“ނޫން ބޮސް ހަމަ ވަރަށް ހެލްތީ ކޮން އުޅެނީ.. މިހާރުވެސް ޖިމްގަ ވީ…. ހަމަ ޕާފެކްޓް..ކޮންމެވެސް ކަމެއް ނިންމާލަން ވެގެންނޭ ބުނުއްވި” ޝައުން ދިން ޖަޥާބުން އަކުރަމް އަށް ލޯ ބޮޑުކޮށްލެވުނެވެ. އޯކޭ އޭ ބުނެ އަކުރަމް ގުޅިކަން އިތުރު މީހަކަށް ނޭންގުމަށް އެދި ފޯނު ކަނޑާލިއެވެ.
“ކޮބާ ސައިބޯން ވެސް ނުނިކުމަންނަނީ ތަ.. ކޮޓަރިއަށް ގެންނަން ވީތަ ކާ އެއްޗިސް..” އަކްރަމް ސިހުނީ މިލީނާގެ އަޑަށެވެ. އަކުރަމް ނޫނެކޭ ބުނެ ނިދާފައި އޮތް ތުއްތު ދެކުދިންނަށް ބަލައިލަމުން މިލީނާގެ ފަހަތުން ކާކޮޓަރިއަށް ދިޔުމަށް ނުކުމަތެވެ.
***
މަޖީދީމަގުން ކާރުގައި މަޑުކޮށްލައިގެން ޔަޒަން އޮތްއިރު އިރުކޮޅަކާއި ގަޑި ބަލައިލެވެއެވެ. ރިހާމް އާއިޒަޔާން އާއި އެކު ކޮފީގައި ތިބުމަށްފަހު ރޭގައި ޔަޒަން ލަހުން ނިދުމުގެ ސަބަބުން މިއަދު ވެސް އޭނާއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ގަޑިޖެހެން އޭރު ހުރީ ފަނަރަވަރަކަށް މިނެޓަށް ވެފައެވެ. ހެނދުނު ގެ ވަގުތުކަމުން މަގުތައް ވެސް ފެންނަނީ ނުހަނު ބާރުބޮޑުކޮންނެވެ. ޓްރެފިކްގައި ޖެހިފައިވުމުން އޭނާފަދައިން ކުރިއަށް ނުދެވިފައި އެތައް ބަޔަކު ތިއްބެވެ. ޔަޒަން އެއްލި ކަޅިއަކުން މަގުގެ އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުރި ނަވާރް ފެނުނެވެ.
ކަޅުކުލައިގެ ގަމީސްކޮޅެއް ބެގީކޮށް ކަޅުކުލައިގެ ޓްރައުޒާގައި ނުހަނު ލޯތްބެވެ.ހުދުކުލައިގެ ބޫޓުން ބިމުގައި ޖަހައިލާ އަތުގައި އޮތް ގަޑިއަށް ބަލައިލާގޮތުން ލަސްވެފައި ހުރިކަން ހާމަވިއެވެ. ފަން ފަން އިސްތަށިގަނޑުން ބައެއް ކުރި މައްޗަށް ގެނެސްފައި ވާއިރު އަނެއް ބައި އޮތީ ފަހަތައް ދޫ ކޮށްލެވިފައެވެ. އެއްވެސް މޭކަޕެއް ނެތިވެސް އެރީތިކަމަކަށް ބަދަލެއް ނާދެއެވެ. ޔަޒަން ކަޅިޖަހައި ނުލާ ބަލަހައްޓާއިގެން ހުރި އިރު ނަވާރްގެ ރީތިކަމުން ހިތުގެ ހަމަ ޖެހުން ގެއްލުވާލައިފިއެވެ. އިރުކޮޅެއްފަހުން ހަމަހޭވެރިކަން ވެގެން ދެފަރާތައް ބޯހޫރައިލާއިފިއެވެ. “ނޫން ނޫން … ވަޓްސް ރޯންގް ވިތް މީ..” ޔަޒަން ފުން ނޭވާއެއް ލުމަށްފަހު އަނެއްކާ ވެސް ބަރުގޮނު އަޅަންފެށިއެވެ.
ކާރު ދުއްވޭ ވަރުވުމުން ބަލައިލި އިރު އަށް މިނެޓްއަށް ވެފައި ހުރުމުން އޭނާ އަނެއްކާ ވެސް ނަވާރްއަށް ބަލައިލިއެވެ. އެއްވެސް ކާރެއް މަޑުކުރުމެއް ނެތި ދާތަން ފެނި އޭނާ ހާސްވެފައި ހުރިވަރު ޔަޒަން އަށް ފެނުނެވެ. ޔަޒަން އަނގައިން އަޑެއްލައްވާލަމުން ނަޥާރް އާއި ގާތައް ކާރުގައި ޖެހިލިއެވެ.
ކާރެއް ނުލިބުމުން ހާސްވެފައި ހުރި ނަވާރް ސިހުނީ ޕްރައިވެޓް ކާރެއް އައިސް ކައިރިޔަށް ހުއްޓުމުންނެވެ. ލޯގަނޑު ތިރިކޮށްލުމަށްފަހު ޔަޒަން ބޯ ދިއްކޮށްލާފައި އަރަން ބުނުމުން ނަވާރް ދިޔައީ ސިއްސައިގެންނެވެ. އަރަން ބުނި އިރުވެސް ހުރީ ނުހަނު ބޮޑާ އަމުރުވެރި ގޮތެކެވެ.
“ގަޑި ޖެހެނީ.. ތަންކޮޅެއް އަވަހަށް ދެވިދާނެތަ…ހެންވޭރު ސް..” އަތުގައިވާ ގަޑިއަށް ބަލައިލަމުން ޖެހިލުންވެފައި އިނދެ ނަވާރް ބުނެލި ޖުމްލަ ޔަޒަން މެދުކަނޑައިލިއެވެ.
“އިނގޭ.. ތިތަނަށް މިދަނީ…”ޔަޒަންގެ އަޑުގައި ހުރި ބީރައްޓެހި ކަމަކުން ނަވާރް ލަދުގަންނަ ގޮތްވިއެވެ. ނަވާރް އަނގަހަދާލައިފާ އިނެވެ. އޭނާއެ ކާރަށް އެރީ ވެސް ހިތާ ދެކޮޅަށެވެ. ގަޑިޖެހެން ދެތިން މިނިޓެއްވެފައި ހުރުމުން އިތުރު ގޮތެއް ނުވެސް ނެތެވެ. ނަވާރް އެރީވެސް ފަހަތު ސީޓަށެވެ. އާނާ މަރުވުމުން ފަސްއަހަރު ވަންދެން ޔަޒަން ނަވާރްއަށް ގުޅާ އެތައް މެސެޖެއް ކުރިއެވެ. ނަމަވެސް އެއްވެސް މެސެޖަކަށް ވެސް ފޯނުކޯލަކަށް ވެސް ނަވާރް ޖަވާބެއް ނުދެއެވެ. އެފަހުން ދެއަހަރު ފާއިތުވެގެން ދިއައިރު ޔަޒަންގެ ހަބަރެއް އެއްގޮތަކަށް ވެސް ނީވެއެވެ. ޒަޔާންގެ ފަރާތުން ޔަޒަން އުޅެނީ އެތާގައި ނަވާރް އަށް އެނގުނީ ރޭގައެވެ. ވަގުތުން އެހެން ތާކަށް ޓްރާންސްފާ ވާން ވެސް ބޭނުންވިއެވެ. ނަމަވެސް އެއީ އަމިއްލަ އަށް ވާނޭ ކަންކަމެއް ނޫންކަމުން އިތުރު ގޮތެއްވެސް ނެތެވެ. އެހެންނޫނަސް އޭނާގެ ވަކި މަގުސަދެއް އޮތުމުން ކޮންމެ ކަމަކާ ކުރިމަތި ލާން ޖެހުނު ކަމުގައި ވީ ނަމަވެސް ކެތްކުރަން އެބަޖެހެއެވެ. ކިތަންމެ ބޭނުން ވިޔަސް އާނާގެ މައުޟޫއަށް އަދިވެސް އޭނާ އިތުރު މީހަކާ ވާހަކަދައްކަން ތައްޔާރެއް ނޫނެވެ. އަދިވެސް އެ ހިތްވަރެއް ނެތެވެ.
ކާޜު ތެރޭގައި ދެމީހުން ކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. އިސްޖެހިގޮތައް ނަވާރް އިނީ ޔަޒަންގެ ސުވާލެއް އަމާޒްވެދާނެތީ ކަންތައް ބޮޑުވެފައެވެ. ދޭތެރެއަކުން ވަށްކަޅިން ބަލައިލިއިރު ޔަޒަން ކާރު ދުއްވަން އިންތަން ފެނުނެވެ. ގަދަ ނޫ ކުލައިގެ ގަމީހާއި އައިސްބްލޫ ޖީންސްގައިރީތިކަމުން ބަލާ ފޫހިނުވާނެކަން ގައިމެވެ. ތުނިކޮން ބަހައްޓާފައި ހުރި ތުނބުޅިގައިވެސް ހާދަފުރިހަމައެވެ. ކާރުއްވަން އިދެފައި އިސްތަށިގަނޑުގައި އަތް ހިންގާލިގޮތް ވެސް ބަލާފޫހިނުވެއެވެ. ޔަޒަން އެންމެ ފަހަރަކު ވެސް ނަވާރްއާއި ދިމާބަލައި ވެސް ނުލިއެވެ. އެކަމާއި ނަޥާރްގެ ހިތައް ތަދުވެސް ވިއެވެ. ކާރު ޕާކުކޮށްލުމުން ނަވާރް ދުވެފައި ގޮސް މެޝިނުގައި އިނގިލި ޖައްސާފައި ޔަޒަން އަށް ބެލުމެއްނެތި ލިފްޓަށް އެރިގޮތަށް މައްޗަށް ދިޔައެވެ.
ޔަޒަންވެސް އިނގިލިޖަހާފައި ބަލައިލި އިރު ނަވާރް ގޮސް އޮބާލާތަން ފެނުނެވެ. ނަވާރް އުޅެން ފެށިގޮތުން ޔަޒަން ގާތައް ހިނިވެސް އައެވެ. “މިހާރު ދެވިދާނެ ތިހެން.. ޔޫ ކޭންޓް އެސްކޭޕް ފޮރްއެވާ ރައިޓް.. “އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލި އިރު ޔަޒަންގެ ތުންފަތުގައި ނުފިލާފަދަ ހިނިތުންވުމެއް ހުއްޓެވެ.
“ބުރޯ ހާދަ ވަރަކަށް ހިނިއައިސްފަ …މިފެންނަނީ ހަތް އަޖައިބުން އެއް އަޖައިބު..” ބިޓެއް ނެގީތަ..”ކައިރިއަށް އައިސް ހުއްޓުނު ޔޫޝައު ، ޔަޒަން ފެނިގެން ދިމާ ކޮށްލީ މާވަރަކަށް އޭނާ ހިނިއައިސްފައި ހުރުމުންނެވެ. ވަގުތުން ޔަޒަން ގެ ހިނިތުންވުން ފޮރުވައިލައިފިއެވެ . ނަމަވެސް އޭނާގެ މޫޑު ރަނގަޅުވަރު އެ މޫނުމަތިން ފެންނަން ހުއްޓެވެ.
“ކާކު..މަށެއް ނުހެން.. ޔޫޝައު މިއަދު ވެސް ލަހުން އައީމަ އިމޭޖިނަރީ އެއްޗިސް ތިޔަ ފެންނަނީ..” ދެމީހުން އެކުގައި ހިނގަމުން ދިޔައިރު ޔަޒަންގެ މޫނުމަތީގައި ހުރީ ލާނެތް ކަމެވެ.
“އާހާންން… މަ ދެލޮލަށް މިހުރީ މިރުސް އެޅިފަ …އޯކޭ.. އޯކޭ..” ޔަޒަންގެ ގައިގާ ބޮނޑިއެއް އަޅައިލި އިރު ޔޫޝައު އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.
“ތިއެއް ނޫނޭ.. ކޮން އިރަކުތަ އަންހެނުން ވިހަނީ ..ދާނީ ކައްކާ ނޫޑްލިސް ކާން ވެސް ތިގެޔަށް ނުދެޥޭ…” ޔަޒަން އަހައިލީ ވިހަން ތައްޔާރުވެފައި ހުރި ޔޫޝައުގެ އަނބިމީހާ ދާނިޔާގެ ވާހަކަ އެވެ.
“އަދި އެބެއް ދެމަސް ވަރު…ތީ އަހަރުން ގެޔަށް ދާ މީހެއް ނޫނޭނު އެވަރަށް އަންނަން ބުންޔަސް…” ޔޫޝައު ބުނެލިއެވެ. “މިހާރު އުޅެން ޖެހޭގޮތުން ހަމަ އިތުރު ތާކަށް ނުދެވުނީ .. މިހެން އުޅެފަ ބްރޯ އޮފް ދުވަހެއްގަ ޖައްސާލާނަން.. ” ޔަޒަން އާއި ޔޫޝައު ވާހަކަ ދައްކަމުން މައްޗަށް ދިޔައެވެ.
**
ބްރިޖް މަތިން ބާރު ސްޕީޑްގައި ކާރު ދުއްވާފައި ދިޔައިރު ޒެހެކް އަށް އިރުކޮޅަކާ ބަލައިލެވެނީ ފޯނަށެވެ. ހާއްސަފަރާތެއްގެ ކޯލްއަކަށް އަކަށް އިންތިޒާރު ކުރާފަދައެވެ. އެހެން އިންދާ ރިހާމް ގުޅާތަން ފެނުނެވެ.
“ހެޕީ ބާތްޑޭ ސްވީޓެސްޓް” ފޯނު ނެގިތަނުން ރިހާމް ގެ އަޑު ޖެހުނެވެ. ރިހާމް އަޑު ބަރުކޮން ހުރީމަ ދެންމެ ނިދާހޭލިކަން އެނގުނެވެ. އެ އަޑު ޖެހުމުން ޒެހެކްގެ މުޅި ހަށިގަނޑުގައި ކަރަންޓް ޖެހުންފަދައެވެ. ޖަންބުކުލަ އަރާފައި މޫނުމަތިން ފެންނަނީ ލަދުރަކި ކަމެވެ.
“ހޭއި..ތޭންކްޔޫ.. ސޮރީ ރޭގަ ނިދުނީ ..އެހެންވެ އެވަރަށް ގުޅި އިރު ވެސް ނޭނގުނީ..” ރިހާމްގެ އަޑު ޖެހުން ހިނދު ޒެހެކް އަށް ބުނެވުނެވެ. ދެން އިވިލީ ރިހާމްގެ ލުއި ހީލުމެއްގެ އަޑެވެ.
“އިޓްސް އޯކޭ…ހީވިއޭ ނިދުނީއޭ އެހެންވެ ނުގުޅީ ފަހުން ދެން.. ހުސް ކްލާސް ކުދިންތަ ދިއައީ…ކިހިނެތް ވަނީ ޓްރިޕް” ރިހާމް އަހައިލިއެވެ.
ޒެހެކް ދިހަ ދުވަހުގެ ޗުއްޓީ އެއް ނަގައިގެން، ސްކޫލްގައި އުޅުނު އިރު އެންމެ ގާތް އެކުވެރިންނާއި އެކު އިންޑިއާއަށް ޗުއްޓީ ހޭދަކޮށްލުމަށް ގޮސް އައީ ރޭގައެވެ. ރިހާމް ވެސް ކޯސް ނިމިގެން މާލެ އައީ ރޭގައެވެ. މާލެ އައިސް އެންމެ ފުރަތަމަވެސް ބައްދަލް ކުރަން އެވަރަށް ރޭގައި ގުޅުމުން ވެސް ޒެހެކް ނިދިފައި އޮތުމުން ފޯނު ނުނެގުނެވެ.
“ހުސް ގާލްސް ..އޭރުވެސް މިހާރުވެސް އެންމެ އެއްކޮން އުޅޭ ސެވެން ކުދިން… އަހަރެން ދެން އިނގޭނު ޔާލާ.. އަހަރެމެން ދެމީޙުން ނޫން އެހެން މީހުން ބޭބީސް ވެސް ތިބޭ.. ލޯބި ލޯބި އެކުދިން…އިޓް ވޯޒް ފަން ..ދެން އައިސްވެސް ނުނިދަން ވެގެން ވަރަށް ހިފެހެއްޓިން .. ބަޓް ހަމަ ނިދުނީ.. މިސް ޔޫ ސޯމަޗް ” ޒެހެކް އަޑުއައީ ލަސްލަހުންނެވެ.
“އިޓްސް ޓާއިމް ޓް ގެޓް މެރީޑް އެންޑް ހޭވް އަ ކިއުޓް ބޭބީ.. ހެހެހެހެ އެހެންނެތް ނޫންތަ..އައި މިސްޔޫ އީވެން މޯރ. ކޭންޓް ޔޫ ޖަސްޓް ސްކިޕް ޔޯ ޑިއުޓީ.. އަ ވޮނަ ސީ ޔޫ ބޭޑްލީ މައި ސޯ ކޯލްޑް ބެސްޓްފްރެންޑް..”ރިހާމް އަޑުގައި ހުރީ ލާނެތް ކަމެވެ. އެ ވާހަކައިން ލަދުގަންނަ ގޮތްވެފައި ޒެހެކް ހުއްޓެވެ.
“ވެއިޓް ވަޓް ސޯ ކޯލްޑް … އަހަރެމެން މީ ބެސްޓީސް އެއް ނޫންތަ..” ހައިރާން ވެފައި ހުރެ ޒެހެކް އަހައިލެވުނެވެ.
“ނޮޓް އެނީމޯރ އައި ގެސް.. ސްލޯ ތިންކާ…ވެލް.. އައި ގޮޓަ ގޯ…ކޯލް މީ އޭޒް ސޫން އޭޒް ޕޮސިބަލް” ރިހާމް ފޯނު ކަނޑާލީ ޒެހެކް ގޮވަނިކޮންނެވެ.
ރިހާމް ފޯނު ކަނޑާލުމުން ޒެހެކް ކަންތައް ބޮޑުވިއެވެ. އަނެއްކާ ބޭރުގައި އުޅުމުން އާ ރައްޓެހިން ލިބި އާ މީހަކު ބެސްޓީސް އަށް ހެދީ ހެއްޔޭ ވެސް އެކަނިއިނދެ ބުނެލިއެވެ. އަނގަޔަށް މަޖާ ވައްތަރެއް ޖައްސާލާފައި ޒެހެކް ކުރިޔަށް ވުރެން ވެސް ސްޕީޑް ބާރުކޮށްލިއެވެ. ޑިއުޓީ ނިމިގެން އެންމެ ފުރަތަމަ ވެސް އެގެޔަށް ދިޔުމަށް އޭނާ ނިންމިއެވެ.
**
ޔަޒަންއަށް ހާއްސަ ކުރެވިފައިވާ ކެބިން މަސައްކަތުގައި އިން އިރު ޔޫޝައު އާއި ލިއަމް ސޯފާއިން އިނދެގެން ނަވާރް އާއި އެތަކެއް ސުވާލެއް ކުރިއެވެ. ނަވާރް އައިސް ވަނީން ސުރެން ހާއްސަކޮން ލިއަމްގެ ސުވާލްތައް ހުސް ހުސްނުވެއެވެ.
ލިއަމް އެކި އެކި ކަންކަމާއި ބެހޭ ސުވާލް ކުރަމުންގޮސް ނަވާރް ގާތު ބޯއީ ފްރެންޑެއް ހުރޭހޭ ވެސް އަހައިލިއެވެ. ޔޫޝައު އަށް ހެވިގެން އަނގަމަތީގައި އަތް އަޅައިލާގެން އިނެވެ. ޕާސަނަލް ސުވާލްތަކަށް ޖަވާބް ދެވެން ނެތޭ ނަވާރް ހިނިއައިސްފައި އިނދެ ބުނުމުން ޔޫޝައު އަށް ވެސް ހެވިދާނެތީ ކުރިއަށް ވުރެން ބާރަށް އަނގަމަތީ އަތް ހިފެހެއްޓިއެވެ. ޔޫޝައު ދެތިންފަހަރު ނަވާރް ގާތު ސުވާލް އެއް ކުރަން ވާއިރަށް ލިއަމް ވާހަކަ ފަށައެވެ. އެހާ މަޑުން ހުންނަ ޒުވާނެއް ނަވާރް އައުމުންވާޙަކަ އަޅުވާލިގޮތުން ޔޫޝައު އަށް މަޖާވިއެވެ. އެހެންނުވެ ނުހުންނާނެތާއެވެ. ރީތިކޮން ހުސްކޮށްފައިވާ ފަންމިންޏެއްފަދަ ކުއްޖެއް އައުމުން ތަލިން ނުހިކި ނުހުންނާނެތާއެވެ. ހުދު އޭނާގެ ވެސް އަންބެއް ނެތްނަމަ ހިތް އަތުން ވީއްލިގެން ދިޔައީސް ކަންނޭގެއެވެ. އެހާ ވެސް ނަވާރް ރީތި ވިއްޔާއެވެ. ނަވާރް އައިގޮތަށް ޔަޒަން މިއަދު ނުނިކުމަންނާތީ ވެސް އޭނާ އިނީ ސުވާލް އުފެދިފައެވެ. އެހެންޔާ މިގަޑީގައި ޔަޒަން އޭނާ ގޮވައިގެން ކެންޓީނަށް ދާނެވިއްޔާއެވެ. ނަވާރް ގެ އެކުވެރި މިޒާޖުން ދާދި އަވަހަށް ޔޫޝައު އާއި ލިޔަމް އެކުވެރިވެއްޖެއެވެ.
އެ ކޮޓަރީގައި ކުދި ކޮޓަރިތަކެއް ފަދައިން ދެ ކެބިން އެއް ވަކިވަކިން ބޯ ބިއްލޫރިން ހުރިއިރު ދޮރު ވެސް ބިއްލޫރީން ލާފައެވެ. ދެ ކެބިން ގައިވެސް ޒެބްރާ ބްލައިންޑް ހުރި އިރު ރީތިގޮތެއް ހުއްޓެވެ. އެ ދެ ކެބިން ގެ ކުރިމައްޗަށްވާހެން ހަތަރު މޭޒުވަކި ވަކިން ހުރިއިރު އޭގެ އަނެއްފަރާތައް ވަނީ ލޮކަރުތަކާއި ކުޑަ ދޮރާއި ހަތަރުވަރަކަށް މީހުންގެ ޖާގައިގެ ސޯފާއެކެވެ.
އެތެރެއަށް ވަދެގެން އައި ފަވާދު ފަހަތުން ޒެހެކް ވަނުމުން އެންމެން ހިމޭންވިއެވެ. ފަވާދުފެނި ކެބިން އިން ޔަޒަން ވެސް ނުކުމެގެން އައެވެ. ފަވާދު އާންމުކޮން އަންނާނީ ކޮންމެވެސް މުހިއްމު ކަމެއްގައެވެ. ޒެހެކް އައިސް އެންމެނަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެހެން ޑިޕާޓްމަންޓެއްގައި ކުރިން ޒެހެކް މަސައްކަތް ކުރިނަމަވެސް މަދުމަދުން ފެނި ޒެހެކް ގެ ހިތްހެޔޮކަމާއި އެކުވެރިކަން ފެނިފައިވާތީ، އެހެންމީހުންވެސް ހީލިގޮތުން ޒެހެކް އާއިމެދު ހިތްހަމަޖެހި ފައި ވާކަން މޫނުތައްމަތިން އެނގެއެވެ. “ކޮބާ މިހުންނެވީ ނަވާރް.. މިހުންނެވީ އަލުގަނޑުމެންގެ މި ޓީމަށް ޓްރާންސްފާރ ވި އިންސްޕެކްޓާ ނަވާރް … ނަވާރް މިހުންނެވީ ޗީފް އިންސްޕެކްޓާ ޒެހެކް އަހުމަދު ޝަރަފް …” ފަވާދު ގެ ވާހަކައަށް ފަހު އިސްޖަހައިގެން ހުރި ނަވާރް އިސް އުފުލާލަމުން ބަލައިލީ ކުރިމަތީ ގައި ހުރި ޒެހެކްއަށެވެ. ވަގުތުން ދެލޯ ބޮޑުވެއްޖެއެވެ. ނަޥާރް ބަލަން ހުރި އިރު ޒެހެކް ވެސް ވެފަ ހުރި އެވަރެވެ. ދެމީހުން އަނގައިން ނުބުނެ އަވަހަށް ހިނިތުންވެފައި ސަލާމް ކޮށްލީ ފަވާދުވެސް ހުރުމުނެވެ. ފަވާދު ދިޔުމުން ޒެހެކްގެ ހިނިތުންވުން ފުޅާވިއެވެ.
“ހޭއި ސިސް… ގިމް އަ ހަގް.”ނަވާރް އުފާވެރި އަޑަކުން ހީލަމުން ޒެހެކް ގެ ގައިގާ ބައްދާލިއެވެ. ރިހާމް ވަނީ ނަވާރް އަށް ޒެހެކް ތައާރަފް ކޮށްދީފައެވެ. މާލޭގައި ހުރި ދުވަސްކޮޅު ޒެހެކް އާއި ދޭތެރެއަކުން ދިމާވިނަމަވެސް ފުވައްމުލަކަށް ދިޔުމުން ނުފެނިހުރެފައި އަހަރުތަކެއް ފަހުން އަނެއްކާ ވެސް ބައްދަލްވީއެވެ. އެރަށުގައި ހުރި އިރުވެސް މެސެޖްކޮށް ހަދައެވެ.
“ވެއިޓު … ޑޫ ޔޫ ގައިޒް ނޯ އީޗް އަދާރ” ޔޫޝައު ހައިރާން ވެފައި ހުރެ އަހައިލިއެވެ. ވަގުތުންނަވާރް އާއި ޒެހެކް އެކުއެކީގައި ބޯ ޖަހައިލިއެވެ.
”ޔެސް .. ނަޥާ ގެ ބްރަދާރ އެއް އެއީ އަޅުގަނޑުގެ ބެސްޓްފްރެންޑް ..ދޯ..ވަރަށް ދުވަސް ފަހުން މި ދިމާވި”ހީލައިގެން ހުރި އިރު ޒެހެކް ނަވާރްގެ އަތުން އެންމެ ފަހަރަކުވެސް ދޫ ނުކޮށްލައެވެ.
“ސޯ ކޯލްޑް ބެސްޓް ފްރެންޑް ރައިޓް .. މައި ޑިއާރ ކްލާސްމޭޓް..” ލާނެތް ގޮތަކަށް ހީލައިގެން ހުރެ ޔަޒަން ޒެހެކްއާއި ސަލާމް ކޮށްލިއެވެ.ޔަޒަން ޒެހެކްގެ އަތުގައި ހިފިގޮތައް ރަނގަޅަށް ފިއްތާލިއެވެ. ޒެހެކް އަނގަޔަށް ގޮތެއް ހަދަލެވުނީ ތަދުވުމުންނެވެ. ދެވަނަ ސިކުންތުގެ ދެނޭ ކިއައިލީ އެގޮތައް ދިމާ ކުރުމުން ލަދު ގަތްވަރުންނެވެ.
“ހިނގާބަލަ ނަވާ އެއްޗެއް ކާން.. ސޯ ހަންގްރީ.. އެހެން މީހުންވެސް ހިނގާ ދަމާ..”ޒެހެކް ނަވާރްގެ އަތުގައި ހިފައިލާގެން އިށީންދެ އިން ސޯފާއިން ތެދުވަންނަމުން އެންމެންނަށް ގޮވާލިއެވެ.
ނަވާރް ވެސް ބޯޖަހައިލަމުން ޒެހެކް އާއި އެކު ދިޔުމަށް ސޯފާއިން ތެދުވިއެވެ. އޭނާ ޔަޒަން އާއި ދިމާބަލައިލެވުނު ހިނދު ޔަޒަން ވެސް ނަވާރް އާއި ދިމާ ބަލހައްޓައިގެން ހުރިތަން ފެނުމުން މޭގައި ހީވީ ފިނި ރާޅެއް ދަތުރުކޮށްލިހެންނެވެ. އަވަސް އަވަހަށް ދުރުބަލައިލަމުން ލިއަމް ގާތު ނުދަނީ ތޯ އެހިއެވެ. ލިއަމް ސައިބޮއިގެން ހުރުމުން އޭނާ މަޑުކޮށްފައި ޔޫޝައު ނުކުތެވެ.
”ކޫ ނުދަނީ ތަ..” ޒެހެކް، ޔަޒަން ނުނިކުތުމުން އަނެއްކާ ވެސް އެތެރެއަށް ވަނެވެ.
“ޔާހް މަ މަޑުކޮށްލާނަން ..ތިމީހުން ދޭ މިފަހަރު..” ޒެހެކް އަށް ޖަޥާބު ދިން އިރު ވެސް ޔަޒަންގެ ނަޒަރް ހުއްޓިފަހުރީ ނަވާރްއަށެވެ. ނަޥާރް ފޯނަށް ބަލަން ހުރެފައި އެދިމާލަށް ކަޅިއެއް ތަނުން ޔަޒަން އަވަހަށް ދުރު ބަލައިލިއެވެ. އޭނާ ގޮސްގެން ނަވާރް ނުތަނަވެސް ވެފައި އިންނާކަށް ޔަޒަން އެވަގުތު ބޭނުމެއް ނުވިއެވެ. ޔަޒަން ނުދާން އުޅެން ހެދުމުން ޒެހެކް އޭނާގެ އަތުގައި ހިފައި ގަދަކަމުން ނެރެންފެށިއެވެ. ކެންޓީނަށް ގޮސް މޭޒެއް ދޮށުގައި ހަމަޖެހިލެވުމުން ޒެހެކް ޔަޒަން އަތުން ދޫކޮށްލާފައި އިށީންނަށް ބުނެލިއެވެ.
“މި އަދި ބޭބީ ވެސް މީހެކޭ ދޯ..ކޮންހާ ގަދައެއްތަ ތި ހަދަނީ..” ޔޫޝައު ޔަޒަންގެ ގެ ބްރަކަށީގައި ޖަހާލިއެވެ.
އޭރު އެމީހުން ފަހަތުން ނަވާރް އައިސް އިއްތަން ބަލައިލި އިރު ހުސްކޮން އިނީވެސް ޔަޒަން އާއި ޖެހިގެން އިން ގޮނޑިއެވެ. ބަނޑަށް އިވޭވަރަށް އަޑެއް ލައްވާލަމުން އިތުރު ގޮތެއް ނެތިގެން ނަވާރް އިށީންދެލިއެވެ. ކާ އެއްޗިސްއަށް އޯޑަރު ދީފައި އެންމެން ވެސް އެކި ވާހަކައިގަ ތިއްބެވެ. ބޮޑަށް ވާހަކަ ދެއްކީ ޒެހެކް އާއި ޔޫޝައުއެވެ.
“ކޫ ކިޔަނީ ކީއްވެ..އަހަރުން އެންމެން ޒޭން ކިޔާފަ ގޮވަނީ.. “ވެއިޓަރު ކޮފީ އާއި ކާ އެއްސިހި ގެނައުމުން ޔޫޝައު އަހައިލިއެވެ.
“ކޫ ގެ މަންމަ ދިން ނޭމް އެއް އެ ކޫ.. މާ ވަރަކަށް ކުކީސް ކާން އުޅޭތީ ކުޑައިރު.. ދެން ކޫ ގެ މަންމަ އެ ނަން ހަރު ލައްވާފަ އެކަމަކު ޒޭން ކިޔާފަ ގޮވަނީ ދޯ..ހެހެހެ..އެކަމް އެހެން މީޙުން ކޫ ކިޔާފަ ގޮވަނީ..އަހަރެމެން ކްލާސް ކުދިންވެސް ކޫ ކިޔަނީ..” ޒެހެކް ކިއަދިނެވެ. ޒެހެކް ގެ ވާހަކަ އިވުމުން ނަވާރްއަށް ޔަޒަން އަށް ބަލައިލެވުނެވެ. އޭރު ހީލައިގެން ކުޑަގޮތަކަށް ހިނިތުންވެފައި އިނދެ ޔަޒަން ބޯ ޖަހައިލިތަން ފެނުނެވެ.
ތަފާތު ވާހަކައިގައި ތިބެ ސައިބޮއިގެން އޮފިސް އިމާރާތައް މިސްރާބް ޖެހިއެވެ.
އެންމެން ނުކުތުމުން ޒެހެކް އާއި ނަވާރް އެއް ހަމައެއްގައި ހިނގައިގަތެވެ.
ނަވާރް ވިސްނަމުން ދިޔައީ އޭނާގެ މަސައްކަތް ފަށާނެ ގޮތަކާއި މެދުގައެވެ. ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްއިން ޖާގަ ހޯދުމަށް އޭނާ ކެނޑި ނޭޅި ކުރި ބުރަމަސައްކަތް އަމާޒުވާ މަގްސަދާ ދިމާލަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް ފަށަން ވީ ވަގުތު ޖެހިއްޖެއެވެ. މިހާރު ކުރިއަށް ވުރެން މަސައްކަތައް މިވަނީ ފަސޭހަވެފައެވެ. ކޮންމެވެސް ގޮތަކަށް ޒެހެކް މެދުވެރިކޮށްގެން ބައެއް މައުލޫމާތު ހޯދުމަށް ނަވާރްގެ ހިތުގައި އޮތް އުއްމީދު އާވިއެވެ. ނަވާރް ދެލޮލުގައި ވަނީ ޔަގީން ކަމެވެ.
“ނަވާ..ކިހިނެތް ވީ..ކޯއްޗެއް ތި ވިސްނަނީ.. ހާދަ ވަރަކަށް ގެއްލިފައޭ..” ޒެހެކް ނަވާރްގެ ގައިގާ ކޮށްޓާލިއެވެ. ނަވާރް ހީލާއިފާ ކަމެއް ނުވާ ކަމަށް ބުނެލިއެވެ.
“އެއްޗެއް އަހާލަންތަ.. ނިމިފަ ހުރި ކޭސް ތަކުގެ ޑޭޓާ ބޭސް އެކްސެސް ލިބެން އިނދޭތަ..” ނަވާރް އަހައިލުމުން ޒެހެކް ބޯ ޖަހައިލިއެވެ. ބުމަ ހިއްލާލައިފާ ކިހިނެތް ވީތޯ ވެސް އަހައިލިއެވެ.
“އަހަރުމެން ރޭންކް ދަށް ވީމަ ނިމިފަ ހުރި ފައިލްތަކަށް އެކްސެސް ނުލިބޭތީ އަހައިލީ މި.. އަނެއްހެން ކަމެއް ނުވޭ.. ” ނަވާރް ހިނިތުންވުން، ޒެހެކް ގެ ޖަވާބުން އިތުރަށް ފުޅާވިއެވެ.
“ޔަޒަން އަށް ވެސް ވާނެ.. އެކަމަކު އޭނާ އެހުންނަނީ އަހަންނަށް ވުރެން ދަށް މަގާމެއްގަ .. އެކަމް ތި އެންމެނާ ޖެހިގެން މައްޗަށް..އެކަމަކު ވަކި ލެވެލްތަކަކަށް އެކްސެސް ލިބޭނީ އޭނާއަށް..”ޒެހެކް އިތުރަށް ކިއައިދިނެވެ. އެވަގުތުވީ ޒެހެކް އަށް ފޯނެއް އައި ވަގުތު ކަމުން ނަވާރް ވެސް މޭޒު ދޮށުގައި އިއްތާ މަސައްކަތް ފެށިއެވެ. އޭރު ވެސް އޭނާގެ ތުންފަތް މަތީގައި ދުވެލަ ދުވެލާ ހިނިތުންވުމެއް ވެއެވެ.
***
އޮފިސްތެރެއަށް ވަދެގެން އައި ޒަޔާން މޭޒު ދޮށުގައި އިށީން އިރު ލައިގެންހުރި ލޯޔާރު ރޯބް ގަޔަށް މަހައިލާފައި ހުރި ނުހަނު ޝަހުސިއްޔަތު ވަރުގައެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރި ޒިންމާދާރު ކަމާއި ހަރުދަނާ ކަމުން ވެސް އެކަން ހެކިދެއެވެ. މޭޒުމަތިން ނެގި ފެންފުޅިން ފެން ފޮދެއް ބޯލަމުން ފުންނޭވާ އެއް ދޫކޮށްލިއެވެ. ކައިރި ކައިރިން ހަތަރު އަޑުއެހުން ނިންމާލި އިރު އޭނާ ހުރީ ހިސާބަކަށް ވަރުބަލިވެފައެވެ. އެހެން އިންދާ ޓަކި ޖަހާލުމެއް ނެތިން އެތެރެއަށް ވަދެގެން އައި އަންހެންކުއްޖާ ފެނި ޒަޔާން ގެ މޫނުމަތިން ފެނިލީ ފޫހި ކަމެވެ. ނަމަވެސް އެކަން އޮއްބާލަމުން ހީލިއެވެ.
“ހެލޯ ޒައްޔު…މައި އޯލްޑް ކްލާސްމޭޓް… ހައު ވޯޒް އިޓް .. ޔޫ ވޮން އެގެއިން.. ކޮބާތަ ސިއްރަކީ..ކޮންކަހަލަ އުކުޅެއްތަ ތިބޭނުން ކުރަނީ” ހުއްދަ ހޯދައިލުމެއް ނެތި އައިސް އޭނާ އިށީނީ ޒަޔާންގެ މޭޒުގެ ކުރި މައްޗަށް ވާހެން ހުރި ގޮނޑީގައެވެ.
“ހައި ޝިއުރާ..ދެން ރަނގަޅަށް ތާ ދޯ ދާނީ ..ވަކި ކަމެއް ނޫން ދެން ތެދަށް ވަކާލާތު ކޮށް އެކަށީގެންވާ ހެކި ހުރެ ރަނގަޅަށް ކްލައިންޓް ޑިފެންޑް ކޮށްދިނީމަ ޝިއުރާއަށް ވެސް ވިން ވާނެ..” ޒަޔާން ފޫހިވެފައިވާކަން އަޑުން ވެސް ހާމަ ވެއެވެ. ޒަޔާން އަށް އެންމެ ފޫހިވެވުނީ އޭނާ ހެދުން އަޅާފަ ހުރި ގޮތުންނެވެ. ކަކުލަށްވުރެން މައްޗަށް ހުރިކުރު ކަޅުކުލައިގެ ފިޓް ސްކާޓް އަދި ތުނި ހުދު ގަމީސްކޮޅު ބެގީ ޖަހައިފައެވެ. އެތެރެއިން ލާފައި ހުރި ޕެޓީކޮޅުވެސް ރީޢްޗަށް ފެނެއެވެ. ދިގު އިސްކޮޅަކާއި އޮމާން ދޮން ހަންގަނޑެއް ލިބިފައި ވާއިރު މޫނުމަތީގައި މޭކަޕްކޮށްލާފައި އޮތްވަރުން ސިފަ އޮޅޭވަރުވެއެވެ. ފަން އިސްތަށިގަނޑު މުށިކުލައިން ހައިލައިޓްކޮށްލާފައި އޮތެވެ.
ޝިއުރާ އަކީ ޒަޔާން އާއި އޭލެވެލްގެ ފުރަތަމަ އަހަރު ދިމާ ވި ކުއްޖެކެވެ. އޭރުންސުރެން ހުންނަނީ ޒަޔާން އާއި ފާޑަކަށް އަޅައިގަނެފައެވެ. ރިހާމް އާއި ޔަޒަން އާއި އެކު ހުއްޓަސް ޒަޔާން އާއި ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. ހާއްސަކޮން މީހުން ގިނަ ތަންތަނުން ޒަޔާން އާއި ބޮޑަށް ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. ފޮނި ކަމާއި ބޮޑާކަމުން ފުރިގެންވާ އަންހެނެކެވެ. ސްކޫލް ދައުރުގައި ވެސް އެހެން ކުދިން އެއީ އޭނާގެ އަޅުންނެވެ. އެއީ ޝިއުރާގެ ހާއްސަ ސިފަތަކެވެ. މުއްސަނދި ދެމަފިރިއެއް ހަގު ދަރިފުޅަށް ވުމުން ބަލާފައި ހުރީ ވެސް ނުހަނު ފޮނިކޮންނެވެ. ދުވަހަކު ވެސް ޝިއުރާއާއި ދިމާލަށް ރުޅިއައިސްގެން އެއްޗެއް ނުބުނިކަމުގައި ވީ ނަމަވެސް އެއަމަލުން ތަކުން ޒަޔާން ނުހަނު ފޫހިވެއެވެ. ކްލާސް އެހެން ކުދިން ގެ ފުށުން ޝިއުރާ ލޯ ކިޔެވިކަން އެގުނު ދުވަހު ވެސް މިދުވަސް އައިސްދާނެއޭ އޭނާއަށް ހީވިއެވެ. އެންމެ ފަހުން ޒަޔާން މި ތަނަށް ވަޒީފާ އަށް ނުކުންނަން ފެށިކަން އެނގުމުން މިތަނުން ވަޒީފާ ވެސް ހޯދީއެވެ. ކިޔަވައިގެން އައިސް ވަޒީފާގައި މިހޭދަވި ހަތަރު އަހަރު އޭނާގެ ބޮލު ރިހުމަކަށް މިކަން ވެއްޖެއެވެ.
ޒަޔާން ހަނދާންވީ މީޝަމް މަތިންނެވެ. ޝިއުރާއަށް ވުރެން މީޝާމް އެތައް ހާސްބައި ރީއްޗެވެ. އެކަމަކު އެއްވެސް ބޮޑާކަމެއް ނުހުރެއެވެ. ލަދުވެތި ކަމާއި ހިތްހެޔޮ ކަމަކީ ޒަޔާން އަށް އެންމެ ކަމުދާ ސިފަތަކެވެ. މީޝަމްގެ ކިބައިގާ އެފަދަ ހުރިހާ ސިފައެއްވެއެވެ. އެރީތި ހިނތުންވުމުގައި ކޮންމެ މީހަކާ ވެސް ވާހަކަ ދައްކާލަނީ އެކުވެރިކަމާއެކުއެވެ. ނުހަނު ސާދާ ވެފައި ގެވެހިއެވެ.
ކުއްލިއަކަށް މީޝަމް މަތިން ހަނދާން ވުމުން ޒަޔާން އަށް އަވަސް އަވަހަށް ބޯ ހޫރާލެވުނެވެ. ނޫނެކެވެ. މީޝަމް އަކީ އޭނާގެ ދެބެންގެ ދަރި ކޮއްކޮއެކެވެ. އޭނާ އާއި ދޭތެރޭގައި މިގޮތައް ދެކެވިގެން ނުވާނެއެވެ. ފުން ނޭވާ އެއް ޒަޔާން އަށް ދޫކޮށްލެވުނެވެ.
“ޒައްޔު.. ޔޫ އޯކޭ .. “ޒަޔާން ފާޑަކަށް އިން ހީވެގެން ޝިއުރާ އަހައިލިއެވެ. ”
“ޔެއާ.. އަމް އޯކޭ… މިއަދު އަންނާނެ އިތުރު ކުއްޖެ މީނި މޭޒައަށް.. ” ޒަޔާން އިޝާރާތް ކޮށްލީ އޭނާގެ މޭޒާ ޖެހިގެން ހުރި ދެ މޭޒުން ކުރެން ހުސްކޮން އިން މޭޒަށެވެ. ދެން ހުރި މޭޒުމަތީގައި އިތުރުސާމާނުތަކެއް ހުރުމުން މީހަކު އިންނަ މޭޒެއް ކަން އެނގެއެވެ. ޝިއުރާ މަސައްކަތް ކުރަނީ އެހެން ޓިމެއްގައިއެވެ.
“ހޫ.. ގާލް އޯރ ބޯއީ..” ޝިއުރާ ފާޑަކަށް އިނދެ އަހައިލިއެވެ.
“އިޓްސް އަ ޔަންގް ގާލް …އިޒް ދެއާރ އެނީ ޕްރޮބްލެމް … މިއަދު އޭނާ ނުކުމެއްޖެ ވޯކް އަށް .. ފައިރޫޒް އެހެންވެ އެދިޔައީ އޭނާއަށް އެއްޗިހި ކިޔާލަދޭން .. އައި ޑިޑިންޓް ސީ ހާރ ޔެޓް..” އަންހެން ކުއްޖެކޭ ބުނުމުން ޝިއުރާގެ މޫނުމައްޗަށް ވެރިވެގެންދިޔަ ކުލަވަރު ޒަޔާންގެ ގާތައް ހިނިއައެވެ. އަވަހަށް އަނގަމަތީގައި އަތް އަޅާ ބާރު ކޮށްލަމުން އަނެއް ފަރާތައް އެނބުރީ ހެވިދާނެތީއެވެ. ޝިއުރާގެ މޫނު ރަތް ކަމުން ހީވަނީ ތޮމާޓޯއެއް ހެންނެވެ.
“އައި ސީ.. އަހަރެން އެބެއް މީޓިން އެއް …ކެން އައި ގޯ..” ޝިއުރާ ގަދަކަމުން ހިނިތުންވެފައި ބުނި އިރު އޭނާގެ މޫޑް ގޮސްފައިވާ ވަރު ހާމަ ވެއެވެ.
ޒަޔާން ވަގުތު “ޔެސް ޕްލީޒް” އޭ ބުނެލި އިރު އިނީ ހެވިފައެވެ. ” މަ ބުނެގެންތަ އައި..އަދި މަ ކައިރީގަ ދަންހޭ އެހީ އެ ..ބި*” ޒަޔާން ހިތާހިތުން ކިޔާލިއެވެ.
ޝިއުރާ ނުކުންނަން ދޮރު ހުޅުވާލި ވަގުތު ވީ އެތެރެއަށް ފައިރޫޒް ވަން ވަގުތެވެ. ނިކަން ހިނި އައިސް ހުރި ފައިރޫޒް ފަހަތުން ވަން މޫނު ފެނި ޒަޔާން ސިހިއްޖެއެވެ.
ޒަޔާންއަށް އިން ތަނުން ތެދުވެވުން ގޮތް ވެސް ނޭނގެއެވެ. ދެވަނަ އެހެން މީހެއް ނޫނެވެ. ހަމަ މީޝަމް އެވެ. އެ ފަރި ހިނިތުން ވުމުގައި ހުރެ ފައިރޫޒް އާއި ވާހަކަ ދައްކަމުން ދިޔައެވެ. ހުދު މުށިކުލައިގެ ހެދުންކޮޅާއި ހުދު ކުލައިގެ ޓްރައުޒާގައި ހުރި އިރު މޭކަޕެއް ނެތިވެސް ހާދަ ރީއްޗެވެ. ކަޅުކަން ގަދަ ބުޅި އިސްތަށިގަނޑު ފަހަތައް ދޫކޮށްލާފައި އޮތް އިރު ބަސްހުއްޓޭ ހާ ރީއްޗެވެ.
ފައިރޫޒް އާއި ވާހަކަ ދައްކަން ހުރި މީޝަމް އަށް ޒަޔާން އެތާގައި ހުރިކަން ވެސް އެނގުނީ ފައިރޫޒް ގޮވާލުމުންނެވެ. މީޝަމްއަށް ޒަޔާން ފެނުން އިރު ހައިރާން ވި ވަރު އެ މޫނުމަތިން ފެނިގެން ދިޔައެވެ. ސިހުނުވަރުން ދެލޯ ބޮޑުކޮށްލައިގެން ހުރީ ނުހަނު މައުސޫމް ގޮތަކަށެވެ.
“ޒަޔާން … މިހުރީ އަޅުގަނޑުމެންނާއި އަލަށް ޖޮއިން ވި ކުއްޖާ .. މީޝަމް.. މިއަދުން ފެށިގެން މީޝަމް އަހަރެމެންނާއި އެއްކޮން މަސައްކަތް ކުރާނީ… ދެން ދެމީހުން ތައާރްފް ވެބަލަ .. ” ފައިރޫޒް ނިކަން ހިނި އައިސްފައި ހުރެ ބުނެލިއެވެ.
އޭނާގެ އަޑަށް އެކަކު އަނެކަކަށް ގެއްލިފައި ތިބި ދެ ޒުވާނުން އަވަސް އަހަށް ދެ ދިމާ ބަލައިލިއެވެ.
” ހެލޯ..” ޒަޔާން އަށް މީޝަމް އެނގޭ ކަމަށް ނުހަދާ ހީލިއެވެ. މީޝަމް ވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހީލާފައި ޖަވާބު ދިނެވެ.
ޒަޔާން އަށް ބަލައިލެވުނީ ޝިއުރާއާއި ދިމާލަށެވެ. އޭރު އޭނާ ރުޅި އައިސްގެން ހަމަ ކެކެނީ އެވެ. އަވަސް އަވަހަށް ނުކުމެގެން ދިޔައިރު ޒަޔާން ގާތައް އައީ ނުލަފާ ހިންޏެވެ. ނަމަވެސް އޭނާގެ ފަރާތުން މީޝަމް އަށް ގެއްލުމެއް ލިބިދާނެތީ ވެސް ކަންބޮޑުވިއެވެ. ސްކޫލް ދައުރުގައިވެސް ޒަޔާން އާއި ހެދި ކުއްޖަކު އުޅުނު ކަން އެނގިއްޖެޔާ އެކުއްޖަކު ސުކޫލުން ކެނޑޭވަރު ޝިއުރާ ކޮށްލިއެވެ. މިތަނުން މީޝަމް ބޭރު ނުކޮށްލައިފިއްޔާ ވާ ރަނގަޅޭ ޒަޔާން ގެ ހިތައް އެރިއެވެ.
މާގިނައި އިރެއް ނުވެ ފައިރޫޒް ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ފައިލްތަކެއް އަނެއްއަތުން ހިފައިގެން ނުކުމެގެން ދިޔައެވެ. ދެމީހުން އެކަނިވީ އެވެ. ހީވަނީ ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފައިވާ ތަނެއް ހެންނެވެ. އެއްޗެއް ހިރިލާ އަޑު ވެސް ނީވެއެވެ.
މީޝަމް ފައިލް ތައް ބަހައްޓާފަ ހުރި ރެކް އިން ފައިލް އެއް ނަގައިގެން އޭނާގެ މޭޒު ދޮށުގައި އިށީން އިރު، މަސައްކަތުގައި އިންނަމަވެސް ޒަޔާން އިރުކޮޅަކާ މީޝަމް އާއި ދިމާ ބަލައިލައެވެ. އޭނާ ގެ ހިތް އެދި ގޮވަނީ މީޝަމް އާއި ވާހަކަ ދެއްކުމަށެވެ. އެ ހަމަ ހިމޭން ކަމުން ޒަޔާންއަށް އުނދަގު ވަމުން ދިޔައެވެ. ނަމަވެސް އެހިތްވަރު ކުރާކަށް ޒަޔާން އަކަށް ނުކެރުނެވެ. މީޝަމް އެންމެ ފަހަރަކުވެސް ޒަޔާން އާއި ދިމާ ބަލައި ނުލާ ކަން އޭނާ އަށް ފާހަގަ ވިއެވެ. ފަހަރުގައި ކުރީ ދުވަހު ޒަޔާން ކަންތައް ކުރި ގޮތުން ހިތްހަމަ ނުޖެހިފައި ވަނީ ބާއޭ ވެސް ހިތައް އެރިއެވެ.
މީޝަމް އިނީ ޒަޔާން ބަލާ ވަރުން ހަނދާނެ ގޮތެއް ނޭނގިފައެވެ. ޒަޔާންގެ ފިރިހެންވަންތަ ސޫރައިން އޭނާ ހިތައް ވާގޮތް އެނގޭނީ އޭނާ އަށެވެ. މަސައްކަތުގެ ފުރަތަމަ ދުވަހުވެސް އޭނާގެ “ފޯކަސް” ޒަޔާން އަތުލައިފިއެވެ. ކުރީ ދުވަހު ޒަޔާން ހެދިގޮތުން އިސް އުފުލާ ބަލައިލާނެ ހިތްވަރު ވެސް އޭނާގެ ނެތެވެ. އެހެން ބޭބެ މެންނާ އާއިލީ އެހެން ފިރިހެން ކުދިންނާއި ވެސް އޭނާ ނުހަނު ހަމަޖެހިލައިގެން ވާހަކަ ދައްކައެވެ. ނަމަވެސް ފިރިހެނަކު ފެނިގެން މިހާ ހިތުގެ ހަމަޖެހުން ނަގާލި ފަހަރެއް ހަޔާތުގަ ވެސް ނުދެއެވެ. އެންމެ ފަހުން މީޝަމް މޭޒުމަތީގައި ބައިންދާފަ އިން ފެންފުޅި ހުރިގޮތައް ބޯލީ މާ ބޮޑަށް އުނދުގު ވާން ފެށުމުންނެވެ.
***
ޑިއުޓި ނިމިގެން ގެޔަށް އައި ގޮތައް ނަވާރް ވިސްނަމުން ދިޔައީ އާނާގެ ރެކޯޑް ފައިލް ހޯދާނެ ގޮތަކާއި ދޭތެރޭގައި އެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަ ހިގާ ވަރު ބަލި ވީ އިރު ވެސް ހަނދާނެ ގޮތެއް ސިކުނޑި އަކަށް ނައެވެ. އެހެން ހުރެފައި އިސްތަށިގަނޑުގައި ހިފާލަމުން ހަޅޭއްވެސް ލަވައިގަތެވެ. ދެން މިސްރާބް ޖެހީ ބެލްކޮންޏަށެވެ. ބެލްކޮނީގައި ހުރި ސޯފާއަށް ވެއްޓިގަނެ ކުރިމަތީގައި ހުރި ދިގު މޭޒްގަ އިން ވަތްގަނޑު، ޖަހަން އިން ކޯޑު ޖެހުމަށްފަހު ހުޅުވާލިއެވެ. އޭގެ ތެރެއިން ނަވާރް ނެގީ ދިހަވަރަކަށް ފޮތެވެ. ކަބޮޑު ތެރޭގައި ބާކީ ހުރި އެއްޗިސްއަށް ބަލައިލަމުން ހީލިއެވެ.
“ނާނާ..އަމް ޓްރައިން މައި ބެސްޓް ..” އެ ފޮތްތަކަށް ބަލަހައްތާއިގެން ހުރި ނަވާރްގެ ދެލޯ ފެންކަޅިވިއެވެ. އެއީ އާނާގެ މަރުގެ ހަގީގަތް ހޯދުމަށްޓާކައި ނަވާރް އަށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތެވެ. އެތަކެތި ލައްޕާލައިފާ އަލުން ކަބޮޑަށް ލަމުން ސޯފާގައި ރަނގަޅާ ހަމަ ޖެހިލިއެވެ.
“އައި ތިން އައި ވިލް ނީޑް ޔަޒަން ގެ ހެލްޕް ބަޓް.. ބަޓް ހައު…އާގްގް.. އެކަން ހިތުވެސް ނުލާ ދާންވީ ޒެހެކް ދައްތަގެ ކާރިން ކަމެއް ވޭތޯ ރިހާމް ބެ އާއި ދިމާލަށް ކަންނޭގެ..” އެހެން އޮވެއޮވެފައޮ ނަވާރް ކޮޓަރިއަށް ވަދެ ފެންވަރައި ނަމާދުކޮށްލައިގެން ދިޔައީ ބަދިގެޔަށެވެ. ބަނޑުހައިވެގެން ގޮސް ބަނޑުން އޭރު އަޑުވެސް ކިޔައެވެ. ތައްޓަކަށް ޕާސްތާއާއި ކޯކު އަޅައިގެން ސިޓިން ރޫމް ސޯފާގައި ހަމަޖެހިލިއެވެ.
ޕާސްތާ ތަށި ލަސް ލަހުން ހުސް ވަމުން ދިޔައިރު އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުރީ ޓީވީ އިން ދައްކަމުން ދިޔަ ސިންޑްރެލާ ކާޓޫން އަށެވެ. މަޑުފެހި ކުލައިގެ އޯވާރސައިޒް ކެހެރި ޓީޝާޓަކާއި ކަޅު ޓައިޓް އެއް ލައިގެން އިން އިރު ކަޅުކުލައިގެ ބޭންޑެއް ބޮލުގައި އަޅާފައި އިސްތަށިގަނޑު އޮތީ އައްސާލައިފައެވެ. ގެއްލިފައި އިންވަރުން ނޫރާ އައިސް ގޮވާ އަޑު ވެސް އިވުނީ އެތައް އިރެއް ފަހުންނެވެ. ވިއާން އައިސް އުނގަށް އެރީމަ ވިއާން ގެ ގައިގާ ބައްދާލައިގެން އަނެއްކާ ވެސް ފެށީ ޓީޥީ ބަލާށެވެ.
“ކީކޭ މަންމާ.. މިހާރް މީ އެންމެ އިންޓްރެސްޓިން ޕާޓް ..”ނަވާރް ޖަވާބު ދިން އިރު ވެސް އިނީ ޓީވީއަށް ގެއްލި ހުސްވެފައެވެ. އޭނާ އިންގޮތުން ނޫރާ ގާތައް ހިނިއައެވެ.
“ސާބަސް ދަރިފުޅަށް.. ބޮޑެއް ނުވޭ ދޯ ..މަންމަ މިހާރް ހާންތި ވެއްޖެ ގޮވާ ގޮވާ ..” ނޫރާ އެންމެ ފަހުން ގޮސް ޓީވީ ނިއްވައިލިއެވެ. ނަވާރް ވަގުތު ނޫނެކޭ ކިޔާ ބޮޑާ ހާކާލިއެވެ. ވިއާން ވެސް ހުރީ ހިނިއައިސްފައެވެ.
” މަޑުކުރޭ މަންމަ ބުނަން އައި އެތި ހަނދާން ނުނެތެނީސް ބުނާނަން.. މަންމަ ބުނީ ރިހާމް ބެ އައިސްފި އޭ.. ދޮންބެދައްތަ އެބަ ކިޔައޭ ކެއުމެއްގެ ބަދަލްގަ މިއަންނަ ވީކެންޑް ނުލާ ދެން އަންނަ ވީކެންޑްގަ ހޮލިޑޭ ހަދާލަން ފަޅުރަށަކަށް ވަން ވީކް އަށް ދާން.. މަޖާ ކޮށްލަން..ދެން ޓްރިޕް ނިންމާ ދުވަހު ކޭކް ފަޅާ ހަދަން އެކިޔަނީ ..ސްކޫލު ވެސް ބަންދު ވާނެ ޓޫ ވީކްސް އަށް ..ކުދިވެރިންނަށް ވެސް އޭރުން ދެވޭނީ” ނޫރާ ސޯފާގައި އިއްތާލަމުން ބުނެލިއެވެ. ނޫރާގެ ވާހަކައިން ނަވާރް ގެ ދެލޯ ވިދައިގަތެވެ. މޫދަށް ދިޔުމަކީ ނަވާރް މާކުރާ ހިތް ވާ ކަމެކެވެ. ނަމަވެސް އެއް ހަފްތާ އަށް އެހާ އަވަހަށް ލީވް ނުލިބޭނެ ކަން ހަނދާން ވުމުން މާޔޫސް ވާ ގޮތް ވިއެވެ.
” ލައްބަ ރިހާމްބެ ބުނި އައި ވާހަކަ.. އެކަމް އަދި މިފިރިހެނާއަށް މިގެއަށް ނާދެވޭ.. ރަނގަޅު އައިޑިއާ އެއް ހަމަ .. އަޅުގަނޑުމެންނަށް ހިޔެއް ނުވޭ ވީކް އަކަށް ދެވޭނެ ހެންނެއް.. އަޅެ ޓޫ ޑޭސް އަށް ހަދާލެވޭކަށް ނެތްތަ..” ނަވާރް ދެރަ ވެލާފަ އުނގުގައިން ވިޔާން ގެ ކޮނޑުގައި ދަތްދޮޅި އަޅައިލިއެވެ.
“އެގޭގެ އެބަ އުޅޭ ކޫ އާއި މިލީ ދައްތަ ވެސް …ކޫ އަކަށް ވެސް ނުދެވޭނެ އޯ ވީކް އަކަށް.. އޭނާ މިދޭތެރޭގަ ޗުއްޓީ ނަގައިގެން ހުރެފަ އަނެއްކާ ނުކުމެފަ ވީކް އެއް ނުވޭ ނަވާ ދާން ފެށިއިރު ..ކުޑަބެ އާ މީޝް ވެސް ހަމަ އެހެން ވާނީ ..ދެން ހަތަރު މީހުންނަށް އެންމެ ފަހު ދުވަހު ދެވޭނެ އެންނު .. އެދުވަހު ޕާޓީއެއް ބާއްވަން ކިޔަނީ އެކޮޅުގަ… ކުޑަބެ ވެސް ބުނެފި ކޫ އާއި އެއްކޮންނޯ ދާނީ އެދުހުން .. އެ ވީކްގަ އަޑުއެހުންތަކެއް ޝެޑިއުލް ކޮށްފަ ހުރީމަ..” ނޫރާ ކިޔައިދިނެވެ.
ޔަޒަން ގެ ވާހަކަ ބުނުމުން ނަވާރްގެ މޫނުމަތިން ޖަންބްކުލަ ފެންނަމުން ދިޔައެވެ. ކުޑަ ހިނިތުންވުމެއްގައި ހުރި އިރު ބުނެދޭން ނޭގޭފަދަ އުފާވެރިކަމެއް ހިތުގައި ވިއެވެ. ހިތަކީ ވެސް ހާދަ ނުސިޔާނު މަސްކޮޅެވެ. ހަމަ ކޮންމެފަދަ އެއްޗެއް ވެސް ހިތައް އަރާފާނެއެވެ. ދެވަނަ ސިކުންތުގައި ނަވާރް ދެފަރާތައް ބޯ ހޫރާލައިފިއެވެ. ނޫނެކެވެ. ޔަޒަން ފެނުމުން އޭނާ ފިލަން އެބަޖެހެއެވެ. މިވީހާ ދުވަހަކު އިގްނޯ ކޮށްފަ މިހެން އަދި ނުހުރެވޭނެއެވެ. އޮފީހުގައި އޭނާ އާއި އެކު މި ހޭދަކޮށްލި ހަފްތާގައި ތަފާތުކަމެއް ފާހަގަ އެއް ނުވެއެވެ. ނަމަވެސް އެންމެންނަށް ވުރެން ނަވާރް އާއި ގުޅުން ގޯހެވެ. އަނގައިން ބުނަނީ ބުނަން ޖެހިގެންނެވެ. އެވެސް ހިތައް އެރިއްޔާ އެވެ. ގިނަފަހަރު މަސައްކަތް ހަވާލް ކުރަނީ ޔޫޝައު ނޫނީ ލިއަމް ގެ ޒަރީއާއިންނެވެ. އެންމެން އެއްކޮން ކެންޓީނަށް ގޮސް ސައިބޮއި ހަދާއިރު ވެސް ނަޥާރް އެއީ އިންނަ މީހެއްކަމަށް ވެސް ހަދާނުލައެވެ. ވީއިރު މި ގޮތައް ވިސްނުމަކީ ވެސް ގޯހެކެވެ. މިހާރު އަނގައިން ނުބުންޏަސް ފަހުން ބަދަލް ނުހިފާ ހުންނާނެ ކަމެއް ނޭނގެއެވެ. އޭނާ ޖެހޭނީ ވިސްނައިގެން އުޅޭށޭވެ.
“ދެން ތި ގޮތައް ހަދާނީ … މީޝް ކައިރީގަ ބުނަން ވީ މިގެއަށް ނިދަން އަންނާށޭ.. މިހްރާންބެ ވެސް އަންނާނެ ވާހަކަ ކުޑާ ބުނި ނިކަން އަވަހަށް…” ނަވާރް ހީލިއެވެ.
ނޫރާ އާއި ނަވާރް ވާހަކައިގައި ތިއްބާ ކުއްލިއަކަށް ނިކަން ބާރަށް ޔޫލީގެ ރުއިމުގެ އަޑު އިވުނެވެ. ނޫރާއަށް ޒަހުރާންގެ ކޮޓަރި އާއި ހިސާބަށް ދެވުން އިރު އެތެރެއިން ޒަހްރާން އާއި އަލާނާގެ އަޑު އިވުނެވެ. ދެމީހުންގެ ޒުވާބުގެ އަޑު އިވުމުން ނޫރާ ނިކަން ބާޜަށް ދޮރުގައި ޖަހާލިއެވެ. ޔޫލީ ވެސް އެތެރޭގައި ހުއްޓާ އެފަދަ ކަމެއްވާތީ ނޫރާގެ ކެތްތެރިކަން ކޮޅުން ލީއެވެ. ފަހަތުން ނަވާރް ވެސް އައިސް ހުރީ ވިއާންގެ އަތުގައި ހިފައިލައިގެންނެވެ.
ކުއްލިޔަކަށް ޒަހުރާން ދޮރު ހުޅުވާލިއިރު ޒަހުރާންގެ ދެލޯ ހުރީ ރަތްވެފައެވެ. ރުޅިގަދަވެގެން ގޮސް ފަޅައިގެން ދާ ވަރު ވެފައެވެ. ޒަހުރާންގެ އަތްދަނޑި މަތީގައި އޮތް ޔޫލީ ފެނި ނަވާރް އާއި ނޫރާގެ ގެ ދެލޮލުން ވެސް ފެނިގެން ދަނީ ސިހުމެވެ.
“ދަރިފުޅާ ގެނޭ ޔޫލީ މަންމަ އަތަށް.. ބޮޑެތިވެގެން މީހުންނާ އިނދެފަ ތިތިބީ .. ކުޑަކުޑަ ކުއްޖެއް ކުރިމަތީގައި ބަހައްޓާއިގެން ހެޔޮނުވާނެ ދޯ ތިހާ ދަށު ދަރަޖައަކަށް ވެއްޓޭކަށް…” ނޫރާގެ އަޑު އަޑުގައިވީ އިންތިހާއަށް ރުޅިއެވެ.
“މާމަ ދޫނީ އަވަހަށް ހުއްޓާލަ… ކިހިނެތް ވީ ލޯބިކޮޅު..” ނޫރާ ޔޫލީ އުރައިގެން މަސަލަސް ކުރަމުންދިޔަނަމަވެސް ކުރިއެރުމެއް ނުލިބެއެވެ. އޭރުވެސް ޔޫލީ ދިޔައީ ރޮމުންނެވެ. އެ މަންޒަރު ފެނި ނޫރާގެ ފަޅައިގެން ދާވަރުވިއެވެ.
ޔޫލީ ރޯވަރުން ނަވާރް ވެސް ފެންކަޅި ވިއެވެ. ނޫރާގެ އަތުން އެ ކުއްޖާ ނަގައިގަނެގެން މެޔާލާ ބޮނޑި ކޮށްލަމުން އަނެއް އަތުން ވިއާން ގެ އަތުގައި ހިފައިގެން އޭނާ މިސްރާބް ޖެހީ އެވަގުތު އެގެއިން ނުކުތުމަށެޥެ. އެވަގުތު ހާރިޒް ވެސް ވެސް ކޮޓަރިން ނުކުތީ އަޑުގަދަ ވާން ފެށުމުންނެވެ.
“ކަލޭމެން އެންމެން އެއްވާން ޖެހޭތަ އަދި” ޒަހުރާން ގެ ފަހަތުން ކޮޓަރިތެރޭން އަލާނާގެ އަޑު އިވުނެވެ. ލަދުގެ ކަންފުޅެއް ވެސް ނެތެވެ.
“ނަވާ ދޭ ޔޫއްކޮ ގޮވައިގެން ހޮސްޕިޓަލް އަށް ..ދޮންބެ މިދަނީ މި އަންހެނާ އަށް ގޮތެއް ހަދާފަ.. އިސްތިރި ޖެއްސީ ..މިއަދު މި އަންހެނާ މަގޭ އަތުން މަރުވާނެ..” ޒަހުރާންގެ ރުޅި ފެނި ނޫރާއަށް ހުރީ ހަނދާނެ ގޮތް ހުސްވެފައެވެ.
ޒަހުރާންގެ އަޑުން ނޫރާ އާއި ނަވާރް އަށް އަދި ކައިރިޔަށް ހުއްޓުނު ހާރިޒްއަށް ވެސް ލިބިގެންދިޔައީ ޝޮކެކެވެ. ނަޥާރް އަވަސް އަވަހަށް ޔޫލީގެ ހެދުންކޮޅު ހިއްލާ ބަލައިލި އިރު ބަނޑާއި ފައި ފަލަމަސްގަނޑު ނުހަނު ބޮޑަށް ހުރި ފިހިފައެވެ. ހެދުމުގައި ލޭ ހޭކިފައި ހުރިތަން ވެސް ފެނުނެވެ. ޔޫލީ ނަވާރްގެ އަތުތެރެއަށް ދެމުނީ ވެސް އެވަގުތުއެވެ. ނަވާރްއަށް ރޮއެ ގަނެވުނެވެ. ނަޥާރް ރޮމުން ރޮމުން ތިރިއަށް ފޭބިއިރު ގެއަށް ވަންނަމުން ދިޔަ ޔަޒަން އާއި ޒަޔާންއަށް އެމަންޒަރު ފެނިގެން ދެފަޔަށް ލިބުނީ އާދަޔާއި ހިލާފް ބާރެކެވެ.
***
(ނުނިމޭ)