ތެމި ވާރޭގާ ވީމޭ 03 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 03

އާނާ .. އާނާ އަށް އިނގޭތަ މީ ކާކު ކަން.. މީ އަހަރެން ބައްޕަ.. ” ނަވާރްގެ ޖުމްލަ އިވި އާނާ އަށް ކޮޅަށް ތެދުވެވުނެވެ. ކުއްޖާ ފިނިވެގެން ގޮސް މަޑު ތުރުތުރެއް ވެސް އާނާގެ ގައިގާ އުފެދިއްޖެއެވެ.
***
“ދޮގެއް ދޯ.. ނަވާ .. ބުނޭ ދޮގެކޭ ތީ ..ނޫން ނޫން … ” ނަވާރްގެ ގައި ހިފައި ގަންނަމުން ވާހަކަ ދެއްކި އާނާ ހީވަނީ މޮޔަވެފައި ހުރި ހެންނެވެ. ލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު ނަވާރް އަށް ވާނުވާ ނޭނގުނު ނަމަވެސް ނުހަނު ދެރަވިއެވެ. އެތައް އިރަކު އާނާ ރޮވުމަށް ފަހު ހަމަޔަކަށް އެޅުމުން ނަވާރް އާނާ ގޮވައިގެން އެ ކޮޓަރީގެ އިންނަ ބެލްކޮނީއަށް ނުކުމަތެވެ. “އެއީ ހަމަ ނަވާގެ ބައްޕަތަ..” ކުރެހިފައި ވާއަޑަކުން އާނާ ވާހަކަ ދެއްކި އިރު ވެސް އޭނާގެ ލޮލުގައި ތެއްކަމެއް ވިއެވެ. “ޔެއާރ .. އެއީ އަހަރެންގެ ބައްޕަ.. އާނާ .. އަހަރެން މީ އާނާ ގެ ބެސްޓް ފެރެންޑް.. އެންޑް އޮފް ކޯޒް މީޝް އާއި އާނާ ތީ އަހަރެންގެ ވެސް ބެސްޓްފްރެންޑް.. އަހަރެންނާއި ބެހޭ ގޮތުން މީޝް އަށް ވެސް ނޭނގޭއެއްޗެހި އަހަރެން އާނާ އަށް ކިޔައިދިނިން…އެކަން އާނާ އަށ ވެސް އެނގޭނެ.. އައި ވޮނަ ހެލްޕް ޔޫ ..އޭންޑް އަ ވޮނަ ނޯ ދި ޓުރުތް ބިހައިންޑް މައި ޑޭޑްސް ދެތް.. ހެލްޕް މީ އާނާ..ނައު އައި ނިއު ޔޫ އާރ ދި އޮންލީ ވަން ހޫ ކޭން ހެލްޕް މީ..” ނަވާރް އާނާ އާއި ދިމާ ބަލައިލިއެވެ. އެ ދެލޮލުގައިވަނީ ކަރުނައެވެ. އެތަކެއް އާދޭހެވެ.  ނަމަވެސް އާނާ އަށް ދުރުބަލައިލެވުނެވެ. އޭނާ އެވާހަކަ ނަވާރް ގާތު ކިޔާނީ ކިހިނެތް ހެއްޔެވެ. ނަވާރް އެތައް އާދޭހެއް ކުރިފަހުން އާނާ އަށް އިތުރު ގޮތެއް ނެތުމުން ކިޔާދިނުމަށް އެއްބަސް ވިއެވެ. ނަމަވެސް ބައެއް ވާހަކަ އާނާ ސިއްރުކުރިއެވެ. “އިނގޭތަ އަހަރެންގެ ދޮންބެ ޒަކީންބެ އަށް ކިޔަނީ ޒަކީބެ.. .. އެއީ އަހަރުމެން ބައްޕަގެ ސެކެޓްރީ އޭރުގަ.. ޒަކީބެ މަރާލީ އަހަރެންގެ ބައްޕަގެ އޮފީހުގަ.. ބައްޕަގެ ހުރިހާ ކަމެއް އަދި އަހަރުމެންގެ ހުރިހާ ކަމެއް ވެސް ބަލަހައްޓައިދެމުން ދިޔައީ ޒަކީބެ.. އަހަރެން އަށް އަހަރެއް ވެސް ނުވާނެ އެކަމެއް ވީ އިރު.. އޮފްކޯޒް އަހަރެން ހަނދާން ނުހުންނާނެ..އެހެން ވިޔަސް އަހަރެން ހިތުގަ ޒަކީބެ އަށް ވަރަށް  ބޮޑު ރެސްޕެކްޓެއް  އޮވޭ.. ޒަކީބެ ރަނގަޅުވާހަކަ މަންމަ ވެސް ކިޔާނެ.. ދޮންބެ ވެސް ކުޑަ ވާނެ…އެކަމް ހަނދާން ހުރޭ އޭނާ.. އޭނާ ވަރަށް ލޯބިވާނެ ޒަކީ ބެ ދެކެ…މަންމަ ކިޔާނެ ދޮންބެ ބައެއް ދުވަސް ދުވަހު ފެންވަރާ ކައި ވެސް ހަދާނެއޭ ޒަކީބެ އާއެއްކޮން .. ޒަކީބެ ކޮންމެވެސް އެއް ދަރިއެއް އެއްވެސް ގެންދާނެ ޔޯ ވަރަށް ގިނައިން ..ހަމަގައިމްވެސް ޒަހްރާން ދޮންބެ އެއްނޫން އެ.. ނަވާގެ ދެން ހުންނަ ބޭބެ ކަންނޭގެ އެ..  އެހެން އުޅެނިކޮން ޒަކީބެ މަރުވީ.. އެކަމުގެ ތުހުމަތު އެޅުނީ އަހަރެން ބައްޕަގެ ބޮލުގަ..” އާނާ ދައްކަމުން ދިޔަ ވާހަކަ ނަވާރް އަޑުއަހަމުން ދިޔައިރުއޭނާގެ މޫނުމަތިން ފެނިގެން ދަނީ އެހެންކަހަލަ ކުލަވަރެކެވެ. ނަވާރްގެ ފެންކަޅިވަމުން ދިޔަ ދެލޯފެނި އާނާ އަށް އިތުރަށް ރޮވުނެވެ.
“އަހަރެން ބައްޕަގެ އެއްވެސް ކުށެއް ނެތް .. ބައްޕަޔާ ޒަކީބެ އެއީ އެންމެ ގާތް އެކުވެރިންނޭ ބުންޔަސް ދޮގަކަށް ނުވާނެ.. ވަރަށް އެއްކޮން އުޅުނީ..ދޮންބެ  އަހަންނާ މީ ސިބިލިންގްސްގެ އިތުރަށް ހަމަ  ބެސްޓްފްރެންޑްސް އެކަމް ދޮންބެ ވެސް ބައެއް ވާހަކަތައް އަހަންނަށް ސިއްރު ކުރީ..”ނަވާރްގެ ހިތާމަވެރި މޫނަށް ބަލައިލަމުން އާނާ ވާހަކަ ދެއްކިއެވެ. “ކާކު އަހަރެން ބައްޕަ މަރާލީ.. ނާނާގެ ބައްޕަ މިހާރު ކޮބާ.” ނަވާރް ސީދާ އާނާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ އަހައިލިއެވެ. “ނޭނގެ… އަހަރެންގެ ބައްޕަ ޖަލުގަ.. މުޅި   އުމުރަށް ޖަލަށް ލީ.. ދެން މަންމަ މިހާރް އުޅެނީ ބައްޕަގެ އެންމެ ކުލޯޒް އެށް ފްރެންޑް އާއި މެރީ ކޮށްގެން…”ނަވާރް ދެލޯ ބޮޑުކޮށްލައިގެން ހުރެއާނާ ގާތު ތިކިޔަނީ ތެދެއްހޭއަހައިލެވުނެވެ. “އާން..އަހަރެންމީ އެއް އިރެއްގައި  ވެސް ދޮގު ހެދި މީހެއް ނޫން ނަވާ….” އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވެގެން އާނާ ދުރުބަލައިލަމުން  ބެލްކޮނީގެ ރެއިލިންގައި އަތްއަޅުވާލިއެވެ. “އާނާ ކަމެއް ސިއްރު ކުރާހެން އަހަންނަށް ހީވަނީ.. އަހަރެން ބޭނުން އަހަރެންގެ ބައްޕަގެ މަރުގެ ހަގީގަތް އެނގެން… ބުނޭ އާނާ..” ވާހަކަ ދައްކަމުންދިޔައިރު ނަވާރްގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ނަވާރްގެ މޫނު ފެނުމުން އާނާ އަށް ހިންދިރުވާލެވުނެވެ. ބައެއް ވާހަކަތައް ސިއްރު ކުރަން އާނާއަށް މަޖުބޫރެވެ. ނަވާރް އަކީ ޒަކީންގެ ދަރިއެއް ކަން އިގިއްޖެނަމަ ނަވާރްގެ ފުރާނައާއިވެސް ކުޅެލަފާނޭ މީހުން އެބަ ތިއްބެވެ. ” ނާނާ .. އަހަރެމެން ދެމީހުން މީ އެންމެ ގާތް އެކުވެރިންނޭ ބުނީ ދެންމެ.. އެކަމު ނާނާތިއުޅެނީ އަދިވެސް އަހަރެން އަނދިރީގަ ބަހައްޓަން..” ނަވާރް އެތަނުން ދިޔުމަށް ހިނގާލި އިރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ނޫރާ އާއި ޒަހްރާން އާއި ޒަޔާން ވެސް މިހުރިހާ ދުވަސް ވީއިރު ވެސް އޭނާގެ ބައްޕަގެ މަރާއި ބެހޭގޮތުން ކުޑަމިންވަރެއް ވެސް ބުނެނުދިނުމުން އެމީހުންނާއި މެދުގައިވެސް ނަވާރްގެ ހިތުގައި ސަކުވާ އުފެދުނެވެ. ނުހަނު ބޮޑަށް ނަވާރްގެ ހިތުގައި ޖެހުނެވެ.
“ނަވާ.. ނަވާގެ ބައްޕަ މަރުވީ އެއްނޫން …މީހެއްގެ އަނިޔާވެރި ކަމުގެ ޝިކާރައަކަށް ވީ.. މީހަކު ޒަކީންބެ މަރާލުމަށްފަހު އަހަރެން ބައްޕަ ބެދޭހެން ބައްޕަގެ އޮފީހުގެ ފާހާނާ ތެރެއަށް އެއްލާ ލައިފާ އޮތްވާ ފެނުނީ..” އާނާ ގެ ޖުމްލަ އިވުމުން އެތަނުން ދިޔުމަށް ނަވާރް އެޅިފިޔަވާޅާއެކު ގަނޑުވިއެވެ. ” ބައްޕަގެ ޑީ އެންއޭ މެޗް ވީ އަ.. އަނެއް.. އަނެއްކާ.. ކޮންމެވެސް މީހެއް ހު.. ހުރީ  ބައްޕަގެ ބޮލުގެ އިސްތަށި ވެސް އެތަނައް އަޅާފަ…ނޭ.. ނޭނގެ ކިހިނެތް ކަމެއް ވެސް.. އެކަމް އެންމެނަށް ވެސް އެނގޭ ބައްޕަ އެކަހަލަ ކަމެއް ނުކުރާނެ ކަން… ބައް..ބައްޕަ ފްރޭމް ކޮށްފަ އޭނާ އެތަނުން ފިލީ..އެކަކަށް ވެސް ބައްޕަގެ އިނޮސެންޓް ކަމެއް ނުދެއްކުނު.. ޒަކީބެ އަށް އެހެން ހެދި މީހެއް ނޭނގޭ އަހަރެން ހު.. ހުވާ ކޮށްފަ..މި..މިބުނީ” އާނާ ރޮމުން ރޮމުން  ދިޔަގޮތައްގޮސް ނަވާރްގައިގާ ބައްދާލިއެވެ. ނަވާރް އަށްވެސް ގިސްލެވެމުންދިޔައިރު އޭނާގެ ޅަހިތައް ކޮށްފައިވާ އަސަރް އެމޫނުމަތިން ހާމަވެއެވެ. ޒަކީންގެ މަރުގެ ބަދަލް ހިފުމުގެ އަޒުމު އެހިތުގައި އިތުރަށް ގަދަވިއެވެ. “އެދުވަހު ނާނާގެ ބޭގް އިން އެ ޕިކް ނުވެއްޓުނު ނަމަ އަހަރެންނަށް އެކައްޗެއްވެސް ނޭނގޭނެ ކަންނޭގެ … ތޭންކިއު ނާނާ.. އަހަރެން އެ ހަގީގަތް ހޯދާނަން އިންޝާﷲ..”އާނާ ގެ މޫނަށް ބަލައިލިއިރު ނަވާރްގެ ދެލޮލުގައި ވަނީ ޔަގީންކަމެވެ. އާނާ ނަވާރްއަށް ހީލިއިރު އޭނާގެ ހިތުގައިވި ނުތަނަވަސްކަން ނަވާރްއަށް ފޮރުވާލިއެވެ.   ނަވާރް އާއި އާނާގެ ވާހަކަ، އެކޮޓަރިޔަށް ވަން ނޫރާއަށް އިވުނުހިނދު ނޫރާ ގަނޑުވިއެވެ. ހައިރާންކަމާއި ހިތާމަ އާއި ބިރާ އެކުލެވިފައި ހުރި ނޫރާ މުޅި މޫނުހުދުވެއްޖެއެވެ. ގައިގާ މަޑު ތުރުތުރެއްވެސް އުފެއްދިއްޖެއެވެ. ދުވަހަކުވެސް ނަވާރް އާއި ހަމަޔަށް އެވާހަކަ ނުގެންދިޔުމަށް ނިންމައިގެން ހުރިނަމަވެސް ކޮންމެވެސް ދުވަހަކުން ނަވާރްއަށް އެކަން އަންގަން ޖެހޭނެކަން ނޫރާ ދަނެއެވެ. މިއަދު މިއޮތީ އެދުވަސް އައިހެވެ.އެމީހުންނަށް ހިލަމެއް ވުމުގެ ކުރިން ނޫރާގެ ދެލޮލުން ފޭދުނު ކަރުނަތައް ފުހެލަމުން އެ ކޮޓަރިން ނުކުތުމަށް އޭނާ ހިނގައިގަތެވެ.   *** ” މިއަދު ނާދެވޭނެ ދޯ އަވަހަކަށް.. ” އާވި އަރައަރާހުރި ހޫނު ކޮފީތައްޓެއް މޭޒުމަތީގައި ބައިންދަމުން މިލީނާ އަހައިލީ ކުރިމަތީގައި އިން އަކްރަމްގާތުއެވެ. “އާން.. މިއަދު އެބައޮތް ޝެއާރހޯލްޑާސްގެ ބައްދަލުވުމެއް … ޑިއުޓީ ނިމޭގަޑިޔަށް އިނީ އެ މީޓިން ޝެޑިއުލް ކޮށްފަ…އެހެންވެ ވަރަށް ބައިވަރު ކަންކަމަށް މަޅިއަރާ ގޮތްވޭ އެބަ…. ކަމެއް ބޭނުން ވީތަ” ކޮފީ ފޮދެއް ދިރުވާލަމުން މިލީނާ ގެ  މޫނަށް ބަލައިލަމުން އަކްރަމް އަހައިލިއެވެ. “ޔާމީންގެ ބައްޕަ ކާރިޔަށް ނުދެވޭތާ ގިނަ ދުވަސް ވެގެން ދާން ކަމަށް … ” މަޑުމައިތިރި ކަމާއެކު މިލީނާ  ބުނެލި ވާހަކައިން އަކްރަމްގެ މޫނުގެ ކުލަވަރު އެއްކޮން ބަދަލްވިއެވެ. އެމަންޒަރު މިލީނާއަށް ފާހަގަ ވެދާނެތީ ސިކުންތުކޮޅެއްތެރޭގައި އޭނާ ހީލައިފިއެވެ. “އޯކޭ ޥާނެ ހަމަ.. ހީވަނީ ނުވައެއް ޖަހަން އުޅޭ އިރު ކަންނޭނގެ އާދެވޭނީ.. ރެޑީވެގެން ހުންނާތި އެހާއިރަށް” އަކްރަމްގެ ވާހަކައަށް މިލީނާ ބޯ ޖަހައިލިއެވެ. އަކްރަމް ތެދުވެގެން ދިޔުމުން މިލީނާ ކޮފީ ތައްޓެއް ހަދައިލައިގެން ސިޑިން މައްޗަށް އެރީ ޔަޒަން ހޯދުމަށެވެ. “މެޑަމް . ޒޭން ސާރ ހޯދަނީ ތަ.. ދެންމެ ސާރ ބޭރަށް ދަނީ ..” ދެވަނަ ފްލޯއިން ފައިބައިގެން އައި ގޭގެ ގެންގުޅޭ ބޭރު މީހެއް ކަމުގައިވާ މުރާދުގެ އަޑަށް މިލީނާ ހުއްޓުނެވެ. “މިހާ ހެނދުނަކާ ކޮންތާކަށް އެދިޔައީ..” ހައިރާން ވެގެން މިލީނާއަށް ގަޑިއަށް ވެސް ނަޒަރެއް ދެވުނެވެ.  މުރާދު ނޭނގެއޭ ބުނުމުން މިލީނާ ވެސް ބޯ ޖަހައިލާފައި ތިރިޔަށް ފޭބިއެވެ.
***
“އޭ ހިނގާ އަވަހަށް ދާން ޕްރިފެކްޓުން ވީމަ ހައެއް ޖަހަން ވާ އިރަށް އަހަރެން ޖެހޭނެ ވަންނަން ސުކޫލަށް..” ސުކޫލަށް ދާން ތައްޔާރް ވެގެން ނުކުމެފައި އާނާ އަނެއްކާ ގޮސް ފާހާނާ އަށް ވަނުމުން ނަވާރް މިހާރު ދޮރުމަތީގައި ހުރެ ހައެއްކަ ފަހަރު ގޮވައިލައިފިއެވެ. ނަމަވެސް އޭނާއަށް ނުކުމެވޭ ވަރެއް ނުވެއެވެ. “ނާނާ ބަހައްޓާފަ އަހަރެން މިއަދު ދާނީ އިގެ..”ގަޑިޖެހެން ފަނަރަ މިނެޓަށް ވެފައި ހުރުމުން އެންމެ ފަހުން އަނެއްކާވެސް ނަވާރް ގޮވައިލިއެވެ. މިފަހަރު މާ ގިނައިރެއް ނުވެ އާނާ ނުކުމެއްޖެއެވެ. “ހާދަ ތަތް އަންހެނެކޭ .. މިއަދު ޔަގީން ގަޑި ޖެހޭނެ.. ނަސީބެއް ގެޔާ ސުކޫލާ ކާރިކަން”ބާރު ބާރަށް ހިނގަމުން ދިޔަ ނަވާރް ފަހަތުން އާނާ ހެމުން ހެމުން އައެވެ. “ސޮރީ އޭ.. ކުޑަކޮން އެމެޖެންސީ ވެގެން ނުހުރެވުނީ އޭ..” ނަވާރް އާއި ވާހަކަ ދައްކަމުން ހޭންފެށި އާނާ ސިހުނީ ތަންކޮޅެއް ދުރުން އޭނާއަށް ފާރަލާ މީހާ ފެނުމުންނެވެ. ނަމަވެސް އަޅާނުލާ އާނާ ހިނގައިގަތެވެ. ނަވާރްއަށް ވެސް އާނާ އަށް މިއައި ބަދަލް ފާހަގަ ވިއެވެ.ނަމަވެސް ގަޑިޖެހެން ކުޑަތަންވެފައި ހުރުމުން ކުލާހަށް ވަދެ އަހަން ގަސްތުކޮށްގެން ނަވާރް ވެސް ވަނެވެ. އެސެމްބްލީ ނިމި ކުލާސް ފެށުނު އިރު ވެސް އާނާ އަށް ވިސްނެމުން ދިޔައީ އެ މީހަކާމެދުގައެވެ. އެއީ ކާކު ބާ އޭ ހިތައް އަރަމުންދިޔައެވެ. ނަވާރް މެންގެއަށް ބަދަލްވި ދުވަހުން ފެށިގެން އެމީހަކު ފާރަލާ ކަން އޭނާ އަށް ވެސް އެނގެއެވެ. ނަމަވެސް އެއްވެސް މީހަކު ގާތުގައި ބުނާކަށް އާނާ ގަސްތެއް ނުކުރިއެވެ. އާނާ އަށް ނޭނގުނީ އެމީހާގެހިލަން ނަވާރް އަށް ވެސް ފާހަގަ ވެފައިވާކަމެވެ. އާނާއަށް ވެފައިން ގޮތް ނަވާރްއަށް ފާހަގަ ވެގެން ކިހިނެތް ވީތޯ ދެތިންފަހަރު އެހިނަމަވެސް ކަމެއް ނުވާ ކަމަށް ބުނެ ކޮންމެފަހަރަކުވެސް އޭނާ ފަށަނީ އެހެން ވާހަކަ އެކެވެ.
***
“ބްރޯ..  މަ ހަފްތާއެއް ފަހުން ފުރާގޮތައް ހަމަ ޖެހިއްޖެ.. ރޭގަ  އިނީ ހަމަ ކޯސް ހަމަޖެހުނު މެއިލް އައިސް .. ” އަތުގައި އިން އެސްޕްރެސޯ ތަށިން އެތިފޮދެއް ބޯލަމުން ރިހާމް ބުނެލިއެވެ. ރިހާމް އާއި ޔަޒަން ތިބީ ސުނާމީ ބިނާ ތޮށިގަނޑު މަތީގައެވެ.  ރަނގަޅަށް އިރު ނާރާ އޮތުމުގެ ސަބަބުން އެ ހިސާބުގައި ނުހަނު މީހުން މަދެވެ. “ކޮންގްރެޓްސް މޭން.. އިންޝާﷲ ދެން ފެނިގެންދާނީ ހައެއްކަ އަހަރުފަހުން އަހުރުންގެ ކާޑިއޮލޮޖިސްޓް ޑޮކްޓާރ ރިހާމް ދޯ… ޒަޔާން އާ އެއްގެއެއްގަ ދޯ ހުންނަނީ..” ރިހާމް އެ ދިން ހަބަރުން ޔަޒަންއަށް  އޭނާއަށް ލިބިފައިވި ހިތާމަތަކުގެ މަތިންކުޑަވަގުތުކޮޅަކަށް ހަނދާން ނެތުނެވެ. އެކުވެރިޔާއާއި މެދު ނުހަނު އުފާވިއެވެ. “އަހައްހަހާ..  ބަލަމާ ދޯ.. އާން ޒަޔާނު ކާރިޔަށް ދާނީ..ބްރޯ ..ހިނގާ އަހަންނާއެކު އެކޮޅާށްދާން .. ވިސްނާ ވިސްނާ ގޮސް މީޙާ ހަލާކުވާން މިތާގަ ނުހުރެ.. އަކުރަމް އެބުނީނު ނާނާ އެބުނާ ބަޔަކާ އެއްކޮން އަމިއްލަ ރުހުމުގައޭ ދިޔައީ..އަހަންނަށް ހީވަނީ އޭނާ ސޭފްހެން..އެހެންނޫންނަމަ އެއްވެސް ހަބަރެއް ނުވެ ނުހުންނާނެ…..” ރިހާމް ގެ ވާހަކައިން ޔަޒަން އަށް އިސްޖެހުނެވެ. “ކޮންމެވެސް ކަމަކާ އާނާ ހިތްހަމަ ނުޖެހިފަ ކަންނޭގެ.. އަހަރެން ވަރަށް މަސައްކަތް ކޮށްފިން އާނަ ހޯދަން .. ރައްޓެއްސަކު އާނާ ގަލޮޅު މަދަރްސާ ކައިރިން ފެނުނޭ ބުނި ދުވަހުން ފެށިގެން މިއަދަށް ދެ ހަފްތާ ވީ މި.. އެތާގަ މިހުންނަނީ އިރު އަރާ އޮއްސެންދެން އާވާރާ އެއް ހެން … އަކްރަމް އެ ދައްކާ ވާހަކަވެސް އަހަންނަށް މިހާރު ގަބޫލް ކުރަން މަޖުބޫރު ވެއްޖެ.. މިތާގަ ތިމީހުން ވެސް ނެތި އަހަރެން އެކަނި ހީވަނީ މޮޔަވެދާނެހެން.. އަހަރެން ވެސް މިހާރް ނިންމައިފިން ކިޔަވަން ދާން ….” ޔަޒަން ކިތަންމެ ހިތްވަރެއް ކުރިނަމަވެސް އެމޫނު މަތީގައިވި ހިތާމަތައް ރިހާމްއަކަށް ސިއްރެއް ނުވިއެވެ. އެކުވެރިޔާގެ ހާލުފެނި ރިހާމްގެ ދެލޯވެސް ފެންކަޅިވިއެވެ. ނަމަވެސް އޭނާއަށް ވެސް ކޮށް ދެވޭނެ ކަމެއް ނެތެވެ. ހުދު އޭނާ އަމިއްލައަށް ވެސް އާނާ ގޮސްފާނެހެން  ހީވާ އެތައް ތަނެއް ވަނީ ބަލައިފައެވެ. ރިހާމް ދެކެނީ އާނާއަކީ ހަމަ އޭނާގެ ވެސް ކޮއްކޮ އެއްފަދައިންނެވެ. “ތި ގޮތައްހަދަމާ.. އާނާ އަށް އިރާދަކުރެއްވީތީ ދެރަގޮތެއް ނުވާނެ… އެންމެ ކުޑައިރުވެސް ކިޔަވާހިތް ވީ ބިޒްނެސް އެންނު ..އަހަރެން އެޕްލައި ކޮށްދޭނަން..ކޫ އެކަންޏެއް ނޫޅޭނެ އަވަހަކަށް ތިކަމެއްކުރާކަށް ” ހީލަމުން ރިހާމް ގެ ވާހަކައަށް ޔަޒަން ބޯޖަހައިލިއެވެ. އެތަކެއް ވާހަކަ އެއް ދެއްކުމަށްފަހު  ދެމީހުންވެސް ގެޔަށް ދިޔުމަށް މިސްރާބުޖެހީ ޔަޒަން އަށް މިލީނާ ގުޅަން ފެށުމުންނެއެވެ.
***
“ދެން ނަވާ އަށް ވެސް މިހާރު އެނގުނީ.. މަންމާ .. އެމީހުންގެ ނުބައިކަން އެނގިހުރެ ވެސް އަހަރެމެންނަށް އެއްވެސް ބާރެއް ނެތް ކަން އިޙްސާސް ވެ އަހަރެމެން މަޑުން ތިއްބަސް ޒަޔާން އާއި ނަވާ ނުހުންނާނެ މަޑަކުން.. އެންމެ ކުޑައިރުން ސުރެން ވެސް ޑޮކްޓާރއަކަށް ވާން ކީ ޒަޔާން .. މިހާރު ބަލާ .. ޒަޔާން އަށް ބައްޕަގެ މަރުގެ ހަގީގަތް އެނގުނު ދުވަހުގެ ފަހުން ވިސްނުން ބަދަލްވެގެން ލޯ ކިޔަވަނީ އެ..  ދެން ނަވާ.. އެއްކަހަލަ ދެމީހުން އެއީ .. ނަވާރް ނޭގެ ޕޮލިސް ސްޓޭޝަނުން ޖޮބް ހޯދަން ނޫޅޭނެކަމެއް.. އަނެއްކާ ނާނާ ކިޔައިދިން ތަ އެ މީހާގެ ޒާތީ އެއްވެސް މައުލޫމާތެއް…” ޒަހްރާން ގެ ސީރިޔަސް މޫނުމަތިން ހިސާބަކަށް ނުތަނަވަސްކަން ވެސް ފެނިގެން ދެއެވެ. ސޯފާގައި އިސްޖެހިފައި އިން ނޫރާގެ ގާތުގައި އަލާނާ އިނެވެ. ނޫރާގެ މޫނުމަތިން އޭނާ ފިކުރު ބޮޑުވެފައިވާ ވަރު ހާމަވެއެވެ. ލޯބިވާ ފިރިމީހާގެ މަތިން ހަނދާންވެ ދެލޯ ފެންކަޅިވިއެވެ. އެދުވަހު އޭނާގެ އަތްމަތީގައި ޒަކީން މި ކެހިވެރި ދުނިޔެއާއި އަލްވަދާއު ކީ ވަގުތުކޮޅު ހިތައް ސިފަވުމުން ނޫރާއަށް އޭނާ މޭގައި ފިރުމާލެވުނެވެ. އެދުވަސް އޭނާގެ ހިތަކުން ދުވަހަކު ވެސް ފިލައިގެންނެތް ނުދާނެއެވެ. “ނޫން .. ނަސީބަކުން އޭނާގެ ވާހަކަ އެއް އާނާ ނުބުނޭ.. އެކަމް އާނާ ބުނި ޒަޔާން ގޮވައިގެން ބައްޕަ އެގެޔަށް އޭރު ދިޔަ ވާހަކަ.. މިހާރް ހިތައް އަރާ އެބަ ރިހާމް އާއި ޒައްޔު އާ އެއްކޮން ކޫ މިގެއަށް ނައިސް ދޮންތަ މެންގޭއިން ބައްދަލް ކޮށްފަ ހުރިކަން އެއީ ނަސީބެކޭ.. ” ޒަހްރާންގެ މޫނަށް ބަލައިލަމުން ނޫރާ ބުނެލިއެވެ. “އަހަންނަށް އާނާ ފެނުން ދުވަހު ވެސް މަންމަ ކައިރީގައި ބުނީމެންނު ވަރަށް ވައްތަރޭ ކޫ އާ .. މިލީނާ ދައްތަ ވެސް އެއީ ވަރަށް ހެޔޮ މީހެއް .. ކިހިނެތް ބާމިވީ ނާނާ ކުޑަކުދިންގެހިޔާއަށް ދާންޖެހުނީ.. ކޫ ވެސް ނުފެންނަތާ  މިހާރު ތިންމަސް ވަނީ މިއޮތް .. އަނެއްކާ އަނެއްކޮޅުން ރިހާމް އަށް އާނާ ފެނިއްޖެޔާ ކަމަކުނުދާނެ.. ދޮންބެ އާއި ދޮންބެ ދައްތަމެންގެޔަށް އާނާ ގޮވައިގެން ދިޔައިރު ރިހާމް ނޫޅޭކަން ވެސް އެއީ ނަސީބެއް …އޭނަބުނާނެ ވިއްޔަ ކޫ ކައިރީ.. އަހަރެމެންނަކަށް ނޭނގޭ ކޮންކަހަލަކަމެއް ކަމެއް އާނާ އަށް ދިމާވީ ..އެ ނުލަފާ މީހާ އެގޭގައި އުޅޭހާ ހިނދު އާނާ އަށް ވެސް ކަމަކަށް މަޖުބޫރު ކޮށްފަ އޮވެދާނެ.. ހުރިހާ ކަމެއް އެނގި ސާފް ވަންދެން  އެބަޖެހޭ ރިހާމްއަށްވެސް އާނާ ފޮރުވަން މިވީ ގޮތުން..”ޒަހްރާން ދައްކަމުން ދިޔަ ވާހަކަ އަށް ނޫރަ ވެސް ތާއީދުކުރިއެވެ. ކޮންމެ ފަދަ މަޖުބޫރީއެއްވެސް އެކަމުގެ ފަހަތުގައި އޮވެދާނެއެވެ. ހިޔާގައި އާނާ ގެ ހާލަތު ހުރިގޮތްވެސް އެންމެ ރަނގަޅަށް ފެންނާނެ މީހަކީ ހުދު ނޫރާއެވެ. އެ މަޑުމައިތިރިކަމާ ހިތާމަވެރިން މޫނުގައި އެތައް ކަމެއް ފޮރުވިފައިވާހެން ނޫރާއަށް އޭރުވެސް ހީވެއެވެ.
****
ސުކޫލުން ނިމުނު އިރު ބަނަކޮށްފައިވާ ވިލާތަކުން ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ އޮއްސާލާ ފާނެހެންނެވެ. ނަވާރް އާއި އާނާ ގޭޓް ކައރި ހިޔާ ކޮށްފައިވާ ހިސާބުގައި މަޑުކޮށްލައިގެން ތިއްބެވެ. ގެއިން މީހަކު ބަލާ އާދޭތޯ ނަވާރް ދަބަހުން ފޯނު ނަގަން ބަލައިލިއިރު ފޯނު ނުލާ އާދެވުންކަން ހަނދާން ވެގެން އަމިއްލަ ބޮލުގައިއޭނާއަށް ޖަހައިލެވުނެވެ. “އަޅެ އަހަރެން ހަނދާން ބަލިކަން ވާ ވަރު .. ޓެރެސްގަ ވެސް އަހަރުމެން ދެމީހުން ތެމެމެންނު މަންމައާ ވަގަށް ..އަހަހަހާ ހާދަ މަޖަލޭ އެކަހަލަ ގަޑިގަޑީގަ.. ހިނގާ މިއަދު ވެސް ތެމިލަން… ” ނަވާރްގެ ވާހަކަ އަށް އެއްބަސްވުމުގެ ގޮތުން ހޭންފަށަމުން އާނާ ވެސް އެގޮތާއި އެއްބަސް ވިއެވެ. ގޭޓުން ނުކުމެލިތަނާހެން ބޯކޮން ވާރޭ ވެހެންފެށިއެވެ. އާނާގެ ދަބަހުން ނެގި ވިއްސާރަ ކޯޓުން އިން ދެމީހުންގެ ދަބަސްތަކުގައި ފޮތްތައް ސަލާމަތް ކުރަން އޮޅައިލިއެވެ. “އައި ލާވް ރެއިން ” އާނާ އުފާވެރިއަޑަކުން ހީލަމުން ވާރޭތެރެއަށް ދުއްވައިގަތެވެ.އާނާގެފަހަތުން ނަޥާރް ވެސްދުއްވައިގަތެވެ. ދެމީހުން ހީ ސަކަރާތް ޖަހަމުން ގެޔާއި ހިސާބަށް  ދެވުނު އިރު ތިބީ ހީކަރުވާގަނެގެން ތުރުތުރުއަޅާ ވަރުވެފައެވެ. “މަންމަ ރުޅިއަންނާނެ އަހަރުމެންދެކެ.. އެކަމް ހަމަ ތެމޭހިތުން ނުހުރެވުނީ..”ނަވާރް ލިފްޓަށް އެރުމަށްޓަކައި ހިނގައިގަތެވެ. “ނަވާ ވާނެ ޒިންމާ ނަގަން މިކަމުގެ.. އަހަރެން އެބަ ދަތްދޮޅިއާއެއްކޮން ތުރުތުރުއަޅާ… އަދި އެބޯތޭ ވާހަކަ އެއް…” އާނާ ވާހަކަ ރަނގަޅަށް ނުނިމެނީސް ނަވާރް އަވަހަށް ބުނާށޭ ބުނެލިއެވެ. “މި..މިހްރާން އަހަރެން ކައިރީ ރިލޭޝަންސިޕަކަށް ދާން އަހައިފި..” އާނާ ބުނެލި އެތިން ނަވާރް އަށް ދެލޯބޮޑުކޮށްލައިގެން ހުރެ “ވާޓް ” އޭ ކިޔައިލެވުނެވެ. “އިހަށް މަޑުކޮށްބަލަ އަދި ނުނިމެޔޭ..އޭނަގެ ގެޔަށް ދިޔަ ދުވަހުން ސުރެންނު މަގޭފަހަތުން އަޅާއިގަނެގެން އުޅެނީ.. ދެން އަހަރެން އަތުގައި ފޯނެއް އޮންނަކަން އެނގިގެން ނަމްބާރ ދޭށޭ ކިޔާ ވަރުން އިހަކަށް ދުހު ދިނީމަ އެ ރޭ ގުޅައިފައަހައިފި.. އަހަރެން ނޭނގޭ ކަމަށް ހަދައިގެން ހުއްޓާ ރޭގަ އަނެއްކާ އަހައިފި. އަހަރެން އެއްގޮތަކަށް ވެސް ލައިކް ނުވޭ އޭނާއަކަށް އަނެއްކާ ކިޔަވާ ނުނިމެނީސް އެކަހަލަ ކަމެއް ކުރާކަށްނުވޭ ބޭނުމެއް ވެސް .އާގް ދެންން ..އަހަރެން ކިހިނެތް ހަނދަން ވީ.. ބުނެބަލަ..” އާނާ ނުހަނު ބާރަށް ނަވާރްގެ އަތުގައި ހިފައިގަންނަމުން އަހައިލިއެވެ. ނަވާރް އަދިވެސް ދެލޯ ބޮޑުކޮށްގެން ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. މިހްރާން އާނާގެ ފަހަތުން އުޅޭކަމެއް ކުޑަކޮންވެސް ފާހަގަވެފައެއް އޭނާއަކަށް ނެތެވެ. ނަވާރް އަނގަހުޅުވައިގެން ހުރިގޮތުން އާނާ ގާތައް ހިނިއައެވެ. “ހަމަ ތެދެކޭ އަހަރެން މިކިޔަނީ ނަވާ.. ދެން އެއްޗެކޭ ބު..”ނަވާރް އަތުގައި ހިފައި ދަމަމުން ލިފްޓު ތެރެއަށް ވަން އާނާ، ލިފްޓު ތެރޭގައި ހުރި މީހަކު ފެނި ވަގުތުން ހުއްޓުން އެރިއެވެ. ގަބޫލް ކުރަން ދަތިވެފައި ބަލަހައްޓައިގެން ހުރެވުނެވެ. މުޅި ކުއްޖާ ހުއްޓުން އެރިއެވެ. “އާނާ..” ލިފްޓް ތެރޭގައި ހުރި ރިހާމް އަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި މީހަކު އެތިފަހަރެއް ޖެހިހެންނެވެ. އާނާގެ ނަޒަރު ހުއްޓުނީ ރިހާމް ގެ ފަހަތުން އޭނާ އާއަށް ކަޅިޖަހައި ނުލާ ބަލަހައްޓާއިގެން ހުރި ޔަޒަން ފެނިއެވެ.
***
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު