހުއްޓަކަސް.. މިއަދު މަށައް ވެސް މި އެނގުނީ އެކުއްޖާއަށް އަނިޔާ ކުރި ކަން… އަލާނާ ޒަހުރާން އަށް ވެސް ހަދަނީ ހަދާނެ ގޮތެއް .. އެއްޗެއް ދޮވެދީ ކާން ދީ ހެދުމެއް ވެސް ނޯވޭ.. މަ އެކަންތައްތައް ނުކޮށްދޭނަމަ އެ ހުރިހާ ކަމެއް އެހެން މީހަކަށް އެނގުނުތާ ކިތަންމެ ދުވަހެއް…ދޮންތަ އާއި ކުޑާއަށް ވެސް ނޭނގޭނެ މިކަންކަމެއް …ޒަހުރާން އަށްވެސް އަނިޔާ ކުރޭ އެވަރަށް .. އޭނަ އަނގައިން ނީވޭނެ ކިތަންމެ ގޮތެއް ހެދިޔަސް.. އެކަމަކު ޔޫލީ ދެކެ އޭނާ ވަރަށް ލޯބިވޭ… ޔޫލީއަށް އަނިޔާ ކުރީމަ މިއަދު އޭނާގެ ކެތްތެރިކަން ކޮޅުން ލީ.. ދެންމެ ބުނި ދެވަނަ ދުވަހަށޭ އެ އަނިޔާ ކުރީ ..ފުރަތަމަ ދުވަހު އެކުއްޖާ ފާރަށް ކޮއްޕާލީނުން ނިއްކުރި ފެޅިފަ.. އެއްފަހަރު ކަމަށް ވަރަށް އިންޒާރު ދީފަ ދޫކޮށްލީ އޭ ބުނީ.. އެދުވަހު އަލާނާއަށް ޗާންސް ދީފަ ބުނީމޯ ދެން މިހެން ހަދާފިއްޔާ ނިމުނީ އޭ.. އޭނާ ވެސް ހީކޮށްގެން ހުރީ އަލާނާ ރަނގަޅުވާނެކަމަށް.. އެހެން ދޯ ގަބޫލް ކުރެޥޭނީ ވެސް.. ހާދަ ރަނގަޅޭ ކުރިން .. ކުއްލިޔަކަށް އެހެން އުޅޭން ފަށާފަ އެ އަސްލު ކުލަ ދައްކާލީ..” ނިދިފައި އޮތް ޔޫލީގެ އަތުގައި ހިފާލަމުން ނޫރާ ބުނެލި އިރު ފެންކަޅިވިއެވެ.
“މިހާރު ކިހިނެތް އެހެދީ ދެން.. ވަރި ކުރީތަ.. މަ ބުނާނަން އެ ސޮރު ކާރީގަ ވަރި ކުރަން .. ނުކޮށްފިއްޔާ ދެން މަ އަމިއްލަ އަށް ވެސް ފޯމް ނަގާ ސޮއި ކުރުވާފަ ލާނަން.. އެހާ ވެސް ރުޅި އައިސްފި މިއަދު..މިއޮތީ އެކުއްޖާއަށް ކޮށްލާފަ އޮތް ވަރު ވިއްޔަ” މުނާޒް ހުރީ ނުހަނު ރުޅިގަދަވެފައެވެ. ރަހުމާ ވެސް މުނާޒް އާއި އެއްބައިވުމުގެ ގޮތުން ބޯޖަހައިލިއެވެ.
” ވަރި ކޮށްފަ ގެއިން ނެރެފި .. ވަރި ކުރީމަ ރޮއެ ރޮއެފަ މާފް ކުރާށޯ ކިޔާ އެބަ …” އެތަނަށް ޒަޔާން ވަދެގެން އަންނަމުން ބުނެލިއެވެ.
“ބޭބެ އާއެއްކޮން އެބާދެ.. ވަރަށް ސަކަރާތް ވެފަ ދޮންބެ ހުރީ.. ޕޮލިހަށް ރިޕޯޓް ކުރަން އަހަރެމެން ބުނީމަ ދެންމެ އެއްބަސް ވެއްޖެ..” ޒަހުރާން ކޮބާތޯ ނަމްރާ އަހައިލުމުން ޒަޔާން ކިޔައިދިނެވެ.
އެމީހުންގެ ވާހަކަ އަޑުއަހަން ހުރެފައި ޒަޔާން ގާތު ދަނީއޭ ބުނެ ޔަޒަން ބޭރަށް ނުކުތެވެ.
ޔަޒަން ދާ ތަން ފެނި ނަވާރް ވެސް އޭނާގެ ފަހަތުން ނުކުމަތެވެ.
“ހޭއި..” ޔަޒަން ބަލައިލީ ފަހަތުން ނަވާރްގެ އަޑު އިވުމުންނެވެ. ޔަޒަން ކުޑަކޮން އެނބުރިލާފައި ހުރެ ނިތް އަރުވައިލިއެވެ. ނަވާރް އެގޮތައް ގޮވާލުމުން ހައިރާން ވި ނަމަވެސް ޔަޒަން ހީލިއެވެ.
“ތޭންކް ޔޫ ފޯ ހެލްޕިން މީ” ދެއަތް ދެއަތާއި ޖޯޑު ކޮށްލަމުން ނަވާރް ބުނެލި އިރު އެ މޫނުމަތީގަތީގައި ހުރި ޖަންބުލަ ފެނުމުން ޔަޒަން އަށް ހީލެވުނެވެ. ނުހަނު މައުސޫމެވެ.
“ކަމް ވިތް މީ..”ޔަޒަންގެ ތޫނު ދެލޮލުން ބަލަހައްޓައިގެން ހުރެފައި ބުނެލިއެވެ. ޔަޒަންއާއި ވާހަކަ ދައްކަން ޖެހުމުން ފިނިވެފައި ހުރި ނަވާރް އިތުރަށް އެ ނަޒަރުން ލަދުގަންނަ ގޮތްވިއެވެ. ބަލަހައްޓައިގެން ހުރިގޮތުން ވެސް ހީވަނީ ދެފައިން ވަރުދޫވާހެންނެވެ. އެ ފިރިހެންވަންތަ ކަމުގެ ޖާދޫގެ އަސަރު ނަވާރްގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް ކުރަމުން ދާ ގޮތުން ނަވާރްއަށް މޭގައި އަތް ލެވުނެވެ.
“ނާންނާނަންތަ..” ޔަޒަންގެ ފިރިހެންވަންތަ އަޑު ތަންކޮޅެއް ކައިރިން އިވުމުން އިސްޖެހިފައި ހުރި ނަވާރްގެ ކުޑަކޮން ސިހުނެވެ. އަވަސްއަވަހަށް ބޯ ހޫރާލަމުން ޔަޒަން ގެ ފަހަތުން ދިޔައެވެ.
ޔަޒަންގެ ފަހަތުގައި ހުރެ ނަވާރް ހިނގަމުން ދިޔައިރު އެ ދިގު އިސްކޮޅާއި ބައިމަތި ފުޅާ ހަށިގަނޑު ފަހަތުން ފެންނައިރު ވެސް ރީތިކަމުން ނަވާރް އަށް ބެލުނެވެ. ޔަޒަން ބޭނުން ކޮށްފައި ހުރި “ލުމިނޭންސް”ގެ ހިތް ގައިމް ވަސް، އެތަނުގައި ބޭނުން ކޮށްފައި ހުރި އެއާފްރެޝްނާގެ ވަސް ފަނޑުކޮށްލައިފިއެވެ.
ދެމީހުން އެރީ ހޮސްޕިޓަލްގެ ޓެރެހަށެވެ. އެތަނަށް ދެ ދޮރަކުން ވަދެވެން ހުރި އިރު ނަވާރް އާއި ޔަޒަން ވައަތް ފަޅިއަށް އިން ދޮރުން ޓެރެސްއަށް ވަނެވެ. އެހިސާބަށް ބަލިމީހުންނަށް އަދި އެހީތެރިންނަށް ވެސް ހިތްފަސޭފަ ކޮށްލުމަށްޓަކައި އައުމުގެ ހުއްދަ އޮވެއެވެ. ރެއިލިންގްގައި ލެގިލައިގެން ހުންނައިރު ދުރުދުރަށް ފެންނަން ހުރީ އިމާރާތްތަކުގެ އަލިތަކެވެ. ބްރިޖްގެ އަލި ވެސް ދުރުން ފެނިގެންދެއެވެ. ސާފް ވައި ލިބި ހިތައް ހަމަޖެހުން ލިބިދޭ ކަހަލަ މާހައުލެކެވެ. ވަނީ ވެސް ނިދި އަންނަ ކަހަލަ އަރާމް ފިންޏެކެވެ. ބެންޗްތައް ޖަހާފައިވާއިރު ޕްލާސްޓިކް ގަސްބޮނޑިތައް ބަހައްޓާފައި ހުއްޓެވެ. ރަނގަޅަށް ބަލައިލީމަ ނޫނީ އަސްލު ނޫން ކަން ނޭނގޭހޭ އަސްލާއި އެއްގޮތެވެ. އެތަނަކީ އެވަގުތު މީހަކު ނެތް ނަމަވެސް އާންމުކޮން މީހުން އައިސް އުޅޭ ތަނެކެވެ.
ޔަޒަން ދިޔައީ އަލިމަޑުކޮން ހުރި ބެންޗަކާއި ދިމާލަށެވެ. ގަސްބޮނޑިއަކާއި ނިވާއެޅިފައިވާތީ އެމީހުން އެތާ ތިބިތަން، އެތަނަށް ވަންނަ މީހަކަށް ފެނުމަކީ ނާދިރްކަމެކެވެ. ޔަޒަން ބެންޗްގައި އިށީނުމުން ނަވާރް ލަތްގަނެލީ ރެލިންގް ގައެވެ.
“ހައުސް ޔޫ..އިން ދީސް ޔާސް.. ލުކިން ފޯރް ދިސް ޗާންސް އަ ވައިލް އެގޯ” ޔަޒަން ނަވާރް އަށް ކަތި ނަޒަރަކުން ބަލައިލިއެވެ.
“ތިންގްސް އާ ކޮމްލިކޭޓެޑް…އެންޑް ޔޫ.. އައި ތޯޓް ޔޫ ވުޑް ނެވާ ޓޯކް މީ ސިންސް އައި އިގްނޯޑް ޔޫ..” ނަވާރް އިސްޖަހައިގެން ހުރެ ބުނެލިއެވެ. ނަވާރް ގެ ޖަވާބުން ޔަޒަން އަށް ހީލެވުނެވެ. އިންތަނުން ތެދުވެ ނަވާރް އާއި ނުހަނު ގާތުގައި ރެއިލިންގްގައި ލަތްގަނެލިއެވެ.
“ހައު ކޭން އައި ނޮޓް… އެހެން ނޫނަސް ވީ އާ ނޮޓް ސްޓްރޭންޖާސް ރައިޓް …” ޔަޒަންގެ ފިރިހެންވަންތަ އަޑު އެހާ ކައިރިން އިވުމުން ނަވާރްގެ ހައިން ހީބިލި ހަލުވާލިއެވެ. “ސްޓްރޭންޖާސް”އެ ލަފްޒް ޔަޒަން ބުނުމުން ނަވާޜް އަށް ކުޑަކޮން ހެވުނެވެ. އެ ބުނާ ފަދައަކުން ދުރުވެގެން ބީރައްޓެހިން ހެން އުޅުނީ ޔަޒަންއެއް ނޫން ހެއްޔެވެ. ދެމީހުން ދިމާ ވިތާ ދެ ހަފްތާ އެއް ހާ ދުވަސް ވީ އިރު ވެސް އެހެން އުޅުނީ ޔަޒަންއެވެ. އަދި “ސްޓްރޭންޖާސް” އެއް ނޫނޭ ބުނެފިވިއްޔާއެވެ. އަމިއްލަ ނަފްސަށް އިވޭވަރަށް ނަވާރް ތުންފިއްތާލައިގެން ހުރެ ކުދިކިއެވެ.
“ކީއްވީ ތި ހެނީ .. މަށައް މަޖާ އެއްޗެއްތަ މި ބުނެވުނީ “ނަވާރް ހިނިއައުމުން ޔަޒަން އަށް ނިތް އަރުވާލެވުނެވެ. ވަގުތުން ނަވާރް އަނގަމަތީގައި އަތް އަޅާލަމުން ހުއްޓުނެވެ.
“ނޫނޭ.. އަހަރެން ކަންނޭގެ ސްޓްރޭންޖާސް އެ ވޯޑް ޔޫޒް ކުރަން ވީ.. ޔަޒަން ވިއްޔާ އުޅުނީ ދުރުން ..ގެއިން ފެނުނަސް ހީވަނީ ރުޅި އައިސްފަ ހުންނަހެން.. އެހާ އަމްރުވެރިކޮން ވާހަކަ ދައްކާނީ”ފުރުސަތު ލިބުމުން ނަޥާރް ބޭނުން ވި ހިތުގައި އަޅައިގެން ހުރި ހިތްހަމަ ނުޖެހުން ބޭރުކޮށްލާށެވެ. ވާހަކަ ދައްކަމުން ޔަޒަންގެ މޫނަށް ނަވާރް ބަލައިލިއެވެ. ދިގުކަމުން އެ މޫނަށް ބަލާލަން ވެސް ނަވާރްއަށް ޖެހުނީ މޫނު މައްޗައް ޖަހައިގެން ހުރެއެވެ.
“ޔޫ ޝޯޓީ .. ހައްހައް.. ހާދަ ކިއުޓް ކޮން ތިބަލަނީ..” ޔަޒަން ނަވާރް ގެ ނޭފަތުގައި ހިފާލުމުން ނަވާރް ސިހިފައި ފަހަތައް ޖެހިލެވުނެވެ. އެ ފިރިހެންވަންތަ އަތުގެ ބީހުން އިޙްސާސް ވުމުން މުޅި ނަވާރް ލަދުގަންނަ ގޮތްވިއެވެ. ދިގު އެސްފިޔަތަކުގައި ނިވަލުގައި ވާ ދެ ލޮލުގައި ވަނީ ލަދުވެތިކަމެވެ. ލަދުގަން ކަން ފޮރުވާލަން ނަވާރް އިސްޖަހައިލަމުން ހީލިއެވެ. އިތުރަށް ލަދު ގަންނަން ފެށުމުން ނަވާރް ބޭނުންވީ އަވަހަށް ޔަޒަންގެ ކުރިމަތިން ފިލާށޭވެ. އެކަމަކު އެހިތްވަރު ކުރާކަށް ވެސް ނުކެރުނެވެ. އެތަނައް އަންނަން ބުނި މީހަކީ ވެސް ޔަޒަން ވިއްޔާއެވެ.
“އަސްލު ކިހިނެތް ވީ އަންނަން ބުނީ..” ނަވާރް ހިންދިރުވާލަމުން އަހައިލިއެވެ.
“އެބެއް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ..” ނަވާރް ގެ ސުވާލުން ޔަޒަންގެ މޫނުމަތީގައިވި މަޖާކަން ގެއްލި ސީރިއަސްވިއެވެ. ނަވާރް ބުމަ އަރުވާލަމުން ކިހިނެތް ވީހޭ އަހައިލިއެވެ.
“ކިހިނެތް ވީ ކުރީ ދުވަހު ޒެހޭ ކައިރީގަ ޑޭޓާބޭޒްގެ ވާހަކަ އެހީ .. “ޔަޒަންގެ ސުވާލުން ނަވާރް އަށް ސިހިފައި ބަލައިލެވުނެވެ. އެ މޫނުމަތީގައި ވި އަސަރަކުން ޔަޒަން ހަމަޖެހުމަށް ބުނެލިއެވެ.
“ކާމްޑާއުން.. އަސްލު އެދުވަހު މަ އެތެރެއަށް ވަދެފައި އަނެއްކާ ނުކުން ގަޑީގަ ދެމީހުން އެވާހަކަ ދައްކަން ތިބީ.. މަ އެތާ ހުރި ކަމެއް ވެސް ނޭނގެ ދޯ..ކިހިނެތް ވީ އެހެން އެހީ” ޔަޒަން ނަވާރް އާއި ދިމާ ބަލައިލީ ޖާސޫސް ކުރާފަދައަކުންނެވެ.
” އެ..އެ ކަމެއް ނުވޭ.. އައި ވޯޒް ޖަސްޓް ކިއުރިއަސް..ހެހެ..” ގަދަކަމުން ކަހަލަ ގޮތަކަށް ނަވާރް ހީލަމުން ފުންނޭވާ އެއް ދޫކޮށްލީ ޔަޒަން އަށް ސިއްރުންނެވެ.
ނަވާރްގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެން ހުރުމުން ނަވާރް ކަމެއް ފޮރުވާކަން ޔަޒަން އަށް އެނގުނެވެ. ނަމަވެސް އޭނާ ބޭނުން ވީ ފުރަތަމަ ދުރުދުރު އަހާށެވެ.
“ކެން ޔޫ ޖަސްޓް ޕްލީޒް ސްޓޮޕް އޯލް ދި ލައިސް.. ކަމޯން.. އާނާ އާ ރިލޭޓް ވާ ކަމެއް އިނިއްޔާ ހައިޑް ނުކޮށް ޝެއާ އިޓް.. ވީ ކެން ވޯކް ޓްގެދާރ އޮން އިޓް..” ޔަޒަން ނަވާރްގެ ކުރިމައްޗަށް އަރަމުން ބުނެލި އިރު އެ އަޑުގައި ވި އަސަރުތައް ނަވާރްއަކަށް ފަހްމް ވާގޮތެއް ނުވިއެވެ. ޖެހޭ ނުޖެހޭ ހިސާބުގައި ޔަޒަން ހުރުމުން ނަވާރް އަށް ވާހަކަ ދެއްކުމަށް ވެސް ބޮޑުކަމަކަށެވެ. ނަވާރްއަށް ފިނި ނޭވާއެއް ދޫކޮށްލެވުނެވެ. ޔަޒަން އާއި ދިމާ ބަލައިލަމުން ނަވާރްއަށް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ. ކުޑަކޮން ވިސްނާލުމަށްފަހު ނަވާރް ނިންމީ ޔަޒަންއަށް އަށް ކޮންމެވެސް ވަރަކަށް ކިޔައިދިނުމަށެވެ. އާނާގެ ފައިލް ބޭނުންވާއިރު ޔަޒަންގެ އެހީ ހޯދަން މިއަށްވުރެން ވަކި ރަނގަޅު ފުރުސަތެއް ލިބޭނެ ހެން ހިޔެއް ނުވެއެވެ.
“ޔާހް.. އިޓްސް އެބައުޓް ހާރ… ދަ ރީޒަން އޮފް ޖޮއިނިންގް ސީއައި..”ނަވާރް ޔަޒަން އާއި ދިމާ ބަލައިލި އިރު ދެލޮލުގައި ފެންތިކިތައް ބަބުޅަމުންދިޔައެވެ. ނަވާރްގެ ޖުމްލަތަކުން ޔަޒަން އަށް ދެލޯ މަރައިލެވުނެވެ.
“ދެން ޑިޑް ޔޫ ގެޓް ނޯ އެނީތިންގް..އާނާގެ ކޭސް އާއިގުޅޭ އެއްވެސް ކަމެއް..” ޔަޒަން އަހައިލިއެވެ.
”ނޫން އަދި ނުވޭ.. އެކަމަކު އަހަރެން ފުރާނަ އާއި ކުޅެގެން ވެސް މިކަން ހާސިލްކޮށްފަ ހުއްޓާލާނީ.. އަހަރެން އެއްވެސް ކަމެއް ގިވްއަޕް އެއް ނުކުރަން..އެއްވެސް ކަމެއް ރިގްރެޓް އެއްވެސް ނުކުރަން .. ކުޑަ އިރުން ފެށިގެން ވެސް ފީލްޑަކަށް މައިންޑްގަ އިންނަނީ ނާސިންގް .. ސީ ހައު އައި ނައު..އެކަނިން ވެސް މިހުރީ އަޒުމުގަ “ނަވާރް ފެންކަޅިވެ ހުރެ ވެސް ހީލިއެވެ. އެ ހީލުން ހާސް ކަރުނަތަކަށް ވުރެން ވެސް ވޭން ގަދައެވެ. އާނާ އަކީ ނަޥާރްގެ ހަޔާތުގައި ކިހާ މުހިއްމު ފަރާތެއްކަން އެ ކޮންމެ ކަރުނަ ތިއްކަކުން ހާމަވެއެވެ.
“އޯހް އައި ސީ…ޔޫ ނޯ ވަޓް.. އެއީ އަހަރެން ވެސް ސީއައި އަށް ޖޮއިން ވާން ނިންމި ރީޒަން .. އަހަރެންގެ ވެސް ފީލްޑެއް ނޫން މީ.. ދިމާވި އެހެން ކަމަކާ ގުޅިގެން ޖޮއިން ވާން ނިންމީ..އެކަމް އޭގެ ފަހުން އާނާގެ ކަންތައް .. ސޯ އެއީ މިހާރު ހުރިހާ ވެސް ކަމަކީ…ނަވާރް..މިކަމުގައި އެކަނިންނޭ ނުބުނޭ.. ލެޓްސް ވޯކް އޮން އިޓް ޓްގެދާ.. އަމް ހިޔާރ ޓް ހެލްޕް ޔޫ.. ޔޫ އާ ހިޔާ ޓް ހެލްޕް މީ..ސޯ އެކަކު އަނެއްކަކުގެ ހެލްޕް ބޭނުންވާ ހިސާބުގަ މިތިބީ..” ޔަޒަން ގެ މޫނުން ފެންނަން ހުރި ސީރިއަސް ކަން ނަވާރް އަށް އެތައް ކަމެއް ބުނެދިންފަދައެވެ. އަވަސްއަވަހަށް ނަވާރް ބޯ ޖަހައިލި އިރު ބޮލަށް ބޮޑު ލުޔެއް ލިބުންކަން އިޙްސާސްވިއެވެ.
”ޒެހޫ ދައްތަ ބުނި އެދުވަހު ޔަޒަން އަށް ވެސް ރެކޯޑްސް ބެލޭ ވާހަކަ .. އާނާގެ ކޭސް ފައިލް ލިބުންތަ..” ނަވާރް އަހައިލިއެވެ.
“ނޫނޭ.. އަހަންނަށް ވެސް އިންނަނީ ވަކި ލެވެލް އަކަށް .. އެ ހިސާބަށް އަދިވެސް ނުދެވިގެން މިއުޅެނީ.. އެހެންވެ ފައިލް ލިބޭނެ ގޮތެއް ވެސް ނޭނގިފަ މިއޮތް ހާ ދުވަހު މިހުރީ.. ހާއްސަކޮން އެވަރުގެ ބޮޑުކަމެއް އަދި އެވެސް އަމިއްލަ ކަމަކާއި ގުޅޭ އިންވެސްޓިގޭޝަން އެއްގައި އުޅޭކަން އިތުރު މިހަކަށް އެނގިއްޖެޔާ ވަރަށް ގޯސްވާނެ.. ފިޔަވަޅު އެޅޭނެ.. އެ ކްރައިމް އެއް.. ޖޮބް ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެއް …އެހެންވެ އިތުރު މީހަކަށް ނޭނގި ސެލްފް އިންވެސްޓިގޭޝާން އެއް ކުރަމުން މިދަނީ …އެހެން ހުއްޓަ ޒެހެކްގެ ރޭންކް ހައި ވީ.. މިހާރު ބެލޭނެ އޭނާއަށް.. އައި ތިންކް ވީ ވިލް ގެޓް އޯލް ދޯސް ޑޮކްސް ދެޓް ރިލޭޓެޑް ޓު އާނާ.. ވަރަށް އަވަހަށް.. ޒަޔާން ބުނި ނަވާރް ޕޮލިހަށް ޖޮއިން ކުރި ޥާހަކަ.. އެދުވަހު ވެސް އެނގުނު އެހެންވެ ކަން.. އައިނޯ ވީ ވުޑް މީޓް އެހެންވެ ދެން ފަސްއަހަރު ވަންދެން އެގޮތައް މެސެޖްކޮށް ގުޅާ ހަދާފަ ހުއްޓާލީ.. ބަޓް ނެވާ ގިވްއަޕް އޮން ޔޫ… ނަވާރް ..އަހަންނަށް އެނގޭ ނަވާރްއަށް ނޭނގޭ ކަންތައް ވެސް ހުންނާނެ.. އެކަމަކު އަހަރެމެން މި ބުނަނީ ދެމީހުން މިކަމާ އުޅޭ އިރު އިނގިފަ ހުރި ކަންތައް އިތުރަށް ސިއްރު ނުކޮށް ކިޔައިދޭން .. އަހަރެން ނާހާނަން ނަވާރް ކައިރިޔަކު ކީއްވެތޯ އެއް އަހަންނަށް އެހުރިޙާ އަހަރަކު އިގްނޯ ކުރީ .. އެނގޭ ނަވާރް ކައިރިން އެއްޗެއް އަހާފާނެތީކަން..” ވާހަކަ ދައްކަމުން ގޮސް ޔަޒަން އެންމެ ފަހު ޖުމްލަ ބުނެލީ ސަމާސާ ރާގެއްގައެވެ. ނަޥާރްގެ މޫނުމަތިން ވެސް ހަމަޖެހުމުގެ އަސަރު އޭރު ފެންނަން ހުއްޓެވެ.
“ޔަޒަން.. އަމް ސޮރީ.. މާކަ ގިނަ އެއްޗިއްސެއް ސިއްރު ކޮށްފައެއް ނެތް.. އެކަމަކު މަދު އެއްޗެއް ވެސް ބުނެދޭކަށް އަދި ރެޑީއެއް ނޫން..އެއީ އިގްނޯ ވެސް ކުރި ރީޒަން ..އެނގޭ އެހެންވެ ކަން ގުޅީ ވެސް މެސެޖް ކުރީ ވެސް.. ބަޓް ލެޓް މީ ޖޮއިން ޔޫ..ރެޑީ ވެވުން އިރަކުން ކިޔައިދޭނަން އިންޝާﷲ ” ނަވާރް ހީލިއެވެ. ކިތަންމެ ހީލަން މަސައްކަތް ކުރިއަސް އަދިވެސް އެމޫނުމަތީގައި ހިތާމައިގެ އަސަރު ވާކަން ޔަޒަން ދެނެގަތެވެ. ޔަޒަން ނިންމީ ނަވާރް އަށް ވަގުތު ދިނުމަށެވެ. ޔަޒަން މިހުރިހާ ދުވަހު ދުރުން އުޅެފައި ވުމުން މިއަދު އަދި ވާހަކަ ދެއްކި ނަމަވެސް ނަވާރް އަށް ވާހަކަ ދައްކަން އުނދަގު ވާނެކަން އޭނާ އަށް އެނގެއެވެ. ޔަޒަން ހީލުމެއްގައި ހުރެ ބޯ ޖަހައިލިއެވެ.
“އަސްލު ދައްކަން ބޭނުންވާ އެހެން ވާހަކަ އެއް އެބަ އޮތް.. އެއީ އަސްލު ރީޒަން ނަވާރް އަށް ގުޅަން ބޭނުންވި… ޖަސްޓް ރީޑް ދިސް..” ޔަޒަން ޖީބުން އިތުރު މޯބައިލް އެއް ނެގިއެވެ. ބާ ކުލަ އަރާފައި އޮތުމުން ފުދޭވަރަކަށް ކުރީގެ ފޯނެއް ކަން ނަޥާރް އަށް އެނގުނެވެ. އެއީ އާނާ މަރުވި ދުވަސްކޮޅު ޔަޒަން ގެންގުޅުނު ފޯނެވެ.
“އަހަރެންގެ ކައިރީ އަބަދުވެސް މަންމަ ކިޔާ މީހަކާ އިންނަން .. އެހެންނު ވާނީ ހަތާވީސް އަހަރު ވި އިރުވެސް ސިންގަލް ކޮން މިއުޅެނީ.. މަންމަ އަކަށް ވެސް ނޭނގޭނެ ކީއްވެކަމެއް މީހަކާ ނީނދެ މިހުންނަނީ… މިހާރު ނަވާރްގެ އަތް މަތީގަ އެކަން މިއޮތީ..” ޔަޒަން ނަވާރް އަތުގެ ތެރެއަށް ފޯނު ލަމުން ބުނެލިއެވެ. ޔަޒަން ބަލައިލި އިރު އެބުނީ ކީކޭކަން ފަހުމް ނުވެފައިވާ ގޮތަކަށް ނަވާރް ބުމަ އަރުވާލައިގެން ހުއްޓެވެ. ޔަޒަން އިޝާރާތުން ފޯނު ބެލުމަށް ބުނެލިއެވެ.
ޔަޒަން ފޯނުން ދައްކާލި މެސެޖް ފެނި ނަވާރް އަށް ހުރި ދިމާ އަށް ތިރިވެވުނެވެ. ލިބިގެން ދިޔައީ ވަރުގަދަ ޝޮކެކެވެ. މޫނުމަތީގައި ކޮކާ ބައިގަނޑެއް އެނބުރިގަން ހެން ވެސް ހިވިއެވެ.
“ދޮންބޭ.. ނާނާ ބޭނުން ވަނީ އެންމެ ކަމެއް .. ނަވާގެ ސޭފްޓީ .. ނެވާރ ލީވް ހާ އެލޯން… ނަވާ އަށް އެއިޓީން ވީމަ ދޮންބެ ޕްލީޒް ނަވާ އާ މެރީ ކުރެ.. ނާނާ ބޭނުން ވަނީ ދޮންބެ ނަވާ އަށް ހާޓް ނުކޮށް ނަވާ ވަރަށް ލޯބިން ގެންގުޅެން.. ނަވާ އިން ޑޭންޖާރ.. އައިހޭވް ނޯ ޓައިމް ޓް އެކްސްޕްލެއިން..މިރޭ މިދަނީ ނަވާ ބުނެގެން ބަޔަކާ މީޓް ކޮށްލަން. އައި ފީލް ސަމްތިންތް އިޒް ރޯންގް… ނަވާ އަށް ޕްރެޝާރ ނުކުރައްޗޭ އެއްވެސް ކަމެއްގަ ..ޝީ އިޒް އޯލްރެޑީ ސަފަރިންގް އަލޮޓް… ޝި އިޒް ދަ ބެސްޓް.. ނާނާ ފަހަރިއަކަށް ވެސް އެކުވެރިއަކަށް ވެސް ހަދަން ބޭނުންވާ ހަމައެކަނި ކުއްޖާ..މިއީ ނާނާގެ ވަސިއްޔަތޭ ހީކޮށްލަ… ހުރިހާ ހަގީގަތެއް އެނގުނީމަ ދޮންބެމެން ބޭނުން ނުވަންޔާ ވަރިވިޔަސް އެންމެ ރަނގަޅު.. ބައްޕައަށް އިންސާފް ހޯދާ ދޭތި ދޮންބޭ.. އެކަމަކު ދުވަހަކު ވެސް ވަރި ނުވިއްޔާ ނާނާ އަށް ރަނގަޅީ … ޝީ އިޒް މައި ބެސްޓްފްރެންޑް .. ދޮންބޭ އަކްރަމްބެ އެއީ ދޮންބެ ތި ހީކުރާ ކަހަލަ ގޯސް މީހެއް ނޫން.. ނާނާ ކުޑަކުދިންގެ ހިޔާއަށް ގެންގޮސްދީ އަނިޔާ ވެރިކަމުން ސަލާމަތް ކޮށް ދިން މީހަކީ އެ.. އިތުރަށް ބުނެދެވޭކަށް ނެތް ދޮންބޭ.. ހުރިހާ ހަގީގަތެއް ވަނީ ނުހަނު ގާތުގަ.. ކިތަންމެ ކްލޯޒް މީހަކަށް ވެސް އިތުބާރު ނުކުރާތި.. ވަރަށް ލޯބިވޭ ދޮންބޭ..މަންމަ ދެކެވެސް.. އަބަދުވެސް ހިތްހެޔޮ ކުރާތި..” އާނާ މަރުވި ދުވަހުގެ ރޭ ކާރުގައި އިނދެ އާނާ އެންމެފަހުން ކޮށްފައިވާ މެސެޖް އެވެ. މިހުރާންގެ އިތުރުން ޔަޒަން އަށް ވެސް އާނާ އެދުވަހު މެސެޖް ކުރިއެވެ. އެދިގު މެސެޖް އިން އެތައް ކަމެއް އެމައުސޫމް ކުއްޖާ ބުނެދީފިއެވެ. އަކްރަމް ގެ ނަން ނަވާރްގެ ހިތާ ސިކުނޑިގަ ގުގުމާލާ ގުގުމާލަ ހުރީ ނުހަނު ބޮޑަށެވެ. އަކްރަމްއަށް ކޮންމެވެސް އެއްޗެއް އެނގޭނެކަން ނަވާރް ދެނެގަތެވެ.
“އަކްރަމް ގެ ވާހަކަ ފަހުން ދައްކާނީ..ނަވާރް ކެން ޔޫ ސޭ ސަމްތިންގް.. ލެޓްސް ނޮޓް އާގްޔު.. އެނގޭ ޝޮކް ޖެހޭނެ ކަން ބަޓް ނަޥާރްގެ ސޭފްޓީ ޔަގީން ކޮށްފަ އަހަންނަށް ނޭވާއެއް ވެސް ލެވޭނީ..ނަވާރް އަށް ވެސް އެނގޭނެ އަހަރެން ނާނާ ދެކެ ލޯބިވާ ވަރު ..އަހަރެން ބޭނުން ނާނާގެ އެންމެ ފަހުގެ އެނދުން ފުރިހަމަ ކޮށްދޭން.. މެރީ ކުރުމަކުން އެއްވެސް ކަމެއް އުންޏެއް ނުވާނެ .. އައިލް ނެވާ ޓަޗް ޔޫ އައި ޕްރޮމިސް.. އިޓްސް ލައިކް އެރޭންޖް މެރިއޭޖް.. ހުރިހާ ކަމެއް އެނގުނު ދުވަހަކު އިފް ޔޫ ވޮނަ ޑިވޯސް..އައިލް ޑޫ އިޓް.. އާނާ މެސެޖްގައި ވެސް އެބަ އިނެއްނު އެވާހަކަ ..މިބުނާހެން ބޭނުން އެންމެ ލޯބިވި ކޮއްކޮގެ އެންމެފަހުގެ އެދުން ފުރިހަމަ ކޮށްދޭން.. ޗާންސް އެއް ދެވިދާނެތަ..” ނަވާރްގެ ކައިރިއަށް ގުދުވެލަމުން ޔަޒަން ބަލައިލިއެވެ. އޭރުވެސް ނަވާރް އިނީ އިސްޖަހައި ލައިގެންނެވެ. ނަވާރް ގެ ކޮނޑުގައިހިފައި ޔަޒަން ނެގިއެވެ.
“ވިލް ޔޫ މެރީ މީ..” ނަވާރް އާއި ދިމާ ބަލައިލަމުން ޔަޒަން ބުނެލިއެވެ.
ދޭނެ ޖަވާބެއް ނުވިސްނި ނަވާރްގެ މުޅި ހަށިގަނޑުގައި ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ. ހިތުގައިވާ ހަމަޖެހުން ވެސް ގެއްލުވާލައިފިއެވެ. ނަވާރް ވަރަށް ވިސްނާފައި ޖަވާބެއް ދޭން އުޅުނެވެ.
ނަވާރު ޖަވާބު ދޭން އަނގަ ހުޅުވާލި ވަގުތު އެމީހުންނާއި މާ ދުރުނޫން ހިސާބެއްގައި އައިސް ހުއްޓުނު މޫނެއް ފެނި ޔަޒަން ސިހުނެވެ. އެއީ ޔަޒަން މުޅި ދުނިޔެއިން ވެސް އެންމެ ނަފްރަތު ކުރާ އެއްމޫނެވެ.
“އަމް ސޮރީ ނަވާރް” ވާނުވާ ނޭނގި ހުރި ނަވާރް ސިހުނީ ނުވިސްނާ ހުއްޓާ ޔަޒަން ކޮށްލި ކަމަކުންނެވެ.
ނަވާރް ގެ ހިމަ އުނަގަނޑުގައި އަތްއަޅުވާލައިގެން ހުރެ އެތުންފަތުގެ ފޮނި މީރުކަން ހާސިލްކުރަމުން ދިޔަ އިރު ނަވާރް އަށް ތަންދޮރު ވަކިވާ ވަރެއް ނުވިއެވެ. ނޭނގުމުގެ ތެރެގައި ވެސް ނަވާރް އަށް ޔަޒަންގެ އެ އަމަލުގައި ބައިވެރި ވެވުނެވެ. ހަމަހޭވެރިކަން ގެއްލިފައިވާ ދެ ޒުވާނުން ހަމަ މަގަށް އެޅުނީ އިރުކޮޅެއް ވި ފަހުންނެވެ.
ޔަޒަން ދުރުވެފައި ބަލައިލި އިރު ނަވާރުގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތުގެ ކުލަ ގަދަ ރަތަށް ވަނީ ބަދަލް ވެފައެވެ. ތުރުތުރު އަޅަމުން ދިޔަ އިރު ލޮލުން ހޯސްލާފައި އަންނަމުން ދިޔަ ކަރުނަތައް ކޯތާފަތްމަތިން ތިރިއަތް ފޭބިއެވެ.
“އައި ހޭޓް ޔޫ .. ވިލް ނެވާ މެރީ ޔޫ..” ޔަޒަން ގެ ކޯތާފަތައް އަތުގެ ހޫނު ހަމަލާއެއް އަރުވާލުމަށް ފަހު ނަވާރް އެތަނުން ދުވެފައި ދިޔައެވެ. އޭރު އޭނާއަށް ދިޔައީ ރޮވެމުންނެވެ.
ޔަޒަން ނަވާރް ގެ ފަހަތުން ދިޔުމަށް އެޅި ފިޔަވަޅުން ހުއްޓުން އެރީ ޓެރެސް ކަނާއަތް ފަރާތައް އިން ދޮރު މަތީގައި ގެ ދޮރު ފެށޭ ހިސާބުގައި ހުރި ރިހާމް ފެނިއެވެ. އޭނާގެ މޫނު ހުރި ގޮތުން އެތާގައި ދެންމެ ހިނގި ހާދިސާ އެގިއްޖެހެން ހީވިއެވެ. ހިތްހަމަ ނުޖެހިފައި ހުރި އިރު ގުޅާނަމޭ ބުނެ ނަވާރް ފަހަތުން ދިޔައެވެ. ޔަޒަން އަށް ދެން ބަލައިލެވުނީ ޓެރެސް ވައަތް ފަރާތު ދޮރާއި ދިމާލަށެވެ. އޭރު އެދޮރު މީހަކު ނުކުމެ ދޮރު ޖެހިއެވެ.
**
“އަކުރަމް ހަމަ ރަނގަޅު އެއްޗެއް ތަ މި އިވުނީ މަށައް ..ކޫ ..ކޫ ނަވާ ގާތު މެރީ ކުރަން އެހީތަ.. އަޅޭ.. ހާ ދަ އުފާވެރި ހަބަރެކޭ މި..” މިލީނާ އުފަލުން އަވަދި ވަނީއެވެ. ކައިރީގައި އަކުރަމް ހުރި އިރު އޭނާ ވެސް އުފަލުން ކޮޅެއް ނެތެވެ. އަކުރަމް އާއި މިލީނާ ވެސް ޔޫލީ ހާލު ބަލާލަން އައިސް ގެއަށް ދަމުން ޓެރެހަށް އަރާލަން ދިޔައީ ހޮސްޕިޓަލްގެ ޓެރެސްގެ ހިތްގައިމްކަން އަހާފައިވާތިއެވެ. މިލީނާ އަދި ނާރާކަމަށް ބުނުމުން އަކުރަމް އެދުނީ އެތަން ބަލައިލަން ދިއުމަށެވެ. ދެމީހުން ވާހަކައިގަ ތިބެފައި މައްޗަށް ދިޔަ ދިޔުމުގެ މަގުމަތީގައި ރިހާމް އާއި ދިމާ ވިއެވެ. އެތާގައި މަސައްކަތް ކުރާ އޭނާގެ އެކުވެރި އަކާއި ބައްދަލް ކޮށްލަން އައިސް އުޅުމަށްފަހު ގެއަށް ދާން ނުކުންތަނާ މިލީނާ މެން ފެނިގެން އައީއެވެ. ރިހާމް އަށް ނަވާރް އާއި ޔަޒަން ވެސް މައްޗަށް ދިޔަތަން ފެނުން ވާހަކަ ބުނުމުން މިލީނާ މެން ވެސް ފުރަތަމަ ހައިރާން ވިއެވެ.
ގޭތެރޭގައި އެންމެން އެއްވާއިރު ވެސް އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާ ދެ ޒުވާނުން އެކަހެރިކޮން ދިޔަ ވާހަކަ ބުނުމުން ފާޑަކަށް ޝޮކްޖެހުނެވެ. ރިހާމް ވެސް އުޅޭނީ ގަބޫލް ނުކުރެވިގެންނެވެ. ރިހާމް ގޮވައިގެން އަޅެ ހިނގާބަލާށޭ ކިޔާ މައްޗަށް އެރިއެވެ. ތިން މީހުން މައްޗަށް އެރި އިރު އެކަކު ވެސް އެތާގައި ނެތެވެ. ވަރަށް މަޑުމަޑުން ވާހަކަ ދައްކާ އަޑުއިވިގެން ދިޔައިރު އިވުނު ވާހަކައަކުން ހައިރާން ވިއެވެ. އެމީހުންނަށް އިވުނީ “ވިލް ޔޫ މެރީ މީ” އޭ ޔަޒަން ބުނި ތަންކޮޅެވެ. ޔަޒަން ނަވާރް އާއި ކައިރިވި ތަން ފެނި އަކްރަމް އާއި މިލީނާ އެތަނުން ދިޔައީ ފެންނަން ނުވާ މަންޒަރެއް ފެނިދާނެތިވެއެވެ. އޭރު ވެސް ރިހާމް އެތާގައި ހުއްޓެވެ. ތިން މީހުން ތިބީ ރަނގަޅަށް ވެސް ހައިރާން ވެފައެވެ.
“އަހަރެމެން ފެނުން ނަމަ އެކުދިން ލަދުން ހަލާކުވީސްކަން ޔަގީން.. އެހެންވެ މިލީ ކައިރީގަ މަ ބުނީ ހިނގާށޭ އަވަހަށް” އަކުރަމް ހިނިއައިސްފައި ހުރެކާރަށް އެރިއެވެ.
“އާނ ދޯ… އެކަމް އަހަރެން ހަދަ އުފާ ވެއްޖެއޭ.. މީހަކު ކައިރީގަ ނުކިޔާ ހުއްޓަކަސް ވަރަށް ކުރުވަން ބޭނުންވި ކަމެއް އެއީ…. މިވީ ގޮތުން ނޫރާ ކައިރިއަށް ދާން ވާނެ އަދި …”މިލީނާ އުފަލުން އުޅެމުންދިޔަ ގޮތުން އަކުރަމް އިނީ ހިނިއައިސްފައެވެ.
**
ރިހާމް އާއި އެކު ކާރުގައި އިން އިރު ނަވާރް އިސް އުފުލާ އެންމެ ފަހަރަކު ވެސް ބަލައި ނުލައެވެ. ދޭތެރެއަކުން ނޭފަތް ދަމާލާ ގޮތުން ރޮނީކަން އެނގި ރިހާމްގެ ހިތައް ވެސް އުނދަގު ވިއެވެ. އޭނާ ވެސް އަނގައިން ބަހެއް ނުބުނެ ކާރުގެ ވަތްގަނޑަކުން ނެގި ޓިޝޫ ފޮށިން ޓިޝޫއެއް ނަވާރްގެ އަތައް ލައިދިނެވެ.
ޓިޝޫއިން މޫނު ފުހެލުމުން ވެސް ދެލަލަށް ވެރިވެގަންނަނީ ތާޒާ ކަރުނައެވެ. އެހާ ރީއްޗަށް ވާހަކަ ދައްކަ ދައްކާފައި ޔަޒަން އެކުރި ކަމަކުން އެހިތުގައި ކިލަނބުކަމެއް އުފެދިއްޖެއެވެ. އޭނާގެ “ފަސްޓް ކިސް” އެފަދަ ގޮތަކަށް ފޭރިގަތުމުން ޔަޒަން ދެކެ ރުޅިއާދެވުނެވެ. އިންތިހާއަށް ދެރަވިއެވެ. މި ހުރިހާ ދުވަހު ދުރުން އުޅެފައި ކައިރި ވި ގޮތައް އެކޮށްލިކަމަކުން ނަވާރްއަށް ވިސްނުނީ ޔަޒަން އާއި ދޭތެރޭގައި އެންމެ ނުބައިކޮންނެވެ.
“ނަވާ.. ކޫ އަކީ ތި ހީކުރާ ކަހަލަ ގޯސް މީހެއް ނޫން … އަނގައިން ނުބުންޔަސް ތި މޫނުމަތީގެ އަސަރުތައް މަށައް ވެސް ދޭހަ ވެއްޖެ.. ރީޒާން އެއް އޮތީމަ އޭނާ އެފަދަ ކަމެއް ކުރީ އެ.. ނަވާގެ ކުޑަބެ އާއި ރިހާމްބެ އަށް އެނގޭ ކޫ ގެ ގޮތް…އެންމެ ކުރީން ސުރެންވެސް ގާތް އެކުވެރިން..ބެސްޓްފްރެންޑްސް .. އަބަދުވެސް ވަރަށް ގާލްސް ދެކެ ހޭޓް ކުރޭ.. އޭނާގެ ލައިފް އަށް އައި އަންހެން ކުއްޖެއް އެކަމަކު ވަރަށް ނުބައި ގޮތަކަށް ހިތްދަތި ކޮށްލާފަ އޭނާ ދިޔައީ… އެ ފަހުން ކޫ އަންހެން ކުދިންދެކެ ފޫހިވޭ.. ނަވާ.. ދެން ނެތިން އިތުރަށް ކިޔައިދޭކަށް .. ކޫ ކަންނޭގެ ކިޔައިދޭން އެންމެ ރަނގަޅު ވާނީ ވެސް.. ނަވާ.. މެރީ އާ ހިސާބަށް އޭނާގެ ވިސްނުން ހުރީމަ އެބަ އެނގޭ އޭނާ އަށް ވަރަށް ހާއްސަ ކުއްޖެއް ކަން ތިއީ .. ތިދެ މީހުންގެ ގުޅުން އޮތް ވަރެއް ނޭނގެ އެކަމަކު މިސްއަންޑަސްޓޭންޑިންގް އެއް ކްރިއޭޓް ނުކޮށް ޔޫ ޝުޑް ގިވް ހިމް އަ ޗާންސް ޓް ޓޯކް.. އެޓްލީސްޓް ވަން މިނިޓް” ރިހާމް ނަވާރް އާއި ވާހަކަ ދެއްކުމުން ވެސް އެއްވެސް ޖަވާބެއް ނަވާރްގެ ފަރާތަކުން ނީވުނެވެ. ގެއާއި ހިސާބަށް ކާރު މަޑުކޮށްފައި އެންމެ ތިރީބައިގާ އިން ގަރާޖަށް ކާރު ލާފައި ރިހާމް ބަލައިލި އިރު ނަވާރް ދުވެފައި ދަނީއެވެ. އޭނާ އަށް ފުންނޭވާއެއް ދޫކޮށްލެވުނީ މިކަންތައް ދާނެ ހިސާބެއް ނޭނގޭތީއެވެ. ޒަޔާންގާތު އެއްވެސް ވާހަކަ އެއް ބުނަން ރިހާމް އަދި ބޭނުމެއް ނުވިއެވެ. ރިހާމް އަވަސް ވެގަތީ ގެޔަށް ވަނުމަށެވެ. ޔަޒަން އަށް އޭނާ މެސެޖް ކޮށްލީ މާދަން ބްރޭކް ގަޑިގައި ދިމާކޮށްލަން ބުނެފައެވެ. ޔަޒަން އެކަން އެގޮތައް ކުރީ ކީއްވެކަން ރިހާމް އަށް އެނގެއެވެ.
***
ޖެހިގެން އައީ ހޮނިހިރު ދުވަހެވެ. އާދިއްތަ ދުވަހަށް ލިބިފައިވާ ކޭކު އޯޑަރަކަށް ކޭކު އެޅުމަށް އިސްރާ އައިސް އުޅޭތީ ނަވާރް ވެސް އޭނާގެ ކައިރީގައި އެހީވާން އުޅުނެވެ. އިސްރާއަކީ ކޭކު އެޅުމުގައި މުޅި ރާއްޖެއަށް ވެސް މަޝްހޫރު ޒުވާނެކެވެ. އަށް މަހުގެ ބަނޑާއެކު ވެސް އުޅުނު ގޮތުން ނަވާރް އަށް އިރުކޮޅަކާއި ގޮވާލެވެއެވެ. އެހާ ހަލުވިއެވެ. އެގޭގެ އަވަން ހަލާކުވެގެން ނަވާރް މެންގެޔަށް އެފިހަން އައީ ނަވާރް އެހީވާނެ ކަމަށް ބުނުމުންނެވެ.
“ތިއްތިބެ ދައްތާ ތަންކޮޅެއް ސްލޯކޮން އުޅެބަލަ… “ނަވާރް ކަޕްކޭކް ތައް އަވަން އިން ނަގަމުން ގޮވާލިއެވެ.
“ހަމަ އޮޓޯ އިން ފާސްޓް ވަނީ..ހަހަހަ…މިއަދު ޔޫއްކޮ ދޫކޮށްލާނެ ދޯ ..” އިސްރާ އަހައިލިއެވެ.
“ޔާ މިހާރު އައި ވީ ކެނިއުލާ ނައްޓާލައިފަ އޮތީ ދެންމެ ގޮސް ބަލައިލާފަ މިއައީ … ހަމަ ނާދެވިގެން ތެޅިފޮޅެނީ.. އަހަރެން ފެނުނީމަ ވެސް ވަރަކަށް ރޮވުން އަންނަންވެގެން..” ނަވާރް ހީލައިފާ ޖަވާބުދިނެވެ. އޭރު މައިޝާ އާއި މީޝަމް ވެސް އައިސްފިއެވެ.
“މިތިބީނު ފަތިހު ހޭލަން ބުނި ގްރޫޕް..ބަހަބަރު ވީ އެގަޑީގަ މޫދަށް ދާން ގުޅީމަ.”ނަވާރް ތުން ހަދާލިއެވެ. މީޝަމް ހީގެންފައި އައިސް ނަޥާރްގެ ގައިގާ ފަހަތުން ބައްދާލައިފިއެވެ.
“މާދަން ނުކުންނާނަން ..ރޭގަ ބޮލުގަ ރިއްސާތި އޮއްވަ ނިދުނީ…މަންމަ ގޮވީމަ ހޭވެސް ލެވުނީ..ގެނޭ މިހިރަ ކަޕްކޭކް ތައް އަހަރެން އަޅާލާނަން …ނަވާ ކޮބާތަ އެއްކަލަ ކުޑަ ޓްރޭ ..ނިކަން ފަސޭހަ ޓްރޭއެއް އިންނާނެ މިގޭގަ” ހެދުމުގެ އަތްކުރި އޮޅައިލާ މޭޒުމަތީގައި ހުރި ފުއްތަށީގައި އަތްލަމުން މައިޝާ ބުނެލިއެވެ.
”މީޝް ދޭބަ ކުޑަބެ ކޮޓަރީގަ އިންނާނެ އޭތި..ރޭގަ އޭނާ އެއްޗެއް ކާން ގެންގޮސްފަ..އެތަށީގަ އޭނާ ކާނީ” ނަވާރް ނުލަފާ ގޮތަކަށް ހީލަމުން މީޝަމް ގާތުގައި ބުނެލިއެވެ.ވަގުތުން މީޝަމް ދެލޯ ބޮޑުކޮށްލަމުން ބަލައިލި ގޮތުން ނަވާރް އަވަހަށް މައިޝާއާއި ވާހަކަ އަޅުވާލައިފިއެވެ. ކުރިން ދުވަހަކު ނަވާރް އިންދާ މައިޝާ ގޮސް މީޝަމް އާއި ޒަޔާން އާއި އަޅުވާ ކީ ފަހުން ނަވާރް ހުންނަނީ މީޝަމް ފެންނައިރު އާދަޔާއި ހިލާފް ފޯރިއެއް އައިސްފައެވެ. މައިޝާ އާއި ނަވާރް ވެގެން މީޝަމް ލަދު ގަންނަވާލުމުގައި އަބަދުވެސް ކާމިޔާބު ހޯދައެވެ.
އަނގަޔަށް ވައްތަރެއް ޖައްސާލައިފާ އެއްޗެކޭ ނުބުނެ ސޯފާ އިން ކުޝަން އެއް ނަގާ ނަވާރް އާއި ދިމާލަށް އެއްލައިލިއެވެ. މީޝަމް ދިޔަގޮތުން ތިން މީހުން ހޭންފެށިއެވެ.
“މީނަ ގެންނަން ވީ މިގެއަށް އަވަސް ވީ ގޮތަކުން.. ކުޑަބެ އެހުންނަނީ ތިރީހަށް އެޅި އިރު ވެސް މީހަކާ އިންނަން ނޫޅެ .. މައި ދޮންތި ވެސް އިންނަ ދުވަސް ކައިރި ވަނީ ދޯ ..” ނަވާރް އަނގަޔަށް ކަޕްކޭކެއް ލަމުން މޭޒުމަތީގައި ދެފައި ވަށްކޮށްލައިގެން ހަމަޖެހިލައިފިއެވެ. މަޑު ނޫކުލައިގެ އަތްދިގު ކޮޓްން ގަމީހާއި ކަޅު ޖިންސްގައި ނަވާރް ފެންނަލެއް ނުހަނު ލޯތްބެވެ. އިސްތަށިގަނޑު ފަހަތައް ގެންގޮސް އޮތީ އައްސާފައިއެވެ.
“އާން.. ބިރުވެސް ގަނޭ އެބަ..އެ ސޮރު މިމަހު އަންނާނެ .. މިހާރު އޭނާ ބައްޕަ ބަލިވެގެން މެލޭޝިއާއަށް ގޮސްފަ ވީ.” މައިޝާ މޭގައި އަތްއަޅައިލަމުން ބުނެލިއެވެ.
ނަވާރް ވާހަކަ ދެއްކުމަށް އިނދެފައި ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވެގެން ބަލައިލިއެވެ. ޕްރައިވެޓް ނަމްބަރަކުން އައިސް މެސެޖް ފެނި ހިތް ރޫރޫ އަޅައިގަތެވެ.
***
މީޝަމް ފުންނޭވާއެއް ލާފައި ޒަޔާންގެ ކޮޓަރީގެ ދޮރުގައި ޖަހައިލައިފިއެވެ. ތިންފަހަރަށް ޓަކިޖެހުމުން ވެސް އަޑެއް ބަޑެއް ނީވުމުން މީޝަމް އެތެރެއަށް ވަނެވެ. މުޅި މޫނާއި އެކު ރަޖާ އަޅައިގެން ނިދާފައި އޮތް ޒަޔާން ފެނި މީޝަމް ގާތައް ހިނިއައިސްފައި ހުރެ އޭނާ ވަށައިގެން ހޯދާލީ އެބުނާ ތައްޓެއް ފެނޭތޯއެވެ. ޒަޔާން ހޭލައްވާއިރަށް މީސަމް ބެލީ އެތަނުން އަވަހަށް ނުކުމެވޭތޯއެވެ. ނަމަވެސް ތަށި ފެންނަ ގޮތެއް ނުވިއެވެ. އެންމެ ފަހުން ފޯނު ނަގާ ނަވާރްއަށް ގުޅާލިއެވެ. ފޯނު ބާއްވާފައި ނަވާރް ބުނިތަންތަން އަނެއްކާ ވެސް މީޝަމް ބަލަން ފެށިއެވެ.
“މިތަ ތިހޯދަނީ..” ކުއްލިއަކަށް މީޝަމް ސިހުނީ އޭނާގެ ފަހަތުން ޒަޔާންގެ ބަރު އަޑު އިވުމުންނެވެ. ނިދާ ހޭލިގަޑި އަށް ވުމުން އެ އަޑުގައި ހުރި އަސަރަކުން މީޝަމްގެ ހިތްތެޅިލިއެވެ. އޭނާއަށް ފަސްއެނބުރިލަން ވެސް ނުކެރިފައި ހުއްޓައި ޒަޔާން މީޝަމްގެ ކުރި މައްޗަށް އަރާފައިއެ ތަށި ދިއްކޮށްލައިފިއެވެ. އިސްތަށިގަނޑު ހޭވިފައި ވާއިރު ތުންފަތުގެ ރަތްކަން ވަނީ އިތުރުވެފައެވެ. ކަޅުކުލައިގެން ކުރު ސޯޓެއްގައި ހުރި އިރު އޭނާގެ ކަސްރަތީ ހަށިގަނޑު ހާމައަށް ހުރިތަން ފެނި މީޝަމް ލަދުން މޯޅިވާ ގޮތް ވިއެވެ. އެ އިސްޖެހި ގޮތައް އަވަހަކަށް ނުކުމަންނަން ދިޔައެވެ. ތަގްދީރު ވެސް މިފަހަރު މީޝަމްއަށް ކެހިދިނެވެ. މާ އަވަސްއަރުވާލައިގެން ދާން އުޅުމުގެ ތެރޭގައި ފައި ކައްސާލީއެވެ.
ވެއްޓެން ދިޔަ ވަގުތު ޒަޔާން އޭނާގެ އަތައް ދަމާލިއެވެ. އެހިނދު މީޝަމް އައިސް، ޒަޔާންގެ ތަނަވަސް މޭމަތީގައި ޖެހުނުގޮތައް ޒަޔާންގެ ތުންފަތް ބީހިލީ މީޝަމްގެ ދޮން ކޯތާފަތުގައެވެ. ދެވަނަ ސިކުންތުގައި މީޝަމްއަށް ތެޅިގަނެވުނެވެ. ޒަޔާން އަވަހަށް ދުރުވެލަމުން މީޝަމް އާއި ދިމާ ބަލައިލިއެވެ. ދެމީހުންގެ ނަޒަރު ދިމާވެފައި ވާ އިރު ދެހިތުގެ ތެޅުން ވެސް ނުހަނު އަވަސް ވެފައިވިއެވެ. ހޭވެރިކަންވެ މީޝަމް ދުވެލާފައި ނުކުމެގެން ދިޔައިރު ޒަޔާން އަށް ބަލަހައްޓައިގެން ހުރެވުނެވެ.
(ނުނިމޭ)