ޔަޒަން ފުރަތަމަ ފައިލްއަށް ބަލައިލި އިރު ފެނުނު ނަމަކުން ރަނގަޅަށް ޝޮކްޖެހުނެވެ. “ފާތިމަތު ނަވާރް ޒަކީން “މަޑުމަޑުން އެ ނަން ކިޔާލެވުނެވެ. ގަބޫލް ނުކުރެވިފަ އިރު އިތުރަށް ޔަޤީން ކުރަން ފައިލް ހުލުވާލެވުން އިރު ނަވާރްގެ ފޮޓޯ ފެނުމުން ޔަޒަން ގެ ތުންފަތައް ވެރިވީ ހިނިތުންވުމެކެވެ.
***
“މައި ވައިފް ހާދަހާވާ ބިޒީ ކޮށްލައިގެންނޭ ތިއުޅެނީ..ދަރިފުޅު އިހަށް އާދޭ ބައްޕަ ކައިރިޔަށް..މިހާރު އެބަ އާދޭ މިހާރު މިލީ އާއި އަކޫ ވެސް” ނޫރާގެ ފިރިމީހާ ހާރިޒް ނިކަން ލޯބިން ނޫރާއަށް ގޮވާލާ ނޫރާގެ ކިހިއްޔަށް އަރާއިން ހާރިޒްގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅު ވިއާން އުރަން އުޅުނެވެ. ހާރިޒްގެ ގާތައް ނުދާން އުޅުމުން ނޫރާ ގާތައް ހިނިއައިސްފައި ވިއާންގެ ކޯތާފަތުގައި ބޮސްދިނެވެ. ވިއާން ކުޅެން އުޅުމުގެ ތެރޭގައި ބިއްލޫރި އެއްޗަކުން ފަޔަށް އަނިޔާވެ ބެންޑޭޖް ކޮށްފައި އޮތުމުން އިނީ ނުހަނު ބޮޑާވެފައެވެ. ފަހުން މައިޝާ އައިސް އުރަން އުޅުމުން ވިއާން ދިޔައެވެ. ނޫރާ ދިއައީ ނުހަނު އަތްމަތި އަވަސް ކަމާއެކު މޭޒަށް ކާއެއްޗެހި ނަގަމުންނެވެ. އޭނާ އަށް އަތްގާތް ކޮށްދިނުމުގައި މުރުޝިދާ އާއި ނަމްރާ އާއި މުނާޒްގެ އަންހެނުން ރަހްމާ ވެސް އުޅެއެވެ.
އޭރު ކާކޮޓަރި މޭޒުގެ ގޮނޑިތަކުގައި މުނާޒް އާއި ނަމްރާގެ ފިރިމީހާ މާޖިދު އަދި މުރުޝިދާ ގެ ފިރިމީހާ ހަމްޒާވެސް އިނެވެ. ހީހީފައި ފިރިހެން ވެރިން ދައްކަމުންދިޔަ ވާހަކައިގާ އަންހެން ވެރިންނާއި ދިމާވެސް ކުރަމުން ދިޔައެވެ. ބަދަލްގައި އަންހެނުން ވަކި ދުލެއް ނުކުރެއެވެ. މަޖާ މާހައުލެއް ބޮޑެތި މީހުން ތިބި އިރު ޒުވާން ގްރޫޕް ވެސް ސޯފާގައި މަޖާ ނަގަން ތިއްބެވެ.
ނޫރާ އާއި ހާރިޒް ދިމާ ވީ އާނާގެ މަރަށްފަހު މިލީނާ ސަކަރާތް ވެގެން އުޅުން ދުވަސްކޮޅުއެވެ. އެގެއިން ދިމާވެ ވާހަކަ ދެކެވި އޭގެ ދުވަސްކޮޅެއްފަހުން ހާރިޒް މީލީނާ ގާތު އިންނަން އެހީއެވެ. ހުރިހާ ދަރިންގެ ރުހުން ލިބުމުން ނޫރާ އެ ހުށައެޅުމަށް އެއްބަސްވެ ދެމީހުން ކައިވެނި ކުރެވުނެވެ. އަކުރަމްގެ ބޭބެ އަށް ހާރިޒް ވެފައި ހާރިޒްގެ މާތް އަހްލާގާއި ދީންވެރިކަމުން ނޫރާ އަށް ނުހަނު ގަޔާ ވެވުނީއެވެ. ކައިވެންޏަށްފަހު ހާރިޒް ވެސް ބަދަލް ވީ ނޫރާގެ ގެޔަށެވެ. ހާރިޒްގެ އަހަރު ނުވާ ދަރިފުޅު ބަލާ ބޮޑު ކުރަނީ ނޫރާއެވެ. ހާރިޒް އަށް ވުރެން ބޮޑަށް ދޯޅައީވެސް ނޫރާއާއެވެ. ޒަކީންގެ ހަނދާންތައް މުޅިއަކުން ހިތުން ނުފިލި ނަމަވެސް އޭނާގެ ދިރިއުޅުމަށް ފިރިއެއް ނެތުމުން ލިބުން އެކަނިވެރިކަން ހާރިޒް ފޫ ބައްދާލިއެވެ. އެހާވެސް ހާރިޒް ވީ ނޫރާ ހީކުރިވަރަށް ވުރެން ވެސް ރަނގަޅު ފިރިއަކަށެވެ.
“އަޅެ ނަވާ އަކަށް ނޭނގޭނެ ދޯ އަޒާން އާއި މީޝް އައި ކަމެއް.. ހުންނާނެ ކަމެއް …އޭނާއަށް ސަޕްރާއިޒް ވާނެ ވަރު ބަލަމާ ދެން…” ގޮނޑިގައި އިށީން މައިޝާއަށް ނުހުރެވިގެން ހީގަނެވުނީ ނަޥާރް ހައިރާންވެގެން ހުންނާނެގޮތް ސިފަ ވެގެން ނެވެ.
“އަހަންނަކަށްނު އެންމެ ރޯޅި އަންނާނީ.. ބެސްޓްފްރެންޑަށް ވެހުރެ އޮޅުވާލައިގެން ވީކް އެއް މިވަނީ މާލޭގައި އުޅޭތާ.. މާނިއުބެ އަދި ގުޅާފަ ބުނެފިއޭ މީޝް އާއި އަޒާންބެގެ ފޯނު ހަލާކުވެގެން ވެގެންނޭ އުޅެނީ.. މި ދޮންތަގަނޑު ވެސް ވެއްޖެ އަދި މަ ލައްވާ މިކަހަލަ ކަންތައް ކުރުވަން.. އަހަންނަށް ހީވަނީ މޫނުން ހަން ނޮޅާލާނެ ހެން” ސޯފާގައި އިށީންދެލަމުން ކުޝަން އެއް ނަގާ މީޝަމް ބުނެލިއިރު އޭނާ އަށް ވެސް ހުރީ ހެވިފައެވެ. މިހާރުވެސް ނަވާރް އަށް ވެފަ ހުންނާނެގޮތަކާއި މެދު ހިތައް އަރާ ހެވެނީއެވެ.
ހުރިހާ ޒުވާނުން އެއްތަން ވެފައިވީ އިރު، ނަމްރާ އާއި މާޖިދު ގެ ހަތަރުން ދަރިން މައިޝާ އާއި މިހުރާން އަދި މީޝަމް އާއި ނަޒުމް އަދި މުރުޝިދާ އާއި ހަމްޒާގެ ފައިހާ އާއި ފަރަހް އަދި މާނިއު އާއި އަޒާން ގެ އިތުރުން މުނާޒް އާއި ރަހުމާގެ ރިޝާން އާއި ރިހާމް ގެ ތެރެއިން މަދީ ރިހާމް އާއި މިހުރާންއެވެ. ރިހާމް ފަހު އަހަރަށް ވެފައި އެންމެ ފަހުގެ ޓެސްޓް ދުވަސްވަރުކަމަށް ވުމުން ނާދެވުނީ އެވެ. މިހުރާން މަސައްކަތް ކުރަނީ އެމްއެންޑީއެފް ގައި ކަމަށް ވާތީ މިހާރު ވެސް ވީ މުހިއްމު ޓްރެއިނިންގް އަކަށް ގޮސް ރާއްޖޭ ބޭރުގައެވެ. މުޜުޝިދާގެ އެންމާބަނޑު ދެބެން ކަމުގައިވާ ފައިހާ އާއި ފަރަހް ވެސް މީހުންނާއި އިނދެގެން ރާއްޖޭން ބޭރުގައި އުޅެފައި މިދުވަސްކޮޅާޢި ދިމާ ކޮށްފައި އައިސް އުޅެއެވެ.
“ކޮބާ ތަ އަހަރެމެންގެ ލޯޔާރ.. ޒަޔާން ސޮރު..ދެންމެ މަށައް ގުޅާފަ ބުނި ގޭގައޭ ..” އަނގަޔަށް ދުފާ އެއްޗިސް އަޅާ ފުރައިންގެ އިނދެ މާނިއު ބުނެލިއެވެ. މާނިއު އަންހެނުން އިސްރާ އަށްމަހުގެ ބަނޑާއި އެކު ނުހަނު ބުރަހެލިކޮން އައިސް އޭނާގެ ކައިރީގަ އައިސްކްރީމް ތައްޓެއް ހިފައިގެން އިށީންނެވެ.
“ކޮބާތަ ރިޝާން.. އޭނާ ވެސް ނެތެންނު..”އިސްރާ އަށް ރިޝާން ނުފެނުމުން މާނިއު ގާތު އަހައިލިއެވެ.
“އޭނާ ގޭގަ.. ކޮޓަރީގަ ތަޅު ލެވިގެންއޮންނަނީ އަބަދު .. އެއެއްޗެއް ބޭނުން ކުރަން ފެށިފަހު އެހެން އެއުޅެނީ.. މިއަދުވެސް މީ އެކަހަލަ ދުވަހެއް.. ބޯ ހަލާކު ވާ ވަރު ވޭ އެއުޅޭ ގޮތަކުން ” އެމީހުންގެ ފުރަގަހުން ލާފައި ދިޔަ ރަހުމާއަށް އިސްރާގެ ސުވާލްގެ އަޑު އިވިގެން ބުނެލިއެވެ.
“ދޮންބެ ދައްތަ ހާސް ނުވޭ އަހަރެމެން މިތިބީ އެންނު…މިހާރް އެ އަންނަނީ ނަވާ.. އެއީ އަހަރެމެންގެ ކެޕްޓަން..ހެހެހެ.. ދެން ނުހުރެވޭނެފިލާ ކޮޓަރިން ނުނިކުމެ އެއް .. އަހަރެން އޭނާ އަށް ވިސްނާ ދޭނަން .. ނޫޅޭވެނެ އެފާޑަކަށް ..” މައިޝާ ރަހުމާގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. ރަހުމާ ފެންކަޅިވެފައި ހުރެ ބަލައިލީ އުއްމީދުން ފުރިގެންވާ ފަދައަކުންނެވެ. މައިޝާ ހީލަމުން ޔަގީން ކަންދިނެވެ.
މައިޝާއާއި ނަވާރްއާއި ޒަޔާން އެއީ އެގޭގެ ދިރުމޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. ތިންމީހުން އެއްތަންވުމުން ހުރިހާ ގެއެއް ވެސް އެހާ ހަލަބޮލިވާނެއެވެ. މިހާރު ނަވާރް ނެތް ނަމަވެސް މައިޝާ އާއި ޒަޔާން ވެގެން ޒުވާން ގްރޫޕް އެއްކޮށްގެން ކޮންމެވެސް ކަމެއް ކޮށްލާ ހަދާނެއެވެ. ބޭރުގައި ކިޔަވަން އުޅެފައި ސައިކޮލޮޖީން އިން މާސްޓާސް ހަދައިގެން ރާއްޖެ އައިސް ވަޒީފާ އަށް ވަންތާ މިވީ ތިން އަހަރެވެ. ނަވާރް އަށް ވަރުގަދަ ސަޕްރާއިޒް އެއް ދިނުމަށްޓަކައި ބޮޑު ޕާޓީ އެއް ބޭއްވުމަކީ ވެސް އެދެމީހުންގެ ހިޔާލެކެވެ. އަޒާން ޑޮކްޓަރުކަން ކިއަވައިގެން އައި އިރު މީޝަމް އައީ ލޯޔަރުކަން ކިޔަވައިގެންނެވެ. ޒަޔާން ފަދައިން ލޯޔަރެކެވެ. މިއަދު ގޭތެރޭގައި މިބޭއްވޭ ކެއުމަކީ ވެސް ނަވާރް އާއި މީޝަމް އަދި އަޒާންގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވޭ ކެއުމެކެވެ.
“އަޅެ އަހަންނަށް ޒަޔާން ދައްކަބަލަ..އޭނާ ކޮންތާކަށްތަ ވަނީ..”މައިޝާ އަދިވެސް އުޅެނީ ޒަޔާން ނުފެނިގެންނެވެ.
އެހުރިހާ އިރު މީޝަމް އަނގައިން ނުބުނެ މަޑުން އިނެވެ. އޭނާ އަށް ޒަޔާން ގޮސް ކޮޓަރިއަށް ވަންތަން ފެނުނަސް އެވާހަކަބުނާކަށް ބޭނުމެއް ނުވިއެވެ. ޒަޔާން އާއި މީޝަމް ގެ ދެމެދުގައި އޮންނަނީ އާދަޔާއި ހިލާފް ގުޅުމެކެވެ. ދެމީހުން އަނގައިން ނުބުނާތާ ހީވެސް ނުލާނެއެވެ. އާއިލާގެ ހުރިހާ މީހުންނާއި ހީ ސަކަރާތް ޖަހާ ޒަޔާން މީޝަމް ފެނުމުން އަނގަ މަޑުވެއެވެ. މީޝަމް އަށް ވެސް ވަނީ އެވަރެވެ. އެހެން މީހުންނާ ވާހަކަ ދައްކާ ހަދާހެން މީޝަމް ވެސް ޒަޔާން އާއި ވާހަކަ ދައްކަން ބޭނުން ވެއެވެ. އާއިލާގެ މީހުންނަށް އެމީހުންގެ އެ ކަންތައް އެނގުނަސް އަޅަނުލާ ތިބެނީ އަމިއްލަ އަށް ފަހުން ނަމަވެސް ވާހަކަ ދައްކަފާނެ ކަމަށް ބަލާފައެވެ.
“މީއްކޮ ދޭބަ އެ ސޮރަށް ގޮވަން .. ކޮޓަރިޔަށް ވަންގޮތަށް ބަހަބަރު..” ބަދިގެތެރެއިން ނުކުން ޒަހުރާން އައިސް މީޝަމް ގެ ގާތުގައި ބުނެލިއެވެ. އަންހެން ވެރިންނާއި އެއްކޮން މާނިއު އާއި ޒަހުރާން ވެސް ތަށިތައް މޭޒުމައްޗަށްލަމުން ދިޔައެވެ. ދޭތެރެއަކުން މައިޝާ އާއި އިސްރާ އެމީހުންނާއި ދިމާކޮށްލައެވެ.
“ވަޓް މަ…” މީޝަމް ދެލޯ ބޮޑުކޮށްލައިގެން އިނދެ ބަލައިލީ މައިޝައާއި ދިމާލަށެވެ. އޭރު މައިޝާ އިނީ ދިމާ ކުރާ ފަދައަކުން ހީލައިގެންނެވެ. ޒަޔާން އާއި މީޝަމް ގެ އެދުރުކަން އެހެން މާނައެއްގައި ނަގައިގެން މައިޝާ އަބަދުވެސް މީޝަމް އާއި އަޅުވާ ކިޔައެވެ.
“ދޮންތާ ހެލްޕް މީ …” މީޝަމް ސިހުނީ ދެވަނަ ފަހަރަށް ޒަހުރާން ގޮވާލުމުންނެވެ. އޭރު މައިޝާ ހީގަނެފައި ދުއްވައިގަތީ ބަދިގެއަށެވެ. އެތާގަ ހުރެގެން އެންމެނަށް އިވޭވަރަށް މީޝަމް ގާތު ޒަޔާން ހޯދަން ދޭބަލާށޭ ގޮވިއެވެ. އަޒާން ގާތައް ވެސް ނުލަފާ ހިނިއައިސްފައި އިނެވެ. “މީއްކޮ ބުނީ ޒަޔާން ކޮޓަރީގައޯ ވީ..” އަޒާން ނިކަން މައުސޫމްކޮން އެންމެންނަށް އިވޭ ވަރަށް ބުނެލިއެވެ. ހަމަ މީޝަމް ބަލައިލަން ވާ އިރަށް އެހެން ދިމާލަކަށް އެނބުރިލިއެވެ.
“ސީރިއަސްލީ ޑޫޑް..” މީޝަމް ދެލޯ ބޮޑުކޮށްލައިގެން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. އިތުރު ގޮތެއް ނެތިގެން ޒަޔާން ހޯދަން ދިޔަތަން ފެނި މައިޝާ އާއި ޒަހުރާން އާއި އަޒާން ވެސް ހޭންފެށިއެވެ.
**
ޒަޔާން ކޮޓަރީގެ އެނދުގައި އިށީންދެ އިން އިރު އޭނާގެ މޫނުމަތިން ކޮންމެ ވެސް ވަރެއްގެ ހާސްކަމެއް ފެންނަން ހުއްޓެވެ. ފަސް އަހަރަށްފަހު މީޝަމް ފެނުމުން އޭނާގެ ހިއްސުތައް ހޭލިފަދައެވެ. އެ ލޯބި މޫނު ފެނުމުން ޒަޔާން އަހަރުތަކެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅޭ އިހްސާސްތައް ހީވަނީ ބޭޒާރު ވެދާނެ ހެންނެވެ. މީޝަމް ފެނުމުން އޭނާއަށް ތަފާތު ގޮތެއް ވާކަން އޭނާއަށް ވެސް އެނގެއެވެ. އެއީ އެންމެ ގާތް އެކުވެރިންނަށް ވެސް ސިއްރުކޮށްފައި ވާކަމެކެވެ. ނަވާރްގެ ފަޜާތުން ޒަޔާން އަޑުއަހާފައި ވާގޮތުން މީޝަމް ކިޔަވަން ދިޔައީ މައިޝާ ފަދައިން ސައިކޮލޮޖީއެވެ. އެކަމް ޒަޔާން ފަދައިން ލޯ ކިޔެވުމުން ހިތުގައި ސުވާލް ވެސް އުފެދުނެވެ. މީޝަމް އައީން ސުރެން ނުބަލަން ހުވާ ކޮށްގެން ހުރި ނަމަވެސް އޭނަގެ ހިތް މަގާމުން ކައްސާލަން އުޅޭފަދައެވެ. އެހެން އިންދާ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. އޭނާ މިގަޑީގައި އެއްގޮތަކަށް ވެސް ކޮޓަރިން ބޭރަށް ނުކުންނާކަން ބޭނުމެއް ނުވިއެވެ. ހަތަރު ވަރަކަށް ފަހަރު ޓަކި ޖެހުމުން ޒަޔާން އެންމެ ފަހުން އަނގައިން ބަހެއް ނުބުނެ ދޮރު ހުޅުވާލީ ކުދި މީހުންގެ ތެރެއިން ކުއްޖެއް ކަމަށް ހީކޮށެވެ.
ޒަޔާން ހުލުވާލިލެއް ބާރު ކަމުންދޮރުގައި ލެނގިލައިގެން ހުރި މީޝަމް އަރި އަޅާލިއެވެ. ފައި ހިފަހައްޓައި ލެވުނީ ކިރިޔާ އެވެ. އޭނާއަށް ބަލައިލެވުނީ ދޮރުމަތީގައިހުރި ޒަޔާން އާއި ދިމާލެވެ. ޒަޔާންގެ ތޫނު ދެލޮލުން ބަލަން ހުރިގޮތުން މީޝަމް ލަދުގަންނަ ގޮތްވިއެވެ..
“އެ..އެންމެން. އެބަ…ހޯދާ..” ހިތްތެޅެމުން ދިޔަ ބާރުމިނުން މީޝަމް އަށް ވާހަކަ ދެއްކުނީ ވެސް އާގަންނަމުންނެވެ. މީޝަމް ހީލުމުން ވެސް ޒަޔާން އެއްޗެއް ނުބުނުމުން މީޝަމް ގަތީ އަމަށަކު ލަދެއް ނޫނެވެ. ޒަޔާން ކަޅި ޖަހާ ނުލާ ބަލަންހުރި ގޮތުން ލަދުގަންވަރުން ލޮލަށް ކަރުނަތައް ވެސް ޖަމާވީ ވަކި ހެނަކުންނޫނެވެ. އަވަސް އަވަހަށް ގޮސް ޖެހިގެން ހުރި ނޫރާގެ ކޮޓަރިއަށް ވަދެ ދޮރު ޖަހައިފިއެވެ. ޒަޔާން އަށް ބޮލުގައި އަތް ލެވުނީ ވީ ގޮތް ފަހުމްވުމުންނެވެ.
އިރުކޮޅެއްފަހުން މީޝަމް ނުކުމެގެން ދިޔައިރު ވެސް ޒަޔާން ހުރި ފިޔަވަޅު މަތީގައި ގައި ހުއްޓެވެ.
***
ނަވާރް އަށް ގެޔަށް ވަދެވުން އިރު ގޭތެރެއިން ފެނިގެންދަނީ ކަނު އަދިރި ކަމެވެ. އޭނާ ހުރީ ބިރުގަންނަ ގޮތްވެސް ވެފައެވެ. ދޮރު ލައްޕާލިވަގުތު އޭނާ ސިހިގެން ދިޔައީ މުޅިތަން އަލިވެގެން ދިޔުމުންނެވެ. ހުރިހާ އެންމެ “ވެލްކަމް ބެކް” އޭ ބުނެ އެއްފަހަރާ އަޑުގަދަ ކޮށްލިގޮތުން ބިރުން ގޮސް ނަވާރް އަށް ވެސް ހަޅޭއްލަވާއި ގަނެވުނެވެ. ވާނުވާ ރެއަކާ ލާން ފެށި އިރުކޮޅެއް ވީ ފަހުންނެވެ.
ނަވާރް ފުވައްމުލަކްއަށް ބަދަލްވިފަހުން މާލެ ވެސް އެއީއެވެ. ދޭތެރެއަކުން ނޫރާމެން ދެމަފިރިންނާއި ޒަހުރާން އާއި ތިން އަހަރުގެ ދަރިފުޅު ޔޫލީ ގޮވައިގެން ޒަޔާން ނަވާރް އާއި ބައްދަލް ކުރަން އެރަށައް ދިޔަ ނަމަވެސް އެފަހުން ނަވާރް މާލެ އެއައީ ހަ އަހަރުވާން އުޅެނިކޮންނެވެ. ހުރިހާ އެންމެން ފެނުމުން ނަވާރްގެ ދެ ލޯ ފެންކަޅި ވިއެވެ. ރިހާމް އާއި މިހުރާން ނެތް ތަންކޮޅު ނަވާރް އަށް އިހުސާސް ވިއެވެ. ނޫރާ ނަޥާރް ގެ ގައިގާ ނުހަނު ބާރަށް ބައްދާލިއެވެ.
“އަޅެ ހާދަ ވަރެއް ކޮށްލާފަ އޭ ދޯ މިހުރީ މަންމަމެން ..މަންމާ މިސް ވިއޭ” ނަވާރް އެހެން ހުއްޓާ މީހަކު ނަވާރްގެ ފަލަމަސްގަނޑުގައި ކޮއްޓަލުމުން ހީލިއެރުމުން ނަވާރް ތެޅިގެންފައި ފަހަތް ބަލައިލިއެވެ. ނަވާރް ހައިރާންކަން މަތީގައި ހުރި އިރު ދެލޯ ބޮޑުކޮށްގެން އެކިކޮޅަށް ބަލަމުން ދިޔައެވެ. އޭރު ހުރިހާ އެންމެން ހެނީއެވެ. ހޭން ހުރި މީޝަމް ފެނި ނަޥާރް އަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. އަޒާން ވެސް ހުއްޓާ ފެނުމުން ހައިރާން ވެ ދެލޯ އިހުނަށް ވުރެން ބޮޑުވިއެވެ.. ތޫލި އަޑަކުން ހަޅޭއްލަވާ ގަނެފައި އެދެމީހުންގެ ގައިގާ ހައެއްކަ ބޮޑި އަޅައިލިއެވެ. އިރުކޮޅެއްފަހުން ދުވެލާފައި ގޮސް މީޝަމްގެ ގައިގާ ބައްދާލައިގެން ހުރިގޮތައް ނަވާރް ދޫ ވެސް ނުކޮށްލިއެވެ. މައިޝާ އައިސް ކިއައިދިނީ މީޝަމް އާއި އަޒާން މިހާރު ހަފްތާއެއް ވަންދެން މާލޭގައި ވެއްޖެ ވާހަކަ އެވެ.
“އަޅެ ދެން ތި މީހުން ހާދަ ގޯހޭ..”ނަވާރް ތުން ކޮޅު އޫކޮށްލައިގެން އިންގޮތުން މީޝަމް ނަޥާރްގެ ކޮލުގައި ހިފައިލަމުން ހޭންފެށިއެވެ.
“އޭރުންކިހިނެތް މިއޮތް ލޯބި ކުއްޖާގެ އެކްސްޕްރެޝަންސް ތައް ފެންނާނީ.. މިހާރުވެސް ހީވަނީ މޫނު މައްޗަށް ކުކުޅު ބިހެއް ތަޅާލާފަ ހުރި ހެން..” ޒަޔާން އައިސް ނަވާރް ގާތައް ހުއްޓުނެވެ. އޭރު ޒަޔާންގެ ޖުމްލަ އިވި ހުރިހާ މީހުންގެ ހުނުމުގެ އަޑު އިހުނަށްވުރެން ގަދަވިއެވެ. ނަވާޜް ވެސް އަނގަހަދައިލާގެން އިނދެ ހޭންފެށިއެވެ.
“ޝަޓް އަޕް..ކުޑަބޭ ގިމްމި އަ ހަގްގް…”ނަވާރް ޒަޔާން ގެގައިގާ ބައްދާލި ގޮތައް ނޭވާ ހާސް ވާވަރަށް ކަރަށް ފިއްތާލިއެވެ.
“މިއަދު މީ ނަވާގެ ހަގް ޑޭ.. ދެން ދޫކޮށްލަން އުޅޭ ނޭވާ ހޮޅިން ދުން އަރާ ވަރު ވެއްޖެ..” ޒަޔާން ވެސް ނަވާރް ގައިގާ ބައްދާލައިގެން ހުއްޓެވެ.
”މި އޮތް އައީނު ދޫނިކޮޅު ތައް..” ނަމްރާއަށް މިލީނާ މެން އައިތަން ފެނި ނޫރާ އަށް ގޮވާލިއެވެ. މިލީނާއާއި އަކުރަމް އެމީހުންގެ އެންމާބަނޑު ފަސް އަހަރުގެ ދެ އަންހެން ކުދިން ކަމަށްވާ ޒައިލީ އާއި ޒެލީން އާއި އެކު ވަނެވެ. ދެ ކުދިން ނުހަނު ދޮންކޮން ހުރި އިރު އާނާ އޮތް ކަހަލަ ފަންފަން އިސްތަށިކޮޅެއް އޮތެވެ. އާނާ އާއި އެ ދެކުދިން ނުލާހިކު ވައްތަރެވެ. އާނާ މަރުވިތާ ދުވަސްކޮޅެއް ފަހުން ޖެހުނު ގަދަ ހުމެއްގައި ޔާމީން ވަނީ ޖަލުގައި ހުއްޓާ ނިޔާވެފައެވެ. އާނާގެ މަރުން ލިބުނު ޝޮކުން އަރައި ނުގަނެވި ހުއްޓާ ޔާމީންގެ މަރުން މިލީނާގެ ހާލަތު އިތުރަށް ގޯސްވިއެވެ. އަކުރަމް އާއި ޔަޒަން ،މިލީނާ ގޮވައިގެން ކެނެޑާއަށް ބޭރަށް ބޭސް ކުރުމަށް ދިޔައެވެ. އަހަރެއް ފަހުން ހަމައަކަށް އެޅުމުން ޔަޒަން އެނބުރި މާލެ އައީއެވެ. އަކުރަމް އާއި މިލީނާ އެކޮޅުގައި މަޑުކުރުމުން ވިޔަފާރީގެ ކަންތައް ހާރިޒް ނުހަނު ފުރިހަމައަށް ބަލައިދިނެވެ. މިލީނާ ދުވަސް ފުރާ އެންމާބަޑު ދެއަންހެންކުދިން ލިބުނީ ކެނެޑާގައި ތިއްބައެވެ. މިލީނާ ވިހަން ކައިރިވުމުން ނޫރާ އާއި ނަމްރާ ވެސް ވިއާން ގޮވައިގެން ކެނެޑާއަށް ދިޔައެވެ.
“ކޫ ނާދޭތަ.. ހާއި ރޯޒެސް ..” ޒަޔާން އައިސް އެދެކުދިން އެކުގާ ނަގާ އުރައިލިއެވެ. ނުހަނު ލޯބި އަޑަކުން ދެކުދިން ހީލިއަޑު އިވުނެވެ.
“ޑިއުޓީއިން ނިމިގެން ދިޔަގޮތަށް އެބެއް .. ހިނގާބަލާށޭ އަހަރެމެންނާ އެއްކޮން ކިޔާ ކިޔާ ނައި..” އަޅައިގެން ހުރި ޝޯލް ރަނގަޅުކޮށްލަމުން މިލީނާ ސޯފާގައި އިށީނެވެ. “ހުރޭ ގުޅާނަން .. ބުންޏޭ އެކަމް އަންނާނަމޭ..” ޒަޔާން ޖީބުން ފޯނު ނަގައިގެން ޔަޒަން އަށް ގުޅަން ފެށިއެވެ.
“އަޅެ އޭނާ އައި ނަމަ ދޯ… މާ ބޮޑަށް ވަރުބަލިވީ ކަންނޭގެ..” ނޫރާ ވެސް ދެރަވެލާފައި ބުންޏެވެ.
“އެހެންވެ ހެން ހީވަނީ.. ނިކަން ބިޒީކޮން އުޅެނީ ވެސް މިހާރު.. ކޮބާ ތަ ނަވާ.. ހާދަ ދުވަހެއް ވެއްޖެޔޭ ނުފެންނަނީ..” މިލީނާ ނަވާރް ހޯދާލަމުން ބުނެލިއެވެ.
ނޫރާ މިސްރާބު ޖެހީ ދުރުގައި ހުރި ޒަހުރާން އާއި ދިމާލަށެވެ. އެކަނިން ހުރި އިރު އޭނާގެ މޫނުމަތީގައި ވަނީ ހިތާމައިގެ އަސަރެވެ. ބޮޑުކަމެއް ތަހައްމަލް ކުރާފަދައެވެ. އެންމެންގެ ކުރިމަތިގައި ހިނިތުންވެގެން ހުއްޓަސް އެތެރެހަށިން ހިތް ރޯ ކަން ނޫރާ ދަނެއެވެ.
“ދަރިފުޅާ..މިއަދުވެސް އަލާނާ ނުނިކުންނަނީ ތަ..” މިލީނާގެ އަޑުގައި ހުރި ހިތްހަމަ ނުޖެހުން ސިއްރެއް ނުވެއެވެ. ޒަހުރާން ތުންފަތުގައި ދަތް އަޅައިލަމުން އިސްޖެހިއެވެ. އެ އަމަލުން ނޫޜާ އަށް ޖަވާބު ލިބިއްޖެއެވެ. އޭނާގެ ދޮށި ދަރީގެ މި ހިތްދަތި ދިރިއުޅުން ދެކެން ނޫރާގެ ހިތައް އަސަރް ކުރެއެވެ.
“އެކަމަކު ދޯ.. މި އެންމެން ތެރޭގަ ވެސް މިޖެހެނީ ލަދު ގަންނަން.. ދަރިފުޅާ ދެން ތިކަމުން ސަލާމަތް ވާން ވެއްޖެ އެންނު.. ޔޫލީ ފަކީރް ވެސް އެ އުމުރުގެ ކުދިންނާ ބަލާފަ އެއްވެސް އުފާވެރިކަމެއް ނެތް ..އެ އޮތް ތުއްތު އިރު ވެސް އެހާ ނެގި މަޑުކޮން ..އޭނާ އެފާޑަށް އުޅޭން ދަރިފުޅު ދޫކޮށްލައިގެން ހުއްޓަސް މަންމައަށް އަށް ހުރެވޭނީ ވަކި ވަރެއް ވަންދެން…މަންމަ ގެ ހުރީ އެންމެ މާމަ ދަރިއެއް .. އެ ކުއްޖާ އަށް ގެއްލުމެއް ލިބޭ ފަދަ ކަމެއް ވާ ދުވަހަކު މަންމައަކަށް ކެތެއް ނުވާނެ..” ނޫރާ ޒަހުރާންގެ ބުރަކަށީގައި އަތް އަޅުވަލިއެވެ.
“މަންމާ އަހަރެން ތިކަމާ ވިސްނަން އެބަ.. މިވަގުތު ތިވާހަކަ ނުދައްކަމާ.. މާދަން އެބެއް ބިޒްނެސް މީޓިން އެއް ހުޅުމާލޭގަ.. ޔޫލީ ނެރޭނަން ތަންކޮޅެއް އަވަހަށް..”ޒަހްރާން ގަދަކަމުން ހީލިއެވެ.
ނޫރާގެ ހިތައް ނުހަނު އުނދަގުވީއެވެ. ޒަހުރާންގެ އެ ހީލުން އޭނާގެ ރޯލި ފަދައެވެ. އަލާނާއާއި ޒަހުރާން ގެ ކައިވެންޏަށް ތިން އަހަރު ފަހުން އަލާނާގެ އުޅުން ބަދަލް ވިއެވެ. ބުރުގާ އަޅައިގެން އުޅެފާ ބުރުގާ ނަގައިފިއެވެ. ގޭތެރޭގައިވެސް އެކަކާއިވެސް އަނގައިން ނުބުނެއެވެ. އާއިލާގެ މީހަކާއި އެއްވެސް ގުޅުމެއް ނުބާއްވައެވެ. ޔޫލީއަށް ބަނޑުބޮޑުވުމުން ވެސް ހީވީ ގޭގައި ހުޅު ޖަހާފާނެހެންނެވެ. ނުބަލާނެކަމާއި އޭނާ އެ ދަރި ބޭނުން ނޫން ކަމަށް ބުންޏެވެ. ޒަހުރާން އަށް ނޭނގި އަލާނާ އެ ކުއްޖާ އެ ބޯޓް ކޮށްފާނެތީވެސް ޒަހުރާން ހުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރޭގަނޑު ނިދާގަޑި އާއި ޒަހްރާން ނެތްގަޑި ތަކުގައި ޔޫލީ އަބަދުވެސް ގެންގުޅެނީ ނޫރާއެވެ. ނޫރާ ވަޒީފާއިން ކެޑިގެން ގޭގައި ހުންނަން ފެށީ ވެސް އެ ސަބަބާއި ހުރެއެވެ. ނެނީ އެއް ގެންނަން ޒަހުރާން އުޅުމުން ވަގުތުން ނޫރާ ދެކޮޅު ހެދިއެވެ. އޭނާ ފުރާނަފަދައިން ލޯބިވާ މާމަ ދަރިފުޅު ބަލާނީ އޭނާ ކަމުގައި ބުނެ ނޫރާ ވަޒީފައިން ވެސް ކެނޑުނީއެވެ. ރިސޯޓް ތަކަށް ގޮސް ބޭރުތެރޭގައި ގިނަވަގުތު އުޅެފަ ގެއަށް އައިސްފިނަމަ އަލާނާގެ ކަމަކަށް އޮންނަނީ ނިދުމުވެ. ޔޫލީގެ ގައިގާ ވިހޭ ދުވަހު ނޫނީ އޭނާ އަތް ލިކަމެއް ވެސް ނޭނގެއެވެ. އެވެސް ޑޮކްޓަރު އައުމުންނެވެ. ކުޑަކުޑަ ޔޫލީ މަންމާ އޭކިޔާ ރޮއުނަސް ހިތަކަށް އެކައްޗެއް ވެސް ނާރާނެއެވެ. ވަރިކުރާށޭ ކިޔާ އެތައް ވަރަކަށް ވެސް ޒުވާބު ކުރެއެވެ. އެއްވެސް ލަދެއް ނެތި ޒުވާބު ކުރާ އިރުވެސް ޒަހުރާން އޭނާ ވަރި ނުކޮށް ބަހައްޓާފައި އެހުރީ އަލާނާ ދެކެވީ ލޯބީގެ ސަބަބުނެވެ. އަދިވެސް އޭނާ ރަނގަޅު ވެދާނެހެން ޒަހުރާން އަށް ހީވަނީއެވެ.
ނޫރާ ދެފަރާތައް ބޯ ހޫރާލައިފާ ދިޔައީ ނަވާރްގެ އުނގުގައި އޮތް ޔޫލީގެ ގާތަށެޥެ. އެގަޑިގައި އަނެއްކާ ވެސް ޔަޒަން ނައިސްގެން ނަމްރާވެސް އެވާހަކަ ދެއްކިއެވެ.
….
ސޯފާގައި އިން ނަވާރްއަށް ޔަޒަން ގެ ނަން އިވުމުން ހިތައް ގޮތެއް ވެލިއެވެ. ހިތް އަވަސް ފެށުމުން މޭގައި ވެސް އަތްޖައްސައި ލެވުނެވެ. އޭނާގެ ސިކުނޑީގެ ކަނަކުން ޔަޒަންގެ ނަން އަޑު ހަރުއަޑުން ގޮވާހެން ވެސް ހީވިއެވެ. އުނގުގައި ލޯބިކޮން ނިދާލައިފާ އޮތް ޔޫލީ މޭމަތީގައި ބާއްވައިލަމުން ނިކަން ލޯބިން އެމޫނުކޮޅުގައި ބޮސްދިނެވެ. ނިދިފައި އޮތް އިރުވެސް ތުންކޮޅު ހަލުވަމުން ދިޔައެވެ. އެހެން އިންދާ ޒައިލީ އާއި ޒެލީން ފެނުނެވެ. ނޫރާ އައިސް ޔޫލީ ކޮޓަރިއަށް ލާން ގެންދިއުމުން ނަވާރް އެދެކުދިން ކާރިއަށް ގޮސް ނިކަން ލޯބިން ވާހަކަ ދައްކަން ފެށިއެވެ. އެދެކުދިން ނިކަން އަވަހަށް ނަވާރް އަށް ދޯޅުވިއެވެ. ނަވާރްގެ ދެލޯ ފެންކަޅިވީ ދެކުދިން ވެސް އާނާ އާއި ވައްތަރުކަމުން ނެވެ. ހާދަ ވައްތަރެވެ. އާނާގެ ތައްގަނޑެއްފަދަ އެވެ. ލޮލުން ފޭދުނު ކަރުނަތައް އިތުރު މީހަކަށް ފެނުމުގެ ކުރިން ނަޥާރް ފުހެލިއެވެ.
މުޅި ދުވަހު އެދެކުދިން އުޅުނީ ނަޥާރްގެ ފަހަތުންނެވެ. ފަހުން މިލީނާ ވެސް އައިސް ނިކަން ލޯބިން ނަވާރް އާއި ވާހަކަ ދެއްކިއެވެ. މިލީނާގެ ދެލޯ ފެންކަޅިވީ އެންމެ ފަހުން ނަވާރް ފެނުން ރޭ މަތިން ހަނދާން ވެފައެވެ. އާނާގެ އެންމެ ގާތް އެކުވެރިއާއަށް ވީތީވެސް މިލީނާގެ ހިތުން ނަވާރް ވަނީ ނުހަނު ބޮޑަށް ލޯބި ހޯދާފައެވެ. އާނާގެ ހުރިހާ ކަމެއް ބެލެހެއްޓީ ނަޥާރްކަން ނޫރާގެ ފަރާތުން އެނގުނު ހިނދު މިލީނާ ހިތައް ފުން އަސަރުތަކެއް ވެސް ކުރިއެވެ. އެހާ ޅަ އުމުރެއްގައި ވެސް ނުހަނު ބޮޑު މީހެއްހެން އެދުވަހު ވެސް ނަޥާރް ދައްކުވާދިނީ އެކުވެރިޔާ މުހިއްމު ވަރެވެ. އެންމެ ހިނދުކޮޅަކަށް ވެސް ނަވާރް އާނާ އެކަނި ދޫކޮށްނުލައެވެ. މިލީނާ އެތަކެއް ފަހަރަކު ނަވާރްގެ ގާތުގައި އެގެޔަށް އަންނައްޗޭ ބުނެލިއެވެ. ނަވާރް ވެސް ހީލައިފާ ބޯޖަހައިލިއެވެ. ނަމަވެސް ޔަޒަން ގެ މަތިން ހަނދާންވެ ފަސްޖެހެވޭ ގޮތް ވެސް ވިއެވެ.
ނަވާރް އާއި މީޝަމް އަދި އަޒާން ގެ ކާމިޔާބީ ފާހަގަ ކުރުމަށް ތައްޔާރުކޮށްފައި ކޭކް ފަޅާ ފޮޓޯ ނަގައި އެންމެން ކައިހަދައިގެން ގެޔަށްދާން ނުކުން ވަގުތު ޒައިލީ އާއި ޒެލީން ރޯންފެށީ ގެޔަށްނުދާން ވެގެންނެވެ. ނަވާރްގެ ދެއަތުގައި ދެކުދިން ހިފައިގެން ހުރި ގޮތުން ހީލައިގެން ހުރި ނަވާރް ހުރީ ހަނދާނެ ގޮތެއް ނޭނގިފައެވެ.
“ދަރިފުޅު މެންނޭ ހިނގާ ދަމާ .. ނަވާ ދައްތި ގެންދާނީ އެހެން ދުވަހަކުން ..ދޯ… މިއަދު ދައްތި ޓަޔަޑް ވެފަ ހުންނާނީ..އަހަރުމެން މެންދުރު އައިގޮތަށް މިއުޅެނީ މިހާރު އެއޮތް ނައިޓް ވެސް ވީ.. އަވަހަށް ދަމާ” އަކުރަމް ނުހަނު ލޯބިން އައިސް ބުނީމަ ވެސް ދެކުދިން ހިލާ އެއްބަސް ނުވިއެވެ..
“ދައްތި ދާނަން އެނގޭ މާދަން އިންޝާﷲ… “ދެކުދިންނަށް ބަލައިލާފައި ނަވާރް ބުނެލުމުންވެސް ބޮޑާވާން ފެށުމުން ނަވާރް ޕްރޮމިސް އޭ ވެސް ބުނެލައިފިއެވެ. އެތައް ވަރަކުން އެންމެފަހުން ދެކުދިން ގެޔަށް ގެންދެވުނީ ނަވާރް މާދަމާ އެގެޔަށް ދާނެކަމަށް އެތައް ފަހަރަކު ބުނިފަހުންނެވެ.
މިލީނާ މެން ދިޔުމުން ނަވާރް ވެސް ކޮޓާރިއަށް ވަނީ ޔޫލީ އާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހުއެވެ. ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަ ވެސް ނަވާރް އަށް އެނދުމައްޗަށް ޖެހިގަނެވުނެވެ. އެތައް އަހަރަކަށް ފަހު އެކޮޓަރީގައި އެކަނި ނިދަން ޖެހުމުން އުނދަގުވިއެވެ. ހިތައް ކެތް ނުވާވަރަށް އާނާ މަތިން ހަނދާން ވިއެވެ. ފޯނުގެ ގެލެރީން އާނާގެ ފޮޓައެއްބަލަން އޮވެ ރޮވުނެވެ. “ނާނާ އައިމް ސޮރީ … ހާދަ މިސްވެޔޭ ބެސްޓީ.. ފައިނަލީ އައި ގޮޓް އަ ޗާންސް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓމެންޓުން .. ސަންޑޭ އެއީ އަހަރެންގެ އެންމެ ފުރަތަމަ ދުވަސް …އަހަރެން މިހުރީ މިކަމުގައި ފުރާނަ ދިޔަސް އެއަޒުމުގައި… އާނާ އަހަންނަށް ކަމެއް ފޮރުވިހެން ހާދަ ހީވިއޭ.. އެކަމް އެންމެ ފަހު ވަގުތުވެސް އަހައި ވެސް ނުލެވުން ..އެއީ އަހަރެންގެ އެންމެ ބޮޑު ރިގްރެޓް. އަމް ސޮރީ… ސޯ ސޮރީ..” ނަޥާރް ރޮވެމުން ދިޔައިރު ފޯނު މޭގައި ޖައްސާލިއެވެ. ކޮންމެ ރެއަކުވެސް ނަވާރް އަށް ނިދެނީ އެގޮތުގައި އެތައް ވަރަކަށް ރުއިމައްފަހު އެވެ. އޭގެ ފަހު ހަތް އަހަރު މީ އިރުވެސް ނަވާރް އަށް ހީވަނީ ހަށިގަނޑުން އެއްބައި މަދުހެންނެވެ. ހިތް ކުދި ކުދިވެފައި ވާ ފަދައެވެ.
***
ހޭލިގޮތައް ޔަޒަން އިނީ އެނދުން ތެދުވާންބޭނުން ނުވެފައެވެ. އިއްޔެ ހަވީރު ޖައްސާލިގޮތައް މިލީނާ ގޮވީމަ ވެސް ނަމާދަށް ވެސް ނުހޭލެވުނެވެ. އެކަމާއި މުޅިން މޫޑް އޮފްވިއެވެ. ފޯނު ނަގާ ގަޑި ބަލައިލި އިރު ހަތެއް ޖަހަނީއެވެ. އޭރު މިލީނާ އާއި ޒަޔާން ގެ މިސްކޯލްތަކާއި ރިހާމް އާއި ޒަޔާން އަދި އޭނާ އިންނަ ޗެޓް ގްރޫޕް އިން ވެސް އެތައް މެސެޖެއް އައިސްފައި ހުއްޓާފެނުނެވެ. ގަޑި ޖެހިދާނެތީ އެއެއްޗިހި ވެސް ބަލަން ނޫޅެ ފާހަނާ އަށް ވަދެ ފެންވަރައިލާގެން ނުކުތެވެ. ތުވާލި އޮޅާލައިގެން ހުރެ އަލަމާރީގައި އަޅުޥާފައިން ކަޅުކުލައިގެ ގަމީސް ނަގާ ލާން ފެށިއެވެ. މާދަމާ ނަވާރް ޑިއުޓީއަށް ނުކުންނަ ދުވަސްކަން ޔަޒަން ހަނދާންވިއެވެ.
”ނަވާރް ..ޔޫ ކޭންޓް އިގްނޯ މީ ދެން..ހަ އަހަރ ވަންދެން ކުރި ހުރިހާ މެސެޖް އަކަށް ވެސް ފޯނު ކޯލަކަށްވެސް ހަމަ އިގްނޯރ ކުރީ.. ތިހާ ވަރަށް އިގްނޯރ ކުރީމަ ވެސް ދެން ހަދާ ގޮތް ބަލާ.. އައި ވޯންޓް ސްޕެއާރ ޔޫ ..” ޔަޒަން އެއްވެސް އަސަރެއް ނެފަދަ ކުލަ ވަރެއްމޫނައް ވެރިކޮންގެން ހުއްޓެވެ.
ޔަޒަން ތައްޔާރް ވެގެން ނުކުމެވުން އިރު ނަފީސާ މެންނާއި އެއްކޮން މިލީނާ، ޔަޒަން އަށާއި އަކުރަމް އަށް ސައިހެދުމުގައި އަވަދިނެތި އުޅެއެވެ.
“މަންމާ ކިހިނެތް ވީ ގުޅާފަ ..” ޔަޒަން ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެ މޭޒު ދޮށުގައި އިށިންދެލިއެވެ. ކަޅު ގަމީހާ ޑެނިމް ޖީންސްގައި ނުހަނު ފިރިހެންވަންތަ އެވެ. ޔަޒަން އައިސް ހުއްޓުމުން މުޅި ތަން އެއްވަސް ކުރުވީ ލުމިނޭންސްގެ ހިތްގައި މަޑު މީރުވަހެވެ.
“ދަރިފުޅާ ..ގުޅާފަ އެހުރީ އިއްޔެ އެންނު.. ހުރިހާ އެންމެން ދަރިފުޅު ނުދިޔައީމަ އެހި ކޮބާހޭ.. މާ ބޮޑަށް ވަރުބަލި ވީ ދޯ..” މިލީނާ ހީލަމުން ޔަޒަން އަށް ދިއްކޮށްލީ ކޮފީ ތައްޓެކެވެ.
“އާން.. ޑިއުޓީ ނިމިގެން އައިއިރު ވަރަށް ވަރުބަލި ވެފަ ހުރީ ..އެހެންވެ ޖައްސާލިތަނާ ނިދުނީ.. ޒަޔާން ވެސް އެބަހުރި ވަރަށް ގުޅާފަ..ކޮބާ ޒައި އާ ޒެލީ “ޔަޒަން ކޮފީ ފޮދެއް ބޯލުމުން ސިކުނޑި ތާޒާ ވީ ވަރުން މޫޑް ވެސް ކޮންމެވެސް ވަރަކަށް ރަނގަޅުވިއެވެ.
“އަދި ނުހޭލަ… ބޭބެ ވެސް ގޭސްޓްރިކް ވެގެން މިއަދު އޮފް ނަގައިގެން އެއުޅޭނީ.. އަދި ހަނދާން ނެތިފަ މިހުންނަނީ ކާފަ އާދޭ މާދަމާ…އެއްކޮން ބަދަލް ވަނީއޯ… ކާފަ ކާރު އެކްސިޑޭންޓެއްވެ އުނަގަނޑަށް އަނިޔާވެގެން އުޅޭތީ މަންމަ ބުނީ ދެން މިކޮޅަށް އަންނަން ..ނިކަން ފަސޭހައިން މިފަހަރު އެއްބަސް ވެއްޖެ.. އެއްކޮން މިކޮޅަށް ބަދަލް ވާތީ ކާފަ މެން ގޭގަ ޔޯ ހުންނާނީ މިފަހަރު..އެއަންނަނީ އެކޮޅުގަ ހުންނަ ދަރިފުޅަށް އެ ކޮމްޕެނީ ވެސް ބަލަހައްޓަން ދީފަ ..ދެން ނުދާ ގޮތަށޯ” މިލީނާގެ ވާހަކަ އިވި ޔަޒަން ބޯޖަހައިލިއެވެ.
“ބަލިވެ އުޅޭ އިރު ކިހާ އުނދަގު ވާނެ އެކަނިން އުޅެން.. މަންމައަށް ވެސް އަޅާލެވޭނީ މިގެޔަށް އައިމައެންނު.. ބައިވަރު ކޮޓަރިވެސް އެބަހުރި ހުސްކޮން..ބުނަގަ މިގެއަށް އަންނަން ” ޔަޒަން ސައިބޮއި ނިމިގެން ތެދުވަންނަމުން ބުނެލިއެވެ.
“ދަރިފުޅު އެގޮތައް ކަމުދަންޏާ މަންމަބުނާނަން ކާފަ ކައިރީގަ.. މަންމަ ވެސް ބޭނުމީ އެގޮތައް.. ” މިލީނާ ވެސް ނުހަނު އުފާވެފައި ހުރެ ވަގުތުން ޝަހުރޫޒްއަށް ގުޅީ އެގެއަށް އައުމަށް ބުނުމަށެވެ. ޔަޒަން ވެސް މިލީނާއަށް ހިނިތުންވުމެއް ދީފައި ނުކުތީ ގަޑިޖެހެން ކައިރިވެފައި ހުރުމުންނެވެ.
ބަދިގެއަށް އައިސް ވަދެ ވަދެ ހުރި އަކުރަމް އަށް މިލީނާ އާއި ޔަޒަންގެ ވާހަކަ އިވި ހުއްޓުން އެރިއެވެ. ޝަހުރޫޒް އަންނަކަން އަކްރަމް އަށް ވެސް އޮތީ މިލީނާގެ ފަރާތުން އެނގިފައެވެ. ނަމަވެސް ހަމަޖެހިގެން ހުރެވުނީ ޝަހުރުޒް ހުންނަނީ އަމިއްލަ ގޭގަ ކަން އެނގިފައި ވާތީއެވެ. ނަމަވެސް ޔަޒަން އެބުނި އެއްޗަކުން އަކްރަމް ގެ ހިތުގެ ހަމަޖެހުން ނަގައިލައިފިއެވެ. ބޮޑު އެކްސިޑެންޓެއްވެގެން އަންނަކަމެއް ވެސް އަކްރަމް ނުދެނެހުއްޓެވެ. އޭނާ ކޮޓަރިއަށް ވަދެ މީހަކަށް ގުޅާއިލިއެވެ.
“ހެލޯ.. ޝަހުރޫޒްގެ އެސިސްޓެންޓް ޝައުން ތަ.. ” އަކުރަމް އަށް ފަހަތް ބަލައިލެވުނީ މިލީނާގެ ހަބަރެއް ވޭތޯއެވެ.
“… މިއީ އަކުރަމް.. ޝަހުރޫޒް މިކޮޅަށް އަންނަކަން ޔަގީންވާގޮތުން ޝައުން އަށް އެނގޭނެ.. އޭނާ އެކްސިޑެންޓް އެއްވެ އެއްވެސް އަނިޔާ އެއް ވެގެންތަ އެ އަންނަނީ..”ސައުން އެކޮޅުން ތައާރަފް ވެލުމުން އަކުރަމް އަހައިލިއެވެ. ސައުން އަކީ ލަންޑަނުގައި ހުންނަ ޝަހުރޫޒް ގެ ކޮމްޕެނީގައި މަސައްކަތް ކުރާ ހަމައެކަނި ދިވެއްސެވެ.
“ނޫން ބޮސް ހަމަ ވަރަށް ހެލްތީ ކޮން އުޅެނީ.. މިހާރުވެސް ޖިމްގަ ވީ…. ހަމަ ޕާފެކްޓް..ކޮންމެވެސް ކަމެއް ނިންމާލަން ވެގެންނޭ ބުނުއްވި” ޝައުން ދިން ޖަޥާބުން އަކުރަމް އަށް ލޯ ބޮޑުކޮށްލެވުނެވެ. އޯކޭ އޭ ބުނެ އަކުރަމް ގުޅިކަން އިތުރު މީހަކަށް ނޭންގުމަށް އެދި ފޯނު ކަނޑާލިއެވެ.
**
(ނުނިމޭ)