ގަތްބިރުން ނަޥާރް އަށް ވެސް ހަޅޭއްލަވައިގަނެވުނެވެ. އޭނާގެ ހަނދާނަށް ފުރަތަމަވެސް އެރީ އާނާގެ ނަމެވެ. ނޭނގޭ ސަބަބަކާއިހުރެ ނަވާރްގެ ހިތް ބިރުގަންނުވާލައިފިއެވެ. “އާނާ… ޔަޒަން … އާނާ …” ބިރުން ތުރު ތުރު އަޅާ ހާލުގައި ނަވާރް އަށް ދުއްވައިގަނެވުނީ ސިޑިއާއި ދިމާލަށެވެ. އޭރުވެސް މަތީ ފްލޯއިން ހަޅޭކުގެ ނުހަނު ބާރަށް އިވެއެވެ.
***
ފޯނުން އަލިކުރަމުން ޔަޒަން އާއި ނަވާރް ދުވަމުން މައްޗައް އެރުނު އިރު މާނޭވާ ލެވޭ ވަރު ވިއެވެ. އާނާއާއި މިލީނާ އާއި ތިބި ކެބިން ކައިރިގައި ތޮއްޖެހިފައިވާ މީހުން ގަނޑު، މީހުންގެ ފޯނުތަކުގެ ފްލެޝްލައިޓުގެ ސަބަބުން ދެމީހުންގެ ލޮލުގައި އަޅައިގަތެވެ.
މީހުން ގަނޑު އެއްފަރާތް ކުރަމުން ޔަޒަން އަށް އެތެރެއަށް ވަދެވުން ހިނދު ހީވީ މުޅި ދުނިޔެ ހުއްޓުނު ހެންނެވެ. ލެއިން ކަޅިވެފައި އެވަނީ އާނާ އާއި މިލީނާ އެވެ. ޖެހި ބުދެއް ހެން ހުރި އިރު ޔަޒަންގެ ސިކުނޑިވެސް އެވަގުތު މަސައްކަތް ނުކުރާ ކަހަލައެވެ.
“މިކުއްޖާ ފުރާނަ ހުރި ކަމެއް ވެސް ނޭނގޭ.. ” ކައިރިޔަށް އައިސް ހުއްޓުނު ދުވަސްވި އަންހެނަކު ވެސް ރޮވިފައި ހުއްޓެވެ. ޝޮކް ޖެހިފައި ހުރި ނަވާރް އަށް ހޭވެރިކަން ވީ ކުއްލިއަކަށެވެ. ނަވާރް އަށް ދުއްވައިގަނެވުނީ އާނާއާއި ދިމާލަށެވެ. އޭރު އެހެން ކެބިން އެއްގައި ކާން އައިސް އިން ނަރުހަކަށް މަސައްކަތް ކުރާ އަންހެން ކުއްޖެއް އިނެވެ. އެ ކުއްޖާ އާއި އިތުރު މީހަކު މިލީނާ ބޮލުގައި ފަޅައިގެން ގޮސްފައިވާ ތަނުގައި ބެންޑޭޖް ކުރަމުން ދިޔައިރު އާނާގެ ކައިރިގައި ވެސް ދެތިން މީހަކު ދިޔައީ ހަރަކާތް ތެރިވަމުންނެވެ.
ނަވާރް ދިޔަ ބާރު މިނުގައި އާނާގެ ކައިރިގައި ތިބިމީހުންތައް ވެސް ދުރަށް ކޮށްޕާލިއެވެ. ލެއިން ކަޅިވެފައިވާ އާނާގެ ކައިރިއަށް ޖެހިގަނެވުނު އިރު ނަވާރްގެ ހޭ ބުއްދި ފިލާފައި ވާފަދައެވެ. “ނާނާ.. އޭތް .. އާނާ ..އަހަރެން ބިރު ނުގަންނަވާ .. ތެދުވޭ.. ތެދުވާށޭ..” ލެއިން ކަޅިވެފައިވާ އާނާގެ ގައިގަ ހިފައިގެން ހުރެ ނަވާރް ރޮއިގަތެވެ. އާނާ ގައިގާ ކޮއްޓާމުން އެތަް ވަރަކަށް ހަޅޭއްލެވިއެވެ. “އާނާ.. ޢޭ ލޯ ހުޅުވަބަލަ .. އާނާ..” ނަވާރްގެ ރުއިމުގެ އަޑު މުޅިތާގައި ހިފާލައިފާ ވާއިރު އާނާ އަށް ގޮވަމުން ދިއައެވެ.
” އެކްސްކިއުޒް މި ކުއްޖާ ވަރަށް ކްރިޓިކަލް .. މިހާރު އެމްބިއުލޭންސް އެބައާދޭ.. ވަރަށް ބައިވަރު ލޭ އެބަހުރި ލޫޒް ވެފަ….” މިލީނާގެ ބޮލުގައި ބެންޑޭޖް އަޅާފައި އެ ނަރުސް ކުއްޖާވެސް ދުވެފައި އާނާކައިރިޔަށް އައެވެ . އެކުއްޖާ ވާހަކަ ދެއްކިނަމަވެސް ނަވާރް އަކަށް އެއަޑެއް ވެސް ނިވެއެވެ.
ޔަޒަން އަށް ތަނެއް ދޮރެއް ރެއަކާލާވަރު ވީ އެމްބިއުލޭންސް އައި ހަބަރާއެކު މީހަކު އައުމުންނެވެ. ތެޅިގަނެފައި އާނާގެ ގާތައް ދެވުން އިރު ހަމަރަނގަޅަށް ވެސް ރޮވިއްޖެއެވެ.
ނަވާރް ހިތްވަރު ކޮށްލައިފާ ނޫރާ އަށް ގުޅިއެވެ. ރޮމުން ރޮމުން އާނާ އަށް އަނިޔާވި ވާހަކަ ބުނެވުނީ ވެސް ކިރިޔާއެވެ. ނަވާރް ދިޔައީ ތުރުތުރު އަޅަމުންނެވެ. އެއްވެސް ހަރަކާތެއް ނެތި އާނާ އޮތް އިރު ލޭގެ އަސަރު ނެތް އެއްވެސް ތަންކޮޅެއް ނުވެއެވެ. އާނާގެ ބޯ ނަވާރްގެ އުނގަށް ލަމުން އާނާގެ މޫނުގައި ހިފައި ގޮވަމުން ދިޔަ ގޮތުން އެތާތިބި މީހުންގެ ހިތްތަކައް ވެސް އަސަރު ކުރިއެވެ.
މިލީނާ އެނދުގައި ނެރެން ފެށުމުން ޔަޒަން އާނާ އަތްދަނޑިމައްޗަށް ލައިގެން ދުވެފައި ނުކުތެވެ. ކަރަންޓް ވެސް އަޢީ އެވަގުތުއެވެ.
އެމްބިއުލޭންސްއަށް ދެމީހުންނަށް އެރުވުނު އިރު ނަވާރް އާއި ޔަޒަން އަދި އެމީހުން ނަށް އެހީވި ނަރުސް އަންހެންކުއްޖާ ވެސް އެރިއެވެ. އޭރު ހޮސްޕިޓަލުން ފޮނުވި ދެޑޮކްޓަރާއި ދެ ނަރުހުން ތިއްބެވެ.
އެމްބިއުލޭންސް އޭގެ އެންމެ ބާރު ދުވެލީގައި ދިޔަނަމަވެސް ވިއްސާރައިގެ ސަބަބަން ނުހަނު ދުއްވަން އުނދަގުލެވެ.
“ސީޒް ފައިން .. ..” މިލީނާ ރަނގަޅުކަމުގައި ބުނުމުން ވެސް އެކަކަށްވެސް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. ޔަޒަން އާނާގެ އަތުގެ ހިފައިލާގެން ހުރި އިރު ހުއްޓުމެއްނެތި ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ނަވާރްގެ ރުއިމުގެ އަޑު މުޅި އެމްބިއުލޭންސްގައި ހިފާލައިފައެވެ. ކުއްލިޔަކަށް ފެނުނީ އާނާގެ ނޭވާ އަވަސް ވާން ފެށިތަނެވެ. ޑޮކްޓަރުންނާއި ނަރުހުން މަސައްކަތް ކުރަމުން ދިއައެވެ.
“ނާނާ.. ދޮންބެ މިހުރީ އޭ.. ލޯ ހުޅުވާލަބަ..” ރޮވެމުން ދިޔައިރު ޔަޒަން ގެ އަޑުބޭރުވަމުން ދިޔައެވެ. ”ކާކު މިހެން ހެދީ.. އަހަރެން އެމީހެއް ދުވަސް ދުއްވާލާނަން .. އާނާ ..އާނާ..” ފިރިހެނަކަށް ވިޔަސް ކެތްކުރެވޭނީ ވަކިވަރަކަށްތާއެވެ.
އާނާގެ ނޭވާތައް އޭރު ކުރިއަށް ވުރެން އަވަސް ވެފައި ވާ އިރު ދެލޯ ވެސް ދެބަޔަށް ހުޅުވިފައެވެ. އާނާގެ ދެތުންފަތް ހަރަކާތް ކުރަން ފެށިއެވެ. “ދޮން .ދޮން..ބޭ..އަމް ސޮރީ…” އެތަކެއް ވޭނެއް ތަހައްމަލް ކުރަމުންދާކަން އާނާގެ މޫނުމަތިން ފެންނަން ހުއްޓެވެ. އާނާގެ އަޑު އިވުމުން ޔަޒަން އާނާއާއި ކުރިޔަށް ވުރެންވެސް ކާރި ވެލިއެވެ.
“ޝޫޝް… ނޫން ދޮންބެ އަށް މާފްކުރޭ ..އާނާ ސްޓްރެންތް ގެއްލުވާ ނުލާ ދޫނީ… ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ އިންޝާﷲ… ދޮންބެގެ ސްވީޓްހާޓް..”ޔަޒަން އަށް ރޮވޭވަރުން ވާހަކަ ދެއްކުމަށްވެސް ދަތިވިއެވެ.
“ދޮ..ންބޭ..އާހް..މަންމާ…ބައްޕަ ..ނަވާ ވަރަށް…ލޯ..ބި ވޭ….އަހަރެން ނެ..ނެތަސް …އަކްރަމްބެ..އަށް.. އަނގަޅަށް ކަން..ތައް..ކުރޭ…އެއީ..ރަނ..ގަޅު..މީހެ..އް….ނަވާ އެމީހުން..ނަށް ނުފެންނަ ތާކަށް..ދޭ … ނަ..ވާ..ކެއާ..ކެއާފުލް…ދޮންބޭ..ސޭވް..ނަވާ.. ފޯރް..އެވާ..”ވަރުދެރައަތުން އާނާ ޔަޒަންގެ އަތް މައްޗަށް ރޯން ހުރި ނަވާރްގެ އަތް ލެވޭ ވަރުވީ ކިރިޔާއެވެ. ސަހާދަތުގެ ދެކަހިމަ އާނާ އަށް ކިޔުނު ހިނދު މޭޝިނުގެ ބީޕް އަޑުގަދަވިއެވެ. ޔަޒަން އާއި ނަވާރް އެއްކައިރި ޖައްސުވާ ޑޮކްޓަރު ޑިފިބްރިލޭޓާ އިން ޝޮކް ތައް ދޭން ފަށައިފިއެވެ. އާނާގެ ވިންދު ދަށްވިއެވެ.
އޭރު “ރެޑްވޫޑް” ހޮސްޕިޓަލް އަށް އާދެވިއްޖެއެވެ. އެމްބިއުލޭންސްއިން ފޭބި އިރު ނޫރާ އާއި އަކުރަމް އަދި ޒަޔާން އާއި ރިހާމް ތިއްބެވެ. އެންމެންގެ ލޯތަކުން ކަރުނައިގެ އަސަރު ވިއެވެ. މިލީނާ އާއި އާނާ ގެންދެވުނީ އައިސީޔޫ އަށެވެ. އެންމެން އައިސީޔޫ ގެ ބޭރުގައި ތިބިއިރު ނުރޯ އެކަކުވެސް ނެތެވެ. ޔަޒަން އާއި ނަޥާރް ވަނީ ލެއިން ތަތްތެޅިފައިއެވެ. ނޫރާގެ ގައިގާ ބައްދާލައިގެން އިނދެ ނަވާރްއަށް ގިސްލެވެމުން ދިޔައިރު ނޫރާއަށް ވެސް ރޮވެމުންދިޔައެވެ.
ޔަޒަން މޫނުގައި ދެއަތުން ހިފަހައްޓައިގެން އިން އިރު އިނގިލިތަކުގެ ދޭތެރެއިން ކަރުނަތިކިތައް ފައިބަމުން ދިޔައެވެ. އަކުރަމް ޔަޒަންގެ ކޮނޑުގައި ހިފައިގެން ހުރިއިރު ރިހާމް އާއި ޒަޔާން ވެސް ދެފަރާތުގައި ތިއްބެވެ.
ގަޑިއިރެއް ވީފަހުން މިލީނާ ނެރުނުއިރު މުޅި ބޮލުގައި ބެންޑޭޖްކޮށްފައިވާ އިރު އައިވީ ގުޅާފައިވެއެވެ. އެވަގުތު ވީ ނަމްރާއާއި މުރުޝިދާއަދި މުނާޒްގެ އަންހެނުން ރަހުމާ އާއި މީޝަމް އަދި މިހުރާން ވެސް އައި ވަގުތެވެ. ނަމްރާއާއި މުރުޝިދާ އަދި ރަހުމާ މިލީނާގެ ފަހަތުން ދިޔުމުން މީޝަމް އާއި މިހުރާން ނަވާރްގެ ގާތައް ދިޔައެވެ.
“އާނާ އިބްރާހީމް ޔާމީން..” އައިސީޔޫ އިން ބޭރަށް ނުކުން ޑޮކްޓަރާއި އެކު ހުރި ނަރުސް ކުއްޖާ ގޮވާލުމުން އަކުރަމް ދުވެފައި ކަހަލަ ގޮތަކަށް އެދިމާލަށް ދިޔައެވެ. “ޑޮކްޓާރ.. ކިހިނެތްތޯ އަޅުގަނޑު ދަރިފުޅު ..” އަކުރަމްގެ ސުވާލުން ޑޮކްޓަރުގެ މޫނުމަތީގެ ކުލަވަރު އެއްކޮން ބަދަލްވިއެވެ.
“އަމް ސޮރީ ..”މާޔޫސްވެފައި ހުރި ޑޮކްޓަރުގެ ޖުމްލައާއެކު އެންމެންގެ ރުއިމުގެ އަޑުގަދަވިއެވެ.
“ވަރަށް މަސައްކަތް ކުރިން… ހަށިގަނޑުގެ ފަންސަވީސް ތަނަކަށް އެބަހުރި ތޫނުއެއްޗެއް ހަރާފަ ޒަހަމް ކޮށްފަ.. ހީވާގޮތުން ވަޅި އެއް ނުވަތަ ކަޓަރެއް ޖަހާފަ ހުރީ.. ވަރަށް ފުން ކޮން ހުރީ ޒަހަމްތައް.. ވަރަށް ބޮޑަށް ބްލަޑް ލޫޒް ވެފަ މިކޮޅަށް ގެނައިރުވެސް އޮތީ.. އާނާގެ ރިޕޯޓްތައް އިރޮޅެއްގެ ތެރޭގައި ފެމެލީއާއި ހަވާލްކޮށްދެއްވާނެ.. ޕޮލިހަށް އިންފޯމް ކޮށްލާފައި އިން ކޭސްއެއް ވީމަ އާނާގެ ބޮޑީ ފެމެލީ އާއި ހަވާލް ކުރެވޭނީ އެބޭފުޅުން ތަހްގީގް ކޮށްފަ..” އަކުރަމްގެ ކޮނޑުގައި ޖަހާލަމުން ޑޮކްޓަރު އެތެރެއަށް ވަދެގެން ދިޔައިރު އަކުރަމް އަށް ހުރިދިމާލަށް ތިރިވެވުނެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ.
“ކޫ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ .. އިންޝާﷲ.. ކެތްކުރޭ .. މަރުވެފައި އޮތް މައްޔިތާގެ ފުރާނައަށް ގެއްލުން ވާނެ ކަރުނަ އޮއްސަންޔާ…އިންސާނުންނަށް އިމްތިހާނުތަކާއިވެސް ކުރިމަތިވާނީ.. މިވެސް އިމްތިހާނެއް.. ހިތްވަރު ކުޜޭ..”ޒަޔާން އޭނާގެ ކޮންޑުގައި ބޯ އަޅާއިގެން އޮތް ޔަޒަންގެ ބުރަކަށީގައި ފިރުމާލިއެވެ. ރިހާމް ވެސް އޭރު އާއިލާގެ ފަރާތުން ސޮއި ކުރަން ޖެހޭ ލިޔުންތަކެއްގައި ސޮއި ކުރަންހުއްޓެވެ. ޔަޒަންގެ ހާލަތު ހުރިގޮތުން މިވަގުތު އެފަދަ ކަމެއް ނުވާނެ ކަން އެނގޭތީ ރިހާމް އެކަމާ ހަވާލް ވިއެވެ.
އޭރު މިލީނާވެސް ހޭ އަރާފިއެވެ. މިލީނާ ހުންނަނީ ގަބުވެފައި އެވެ. އާނާ މަރުވިއްޔާ ނަމްރާ ބުނުމުން ވެސް ހުރީ ހުއްޓިފައެވެ. އެއްވެސް ބުއްދިއެއް ނުވާ މީހަކު ފަދައެވެ. ދެން ފެނުނީ އަބުރައިގަންތަނެވެ.
ޕޮލިހުން ތަހުގީގު ނިމުނީ ހެނދުނު ވީފަހުންނެވެ. އާއިލާއިން ބޭނުން ވި ގޮތައް އަވަސް ވެގަތީ ވީހާ ވެސް އަވަހަކަށް އާނާގެ ޖަނާޒާގެ ކަންތައްކުރުމަށެވެ. ހިނަވައި ނިމުނު ހިނދު މީހުންތައް މޫނު ބަލަން އެއްވިއެވެ.
ރިހާމްއާއި ޒަޔާންގެ އެތައް ނަސޭހަތަކަށްފަހުން ހިތްވަރުކޮށްފައި ޔަޒަންގެ ރުއިން ހުއްޓުމަކަށްއައި ނަމަވެސް އާނާގެ މޫނު އެންމެ ފަހުފަހަރަށް ބަލަން ކައިރިވި ވަގުތުން އެ ހިތްވަރު ގެއްލިއްޖެއެވެ. ދެލޮލުން ފެންތައް ފައިބާ ހާލު އާނާގެ ނިތުގައި ބޮސްދީ އެންމެ ފަހުގެ ވަދާއީ ސަލާމް ކުރިއެވެ. އޭރު މިލީނާ ހޭވެރިކަންވެ ރުއިމުގެ އަޑު މުޅި ތާގައި ހިފާލައިފާވިއެވެ.
ސަޙުރޫޒް މިލީނާގެ ގައިގާ ހިފަހައްޓައިގެން ހުރި އިރު އޭނާގެ ލޮލުގައިވެސް ވަނީ ކަރުނައެވެ. ހުރިހަމައެކަނި އަންހެން ކާފަ ދަރިފުޅު އެފަދަގޮތަކަށް ވަކިވެގެން ދިޔުމުން އަސަރުކުރާނެތާއެވެ. އާނާގެ މަރުގެ ހަބަރު ލިބުނުއިރު އޭނާ ހުރީ ރައްޓެއްސަކާއި ބައްދަލް ކުރުމަށް ގޮސް ހުޅުމާލޭގައެވެ.
އާނާގެ މޫނު ދެއްކުމަށްޓަކައި ޔާމީންވެސް ފޮލިހުންގެ ހާޒިރުގައި އާސަހަރާއަށް ގެނެވުނެވެ. މީހާ ހިކި އަނަރޫފަ ވާއިރު ފެންނަނީ ނުހަނު ނިކަމެތިކޮންނެވެ. އޭނާގެ ލޮލުންވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައްފައިބަމުން ދިޔައެވެ.
އާނާގެ ވަޅުލުމުގެ ކަންތައް ނިމުމުން ފަހަރަކު ބައެއް ނުކުމުގެން ދިޔައިރު މަހާނަ ގެ ކައިރީ ޔަޒަން އެތަކެއް އިރެއް ވަން ދެން އިށީންދެގެން އިނެވެ. އޭރު ވެހެމުންދިޔަ ހިމަފޮދުވާރޭ ވެސް ބޯކޮށްލީ ކުއްލިއަކަށެވެ. ވިއްސާރަ ތޫފާނަކަށް ބަދަލުވެ ވިދާ ގުގުރާ ގަދައަށް ވައި ޖެހެމުން ދިޔައެވެ.
ޔަޒަން ރޮމުން ދިޔައިރު އެ ފިރިހެންވަންތަ މޫނުމަތީގައި ވަނީ ހިތްކުދިކުދިވާ ފަދަ އަސަރުތަކެކެވެ. ހިތައް ކެތް ނުވާވަރަށް މެޔަށް އުނދަގުވާން ފެށުމުން މޭގައި އަތް ޖައްސައިލާގެން އިނދެމުން ރޮމުން ދިޔައިރު ދުރުގައި ތިބި ރިހާމް އާއި ޒަޔާން އާއި މިހުރާން ވެސް ތިބީ ރޮވިފައެވެ.
މިހުރާން އެމީހުންނާއި ފުރަގަސްދީގެން ދިޔައިރު އެމޫނުމަތިގައިވީ ހިތްދަތިކަމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު ލޯބި އޭނާއަށް ގެއްލިއްޖެއެވެ. އޭނާގެ ސީރިއަސްކަމެއް ނެތް މިޒާޖަށް ސީރިޔަސް ކަން ވަދެ ހަރުދަނާ ވީ އާނާގެ ސަބަބުންނެވެ. އާނާއާއި ލޯބީގެ ގޮތުން ގުޅުނުތާ މިވީ އެންމެ ދުވަހެކެވެ. ދެއަހަރުވަންދެން މިހުރާން އާނާ އަށް އާދޭސް ކުރިފަހު އާނާ މިހުރާން އަށް އާބަސް ބުނީ ރޭގައި ނަޥާރްއާއި އެކު ރެސްޓޯރެންޓަށް ދިޔަ މަގުމަތީގައި މިހުރާން އަށް މެސެޖްކޮށްފައެވެ. ދެވަނަ ދުވަހު މި ދެކެންޖެހުނީ އެންމެ ލޯބިވާ އަންހެންކުއްޖާގެ ފުރާނެނެތް މަސްގަނޑެވެ. ދުނިޔެއަކީ މިފަދަ ކެހިވެރިތަނެކެވެ.
***
ވަޔާ ކެރިޔާ އެއްވަރަށް އަންނަމުންދިޔައިރު ނަވާރް ، ކޮޓަރީގެ ބެލްކޮނީގެ ރެއިލިން ގައި ލަތްވެލައިގެން އިށީންދެ އިންއިރު ގިސްލެވެއެވެ.
ނަވާރްގެ ދެލޯ ދުޅަވާން ކައިރިވެފައިވީއިރު އެދެލޮލުން ކަރުނަ ހުސްނުވާ ކަހަލައެވެ. މުޅިކުއްޖާގެ މޫނު ވަނީ ދުޅަވެ ރަތްއަރާފައެވެ. “ދަރިފުޅާ ނަވާ.. ދެންހިނގާ ދަމާ.. ބަލިވެދާނެ….ނާނާއެއް ދެން ނާންނާނެ.. މިކެހިވެރި ދުނިޔެއާއި ނާނާ ވަކިވެއްޖެ..”ނޫރާ، ނަވާރް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. ނަވާރްއަށް ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް ނޫރާއަށްވެސް ދިޔައީ ރޮވެމުންނެވެ.
“މަންމާ.. އަހަންނަށް އެ..އެންމެ ފަހު..ވަގުތު ވެސް އެ..އެތާ ނުހުރެވުން…އާނާ އަހަރެން ކުރިމަތީގަ އޮތީ..ލެ..ލެއިން ކަޅިވެފަ..”ނަވާރްގެ ހިތައް އަސަރު ކޯށްފައިވަނީ ނުހަނު ބޮޑަށެވެ. އޭރު ނަވާރްގެ ގާތައް މީޝަމް އައިސް ހުރި އިރު ނަވާރްގެ ހާލަތު ފެނުމުން އޭނާގެ ހިތްފަޅައިގެން ދާވަރުވިއެވެ.
އެންމެގާތް އެކުވެރިޔަކައަށް އާނާ ފަދަ ހިތްހެޔޮ ކުއްޖެއް ހުރުމަކީ އޭނާގެ ނަސީބުކަމުގައި ނަވާރް އަބަދުވެސް ދެކެއެވެ. މީޝަމް އާއިއެކު ވެސް އުޅުނަސް އޭނާއާވެސް ނުބޭއްވޭފަދަ ގާތްކަމެއް އާނާއާއި އޮތެވެ. ހިއްސާ ނުކުރާއެއްވެސް ކަމެއް ނޯވެއެވެ. ހިޔަނި ފަދައިން ދާ ކޮންމެ ތަނެއްގައި ވެސް ދެ އެކުވެރިން އަބަދުވެސް ވީ އެކުއެކީގައެވެ. އެކުގައި ކިޔަވާ ފިލްމްބަލާ އެއްޗެއް ކައްކާލާ ކައި ހަދާ މަޖަލާއެކު އުޅުނު ދުވަސްތައް މަތިން ހަނދާންނެތޭނީ ކިހިނެތްހެއްޔެވެ. އާނާގެ ހިތުގައި ވާރޭ އަށް އޮތް ލޯބި އެކަކަށް ވެސް ނުއޮޅޭނެއެވެ. ނަވާރް އާއި އާނާ އެކު އެކީގައި ތެމި ސަކަރާތުގައި އުޅުނު ދުވަސްތައް މަތިން ހަނދާން ނަވާރްގެ ހިތައް ދިއައީ އިންތިހާއަށް ތަދުކުރަމުންނެވެ.
“ޔަޒަން ކިހިނެތްތޯ ގުޅާލަބަލަ… ދޮންތަ ބުނީ މިލީނާ ދައްތަ ރޯވަރުން ގެޔަށް ދާން ވެސް ނުކެރިފައޭ.. ވަރަށް ސަކަރާތޯ.. އަނބުރައިގަނެގެން ދެބުރަށްއުޅޭފީމޭ ބުނި.. މިހާރު އޮތީ ނިދާ އިންޖެކްޝަންގެ އެހީގަ..” މުރުސިދާ ގުޅާފައި ދެއްކި ވާހަކަ އަލާނާ ޒަހުރާން އަށްކިޔައިދެމުންދިއައެވެ. ޒަހުރާން ވެސް އަވަސްވެގަތީ ޒަޔާންގެ ފޯނަށް ގުޅުމަށެވެ. ޒަޔާން އަށް ގުޅުމާއެކު ހެން ނިކަން އަވަހަށްފޯނު ނެގިއެވެ.
”ޔަޒަން ވެސް މިހާރު ކުރިއަށް ވުރެން ހަމައަކަށް ފަޔޯ..އެ ގޭގަ އެމީހުން ވެސް ތިބީ މިހާރު..އިރުކޮޅާކުން ޕޮލިސް ސްޓޭޝަން އަށް ދާން ވެގެންނޯ މިއުޅެނީ .. ސައްކު ކުރެވޭ ދެމީހަކު ހައްޔަރު ކުރި ވާހަކަ ބުނި… ޒަޔާންމެން ދެން މަޑުކުރާނީ އޭ ބުނީ އެކޮޅުގަ..” ޒަޔާން ބުނެލިވާހަކަ ތައް އަޅާނާ ގާތު ޒަހުރާން ބުނެލިއެވެ. އަލާނާ ވެސް ބޯޖަހަލަމުން ލޮލުގެ އިޝާރާތުން ދައްކައިލީ ބެލްކޮނީގައި ހުރި ނަވާރްއެވެ.
ޒަހުރާން ބެލްކޮނީގެ ދޮރުހުޅުވާލައިފާ ގޮސް ނޫރާގެ ގައިގާ ބައްދާލައިގެން އިން ނަވާރްގެ އަތް ނައްޓުވާ އަތްދަނޑިމައްޗަށް ލައިގެން އެތަނުން ނުކުތެވެ. އޭރުވެސް ނަވާރް ދިޔައީ ރޮމުންނެވެ. ނަވާރް ފިނިކަމުން ޙިވަނީ ގަނޑުފެންކޮޅެއްހެންނެވެ. ޒަހުރާންވެސް ހުރީ ހީކަރުވާ ގަންނަގޮތް ވެފައެވެ. އޭނާ ނަވާރްގޮވައިގެން ގޮސް ވަނީ އޭނަގެ ކޮތަރިއަށެވެ. އޭރު އަލާނާ އާއި މީޝަމް ވެސް ނަވާރްގެ ހެދުމެއް ހިފައިގެން ފަހަތުން އައެވެ.
“..ނަވާ.. އެނގޭތަ ރުއިމަކީ ވަރަށް ގޯސްކަމެއް .. އެކަމުން އާނާއަށް ގެއްލުން ވާނެ..އާނާ ވެސް ހެޕީ ވާނެ ނަޥާ ހެޕީ ކޮން އުޅޭންޖެހެންޔާ..ޕޮލިސް ސްޓޭޝަންއަށް ދާނަން ދޯ .. ޗޭންޖް ކޮށްލައިގެން ނުކުމެލާ އެބަހުންނަން ބޭރުގަ..” ކުށްވެރިން ހައްޔަރު ކޮށްފަ އެބަތިކަމަށް ބުނެ ޒަހުރާން ނުކުމަތީ ބޭރަށެވެ.
ޒަހުރާން ނުކުން އިރު ނޫރާ ތެތްއަންނައުނު ބަދަލްކޮށްގެން އައިސް ނަޥާރްގެ ކޮޓަރިން އާނާގެ ސާމާނުތައް ނެރެމުންދިޔައެވެ. ޒަހުރާން ވެސް ނޫރާއާއި ބައިވެރިވިއެވެ.
އަލާނާގެނަ ކަޅުކުލައިގެން ސްވެޓަރާއި ނޫ ޖިންސް ލައިގެން ނަވާރް ނުކުތެވެ. މީޝަމް އައިސް ނަވާރްގެ ހޭވިފައި ހުރި އިސްޓަށިކޮޅުގައި ކުޑަކޮން ފުނާ އަޅާލާ ވޫލްކޮޅެއް ޖަހައިލުމުން ކުރިޔަށް ވުރެން މޫނުމަތިން އަލިހެން ހީވިއެވެ. ނަމަވެސް މޫނުމަތީގައި ރުއިމުގެ ސަބަބުން ހުރި ރަތްކަމާއި ދުޅަކަން އޭރުވެސް ނުހަނު ބޮޑަށް ހުއްޓެވެ.
ނަވާރް ނުކުން އިރު ގޭގެ ބެލް ޖަހާ އަޑުއިވުނެވެ. ނޫރާގޮސް ދޮރުހުޅުވާލި އިރު ޕޮލިސް ޔުނީފޯމްގައި ތިބި ދެ މީހަކު ތިއްބެވެ.
“އައްސަލާމް އަލައިކުމް … ނޫރާ އުޅުއްވާތޯ ..”އެތަނުން އެކަކު އެހާލިއެވެ.
“ލައްބަ.. އަޅުގަނޑު..” ނޫރާގެ ޖަވާބު ދިނުމުން އެމީހުން ބޯޖައިހައިލިއެވެ. “އާނާގެ މަރުގެ ތަޙްގީގަށް ބޭނުން ވާ ބައެއް މައުލޫމާތު އަޅުގަނޑުމެންނާ ހިއްސާ ކޮށްލުމަށް އަޅުގަނޑުމެންނާއި އެކު ދުރުދެއްވާ..” ވަރަށް އަދަބުވެރިކަމާއެކު ކުރިން ވާހަކަ ދެއްކި ޒުވާނާ ބުނުމުން ނޫރާ ބޯ ޖަހައިލުމަށް ފަހު އެމީހުންނާއެކު ނުކުތެވެ. ނޫރާގެ ފަހަތުން އަލާނާ ދިޔުމުން ޒަހުރާން ނަވާރް ގޮވައިގެން ކާރުގައި ފޮލިސް ސްޓޭޝަނަށް ދިޔައެވެ.
***
“ކަލޭ ތަ… އާނާ މަރާލީ ..އޭތް … ހޭ އަރުވާލާނަން ހަނދާން ކުރާތި.. ” އާނާ މަރާލިކަމަށް ޝައްކުކުރެވޭ ދެމީހުން ބަނދުކޮށްފައި ކޮށީގެ ތޭރިތަކުގައި ތަޅައިގެން އިރު ޔަޒަން ރުޅިއައިސް ތުރުތުރު އަޅައެވެ. ބަންދުކޮށްފައިވާ ކޮށީގެ ތޭރިތަކުގައި ތަޅަމުން ދިޔައިރު ކޮށީގެ ތެރޭގައިވާ ދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ ޖެހިލުންވުމެވެ. ރިހާމްއާއި ޒަޔާން އަށް ވެސް ޔަޒަން ހިފަހައްޓައިނުލެވުނެވެ.
“އަހަރެމެން ކިތައްފަހަރު ބުނާނީ އަހަރެމެން އެތަނަށް ދިޔައީ ކާށޭ.. އެއީ އަހަރެމެން ކުރިކަމެއް ނޫން..ބަޔަކު އަހަރެމެން ބައްދައްވެގެން ކުރިކަމެއް މީ” އެތަނުން އެކަކު ޖަވާބު ދިން އިރު މޫނުމަތިން ވެސް ކަންބޮޑުވެފައިވީވަރު ފެނެއެވެ.
“ދެން ކީއްވެ އެތާގަ އެތައް ބައިވަރު ޕްރައިވެޓް ކެބިންތަކެއް ހުރި އިރު ކަލޭމެން ތިބި މޭޒުދަށުން އާނާ ގަޔަށް ހެރި ވަޅި ފެންނަން ވީ.. ” އެތަނަށް ހުއްޓުނު އިސްޕެކްޓާރ ފަވާދު ބުނެލިއެވެ. ފަވާދު ޔަޒަންގެ ކޮނޑުގައި ހިފާލަމުން އޭނާއާއި އެކު އައުމަށް ބުނެލިއެވެ.
އިންތިހާއަށް ރުޅިގަދަވެފައި ހުރި ނަމަވެސް ފަވާދުއާއި އެކު އޭނާ ވެއްދި ކޮޓަރިއަށް ވަނެވެ. އޭރު ޝަހުރޫޒް އާއި އަކުރަމް އާއި ނޫރާ ވެސް އެތާ ތިއްބެވެ. ފަވާދު ކުރުގޮތަކަށް އެތަނައް ގެނެވުން ބޭނުން ބުނެ ހައްޔަރު ކުރެވުނު މީހުންގެ ވަނަވަރު ކިޔައިދިނެވެ.
“މުޅި އިމާރާތް އަޅުގަނޑުމެން ބަލާފާސްކުރިން.. ރެސްޓޯރެންޓް ހިމެނޭ ދެ ފްލޯ ކަމަށް ވާ އެގާރަ އަދި ބާރާހިމެނޭހެން .. ބެލިބެލުމުގައި މިލީނާއަދި އާނާ ތިއްބެވި ކެބިން އާއި ޖެހިން ހުރި ކެބިންގެ މޭޒު ދޮށުން އަޅުގަނޑުމެންނަށް އެ ބޭފުޅުންނަށް ހަމަލާ ދިން ހަތިޔާރު މި ފެނުނީ.. އެ ވަޅިން ފެނުނު ލޭގެ ސާމްޕަލް ދިމާވޭ އާނާގެ ޑީ އެން އޭ އިން.. ދެން މިލީނާގެ ބޮލަށް އެކަނި އަނިޔާ ވެފައި އިން އިރު ބެލެވެނީ ފާރުގައި ޖައްސާފަ ކަމަށް ..އެ އޭރިޔާ ގައި ވަރަށް ބައިވަރު ލޭ ހުރި.. މިލީނާގެ ފަރާތުން ބަހެއް ހޯދުމަކީ ވަރަށް އުނދަގު ޥާނެ ކަމެއް.. ތިބޭފުޅުންނަށް ވެސް އެކަން އެނގިލައްވާނެ.. ވަރަށް ބޮޑަށް ސިކުނޑިއަށް ވެސް އަސަރުކޮށްފައި ވާތީ ތިބޭފުޅުންނަށް ދެން އެނގޭނީ ހަދަން ވީ ގޮތެއް .. އެނގޭނެ ކަންނޭގެ އަނިޔާވެރިން އެއްބަހެއް ނުވާނެ އެހާ އަވަހަކަށް..” ފަވާދު ވާހަކަ ދައްކަމުން ދަނިކޮން އިތުރު ޕޮލިހަކު އައުމުން އޭނާގެ ގާތައް ދިޔައެވެ..
“އެމީހުންގެ އަމަލުތައް ފެނުނު ދެ ފިރިހެނަކު އެބަތިބި ހެކިބަސް ދިނުމަށް އައިސް..ހީކުރިވަރަށް ވުރެން އަވަހަށް ހެކިން މި ލިބުނީ.. ބައްދަލް ކޮށްލަމާ ހެކިންނާ” އޭނާ ވާހަކަ ތަކެއް ދައްކާފައި ދިޔުމުން ފަޥާދު އެނބުރިއައިސް ބުނެލިއެވެ.
“ޔަގީން ދެއްތޯ އެމީހުންކަން .. އަޅުގަނޑުމެން ބޭނުން ވީހާ ވެސް އަވަހަކަށް ހެކިންނާ ބައްދަލްކުރަން…” އަކުރަމް ޔަޒަންގެ މޫނަށް ބަލައިލަމުން ބުނެލިއިރު ޔަޒަން ވެސް ބޯޖަހައިލިއެވެ.
ހެކިން އައުމުން އެމީހުން ވާހަކަ ތައް ޔަޒަންއާއި އަކުރަމް އަދި އެހެން މީހުން އެހިއެވެ. ވަޅި ހިފައިގެން ދެމީހުން ވަންނަތަން ފެނުން ކަމަށް ހެކިން އެއްބަސް ވިއެވެ. އަނިޔާވެރިންގެ ފަހަތުން ދިޔަކަމަށް ވެސް އެމީހުން ބުންނެވެ. ނަމަވެސް އެވަގުތު ކަރަންޓް ދިޔުމުން އެ ހިސާބަށް ދާން އިރުކޮޅެއް ވިކަމަށާއި އޭރުން އެތެރެއިން ވޭނީ ހަޅޭއްކެއްގެ އަޑު އިވުނުކަމަށް ބުންޏޭވެ. އެމީހުންނަށް ދެވުން އިރު ހުރިހާ ކަމެއް ނިމި އަނިޔާވެރިން ވެސް އެތަނުން ފިލިކަމުގައި ބުންޏެވެ.
**
ކޮޓަރީގައި ދެކެވުނު ވާހަކަ ބޭރުގައި އަހަން ހުރެފައި ނަވާރް، ހައްޔަރު ކޮށްގެން ގެނެސްފައި ތިބި މީހުންގެ ގާތައް ދިއައިރު އެކަކުވެސް ފެންނަން ނެތްކަން ނަސީބެކެވެ. ނަވާރް އަށް އެމީހުންގެ ކުށެއް ނެތް ހެން ހީވާ ވަރުން ބޭނުން ވީ އެމީހުންނާއި ސުވާލްކޮށްލާށެވެ. “އަހަންނަށް ކިއާދެވިދާނެތަ ތި މީހުންގެ ފަޅިން ވީ ގޮތް.. އަހަންނަތް އިތުބާރު ކުރޭ… އާނާގެ އެންމެ ގާތް އެކުވެރިއާ މި..” ނަވާރް ވާހަކަ ދައްކަން ހިނިތުންވެލިއެވެ. ކޮންމެފަދަ އެއްޗެއް ކިޔަސް ނަވާރް ބޭނުން ވީ އެމީހުންގެ ވާހަކަ ވެސް އަހާށެވެ. ނަވާރްގެ ފޮޏުން ރެކޯޑަށް ވެސް ޖެއްސީ ހަގީގަތެއް އެނގިދާނެ ކަމަށް ބަލައިފައެވެ. އެދެމީހުން ދެރަވެފައި ތިބެ ކިއަދޭންފެށި އެއްޗިހިނުން ނަވާރްގެ ބޮލުގައި ރިއްސައިގަތެވެ.
**
ޔަޒަން އެތަނުން ނުކުގެން ދިޔައީ ދެން އިތުރަށް އަހާނެ އެއްޗެއް ނެތްފަދައަކުންނެވެ. ޔަޒަން ނުކުތުމުން ޔަޒަންގެ ފަހަތުން ރިހާމްމެން ވެސް ދުވަމުން ދިޔައެވެ. ކުރިން ކުށްވެރިން ބައިތިއްބާފައި ތިބި ތަނަށް ދިޔައިރު ކުށްވެރިން ހުޅުމާލޭ ޖަލަށް ގެންދިޔުމަށް ޕޮލިސްޖިޕަށް އަރުވަނީއެވެ.
“ހައްގަކާއި ނުލާ ހައްޔަރު ކުރާ މީހުންނަށް ކޮންމެވެސް ދުވަހަކުން މީގެ ބަދަލް ލިބޭނެ.. ދޮގު ހެކި ބަސް ދޭ މީހުންނަށް ދުނިޔެމަތީގަ ވެސް އޭގެ ކަންތައް ފެންނާނެ.. ސަލާމް..” ދެމީހުން ތެރޭން ވާހަކަ ނުދައްކާ ހުރި މީހާ މިފަހަރު ބުނެލިއެވެ. ދެމީހުންގެ މޫނުމަތީގައި ވި ސުއޫރުން އެފަދަކަމެއް ކޮށްފާނެ ބަޔަކާ އެއްގޮތަކަށް ވެސް ވައްތަރެއް ނޫނެވެ.
“ކުރާނެހާ ކަމެއް ކޮށްފަ ކީކޭ ކިޔާކަށްތަ.. ކަލޭ މެން ކަހަލަ މީހުންނަށް ހައްގު އަބަދު ހަމަ ލިބޭނީ..” ރިހާމް ކައިރިޔަށް އައިސްފައި ހުރި ރުޅީގައި ގޮވާލިއެވެ. އޭރު ޖިޕް ވެސް ނައްޓަލައިފިއެވެ.
“ތި މީހުންނަށް ހީވެތަ… އެއްވެސް އެއްޗެއް..” ޔަޒަން އެހުރިހާ އިރަކު އަނގައިން ނުބުނެ ހުރެ ބުނެލިއެވެ. ޒަޔާން ވަގުތުން ބޯޖަހައިލިއެވެ. އެހެންޔާ އެކަހަލަ ކަންކަމުގައި އެންމެ ނުވިސްނޭނީ ވެސް އޭނާއަށެވެ.
“ޔާ .. އައި ތިންކް ދޭ އާ އިނޮސެންޓް..” ޒަޔާން ހިމޭނުން ހުރެފައި ޔަޒަންގެ މޫނަށްބަލައިލިއެވެ.
***
އާނާގެ މަރަށް ދެހަފްތާއެއް ވީ ދުވަހު އެ މައްސަލައިގެ ސަރީއަތް އޮތެވެ. އެންމެން ހައިރާން ކޮށްލީ ހައްޔަރުކުރެވުނު މީހުން ކުށައް އެއްބަސް ވުމުންނެވެ. އެމީޙުންގެ ވާހަކަތަކަށް ހެކިންގެ ހެކިބަސް ބާރުދިނެވެ. މައްސަލަނިމުނީ ދެމީހުންނަށް އުމުދުވަހުގެ ޖަލު ހުކުމަކާއެކު އެކުއެވެ.
**
އާނާ މަރުވިފަހުން މިލީނާއަށް ނަފްސާނީ ގޮތުން ނުހަނު އަސަރު ކުރިއެވެ. ނެގިމަޑުވެފައި އިންނައިރު އެއްދިމާލަކަށް ބަލަހައްޓައިގެން އިންނައިރު އެއްވެސް ހިޔާލެއް ފިކުރެއް ނެތެވެ. އެހެން އިނދެފައި ފެށިޔަސް ފަށާނީ އާނާގެ ވާހަކައެވެ. އާނާ އޭ ކިޔާފައި ހީހީ ފައި ރޮއި އަމިއްލަ ނަފްސައް ގެއްލުން ވާފަދަ ކަންތައް ކުރެއެވެ.
މިއަދަކީ ވެސް އެފަދަ ދުވަހެކެވެ. ހިފަހައްޓާއި ނުލެވިގެން ނިދާބޭސް ދީފައި ނިންދަވައިލެވުނެވެ. އަކުރަމް ތާއަބަދު ވިސްނާ ވިސްނާ ގޮސް ހަދާނެގޮތް ހުސްވެފައިވާ ކަހަލައެވެ. ނޫރާ ނޫނީ ނޫރާގެ އާއިލާއިން އަކުރަމް ގޭގަ ނެތް ވަގުތު، ކޮންމެ ވެސް އެކަކު އަބަދުވެސް މިލީނާ ގެ ގާތުގައި ހުރެދެއެވެ. އަކުރަމް އަބަދުވެސް އެއާއިލާއަށް ސުކުރު އަދާކުރެއެވެ. އެންމެ ހިތާމަ ވެރި އަދި ދަތި ދުވަސްތަކުގައި އެންމެ އެހީ ލިބުނީ އެމީހުންގެ ފަރާތުންނެވެ. ހާއްސަކޮން ނޫރާގެ ފަރާތުންނެވެ. ނޫޜާ ދެކެނީ މިލީނާއަކީ ގާތް ރަހުމަތްތެރިއަކު ފަދައިންނެވެ. ޝަހުރުޒް ވެސް އެކޮޅަށްދާން ޖެހިގެން ދެދުވަސް ކުރިން ފުރައިފިއެވެ.
މިލީނާއަށް ނިދިފައި އޮތުމުން އަކްރަމް ދިޔައީ ޔަޒަން ކޮބައިތޮއެވެ. ކުރިޔާއި ހިލާފަށް ޔަޒަން އަކުރަމް އާއި މަދުމަދުން މިހާރް ވާހަކަ ދައްކައެވެ. އާނާ މަރުވިދުވަހުން ފެށިގެން ޔަޒަންގެ މުޅި މިޒާޖު ބަދަލު ވެއްޖެއެވެ. ކުރިގައި ނަމަ ސީރިއަސް ކަން ވެރިވެފައި ވި ނަމަވެސް ކޮންމެވެސް ވަރަކަށް އެކުވެރިންނާ އެކު އުޅޭއިރު ލާނެތްކަން ކަން ފެނިލައެވެ. މިހާރު އެބައި އެއްކޮން އޭނާގެ މިޒާޖުން ފިލައިފި އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ތާ އަބަދު ސީރިޔަސް ކަމުގައި ހުންނައިރު ހީލާތަން އަމްދުން ނުފެނެއެވެ. އޭނާގެ މިޒާޖުގައި އުފާވެރިކަން އެ ލަފްޒަކީ ވެސް ބީރައްޓެހި ބަހެކެވެ.
ޔަޒަން ކޮފީ އެއްހިފައިގެން ބެލްކޮނީގައި ހުއްޓެވެ. ދުރުދުރަށްދާން ދެން ފެންނަން ހުރި އިމާރާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ ފިރިހެންވަންތަ މޫނުމަތީގައި އެއްވެސް ހިތްހަމަ ޖެހުމެއް ނުވާފަދައެވެ.
***
(ނުނިމޭ)