ތެމި ވާރޭގާ ވީމޭ 06 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 06

ނާނާ.. އަހަރެން އެގްޒާމް އޮތީ މެންދުރު ފަހު.. ވީކޭން ޓޯކް ..މި އަދި މޯނިން.. އިންޝާﷲ އަހަރެންގެ އެގްޒާމް އަކަށް ބުރޫ އެއް ނާރާނެ ..” ނަވާރް ކުރުނޮށްގެން އެންމެ ފަހުން އާނާ ނިންމީ ކިޔާދޭށެވެ.
***
“އާނާ ރޭގައި ވަރަށް ފާޑެއްގެ މީހެއް އައީ އޭސީ ހަދަން… އާނާ ނިދާފަ އޮތީ … އަހަރެން  އޭނާ ކައިރިގަ ބުނިން އަވަސް ކޮށްދޭން އޭނާ ނިންމާފަ ދަމުން ވެސް ފާޑަކަށް ބަލަހައްޓައިގެން ހުރެފަ ދިޔައީ …އަހަރެން އަވަސް ކުރާށޭ ކީވަރުން ބޮލަށް އުނދަގު ވީ ކަންނޭގެ..” ނަވާރް ބުނެލި ވާހަކަ އަށް އާނަ ހީލިއެވެ. “އަހަރެން ބޭނުން ނާނާ ކުޑަކުދިންގެ ހިޔާއަށް ދިޔަ ދުވަހު ވީގޮތް އެނގެން.. އެ ވާހަކަ ކިޔާ ދޭން ޖެހޭނެ..” ނަވާރްގެ ވާހަކައަށް އާނާ ބޯ ޖަހައިލިއެވެ. ނަވާރް ސޯފާގައި ހަމަ ޖެހިލީ އެވާހަކަ އަޑު އެހުމަށެވެ. “އަހަރެން ކިޔާދިނީމެންނު ޒަކީބެ ގެ މަރުގެ ވާހަކަ އަހަންނަށް އެނގޭ ގޮތަކަށް .. އެވާހަކަ ބޮޑަށް ރަނގަޅުވާނީ ނަވާ ދެން އަމިއްލަ އަށް ބެލުން ނަވާ… އެއަށް ވުރެން އިތުރަށް އަހަންނަކަށް ނޭނގެ… ހިތްވަރު ކޮށްލާފައި މަންމަ ކާރީގަ ރަނގަޅު ވަގުތަކުން އަހާލާ.. މަންމަ ކާރީން ޖަވާބެއް ނުލިބިއްޖެޔާ ބުނެލާ.. ” އާނާ ނަވާރްގެ އަތުގައި ހިފާލިއެވެ. “އަހަންނަށް ހީވެ ދައްތައަށް އެނގޭހެން އެދުވަހު އަހަރެން ނަވާ ގާތު ޒަކީބެ ގެ ވާހަކަ ދެއްކިކަން.. އަހަންނަށް މީހެއްގެ ހިލަން ވެގެން ބަލައިލިން .. އޭރު ދައްތަ ނުކުމޭ ވަރަށް އަވަސް އަވަހަށް.. އޭގެ ފަހުން އަހަންނާ ދޭތެރޭގަ ވަރަށް ބޮޑަށް ވަކިން ފަރުވާތެރިވި.. އަހަރެން ޕޭރެންޓްސް އަކީ ކޮންބައެއްކަން އެނގުނީމަ ކަންނޭގެ ދޯ.. އެންމެ ކުރިން ވެސް ރަނގަޅު ވަރަށް ..އެކަމް އެދުވަހުން ސުރެން ވަކިން ފާހަގަ ވި..ރިހާމް އައީ ދެދުވަހު އެންނު އަހަރެން މިގެޔަށް އައި ފަހުން.. އެދެދުވަހު ދައްތަ އާ ޒަހުރާން ދޮންބެ ކޮންމެ ފަހަރަކު ވެސް އަހަރެން ފޮރުވި ..ކޮޓަރީގަ އިހަށް މަޑުކޮށްލަން ބުނެފަ..
” އާނާ ދައްކަމުން ދިޔަ ވާހަކައިން ނަވާރް ހައިރާންވެފައި ބަލައިލެވުނެވެ. ނަވާރް އަށް ނޫރާގެ އަމަލްތައް ހުރިގޮތާއި މެދު ވިސްނާލެވުނީ ދެނެވެ. ދުވަހަކު ވެސް ދެމީހުން އެކަނި ބޭރަށްދާން ނޫރާ އެއްބަހެއް ނުވެއެވެ. ނޫރާ ފަހަކަށް އައިސް ނަވާރް ގާތުގައި އާނާ އަށް ރަނގަޅަށް ކަންތައް ކޮށްދީ ކުރިޔަށް ވުރެން ގިނައިވަގުތު އެކުގައި އުޅުމަށް އެބުނީ އާނާގެ އާއިލާއެނގުމުން ބާއޭވެ. އަދިވެސް ނަވާރްގެ ހިތާ ސިކުނޑި ވަނީ އެތައް ސުވާލަކުން ފުރިފައެވެ. “އެހެންވެ ތާ ދޯ މަންމަ ފަހުން ފަހުން އަހަރެން ކާރީގަ ވަރަށް ގިނައިން ބުނާނެ.. އާނާ އާއެކު ގެއިން ބޭރުގައި އުޅޭ އިރު ވެސް އާނާ ބަހައްޓާފައި އެންމެ ފަހަރަކުވެސް ދުރަށް ނުދާން..” ނަވާރް އަށް ބޮލުގައި އަތް ޖައްސާލެވުނީ ދެން އިތުރަށް ވިސްނަންވީ ކޯއްޗެއް ކަން ނޭނގޭ ހިސާބަށް ދިއުމުންނެވެ. “ޔާ އެހެންވެ އެ..  އާނާ މިކިޔާދެނީ އަހަރެންގެ ލައިފް ބަދަލް ކޮށްލި ވާހަކަ.. އަހަންނަކީ ވެސް ނަވާ ތިއުޅޭހެން ހަމަ މިނިވަންކަމާއު ވަރަށް އުފަލުން މަންމަ މެންނާއި އެއްކޮން އުޅުނު މީހެއް .. ހާއްސަ ކޮން ދޮންބެ.. ވަރަށް ރަނގަޅަށް ނަވާއަށް އެނގޭނެ އަހަރެން ދޮންބެ އާ ކްލޯޒް ވަރު.. އެއީ މިދުނިޔޭގެ އެހެން އެކަކަށް ވެސް ބަރޯސާ ނުވާރަށް ބަރޯސާ ވި މީހާ.. އެއަށް ވުރެން މުހިންމު އެއަށް ވުރެން ލޯބިވާ އިތުރު މީހެއް ނެތް… އެ ހަމަ އެންމެ ބެސްޓް.. މަންމަ ދެކެ ވެސް ވަރަށް ލޯބިވޭ އެކަމް ކަންކަމުގަ މަންމައަށް ވުރެން ދޮންބެ ގާތައް އެންމެ ފުރަތަމަ ވެސް ދުއްވައިގަނެވެނީ.. އެހެން އުޅެމުން އައީ.. އެހުރިހާ ކަމެއް ވެސް ބަދަލް ވީ އެންމެ ދުވަހަކު ..ލޯބިވާ މަންމަ އާއި ލޯބިވާ ދޮންބެ ދޫކޮށްލަން މަޖުބޫރުވީ ..އެދުވަހަށް ފަހު..” އާނާ ފެންކަޅިވެފައި ހާލު އެ ވާހަކަ ތައް ކިޔައިދެމުން ދިޔައިރު ނަޥާރް ގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ އާނާގެ ވާހަކައަށެވެ. އާނާގެ ދެލޮލުގައި ބަބުޅަމުންދިޔަ ފެންތިކިތައް ފެނި ހިތައް އަސަރުކޮށްގެން ނަވާރް ދޭތެރެއަކުން ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލައެވެ. “އަހަރެން އާންމުކޮން ސުކޫލުން ނިމޭނީ އިރުއޮއްސި ހައެއް ޖަހާއިރު.. ބައެއް ގަޑިތައް ކެންސަލް ވެގެން އެދުވަހު ހަވީރު ހަތަރެއް ޖަހާކަށް ހާއިރު ސުކޫލުން ނިމިގެން ގެޔަށް ދިޔައީ.. މަންމަ އާއި ދޮންބެ ވީ ދޮންބެ ގެ ސްކޫލް މީޓިންގް އެއްގަ..ދޮންބެގެ ލާސްޓް ޔާރ އެހެންވެ ވަރަށް މީޓިންތައް ވެސް އޮތް އެދުވަސްކޮޅު.. ދެން އަކްރަމްބެ އާއި އެހާ ކަނެކްޝަން ރަނގަޅެއް ނުވާނެ އަހަރެމެންނެއް.. މިބުނީ ދޮންބެ އާއި އަހަރެންގެ ވާހަކަ.. އެކަމްވެސް ބޭބެ ދާނެ ބަލާ ބައެއް ދުވަސް ދުވަހު … އެދުވަހު ވީ އޭނަވެސް ބިޒްނެސް މީޓީން އަކަށް ހުޅުމާލެ ދާންޖެހުނު ދުވަހަކަށް…. އެހެންވެ މަންމަ ކައިރީގަ ގުޅާފަ ބުނިން ގެއަށް އެކަނި ދާ ވާހަކަ .. ގޭގަ އުޅޭ ޑްރައިވަރު ފޮނުވަންތޯ އެހީމަ ވެސް ހިނގާލާފަ ދާން ބޭނުންވެގެން އެދުވަހު އަހަރެން ދެކޮޅުހެދީ…އެކަމް ގެޔަށް ގޮސް ވަންތަނާ އަހަންނަށް އިވުނީ މިހާތަނަށް އިވުނު އެންމެ ނުބައި ހަބަރު.. އެތާގަ.. އަހަރެންގެ އަމިއްލަ ގޭގެ ސޯފާގަ އެހާ އޯޕެން ކޮށް އެމީހުން ތިބެގެން އެހެން ކީ އެއްވެސް ޖެހިލުމެއް ނެތި އެއްވެސް ބިރެއްނެތި…އެދުވަހު ސުކޫލުން އަވަހަށް ނިމިގެންގެޔަށް އާދެވުނީ ވެސް އެ ހަގީގަތް އެނގެން ކަންނޭގެ.. އަހަރެންނަށް ހީވީ އަހަރެންގެ ކަންފަތް ބައްވި ހެން.. ދުވަހަކު ވެސް އެހާ ބިރެއް ނުގަނޭ… ކިތަންމެ ފިލައިގެން ހުއްޓަސް ޝޮކް ޖެހުނު ވަރުން އަހަންނަށް ކުރެވުނު ކަމަކުން އެމީހުންނަށް އަހަރެން ފެނުނީ … ބޮޑު ސިންގާ ތިން ފިރިހެނުން ތިބީ .. އެމީހުން ކާރީން އަހަ.. އަހަރެން ކިހިނެތް ސަލާމަތް ވާނީ..” އާނާ އަށް ރޮވިއްޖެއެވެ.
މޫނުމަތީގައި އަތްއަޅާއިގެން އިން އިރު އަޑު ބޭރު ނުވިއަސް ރޮނީކަން ހާމަ ވީ އެ ހިމަ އިނގިލިތަކު ތެރޭން ބޭރުވަމުން ދިޔަ ފެންތިކި ތަކުންނެވެ. ނަވާރްގެ ކެތްތެރިކަން ކޮޅުން ލާ ގޮތް ވިއެވެ. އެމީހުން އާނާ އަށް ކަމެއް ކުރިބާ އޭ ހިތައް އަރާ ބިރުން ހިތް ތެޅެން ފެށިއެވެ. އެތަކެއް ސުވާލެއް ކުރެވުނެވެ. “އެމީހުންނަށް އަހަރެން ފެނުނީމަ ދުއްވައިގަތީ ހައިވެފައި ތިބި ޖަނަވާރުން ތަކެއް ހެން.. އަހަރެންގެ ގޭގަ އަހަރެން ލޯބި ކުޑަ އާއިލާ ހަލާކު ކޮށްލާފައި … އެމީހުންއެގޮތައް ލަދެއް ނެތި އަހަރެން ފަހާ ގަތީ… އަހަރެން ވެސް ދަބަސް ނަގާގެން ދުވެފައި ނުކުތީ ބޭރަށް .. ނުކުން އިރު ނުކުމެވުނީ މީހެއްގެ ކުރިމައްޗަށް… އެމީހާ އަހަރެންނަށް އެހީވީ.. އޭނާގެ ކާރުގައި ނުކުން އިރު ވެސް އެމީހުން ފަހަތުން އާދެ.. އަހަރެން ބުނިން އެންމެ ދުރަކަށް ގޮސް އެމީހުން ގެ ލޯމައްޗަށް ދުވަހަކު ވެސް ނުފެންނަ ހިސަބަކަށް ގެންގޮސްދޭން.. އެ ކާރުގައި އިން މީހާ ކައިރިގަ އަހަރެން ބުނިން އެންމެ ސާދަ އަހަރޭ .. އަށާރަ އަހަރު ނުވަންޏާ ކުޑަކުދިންގެ ހިޔާއަށް ދެވޭނެ ނޫން ހޭ.. އޭނާ ވަރަށް ދެކޮޅު ހަދާފަ ވެސް އެތަނަށް ލައިދިން .. އޭނާއަށް ވެސް އަހަރެން ފަޙާ ދުވަމުން އައިމީހުން ފެންނާނެ… އެހެންވެ އޭނާ ވެސް އެންމެ ރައްކާތެރި ތަނަކީ އެއީ ކަމަށް ހީވެ އަހަރެން އެތަނަށް ލީ..އެދުވަހުން ދުވަހަށް އެކަން ކުރަން ފަސޭޙަ ވީ އޭނާ އެތަނާ ކޮންމެވެސް ވަރަކަށް ކަނެކްޝަން ހުރީމަ ކަންނޭގެ.. ކޮންމެ ގޮތެއް ވިޔަސް އެތަނަށް އެދުވަހު ނުދެވުނު ނަމަ މިއަދު އަހަރެން މިހެން ފެންނާކަށް ނުހުންނާނެ.. ހުރިހާ ޝުކުރެއް އޭނާއަށް” އާނާ ކިޔަދީ ނިމިގެން ނަޥާރްއަށް ބަލައިލި އިރު ވެސް ދެލޮލުން ފައިބަމުން ދިޔައީ ތާޒާ ކަރުނައެވެ. ނަވާރް އިނީ ހުއްޓުން އަރާފައެވެ. މި އިވިގެން ދިޔަ ވާހަކަތަކުން އޭނާ ރަނގަޅަށް ވެސް ޝޮކް ޖެހިއްޖެއެވެ. ނަމަވެސް އެދުވަހު އާނާ އެ ފިޔަވަޅު ނެގިކަމަށްޓާކައި ނަވާރް އުފާވިއެވެ. ނަވާރް އަތުގެ ނުފުށުން ދެލޮލުގެ ކައިރިން ފޭދެމުން ދިޔަ ކަރުނަ ތިކިތައް ފުހެލިއެވެ. އާނާގެ ހިތްވަރުގަދަ ކަން ފެނި ހިތުގައިވެސް ޖެހުނެވެ. “މައި ލަވް.. އޫ އާ ސޯ ބްރޭޥް..އޭރު ނާނާ އެހާ ބޮޑެއް ވެސް ނޫން އެކަމް ވަރަށް ހިތްވަރުގަދަ.. މާޝާﷲ.. ނާނާ… ކޮންބައެއް އެނގެއިން ފެނުނީ ..ކޮން ކަންތައް ތަކެއް އެނގުނީ.. ” ނަވާރް ގެ ސުވާލުން އާނާ އަށް ތެޅިގަނެވުނެވެ. ނިތުން ދާ ތިކިތައް ވިދައިލީ ވަކި ހެނެއް ބަލައިފަކާ ނޫނެވެ. އާނާ އެއްޗެއް ނުބުނެ ގިނައިރުވާންފެށުމުން ނަވާރް އަހައިލީ ޒަކީން އާއި ގުޅުމެއް ވޭތޯއެވެ. “..އެ..އެ..އެކަމަކާ ޒަކީން ބެއަކާއި ނެތް ގުޅުމެއް ތި..ތި ސުވާލަށް އަހަރެން ރެޑީ އެއްނޫން .. އެއީ ނަވާ ވިސްނަން ޖެހޭ ކަމެއް ނޫން..ކޮންމެވެސް ދުވަހަކުން އެކަމަށް އަހަރެން ތައްޔާރުވުމުން ކިއައިދޭނަން އިންޝާﷲ.. ޒަކީންބެގެ ވާހަކަ ނަވާގެ މަންމަ ގާތު އަހާލަ .. ކުރިން ބުނިހެން މަންމަގެ ފަރާތުން ޖަވާބެއް ނުލިބިއްޖެޔާ ބުނެލަ.. ” މަޑުތުރުތުރެއް އަޅަމުން ދިޔަ އާނާ ވާހަކަ ހުރި ގޮތުން ނަވާރް އަށް ބަލައިލެވުނީ ޝައްކުގެ ނަޒަރަކުންނެވެ. އާނާ އަދިވެސް ބޮޑު ކަމެއް ސިއްރު ކުރަމުން ދާ ކަމަށް ނަވާރް ގެ ހިތް ބުނަމުންދިޔައެވެ. ޒަކީންގެ މަރުގެ ވާހަކަ، އެދުވަހު ކިއައިދިނީ އޭނާއަށް އެނގޭ ގޮތަކަށް ކަމަށް އާނާ ބުނި ނަމަވެސް މިއަދު ނޫރާ ގާތު އަހަން އެބުނީ ކީއްވެ ހެއްޔެވެ. އަދި އެވެސް ނޫރާ ގާތުން ޖަވާބު ނުލިބިއްޖެނަމަ އަނބުރާ އާނާ އާއި ސުވާލް ކުރުމަށް ބުނެފައެވެ. ނަވާރް އަށް ވިސްނާ ވިސްނާވެސް ދެން ހަދަން ވީ ގޮތެއް ފަހުމް ނުވިއެވެ. “ނާނާ ކޮބާތަ މަންމަ އާއި ދޮންބެ.. ކީއްވެތަ އެވަރު ވީ އިރުވެސް އެމީހުންގެ ގާތަށް ނުދެވުނީ..” މިހުރިހާ އިރު އުނދަގު ކުރަމުން ދިޔަ ސުވާލް ނަވާރް ކުރިއެވެ. އަނގައިން ބަހެއް ނުބުނެ އާނާ ދިޔަ ގޮތަށް ގޮސް ނެގީ ދުރުގައި ޗާޖަށް ޖަހާފައި އޮތް އޭނަގެ ފޯނެވެ. އާނާ ފޯނު ނަގާ ހުޅުވާލަމުން ތުންފަތުގައި ދަތް އެޅުނީ ފޯނުގައިވާ ތަކެތި ނަވާރް އަށް ދައްކަން ވީބާ އޭ ހިތައް އަރާ ހާލުގައިއެވެ. ދެފިކުރެއްގައި ހުރެ ފޯނު ދައްކާލިއެވެ. އާނާގެ ފޯނު ދައްކާލި މެސެޖްތަކުން ނަވާރްއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު އެއްޗަކުން ޖަހައިލި ހެންނެވެ. ދެލޯ ބޮޑުކޮށްލަމުން ނަވާރް އާނާގެ އަތުން ފޯނު އަތުލަމުން އެތައް ފަހަރަކު އެ މެސެޖްތައް ބަލަމުން ދިޔައެވެ. ޕްރައިވެޓް ނަމްބަރަކުން ކޮށްފައިވާ އެތައް މެސެޖެކެވެ. އެތައް ބައިވަރު އިންޒާރެކެވެ. ޔަޒަން މަރާނެކަމުގެ އިންޒާރެވެ. މިލީނާ މަރާލާނެ ކަމުގެ އިންޒާރެވެ. އެމީހުންނާ ދުރުގައި ނުހުރެފި ނަމަ ޖަލުގައި ހުރި ޔާމީންގެ ދުވަސް ދުއްވާލާނެ ކަމުގައިއެވެ. އެތަންތާގެ އިސްވެރިންނަށް ތިބީ އެމީހުންގެ ބާރު ފޯރާ ފަދަ މީޙުން ކަމަށް ބުނެއެތައް ބައެއް މަރާފައި ހުރި ފޮޓޯތައް ވެސް ފޮނުވާފަ ހުއްޓެވެ. ނުހަނު އަނިޔާވެރިއެވެ. ގައިން ހީބިހި ހަލުވާލައިހާ ބިރުވެރިއެވެ.
“މިއީ އަހަރެން ސިއްރުން ފޮރުވިގެން އުޅެން ޖެހިފައިވާ ރީޒަން..މިއީ ނަވާ.. ތި ނޭނގިގެން އުޅޭ ކަންތައް..އަހަންނަށް ފާރަލާކަން ވެސް އެނގޭ .. މިހުރިހާކަމެއް މިހެން ހުރީ.. ދެން ކިހިނެތް ދާން ..ދެން އިތުރަށް އަހަންނާ އެއްވެސް ސުވާލެއް ނުކުރޭ…ޖަވާބު ދެވޭނެހޭ ހިތް ވަރަށް މިހަށިގަނޑަކު ނެތް  …އަހަންނަކީ ވަރަށް ނަސީބު ދެރަ މީހެއް…” ނުރޯން ކެތް ކުރަމުން ދިޔަ ނަމަވެސް އާނާ އަށް ގިސްލެވެން ފެށުނެވެ. ނަވާރް އަށް އެ މަންޒަރު ބަލަން ކެތެއް ނުވިއެވެ. އާނާގެ ގައިގާ ބައްދާލި އިރު ނަވާރްގެ އަށް ދިއައީ ރޮވެމުންނެވެ. ކިތަންމެ ކެތްގަދަ މީހަކަށް ވިޔަސް އާނާ ރޮމުން ދިޔަ ގޮތުން ހިތައް އަސަރު ނުކޮށް ނުދާނެ އެވެ. އާނާ އެ ތަހައްމަލް ކުރީ ހާދަ ބޮޑުކަމެކެވެ.
“ޕްލީޒް ނަވާ..ކަށްވަޅަށް ދާން ދެން ވެސް މި ސިއްރު ، ސިއްރެއްގެ ގޮތުގައި ބާއްވައިދީ.. މި ވާހަކަ ދެއްކީމަ ގެއްލުންވާނީ ނަވާއާއި ނަވާގެ މުޅިއާއިލާއަށް..ހެއްކެއް ނެތި އެއްވެސް ކަމެއް ގަބޫލެއް ނުކުރާނެ.. މި މެސެޖްތައް ދެއްކި ނަމަވެސް އެމީހުންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ..މިބުނީ ޖަސްޓިސް އެއް ނުލިބޭނެ.. މާ ބާރުގަދަ ބައެއް އެ.. މިއިން އެއްވެސް ކަމެއް މީހެއްގެ ކަންފަތާއި ހިސާބަށް ދާކަށް އަހަރެން ބޭނުމެއް ނޫން… އަހަންނަށް ކަމެއް ވިޔަސް ނަވާ މިކަންތައް ހޯދަން ނޫޅޭތި.. މިހާރު ތިއުޅޭ ހެން ހަމަ ހެޕީ ކޮން އުޅޭ.. މީހަމަ ނަވާއަށް ހެޔޮ އެދޭ އެންމެ ގާތް އެކުވެރިޔާގެ ހައިސިއްޔަތުން ބުނާ ވާހަކައެއް.. ހެޔޮނުވާނެ މިކަމަށް އެއްބަސްވޭ..”އާނާ ކަރުނަތައް ފުހެމުން ބުނެލިއިރު އެދެލޮލުގައި އެތައް ހާސް ޝުއޫރުވިއެވެ. އާނާ ނަވާރްގެ ތެފައި ދޮށަށް ތިރިވެލަން ދެފައިގާ އަތްލީ އާދޭސް ކުރާފަދައަކުންނެވެ. ނަވާރް ވަގުތުން ދުރަށް ޖެހިލަމުން އާނާގެ ގާތުގައި އިށީންދެވުނެވެ.
“ނާނާ ތިކަހަލަ ވާހަކަ ނުދައްކާ .. ނާނާ އަށް އެއްވެސް ކަމެއް ނުވާނެ އިރާދު ކުރެއްވީތީ.. އަހަރެން ދުވަހަކުވެސް ނުކިޔާނަން .. އަވަހަށް ހުއްޓާލާ… ތިހެން އާދޭސް ކުރީމަ އަހަންނަށް ވަރަށް އަސަރު ކުރޭ .. ދެމީހުން ކިޔަވާ ނިންމާފަ އެއްކޮން މިކަމާއި ސޮލިއުޝަން ހޯދަން މަސައްކަތް ކުރާނީ… އަހަރެން އަބަދުވެސް އެންމެ ގާތް އެކުވެރިޔާ އާ ގާތުގަ ހުންނާނަން .. އެންމެ ގާތުގަ.. ” ޔަގީންކަމާއިއެކު ނަވާރް ބުނެލި އިރު އާނާގެ ކަރުނަތައް ދެއަތުން ފުހެލިއެވެ. ނަވާރް ނޫރާ ގާތުން ޒަކީންގެ މަރުގެ ވާހަކަ ހަމަ މިއަދު އެހުމަށް ނިންމި އެވެ. ނަމަވެސް އިތުރަށް އާނާގެ ގާތުގައި އެއްވެސް އެއްޗެއް ނޭހުމަށް ހިތާހިތުން ވައުދުވިއެވެ. އެވަގުތު  ވީ ނަވާރް ހޯދުމަށް ނޫރާ ވެސް އައިވަގުތެވެ. ނޫރާ ގޮވައިލުމުން އެބަ އަންނަން ކަމުގައި ބުނެ ނަވާރް ދިޔުމުން އާނާ ވެސް އެނދުގައި ޖައްސާލިއެވެ. އެހެން އޮތްވާ ނަމްބަރަކުން އޭނާއަށް ގުޅަން ފެށިއެވެ. ޕްރައިވެޓް ނަމްބަރަކުން ގުޅަން ފެށުމުން އާނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ހަލަބޮލި ކޮށްލިއެވެ. ތެޅެމުން ދިޔަ ހިތް ހަމަޔަކަށް އަޅުވާލަމުން ފޯނު ނެގީ އެމީހަކު ފަސްވަން ފަހަރު ގުޅަން ފެށުމުންނެވެ.
“އާނާ.. ނެގިއްޖެ ދޯ ފޯން… ލައްކަ ދުވަހު ފިލާގެން އުޅެ ފީމެންނު.. ކަލޭ ހީކުރީ ތި ގަންނަ ގަނޑު އަހަރެމެންނަށް ނޭނގޭ ކަމަށްތަ… ފުރަތަމަ ދުވަހު ވެސް ބުނިން ހަމަ ޖެހިގެން އުޅެން ބޭނުމިއްޔާ އަނގަ މައިތިރި ކުރާށޭ.. ނީވުނެއްނު..ޖެހޭތަ އެ މަންޖެއަށް ކިޔާދޭން..  ދެން ބަލާ ހަދާ ގޮތް ..” އާނާގެ އަނގައިން ބަހެއް ބޭރު ނުވަނީސް އެކޮޅުން ފޯނު ކަނޑާލައިފިއެވެ. ނުހަނު ބަރު އަޑެކެވެ. ބިރުން ހަލާކުވާފަދަ ވާހަކަތަކެއް ދެއްކުމަށްފަހު އެކަނޑާލީއެވެ. އޭނާ އެތައް ފަހަރަކު ހަލޯ އޭ ގޮވިއެވެ. އޭރު  އާނާ އަށް ރޮވެމުން ދިއައެވެ. ބިރާއި ސިހުމާއި އެކު ހަނދާނެ ގޮތްހުސްވެފައި އިން އާނާގެ ފޯނަށް، އިރުކޮޅެއް ނުވަނީސް ފޮނުވާފަ އިން ފޮޓޯ ފެނި އޭނާއަށް ހީވާ މުޅި ދުނިޔެ ވެސް އެނބުރިގެން ދިޔަހެންނެވެ. ” މީ އަދި ކުޑަވަރެއް… އެ މަންޖެ މަންމަގެ ގާތުން އިތުރަށް އަހާފިއްޔާ ކަލޭގެ ވަސް ވެސް ފިލުވާލާނަން.. އަވަހަށް ދޭ …ގޮސް ހުއްޓުވާ .. ލާސްޓް ޗާންސް” އެ ފޮޓޯގެ ތިރީގައި ލިޔެފައި މެސެޖް ކިއާލިއިރު ފޮޓޯގައި ވަނީ ރަހުމެއް ނެތި ޔާމީން އަށް އަނިޔާ ކުރާ މަންޒަރެވެ. ލޭފައިބަމުން ދިޔައިރު ވެސް އެމޫނުމަތިން އޭނާގެ ކެތްތެރިކަން ފެނެއެވެ. އެތައް ދުވަހަކަށް ފަހު ލޯބިވާ ބައްޕަ ފެނުމުން އެހިތް ރޯލިއެވެ. ދެލޮލުން އައި ކަރުނަތައް ފުހެލާފައި އާނާ ހިނގައިގަތީ ނަވާރް ހޯދުމަށެވެ. ނޫރާގާތު، ނަވާރް ޒަކީންގެ ވާހަކަ އެހުން ހުއްޓުވަން އެބަ ޖެހެއެވެ. އެހެންނޫންނަމަ ގެއްލިގެންދާނީ ލޯބިވާ ބައްޕަގެ ފުރާނައެވެ. އާނާ ނުކުން އިރު ސޯފާގައި އިނދެގެން ނަވާރް ދިޔައީ ނޫރާ އާއި ސުވާލު ކުރަމުންނެވެ. ޒަކީންގެ މަރާއި ބެހޭގޮތުންނެވެ. އެމީހުން ދައްކާ ވާހަކަ އިވޭނެހެން އާނާ ނިވާވެލީ އެމީހުންނަށް ނުފެންނާނެ ހެންނެވެ. އާނާ ބަލައިލި އިރު ނަވާރްގެ ސުވާލްތަކުން ނޫރާގެ ހުދުވެފައިވާ މޫނު ފެނި އާނާގެ ހިތުގައި ހަމްދަރްދީ އުފެދުނެވެ. އެތައް ސުވާލެއް ނޫރާ އާއި ކުރަމުން ދިޔަ ނަމަވެސް ޖަވާބެއް ނޫރާއަކަށް ނުދެވުނެވެ. އެހެން ހުއްޓާ ޒަހުރާން އަންނަ ތަން ފެނުމުން އާނާ އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ. ދެން ވާނެ ގޮތަކާއި ދޭތެރޭގައި ވިސްނި މުޅި ކުއްޖާ ބިރުން ރޫރޫ އަޅާމުން ދިޔައިރު ވެސް ކެތްތެރިވެލައިގެން އިނުން ނޫން ގޮތެއް މިއަދަކު ނެތެވެ. ތަންކޮޅެއް ލަސްވީއެވެ. ނަވާރް އަށް ކިއައި ނުދެވުނު ނަމައޭ ހިތައް އަރަމުންދިއައެވެ. އެހެން އިންދާ އިރުކޮޅަކުން އަނެއްކާ ވެސް މެސެޖެއް އައެވެ. “..ކީއްވެތަ ނުހުއްޓުވުނީ…ފުރުސަތު ދިނިން …މިފަހަރު ނެތް ސަލާމަތެއް … މަރަށް އިންތިޒާރު ކުރޭ.. ކަލޭގެ ސަބަބުން އެ މަންޖެ މަންމަގާތު އެހީ އަހަން ނުޖެހޭ އެއްޗިހިން… މަށައް ސިއްރުން ކަމެއް ކުރަން ހިތައް ނާރުޥާތި..މަށާ ސިއްރުން އެއްވެސް ކަމެއް ތިގެއަކު ނުހިނގާނެ..ހަނދާންކުރާތި” އާނާ ބަލަ ބަލާ އިންދާ ކުރިން ފޮނުވި ފޮޓޯ ޑީލީޓް ކޮށްލިއެވެ. އާނާއަށް ދެލޯ މަރައިލެވުނެވެ. ނަމަވެސް އެމީހަކު އަބަދުވެސް އެގޮތަށް ޑިލީޓް ކުރާނެކަން އެނގޭތީ އާނާ ” ސްކްރީން ޝޮޓް” ނެގިއެވެ. އެމީހަކަށް އޭނާ، ނަވާރް އަށް ކިއަދިން ކަން އެނގުނީ ކިހިނެތް ހެއްޔެވެ. އާނާ ކުއްލިޔަކަށް ހަނދާން ވީ ކުރީ ރޭ އޭސީ ހަދަން މީހަކު އައިވާހަކަ ނަވާރް ބުނިކަމެވެ. އެމީހާ އުޅުނީ ވަރަށް ފާޑަކަށޭ ނަވާރް ބުނި ހަނދާން ވެސް ވީ އެވަގުތެވެ. އާނާ ދުއްވައިގަތީ އެއްވެސް ކަހަލަ ބަގެއް ނުވަތަ ކެމެރާ އެއް ވިޔަސް ފެނޭތޯ އެވެ. *** “މުރާދު … ކޮބާ ރެޑީ ވެއްޖެ ތަ.. މިހާރު އެ އަންނަނީ އެނގޭ..ކާކު ދިއައީ ބަލާ.. ކޮބާތަ ޔަހްޔާ އާއި ނަފީސާ…ޔާސީން.. ޔާސީން ..ޔާސީން…” ގޭގަ ގެންގުޅޭ މީހުންނަށް މިލީނާ ގޮވަމުން ދިއައިރު ފަހަރަކު މީހަކު އަންނަމުން ދިޔައެވެ. “މެޑަމް.. ޝާކިރް ސާރ ދަނީ ބޮޑު ސާރ ބަލާ..ޔާސީން ދަނީ ބާޒާރަށް .. މުރާދު ޝެފް ކާރީ.. ” ނަފީސާ ބުނެލިއިރު ކައިރީގަ ޔަހްޔާ ވެސް އަދަބް ވެރިކަމާއެކު ހުއްޓެވެ. އޭރު މުރާދުވެސް އަންނަތަން ފެނެއެވެ. ނަފީސާއާއި ޔަހްޔާ އަކީ ގޭގެ ހުރިހާ ތަނެއް ސާފްކޮށް ބަލަހައްޓަން އުޅޭ ސްރީ ލަންކާ މީހުންނެވެ. ޔާސީން އަކީ ގޭގެ ހުރިހާ ބާޒާރެއް ކުރަން އުޅޭ ޕާކިސްތާން ރައްޔިތެކެވެ. މުރާދު އަކީ އެގޭގެ އެންމެ ގިނަ ދުވަސް ވީ މަސައްކަތު މީހާއެވެ. ގޭގެ ހުރިހާ ކަމެއް ބަލަހައްޓައި ހުރިހާ ނޯކަރުންގެ ކަންކަން ހަވާލް ކޮށްފައި ވަނީ އޭނާ އާއި އެވެ. އޭނާއަކީ އިންޑިޔާ ރައްޔިތެކެވެ. “އޯކޭ މައްސަލަ އެއްނެތް..  ހުރިހާ ކުދިން ވެސް އެބަ ތިބި ދޯ.. ހުރިހާ ކުދިންނަށް ވެސް އެނގޭދޯ  ބައްޕަ އަންނަ ކަން.. ވަރަށް އަދަބް ވެރިކޮން އުޅުއްވާނީ.. ހުރިހާ ކުދިން ވެސް ވިސްނައްޗޭ.. އެނގޭ ދޯ ބައްޕަގެ ގޮތް..” މިލީނާ ހިނިއައިސް ހުރެ ވާހަކަ ދައްކަމުންދިޔައިރު އެންމެ ފަހު ޖުމްލަ ތަންކޮޅެއް މަޑުން ބުނެލިއެވެ. އޭރު އެހަތަރު މީހުންގެ މޫނުމަތިން ވެސް ޖެހިލުން ވުން ފެނިގެން ދިޔައެވެ. “ހާސް ނުވޭ މެޑަމް މިހުރީނު..” މިލީނާ ހީލާފައި ބުނެލީ ނުހަނު ގާތް ގޮތަކަށެވެ. އޭރު އެމީހުންގެ މޫނުތައް މަތިން ހިނިތުންވުން ފެނިލިއެވެ. މިލީނާ އާ އަކުރަމް އެމީހުންނަށް ރަނގަޅުކަމުން އެމީހުންގެ ހިތްތަކުގައި މިގެއަށް ވެސް ނުހަނު ބޮޑު ލޯތްބެއް ވަނީ އުފެދިފައެވެ.
މިއަދަކީ އިނގިރޭސިވިލާތުގައި އުޅޭ މިލީނާގެ ބައްޕަ ޝަހުރޫޒް ދުވަސްކޮޅަކަށް ހުރެލުމަށް އަންނަ ދުވަސްކަމުން ގޭތެރޭގައި ގެންގުޅޭ މީހުންވެސް އުޅެނީ ނުހަނު އަތްމަތި އަވަސް ކޮށްލައިގެންނެވެ.  އޭނާ އަކީ މިޒާޖުގައި ނުހަނު ބޮޑާ ކިބުރުވެރި ގޮތެއް ހުންނަ މީހެކެވެ. ކޮންމެ ކޮންމެ ގޮތަކަށް އުޅެގެން އޭނާގެ ކައިރީގައި ކަމަކު ނުދެއެވެ. މިޒާޖުގައި ނުހަނު އަބުއި ގޮތެއް ހުރެއެވެ. ގޭގެ ގެންގުޅޭ ނޯކަރުންނާއި ދޭތެރޭގައިވެސް ކަންތައް ކުރަނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. ކިރިޔާ ކަމެއް ވެލާއިރަށް އެންމެ ނުބައިގޮތައް ބަވާލައެވެ. ނޯކަރުންގެ ފެންވަރު ދައްކަމުގެ ވާހަކަ އާއި އަހުލާގެއް ނެތޭ ކިޔާގެން އަބަދުވެސް އެއިން މީހަކު ފެނިއްޖެޔާ އިއްވަން ކޮންމެވެސް އެއްޗެއް ބުނެލައެވެ.  ކިތަންމެ ރަނގަޅަށް ކަންތައް ކުރިކަމުގައި ވިޔަސް ޝަހުރޫޒް އަބަދުވެސް އޭނާގެ ބޮޑާކަން ދައްކާލައެވެ. މިލީނާގެ ފަހަތުން އައިސް ހުއްޓު އަކުރަމް ގެ މޫނުމަތިން ތާޒާކަން ފެނެއެވެ. ހޮނިހިރު ދުވަސް ކަމުން މިއަދު އޭނާ ވެސް ގޭގަ އުޅޭ ދުވަހެކެވެ. އަކުރަމް އަށް މުރާދު ގެނެސްދިން ކޮފީތަށި ހިފައިގެން ގޮސް ލިވިންގް ރޫމް ސޯފައިގާ ޖައްސާލިއެވެ. ފަހަތުން މިލީނާ ވެސް އައިސް ޖައްސާލިއެވެ. “ހާދަ ބޮޑު ދުވަހެއް ހެން ހީވެއޭ..ހާއްސަ މެހެމާނަކު އަންނަނީތަ.. ޒޭން ވެސް އިއްޔެ ކްލާސް ކުއްޖެއް ނިއާވުމުން ދެދުވަސްފަހަށް އެންމެ ފަހުވަގުތު ޓިކެޓް ލަސްކޮށްލީއެންނު..” އަކުރަމް ތުމުގައި ކޮފީތަށި ޖައްސާލަމުން އަހައިލިއެވެ. މިލީނާ ޖަވާބެއް ނުދީ އިސްޖާހުމުން އަކުރަމް އޭނާއަށް ގޮޥާލިއެވެ. މިލީނާއަށް ތުންފަތުގައި ދައިގަނެވުނެވެ. ޖަވާބް ދޭން އަނގަހުޅުވާލި ހިނދު ސާކިރްގެ އަޑު ޖެހިއްޖެއެވެ. އޭރު ޝާކިރް އާއި ޝަހުރޫޒް ވަދެއެވެ. އެމަންޒަރު ފެނި އަކުރަމް އަށް ކޮޅަށް ތެދުވެވުނެވެ. މިލީނާ އޭނާ ގާތު ކުރިން ނުބުނުމުން ޝަކުވާ ގެ ނަޒަރަކުން ބަލައިލިއެވެ. ޝަހުރޫޒް ފޫހިގޮތަކަށް އަކުރަމް އަށް ބަލައިލާފައި މިލީނާގެ ގާތައް ނިކަން ހިނިއައިސް ހުރެ ދިޔައެވެ. “މިލީނާ.. ދަރިފުޅާ ކިހިނެތްތަ.. ކޮބާ މަގޭ ޒޭން..މިއަދު ތަ އަންނަނީ..”  މިލީނާ ނުތަނަވެސް ވެފައި ހުރެ އަކުރަމް އަށް ބަލައިލަމުން އިށީންނުމަށް ލޮލުން އިޝާރާތް ކޮށްލިއެވެ. އަކުރަމް ވަގުތުން މަޖުބޫރުވެފައި ހުރި މީހެއްހެން އިށީންދެފައި ދުރުބަލައިލި ގޮތުން ހިތްހަމަ ނުޖެހިފައި ހުރިވަރު ހާމަވިއެވެ. “ބައްޕަ ކިހިނެތްތަ.. ޒޭން އަންނާނީ އަދި މާދަން… ކިހިނެތް އެކޮޅު ކަންތައް ..އެކޮޅުގަ ހުންނަ ކުއްޖާ ކިހިނެތްތަ”ޝަހުރޫޡް ސޯފާގައި އިށީންނުމުން މިލީނާ އަހައިލިއެވެ. އުމުރުން ފަސްދޮޅަސް އަހަރު ވީ އިރު ވެސް މީހާ ހުންނަނީ ނިކަން ޒުވާން ކޮންނެވެ. ބޮޑު މަތިމަހެއް ލާފައި ތުނބުޅިވެސް ދިގެވެ. ބޮލުގެ ދިގު އިސްތަށިގަނޑުވެސް އޮތީ ވޫލް އަކުން އައްސާފައެވެ. ނުރަ ޖަހާފައި ހުރީމާ ކަންނޭގެއެވެ. ބޮލާއި ތުނބުޅިވެސް އޮތީ ކަޅުކޮށްފައެވެ. ބިޔަ ހަށިގަނޑެއް ހުރި އިރު ލާފައިސް ހުންނަނީ ނިކަން މަޝްހޫރު ބްރޭންޑޭޑް އެއްޗިސްއެވެ. މިހާރުވެސް ލާފައި އެހުރީ ހޫޑީ އަކާއި ކަޅޫ ޖީންސެކެވެ. “ބައްޕަ ދެން އެކަހަލަ ގޮތެއް.. ނާވިލް ވެސް ރަނގަޅު ..އޭނާ ވެސް އޭނާގެ މަންމަ ގާތުގަ މިހާރު އުޅެނީ .. ދަރިފުޅާ ކުއްލިޔަކަށް މިހެން އައީމަ އުނދަގުވާނެދޯ … އަކުރަމު ތިހުންނަނީ ނިކަން ހިތްހަމަ ނުޖެހިފަ ދޯ ބައްޕަ އައީމަ..” ޝަހުރޫޒް ނިކަން ބޮނޑާ ގޮތަކަށް ހޭންފަށަމުން އަކުރަމް އަށް ބަލައިލި އިރު އަކުރަމް އިނީ އިން ގޮތައް ދުރު ބަލަހައްޓައިގެންނެވެ. “ދެންބައްޕަ ކިޔާ އެއްޗިސް.. ބައްޕަ އަޔަކަސް އުނދަގުލެއް ނުވާނެއްނު.. އަކްރަމް ވެސް ނާދެއޭ ރުޅިއެއް ..” ތަނުގެ ހަމަޖެހުން ގެއްލިދާނެތީ މިލީނާ އިނީ ބިރު ހީވެފައެވެ. ” އެހެންވެ އެންނު އެހުންނަނީ ބަލާ ވެސް ނުލާ… އަނގައިން ވެސް ނުބުންޏޭއްނު.. ހިތްހަމަ ނުޖެހިފަތަ.”  ޝަހުރޫޒްއަށް އަކުރަމް އަނގައިން ނުބުނީމަ އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވަނީ އަކުރަމްގެ މޫޑު ހަރާބުކޮށްލާށެވެ.
“ނޫނޭ ބައްޕާ.. ރުޅިއަކުން ނޫނޭ.. ކީއްވެ ހިތްހަމަ ނުޖެހެންވީ.. ހަމަ އަނގަހުޅުޥާން އުޅެނިކޮން މިލީނާ އެބުނީ.. ހިނގާ އެއްޗެއް ކާލަން..” އަކުރަމް ބޭނުން ވީ އެތަނުން އަވަހަށް ސަލާމަތް ވާށެވެ. އަވަހަށް ތެދުވަންނަނިކޮން ޝަހުރޫޒް އެކަން ހުއްޓުވިއެވެ. އޭނާގެ އެހުންނަ މިޒާޖަކުން އަކުރަމް ނިކަން ފޫހިވެއެވެ. އަބަދުވެސް އަކުރަމް އާއި ދިމާލަށް ވެސް އެއްޗެއް ނުބުނެ ނުހުރެއެވެ. ޝަހުރޫސްގެ ނުގަބޫލުގައި މިލީނާ އާއި ކައިވެނި ކުރި ދުވަހަށްފަހުން އަކްރަމަކީ ޢޭނާ ނުހަނުފޫހިވާ މީހެކެވެ. “ޙޫމް ދެން ހެވޭ.. ކަމަކު އޭނު މިތިބަ މީހުން މިތިބީ ބައިތިއްބާފަ.. އަނގަޔަށް ލާން ކެރޭ ކަހަލަ ކާއެއްޗެއް ހިފައިގެން އަންނާތި..ކަމެއް ކުރަންވެސް އެނގޭ ބައެއް ނޫނޭ” އެތަނުގައި އެމީހުންގެ އިޝާރާތަކަށް ހުރި ޔަހްޔާއަށް ޝަހުރޫޒް ބުނެލިއެވެ. އޭނާ ގޭގައި ގެންގުޅޭ މީހުންނާ ހުންނަނި ޖައްސާލާފަ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިލީނާ ވަގުތުން ޝަހުރޫޒަށް ބައްޕާއޭ ކިޔާ ގޮވާލިއެވެ.  ޔަހްޔާ ވެސް އެނބުރި ދަމުން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. ** ހުޅަނގު މޫސުމް ނިމި އިރުވާ މޫސުމުގެ ދުވަސްތައް ފެށިއްޖެއެވެ. ހެނދުނުގެ އެންމެ ހޫނުގަދަ ވަގުތެވެ. އެއާޕޯޓުން ނުކުން ތިން ޒުވާނުން ފެނި ގިނަބައެއްގެ ނަޒަރު  އެދިމާލަށް ހުއްޓިއްޖެއެވެ. އެންމެންގެ ނަޒަރު އެމީހުންނާ ދިމާލަށް ހުއްޓިފައި ހުރުމުން ޔަޒަން ހުރީ ރުޅިގަދަވެފައެވެ. އޭނާ އަބަދުވެސް މީހުންގެ ސަމާލުކަން ހުއްޓިއްޖެޔާ އުނދަގުވެއެވެ. ކައިރީގައި ރިހާމް އާއި ޒަޔާން ހުރިއިރު އެމީހުންނަށް މާ ބޮޑު ކަމަކަށް ވިހެންނެއް ހިޔެއް ނުވިއެވެ. ޔަޒަންއަށް ވެފައި ހުރިގޮތުން އެމީހުން ހެމުން ދިޔައެވެ. ތިންމީހުންގެ ތެރެއިން ވެސް ޔަޒަން އަށް ހުއްޓިފައިވާ ލޯތައް ގިނައެވެ. ކަޅު ޖީންސަކާއި  ކަޅު ކުލައިގެ އަތްކުރު ޓީޝާޓުގައި ނުހަނު ފިރިހެންވަންތައެވެ. ހާމަވެފައި އޮތް އަތުގެ މުލައްދަނޑީގައި ނާރުތައް އެތުރިފައިވާ ގޮތް ވެސް ބަލާފޫޙި ނުވާނެއެވެ. ކުރިއެކެ އެއްގޮތައް އޭނާގެމަޑު ރާޅު ބާނި ކަމެއް ހުރި އެހެނަސް ފަން އިސްތަށިގަނޑު ކޮނޑަށްވުރެން ތަންކޮޅެއް ކުރުކޮން އޮތެވެ.  ތުނބުޅި ދިގުކޮށް ހުރުމުން ވަރަށް ފިރިހެން ވައްތައެވެ. “ބްރޯ ހާދަ ކަޓާފަ އޭ ..ތިތަންކޮޅެއް ހަމަޖެހިބަލަ..މިސްޓާރ ޕާފެކްޓް އަހަރުންނާ އެކު ދަންޏާ ބަލާނެ ދޯ ދެން ..”ޔަޒަންގެ ކޮނޑާށް އަތްވައްޓަލަމުން ޒަޔާން ބުނެލިއިރު އެމޫނުގައިވަނީ ލާނެތްކަމެވެ. ރިހާމް ވެސް ޙޭންފަށަމުން އެހެންނު ހޭ ވާނީ ބުނެލިއެވެ. ޒަޔާން ދިގު އިސްކޮޅަކާއި އެންމެނަށް ވުރެން ދޮނެވެ. ދިވެއްސަކަށް ވުރެން ޖަހަނީ ބޭރު ވައްތަރެވެ. ކޮނޑާއިހަމައަށް ދިގު ކޮށްފައިވާ އިސްތަށިގަނޑުން އަދި އެހެން ހީވެއެވެ. ޔަޒަން އަނގަހަދާލަމުން އެންމެފުރަތަމަ ވެސް މިލީނާ އަށް ގުޅާލައިފާ އާދެވުން ވާޙަކަ ބުނެލިއެވެ.
އާނާ ކޮބައިތޯ ބަލަން އޭނާ އެންމެ ފުރަތަމަ ވެސް ހިތައް އައީ ނަވާރް ގެ ނަމެވެ.  ފޯނުގެ މެސެޖް ބަޔަށް ގޮސް ނަވާރްގެ ނަމްބަރަށް މެސެޖްބައިން އޮބާލިއެވެ. ޓައިޕިންގް ގައި އިނދެ ލިޔާނެ އެއްޗެކާ ދޭތެރޭގައި ވިސްނަމުން ގޮސް އެތައް އެއްޗެއް ލިޔެ ފުހެލައިފިއެވެ. ނޭނގުމުގެ ތެރޭގައި ނަވާރް މަތިން ހަނދާން ވުމުން ޔަޒަންގެ މޫނަށް ހިނިތުން ވުމެއް ވެރިވިއެވެ. ކުރީ ދުވަހު ޔަޒަން ހެދިގޮތުން ނަވާރް ހުންނާނީ ވެސް ލަދުގަނެފައޭ ހިތައް އެރުމުން އެހިނިތުންވުން ފުން ވެގެން ދިޔައެވެ. ޔަޒަން އެންމެ ފަހުން ޙޭ ޖަހާލައިފާ މެސެޖް ކޮށްލިއެވެ. އޭނާ ގެއްލިފައި ހުރިލެއް ބޮޑުކަމުން އެހެން މީހުން ގޮޥާ ކަމެއްވެސް ނޭނގެއެވެ. ޔަޒަން ރިހާމްއާއި ޒަޔާން ކޮބާތޯ ބަލައިލި އިރު ދެމީހުން އޭނާ އަށް ބަލަހައްޓައިގެން ހުރިތަން ފެނުނެވެ. ވާނުވާގައި ހުރެފައި ކިހިނެތްވީހޭ އަހާފަދައަކުން ޔަޒަން ބުމައަރުވާލިއެވެ. ކައިރީގައި ޒަހްރާން ކާރުގައި އައިސް ހުއްޓެވެ. “ބުރޯ މަށައް މި ވާހަކަ ދެއްކެނީ ތިއޮތް ކާރާތަ.. ހަމަނީވެނީ ތަ…” ރިހާމް ރާގެއްގައި ބުނެލި ގޮތުން ޔަޒަން ގާތައް ހިނިއައެވެ. ގޮވި ކަމެއް ނޭނގެއޭ ބުނުމުން ޒަހުރާން ވެސް ހޭންފެށިއެވެ. “އޭނާ އަތުގައި އޮތް ފޯނު ބަލާބަލަ .. މީހަކަށް މެސެޖް ކުރަމުން އައީ ހިނިއައިސް ހުރެ.. ޔަގީނޭ އަންހެން ކުއްޖެއް ކަން.. ދެން ކަލޭމެން ނަމަވެސް ހިޖުރަ އޮޅޭނަ ދޯ..”  ޒަހުރާން ދިމާ ކޮށްލަމުން ކާރުގެ ޑިކީ ހުޅުވާ ސާމާނުތައް ލާން ފެށިއެވެ. “އޭންން.. އޭނާ އަންހެން ކުއްޖަކާ.. ނޯ ވޭ… ދޮންބެ އައިނެއް އަޅަން ފެނޭ.. ތިހަމަ ހީވާ ގޮތް..އަންހެނެއް ކީއްކުރަން ފިރިހެނަކަށް އޮޅިގެން ބަލައިލެވުނަސް އާސްމާނަށް އަރާމީހެއްގެ ވާހަކަ  ތިބުނަނީ..”ޒަޔާން ވަގުތުން ދެކޮޅު ހެދިއެވެ. ރިހާމް ވެސް އެއްޗެއް ބުނަން އުޅެފައި މަޑު ޖެހިލީ ކުރީ ދުވަހު ޔަޒަން ނަވާރްގެ ނަމްބަރު ހޯދި ކަން ހަނދާން ވެގެން ނެވެ. ބޯ އަރިކޮށްލާފައި ޔަޒަންގެ ފޯނަށް ރިހާމް ބަލައިލި އިރު ނަވާރް ނަން ފެނި އޭނާ ގާތައް ހިނިއައި ނަމަވެސް ޒަހުރާން ވެސް ހުރުމުން ދިމާ ނުކޮށް ހުއްޓެވެ. ރިހާމް އާއި ޒަޔާން، ޒަހުރާން އާއި އެއްކޮން ދިޔުމުން އޭނާ ވެސް ސާކިރް ބަލައި އައުމުން ގެޔަށް ދިއުމަށް މިސްރާބު ޖެހިއެވެ.
***
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު